
ހާދަހާވޭ ކުރާހިތް ސަމާސާ 8 ވަނަ ބައި
“ބަލާލަ. ފެމިލީ ކާންފެށީ އަދި ކިރިޔާނު. ނަދުވާ މިހާރު ބޭރު ކޮށްލީތަ އެތަނުން؟” ޝަކީލާ އަށް އެންމެން ކާން ތިބިތަން ފެނުމުން ނުހުރެވިގެން ނަދުވާއާ ދިމާ އަށް ބުނެލި އެވެ.
ނަދުވާ އެންމެން ކާން ތިބިތަނަށް ބަލައިލި އެވެ. ފައްވާޒް އާއި ރިފާ އެވެ. ހަފީޒާ އާއި އަލީ އެވެ. އަދި ފައުޒާން އާއި ހިބާ އެވެ. ވަރަށް ވެސް ގުޅެ އެވެ. ނަދުވާގެ ހިތު ގައި ހިގާފައިވާ ހަސަދަ ވެރިކަން ބަންޑުން ދާން ފެށި އެވެ. ބަލާކަށް މާގިނައިރަކު ނުހުރެވުނެވެ. އަންނަމުން ދިޔަ ރުޅި ގަނޑު ކޮންޓްރޯލެއް ނުކުރެ ވުނެވެ. އެންމެ ފަހުން އެދިޔަ ގޮތައް ގޮސް ހިބާ ކާން އިން ބަތް ތަށި ނަގާ ހޫރާލި އެވެ. އެވަގުތު ހިބާއަށް ފުންމައިގެން ތެދުވެވުނެވެ. އެވަގުތު އެތާ ތިބި އެންމެން އެދިމާއަށް ޖަމާވާން ފެށި އެވެ. ފައުޒާން އަށް ވެސް ލިބުނު ހައިރާން ކަމުން ތެދުވެ ވުނެވެ.
މީހަކަށް އެއްޗެއް ނުބުނެވިގެން އުޅެނި ކޮން ދެން ފެނުނީ ކުއްލި އަކަށް ހިބާގެ އިސްތަށިގަނޑުގައި ހިފާ ދަމައި ގަން ތަނެވެ. ހިބާ އަށް ވީ ތަދުން ހަޅޭއްލަވައި ގަނެވުނެވެ. ހިބާ ހަޅޭއްލަވަން ފެށުމުން ވެސް ނަދުވާ ހިބާގެ އިސްތަށި ގަނޑުން ދުލެއް ނުކުރެ އެވެ. ފައުޒާން ނަދުވާގެ އަތުގައި ހިފާ ގަދަކަމުން ހިބާގެ އިސްތަށިގަނޑުން އަތް ވަކި ކޮށްލީ ފައްވާޒްގެ ވެސް އެހީއާ އެކު އެވެ. އެންމެން ވެސް ތިބީ ވާނުވާ ނޭގިފަ އެވެ. ދުރުގަހުރި ޝަކީލާ ވެސް ހުރީ ހައިރާން ވެފަ އެވެ. އޭނަބުނި އެއްޗަކުން ނަދުވާ އަށް އެހާވަރު ވާނެ ކަމެއް ޝަކީލާ އަށް އިނގިފަ އެއް ނެތެވެ. އަޒްކާ އާއި އަޒްމީލް ވެސް ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭގިފަ އެވެ. ނަދީމާ އައިސް ނަދުވާ ގޮވައިގެން ދުރަށް ދިޔަ އެވެ.
“ކިހިނެއް ވެގެންތަ ތި އުޅެނީ؟ ހާދަ ހަޑި ގޮތަކަށޭ ތި އުޅެނީ. ނަދުވާ މޮޔަވީތަ؟” ނަދީމާ ހުރީ ވަރަށް ހިތް ހަމަ ނުޖެހިފަ އެވެ.
“އާން. އަހަރެން މޮޔަވީ. އެއީ އެއް ނޫން ޒާންގެ ފެމިލީ އަކީ. ނަދޫ ލީމަ ޒާންގެ ފެމިލީ ހަމަ ވާނީ. އެއީ އެއް ނޫން ޒާންގެ ފެމިލީ. ހިބާ އެއް ނުހުންނާނެ ޒާންގެ ފެމިލީ އަކު.” ނަދުވާ ހަޅޭއްލަވަމުން ބުނަމުން ގެންދިޔަ އެވެ.
ހަފީޒާ ފައުޒާން ކައިރީ ނަދުވާ ކައިރި އަށް ދިއުމަށް ލޮލުން އެންގި އެވެ. ހަފީޒާ އައިސް ހިބާ ކައިރީ ހުއްޓުނެވެ. ހިބާ އަށް ވީ ތަދުންނާއި ގަތްބިރުން ހިބާހުރީ ގިސްލެވޭވަރަށް ރޮވިފަ އެވެ. އަޒްކާ ވެސް ހިބާކައިރި އަށް އަ އެވެ. އަލީ ވެސް ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ.
“ހިބާ. އާރ ޔޫ އޯކޭ؟” އަޒްކާ އައިސް ހިބާ ކައިރި އަށް ހުއްޓެމުން އެހެން އަހާލުމާއެކު ހިބާ އަށް ބާރަކަށް ރޯން ފެށުނެވެ.
“ނަދޫ. ނަދޫ.” ފައުޒާން އައިސް ނަދުވާ ކައިރީ ހުއްޓެމުން ނަދުވާ އަށް ގޮވާލި އެވެ.
“މިރޭ ފައުޒާން ބުނީ އެހެން ކުއްޖެއް ހޯދާނީ އޭ. ނަދޫނޫން އެހެން ކުއްޖެއް ޒާން ހޯދައިގެން ނުވާނެ. ނަދޫ ޒާން ދެކެ ވަރަށް ލޯބިވޭ. މަންމާ ބުނެ ބަލަ ޒާން ކައިރީ އެހެން ކުއްޖެއް ނު ހޯދައްޗޭ. ޕްލީސް މަންމާ.” ނަދީމާގެ ހެދުން ނަދުވާގެ އަތަށް އޮޅަމުން ތިރި ވަމުން ނަދުވާ ރޮމުން ގެންދިޔަ އެވެ.
“ނަދޫ. ޒާން އެހެން ބުނީ ނަދޫ ބުނި އެއްޗަކުންނެއްނު. ނަދޫ ދެކެ ލޯބި ވާތީނު ޒާން ނަދޫއާ މެރީ ކުރާ ވާހަކަ އަބަދު ވެސް މި ދައްކަނީ. ޓްރައި ޓޫ އަންޑަރސްޓޭންޑް ނަދޫ.” ފައުޒާން ނަދުވާ ކައިރި އަށް ތިރިވި އެވެ. އަދި ނަދުވާގެ ކޮނޑުގަ ހިފާ މައްޗަށް ނަގާ ގޮނޑިއެއް ގައި ނަދުވާ ބޭންދި އެވެ. ސައީދު ވެސް ބުނާނެ އެއްޗެއް ނޭގިފައި ނަދީމާ ކައިރީ ހުއްޓެވެ.
“ހިބާ އެއް ދުވަހަކު ވެސް ޒާން ފެލިމީ އަކަށް ނުވަންނާނެ. ޒާންއާ އެކަށީގެން ވާވަރަށް ވުރެ މާ ފަގީރު ކުއްޖެއް ހިބާ އަކީ. ރާއްޖެތެރޭ ކުއްޖެއް އެއީ. ޒާން ފެމިލީ އަށް އޭނަ އަކަށް ނުވަދެ ވޭނެ.” ނަދުވާ އަދިވެސް ރޮމުން ވާހަކަ ދައްކަމުން ދިޔަ އެވެ.
“އާންއެކޭ. ޒާން މެންގޭގަ އުޅޭތީ ޒާން މެނާ އެއްކޮން އޭނަ ވެސް ކެއީޔޭ. ފެމިލީ ވެގެނެއް ނޫނޭ އެއީ. ނަދޫ ވެސް ނުކައި ހުރި ނަމަނު ޒާން މެނާ އެއްކޮން، އެންމެން އެއްކޮން ކާން.” ފައުޒާން ބުންޏެވެ.
“ނަދޫއަކަށް ނޭގެޔޭ އެންމެން އެއްކޮން ކާން ތިބި ކަމެއް. ޒާން ހަމަ ގަސްތުގަ ނުބުނީ.” ނަދުވާ އަނެއްކާ ވެސް ބާރަށް ރޯން ފެށި އެވެ.
“ދެން ނަދުވާ. ތިގޮތަށް ނޫޅެ ބަލަ. ޒާން އެބުނީނު ނަދޫ ދެކެ ލޯބި ވާ ވާހަކަ ވެސް މިހާރު. ކިހިނެއްތަ ތި އުޅެނީ؟ ކުޑައްތަމެން އެންމެންގެ ކެއުން ވެސް ހަރާބުވީނު ނަދުވާއާ ހެދި. ތިގޮތަށް ނޫޅޭށޭ މަންމަ މިހާރު ކިތައް ދުވަހު ބުނެފިން. ދުނިޔޭގައި އުޅޭ އިރު ހުރިހާ އުފަލެއް ނުލިބޭނެޔޭ ވެސް ބުނެފީމެއްނު. ކެތްތެރި ވާން ދަސްކޮށް ބަލަ.” ނަދީމާ ހުރީ ވަރަށް ހިތް ނުތަނަވަސް ވެފަ އެވެ.
“ކުޑައްތަ ވެސް ނަދޫ ދެކެ މިހާރު ލޯތްބެއް ނުވޭނު. އެ ހިބާ ގައިގަ ފިރުމޭތޯނު ކުޑައްތަ ވެސް އެ ބަލަނީ.” ނަދުވާ ލޯ ފޮހެލަމުން ދިމަދިމާ ބަލައިލަމުން ބުންޏެވެ. ފައުޒާން ތެދުވެ ހިން ދެމިލަމުން ހިބާއާއި އޭނަ މަންމަ ހުރި ދިމާއަށް ބަލައިލި އެވެ. އޭރު އަޒްކާ ހިބާގެ ކޮނޑުގައި ހިފާލައިގެން ގެނެސް ގޮނޑިއެއް ގައި ބައިންދަނީ އެވެ. ހަފީޒާ ހިބާ އަށް ފެން ތައްޓެއް ގެނެސް ދެނީ އެވެ. އެތާ މީހުންތައް ބޮނޑިވެފައި ވުމުން ހިބާ މާ ބޮޑަށް ހާސްވެ ނޭވާ ނުލެވޭ ހިސާބަށް ވެސް ހިގައިދާނެ އެވެ. ރިފާވެސް ކަންތައް ބޮޑުވެފައި ބަލަން ހުއްޓެވެ. ފައްވާޒްވެސް ހިބާ ކައިރީ ހުއްޓެވެ.
“ނަދޫ. ޒާންގެ މަންމަ ނޫން މީހެއް ހިބާގެ މިވަގުތު ނެތެއްނު. ނަދޫ ހިބާ އަށް ވަރަށް ބޮޑަށް ތަދު ކޮށްލީމަ ވެސް ހިބާ ދޫކޮށްލާފައި ނަދޫ ކައިރި އަށްތަ ކުޑައްތަ އަންނަން ވީ. ހިބާގެ ކޮން ކުށެއް އޮވެގެންތަ ހިބާގެ އިސްތަށިގަނޑުގައި ހިފަން ވީ ވެސް.” ސައީދު ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ. “ހިބާ އަކީ އަދި ކުޑަ ކުއްޖެކޭ. ޒާންއާ ރައްޓެހިވެގެން އުޅެނީ އެއްވެސް ނޫން. ދެންކޮން ގޮތަކަށްތަ ނަދުވާ ތި އުޅެނީ.” ސައީދު ބުންޏެވެ.
ތެދެކެވެ. ހިބާގެ އޮތީ ކޮން ކުށެއް ހެއްޔެވެ. ނަދުވާ ހަމައަކަށް އެޅެން ފެށުމުން އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. ރުޅި މި އާދެވުނީ މާގަދައަށެވެ. މި ކުރެވުނީ ހާދަ ލަދު ގަންނަ ވަރުގެ ކަމެކެވެ. އެހާ ހަމަހިމޭން ކޮން ކާން ތިއްބާ ނަދުވާ އާއި ހެދި އެކަކަށް ވެސް ނުކެވުނެވެ.
“ނަދޫ، ހިބާ ކައިރިން މާފަށް އެދެންދާން ވީނު.” ނަދުވާ ހަމަ ޖެހިއްޖެ ކަން އިނގުމުން ފައުޒާން ބުންޏެވެ.
އެއީ ނަދުވާ އަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭނަ އަށް ވުރެ މާދަށް ފަންތީގެ ނިކަމެތި ކުއްޖެއް ކައިރިން މާފަށް އެދުމަކީ ކޮންފަދަ ދަށު ދަރަޖައިގެ ކަމެއް ހެއްޔެވެ. ފައުޒާން ބުންޏަސް އެކަމެއް ނަދުވާ އަކަށް ނުވާނެ އެވެ. ނަދުވާ ފައުޒާން އާއި ދިމާއަށް ބަލަން އިނދެ ހިތަށް އަރަމުން ދިޔަ އެވެ.
“ހިބާ… މިހާރު ނޭވާ ލެވޭތަ؟ ހިބާ. ރުއިން ނުހިފައްޓާ ބާރަށް ރޯލަބަލަ. އޭރުން ރަގަޅު ވާނީ.” ހަފީޒާ އަދިވެސް ދިޔައީ ހިބާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންނެވެ. މިހާރު ހިބާ ކައިރި އަށް ފައްވާޒް އާއި ރިފާއާއި އަޒްކާގެ އިތުރަށް އަލީ އާއި ޝަކީލާ އަދި ރަޝީދު ވެސް އައިސްފި އެވެ.
ހިބާ އަށް އަދިވެސް ގިސް ލެވެނީ އެވެ. ފައްވާޒް ވެސް އައިސް ހިބާ ގައިގައި ހިފަހައްޓާ ލައިގެން ހުއްޓެވެ. އަޒްކާ ވެސް ހުރީ ހިބާ އަށް ވަމުންދާ ގޮތް ފެނުމުން ރޮވެން ކައިރި ވެފަ އެވެ. އަޒްމީލު ވެސް އެތަނަށް އައިސް ހަދާނެ ގޮތް ބޮޑު ވެފައި ބަލަން ހުއްޓެވެ.
ހިބާ އަށް ވަމުންދާގޮތް ފެނުމުން ފައުޒާން ހިބާ ކައިރި އަށް ދިއުމަށް ހިގައި ގަންނަން އުޅުން ވަގުތު ނަދުވާ ފައުޒާންގެ އަތުގައި ހިފި އެވެ.
“އަދިވެސް އެންމެން ހިބާ ކައިރިއަކަށްނު އެދަނީ. ބަލަ ދެރަ ވެގެން ހަދާނެ ގޮތެއް ނޭގިގެން މި އުޅެނީ އަހަންނޭ.” ނަދުވާ ރޮވޭގޮތް ދައްކާލި އެވެ. ފައުޒާން ކިތަންމެ ބޭނުން ވިއަސް ކުރި އަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ.
“ނަދުވާ ކުރި ކަމަކުން ހިބާއަށް ނޭވާ ވެސް ނުލެވި ގެންނޭ އެ އުޅެނީ. އޭނަ ކިހާ ދެރައެއް ވާނެތަ. މީހުން ދެކެ ރުޅި އަޔަސް ތީދެން ބޮޑު ވަރު.” ނަދީމާ އެތަނުން ދާން ހިގައި ގަތެވެ. ނަދީމާ ވެސް ބޭނުންވީ ހިބާ އަށް އެހީ ވާށެވެ.
އެތަކެއް އިރު ހިބާ އެހެން އުޅުމަށް ފަހު އެންމެ ފަހުން ހަމަ އަކަށް އެޅުނީ ހަފީޒާ ހިބާގެ މުޅި ގައިގައި ފެންހާކާ ހިބާ ކައިރީ އެއްވެފައި ތިބި މީހުން ދުރު ކުރުމުންނެވެ. ހިބާ ރަގަޅު ވުމުން ވެސް އެތާ މަޑު ނުކޮށް ހިބާ ގޮވައިގެން ގެއަށް ދިއުމަށް ހަފީޒާ ނިންމި އެވެ.
އެރޭ ފައުޒާންއަށް ގެއަށް އާދެވުނީ ބާރަޖަހާ ބޮޑުވި ފަހުންނެވެ. ފައުޒާން އައިސް މައްޗަށް އެރިއިރު ހިބާ ކޮޓަރީ ދޮރު ދަށުން ހޮޅިބުރީގެ އަލި ފެންނަން ހުއްޓެވެ. ހިބާ އަދިވެސް ނުނިދާ ކަން ފައުޒާން އަށް އެނގުނެވެ. ހިބާގެ ކިބައިން ނަދުވާގެ ފަރާތުން މާފަށް އެދެން ފައުޒާން ބޭނުންވި އެވެ. ނަމަވެސް ހިބާ އަށް ގޮވާލާކަށް ވެސް ފައުޒާން އަކަށް ނުކެރުނެވެ.
ހެދުނު އާދައިގެ މަތިން ހިބާގެ މަސައްކަތުގައި ހިބާ އުޅެ އެވެ. ރޭގައި ދިމާވި އެއްވެސް ކަމެއްގެ ޝަކުވާ އެއް ހިބާގެ އަނގައިން ބޭރެއް ނުވެ އެވެ. ރިފާ ކޮޓަރިން ނިކުތީ ފައްވާޒް އާއި އެކު އެވެ. ރިފާ އުޅެނީ ލަދުން ނެވެ. އާ ވީމަ ކަން އެންމެނަށް ވެސް އެނގެ އެވެ. އެގެ އަށް ހޭނެން ދުވަސް ކޮޅެއް ނަގާނެ ކަން ވެސް އެންމެން ދަނެ އެވެ.
“ދޮންބަތޫ. އާދޭ އަވަހަށް ސައިބޯން.” ރިފާ ފެނުމުން ހިބާ ގޮވާލި އެވެ. އޭރު ފައުޒާން ޑިއުޓީ އަށް ދާން ސިޑިން ފައިބަނީ އެވެ. ފައުޒާން އާއި ހިބާގެ ހަތަރު ކަޅި ހަމަވި ވަގުތު ހިބާ ފައުޒާން އަށް ހީލި އެވެ. ހިބާ ބޭނުންވީ ރޭގެ އެއްވެސް ކަމަކާ މެދު ފައުޒާންގެ ހިތުގައިވާ އެއްޗެއް ފުހެލާށެވެ.
އަލީ އާއި ހަފީޒާ ވެސް ކޮޓަރިން ނިކުތީ ހެދުނުގެ ނާޝްތާ ކުރުމަށެވެ. އެންމެން އެއްކޮން އައިސް މޭޒުކައިރީ އިށީނެވެ. ހިބާ އަށް ހުރީ އިށީންނަން ނުކެރިފަ އެވެ. ފައުޒާން އަށް ހިބާ އާއި ދިމާ އަށް ބަލައިލެ ވުނެވެ. ހިބާ ކޮންމެސް ކަމެއް ގައި މަޝްއޫލު ވެގެން އުޅެ އެވެ. އެގޭ މީހުނާ އެކު އެއްމޭޒު މަތިން ކާން ހިބާ ހުރީ ޖެހިލުން ވެފަ އެވެ.
“ހިބާ. އާދޭ އަވަހަށް ސައި ފޮދެއް ބޯލަން.” އަލީ ބުންޏެވެ. ހިބާ ނެތީ ވިއްޔާ މޭޒު ދޮށް ވަރަށް ވެސް ފަޅުކަމަށް ދައްކަ އެވެ.
“ހިބާ، އާދޭ އަވަހަށް.” ހިބާ ބަލަހައްޓައިގެން ހުންނަން ފެށުމުން ހަފީޒާ ވެސް ބުނެލި އެވެ. ހިބާ ފައުޒާން އަށް ބަލައިލި އެވެ. ފައުޒާން ވެސް ލޮލުގެ އިށާރާތުން އައުމަށް އެދުނެވެ. ހިބާ މަޑު މަޑުން އައިސް ފައުޒާން ކުރިމަތީ އިން ހުސް ގޮނޑީގައި އިށީނެވެ.
“ރޭގަ ވީ ކަންތަކާއި މެދު އެކަކު ވެސް އިތުރަށް ވާހަކަ ދައްކާނެ ކަމެއް ނެތް. ނަދޫ ރުޅި އައިސްގެން އެހެން ކަންތައް ކުރިއަސް ހިބާ މިގޭގަ އުޅޭހާ ހިދަކު ހިބާ ވާނީ މިގޭ ކުއްޖަކަށް.” އަލީ ހިބާ އަށް ބަލައި ލަމުން ބުންޏެވެ. “ހިބާ ވެސް މާ ބޮޑަށް އެކަންތައް ހިތުގަ އަޅައިގެން އުޅޭނެ ކަމެއްނެތް.”
“ހިބާ ހިތަކު ނެތް އެ ކަމެއް،” އަވަސް އަވަހަށް ހިބާ ބުނެލިއެވެ. “އަސްލު ވެސް. ހިބާ މި ހިތަށް އަރަނީ ދޮންބަތު އަށް ކައްކަން އެނގޭނެ ބާއޭ.” ހިބާ މަޢުލޫ ބަދަލު ކޮށްލުމުގެ ނިޔަތުގައި ބުނެލި އެވެ.
ދެން އެންމެން ފެށީ ރިފާ އާއި ވާހަކަ ދައްކާށެވެ. ރިފާގެ ކުރީގެ ދިރިއުޅުމުގެ ވާހަކަ އެވެ. އެންމެ ގިނަ ސުވާލު ރިފާ އާއި ކުރީ ހިބާ އެވެ. ރިފާ ކުރިން އުޅުން ގޭގައި ހުރިހާ ކަމެއް ވެސް ކުރަމުން އައީ ރިފާ ކަމުގައި ރިފާ ބުންޏެވެ. އެހެން ކަމުން ރިފާ އަށް ކައްކަން ވެސް އިނގޭ ކަން ރިފާ ބުންޏެވެ.
އެ ދުވަހުގެ ފަހުން ރިފާއާއި ހިބާ ވީ ވަރަށް ގާތް ދެ ރަހުމަތްތެރިން ނަށެވެ. ރިފާ އައި ފަހުން ހަފީޒާ އަށް ބަދިގެ އަށް ވަންނާ ކަށް ނުޖެހެ އެވެ. ހިބާ ކަންތައް ކޮށްލުމުން ރިފާ ކައްކާލަ އެވެ. ދެމީހުން ވެގެން ގޭތެރޭ ހުރިހާ ކަމެއް ކޮށްލަނީ ވަރަށް އެކުވެރި ކަމާ އެކު އެވެ. ނަދުވާ އެގެ އަށް ނުވަންނަތާ ދުވަސް ކޮޅެއް ވެއްޖެ އެވެ. ނަދުވާ އަދިވެސް އެކަމާ ލަދުން އުޅެނީ ކަންވެސް ނޭގެ އެވެ. އަޒްކާ އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް ވަދެލަ އެވެ. ކަމެއް ކުރަން ނުޖެހޭތީ ހިބާ އާއި ރިފާ އާއި އެކު އަނގަ ތަޅަން އިންނަނީ އެވެ. ތިން މީހުން ވަނީ ތިން އެކުވެރިންނަށްވެ ނިމިފަ އެވެ.
ހިބާ ފެން ވަރައިގެން ކޮޓަރި އަށް ވަދެ ހެދުން ލަމުން ވަރަށް ރަގަޅަށް ހިބާގެ ހަށިގަނޑަށް ބަލައިލިއެވެ. ރަގަޅު ހިޔާލެއް ހިބާގެ ޅަސިކުނޑި އަށް ވެރި ވެއްޖެ އެވެ.
އަލަމާރިން ދެ އިސްޓާކީނު ނެގި އެވެ. އެއްވަރަކަށް ދޭތި ފަތް ޖަހާލުމަށްފަހު ކަރުވަޅަށް ދޭތި ކޮށްޕާލުމަށް ފަހު މޭމަތީ ތާށި ކޮށްލި އެވެ. ދެފަރާތް އެއްވަރު ކޮށްލަމުން އަމިއްލަ އަށް ލޯގަޑާ ދިމާއަށް ބަލަން ހުރެ ހިނިތުން ވެލިއެވެ.
“މިހާރު އަންހެނެއް ހެން ގައިމުވެސް ހީވާނެ. ފައުޒާން އަށް ފެނުނީމަ އަނގަ ހުޅުވިފަ ހުންނާނީ މިފަހަރު،” ހިބާ އަމިއްލައަށް އެހެން ބުނެލި އެވެ. އަދި “އިލްލްލް” ކިޔާ ދޫ ނެރެލި އެވެ.
ހިބާއަށް ކޮޓަރިން ނުކުމެ ވުނީ ފައުޒާންގެ ކުރި މައްޗަށެވެ. އެންމެ ފުރަތަމަ ވެސް ފައުޒާން އަށް ބަލައި ލެވުނީ ހިބާގެ މޭ މައްޗަށެވެ. އެކަން ހިބާ އަށް ވެސް ފާހަގަ ކުރެ ވުނެވެ. ފައުޒާން އެއްޗެއް ނުބުނެ ގޮސް އޭނަގެ ކޮޓަރި އަށް ވަދެ ދޮރު ލެއްޕި އެވެ. ހިބާ ފައުޒާން ދިޔަ ދިމާ އަށް ބަލަން ހުރެފަ ތިރިއަށް ދިއުމަށް އެނބުރުން ވަގުތު ރިފާ ދާ އެއްޗެތި އަޅާ ވަށިގަނޑު ހިފައިގެން އަރަނީ އެވެ.
“ވިއްސާރަ ގޮތަކަށް އުޑުމަތި އޮތީ. ހިބާ ވެސް އެއްޗިހި ދޮންނަން އުޅެފަ މިއަދު ދެން ބެހެއްޓީ.” ރިފާ ކައިރީ ހިބާ ބުންޏެވެ.
“ދެން މީ އެހާ ބައިވަރެއް ނޫނޭ. ގޭތެރޭގަ އަޅާލާނީ.” ރިފާ ބުންޏެވެ. އެތާ ވާހަކަ ދައްކާލަން މަޑުކޮށް ލައިގެން ތިބެފަ ހިބާ ތިރިއަށް ދިޔައީ ހަފީޒާ ޑިއުޓީ އިން އަންނަން ވާއިރަށް ސާފު ކުރާށެވެ.
ސާފުކޮށް ނިމިގެން މައްޗަށް އެރިއިރު ހިމަފޮދު ވާރޭ ވެހެމުން ދެ އެވެ. ރިފާ ދޮވެފަ އެއްޗިހި ހިއްކަން އަޅާފައި ވަނީ އެތެރޭގަ އެވެ. ހިބާ ފެން ވަރައިގެން ހުއްޓަސް ވާރެޔާ ތެމޭ ހިތް ވެއްޖެ އެވެ. ކުލާހަށް ދާނީ ވާރެޔާ ތެމިލާފައި ފެންވަރައިގެން ނޭ ހިބާ ހިތައް އެރި އެވެ.
ހިޔާ ކޮށްފަ އޮތް ބައިން ބޭރަށް ނިކުންނަން ހުރި ބިއްލޫރި ކަހާ ދޮރު ކަހާލުމަށް ފަހު ބޭރަށް ނިކުތެވެ. ފަހަރަކަށް ވުރެ ފަހަރެއް ވިއްސާރަ ބޯ ކުރަމުން ދެއެވެ. ހިބާ މައްޗަށް ބަލައިލަމުން ފުންމާލި އެވެ. ޓައިލްސް ތައް މަތީ ޖަމާވަމުން ދިޔަ ފެންގަނޑު ތެރޭ ޗަސްލާފައި ފައި ޖެހުމުން ފެންތައް ބުރައިގެން ދިޔައެވެ. އެކަންތައް މަޖާ ވިއެވެ. އެގޮތަށް އެތަކެއް ފަހަރު ހިބާ ހެދިއެވެ.
ފައުޒާން ކޮޓަރިން ނިކުތް ވަގުތު ހިބާ ޓެރެސް މަތީ އުޅެމުން ދިޔަ ގޮތް ފެނި ހައިރާން ވެފައި ބަލަން ހުއްޓެވެ. ބިއްލޫރީގެ ބޭރަކަށް އެތެރެއެއް ނުފެނެ އެވެ. އެހެން ކަމުން ފައުޒާން ބަލަން ހުރި ކަމެއް ވެސް ހިބާ އަކަށް ނޭގެ އެވެ. ހިބާ އެތާ ނަށަ ނަށާފައި ފުންމާ ހަދާތަން ފައުޒާން ދިޔައީ ފޯނުން ވީޑިއޯ ކުރަމުންނެވެ. ހިބާ އެހެން އުޅޭއިރު ހީވަނީ ހަމަ ކުޑަކުއްޖެއް ހެނެވެ.
ހިބާ އެގޮތަށް އެއްފަހަރު ފުއްމާލި ވަގުތު ހިބާގެ ގައި ތެރެއިން އެއްޗެއް ވެއްޓުނު ތަން ފައުޒާން އަށް ފެނުނެވެ. އެއީ ކޯޗެއްތޯ ބަލައިލި އިރު ފޮތި ބޯޅައެއްހެން އޮތް އެއްޗެކެވެ. ހިބާއަށް އެ ވެއްޓުނު ކަމެއް ވެސް ނޭގެ އެވެ. ފައުޒާން ކައިރި އަށް ހިނި އައީ ހިބާގެ މޭމަތި ފެނުމުން ނެވެ. ހެދުން ގައިގައި ތަތް ލަވާފައި ވާގޮތުން ހިބާގެ ވަނާ ތައް ވަރަށް ރީއްޗަށް ފާޅު ވެ އެވެ. މިހާރު އެއްފަޅި ވަނީ ހިނދިފަ އެވެ.
އިރުކޮޅެއް ފަހުން ވިއްސާރަ ތުނިކޮށްލި އެވެ. ހިބާ ވެސް އެތެރެ އަށް ވަންނަން އަންނަ ތަން ފެނުމުން ފައުޒާން އަވަހަށް ކޮޓަރި އަށް ދެމި ގަތެވެ. ފައުޒާން ބަލަން ހުރި ކަން ހިބާ އަށް އެގޭކަށް ފައުޒާން ބޭނުމެއް ނޫނެވެ.
ހިބާ ފާހާނާއިން ފެން ވަރައިގެން ނިކުމެ ކޮޓަރި އަށް ވަންނަހާ އިރު ކޮށްފައި ފައުޒާން ކޮޓަރިން ނިކުތެވެ. އޭރު ވާރޭ ވެހުން ހުއްޓިއްޖެ އެވެ.
ފައުޒާން ޓެރެސް މައްޗަށް ގޮސް ހިބާގެ ގައިން ވެއްޓުން ފޮތިބޯޅަ ނެގިއިރު އެއީ އިސްޓާކީނެކެވެ. ފައުޒާން ކައިރިއަށް ހިނި އަ އެވެ. ހާދަ ޅަ މައުސޫމު ކުއްޖެކެވެ. ކުރާ ކަންތައް ވެސް މޮޔަކަން މިހިރީ އެވެ.
ހިބާ ތައްޔާރު ވެގެން ކޮޓަރިން ނިކުތީ ކުލާހަށް ދާށެވެ. ހިބާ ނުކުތުމުން ފައުޒާން އެ އިސްޓާކީން ހިބާއަށް ދިއްކޮށްލި އެވެ. ހިބާ ކުއްލިއަކަށް އެޖަހައި ގަތެވެ. އަދި އެނބުރި ކޮޓަރި ތެރެ އަށް ވަދެ ލޯ މަރާލި އެވެ. މުޅި މީހާ ލަދުން ރަތް ވެއްޖެ އެވެ. ފައުޒާން އަށް އިނގުނީ ބާއެވެ. ދެން ހިބާ ފައުޒާން އާއި ކުރިމަތި ލާނީ ކިހިނެއް ހެއްޔެވެ. ކޮން ފަދަ ބޮޑު ލަދެއް ހެއްޔެވެ. އަދި އެވެސް އެ ފެނުނީ ފައުޒާން އަށެވެ. ފައުޒާން އަކަށް ނޭގޭނެ އެވެ. އެއީ ހަމަ އެކަނި އިސްޓާކީނެކެވެ. އަމިއްލައަށް ހިތާހިތުން އެހެން ބުނެލަމުން ހިތްހަމަ ޖައްސާލިއެވެ.
ހިބާ ކޮޓަރިން ނިކުތްއިރު ފައުޒާން އުނދޯލީގައި އިނެވެ. ހިބާ ފެނުމުން ތެދުވެގެން އަންނަންފެށިއެވެ. ހިބާ ލަދުން އަވަހަށް ދިއުމަށް ހިގައި ގަތެވެ. ނަމަވެސް ހިބާގެ އަތުގައި ފައުޒާން ހިފިއެވެ.
” މަޑުކޮށްބަލަ. ހާދަ އަވަހަކަށް ދާން ތިއުޅެނީ.” ފައުޒާން ބުންޏެވެ.
“ހިބާ ކްލާހަށްދާން ލަސްވާތީއޭ.” ހިބާ އަވަސް އަވަހަށް ބުންޏެވެ.
“ހިބާގެ ހަށިގަނޑަށް އެއް ދުވަހުން ހާދަ ގިނަ ބަދަލު އާދެޔޭ ދޯ. ހިބާ ޖާދޫ ހަދާ ކުއްޖެއްތަ ތީ؟” ހިބާ ލަދުގަނެފައިވާކަން އިނގިހުރެ ފައުޒާން ހިބާާގެ މޭމައްޗަށް ލޮލުން އިށާރާތް ކޮށްލަމުން އެހެން ބުނެ އިތުރަށް ހިބާ ލަދު ގަންނަވާލި އެވެ.
ހިބާ ލަދުން އަނގައިން ވެސް ނުބުނެ އަވަހަށް ފައުޒާންގެ އަތް ފޮޅުވާލަމުން ދުއްވައި ގަތެވެ. ފައުޒާން ހެވިފައި ހިބާ ސިޑިން ފައިބައިގެން ދާތަން ބަލަން ހުއްޓެވެ.
ކޮންކަހަލަ ހަޑިވާހަކަ ދައްކާ މީހެއް ހެއްޔެވެ. ލަދެއް ވެސް ނުގަނޭ ހެއްޔެވެ. ހާދަ ވިޔާނުދާ މީހެކެވެ. ހިބާ ހިތާ ހިތުން ފައުޒާން އަށް އެއްޗިހި ކިޔަމުން ދިޔަ އެވެ. ހިބާގެ ހަށިގަނޑު ކޮންމެ ގޮތަކަށް ހުއްޓަސް ފައުޒާން އަށް ކީއް ހެއްޔެވެ. ފައުޒާން ބޭނުންވާ ކަހަލަ ކުއްޖެއް ފައުޒާން އަށް އެހެރީ ލިބިފަ ނޫން ހެއްޔެވެ. އެވަރުން ވެސް ހިބާއާ ދިމާ އަށް އެފަދަ ގޮތަކަށް ބަލާކަށް ޖެހިލުމެއް ވެސް ނުވޭ ހެއްޔެވެ. ކޮންފަދަ ހިތް ނުބައި މީހެއް ހެއްޔެވެ. ހިބާ މަގުމަތިން ދިޔަ އިރުވެސް ވިސްނަމުން ދިޔައީ އެކަމާ އެވެ.
އެރޭ ވަރަށް ވިއްސާރަ އެވެ. އަޒުމީލު ގެއަށް އައިއިރު ތިނެއް ޖަހަނީ އެވެ. އޭރު ކަރަންޓް ގޮސްފައި ހުރުމުން ލިފްޓް މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ. އަޒްމީލު ސިޑިން މައްޗަށް އަރަމުން ދިޔައީ އާދައިގެ ވަރަށް ބާރަށެވެ. އާންމު ކޮން އެގޭ ގައި ސިޑި ބޭނުން ކޮށެއް ނޫޅެ އެވެ. އެހެން ކަމުން ކަރަންޓު ހުންނަ އިރު ވެސް ސިޑި މަތި އޮންނާނީ އަބަދު ވެސް ނިވާލާފަ އެވެ. އަނދިރި ކަމުން ފޯނު ދިއްލައި ގެން އަރަމުން ދަނި ކޮން ކުއްލި އަކަށް ފެނުނު މަންޒަރުން އަޒްމީލަށް ހުއްޓުން އެރި އެވެ. ކުރިއަށް ދާން ނުކެރި ފައި ހުރެ ވުނީ އެވެ. ނަދުވާ އިނީ ކޮންމެސް ފިރިހެން ކުއްޖެއްގެ އުނގުމަތީ އެވެ. ނަދުވާގެ ހަރުވާޅު އޮތީ ސިޑިމަތީ އެވެ. އަޒްމީލު ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހަޅޭއްލަވައި ގަންނަން އަޒްމީލުގެ ހިތް ބުނަމުން ދިޔަ އެވެ. އެއީ އެފަދަ ގޮތަކަށް ނަދުވާ ފެނުނު ފުރަތަމަ ފަހަރެއްނޫނެވެ. އަޒުމީލު އެތާ ފޯނު ދިއްލައިގެން ހުރި ކަން ވެސް އެމީހުނަށް ނޭގެ އެވެ. އަޒުމީލު އެނބުރި ދިއުމަށް ވެސް ހިތަށް އެރި އެވެ. ނަމަވެސް އެނޫން ގޮތެއް ގެއަށް ވަނުމަށް ނެތުމުން ކަރު ކެހިލީ ވަރަށް ބާރަށެވެ. ދެ މީހުން ސިއްސައިގެން ގޮސް ނަދުވާ ފުންމައިގެން ތެދުވެ ހަރުވާޅުހިފައިގެން މައްޗަށް އެރި އެވެ. ފިރިހެން ކުއްޖާ ލައިގެން ހުރި ޖީންސްގެ ޒިބު އަޅުވާ ހަމަޖެހިލަމުން ބާރަށް ސިޑިން ފައިބައިގެން ދިޔައީ އަޒުމީލު ކައިރިން ލާފަ އެވެ. އަޒްމީލަށް ބުނާނެ އެއްޗެއް އަދި ހަދާނެ ގޮތެއް ވެސް ނޭގި ފައި ހުރެވުނީ އެވެ. ނަދުވާ ދުވަހަކު ބަދަލެއް ނުވާނެ އެވެ. ފައުޒާން އަށް އެކަންތައްތައް އަންގަން އަޒްމީލު ކިތަންމެހާ ވެސް ބޭނުންވެ އެވެ. ނަމަވެސް މިހާރު ފައުޒާން އާއި ވާހަކަ ދައްކާކަށް އަޒުމީލަކަށް ނުކެރޭނެ އެވެ. އެންމެ ކުރިން ވެސް ހުރިހާ ވާހަކަ އެއް ފައުޒާން އަށް ކިޔައި ދެވުނު ނަމައޭ އަޒުމީލު ހިތަށް އަރަމުން ދިޔަ އެވެ.
ޖެހިގެން އައިރޭ މަގުމަތީ ބާޒާރަށް ދާން ތައްޔާރު ވަމުން ދިޔައީ ހަފީޒާ އާއި ރިފާ އެވެ. އެމީހުން ދަމުން ހިބާ ވެސް ގޮވައިގެން ދިއުމަށް އޮތީ ރާވާފަ އެވެ. އަޒްކާ ވެސް އެމީހުން ފަހަތުން ދިއުމަށް އޭނަ މަންމަ ކައިރިން ހުއްދަ ހޯދި އެވެ. ނަދުވާ ވެސް ގެންދަން ހަފީޒާ ބޭނުންވީ ގުރޫޕު ބޮޑުކޮށްލާށެވެ.
“ޒާން ދޭބަލަ ނަދޫ ކައިރީ އަހާލަން ދާނަން ތޯ. ހާދަވެޔޭ ނަދޫ ވެސް ގެންދާ ހިތް.” ހަފީޒާ ބުނުމުން ފައުޒާން ތިރި އަށް ދިޔައީ ނަދުވާ ކައިރީ އެވާހަކަ ބުނާށެވެ.
“ނަދޫ، މަންމައޭ ބުނީ.” ފައުޒާން ގޮސް ނަދުވާ ކައިރީ ބުނުމުން ނަދުވާ ސީދާ ދެކޮޅު ހެދި އެވެ.
“މަންމަ ބުންޏަސް އަހަރެން ދާހިތެއް ނުވެޔޭ އެކަހަލަ ތަންތާ ކަށް. އެހެން ނޫނަސް އެތަނަށް މީހުން ދާނީ ހަމަ ގައިގަ ކޭތޭ ހިތުން. އެއަށްވުރެން މާ ހިތްހަމަ ޖެހޭ މަޖީދީ މަގު ބޮޑެތި ފިހާރަ ތަކުން ޝޮޕިން ކޮށްލި އަސް.” ނަދުވާ ބުންޏެވެ.
ފައުޒާން އިތުރަށް ނަދުވާ އާއި ވާހަކަ ދައްކާކަށް ނަހަދަ އެވެ. ނަދުވާ ބުނާ އެއްޗެއް އެއީ އެންމެ ފަހުގެ ބަސްކަން ފައުޒާން އަށް އެނގެ އެވެ.
“ހިބާ ތައްޔާރުވެގެން ނިކުތީ އެންމެން ހިބާ ކައިރީ ކިޔުމުން ނެވެ. އެކަހަލަ މީހުން ގިނަ ތަން ތަނަށް ދާން ހިބާ ވަރަށް ބިރު ގަނެ އެވެ. ހިބާ ހާސް ވާނެތީ އެވެ. މިހާރު ވެސް ހިބާ ހުރީ ހިތް ނުތަނަވަސް ވެފަ އެވެ.
“ނަދޫ އެއް ނުދާނަމޯބުނީ.” ފައުޒާން ހަފީޒާ ކައިރީ ބުންޏެވެ. “ނަދޫގެ ބަދަލުގަ ޒާންދާނީ. މަންމަމެނަށް އެއްޗިހި ހިފައިދޭން ޒާން ހުންނާނަން. ޒާން ދާނީ ސައިކުގަ.” ފައުޒާން ބުންޏެވެ. އެގޮތް ހަފީޒާ އަށް ވެސް ކަމު ދިޔަ އެވެ.
އެރޭ ދިޔައިރު މަގުމަތީ ބާޒާރުގައި މީހުން ވަރަށް ވެސް މަދެވެ. އެހެން ކަމުން ހިބާގެ ހާސްކަން ވެސް ފިލާ ގޮސްފި އެވެ. ދަންވި ވަރަކަށް މީހުން ގިނަ ވާނެ ކަން ހިބާ އަށް ވެސް އެނގެ އެވެ. ނަމަވެސް އެކަމަށް ސަމާލު ނުވާން ހިބާ ނިންމައިގެން ހުއްޓެވެ. މޭޒެއްގެ ދޮށުގައި ހިބާގެ ބޮލަށް ޖަހާކަހަލަ ދަނޑިކޮޅު ހުއްޓާ ފެނުމުން ހިބާ އެ ގަންނަން ކޮންމެ ހެނަކުން ވެސް ބޭނުން ވެއްޖެ އެވެ. ވަރަށް އަގުވެސް ހެޔޮވީމަ އެވެ. ފައުޒާން ކޮންމެ ކުލަ އަކުން ދަނޑި ކޮޅެއް ހޮވާލަ ދިނެވެ. ދިހަ ވަރަކަށް ދަނޑިކޮޅު ހިބާ ގަތެވެ.
ދެން ހަފީޒާމެން ގަންނަމުން ދިޔައީ ރޯދަ އަށް ގެއަށް ބޭނުން ވާނެ ސާމާނެވެ. އަތް ދޮންނަ ފުޅިއާއި އެކި ކަހަލަ ތައްޓާ ބަދިގެ ސާމާނެވެ. ފައުޒާންގެ ދެއަތް ފުރިއްޖެ އެވެ. މިހާރު މީހުން ވެސް ގިނަ ވަމުން ދާން ފަށައިފި އެވެ. ހިބާ އަށް މިހާރު ކުރި އަކަށް ވެސް ނުދެވެ އެވެ. ހިބާ ހާސްވާގޮތް ވާން ފެށި އެވެ. ހިސާބަކަށް އައިސް އެންމެން ބަލައިލި އިރު ހިބާ ފެންނާކަށް ނެތެވެ. ފައުޒާން އެނބުރި ފަހަތައް ދިޔައިރު ހުއްޓުން އަރާ ދެލޯ ބޮޑުވަފައި މަގުގެ މެދުގައި ހިބާ ހުއްޓެވެ. ފައުޒާން އެއް އަތައް ކޮތަޅު ތައް ބަދަލު ކޮށްލާފައި ހިބާގެ އަތުގަ ހިފައިގެން އަވަހަށް އެތަނުން ނިކުތުމަށް ހިގައި ގަތެވެ. އެ ތަނުން ނިކުމެ މޫދާވީ ދިމާލަށް ހިބާގޮވައިގެން ގޮސް މަޑުކޮށްލި އެވެ. ބިންމަތީ ކޮތަޅުތައް ބަހަށްޓާފައި ފައުޒާން ހިބާއަށް ބަލައިލި އެވެ. ހިބާގެ ނޭވާވަނީ ކުރުވެފަ އެވެ. ފައުޒާން ހިބާއަށް ގޮވާލި އެވެ. ކޮލުގައި ޖަހާލި އެވެ. އަދިވެސް ހިބާއަށް ހަމައަކަށް ނޭވާއެއް ނުލެވެ އެވެ. ފައުޒާން ހިބާގެ ބުރަކަށީ ގައި ފިރުމާލި އެވެ. ކައިރީގައި ހުރި ގާޑިޔަލަކުން ފެން ފުޅި އެއް ގަނެގެން އައިސް ހިބާ އަށް ބޯން ދިނެވެ. އަދި ހިބާގެ މޫނުގައި ފެން ހާކާލި އެވެ. ހިބާ އަށް ރޯންފެށުނެވެ. އަދި ފައުޒާންގެ އަތުގައި ބާރަކަށް ހިފައިގެން ހުރެ ވުނެވެ. ފައުޒާންގެ ފޯނު ރިންގު ވާން ފެށުމުން ފައުޒާން ޖީބުން ފޯނު ނެގި އެވެ.
“ކޮބާ؟ ކިހާ ހިސާބަކު ތިއުޅެނީ؟ ހިބާ އެބަހުރިތަ؟” ހަފީޒާ އަހާލި އެވެ.
ހިބާއަށް ވެގެން އުޅޭ ގޮތް ހަފީޒާ އަށް ފައުޒާން ކިޔައި ދިނެވެ. އަދި ހިބާ ގޮވައިގެން ގެއަށް ދަނީ ކަމުގައި ފައުޒާން ބުނުމުން ހަފީޒާ އެކަމާ ވަރަށް އަވަހަށް އެއްބަސް ވި އެވެ.
ފައުޒާން ހިބާއާއި އެކު އައިސް ލިފްޓުން އަރާ ހިބާގެ ހާލު އިރުކޮޅަކާ އަހާލަ އެވެ. ހުރިހާ ކޮތަޅު ތަކާ އެކު ގެއަށް ފުރަތަމަ ފައުޒާން ވަނީ ދަޅުދަނޑި ފައުޒާން އަތު ގައި އޮތީމަ އެވެ. ދޮރު ކައިރީ ކޮތަޅު ތައް ބަހަށްޓާފައި އެނބުރުނު ވަގުތު ކުއްލި އަކަށް ފައުޒާންގެ މުޅި މޫނަށާ އެއްކޮން ހިބާ އަށް ހޮޑު ލެވިއްޖެ އެވެ. ހިބާ އަށް ހަމަ ނޭވާ ލެވުނީ ހޮޑު ލެވުމުން ނެވެ. ހިބާ ހުރީ ވަރަށް ވަރުބަލި ވެފައި ކަމުން ކުރެވުނީ ކިހާވަރެއްގެ ކަމެއް ކަން ވެސް ނޭގޭ ހާލު ގައި ގޭތެރެ އަށް ވަދެގެން ގޮސް ސޯފާ މައްޗަށް ވެއްޓުނެވެ. ދެން ވީ ގޮތެއް ހިބާ އަކަށް ނޭގެ އެވެ.
ފައުޒާން ބަދިގެ އަށް ވަދެ މޫނު ދޮވެގެން އައިސް ހިބާ ހޮޑު ލުމުން ދޮރު މައްޗަށް ބުރައިގެން ގޮސްފައި ވާބައި ސާފުކުރި އެވެ. ފައުޒާން ހުރީ ވަރަށް ފަކުރުން ނެވެ.
ފެންފޮތި ލުމަށްފަހު އެއަރ ފްރެޝްނަރ ޖަހާލި އެވެ. އެއަށްފަހު ފައުޒާން ފެން ވަރައިގެން އައިސް ހިބާއާއި ދިމާއަށް ބަލައިލި އެވެ. މަގަތަށް އެނބުރިގެން ދެފައި ކުރު ކޮށްލައިގެން ހިބާ ނިދާ ލާފައި އޮތް ގޮތުން ފައުޒާން އަށް ހިބާ އާއި ދިމާލަށް ބަލަން ހުރެވުނީ އެވެ. ކޮންފަދަ މައުސޫމް ގޮތެއް އެ މޫނު ގައި ވޭ ހެއްޔެވެ. ފައުޒާން ހިބާ އާއި ދިމާ އަށް ބަލަން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގެ އެވެ.
“ޒާން؟ ކިހިނެއްވެފަ ތިހިރީ؟” ފައްވާޒް ގެއަށް ވަދެފައި ފަުޒާން އެގޮތަށް ކޮޅަށް ހުރުމުން ފައްވާޒް އަހާލި އެވެ.
ހިބާ އަށް ވީގޮތް ފައްވާޒް އަށް ފައުޒާން ކިޔައި ދިނެވެ. ފައްވާޒް ކައިރި އަށް ހިނި އައީ ފައުޒާންގެ މޫނަށް ހިބާ ހޮޑުލީ ވާހަކަ ބުނުމުން ނެވެ.
“ޒާން. ދޮންބެއަށް ހީވަނީ ހިބާގެ އެންޒައިޓީ ހުންނަނީ ހެން. އެހެންވެ މީހުން ގިނަވީމަ ބިރު ގަންނަ ގޮތް ވަނީ.” ފައްވާޒް ބުންޏެވެ. “ބައްޕަ އިރުކޮޅަކުން އަންނާނެ. ހިބާ އަށް ގޮވަން ވީނު ކޮޓަރި އަށް ދާން.” ފައްވާޒް ބުންޏެވެ. އެގޮތަށް ހިބާ ސޯފާގައި ނިދާފަ އޮއްވާ ބައްޕަ އައިސް ދާނެތީ ދެމީހުން ވެސް ތިބީ ކަންތައް ބޮޑުވެފަ އެވެ. ސޯފާގައި ނިދުމަކީ އަލީ ވަރަށް ނުރުހޭ ކަމެކެވެ.
ހިބާއަށް ފައުޒާން ގޮވާ ގޮވާ ވެސް ހިބާ އަށް ހޭ ނުލެވުނެވެ. އެންމެ ފަހުން ފައުޒާން ހިބާ އަތް ދަނޑި މައްޗަށް އުފުއްލައިލައިގެން ގެންގޮސް ހިބާގެ ކޮޓަރި އެނދު މަތީ ބޭއްވި އެވެ.
16 Comments!
Comments are closed.
V rythi storyyy
Haadha reechey, mi vaahaka up vejje thw balann iru iru kolhaa beleni. Nxt prt ves miadhu up kohdheche. .
V nice
V nice
Nxt part avahah up kohdhehchey ingey..v rythi vaahakaeh..
V v salhi story eh
Vaahaka hama v reethi.. when next part…
V salhi story eh am waiting for next part
mivaahaka kuyaairu hee hee hee vadanh thadhu vehjje
Badanh thadhu vehjje
Alhey hibaa gan’du bodu kameh. . Heehee halaaku. Vv salhi adhi mirey eh part genesdheeba plx plx Aasi
V salhi mi story v kiyaa hithun kiyaalevey story eh avahah up kohdhehce next part kiun theri ehaa ginairu inthixaaru nukuruva thigothuga abadhu ves huhnahche keep it up…. ❤❤❤❤❤❤❤❤❤❤❤❤❤❤
Aasi u are the number one…
V gadha aasi mirey adi eh part up kohdhehce v nice
V nice story eh…
reethikamaa eve.. aasi adhi mirey genesdhyba dhethin part plx plxx
Plx avahah upp kohdhybaa…haadha nice story ekey …alhe avahah genesdhybaa aasi…???