Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 7..

kamana
April 4, 2016
5 Mins Read
78 Views
6 Comments

އަތޫޝާގެ މޫނާ މޫނު އެންމެ އިންޗިއެއްހާ ކައިރިވުމާއެކު އަތޫޝާ ލޯހުޅުވާލީ ބިރެއް ފެނިގެން އުޅުނު މީހެއް ހެނެވެ. އަތޫޝާ ދެލޯ ބޮޑުކޮއްލައިގެން އިން އިރު އިނީ ގުނޑިލަންވެސް ނޭނގިފައެވެ.

“ޕިސް ޕިސް…. ތިއޮށް ދިގު އިސްތަށި ގަނޑެއްދޯ… އަހަރެން ހިތައް އަރާ އަންހެން ކުދިން އިސްތަށި ގަނޑު ދިގުކުރަނީ ކީއްކުރަންބާއޭ…” އަތޫޝާ ފަހަތަށް ކުޑަކޮށް ކޮއްޕާލުމަށްފަހު ޝައިމަން އަވަސް އަވަސް ކޮއްލައިގެން ތެދުވީ އެތަނުން ދިޔުމަށެވެ. އޭރުވެސް އަތޫޝާ އެއިންގޮތަށް ދެލޯ ބޮޑުކޮއްލައިގެން އިނެވެ.

“ޔޯ… ހާދަ ހާސްވެފަ” ޓެރަހަށް ނިކުމެވޭން އިންނަން ދޮރުން ނިކުތް ޝައިމަން ގޮސް ޖެހުނީ ވިޝާލްގެ ގައިގައެވެ. “ބްރޯ އާދެބަލަ… މަރޫމަށް.. އާދެބަލަ” ވިޝާލް ޝައިމަންއާއި ދިމާލަށް ބަލަން ހުރުމުން ޝައިމަން ވިޝާލްގެ އަތުގައި ހިފައިގެން ދިޔައީ ހާސްވެފައި ހުރެއެވެ. “ހޫން ދޫކޮއްބަލަ… ބަލަން ހުންނަ މީހަކަށް ހީވާނެ އެހެން އެއްޗެކޭ… ދެން ބުނެބަލަ… ކީއްކޮށްގެން ތިއައީ…” ވިޝާލް އަތުގައި ފިރުމަމުން ޝައިމަންއާއި ދިމާލަށް ބަލާލީ ލޯ ހަނި ކޮއްލަމުންނެވެ. “އާހް… ކިހިނެއް ހަދާނީ… ކަޑަ ކަމެއް ކުރެވިއްޖެ” އެނދުމަތީގައި އިށީދެ ބޮލުގައި ހިފަހައްޓަމުން ޝައިމަން ބުންޏެވެ. “ހެހެހެ މަށަށް ޔަގީން އެމަންޖެ ބޮނޑިއެއް ދިނީދޯ…” ވިޝާލް ހެމުން ހެމުން އައިސް ޝައިމަން އާއި ޖެހިގެން އިށީނެވެ. “އެހެންނެއް ނޫނޭ ވީ…” ޝައިމަން ވިޝާލްއަށް ކަންތަށް ވީގޮތް ކިޔާދިނުމުން ވިޝާލް ފެށީ ހޭންށެވެ. “ހެނީތަ… މަށަށް ނުކެރޭނެ ދެން އޭނަ ކުރިމައްޗަށް އަރަންވެސް…. ނިކުމޭ.. ނިކުމޭ… ކައޭއަށް ކުރަން އެނގޭ ކަންތަށް ތިކުރަނީ… ދޭ….” ވިޝާލް ހުނުން ނުހުއްޓުމުން ޝައިމަން ވިޝާލް ކޮޓަރިން ބޭރަށް ކޮއްޕާލިއެވެ. ވިޝާލްއަކީ ސަކަ މިޒާޖެއްގެ މީހެއްކަމުން ވިޝާލް ސީރިއަސް މޫޑެއްގައި ފެނުން އެއީ ނާދިރު ކަމެކެވެ.

ހެމުން ހެމުން ނިކުތް ވިޝާލް ގޮސް ޖެހުނީ ދޮރުން ވަދެގެންއައި އަންހެން ކުއްޖާގައިގައެވެ. ދެމީހުންކުރެން އެކަކުވެސް އެކަހަލަ ކަމަކަށް ސަމާލުކަން ނުދިނުމުން ދެމީހުން ވެއްޓެން ދިޔައީ ސިޑިއާ ދިމާލަށެވެ. ތޫލިއަޑަކުން ހަޅޭލަވައިގަތް އަންހެން ކުއްޖާ ބިރުން ދެލޯމަރާލީ ދެން ވާނީ ކިހިނެއްކަން އަމިއްލައަށް ސިފަކުރަމުންނެވެ. އެހެން ނަމަވެސް ވެއްޓެން ދިޔަ އަންހެން ކުއްޖާގެ އުނަގަނޑުގައި ހިފާ ވިޝާލް ކޮންޓްރޯލް ހޯދީ އެ ބާރުގަދަ ދެއަތުންނެވެ. އެއްއަތުން އަންހެން ކުއްޖާގައިގަ ހިފަހައްޓައިގެން ހުރި އިރު އަނެއް އަތުން ފާރުގައި އަތް ވިއްދާލީ އެ ހިނދުކޮޅަށް ނިމުމެއް ގެނައުމަށެވެ.

ފުން ނޭވާއެއް ބޭރުކޮއްލުމަށްފަހު އަތުތެރޭގައި އޮތް އަންހެން ކުއްޖާއަށް ވިޝާލް ސަމާލުވެލިއެވެ. ކަރުމައްޗާ ހިސާބަށް ކޮށާލާފައިވާ އެ ފަން އިސްތަށި ގަނޑުވަނީ މޫނުމައްޗަށް އެޅި ނިވާވެފައެވެ. ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާއިރު ފަތެއްހާ ލުއެވެ. އިސްތަށި ގަނޑުގެ ތެރެއިން ދިއްލެމުން ދިޔަ ތުންފަތް ފެނެއެވެ. ވިޝާލްއަށް އެ އަންހެން ކުއްޖާއާއި ދިމާލަށް ބަލަން ހުރެވުނީ ގުނޑިލަން ނޭނގިއެވެ.

“ސަނާ….. އާރޔޫ އޯކޭ” ސިޑިން ފައިބައިގެން އައި އަތޫޝާއަށް ސަނާއާއި ވިޝާލް ތިބިގޮތް ފެނުމުން ކަންބޮޑުވިއެވެ. ވިޝާލް ސަނާ ސީދާކޮއްލީ އަތޫޝާއާއި ދިމާލަށް ހީލަމުންނެވެ. “ޝާޝާ ކިރިޔާ ނުވެއްޓުނީ…” އަތޫޝާގެ ގައިގަ ކުޑަކޮށް ބައްދާލަމުން ސަނާ ބުންޏެވެ. “ނަސީބެއްނު… ތޭންކްސް ވިޝާލް… ވިޝާލް މީ ސަނާ އެނގޭ… ސަނާ މީ ވިޝާލް… މިގޭ އުޅޭ މޮޔަ މީހާގެ ބެސްޓް ފްރެންޑް” އަތޫޝާ އެހެން ބުނުމުން ވިޝާލް އެއީ ތެދެކޭ ކިޔައި ހިނގައިގަތީ ލިފްޓާ ދިމާލަށެވެ. ލިފްޓްއަށް އަރާ ހަމަޖެހިލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރަ ބަލާލީ ހީލަމުންނެވެ. ވިޝާލް ހިތުގައި ފިރުމާލީ ހިތުގައި އާ ވިންދެން ޖަހަން ފެށުމުންނެވެ.

……………

މަޑު ނޫކުލައާއި އަޅި ކުލައިން ޒީނަތް ތެރިކޮއްލާފައިވާ ކޮޓަރީގައި ތަކެތި ބަހައްޓާފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ޑަބަލް ބޮޑު ބެޑެއްގެ މަތީގައި މަޑު މަޑު ރަޖާގަނޑެއް އަޅާފައިވާއިރު ދެފައި ވައްކޮއްލައިގެން އޭގެ މަތީގައި ސަނާ އާއި އަތޫޝާ އިނެވެ. “ޝާޝާ ދޮންބެއާއި މީޓް ކޮއްލަންވީނު… ޕްލީޒް..” ސަނާ ކުއްލިއަކަށް މަމްދޫހުގެ ވާހަކަ ދައްކަން ފެށުމުން އަތޫޝާގެ ހިތުގައި ރިއްސާލިއެވެ. ބައްދަލުކޮށް ވާހަކަ ދައްކަންވި ސަބަބެއް އެބައޮތް ހެއްޔެވެ. “ޝާޝާ” އަތޫޝާ އިސްޖަހައި ލައިގެން އިނުމުން ސަނާއަށް ކަމަކު ނުދިޔައެވެ. “ކީއްކުރަން.. މަށެއް ގަބޫލެއްނޫން… ސަނާ ޝާޝާ އެކަންތައް މަތިން ހަނދާން ނައްތާލީއާ ރަނގަޅުވާނީ…. ޓްރައިޓު އަންޑަސްޓޭންޑް… ޝާޝާ ރެޑީވީމަ ޝާޝާ ދާނެ ދޯ” ޝަމްހާ އިއިސް އަތޫޝާގެ ގައިގަ ފިރުމާލިއެވެ. “ދެން ނުރޮއްޗޭ…. ސަނާ އޯކޭ…” އަތޫޝާ އިސްޖައިލައިގެން އިނުމުން ޝަމްހާ ބުނެލީ ސަނާ އާ ދިމާލަށް ބަލާލަ ހީމަލަމުންނެވެ. “އަމް ސަނާ ބަލާބަލަ މިހަރަ ޝާޝާގެ ބޮލެއް.. އިސްތަށި ގަނޑު ނިއުޅުވަން ބޭނުން ނުވާ މީހާ މިހާރު އެހުރިގޮތް… ކާކު ކައިރިއަށް ގޮސް ތިއައީ” ޝަމްހާ އާއި ސަނާ އެއްބައިވެލިއެވެ. “އަހަރެން މީހަކު ކައިރިއަށް ގޮއްސައެއްނޫން މިއައީ…. ބޮޑު ވަގު ބުޅަލެއް އައިސް އަހަރެންގެ ވޫލްގަނޑު ޖަހައިގަތީ… ޝަމް ނެއްތަ ވޫލްކޮޅެއް” އަތޫޝާ އެހެން ބުނެ ބޮލުގައި ބޮޑު ގޮށެއް ޖަހާލިއެވެ.

“ވަގު ބުޅަލެކޭ… އެހެންތަ.. އެހެންވިއްޔާ ތީ އޭގެ އަންހެން ވައްތަރު” ބޭރު ދޮރުކައިރީގައި ހުއްޓި ހުރި ޝައިމަން އަތް މުއްކަވާލިއެވެ. “ދަރިފުޅާ ކީކޭ ތިކިޔަނީ… ބުޅަލެކޭ… މިގެއަށް ބުޅަލެއް ވައްދަން ނަހަދައްޗޭ… މިހާރުވެސް އޭނި ބޮޑު ގުރާފެނި ބިރުން މި ހުންނަނީ… ޝައިމަން ބުޅަލެއް ގެންގުޅެން ބޭނުމިއްޔާ އެހެން ބަޔަކު އުޅެންދޭ..” ޒައިނަބު ކުދި ކިޔަމުން ގޮސް ވަނީ ކާ ކޮޓަރިއަށެވެ. ޒާއިނަބުއާ ދިމާލަށް ޝައިމަން ބަލަން ހުރީ ބުނާނެ އެއްޗެއް ނޭނގިއެވެ. ޒައިނަބު ކޮންމެ ކަމެއްގައިވެސް ޝައިމަން ކުއްވެރި ކުރާތީ ޝައިމަން ހުންނަނީ އަޖައިބުވެފައެވެ.

*************

ބޮޑު ކެބިންގެ ދޮރުހުޅުވާލުމާއެކީ ހުރީ ކަނާތްފަރާތުގައިވާ ފައިލިން ކެބިނެޓްއެވެ. އަނެއް އަރި މަތީގައި ބޮޑު ފަސްފޫޓުގެ ގަހެއް ބައިދައިފައިވާއިރު އެއީ އަސްލުކަމެއް ނުވަތަ ޕްލާސްޓިކް ކަމެއް ބަލާލާ މީހަކަށް ނޭނގޭނެއެވެ. ބޮޑު ގަސް ދޫކޮށް ދެތިން ފިޔަވަޅުކުރިއަށް ދާއިރު ފެންނަން ހުރީ ބޮޑު ކަޅު ކުލައިގެ ސޯފާ ސެޓެކެވެ. ސޯފާގެ ފަހަތުގައި ބޮޑު ބިއްލޫރި މޭޒެއްވާއިރު، މޭޒުމަތީގައިވަނީ ފައިލްތަށް އަތުރާ ރީތިކޮއްލާފައެވެ. ކަޅު ކުލައިން ޖަރީކޮއްފައިވާ އެ ބޯޑު ކެބިން ފެންނަނީ ވަރަށް ވެސް މުއްސަދިކޮށެވެ.

“އިށިންނަވާ… ބޮޑު މީހާ އެބަ ދުރުވޭ” ދެތަށި ކޮފީ ސޯފާ މެދަށް ބަހައްޓާފައިވާ ބިއްލޫރި މޭޒުމަތީގައި ބެހެއްޓުމަށްފަހު ޒުވާން ފުރައިގެ އަންހެން ކުއްޖާ ނިކުތީ ބޭރަށެވެ.

“އަހަން.. އައްސަލާމް އަލައިކުމް..” އާދިލް ސަލާމަށް އަތްދިކޮއްލީ ހީލަމުންނެވެ. “ބާރީ އަޅުގަނޑަށް ވަރަށް ބޮޑަށް މާފު ކުރައްވާ… ކުޑަ މީޓިންއެއްގަ ހުރުމުން ލަސްވީ…” އާދިލް ބަރީ ކިބައިން މާފަށް އެދެމުން އިށީނުމަށް އިޝާރާތް ކުރިއެވެ. “ބާރީ މީ އަޅުގަނޑުގެ ފިރިހެން ދަރި މަމްދޫހް… މިއީ ޝައިމަން… ބާރީގެ ފިރިހެން ދަރި” އާދިލްއަށް ޝައިމަން އެނގުމުން ބާރީ ހުރީ ފުދޭ ވަރަކަށް ހައިރާން ވެފައެވެ. އާދިލް ހިލްމީއަށް ބަލާލަމުން ބާރީއަށް ނަގައި ގަނެވުނެވެ.

“ކޮބާ ހުރިހާ ކަމެއް ރަނގަޅުތޯ…. ޝައިމަންގެ ނަން އެނގުނު ގޮތަށް އަޅުގަނޑު މި ޕްރޮޖެކްޓް ހަވާލު ކުރާނެ ފަރާތަކީ އެއީކަންވެސް އެނގިލައްވާފަ އޮންނާނެ ކަމަށް ހީކުރަން… ޝައިމަން އަލަށް ފަށައިގަތަސް އަޅުގަނދު ދާނީ ގާތުން ބަލަމުން… އެގޮތުގެ މަތިން އެއްބަސް ވަންޔާ އަޅުގަނޑު ހަމަ އެއްބަސް” ބާރީ ބޭނުންވާގޮތް ހާމަކުރުމުން އާދިލް ހިނިތުންވެލިއެވެ. އެއީ އާދިލްއަށް މާކުރިން އެނގިފައިވާ ކަމެކެވެ. ” އަޅުގަނޑުގެ މައްސަލައެއްނެތް.. މިކަމުގައި ބާރީގެ ފިރިހެން ދަރި ފަށާ ގޮތަށް އަޅުގަނޑުވެސް ބޭނުމީ އެގޮތް… އެހެންވީމަ މަމްދޫހު އާއި ޝައިމަން ޖެހޭނެ ވަރަށް އެކުވެރިކޮށް މަސައްކަތް ކުރަން… އާދީ ކޮންސްޓްރަކްޝަން އާއި މެގާ ވޯލްޑްގެ ކުރިއެރުން އޮތީ ތި ދެކުދިން އަތްމަތީގައި.” އާދިލް އެހެން ބުނެ މަމްދޫހުއަށް ބަލާލިއެވެ.

“ކޮބާ… އެންމެ ފަހުން މި ގާތްވީ… އެކަމް ހަލާކުވިތަން ރަނގަޅުތަ… ސޮރީ އެނގޭ” އޮފީހުން ބޭރަށް ނިކުމެވުމާއެކު މަމްދޫހު ޝައިމަންއާ ވާހަކަ ދައްކަން ފެށިއެވެ. “ޔާ ހަމަ ހަބޭސް… އޭ ދެދުވަސް ފަހުންތަ އެރަށަށް ދަނީ… އަހަރެން ވަރަށް ފޫހިވާކަމެއްމީ… އެކަމް ނޯ ޗޮއިސް” ޝައިމަން އެހެން ބުނުމުން މަމްދޫހުވެސް އެކަމަށް އެއްބަސްވިއެވެ.

……………….

މުޅިގެ އެއްވަސް ކޮއްލާފައިވަނީ ދުވާ މީރުވަހުންނެވެ. ޗިލީ ޗިކަން އާއި ފްރައިޑް ރައިސް އަދި ފިހުނުމަސް މޭޒުމައްޗަށް ނަގާފައިވަނީ ހުކުރުން މީހުން ފައިބާން ވާއިރަށެވެ. “މަންމާ.. ހާދަ މީރުވަހެއް އެބަ ދުވައޭ… ހޫމް.. ” ހުކުރުން ފައިބައިގެން އައިގޮތަށް ޝައިމަން އައީ ކާކޮޓަރިއަށެވެ. “ކޮބާ ޝާޝާ” އަތޫޝާ ފިޔަވައި ހުރިހާ އެންމެން ހަމަވުމުން ބާރީ ސުވާލުކޮއްލިއެވެ. “އެމަންޖެ ނަމާދަށް އަރަން ދިޔައީ.. ދަރިފުޅު ދޭބަލަ… މިހާރު ނިމޭނެ” ޒައިނަބު އެހެން ބުނުމުން ޝަމްހާ އަތޫޝަ ބަލާ ދިޔައެވެ. ޝަމްހާ އާއިއެކު އައި އަތޫޝާ ޝައިމަންއާއި ދިމާލަށް ބަލާލީ ލޯއަޅާލަމުންނެވެ. ޝައިމަންވެސް ލޯ ހަނިކޮއްލީ އަތޫޝާއަށް ދޫނުދިނުމަށެވެ.

“ދަރިފުޅާ މާދަންދޯ ފުރަނީ… މިކުދިން ގޮވައިގެން ދާންވީނު… އަބަދުގޭގަ ޝާޝާވެސް އެއޮންނަނީ… އެހެން އޮންނާކަށް ނުވާނެ” ބާރީ އެހެން ބުމުމުން އަތޫޝާ އިސް ޖަހަލިއެވެ. “އެކަމަކު ބައްޕާ… މިދަނީ ހޮލިޑޭއަކަށް ނޫނެއްނު… އެހެން ނޫނަސް ކުޑަދެކުދިން ގޮވައިގެން ދަންޏާ އަޅުގަނޑު ޖެހޭނީ އެމީހުން ފަހަތުން އުޅެން..” ޝައިމަން ހަމަ ޖެއްސުމަށް ބުނެލީ އަތޫޝާ އާއި ޝަމްހާ ރުޅިއަރުވާލުމަށެވެ. ޝައިމަން ބޭނުންވިގޮތަށް ކަންތައްވެސް ވިއެވެ. ރަށަކަށް ދާހިއްވާލެއް ބޮޑުކަމުން ޝަމްހާ އިނީ ދަތުރު ފޯރިއަރާފައެވެ. “ދަރިފުޅާ އެމީހުންނަށް ސަމާލުކަމެއް ދުރުން ދިނަސް ރަނގަޅުވާނެ… ޝަމްހާ ބައްޕަ މި ހުއްދަ ދިނީ ހަމަ ތިން ދުވަހަށް ވީމަ” ކައިނިމިގެން ތެދުވަމުން ބާރީ އިއްވާލިއެވެ. ދަތުރު ދެވޭތީ ޝަމްހާ އިނީ އުފަލުން ފޮޅިފައެވެ. ޝައިމަން އެއްބަސް ނުވިޔަސް އަތޫޝާ ދާނެތީ އެހިތް އުފަލުން ފޮޅޭކަން ޝައިމަން އަށް އެނގެވެ. ނޭނގޭ ސަބަބަކާ ހުރެ އަތޫޝާއަށްވެސް އެ ދަތުރަށް އިންތިޒާރު ކުރެވެންފެށުނެވެ.

“ހަލޯ… އަޅޭ ހުއްދަ ހޯދަބަލަ… ޕްލީޒް… ޝާޝާ ވެސް ދާނެ… އަހާބަލަ ވާ އެއްޗެއް ބަލާލަން” ޝަމްހާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ސަނާއާއެވެ. އަތޫޝާ ޝަމްހާ އަދި ސަނާ އެއީ ކޮންމެ ކަމެއް ކުރިއަސް އެކު އެކީގައި ކުރާ ބަޔެކެވެ. އޭގެ ތެރޭން އެކަކު މަދުވިޔަސް އެ ފަޅުކަން އިހްސާސް ވާނެއެވެ. “ހަލޯ.. ޔެސް… ބައްޕަ އޯކޭ،… ނޭނގެ އެހާ ފަސޭހައިން އާއެކޭ ބުނީ ކީއްވެކަމެއް… އެކަމަކުވެސް އެމް ސޯ ހެޕީ” ދިހަ ވަރަކަށް މިނެޓް ފަހަން ސަނާ ޝަމްހާ އަށް ގުޅާފައި އުފާވެރި ހަބަރު ދިނެވެ. އެހަބަރު ލިބުމާއެކީ ޝަމްހާ އާއި އަތޫޝާއަށް ފުންމަ ފުންމާފައި ޔޭ އޭ ކިޔާލިއެވެ.

“ބާރީ އަޑު އިވޭތަ… އަޑުގަދަ ދޯ” ދުފާ ފޯއްތަބަށް ނަގަމުން ބާރީއާ ޒައިނަބު ވާހަކަ ދެއްކިއެވެ. “ޝާޝާގެ ހިތުގައިވާ ހައިޖާނު ނޭނގުނަސް އެކުއްޖާ ހިތްވަރު ކުރާވަރު އެބަ ފެނެއެއްނު.. އަހަރެންގެ ހިތް ބުނަނީ މާހައުލު ކުޑަކޮށް ބަދަލުވީމަ ރަނގަޅުވާނޭ.. ކީކޭ ޒައިނަބު ބުނަނީ…” ބާރީ އެހެން ބުނުމުން ޒައިނަބު ހީލިއެވެ. އަދި އުފަލާއެކު އެއްބަސްވީ ދަރިންނާއި އެއްފަދައިން އަތޫޝާ އާއިމެދު ބާރީ ވިސްނާތީއެވެ.

*********

ޓީ ޖެޓީކައިރީގައި ވަނީ މީހުންނާއިގެން ފުރިފައެވެ. އެތާ ފާލަން ކައިރިއަށް ގާތްކޮއްލާފައި އޮތް ބޮޑު ލޯންޗް ފެނި ޝަމްހާ، ސަނާ އަދި އަތޫޝާ މިސްރާބު ޖެހީ އެދިމާލަށެވެ. ފާލަމަށް ވުރެއް ލޯންޗްގެ ތުންގަނޑު އުސްކަމުން އަރަން ޖެހެނީ މީހެއްގެ އެހީގައެވެ.

ފާލަން ކައިރިއަށް މަޑުކޮއްލައިގެން އިން އަތޫޝާގެ ހިތް ބާރު ބާރަށް ތެޅެން ފެށީ ކައިރިން ލާފައި ދިޔަ މަމްދޫހު ފެނިއެވެ. އަތޫޝާ ބިންމައްޗަށް ގަނޑުވިކަހަލައެވެ. އަތޫޝާއަށް އެއައި ބަދަލުން ޝަމްހާ އާއި ސަނާއަށް އެދިމާ ބަލާލެވުނެވެ. “ދޮންބެ… ދޮންބެ ކީއްކުރަން ދަނީ” ސަނާ ހައިރާން ވިޔަސް ރުޅިވެސް އައެވެ. “ހިނގާ ދާން… ދާނެ ކަމެއް ނެތް..ފޫހިވެއްޖެ” އަތޫޝާގެ އަތުގައި ޝަމްހާ ހިފައިގެން ކުރިއަށް ދެވުނޫ ވަކި ހިސާބަކަށެވެ. އަތޫޝާ ހުއްޓުމުން ޝަމްހާވެސް ހުއްޓި ބަލާލިއެވެ. “ނޫން.. ހިނގާ ދާން… މިހެން އުޅެންޔާ އަބަދު އުޅެން ޖެހޭނީ ފިލައިގެން” ދެލޯ ފޮހެލުމައްފަހު އަތޫޝާ ކުރިއަށް ހިނގައިގަތެވެ.

ނުނިމޭ..

 

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 12

Next

ހާދަހާވޭ ކުރާހިތް ސަމާސާ 7 ވަނަ ބައި

Next
April 4, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 7 ވަނަ ބައި

Previews
April 4, 2016

މިހިތުގެ ލޯތްބޭ ތީ 12

6 Comments

  1. laimaan says:
    April 4, 2016 at 7:50 pm

    Salhi hisaabakah thi huhtaaly. V reethi mi story. Next part adhi maarythi vaane henhyvey

  2. Maash says:
    April 4, 2016 at 7:50 pm

    Haadhakurey but v salhi next part thahkolheh dhukohlahchey

    1. Maash says:
      April 4, 2016 at 7:52 pm

      Haadhakurey but v salhi next part thahkolheh dhigukohlahchey

  3. Aimsithu says:
    April 4, 2016 at 8:05 pm

    Thankolheh dhigu koh genes dhybala.. varah reethi hisaabegga mihaaru vaahaka miothy

  4. Foni ? says:
    April 4, 2016 at 9:33 pm

    Haadhakurey… Thankolheh dhigu kurey.. Story varah reethi.. Loved it?

  5. fahy says:
    April 4, 2016 at 9:59 pm

    Haadha lahey mivaahaka mihaar up vaaleh akam vaahaka v reethi

Comments are closed.

All Right Reserved!