Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް .. 03 ވަނަ ބައި

Fantasy
April 5, 2016
9 Mins Read
45 Views
41 Comments

“ދޮންތަގެ ބިޓު އެބަހުރި އައިސް” ކޮއްކޮ ބުނެލިއެވެ. އަހަރެން ބުމަ އަރުވާލީމެވެ. “އެއްކަހަލަ ނައިސް ހޭންޑްސަމް” އެހާ ހިސާބަށް ބުނެވުނުތަނާ އަހަރެންނަށް އެއީ ކާކުކަން އެނގުނެވެ. އަވަސް ކަމާއިއެކު ނިކުން އިރު ޖައިޝް އިނީ ބައްޕައާއި މަންމައާއި ދެމީހުންނާއި ވާހަކަ ދައްކާށެވެ. “ހެލޯ އާސީން” މީގެ ކުރިން ދުވަހަކުވެސް ޖައިޝް އަހަރެންނާއި އެހާ ރީއްޗަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އަހަރެން ހައިރާންވި ވަރުން އަނގަ ހުޅުވުނެވެ. ޖައިޝް އެގޮތަށް ގެއަށް އަތުވެދާނެ ކަމަށް އަހަރެން ހިޔެއް ނުކުރަމެވެ. “އެނގޭތަ.. އާސީންއަކީ އަހަރެންގެ އޮފީހުގައި މަސައްކަތް ކުރާ އެންމެ ރަނގަޅު އެކަކު.. އަހަރެން ވަރަށް ދެރަވެފަ މި ހުންނަނީ އާސީން ވަޒީފާއިން ވަކިވީމަ.. އެހެންވެ އަހަރެން މިއައީ އާސިންއަށް އަދިވެސް އާސީންގެ ވަޒީފާ އެބަ އޮތް ވާހަކަ ބުނަން” އަހަރެންގެ މަންމައާއި ބައްޕައާއި ދިމާލަށް ބަލާލަމުން ޖައިޝް ވާހަކަ ދެއްކިއެވެ. އޭނާ ވަހަކަ ދެއްކި ގޮތުން ކޮންމެވެސް ނުބައެއް އުޅޭކަން އަހަރެންނަށް ވިސްނުނެވެ. ޖައިޝްއަކީ ދުވަހަކުވެސް މީހެއްގެ ގެއަށް އައިސް އެގޮތަށް ވާހަކަ ދެއްކި މީހެއް ނޫނެކެވެ. އެގޮތަށް ކަންތައް ކުރާނީ ކޮންމެވެސް އަމިއްލަ އެދުމަކާއި ލައިގެންނެވެ. އަހަރެން ޖައިޝްގެ ވާހަކައަށް ރައްދުކޮށްލީ ހިނިތުންވުކެމެވެ

މަންމައާއި ބައްޕައާއި ދިމާލަށް ބަލާލަމުން އަހަރެން ދާ ވާހަކަ ބުނީމެވެ. ބައްޕަ އަހަރެން ކައިރީގައި ބަލައިގެން އުޅުމަށް ބުނެލިއެވެ. އަހަރެން އެދެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލަމުން ގެއިން ބޭރަށް ނިކުތީމެވެ. ޖައިޝް އަހަރެންގެ ފަހަތުން ބޭރަށް ނިކުތެވެ. އަހަރެން ލިފްޓަށް ފިއްތާލީމެވެ. “ވަޓް އާ ޔޫ ޑުއިން ހިޔާ” އަހަރެން ޖައިޝްއާއި ދިމާލަށް އެބުރެލީމެވެ. “ބަލަ އާސީންއެއް ނޫންތަ ބުނީ ގެއަށް އަންނާށޭ..” ޖައިޝް ބުނެލިއެވެ. “ރަނގަޅޭ.. އަހަރެން ބުނީ ގެއަށް އަންނާށޭ.. ބިކޯޒް.. އަހަރެން ޖައިޝްއާއި ވާހަކަ ދައްކަން ބޭނުން ނުވާތި.. އަދި ގެއަށް އަޔަސް އަހަރެންގެ މަންމައާއި ބައްޕައާއި ކޮންމެހެން ވާހަކަ ދައްކަން ޖެހޭތަ” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ. ލިފްޓް އައުމުން އަވަހަށް ލިފްޓަށް އެރީމެވެ. އޭނަގެ ގޮތް އަހަރެންނަށް ރަނގަޅަށް އެނގެއެވެ. “ލުކް… އާސީން.. އައި އޭމް ސޮރީ އެބައުޓް ވަޓް ހެޕެން ބިފޯ.. އަހަރެންނަށް އެނގޭ އަހަރެންނާއި ހެދިކަން އާސީން ކުއިޓް ކުރީ.. އަހަރެން މިއައީ އާސީންގެ ވަޒީފާ އަލުން އާސީންއަށް ދޭން” ލިފްޓަށް އަރާ ހަމަޖެހިލަމުން ޖައިޝް ބުނެލިއެވެ. “އެއީ ކީއްކުރަން.. ކީއްވެ ޖައިޝްއަށް ހީވީ އަހަރެން އަލުން ތި ތަނަށް ވޯކް ކުރަން ދާނެއޭ..” އަހަރެން ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. “ބިކޯޒް ޔޫ ލައިކް މީ” ޖައިޝް އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން މޫނު މައްޗަށް ނުލަފާ ހިނިތުންވުމެއް ގެންނަމުން ބުނެލިއެވެ. “ވަޓް.. ވެން ޑިޑް އައި ގިވް ޔޫ ދެޓް އިމްޕްރެޝަން..” އަހަރެންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“އަހަރެން އަޑު އެހީމޭ އާސީންގެ ކޮއްކޮ ބުނި ވާހަކަ.. ދޮރު ހުޅުވި ގަޑީގައި..” ޖައިޝް ބުނެލިއެވެ. “ލުކް.. ޖައިޝް.. ތިހެން ޖައިޝްއަށް ހީވެފައި އޮތިއްޔާ ތިއީ ވަރަށް ބޮޑު ކުންހީއެއް.. އަހަރެންގެ ކޮއްކޮ އެހެން ކިޔާނެ ކޮންމެ މީހަކު އަކަށް.. ސޯ އަދި މީހަކު އެއްޗެކޭ ބުނެގެން ތިމަންނައަށް މުޅި ދުނިޔެ ލިބުނީއޭ ހީ ނުކުރާތި” ލިފްޓް ހުއްޓުމާއި އެކު އަހަރެން އަވަހަށް އެތަނުން ނިކުތީމެވެ. އަވަސް އަވަހަށް އަހަރެންގެ ސައިކަލް އެރުމަށްޓަކައި ބޭރަށް ނިކުންނަށް ހިގައިގަތީމެވެ. “ލުކް.. އަހަރެން އަސްލު މިއައީ އާސީން ކައިރީގައި ނާސިރުގެ ވާހަކަ އަހަންވެގެން.. ރޭގައި ފުލުސް އޮފީހަށް ގެންދިޔަ ވާހަކަ އަހަރެން އަޑު އެހިން.. އަހަރެން އަސްލު” އަހަރެންގެ ކުރި މައްޗަށް އަރަމުން ޖައިޝް ވަހަކަ ދެއްކިއެވެ. “އަހަރެންނަށް އެންމެ ފުރަތަމަވެސް ހިތައް އެރިއޭ.. ޖައިޝް ތިއީ އަމިއްލަ އެދުމެއް ނެތި ކަމެއް ކުރާނެ މީހެއް ނޫނޭ.. ސޯ.. ޖައިޝް ބޭނުންވަނީ އެހެން މީޑިއަ އަކަށް އަހަރެން އިންޓަވިއު ދިނުމުގެ ކުރިން ޖައިޝްއާއި ވާހަކަ ދައްކަންތާ ދޯ.. ހުހް.. އަހަރެންނަށް އޭރުވެސް އެނގޭ.. އެނީވޭ.. އަހަރެން އެވާހަކަ ކިޔައިދޭނަން.. އެކަމަކު ފަހުން.. މިހާރު އަހަރެން މިދަނީ އަނެއްކާވެސް ފުލުސް އޮފީހަށް ދާން.. ސޯ އެކްސް ކިއުޒް މީ” އަހަރެން ބޭނުންވީ ވީހާވެސް އަވަށް އެތަނުން ދުރައްދާށެވެ. އެހެންކަމުން އޭނާގެ ހުރިހާކަމަކަށް އަހަރެން އެއްބަސް ވީމެވެ. “އޯކޭ އޯކޭ.. އެޓްލީސް.. އަހަރެން އެތަނަށް އާސީން ގެންގޮސް ދެންތަ” ޖައިޝް ބުނެލިއެވެ. އަހަރެން އަހަރެންގެ އަތުގައި އޮތް ސައިކަލް ތަޅުދަނޑި ދައްކާލީމެވެ. އަދި މަޑުޖެހުމެއްނެތި އެތަނުން ނިކުތީމެވެ.

އަހަރެން ސައިކަލް ޕާކް ކޮށްފައި އައި އިރު ފުލުސް އޮފީސް ކުރިމަތީގައި ޖައިޝް ހުއްޓެވެ. އަހަރެންނަށް ވަގުތުން ދަތްތައް ބާރުކޮށްލެވުނެވެ. އަހަރެންގެ ފަހަތުން މިތަނަށްވެސް އައީއެވެ. “އަހަރެން އާސީން އެކަނި މިކަހަލަ ތަނަކަށް ދުލެއް ނުކުރާނަން” އަހަރެން އައިސް ހުއްޓުމުން ޖައިޝް ބުނެލިއެވެ. “އެޔެއްނޫން.. ކޮންމެވެސް އެއްޗެކޭ ކިޔާފަ ހަބަރުތައް ހޯދާނެ ގޮތެއް ތި ބަލަނީ” އަހަރެންގެ ހިތުން އޭނާއަށް ރައްދު ދިނީމެވެ. އެކަމަކު މޫނުމަތިން ހިނިތުންވުމެއް ވެރިކޮށްލަމުން އަހަރެން އެތެރެއަށް ވަނީމެވެ. “އައިރް އާއި ބައްދަލު ކޮށްލަން” އަހަރެން ރިސެޕްޝަންގައި ބުނެލީމެވެ. އަދި ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. “ޕްލީޒް.. އަހަރެން އެކަނި މިތަނުގައި ހުރެވިދާނެ.. ޖައިޝް އެންމެ ރަނގަޅު މިތަނުން ދިޔަ ޔަސް” އަހަރެން ޖައިޝް ކައިރީގައި މަޑުމަޑުން ބުނެލީމެވެ. “އޯހް.. އައި އޭމް ނޮޓް ލީވިން ޔޫ އެލޯން” ޖައިޝް އެއްލޯ މަރާލަމުން އެހެން ބުނެލިއެވެ. އަހަރެން ބޭނުންވި އޭނާ ފޮނުވާލާށެވެ. އައިރްއަށް އޭނާ ފެންނާކަށް އަހަރެން ބޭނުމެއް ނޫނެކެވެ.

“ލުކް.. އަހަރެން ބުނެފިން އަހަރެން ޖައިޝްއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ،، ނޫންތަ.. ދެން” އަހަރެން ހިތްހަމަނުޖެހެފައި ބުނެލީމެވެ. “އަހަރެންވެސް ބުނެފިންދޯ އަހަރެން އާސީން އެކަނި މިތަނުގައި ބަހައްޓާފައެއް ނުދާނަމޭ” ޖައިޝް އޭނާގެ ޖީބަށް އަތް ޖަހާލިއެވެ. “އަހަރެން އެކަނި އިއްޔެވެސް މިތަނަށް އައީ.. މިއަދަކު މާ ބޮޑަށް އަހަރެންނާއި މެދު ވިސްނާ މީހަކަށް ހެދިގަނެގެން ތިއުޅެނީ ކީއްވެތަ.. ޖައިޝްގެ ބޭނުން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ” އަހަރެންގެ ރުޅި ގަދަވަމުން ދިޔައެވެ. ޖައިޝް ނުލަފާ ފާޑަކަށް ހީލިއެވެ. އޭނާގެ ބޭނުމަކީ ހުރިހާ ހަބަރެއް އޭނައަށް އެންމެ ފުރަތަމަ ލިބުނެވެ. ރަނގަޅަށް ވިއްޔާ މިހާރު ގައިގައި ކޮންމެވެސް ތާކު ހުންނާނީ ކެމެރާއެއްވެސް ހަރުކޮށްފައެވެ. އަހަރެންނަށް ދަތްކުޑި ވިކާލެވުނެވެ. މުއްމަޅާ ބާރުކޮށްލެވުނެވެ. “އާސީން” އަހަރެންގެ ރުޅިގަނޑު ކުއްލިއަކަށް ފިލިކަހަލައެވެ. މީހާ ފިނިވެގެން ދިޔައެވެ. އައިރްގެ އަޑު އިވުމުންނެވެ. މަޑުމަޑުން އަހަރެން އެދިމާލަށް ބަލާލީމެވެ. ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސް ވައްތަރުގެ ފަޓްލޫނެއް ލައިގެން ހުރި ވަރަށް ފުރިހަމައެވެ. ބެގީކޮށް ކަޅު ކުލައިގެ ޓައީއެއް އަޅައިފައި ހުރި އިރު އައިރްއާއި ނުލާހިކު ގުޅެއެވެ. އެމޫނުމަތިން ފެންނަން ހުރި އުޖާލާކަމުން ހީވަނީ ދެންމެ ތާޒާ ވެލައިގެން އައިސް ހުރި މީހެއް ހެންނެވެ. އެހާ ވެސް އައިރް ފުރިހަމައެވެ.

“މޯނިން..” އަހަރެންނާއި ކައިރިއަށް ހުއްޓިލަމުން އައިރް ވާހަކަ ދެއްކިއެވެ. އެވަގުތު އެ ދުވި ފިރިހެން ސެންޓް ވަހުން އަހަރެންގެ ހިތް ފުރިގެން ދިޔައެވެ. ވަގުތުން ކަކުލު ހުޅުން ވާގި ދޫވިއެވެ. “ކެއާފުލް” ތަށިމުށި ގަނޑު މަތީ އަހަރެން ޖެހުމުގެ ކުރިން އަހަރެންގެ އަތުގައި އެބާރުގަދަ އަތުން ހިފަމުން އައިރް ބުނެލިއެވެ. އަހަރެންގެ މޫނު ވަގުތުން ރަތްވެގެން ދިޔައެވެ. އެތަނުގައި ތިބި އެންމެންގެ މޫނު އަމާޒުވެފައިވަނީ އަހަރުމެން ދެމީހުންނަށެވެ. “ސޮރީ” ވަގުތުން އެއަތުން އަތް ދަމައިގަނެ މީހާ ހަމައަކަށް އަޅުވާލަމުން އަހަރެން ބުނެލީމެވެ. އައިރް ހީލި އަޑު އިވިގެން ދިޔައެވެ. އެވަގުތު ޖައިޝް އައިސް އަހަރެން ކައިރިއަށް ހުއްޓުނެވެ. “އާސީން.. އާ އޫ އޯކޭ” ޖައިޝް އަހަރެންނާއި ކައިރިވެލަމުން ބުނެލިއެވެ. އަހަރެން އައިރް އާއި ދިމާލަށް ބަލާލީމެވެ. އައިރްވެސް އޭރު ހުރީ ހައިރާންވެފައެވެ. “ސަރ.. މިއީ ޖައިޝް… އަހަރެންގެ ކުރީގެ ބޮސް.. މިއީ” “އައިރް.. އަހަރެން މީއީ އައިރް..” އައިރް ޖައިޝްއާއި ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. “މާފު ކުރޭ.. އެކަމަކު މިވަގުތު އަހަރެން އާސީން ގޮވައިގެން ދާން ޖެހިއްޖެ..” އެހެން ބުނެ އައިރް އަހަރެންނަށް ލޮލުން ހިގައިގަތުމަށް ބުނެލިއެވެ. އަހަރެން ހިގައިގަތުމާއި އެކު ޖައިޝް އަހަރެންގެ ފަހަތުން ހިގައިގަތެވެ. “ސޮރީ.. އާސީން ނޫން އެހެން މީހަކަށް ނުދެވޭނެ.. ޖައިޝް އެހެން ވީމަ މަޑުކޮށްލަ ދެއްވާ” އައިރް ބުނެލިއެވެ. އަހަރެން ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. “އޯކޭ.. އައި ވިލް ވެއިޓް..” ޖައިޝް ހިނިތުންވެލަމުން ބުނެލިއެވެ. އަހަރެން އައިރްގެ ފަހަތުން ގޮސް ލިފްޓަށް އެރީމެވެ.

އައިރް އާއި އެހާ ކައިރީގައި ހުންނަން ޖެހުމުން އަހަރެން ހުރީ ބިރުގަންނަ ގޮތް ވެފައެވެ. “ޖައިޝް އެއީ އާސީން ރައްޓެހިވެގެން އުޅޭ ކުއްޖާތަ” އެތަނުގައި އޮތް ހިމޭންކަން ކަނޑުވާލަމުން އައިރް އަހާލިއެވެ. “ނޫން.. ނޫން.. އެއީ އަޅުގަނޑު ރައްޓެހިވެގެން އުޅޭ ކުއްޖާ އެއް ނޫން.. އެހެން ނޫނަސް އަޅުގަނޑު އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ނެއް ނޫން” އަވަސް ކަމާއި އެކު އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އަހަރެން އައިރްއާއި ދިމާލަށް ބަލާލިއިރު އޭނާ ހުރީ ދެލޯ ބޮޑުކޮށްލައިގެން އަހަރެންނާއި ދިމާލަށް ބަލާށެވެ. އަހަރެން ވަގުތުން ލަދުގަތެވެ. މީހާ ހާސްވި ވަރުން އިސްޖެހި ދެއަތް ދެއަތާއި ކުޅެވެން ފެށުނެވެ. އެއީ އާއްމުކޮށް އަހަރެން ހާސްވުމުން ކުރެވޭ ކަމެކެވެ. އެވަގުތު މިއުޒިކެއް ގޮތަށް އަހަރެންގެ ކަންފަތުގައި ޖެހުނީ އައިރް ހީލިއަޑެވެ. އެވަގުތު ލިފްޓް މަޑުކުރުމުން އަހަރެން އައިރްގެ ފަހަތުން ނިކުތީމެވެ. އައިރް ދިޔަ ގޮތަށް ގޮސްވަނީ ކުރިން ދުވަހު އަހަރެން ގޮވައިގެން ގޮސް ވަތް ރޫމްއަށެވެ. އެރޫމްއާއި ޖެހިގެން ހުރި ރޫމް ކައިރީގައި ހަތަރު ވަރަކަށް ފުލުހުން ތިއްބެވެ.

އަހަރުމެން ވަތް ރޫމްގައި ތިން ފުލުހުން ތިއްބެވެ. “ރެޑީތަ” އެތަނަށް ވަތްގޮތަށް އައިރް އެންމެންނާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “ލައްބަ ސަރ” އެތަނުން އެކަކު ޖަވާބު ދިނެވެ. “އާސީން އާ ޔޫ ރެޑީ” އަހަރެންނާއި ދިމާލަށް ބަލާލަމުން އައިރް އަހާލިއެވެ. އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. މިތިން ދުވަހު އަހަރެންގެ ހިތް ކަމުން ދިޔަ ސުވާލުގެ ޖަވާބު މިއަދު އަހަރެން ހޯދަން ބޭނުންވެއެވެ. އެހެންކަމުން އަހަރެންނަށް ފަހަތަށް ޖެހެވޭކަށް މިހާރަކު ނެތެވެ. އަހަރެން މަޑުމަޑުން ނާސިރު އިން ރޫމްއާއި ދިމާލަށް ބަލާލީމެވެ. ނާސިރުއިން ގޮތުން އަހަރެންގެ މޭގަނޑު ގުޑައިގެން ދިޔައެވެ. “ލުކް.. އިފް ޔުއަރ ސްކެއާޑް.. ދެން” “އައި އޭމް ނޮޓް” އައިރްގެ ޖުމްލަ އަހަރެން މެދު ކަނޑާލީމެވެ. އައިރް ހިނިތުންވެލިއެވެ. “އަޅުގަނޑު ރެޑީ” އަހަރެން ބުނެލީމެވެ. އެވަގުތު އެތަނަށް އައިސްވަނީ އަންހެން ފުލުހެކެވެ. “އާސީން މިއީ އާސީންގެ ގައިގައި ހަރުކޮށްލަން ޖެހޭ އެއްޗެއް.. މިއީ މައިކްއެއް.. އަހަރުމެން ބޭނުންވަނީ އާސީން އެތަނުގައި ދެކެވޭ ހުރިހާ ވާހަކައެއް އަޑު އެހެން.. އެންޑް މި މައިކްގަ އިންނާނެ ރިކޯޑަރ އެއް ވެސް.. ދައްކާ ވާހަކަ ރިކޯޑް ކުރެވޭނެ..” ކަޅު ކުލައިގެ އެއްޗެއް ދައްކާލަމުން އައިރް ބުނެލިއެވެ. އަދި އަންހެން ފުލުސް މީހާއަތަށް އެ ދިނުމުން އޭނާ އަހަރެންގެ ގައިގައި އެ ހަރުކޮށްދިނެވެ. “ރިމެމްބަރ.. އަހަރުމެން ތިބޭނީ މިތަނުގައި.. އާސީން އެއްވެސް ވަރަކަށް ޖެހިލުންވެ ބިރު ގަންނަ ނަމަ ނޫނީ އެތަނުން ނިކުންނަން ބޭނުންނަމަ އެއްވެސް އިރެއްގަ އެތަނުގައި މަޑު ކުރާކަށް ނުޖެހޭނެ.. އާސީން ބޭނުން އިރެއްގައި ނިކުމެވޭނެ..”އައިރް އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ. އަހަރެން ހުރީ ބިރުގަނެފައެވެ. ނޭވާ ލާން ކުޑަކޮށް އުދަގޫ ވަމުން ދިޔަކަން އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔައެވެ. ނަމަވެސް ކުރިން ދުވަހަށް ވުރެއް މިއަދު ރަނގަޅެވެ.

“އެކަމަކު ސަރ” އަހަރެން އައިރް އާއި ދިމާލަށް ބަލާލީމެވެ. “އާސީން އަހަރެންނަށް ސަރ ކިޔާނެ ކަމެއްނެތް.. އައިރް ކިޔަސް އެންމެ ރަނގަޅު..” އައިރް އަހަރެންގެ ޖުމްލަ ނުނިމެނީސް ބުނެލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. “ބުނީމެއްނުންތޯ އަޅުގަނޑު ކައިރީގައި ތިބޭނަމޭ” އަހަރެން އައިރްގެ މޫނަށް ބަލާލީމެވެ. އައިރް ކުރިއަށްވުރެއް ބޮޑަށް އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. އަހަރެން ފިނިވެ މީހާ ދާހިއްލާ ގޮތް ވިއެވެ. “އަހަރެން އެހެން ބުނިން.. ސޮރީ.. އެކަމަކު އަހަރުމެންނަށް އާސީންއާއި އެކު އެރޫމްއަކަށް ނުދެވޭނެ.. ނާސިރު ބުނީ އޭނާ ހަމައެކަނި ބޭނުންވަނީ އާސީންއާއި އެކަނި ވާހަކަ ދައްކާށޯ.. އެހެންވެ.. އެކަމަކު އަހަރެން ހުންނާނީ އާސީން ގޮވާލާއިރަށް އާސީން ކައިރިއަށް އެންމެ އަވަހަށް ދެވޭހާ ކައިރީގައި” އަހަރެންގެ ލޮލަށް ބަލަހައްޓައިގެން ހުރެ އައިރް ވާހަކަ ދެއްކިއެވެ. އަހަރެން ނުވެއްޓި ހުރެވުނީ ކައިރީގައި ހުރި ގޮޑީގައި އަހަރެން ހިފަހައްޓައިގެން ހުރުމުންނެވެ. އެހެން ނޫންނަމަ އެތަނަށް އަހަރެންގެ ކަކުލުން ވާގި ދޫވެގެން ވެއްޓުނީސްކަން ޔަގީނެވެ. “ސަރ” އެތަނުން ފުލުހެއް ގޮވާލުމުން އައިރް އަހަރެންނާއި ދުރަށް ޖެހިލީ ކުޑަކޮށް ހާސްވެ ހުރެއެވެ. “ރެޑީ” އެ ކުއްޖާ ބުނެލިއެވެ. “ގުޑް ލަކް” އައިރް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ގަދަ ކަމުން ހިނިތުންވުމެއް ރައްދުކޮށްލީމެވެ.

އަދި މަޑުމަޑުން އެރޫމްއިން ނިކުތީމެވެ. ހަތަރު ފުލުހުން މަޑުކޮށްލައިގެން ތިބި ރޫމްއާއި ކައިރިއަށް ދިޔަ ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން ދިޔައީ ގަދަވަމުންނެވެ. މީހާ ހާސްވެ ދާހިއްލާ ބިރުވެރިކަން ބޮޑުވަމުން ދިޔައެވެ. ނަމަވެސް އޭރުވެސް ހިތުގެ އަޑިން އަހަރެންނަށް އެއްވެސް ކަމެއް ނުވާނެކަން ބުނެދެމުން ދިޔައެވެ. ދޮރާއި ހަމައަށް ދިޔައިރު އަހަރެން އަތް ތުރުތުރު އަޅާވަރުން ދޮރު ހުޅުވާލަންވެސް ވީ އުދަގޫ ކަމަކަށެވެ. “ލުކް.. ޔޫ ކޭން ޓޭކް ސަމް ޓައިމް” ތުރު ތުރު އަޅާ އޮތް އަތް ދޮރުގެ ތަޅުގައި ހިފާފައި ހުއްޓާ ކުއްލިއަކަށް އަހަރެންގެ އަތްމަތީގައި އަތްއަޅާލަމުން ތަޅުގައި ހިފާލަމުން އައިރް އެހެން ބުނެލުމުން އަހަރެން ހުރި ތަނަށް ވިރިގެން ފޭބި ކަހަލައެވެ. ކަކުލު ހުޅުން ވާގި ދުވެގެން ދިޔައެވެ. ދެލޯ ހުޅުވާލެވުނީ ހޫނު ނޭވާ އަހަރެންގެ މޫނަށް އެޅެން ފެށުމުންނެވެ. އޭރު އައިރް އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެބާރުގަދަ އަތުގެ ތެރޭގައި އަހަރެން ހިފަހައްޓާލީ މިފަހަރުވެސް ޓައިލްތައް މަތީގައި ޖެހުމުގެ ކުރިންނެވެ. އަހަރެންނަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އެދޮލުގެ ތެރެއަށް ފީނައިގަންނަން އަހަރެން ބޭނުންވިއެވެ. ވަގުތު ކޮޅަކަށް ނަމަވެސް އަހަރެންގެ އެތަނަށް އައި ބޭނުން ހަނދާން ނެތިގެން ދިޔައެވެ. “އާ ޔޫ އޯކޭ” އަހަރެން ސީދާ ކޮށްލަމުން އައިރް އަހާލިއެވެ. ވަގުތުން މީހާ ލަދުގަނެ މޫނު ރަތްވިއެވެ. އޭރު އެތަނުގައި ތިބި ފުލުހުންވެސް ބަލަން ތިބީ އަހަރުމެންނާއި ދިމާލަށެވެ.

އަހަރެން ލަދުގަތް ވަރުން ވަގުތުން އައިރްއަށް ފުރަގަސް ދިނީމެވެ. “އިފް ޔޫ އާ ނޮޓް ކަންފަޓަބަލް” އައިރް ބުނެލިއެވެ. “ނޫން.. އަޅުގަނޑު އޯކޭ.. ތެންކްސް ވަރަށް ބޮޑަށް” އަހަރެން އެބުރެލަމުން ބުނެލީމެވެ. އަދި ގަދަކަމުން ހީލަމުން އެދޮރު ހުޅުވާލީމެވެ. އައިރް އަހަރެންނާއި ދިމާލަށް ބަލަން ހުރިކަން އަހަރެންނަށް އެނގެއެވެ. މަޑުމަޑުން އަހަރެން އެެރެއަށް ވަނީމެވެ. ކުރިމަތީގައި އިން ނާސިރު އެވަގުތު ރީއްޗަށް ފެނިގެން ދިޔައެވެ. ދެއަތާއި ދެފަޔާއި އެކު ބިޑިއަޅުވާފައި އިން އިރު އޭނާ އިނީ އިސްޖައިގެންނެވެ. ކުރިން ދުވަހު އިން ގޮތަށް އިސްތަށިގަނޑު ވަނީ ވައްޓާލެވިފައެވެ. އަހަރެން ދޮރުން އަތް ދޫކޮށްލި ވަގުތު ދޮރު ޖެހުނެވެ. އަހަރެން ކުޑަކޮށް ސިހިގެން ދިޔައެވެ. މީހާ ހަމައަކަށް އެޅުމައްޓަކައި އަހަރެން ފުންކޮށް ނޭވާއެއް ބޭރުކޮށްލީމެވެ. އަދި މަޑުމަޑުން ކުރިއަށް އަހަރެން ހިގައިގަތީމެވެ. “އާސީން އަހްމަދު” އަހަރެންގެ ފިޔަވަޅު ތަކަށް ހުއްޓުން އެރީ ނާސިރުގެ އަޑު އިވުމުންނެވެ. ނާސިރު މަޑުމަޑުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންގެ ހިތް ހުއްޓުނު ހެން ހީވިއެވެ. ނާސިރުގެ ލޮލުގެ ކަޅި ކަޅުގެ ބަދަލުގައި އަހަރެންނަށް ފެނުނީ އޮރެންޖް ނުވަތަ ރަތް ކުލައިގެ ކަޅިއެވެ. އެކަމަކު އެހެން ވާންވީ ކީއްވެ ހެއްޔެވެ. އެއްވެސް އިންސާނެއްގެ އެކަހަލަ ކަޅިއެއް ނުހުންނާނެއެވެ. އަހަރެން ގަދަ ކަމުން ހިނިތުންވެލީމެވެ. އަދި ކުރިއަށް ފިޔަވަޅެއް އެޅީމެވެ.

ނާސިރު އަހަރެންނާއި ދިމާލަށް ފަރުވާތެރިކަމާއި އެކު ބަލާލިއެވެ. އަހަރެން ކައިރިވި ވަރަކަށް އޭނާގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ނާސިރު އިން މޭޒުގެ އަނެއް ފަރާތުގައި ބަހައްޓާފައިވާ ގޮޑިއާއި ހަމައަށް އަހަރެންނަށް ދެވުން އިރު ނާސިރު ކުޑަކޮށް މޭޒާއި ދުރަށް ޖެހިލިއެވެ. އަހަރެން އެގޮޑީގައި އިށީދެލީމެވެ. “އަަހަރެން ބޭނުންވީ އާސީންއާއި ވާހަކަ ދައްކާލަން.. އެކަމަކު އާސީން ތި އައީ ހަނގުރާމައަށް ތައްޔާރު ވެގެން” ނާސިރު ބުނެލިއެވެ. އަހަރެންނަށް ނާސިރު އެބުނި އެއްޗެއްގެ މާނައެއް ނޭނގުނެވެ. “ކިހިނެއްތަ އާސީން” އޭނަގެ މޫނުމަތީގައިވާ ބިރުވެރިކަމާއި ހާސްކަން ފޮރުވަމުން ނާސިރު އަހަރެންގެ ކައިރީގައި އަހާލިއެވެ. “އަޅުގަނޑު ރަނގަޅު.. ކިހިނެއްތޯ ނާސިރު” އަހަރެން ބުނެލީމެވެ. އެވަގުތު މޮޔައެއްހެން ނާސިރު ހޭންފެށިއެވެ. އަހަރެން އިނީ އެވަރަށް ނުވިސްނައި ކަމުން ބިރުން އަހަރެންނަށް ފަހަތަށް ޖެހިވުނެވެ. “އަޅުގަނޑޭ.. ކިހިނެއްތޯ އޭ… ބަލަ އާސީން ތި ވާހަކަ ދައްކަނީ ރާއްޖޭގެ ރައީސްއަކާ ނޫނެކޭ.. ތަނެއްގައި ހުރި ކުއްވެރިއަކާ.. އަހަރެން ލަދުގަންނަވަންތަ ތިއުޅެނީ” އުމުރުން ކިތައްމެ ދޮއްޓަކަސް އެއަޑުގައި އެކަމެއް ނެތެވެ.

“ނޫން.. ނޫން.. އެކަމަކު” އަހަރެން ބުނަން އުޅުނީމެވެ. “ތިއީ އަޅުގަނޑަށް ވުރެއް ދޮށީ މީހެއް ނޫންތޯ.. އެހެންވީމަ” އަހަރެން ބުނެލީމެވެ. “ދޮށީ މީހަކަށްވިޔަސް އަހަރެންނަކީ ކުއްވެރިއެއް.. މިތަނުގައި ތިބޭ ފުލުހުންވެސް އަހަރެންނަށް އިހްތިރާމްއެއް ނުކުރޭ.. ދެން އާސީން” ނާސިރު ބުނެލިއެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލަމުން ގޮޑި މޭޒާއި ކައިރިކޮށްލީމެވެ. “މިއަދު ހަމަ ގައިމުވެސް އިއްޔެއަށް ވުރެއް ބިރު ކުޑަހެން ހީވޭ..” ނާސިރު ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ސޮރީ.. ތި ހުރިހާ ކަމެއް ނާސިރު ތަހައްމަލް ކުރަންޖެހޭތީ” އަހަރެން ބުނެލީމެވެ. “މިއީ އާސީން ކުރި ކަމެއްތަ.. އާސީން ތި މާފަށް އެދެނީ.. އެކަމަކު އުފާ ވެއްޖެ.. ގުޅުމެއް ނެތް މީހަކު ވިޔަސް މާފަށް އެދުނީމަ” ނާސިރު ޖަވާބު ދިނެވެ. އަހަރެންގެ ހިތުގައި ފުނިޖެހި އުތުރެމުން ދިޔަ ސުވާލުތައް ދިޔައީ ގިނަވަމުންނެވެ. އަހަރެން ހުރިހާ ސުވާލެއް އެއްފަހަރާ ނާސިރުގެ ކުރިމައްޗަށް ބަންޑުން ޖަހަން ބޭނުންވިއެވެ. “ކުރަން ބޭނުން ބައިވަރު ސުވާލު އެބަހުރި” އަހަރެން ވާހަކަ ފެށޭތޯ ބެލީމެވެ. “ކުރޭ.. އަހަރެން މިއީ އާސީންގެ ސުވާލުތަކަސް ޖަވާބު ދޭށޭ މިތަނުގައި” ނާސިރު ބުނެލިއެވެ. “މާނައަކީ..” އަހަރެން އަހާލީމެވެ. “މީޑިއަރ މީހުން މައުލޫމާތު ހޯދައެއްނުން.. އެގޮތަށް އާސީންއަށްވެސް މައުލޫމާތު ހޯދިދާނެ އެއްނުން” ނާސިރު ބުނެލިއެވެ.

“ނާސިރު ބޭނުންވަނީ އަހަރެން ނާސިރުގެ އިންޓަވިއު ނަގަންތަ.. އަދި އެ ހަބަރު ގޮސް ނޫހުގައި ޖަހަންތަ’ އަހަރެން ހައިރާންކަމާއި އެކު އަހާލީމެވެ. ނާސިރު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “މާފު ކުރޭ.. އެކަމަކު އަހަރެންނަކީ މިހާރު އެއްވެސް ނޫހެއްގައި މަސައްކަތް ކުރާ މީހެއް ނޫން” އަހަރެން ބުނެލީމެވެ. “އެނގޭ.. އެކަމަކު ޖައިޝް ބުންޏެއްނުން އާސީންއަށް ވަޒީފާ ދޭނަމޭ” ނާސިރު ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އޭނާއަށް ޖައިޝްގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ. އަހަރެން މަސައްކަތް ކުރަނީ ޖައިޝް ކައިރީގައިކަން އެނގުނީ ކިހިނެއް ހެއްޔެވެ. “ކިހިނެއްވީ.. އަހަރެންނަށް އާސީންއާއި ބެހޭގޮތުން ބައިވަރު އެއްޗެހި އެނގޭ.. އާސީންއަށް ނޭނގޭ ކިތައްމެ އެއްޗެއް” ނާސިރުގެ މޫނުމަތީގައި ކުޅެލީ ހިނިތުންވުމެކެވެ. ކިތައްމެ ކައިރީގައި އިނަސް އަދި ބިރު ނުގަންނަ ކަމަށް ހެދިގެން އިނަސް އަހަރެން އިނީ ބިރުން ހަލާކުވާން ކައިރިވެފައެވެ. “އާސީންއަށް އެނގޭތަ.. އަހަރެން އާސީންއާއި ބައްދަލު ކުރަން ބޭނުންވީ ކީއްވެކަން” ނާސިރު އަހަރެންގެ ސިކުނޑި ކަމުން ދިޔަ އެންމެ މުހިއްމު ސުވާލު އަމިއްލައަށް ކުރިއެވެ. “އޭގެ ދެސަބަބެއް އެބަ އޮތް.. ފުރަތަމަ ސަބަބަކީ.. އަހަރެންގެ އަންހެން ދަރިފުޅާ އާސީންއާއި ވަރަށް ވައްތަރު” ނާސިރު ބުނެލިއެވެ. “ނާސިރުގެ ދަރިއެއް ހުރޭތަ..” އަހަރެން އަހާލީމެވެ. “ހަމަ ތި މޫނު.. ހަމަ ތި ދެލޯ.. ހަމަ ތި ސިފަ.. އާސީންއަށް ޔަގީންތަ އާސީން މަންމައާއި ބައްޕަ ތިކިޔަނީ އާސީންގެ މަންމައާއި ބައްޕައަށް ކަން” ނާސިރު އަހަރެންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އަހާލިއެވެ.

އަހަރެން ހައިރާންވިއެވެ. އަދި ރުޅިވެސް ގަދަވިއެވެ. އެއީ ކާކު ހެއްޔެވެ. އަހަރެންގެ އާއިލާއާއި މެދު ސުވާލު އުފައްދަން އެއީ މާ މޮޅު މީހަކީ ހެއްޔެވެ. “އަހަރެންގެ ދަރި.. މަރްޔަމް ނަޝްފާ.. ލޯބި ލޯބި.. ނުލާހިކު މައުސޫމް.. ހިތްހެޔޮ.. މަޑުމައިތިރި..  އެނގޭތަ.. އޭނައަކީވެސް ހަމަތިކަހަލަ ކުއްޖެއް.. އެހާ އަވަހަށް ހާސްވާ.. އެހާ އަވަހަށް ލަދު ގަންނަ..” ނާސިރު އޭނަގެ ދަރިފުޅުގެ ވާހަކަ ކިޔައިދެމުން ދިޔައިރު އެމޫނުމަތީގައި ހިނިތުންވުމެއް ފެނިގެން ދިޔައެވެ. “އާސީންއަށް ޔަގީންތަ ހަމަ ތި މަންމައާއި ބައްޕަ ކިޔަނީ އަސްލު މީހުނަށް ކަން.. އާސީންގެ ކުޑައިރުގެ ފޮޓޯ އެބަހުރިތަ.. ނޫނީ މަންމަ ކިޔައިދިންތަ އާސީން ވިހި ދުވަހުގެ ކަންތައް ދިމާވި ގޮތް.. ދޮންބެ އާއި ކޮއްކޮއަކީ ހަމަ އާސީންގެ ދޮންބެއާއި ކޮއްކޮ ކަން ޔަގީންތަ” ނާސިރު ސުވާލު ކުރިއެވެ. އަހަރެން ނާސިރުއާއި ދިމާލަށް ބަލާލީމެވެ. އޭރު ދެލޮލުގެ ކުލަ ވަނީ ކެޑިފައެވެ. ކަޅުކުލައަށްވަނީ ބަދަލުވެފައެވެ. “އަހަރެން މިތަނަށް މިއައީ އަހަރެންގެ އާއިލާގެ ވާހަކަ ދައްކާކަށް ނޫން.. ނާސިރު އަހަރެންނާއި ވާހަކަ ދައްކަން ބޭނުންވީމަ” “ބަލަ އަހަރެންނެއް ނޫންތަ މި ވާހަކަ ދައްކަނީ.. އެންމެ ފުރަތަމަ ދުވަހު އާސީން ފެނުނީމަވެސް އަހަރެންނަށް އެނގުނު ތިއީ އަހަރެންގެ ދަރިއެއްކަން.. އަހަރެންގެ.. އެހެން މީހެއްގެ ދަރިއެއް ނޫންކަން.. ” ނާސިރު އަހަރެންގެ ޖުމްލަ މެދުކަނޑާލަމުން ބުނެލިއެވެ.

އަހަރެންނަށް ނާސިރު އެދައްކާ ވާހަކަ އަޑުއަހާކަށް ފަސޭހައެއް ނުވިއެވެ. “މާފު ކުރޭ.. އަހަރެން އަހަރެންގެ އާއިލާގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.. އިތުރު އެހެން ވާހަކައެއް ނެތިއްޔާ އަހަރެން މިވަގުތު މިދަނީ” އެހެން ބުނެލަމުން އަހަރެން އެތަނުން ތެދުވީމެވެ. “ދެވަނަ ސަބަބެއް އަޑެއް ނާހާނަންތަ.. އަހަރެން އާސީންއާއި ބައްދަލު ކުރަން ބޭނުންވި” ނާސިރު ބުނެލިއެވެ. އަހަރެން ހުއްޓުނީމެވެ. އަދި ނާސިރުއާއި ދިމާލަށް އެބުރެލީމެވެ. “އާސީން ވަރަށް ކަމުދޭ.. އަހަރެންގެ ޖިންނިއަށް” ނާސިރު ބުނެލިއެވެ. އަހަރެން ދެލޯ ބޮޑު ވިއެވެ.

ނުނިމޭ…

20
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Fantasy

Other Articles

Previous

ހާދަ ލޯބިންނޭ… (31) -ފަހުބައި-

Next

Next
April 5, 2016

Previews
April 5, 2016

ހާދަ ލޯބިންނޭ… (31) -ފަހުބައި-

41 Comments

  1. Fantasy says:
    April 5, 2016 at 8:13 am

    މި ބައިވެސް ހުރިހާ ކުދިންނަށް ކަމުދާނެ ކަމަށް ހީކުރަން 🙂 ހުރިހާ ކުދިންގެ ހިޔާލު ތަކަށް މަރުޙަބާ 🙂

  2. Niz says:
    April 5, 2016 at 8:37 am

    Yeyy im first dhw…hehehe..hey fantasy mee haadha thafaathu stry ej hen hyvey..biruveri vaahaka ehtha anekka…vv interesting igey..avahah uo kohdhehchey…vvvv reethi mi part vx..

    1. Fantasy says:
      April 5, 2016 at 1:05 pm

      yes niz .. fantasy massaki kurany biruveri kureveytho ;P thnks igey dear 🙂

  3. Aisha says:
    April 5, 2016 at 8:50 am

    Biru ganehje hama reethi kohvx

    1. Fantasy says:
      April 5, 2016 at 1:05 pm

      heheh dhow aisha 😛

  4. sheynn says:
    April 5, 2016 at 8:51 am

    Awlhey next part avahah up kohdhybr
    V rythi stry eh ingey mii

    1. Fantasy says:
      April 5, 2016 at 1:06 pm

      thnks sheynn dear 🙂 v avahah up kureveytho try kuraanan igey 🙂

  5. thoo says:
    April 5, 2016 at 10:34 am

    Very nice story fantasy. I hope u will update the story very soon. Plz update soon.. can’t wait…… story is awsome.

    1. Fantasy says:
      April 5, 2016 at 1:07 pm

      thnks thoo dear 🙂 try kuraanan igey 🙂

  6. iffa says:
    April 5, 2016 at 10:42 am

    V salhi weiting for another episode… Keep it up

    1. Fantasy says:
      April 5, 2016 at 1:07 pm

      thnks iffa bodu koh 🙂

  7. ken? says:
    April 5, 2016 at 11:09 am

    haadha reechey.
    ..aneikkaa airu akeetha ebunaa jinni akee?

    1. ninni says:
      April 5, 2016 at 11:59 am

      haha.. thee e jinni aki

    2. Fantasy says:
      April 5, 2016 at 1:08 pm

      heheh… fantasy akah neygey adhi jinni aky kaaku kameh ves dear 🙂 thnks bodu koh 🙂

  8. Anonymous says:
    April 5, 2016 at 11:40 am

    v v v reethi

    1. Fantasy says:
      April 5, 2016 at 1:09 pm

      thnks vvv bodu koh anonymous 🙂

  9. tutu says:
    April 5, 2016 at 12:36 pm

    cheedi

    1. Fan says:
      April 5, 2016 at 12:53 pm

      Nt cheedi.. WOW..
      Cheedi viyya dhn nukiya.

    2. Fantasy says:
      April 5, 2016 at 1:09 pm

      tutu ah reethi vaahaka eh genes dheveytho try kuraana igey 🙂

  10. Aana says:
    April 5, 2016 at 12:59 pm

    Plz avahah upkohdhyba

    1. Fantasy says:
      April 5, 2016 at 1:10 pm

      avahah up kureveytho try kuraanan igey aana 🙂

  11. shine says:
    April 5, 2016 at 1:09 pm

    Alhey,, kiya kiyaa indha e nimuny… Adhi evx ehaa nice thankolhakun… Dhn konirakuntha nxt part up kohdheny.. Cnt wait ingey… Asluvx,, kuryge stories thah gothah mi storyvx hama v v v rythi… I jst luv this story.. nd plxx upload fast ingey

    1. Fantasy says:
      April 5, 2016 at 1:11 pm

      thnks shine dear 🙂 v try kuraanan mifaharu fast koh up kurevey tho igey 🙂 v happy vejje thihaa lobi comment eh koh leema 🙂

  12. Rineesha says:
    April 5, 2016 at 1:33 pm

    Wow! haadha salhiey fantasy! heevanee fantasy liyaa vaahakathah keema fantasy worldehga ulheveyhen. this is the first story that is nicefor me. keep up fantasyyyy. Rineesha ves fantasy aa eku

    1. Fantasy says:
      April 7, 2016 at 8:45 am

      thnks dear bodu koh … 🙂 fantasy ge beynumaky eiy.. kuda vaguthu kolhakah fantasy world ah fantasy aa eku gendhiun 🙂 😉 v bodu koh thnks igey dear

  13. princess says:
    April 5, 2016 at 3:38 pm

    Hey fantasy…vrh rythi story…ebunaa hen airu kanneynge e bunaa jinni aky..hehe whn nxt prt

    1. Fantasy says:
      April 7, 2016 at 8:47 am

      hehehe… thnks princess bodu koh igey dear 🙂

  14. Asin says:
    April 5, 2016 at 6:20 pm

    Vaahaka varah reethi.. abadhu kakulu hulhun vaagi dhoovaathy massala aky.. ?

    1. ??? says:
      April 5, 2016 at 10:19 pm

      ehnveeru thy lovemeynia jehumuge alaamaatheh???.. heheeee???

    2. Superman says:
      April 6, 2016 at 12:34 am

      ????

    3. Fantasy says:
      April 7, 2016 at 8:48 am

      hehehe… ebunaahen vedhaane dhoo lovemeynia jeheny kamah ves 😛 thnks asin bodu koh 🙂

  15. Aleena says:
    April 6, 2016 at 12:43 pm

    I agree with rineesha!! Fantasy world eh ga ulhevey hen heevey baeh faharu. Unrealistic bt possible,..

    1. Fantasy says:
      April 7, 2016 at 8:49 am

      thnks dear bodu koh 🙂 heheh fantasy world ga eveything is so real ey 😛 😉

  16. Mari says:
    April 6, 2016 at 2:08 pm

    Alheyyyyyyy..vvvvvv reethi.v kiyaaa hiveyfa mihuri…wating for the next part..avahah up koh dhehcheyy..keep it up fantasy..thanxx…

    1. Fantasy says:
      April 7, 2016 at 8:50 am

      thnks mari bodu koh 🙂 mihaaru aneh bai up koh fin igey 🙂

  17. Mashu says:
    April 6, 2016 at 6:40 pm

    omg.. haadha reethi ey.. hama asluvex mihaaru mi vaahaka biruveri vejje.. haadha suspence ekey thi create kohlee??? v reethi mi vahaaka.. plz mi vaahakaige next part avahah neredhehvaa… cant wait for it…
    loved it <3 … welldone Fantasy

    1. Fantasy says:
      April 7, 2016 at 8:51 am

      thnks mashu bodu koh thihaa lobi comment eh koh leema igey 🙂 v happy vejje 🙂

  18. Mysterious girl says:
    April 7, 2016 at 2:18 am

    please print a novel of your stories. There will be a lot of people who would want to buy, including me. I am someone who has over a hundred famous classic mystery novels and some modern bestsellers in my library and Ive found your writing very interesting. You don’t need to use real name is you don’t like publicity and want to lead a normal life. Use a pseudonym which no one can guess…it would add to the mystery.

    1. Fantasy says:
      April 7, 2016 at 9:32 am

      thnks Mysterious girl 🙂 fantasy visnaanan igey thikama dear 🙂

  19. Faxoo says:
    April 7, 2016 at 12:40 pm

    again… i am the last dhw 🙁 varah reethi mibai ves 😀 ei jinni ehtha 😮 mihaaru varah mysterious vey eba.. Fantasy ge ehen vaahaka thakahnvuren thafaathu vaane hen hyyyvey 😉 good luck dear!!

  20. Aaseen?? says:
    November 25, 2018 at 4:24 pm

    ??????finally I found a story about
    my name

Comments are closed.

All Right Reserved!