Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 12

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 4, 2016 8 Mins Read
14 Comments

“ދެން ކީއްކުރަންވީ؟” ޝަމްހާ އަހާލިއެވެ.

މިޝާލް ހީގެންފައި ހަދަންވީ ގޮތް ބުނެދިނެވެ.

 

“ޝިޔާޒް…” ޑްރެސިންގޓޭބަލް ކައިރީ އިން މިޒްނާ ގޮވާލިއެވެ.

“ހްމްމް…؟” އެނދުމަތީ ލެޕްޓޮޕް ހުޅުވައިގެން އިން ޝިޔާޒް މިޒްނާއަށް ބަލައެއް ނުލައެވެ.

މިޒްނާ ތެދުވެގެން ގޮސް ޝިޔާޒް ކައިރީ އިށީނެވެ.

“ޝިޔާޒް… އަހަރެން ވާހަކައެއް ބުނަންތަ؟” މިޒްނާ އަހާލިއެވެ.

“އާނ…” މިޒްނާއަށް މާބޮޑު ސަމާލު ކަމެއް ނުދީ ޝިޔާޒް ބުންޏެވެ.

“އަހަރެން ބުނީ—”

“މިޒޫ، އިހަށް ކޮފީއެއް ގެނެސްދީބަލަ” މިޒްނާއަށް އެވަރަށް ބުނެވުނު އިރަށް ޝިޔާޒް އެދުނެވެ.

މަސައްކަތަށް ގެއްލިފައި އިން ޝިޔާޒްއަށް ބަލާލާފައި މިޒްނާ ތެދުވިއެވެ. ކޮފީ ތަށި ހިފައިގެން އައި އިރު ޝިޔާޒް ވީ ފާހާނާގައެވެ. މިޒްނާ ކޮފީމަގު ޑްރެސިންގޓޭބަލް މަތީ ބަހައްޓާފައި ޝިޔާޒް ނިވާލާފައި އޮތް ލެޕްޓޮޕް ނަގާ ސައިޑްޓޭބަލް މަތީ ބާއްވާ އެނދުމަތި ރީތި ކޮށްލިއެވެ. ޝިޔާޒް ނިކުތީ ދިހަ ވަރަކަށް މިނެޓް ފަހުންނެވެ.

“ހިހޫ ވެފައެއްނު މިހިރީ” ކޮފީތަށި ނަގާ އެތިފޮދެއް ބޯލާފައި ޝިޔާޒް ބުންޏެވެ.

“އެހެން ވާނީ ކޮފީ ގިރާށޭ ކިޔާފަ ފާހާނާއަށް ވަނީމަ” މިޒްނާ ބުންޏެވެ.

ޝިޔާޒް ކޮފީތަށި ހުސްކޮށްލާފައި ތަށި ބެހެއްޓުމުން މިޒްނާ ތަށި ހިފައިގެން ދާން އުޅުނެވެ. ނަމަވެސް މިޒްނާ ދެތިން ފިޔަވަޅު އެޅި އިރަށް ޝިޔާޒް ފަހަތުން އައިސް މިޒްނާ ގައިގައި ބައްދާލިއެވެ.

“އިހަށް ދޫކޮށްބަލަ، އެބަ އަންނަން މި ބަދިގެއަށް ލާފަ” މަގު ދައްކާލަމުން މިޒްނާ ބުންޏެވެ.

“އިހަށް ބަހައްޓާ…” މިޒްނާ އަތުން މަގު ނަގާ ބަހައްޓާފައި ޝިޔާޒް ބުންޏެވެ. އަދި އަތް މައްޗަށް މިޒްނާ ނަގައިގެން ގޮސް އެނދުގައި ބޭއްވިއެވެ.

“ޝިޔާޒް، އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން އެބަ އޮތް…” މިޒްނާ ޝިޔާޒްގެ އަތުގައި ހިފެހެއްޓިއެވެ.

“މާދަން ވާހަކަ ދައްކާނީ…” ޝިޔާޒް އެވަގުތު ވާހަކަ ދައްކާ ހިތެއް ނެތެވެ.

އެރޭ މިޒްނާ ދައްކަން ބޭނުން ވި ވާހަކައެއް ނުދެއްކުނެވެ. އަނެއް ދުވަސްވެސް ދިޔައީ އެފަދަ ގޮތަކަށެވެ. މިޒްނާއަށްވެސް އެހަފްތާގައި އޮފީހުގައި އުޅެން ޖެހުނުލެއް ބުރަ ކަމުން އެހެން ކަމަކާ ވިސްނާލެވޭ ވަރެއް ނުވިއެވެ.

 

އެހަފްތާގެ ބުރާސްފަތި ދުވަހު މިޒްނާއާ ޝިޔާޒް ނަސީރާމެންގެޔަށް ދިޔައީ އަޒީޒާ މާބޮޑަށް ބަލިވެ އުޅޭތީ ގޮވާލާށެވެ. އެދުވަހު ޝިޔާޒްއަށް މިޝާލް އަނޫޝާއާ މެދު ކަންތައް ކުރާ ގޮތުގެ ނަމޫނާއެއް ފެނުނެވެ.

ފަތިސް ވާން އުޅެނިކޮށް ގެޔަށް އައި މިޝާލް އެދުވަހު ނިދާ ހޭލީ ހަވީރު ފަހެއް ޖެހި ފަހުންނެވެ. އޭރު އަނޫޝާއާ ނަސީރާ އުޅުނީ މިޒްނާއާ ޝިޔާޒްއަށް ސައި ހަދާށެވެ.

“އަނޫ!” މިޝާލް ސިޑިން ފައިބަމުން ގޮވާލި އަޑަށް އަނޫޝާ ބަދިގޭގައި ހުރެފައި ސިޓިންގރޫމަށް ނިކުތެވެ.

“ކީއް ކުރާތީތަ މަގޭ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވިގެން ތިއުޅެނީ؟” މިޝާލް އަނޫޝާ ފެނުނު އިރަށް އެހިއެވެ. އެގޭގައި ޝިޔާޒް އިން ކަމެއް މިޝާލް އަކަށް ނޭނގެއެވެ.

“ސާބަސް މިޝާލް! އަނޫއަށް ކޮން ކަމެއް ނުވެގެންތަ ތިއުޅެނީ؟” މިޝާލް އެއްޗެހި ކިޔަންފެށި ގޮތުން ނަސީރާ ހިތްހަމައެއް ނުޖެހުނެވެ.

“ކޮން ކަމެއްތަ ވަނީ؟ ކޮބާތަ މަގޭ ރަތް ގަމީސް؟” އަނޫޝާއަށް ބަލާލާފައި މިޝާލް ސުވާލު ކުރީ ރުޅި އައިސް ހުރެއެވެ.

“ދޮވެފަ އޮތީ…” އަނޫޝާ ބުންޏެވެ.

“މަ ނުބުނަނީސް އެ ދޮންނަން ޖެހޭތަ؟ ލާނެ އެއްޗެއް ނެތޭ އަލަމާރިއަކު” މިޝާލް ހަމަ އެރާގުގައި ބުންޏެވެ.

“ލާނެ އެކައްޗެއްވެސް ނެތިގެންތަ ތިހާ ރުޅިއެއް އައިސްގެން ތިއުޅެނީ؟” މިފަހަރު ނަސީރާވެސް އަހާލީ ރުޅި އައިސްފައެވެ.

“މަ ލާން ބޭނުން އެއްޗެއް ނެތީ… އަލަމާރި ފުރާފަ އޮންނާނެ ބޭކާރު އެއްޗެހި އަޅާފަ—”

“މިޝާލް، ތީ ދެން ބޮޑު ވަރު. އެއޮއް ބޮޑު އަލަމާރީގަ ފުރާ އެއްޗެހި އިސްތިރި ކޮށްފަ ހުރި އިރުވެސް ތިބުނަނީ ލާނެ އެއްޗެއް ނެތޭ…” ނަސީރާ އެހެން ބުނެފައި އަނެއްކާ ބަދިގެއަށް ވަނެވެ.

“މަންމައަށް ނުހުންނާނެ މިވަރެއް… އަދިވެސް ހުރީތަ ތިތާ؟ ދޭބަލަ އެގަމީސް ނަގާފަ އިސްތިރި ކުރަން” މިޝާލް އައިސް އަނޫޝާގެ އަތުގައި ހިފާ ސިޑިއާ ދިމާއަށް ކޮއްޕާލިއެވެ.

އެވަގުތާ ހަމައަށް އެއްޗެއް ނުބުނެ ތެދުވެ ބަލަން ހުރި ޝިޔާޒްއަށް އިތުރަށް މަޑުންނެއް ނުހުރެވުނެވެ.

“މިޝާލް!”

ޝިޔާޒް ގޮވާލި އަޑަށް މިޝާލް ބަލާލިއެވެ. އޭނައަށް ޝިޔާޒް ފެނުނީވެސް އެވަގުތުއެވެ. ޝިޔާޒްއާ ދިމާއަށް ބަލާލާފައި  މިޝާލް ސިޑިއާ ދިމާއަށް ދިޔައެވެ.

“އަނޫ އެއީ މިޝާލް ގަނެގެން ގެނެއްސަ އިން އަޅެއް ނޫނޭ” ޝިޔާޒް ބުންޏެވެ.

“އަހަރެން އަނޫއާ ވާހަކަ ދައްކާ ގޮތަކީ އެހެން މީހަކާ ބެހޭ ކަމެއް ނޫން، މަ ހަދާނެ ގޮތާ ކިޔާނެ އެއްޗެއް އެނގޭނީ މަށަށް” ޝިޔާޒްއާ ދިމާއަށް ބަލާލަމުން މިޝާލް ބުންޏެވެ.

“މިޝާލްގެ އަންހެނުންނަށް ވިޔަސް ތިހެން ކަންތައް ކުރާކަށް ނުޖެހޭ އަދިއެއް. ކަމަކާ ނުލާ އެއްޗެހި ކިޔާކަށްވެސް ނުޖެހޭ” ޝިޔާޒް ބުންޏެވެ.

ޝިޔާޒް ވާހަކަ ދެއްކީ މަޑުންނެވެ. ނަމަވެސް ޝިޔާޒް ރުޅި އައިސްފައި ހުރި ވަރު އަނޫޝާއަށާ މިޒްނާއަށް އެނގުނެވެ.

މިޝާލް އިތުރު އެއްޗެއް ނުބުނެ މައްޗަށް އެރިއެވެ.

ޝިޔާޒް ގޮސް އަނޫޝާގެ ކުރިމަތީ ހުއްޓުނެވެ.

“މީތަ އަނޫ ހޯދަން އުޅުނު ދިރިއުޅުމަކީ؟ މިގޮތަށް އުޅެންތަ މިޝާލްއާ އިނީ؟ އޭރު އެވަރަށް ސުވާލު ކުރީމަވެސް އަނޫ ޖަވާބެއް ނުދިނީ—”

“ދޮންބޭ!” ޝިޔާޒްއަށް އެވަގުތު ބުނަން ނުވާ އެއްޗެއް ބުނެވިދާނެތީ އަނޫޝާ ގޮވާލީ ޝިޔާޒްގެ ވާހަކަ ހުއްޓުވާށެވެ.

ޝިޔާޒް އަނޫޝާއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި ނިކުންނަން ދިޔައެވެ. ނަމަވެސް ދޮރާ ހަމަ ވެފައި އެނބުރި ބަލާލިއެވެ.

“މިޒޫ، ދާން ވީމަ ގުޅާ” ޝިޔާޒް މިޒްނާއަށް އެހެން ބުނެފައި އެގޭން ނިކުމެގެން ދިޔައެވެ. ޝިޔާޒް ދިޔަތަން ބަލަން ހުރެފައި އެބަ އަންނަމޭ ބުނެފައި އަނޫޝާ މައްޗަށް އެރިއެވެ.

ނަސީރާ އައިސް މިޒްނާ ކައިރީގައި މަޑު ކޮށްލިއެވެ.

“ރުޅި އައިސްގެން ދޯ އެދިޔައީ؟” ނަސީރާ އެހިއެވެ.

“ރުޅި ނާންނަ ގޮތަކަށްތަ ދޮންބެ ކަންތައް އެކުރަނީ؟ މަގޭ ހިތަށް އަރާ އެހާ ވަރުން ދޮންބެ އަނޫއާ އިނީ ކީއްކުރަން ބާއޭ. މަންމަމެންނަކަށް ނޭނގޭތަ ދޮންބެ އަނޫއާ މެދު ކަންތައް ކުރާ ގޮތެއް؟ މަންމަ ނުހުއްޓުވަންތަ؟ އެއްޗެއް ނުބުނަންތަ؟” މިޒްނާވެސް ހިތަހަމަ ނުޖެހިފައި ސުވާލުތަކެއް ކޮށްލިއެވެ.

“މަންމަ ބުނަމޭ، އެކަމަކު އެހެރީނު؟ ފެނެއެއްނު؟ މަންމަ އެއްޗެއް ބުންޏަސް އޭނަ ހިތަށް އެއްޗެއް އަރާތަ؟” ނަސީރާ އެހިއެވެ.

“ކޮން އިރަކު އެދެމީހުން މައްސަލަ ޖެހެން ފެށީ؟” މިޒްނާ އެހިއެވެ.

“ކިތަންމެ ދުވަހެއް، މިޒްނާއަށްވެސް އެނގޭނު؟ އެއްކަލަ އިރު މިޝާލް އަނޫއަށް އަނިޔާވެސް ކުރިއެއްނު؟ އެކަމަކު އެދުވަހު މަންމަ އޭނަ ކައިރީގަ އަނޫ ގައިގަ ދެން ޖަހައިގެން ނުވާނެޔޭ ބުނި ފަހުން ނުވެއް ޖަހާ… އެކަމަކު މައްސަލަ ޖެހޭ، އަނޫ ނުބުންޏަސް އަހަންނަށް އެނގޭ މިޝާލް އެއްޗެހި ކިޔާކަން. ފަހަކަށް އައިސް މީހުންގެ ތެރޭވެސް އައިސް ހަޅޭ ލަވައިގަންނާކަށް މިޝާލް ފަހެއް ނުޖެހޭ… ވަރިހަމަ ގޭގަ ބޭރު މީހަކު ހުއްޓަސް… ކިތަންމެ ވަރަކަށް އެހިޔަސް އަނޫ ނުބުނާނެ މިޝާލް ރުޅި އައި ކަމެއް، އަނެއްކާ މިޝާލް ކިތަންމެ އެއްޗެއްސެއް ކިޔަސް އޭނަ ނުބުނާނެ އަނގައިންވެސް… އެހާވެސް މަޑުމައިތިރި ބަސްމަދު ކުއްޖެއް އެއީ، އެކަމަކު މިޝާލް… މަ މިހާރު މޮޔަ ހީވޭ ޝަރީފާ ކައިރީގަ އެހެން ބުނެވުނީތީ…” ދެފަރާތަށް ބޯހަލުވާލަމުން ނަސީރާ ބުންޏެވެ.

ނަސީރާ އެހެން ބުނުމާ އެކު މިޒްނާއަށް ނަސީރާއަށް ބަލާލެވުނެވެ.

“މަންމަ ޝިޔާޒް މަންމަ ކައިރީގަ ކީކޭ ބުނީ؟” މިޒްނާއަށް އަވަސް އަވަހަށް އަހާލެވުނެވެ.

“މަންމަ ބުނެގެން އަނޫ ކައިރީގަ މިޝާލްއާ އިންނަން އެހީ ޝަރީފާއޭ، މިޒޫ އަކަށް ނޭނގޭތަ؟ ޝިޔާޒްވެސް ނުބުނޭތަ؟” ނަސީރާ ހައިރާން ވެފަ އަހާލިއެވެ.

“ޝިޔާޒްއަށް ކިހިނެއް އެނގޭނީ؟ މަންމަ ކޮން އިރަކު ޝިޔާޒް މަންމަ ކައިރީގަ އެހެން ބުނީ؟” މިޒްނާއަށް ވާނުވާއެއް ނޭނގުނެވެ.

“އަޅޭ، އަނޫވެސް ނުބުނޭތަ؟” ޝަރީފާއަށްވެސް އޮޅުން އަރަން ފެށިއެވެ.

“ހޫނ، މަންމާ، ތިވާހަކަ ފެށިގެން ކިޔާބަލަ!” ނަސީރާގެ އަތުގައި ހިފައިގެން ގޮސް ބަދިގޭ ގޮނޑިއެއްގައި ބައިންދަމުން މިޒްނާ އެދުނެވެ.

“މަންމަމެން އެންމެން ދިޔައީމެއްނު އަނޫމެން ގެޔަށް؟ މިޒޫ ޝިޔާޒްއާ އިންނަ ވާހަކަ ދައްކާފަ؟ އެރޭ މިޝާލް ގެޔަށް އައިސް މަންމަ ކައިރީގަ ބުނީ ބޭނުމޯ އަނޫއާ އިންނަން… މަންމަ ބުނިން އެކަމާ މިޝާލްއެއް ނުންހޭ އުޅޭނީ، މަންމަ ގަބޫލޭ… އޭނަ ބުނީ އަނޫ ގަބޫލެއް ނުވިޔޯ މިޝާލްއާ ރައްޓެހި ވާކަށް، މިޝާލްގެ އުޅުން ހުންނަ ގޮތުން…” ނަސީރާ އެހިސާބަށް ބުނެފައި މިޒްނާގެ މޫނަށް ބަލާލިއެވެ.

“ދަރިފުޅާ، މިޝާލް މަންމަ ކައިރީގަ ބުނީ އަނޫއާ އިނދެވިއްޖެއްޔާ އޭނަ އެކުރާ ކަންތައް ހުއްޓާލާނަމޯ… ޑްރަގުގެ ކަންތައް… އެހެންވެ މަންމައަށް އެކަމާ އެހާ ވަރުން އުޅެވުނީ… އަނެއް ދުވަހު ހެނދުނު މަންމަ ޝަރީފާއަށް ގުޅާފަ ބުނިން އަނޫ މިޝާލްއާ އިންނަން އެއްބަސް ކުރުވަދޭށޭ… އޭނަ ކައިރީގަ ބުނާށޭ މިޝާލް އޭނަ ދެކެ ވަރަށް ލޯބި ވެޔޭ، އަނޫ މިޝާލްއާ އިންނަން އެއްބަސް ވެއްޖެއްޔާ އޭނަގެ އެ ވިޔާނުދާ އުޅުންވެސް ދޫކޮށްލާނަމޭ ބުންޏޭ… ހަމަ އެރޭ ޝަރީފާ ގުޅި ޖަވާބު ދޭން، އަނޫ އެއްބަސް ވިވާހަކަ ބުނަން. މަންމައަށް ހީވަނީ އަނޫވެސް މިޝާލް ދެކެ ލޯބިވާހެން، އޭރު ގަބޫލު ނުވީ މިޝާލް އެއުޅުން ދޫކޮށްނުލައިގެން ހެން މަންމައަށް ހީވީ. އެކަމަކު މިހާރު މިޝާލް އޭނައާ ދޭތެރޭ ކަންތައް އެކުރާ ގޮތުން އޭނަ މިޝާލް ދެކެ ލޯތްބެއް ނޫން ވާނީކީ… އެކުއްޖާ އޭނަ ދެކެ ބިރު ގަންނާނީ… ހަމަ ތެދެއް މިބުނީ، އޭރު މިޝާލްގެ ވާހަކަ ގަބޫލު ނުކުރެވުނު ނަމައޭ ހާދަ ހިތަށް އަރައޭ… އެކަމެއް ހުއްޓާލީކީ ނޫން، އެއުޅުން ބަދަލު ކުރީކީވެސް ނޫން… ނުވި ތާކަށް އަނޫއާ އަޅާލަނީކީ ނޫން… މިޝާލްގެ ފަރާތުން އަނޫއަށް ކޮން އުފަލެއް ލިބުނީ؟ ކޮން ހިތްހަމަ ޖެހުމެއް ލިބުނީ؟”

ނަސީރާ ވާހަކަ ދެއްކި ގޮތުން އެކަމާ އޭނަ އަމިއްލަ ނަފްސު ކުށްވެރި ކުރާކަން މިޒްނާއަށް އެނގުނެވެ.

“މަންމައަށްވެސް ކިހިނެއްތަ އެނގޭނީ ދޮންބެ އެހެން ހަދާނެ ކަމެއް؟ މަންމަ ދެރަ ނުވޭ، ދޮންބެ އަދި އަނޫއަށް ރަނގަޅު ވާނެ ކަންނޭނގެ…” މިޒްނާ ނަސީރާގެ ހިތްހަމަ ޖައްސައި ދިނުމަށްޓަކާ ބުނެލިއެވެ. އެވަގުތު ޒިހާންގެ ވާހަކަ ނަސީރާ ކައިރީ ބުނަންވެސް މިޒްނާ ހިތަށް އެރިއެވެ. ނަމަވެސް ނަސީރާ ދެރަވެފަ އިންވަރުން އެވާހަކަ ބުނަން ނުކެރުނީއެވެ.

ނަސީރާގެ ވާހަކައިން މިޒްނާއަށް އެއްކަމެއް ޔަގީން ވިއެވެ. ޝަރީފާ ކޮންމެވެސް ގޮތަކުން އަނޫޝާއަށް މަޖުބޫރު ނުކުރި ނަމަ އަނޫޝާ މިޝާލްއާ ކައިވެނި ކުރަން އެއްބަސް ވާވަރުގެ އެއްޗެއް ނަސީރާ ބުނެފައެއް ނެތެވެ. މިޝާލްގެ އެއުޅުން ރަނގަޅު ވޭތޯ ހަމަ އެކަނި ނަސީރާގެ އެދުމަށް އެކައިވެންޏަށް އަނޫޝާ އެއްބަސް ވެދާނެ ކަމަކަށް މިޒްނާއަކަށް ގަބޫލެއް ނުކުރެވެއެވެ. އެއަށް ވުރެން މާބޮޑަށް އަނޫޝާ ޒިހާން ދެކެ ލޯބިވެއެވެ. ކުއްލި އަކަށް އަނޫޝާ ޒިހާންއާ ވަކިވެ މިޝާލްއާ ކައިވެނި ކުރުމުގެ ފަހަތުގައި ކޮންމެވެސް ބޮޑު ސަބަބެއް ވާނެއެވެ. އެސަބަބަކީ ކޮބާ ހެއްޔެވެ.

މިޒްނާއަށް ޔަގީން ވާކަމަކީ އެސުވާލުގެ ޖަވާބު އަނޫޝާގެ ފަރާތުން ނުލިބޭނެ ކަމެވެ. އެކަން ހޯދަން ޖެހޭނީ ކޮންމެވެސް އެހެން މީހަކާ އެސުވާލު ކުރާށެވެ. އެވަގުތު މިޒްނާއަށް ޚިޔާލެއް ލިބުނެވެ. ޝަރީފާ ކުރި ކަމެއް ޝަމްހާއަށް ނޭނގިއެއް ނުދާނެއެވެ. އެޖަވާބު ލިބޭނީ ޝަމްހާގެ ފަރާތުންނެވެ. ނަމަވެސް އެކަމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެން ނަމަވެސް ކޮންމެވެސް ގޮތަކުން އެސުވާލު ޝަމްހާއާ ކޮށް އޭގެ ޖަވާބު ހޯދަން މިޒްނާ އަޒުމް ކަނޑައެޅިއެވެ.

“ޒިހާން، ބިޒީ ނޫނިއްޔާ ކޮފީއަކަށް ޖައްސާލެވިދާނެތަ؟” ޝިޔާޒް މިޒްނާމެން ގޭން ނިކުތް ގޮތަށް ޒިހާންއަށް ގުޅާފައި އަހާލިއެވެ.

“އާނ، ކޮންތާކަށް ދާންވީ؟” ޝިޔާޒްގެ އަޑު އިވުމާ އެކު އޭނަ ކޮންމެވެސް ކަމަކާ ހާސްވެފަ ހުރިކަން ޒިހާންއަށް އެނގުނެވެ.

ފަނަރަ މިނެޓް ވީ އިރު ދެމީހުން ތިބީ ކޮފީޝޮޕްއެއްގެ މޭޒެއް ކައިރީގައި އިށީނދެގެންނެވެ. ދެމީހުންގެ ކުރިމަތީ އާވި އަރައަރާ ހުރި ދެކޮފީތަށި ހުއްޓެވެ.

“ޝިޔާޒް، ކިހިނެއްވީ؟ ކޮން ކަމަކާ ތިހާ ހާސްވެފަ ތިއިނީ؟” ޝިޔާޒް ވާހަކަ ނުދައްކާ ކޮފީ ބޮމުން ގޮސް ހުސްތަށި މޭޒުމަތީ ބެހެއްޓުމުން ޒިހާން އަހާލިއެވެ.

“ހާސްވެފައޭ؟ ހާސްތަ ވާންވީ؟ ރުޅިތަ އަންނަންވީ؟ މަށަކަށް ނޭނގެ…” ޝިޔާޒްއަށް އެވާހަކަ ދައްކާނެ ގޮތެއް ނޭނގުނެވެ.

“އިހަށް ހަމަ ޖެހިބަލަ!” ޝިޔާޒް ރުޅި އައިއްސަ ހުރިކަން އިހުސާސް ކުރެވުމުން ޒިހާން ބުންޏެވެ.

“އަހަރެން ހިތަށް އަރާ އަނޫ ކިހިނެއް ވެގެން ބާއޭ އޭނަޔާ އިނީ…” ހިމޭން ވަގުތު ކޮޅަކަށް ފަހު ޝިޔާޒް ވާހަކަ ދައްކަން ފެށިއެވެ. އަނޫޝާގެ ނަން އަޑު އިވުމާއެކު ޒިހާން އެތައް ސުވާލެއް އެއްފަހަރާ ކުރަން ބޭނުން ވިއެވެ. ނަމަވެސް އެއްޗެއް ނުބުނެ އިނީ ޝިޔާޒް ދައްކަން ބޭނުން ވާހަކައެއް ދައްކާ ނިމެން ދެނެވެ.

“އޭނަ ހިތަށް ނާރާ އެއީ އިންސާނެކޭވެސް… ހިތަށް އެރި ގޮތަކަށް އަނޫއާ ދޭތެރޭ ކަންތައް ކުރަނީ… މިއަދު އަހަންނަށް އަޑު ނީވުނު ނަމަ، ނުފެނުނު ނަމަ ގަބޫލުވެސް ނުކުރެވުނީސް… އެގޮތަށް ކަންތައް ކުރަން އޭނަ ކީށްކުރަން އަނޫއާ އިނީ…؟” ޝިޔާޒްގެ ވާހަކަ ކުރިޔަށް ދިޔަ ވަރަކަށް ޒިހާންއަށް އަޑު އަހަން އުނދަގޫ ވިއެވެ. ޝިޔާޒްއެކޭ އެއްފަދައިން ޒިހާންވެސް ރުޅި ގަދަވާން ފެށިއެވެ.

“ޝިޔާޒް! އަނޫ ކައިރީގަ އަހާބަލަ އެގޮތަށް އުޅެންހޭ އަހަންނާ ރުޅި ވެފަ އޭނަޔާ އިނީ… އެއް ބައެއްގެ ފަރާތުން ލިބުނު އަނިޔާއާ ހިތްދަތި ކަމުން ހިތް ނުފުރުނީހޭ…” ޒިހާންއަށް އެވަގުތު އައި ރުޅި އަނޫޝާއަށްވެސް އަމާޒު ވިއެވެ.

ހަޔާތުގެ ބޮޑު ބައިގައި ލިބެމުން ދިޔަ ހިތާމަޔާ ހިތްދަތިކަމުގެ ތެރޭން އަނޫޝާ ސަލާމަތްކޮށް އޭގެ ބަދަލުގައި ލޯތްބާ އަޅާލުން ދޭން ޒިހާން ހުރީ ތައްޔާރަށެވެ. ނަމަވެސް އެފުރުސަތު ނަގާލީ އަނޫޝާ އަމިއްލައަށެވެ. ޒިހާންގެ އެދުމަށް ފުރަގަސް ދީފައި އަނޫޝާ އެދިޔައީ ހަމަ އެކަންތައް އެހެން ބައެއްގެ ފަރާތުން ހޯދަން ހެއްޔެވެ.

“ޒިހާން…” ޝިޔާޒް ގޮވާލިއެވެ.

“ޝިޔާޒް، އަހަރެން ކިހިނެއްތަ ހަދަންވީ؟ އަހަރެން ކައިރީގަ ތިވާހަކަ ދައްކައިގެން ކޮން ކަމެއް ވާނީ؟ އަހަރެން ބޭނުން ވިޔަސް އަހަންނަކަށް މިހާރަކު އަނޫއަށް އެއްވެސް އެހީއެއް ނުވެވޭނެ… އޭނަގެ މައްޗަކަށް އަހަރެންގެ އެއްވެސް ބާރެއް ނެތް… އެއްވެސް ހައްގެއް ނެތް… އެއީ އެހެން މީހެއްގެ އަނތްބެއް… ތިވާހަކަ އަހަރެން ކައިރީގަ ދައްކައިގެން އަހަރެން އަނޫގެ ފިރިމީހާ ދެކެ ރުޅި އައުން ނޫން ކަމެއް ނުވާނެ… ހިތަށް ހަމަޖެހުމެއް ލިބުނީސް ކަންނޭނގެ އަނޫ އުޅެނީ ވަރަށް އުފަލުންނޭ ބުނި ނަމަ، އެކަމަކު ތިކަން އެނގުނީމަ އެއުފާވެސް އަހަންނަށް ނުލިބުނީ…” ޒިހާންގެ އަޑުގައި ވަނީ ރިހުމެވެ.

“ސޮރީ… މިއަދު ފެނުނު މަންޒަރުން އާދެވުނު ރުޅީގަ ހުރިހާ އެއްޗެއް ޒިހާންއަށް ކިޔާދެވުނީ… އެއްގޮތަކަށްވެސް ވިސްނާނުލެވޭ އޭރު ޒިހާންއަށް އަޑު އަހަން އުނދަގޫ ވާހަކަ ތަކެކޭ މިދެއްކެނީ…” ޝިޔާޒް މާފަށް އެދުނެވެ.

“ދެން އަޅާނުލާ…” ޒިހާން ބުންނެވެ.

 

މިޒްނާއާ ޝިޔާޒް އެރޭ ބޭރަށް ދަމުން ގެޔަށް އަންނާނީ ލަހުން ކަމަށް ޝަރީފާ ގާތު ބުނި އަޑު ޝަމްހާއަށް އިވުނެވެ. ފަހަކަށް އައިސް ހުޅުމާލެއަށް ދާ ކޮންމެ ރެއަކު ގެޔަށް ނައިސް އެރޭ އެކީ އެރަށުގައި އުޅެފައި ޝަމްހާ އަނެއް ދުވަހު އަންނާތީ ޝަރީފާ އެތައް ފަހަރަކު އެކަމާ ނުރުހިގެން ޝަމްހާ ގާތު އެވާހަކަ ދައްކައިފިއެވެ. ޝަމްހާއަކީ ގޮތް ދޫނުކުރާ ކުއްޖެއް ކަމުން ޝަރީފާގެ އެ ނުރުހުމަކަށް ޝަމްހާ މާބޮޑަށް އަޅާނުލި ނަމަވެސް މިޝާލް ކައިރީ ބުނެގެން އެރޭ ނިންމީ އެރަށަށް ނުދާ ގޮތަށެވެ. ޝިޔާޒްވެސް ގޭގައި ނޫޅޭތީއާ އެކީ އެރޭ މިޝާލްއަށް ގުޅާފައި އެގެޔަށް އައުމަށް ޝަމްހާ އެދުމުން މިޝާލް އެކަމާ އެއްބަސް ވީ އެއީ ރަނގަޅު ކަމެއް ނޫންކަން އެނގި ހުރެއެވެ. އެދުވަހު ގޭގައި ކަންތައް ވީ ގޮތުންނެވެ.

މަދުން ނަމަވެސް އެގެޔަށް މިޝާލް ވަނީ ޝަމްހާއާ އެކީ ގޮސްފައެވެ. އެހެން ކަމުން ޝަރީފާއަށްވެސް ޝަމްހާއާ މިޝާލްގެ ގުޅުން ވަނީ އެނގިފައެވެ. ފުރަތަމަ އެކަން އެނގުމުން ޝަރީފާ އެކަމާ ނުރުހި ޝަމްހާއަށް އެކަން ހުއްޓަން އެންގިއެވެ. ނަމަވެސް ޝަމްހާ ޝަރީފާގެ އަޑެއް ނޭހިއެވެ. ފަހުން ޝަރީފާވެސް އެކަމާ މާބޮޑަކަށް އަޅައެއް ނުލައެވެ.

ޝަމްހާ މިޝާލްއާ އެކީ ހުޅުމާލޭގައި ހޭދަ ކުރާ ރޭތަކާ ބެހޭ ގޮތުން ޝަރީފާއަކަށް އެއްވެސް އެއްޗެއް ނޭނގެއެވެ. އެރަށަށް ދާ ކޮންމެ ރެއަކު އެރަށުގައި މަޑު ކުރާތީ ހިތް ހަމަ ނުޖެހިގެން ޝަރީފާ ޝަމްހާއާ ދިމާއަށް އެއްޗެއް ބުނަނީ އެވަގުތުތަކަކީ މިޝާލްއާ އެކީ ޝަމްހާ ހޭދަ ކުރާ ވަގުތުތަކެއް ކަން އެނގިގެނެއް ނޫނެވެ. އެކަން އެނގޭ ނަމަ ޝަރީފާ އެކަން ހުއްޓުވަން މަސައްކަތް ކުރީހެވެ. އަނޫޝާއަށް ހެޔޮ އެދިގެނެއް ނޫނެވެ. ޝަމްހާއަށް ލިބިދާނެ ދެރައަކަށް ވިސްނާނެތީއެވެ. އަމިއްލަ ދަރިއަކު އެފަދަ ގޮތަކަށް އުޅެން އެއްވެސް މަޔަކު ނޭދޭނެތީއެވެ.

ނަމަވެސް ޝަމްހާ އެކަން ކުރަނީ އެއްވެސް މީހަކަށް ޝައްކެއް ނުވާ ގޮތަށެވެ. އަނޫޝާގެ އުފަލަށް ހުރަސް އެޅުމުގެ ގޮތުން ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ޝަމްހާ ހުރީ ތައްޔާރަށެވެ. އެއީ މަންމައާ އާއިލާއާ ދެކޮޅަށް ކުރަން ޖެހުނު ކަމަކަށް ވިޔަސް ޝަމްހާ ފަހަކަށް ނުޖެހޭނެއެވެ.

މިޝާލް ގުޅުމުން އޭނަ އަންނަން ވާއިރަށް ޝަމްހާ ނިކުމެ ގޭދޮރުމަތީގައި ހުއްޓެވެ. މިޝާލް އައުމުން ދެމީހުން އެކީ އެތެރެއަށް ވަން އިރު ޝަރީފާ ކޮޓަރިން ނިކުންނަނީއެވެ. މިޝާލްއާ ޝަމްހާ އެކީ ފެނުމުން ޝަރީފާ ޝަމްހާއަށް ގޮވާލިއެވެ. މިޝާލް ގާތު މައްޗަށް ގޮސް ކޮޓަރީގައި މަޑުކޮށްލުމަށް ބުނެފައި ޝަމްހާ ޝަރީފާ ކައިރިއަށް ދިޔައެވެ.

“ޝަމްހާ، މަންމަ ކިތައް ފަހަރު ބުނާނީ ތިކުރަނީ ރަނގަޅު ކަމެއް ނޫނޭ؟ ކީށްވެގެންތަ ގަބޫލު ނުކުރަން ތިއުޅެނީ؟” ޝަރީފާ އެހިއެވެ.

“އަހަރެން މިޝާލްއާ ރައްޓެހިވީ މީ ރަނގަޅު ކަމަކަށް ވެގެނެއް ނޫނޭ، މަންމަ ނުބުންޏަސް އަހަންނަށް އެނގޭ މިކުރަނީ ރަނގަޅު ކަމެއް ނޫންކަން” ޝަމްހާގެ ވާހަކަ ހުރީ ފަރުވާ ކުޑަ ގޮތަކަށެވެ.

“ޝިޔާޒްއަށް އެނގިއްޖެއްޔާ އޭނަ ރުޅި އަންނާނެ ވަރު އެނގޭނެ ޝަމްހާއަށް… މާކަންތައް ބޮޑު ނުވަނީސް ހުއްޓާލަން އުޅޭ ތިކަން” ޝަރީފާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“ދޮންބެއަކަށް ނޭނގެއެއްނު؟ އަހަރެން ބޭނުން ވަނީ އަނޫއަށް އެނގެން… އޭނަގެ ފިރމީހާ އަހަރެން ކައިރިއަށް އަންނަ ކަން އޭނައަށް އަންގަން އަހަރެން ބޭނުން ވަނީ… އޭނަ ހީކުރީ ޒިހާން އަހަންނާ ދުރު ކޮށްފަ އޭނައަށް ހަމަ ޖެހިގެން އުޅެވޭނެ ކަމަށް… ނިކަން އޭނަގެ ފިރިމީހާ ހިފަހައްޓަބަލަ! އަހަންނަށް ޒިހާން ނުލިބުނީތީ އޭނައަކަށް މިޝާލްވެސް ލިބުނަކަ ނުދޭނަން” ޝަމްހާގެ އަޑިގައި ވަނީ ރުޅިވެރި ކަމެވެ. އެއަޑު އަހާފައި ޝަރީފާއަށްވެސް ލިބުނީ ހައިރާން ކަމެވެ. ޝަމްހާ އަނޫޝާ ދެކެ އެހާ ވަރަށް ރުޅި އަންނަ ކަމަކަށް ޝަރީފާވެސް ހިއެއް ނުކުރެއެވެ. އެ ނަފްރަތުގެ ސަބަބުން ޝަމްހާއަށް ވެދާނެ ގޮތަކާ މެދު ފުރަތަމަ ފަހަރަށް ޝަރީފާއަށް ވިސްނާލެވުނެވެ.

ޝަމްހާ ބުނަން ބޭނުންވި އެއްޗެއް ބުނެފައި އޭނަ މައްޗަށް ދިޔައެވެ. ޝަމްހާ ދިޔަ ދިމާލަށް ބަލަން ޝަރީފާއަށް ހުރެވުނީއެވެ.

ޒިހާންއާ އެކީ ބޭރުގައި އުޅެފައި ޝިޔާޒް މިޒްނާ ބަލާ ދިޔައީ އެރޭ ނުވައެއް ޖެހި ފަހުންނެވެ. ކުރީރޭ އެގެޔަށް ދިޔައީ އަޒީޒާއަށް ގޮވާލަން ނަމަވެސް ދިޔަ އިރު އަޒީޒާއަށް އޮތީ ނިދިފައި ކަމަށް ވުމުން ފަހުން އަޒީޒާގެ ހާލު ބަލާލަން މަޑުކޮށްލި ޝިޔާޒް އޭގެ ދިހަ ވަރަކަށް މިނެޓް ފަހުން އެގޭން ނިކުތީ މިޝާލް ދެކެ އައި ރުޅިންނެވެ. އެހެންވެ އެރޭ އެގެޔަށް ގޮސް އަޒީޒާ ގާތު ބައިގަޑިއެއްހާ އިރު މަޑުކޮށްލުމަށް ފަހު ނަސީރާގެ އެދުމަށް ކައިގެން މިޒްނާއާ ޝިޔާޒް ގެޔަށް ދާން ނިކުތް އިރު އެގާރަ ޖަހަނީއެވެ.

މިޝާލްވެސް ޝަމްހާމެން ގޭގައި އުޅެފައި ގެޔަށް ދާން ނިކުތީ އެހާ އިރުއެވެ. ޝިޔާޒްއާ މިޒްނާ ގެޔަށް އައި އިރުވެސް ޝިޔާޒްގެ މޫޑް މުޅިން ރަނގަޅެއް ނުވެއެވެ. އެހެންވެ ގެޔަށް ދިޔަ ގޮތަށް ސިޓީންގރޫމްގައި ޓީވީ ބަލަން އިން ޝަރީފާއަށް  ގޮވާވެސްނުލާ ޝިޔާޒް ސިޑިޔާ ދިމާއަށް ދިޔައެވެ. ނަމަވެސް އެހިސާބަށް ގޮސްފައި ހުއްޓުނީ މަތިން ފައިބަމުން އައި މިޝާލްއާ ޝަމްހާ ފެނުމުންނެވެ.

ޝަމްހާގެ އަތުގައި ހިފާލައިގެން ތިރިއަށް ފައިބަފައިބާ ހުރި މިޝާލް ހުއްޓިފައި ޝަމްހާ ގައިގައި ބައްދާލަމުން ޝަމްހާގެ ތުންފަތުގައި ބޮސްދިނެވެ. އެދެމީހުންނަށް އޭރު ޝިޔާޒްއެއް ނުފެނެއެވެ.

އެމަންޒަރު ފެނުމުން ޝިޔާޒްއަށް ގަބޫލު ކުރަން ދަތިވިއެވެ. ބަލަހައްޓައިގެން ހުރެވުނީ ހައިރާން ވީވަރުން ބުނާނެ އެއްޗެއް ނުވިސްނިފައެވެ.

“ޝިޔާޒް…؟” އެހިސާބުގައި ޝިޔާޒް ހުއްޓުމުން އޭނަގެ ފަހަތުން އައި މިޒްނާ ގޮވާލިއެވެ. އެއަޑަށް ޝަމްހާ ތިރިއަށް ބަލާލިއެވެ. އެމީހުންނާ ދިމާއަށް ބަލަން ހުރި ޝިޔާޒް ފެނުމުން ޝަމްހާ މިޝާލްއާ ދުރަށް ޖެހިލިއެވެ.

މިޒްނާ ޝިޔާޒްގެ އަތުގައި ހިފާލަމުން ކުރިއަށް ޖެހިލާފައި މައްޗަށް ބަލާލީ ޝިޔާޒް ބަލަން ހުރީ ކޯޗަކަށް ތޯބަލާލާށެވެ. އެއާއެކު މިޒްނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ޝިޔާޒްއަށް ފެނުނު މަންޒަރު ނުފެނުނު ނަމަވެސް މިޝާލްއާ ޝަމްހާ ފެނުމުން މިޒްނާއަށް ވީގޮތް އެނގުނެވެ. ހަފްތާއެއްހާ ދުވަސް ކުރިން ޝަމްހާއާ މިޝާލްއާ ބެހޭގޮތުން މިޒްނާއަށް ހީވި ހީވުމަކީ ކުށެއް ނޫން ކަން ޔަގީންވިއެވެ.

ޝަމްހާގެ އަތުން ދޫކޮށްލާފައި މިޝާލް ތިރިއަށް ފައިބާ ޝިޔާޒް ކައިރިން ލާފައި ގޮސް އެގޭން ނިކުތެވެ. އެތާނގައި ކަމެއް ވެދާނެޔޭވެސް މިޝާލްގެ ހިތަށް ނާރައެވެ. ނޫންނަމަ އެކަމާ މިޝާލް ކަންބޮޑު ނުވަނީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 6 ވަނަ ބައި

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 7..

Next
April 4, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 7..

Previews
April 4, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 6 ވަނަ ބައި

14 Comments!

  1. Ki says:
    April 4, 2016 at 5:44 pm

    Woooooiw v rythi

  2. Lalla says:
    April 4, 2016 at 6:20 pm

    Ohhh! ! ! ! v v v reethi. Nxt prt avas kohdhehchey. . .

  3. noo says:
    April 4, 2016 at 6:53 pm

    He he he poh… Mifaharu shamhaa hey aruvaalaathi …. Mihaa reethi story eh adhi nukiyan….alhey saaabahey marshaaa …. V v v salhi next part avahah up kohdhibala..

  4. Mee says:
    April 4, 2016 at 7:19 pm

    Yayyyy?? avas avas kiyan beynun keh nukureveyne. Kulhi gadu balaa hiyvany.??

  5. aleena says:
    April 4, 2016 at 7:35 pm

    Mee! Maves e kulhigandu balaa hithun.. marsha avas kohbala..

  6. Mannhaa says:
    April 4, 2016 at 7:51 pm

    Vrh foohivey mihaaru mivaahaka kiyan vx

  7. Aimsithu says:
    April 4, 2016 at 7:56 pm

    Waitin waiting

  8. noo says:
    April 4, 2016 at 9:04 pm

    Ehkala vahtharah hajamu nuvegen ulhey meeheh mannha aki . foohiviyas kiyaathi hairaan Heevey… Nukeema v nun… He he he poh…… V v salhi marshaaaa …. Hama heski habeys…..

  9. adeeb bro says:
    April 4, 2016 at 9:16 pm

    VVVVVVVVVVVVV SALHI INGEY. PLX UP THE NEXT PART…..WAITING…THANX

  10. Ylas says:
    April 4, 2016 at 10:30 pm

    Now nuves nidhey mi story kiyaa hithun vrh vrh reethi…. keep it up

  11. naa says:
    April 4, 2016 at 10:35 pm

    Avaha up kohlaba plx

  12. Oggy says:
    April 5, 2016 at 12:09 am

    V nice! Thanks

  13. £mm@ says:
    April 5, 2016 at 5:16 pm

    Vvvvvvvvvvv salhi !! keep it up!! Varah dheravi dhethin part miss vyma??????any ways i ❤it so so so so so muchhhhhhh

  14. anee says:
    April 5, 2016 at 11:02 pm

    Vvvv reethi.. avahah upload kohdheebala… v kiyaa hiyvaa story eh mi…❤❤❤???

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 13←


All Right Reserved!