Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ..! 9ވަނަ ބައި

princess lily
February 11, 2016
5 Mins Read
37 Views
15 Comments

ނިހާމާއާއި ނާއިފް ބޭރަށް ނުކުމެލީ ނާއިފްގެ މަންމަމެން ކައިރިއަށް ދިޔުމުގެ ބޭނުމުގައެވެ. ދެމީހުން ސައިކަލުގައި އަޔާޒްމެންގެ ގެއާދިމާލަށް މިސްރާބުޖެހިއެވެ. އާދައިގެ ބާރުމިނެއްގައި ނާއިފް ސައިކަލު ދުއްވަމުންދިޔައީ ރަށުގެ ބޮޑުމަގުގައެވެ. ބޭއިހްތިޔާރުގައި ނިހާމާއަށް ހަޅޭއްލަވައިގަނެވުނީ ކުރިމަތިން ސައިކަލެއް ހުރަސްކޮއްލުމުންނެވެ. ކުއްލި ހަރަކާތަކާއެކު ނާއިފްއަށް ސައިކަލު މަޑުކޮއްލެވުނެވެ.

ކުރިމަތީގައި ސައިކަލެއްގައި އެއިނީ އަލާންއެވެ. އަތުގައި ހެޔޮވަރުގެ ދަނޑިގަނޑެއް އޮތެވެ. ނާއިފް އާއި ނިހާމާއަށް ފަހަތަށް ބަލާލެވުނީ ފަހަތުން ސައިކަލުތަކެތްގެ އަޑު އިވުމުންނެވެ. އޭރު އަލާންގެ ގުރޫޕް އެންމެން އައިސް ނާއިފްގެ ސައިކަލުގެ ވަށާލައިފިއެވެ.

“ކިހިނެއްވެގެން ތިއުޅެނީ..؟” ހަމަނުޖެހުމެއް ހިންގަން ބޭނުންނުވާތީ ނާއިފް ސުވާލުކުރީ މަޑުމަޑުންނެވެ.

“ކިހިނެއްވެގެންހޭ..؟؟ މަގޭ ހައްގެއް ޖަހައިގަނެފަ އަދި އެބައަހައެއްނު ކިހިނެއްވީހޭ….!” އަލާން ރުޅިވެރިކަމާއެކު ޖަވާބުދިނެވެ.

“ނާއިފް..!” ނިހާމާ ބިރުން ނާއިފްގެ ގައިގާ ބާރަށް ހިފާއްޓާލިއެވެ.

“ކަލެއަށް މިއަދަކު ސަލާމަތަކުން ނުދެވޭނެ.. ހެހެހެހެ..!” އަލާން މިހެންބުނެ ހެމުން ސައިކަލުން ފޭބިއެވެ.

ނާއިފްއާއި ނިހާމާއަށްވެސް ކުރިއަށްދެވޭނެ އެއްވެސް ގޮތެއްނެތުމުން މަޖުބޫރުވީ ސައިކަލުން ފައިބާށެވެ. އޭރު އަލާން އެދެމީހުންނާދިމާލާށް އާދެއެވެ. ނިހާމާއަށް ކުރިއަށްވުރެން ބާރަށް ނާއިފްގެ އަތުގައި ހިފާއްޓަލެވުނެވެ. އެއާއެކު ނާއިފް ނިހާމާގެ ކުރިމައްޗައްއެރީ އެންމެ ކޫރުމެއްވެސް ނިހާމާގެ ގައިގާ އެޅުނަކަނުދޭނަމޭ ބުނާފަދައަކުންނެވެ.

ނާއިފް ހުރީ އަލާންއަށް ސަމާލުކަން ދީގެންނެވެ. އެހެންނަމަވެސް ފުރަތަމަ ހަމަލާ ނައިފްއަށްއައީ އަލާންގެ ފަރާތަކުންނެއް ނޫނެވެ. ނާއިފްގެ އަރިމަތީގައި ހުރި މީހަކު ނާއިފްގެ ބޮލުގައި ވަރުގަދަ އެތިފަހަރެއްޖެހިއެވެ. އެއާއެކު ނާއިފް އަށް ހީވީ މުޅިދުނިޔެ އެނބުރިގައިންހެންނެވެ. ކަނޑާ ވައްޓާލި ރުކެއްހެން ނާއިފް ބިންމައްޗަށް ވެއްޓުނެވެ. ހަމައެސިކުންތުތެރޭ ނިހާމާއަށް ހަޅޭއްލަވައިގަނެވުނެވެ. ނިހާމާ ގޮސް އަލާންގެ ޓީޝާޓުގައިހިފާ ދަމައިގަތެވެ. އަދި ގޮށްމުށްކަވާ އަލާންގެ ގައިގާ އެތައްފަހަރަކު ޖެހިއެވެ. އެހެންނަމަވެސް އަލާންގެ އެބާރުގަދަ ހަށިގަނޑަށް އޭގެން އެއްވެސް އަސަރެއްނުކުރާކަހަލައެވެ.

“ނި… ނި..ނިހާ..!” ނާއިފްގެ އަޑުއިވުމާއެކު ނިހާމާ ނާއިފްއާދިމާލަށް ދާން އެނބުރުނެވެ. އެވަގުތު އަލާން ނިހާމާ ދުރަށްކޮއްޕާލިއެވެ. އޭރު ނާއިފް ބޮލުގައި އަތްއަޅައިގެން ތެދުވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ބޮލަށް އެބުރުން އަރާފައިވާ ވަރުން ނާއިފް އަށް ފެންނަމުން ދިޔައީ ފުސް މަންޒަރުތަކެކެވެ.

“ދެން ތިތާ އޮވެ ލޯބިވާ ފިރިމީހާ މަރަށްތެޅޭ މަންޒަރުބަލާ… ހެހެހެހެ…!” ނިހާމާއާއި ދިމާލަށް މިހެންބުނުމަށްފަހު އަލާން ހެމުން ނާއިފް އާއިދިމާލަށް ހިނގައިގަތެވެ. އަލާން އަތުގައިއޮތް ދަނޑިބުރި ނާއިފްއާއިދިމާލައް މަޅާލުމާއެކު ނިހާމާއަށް ދެލޯމަރާ ބާރުކޮއްލެވުނެވެ. ދެން އިވިގެންދިޔައީ އަލާންގެ ވޭނީ ހަޅޭކުގެ އަޑެކެވެ. ނިހާމާ ލޯހުޅުވާ ބަލާލިއެވެ.

“ދޮންބޭ…!” އޭރު މިހާދު ހުރީ އަލާންގެ ފުރަގަހުގައެވެ. އަލާންގެ އަތްވަނީ ފަހަތަށްގެނެސް ހިފާއްޓާފައެވެ. ވަމުންދިޔަ ތަދުން އަލާން ހަޅޭއްލަވަމުން ދިޔައެވެ. ކުއްލިހަރަކާތަކާއެކު މިހާދު އަލާން ފާރާ ދިމާލަށް ކޮއްޕާލިއެވެ. އެއާއެކު އަލާންގެ އަތުގައިއޮތް ދަނޑިގަނޑު ވެއްޓުނެވެ. މިހާދު އެދަނޑިގަނޑުނަގާ އަތައްހެޔޮވަރުކޮއްލިއެވެ. ދުރު ފިޔަވަޅުތަކެއްއަޅަމުން މިހާދު އަލާން އާދިމާލައް ދިޔައެވެ. އެވަގުތު އެތަނުން މީހަކު މިހާދު އާދިމާލަށް އައެވެ. އެހެންނަމަވެސް ހުޝިޔާރުކަމާއެކު މިހާދު އެމީހާގެ ހަމަލާއިން ސަލާމަތްވެ ރައްދުގައި އެމީހާއަށް މިހާދުގެ އަތުގައިއޮތް ދަނޑީގެ ވަރުގަދަ ހަމަލާއެއްދިނެވެ. މިހާދު އަނެއްކާވެސް އަލާން އަށް ބަލާލިއެވެ.

“މަގޭ އާއިލާ އާއި ކުޅެލާފަ ސަލާމަތްވާނެޔޭ ހީނުކުރާތި..!!!” މިހާދު ލޮލުގައިވަނީ ރުޅިވެރިކަމެވެ. މިހާދު އަތުގައިއޮތް ދަނޑިގަނޑު އަލާންއާއި ދިމާލަށް މަޅާލިއެވެ.

“ދޮންބޭ……!” ނިހާމާއަށް ހަޅޭއްލަވައިގަނެވުނެވެ. މިހާދު ބަލާލުމުން ނިހާމާ އެހެން ނުހަދާށޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. އެތާތިބި އެންމެން ދުވެފިލީ މިހާދު ވަކިވަކިން އެމީހުންގެ މޫނަށް ބަލާލިގޮތުންނެވެ.

އޭގެ ދިހަވަރަކަށް މިނެޓުފަހުން ނާއިފް ހޮސްޕިޓަލަށް ގެންދެވުނެވެ. އޭރު ނާއިފް އޮތީ ހޭނެތިފައެވެ. އެމެޖެންސީ ރޫމްގައި ނާއިފްއަށް ފަރުވާދެވެމުންދިޔައިރު ނިހާމާގެ ލޮލުން އެއްވެސް ހިފޭއްޓުމެއްނެތި ކަރުނަ އޮހެމުންދިޔައެވެ. ނިހާމާގެ ގާތުގައި ނާއިފްގެ މަންމަ ފަރީސާ އިނެވެ. އޭރު އެމެޖެންސީ ރޫމް ކައިރިއަށް ތިން އާއިލާވެސް ޖަމާވެފައިވެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހާސްކަމެވެ. ނަރުހަކު އެމެޖެންސީ ރޫމުން ނިކުތުމާއެކު އެންމެންނަށް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. ނިހާމާއަށްވެސް އިށީނދެއިން ގޮނޑިންތެދުވެވުނެވެ.

“ނާއިފްގެ ހާލު ރަނގަޅުތަ..؟” އެންމެފުރަތަމަ ސުވާލުކުރީ އަޔާޒްއެވެ.

“އަދި އެއްޗެއް ބުނާކަށް ނޭނގެ.. ޕޭޝެންޓުގެ ގައިން ވަރަށް ބޮޑަށް ލޭމަދުވެފަހުރީ.. ބީ ޕޮޒިޓިވް ލޭބޭނުންވޭ…!” މިހެންބުނުމާއެކު އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

“އަހަރެންގެ ހުންނާނީ ބީ ޕޮޒިޓިވް.. ހިނގާ…!” ފިރާޒް މިހެންބުނަމުން ނަރުސް ކުއްޖައާއެކު ހިނގައިގަތެވެ.

“ދަރިފުޅާ.. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ..!” ނަފީސާ ނިހާމާގެ ބޮލުގައި ފިރުމާލިއެވެ.

“މަންމާ… ހުރިހާކަމެއްވެސް މިވީ އަހަރެންގެ ސަބަބުން.. ހުރިހާކަމެއްވެސް…” ނިހާމާގެ އަޑުބެދުނެވެ.

“ނޫން ދަރިފުޅާ.. ތިހެންނުބުނޭ..މިކަމުގައި ދަރިފުޅުގެ ކުށެއްނެތް..! ކުށްކުރި މީހުންނަށް އަދަބު ލިބޭނެ…” ނާއިފްގެ ބައްޕަ އަރީޝް ވާހަކަދެއްކިއެވެ.

އިރުކޮޅަކުން ނާއިފްގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އެންގިއެވެ. އެއާއިއެކު އެންމެންގެ މޫނު އުޖާލާވިއެވެ. އެތައްފަހަރަކު މާތް ﷲ އަށް ހަމްދުކުރިއެވެ. އޭގެ ދެގަޑީއިރު ފަހުން ނާއިފް ވޯޑަށް ބަދަލުކުރެވުނެވެ.

ނިހާމާ އިނީ ނާއިފް ބާއްވާފައި އޮތް އެނދުގެ ކައިރީގައެވެ. އޭރު ނާއިފް އަށް އޮތީ ނިދިފައެވެ. ނާއިފްގެ ބޮލުގެ އެއްފަރާތުގައި ވަނީ ބޭސް އަޅާފައެވެ. އޭގެތިރިން ކަންކަށިމަތިންވަނީ ބައެއްދުޅަވެ އަރާފައެވެ. ނިހާމާއަށް ނާއިފްގެ ހާލާމެދު ވިސްނާލެވުނެވެ. އެއާއެކު އަމިއްލަނަފްސު ކުއްވެރިކުރެވުނެވެ. ނިހާމާ ނާއިފްގެ އަތުގައިހިފާ މަޑުމަޑުން ގެނެސް އެއަތުގެ ނުފުށަށް ބޮސްދިނެވެ. ނިހާމާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަށް ނާއިފްގެ އަތްތެތްމަމުންދިޔައެވެ. މަޑުމަޑު ގިސްލުމުގެ އަޑު ނާއިފްގެ ކަންފަތުގައި ޖެހުމާއެކު ނާއިފް ލޯހުޅުވާލިއެވެ.

“ނާއިފް… ސޮރީ.. އައިމް ސޮރީ..!” ނިހާމާ އަށް ރޮވުނެވެ.

“ކޮންކަމަކަށް…؟” ނާއިފް ނިހާމާގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ.

“އަހަރެންގެ ސަބަބުން ނާއިފްއަށް މިހެންމިވީ.. އަހަރެންނަށް މާފްކުރޭ..” ނިހާމާގެ އަޑުވަނީ އެތައިރެއް ވަންދެން ރުއިމުގެ ސަބަބުން ކުރެހިފައެވެ.

“ޕްލީޒް.. ނިހާ.. ދެންނުރޮއެބަލަ..!” ނާއިފް ނިހާމާގެ ކަރުނަތަށް ފޮހެލަދިނެވެ.

“ނާއިފް މިހާރު ކިހިނެއްތަ..؟” ވޯޑަށް ވަދެގެން އަންނަމުން މިހާދު ވާހަކަދެއްކިއެވެ. މިހާދު އާއިއެކު އަޔާޒުވެސް އައެވެ.

“އައި.ސީ.ޔޫ ގަ އޮތްމީހާ ކައިރީގަވެސް ތިހެންއެހީމަ ބުނާނީ ރަނގަޅޭ… މިހާރު ރަނގަޅު..!” ނާއިފް މަޖާވެލަމުން ހީލިއެވެ.

“ނިހާ ބިރުނުގަނޭ.. ޕޮލިހުން އަލާން ގެންގޮސްފި…!” އަޔާޒް ނިހާމާއަށް ބަލާލިއެވެ.

“ދެދުވަސް ނުވާނެ ދޫކޮއްލާނެ… މިއަދު އެގަޑީގަ އެތަނަ ދެވުނުކަން ނަސީބު…!” މިހާދު ބުނެލިއެވެ.

“ދޮންބެއަށް އެތަނަށް ދެވުނީ ކިހިނެއް..؟” ނިހާމާ ސުވާލުކުރިއެވެ.

“ވީގޮތަކީ.. މަންމަ ބުނީ ނާއިފްމެންގޭ އެންމެން ފުރަން އެއްޗެހި ރެޑީ ކުރާށޭއުޅޭނީ އެތަނަށްދާށޭ.. އެހެންވެ ދިޔައީ އެގެއަށް. އަހަރެން އަޔާޒްމެން ގެއަށް ދިޔައިރުވެސް ނާއިފް އާއި ނިހާއެއް ނުދޭ.. އެހެންވެ ތިދެމީހުން ކޮބާތޯބަލަން އަޔާޒްގެ ސައިކަލުގަ ދިޔައީ.. ނަސީބެއްނު ބޮޑުމަގާދިމާލަށް ދެވުނުކަން…!” މިހާދު އެތަނަށްދެވުނުގޮތް ކިޔައިދިނެވެ.

އޭގެ ހަފްތާއެއްފަހުން ނިހާމާ ނާއިފްގެ އާއިލާއާއިއެކު ނާއިފްމެންގެ ރަށަށް ބަދަލުވިއެވެ.

(1މަސް ފަހުން)

ނޫހިޔާގެ ގޯތިތެރެވަނީ އެކިކަހަލަ ގަސްތަކުން ފުރިފައެވެ. ދޮރޯށިން ވަދެގެން ގެއަށްދެވޭ ގޮތަށް ހަދާފައިވާ ހަނި މަގެއްއޮތެވެ. މަގުގެ ދެފަރާތުގައިވަނީ ކާޕެޓު ހައްދާފައެވެ. އެފެހިކަންގަދަ ކާޕެޓު ފަޅުފިލުވައިދެނީ ހައްދާފައިވާ ކުދިމާގަސްތަކާ އެކިކަހަލަ ބޮޑެތިގަސްތަކުންނެވެ. މަޑުމަޑު ވައިރޯޅިތަކާ ގަސްތަކުގެދަށަށް ދީފައިވާ ކޮކާއަވީގެސްބަބުން މާހައުލު ފެންނަނީ ވަރަށްވެސް ހިތްފަސޭހަކޮންނެވެ. ބިޔަކޮން ހެދިފައިހުރި ޖަނބުރޯލުގަހެއްގައި އެލުވާފައިހުރި ޖޯއްޔެއްގައި ނިހާމާއޮތީ ވާހަކަފޮތެއް ހިފައިގެންނެވެ. ސައިކަލެއްގެ އަޑުއިވޭ ކޮންމެފަހަރަކު ގޯތީގެ ބޮޑުދޮރޯއްޓާ ދިމާލަށް ބަލާލައެވެ. ނާއިފް އައިސް ވަންނާނެކަމުގެ އިންތިޒާރުގައި ނިހާމައޮތީ ކޮންމެދުވަހެއްގެވެސް ނުވަގަޑި ބަޔަކީ ނައިފް އާންމުކޮން ހެނދުނުގެ ސައިބޯން އަންނަގަޑި ކަމުގައިވާތީއެވެ. ކުއްލިއަކަށް ގޭދޮރޯށި ކައިރިއަށް ސައިކަލެއް މަޑުކޮއްލިއަޑު އަޑުއިވުނެވެ. ނިހާމާ ދޮރާދިމާލަށް ބަލަންއޮތީ ނާއިފް އައީކަން އެނގުމުންނެވެ.

“ހާދަލަސްވީ..؟ ” ފޯނަށް ބަލަމުން ވަދެގެންއައި ނާއިފް ގެއަށް ނުވަދެ ހުއްޓުނީ ނިހާމާގެ އަޑަށްށެވެ.

“އިންތިޒާރުގަތަ..؟ ސޮރީ ލަސްވީމަ..!” ނާއިފް ހީލަމުން ޖަނބުރޯލު ގަހާދިމާލަށް ދިޔައެވެ.

“ކީއްވެތަ ލަސްވީ.. ބަނޑުފައިވެގެން މިހާރު…!’ ނިހާމާ ޖޯލިންތެދުވިއެވެ.

“ފިހާރައަށް ގެނެއްސަހުރި އެއްޗެހީގެ ކަމެއް ނިންމާލަންވެގެން ލަސްވީ.. ހިނގާ ސައިބޯ..!” ނާއިފް ނިހާމާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

“މިއަދު ހަވީރު ހިނގާލަން ދާންވަނެދޯ…؟” ކާމޭޒު ކައިރީ އިށީންނަމުން ނާއިފް ވާހަކަދެއްކިއެވެ.

“ދޮންބޭ.. އަޅެ އަހަރެންވެސް ދާހިތްވޭ..! ގެންދާނަންތަ…؟ އައިސްކްރީމް ބޯންދާން..! އަޅެ ޕްލީޒް…! ޕްލީޒް..!” މީރާ އައިގޮތަށް އައިސް ނާއިފްގެ ކައިރީ ހުއްޓުނެވެ.

“ހޫމް ކަންތަކާ ޖެހުނީ..! މީރާ ނުލާ ތާކަށްދާންނުވެސް ވިސްނަން.. ނުދެވޭނެކަން ޔަގީންވިއްޔަ…!” ނާއިފް މީރާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.

“ޕްލީޒް ދޮންބޭ.. ގޭގަ އިނދެއިނދެ ފޫހިވެއްޖެ…! އެހެންނޫނަސް އަހަރެން މިއުޅެނީ ކިޔަވަން މާލެދާން… މިހާރު މަޖާކޮއްލެވޭނީވެސް.. ދެން އަންނާނީ މިއަހަރު ނިމުނީމަ…!” މީރާ ބުނެލިއެވެ.

“ހޫމް ހޫމް.. ދެން ތިހުރިހާ އެއްޗެއް ނުކިޔަސް ގެންދާނަމޭ.. ދޮންބެޔަށް އެނގޭ މީރާގޮއްސަ ފޫހިވެގެން އަންނަން އުޅޭނެކަން މިއަހަރު ނުނިމެނީސް…!”

“އައްޗި… ތި ހީވާ އެއްޗެއް.. ނާންނާނަން.. ކިޔަވާނިމުނީމަ އެތަނުން މީހަކާވެސް އިންނާނަން.. އޭރުން ދޮންބެއަށް ފަހަރިއާއި އެއްކޮން ހިނގާލަންދެވޭނެ.. އަހަރެން ނުހުންނާނަން އުނދަގޫ ކުރާކަށް..!” މީރާ އަނގަޔަށް ވައްތަރުތަކެތް ޖައްސަމުން ވާހަކަދެއްކިއެވެ.

“އެނގިދާނެތާދޯ…!” ނާއިފްވެސް ނިހާމާއަށް ބަލާލަމުން ނިތްއަރުވާލިއެވެ.

“ދެން ހަވީރު ދަންޏާ ދޭބަލަ ރެޑީވާން…!” ނިހާމާ ބުނެލިއެވެ.

“ތެދެކޭ.. މިހާރު ފެށިއްޔާ ހަވީރު ހަތަރަކަށް ނިމޭވަރުވާނެ… ހެހެހެ..!” ނާއިފްވެސް ނިހާމާގެ ސަމާސައިގާ ބައިވެރިވެލިއެވެ.

“ހޫމް ހޫމް.. އޯކޭ.. ދިމާކުރޭ..! ބަރާބަރު ހަތަރަކަށް ރެޑީވާނަން…! ބަލައްޗޭ…!” މީރާ ވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.

“ނާއިފްގެ ކަމަކީ ގެއަށް ވަދެއްޖެޔާ މީރާ އާއި ދިމާކުރުން.. މިކުދިން އަދިވެސް ބޮޑެއްނުވޭދޯ…!” ކާމޭޒު ދޮށުގައި މާއަޑުގަދަވާތީ ފަރީސާ އައިސް ދޮރުމަތީ ހުއްޓެމުން ބުނެލިއެވެ.

ހަވީރުގެ ފިނިފިނި ވަގުތެކެވެ. ނާއިފް އާއި ނިހާމާ މަޑުކޮއްލައިގެން ތިބީ ޖަނބުރޯލު ގަސްދަށުގައެވެ. އޭރު މީރާ ވެސް ރީތިވެލައިގެން އެދިމާލަށް އާދެއެވެ.

“އޯހޯ… ހާދަހާ ހެދިފަ ތިހިރީ…” ނާއިފް މީރާ އާއި ދިމާކޮއްލިއެވެ.

“ބަރާބަރު ގަޑިއަށް ދޯ…!” މީރާގެ ތުއިވެލަމުން ބުނެލިއެވެ.

“ނޫން.. ދެމިނެޓު ލަސްވެއްޖެ..!” ނާއިފް މީރާއަށް ޖެއްސުންކޮއްލިއެވެ.

“ދެން ދޮންބޭ.. ވަރަށް ފޫހިވޭ..! ނޫޅެންދާކަށް..!” މިރާ ޖޯލީގައި އިށީނީ ނުދާން ނިންމަމުންނެވެ.

“ނޫނޭ.. ދާންވާނެ.. ތިހާވަރުން ރެޑީވެފަ…! ތިހުރިހާ މޭކަޕެއް ބޭކާރު ކުރާކަށް ނުވާނެ… ހެހެހެހެ..!” ނާއިފް ހެމުން އިތުރަށް މީރާ ރުޅިއަރުވާލިއެވެ.

“ދެން ނާއިފް.. ސަކަރާތްނުޖަހާ ދާން ހިނގާބަލަ..!” ނިހާމާ މީރާގެ އަތުގައިހިފާ ޖޯލިންނަގަމުން ބުނެލިއެވެ.

ތިންމީހުން އެކުގައި ހިންގަމުންދިޔައީ ރަށުގެ ބަނދަރާ ދިމާލަށްށެވެ. އެއީ އަލަށް ތަރައްޤީ ވާންފަށާފައިވާ ހިސާބެކެވެ. އެހެންކަމުން އެހިސާބުގައި މީހުންދިރިއުޅޭ ގެތަށް ވަރަށް މަދެވެ. ގިނައީ ފިހާރަތަކާ މީހުން ހަދަންފަށާފައި ހުރި ގެތަކެވެ. އޭގެތެރެއިން ގިނަ ގެތަކަކީ މަސައްކަތް ހުއްޓިފައި ހުރުމުގެ ސަބަބުން ގޭތެރޭގެ ބޮޑުބައިގައި ވިނަގަސްތަށް ހެދިފައިވާ ގެތަކެވެ. ގެތަކުގެ ކައިރީ ދުރުދުރުގައި ބިޔަގަސްތަށް ހެދިފައި ހުއްޓެވެ. ތިންމީހުން ހިނގަމުން ގޮސް މަޑުކޮއްލީ ގަހެއްގެ ވަށައިގެން ހަދާފައިވާ ބުރެއްގެ ކައިރީގައެވެ.

“އަންނާނަން.. އެހެރަ އައިސްކްރީމް ވިއްކާތަނަށް ގޮއްސަ..!” ނާއިފް މިހެންބުނަމުން ތަންކޮޅެއްދުރުގައިހުރި ފިހާރައަކާ ދިމާލަށް ހިނގައިގަތެވެ.

“ފަހަރި މަޑުކުރޭމިތާ.. އަހަރެންނަށް މީރު ވައްތަރެއް ދޮންބެއަކަށް ނޭނގޭނެ.. އަންނާނަން ގޮއްސަ..” ނާއިފްގެ ފަހަތުން މީރާވެސް ހިނގައިގަތެވެ. ނިހާމާ ބުރުމަތީ އިށީންދެ ހަމަޖެހިލިއެވެ. ކުޑަކުދިން ތަކެއްގެ އަޑު އިވުމުން ނިހާމާ ފަސް އެބުރި ބަލާލިއެވެ. އޭރު ތަންކޮޅެއްދުރުގައި ކުޑަކުދިންތަކެއް ވަރަށް ފޯރީގައި ކޮންމެވެސް ކުޅިވަރެއްގައި މައްސޫލުވެގެން އުޅެއެވެ. އެވަގުތު ނިހާމާގެ ނަޒަރު ހުއްޓުނީ އެދިމާލުގައި ހެދިފައިހުރި ގަހެއްގެ ކައިރީ ހުރިޒުވާނަކަށްށެވެ. ފެންނަފެނުމަށް ދަންނަވައްތަރު ޖަހާތީ ނިހާމާ އިންތަނުން ތެދުވެލާ ރަނގަޅަށް ބަލާލިއެވެ.

“އަލާން…!” ނިހާމައަށް މަޑުމަޑުން އަލާންގެ ނަންކިޔާލެވުނީ އެޒުވާނާ އަކީ އަލާންހެން ހީވީތީއެވެ.

“ނިހާ… ކޯންޗެއް ބަލަނީ..!” ނާއިފްގެ އަޑަށް ނިހާމާ ސިހިގެން ދިޔައެވެ.

“ކީކޭ…!” ނިހާމާ ނާއިފްއަށް ބަލާލުމަށްފަހު އަނެއްކާވެސް އެގަސްދަށަށް ބަލާލިއެވެ. އެހެންނަމަވެސް މިހާރަކު އެޒުވާނާއެއް އެތާކުނެތެވެ.

ނުނިމޭ..

20
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

princess lily

Other Articles

Previous

dheynan hithaa jaanaa

Next

ފަލްސަފާ-3 (18+)

Next
February 12, 2016

ފަލްސަފާ-3 (18+)

Previews
February 11, 2016

dheynan hithaa jaanaa

15 Comments

  1. noo says:
    February 11, 2016 at 11:21 pm

    Humm hummm salhi ye salhiye

  2. princess lily says:
    February 11, 2016 at 11:24 pm

    Hi…!!! Avas avas kuranvegen rangalhah kiyaaves nulaa up kury. Mistake hurejjeyaa v v v v bodah sorry ingey. Dhen mi part lasvymaves sorry.. Unmeedhu kuran mi part ves kiyuntherinnah kamudhaane kamah.. Mi story kiyaa kudhinnah v v v bodah thanx… Mi story ah inthixaaru kurythy eah vuren bodah thanx…

  3. Nichoo says:
    February 11, 2016 at 11:48 pm

    Haadha kuray dhikoan ganash dhybala plx

  4. ainyj says:
    February 12, 2016 at 12:02 am

    V v inthizaarukohfin

  5. Zaanaa says:
    February 12, 2016 at 12:09 am

    Dhan khon erakun next part genesdaynee

  6. Aimsithu says:
    February 12, 2016 at 12:54 am

    No sorry no thanx..
    Story varah nice ingye. Alaan gandu anekka erashah ves aii tha
    ..

  7. Zeena says:
    February 12, 2016 at 6:01 am

    Varah reethi. Next episode thankolheh avaha up koh dheythi ingey

  8. Lillie says:
    February 12, 2016 at 6:22 am

    ♡♥♡♥♥♥♥♥♡♡♡♡♡♡♡♡♡♡vaaaaahaka vvv reethi .wen nxt prt

  9. princess lily says:
    February 12, 2016 at 7:51 am

    Thanx thanx thanxxxx… Try kuraanan mirey up kureveytho…

  10. Mari says:
    February 12, 2016 at 9:26 am

    Thank you…vvvv salhi

  11. isha.. fathun says:
    February 12, 2016 at 9:50 am

    Vvvv nice.. v kiyaa hithun mikiyaalyyy.. alaan dhookolly dhw:-\ .. waitin for nxt prt..

  12. v foohi says:
    February 12, 2016 at 10:32 am

    haadha lahun thi up kury……ekamu v v v v v nice

  13. raees yamin says:
    February 12, 2016 at 1:31 pm

    Avas kurey. This is in order

  14. nihaamaa says:
    February 12, 2016 at 2:34 pm

    Mi alaan vs fahathun dhaahaa thaaka dhaa iru gun’boalekey heevey. Meehaka ineema vs netteyka neygun. Dhuniyen anhenun hus v thoache. Haadhahaa vaa foosseh veyey. heheh

  15. v foohi says:
    February 13, 2016 at 12:30 pm

    aaan v v v fooohi dhw

Comments are closed.

All Right Reserved!