Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (4)

Hath Level 110 Stories100 Comments
February 21, 2016 3 Mins Read
28 Comments

އިޔާ އަހަންނަށް މައުނަވީ ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.

” ތިމް ބުނެބަލަ މާދަމާގެ ތާރީޙު؟ ” އިޔާ ހިނިތުންވެލަމުން އަހާލިއެވެ.

އަހަރެން ވިސްނާލީމެވެ. މާދަމައަކީ އަހަރެންގެ 17 ވަނަ އުފަންދުވަހެވެ. އަހަރެންމީ އެހެންޏާ އުފަންދުވަސް ކައިރި ވުމުން ވަގުތު ގުނާލަ ގުނާލަ ހުންނަ ކުއްޖެކެވެ. ނަމަވެސް މިއަދު އަހަރެން މިހުރީ މާދަމައަކީ އަހަރެންގެ އުފަންދުވަސް ކަން ހަނދާން ނެތިފައެވެ.

” އޯ މައި ގޯޑް! އިޓްސް މައި ބާރތްޑޭ!! ” އަހަރެން އަނގަމަތީ އަތް އަޅާލައިފައި ވަރަށް އުފާވެލާފައި ބުނެލީމެވެ. އިޔާޒު ހިނިތުންވެލަމުން އަހަރެންގެ އަތުގައި ހިފާލައިފައި ” ޔެސް ” އޭ ބުނެލުމަށްފަހު، ކުރިން ދުވަހު އޭނަގެ ރައްޓެހި ކުއްޖަކަށް ދިމާވި މަޖާ ކަމެއް ހަނދާންވެގެން ކިޔައިދޭން ފެށިއެވެ.

އޯޑަރ ދިންތާ މާ ގިނަ އިރުތަކެއް ނުވެ ވެއިޓަރ ދެމީހުންގެ މިލްކް ޝޭކް ގެނެސްދިނެވެ. މި ޗޮކްލެޓް މިލްކް ޝޭކް މާ މީރު ވެގެން އެވާހަކަ ދައްކަން ތިއްބައި ދެން ވެއިޓަރ ގެނެސް ދިނީ ކުޑަ ކުޑަ، ދަހިވާހާ މީރުކޮށް އިން ކޭކެކެވެ. އަހަރެން ވަރަށް ސަރޕްރައިޒް ވިއެވެ. ހަމައެހެންމެ ވަރަށް އުފާވެސް ވިއެވެ. އަހަންނަކީ އިޔާއަށް މުހިންމު މީހެއްކަން އިހުސާސްވިއެވެ. ކޭކުގައި ކުދި އަކުރު ތަކަކުން ” ހެޕީ 17 ޑަރލިންގ ” ޖަހާފައި އޮތް އިރު، ރަތްކުލައިގެ  ކުދި ހިތް ތަކަކުން މުޅި ކޭކު ޑެކަރޭޓް ކޮއްލެވިފައިވެއެވެ. ކޭކު ގެނެސް ދިނުމުން އިޔާ އަވަސްވެގަތީ ކޭކު ފެޅުމަށެވެ. އަހަރެންގެ ފުރަގަހުން އައިސް ކަނާއަތުގައި ހިފައި ކޭކު ފެޅުމުގައި ބައިވެރިވެލިއެވެ. އަހަރެން އުފާވީ ކޭކު ފެޅުމަކުން ނޫނެވެ. އިޔާގެ ހޫނު ނޭވާ އަހަރެންގެ ކަނދުރާގައި ބީހިލުމުންނެވެ. އިޔާ އަހަންނާއި އެހާ ގާތުގައި ހުރެލުމުންނެވެ. އަދި ކޭކު ފަޅަމުން ކަންފަތް ދޮށުގައި ވައިއަޑުން ” ހެޕީ ބާރތްޑޭ އިން އެޑްވާންސް ” އޭ ބުނެލުމަށްފަހު ކަންފަތުގައި ތުންފަތް ޖައްސާލުމުންނެވެ. އެވަގުތު ލޯ މަރާލެވުނެވެ. ގައިން ހީބިހި ނެގިއެވެ. ފުރަތަމަ އަހަރެން ކޭކު ލެވީ އިޔާ އަށެވެ. އެއަށްފަހު އިޔާ އަހަންނަށް ކޭކުލެވި އިރު، ކާއެއްޗެހި ވެއިޓަރ ގެނެސްދިނެވެ. ކައި ނިމިގެން އަހަރެމެން ހިނގާލާފައި މިސްރާބު ޖެހީ ގެއާ ދިމާލަށެވެ.

” ދެން އިޔާ ކޮންއިރަކުންތަ ބިޓެއް ހޯދަނީ؟ ” ދިޔަ މަގުމަތީ ވާހަކަ ދައްކަމުން ގޮސް އިޔާ ގާތު އަހާލީމެވެ.

އިޔާ އަހަންނަށް ފުން ނަޒަރަކުން ބަލާލިއެވެ. އަދި ބުނެލިއެވެ. ” ތިމް. އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ. އަހަރެން އެކުއްޖާ ދެކެ އިންތިހާއަށް ލޯބިވަން، އަބަދުވެސް ލޯބިވާނަން. އެކަމަކު އަހަންނަކަށް ނޭނގެ އޭނަ ލޯބި ވަނީ ކާކު ދެކެ ކަމެއް. ފާހަގަ ވާ އެއް ކަމަކީ އަހަރެންގެ ލޯބި އެކުއްޖާއަށް އިހުސާސް ނުވާކަން. އެއީ އަހަރެން އެކުއްޖާއަށް ލޯބިވާ ކަމުގެ އެތައް ސިގްނަލެއް ދީފިން. އެކަމަކު އޭނަގެ ފަރާތަކުން އެކަހަލަ އެއްވެސް ސިގްނަލެއް ނުލިބެ. ”

” އެ ނަސީބުގަދަ ކުއްޖަކީ ކާކު އިޔާ؟ ” އަހަރެން އަހާލީމެވެ. ބޭރުފުށުން މާ ހަމަޖެހިލައިގެން ހުރި ކަމަށް ފެނުނަސް، އަހަރެންގެ ހިތް ދިޔައީ ނެގި ނެގިފައި ޖެހެމުންނެވެ.

” އެއީ… އަހަރެން އެކުއްޖާ ހާސިލް ވުމަށްފަހު ހާސިލް ވުމުން ތިމް ކުރިމައްޗަށް ގޮސް ދައްކާނަން. ހެހެ، ބުންޏަކަސް ނޭނގޭނެ ވިއްޔަ. ” އިޔާ ހެމުން ބުނެލިއެވެ.

އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނު ފަދަ އިހްސާސެއް ކުރެވުނެވެ. ހިތަށް ވަރަށް ތަދުވިއެވެ. އިންތިހާ އަށް ދެރަވިއެވެ. އިޔާގެ ހިތުގައި އަހަރެން ނޫން ކުއްޖަކަށް ވިންދު ޖަހާކަން އެނގުމުންނެވެ. އަހަރެން ދެކެ އިޔާ ލޯބި ނުވާކަން ޔަގީން ވުމުންނެވެ. އަހަރެން ހުރީ ގެއަށް ނުދެވިފައެވެ. ނަމަވެސް ދެން ގެއާ ވަރަށް ކައިރިވެފައި ހުރުމާއެކު، އެވާހަކަ އެހެން އިޔާ ބުނުމުން އަހަރެން ތަފާތު ގޮތަކަށް އުޅުނީމައި އިޔާ އަށް ޝައްކެއް ވެދާނެތީ ކެތް ކޮއްލައިގެން ހުރީއެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.

ގެއާ އަރާ ހަމަވުމުން ” ގުޑް ނައިޓް އިޔާ ” އޭ ބުނެލުމަށްފަހު ހީލަމުން އަހަރެން ހިނގައިގަތީމެވެ. އިޔާވެސް ” ގުޑްނައިޓް ސްވިޓީ، އުމްވަހ.. ” އޭ ކިޔާ ފްލައިންގ ކިސް އެއް ދެމުން ހިނގައިގަތެވެ. ގެއަށް ވަދެވުނު އިރަށް ދުވަމުން ކޮޓަރިއަށް ވަދެ ދޮރު ލައްޕާ، ތަޅު ލުމަށް ފަހު އެނދަށް ވެއްޓި އޮވެ ހުރިހާ ޝަކުވާއެއް ކަރުނައިގެ ސިފައިގައި ބާލީހަށް ބޭރު ކުރީމެވެ. އަހަރެން ހުރީ އިންތިހާއަށް ދެރަވެފައެވެ. ނަމަވެސް މިއީ ތަޤުދީރުގައި ރޭވިފައިވާ ގޮތެވެ. އެމީހަކަށް ލިޔެވިފައި ނެތް އެއްޗެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. ކެތްތެރިންނާއި އެކު ﷲ ވޮޑިގެންވެއެވެ. މާބޮޑަށް ރޮވޭތީ އަހަރެން ވުޞޫ ކޮއްލައިގެން ދެރަކުޢަތުގެ ނަމާދެއްވެސް ކުރީމެވެ. ނަމާދުގައިވެސް ހަމަ ރޮވެނީއެވެ. ދުޢާ ކުރި އިރުވެސް ހަމަ ގިސްލަ ގިސްލާފައި ރޮވެނީއެވެ. ނަމާދު ފޮށާ ބާލައި މުސައްލަ އޮޅާލުމަށްފަހު އެނދުގައި އޮށޯވެލި އިރު ހުރީ ކުރިއަށްވުރެ ހިންހަމަ ޖެހިފައެވެ. ނަމަވެސް ދޭތެރެއަކުން އަނެއްކާވެސް ރޮވެއެވެ. އެހެން އޮއްވާ ނިދުނީ ކޮން އިރަކު ކަމެއް ވެސް ނޭނގެއެވެ.

ހެނދުނު ހެނދުނާ ބައްޕަ އައިސް ކޮޓަރި ދޮރުގައި ޓަކި ޖަހާ އަހަރެން ހޭލެއްވުމަށްފަހު ބައްޕައާއި އެކު އެއާރޕޯޓަށް ދާން ތައްޔާރު ވުމަށް އެދިލެއްވިއެވެ. އަހަރެން މިދަނީ ކަމަށް ބުނުމުން ބައްޕަ ދިޔައީ ހެނދުނުގެ ނާސްތާ ކުރެއްވުމަށެވެ. ތެދުވެ ލޯގަނޑު ކުރިމައްޗަށް އެރި އިރު ރޭގަ ލީ ހެދުމާއި އެކު ހުރުމުން ރޭގެ ހުރިހާ ކަމެއް ހަނދާންވެ އަލުން މޫޑު ދިޔައެވެ. ފެންވަރާ ތައްޔާރު ވެލައިން ބޭރަށް ނިކުމެ ބޮޑު ހޯލް ތެރެއިން ހިނގައިފައި ގޮސް ކާގެއަށް ވައިން އިރު އާއިލާގެ އެންމެން ހަމައެވެ. އަހަރެން އަންނަ އިރަށް ހުރިހާ ބޭބެމެންނާއި ފަހަރިން އަހަރެންނަށް އުފާވެރި އުފަންދުވަހަކަށް މަރުހަބާ ކިޔަމުން ބައިވަރު ހަދިޔާ ދިނެވެ. ހަމަ އެވަގުތު ތުއްތުބެ ޕާޓީ ޕޮޕާ ގޮއްވާލިއެވެ. އޭރު ތުއްތުބެ ދައްތަ ކޭކު ހިފައިގެން އަހަންނާއި ގާތަށް އަންނަނީއެވެ. މަންމައާއި ތުއްތުބެ ދައްތައާ ދެމީހުންގެ މީރު ފްރުޓް ކޭކު ފެޅުމަށްފަހު ނާސްތާ ކޮއްގެން އަހަންނާއި ބައްޕައާ ދިޔައީ ބައްޕަގެ ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅު އަންނާތީ އެއާރޕޯޓަށެވެ.

އަހަންނަކަށް އެއީ ކާކު ކަމެއް ނޭނގެއެވެ. އެއާރޕޯޓުގެ އެރައިވަލް ބައިގައި މަޑުކޮއްލައިގެން ތިއްބާ ކޯޓު ފަޓުލޫނުގައި ހުރި ޒުވާނަކު އަހަރެމެންނާއި ދިމާލަށް އެރައިވަލް އިން ނިކުމެގެން ފިރިހެންވަންތަ ހިނގުމެއް ހިނގަމުން އައެވެ. ފަން އިސްތަށި ގަނޑެކެވެ. ހުރީ ސްޕައިކް ޖައްސާފައެވެ. ހަމުގެ ކުލަ އައްޔެވެ. ބައިމަތި ފުޅާ، ދިގު ހަށިގަނޑެކެވެ. އަތުގައި ހުރީ ގަޑި އަޅާފައެވެ. ލޮލުގައި އަވިއަނު އަޅާފައި ހުރި އިރު ފިރިހެންވަންތަ ކަމުގެ ހުރިހާ ސިފައެއް މިލްކު ކޮއްގެން ހުރި މީހަކު ފަދައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

އިންތިޒާރު ކުރި ލޯބި (3)

Next

ހިތް އެދެނީ 14 (ފަހު ބައި)

Next
February 21, 2016

ހިތް އެދެނީ 14 (ފަހު ބައި)

Previews
February 20, 2016

އިންތިޒާރު ކުރި ލޯބި (3)

28 Comments!

  1. kamana says:
    February 21, 2016 at 6:00 pm

    Alheyyyy. So nice. ????

    1. Hath Mikal says:
      February 22, 2016 at 12:00 am

      Thankyou dear 🙂

  2. NIHAA says:
    February 21, 2016 at 6:01 pm

    Haadha kurey.. .but v v nice…i love this story .v reethi….nxt part 2 mrw ga vias avahah up kohdehchey …nice…yaay mi first..

    1. Hath Mikal says:
      February 22, 2016 at 12:03 am

      Yes, In Sha Allah tomorw upload kohdheynan. Thankyou so much NIHAA Dear 🙂

  3. Maashy says:
    February 21, 2016 at 6:03 pm

    V reethi than kolhey dhigu kholli nama

    1. Hath Mikal says:
      February 22, 2016 at 12:36 am

      hehe In Sha Allah dhigu kureveytho masaiykaiy kuraanan next part. Thanks Maashy 🙂

  4. shaa says:
    February 21, 2016 at 7:01 pm

    V reethi… Keep it up…

    1. Hath Mikal says:
      February 22, 2016 at 12:37 am

      Thankyou Dear 🙂

  5. naax says:
    February 21, 2016 at 7:32 pm

    Varah reethi mi story but haadha kurey than when nxt part avas kohdhehchey

    1. Hath Mikal says:
      February 22, 2016 at 1:16 am

      heheh miadhu In Sha Allah next part upload kohdheynan.
      Thankyou 🙂

  6. twnkl str says:
    February 21, 2016 at 7:42 pm

    Wowww nyc

    1. Hath Mikal says:
      February 22, 2016 at 1:20 am

      Thankyou Twnkl Str 🙂

  7. Anonymous says:
    February 21, 2016 at 7:57 pm

    Kon irakun nxt part genesdheyny

    1. Hath Mikal says:
      February 22, 2016 at 1:21 am

      In Sha Allah today 🙂

  8. Anonymous says:
    February 21, 2016 at 7:57 pm

    Kon irakun nxt part genesdheyny

    1. Hath Mikal says:
      February 22, 2016 at 1:21 am

      In Sha Allah today 🙂

  9. Mar Sha Marsha says:
    February 21, 2016 at 9:23 pm

    Very nice story.. waiting for next part…

    1. Hath Mikal says:
      February 22, 2016 at 1:22 am

      Thankyou Marsha 🙂

  10. Nicky says:
    February 22, 2016 at 12:10 am

    V v nyc mi stry….

    1. Hath Mikal says:
      February 22, 2016 at 1:22 am

      Thankyou Nicky 🙂

  11. ammmmmday says:
    February 22, 2016 at 7:59 am

    v v reethi story , v v intersest….

    1. Hath Mikal says:
      February 22, 2016 at 7:03 pm

      Thankyou Dear 🙂

  12. ♥♥♥ says:
    February 22, 2016 at 6:40 pm

    Hath mikal thee girl eh tha noony boy eh tha ??? Just asking ingey……anyways stry vrh vrh vrh reethi… just love this story…one more question can u tell ur age??? Kameh nuvey ingey hama ahhaalany ……

    1. Hath Mikal says:
      February 22, 2016 at 7:05 pm

      I’m a girl my dear.
      Thankyou Dear 🙂

  13. myf says:
    February 23, 2016 at 7:12 pm

    wowwwww!!! i must say u’re story is the best!! 😀 😀 🙂 🙂

    1. Hath Mikal says:
      February 23, 2016 at 10:27 pm

      Aww Thankyou so much my dear 🙂

  14. loo says:
    February 25, 2016 at 3:31 pm

    nice

    1. Hath Mikal says:
      February 26, 2016 at 4:28 am

      Thankyou 🙂

Comments are closed.

Next Episodeއިންތިޒާރު ކުރި ލޯބި (5)←


All Right Reserved!