
ހާދަ ލޯބިންނޭ… (30)
ނީރާ ފާތުމަތުގެ އެހީގައި ކާ އެއްޗެހި ހަދާ ނިންމާލިއެވެ. ނީރާ އައިއްސާ ހުރި ރުޅިގަނޑު ބޭލީ އެއްޗެއްސަށެވެ. ފާތުމަތު އަށް ވީ ގޮތް އެނގުމާއި އެކު ހިނިގަނޑު މަތަ ނުވެގެން ހޭންފެށިއެވެ. ނަމަވެސް ނީރާ ރުޅިގަދަވާނެކަން އިނގުމުން ހެއުން ކޮންޓްރޯލް ކުރަމުން ނީރާއަށް އެހީވެދިނެވެ.
…………..
“ދޮންބޭ… ވެއިޓް.. މީ… މީ ޝާންގެ ގެ….” ރައިނާ ކާރުން ފައިބަމުން ބުނެލިއެވެ. “ޝާންއޭ… ވަޓް؟؟ ވެ..ވެއިޓް…. އޯ ގޯޑް…!!. ރައި ހިނގާ ދޮންބެ އެބަ ދަން…..” ރިޝާން ރައިނާ އެހެންބުނެލުމާއި އެކު ފާޑަކަށް އެނބުރުން އަރައިގަތެވެ. ހިސާބަކަށް ވާނުވާ އިނގުނެވެ. ނީރާ މިއަދު ދެރަވެފައި އިނީ ޝާއިން އައުމުން ހެއްޔެވެ؟ ރިޝާން އިތުރަށް ޔަޤީންކުރުމުގެ ގޮތުން ރާޙިލްއަށް ގުޅާލިއެވެ. ރާހިލް އަށް ވެސް ދެލޯ ބޮޑުކޮށްލެވުނެވެ. ޝާއިން އާއި ރައިނާ ދިމާވެއްޖެނަމަ ވާނެގޮތް ހިސާބަކަށް ރާޙިލްއަށް އަންދާޒާކޮށްލެވުނެވެ.. ރާހިލް ރިޝާން ކައިރި އެތެރެއަށް ވަނުމަށް ބުނެލިއެވެ. އަދި ރާޙިލްވެސް އެބަ ދަމޭ ބުނެ ފޯނު ކަނޑާލިއެވެ.
ރައިނާ އައިސް ވަދެލުމާއި އެކު ފާތުމަތު ގެ ދެލޯ ބޮޑުވިއެވެ. ސޯފާގައި އިށީނދެ އިން ނީރާއާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ސިޑިން ފައިބަމުން ދިޔަ އާޝިޔާއަށްވެސް ރައިނާ ފެނުމާއި އެކު ވީ އެވަރެވެ. ޝާއިން ގޭގައި ނެތްކަން އެއީ ނަސީބުކަންނޭނގެއެވެ. އާޝިޔާ ކުޑަކޮށް ހިނިތުންވެލަމުން ތިރިއަށް ފޭބިއެވެ. ނީރާ ރައިނާ އައުމާއި އެކު ކޮޅަށް ތެދުވެލިއެވެ. “ރިޝާންގެ ކޮއްކޮ؟؟” ނީރާ އަހާލިއެވެ. ރައިނާ އަވަސް އަވަހަށް ބޯ ޖަހާލާ ނީރާއާއި ސަލާމްކޮށްލިއެވެ. އަދި އާޝިޔާއަށާއި ފާތުމަތުއަށް ގޮވާލިއެވެ. މީ ކޮންފަދަ އިއްތިފާގެއްބާއެވެ. ތަޤުދީރު މިކުޅެނީ ކޮންކުޅިގަނޑެއްބާއެވެ.
“އަޅުގަނޑަކަށް ނޭނގެ މިގެއަށް ކަމެއް މިއާދެވެނީ.. މިގެއަށް ހުއްޓީމަ އިނގުނީ.. އެހެންވީމަ ކުއްޖަކަށް ކުއްޖެއްދޯ…. އެކަމް ޝާން ދުވަހަކުވެސް ނުބުނެ މީނަގެ ވާހަކައެއް… ކޮއްކޮތަ މީ؟؟ ކޮންނަމެއް ކިޔަނީ؟؟؟؟” ރައިނާ ގެ އަނގަ ގަދަކަމުން ނީރާއާއި ވާޙަކަ ދައްކަން ފެށިއެވެ. ރިޝާންއަށް ވަދެވުނީ އެވަގުތުއެވެ. ނީރާ ނޫން އެންމެންނަށް އެ ބުނި އެއްޗެއް އިނގުނެވެ. ނީރާ އާޝިޔާއާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. “ރައި.. އެއީ ނީރާ” ރިޝާން އާޝިޔާ މެންނަށް ހިނިތުންވެލުމަށްފަހު ސޯފާގައި އިށީނދެލަމުން ބުނެލިއެވެ. ނީރާއަށް ރައިނާ ކީ އެއްޗެއް އޭނާއަށް ނޭނގުނު ނަމަވެސް ހިތަށް ނުބައި ގޮތްތަކެއް ވަމުން ދިޔައެވެ.
ރައިނާ ސިއްސައިގެން ދިޔައެވެ. އަދި ނީރާ އާއި ދިމާލަށް ބަލައިލެވުނީ ކުއްލިއަކަށެވެ. ނީރާވެސް ރައިނާއާއި ދިމާލަށް ބަލައިލީ ރައިނާ ބަލަން ހެދުމުންނެވެ. ރިޝާން އާޝިޔާއާއި ދިމާލަށް ބަލާލުމަށްފަހު ކޮނޑު އަރުވާލީ އޭނާއަށްވެސް މިހެންވެދާނެ ކަމަކަށް ނޭނގޭކަން އާޝިޔާމެންނަށް އަންގަންށެވެ. އާޝިޔާއަށް ރައިނާއަށް ވީ ގޮތް އިނގި ހިސާބަކަށް ރައިނާއަށް ނީރާގެ ވާހަަކަ އިނގޭހެން ހީވިއެވެ. “ނީރާއޭ.؟؟؟” ރައިނާ ޔަޤީންކޮށްލިއެވެ. ނީރާ ބޯ ޖަހާލިއެވެ. “އާނ.. ރައި… އެއީ ނީރާ… ދައްތަ މެން މިގެއަށް ގެނެސްގެން ގެންގުޅެނީ.. ދައްތަގެެ ވަރަށް ގާތް އެކުވެރިއެއްގެ ކުއްޖެއް..” އާޝިޔާ މަސްލަހަތަށް ވިސްނާލަމުން އެހެން ބުނެލިއެވެ. ރައިނާ ކުއްލިއަކަށް ހިމޭންވިއެވެ. ޝާއިން ނީރާ މިގޭގައި އުޅޭވާހަކަ ނުބުނީ ކީއްވެބާއެވެ؟ ޝާއިން އެހެން ހަދާނީ ސަބަބަކާއި ލައިގެންކަން ރައިނާ ހިތާ ހިތުން ބުނެ ހިތްހަމަޖައްސާލިއެވެ. އަދި ހިނިތުންވުމެއް ނީރާއަށް ދިނުމަށްފަހު ލޯބި ނަމެކޭ ބުނެލިއެވެ. ރައިނާ ނީރާ ދެކެ ރުޅިވެސް އައެވެ. ނީރާ ޝާއިންއަށް އެފަދަ ބޮޑު ލަނޑެއް ދިނީމައެވެ. ޝާއިންފަދަ ކުއްޖަކަށް އެހެން ހެދުމުންނެވެ. ރައިނާ ދުވަހަކުވެސް ނީރާއާއި ރިޝާން ގުޅުނަކަ ނުދޭނެއެވެ. ނަމަވެސް ރިޝާން ނީރާ ދެކެ ލޯބިވާއިރު ރައިނާއަކަށްވެސް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ހިތުގެ އަޑިން ރިޝާންއަށް ނީރާ ހެދި ގޮތް ކިޔައިދޭން ނިންމިއެވެ.
“ނީއްކޮ… މީއޭ ކޮއްކޮ އަކީ. ރައިނާ…… ރައި މީ ދޮންބެ ބުނި ނަސީބު… ހެހެހެ” ރިޝާން ވެސް ހީލަމުން ބުނެލިއެވެ. ނީރާ ހިސާބަކަށް އިނީ ހިމޭންވެފައެވެ. ނަމަވެސް ހީލިއެވެ. ރައިނާވެސް އެހެންހޭ ބުނެލުމަށްފަހު ވަރަށް ރީތި އޭ ބުނެލީ ނީރާ އަށް ތައުރީފްކުރުމުގެ ގޮތުންނެވެ. ރާހިލް ގެއަށް ވަދެގެން އައީ އެވަގުތުއެވެ. ރާހިލްވެސް އެންމެނަށް ވަކިވަކިން ގޮވާލަމުން އައިސް ސޯފާގައި އިށީނދެލީ ރިޝާންއާއި ދިމާ ބަލައިލަމުންނެވެ. “ރާހިލްދޯ ތީ؟؟ ޝާންގެ އެކުވެރި؟؟” ރައިނާ ރާޙިލްއާއި ދިމާ ބަލައިލަމުން އަހާލިއެވެ. ރާޙިލް ދެލޯ ބޮޑުވެގެންދިޔައެވެ. ނީރާ ރާޙިލްއަށް އަދި ރައިނާއަށް ބަލައިލިއެވެ. ނީރާ އިނީ ހަމަ ރަނގަަޅަށްވެސް ވާނުވާގައެވެ. ހަމަޖެހިލަމުން ރާހިލް ބޯ ޖަހާލިއެވެ. “ބެލީ މިތަނުން ހިނގަނިކޮށް ބެލީގެ މީރު ކެއްކުންގަނޑުގެ ވަސްދުވައިގެން މިއައީ..” ރާހިލް ބުނެލިއެވެ. އެތަނުން އެކަކުގެ މޫނަކުންވެސް ހިނިތުންވުމެއް ނުފެނުނެވެ. އޭގެ ބަދަލުގައި ފެންނަނީ ޕްލާސްޓިކް ހިނިތުންވުމެކެވެ. ނީރާ ހަސްވާގޮތްވިއެވެ. އޭނާއަށް ނޭނގިކަމެއްވާކަން ހީވިއެވެ. އެންމެންގެ މޫނުމަތިން ފޮރުވަން އުޅޭ ހާސްކަން ނީރާއަށް ނަގައިގަނެވުނެވެ.
އާޝިޔާ އެންމެންނަށް ކާންގޮވިއެވެ. ރައިނާ އިނީ އާޝިޔާ ކައިރި ޝާއިން ކޮބައިތޯ އަހާލަންވެސް ނުކެރިފައެވެ. ނީރާއާއި ދިމާ ރައިނާ އިރު އިރުކޮޅާ ބަލައިލައެވެ. ޝާއިންބުނީ ތެދެކެވެ. ނީރާއަކީ ވަރަށް ރީތި ކުއްޖެކެވެ. މޫނުގައި ވަނީ މައުސޫމްކަމެކެވެ. އަދިވެސް ހީވަނީ އުމުރުން 20 އަހަރު ކުއްޖެއްހެންނެވެ. ރައިނާ ބަލާކަން އިނގުމުން ނީރާއަށް އުނދަގޫވިއެވެ. “ނީއްކޮ ވެސް ކާންވީނު….” ރިޝާން ނީރާ ނުކައި ކޮށްޅަށް ހުރުމުން އެހެން ބުނެލިއެވެ. ނީރާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ.
ކައި ނިމުމާއި އެކު އެންމެންވެސް ނީރާގެ ކެއުމަށް ތައުރީފްކުރިއެވެ. ރައިނާ ހިތަށް އަރަމުން ދިޔައީ އެންމެ ކަމެކެވެ. ނީރާ ފެންނަނީ ވަރަށް ރަނގަޅު ކުއްޖެއްގޮތުގައެވެ. ކުރިން ނީރާގެ ނަން ނޭނގުނު ކަމުގައިވިޔަސް ރިޝާންގެ ފަރާތުން ނީރާގެ ބައެއް ރަނގަޅު ކަންތަށް ވަނީ ރައިނާ އަހާފައެވެ. ނީރާގެ ވާހަކަ ދައްކާއިރު ރިޝާން އަބަދުވެސް ބުނަނީ “ފަހަރުގައި ވާނެ ފަހަރި” އެހެންނެވެ. އެއީ ކީއްވެތޯ އެހުމުންވެސް ރިޝާން ސަބަބެއް ނުބުނެއެވެ. ރައިނާ ސަބަބު ހޯދަން ބޭނުންވިއެވެ. ޝާއިންއާއި ނީރާ ގުޅިފައިވާލެއް ބޮޑުކަމުންނެވެ. މި އޮޅުންގަނޑުން ސަލާމަތްވާނީ ރިޝާންއާއި ވެސް ވާހަކަދައްކާލުމުންކަމުން ރައިނާ މިރޭ ރިޝާންއާއި ވާހަކަދައްކާލަން ނިންމާ މިވަގުތަށް ހާސްކަން ހިންދާލިއެވެ.
އާޝިޔާގެ އެދުމުގެ މަތިން އަކުރަމްވެސް ކާންއަރައި އިނެވެ. އަކުރަމްވެސް ހިސާބަކަށް އިނީ ހިމޭންވެފައެވެ. އާޝިޔާ އަކުރަމްއަށް ކާންގޮވަން ގޮސް ކުރުގޮތަކަށް ވީ ކަންތަށް ކިޔައިދިނުމުންނެވެ. އެންމެން އެއްކޮށް ސިޓިންގް ރޫމްއަށް ދިޔައެވެ. އިރުކޮޅެއްނުވެ ބެލްޖެހުމަށްފަހު އެތެރެއަށް ވަދެގެން އައީ ޝާއިންއެވެ. ޝާއިންއަސް ފިޔަވަޅު މަތީ ހުއްޓި ހުރެވުނެވެ. އަދި ހިންދިރުވާލެވުނެވެ. އެއްފަހަރު ނީރާއަށް އަދި އަނެއްފަހަރު ރައިނާއަށް ބަލައިލިއެވެ. މިހާ އަވަހަށް މިވާހަކަ ބުނަން ޖެހޭނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ހަމައެހެންމެ އޭނާހުރީ މިކަމަށް އަދިވެސް ތައްޔާރުވެގެނެއްނޫނެވެ.
ޝާއިން ފުން ނޭވައެއް ދޫކޮށްލިއެވެ. މިވަގުތު ބުނުން ނޫންގޮތެއް ނެތެވެ. ރައިނާއަށް ނީރާ އެއީކަން އިނގުުމުން ވާނެގޮތް ހިސާބަކަށް ނަގައިގަނެވުނެވެ. ޝާއިން ކުރިއަށް ފިޔަވަޅެއް އަޅާލަމުން ގަދަކަމުން ހީލިއެވެ. އަދި ރައިނާ އިށީނދެ އިން ސޯފާކައިރިއަށް ޖެހިލިއެެވެ. ނީރާ އާޝިޔާއާއި ދިމާލަށް ބަލައިލިއެވެ. އަދި އެއަށްފަހު ޝާއިންއަށާއި ރައިނާއަށް ބަލައިލިއެވެ. ހިތަށް ނުބައި ހިޔާލުތަކެއް އަންނަން ފެށިއެވެ. ކުޑަކޮށް ނަމަވެސް މިވާގޮތް ނީރާއަށް އިނގުނެވެ. ނީރާ ތުންފަތުގައި ދަތްއަޅާލަމުން އަމިއްލަ ނަފްސް ކޮންޓްރޯލްކޮށްލިއެވެ. ޝާއިން ރައިނާ ކައިރި އިންނަތަން ބަލާކަށް އެހިތަށް ކުޅަދާނައެއް ނުވިއެވެ. އެންމެންވެސް މާހައުލު ރަނގަޅުކުރުމުގެ ގޮތުން ތަފާތު ވާހަަކަތަށް ދައްކަންފެށިއެވެ. ރައިނާއާއި ޝާއިންވެސް ބައިވެރިވަމުން ދިޔައެވެ. ނީރާ މަޑުން އިނދެ ނަމަވެސް ވާހަކައިގައި ބައިވެރިވެލަމުން ދިޔައެވެ. ރިޝާންއަށް ޝާއިން ފެނުނު މީ ފުރަތަމަ ފަހަރެވެ. ނީރާ އާއި ޝާއިންވަރަށް ގުޅޭނެއެވެ. ނަމަވެސް އެއީ މިހާރު ކޮއްކޮ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. ރިޝާން އަށް ހުރެވުނީ ނަގާނެ ކޮޅެއް ނޭނގިފައެވެ. ނީރާއަދިވެސް ޝާއިން ކައިރި އެވާޙަކަ ނުދައްކަނީކަން އިނގުނީ ރައިނާއާއި ޝާއިން އެގޮތަށް ވާޙަކަ ދައްކަމުން ދިޔައީމައެވެ. ރާހިލް އިނީ ޝާއިން ދެކެ ރުޅިއައިއްސާ ކަމުން އެންމެ ފަހަރަކުވެސް ޝާއިންއާއި ދިމާ ބަލައެއްނުލައެވެ. ހަަމައެހެންމެ ޝާއިންވެސް ދިޔައީ ރާހިލް އާއި ވާހަކަނުދައްކަވޭތޯ މަސައްކަތްކުރަމުންނެވެ.
ނީރާ ވައްކަޅިން ރިޝާންއައި ދިމާ ބަލައިލިއެެވެ. ރިޝާން ވައި އަޑުން “ހިތުގެ ވެރިޔާ” އޭ ބުނެލީ ނީރާއަށް އިވޭ ވަރަށެވެ. އަދި ނީރާ ކައިރި އަތުން ވަރަށް ރީތިއޭ ބުނެލުމުން ނީރާ ލުއި ހިނިތުންވުމެއް ދިނެވެ. “އަޅުގަނޑު އެބައޮތް ވަރަށް މުހިންމު ހަބަރެއްވެސް ދޭންވެފައި…” ޝާއިން ސޯފާއިން ތެދުވެލަމުން ބުނެލިއެވެ. “މިހާރު ދެން އަޅުގަނޑުގެ އެންމެ ގާތް މީހުން މިތިބީ….. އަދި ރައިގެ ވެސް.. ދޮންބެ ދޯ.. ހޭ…!!! ސޯ ދޮންބެވެސް އޭނީ….” ޝާއިން ސީދާ ނީރާގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. އެންމެންގެ ހިތްވެސް ނުބައި ގޮތަކަށް ތެޅެންފެށިއެވެ. “އަޅުގަނޑު ވަރަށް އަވަހަށް ރައި އާއި މެރީ ކުރަން ބޭނުންވޭ…..” ޝާއިން އެހެންވެސް ބުނެލީ ނީރާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ނީރާއަށް އެއަޑު އިވުމާއި އެކު އެނބުރުން އެރި ކަހަލައެވެ. ނީރާ ހީކުރީ މިކަހަލަ ދުވަހެއް އައި ނަމަވެސް ނީރާއަށް ފަސޭހަކަމާއި އެކު އެކަން ގަބޫލްކޮށް ނީރާވެސް އާ ދިރިއުޅުމެއް ފެށޭނެކަމަށެވެ. ނަމަވެސް ނީރާއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ނީރާ ދެންވެސް ބަލައިލީ އާޝިޔާއާއި ދިމާލަށެވެ. އާޝިޔާ އިނީ ނީރާގެ މޫނު ބަލަން ކަމުން ނީރާއަށް ވީގޮތް ނަގައިގަނެވުނެވެ. ރައިނާ އުފާވިއެވެ. ނީރާގެ ކުރިމަތީ އެގޮތަށް ކައިވެނި އިއުލާންކުރުމުން ނީރާއަށް ޝާއިން އުފަލުގައި ނީރާއާއި ނުލާ އުޅެވޭނެކަން ހާމަވެގެންދާނެއެވެ. އަދި ނީރާ ހީކުރިގޮތަށް ޝާއިންއަކީ ދެރަ މީހެއް ނޫންކަން އެނގިގެންދާނެއެވެ. އެންމެންނަށްވެސް ހުއްޓިއަރާފައި ތިބެވުނީއެވެ. “ކޮބާ ސޮކެއްޖެހުނީތަ.. ހެހެހެ.. މަމް.. ޑޭޑް..ފާތު.. ކިހިނެއްވަނީ ރައި؟؟” ޝާއިން ރައިނާ އޭނާއާއި ކައިރިކޮށްލަމުން ބުނެލިއެވެ. ގަދަކަމުން ހިނިތުންވެލަމުން އެންމެންވެސް އަތްޖަހާލިއެވެ. އާޝިޔާވެސް އަދި އަކުރަމްވެސް ހިނިތުންވެލުމަކުން ފުއްދަލިއެވެ. ރިޝާން ހުރީ އުފާވާންވީކަމެއް ނުވަތަ ދެރަވާންވީކަމެއް ނޭނގިފައެވެ. ނީރާއަށް ނީރާގެ ލޯބިގެއްލުނީއެވެ. ނަމަވެސް ރިޝާން އަށް އޭނާގެ ލޯބި ލިބޭނެއެވެ. އެއީ އެކަމް އުސޫލެއް ނޫންކަންނޭނގެއެވެ. ނީރާ ކުރި އިންތިޒާރު އެދިޔައީ ބޭކާރުވެގެންނެވެ. ރިޝާން ރައިނާ ކައިރި ދުރު ދުރުންނަމަވެސް އެވާހަަކަ ދައްކަން ނިންމިއެވެ.
ނީރާ އެހުރިހާ އިރު އަމިއްލަ ނަފްސް ކޮންޓްރޯލްކޮށްލައިގެން އިނެވެ. ރާޙިލް އިނީ ގަބޫލްކުރަން އުނދަގޫވެފައެވެ. ހިތާހިތުން އޭނާ އަޒުމް ކަނޑައެޅީ ނީރާގެ އިންތިޒާރު ފެނަށް ވިޔަ ނުދިނުމަށެވެ. ޝާއިންއަށް ތެދު ހާމަކުރުމަށެވެ. ނީރާ ރުޅި އައިކަމުގައި ވިޔަސް ހެވެވެ. ނީރާ އަށް ތަޤުދީރުގައި އޮތީ ހުސް ދެރަކަންތަކެވެ. ނަމަވެސް ދެނެއް އެ ތަގުދީރަކަށް ބަރޯސާކޮށްގެނެއް ރާޙިލްއެއް ނުހުންނާނެއެވެ.
ރިޝާން ރައިނާ ގޮވައިގެން ދިޔައީ އިތުރަށް އެތާ މަޑުނުކުރަންށެވެ. ނީރާގެ ހާލަތަށްވެސް ވިސްނާފައެވެ. މިގެއަށް ރައިނާ ގެނެވުނީތީވެސް ރިޝާން މޮޔަ ހީވިއެވެ. ރާހިލް އެ އިންގޮތަށް އިނީ ދާން ބޭނުންނުވެފައެވެ. އާޝިޔާމެންވެސް މާ ބޮޑު ވާހަަކައެއް ނުދައްކާ އެތެރެއަށް ވަދެގެން ދިޔައީއެވެ. ނީރާ އެ އިންގޮތަށް އިނީއެވެ. ޝާއިންވެސް އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާ ބޭނުންވިފަދަ އުފާވެރިކަމެއް އެކަކުގެވެސް މޫނަކުން ނުފެނުނެވެ. ކޮންމެވެސް ކަމެއް ގޯސްކޮށް އެބަވާކަން ފުރަތަމަ ފަހަރަށް ޝާއިންއަށް ހީވިއެވެ. ޝާއިން ކޮޓަރިއަށް ވަނުމަށްފަހު އެނދުގައި އިށީނދެލިއެެވެ. ހުދު އޭނާއަށްވެސް އެ ހަބަރު ދޭން އުނދަގޫވިއެވެ. ނަމަވެސް މިކަން މިވީ ވާންވީ އެންމެ ރަނގަޅަށް ކަމަށް ޝާއިން ގަބޫލުކުރިއެވެ.
ނީރާ އެހެން އިނުމަށްފަހު ދުވެފައި ބޭރަށް ނިކުތެވެ. ފާތުމަތު އާއި ރާޙިލް ގޮވާލުމުންވެސް ނީރާ މަޑުނުކުރިއެވެ. ނީރާ މަގުމައްޗަށް ނިކުމެ ދުވުން މަޑުކޮށްލިއެވެ. އަދި ހިނގަންފެށިއެވެ. އޭރު އޭނާއަށް ރަނގަޅަށްވެސް ވަނީ ރޮވިފައެވެ. ނިއްކުރިމަތީހުރި އިސްތަށިތަށް އެއްފަރާތްކޮށްލަމުން ނީރާ ތަންކޮޅެއް ބާރަށް ހިނގަންފެށިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެމުން ދިޔަވަރަކަށް ފައިބަން ފަށައެވެ. ނީރާ އެގޮތުގައި ކިތަންމެ ވަރަކަށް ހިނގިދާނެއެވެ. ދާނެ މަންޒިލެއް ނީރާގެ އެއް ނެތެވެ. ނީރާ އެހެން ހިނގަމުން ގޮސް އެންމެ ފަހުން ނިންމީ ރާޅުގަނޑު ސަރަހައްދަށް ދާށެވެ
ފާރުމަތީ އިށީނދެލަމުން މުޅި ސަރަހައްދަށް ނީރާ ނަޒަރު ހިންގާލިއެވެ. މީހުން މަދެެވެ. ތިބި ބައެއްވެސް ތިބީ ނީރާއާއި ތަންކޮޅެއް ދުރުގައެވެ. ނީރާ އަނގަމަތީ އަތްއަޅާލިއެވެ. އަދި ރޯންފެށިއެވެ. އެ ދުވަހު ނީރާ މަރުވިނަމަ މިއަދު މި ދުވަހެއް ދެކޭކަށް ނުޖެހޭނެއެވެ. ނީރާ އާ ދިރިއުޅުމެއް ފަށަން ބުނެއުޅުނަސް އެއީ ފަސޭހަކަމެއްނޫނެވެ. ތެދާއި ކުރިމަތިލާން ބޭނުންވިޔަސް އެއީ ވޭންހުރިކަމެކެވެ. ހިތަށް ނުބައި ގޮތްތަކެއް ވަމުން ދިޔައެވެ. ނީރާ އަށް ގިސްލެވެމުން ދިޔައިރުވެސް ރުއިން ހުއްޓާލާކަށް ބޭނުމެއްނުވިއެވެ. ހަމަމިހާރުވެސް ގޮސް ޝާއިން ކައިރި ތެދު ބުނަން ބޭނުންވިއެވެ. ނަމަވެސް އޭރުންވެސް ނިގުޅައިގަނެވޭނީ ޝާއިންގެ އުފާތަކެވެ. ނީރާ އެތަށް އިރަކު އެތާ އިނދެ ރުޔެވެ.
…….
ރާހިލް ނީރާ ދިޔުމާއި އެކު މައްޗަށް އަރައިގެން ދިޔައީ ޝާއިން ކައިރިއަށެވެ. އޭނާ ރުޅި އައިސްގެން އޭރު ތުރު ތުރުއަޅައެވެ. ދޮރު ހުޅުވާލުމަށްފަހު ރާޙިލް ދޮރު ލެއްޕި އަޑަށް ބެލްކަނީގައި ހުރި ޝާއިން ފަހަތަާށް ބަލައިލިއެވެ. އަދި ސުވާލުގެ ނަޒަރަކުން ރާޙިލްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
ޝާއިން ކޮޓަރި ތެރެއަށް ވަދެލިއެވެ.
“ވާވް ޝާއިން ވާވް….” ރާހިލް އަތްޖަހާލިއެވެ. ނަމަވެސް އަމިއްލަ ތުންފަތުގައި ދަތް އަޅައިގެން ހުރެއެވެ. “ވަރަށް މޮޅު ކަމެއް ތި ކުރެވުނީ އިނގޭ… ޝާއިން އަހަރެންނަށް އަބަދު އެއްވާހަކައެއް ދައްކަންޖެހޭނީ… ކުރި ޕްރޮމިސް ބްރޭކްކޮށް ލާންނުޖެހެންޏާ.. އެއީ ޝާއިން ކުރިން ކީއްވެހޭ ނުބުނީ….. އަހަރެންނަށް ހީވޭ މިކޮޅަށް އައުމުގެ ކުރިން ތިވާހަކަ ބުނި ނަމަ އެތަށް ބައެއްގެ ދިރިއުޅުން މިހާރު އާބާދުވާނެކަން.. ހަމަގައިމުވެސް ޝާއިން ކުރިމަތީ ހުރެގެން ތި ހަބަރު ދީގެން ވާވަރެއް ނުވިސް..” ރާޙިލް ބުނެލިއެވެ.
“ރާހިލް.. ކީކޭތަ ތިބުނަނީ؟؟ އަހަރެން މިކޮޅުގައި ހުރެގެންވިޔަސް އެކޮޅުގައި ހުރެގެންވިޔަސް ކޮންމެ ހަބަރެއް ދިންކަމުގައި ވިޔަސް އެއްވެސް މީހަަކަށް އެއްވެސް އަސަރެއް ނުކުރާނެ…. ނުވެސް ބެހެވޭނެ….” ޝާއިންވެސް ރުޅިއައެވެ. “އެހެންތަ؟؟ ނުބެހެވޭތީ ކަންނޭނގެ ގެއިން ނިކުމެގެން އެ ދިޔައީ… ނުބެހެވޭތީ ކަންނޭނގެ އަދިވެސް ތެދު ޝާއިން ކައިރި ނުބުނެ އެހުރީ…. ނުބެހެވޭތީ ކަންނޭގެ އަދިވެސް މިހާރުވެސް ޝާއިންގެ އުފަލާއި މެދު ވިސްނަނީ…ނުބެހެވޭތީ ކަންނޭނގެ ޝާއިންގެ … ތި ޝާއިންގެ އިންތިޒާރަށް ނުނީ ތި ޝާއިން ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތެއް އިނގެންދެން އެ ހުންނަނީ..” ރާޙިލް ބުނެލިއެވެ. އަދި ފުންނޭވައެއް ދޫކޮށްލިއެވެ. ޝާއިންއަށް ރާޙިލް އެ ބުނި އެއްޗެއް ނޭނގުމުން ރާޙިލްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ނީ އަމް ސޮރީ… އެކަމް އައި ކާންޓް ކީޕް ދިސް އެނީމޯރ.. އައި ކާންޓް ސީ ޔޫ ސަފަރިންގް..” ރާހިލް ހިތާހިތުން ބުނެލިއެވެ.
“ޝާއިންއަކަށް ނުފެނޭތަ ނީރާ ޝާއިންދެކެ ލޯބިވާކަމެއް؟؟؟؟؟ ޝާއިން އެންމެ ފަހަރަކުވެސް ނީރާގެ އެ ދެލޮލަށް ބަލައިލިންތަ؟؟ ޝާއިން އެންމެ ފަހަރަކުވެސް އެފަކީރު އާއި މެދު ވިސްނާލިންތަ…؟؟ ނޯ…. ޝާއިންއަށް މިހާރު އޭނާ އެއްވެސް ވަރަކަށް މުހިންމެއް ނޫނެއްނު.. އެކަމް ބުނަން… ސޭޑްލީ…. ނީރާ އަދިވެސް އަދިވެސް ވިސްނަނީ ޝާއިންއާއި ދޭތެރޭ.. ތި މީހަކާ ދޭތެރޭ….” ރާހިލް ހުއްޓުނެވެ. އަދިވެސް ނީރާއަށް ކުރި ވައުދާއި މެދު ވިސްނާލިއެވެ. އެ ވައުދު ފުއްދަން ބޭނުންވިއެއްކަމަކު ދެނެއް ނުވާނެއެވެ.
“ރާހިލް…. ރާހިލްއަށް އިނގެއެއްނު ތި ކިޔާ ނީރާ ކުރި ކަންތަށް؟؟ އަހަރެން ދެން ކީއްކުރަން އޭނަ އާއި މެދު ވިސްނަންވީކީ؟؟ އަހަރެން ނޫޅެން ދެން އޭނާ ބަލާކަށް… އަދި އޭނާ ނުޖެހޭނެ އަހަރެންނާއި މެދުވެސް ވިސްނާކަށް… އެއީ މަަކަރުގަދަ އަމިއްލަ އެދުން……..” ޝާއިން ބުނަން އުޅުނު އެތި ހުއްޓުނީ އޭނާގެ ކޮލުގައި މީހަކު ޖަހާލުމުންނެވެ. އެ ކޮޓަރި އެއްއަޑުވެގެން ދިޔައީ ޝާއިންގެ މޫނުމަތީ އަތްތިލަ ޖެހުނު އަޑާއި އެކުގައެވެ.
ޝާއިންއަށް އެދިމާ ބަލައިލެވުނެވެ.
-ނުނިމޭ….
6 Comments!
Comments are closed.
hey guyss… mi prt v rythi vaanekamah hykurn… n lst prt vx up khlaafa ihnaany hehehe… hwp everyone wil enjoy… tc…thnkxx fr readin
Wow v nice
thnkyww ?
Hey… wow mi part vs v salhi.. aneh part ah vs cmnt eh ellaanan 😉
Nukkooo…my bodudhaithaaa misss u alottt..tgc…hop 2 c u soon… 🙂 .n my salam to all…n rynnn mi prt vx hama vrh salhi ingey…miss u
thnkyw dhekudhin… 😉 😉 vrh miss vey… luv u bth 😉 tc