އަލާން…!” ނިހާމައަށް މަޑުމަޑުން އަލާންގެ ނަންކިޔާލެވުނީ އެޒުވާނާ އަކީ އަލާންހެން ހީވީތީއެވެ.
“ނިހާ… ކޯންޗެއް ބަލަނީ..!” ނާއިފްގެ އަޑަށް ނިހާމާ ސިހިގެން ދިޔައެވެ.
“ކީކޭ…!” ނިހާމާ ނާއިފްއަށް ބަލާލުމަށްފަހު އަނެއްކާވެސް އެގަސްދަށަށް ބަލާލިއެވެ. އެހެންނަމަވެސް މިހާރަކު އެޒުވާނާއެއް އެތާކުނެތެވެ. އެވަގުތު ނާއިފްގެ ފޯނު ރިންގުވިއެވެ.
“ކީކޭ ފަޔާ…؟ ހާދަކުއްލިއަކަށް… އާނ.. ދެވޭނެ.. ކިހާއިރަކު މިކޮޅަށް އާދެވޭނީ..!” ނާއިފް ފޯނުނަގާ ވާހަކަދެއްކިއެވެ.
“ކިހިނެއްވީ..؟” ނާއިފް ފޯނު ކަނޑާލުމުން ނިހާމާ ސުވާލުކުރިއެވެ.
“އެއްކަލަ ފަޔާ އެގުޅީ.. އޭނަގެ ދައްތައެއް އުޅޭނެ މިތާކައިރި ރަށެށްގަ.. އެދައްތަ ބަލީމަ އެރަށަށް ގޮސްލަންވެގެނޯ.. ދެވޭނެހޯ އޭނަޔާއެކު..!” ނާއިފް ވީގޮތް ބުނެދިނެވެ.
“އަހަރެންވެސް ގެންދަންވީނު..!” މީރާ ބުނެލިއެވެ.
“އެއްކަލަ މީރާ…! ތާކަށް ދާވާހަކަ ނުބުނިއްޔާ ރަނގަޅުވާނީ…!”
” ނާއިފް ގެ އެހާ ރަނގަޅު ފްރެންޑެއް އެއީ.. އެހެންވީމަ ނާއިފް ދާންޖެހޭނެ..!” ނިހާމާ ނާއިފްއަށް ބަލާލިއެވެ.
“މާދަމާ ގޮއްސަ މާދަމާރޭ މިކޮޅަށް އަންނަނީ.. އެހެންފަހަރަކުން މީރާ ގެންދާނަން…!”
އާދުވަހަކަށް އިރުއަރައިފިއެވެ. ދުވަހަކީ ހުކުރުދުވަހެވެ. ނާއިފް އާއި ނިހާމާ ތިބީ ސިޓިންރޫމްތެރޭ ގައެވެ. ނިހާމާ އިނީ ޓީވީ ބަލާށެވެ. ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ ފިރާޒް ކޮޓަރިން ނިކުމެގެން އަންނާތީއެވެ.
“އޯހޯ.. އޮފީހުގަ ވަރަށް ބިޒީދޯ މިހާރު.. ގޭތެރެއިން ނުވެސް ފެނޭ… ސައިބޯ ގަޑީގަވެސް ނުފެނޭ..!” ފިރާޒް އައިސް ސޯފާގައި އިށީނުމުން ނާއިފް ބުނެލިއެވެ.
“އާނ.. ވަރަށް ބިޒީ.. އޮފީހަށް ދަނީ ސައިބޮއެގެން އެހެންވެ ބްރޭކަށް ނާންނަނީ..! މުޅިހަފްތާ ބިޒީކޮން އުޅެފަ މިކަހަލަ ދުވަހެއް ލިބުނީމަ ހާދަ ނިދާލެވެއޭ..” ފިރާޒް ޖަވާބުދިނެވެ.
“ތީ ތެދެއް..!” ނާއިފް އެކަމަށް ތާއީދުކުރިއެވެ.
” ފަހަރި ބުނި ދޮންބެ ރަށަކަށް ދާވާހަކަ..! ކޮން އިރަކުން ދަނީ..؟” ފިރާޒް ސުވާލުކުރިއެވެ.
“ހުކުރު ފަހުން ފުރާނީ…!”
ރޭގަނޑުގެ ހަމަހިމޭން ވަގުތެކެވެ. މަގެއްގެ މަތިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ހީވަނީ މިނާމާންވަގުތު މުޅިރަށް އެކީ ނިދާފައިވާހެންނެވެ. މުޅިމާހައުލަށް ވަނީ އާދަޔާހިލާފު ބިރުވެރިކަމެއް ފެތުރިފައެވެ. ދޭތެރެދޭތެރެއިން ވާ ގޮވާލާ އަޑު އިވުމުން އެބިރުވެރިކަން އެތަށްގުނައަކަށް އިތުރުވެގެން ދެއެވެ.
މަގުގެ އެކިހިސާބުތަކުގައި ޖަހާފައި ހުރި ހޮޅިބުރިތަކުން މަގުތަކަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް ލިބިފައިވެއެވެ. ދިގު ކަޅު ކޯޓެއްލާފައިހުރި މީހަކު ހޮޅިބުރިއެއް ކައިރީ މަޑުކޮއްލައިގެން ހުއްޓެވެ. އިރުއިރުކޮޅުން މަގުގެ އެކިފަރާތްފަރާތް ބަލާ ހޯދާލައެވެ. ހީވަނީ މީހަކަށް ފެނިދާނެތީ އުޅޭހެންނެވެ. ތަންކޮޅެއްދުރުން ދުއްވާފައި އައި ސައިކަލެއް އެމީހާގެ ކައިރިއަށް މަޑުކޮއްލިއެވެ. ދެމީހުން އަތާއަތް ޖޯޑުކޮއްލާ އެކަކުއަނެކަކަށް ރައްދުކޮއްލި ހިނިތުންވުމުން އެއީ ދެކެފަރިތަ ދެމީހުންކަން އެނގެއެވެ. ވާހަކަދައްކަމުންގޮސް އެކެތްގެ ކޮނޑުގައި އަނެކަކު ޖަހާލާގޮތުން ހީވަނީ ޒަމާންވީ ދެރަހުމަތްތެރިން ބައްދަލުވެގެން އުޅޭހެންނެވެ. އެތައްއިރެއް ވަންދެން އެތާ ތިބުމައްފަހު ސައިކަލުގައި އިން މީހާ ސައިކަލު ދުއްވާލިއެވެ.
ބާރު ސްޕީޑްގައި އައި ސައިކަލު މަޑުކޮއްލީ ނޫހިޔާގެ ދޮރުމައްޗައްށެވެ. އޭރު އެމީހާގެ މޫނުމަތިން ވިހަ ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ސައިކަލުން ފައިބާ މަޑުހިންގުމެއްގައި އެމިހަކު ގޯތިތެރެއަށްވަނެވެ. އަދި ދެފަރާތުގައި ހެދިފައިފައިވާ ގަސްތަކުގެ ތެރެއަށް ނަޒަރު ހިންގާލީ އަވަސްކަމާއެކުއެވެ. ހީވަނީ ސިއްރުން ކުރަން އުޅޭކަމެއް މީހަކަށް ފަޅާއަރާފާނެތީ އުޅޭހެންނެވެ. ގޭގެ ވަށައިގެން ތަންކޮޅަކަށް ހިނގާލުމަށް ފަހު ކުޑަދޮރެއް ކައިރިއަށް ހުއްޓިއްޖެއެވެ. އެއައްފަހު ޖީބުން ކުޑަ ކަށިގަނޑެއްކަހަލަ އެއްޗެއްނަގާ ދޮރުފަތް ހުޅުވޭތޯ އުޅެންފެށިއެވެ. ދޭތެރެދޭތެރެއިން ފަހަތަށް ބަލާލައެވެ.
ދާދިފަސޭހަކަމާއެކު ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވެއްޖެއެވެ. އެމީހާ އެ ދޮރުހުޅުވާލާ އެތެރެއަށް ވަނެވެ. އޭރު އަރާމު ނިދީގައި ނިހާމާ އެކޮޓަރިތެރޭ ނިދާފާއޮތެވެ. މިމަންޒަރު ބަލަން އިރުކޮޅަކު ހުރުމަށްފަހު މަޑުމަޑުން އެނދާ ދިމާލަށް އެމީހާ ދާންފެށިއެވެ. ލައިގެންހުރި ޓީޝާޓް ބާލާ ޓައިލްސް ތަކުގެ މައްޗަށް ވައްޓާލިއިރުވެސް އެމީހާގެ ނަޒަރު ނިހާމާއާއި ވަކިނުވެއެވެ. އެނދުގެ މަގަތުގައި އޮށޯވެލަމުން ނިހާމާގެ އަތްގެނެސް އެމީހާގެ މޭމަތީ ބާއްވާލީ މަޑުމަޑުންނެވެ.
“ނާއިފް…!” ނިހާމާ ނިދީގައިއޮވެ އެމީހާގެ މޭގެތެރޭ ބޮނޑިވެލީ އެއީ ނާއިފްކަމަށް ހީކޮށެވެ.
“ނިހާ….!!” ނިހާމާ ފުންމައިގެންތެދުވި ނާއިފްގެ ބާރު އަޑަށްށެވެ. އޭރު ނާއިފް ދޮރުމަތީ ހުއްޓެވެ. އެނދުގައި އިތުރު މީހަކު އިންކަންވެސް ނިހާމާއަށް ވިސްނާލެވުނީ މާފަހުންނެވެ. އޭރު ނާއިފްގެ އަޑަށް ގޭގެ އެންމެން އެތަނަށް ޖަމާވެއްޖެއެވެ.
“ކަލޭތީ ކާކު..؟؟؟؟” ނާއިފް އައިސް އެމީހާގެ ކަރުގައިހިފާ ނެގިއެވެ. ނިހާމާއަށް އިނދެވުނީ ވެގެންމިއުޅެނީ ކިހިނެއްކަމެއް ނޭނގިފައެވެ.
“އަންހެނުން ކައިރީ އަހާބަލަ…! ކީއްވެތަ މަ ކައިރީ ތިއަހަނީ…؟” އެމީހާ ނިހާމާއަށް ބަލާލަމުން ޖަވާބުދިނީ ސާބިތުކަމާއެކުއެވެ. ނިހާމާއަށް އިންތަނުންތެދުވެވުނެވެ. ކުއްލިހަރަކާތަކާއެކު ނާއިފްގެ އަތްފޮޅުވާލާ ކުޑަދޮރުން ފުންމާލައިގެން އެމީހާ ދިޔައެވެ.
“ނާއިފް.. މީ.. ކޮން..ކޮންކަމެއް..؟” ނިހާމާ ނާއިފްގެ ގާތަށް އައިސް ހުއްޓުނެވެ. އޭރު ނިހާމާގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ސުވާލުތަކެވެ. ނާއިފްގެ އަތުގެ ހޫނު ހަމަލާއެއް ނިހާމާގެ ކޯތާފަތްމައްޗަށް އަމާޒުވެގެންދިޔައީ ނިހާމާ ނުވެސް ވިސްނާ ހުއްޓައެވެ. ވެގެންދިޔަ ތަދުން މޫނުމަތީ ނިހާމާއަށް އަތްޖައްސާލެވުނެވެ. މިހާތަނަށް ދުވަހަކުވެސް ނާއިފްގެ ފަރާތުން މިފަދަކަމެއް ފެނިފައިނުވާތީ ނިހާމާއަށް ހުރެވުނީ ގަބޫލުނުކުރެވިފައެވެ.
“ކޮންކަމެއްހޭ… ނިހާ ތި އެހީ އަހަރެންކައިރީ…؟ އެސުވާލު އަހަރެންވެސް ކުރަންބޭނުމޭ..!!! އަހަރެން ރަށުގަނެތީސް ނިހާ ކޮންކުޅިގަނޑެއް ތިކުޅެނީ…؟؟؟؟” ނާއިފްގެ އަޑު ކުރިއަށްވުރެން ބާރެވެ.
“ނާއިފް.. އަހަރެން ނާއިފް ތިހީކުރާކަހަލަ ކަމެއް ނުކުރަން.. އަހަރެން…!”
“ކަމެއްނުކުރަމޭ…!! ދެންމެ މިފެނުނީ ކޯންޗެއް..؟؟” ނައިފް ނިހާމާގެ ވާހަކަ ހުއްޓުވިއެވެ. ކޮޓަރީ ދޮރުމަތީގައި ބަލަންތިބި އެންމެންވެސް ތިބީ ނިހާމާގެ ފަރާތުން ފެނުނު މަންޒަރު ގަބޫލުކުރަންދަތިވެފައެވެ.
“ނާއިފް.. އަހަރެންނަކަށް ނޭނގެ..!” ނިހާމާ ދިފާއުގައި ވާހަކަދެއްކޭތޯ ބެލިއެވެ.
“ނިހާ ޕްލީޒް.. އަހަރެން ހިއެއްނުކުރަން ތިރީތި ސޫރައިގެ އެފަރާތުގަ އެހާ މުޑުދާރު….!! ނާއިފް ވާހަކަ ކުރިއަށް ނުގެންގޮސް ހުއްޓާލީ ހިތަށް ކެއްނުވީމައެވެ. ބާރު ފިޔަވަޅުތަކެއްގައި އެތަނުންދާން ހިނގައިގަތެވެ.
“ނާއިފް…. މަންމާ…!” ނިހާމާ އެއްފަހަރު ނާއިފްއަށްގޮވާލިއެވެ. ދެންބަލާލީ ފަރިސާގެ މޫނަށްށެވެ. އެމޫނުމަތިން ފެންނަމުންދިޔައީ ކޯންޗެއްކަން ދެނެގަންނާކަށް ނިހާމާއަކަށް ނޭނގުނެވެ.
“މަންމާ.. އަހަރެން…!” ނިހާމާގެ ޖުމުލަ ފުރިހަމަ ނުވަނީސް ފަރީސާ ކޮޓަރިން ނިކުތެވެ. ފަރީސާގެ މިއަމަލުން ނިހާމާއަށް ޓަކާ އެހިތުގައިވާ އިތުބާރު ގެއްލިއްޖެކަން ނިހާމާއަށް އެނގުނެވެ. އެއާއެކު ނިހާމާގެ ހިތް ކުދިކުދިވި ކަހަލައެވެ.
++++++++++++++++++++++++++++++
މިހިޔާލުތަކުގައި ފަތިސްވަންދެން ނިހާމާއަށް ރޯން އޮވެވުނެވެ. މިހުރިހާދުވަހު އާރާސްތުކުރަމުންދިޔަ ދިރިއުޅުމުގައި އެންމެރެއަކުން ޖެހިގެން މިދިޔައީ ފިލުވާލަންދަތި ލައްގަނޑެކެވެ. އެންމެންގެ ކުރިމަތީގައި ނިހާމާގެ އިތުބާރުގެއްލި އަގުވެއްޓުނީތީ އިންތިހާއަށް ދެރަވިއެވެ.
ހެނދުނުގެ ނާސްތާގެގަޑި ފަހަނައަޅާ ހިނގައްޖެއެވެ. ނިހާމާ އިނީ ކޮޓަރިތެރޭގައެވެ. ބޭރަށް ނިކުމެ އެހެންމީހުންނާ ކުރިމަތިލާނެ ހިތްވަރު ނުލިބުނީމައެވެ. މި ވީގޮތާއި ދެން ކަންތައް ވާނެގޮތެއް ނޭނގި ހާސް ކަންމަތީ ނިހާމާ އިނީ ގޮތް ހުސްވެފައެވެ. ލޯ މައްޗަށް ފެނުނު ކަންތައް ހަގީގަތަށް ކިޔައިދިނަސް އަޑު އަހާނީ ކާކު ހެއްޔެވެ؟. ނިހާމާގެ ކުށެއް އެކަމުގައި ނެތް ކަން އެނގޭނީ ނިހާމާއަށް އެކަންޏެވެ. އެ ހަގީގަތް ގަބޫލު ކުރާނެ އިތުރު މީހަކު ނެތެވެ.
މިފަދަ ހާލެއްގައި ނިހާމާ އިންނަތާ އެތައް އިރެއް ވީ ފަހުން ކޮޓަރި އަށް އެވަނީ ނާއިފް އެވެ. ނުރުހުން ވެފައިވާކަން އެ މޫނު މަތިން އެނގި ފާޅުވާން ހުއްޓެވެ.
” ނިހާ… ކީއްވެ؟ ކީއްވެ؟ އަހަންނަށް ތިހެން ތިހެދީ؟ އަހަރެންގެ ފަރާތުން ކޮން ކަމެއް ނުވެގެން؟ އަހަރެން ވީ ލޯބީގެ އަގު ދޭން އިނގުނީ ތިހެންތަ؟…” ނިހާމާ އަށް ފުރަގަސް ދީ ހުރެ ކުރަކި އަޑަކުން ނާއިފް ބުނަމުން ދިޔައެވެ.
” ނާއިފް… އަހަރެން ދައްކާވާހަކަ އަޑު އަހާބަލަ… އަހަރެން… އަހަރެން…”
” ހުއްޓާލާ… އަހަރެންގެ ލޮލަށް ފެނުނީމަ ކީކޭ ކިޔަން ތިއުޅެނީ؟… ނިހާ ކަމެއް ނުކުރަމޭ ބުނަންތަ؟… ނިހާމާގެ ވާހަކަ ހުއްޓުވަމުން ނާއިފް ބުނެލިއެވެ.
” އަހަރެން ދެން ބޭނުމެއްނޫން ނިހާ އާއި އެކު އުޅޭކަށް… އަހަރެން ނިހާ އަށް ކުރި އިތުބާރު ނިހާ ވެއްޔާލާ މޮޑެލައިފި… ދެން އިތުރަކަށް މިހިތަކު ނިހާ އަށް ޖާގައެއް ނެތް…”
” ނޫން… ނޫން… ނާއިފް… ހެޔޮނުވާނެ … އަހަރެން ބުނާ އެއްޗެއް އެއްފަހަރު އަޑުއަހާ ބަލަ…” ގިސްލަ ގިސްލަމުން ނިހާމާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
” ނިހާ…ފޮއްޓަށް އެއްޗެހި އަޅާ ރެޑީވޭ… ނިހާގެ ރަށަށް ނިހާ ފޮނުވާލަން މިއުޅެނީ… އަވަސް ކުރޭ…” ވީ ދެރަޔާ އައި ރުޅީގައި ނާއިފްގެ ނިންމުން ނިހާމާ އަށް އެންގިއެވެ.
“ނޫން.. ނޫން.. ޕްލީޒް ނާއިފް.. ތިހެން ނުހަދާ..! އާދޭސްކޮށްފަބުނަން..!”
“ނިހާ.. ތިބޭކާރު ވާހަކަތަށް އަޑުއަހާކަށް އަހަރެންނަކަށް ވަގުތެއްނެތް..! މިހާރު ލޯންޗު ރެޑީކޮއްފިން..!”
(ނުނިމޭ..)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.


miothy mi part ves…!!! unmeedhu kuran kamudhaanekamah… comment kuraa hurihaa kudhinnah v v v v v v v v v bodah thnxxxxx….!!!!
Haada goahay dhw naaif ves ahan hadaakah ves nuvaaneyehnu hahahaa
Haada goahay dhw naaif ves ahan hadaakah ves nuvaaneyehnu hahahaa story v nice
Wowwwwww vvvvvvv reethiiii….plx next part avaha up kohdhybaa..
Hadha kuru kohly ekam v obi mi part
Aslu naaif ah hagygaiyy angan vaane dhw..nihaa ah dhera gotheh vihyyaamu vvrh sakaraaiyy
Hyvanee vahaka ninmalan ulhey hen… v habu mi part vx n the story also ?? when next part
Hyvany fahun alaan aa nihaa aa hen ulheyny
V salhi . aee e alaan gandu dhow . naaifooo nihaa ah ithubaaru kohbala…..
Dhekolhu balanjeheynedhw naaif ves
haadha kurey. ekamakuves v reethi me bai.
Vvvvv habeys…thanxx avah up koh dhinima
Vaaahaka vvv reeethi♥♥♡♥♥♥♡
Baeh myhunge hunna v goas aadhaeh.. hagygai balaalaakah beynumei nuvaane.. bt dis story is awesome.. keep it up..
V reethi mi story 🙂
Varah reethi vaahaka.. Mihaaku esfiya upload kuraa vaahaka tha Koba
nt bd……..
Dhn kihineh baa vaany????
Naaif vaki rangalhu meehakah nuviennu? Loabivaa anbimeehaa ge vaahaka adu ahaalumeh ves nei. Fooohi