Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތިޔައީ ސާފު ލޯތްބޭ 3

az000 Level 110 Stories
February 20, 2016 4 Mins Read
9 Comments

މިހާރު އޭގައި ތަތްކުރަމުން އެދަނީ މިއަދު އަންޖަލް ނަގާފައިވާ ފޮޓޯއެކެވެ. އަދި އެފޮޓޯގެ ތިރީގައި “ޔޫ ވިލް ބީ ދަ ޕްރިންސް އެންޑް އައިލް ބީ ދަ ޕްރިންސެސް… އިޓްސް އެ ލަވް ސްޓޯރީ ބޭބީ ޖަސަޓް ސޭ ޔެސް..” މިހެން ލިޔެލިއެވެ.

ކޮޓަރީ ދޮރުފަތުގައި ޓަކި ޖަހާލުމާއެކު އަންޖަލް އަވަހަށް ފޮތް ބާލިސް ދަށައްލިއެވެ. އަދި ހުޅުވާން ދާން އުޅެނިކޮށް ނިކްހާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ރޭގަނޑުގެ އެވަގުތު ނިކްހާ ފެނުމުން އަންޖަލް ހުރީ ހައިރާންވެފައެވެ.

” އެނގޭ އަންޖު މިވަގުތު ތިވިސްނަނީ އަހަރެން މިގަޑީ މިތާ ކީއްކުރަނީ ބާއޭ.. އެކަމަކު އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން.. އެނގޭ ފޯނުންވެސް ބުނެވޭނެކަން.. އެކަމްވެސް ފޯނުން ބުނާ ވަރަށް ވުރެ މާ ސްޕްޝަލް ވާހަކައެއްވީމަ..” އަންޖަލް އެހުމުގެ ކުރިން ނިކްހާ ފައްޗަކަށް އަމުނާލިއެވެ.

“އެކަމަކު ނިކް ގަޑިން އެއޮށް އެގާރަ ޖަހަނީ.. ކާކު ގޭ ދޮރު ހުޅުވީ.. މަންމަމެން މީހަކަށް ފެނުނުތަ” އަންޖަލް ކަންބޮޑުވެފާ އަހާލިއެވެ.

“ސާބަސް އަންޖު ކަންބޮޑުވެފައި އަހާގޮތުން ހީވަނީ އަހަރެންމީ އަންޖުގެ ވަގު ބިޓުހެން… އަހަރެން ވެއްދީ ރިޝްފާއްތަ” ނިކްހާ އެކޮޓަރީގައި ބަހައްޓާފައި ހުރި ބީން ބޭގަށް ވެއްޓިގަންނަމުން ބުންޏެވެ.

” ސާބަސް އެހެންވެގެނެއް ނޫން.. އެނގޭއެއްނު ދެން މަންމަމެން ވިސްނާނެ ގޮތް.. ދޭ ސްޓިލް ތިންކްސް ވީ އާރ ކިޑްސް.. އެހެންވެ.. ދެން ބުނެބާ ކޮންވާހަކައެއް ދައްކަންވެގެން.. ” އަންޖަލް އައިސް ނިކްހާ ގާތުގައި ހުއްޓުނެވެ. ނިކްހާ މިރޭ ކަންތައްވެގެން ދިޔަ ގޮތުގެ ވާހަކަ އަންޖަލްއަށް ކިޔައިދޭން ފެށިއެވެ. އަޑުއަހަމުން ދިޔައިރު އަންޖަލް އިނީ ރަހުމަތްތެރިޔާއަށްޓަކައި އިންތިހާ އަށް އުފާ ވެފައެވެ.

…………………………………………………………………………………………………

ހުކުރު ދުވަސްކަމަށްވުމާއެކު ރިޝްފާ ބަދިގޭގަައި ވަރަށް ބުރަކޮށްލައިގެން އުޅުނެވެ. ރިޝްފާއަށް އަތް ގާތް ކޮށްދީ ކުދިކުދި މަސައްކަތް ކޮށްލަދޭން ކައިރީގައި އަންޖަލް އާއި އަނަމް އުޅުނެވެ. މަސައްކަތައިގެން އުޅުނުއިރުވެސް އަނަމްގެ އަނގަ ހުއްޓާލާ ގޮތެއް ނުވެއެވެ. އަނަމް ދައްކަމުން ދިޔައީ މިއަދު މެންދުރުގެ ކެއުމުގައި ބައިވެރިވާން އަންނަ މެހުމާނުންގެ ވާހަކައެވެ. ޝިޔާޒުގެ ރަހުމަތްތެރިއެއްކަމަށްވާ ހާމިދާއި އޭނާގެ އާއިލާ ގިނަދުވަސްތަކަކަށްފަހު ރާއްޖެ އައއިސްގެން އުޅޭތީވެ ދޭ ކެއުމެކެވެ. މިކެއުމުގައި ހާމިދުގެ އާއިލާ އިތުރުން ބައިވާރިވާނި ނިކްހާގެ އާއިލާއެވެ. ނިކްހާގެ ބައްޕަ ނިހާދާއި ހާމިދު އަދި ޝިޔާޒަކީ ސުކޫލް ދައުރުއްސުރެ ފެށިގެންވެސް ގާތް ތިންރަހުމަތްތެރިންނެވެ. ހާމިދުގެ އަންހެނުންނާ ނުރައްކާތެރި ބައްޔެއް ޖެހުމުގެ ސަބަބުން ހާމިދުގެ ދިރިއުޅުން އަންހެނުން އަމީޒާ އަދި ފިރިހެން ދަރިފުޅު ފާޒްއާއި އެއްކޮށް މެލޭޝިޔާ އަށް ބަދަލުކުރަން ޖެހުނެވެ. މިހާރު އަނެއްކާވެސް މިކޮޅަށް ބަދަލުވީ އަމީޒާގެ ބަލި މުޅިން ރަނގަޅުވެ ފާޒް މިކޮޅުގައި އުޅެން ބޭނުންވާތީއެވެ.

ޝިޔާޒުމެން ފަދައިން އަންޖަލް ނިކްހާ އަދި ފާޒްއަކީވެސް ކުޑަިއރުގެ ރަހުމަތްތެރިންނެވެ. އަންޖަލް އާއި ނިކްހާ މިއަދު ފާޒްއާއި ބައްދަލުވާނީ ގިނަ ދުވަސް ތަކަކަށް ފަހުގައެވެ. ފާޒް ހުންނާނެ ގޮތްވެސް ނިކްހާމެންނަށް ލަފާ ކޮށްލާކަށްވެސް ނޭނގޭނެއެވެ.

ކާމޭޒު މަތީގައި އޮތް އަންޖަލްގެ ފޯނަށް ވައިބަރ މެސެޖެއް އައި އަޑު އިވިފައި އަންޖަލް އަށް ވުރެ ކުރިން އަނަމްގޮސް އަންޖަލްގެ ފޯނު ނެގިއެވެ.

” އަނަމް ފޯނު ދޭންވީ…” އަންޖަލް އަނަމް އަތުޖެހޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް އަނަމް އެއަށްވުރެ މާ ހަލުއްވެވެ. އަންޖަލް އެންމެ ހައިރާންވި އަންޖަލްގެ ފޯނުގެ ޕާސްވަރޑް އަނަމްއަށް އެނގުމުންނެވެ.

” ސޮރީ ޑަރލް މިއަދު ނުދެވުނީމަ.. އިރާދަކުރެއްވިއްޔާ މާދަން ދާނީ.. ” ނިކްހާ އަންޖަލްގެ ފޯނަށް ފޮނުވި މެސެޖް އަނަމް ބާރަށް ކިޔަމުންދިޔައެވެ. ނަމަވެސް އަނެއްބައި ކިއުމުގެ ކުރިން ރިޝްފާ ފަހަތުން އައިސް އަނަމް އަތުން ފޯނު އަތުލާފައި އަންޖަލް އަތަށް ދިނެވެ. އަންޖަލް އަނަމްއާއި ދިމާއަށް އަނގަ ހަދާލުމުން އަނަމް އަންޖަލް އާ ދިމާއަށް ކަޅިއަޅާލިއެވެ.

” ދަރިފުޅު ކާކުގެ މެސެޖެއްތަ އެއީ؟” ރިޝްފާ ސުވާލުކޮށްލިއެވެ.

“މަންމާ އެއީ ނިކްގެ މެސެޖެއް.. އަޅުގަނޑުމެން މިއަދު އުޅުނީ މޯނިން ވޯކަކަށް ދާންވެގެން.. އެހެންވެ ނުދެވުނީމަ އެވާހަކަ ނިކް އެބުނީ” އަންޖަލް އަށް ރިޝްފާއަށް ހަޤީގަތް ކިޔައިދޭކަށް ނުކެރުނެވެ.

…………………………………………………………………………………………………….

ޝިޔާޒު މެންދުރު ހުކުރުން ފައިބައިގެން އައި އިރު ހާމިދާއި ނިހާދައި އެއްކޮށެވެ. ހާމިދަށް އަންޖަލް ފެނުމުން ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ކުޑއިރު އެހާ ވައްތަރު ރަނގަޅުކޮށް ހުރި ކުއްޖާ މިހާރު ކަށިކޮޅެކޭ އެއްފަދައެވެ.

” މިހާރުގެ ކުދިންނަކީ އެހާވަރަށް ކައިބޮއެ އުޅޭ ކުދިންނެއް ނޫން.. އެމީހުން ބޭނުންވަނީ އިލޮޓެއްހެން ހުންނަން.. ހާމިދަށް އަހަރެންގެ މަންޖެ ފެނުނު ނަމަވެސް ބުނާނީ ހަމަ ތިހެން” ނިހާދު ބުންޏެވެ.

” ހާމިދުބެ ކޮބާ ފާޒް..” ކުޑައިރުގެ ރަހުމަތްތެރިޔާ ހަނދާންކޮށްލަމުން އަންޖަލް އަހާލިއެވެ.

” ފާޒް އަންނާނެ އަމީޒާ ގޮވައިގެން.. ތިހުރީ މިހާރު ދެކޭހިތުން ކެތްމަދު ވެފަ ދޯ” ހާމިދުގެ ބަހަށް އަންޖަލް ހިނިތުންވުމަކުން ޖަވާބު ދިނެވެ.

އިރުކޮޅެއްފަހުން މުޅި ސިޓިންގްރޫމް އޮތީ ފުރިފައެވެ. އެތަނުން މަދުވަނީ ހަމައެކަނި އަމިޒާއާއި ފާޒްއެވެ. އެންމެން މަޖާ އެކި އެކި ވާހަކަތައް ދައްކަމުން ގެންދިޔައިރު އަންޖަލްއާއި ނިކްހާ އެއްފަރާތެއްގައި އަމިއްލަ ވާހަކައެއްގައި ތިއްބެވެ. އެމީހުން ދައްކަމުން ދިޔައީ އެހާ ގިނަދުވަސް ފަހުން ފާޒް ފެނުމުން ކަންތައް ކުރާނެ ގޮތެވެ. ކުޑައިރު ފާޒްއަށް އެކި އެކި ލަނޑު ދޭ ގޮތަށް ލަނޑެއް ދޭން ރާވަނީއެވެ. ގޭގެ ބެލް ޖަހާލި އަޑުއިވުނީ އެހެން ތިއްބައެވެ. ރިޝްފަ އަންޖަލްއަށް ގޮވާލާފައި ގޭގެ ދޮރުހުޅުވަން ބުނުމުން އަންޖަލް ކުޑަކޮށް ދުވެލާފައިގޮސް ދޮރުހުޅުވާލިއެވެ. އެވަގުތު ކުއްލިއަކަށް ނުބައި ވައްތަރެއްގެ މޫނުމައްޗެއް އަޅައިގެން ހުރި މީހަކު ‘ޕޮއް’ އޭ ކިޔާ އަންޖަލްއާ ދިމާއަށް އައެވެ. އެވަގުތު އަންޖަލްއަށް ބާރަށް ހަޅޭއްލަވާ ގަނެވުނެވެ. އަދި ފަހަތަށް ދަމުން އަރި އަޅާލާ ވެއްޓެން އުޅުނެވެ. އެވަގުތު އެމޫނު މަތި އަޅައިގެން ހުރި ޒުވާނާ އަންޖަލް ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އޭރު އަންޖަލް އެޒުވާާނާގެ އަތްމަތިގައި ދެލޯމަރައި ބާރުކޮށްގެން އޮތެވެ. އަންޖަލް ހަޅޭއްލަވައިގަތް  އަޑަށް އެންމެން ކަހަލަ ގޮތަކަށް ދޮރުކައިރިއަށް ޖަމާވެފަ އޮތެވެ.

މޫނުމަތި އަޅައިގެން ހުރި ޒުވާނާ މަޑުމަޑުން މޫނުމަތި ނެގިއެވެ. ދެލޯ މަރައިގެން އޮތް އަންޖަލް ފެނުމުން އެޒުވާނާ ހުރީ އާޝޯހު ވެފައެވެ. ލޯމަރައިގެން އޮތް އަންޖަލް މަޑުމަޑުން ލޯހުޅުވާލިއެވެ. އަންޖަލްގައިގާ ހިފަހައްޓައިގެން ހުރި ޒުވާނާ ފެނުމުން އަންޖަލް ކުޑަކޮށް ލަދު ގަންނަ ގޮތް ވިއެވެ. އަދި އަވަަސްއަވަހަށް އެޒުވާނާ އަތްމަތިން ތެދުވިއެވެ.

” ފާޒް ދަރިފުޅާ ތިކަހަލަ ކަންތައްތައް ކުރާކަށް ނުވާނެއްނު.. ކިރިޔާއެއްނު އެމަންޖެ ހިތްނުހުއްޓުނީ” އެތެރެއަށް  ވަދެގެން އައި އަމީޒާ ބުންޏެވެ. އޭރުވެސް ފާޒް ހުރީ ކަޅިޖަހާވެސް ނުލާ އަންޖަލްއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެވަގުތު ދުރުގައި ހުރި ނިކްހާ އައިސް ފާޒްގެ ކުރިމައްޗައް ވާ ގޮތަށް ހުއްޓުނެވެ.

” ފާޒް.. ޔޫ ސްކެއަރޑް ދަ ހެލް އައުޓް އޮފް މައި ޕަރސަން.. ބަދަލު ލިބޭނެ..”  ފާޒްއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ނިކްހާ ބުނެލިއެވެ.

” އޯވހް..ދި ގްރޭޓް ނިކްހާ ދޯ.. މިހާރު ވަރަށް ކަޅުވެއްޖެ.. މުސްކުޅިއަކާ ވައްތަރީ” ނިކްހާގެ ނިތްކުރީގައި އިނގިލި ޖައްސާ ފަހަތަށް ކޮއްޕާލަމުން ފާޒް ދުރުގަ ތިބި މީހުންނާ ދިމާއަށް ހިނގައިގަތެވެ. ނިކްހާ ދަތްކުޑިވިކާފައި ފާޒްއާއި ދިމާއަށް ބަލަން ހުއްޓާ އަންޖަލް އައިސް ނިކްހާގެ ކޮނޑުގައި އަތް އަޅުވާލިއެވެ. އަދި ނިކްހާ ގޮވައިގެން އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.

……………………………………………………………………………………………………..އަނެއް ދުވަހު ހެނދުނު ހެނދުނާ ތެދުވެ އަންޖަލް ތައްޔާރު ވަމުން ދިޔައީ ނިކްހާއާއި އެއްކޮށް އަންޖަލް ހުވަފެންތަކުގެ ރާޖާއާއި ބައްދަލުކުރަން ދިއުމަށެވެ. ނިކްހާ އަންނާނެ އިރަކަށް އަންޖަލް މަގުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުންނަތާ އިރުކޮޅެއްފަހުން ނިކްހާގެ ކާރު އައިސް އަންޖަލް ކައިރިއަށް މަޑުކޮށްލިއެވެ. އަންޖަލް ކާރަށް އަރަން އުޅެނިކޮށް ނިކްހާ ކާރުން ފައިބާ އައިސް އަންޖަލްގެ އަތުގައި ހިފާލިއެވެ. އަންޖަލް ބުމަ އަރުވާލާ ކިހިނެއްވީތޯ ސުވާލުކުރިއެވެ.

” އެބައިން ސަރޕްރައިޒެއް” ނިކްހާ ބުނެލިއެވެ.

” ކޮބާ..” އަންޖަލް ދެކޮޅު ބަލާލާފައި ބުންޏެވެ. ނިކްހާ މަޑުކުރާށޭ ބުނުމަށްފަހު ކާރުގެ ދޮރު ހުޅުވާލާފައި އެތެރޭގައި އިން ޝާދްއަށްް ގޮވާލިއެވެ. ކާރުން ފައިބާ އަންޖަލްގެ ކުރިމަތީ ހުއްޓުނު ޒުވާނާ ފެނުމާއެކު އަންޖަލް ފިނިވިއެވެ. އިރުކޮޅަކަށް ނޭވާވެސް ހުއްޓުނު ކަހަލައެވެ. އަަންޖަލްގެ ވަށައި ދުނިޔެ އެނބުރެން ފެށި ކަހަލައެވެ.

” މީޓް މައި ބޯއިފްރެންޑް.. ޝާދް…” ޝާދްގެ އަތުގައި ހިފާލަމުން ނިކްހާ ބުނެލި ޖުމްލައިން އަންޖަލްގެ ހިތް ކުދިކުދިވިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އަންޖަލްގެ ހިތުގެ ހަމަޖެހުމެވެ. އެމީހަކީ ހަމައެކަނި އަންޖަލްގެ މީހެކޭ ހީކުރެވުނު މީހައެވެ. ނަމަވެސް މިހާރު އެ ހީ ކުށްހީއަކަށް ބަދަލުވެއްޖެއެވެ. އަންޖަލްގެ މީހެކޭ ހީކުރި މީހަކީ މިހާރު މުޅިން އެހެންމީހެއްގެ ހައްޤެކެެވެ. އަންޖަލްއަށް އަނގަމަތީގައި އަތްއެޅުނީ ރޮވެން އުޅޭހެން ހީވާން ފެށުމުންނެވެ. ނިކްހާގެ ކުރިމަތީގައި ބޭޒާރުވުމުގެ ކުރިން އަންޖަލް ބޭނުންވީ އެތަނުން ދާށެވެ. އަނގަމަތީ އަތްއަޅައިގެން ހުރެ އަންޖަލް ދުވެފައި ގޮސް ގެއަށްވަނެެވެ. އަންޖަލްގެ މިހަރަކާތުން ނިކްހާއާއި ޝާދު ހައިރާން ކަމާއެކު އެކަކު އަނެކަކަށް ބަލާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

az000

Level 110 Stories

Other Articles

Previous

އެދެނީ މަޢާފް

Next

އިންތިޒާރު ކުރި ލޯބި (3)

Next
February 20, 2016

އިންތިޒާރު ކުރި ލޯބި (3)

Previews
February 20, 2016

އެދެނީ މަޢާފް

9 Comments!

  1. Aimsithu says:
    February 20, 2016 at 9:52 pm

    Aaah..ma hama hithah eri gothah mi veee… emme fahun shaadhu dho anjal ge prince akah mi vee.. Story varah reethi Ingye..

  2. Ily says:
    February 20, 2016 at 10:59 pm

    Ohoooooo kihineh tha thihedhe????
    V reethi

  3. Shau says:
    February 20, 2016 at 11:49 pm

    Yeyyy me guess kuri gothah dhw…two besties fall in love with the same boy…interesting…dhnn anjal faaz aa match kohlaa…eyrunn nice vaane…think he fell for her…waiting for the next prt

  4. rash says:
    February 21, 2016 at 8:30 am

    Varah reethi…. Waiting for the next part

  5. Sam says:
    February 21, 2016 at 9:11 am

    Kalhu safuhaa vaahaka keevetha mihaaru nugenesdhenyee.plz ey vaahaka up khdheeber

  6. liu says:
    February 21, 2016 at 1:38 pm

    reethikamaaeve….

  7. Nicky says:
    February 21, 2016 at 1:56 pm

    Dhn reethi dhwww…..

  8. Muffin says:
    March 5, 2016 at 3:45 pm

    nycc bt y ehn hedii but tbh varah salhi ingeyy keep it up 🙂

  9. haz says:
    April 26, 2016 at 8:30 pm

    Konirakuntha.mi vaahaka upload vanee.pls pls pls thankolheh avahaa upload kohlaba

Comments are closed.

Next Episodeހިތުގެ ތިޔައީ ސާފު ލޯތްބޭ 4←


All Right Reserved!