Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ..! 15 ވަނަ ބައި

princess lily
February 21, 2016
5 Mins Read
85 Views
19 Comments

“ނިހާ…!” ދޮރުމަތިން މީހަކު ނިހާމާއަށް ގޮވާލުމުން ނަފީސާއާއި ނިހާމާއަށް އެކުއެކީގައި ދޮރާދިމާލަށް ބަލާލެވުނެވެ.

“ނާއިފް…!” ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރި ނާއިފް ފެނުމުން ނިހާމާ ހައިރާންވިއެވެ. ހޭދަވެގެންދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ނާއިފްގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުން ކުރަމުންދާ ހިތާމާ ވަރަށް ރަނގަޅަށް ދޭހަވެއެވެ. މީހާވަނީ ކުރިއަށްވުރެން ހިކިފައެވެ. މޫނުމަތީގައި އެއްވެސް އުފާވެރިކަމެއްނެތެވެ.

“އަހަރެން މިއައީ ނިހާ ބަލާ…! ދެދުވަސް ފަހުން ރަށަށް ދާގޮތަށް ތައްޔާރުވާންވީ..” ނާއިފް އެތެރެއަށް ވަންނަމުން ވާހަކަދެއްކިއެވެ. ނާއިފް ނިހާމާ ބަލާއައީތީ ނަފީސާ ހުރީ ވަރަށް އުފަލުންނެވެ.

“ނާއިފް ދޭ ފަންވަރާލައިގެން ސައިބޯން އަންނަން..!” ނަފީސާ ބުނެލިއެވެ. އޭރުވެސް ނިހާމާއަށް ހުރެވުނީ މިފެންނަނީ ހުވަފެނެއްބާއޭ ހިތައްއަރާފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. ނާއިފްގެ ނިންމުން އެހާއަވަހަށް ބަދަލުވީ ކީއްވެބާއޭ ހިތަށް އަރާފައެވެ.

ނާއިފްގެ ފަހަތުން ނިހާމަ ވެސް ކޮޓަރިއާދިމާލަށް ހިނގައިގަތެވެ. ނިހާމާ އައިސް ކޮޓަރިއަށް ވަނުމާއެކު ނާއިފް ނިހާމާގެ މޫނަށް ބަލާލިއެވެ.

“ނިހާ.. އަހަރެން ނިހާ ބަލާ މިއައީ މަންމަ އެދުނީމަ.. އަހަރެން ބޭނުންވެގެނެއް ނޫން..!” ނާއިފް ހިތާދެކޮޅަށް ވާހަކަދެއްކިއެވެ.

“ނޫން..! އަހަރެންނަށް އެނގޭ ތިހެން ނާއިފް ތިބުނަނީ ބޭނުންވެގެން ނޫންކަން..! ނާއިފް އަށް އަހަރެންނާ ނުލާ އުޅެން އުނދަގޫވާނެކަން އެނގޭ..! ކީއްވެތިހެން ތިހަދަނީ..؟ ތިހާބޮޑު އަނިޔާއެއް އަމިއްލަނަފްސަށް ތިދެނީ ކީއްވެ..؟” ނިހާމާދެ ލޯ ކަރުނުން ތެންމާލިއެވެ.

“ކީއްވެތަ ނާއިފް..؟ އަހަރެންގެ ކުށަކީ ކޮބާ..؟” ނިހާމައަށް ރޮވުނެވެ.

ނާއިފް ދަބަސް އެނދުމަތީ ބާއްވަމުން ދަބަސް ހުޅުވާލިއެވެ. ދަބަހުގެތެރެއިން ގަނޑުތަކެތް ނަގާ ނިހާމާއާއިދިމާލަށް އުކާލިއެވެ. ބޮނޑިކޮއްލެވިފައިވާ ގަނޑުތަށް ފެނުމުން ނިހާމާގެހައިރާންކަން އިތުރުވިއެވެ.

“ތިބަލާފަ ބުނެބަލަ.. ތިއާދޭތެރޭ ކީކޭ ބުނާނީ..؟ ތިވެސް ކޯންޗެއްކަމެއް ނޭނގޭތަ؟؟” ނާއިފް ނިހާމާއަށް ފުރަގަސްދެމުން ސުވާލުކުރިއެވެ. ނިހާމާ ތިރިވެ ފަހަރަކު ގަނޑެއް ނިއުޅާލަމުން ބަލާލިއެވެ.

“މީ…”

” ނޭނގުނުދޯ..!! އެމީހަކާ ނިހާ އާއިދޭތެރޭ އޮތް ގުޅުން ތިއޮތީ އެނގެން.. ލޯބީގެ އިބާރާތްތަކެއް ލިޔެފަ ތިގޮތަށް ރައްޓެހިންނަށް ފޮނުވާތަ..؟؟؟” ނައިފް އަޑު ކުރިއަށް ވުރެން ބާރެވެ.

“ނާއިފް.. އަހަރެންނަކަށް ނޭނގެ.. މީކީ އަހަރެންގެ އެއްޗެއް ނޫން..! ކާކު ކާކަށް ފޮނުވާފައިހުރި އެއްޗެއްކަމެއްވެސް އަހަރެންނަކަށް ނޭނގޭ..! އަހަރެން ދައްކާ ވާހަކަ ގަބޫލުކޮއްބަލަ..” ނިހަމާ ރޮމުން ވާހަކަދެއްކިއެވެ.

“ކިހިނެއްތަ ގަބޫލުކުރާނީ..؟ އަހަރެން އަމިއްލަ ނަފްސައް ވިސްނަދޭން ވަރަށް މަސައްކަތް ކޮއްފީން.. އެކަމަކު..!” ނާއިފް ބުނެލިއެވެ. ނާއިފް އެނދުގައި އިށީންނަމުން އިސްޖަހާލިއެވެ. އޭރު އެދެލޮލުގައިވެސް ވަނީ ކަރުނައެވެ.

” އަހަރެން ނުދާނަން…! އަހަރެން ނާއިފް އާއި އެކު ދާނީ.. ނާއިފް ބޭނުންވެގެން ބަލާއައީމަ..! ނާއިފް ހިތުން ހުރުހުމުން އަހަރެން ބަލާއާދޭ އޭރުން އަހަރެން ދާނަން..!” ނިހާމާ މިހެންބުނީ ނާއިފްއަށް ބަލަންހުރެއެވެ. އެވަގުތު މީހަކު ދެފަހަރަކު ކޮޓަރީ ދޮރުގައި ޓަކިދިނެވެ.

ނިހާމާ މޫނުފޮހެލަމުން ދޮރާދިމާލަށް ދިޔައެވެ. ދޮރުހުޅުވާލިއިރު ކުރިމަތީ ހުރީ މިހާދުއެވެ.

“ކޮބާ ނާއިފް.. މަންމަ ބުނި ނާއިފް އައިސްއުޅޭ ވާހަކަ..!” މިހާދު ސުވާލުކޮއްލިއެވެ.

” އެބައުޅޭ..!’ ނިހާމާ ކުރުޖަވާބެއްދިނެވެ.

“ބުނޭ ދޮންބެބުންޏޭ ސައިކަލު ބުރެއްޖަހާލަންދާން އަންނާށޭ..!” މިހެންބުނަމުން މިހާދު އެނބުރި ހިނގައިގަތެވެ.

ނާއިފް ފެންވަރާލައިގެން އައިސް ކާކޮޓަރިއަށް ވައިންއިރު ނިހާމާއާއި ނަފީސާގެ އިތުރުން މިހާދުވެސް އިނީ ނާއިފްގެ އިންތިޒާރުގައެވެ.

“އާދޭ ސައިބޯން..!” ނާއިފް ފެނުމާއިއެކު ނަފީސާ އޯގާތެރިކަމާއެކު ނާއިފްއަށް ގޮވާލިއެވެ. ނާއިފް އައިސް ގޮނޑީގައި އިށީނެވެ.

“ސައި ބޮއެގެން ހިނގާ ބުރެއްޖަހާލަންދާން..!” މިހާދު ސައިފޮދެއް ބޯލުމަށްފަހު ވާހަކަދެއްކިއެވެ.

“އާނ.. ދެވިދާނެ..!” ނާއިފް ޖަވާބުދިނެވެ.

ސައިބޮއެގެން ނާއިފްއައި މިހާދު ސައިކަލުގައި ނިކުތީ ރަށުތެރޭ ދުއްވާލުމުގެ ބޭނުމުގައެވެ. ސައިކަލުގައި ހަނިމަގުތަކުން ދުއްވަމުންގޮސް އެންމެފަހުން ނިކުމެވުނީ ރަށުގެ ބޮޑުމަގަށްށެވެ.

“ދެޅިޔަނުން އެކުގަ އަނެއްކަވެސް..!” މިހާދުއަށް ސައިކަލު މަޑުކޮއްލެވުނީ އަލާންގެ ސައިކަލު މިހާދުމެންގެ ސައިކަލާ ހަމަކޮއްލުމުންނެވެ.

“ކޮންއިރަކު ސަލާމަތްވީ..؟” ނާއިފް އަށް އަލާން ފެނުމުން ހައިރާންކަމާއެކު ސުވާލުކުރެވުނެވެ.

“ކަލޭ ހީކުރީ އެމީހުން އަހަރެން އެތަނަށް ގެންދިޔައީ އުމުރަށް ކަމަށްތަ..؟؟ ހެހެހެ” ނާއިފްއަށް ބަލާލަމުން އަލާން ސުވާލުކުރިއެވެ.

“އަހަރެން ބޭނުމެއްނޫން ކޮންމެހެން ބޮޑު ކަންތަށް ގަނޑެއްހިނގާކަށް..!” މިހާދު ސައިކަލުން ފައިބާ އަލަންއައި ދިމާލަށް ދާންފެށުމުން އަލާން ބުނެލިއެވެ.

“އެކަމް އަހަރެންނަކަށް ކަލެއަކާ ރީތިކޮންނެއް ވާހަކައެއް ނުދެއްކޭނެ.. ރީތިކޮން ވާހަކަ ދައްކާ ވަރަށްވުރެން މާ ދަށުދަރަޖައިގެ މީހެއްތީ..!” މިހާދުގާތަށް ރުޅިއައެވެ.

“މިހާދު ހިނގާ ދާން.. އަޅާލާނެކަމެއްނެތް..!” މިހާދުގެ ކޮނޑުގައި ހިފާއްޓަމުން ނާއިފް މިހާދު ހުއްޓުވިއެވެ. އެނބުރި ދެމީހުން އެކުގައިސައިކަލާދިމާލަށް ހިގައިގަތެވެ.

“ނިހާ ގެ ހަގީގަތް އެނގުނީމަވެސް ދޫކޮއްލަން ނުކެރުނުދޯ..ތީވާ ލޮތްބެއް..!” ނާއިފްއަށް ހުއްޓެވުނީ އަލާން މިހެންބުނުމުންނެވެ.

“ނާއިފްގެ ވަފާތެރި އަނބިމީހާ އެހެން ފިރެހެނަކާއެކު..! ހެހެހެ..” ނައިފް އަށް މިޖުމުލަ އަޑުއިވުމައެކު އެނބުރި އަލާންއާއި ދިމާލަށް ދުއްވައިގަތެވެ. ނާއިފްގެ ފުރަތަމަހަމަލާ އަލާންގެ ކޯތާފަތްމަށްޗައް އެރިއެވެ. އެއާއިއެކު އަލާންގެ އަނގައިން ހޯސްލައިފައި ލޭތަށް އޮހިގަތެވެ. މިހާދު އަލާންގެ ގަމީހުގައިހިފާއްޓަމުން އަލާންގެ ބަނޑުގައި ފައިކުރުކޮއްފައި އެތައްފަހަރަކު ޖެހިއެވެ.

“ދެވަނަފަހަރަށް ނިހާއޭ ކިޔާފަ ތިކަހަލަ އެއްޗެއް ނުބުނާތި..!! ބުނެފިއްޔާ ތި ދުލުން ދެވަނަފަހަރަށް އެންމެ ބަހެއްވެސް ނުބުނެވޭ ވަރުކޮއްލާނަން..! މަގޭ ކޮއްކޮޔަކީ އެކަހަލަ ވިޔާނުދާ ގޮތެއްނެތް ކުއްޖެއްނޫން..!” މިހާދު އަލާން އާދިމާލަށް ހަޅޭއްލަވައިގަތެވެ. ނާއިފް ހުއްޓުން އަރާފައި ހުރީ ބުނާނެއެއްޗެއް ނޭގުމުންނެވެ. ނާއިފްއަށް މިއަދު ނިހާގެ ދިފާއުގައި ބުނެވޭނެ އެއްޗެއް ނެތުމުންނެވެ.

“އެހުރިހާ ކަމަކީވެސް ކަލޭގެ ރޭވުން.. ހުރިހާ އެއްޗެއް ކިޔާނުދެނީހެއް ދުލެއްނުކުރާނަން.. ކިޔައިދީ..!!” މިހާދު އަލާން ބިންމަށްޗަށް ވައްޓާލަމުން ފައިން ވަރުގަދައެތިފަހަރެއް އަލާންގެ މޫނުމަށްޗަށް ދިނެވެ. އެއާއިއެކު އަލާންގެ ނޭފަތުން ލޭއައެވެ.

“އަ..އަހަ..އަހަރެން..!” އަލާން ތެދުވެވޭތޯ މަސައްކަތްކުރިއެވެ.

“ރަނގަޅަށް ބުނާނީތަ؟ އެހެންނޫނީ..!” މިހާދު ގުދުވެ އަލާންއާއި ދިމާލަށް ޝަހާދުއިނގިލި ދިއްކޮއްލަމުން ބުނެލިއެވެ.

“އެއީ… އަހަރެން..ކުރުވި.. ކަމެއް..! ” އަލާން ހުއްޓަމުން ވަހަކަދެއްކިއެވެ. ވަމުންދިޔަ ތަދެއްގެސަބަބުން އަލާންއަށް އޮވެވުނީ ނުތެދުވެވިފައެވެ. އަލާންގެ މިޖުމުލައާއިއެކު ނާއިފްގެ ލޭކެކިގެންދިޔަ ކަހަލައެވެ. ނާއިފް އައިރުޅީގައި އަލާންގެ ކަރުގައިހިފަމުން ސުވާލިކުރިއެވެ..

“ދެން އެލިޔުންތަކަކީ ކޯންޗެއް؟؟” އެންމެފަހުން އަލާން އަށް މަޖުބޫރުވީ ހުރިހާވާހަކައެއް ކިޔައިދޭށެވެ.

======================

ދިގު ކަޅު ކޯޓެއްލާފައިހުރި ޝިފާން ހޮޅިބުރިއެއް ކައިރީ މަޑުކޮއްލައިގެން ހުއްޓެވެ. އިރުއިރުކޮޅުން މަގުގެ އެކިފަރާތްފަރާތް ބަލާ ހޯދާލައެވެ. ހީވަނީ މީހަކަށް ފެނިދާނެތީ އުޅޭހެންނެވެ. ތަންކޮޅެއްދުރުން ދުއްވާފައި އައި ސައިކަލެއް ޝިފާންގެ ކައިރިއަށް މަޑުކޮއްލިއެވެ. އެއީ އަލާންއެވެ. ދެމީހުން އަތާއަތް ޖޯޑުކޮއްލާ އެކަކުއަނެކަކަށް ހިނިތުންވުމެއް ރައްދުކޮއްލިއެވެ..

“ކޮބާ ރެޑީތަ؟” އަލާން ސުވާލުކޮއްލިއެވެ.

“އާނ…”

“މަށަށް އެގޭ.. ޝިފާން މަގޭގެ ކަމެއްގަވިއްޔާ ހުންނާނީ ރެޑީގަކަން.. މިއޮތީ.. މިގެންގޮސް ރަނގަޅުތަނަކަށްލާތި..” އަލާން ސައިކަލުގެ ވަށިގަނޑުން ކުޑަ ފޮށްޓެއް ނަގާ ޝިފާންއަށް ދިނެވެ.

“މި ކޯންޗެއް..؟” ޝިފާން ސުވާލުކޮއްލިއެވެ.

“ތީގައޮތީ ކޯންޗެއްތޯ ބަލާނެކަމެއްނެއް..! މިރޭ މިކަން އަހަރެން ބުނިގޮތަށް ނިންމާލާ..! މާދަމާ އަހަރެން ފުރާނީ ފައިސާގެ ކަންތަށް ހަމަޖައްސާފަ އޯކޭ..! ”

ބާރު ސްޕީޑްގައި އައި ސައިކަލު މަޑުކޮއްލީ ނޫހިޔާގެ ދޮރުމައްޗައްށެވެ. އޭރު ޝިފާނުގެ މޫނުމަތީގައިވީ ވިހަ ހިނިތުންވުމެކެވެ. ޝިފާން ގޭގެ ވަށައިގެން ތަންކޮޅަކަށް ހިނގާލުމަށް ފަހު ކުޑަދޮރެއް ކައިރިއަށް ހުއްޓުނެވެ. އެއައްފަހު ޖީބުން ކުޑަ ކަށިގަނޑެއްކަހަލަ އެއްޗެއްނަގާ ދޮރުފަތް ހުޅުވޭތޯ އުޅެންފެށިއެވެ.

ދާދިފަސޭހަކަމާއެކު ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވެއްޖެއެވެ. ޝިފާން ކޮޓަރިއަށް ވައިންއިރު ނިހާމާއޮތީ އަރާމް ނިދީގައެވެ.. ޝިފާން އެންމެފުރަތަމަވެސް މުޅިކޮޓަރިތެރެއަށް ނަޒަރުހިންގާލީ އަތުގައިއޮތް ފޮށި ލާނެތަނެއް ހޯދުމުގެ ބޭނުމުގައެވެ. އިރުކޮޅަކު ވިސްނާލުމަށްފަހު ޑުރެސިންޓޭބަލް ކައިރީހުރި ކުޑަކަބަޑަކާ ދިމާލަށް ޝިފާން ހިނގައިގަތެވެ. ކަބަޑުގެތެރެއަށް ފޮށިލުމަށްފަހު އެނބުރި ހިނގައިގންނަމުން ޓީޝާޓް ބާލާ ޓައިލްސް ތަކުގެ މައްޗަށް ވައްޓާލިއެވެ. ޝިފާން އެނދުގެ މަގަތުގައި އޮށޯވެލަމުން ނިހާމާގެ އަތްގެނެސް މޭމަތީ ބާއްވާލީ މަޑުމަޑުންނެވެ.

==========

“އެއީ އަހަރެން ކުރުވިކަމެއް..!” އަލާންގެ މިޖުމުލައާއިއެކު ނާއިފް އަލާންގެ ކަރުގައި ހިފާ ބާރުކޮއްލިއެވެ.

“ނާއިފް.. ނައިފް ދޫކުރޭ.. އޭނަ މަރުވެދާނެ..!” މިހާދު ނައިފް ދުރުކުރިއެވެ.

ނާއިފް އާއި މިހާދު އެކުއެކީގައި އައިސް ނީލްވިލާގެ ގޯތިތެރެއަށް ވަންއިރު ނަފީސަ ހުރީ ގޯތިތެރޭގައި ހައްދާފައިހުރި މާގަސްތަކަށް ފެންދޭށެވެ.

“ދަރިފުޅާ.. އަނެއްކާވެސް.. އަދިވެސް ތިކަން ހުއްޓާކަށް ނުވޭތަ.. !” މިހާދުއާއި ނާއިފް ހުރިގޮތުން އެއައީ އަނެއްކާވެސް އަލާންއާއި ކޮންމެވެސް ހަމަނުޖެހުމެއް ހިނގާފައިކަން ނަފީސާއަށް އެނގުނެވެ.

“މަންމާ..” މިހާދު އެއްޗެއް ބުނަން އުޅުނެވެ.

“ދަރިފުޅު ތިކަންހުއްޓާނީތަ..؟ އަލާން އުޅޭނީ އަބަދުވެސް އެހެން..! މީހުންނަށް އުދަގޫކުރަން..! އެކަމަކު ދަރިފުޅު.. ދަރިފުޅުތީކީ ކުރިން އުޅުނުގޮތެއް ނޫނެއްނު..! ދެން ތިކަން ހުއްޓަންވީނު..!” ނަފީސާ ހިސާބަކަށް ހިތްހަމަނުޖެހިފައިހުރެ ވާހަކަދެއްކިއެވެ.

ކޮޓަރިތެރޭ އެނދުގައި އޮށޯވެލައިގެންއޮތް ނިހާމާ އޮތީ ފުން ހިޔާލެއްގެތެރޭގައެވެ، އޭރުވެސް ހުއްޓުމެއްނެތި ނިހާމާގެ ލޮލުން ކަރުނައާދެއެވެ. އަތުގައިއޮތް ފޮޓޯ އަލްބަމަށް ބަލާލުމާއެކު ނާއިފްއާއި އެކު ހޭދަކުރެވުނު އުފާވެރިވަގުތުތަށް ހަނދާންވެ އިތުރަށް ހިތުގައިޖެހުނެވެ.

“ނިހާ..!” ކޮޓަރީ ދޮރު ހުޅުވާލާފައި ވަދެގެން އައި ނާއިފް ނިހާމާ އަށް ގޮވާލިއެވެ.

‘ހޫމް..” ނިހާމާ ތެދުވެ އެނދުގައި އިށީންދެލމުން ބުނެލިއެވެ.

“ނިހާ.. އަހަރެންނަށް މާފްކުރޭ..! މާފްކުރާނަންތަ..؟” ނާއިފްއައިސް ނިހާމާގެ ކުރިމަތީ އިށީންނަމުން ނިހާމާގެ އަތުގައި ހިފާލިއެވެ. ނިހާމާ ހައިރާން ކަމާއެކު ނާއިފްގެ މޫނަށް ބަލާލިއެވެ. އެދެލޮލުގައިވަނީ ފުން ހިތާމައެވެ.

“ނާއިފް.. އަހަރެން އަބަދުވެސް ނާއިފްއަށް މާފް ކުރާނަން.. !” ނިހާމާ ރޮވިފައިވާ އަޑަކުން ބުނެލިއެވެ.

” އަހަރެން ނިހާ ދެއްކިވާހަކަގަބޫލުނުކުރީ އެއީ އަހަރެންގެ މޮޔަކަން..! އަހަރެންނަށް ނިހާގެ ލޮތްބަށް އިތުބާރުނުކުރެވުނީ.. އަހަރެން އެހާ ގޯސްކޮން ކަންތައްކުރީމަވެސް ނިހާ އަދިވެސް އަހަރެންނަށް ތިމާފްކުރަނީ…! ތިލޯބި އަހަރެންނަކަށް މިހާރަކު ހައްގެއް ނޫން ނިހާ…! ނިހާގެ ވަފާތެރިކަން ހައްގުވާ ވަރަށްވުރެން އަހަރެން މީ މާ..”

” ނާއިފް ޕްލީޒް.. ދެން ހުއްޓާލާ..! އަހަރެންގެ ލޯބި އަދިވެސް ނާއިފްއަށް ހައްގުވޭ.. ނާއިފްގެ އައިންބެއްގެ ގޮތުގަ ހުރިހާ ދުވަހަކު މިލޯބި އެހެން މީހަކަށް ހައްގެއް ނުވާނެ..! ދެވަނަ މީހަކަށް މިހިތަކުން ޖަގައެއްވެސް ނުދޭނަން..! ” ނިހާމާ ނާއިފްގެ އަތްގެނެސް އެއަތުގައި ބޮސްދެމުން ވާހަކަދެއްކިއެވެ.

” ނިހާ..! ” ނާއިފް ނިހާގެ ގައިގާ ބައްދާލިއެވެ. ދުވަހަކުވެސް ދެން ވަކިނުވާނާމޭ ބުނާފަދައަކުންނެވެ. އެންމެ ސިކުންތަކަށްވެސް ނިހާ އާއި ދުރުވާން ދޭހެންނެވެ. ނިހާމާގެ ހިތް އުފަލުން ފުރުނެވެ. އެތަށްދުވަހަކަށްފަހު ނާއިފްގެ ހަށިގަނޑުގެ ހޫނުކަން އިހުސާސް ވުމުން ނިހާމާގެ މުޅިހަށިގަނޑަށް ދިރުން އައިކަހަލައެވެ. ނިހާމާވެސް ދެއަތުން ނާއިފްގެ ވަށާލިއެވެ. ނާއިފްގެ ހޫނު ބީހުންތަކަށް މަރުހަބާކިޔަމުންނެވެ. މިވަގުތު ނިހާމާގެ ލޮލުން އޮހެމުންދިޔައީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އުފަލުގެ ކަރުނައެވެ. އެތަށް ދުވަހެއްގެ ހިތާމައަށްފަހު އުފަލުގެ ފޮނި އަރުތެރޭގައި ލުމުން ދެލޮލަށް ޖަމާވި ކަރުނައެވެ.

(2 އަހަރުފަސް)

“ދަރިފުޅާ.. ބަލާބަލަ.. ހައިފާ ކޮބާތޯ.. ދެންމެ މިތާހުރި..!” ފަރީސާ ގޭތެރެއިން ނިކުންނަމުން ނިހާމާއަށް ގޮވާލިއެވެ. ނިހާމާ ހުރީ ދޮވެފައިހުރި ހެދުންތަށް ރޯނުގައި ހިއްކަން އަޅާށެވެ.

“ހައިފާ..! ހައިއްކޯ..!” ނިހާމާ އެންމެފަހު ހެދުން ރޯނުގައި އަޅުވާލަމުން ހައިފާ އަށް ގޮވާލިއެވެ.

“މަންމިގެ ދޫނީ..! ކޮބާތަ.؟ ނިހާމާ ހައިފާ ހޯދަމުން ގޯތިތެރޭގެ މަގުގެ ދެފަރާތުގައި ހެދިފައިވާ ގަސްތަކާ ދިމާލަށް ބަލާލިއެވެ. ހައިފާ ފެންނަން ނެތުމުން ނިހާމާ ހާސްވިއެވެ.

“މަންމާ.. ހައިއްކޮ އެއް ނެތް..؟ ކޮންތާކަށްތަ އެދިޔައީ..؟” ނިހާމާ ހާސް ކަމާއެކު ފަރީސާއަށް ގޮވިއެވެ،

“އެކަމަކު ބޮޑު ދޮރޯށި ހައިފާ އަކަށް ނުހުޅުވޭނެ.. ދަރިފުޅު ބަލާބަލަ.. ކޮންމެސް ތާކު އިދެދާނެ ކުޅިވަރެއްގަޖެހިފަ..!” ފަރީސާ ހޯދާލަމުން ބުނެލިއެވެ. ދެމީހުން ގޯތިތެރޭގެ އެކިދިމަދިމާ ހޯދަމުންދިޔައެވެ.

“ޕޮއް..!”” ނިހާމާ ސިހިގެން ދިޔައީ ކުއްލިއަކަށް ނާއިފް އައިސް ނިހާމާ ސިއްސުވާލުމުންނެވެ. އޭރު ނާއިފް ހުރީ ހައިފާ އުރާލައިގެންނެވެ.

“ނާއިފް.. ކިހާއިރެއް މިހާރު ހައިފާ ހޯދާތާ..؟” ނިހާމާ ވާހަކަދެއްކިއެވެ.

“ހައިއްކޮ ބައްޕި އާއެއްކޮން ފިލީދޯ..! މަންމި ހާސްކޮއްލީ ދޯ ހައިއްކޯ..!” ނާއިފް ހީލިއެވެ. އެއައިއެކު ކުޑަކުޑަ ހައިފާވެސް ހޭންފެށިއެވެ.

ނިމުނީ……

38
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

princess lily

Other Articles

Previous

ހިތުގެ ތިޔައީ ސާފު ލޯތްބޭ 4

Next

ފުންއަސަރު 02

Next
February 22, 2016

ފުންއަސަރު 02

Previews
February 21, 2016

ހިތުގެ ތިޔައީ ސާފު ލޯތްބޭ 4

19 Comments

  1. NIHAA says:
    February 21, 2016 at 10:05 pm

    V reethi ……..uhmeedhu kuran reethi ehn vaahaka eh fehnaane kamah…v loabi……gud luck….

  2. noo says:
    February 21, 2016 at 10:08 pm

    Ninmaalitha v v salhi.. Hama habeys

  3. princess lily says:
    February 21, 2016 at 10:09 pm

    SORRY.. lasvyma… story mi nimuny.. dhen unmeedhukuran rythivaanekamah. thanxxx kiyaalyma.. luv u readers

  4. princess lily says:
    February 21, 2016 at 10:12 pm

    ya… love story eh liyeveytho mibalany.. v v romantic..

  5. sikko says:
    February 21, 2016 at 11:31 pm

    ohh..mivaahaka v v v reethi…adhi miah vure dhigukollinama…ohh.. anyways waiting for the next story…hope kuran v avahah up kuraane kamah..

  6. Aimsithu says:
    February 21, 2016 at 11:41 pm

    Nimun miah vurre reethi gothakah genai nama… vaahaka aslu varah reethi. ekam emme fahun scene ga dhen poh kiyaafa nimmaaly ma aslu kada v… adhives ehen vaahaka akah inthizaaru kuran

  7. laimaan says:
    February 21, 2016 at 11:44 pm

    Story v v reethi. Keep it up n waitin for ur next story

  8. lovely girl says:
    February 22, 2016 at 1:19 am

    varah reethi

  9. princess lily says:
    February 22, 2016 at 9:25 am

    thanxxxx hurihaa kiyuntherinnah ves…. Aimsithu thibuni kanthah dhen liyaa vaahakaiga rangalhu kurevey thobalanan.. mibunee nimun rythikon geneveytho balanamey ingey…

  10. isha.. fathun says:
    February 22, 2016 at 10:08 am

    Ey sis… story ga first aee kohms fasheige vahaka.. fahun evahakaeh naadhe… kihinei evyyyy?????

  11. princess lily says:
    February 22, 2016 at 10:32 am

    Fahari now mi story nukiyaa kamah hykury..Comment nukuraathy

  12. isha.. fathun says:
    February 22, 2016 at 11:45 am

    Nun hama up vaairah kiyan… 🙂 vahaka v reethi.. ekm e fashuge bai naannaaty..

  13. misty says:
    February 22, 2016 at 1:53 pm

    Nimun ehaa reecheh noon..

  14. lyn says:
    February 22, 2016 at 3:06 pm

    Wat do u mean misty

  15. princess lily says:
    February 22, 2016 at 4:11 pm

    Ya. Misty ah nimun rythi nuvi sababu bunedhyba.. Eyrun princess lily ah engeyny dhw.

  16. Shuaibmoosa says:
    February 22, 2016 at 7:43 pm

    Nice

  17. lyn says:
    February 22, 2016 at 8:54 pm

    Keep it up lily

  18. saa says:
    February 23, 2016 at 1:29 am

    thx vaahaka v v reethi I hope a new story eh genesh dheyne kamah

  19. Kalhu handi says:
    December 11, 2016 at 5:00 am

    Vaahaka rythi… Aslu mi vaahaka thankolheh asarugadha koh genes dhevunys dho..

Comments are closed.

All Right Reserved!