Skip to content
އެސްފިޔަ

ހާދަހާވޭ ކުރާހިތް ސަމާސާ 32 ވަނަ ބައި

“ޖަމާލް. ބަޓް ވަރަށް ކްރިޓީކަލް އިނގޭ.” ޑޮކްޓަރު ދެން ބުނި އެތިން އުފާވެރިކަން ފިލައިގެން ހިގައްޖެ އެވެ. އެންމެންގެ މޫނުމަތި މިލައިފި އެވެ. “އުމުރުން ހަގުވުމާއި އެކު ވަރަށް ލޭމަދުވެފައި ވާތީ ބޭބީއަށް އޭގެ އަސަރު ކުރަމުން ދަނީ. ސްކޭނެއް ހަދަން ބޭނުން. އަދި އިތުރު ޓެސްޓްތަށް ވެސް ހަދާފަ ބޮޑަށް ބުނަން އެގޭނީ. ފަހަރެއްގައި ހިބާގަޔަށް ލޭ އަޅަންވެސް ޖެހިދާނެ.” ޑޮކްޓަރ އިތުރަށް ބުންޏެވެ.

“އަޅުގަނޑުމެން ގަސްތުކުރަނީ ރާއްޖޭން ބޭރަށް ދާން.” ޖަމާލް ހުރެފައި ބުންޏެވެ.

“ތީ ހަމަ އެންމެ ރަގަޅު ގޮތް. މިކޮޅުން ނުހެދޭ ޓެސްޓް ތަކެއްވެސް ހަދަން ޖެހިދާނެތީ މިހެން މި ބުނީ.” ޑޮކްޓަރ އެކަމަށް ވަރަށް ތާއީދު ކުރަމުން ބުންޏެވެ. “ބޭރަށް ދަންޏާ އަޅުގަނޑު ލަފާ ދޭނީ މިކޮޅުން ލޭ އަޅަްިގެން ދިއުމަށް. އަދި ހިބާއަށް ފުލް ބެޑްރެސްޓް ވަރަށް ބޭނުންވާނެ.” ޑޮކްޓަރ ކުޑަކޮން މަޑުކޮށްލި އެވެ. “އަދި ފިރިމީހާގެ އަޅާލުންވެސް…” ޑޮކްޓަރ އެހިސާބަށް ބުނިއިރަށް ޖަމާލް ވާހަކަ ދައްކަން ފެށިއެވެ.

“ތި ހުރިހާކަމެއް ދެން މިކޮޅުން ހަމަޖައްސާނަން.” ޖަމާލް ހުރީ ހިބާއަށް އެކަންތައްތައް އެހާބޮޑަށް އަންގަން ބޭނުން ނުވެފަ އެވެ. ނަމަވެސް ހިބާ މިހާރުވެސް ވިސްނަމުން ދަނީ ފައުޒާންއާއި މެދުއެވެ. ހިބާއަށް ޖަމާލް ގަނެދޭން ބުނި ފޯނު އަދިވެސް ހިބާއަތަށް ލިބޭގޮތެއް ނުވެއެވެ. ހިބާ ބޭނުންވީ އަޒްކާ ނަމަވެސް މީހަކަށް ގުޅައިގެން ހުރިހާ ވާހަކައެއް އެވަގުތު އެގޭމީހުނަށް އަންގާށެވެ.

“ބައްޕާ؟” ހިބާ ބަލި އަޑަކުން ގޮވާލި އެވެ. ޒެކްއާއި ޖަމާލް ހިބާއަށް ބަލައިލި އެވެ. އޭރު ޑޮކްޓަރ އެތަނުން ހިގައްޖެ އެވެ. “ކޮބައިތޯ އަޅުގަނޑަށް ގަނެދެއްވި ފޯނު؟” ޖަމާލް ޒެކްއަށް ބަލައިލި އެވެ.

“ފޯނު ވީ ގޭގަ. ޒެކް ގެއަށް ގޮއްސަ އަންނަމުން ފޯނު ގެންނާނެ.” ޖަމާލް ހިބާގެ ހިހަމަ ޖައްސާލަދޭން ބުނެލި އެވެ. އަދި ޖަމާލްގެ ފޯނުނަގާ މޫމިނާއަށް ގުޅާލި އެވެ. މޫމިނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު މޫމިނާ މާލެ އައުމަށް ވެސް ޖަމާލް އެދުނެވެ.

މިިފަހަރު މޫސަބޭވެސް ދެކޮޅެއް ނުހެދި އެވެ. ހިބާއަށް ޓަކައި މޫމިނާއާއި އެކު މޫސަބޭވެސް މާލެ އައުމަށް ނިންމި އެވެ.

ދެދުވަހެއް ފަހުން މޫމިނާވެސް މާލެ އައެވެ. ހިބާ އަދިވެސް އޮތީ ހޮސްޕިޓަލުގަ އެވެ. މިހާރު ހިބާ ގަޔަށް ލޭވެސް އަޅައިފި އެވެ. ހިބާ މިހާރު ކުޑަކޮން ހާލު ރަގަޅެވެ. ގައިގައި ކުޑަކޮން ވަރު ޖެހިލައިފި އެވެ. މޫމިނާ ފެނުމުން ލިބުނު އުފާވެރި ކަމުން ކަމަށްވެސް ވެދާނެ އެވެ.

ހިބާ ދޭތެރެއަކުން ފޯނުގެ ވާހަކަ ޖަމާލް ކައިރީ ބުނެއެވެ. ޖަމާލް ހަދާން ނެތުނީ ކަމަށް ބުނެލައެވެ. ހިބާއަށް މިހާރު ކޮންމެސް އެއްޗެއް ވިސްނެން ފެށިއެވެ. ބައްޕަ ގަސްތުގައި ފޯނު ނުދޭން އުޅެނީ އެވެ. ހިބާ ފައުޒާން މެންގޭ މީހުނަށް ގުޅާނެ ހެން ބައްޕައަށް ހީވަނީ ކަންނޭގެ އެވެ.

ޒޭބާ އެދުވަހު މަޖުދާއާއި އެކު ހިބާމެންގެއަށް އައިސްގެން އުޅެނިކޮން ލިބުނު ހަބަރުން ޒޭބާ އިނީ ބުނާނެ އެއްޗެއްވެސް ނޭގިފަ އެވެ. ހިބާ ބަނޑުބޮޑު ވާހަކަ އިވުމުން އެންމެކުރިން ޒޭބާ ހީކުރީ އެހެން ގޮތަކަށެވެ. ނަމަވެސް ފައުޒާންއާއި އިނދެގެން އުޅޭކަން އިނގުމުން ޒޭބާ ހުރީ އަންތަރީސް ވެފަ އެވެ. އެވާހަކަތަށް މަޖުދާ ޒޭބާއަށް ކިޔައިދެނިކޮން އެތަނަށް ޒެކްއަށް އާދެވުނެވެ. ޒެކް ޒޭބާ ކައިރިން އެދުނީ އެގޭ އެހެން މީހުނަށް އަދި އެވާހަކަ ނޭންގުމަށެވެ. ޒެބާ ވެސް އެކަމާ ވަރަށް އަވަހަށް އެއްބަސް ވިއެވެ. މިހާރު ޒެބާއަށް ހިބާގެ ރަގަޅުކަން ފާހަގަވެ ޒޭބާވަނީ ހިބާއަށް ހެޔޮއެދެން ފަށާފައެވެ.

ހިބާ ހޮސްޕިޓަލުން ދޫކޮށްލުމުން ފުރުމުގެ ކަންތައް ޖަމާލް ދިޔައީ ހަމަޖައްސަމުންނެވެ. ހިބާ އަބަދު ކޮޓަރީ އެނދުގައި އޮންނަނީ ބާއްވާފަ އެވެ. އަބަދުވެސް ކޮންމެސް މީހަކު ހިބާގެ ހިދުމަތުގައި އިނދެއެވެ. ފޯނެއް އަދިވެސް ހިބާއަކަށް ޖަމާލްއެއް ނުދެއެވެ. ހިބާއަށް އެވާހަކަ ދައްކާކަށް ވެސް ނުކެރެއެވެ. ފައުޒާން ނޫން މީހެއްގެ ނަންބަރު ހިތަކުން ވެސް ހިބާއަށް އެނގެނީ އެއްވެސް ނޫނެވެ. އެހެން އުޅެނިކޮން ޒޭބާ އައިސް ހިބާއަށް ގޮވާލަން އެކޮޓަރިއަށް ވަނުމުން ހިބާ އެކި ވާހަކަ ޒޭބާ ކައިރީ އަހަން ފެށި އެވެ. އަދި ކޮންމެސް ގޮތަކުން ފައުޒާންއަށް އެވާހަކަ އެންގުމަށް ވެސް ޒޭބާ ކައިރިން ހިބާ އެދުނެވެ. ޒޭބާ އެއްބަސްވީ ޒޭބާއަށް ވީވަރެއް ކޮށްދޭނަން ކަމަށް ބުނަމުން ނެވެ.

އެދުވަހު ހިބާ ފާހާނާއަށް ވަދެފަ ނުކުތް އިރު އެކަކުވެސް ކޮޓަރީގައި ނެތުމުން ހިބާ މަޑުމަޑުން ބޭރަށް ނިކުތެވެ. މޫމިނާ ވާހަކަ ދައްކާ އަޑު އިވިގެން ހިބާއަށް މަޑުކޮށްލެވުނީ ތަނބެއްގެ ނިވަލުގަ އެވެ. އޭރު މޫމިނާ ހުރީ ޖަމާލްއާއި ވާހަކަ ދައްކަން ދެވަނަ ބުރީގެ ބެލްކަނީގަ އެވެ.

“ޖަމާލް، އަޅުގަނޑަށް ފެންނަނީ ކޮންމެސް ގޮތަކުން މިވާހަކަ ފައުޒާންއަށް އަންގަވަން. ހިބާވެސް ހިތްހަމަ ޖެހޭނީ އޭރުން ނޫންތޯ. އެމަންޖެ ހާދަ ހިތާމައެއް ކުރެޔޭ އެބަ.” މޫމިނާ ބުނާއަޑު އިވުނެވެ.

“މޫމިނާ ބުންޏަސް ތިކަމެއް ނުކުރެވޭނެ. އަހަރެން މިކަމުގައި އެންމެ ބޮޑަށް ކުއްވެރި ކުރަނީ ފައުޒާން.” ޖަމާލް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

“ޖަމާލް، އެއީ ކީއްވެތޯ؟ ފައުޒާން ރަށުގައި ވެސް ނެތިސް މިކަން މި ދިމަވީ. ފައުޒާން ހުރި ނަމަ މިގޮތަށް ކަންތަށް ދިމާވެގެން ނުދިޔައިސް. މިކަމުގައި އަޅުގަނޑަކަށް ފައުޒާން ކުއްވެރިއެއް ނޫން.” މޫމިނާ ހުރީ ހިތްހަމަ ނުޖެހިފަ އެވެ.

“މޫމިނާ އަކަށް ނޭގޭތަ. ފައުޒާން އެންމެ ކުރިންވެސް މިކަންތައް ސިއްރު ނުކުރިނަމަހީ މިކަން މިގޮތަށް ނިމިގެން ނުދިޔައީސް. އެދުވަހު ވެސް އަހަރެން ހުރީ ނުރުހިފައި ފައުޒާން އާއި ހިބާ ކައިވެނި ކުރި ދުވަހުވެސް އަހަރެން ފައުޒާންއަށް ނަސޭހަތްތެރި ވީން މާގިނަ ދުވަހު ސިއްރުގައި މިކަން ނުބޭއްވުމަށް. ފައުޒާން ވެސް އެކަމާ އެއްބަސްވީ. އެކަމަކު މިވެގެން ދިޔަގޮތް ބަލާ. އަހަރެން ފައުޒާންއަކަށް ވެސް މާފެއް ނުކުރާނަން. ހިބާއަށް މިހާލު ޖެހެން މި ދިމާވީ ހަމަ އޭނަޔާ ހެދި. ހިބާއާއި ފައުޒާން ދެން ދިމާވާކަށް ވެސް އަހަރެން ބޭނުމެއް ނޫން.” ޖަމާލް ހުރީ ވަރަށް ނުރުން ވެފަ އެވެ.

“އެކަމަކު ޖަމާލް. ހިބާއަށް އެސޮރާ ނުލާ ނޫޅެވޭނެ ނޫންތޯ؟ ހިބާ ފައުޒާން ދެކެ ނުހަނު ލޯބިވޭ.” މޫމިނާއަށް ޖަމާލް ބުނާ ވާހަކައެއް ގަބޫލެއް ނުކުރެވެއެވެ.

“ކޮން ލޯތްބެއް؟” ޖަމާލް ރުޅިއައިސްގެން އަޑުވެސް ގަދަ ވެއްޖެ އެވެ. “ލޯބިވާނަމަ ހިބާ އެގޮތަށް އެކަނި ދޫކޮށްލާފަ ނުދިޔައީސް. ދަމުން މީހަކާ ހަވާލުކޮށްފަ ދިޔައީހީ. ނުވިތާކަށް އެންމެނަށް އަންގާ އިއުލާން ކުރަންވެސް ޖެހޭނެ ލޯބިވާކަމާއި އެއީ އޭނަގެ އަނބިމީހާކަން.” ޖަމާލްގެ އަޑު ބާރުވަމުން ދާން ފެށުމުން އިތުރަށް މޫމިނާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ހިބާވެސް ކަރުނުން ފުރިގެން ވީ ލޮލަކާއި އެކު އެތަނުން އަވަހަށް ގޮސް ކޮޓަރިއަށް ވަނީ އެވެ.

ހިބާއަށް ރޮވެން ފެށިއެވެ. ކެތްތެރިކަން ކޮޅުންލައިފި އެވެ. ދެން ފައުޒާންއާއި ދުވަހަކުވެސް ބައްދަލު ނުވާނެ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ނަމަވެސް އެކަކަު ކައިރީވެސް އެއްވެސް ޝަކުވާއެއް ނުކުރެ އެވެ. ފައުޒާންގެ ވާހަކަވެސް ނުދައްކަ އެވެ. ހިތުގައި އެކަން އޮއްބައި ލައިގެން އެތެރެއަށް ހިންދާލައިގެން ހުރީ އެވެ.

ދެދުވަސް ފަހުން ހިބާ ގޮވައިގެން މޫމިނާއާއި ޖަމާލް ފުރައިގެން ސިންގަޕޫރަށް ހިގައްޖެ އެވެ. ހަފްތާއެއް ފަހުން ޒެކް ވެސް މޫސަބޭ ގޮވައިގެން ސިންގަޕޫރަށް ހިގައްޖެ އެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. އަޒްމީލް ނިހާނީ މެން ރަށުން މާލެ އައިދުވަހު އަޒްކާ ދިން ހަބަރުން އަޒްމީލްގެ ބޯ ގޮވާވަރު ވެއްޖެ އެވެ. އަޒްމީލް ހަފީޒާއާއި އެވާހަކަ ދެއްކުމުން ހަފީޒާވެސް ކުރެވިފައި ވާ ކަންތަކާމެދު ހިތާމަ ކުރާކަން ފާޅުވިއެވެ. އަޒްމީލް ބެލީ ކޮންމެސް ގޮތަކުން ފައުޒާންއަށް އެކަން އަންގާށެވެ. އަޒްމީލް ޒެކްއަށް ގުޅަން އުޅެއުޅެ ގުޅޭގޮތެއް ނުވިއެވެ. ފުލުހުގައި އުޅޭ ފައުޒާންގެ ރައްޓެހި ސުވާދު މެދުވެރި ވެގެން ފައުޒާންއަށް ގުޅޭނެ ނަންބަރެއް ލިބުނެވެ. ނަމަވެސް އެނަންބަރަށް ގުޅައިގެން އަދިއެއް ފައުޒާންއާއި ދިމާވާ ގޮތެއް ނުވެއެވެ. ފައުޒާން މާ ބުރައީ އެވެ.

ދުވަސްތަށް ފާއިތުވަމުން ފައުޒާން އަންނަ ދުވަސް ގާތް ވެއްޖެ އެވެ. އަޒްމީލް އަނެއްކާވެސް ފައުޒާންއަށް ގުޅާލެވޭތޯ މަސައްކަތް ކުރިއެވެ. މިފަހަރު ފައުޒާންއަށް ގުޅިއްޖެ އެވެ. އަޒްމީލް ފައުޒާންއަށް ހިބާ އެގެއިން ފޮނުވާލި ވާހަކަ ކިޔައިދިނެވެ. އަދި ހަފީޒާ އެކަމާ މިހާރު ދެރަވެފައި ހުންނަ ވާހަކައާއި ފޮނުވާލަން ހިބާގެ ބޮލުގައި އެޅުވި ތުހުމަތުގެ ވާހަކަ ވެސް އަޒްމީލް ފައުޒާންއަށް ކިޔައިދިނެވެ. އަޒްމީލްއަށް ނޭގޭ ކަމަކީ ފައުޒާންއާއި ހިބާ އިނދެގެން އުޅޭ ކަމާއި ހިބާ ބަނޑުބޮޑު ކަމެވެ.

ފައުޒާން އަންނަން އޮތް ދުވަހު މާޒް އަޒްމީލް ކައިރީ ފައުޒާންއާއި ހިބާ ކައިވެނިކޮށްގެން އުޅޭ ވާހަކަ ބުންޏެވެ. އެވާހަކަ ބުނިއިރު އަޒްކާއަށް ވެސް އެތަނަށް އާދެވުނީ އެވެ. އަޒްކާއަށް އަނގަ ހުޅުވިފައި ހުރެވުނީ އެވެ. އެފަދަ ބޮޑުކަމެއް ޒާންބެ ކުރިއިރު އެކަކަށް ވެސް ރޭކާވެސް ނުލަ އެވެ. އަޒްމީލް ވެސް ބަސް ހުއްޓިފައި ހުރީ އެވެ. މާޒްގެ އެދުމުގެ މަތިން އެވާހަކަ ނުދައްކަން އަޒްމީލްއާއި އަޒްކާ އެއްބަސް ވިއެވެ. ފައުޒާންގެ އަނގައިން އެންމެން ކައިރީ ބުނުން ރަގަޅުވާނެ ކަމަށް މާޒް ބުންޏެވެ.

އެދުވަހު ފައުޒާންއަށް އާދެވުނީ ހަވީރު އެވެ. ފައުޒާން އައިސް ގެއަށް ވަންއިރު ހަފީޒާ ވީ ޑިއުޓީގަ އެވެ. ގޭތެރޭގެ ފަޅުކަން ފައުޒާންއަށް ފާހަގަ ކުރެވިގެން ދިޔައެވެ. ކޮންމެ ދުވަހުކު ހިބާ އުޅުން އިރު ސާފުކުރާ ގޭތެރެ މިހާރު ވަނީ ހަޑިވެފަ އެވެ. ތަޅުންގަނޑު ވަނީ ހިރަފުސް ވެފައެވެ. ޓީވީ ކައިރީ ވަނީ ތަރުތީބެއް ނެތްގޮތަށް އެއްޗެހިތަށް އުކާލެވިފަ އެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ހަފީޒާއަށް ވަގުތުވެގެން ސާފުކުރެވެނީ މިހާރު ހަފްތާއަކު އެއްފަހަރު އެވެ. ކޮންމެ ކަމަކުން ހިބާ އެގޭގައި ނޫޅޭ ކަމުގެ ނިޝާން ފާޅުވެއެވެ.

ފައުޒާން ގޮސް ތާޒާ ވެލައިގެން އަވަސްވެގަތީ އަޒްމީލްއާއި ބައްދަލު ކުރާށެވެ. އިތުރަށް ހިބާގެ ވާހަކައެއް އޮޅުން ފިލުވާށެވެ. އަޒްމީލުއާއި މާޒްއާއި އެކު ކޮފީއެއް ބޯލުމަށް ފަހު މިސްރާބުޖެހީ ހިބާ ބައްޕަމެން ގެއާއި ދިމާއަށެވެ. އެގޭ ބޭރު ދޮރުގައި ޓަކި ޖެހުމުން ކުޑަ ގޮޅިއަކުން ފިކުރީ ބޯދިއްކޮަށްލި އެވެ.

“ކީއްކުރާ ކުއްޖެއް؟” ފައުޒާން ފެނުމުން ފިކުރީއަށް އެއީ ކާކުކަން އިނގުނެވެ. ނަމަވެސް ނޭގޭ ކަމަށް ހަދާލާފައި ފިކުރީ އަހާލި އެވެ.

“ހިބާއަށް ގޮވާލަ ދީބަލަ.” ފައުޒާން ބުންޏެވެ. ފިކުރީ ވިސްނާލަން އިނެވެ.

“ހިބާ ރަށަކު ނެތް.” ފިކުރީ ބުންޏެވެ.

“ކޮންތާކު ހިބާ ވީ؟” ފައުޒާންއަށް އަހާލެވުނެވެ.

“ހިބާ ވީ ކޮންމެސް ބޭރު ގައުމަކަށް ގޮސް.” ފިކުރީ ބުންޏެވެ. ކޮން ގައުމެއް ކަމެއް ފިކުރީއެއް ނުބުންޏެވެ. “އަޅުގަނޑަކަށް ހުއްދައެއް ނެތް ކޮން ގައުމެއްކަން ބުނާކަށް. ވަރަށް ބޮޑަށް މާފްކުރޭ.” ފިކުރީ އަވަސް އަވަހަށް ބުންޏެވެ.

“ތިހެން ވިއްޔާ ޒެކް ވީ ތަނެއް އެނގޭތަ؟” ފައުޒާން އަހާލި އެވެ.

“ޒެކް ވެސް މިދުވަސްކޮޅު ރަށަކު ނެތް.” ފިކުރީ ބުންޏެވެ. ފައުޒާން އިރުކޮޅަކު އެތާ ހުރެލާފައި އަޒްމީލް ކިޔާވަރުން އެތަނުން ދިޔައީ އެވެ. ފައުޒާން އައިސް ގެއަށް ވަންއިރު ހުރީ ރޭނގަޑު ނުވައެއް ޖަހާ ބޮޑުވެފަ އެވެ. އޭރު ހަފީޒާއާއި ޒޭބާ ސޯފާގައި ޓީވީ ބަލަން ތިއްބެވެ.

“ދަރިފުޅާ!” ހަފީޒާއަށް ފައުޒާން ފެނުމުން ތެދުވެވުނެވެ. އެހާ ދުވަސް ފަހުން ހަފީޒާއަށް އޭނާގެ ދަރިފުޅު ފެނުމުން އުފާވިއެވެ. ތުނިކޮށްލާފައި ހުރި އިސްތަށި ކޮޅެކެވެ. ހަށިގަނޑުވެސް ހީވަނީ ކުރިއަށް ވުރެ ވަރުގަދަ ވެފައިވާހެނެވެ. ނަމަވެސް މީހާ ހުރީ ކަޅުވެ އަނދާފަ އެވެ. ޒޭބާއަށް ވެސް ތެދުވެވުނެވެ. އެހާ ދުވަސް ފަހުން ފައުޒާން ފެނުނު އިރު ތުނިކޮން ކޮށާލެވިފައިވާ ތުނބުޅިއެއް ވެސް ފައުޒާން ވަނީ ބަހަށްޓާފަ އެވެ. އެހެންކަމުން ފައުޒާން މިހާރު ފެންނަލެއް ވަރަށް ވެސް ރީއްޗެވެ.

“މަންމާ!” ފައުޒާން ހުރީ ފެންކަޅި ވެފައެވެ. ހިތަށް އަރަމުން ދިޔަ އެއްޗިހިތަށް ހިތުގައި އޮއްބަމުން ފައުޒާން ދިޔައެވެ. ‘މަންމާ، މަންމަ ހިބާއާއި ދޭތެރޭ ކަންތައް ތިކުރީ ކިހިނެއް؟ ޒާން މަންމައަށް މާފް ކުރާނީ ކިހިނެއް؟ އެކަމަކު ތީ މަންމަ ވިއްޔަ. ހިބާއަށް ވުރެންވެސް ބޮޑަށް ލޯބިވާން ޖެހޭ ފަރާތް. އެކަމަކު މަންމާ…’ ފައުޒާން ހިތަށް ތަދުވަމުން ދިޔައެވެ. ހިތުގައި އެހުރިހާ އެއްޗެއް ހިފަހައްޓައިގެން ހުރެވުނީ ކުޑަ އިރުކޮޅަކު އެވެ.

“މަންމާ!” ފައުޒާން ހަފީޒާ ގައިގައި އޮޅުލައި ގަތެވެ. “ވަރަށް ބަނޑުހައި ވެއްޖެ.” އިތުރަށް ފައުޒާންއަކަށް އެއްޗެއް ނުބުނެވުނެވެ. ދުވަހަކު ވެސް ހަފީޒާއާއި ދިމާއަށް ނުރުހިގެން އެއްޗެއް ނުބުނެއެވެ. މަންމައަށް ކިޔަން ހުރި އެއްޗިހި ހިތުގައި އޮއްބަމުން ހިބާގެ ނަންވެސް މަންމަ ކައިރީ ނުގަންނަން ފައުޒާން މަސައްކަތްކުރަމުން ދިޔައެވެ. ހަފީޒާވެސް އެވަގުތު އެވާހަކަ ދައްކަން ބޭނުމެއްނުވި އެވެ. ހަފީޒާ ވެސް ބޭނުންވީ ހަމަޖެހިލައިގެން އެވާހަކަތައް ފައުޒާންއަށް ކިޔައިދީ ފައުޒާންގެ ކިބައިން މާފަށް އެދުމަށެވެ.

“ހިންގާ ކާން.” ހަފީޒާ ފައުޒާން ދުރުކޮށްލަމުން ބުންޏެވެ. “ހުންނާނެ ގަރުދިޔަ ކައްކާފަ. މިއަދު ޒާން އަންނާނެކަން އިނގޭތީ.” ބަދިގެއާއި ދިމާއަށް ދަމުން ހަފީޒާ ބުންޏެވެ.

ޖެހިގެން އައި ދުވަހު މެންދުރުފަހު ޒޭބާ ކްލާހުން އައިއިރު ފައުޒާން ބަދިގޭގައި ފެންތައްޓެއް ބޯން އުޅެއެވެ. ޒޭބާވެސް ބަދިގެއަށް ވަނީ ފެންބޯށެވެ. ޒޭބާ ފެނުމުން ފައުޒާން ވަނީ ފާޑެއްގެ ފޫއްސެކެވެ. އެހެން ކަމުން އަވަސްކޮށްލައިގެން އެތަނުން ނިކުތުމަށް ހިގައިގަތެވެ.

“ޒާން މަޑުކޮށްލަބަލަ،” ފައުޒާން ހުރިތާ ހުއްޓުނެވެ. “އެބައޮތް ވާހަކައެއް ދައްކަން ވެފަ.” ޒޭބާ ބުންޏެވެ.

“ޒޭބާ ޒާން ކައިރީ ދައްކަން ޖެހޭވަރުގެ ވާހަކައެއް ނޯންނާނެ. އަދި ޒޭބާ ދައްކާ ވާހަކައިގެ ތެދުދޮގު އެނގޭނީވެސް ކިހިނެއް. ނަދުވާގެ އެއްފަޅިވިއްޔަ ތީ.” ފައުޒާން ނުރުހިފައި އެހެން ބުނެ ނުކުމެގެން ދާން ހިގައިގަތެވެ.

“އެއީ ހިބާޔާ ބެހޭ ވާހަކައެއް.” ފައުޒާންއަށް ބަދިގެއިން ނުނިކުމެވެނީސް ޒޭބާ ބުންޏެވެ. ފައުޒާންއަށް ޒޭބާ ބުނި އެތި އަޑުއިވުނެއްކަމަކު އަޅާވެސް ނުލާ ދިޔަގޮތަށް ދިޔައީ އެވެ.

މެންދުރު ފަހު ޒޭބާ ޓީވީ ބަލަން އިންދާ ފައުޒާން ސިޑިން ފައިބަމުން ޒޭބާއަށް ގޮވާލި އެވެ. އޭރު ކޮޓަރިން ނިކުތް ހަފީޒާއަށް ވެސް ފައުޒާން ޒޭބާއަށް ގޮވާލި އަޑު އިވުނެވެ. ހަފީޒާ ހައިރާން ވީ ޒޭބާ ކައިރީ މައްޗަށް އެރުމަށް ފައުޒާން ބުނުމުންނެވެ. އަނެއްކާ ފައުޒާން މިހާރު ޒޭބާއާއި ގުޅުމެއް ހިންގަނީ ނޫންބާވައެޭ ހަފިޒާ ހިތަށް އެރިއެވެ. ހަފީޒާ ވެސް މަޑުމަޑުން މައްޗަށް އަރާ ސިޑިމަތީ މަޑުކޮށްލީ އެމީހުން ދައްކާ ވާހަކަ އިވޭތީ އެވެ.

“ޒޭބާ ބުނީމެއްނު ހިބާއާ ބެހޭ ވާހަކައެއް ދައްކާށޭ. އެއީ ކޮން ވާހަކައެއް.” ފައުޒާން ޓެރެސްމަތީ ހުރީ ފާރުގައި އަތް އަޅުވާލައިގެނެވެ. އޭރު ޓެރެސްގެ ބޮޑުބަޔަށް އޮތީ އަތްވެވެ. ހިޔާވެފައި އޮތް ތަންކޮޅުގައި ފައުޒާންއާއި ޒޭބާ ހުއްޓިލައިގެން ތިއްބެވެ.

“ފައުޒާންއަށް މިވާހަކަ އެގިއްޖެއްޔާ ނޭގެ ވާނެގޮތެއްވެސް. މީފައުޒާންއަށް އުފާ…”ޒޭބާއަށް ބުނެވުނީ އެހިސާބަށެވެ. ފައުޒާން މެދުކަނޑާލި އެވެ.

“މާ ވާހަކަ ގިނަނުކޮށް ތި ބުނަން އުޅޭ ވާހަކަ ބުނެބަލަ. ސީދާ ޕޮއިންޓަށް ދޭބަލަ.” ފައުޒާން ޒޭބާއާއި މާގިނައިރު ވާހަކަދައްކާކަށް ބޭނުމެއް ނޫނެވެ.

“ޒާން، ހިބާ ބަނޑުބޮޑު!” ޒޭބާ ބުންޏެވެ. އެވަގުތު ސިޑިމަތީ ހުރި ހަފީޒާއަށް އަނގަމަތީ އަތް އެޅުނެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. ފައުޒާންއާއި ހބާ އެފަދަ ހުތުރު އަމަލުތަށްވެސް އެވަނީ ކޮށްފައެވެ. ހަފީޒާ ހިތަށް އަރަމުން ދިޔައެވެ.

“ވަޓް!” ފައުޒާންއަށް ގަބޫލު ނުކުރެވިފައި އަހާލެވުނެވެ. ޔަގީން ނުވާތީ ފައުޒާންއަށް އުފާވާކަށްވެސް ނޭގުނެވެ. “ޒޭބާއަށް ކިހިނެއް އެނގުނީ؟”

“އަހަރެންގެ ކްލާސް ކުއްޖެއް އުޅޭ ހިބާ ބައްޕަ މެންގޭގަ. އެގެއަށް އަހަރެން ވަރަށް ގިނައިން ދަން. ހިބާއާއި ވެސް ވާހަކަ ދައްކަން. ހިބާ އަހަންނަށް މާފްވެސް ދިން.” ޒޭބާ ބުންޏެވެ. އަދިވެސް ފައުޒާން ހުރީ ގަބޫލު ނުކުރެވިފަ އެވެ. “އަހަންނަށް ހިބާ ބަނޑުބޮޑުކަން އިނގުމުން ލިބުނީ ޝޮކެއް. އެކަމަކު އެދުވަހު އަހަންނަށްވެސް އިނގުނީ ހިބާއާއި ފައުޒާންއާއި ކައިވެނިކޮށްގެން އުޅޭކަންވެސް.” ޒޭބާ ބުންޏެވެ. ހަފީޒާ ހުރީ ހައިރާން ވެފަ އެވެ. އެހާ ބޮޑުކަމެއް ހަފީޒާ މެނަށް އަންގާވެސް ނުލާ ފައުޒާން ކުރީ ހެއްޔެވެ. ޒޭބާ އެކިޔަނީ ކީކޭ ހެއްޔެވެ. އެއީ ތެދެއް ހެއްޔެވެ.

“ހިބާ ރަގަޅުތަ؟ ހިބާ މިހާރުވީ ކޮންތާކު؟” ފައުޒާންގެ ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. މިހާރު މިވަގުތު ހިބާއާއި ބައްދަލުކުރަން ފައުޒާން ބޭނުންވިއެވެ.

“ޒާން، ހިބާ ބައްޕަ ހިބާ ގޮވައިގެން ދިޔައީ ސިންގަޕޫރަށް. ހިބާ ވަރަށް ބަލި. އެހާ ޅައުމުރުގައި ބަލިވެއިނުމުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ވާކަމުގައި ޑޮކްޓަރ ބުނީ. ބޭބީ އަށް ވެސް ނުރައްކާވާވަރަށް ލޭމަދު ކަމަށް ޑޮކްޓަރ ބުނެގެން މިކޮޅުން އެއްފަހަރު ލޭވެސް އެޅި.” ޒޭބާ ބުންޏެވެ.

“ހިބާއަށް ގުޅޭނެ ނަންބަރެއް އިނގޭތަ؟” ފައުޒާންއަށް އަހާލެވުނެވެ. ފެންކަޅިވެފައި ހުރި ޒޭބާ ބޯ ހޫރާލި އެވެ. ނޭގެއޭ ބުނާފަދަ ގޮތަކަށެވެ.

“ޒާން، ހިބާ ބައްޕަ ހުންނަނީ ޒާންދެކެ ވަރަށް ރުޅިއައިސްފަ. ހިބާ ބައްޕަ ބްލޭމް ކުރަނީ ޒާން. އެގޮތަށް ކަންތައް ހިބާއަށް ދިމާވީ ޒާން ހުރިހާ ކަމެއް ސިއްރުކުރީމަ ކަމަށް ހިބާ ބައްޕަ ބުނަނީ.” ޒޭބާ އިތުރަށް ބުންޏެވެ. ފައުޒާން ޒޭބާއަށް ބަލައިލި އެވެ.

“އެއީވެސް ދޮގެއްނޫނެއްނު،” ފައުޒާން އަނެއްފަރާތަށް އެނބުރުނެވެ. ފައުޒާންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮރުވުމަށެވެ. “ޒާންއަށް އެންމެ ކުރިންވެސް މަންމަމެން އެންމެން ކައިރީ ހިބާއާއި މެރީ ކުރިވާހަކަ ބުނެވުނު ނަމަހީ އެގޮތަށް މަންމަވެސް ޝައްކެއް ނުކުރީސް. މީ ޒާން އާ ހެދި ވީ ގޮތެއް.” ފައުޒާންއަށް ހަމަ އަސްލުވެސް ރޮވިއްޖެ އެވެ.

“ޒާން، ތިހެން ނުބުނޭ،” ޒޭބާ ވެސް ހުރީ ވަރަށް ދެރަވެފަ އެވެ. “މި ހުރިހާ ކަމެއް މިހެން ވީ ނަދުވާއާއި ހެދި. ނަދުވާ ކުޑައްތަ ކައިރީ ފާޑުފާޑުގެ ވާހަކަ ދައްކައިގެން.” ޒޭބާ ބުންޏެވެ. “ޒާންއަށް އެގޭތަ، ނަދުވާ އުޅުނޭ މިންހާޖް ހިބާ ކޮޓަރިއަށް ވައްދަން ހިބާ ނިދާފަ އޮއްވާ. އެކަމަކު މިންހާޖަށް ނުކެރުން ވަންނާކަށް. މިންހާޖު މަސައްކަތް ކުރަނީ ހިބާ ބައްޕަކައިރީ ކަމުން އަސްލު ނުކެރުނީ. ނަދުވާ އުޅުނީ މިންހާޖްއާއި ހިބާގެ ގޮތްގޮތަށް ފޮޓޯ ނަގާފަ ކުޑައްތައަށް ދައްކަން ވެގެން. އެކަމަކު އެކަން ނުވީމަ ފާޑުފާޑުގެ ވާހަކަ ދައްކައިގެން ކުޑައްތަ މަޅީގައި ބެއްދީ.” ޒޭބާ ބޭނުންވީ ނަދުވާގެ ހުރިހާ ވާހަކަތަކެއް އެދުވަހު ފައުޒާންއަށް ކިޔައިދޭށެވެ. ފައުޒާން ހުރީ އަނގައިން ބަސް ހުއްޓިފަ އެވެ. ނަދުވާގެ ނުބައިކަން އިގެމުން ދާތީ ބުނާނެ އެއްޗެއްވެސް ނޭގިފަ އެވެ.

“އަދި އިނގޭތަ، ހިބާ މި ސިޑިން ވައްޓާލަންވެގެން ސިޑި މައްޗަށް ތެޔޮ އަޅަންވެސް އުޅުން. އެކަމަކު އަހަރެން ބުނީ އޭރުން ފައުޒާންވެސް ވެއްޓިދާނެޔޭ ބުނީމަ އޭނަ ނޭޅީ. ކާ އެއްޗިއްސަށް މިރުހާ ލޮނާ އެއްޗިހި އަޅަނީ ވެސް އޭނަ. އަދި ފައުޒާން ނެތިސް ތަންތަން ހަޑިކުރަނީ ވެސް ހަމަ ގަސްތުގަ ހިބާއަށް ޖެއްސުމަށް. ފައުޒާން އަންނަން ވާއިރަށް ހިބާ ހުރިހާ ތަނެއް އަބަދުވެސް ސާފުކޮށްފަ ބާއްވަނީ ފައުޒާން ނަދުވާ ދެކެ ރުޅިއައިސްގެން ކޮންމެ ކަމެއްވެސް ކޮށްފާނެހެން ހީވާތީވެ. ހިބާގެ އިސްތަށީގަނޑު ބުރިކުރި ދުވަހު ވެސް އަހަރެން މަނާ ކުރިން އެކަމަކު އޭނަ ހަމަ ބުރިކޮށްލީ. އަހަރެން ވަރަށް ދެރަވި އެދުވަހު.” ޒޭބާއަށް ރޮވިއްޖެ އެވެ. ސިޑިމަތީ ހުރި ހަފީޒާއަށް ވެސް ރޮވިއްޖެ އެވެ. އަދި ރޮމުން ރޮމުން ސިޑިމަތީ އިށީނދެވުނެވެ.

“ހިބާއަށް ފޯނެއްވެސް އެމީހުން ފަހަކުން ނުދިންދޯ؟” ހަމަހިމޭން އިރުކޮޅަކަށް ފަހު ފައުޒާން އެހިއެވެ.

“ހިބާގެ ލެޕްޓޮޕާއި އައިޕެޑް ވެސް ނަދުވާއެއް ނުދިން. އެދުވަހު ހިބާގެ ފޯނުވެސް ތަޅައިގެން ދިޔައީ. ހިބާ ބައްޕަ ގަސްތުގަ ހިބާއަށް ފޯނެއް ގަނެފަވެސް ނުދިނީ ހިބާ ފައުޒާންއަށް ގުޅާނެތީވެ. ހިބާ ހުންނަނީ ވަރަށް ދެރަވެފަ. އަހަރެން ކައިރީ ބުނީ ކޮންމެސް ގޮތަކުން ޒާންއަށް އަންގާލަ ދޭށޯ ހިބާ ބަންޑުބޮޑު ވާހަކަ. އަހަރެން ވަކި އަންގާނީ ކިހިނެއް. އަނެއްކޮޅުން ޒެކް ބުނެފި މިގޭ އެކަކަށްވެސް އެގޭގައި ވާ އެއްވެސް ކަމެއް އަންގައިގެން ނުވާނެޔޭ. އަހަންނަށްވެސް އެގެއަށް ވަދެވޭނީ އޭރުންނޭ،” ލޯ ފޮހެލަމުން ޒޭބާ ބުންޏެވެ. “އެގޭގަ އުޅޭ އެންމެން ކައިރީ ހިބާ ބައްޕަ ބުނެފަ އޮންނަނީ މިގޭ މީހަކު ދިޔަސް އެގެއަށް ނުވައްދަންވެސް. ހިބާ ބައްޕަ އަކީ ވަރަށް ވަރުގަދަ މީހެއް. އަހަރެން ވަރަށް ބިރުގަނޭ. އަހަރެން ނަދުވާ ކައިރީ ބުނިން ހިބާއަކީ ހީވެސް ނުކުރާހާ މުއްސަނދި ކުއްޖެކޭ. އެކަމަކު ނަދުވާ ގަބޫލެއް ނުކުރޭ. ނަދުވާ ބުނަނީ އެހާ މުއްސަނދި ކުދިން އެހެން މީހުންގެ ތައްޕާހުގައި އުޅެން އަންނާނެހޯ. ދެން އިތުރަކަށް އަހަރެން ނަދުވާ ކައިރީ އެއްޗެއް ނުބުނަން.”

“ހިބާގެ ލެޕްޓޮޕް ކޮބާ ދެން؟” ފައުޒާން ޒޭބާ އާއި ދިމާއަށް ބަލައިލަމުން އަހާލި އެވެ.

“ނަދުވާ ނޫނީ ކުޑައްތަ އަތުގަ ވީ.” ޒޭބާ ބުންޏެވެ. “ނޭގެ ކާކު އަތުގަ ކަމެއް.” ހަފީޒާ ސިޑިމަތިން ތެދުވި އެވެ. އަދި ލޯފޮހެލަމުން އަވަހަށް ތިރިއަށް ފޭބި އެވެ. ހިބާގެ އައިޕެޑް އޮތީ ހަފީޒާ އަތުގަ އެވެ. ނަމަވެސް ހިބާގެ ލެޕްޓޮޕް ވީ ނަދުވާ އަތުގަ އެވެ. ހަފީޒާ ތިރިއަށް ފައިބައިފައި ކޮޓަރިއަށް ވަދެ ހިބާގެ އައިޕެޑް ނެގިއެވެ. އެ އޮތްގޮތަށް ފޮށީގައި އެ އޮތެވެ. ނަދުވާ އަތުން ލެޕްޓޮޕް ހޯދަން ވެގެން ހަފީޒާ ނަދުވާއަށް ގުޅާލި އެވެ. ފޯނެއް ނުނެގި އެވެ. ނަދުވާއާއި ޒޭބާ އުޅެނީ ހަފީޒާމެންގޭގަ އެވެ. ނަދުވާއާއި ހަފީޒާ މިހާރު އެހާ ވާހަކައެއް ނުދައްކައެވެ. ނަދުވާއަށް ވެސް ވަނީ އެކަން ފާހަކަ ވެފަ އެވެ. ހަފީޒާއަށް ކޮންމެސް ކަމެއް އިނގުނީހެން ނަދުވާއަށް ހީވާތީ ނަދުވާވެސް އުޅެނީ ހަފީޒާއާއި ދުރުންނެވެ.

“މަންމާ! މަންމާ!” ފައުޒާން ގޮވާ އަޑަށް ހަފީޒާ އަވަހަށް ލޯ ފޮހެލި އެވެ. އަދި ހަމަޖެހިލަމުން ކޮޓަރި ދޮރުކައިރިއަށް ނުދެވި އުޅެނިކޮން ފައުޒާން ކޮޓަރި ހުޅުވާލި އެވެ. “މަންމާ، މަންމަ އަތުގަ އެބައޮތްތަ ހިބާގެ ލެޕްޓޮޕް؟” ފައުޒާން ޖެހިލުން ވެފައި ހުރެވެސް އަހާލި އެވެ. ހަފީޒާ އެނދުމަތީ އޮތް ފޮށި ނަގާ ފައުޒާންއަތަށް ދިނެވެ.

“މީ ހިބާގެ އައިޕެޑް. ލެޕްޓޮޕް ވީ ނަދުވާ އަތުގަ. އެވެސް މަންމަ ހޯދަދޭނަން.” ހަފީޒާ ބުންޏެވެ. ހަފީޒާ ވާހަކަ ދެއްކިގޮތުން ހަފީޒާއަށް ކަމެއް އެނގިއްޖެހެން ފައުޒާންއަށް ހީވިއެވެ. އަދި ހަފީޒާގެ އަޑުން ރޮއެފައި ހުރިކަންވެސް އެނގުނެވެ.

“މަންމަ ރޮނީތަ؟” ފައުޒާން މަޑުމަޑުން ބުނެލި އެވެ. އަދި ހަފިޒާ ކައިރިއަށް އައިސް ހުއްޓުނެވެ.

“މަންމައަށް މާފްކުރޭ، ދަރިފުޅާ ޒާން، މަންމައަށް ނޭގިގެން ހިބާއަށް އެހެން ހެދުނީ. އެއީ މަންމަ ގަސްތުގައި ކުރިކަމެއްނޫން. ދަރިފުޅާ މަންމަ…” ހަފީޒާގެ އަނގަމަތީ، ފެންކަޅިވެފައި ހުރި ފައުޒާން އަތް އެޅި އެވެ. ހަފީޒާގެ ލޮލުން ކަރުނަތަށް ފައިބައިގެން އައިސް ކޯތާފަތް މައްޗަށް އެޅެމުން ދިޔައެވެ،

“މަންމާ، ތިހެން ނުބުނޭ…” ފައުޒާން ހިންދިރުވާލި އެވެ. “ޒާންއާއި ހެދި މަންމައަށް ވެސް އެގޮތަށް ކަންތައް ކުރެވުނީ. މަންމަގެ ކުށެއް ނެތް. އެންމެ ކުރިން މަންމަ ކައިރީ ހުރިހާ ވާހަކައެއް ބުނެވުނު ނަމަ މިހެން މިގޮތަށް ކަންތަކެއް ނުވީސް…” ފައުޒާން ހަފީޒާގެ އަތުގައި ހިފާލި އެވެ. “މަންމާ! މަންމަ ޒާންއަށް މާފް ކުރޭ.” ފައުޒާން ބުންޏެވެ. ހަފީޒާ ދެރަވެގެން ހިތްފަޅައިގެން ދާވަރު ވެއްޖެ އެވެ.

” ހިބާދެކެ ލޯބިވާވާހަކަ އެންމެ ކުރިންވެސް ޒާން ބުނިނަމަ. މަންމައަށް ނަދޫއާ އެހާ ކްލޯސްކޮން އުޅެވުނީ ޒާން ނަދޫދެކެ ލޯބިވާހެން ހީވާތީ. އެއްވެސް އިރަކު ނަދޫއަކީ ޒާންގެ އަންބަކަށް ހަދަން ކަމުދާ ކުއްޖެއްކަމަކަށް މަންމަމެން ނުދެކެން. ޒާންގެ ބައްޕަވެސް ބުނާނެ ނަދޫނޫން ކުއްޖެއް ފައުޒާންއަށް ނުފެނުނީހޭ. ހަގީގަތުގަ މަންމަމެން ތިބީ އެހާ ހިތްހަމަ ޖެހިގެނެއް ނޫން. އަދި ހިބާއޭ ކިޔައިގެން ނަދޫ ދެއްކި ވާހަކަތައް ވެސް މަންމައަށް ގަބޫލު ނުކުރެވިފައި ހުރީ އެކަމަކު….” ހަފީޒާ ފައުޒާންއަށް ބަލައިލަމުން ކަރުނަތަށް އަތުން ފޮހެލި އެވެ. “ދަރިފުޅާ، ޒާން. މަންމަ އަދި ހިބާ މިގެއަށް ގެންނާނަން. މަންމަހިބާގެ ކިބައިން މާފަށްވެސް އެދޭނަން. ހިބާ މަންމައަށް މާފް ވެސް ކުރާނެ. މޫމިނާވެސް މަންމަ ދެކެ ރުޅިއައިސްސަ ހުރީ. ދެން އެމީހުން ސިންގަޕޫރުން އައިމަ ހުރިހާ ކަމެއްވެސް ރަގަޅުވާނެ.” އުއްމީދާ އެކު ހަފީޒާ ބުންޏެވެ.

އެރޭ ފައުޒާން ޓީވީ ބަލަން އިންދާ ނަދުވާ އައިސް ވަނެވެ. އޭރު ހަފީޒާ ވީ ޑިއުޓީއަށް ގޮހެވެ. ޒޭބާ ބަދިގޭގައި ކާން އުޅެއެވެ. ފައުޒާން އައިފަހުން ނަދުވާއަށް ފައުޒާން އެފެނުނީ އަދިކިރިޔާ އެވެ. ފައުޒާންގެ ރީތިކަން އިތުރުވެފައި ވާއިރު ފައުޒާން ނަދުވާއަށް ބަލަހައްޓައިގެން އިން ގޮތުން ނަދުވާގެ ފައި އޮޅޭގޮތް ވިއެވެ. އެ ތޫނު ދެލޮލުގެ ވިދުން މާ ގަދަހެންވެސް ނަދުވާއަށް ހީވިއެވެ. ފައުޒާން އެއްޗެކޭ ބުނެދާނެތީ އަވަހަށް އެތަނުން ދިއުމަށް ނަދުވާ ހިގައިގަތެވެ.

“ނަދުވާ!” ފައުޒާން ސޯފާއިން ތެދުވަމުން ގޮވާލި އެވެ. ވަގުތުން ނަދުވާއަށް ހުއްޓެވުނެވެ. ލޯބޮޑުވީ ފައުޒާން ބުނަން އެއުޅެނީ ކީކޭކަމެއް ނޭގޭތީ އެވެ. “ކޮބާ ހިބާގެ ލެޕްޓޮޕް؟” ނަދުވާ އަނގައިން ނުބުނެ ވިސްނާލަން ހުއްޓެވެ. “ކޮބައިހޭ ހިބާގެ ލެޕްޓޮޕް؟” ތަންކޮޅެއް ބާރަށް ފައުޒާން ބުންޏެވެ.

“ނޭގެ. އާން އަހަރެން އަތުގަ އެބައޮތް ހިބާ ގެންގުޅުން ލެޕްޓޮޕެއް. އެއީ ހިބާގެ އެއްޗެއްކަމެއް އިނގިފައެއް ނެތް.” ވިހަ ހިނިތުން ވުމަކާއެކު ފައުޒާންއާއި ދިމާއަށް އެނބުރިލަމުން ނަދުވާ ބުންޏެވެ.

“އެއީ ހިބާގެ ލެޕްޓޮޕެއް. އެ ގެނޭ.” ފައުޒާން ބުންޏެވެ. ނަދުވާ ފާޑަކަށް ފައުޒާންއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އެއީ ހިބާގެ އެއްޗެއް ކަމަކު ފައުޒާންއަތަށް އަހަރެން އެ ދޭންވީ ކިއްވެ.” ތުއިވެލާފައި ހަށަން ބަދެލަމުން ނަދުވާ ބުނެލި އެވެ. “ކުޑައްތަ މިހާރު ގަބޫލެއް ނުވާނެ ޒާންއާ ހިބާއާ ގުޅިގެން އުޅޭކަށް.”

“މަންމަވެސް ގަބޫލު. އަދި އެންމެން ވެސް ގަބޫލުވާން ޖެހޭނީ. ކީއްވެކަން އިނގޭތަ؟” ފައުޒާން ނަދުވާއާއި ކައިރި ވެލިއެވެ. ފައުޒާން ހުރީ ރުޅިއައިސްފަ އެވެ. “އެއީ ހިބާއަކީ އަހަރެންގެ އަލަތު އަނބިމީހާ. އަހަރެންގެ އަންބަކަށް ވެގެން ހުއްޓާ ނަދުވާގެ ރޭވުމުން ހިބާ ބޭރުކުރީ. އިގިއްޖެތަ. އެކަކަށްވެސް އަހަންނާ ހިބާއާ ދުރެއް ނުކުރެވޭނެ.” ފެންކަޅި ވެފައިހުރި ފައުޒާން ރުޅި އައިސްފައި ހުރިވަރުން އެލޮލުން ވެސް ހީވަނީ އަލިފާން ބުރާފާނެ ހެނެވެ. ނަދުވާވެސް ޖެހިލުންވާވަރު ވިއެވެ. އަދި ލިބުނު ހައިރާންކަން އެއަށް ވުރެ ބޮޑެވެ.

“ކަލޭ ހީކުރީ އަހަރުމެން މަޑުން މިތިބެނީ އެއްވެސް ކަމެއް ނޭގޭތީ ކަމަށްތަ. މަންމައަށް ވެސް ހުރިހާ ކަމެއް އެގިއްޖެ. ކަލޭ ކުޅުނު ކުޅިވަރު ވެސް މަންމައަށް އެގިއްޖެ. އެވަރުންވެސް މަންމަ ކަލޭ މިގޭގަ ބަހައްޓާފަ ތިހިރީ ތީ ތުއްތައްތަގެ ދަރިއަކަށް ވީމަ. ކަލޭ ދުވަހަކު ރަގަޅެއް ނުވާނެ. ނަސީބެއް އަހަރެން ކަލޭކައިރިން ސަލާމަތް ވިކަން.” ފައުޒާން އަދިވެސް ހުރީ ރުޅިއައިސްފަ އެވެ. މިހާރު ނަދުވާގެ މޫނުމަތިން ފެންނަމުން ދިޔައީ އެހެން ސިފައެކެވެ. މީހާ މުޅިން މިލައިފި އެވެ. އެހެން ހުރެފައި އަނގައިންވެސް ނުބުނެ ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ. އިރުކޮޅަކުން ނިކުމެގެން އައިސް ފައުޒާންއަތަށް ހިބާގެ ލެޕްޓޮޕް ދީފައި ގޮސް ކޮޓަރިއަށް އަނެއްކާވެސް ވަދެއްޖެ އެވެ. ދެން އިވެން ފެށި އަޑުން ފައުޒާންވެސް ބިރުގަނެއްޖެ އެވެ. ނަދުވާއަށް ގޮވަމުން ދޮރުގައި ތަޅަން ފެށިއެވެ. ބަދިގޭގައި އުޅުން ޒޭބާވެސް ދުވެފައި އައިސް ފައުޒާންކައިރީ ހުއްޓިހުރެ ނަދުވާއަށް ގޮވަމުން ގެންދިޔައެވެ. ނަދުވާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ފައުޒާންއަށް ވެސް އެނގެއެވެ. ފައުޒާން މިހާރު ހުރީ މާބޮޑަށް ނަދުވާއާއި ދިމާއަށް އެއްޗިހި ކިއުނީތީ ދެރަވެސް ވެފައެވެ.

ނަދުވާ އަދިވެސް ދޮރުނުހުޅުވައެވެ. ކޮޓަރިތެރެއިން އިވެނީ އެއްޗިހި އުކާ އަޑާއި ބިއްލޫރި ތަޅައިގެން ދާ އަޑުފަށްގަޑެކެވެ. ފައުޒާން ތަޅު ހަލާކުކޮށްލައިގެން ދޮރު ހުޅުވިއިރު ނަދުވާ ލޯގަނޑުން ތަޅައިން ގޮސްފައިވާ ފުޅިތޮށި ގަނޑަކުން އަތުގެ މައިނާރުގައި އަޅާލައިފި އެވެ. ފައުޒާން ދުވެފައި ގޮސް ނަދުވާ އަތުން ފުޅިތޮށިގަނޑު އަތުލި އެވެ. އަދި އެނދުގެ ބެޑްޝީޓު އިރާލުމަށް ފަހު އެ ފޮތިގަނޑުން ބާރަށް ނަދުވާގެ އަތުގައި އައްސައިގެން ގަދަކަމުން ނަދުވާ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. ޒޭބާ ކައިރީ ހަފީޒާއަށް އެންގުމަށް ވެސް ބުންޏެވެ.

ފައުޒާން އައި އިރު ހަފީޒާ ހުރީ ދޮރުކައިރީ އެވެ. އޭރު ނަދުވާ އޮތީ ކާރުތެރޭގައި ހޭނެތިފަ އެވެ. އަވަހަށް އެމެޖެންސީ ރޫމަށް ވައްދާ ފަރުވާދޭން ފެށި އެވެ. ފައުޒާން ހަފީޒާއަށް ވީ ގޮތް ކިޔައި ދިނެވެ. ފައުޒާން ހުރީ ދެރަވެފައިކަން ހަފީޒާއަށް އިނގުނެވެ.

“މަންމަވެސް ނަދޫއާ ދިމާލަށް އެއްޗެއް ނުބުނެ ހުރީ މިކަހަލަ ކަމެއް ކޮށްފާނެތީ. ދެން އެކަމާ ދެރަނުވޭ.” ހަފީޒާ ބުންޏެވެ.

ހަފްތާއެއް ފަހެވެ. ނަދީމާ މެންވެސް އައިސްފި އެވެ. ނަދުވާ އެގެއަށް ބަދަލުކުރިއެވެ. ނަދީމާއަށް ހުރިހާ ވާހަކައެއް އިނގުމުން ނަދީމާ ވަރަށް ދެރަވިއެވެ. ނަމަވެސް ނަދީމާއަށް ވެސް ކުރެވޭނީ ކީއްހެއްޔެވެ. ދެން އޮތީ ނަދުވާ ރަގަޅު ކުރުމެވެ. ނަދުވާ ހުންނަނީ ނަފްސާނީ ގޮތުން ބޯގޮވާފައެވެ. ކޮންމެ ދުވަހަކު ނަދުވާއަށް ކައުންސެލިން ދޭން މީހަކު ހަފީޒާ ގެނެއެވެ. މިހާރު އަންނަނީ ރަގަޅު ވަމުންނެވެ. ނަމަވެސް އަދިވެސް ނަދުވާގެ ގޮތް ނަދުވާ ދޫކޮށްލާ ހިޔާލެއް ނުކުރެ އެވެ.

މިހާރު ފައުޒާން ގެ ކަމަކީ އޮފީސް ނިމިގެން ހިބާމެންގެ ދޮރުމަތީ ބުރުއެޅުމެވެ. ދޭތެރެއަކުން ފިކުރީއަށް އުނދަގޫކުރާނެ އެވެ. ޒޭބާ ކައިރީ ފައުޒާން އަބަދު ހިބާގެ ހަބަރު ބެލުމަށް ބުނެ އެވެ. އެގޭ ގެންގުޅޭ ކުދިންނަކަށް ވާނުވާއެއް ނޭގެ އެވެ. އެހެންކަމުން ޒޭބާއަށް ވެސް އޮތީ ހަބަރެއް ނުލިބިފަ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (30)

  1. Shaai

    Vvvvvvvvvv rythi. Mibai ves.

  2. mary

    alhe thankolhen avaskondy dhen anehbai xaan hibaa bandal kondy eyrun salhivaane vvvvsalhi vaahaka

  3. Naaxi

    Nice ingey

  4. vaahaka kiyaa kuhjjeh

    Mi vaahaka vv reethi.. kurin genesdheygothah than kolheh avaskohdhehchey.. vv kiyaahithun abadu check kurevey up vefatho

  5. Minmi

    Alva kiyaaba dhivehi.com inn..dhivehi.com he library ah gos loabi ah fithaalabah..eyrun fennane…minmi ge best story adhi kihaathanah…luv it..minmi beynun vany fauxaan kahala husband eh????

  6. Minmi

    Alva kiyaaba dhivehi.com inn..dhivehi.com he library ah gos loabi ah fithaalabah..eyrun fennane…minmi ge best story adhi mihaathanah…luv it..minmi beynun vany fauxaan kahala husband eh????

  7. resshhhh

    minmi ah fauzaan kahala husbandeh dhevvaashi aaaameeeen

  8. xoya

    Avahah next part up kohdhyyba.furathama kolhu 2 or 3 part up kohfa mehun kiyaa hiyy jehunyyma up kuranyy enme baeii dhw

  9. Ady

    Alhe mi story inee kon sitehga tha? Kommes kujjeh bunedheebala… dhivehivaahaka site akah nuvadhevey. .plzzzz

    1. Anonymous
      Ady

      dhivehi.com ah vadhefa library ah gosfa loabi vadheba.. eyrun fennaane.. 7 parts dhn iny nunimi mi stry..

  10. Ady

    thi site akah nuvadhevey

  11. rose

    Dhen nadhuwa ulheyne vahtharakah ulhefa beynunva gothah ehen meehun lahva kanthah kuruvah vegen . Kon depression ehtha. Ehen meehunehnu meenaya hedhi depressionah dhaan jehifa mithibi.

  12. Mary

    Koabaa. New…. Vaahk..

  13. laurym

    lau mivaahaka daily koh kiyan… ekamaku comment eh nukuran.. mi vaahaka v habeys.. ekm hrdha lahey mihaaru

  14. mary

    alhey avavas kondybala mivaahaka kiyaahithun mihaaru miulheny nuvesnidigeh plx

  15. Nish

    alhey avavas kondybala mivaahaka kiyaahithun mihaaru miulheny nuvesnidigeh plx

  16. Anonymous

    Kiyaahithun nuhurevign kiyaa nimmaalaifin aslu upvaaleh laheedw.vvvv reethi

    1. nish
      Anonymous

      mivaahaka keykunjaa key konthaakun varah masankathunves mivaahaka nufenunu bunedeyba akhe plx

  17. Yanaalee

    Mi vaahaka mihaaru haadha update nuveyey.. Kiya hithun hureveny eh nun..

  18. rifa

    Aheh part koba?? Varah reethi

  19. nish

    mivaahaka keykunjaa key konthaakun varah masankathunves mivaahaka nufenunu bunedeyba akhe plx

  20. fath

    mihaaru haadha lahun upload kurany. furathama heevi ehen kameh hen. varah foohi.

  21. fath

    alhe meehunge hih jehuneema mihaaru haadha lahun ney thi up kohdheny

  22. princess

    Hrdha lahey up kuraa leh.. ??

  23. mary

    varah foohi migothan kanthankutaathy kiyaahithun thibethibeves upnukuraathy.den able avaskondeyba varah kiyaahithun miulheny plx plx

  24. Nau

    las vaathy kada… heyonuvaane avas koh ba

  25. Eny

    Aasi rangadaaa kobatha vaahaka?????? iruirukolha check kohkoh thibenveeths?? Esfiyaige baeh vaahaka migothah ehme firigadhavaa hisaabun gehleeyne anehkaa aasi ahves mivee ehentha noooooon asi plxx ehen nuhadhaathi ???????

  26. @mm@d@y

    Dheh konirakuntha mivaahakaige anehbai nukunnane haadha lahey mihaaru inthizaaru kohkoh inthizaaru kolhun laifi.

    Haadha salhi vaahakaekey

  27. purplish

    dhivehi.com akah nuvadhey vunu Thi meehun keyhineh hadhaa gen tha ey baieh vanany..

  28. Faxoo

    yayy!! Nadhuva ge hageegai enguny atlast 😀 so happy 😛 but Hiba ah adhi ves dhera otheh nahadhacchey

Comments are closed.