Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް .. 10 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
April 24, 2016 10 Mins Read
31 Comments

“ކޮއްކޯ.. މުހައްމަދުފުޅުބެ ރޭގައި ބެލި ބެލުމުން އެނގިފައިވަނީ.. ނާސިރު ވަނީ ކޮއްކޮ ބަންޝީލްއަށް ހިބައިން ދީފައި..” ދޮންބެ ބުނެލިއެވެ. އަހަރެން ހައިރާންކަމާއި އެކު ދޮންބެއާއި ދިމާލަށް ބަލާލީމެވެ. އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ. ނާސިރުއަށް އަހަރެން އެހެން މީހަކަށް މިލްކެއްގެ ގޮތުގައި ދެވޭނެ ހެއްޔެވެ. އެއީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ. “އެހެންވެ ބަންޝީލްއަށް ކޮއްކޮއަށް އެހާ ބާރު ފޯރުވެވެނީ.. މުހައްމަދުފުޅުބެ އަކަށް ވެސް ނޭނގެޔޯ އެއީ ކިހިނެއް ކުރި ކަމެއް ކަމެއް.. ނާސިރުއަށޯ އަސްލު އޭގެ ޖަވާބު ދެވޭނީ” ދޮންބެ ބުނެލިއެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. އެކަމަކު ނާސިރު އެގޮތައް އެ ކަންތައް ކުރީ ކީއްވެ ހެއްޔެވެ. މި ހުރިހާ ދުވަހަކު ބަންޝީލް އަހަރެން މިއީ އޭނަގެ މިލްކެކޭ ބުނީމަވެސް އަހަރެން ގަބޫލެއް ނުކުރަމެވެ. އޭނަ އެބުނީ އަސްލަށްވެސް އޭނައަށް އަހަރެން ހިބަ ކޮށްފައިވާ ވާހަކައެވެ. އަހަރެންނަށް ނޭވާލާން ކުޑަކޮށް އުދަގޫ ވެގެން ދިޔައެވެ. ކުޑަކޮށް ދުރަށް އަހަރެންނަށް ޖެހިލެވުނެވެ. “ބަންޝީލް ކޮއްކޮ ހޯދުމައްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކުރާނެކަމަށް މުހައްމަދުފުޅުބެ ބުނަނީ.. އޭނަގެ ކުރިމައްޗަށް އަރާ މީހަކާއި ހަނގުރާމަވެސް ކުރާނެކަމަށް.. އަދި އެމީހެއް ދުއްވާލަންވެސް ފަހަކަށް ނުޖެހޭނެކަމަށް” ދޮންބެ ކިޔައިދިނެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. މާޔޫސްކަމާއި އެކުގައެވެ. އަހަރެންނާއި ހެދި ބަޔަކަށް ގެއްލުމެއް ވާކަން އަހަރެން ބޭނުމެއް ނޫނެކެވެ.

“ކޮއްކޯ.. ހާސްނުވޭ.. އެއްވެސް ކަމެއް ނުކުރެވޭނެ.. ދޮންބެވެސް މިހުރީ ނުން” އަހަރެންގެ މޫނު ފެނުމުން ދޮންބެ ބުނެލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ނާސިރުއަށް އެގޮތަށް އަހަރެން ނުވެސް ފެނި ހުރެ ނުވެސް ދަނެ މީހަކަށް ހިބައިން ދެވިދާނެ ހެއްޔެވެ. އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ. އަހަރެންނަކީ އަހަރެންގެ ކައިރީގައިވާ އެންމެންނަށް ހުރި ބިރުވެރިކަމެވެ. ނާސިރުއަށް އަހަރެންގެ ދިރިއުޅުން ނޫނީ ހަލާކު ކުރަން ނޭނގުނު ހެއްޔެވެ. އަހަރެން މިހުރިހާ ދުވަހަކު މި މަސައްކަތް ކުރީ ހެޔޮހިތުން އޭނައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭތޯ އެވެ. އޭނައާއި ވާހަކަ ދައްކައިގެން އޭނައަށް ހިތްހަމަޖެހުމެއް ހޯދައިދެވޭތޯއެވެ. އެކަމަކު.. އޭނަ އަހަރެންނަށް އެކުރީ ކީއްހެއްޔެވެ. އަހަރެން ދެލޯ ކަރުނުން ފުރުނެވެ. އައި ގޮތަށް އައިސް އެނދުގައި އިށީދެވުނެވެ. އެވަގުތު ދޮންބެ ދޮރުގައިޓަކި ޖަހާލަމުން އެތެރެއަށް ވަނެވެ. އަހަރެން އިނީ އެއްވެސް ހަރަކާތެއް ނުކުރެވިއެވެ. އެހާވެސް ބޮޑަށް އަހަރެންވަނީ ދެރަވެފައެވެ.

“އަދި މުހައްމަދުފުޅުބެ ބުނި އެއްވާހަކަ..” ދޮންބެ ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން އިނީމެވެ. “އަހަރެންގެ ކޮއްކޮއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަމަށް މުހައްމަދުފުޅުބެ ބުނި.. އެގޭގައި ހިގި ކަންތަކަށްފަހު.. މުހައްމަދުފުޅުބެ ބުނި.. ކޮއްކޮއަށް ބޭރަށް ނުނިކުމެ ކެތްކޮށްލެވޭނީ ވަރަށް އަޒުމް ވަރުގަދަވީމަ ކަމަށް.. އެއީ ބޭރުގައި ބަންޝީލް ހުރިކަން މުހައްމަދުފުޅުބެއަށް އެނގޭކަމާއި ކޮއްކޮ ގެންދިއުމަށް އޭނަ މަސައްކަތް ކުރި ކަން އެނގޭކަމަށް މުހައްމަދުފުޅުބެ ބުނި” އަހަރެންގެ ކުރިމައްޗަށް އަރާ ހުއްޓިލަމުން ދޮންބެ ބުނެލިއެވެ. އެވަގުތު އަހަރެންނަށް ރޮއިގަނެވުނެވެ. ދޮންބެ އަހަރެންގެ އޭނައާއި ކައިރިކޮށްލިއެވެ. ބޮލުގައި ލޯތްބާއި އެކު ފިރުމާލިއެވެ. “ކޮއްކޯ.. މިއީ ނުވާނެ ކަމެއް ނޫން.. އެކަމަކު.. ވަރަށް ގިނަ ކަންތައް ކޮއްކޮއަށް ދިމާވާނެ ކަމަށް މުހައްމަދުފުޅުބެ ބުނި.. އެގެއިން ދިމާވި ކަހަލަ އެތައް ކަމެއް.. އަދި އަމުދުން ހިބައިން ދީފައިވުމުން.. އެކަން ދުރުކުރަން ހަދަންޖެހޭނީ ވަރުގަދަ އެއްޗެއްކަމުން އޭގެ އަސަރު އެންމެންނަށްވެސް ކުރާނެކަމަށް ބުނި.. ” ދޮންބެ ވާހަކަ ދެއްކިއެވެ. އަހަރެންނަށް ރޮވެމުން ދިޔައެވެ. އެތައް ޝަކުވާއެއް ކުރަން ބޭނުންވިއެވެ. އެތައް ސުވާލުތަކެއްގެ ޖަވާބު ބޭނުންވިއެވެ. އެކަމަކު އަހަރެންގެ ހަޔާތުގައިވެސް އެހާ ބޮޑަށް ނިކަމެތިކަން އިހްސާސްވި ދުވަހެއް ނާދެއެވެ. އިންސާނުންގެ ދިރިއުޅުމަކީ ކިހާ ހެއްވާ އެއްޗެއް ހެއްޔެވެ. ނޭނގި ހުއްޓާ ކޮންމެ ފަދަ ކަމެއްވެސް ވެދާނެއެވެ.

އަހަރެން ރޯން ބޭނުންވި ވަރަށް ރޮއި ނިމުމުން ދޮންބެ އަހަރެން ކައިރީގައި އިށީދެލިއެވެ. އަހަރެން ނިދާލުމައްޓަކައި އޮށޯވެލީމެވެ. އަހަރެންނަށް ނިދެންދެން ދޮންބެ އަހަރެންގެ ކައިރީގައި ހުއްޓެވެ. ނިދެމުން ދިޔަ އިރުވެސް އަމއްލަ ނަފްސުގެ ނިކަމެތިކަމާއި މެދު ހިތުން ޝަކުވާ ކުރެވެމުން ދިޔައެވެ.

އަހަރެންނަށް ހޭލެވުނު އިރު ކޮޓަރި ތެރެވަނީ ވަރަށް އަދިރިވެފައެވެ. ރޭގަނޑު ވެއްޖެކަން ބޭރުފެންނަން ހުރި ކުޑަދޮރުން އެނގިގެން ދިޔައެވެ. ހޭލެވުނީ ކޮންމެވެސް ކަހަލަ ބިިރުވެރި ހުވަފެނެއް ފެނިގެންކަން އަހަރެންނަށް އެނގެއެވެ. ހޭލެވުނު އިރުވެސް މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ރަނގަޅަށް ނޭވާ ނުލެވެއެވެ. “ކީކޭތަ އާސީން ހީކުރަނީ” ކުއްލިއަކަށް އިވިގެން ދިޔައީ ބަންޝީލްގެ އަޑެވެ. ކޮޓަރި ތެރެއިންނެވެ. އަހަރެން ސިހިގެން ދިޔައެވެ. އޭނަ ގޭތެރެއަށް ވަނީ ކިހިނެއް ހެއްޔެވެ. މިގެއަށް އޭނައަށް ނުވަދެވޭނެކަން އަހަރެންނަށް ޔަގީނެވެ. “އަހަރެން ބޭނުން ކަމެއް.. ބޭނުން ގޮތެއް އާސީންއަށް ހަދާނަން.. އެކަކަށް އެއްކަމެއް ވެސް ނުކުރެވޭނެ” ކުއްލިއަކަށް ކޮޓަރި ތެރެ ދިއްލިގެން ދިޔައެވެ. އަހަރެންގެ އެނދު ކައިރީގައި ބަންޝީލް ހުއްޓިލައިގެން ހުރި އިރު އެދެލޯ ވަނީ ރަތް ކުލައިން ދިއްލިފައެވެ. އަހަރެން ސިހިގެން ދިޔަވަރުން ފަހަތަށް ޖެހިލެވުނެވެ. އަހަރެން ކައިރީގައި އޮތް ބާލީސް ނަގާ ބައްދާލީމެވެ. އެވަގުތު ބަންޝީލް އޭނަގެ އަތް އުފުލާލިއެވެ. އެވަގުތު އަހަރެން ބިރުން ވިރިގެން ދިޔައެވެ. އިނގިލި ތަކެކޭ ހިމަ ހޯލި ތަކެކޭ އެއްވަރެވެ. ނިޔަފަތި ދިގުކަމުންނާއި ތޫނުކަމުން އޭގައި ކިރިޔާ ޖެހިލާ އެއްޗެއްވެސް ހަލާކުވާހާ ވެއެވެ. މަޑުމަޑުން އެނިޔަފަތިން އަހަރެންގެ މޫނުގައި އޭނާ ކާއްތާލިއެވެ. ދެފަރާތަށް މޫނު އަބުރާލަމުންނެވެ. “ތިއީ އަހަރެންގެ މިލްކެއް.. ހަމައެކަނި އަހަރެންގެ.. ކީއްވެތަ އާސީންއަށް އެވަރު ނުވިސްނެނީ” އެއަޑު ބަރުވަމުން ދިޔައެވެ. އަދި މަޑުމަޑުން ބަންޝީލް އަހަރެންނާއި ކައިރިވެލިއެވެ. އަހަރެން ހުރީ ބިރުން ނޭވާލާންވެސް ހަނދާން ނެތިފައެވެ.

އެވަގުތު ބަންޝީލްގެ ނިޔަފަތި ތަކުން ލޭ ތިކި ތަޅަމުން ދިޔަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އޭނާ އަހަރެންގެ މޫނާއި އެއަތް ކައިރި ކުރިއިރަކު ލޭތިކި ތަޅަމުން ދިޔަ ތަނެއް އަހަރެން ނުދެކެމެވެ. ނުނީ އެގަޑީ އަހަރެންނަށް ފާހަގަ ނުވީބާއެވެ. ނޫނީ އަހަރެންގެ މޫނު ހަލާކުވީބާއެވެ. ނަމަވެސް އެއްވެސް ތަދެއް ނުވެއެވެ. “ތިއީ އާސީންގެ ލެއެއް ނޫނޭ މޮޔަޔާ.. އަހަރެން އެހާ ލޯބިވާ ކުއްޖެއްގެ ލޭ ކިހިނެއްތަ އަހަރެން އޮހޮރުވާނީ.. ނޫންތަ..” އެހެން ބުނެ އަނެއް އަތް ބަންޝީލް ހިއްލާލިއެވެ. އެއަތް އެއީ އިންސާނެއްގެ އަތެކެވެ. އެއަތުން އޭނަ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަދި ކުއްލިއަކަށް އިސްތަށިގަނޑު އޭނަގެ އަތައް އޮޅާލިއެވެ. “އާހް” ކުއްލިއަކަށް ވެގެން ދިޔަ ތަދުން އަހަރެންނަށް ބުނެވުނެވެ. ބަންޝީލް އޭނަގެ ބަރުގަދަ އަތުން އަހަރެންގެ އިސްތަށިގަނޑު ހިފެހެއްޓުމަށްފަހު އޭނައާއި އަހަރެން ކައިރިކޮށްލިއެވެ. އެމޫނާއި ކައިރިކޮށްލިއެވެ. ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅޭހާ ބޮޑަށް ކައިރިކޮށްލިއެވެ.އަހަރެންނަށް ދެލޯ މަރާލެވުނެވެ.  “އެކަމަކު.. އަހަރުމެން ދެމީހުން ދުރުކުރަން އުޅޭ މީހުން ސަލާމަތެއް ނުވާނެ” އެހެން ބުނެލަމުން ކުއްލިއަކަށް އަހަރެންގެ މޫނު އޭނައާއި ދުރުކޮށް މުޅި ކޮޓަރިތެރެ ދައްކާލިއެވެ.

އަހަރެން ގަނޑުވި ކަހަލައެވެ. އޭނާ ހިފަހައްޓާފައިވާލެއް ބާރުކަމުން އަހަރެން ދެއަތުން އޭނަގެ އަތް އިސްތަށިގަނޑުން ނައްޓާލުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުން އެރިއެވެ. މީހާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. މުޅި ކޮޓަރިވަނީ ލޭގަނޑަކަށް ވެފައެވެ. ޖައިޝް އެވަނީ ހާދަ އަނިޔާ ވެރިކޮށް މަރާލެވިފައެވެ. ބަނޑަށް ތޫނު އެއްޗެއް ހަރާލުމުން އޭރުވެސް އެތަނުން ހޯސްލާފައި ލޭ އަންނަމުން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން އަހަރެންނާއި ދިމާލަށް ބަލަން އޮތް އިރު އެދެލޮލުން އެހަށިގަނޑުގައި އަޅާފައިވާ ވޭން ހާމަކޮށްދެއެވެ. ދެން ޖައިޝްއާއި ތަންކޮޅެއް ދުރުގައިވަނީ ދޮންބެގެ ހަށިގަނޑެވެ. “ދޮންބޭ..” އަހަރެންނަށް ރޮއިގަނެވުނެވެ. ދޮންބެވެސް ވަނީ ކަރުގަޔާއި ބުރަކަށީގައި އަދި ފަލަމަސްގަނޑުގައި ތޫނު އެއްޗަކު ހަމަލާދީފައެވެ. ތަންކޮޅެއް ދުރުގައި މަންމައާއި ބައްޕައެވެ. އެމީހުންވެސް ވަނީ އަނިޔާވެރި ގޮތަކަށް މަރާލެވިގައެވެ.

އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އައިރްއެވެ. އޭނަގެ ދެލޯ ވަނީ ނަގާފައެވެ. ދެއަތްތިލަ ވަނީ ބުރިކޮށްލާފައެވެ. “އަހަރެންގެ އާސީންއަށް ބެލީމަ. އޭނަގެ ލޯ ނަގަން ޖެހުނީ.. އޭނަ އަހަރެންގެ މިލްކެއްގެ ގައިގައި އަތްލީމަ އަތް ބުރިކޮށްލަން ޖެހުނީ” ބަންޝީލް އަހަރެންގެ ކަންފަތް ކައރީގައި ބުނެލިއެވެ. އަހަރެންނަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އޭގެން ކޮންމެ މީހަކަށްވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައެވެ. ހީވަނީ ތޫނު އެއްޗަކުން އެމީހުންގެ މަސްތަކާއި ކަށިތައް އުފުރާލާފައި ހުރި ހެންނެވެ. ހަށިގަނޑު ތޮރުފާލާ އެތެރޭގައި ހުންނަން ޖެހޭ ގުނަވަންތައް ބޭރަށް ނެރެފައެވެ. އަހަރެންނަށް ރޮއިގަނެވުނެވެ. ދުރަށްޖެހި އެނދުމައްޗަށް އެރުނީ އެމަންޒަރުތައް ފެންނަން ބަލަން ނުކެރުނީމައެވެ. އެނދުގެ ހެޑްބޯޑުގައި އަހަރެންނަށް ލެގިލެވުނެވެ. ބަންޝީލް އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. “ޔޫ ލުކް ސޯ ބިއުޓިފުލް” ލެއިން ހުރި ނިޔަފަތި ތައް އަނެއްކާވެސް ބަންޝީލް އަހަރެންގެ މޫނުގައި ކާއްތާލިއެވެ. އަހަރެންނަށް ވަގުތުން ދުރަށް ޖެހިލެވުނެވެ. ރޮވެމުން ދިޔަ ވަރުން އަހަރެންނަށް ގިސްލެވެމުން ދިޔައެވެ. “ކޮއްކޯ” އެވަގުތު އަހަރެންނަށްގެ ކަންފަތުގައި ޖެހުނީ ދޮންބެގެ އަޑެވެ. ދޮންބެގެ އަޑު އިވުނީ ކޮޓަރި ތެރެއިންނެވެ. އެވަގުތު އަހަރެން އެދިމާލަށް ބަލާލީމެވެ. އެވަގުތު ދޮންބެގެ ބޯ އަހަރެންނަށް ފެނުނެވެ. ކުރިއަށް ވުރެއް ބާރަށް އަހަރެންނަށް ރޮއިގަނެވުނެވެ. ދޮންބެ ކަރުން އޭރުވެސް ލޭ އަންނަމުން ދިޔައެވެ. ދެލޮލުގެ ކަޅިއެއް ފެންނާކަށް ނެތެވެ. އަހަރެން ކަންފަތާއި އެކު އަތުން ބާރަށް ހިފަހައްޓާލާ މޫނު ފޮރުވާލީމެވެ. “ނޫން.. ނޫން.. ނޫން.. ޕްލީޒް.. ނޫން” އަހަރެންނަށް ފެނުނީ ދޮންބެ ތެދުވެ އަހަރެންގެ ގައިގައި ހިފަހައްޓާ ތަނެވެ. ދޮންބެގެ އަތް ދަށުން ސަލާމަތްވުމަށް އަހަރެން ހަޅޭލަވައިގަތީމެވެ.

“ކޮއްކޯ.. ހޭ.. ހޭލަބަލަ.. ކޮއްކޯ” ސިހިގެން ގޮސްފައި އަހަރެންނަށް ހޭލެވުނު އިރު ދޮންބެ އަހަރެންގެ ކޮޑުގައި ހިފާ ތަޅުވަމުން ދިޔައެވެ. އަހަރެންނަށް ކުއްލިއަކަށް ތެދުވެވުނެވެ. ދޮންބެއާއި ދިމާލަށް ހައިރާންކަމާއި އެކު ބަލަން ހުރެވުނު އިރު އަހަރެން ވާންވީ އުފާކަމެއް ނޫނީ އަހަރެން ވާންވީ ދެރަކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެންނަށް ފެނުނީ ހުވަފެނެވެ. އެކަމަކު އެހާވެސް ހަގީގަތާއި އެއްގޮތެވެ. “ކޮއްކޯ” ދޮންބެ ހައިރާންކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލަން ހުރީ އަހަރެންގެ އަމަލުތައް ފެންނަން ހުރި ގޮތުންނެވެ. އަހަރެންނަށް ކުއްލިއަކަށް ދޮންބެ ގައިގައި ބައްދާލެވުނެވެ. ރޮއިގަނެވުނީ ވަރަށް ބާރަށެވެ. ދޮންބެ ހައިރާންވި ނަމަވެސް އަހަރެންގެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ. “އިޓްސް އޯކޭ.. އިޓްސް އޯކޭ” ދޮންބެ އަހަރެންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. “ދޮންބެ ޕްލީޒް.. ބަންޝީލް އެކެއްވެސް ދުލެއް ނުކުރާނެ.. އޭނަގެ ބާރު ވަރަށް ގަދަ.. ދޮންބެ ޕްލީޒް.. މުހައްމަދުފުޅުބެ ކައިރީގައި ބުނެބަލަ.. އަހަރެން ބިރުގަނޭ.. އޭނަ ބުނި އެންމެން މަރާލާނަމޯ.. މަންމަވެސް.. ބައްޕަވެސް.. ދޮންބެ ވެސް..” އަހަރެންނަށް ރޮވެމުން ދިޔައެވެ. “ކޮއްކޯ.. ކީކޭތަ ތިކިޔަނީ.. އަހަރުމެންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުދެވޭނެ ބަންޝީލްއަކަށް.. ކޮއްކޮއަށް ރަނގަޅަށް އެނގޭނެ އެކަން” ދޮންބެ އަހަރެން ދުރުކޮށްލަމުން އަހަރެންގެ ކައިރީގައި އިށީދެލިއެވެ. “ނޫން.. ދޮންބެއަކަށް އަންޑަސްޑޭންޓް އެއް ނުވާނެ.. އޭނަ.. އެއްވެސް މީހަކު” “ދޫންޏާ.. އޭނައަށް އެއްވެސް ކަމެއް ނުކުރެވޭނެ.. ދޮންބެ ޔަގީންކަން މިދެނީ” އަހަރެންގެ މޫނުގައި ލޯތްބާއި އެކު ދޮންބެ ހިފަހައްޓާލިއެވެ. އަދި އަހަރެންގެ ލޮލުން އަންނަ ކަރުނަތައް ފޮހެލަދިނެވެ.

އަހަރެން ހުރީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ކަހަލަ ބިރުވެރި ހުވަފެނެއް ފެނުނީމައެވެ. އަހަރެންގެ ހަވަނަ ހިއްސު ކޮންމެވެސް ނުބައެއް އުޅޭކަމަށް ބުނަމުން ދިޔައެވެ. ދޮންބެ އަހަރެންގެ ވާހަކައެއް ގަބޫލެއް ނުކުރާނެއެވެ. އެކަކުވެސް އަހަރެންގެ ވާހަކަ ގަބޫލެއް ނުކުރާނެއެވެ. ބަންޝީލްއަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫނެކެވެ. ދޮންބެ އެރޭގައި ވަރަށް ގިނަ އިރު އަހަރެންނާއި ވާހަކަ ދައްކަން އިނެވެ. ދޮންބެ ބުނިގޮތުން އަހަރެން ނިދުމުން ދޮންބެ ބޭރަށް ނިކުތީއެވެ. ނަމަވެސް ބޭރަށް ގޮސްފައި ނިދަން ދިއުމުގެ ކުރިން އަހަރެން ކޮބާތޯ ބަލާލަން އައިއިރު އަހަރެން އެނދުމަތީގައި ރޯމަހެއް މަރަން ތެޅޭހެން ތެޅެމުން ދިޔައެވެ. ރޮމުން ދިޔައެވެ. އެހެންކަމުން އަވަހަށް އައިސް އަހަރެންނަށް ގޮވީއެވެ.

ދޮންބެ ދިއުމުންވެސް އަހަރެންގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ. ލައިޓް ޖެއްސުމަށްފަހު ބާރުބާރަށް ގުރުއާން ޖެހީމެވެ. އަދި ވުޟޫ ކޮށްލައިގެން ނިކުމެ އަހަރެން ގުރުއާން ކިޔަވަން ފެށިމެވެ. ފަތިސް ބަންގިވެސް ގޮވީ އަހަރެން އެހެން އިންދައެވެ. ނަމާދު ކޮށް ނިމުން އިރު ހިތުތެރޭގައި އުފެދިފައިވާ ބިރުވެރިކަން ވަނީ ކޮންމެވެސް ވަރަކަށް ފިލާފައެވެ. އެހެންކަމުން އޮށޯވެލީ ވެފައިވާ ވަރުބަލިންނާއި އައިސްފައިވާ ނިދީގެ ސަބަބުންނެވެ. އޮށޯވެލި ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ދެލޯ މަރާލާއިރަށް އަނެއްކާވެސް ހުވަފެން ސިފަވަމުން ދިޔައެވެ. ވަގުތުން ދެލޯ ހުޅުވާލެވުނެވެ. އެނދުން ތެދުވެ ބޭރަށް ނިކުމެ މަންމަ ނިކުތުމުގެ ކުރިން މަސައްކަތް ފެށީމެވެ.

އާދައިގެ މަތިން މަންމަވެސް ފަތިސް ނަމާދުކޮށްލައިގެން ބޭރަށް ނިކުތެވެ. އަހަރެން ފެނުމާއި އެކު ހައިރާންކަމާއި އެކު މަންމަ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އާސީން.. ހާދަ ހެނދުނަކާ” މަންމަ އަހަރެންނާއި ބައިވެރިވެލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން މަންމައާއި އެކު މަސައްކަތް ކުރަންފެށީމެވެ. މަންމަ އިތުރު ސުވާލެއް ނުކުރެއެވެ. ސައި ތައްޔާރު ވުމާއި އެކު އެންމެންވެސް އައިސް ސައި ބޮއި ނިންމިއެވެ. އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. ހީވާ ގޮތުން އެންމެންވެސް ތިބީ ކޮންމެވެސް ވިސްނުމަކަށް ގެއްލިފައެވެ. އަހަރެންނަށް އެހެން އިންނަން އުދަގޫވިއެވެ. ނަމަވެސް ރޭގައި ވީ ކަންތަކަށް ފަހު އަހަރެންނަށްވެސް ދައްކާނެ ވާހަކައެއް ނޭނގެއެވެ. ކޮއްކޮ ސައިބޮއި ނިމިގެ ސްކޫލަށް ދިއުމަށް ތައްޔާރުވުމަށް ދިޔައެވެ. ބައްޕަވެސް ބޭރަށް ދިޔައެވެ. “ކޮއްކޮ މިއަދު އޮފީހަށް ދާކަށް ދޮންބެއަކަށް ނުފެނޭ” އަހަރެން ކޮޓަރިއަށް ވަދެވަދެ އޮއްވަ ދޮންބެގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. “ބައްޕަ އެދިޔައީ މުހައްމަދުފުޅުބެ ކައިރިއަށް.. ބައްޕަ އަންނަންދެން ކޮއްކޮ ގޭގައި އިންނަންވީނުން” ދޮންބެ ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. ދޮންބެވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން އެތަނުން ދިޔައެވެ.

އަހަރެން ކޮޓަރިތެރެއަށް ވަނީމެވެ. އެވަގުތު ކުއްލިއަކަށް އަހަރެންނަށް ހުއްޓުން އެރިއެވެ. ކޮޓަރި ތެރޭގައި ހުރި ލޭތައް ފެނުމުން ކުއްލިއަކަށް މޭގަނޑު ހީވީ އަނގަޔަށް އައި ހެންނެވެ. ނޭވާ ނުލެވި އަނގަމަތީގައި އަތް އަޅައިގެން މުޅި ކޮޓަރިތެރޭގައި ހުރި ލޭތަކަށް އަހަރެން ބަލަން ފެށީމެވެ. މީހާ ހާސްވަން ފެށިއެވެ. ދެލޯ މަރާލާ ބާރުކޮށްލުމަށްފަހު އަނެއްކާވެސް ހުޅުވާލީމެވެ. އެހެން ވާންވީ ކީއްވެ ހެއްޔެވެ. އަހަރެންނަށް ހޭލެވުނު އިރަކު މި ލެއެއް މިތާކު ނެތެވެ. އަހަރެން ކޮޓަރިން ނިކުން އިރުވެސް މި ލެއެއް މިތާކު ނެތެވެ. ދެން މިހާ ބައިވަރު ލޭ ހުންނަންވީ ކީއްވެ ހެއްޔެވެ. ގުޑިލަންވެސް ނޭނގިފައި އަހަރެންނަށް ހުރެވުނެވެ. އެވަގުތު ކުއްލިއަކަށް ސިހުނީ ކޮޓަރީގައި ދޮރުގައި ޓަކި ޖެހިއަޑަށެވެ. އެވަގުތު ސިއްސައިގެން ދިޔަވަރުން ކަރުން އަޑެއް ނިކުތެވެ. “އާހް” ސިހިފައި އަހަރެންނަށް ފަހަތަށް އެނބުރި ބަލާލެވުނު އިރު ދޮންބެ ހުރީ ދޮރުހުޅުވާލައިގެންނެވެ. “އާ ޔޫ އޯކޭ” އަހަރެންގެ މޫނަށް އަރާފައިވާ ކުލަވަރުން ދޮންބެއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ. އެވަގުތު އަހަރެންނަށް ކޮޓަރިތެެރެއަށް ބަލާލެވުނެވެ. މިހާރު އެތާކު އެއްވެސް އެއްޗެއް ނެތެވެ. ލޭގެ ނިޝާނެއް ނެތެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ދެލޯ އަހަރެންނަށް އެހާބޮޑު ކެއްސެއް ދީފާނެ ހެއްޔެވެ. “ކޮއްކޯ” ދޮންބެ އަހަރެންގެ ކޮޑުގައި އަތް ބާއްވާލިއެވެ. މިފަހަރުވެސް އަހަރެން ދިޔައީ ސިހިގެންނެވެ. “ކަމެއް ނުވޭ.. ކުޑަކޮށް.. ނޭވާ ހާސްވީ… މިހާރު އޯކޭ ވެއްޖެ” އަހަރެން ކުޑަކޮށް މީހާ ހަމައަކަށް އެޅިލަމުން ބުނެލީމެވެ. ދޮންބެ އެއްވެސް އެއްޗެއް ނުބުންޏެވެ. އަހަރެން ހެދި ދޮގެއްކަން ދޮންބެއަށް އެނގެއެވެ. ދޮންބެވެސް ކޮޓަރި ތެރެއަށް ބަލާލިއެވެ. “ބޭރަށް ދާންވީނުން.. މަންމަ އެބައުޅޭ.. އެތަނަށް ގޮސް ސޯފާގައި އޮށޯވެލާ..” ދޮންބެ ލޯތްބާއި އެކު ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން ބޭރަށް ނިކުތީމެވެ.

ސޯފާގައި އޮށޯވެލި ނަމަވެސް އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އަހަރެންނަށް އެގޮތަށް ލޭ ތައް ފެންނަންވީ ކީއްވެ ހެއްޔެވެ. އަނެއްކާ ކަމެއް ވާން އުޅެނީ ހެއްޔެވެ. ސިކުނޑީގައި އެބުރެމުން ދިޔަ ސުވާލުތައް ގިނަވަމުން ދިޔައެވެ. ދޮންބެވެސް އޮފީހަށް ދިޔައެވެ. އަހަރެން ސޯފާގައި އޮށޯވެލައިގެން އޮތީމެވެ. އެހެން އޮވެވުނީ އިރުކޮޅެއް ވަންދެންނެވެ. މަޑުމަޑުން ދެލޯ މެރެމުން ގޮސް އަހަރެންނަށް ނިދުނެވެ.

ސިހިފައި ހޭލެވުނީ ފޯނު ރިންގް ވާން ފެށީމައެވެ. ދެލޯ ހުޅުވާލަމުން ފޯނު ކަންފަތުގައި ޖަހާލީމެވެ. “އާސީން” އެކޮޅުން ވާހަކަ ދެއްކީ ޖައިޝްގެ ސެކެޓްރީއެވެ. އޭނަ އަހަރެންނަށް ގޮވާލީ ވަރަށް މަޑުންނެވެ. “އާ. ކީކޭ” އަހަރެން އަހާލީމެވެ. “ޖަ… އިޝް.. ވަރަށް އެބަ ހޯއްދަވާ.. އާސީން ނައިސްގެން ވަރަށް ހިތްހަމަނުޖެހިފައި ހުންނެވީ.. ކޮބާތަ” ސެކެޓްރީގެ އަޑުން އޭނަ ހުރީ ވަރަށް ބޮަޑަށް ބިރުގަނެފައިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ޖައިޝްގެ ނަން ކަންފަތުގައި ޖެހޭއިރަށް ދެލޮލުގައިވި ހުރިހާ ނިއްޖެއް ފިލިކަހަލައެވެ. އަހަރެން ތެދުވީއެވެ. “ކިހިނެއްވީ އައިޝާ.. ހުރިހާ ކަމެއް އޯކޭތަ” އަހަރެން އަހާލިމެވެ. “ޕްލީޒް.. އަވަހަށް އާދޭ އާސީން.. އެހެން ނޫނީ މާ ރަނގަޅެއް ނުވާނެ” އައިޝާ އެހާ ހިސާބަށް ބުނެފައި ފޯނު ކަނޑާލިއެވެ. އަހަރެން ތެދުވީމެވެ. އަދި އަވަސްކަމާއި އެކު އޮފީހަށް ދިއުމަށްޓަކައި ތައްޔާރުވެލީމެވެ. ދޮންބެ އެހެން ބުނި ނަމަވެސް އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް އެކޮޅަށް ދާށެވެ. އައިޝާގެ އަޑުން ކޮންމެވެސް ނުބައެއް އެބައުޅޭކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަހަރެން މަންމައާއި ވަރަށް ވާހަކަ ދެއްކުމުން މަންމަ އަހަރެން އޮފީހަށް ދިއުމަށް އެއްބަސް ވިއެވެ. އެހެންކަމުން ބޭރަށް ނިކުމެ ސައިކަލް ދުއްވާލީމެވެ.

އޮފީހަށް ގޮސް ވަދެވުނު އިރު، އެއީ ކުރިން އަހަރެން އައިސް ވަދެ އުޅުނު އޮފީސް ހެނެއް ހިޔެއް ނުވެއެވެ. އެތަނުގައި ހުރިއްޔާ ހުރި ކުޑަދޮރެއް ވަނީ ބަންދު ކުރެވިއެވެ. އަދި ނުވިތާކަށް ކުޑަދޮރުގައިވަނީ ފޮތިގަނޑުދަމާ އެއްވެސް ވަރަކަށް އަލި ނުވަންނާނެ ހެން ހަދާފައެވެ. އެއީ ދުވާލު ގަޑިކަމަކު އެތަން ފެންނަނީ ވަރަށް އަދިރިކޮށެވެ. ހުޅުވާފައި ހުރީ އެންމެ ދެތިން ކޮންޕިއުޓަރއެވެ. “އަހަރެން ކުރިން ދުވަހުވެސް ބުނިން.. ކަލޭމެން އަހަރެން ބުނާ ގޮތެކޭ ހަދަން ޖެހޭނީ” ޖައިޝްގެ ބާރުއަޑު އިވިގެން ދިޔައީ އޭނަގެ ކެބިން އިންނެވެ. އޮފީސް ތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން މަޑުމަޑުން އެކެބިންއާއި ދިމާލަށް ހިގައިގަތީމެވެ. “ބުނަން ރަނގަޅު ވާހަކައެއް.. ކަލޭމެން އަހަރެން ބުނާގޮތަށް މަސައްކަތް ނުކުރާނަމަ ހަމަ މިހާރު މިތަނުންދޭ.. އެކަމަކު މިތަނުން ދިއުމަށްފަހު ކަލޭމެންނަށް މި ދިވެހި ރާއްޖެ ކީއްކުރަން.. މި ދުނިޔޭގެ އެއްވެސް ތާކުން ވަޒީފާއެއް ހޯދާކަށް ލާހިކެއް ނޫން” އޭނަގެ ކެބިންއާއި ކައިރިވި ވަރަކަށް ޖައިޝްގެ އަޑު ބަރުވަމުން ދިޔަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަހަރެން މަޑުމަޑުން ދޮރާއި ނިވާވެލައިގެން އޭނަގެ ވާހަކަ އަޑުއަހަށް ހުރީމެވެ.

“ބުނަން އާސީން.. މިތަނަށް އަންނާނީ އަހަރެންނާއި ކުރިމަތިލާން ކެރެންޏާމު.. އެހެން ނޫނީ ދެންމެ އޮތް ގޮތަށް، ގޭގައި ހުރި ސޯފާ މަތީގައި އޮންނަން ދޭ” ޖައިޝްގެ އަޑު އިވުމުން އަހަރެން ސިހިގެން ދިޔައެވެ. އޭނައަށް އަހަރެން އެތާ ހުރިކަން އެނގުނީ ކިހިނެއް ހެއްޔެވެ. އަހަރެން މަޑުމަޑުން ވަނީމެވެ. އޭނަ ކުރިމަތީގައި އޮފީހުގައި އުޅޭ ހަތަރުވަރަކަށް މީހުން ތިއްބެވެ. އެހަތަރު މީހުންގެ މޫނަށް ބަލާލުމުންވެސް އެމީހުން ބިރުގަނެފައިވާ ވަރު އެނގިގެން ދެއެވެ. “އާދެވިއްޖެ ދޯ ކަމަނާއަށް.. އާސީން ހީކުރަނީ ކީކޭ ކަމަށްތަ.. މިއީ އާސީންގެ ބައްޕަގެ ފިހާރަކަމަށްތަ.. ހިތައް އެރި އިރަކު ނިކުމެފަ.. ހިތައް އެރި ދުވަހަކު އޮފީހަށް އައިސްފަ.. ބޭނުންވީމަ ބޭނުން ތަނަކަށް ދަނީ” ޖައިޝްގެ އަޑު އިވުނު ނަމަވެސް އެއީ ބަންޝީލްގެ ބަސްތައްކަން ކިތައްމެހާވެސް ރަނގަޅަކަށް އަހަރެންނަށް އެނގެއެވެ. “ހީކުރަނީ ކީކޭ ކަމަށްތަ.. ކަލޭ އަހަރެންގެ އޮފީހުގައި އުޅޭއިރު ބޭނުންހާ ގޮތަކަށް ބޭނުންހާ ވައްތަރަކަށް އުޅެވޭނެކަމަށްތަ” ޖައިޝް އެއްވެސް ވަރަކަށް ނުބަލާ އަހަރެންނާއި ދިމާލަށް ހަޅޭލަވައިގަތެވެ. “ކަލޭމެން މިތަނުގައި ތި ތިބެނީ ކީއްވެ.. ނިކުމޭ.. ހަމަމިހާރު.. ބޭރަށްދޭ.. މަސައްކަތް ކުރަންދޭ” އެތަނުގައި ތިބި ހަތަރުމީހުންނާއި ދިމާލަށް ޖައިޝް ހަޅޭލަވައިގަތް ގޮތުން ހަތަރުމީހުންވެސް ސިހިގެން ދިޔައެވެ. އަދި އަވަސްކަމާއި އެކު ބޭރަށް ނިކުތެވެ.

“އާސީން މަޑުކުރޭ” އަހަރެން ބޭރަށް ނިކުންނަން އުޅެން ފެށުމުން ޖައިޝް ބުނެލިއެވެ. އެވަގުތު ކުއްލިއަކަށް ދޮރު ޖެހުނެވެ. “އާސީން ހީކުރީތަ.. ބާރުހާ ގަދަ ތަވީދުތައް އަޅައިގެން އަހަރެންނާއި ދުރުގައި އުޅެވޭނެއޭ.. ބުނެބަލަ.. ހީކުރަނީތަ.. ތި އެޅީމަ އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވޭނެއޭ” ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ކުރެވޭނަމަ މިހާރު ބަންޝީލް ހުންނާނީ ކޮށްފަ.. އަހަރެންނަށްވެސް.. އަދި ބަންޝީލްއަށްވެސް އެނގޭ.. ބަންޝީލްއަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް.. އެހެންވީމަ ފޮނި ނުކަނޑަމާ ދޯ” އަހަރެން ބިރުގަތަސް މިފަހަރު ބަންޝީލްއަށް ރައްދު ޖަވާބު ދިނީމެވެ. އެވަގުތު ޖައިޝް ހިނިގަނޑެއް ޖަހާލިއެވެ. “އާސީންގެ ރަނގަޅު ކަމަކީ ތިއީ.. ބަލި ގަބޫލު ނުކުރުން.، ބިރުގަނެގެން މީހާ ވިރޭ ވަރުވިޔަސް އެކަން ނުދެއްކުން… ހައު ސްވީޓް” ޖައިޝް ބުނެލިއެވެ. “އެކަމަކު ތި ހީކުރެވުނީ ރަނގަޅަކަށް ނޫން.. އަހަރެން އާސީންއަށް ކަމެއް ނުކޮށް މި ހުންނަނީ ކަމެއް ނުކުރެވޭނެތީއެއް ނޫން.. އާސީން އަދި މިދުނިޔެއިން ކިތައްމެ ކަމެއް ފެންނަން އެބަހުރި.. އަހަރެން އާސީންއަށް ދައްކަން ބޭނުން ކިތައްމެ ތަނެއް އެބަހުރި.. އެހުރިހާ ތަނެއް ބަލާފައި އާސީން.. އަހަރެންނާއި އެއްކޮށް އަހަރެންގެ ދުނިޔެއަށް ދާނެ” ޖައިޝްގެ އަޑުން ބަންޝީލް ވާހަކަ ދެއްކިއެވެ.

“ހުވަފެން ދެކުން އެއީ ރަނގަޅު ކަމެއް.. އެކަމަކު ކާމިޔާބު ވާނެ ހުވަފެން ދެކެންވާނީ.. އެހެން ނޫނީ ފަހުން ހިތާމަ ކުރަންޖެހިދާނެ” އަހަރެން ބުނެލީމެވެ. އެވަގުތު އަނެއްކާވެސް ބިރުވެރިގޮތަކަށް ޖައިޝް ހީގަތެވެ. “ހުވަފެން ބަލާ މީހުން ފެނެއެއްނުން.. ރޭގައި ރަނގަޅު ހުވަފެނެއް ފެނުނެއް ނުން.. ކިހިނެއްވީ” ޖައިޝް ބުނެލިއެވެ. އަހަރެން ހައިރާން ވިއެވެ. ބަންޝީލް ބޭރުގައި ހުރެގެން އަހަރެންގެ ސިކުނޑިއަށް ބާރުފޯރުވީކަން މިހާރު އަހަރެންނަށް ޔަގީން ވެއްޖެއެވެ. “އަހަރެން ކިތައްމެ ދުރުގައި އުޅުނަސް އާސީންއަށް ބާރު ފޯރުވާނަން.. އަދި އެކަން ހުއްޓުވޭނެ އެކަކުވެސް އަދި މިތާނު ނެތް.. ތި ތަވީދަކީ އެއްވެސް އެއްޗެއް ނޫން.. އަހަރެން ދީފައިވާ 24 ގަޑިއިރު ހަމަވަނީ.. އަދިވެސް އާސީންއަކަށް ދިރިހުންނާނެ މީހަކު ޑިސައިޑެއް ނުކުރެވުނު.. އެހެންވީމަ ފުރަތަމަ މަރަށް މަރުހަބާ.. މިފަހަރު ޖައިޝް އަދި އައިރްވެސް މަރުވާނެ.. އަވަހަށް ސައްދޯތް ޖަހާ” އެހެން ބުނިވަގުތު ދޮރު ކުއްލިއަކަށް ހުޅުވުނެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު ބޯ ޖަހާލިއެވެ. އެވަގުތު ނޭނގޭ ކަހަލަ ބާރަކުން އަހަރެން އެތަނުން ބޭރަށް ނެރުނެވެ. އޭރު އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ކުއްލިއަކަށް ފޯނު ރިންގް ވާން ފެށިއެވެ. އަވަސް ނޭވާ ތަކަކަށް ފަހު އަހަރެން ފޯނު ނެގީމެވެ. އެކޮޅުން ވާހަކަ ދެއްކީ ދޮންބެއެވެ. އަވަހަށް ގެއަށް އައުމަށް ބުނުމަށްފަހު ދޮންބެ ފޯނު ކަނޑާލިއެވެ. އަހަރެން ހާސްވަން ފެށިއެވެ. ދޮންބެ އެހާ އަވަހަށް ގެއަށް އައުމަށް ބުނީ ކީއްވެ ހެއްޔެވެ. އަވަހަށް ސައިކަލަށް އަރާ ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ގެއަށް ވަތްއިރު ބައްޕައާއި މަންމަ އަދި ދޮންބެ ހުރީ ސިޓިން ރޫމްގައެވެ. ޓީ.ވީ އިން އަވަސް ހަބަރު ދައްކަމުން ދިޔައެވެ. ނާސިރުގެ ތިންވަނަ އަޑުއެހުން ބޭއްވި ވާހަކަ ކިޔަމުން ދިޔައެވެ. ހަބަރު ކިޔަން އިން ކުއްޖާ ކިޔަމުން ދިޔައީ މިއަދުވެސް ނާސިރު ކޯޓްގައި ވާހަކަ ނުދެއްކި ވާހަކައެވެ. ހަމައެކަނި ބޭނުންވަނީ އާސީން ހުންނަ ތަނެއްގައި ވާހަކަ ދައްކަން ކަމަށް އެކުއްޖާ ހަބަރުގައި ކިޔަމުން ދިޔައެވެ. “އާސީން އަހްމަދު.. ނާސިރުއާއި އާސީން އަހްމަދުއާއި މެދުގައި އޮންނަނީ ކޮން ގުޅުމެއްބާ.. އާސީން އަހްމަދު އެ ކޯޓްގައި ހުންނަން ނާސިރު ބޭނުންވަނި ކީއްވެބާ.. އާސީން އަހްމަދަކީ ނާސިރުއަށް ވާގިދޭ މީހެއްބާ.. މިއީ މިހާރު މި ރާއްޖޭގައި ގިނަ މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލު ތަކެވެ. މި ސުވާލު ތަކުގެ ޖަވާބު ވީހާވެސް އަވަހަށް އަޅުގަނޑުމެން ބޭނުންވެއެވެ” ހަބަރު ކިޔަން އިން ކުއްޖާ ވާހަކަ ދެއްކިއެވެ.

އަހަރެންގެ ދަތްޕިލަ ބާރުކޮށްލެވުނެވެ. މުއްމަޅާ ބާރު ކޮށްލެވުނެވެ. ނާސިރު އެއުޅެނީ މޮޔަ ވެގެން ހެއްޔެވެ. އޭނައަށް އަދިވެސް ހިތްހަަމަޖެހޭ ވަރު ނުވަނީ ހެއްޔެވެ. “ކޮއްކޯ” ދޮންބެ ފަހަތަށް އެބުރުނު ގަޑީގައި އަހަރެން ފެނުމުން ގޮވާލިއެވެ. އަހަރެންނަށް އަޑުއިވުނު ކަމަކަށް ނަހަދަމެވެ. އަވަސް ކަމާއި އެކު ގެއިން ނިކުތީމެވެ. އޭރު އަހަރެން ހުރީ ނާސިރުދެކެ އިންތިހާ ދަރަޖައަށް ރުޅި އައިސްފައެވެ. އޭނައާއި ހެދި އަހަރެންނަށް ދިރިއުޅެވެންވެސް ނެތެވެ. ސައިކަލްގައި ދިޔަ ގޮތަށް އަހަރެން މަޑުކޮށްލީ ފުލުސް އޮފީސް ކައިރިއަށެވެ. އޭރު ކޯޓުން ނެރެގެން ނާސިރު ގެނެސް ފުލުސް އޮފީހަށް ވައްދަނީއެވެ. ނާސިރު ދެއަތް ފުރަގަހަށް ވާގޮތަށް ބިޑިއަޅުވަފައި ހުރި އިރު އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. އޭނަ ވަށިގެން ފަސްވަރަކަށް ފުލުހުން ތިއްބެވެ. އަހަރެންގެ ދަތްޕިލަ ބުރި ވާވަރަށް އަހަރެންނަށް ބާރު ކޮށްލެވުނެވެ.

 

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 50

Next

ދީފާ އުފާ

Next
April 24, 2016

ދީފާ އުފާ

Previews
April 23, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 50

31 Comments!

  1. rifa says:
    April 24, 2016 at 9:27 am

    V reethi hafthaa aku kithah episod tha genes dheny v kiyaa hiy vey fentasy vareh nei☺

    1. Fantasy says:
      April 24, 2016 at 9:32 am

      wow rifa mifaharu fantasy ah vureh avahah comment koh lee 🙂 v bodu koh happy vejje 🙂 thnks v bodu koh 🙂

  2. Fantasy says:
    April 24, 2016 at 9:30 am

    mi baives hurihaa kudin nah kamudhaane kamah heekuran .. hurihaa kudinge hiyaalu thakah maruhabaa 🙂

  3. princess says:
    April 24, 2016 at 9:57 am

    Fantasy…vvvrythi ingey…i love it…fantasy..yur the bst..waiting for nxt

    1. Fantasy says:
      April 25, 2016 at 9:38 am

      thnks dear bodu koh 🙂

  4. thoo says:
    April 24, 2016 at 10:20 am

    Kon ireh mi vaahaka up buvegen ulhey tha…..

    1. Fantasy says:
      April 25, 2016 at 9:44 am

      heheh.. thnks thoo inthizaaru kohleema 🙂

  5. Isheee says:
    April 24, 2016 at 10:27 am

    Wow varah reethi mivaahaka avahah up kohdhey please

    1. Fantasy says:
      April 25, 2016 at 1:45 pm

      thnks ishee bodu koh 🙂

  6. Niz says:
    April 24, 2016 at 10:33 am

    Yeyy. Finally magey loabi story kiyaa levijje..vvvv nice…keep it up…waiting for nxt

    1. Fantasy says:
      April 25, 2016 at 1:49 pm

      thnks niz dear bodu koh 🙂

  7. Ammu says:
    April 24, 2016 at 10:39 am

    V habeys mi story

    1. Fantasy says:
      April 25, 2016 at 1:49 pm

      thnks ammu 🙂

  8. neem says:
    April 24, 2016 at 10:40 am

    habeys

    1. Fantasy says:
      April 25, 2016 at 1:50 pm

      thnks neem 🙂

  9. shine says:
    April 24, 2016 at 1:13 pm

    Wow fantasy..❤❤❤.. U r the best?❤..
    Its really really nice.. Nxt part avahah up Kohdhehchey ingey… ….

    1. Fantasy says:
      April 25, 2016 at 1:50 pm

      thnks shine for the lovely comment 🙂

  10. 125 says:
    April 24, 2016 at 1:22 pm

    foohi..

    1. ??? says:
      April 24, 2016 at 3:30 pm

      Y foohi????

    2. Fantasy says:
      April 25, 2016 at 1:51 pm

      125 ah kamudhaa kahala vaahaka eh genes dheyveytho try kuraana igey 🙂

  11. ken? says:
    April 24, 2016 at 1:55 pm

    dn knmes kamei vaan ulheba…? mibnuy knmes bodu kanthah gandei..? ehhehe…aaseen gossa naasiru aa dhimaa ah eichehi kiyaabala…?

    1. Fantasy says:
      April 25, 2016 at 1:53 pm

      dhoo ken dear 🙂 thnks bodu koh dear 🙂

  12. Tulip says:
    April 24, 2016 at 2:24 pm

    Very nice?

    1. Fantasy says:
      April 25, 2016 at 2:51 pm

      thnks dear 🙂

  13. Twinkle Star says:
    April 24, 2016 at 2:38 pm

    Woww.. fantacyy.. ur thr best.. alhe next part avx kh up khdhehchey

    1. Fantasy says:
      April 25, 2016 at 2:53 pm

      thnks twinkle star 🙂 avahah up veytho try kuraanan 🙂

  14. axx says:
    April 24, 2016 at 2:59 pm

    fantasy aky girl ehtha boy eh tha

    1. Fantasy says:
      April 25, 2016 at 2:53 pm

      fantasy mee girl ekey dear 🙂

  15. Faxoo says:
    April 24, 2016 at 4:40 pm

    Varah reeethi mibaivx ? jaish and Air vc ei muhimmu dhemyhunehnu bansheeeel. Kihinehtha Aaseen ah choose kureveyny emyhun ge dhiri huruma maru vun. ? dhw Fantasyy
    Anyways mi baivx varah salhi. Waiting fr nxt part ?☺☺☺

    1. Fantasy says:
      April 25, 2016 at 2:55 pm

      thnks v bodah dear 🙂 thihaa lobi comment eh kohleema 🙂

  16. 2016 says:
    April 24, 2016 at 8:50 pm

    Aharen komedhuvahakuves mivaahaka up veto Balkan. Varasalhi igay

Comments are closed.

Next Episodeެއިންސާފް .. 11 ވަނަ ބައި←


All Right Reserved!