Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ މަޢާފް

thaadhi Level 110 Stories
February 20, 2016 8 Mins Read
12 Comments

(އަށް ވަނަ ބައި)

“ޕާސަނަލް ސެކްރެޓަރީ އަކަށޭ؟” މާނީއަށް ލިބުނު ސިހުމާއެކު މިހެން އަހާލެވުނީ، އޮފީސް ނިންމާފައި ލާރާ އައިސް ދިން ހަބަރަކުންނެވެ. އިޔަންގެ ޕާސަނަލް ސެކްރެޓަރީގެ މަގާމަށް މާނީ ހަމަޖެއްސިކަމުގެ ހަބަރެވެ.

“އާނ. މާދަމާއިން ފެށިގެން ނުކުންނަން ބުނި.” ލާރާވެސް ހުރީ ވަރަށް އުފަލުންނެވެ.

“އޯހް އައި އެމް ސޯ ހެޕީ.” މާނީ އުފަލުން ލާރާގެ ދެއަތުގައި ހިފައިގެން އެނބުރެން ފެށިއެވެ.

“މަޑުކޮށްބާ. އަދި އެއް ވާހަކަ އެބަ އޮތޭ.” ހުއްޓެމުން ލާރާ ވާހަކަ ދެއްކިއެވެ. “ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މާނީ އިންޓްރޮޑިއުސްކޮށްދޭން މިރޭ ކުޑަ ސެލެބްރޭޝަން އެއްވެސް އެބޮތް. ބޮސްގެ ގޭގަ.”

“އެކަމް އަހަންނަށް އެހާ މަތީ މަގާމެއް ދޭންވީ ކީއްވެބާ؟” ލާރާގެ ވާހަކައާމެދު ވިސްނާލި މާނީ އޭނާގެ ހިތުގައި އުފެދުނު ސުވާލު ދުލާ ހަމައަށް ގެނައެވެ. ލާރާ އިސްޖަހާލިއެވެ. އެސުވާލަށް ދޭނެ ޖަވާބެއް އޭނާގެ ކިބައަކުވެސް ނެތެވެ.

ކަނޑާލި ޝެމްޕޭން ފުޅިން ބުރައިގެން ދިޔަ ފޮނުތަކާއިއެކު ޕާޓީ ފެށިގެން ދިޔައެވެ. ޕާޓީ ފަށައިދިނީ ކުންފުނީގެ އިސްވެރިޔާ އިޔަންއެވެ. ހުނުމާއި ސަކަރާތުގެ އަޑުން ގުގުމާލާފައިވާ މާހައުލުގެ ސަމާލުކަން އިޔަން ހޯދީ އަންހެނުންނާއި ފިރިހެނުންނަށް ޖުމްލަކޮށް ގޮވާލަމުންނެވެ. އެއަށްފަހު ޕާޓީގެ މަގުސަދާއި ކުރު ތައާރަފެއް އިޔަން އެންމެނަށް އަޑު އިވޭވަރަށް ކިޔާލަދިނެވެ. އަދި މިރޭގެ މެހެމާނަށް ދައުވަތު ދެމުން މާނީގެ ނަން ގޮވާލިއެވެ.

ރަތް ކުލައިގެ ރީތި ގައުން އެއް ލައިގެން ހުރި މާނީ ވަދެގެން އައުމާއެކު އެންމެންގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ފިރިހެނުންނަށް މާނީގެ ރީތި ކަމަށް ތައުރީފު ކުރެވުމާއެކު އަންހެނުން ވީ ޖެލަސްއެވެ. ނަމަވެސް އެރީތީގެ ރާނީގެ މޫނުމަތީގައި މިރޭ ހިނިތުންވުމެއް ނުވެއެވެ. އޭނާ އެންމެ އުފާ ކުރަންވީ ރޭގައި އެމޫނުމަތިން ފެންނަން ހުރީ ކަންބޮޑުވުމެވެ. ހިތުގައިވަނީ ޖަވާބު ހޯދަން ބޭނުންވާ އެތައް ސުވާލުތަކެކެވެ. އޭނާ ކަހަލަ ނިކަމެތި މީހަކަށް އެހާ މަތީ މަގާމެއް ދިނީ ކީއްވެހެއްޔެވެ. ނުކިޔަވާ ހުރި ގަމާރަކަށް އެފަދަ މަގާމެއް ދީގެން އެކުންފުންޏަށް ލިބޭނީ ކޮން މޮޅެއް ހެއްޔެވެ. ވާނީ ކޮން ފައިދާއެއް ހެއްޔެވެ. ހަމަ ޔަގީނުންވެސް މާނީ ކިބައިގާ އެފަދަ ބޮޑު މަސްއޫލިއްޔަތެއް އުފުލުމުގެ ގާބިލު ކަމެއް ނެތެވެ. ދެން އެވަޒީފާ މާނީއަށް ދީގެން އިޔަން ސާބިތު ކޮށްދޭން ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ.

މަޑު ހިނގުމެއްގައި ހިނގާފައި އައި މާނީ އިޔަން އާއި އަރާ ހަމަވުމާއެކު އިޔަން އަތް ދިއްކޮށްލިއެވެ. މާނީ އިޔަންގެ އަތުގައި ހިފާލީ ޖެހިލުންވެ ހުރެއެވެ. އެންމެންގެ ކުރި މައްޗަށް މާނީ ގެނެސް އިޔަން އެންމެނަށް މާނީ ތައާރަފުކޮށްދިނެވެ. އަދި މާދަމާއިން ފެށިގެން އޭނާގެ ޕާސަނަލް ސެކްރެޓްރީއެއްގެ ގޮތުން މަސައްކަތް ކުރާނީ މާނީ ކަމުގައި ބުންޏެވެ. ނަމަވެސް އުންމީދު ކުރިގޮތާއި ހިލާފަށް އެމީހުންގެ ފަރާތުން ލިބުނީ ވަޅޯތާފަނާ ތަރުހީބެކެވެ. ވާނީ އެހެންކަން މާނީއަށް މާކުރިންވެސް އެނގެއެވެ.

ޕާޓީގެ ކެއުމަށާއި ބުއިމަށް އިންސާފު ކުރަމުން ދިޔަ ވަގުތު ލާރާ އޭނާގެ ރައްޓެހިންނަށް މާނީ ތައާރަފުކޮށްދެމުން ދިޔައެވެ. މާނީގެ ރީތިކަމަށް އެންމެންވެސް ތައުރީފު ކުރިއެވެ. ނަމަވެސް އޭނާގެ ހިތަކަށް އޭގެން ލިބުނު ހިތްހަމަ ޖެހުމެއް ނެތެވެ. އޭނާގެ ކަންފަތަށް މިރޭ އަޑު އިވެމުންދިޔައީ ތައުރީފަށްވުރެ ބަދު ބަސްތަކެވެ. މަލާމާތްތަކެވެ. ކަމަށް ގާބިލް ކުޅަދާނަ ކުދިން ތިއްބާ މާނީ ކަހަލަ ތަނެއް ދޮރެއް ނުދަންނަ މީހަކަށް ވަޒީފާ ދިނީ މާނީގެ ފަރާތުން އިތުރު ކަންތައްތަކެއް އިޔަންއަށް ފުދޭތީއޭ އެއް ބަޔަކު ކިއެވެ. ވަޒީފާ ދިނުމުގައި އިޔަން ބަލާފާހުރީ ތައުލީމާއި ތަޖުރިބާއަށްވުރެ ސިފައަށް ކަމަށް އަނެއް ބަޔަކު ކިއެވެ. މާނީ އެކުންފުންޏާއި ގުޅިއްޖެ ނަމަ އެ ކުންފުނި ދުވަހަކުވެސް ނުދެކޭފަދަ ކަޅު ދުވަސްތަކެއް ދެކެން ޖެހޭނެކަމަށްވެސް އެއް ބަޔަކު ކިޔެއެވެ. އިވެމުންދިޔަ އެފަދަ ބަސްތަކުން މާނީގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ވީ ބަދުނާމުގައި ކެތް ކުރަން ދަތިވެ ކަރުނަތައް އޮހިގަތުމުގެ ކުރިން މާނީ ބޭރަށް ނުކުތުމަށްފަހު ހިތް ފުރެންދެން ރުޔެވެ.

“ކީއްވެ ތިރޮނީ؟” މާނީގެ ކޮނޑުގައި އަތް ބާއްވާލި އިޔަންއަށް މާނީ ރޮނީކަން އެނގުމުން ކަންބޮޑުވިއެވެ. “މީހަކު އެއްޗެކޭ ބުނީތަ؟”

“އެއްޗެހި ކިޔާ މީހުން އެއްޗެހިވެސް ކިޔާނެ.” މާނީ ކަރުނަތަށް ފުހެލުމުން ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. “މިކަމުގައި ކުއްވެރިޔަކީ ހަމަ އިޔަން.” ލިބިފައިވި މާޔޫސް ކަމުގައި އިޔަންގެ ހައިސިއްޔަތުވެސް މާނީ ހަނދާންނެތުނެވެ.

“ކީއްވެ ތިހެން ތިބުނީ؟” މާނީ ދެއްކި ވާހަކަ އިޔަންއަށް ނަގައެއް ނުގަނެވުނެވެ.

“އިޔަން ބުނެބަލަ. އަހަންނަކީ ނުކިޔަވާ ހުރި މީހެއްކަން އެނގި ހުރެ މިހާ މަތީ މަގާމެއް އަހަންނަށް ދިނީ ކީއްވެގެން؟”

“އޯހް.” އިޔަން ހަމަޖެހިލިއެވެ. “މީހަކު ހަމަ އެއްޗެކޭ ބުނީ ދޯ؟”

“މީހަކު އެއްޗެކޭ ބުނިއްޔެއް ނޫން.” ކުރި ސުވާލަށް ޖަވާބު ނުދިނުމުން މާނީ ގާތަށް ރުޅިއައެވެ. “މިއީ އަހަރެންގެ ހިތަށް އެރި އެއްޗެއް. އަދިވެސް ޖަވާބެއް ނުދެވެއެއްނު.”

“މާނީ.” އިޔަން މާނީގެ ކޮނޑުގައި ހިފާލާފައި އޭނާއާއި ކުރިމަތި ވާގޮތަށް އަނބުރާލިއެވެ. “އަހަންނަށް މާނީ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް ތެޅިލި. ކޮންމެސް ގޮތެއް އަހަންނަށްވި.” މާނީގެ މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކި އިޔަން ބުނި ޖުމްލައިން މާނީއަށް ސިހުން ލިބި އިޔަންއަށް ބަލާލެވުނެވެ. “އެހިސާބުން އަހަންނަށް ޔަގީންވީ މާނީ އަކީ އަހަންނަށް ސްޕެޝަލް މީހެއްކަން. އައި ރިއަލީ ލައިކް ޔޫ މާނީ. އެންޑް ހަމައެކަނި ލައިކް އެއް ނޫން.”

އިޔަންގެ ވާހަކަ ފުރިހަމަ ނުވަނީސް މާނީ ދުއްވައިގަތެވެ. ދިޔަ ގޮތަށް ގޮސް ގޭތެރެއަށް ވަދެ މީހުން ތަކުގެ ކުރި މައްޗަށް އަރާ އެންމެންގެ ސަމާލުކަމަށް އެދުނެވެ. އެމީހުންގެ ސަމާލުކަން ލިބުނު ވަގުތު ކަރުނަތައް ފުހެލަމުން މާނީ ވާހަކަ ދެއްކިއެވެ. އެކުންފުނީގެ ފަރާތުން ލިބުނު އޮފަރއަށް ވަރަށް ޝުކުރިވާ ކަމަށާއި ނަމަވެސް އެކަންތައް އޭނާއަށް ގަބޫލު ކުރެވެން ނެތްކަން އިއުލާން ކުރިއެވެ. އަދި އެފަދަ މަގާމަކަށް ބޭނުންވާނީ އެކަމަށް ގާބިލް މީހެއް ކަމަށާއި އޭނާ އެކަމަށް ގާބިލް ނޫން ކަމަށް ގަބޫލު ކުރާކަމަށްވެސް ބުންޏެވެ. ނުކުމެގެން ދިޔަ މާނީގެ ހިތުގައި ވަނީ ހިތްހަމަޖެހުމެވެ.

ގޭތެރޭގައި އެކަނިމާ އެކަނި އިންނަން ވުމުން މާނީގެ ސިކުނޑިއަށް ވެރިވަމުން ދިޔައީ އިޔަންގެ ހިޔާލުތަކެވެ. އޭނާ ބުނަން އުޅުނު ވާހަކަ ކިތަންމެ ރަނގަޅަކަށްވެސް މާނީއަށް އެނގެއެވެ. އިޔަންގެ މީހަކަށް އޭނާ ވެއްޖެ ނަމަ މުއްސަނދިކަމާއި އަރާމާ އުފާ ލިބޭނެކަން އެއީ ޔަގީންވާ ކަމެކެވެ. ނަމަވެސް މިއަދު އޭނާ ބޭނުންވަނީ މުއްސަނދި ކަމެއް ނޫނެވެ. ހަމައެކަނި އުފަލެވެ. އޭނާ ބިރުގަންނަނީ އެހެންވެއެވެ. އިޔަންގެ ފަރާތުން އެއުފާތައް އޭނާއަށް ލިބޭނެ ކަމުގެ ޔަގީން ކަމެއް އޭނާއަކަށް ނެތެވެ. ދެވަނަ އައްސަދެއް އުފަން ވެދާނެތީ އޭނާ ޖެހިލުންވެއެވެ. އެހެންކަމުން އޭނާ މީހަކާ ގުޅޭ ނަމަ ގުޅެން ބޭނުންވަނީ ވަރަށް ވިސްނާފައެވެ. އެމީހަކު ރަނގަޅަށް ދަސްކޮށްގެންނެވެ. އޭނާގެ މާޒީވެ ދިޔަ ދިރިއުޅުމުން އެތައް ތަޖުރިބާ ތަކެއް އޭނާއަށްވަނީ ލިބިފައެވެ.

ސިކުނޑި ބަރު ކުރަމުން ދިޔަ ފިކުރުތަކާއި ދުރަށް ދިއުމަށް މާނީ އަނެއްކާވެސް ވަޒީފާއަކަށް ދިއުމަށް ހިޔާލު ކުރިއެވެ. ނަމަވެސް މިފަހަރު އޭނާއާއި އެކަށީގެންވާ ވަޒީފާއަކަށެވެ. އެހެންކަމުން ލާރާއާއި މަޝްވަރާ ކުރުމަށްފަހު ގެއާއި ކައިރީގައި ހުރި ރެސްޓޯރަކުން ވެއިޓަރެއްގެ ވަޒީފާ ހޯދުމަށްފަހު ކަސްޓަމަރުންގެ ޚިދުމަތަށް ނުކުންނަން ފެށިއެވެ.

މުޅިންއާ މާހައުލަކާއި އާ މޫނު ތަކެކެވެ. ތަފާތު މިޒާޖުތަކުގެ އާ ރައްޓެހިންތަކެވެ. މަޖާ އުފާވެރި ކޮލީކްސް ތަކެކެވެ. ހިތްހަމަޖެހެނިވި މާހައުލެކެވެ. އެހެންކަމުން އެ މާހައުލަށް ހޭނެން މާނީއަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އުފާވެރިކަމުގައި ފެށިގެން ދިޔަ ދުވަހެކެވެ. ހިނިތުންވުމަކާއެކު ޚިދުމަތްދެމުން ދިޔަ މާނީގެ ދުވަސް ޚަރާބު ވެގެން ދިޔައީ ރެސްޓޯރެންޓަށް ވަދެގެން އައި އިޔަން ފެނިފައެވެ. މޭޒެއް ދޮށުގައި އިޔަން އިށީނުމާއެކު މާނީގެ މޫނު މިލާ މޯޅިވިއެވެ. ކަންދިމާކުރިގޮތުން އެވަގުތު ހުސްކޮށް ހުރީ އޭނާ ކަމުން އެ މޭޒަށް ޚިދުމަތް ދޭން ޖެހުނީ އޭނާއަށެވެ. ފެންފުޅިއަކާއި ފެންބޯ ތައްޓެއް މޭޒުމަތީގައި ބެހެއްޓުމަށްފަހު ގަދަކަމުން ހިނިތުންވަމުން އަދަބުވެރިކަމާއެކު މާނީ މެނިއު ދިއްކޮށްލިއެވެ. އަދި އޯޑަރު ނަގަން ތައްޔާރު ވެގެން މޭޒު ކައިރީގައި މަޑުކޮށްލިއެވެ. މެނިއު ދިން ނަމަވެސް އިޔަންގެ ނަޒަރު ހުއްޓިފައިވަނީ މާނީއަށެވެ. އެހެންކަމުން މާނީއަށް އުނދަގޫތަކެއް ކުރުވިއެވެ. ނަމަވެސް އެއީ މިއަދު އޭނާގެ ވަޒީފާ ކަމުން ކެތްތެރިވިއެވެ.

އެގޮތުގައި މާގިނަ އިރު ވަމުން ދިއުމުން މާނީ ކަރުކެހިލާފައި އޯޑަރ ދިނުމަށް އަދަބުވެރިކަމާއެކު އެދުނެވެ. އިޔަން އޯޑަރ ދިނުމުން ޝުކުރު އަދާކޮށްފައި އަވަސް އަވަހަށް އެތަނުން ދިޔައެވެ. އޭގެ ފަސްވަރަކަށް މިނެޓު ފަހުން އިޔަން އޯޑަރ ކުރި ތަކެތި ހިފައިގެން މާނީ އައިސް މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ހިނިތުންވެލާފައި ދާން އެނބުރިލީ ވަގުތު އިޔަން މާނީގެ އަތުގައި ހިފެހެއްޓިއެވެ. މާނީގެ ހިތް ތެޅިލިއެވެ. އެތަނުގައި ތިބި އެހެންމީހުންގެ ސަމާލުކަމަށް އެކަން އައުމުގެ ކުރިން މާނީ އަވަސް އަވަހަށް އޭނާގެ އަތް ދަމައިގަތެވެ.

“އަހަރެން ވާހަކައެއް ދައްކާލަން ބޭނުން. މިތާ އިށީންދެ ފާނަންތަ؟” އިޔަން އެދުނެވެ.

“މިއީ އަހަރެންގެ ޑިއުޓީ ގަޑި. މިގަޑީ ވާހަކަ ދައްކާކަށް ނީންދެވޭނެ. ސޮރީ.” ފުރަގަސްދީގެން ހުރެ މާނީ ޖަވާބު ދިނެވެ.

“ކޮން ވަގުތަކު ފްރީ ވާނީ؟”

“އަހަންނަކަށް އެއްވެސް ގަޑިއެއްގަ ނުދެވޭނެ.” މާނީ އެތަނުން ދިޔައެވެ.

ޖެހިގެން އައި ދުވަހުވެސް އިޔަން އެ ރެސްޓޯރެންޓަށް ދިޔައެވެ. ނަމަވެސް އެދުވަހު މާނީ އުޅުނީ އެހެން މޭޒަކަށް ޙިދުމަތް ދިނުމުގައި އަވަދިނެތިއެވެ. އެހެންކަމުން އިޔަންއާއި މާނީ ބައްދަލު ވާގޮތެއް ނުވިއެވެ. މާނީ އެކަމާ އުފާ ކުރި ނަމަވެސް އިޔަން ދެރަވިއެވެ. އެހެނަސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. މިހާ ތަނަށް އޭނައަށް ނާކާމިޔާބުވެފައިވާ އެއް ކަމެއްވެސް ނެތެވެ. ވިޔަފާރީގެ ބޮޑެތި ތަޅާފޮޅުންތައް އޭނާ ކާމިޔާބުކޮށްފައި އެބަހުއްޓެވެ. އެހެންކަމުން އަންހެން ކުއްޖަކީ ކޯޗެއް ހެއްޔެވެ. ކޮންމެ ހާލެއްގައިވެސް މާނީ ހާސިލް ކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ.

އޭގެ އަނެއް ދުވަހުވެސް އިޔަން އެރެސްޓޯރެންޓަށް ދިޔައެވެ. މާނީ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާއާއި ބައްދަލު ނުކުރަނީސް އޭނާ ގާތުން ސަލާމަތް ނުވެވޭނެކަން އެނގޭތީ މާނީ އިޔަން ބޭނުން ވާ ކަމެއް ބުނުމަށް އެދުނެވެ.

“އަހަރެން ބޭނުންވަނީ މާނީއާ ވާހަކަ ދައްކާލަން. ހަމަ އެންމެ ފަހަރަކު.”

އިޔަންއާއި އެންމެ ފަހަރަކު ބައްދަލުކޮށް އޭނާގެ ވާހަކަތައް އަޑު އަހަން މާނީ އެއްބަސްވިއެވެ.

ފަސްތަރީގެ ރެސްޓޯރެންގެ މޭޒު ދޮށުގައި ތިބި އިޔަންއަށާއި މާނީއަށް އެތަނުގެ މެހުނާންދާރީ ފުރިހަމައަށް އަދާކޮށްދެމުން ދިޔައެވެ. ކުޅެމުންދިޔަ އޮމާން ރީތި މިއުޒިކުން ހިތްތަކަށް ފިނިކަން ގެނެސްދިން ނަމަވެސް މާނީގެ ހިތުގައިވަނީ އުދާސްކަމެވެ.

“އަހަރެންގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް މާނީ ކީއްވެތަ އެތަނުން ދިޔައީ؟” އިޔަން އަހާލިއެވެ.

“އެއީ އިޔަން ބުނަން އުޅުނީ ކީކޭކަން އަހަންނަށް އެނގޭތީ.” މާނީ މަޑުމޮޅިކަމާއެކު ޖަވާބު ދިނެވެ. “އަހަރެން އަދި ތިޔަ ކަހަލަ ކަމަކަށް ރެޑީ އެއް ނޫން.”

“އެކީއްވެ ރެޑީ ނޫނީ؟ މީހަކު ކެއްސެއް ދިނީތަ؟”

“ކެއްސެއް ދިނީކީ ނޫން. އެކަމަކު އަހަރެންގެ ލައިފް ދިޔައީކީ ރަނގަޅަކަށް ނޫން.” މާނީ އޭނާގެ މާޒީއާއި ބެހޭ ހުރިހާ ވާހަކައެއް އިޔަންއަށް ކިޔާ ދިނެވެ. އައްސަދުއާއި އޭނާގެ ކައިވެނީގެ ވާހަކައާއި ކައިވެނީގެ ތެރޭގައި ޖެހުނު މައްސަލަތަކާއި އެމައްސަލަތައް ޖެހެން މެދުވެރިވި ސަބަބުތަކެވެ. އަދި ފަހުން އޭނާ ކަންތައްކުރި ގޮތާއި ސިންގަޕޫރަށް އޭނާ އަންނަން މެދުވެރިވި ގޮތެވެ.

“އައި އަންޑާސްޓޭންޑް ޔުއަރ ސިޗުއޭޝަން. އެކަމަކު އެންމެން އެއް ގޮތެއް ނުވާނެއެއްނު. އަހަރެން ޓްރައި ކޮށްނުލާ އަހަންނެއް ޖަޖެއް ނުކުރެވޭނެއްނު.” ވިސްނުންތެރިކަމާއެކު އިޔަން ވާހަކަ ދެއްކިއެވެ.

“ތިކަން ވެސް ގަބޫލު ކުރަން. އަހަންނަށް އިޔަން ކަމުނުދަނީކީ ވެސް ނޫން. އަހަރެންވެސް އިޔަންއާ ލައިކް ވޭ. އެކަމަކު….” މާނީ އިސްޖަހާލިއެވެ.

“ލައިފް އިސް އޯލް އެބައުޓް ރިސްކްސް. ދިރިއުޅުން ކުރިއަށް ގެންދެވޭނީ ރިސްކް ނަގައިގެން. އަހަރެން މާނީ އުފަލުގައި ގެންގުޅެން ވައުދުވަން.” އިޔަންގެ އެޖުމަލައާއެކު މާނީއަށް އިޔަންގެ މޫނަށް ބަލާލެވުނެވެ.

“އަދި އެއްފަހަރު ބުނެފާނަންތަ؟”

“އަހަރެން މާނީ އުފަލުގައި ގެންގުޅެން ވައުދުވަން.” މާނީގެ އަތްތިލައިގައި ހިފާލަމުން އިޔަން އަނެއްކާވެސް ބުނެލިއެވެ. އުފަލުން ފޮޅުނު މާނީގެ ލޮލަށް ޖަމާވި ކަރުނަތައް މާނީ ފުހެލިއެވެ. “ސޯ….ވިލް ޔޫ ބީ މައި ވެލަންޓައިން.” އަނގޮޓި ފޮށި ހުޅުވާލަމުން އިޔަން ޕްރޮޕޯސް ކުރުމާއެކު މާނީއަށް އަނގަމަތީގައި އަތްއެޅުނެވެ.

“އެކަމަކު މެރީ ކުރުމުގެ ކުރިން އެކަކު އަނެކަކު ދަސް ކުރަން އަހަރެން ވަގުތު ބޭނުން.” މާނީ އޭނާ ބޭނުން ވާ ގޮތް ހާމަ ކުރުމުން އިޔަން އެކަމަށް އެއްބަސްވިއެވެ. އެއާއެކު މާނީވެސް އިޔަންގެ ޕްރޮޕޯސަލް ގަބޫލު ކުރިއެވެ. މާނީގެ ވާތު ކަށި އިނގިލީގައި އިޔަން އެ ރީތި އަނގޮޓިއަޅުވާލިއެވެ.

މާނީގެ ޙަޔާތަށް އަނެއްކާވެސް ބަހާރު މޫސުން އައީއެވެ. ދިރިއުޅުން އުފާވެރިވީއެވެ. އުފާވެރި ވަޒީފާއަކާއެކު އުފާކޮށްދެނިވި ބައިވެރިއެކެވެ. އޭނާގެ ކޮންމެ ދުވަހެއްވެސް ފެށެނީ ހިނިތުންވުމަކާއެކުގައެވެ. އިރުއޮއްސޭ އިރުވެސް އެހިނތުންވުން ފަނޑުވެގެން ނުދެއެވެ. އެހާވެސް އުފާވެރިއެވެ.

ދުވަސްތައް ހަފްތާތަކާ ގުޅި ބާރު ދުވެލީގައި ދުވަމުން ގޮސް މަސް ދުވަސް ފާއިތުވީއެވެ. ފާއިތުވި މަސް ދުވަސް ތެރޭގައި މާނީއަށް އިޔަންގެ ފަރާތުން އޯގާތެރިކަމާއި ލޯބި ކިތަންމެ ރަނގަޅަކަށްވެސް ލިބުނެވެ. ނަމަވެސް މާނީ އަދިވެސް ދިޔައީ އިޔަން އިތުރަށް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. ދެމަސްވެ ތިން މަސް ވީއިރުވެސް އިޔަންގެ އެ ހެޔޮ ކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާގެ ފަރާތުން އިތުރު ކަމެއް ފާހަގައެއްވެސް ނުކުރެވެއެވެ. އެދެމީހުންގެ ދެމެދުގައި މައްސަލައެއްވެސް ނުޖެހެއެވެ. މާނީ ހިތާމަ ކުރަންޖެހޭ ވަރުގެ ކަމަކާވެސް ދިމާލެއް ނުވެއެވެ. އެގޮތުގައި އެގުޅުމަށް ހަމަސްވީފަހުން މާނީއަށް ކައިވެނީގެ ހިޔާލު ކުރެވި އެކަންތައް ލާރާ އާއި ހިއްސާ ކުރިއެވެ.

“މާނީއަށް ޔަގީންތަ އިޔަން ރަނގަޅަށް ދަސްވެއްޖެކަން؟” ލާރާ އަހާލިއެވެ.

“އާނ.” ޔަގީންކަމާއެކު މާނީ ބުނެލިއެވެ. “އެއީ ވަރަށް އޯގާތެރި ހެޔޮ މީހެއް. ހަމަ އަހަރެން ބޭނުންވި ކަހަލަ؟”

“އިތުރު ކަމެއް ހަމަ ފާހަގައެއް ނުކުރެވޭތަ؟” ލާރާގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

“ކީއްވެ ތިޔަހެން ތި އެހީ؟” މާނީއަށް އެކަން ފާހަގަ ކުރެވުނެވެ.

“މިހެން މިބުނީ، އޭނާ އަކީ ވަރަށް ފްލާޓީ މީހެއް ވީމަ. އޮފީހުގަވެސް ވަރަށް ގިނައިން އަންހެން ކުދިންނާ ފްލާޓް ކުރާނެ. އަންހެން ކުދިންނާ ގުޅުންވެސް އޮންނަ ކަމަށްވަނީ.”

“އެއީ މާ ކުރީގެ ކަމެއްނު.” މާނީ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “އޭނަ ބުނި ކުރިން ވަރަށް ގިނަ ބިޓުން ގެންގުޅުން ވާހަކަ. އެކަމް މިހާރު އެކަންތައް ދޫކޮށްލައިފީމޯ. އަހަންނާ ރައްޓެހިވިފަހުން އެކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެ.”

“އެހެންތަ؟ އެހެންވިއްޔާ އޯކޭ އެއްނު. މާނީއަށް ތިލިބުނީ ރަނގަޅު ބައިވެރިއެއްނު. އެކަމް އަހަރެންގެ ހިތް އަދިވެސް އެއްބަހެއް ނޫން. ހިތަށް އަރަނީ ކަށީގަ ހިފާފަ ހުރި ކަމެއް އެހާ ފަސޭހައިން ދޫކޮށެއް ނުލެވޭނެޔޭ. މާނީ އަދި ދުވަސްކޮޅަކު މަޑުކޮށްލަންވީނު.”

ލާރާގެ އެދުމުގެ މަތިން މާނީ ކައިވެނީގެ ހިޔާލު އެވަގުތަށް ދޫކޮށްލިއެވެ. ނަމަވެސް އޭގެ ފަހުންވެސް އިތުރަށް ހަމަސްދުވަސް ފާއިތުވެ ދިޔަ އިރުވެސް ލާރާ ބުނި ފަދަ ކަމެއް އިޔަންގެ ފަރާތުން މާނީއަކަށް ފާހަގައެއް ނުކުރެވުނެވެ.

ފަސްތަރީގެ ރެސްޓޯރެންޓެއްގައި އިޔަން އާއި މާނީ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. އިޔަން، މާނީ އެތަނަށް ގެނައީ ޖެހިގެން އަންނަ ދުވަހަކީ އެދެމީހުންގެ ގުޅުމަށް އެއް އަހަރު ފުރޭ ދުވަހަށްވާތީ އެކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. ގަޑިން ދަންވަރު ބާރަ ޖެހުމާއެކު، އެދެމީހުންގެ ގުޅުމަށް އެއް އަހަރު ފުރުމުގެ ތަހުނިޔާ އިޔަން މާނީއަށް ރައްދު ކުރިއެވެ. މާނީވެސް ހަމަ އެފަދައިން ތަހުނިޔާ ކިޔެއެވެ. އެއާއެކު އިޔަން މާނީ ގޮވައިގެން އެރީ ރެސްޓޯރެންޓްގެ ޓެރަސް މައްޗަށެވެ. ޝަހާދަތް އިނގިލި ދިއްކޮށްލަމުން އިޔަން ދުރުގައިވާ ހުސް ބިމެއް މާނީއަށް ދައްކާލިއެވެ. އެވަގުތު އެ ބިމުން ލައިޓުތަކެއް ދިއްލުނެވެ. އެލައިޓުތަކުން އަކުރުތަކެއް ފަވާލިއެވެ. އިނގިރޭސި އަކުރުން ފަވާލި އަކުރުތަކުން އެޅުނީ “ވިލް ޔޫ މެރީ މީ” އެވެ. ހުޅުވުނު އަނގަމަތީގައި މާނީއަށް އަތް އެޅުނެވެ. އުފަލުން ފޮޅުމާއެކު ދެލޮލަށް ކަރުނަ ޖަމާވިއެވެ. އިޔަންގެ ގައިގާ ބައްދާލުމަށް އެނބުރުނު ވަގުތު އިޔަން އިނީ އެއްކަކޫ ބިމުގައި ޖައްސައިގެން އިށީންދެ އަނގޮޓިއެއް ދިއްކޮށްގެންނެވެ. މާނީ އާއެކޭ ބުނެލަމުން އަތްދިއްކޮށްލިއެވެ.

އެޅުވުނު ޑައިމަންޑް އަނގޮޓިއާއެކު އިޔަން އާއި މާނީގެ ކައިވެނި ކުރެވުނެވެ. ހަނީމޫންގެ ދުވަސްތައް ހޭދަވީ ދުނިޔެ ދެކެލުމަށެވެ. ނިއުޔޯކްއާއި ޝިކާގޯފަދަ މަޝްހޫރު ސިޓީތަކުގައި އުދުހިލާ އުޅުމަށެވެ. ކައިވެންޏަށްފަހު މާނީ އުޅުނީ އިޔަންގެ ގޭގައެވެ. އިޔަންގެ މީހަކަށް މާނީވުމަށްފަހު އޭނާ ވަޒީފާ އަދާ ކުރަން އިޔަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާގެ ވަޒީފާއަކަށްވީ ހައުސް ވައިފެއްގެ މަގާމެވެ.

ކައިވެނީގެ ކުރީކޮޅު ދިޔައީ ވަރަށްވެސް އުފާވެރިކޮށެވެ. ދެމީހުން އެކުގައި ވަރަށް ގިނައިން ވަގުތު ހޭދަ ކުރެވުނެވެ. ނަމަވެސް ތިންމަސް ދުވަސްވަރު ފާއިތުވެ ދިޔަފަހުން އިޔަންއަށް ބަދަލުތަކެއް އައެވެ. މާނީއަށް ވަގުތު ދެވޭ ކަމަކަށް އޭނާއަކަށް ނުވެއެވެ. ހަމަ އައްސަދު ފަދައިންނެވެ. އެކަމާ ބެހޭ ގޮތުން މާނީ އިޔަން ކުރެން އެހުމުން އިޔަންގެ ބަހަނާއަކަށްވަނީ އޮފީހުގައި ބުރަ ދުވަސްކޮޅަކަށްވުމެވެ. މާނީ އެކަން ގަބޫލު ކުރިއެވެ. ބުރަ ދުވަސްކޮޅުވެސް އަންނާނެކަން އޭނާއަށްވެސް އެނގެއެވެ. އެހެންކަމުން ކޮންމެ ރެއަކު އެކަނިން އޮވެ ނިދަން ޖެހުނަސް އޭނާ ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް އޭގެ ފަހުން ވެސް ތިން މަސް ދުވަސް ފާއިތުވީ އިރުވެސް އިޔަންއަށް އެގޮތް ބަދަލު ކުރެވުނު ކަމަކަށް ނުވިއެވެ. އޭނާގެ އެ ބުރަ ދުވަސްކޮޅަކުން އަރައިގަނެވުނު ކަމަކަށް ނުހެދިއެވެ. ދެންވެސް މާނީ ކެތް ކުރިއެވެ. އައްސަދުއާއި ދެމީހުންގެ ދެމެދު ޖެހުނު ފަދަ މަސްލަތަކެއް މިފަހަރު ޖެހެން އޭނާ ބޭނުމެއް ނޫނެވެ. އެފަދަ މައްސަލަތަކާހެދި އިޔަން އޭނާ ވަރި ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ މިފަހަރު ބޭނުންވަނީ ވަފާތެރި އަތްންބެއްގެ ގޮތުގައި އިނުމަށެވެ. އެހެންކަމުން އޭނާގެ ހުވަފެނުގެ ފިރިމީހާ ކަމުގައި އިޔަންވެސް ނުވި ކަމާމެދު ޝަކުވާނުކޮށް ހިތާމަތަކަށް ކެތް ކުރުމުގައި އެއްއަހަރު ވޭތު ކުރިއެވެ.

ކައިވެންޏަށް އެއް އަހަރު ފުރުނު ރޭ މާނީ ވަރަށް ރީތި ވެލައިގެން އިޔަންގެ އިންތިޒާރުގައި ގޭގައި އިނެވެ. ކޮޓަރިތެރެ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށް ކޭކެއްވެސް ތައްޔާރުކޮށްފައި ހުއްޓެވެ. އިޔަން އެރޭ ގެއަށް އައުމުން އޭނާއަށް ސަޕްރައިޒެއް ދިނުމަށެވެ. މާނީ ހީކުރީ އެދެމީހުންގެ ކައިވެންޏަށް އެއްއަހަރު ފުރުނު ރޭ ފާހަގަ ކުރުމަށް އޭނާ ގޮވައިގެން ބޭރަށް ދިއުމަށް އިޔަން އަންނާނެ ކަމަށެވެ. ނަމަވެސް އެރޭ ދަންވެގެން ދިޔަ އިރުވެސް އިޔަންގެ ހަބަރެއް ނުވިއެވެ. އެންމެފަހުން އިޔަންގެ އިންތިޒާރުގައި ކޮޓަރި ތެރޭގައި އިން މާނީއަށް ނިދުނެވެ.

މާނީއަށް ހޭލެވުނީ ދަންވަރު ދެގަޑި ފަނަރަ ހިނގަނިކޮށެވެ. އޭރުވެސް އިޔަން ގެއަކަށް ނާދެއެވެ. މާނީ ގޭތެރެއަށް ނުކުމެ ހޯދާލިއެވެ. ސިޓިންގ ރޫމަކުވެސް އިޔަންއެއް ނެތެވެ. އެނބުރި ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހި ވަގުތު އޭނާއަށް އަޑެއް އިވުމުން ހުއްޓެވުނެވެ. އިތުރަށް ޔަގީންކޮށްލުމަށް އިރުކޮޅަކު މަޑުކޮށްލިއެވެ. ދެވަނަ ފަހަރަށްވެސް އެއަޑު އިވުނެވެ. އެއީ އަންހެނެއްގެ މަސްތީ އާހެއްގެ އަޑެވެ. އެއަޑު އައީ ދެވަނަ ފަންގިފިލާއިންނެވެ. މެހެމާނުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ކޮޓަރިންނެވެ. މަޑު ހިނގުމެއްގައި މާނީ އެކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރު ހުރީ ތަންމިނަށް ހުޅުވާފައެވެ. ނަމަވެސް އެއްވެސް އަލިކަމެއް އެތަނަކު ނެތެވެ. މާނީ ކޮޓަރިއަށްވަދެ ލައިޓު ޖައްސާލިއެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

އެދެނީމަޢާފްޢަބްދުﷲޝާހިދުތާދި

Share Article

Follow Me Written By

thaadhi

Level 110 Stories

Other Articles

Previous

ހިތް އެދެނީ 13

Next

ހިތުގެ ތިޔައީ ސާފު ލޯތްބޭ 3

Next
February 20, 2016

ހިތުގެ ތިޔައީ ސާފު ލޯތްބޭ 3

Previews
February 20, 2016

ހިތް އެދެނީ 13

12 Comments!

  1. Aimsithu says:
    February 20, 2016 at 9:44 pm

    Emme fahun assadh ah vurre ves goas dho iyan .. Story varah reethi.. keep it up

  2. Axoo says:
    February 20, 2016 at 9:45 pm

    Varah reethi. But haadha lahey up load kuraaleh.

  3. Zeena says:
    February 20, 2016 at 9:47 pm

    Kihineh mi vany.. Varah reethi vaahaka

  4. Zeena says:
    February 20, 2016 at 9:50 pm

    Iyaan beynun vee geyga baindhaaney reethi anheneh.. Ithuru eh ves kameh neiy

  5. ish says:
    February 21, 2016 at 12:10 am

    Thee hama firihenunge vahtharu

  6. loooseee says:
    February 21, 2016 at 8:55 am

    Next part plx avaha upload koladheicehey
    Mi part ves v kiyaa hithun kiyaa ninmaalee

  7. ainthu says:
    February 21, 2016 at 12:19 pm

    V hadi vaahakaeh mee

  8. xul says:
    February 21, 2016 at 12:36 pm

    v rythi mi vaahaka, v baraabaru,,,, avahah up kohdhiba

  9. Ainthu says:
    February 21, 2016 at 1:21 pm

    Ya, this story is v nice., btw ahsadhu&maria koba mihaaru, y emyhunge part naannany??!?!

  10. Nicky says:
    February 21, 2016 at 1:49 pm

    V nyc stry….thankolheh avahah nxt prt up koddhehchyy

  11. řëđ~ņìqãbý says:
    February 21, 2016 at 2:17 pm

    Story ga now aslu vaanuvaa eh neynge..baeh ibaarai thakun heevanee maany varah goas hen aneh bai faharu heevanee mihaaru rangalhu vehjje hen..saafu koh liyeliyya varah rangalhu
    And assadhu aa maariaa ge vaahaka naadhe 2 parts nimigen dhiya iru ves..ei ekm story liyaa gothaa thankolheh dhuru gotheh kamah feney…

  12. Rozy says:
    October 16, 2016 at 4:19 pm

    Noone nice story ye hivani dhivehi mujuthamaya bina kofa liyefa huri hen nootha?

Comments are closed.

Next Episodeއެދެނީ މަޢާފް←


All Right Reserved!