Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ..! 11 ވަނަ ބައި

princess lily
February 14, 2016
4 Mins Read
61 Views
15 Comments

ހިތް ދަތިކަމުން ފުރިފައިވާ ހާލު ނިހާމާ ފޮއްޓަށް އެއްޗެހި އަޅަން ފެށިއެވެ. ނާއިފް ނުކުތީ ބޭރަށެވެ. ސިޓިންރޫމް ތެރޭގައި ގޭގެ އެންމެން ތިބީ ވެގެން ދިޔަކަންތަކުގެ ސަބަބުން ހިތްމަރުވެފައެވެ. ނާއިފް ނުކުތުމުން ނާއިފްގެ މަންމަ ސުވާލު ކުރީ  ނާއިފްގެ ނިންމުމާ ދޭތެރެއެވެ.

” މަންމާ… އަހަންނަކަށް ނޭނގެ ހަދާނެ ގޮތެއް… އަހަރެންގެ ހިތްވަރެއް ނެތް ނިހާ އާއި އެކު އުޅޭކަށް.” ގޮތްހުސްވެފައިވާ ބީދައިން ނާއިފް ބުނެލިއެވެ.

” މަންމަ ބޭނުންވަނީ ތިކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލަން… ނިހާމާގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ކުރިންފެނިފައެއްނެތް…ކުއްލި އަކަށް މިހެންދިމާވީމާ އެންމެ ރަނގަޅު ގޮތަކީ ނިހާމާގެ ބަހެއްވެސް އަދި އެ މީހެއްގެ ހަގީގަތްވެސް ހޯދުން… ދިރިއުޅުން ރޫޅާލަން ވާނީ ވަރަށް ރަނގަޅަށް ވިސްނާފަ…މަންމަ އަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އެއީ…” ޒިންމާދާރު ކަމާއިއެކު ފަރީސާ އޭނާގެ ވާޖިބު އަދާކުރިއެވެ.

” ދެން ނޭނގެ…! ވަރަށް ރުޅިގަދަވޭ…! ގަބޫލު ކުރަން ބޭނުމެއްނޫން… އެކަމަކު ލޮލަށް ފެނުނު މަންޒަރަކީ ދުވަހަކުވެސް ހިތުން ފޮހެވޭނެ މަންޒަރެއްނޫން… ނިހާ ރަށަށް ގެންދަން ބޭނުމީ ހަމަމިހާރު.. އަހަރެންގެ ކުރިމަތީ ނިހާ ހުރީމާ ރަނގަޅުނިންމުމެއް ނުނިންމޭނެ.. ރަނގަޅަކަށް ނުވެސް ވިސްނޭނެ…” ނާއިފް އޭނާގެ ޝުއޫރު ފާޅުކޮށްލިއެވެ.

އެވަގުތަކީ ނިހާމާ ފޮށި ހިފައިގެން ނުކުތް ވަގުތެވެ. ސިޓިންރޫމް ގައި ގޭގެ އެންމެން އެތިބީ އޮލަ ވާހަކައިގައެވެ. ނިހާމާގެ ކޯތާފަތް މައްޗަށް ހުއްޓުމެއް ނެތި ކަރުނަތައް ފައިބަމުންދެއެވެ. އެ އުފާވެރި ހަޔާތަށް މިއައި ގަދަ ތޫފާނުގެ ސަބަބުން ނިހާމާގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލައިފިއެވެ. އެހުރި މަޑުމޮޅިކަން މަތީ ނިހާމާ ނުކުތީ އިސްދަށަށް ޖަހައިގެންނެވެ. އެންމެންގެ ސަމާލުކަން ހަމަ އެވަގުތު ހުއްޓުނީ ނިހާމާ އަށެވެ. ފަރީސާ ނިހާމާ އަށް ބަލަން އިނީ ވަރަށް ޝައުގުވެރިކަމާއި އެކުއެވެ.

” ނާއިފް… ވެގެން ދިޔަ ކަންތައް މަންމަ ރަނގަޅެއް ނުކުރަން… އެކަމަކު ނިހާމާ އަކީ ވެސް އިންސާނެއް… ރޭންސުރެ އެ މަންޖެ ކާއެއްޗެއްވެސް ނުކައި… ރޮއެރޮއެ ދެލޯ އެހެރީ ދުޅަވެފަ… އެހާލުގަ ހުއްޓާ ނާއިފް އޭނާ އަށް ތިކަންތައް ކުރަނީ ރަނގަޅަކަށްނޫން… ތި ފޮށި ބަހައްޓާ ކޮޓަރީގަ..” ނިހާމާގެ މޫނުމަތީގެ ކުލަވަރު ފެނުމުން ފަރީސާއަށް ކެތެއްނުވިއެވެ. ނިހާމާގެ މައުސޫމު މޫނުމަތިންފެނަ އަސަރުތަކުން ފަރީސާގެ ހިތަށްވެސް އަސަރުތަކެތްކުރިއެވެ.

“ނޫން… މަންމާ…! އަހަރެން މިގެއަށް ގެނައީ އަހަރެންގެ ފިރިމީހާ… މިއަދު އަހަރެން ފޮނުވާލަނީވެސް ހަމަ އަހަރެންގެ ފިރިމީހާ… އަހަރެން ކިޔަމަންތެރި ކަމާއެކު ދާނަން…! އަހަރެންނަށް ހަގީގަތް ހާމަ ކޮށްދެވޭނަމަ..! އަހަރެންގެ ވާހަކަ އަޑު އަހާނެ މީހަކު ހުރިނަމަ…! ކުށެއް ނެތްކަން ސާބިތުކޮއްދޭން އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއްނެތް…” ކުރަކި އަޑަކުން ނިހާމާ ވާހަކަ ދެއްކިއެވެ.

“ކޯއްޗެއްތަ އަޑު އަހަންވީ؟ ނިހާ ނުކުރާ ކަމެކޭ ބުނާ އަޑުތަ؟ ނޫނީ ކުށެއްނުކުރަމޭ ބުނާ އަޑުތަ؟ލޮލަށް ފެނުނީމާ ގަބޫލުކުރެވޭނެތަ؟ ބުނެބަލަ… ބުނެބަލަ…” ނާއިފް ގެ ރުޅި އަނެއްކާވެސް ވީ ގަދައެވެ. ނާއިފް އައި ރުޅީގައި އަތުގައިއޮތް ފޯނު އަތުކޮޅަށް ހޫރާލިއެވެ. ފާރުގައި ޖެހުނުގޮތަށް ފޯނު ކުދިކުދި ވެއްޖެއެވެ. މިމަންޒަރުބަލަން ތިބި އެންމެންވެސް ސިހުނެވެ. މިއީ ދުވަހަކުވެސް ނާއިފްގެފަރާތުން ފެނިފައިވާ ކަމަކަށް ނުވާތީއެވެ.

“ދަރިފުޅާ.. ރުޅި މަޑުކޮއްބަލަ..! ނިހާމާ ތި ފޮށި ބަހައްޓާފަ ސައިބޯން ހިނގާ… ސައިބޮއެގެން ފެންވަރާލާ ހަދައިގެން ނުކުތީމަ ނާއިފް ބޭނުމިއްޔާ ނިހާމާގެ ރަށަށް އޭނާ ގެންދޭ… އެކަމަކު ކަމުގެ ހަގީގަތް ނުބަލާ ވަރިޔާ ހަމައަށް ނުދާތި… ނިހާމާގެ ރަށަށް ނިހާމާ ގެންދާނަމަ ރީތި ގޮތުގަ އެކަން ކުރަންޖެހޭނެ.” ނަސީރާ ކަންކުރަންވީގޮތް ވަރަށް ސާފުކޮން ބުނެދިނެވެ.

ސައިބޮއި އަވަދިވެގެން ނިހާމާ ފެންވަރާލަން ދިއައެވެ. ކުޑަވަރެއްގެ ހިތްވަރެއް މައިދާތަގެ ވާހަކަ ތަކުން ލިބުމާއި އެކުވެސްމެއެވެ. ފެންވަރައިގެން ނުކުމެ އެނދުގައި އިށީންދެލައިގެން ނިހާމާ އިނީ ނާއިފް ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ މާޔޫސް ވެފައެވެ.

އިރުކޮޅެއްގެ ފަހެވެ. ނާއިފް ކޮޓަރިއަށް ވަނުމަށްފަހު ނިހާއަށް ފުރަންދާން ނުކުތުމަށް އެދުނެވެ. ނިހާމާ އިތުރު ވާހަކައެއް ނުދައްކާ މަޑުމަޑުން އިސްޖަހައިގެން ހުރެ ކޮޓަރިން ނުކުތެވެ. ގޭގެ ބޮޑުދޮރާއްޓާ ދިމާލަށް ދެމީހުން ހިނގައިގަތީ އެކުއެކީގައެވެ.

“ދަރިފުޅާ.. ތީތަ ދަރިފުޅުގެ އެންމެ ފަހުގެ ނިންމުމަކީ..؟” ނާއިފްއާއި ނިހާމާއަށް ހުއްޓެވުނީ ފަރީސާގެ އަޑަށްށެވެ.

“މަންމާ ޕްލީޒް.. ކުރިން ދުވަހަކުވެސް މަންމަގެ ނިންމުމަކާ އަހަރެން ދެކޮޅެއް ނުހަދަން..! އެކަމަކު މިކަމުގަ ގޮތްނިންމާނީ އަހަރެން..!” ނާއިފް އެނބުރި ފަރީސާގެ މޫނަށް ބަލާލިއެވެ.

” ތީ ދަރިފުޅުގެ ދިރިއުޅުން.. ދިރިއުޅުމުގަ ގޮތް ނިންމާނީ ދަރިފުޅު..! އެކަމަކު ރަނގަޅުގޮތް ބުނެދިނުމަކީ މައިންބަފައިންގެ ޒިންމާއެއްކޭ..! ދަރިފުޅު ވިސްނާނުލާ ތިގޮތަށް ކަންތައްތައް ނިންމަންފެށީ ކޮންއިރަކު..!”

“މަންމާ.. ޕްލީޒް..!” ނާއިފް އެނބުރި ހިނގައިގަތެވެ. ނާއިފްގެ ފަހަތުން ނިހާމާ މަޑު ހިނގުމެއްގައި މިސްރާބު ޖެހީ ބަނދަރަށް ދިއުމަށެވެ. ބަނދަރަށް ދެވުނު އިރު ލޯންޗު ވަނީ ދަތުރަށް ތައްޔާރުވެ ޖެޓީގެ ސިޑިއާއި ކައިރި ކޮށްފައެވެ. ނިހާމާއާއި ނާއިފް ލޯންޗަށް އަރާ ހަމަޖެހިލުމާއިއެކު ދަތުރަށް ފެށިއެވެ.

ކަނޑިންމައިން ލޯންޗު ނުކުތުމާއި އެކު މާލިމީ ދުވެލި ބާރުކޮށްލާ މިސްރާބު ޖެހީ ނިހާމާގެ ރަށާއި ދިމާލަށެވެ. ދުވަހަކީ ވައިރޯޅި މަޑު ކަނޑުވެސް މަޑު ދުވަހެއްކަމުން ކަނޑުމަތި ހީވަނީ ފަތުރާލެވިފައިވާ ސެލޯފިން ކޮޅެއްހެންނެވެ. ފެންކަފާލާފައި ލޯންޗު ދާއިރު ކުޑަވެސް ގުޑުމެއް ނައިސް އޮމާންކަމާއި އެކު ކުރިއަށް ދުވަމުންދެއެވެ. ނިހާމާ އިނީ އުދަރެހުން ފެންނަމުންދާ ހިތްގައިމު މަންޒަރުބަލާށެވެ. ނާއިފް މާލިމީއާއި އިންވެގެން ހުރި ގޮނޑީގައި ކުރިމައްޗަށް ބަލަހައްޓައިގެން އިނެވެ. މިދެމަފިރިންގެ ހާލަތަށް ބަލާމީހަކަށް ހީވާނީ ދުވަހަކުވެސް ނުދަންނަ ދެ ބީރައްޓެހިން އެކީ ދަތުރު ކުރަމުންދާހެނެވެ. އެކަކު އަނެކަކަށް ކުޑަކޮށްވެސް ސަމާލުކަމެއް ދިނުމެއްނެތެވެ. ނާއިފް އަދިވެސް ވަނީ ފެނުނު މަންޒަރުގެ ސަބަބުން ނިހާމާ އާއި ހަތަރުކަޅި ހަމަކުރަން ބޭނުން ނުވެފައެވެ. އެއްވެސް ކުށެއްނެތި ނިހާމާގެ ދިރިއުޅުން ވެއްޓެމުން މިދާ އަނދަވަޅުގަނޑުން ސަލާމަތް ވާނެއެއްވެސް ގޮތެއްނެތި މާޔޫސްވެފައިވާ ނިހާމާ އިރުއިރުކޮޅުން ނާއިފް އަށް ބަލާލައެވެ. ނިހާމާގެ ހިތުގެ ކޮންމެވެސް ކަނަކުން ނާއިފް އަދި ފުރުސަތެއްދޭނެޔޭ ބުނާކަހަލައެވެ.

ފަނަރަވަރަކަށް މިނެޓުގެ ކުރު ދަތުރަކަށްފަހު ލޯންޗު މަންޒިލަށް ވާސިލްވެއްޖެއެވެ. ނިހާމާ ލޯނޗުންފައިބާ ނާއިފްއަށް ބަލާލިއެވެ. އޭރު ނާއިފް ނިހާމަގެ ފޮށިބާލައި ދެނީއެވެ. ފޮށިގެނެސް ނިހާމާގެ އަތަށްދެމުން ނާއިފް ނިހާމާގެ މޫނަށް ބަލާލިއެވެ. އެދެލޮލުގެތެރޭގައި ވިދަމުންދިޔަ ކަރުނަތަށްފެނުމާއެކު ނާއިފް އިސްޖަހާލިއެވެ. އޭރު ނާއިފްގެ ހިތްވެސް ކުދިކުދިވެފާވާކަމުގެ އިހުސާސް ނާއިފްއަށް ކުރެވުނެވެ.

“ނާއިފް…!” ކުރެހިފައިވާ އަޑަކުން ނިހާމާ ބުނެލިއެވެ.

“ދަނީ…!” ނާއިފް އެނބުރިގޮސް ލޯންޗަށް އެރިއެވެ. މިމަންޒަރު ބަލަން ނިހާމާއަށް ހުރެވުނީ ހުއްޓުންއަރާފައެވެ. ނިހާމާގެހިތް އެތައްފަހަރަކު ނުދާށޭ ގޮވަމުންދިޔައެވެ. ލޯންޗު ދުއްވާލުމާއެކު އެންމެފަހުފަހަރަށް ނާއިފް ނިހާމާއަށް ބަލާލިއެވެ. އޭރު ނާއިފްގެ ލޮލުތެރެގަވެސް ކަރުނައިގެ އަސަރު ހުއްޓެވެ. އެހިތަށް ކޮއްފައިވާ އަސަރު އެދެލޮލުން ފެންނަންހުއްޓެވެ.

ނިހާމާ ގެއާދިމާލަށް ހިނގައިގަތެވެ. ހިނަގަމުންދިޔައިރު ބައެއްދަންނަ މީހުން ނިހާމާއަށް ގޮވާލައެވެ. ރަށްދުގައި ނިހާމާ ހިތާމަތަށް ފޮރުވަމުން ހިނިތުންވުމެއް ދެއެވެ. އެތަށް ކުދިގޯޅި ތަކަކާއި އެތަށް މަގުތަކެތް ހުރަސް ކުރުމަށްފަހު ގޮސްގޯތިތެރެއަށްވަނެވެ.

“މަންމާ….!” ޖޯލީގައި އޮށޯވެލައިގެން އޮތް ނަފީސާ ފެނުމުން ނިހާމާގޮވާލިއެވެ.

“ދަރިފުޅާ…!” ލިބުނު ހައިރާންކަމާ ނިހާމާއަށް ވެފާހުރިގޮތުން ނަފީސާއަށް ޖޯލިންތެދުވެވުނެވެ.

“މަ..މަންމާ…!” ނިހާމާގެ އިސްދަށަށް ޖަހާލީ ކުއްވެރިއަކު ފަދައިންނެވެ. އެއާއެކު ކަރުނަނަތަށް ކޯތާފަތްމަށްޗަށް އޮހިގަތެވެ.

“ދަރިފުޅާ.. ކިހިނެއްވީ…؟” ތެޅިތެޅިއޮތް ހިތަކާއެކު ނަފީސާ ސުވާލުކުރިއެވެ.

“ނާއިފް…! އަހަރެން…!” ނިހާމާއަށް ވާހަކަ ނުދެއްކުނެވެ. ނިހާމާ ރޮއެގައިންފާ ނަފީސާގެ ގައިގާ ބައްދާލިއެވެ.

“ނާއިފް ކިހިނެއްވީ… ދަރިފުޅާ ބުނޭ މަންމަ ކައިރީ…!” ނަފީސާ ގެ ހިތުގެތެޅުން ދެގުނައަށް އިތުރުވިއެވެ.

“ނާއިފް.. އަހަރެން.. ރަށަށް ފޮނުވާލީ…! ނިހާމާ ހުއްޓަމުން ހުއްޓަމުން ވާހަކަދެއްކިއެވެ.

“ކީކޭ..؟ ކީއްވެ..؟! މިތާ އިށީނދެބަލަ..” ނަފީސާއަށް ގަބޫލުނުކުރެވުނެވެ. ނާއިފް އެހެން ހަދާފާނެކަން ގަބޫލުކުރަން ދަތި ވީއެވެ. ނަފީސާ ނިހާމާގާތު ޖޯލީގައި އިށީނނަން ބުންޏެވެ. ނިހާމާގެ ބޮލުގައި ފިރުމާލަމުން ކަންތައްވީގޮތާމެދު ސުވާލުކުރިއެވެ.

ނިހާމާ ކަންތަށްވީގޮތް ކިޔާދިނެވެ. އެތަކެތްފަހަރު މަންމަގާތު އިތުބާރުކުރުމަށް ބުނަމުންނެވެ. ރޮމުން ގިސްލަމުން ކަންތަށް ވީގޮތް ކިޔާދީ ނިމުނުއިރު ނަފީސާގެ ދެލޯވެސް ކަރުނުން ތެންމާލައިފިއެވެ.

“މަންމަ ދަރިފުޅަށް އިތުބާރުކުރަން..! މިމަންމަގެ ތަރުބިއްޔަތުން ދަރިފުޅު ގޯސްމަގަކުން ނުދާނެކަން މަންމަޔަށް ޔަގީން..! ނާއިފް އެއީ މަންމަ ހީކުރިކަހަލަ މީހަކަށް ނުވި..”

“ނޫން މަންމާ.. ނާއިފް އަކީ ރަނގަޅު ފިރިއެއް..! ނާއިފް އަހަރެން ބަލާ އަންނާނެ.. ނާއިފްއަށް އަދިވިސްނޭނެ..!” ނިހަމާ ނަފީސާގެ ވާހަކަތަށް ހުއްޓުވިއެވެ.

“ރަނގަޅު ވިސްނޭ ފިރިއެއްނަމަ އެގޮތަށް ކަންތަށް ކުރާނެތަ.. ހަގީގަތް ބަލާނުލާ އަނބިމީހާއަށް ތިހެން ހަދާނެތަ…؟” ނަފީސާ ނާއިފްދެ އިންތިހާއަށް ރުޅިއައެވެ. އެއްވެސް ކުށެއްނެތި ނިހާމާއަށް އެހާބޮޑު ހިތާމައެއްދިނީތީ ކެއްނުވީއެވެ.

ނުނިމޭ..

20
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

princess lily

Other Articles

Previous

ހިތް އެދެނީ 7

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 41

Next
February 14, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 41

Previews
February 13, 2016

ހިތް އެދެނީ 7

15 Comments

  1. princess lily says:
    February 14, 2016 at 5:53 pm

    sorry sorry kurukon genesdhevunyma.. dhen genesdhey part miahvuren dhigukon genesdheveytho try kuraanan…

  2. Mari says:
    February 14, 2016 at 5:59 pm

    Thanxxx..vvvvvv salhi …next part vs avahah up koh dhehchey…keep it up..

  3. Zaanaa says:
    February 14, 2016 at 6:00 pm

    Next part avahah up koh dehchay story nice

  4. princess lily says:
    February 14, 2016 at 6:08 pm

    thanx Mari….!! thanx zaanaa…!!

  5. havvu says:
    February 14, 2016 at 6:47 pm

    Nice

  6. shahaa says:
    February 14, 2016 at 6:52 pm

    Wowwwwwww…nyc stwry..kyp it up princess

  7. ainyj says:
    February 14, 2016 at 6:53 pm

    Salhi

  8. Thaathu says:
    February 14, 2016 at 7:17 pm

    Vaahaka hama habeys… aneh prt avahah up kohdhehchey

  9. Zeena says:
    February 14, 2016 at 7:18 pm

    Varah Varah reethi. Thank u princess lily

  10. noo says:
    February 14, 2016 at 7:23 pm

    V salhi. Varah avahah up kohdhey thi .aneh part

  11. princess lily says:
    February 14, 2016 at 8:23 pm

    thanxxxxxxxxxx…..!!! havvu shahaa ainyj thaathu Zeena n noo thanxxxx thanxx!!!

    1. fahy says:
      February 16, 2016 at 1:34 pm

      Haadha kurey genes dheyleh

  12. ull says:
    February 14, 2016 at 9:47 pm

    V v v v v v v reethi

  13. saa says:
    February 14, 2016 at 11:14 pm

    v v v nyc

  14. Mari says:
    February 16, 2016 at 1:26 pm

    Vvvvv salhi …dhn kon irakun tha nxt part up kurany …avahah up koh baa vvv kiyaa hivey…keep it up…princess lily

Comments are closed.

All Right Reserved!