ކާރު ގޭޓުން އެތެރެއަށް ވައްދާލުމަށްފަހު ޕާރކިން އޭރިޔާގައި ކާރު ޕާރކް ކޮށްލުމަށްފަހު ޝަޒަންމެން ގެއަށް ވަންނަ ދޮރާއި ދިމާލަށް ދިޔައެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ދޮރު ހުޅުވީ ނިއާ އެވެ. ހަރީރާ ނިއާ އަށް ބަލާލީ ދެލޯވަށްކޮށްލައިގެން ހުރެއެވެ. ކުރިމަތީގައި ތިބި މީހުން ނިއާ އާއި ބަހެއް ވެސް ނުކިޔާ އެތެރެއަށް ވަނެވެ. “ކޮބާ ޒޯން” ޝަޒަން އަހާލީ ނިއާ ކައިރީގައެވެ. “ޒޯން ވީ އޮފީހުގައި. ކަމެއްގައި ދިޔައީ. ތަންކޮޅެއް ލަހުން އަންނާނީ” މޫނު އަނބުރާލައިގެން ހުރެ ޝަޒަން ކުރި ސުވާލަށް ނިއާ ޖަވާބުދިނެވެ.” އަނހަ ބޮޑުއްތަ. އާދޭ އަވަހަށް އިށީންނަން” ކޮޓަރިން ނިކުތް ރާކީ އަށް ސާރާ ފެނުމުން އަވަހަށް ބުނެލިއެވެ. ހަރީރާ އަކީ ކާކު ކަމެއް ރާކީ އަށް ނޭނގުނަސް ހިނިތުންވުމެއް ރައްދު ކުރިއެވެ. “މަންމާ އެއީ ބޭބެގެ އެންމެ ދޮށީ ދަރިފުޅު. އިނދެގެން އުޅެނީ ފުލުހުންގެ މަތީ އޮފިސަރަކާއި. ތިބޭނެ ދެކުދިން ވެސް ލައިލް އާއި ރިވާން. ދެން ހުންނާނީ އަރުހަމް. އެއީ ގާނޫނީ ވަކީލެއް. މީހަކާއި އިނދެގެން އުޅެނީ. އެއްކަލަ ދުވަހު ލަތާ އާއި އެކު އައީ އަރުހަމް އަންހެނުން ޔަޝްމީ. އަދި ކުއްޖަކު ނުލިބޭ. ބަލިވެ އިނދެފަ ވެސް ބައިގެން ދިޔައީ. ދެން ހުންނާނީ ޒޯހަން” ހަރީރާއަށް އެގޭ މީހުން ތައާރަފް ކޮށްދިނުމުގައި ސާރާ އުޅުނެވެ. ޝިޔާރާ ފެންނާކަށް ނެތެވެ. “ނިއާ.. ދޭބަލަ ހުރިހާ މީހުންނަށް އެއްކޮށް ކާން ހަދާލަން. ތަށިތަކަށް ކާއެއްޗެހި އަޅާފައި ހުންނާނީ. ހަމައެކަނި މޭޒު މައްޗަށް އަރުވާލަން ޖެހޭނީ” ނިއާގެ ކޮޓަރިއަށް ބޯދިއްކޮށްލަމުން ރާކީ ބުންޏެވެ. “އަޅެ ދޮންތާ! ނިއާ ވަރުބަލި ވާތީއޭ މިއޮތީ” ނިއާ ޝަކުވާ ކުރާނެކަން ވެސް ރާކީ އަށް އެނގެއެވެ. “ދެން ނިއާ! ތިހެން ނޫޅެބަލަ. މިހާރު ކޮބާތަ ނިއާ މިގޭގައި ކޮށްލާ ކަމަކީ. ކައްކާލީމަ ކާން ނިއާ އަތުގައި އަނގައެއް އޮވޭ. މުޅިން ވެސް މިގޭ ކައްކަނީ މަ ނޫނީ ޝިޔާރާ. ބަލަ އެއީ ވެސް މާބަނޑު މީހެކޭ. ތިހާ ޝަކުވާ އެއް ނުކުރޭ. ދެން ދޭބަލަ. އޭރުން ބޮޑުއްތަ ވެސް ބުނާނެ ދޯ ޒޯންގެ ހަގު އަންބަކީ ހާދަ މުރާލި ކުއްޖެކޭ” ރާކީ ހަޅޭއްލަވާފައި ދިޔުމުން ނިއާ މަޑުމަޑުން ކޮޓަރި ދޮރުޖަހާލާފައި ނިކުތެވެ. ނަމަވެސް ހުއްޓެން ޖެހުނީ މަތިން ޝިޔާރާ އާއި އެކު ފައިބައިގެން އައި ޒޯހަން ފެނުމުންނެވެ. ޒޯހަން ގެއަށް އައީ ކޮންއިރަކު ހެއްޔެވެ؟ އޮފީހަށް ދަނީޔޭ ކިޔާ ބަހަނާ ދައްކާފަ ޝިޔާރާ ކައިރިއަށް ދިޔައީ ހެއްޔެވެ؟ އަނެއްކާ ޒޯހަން ޝިޔާރާއަށް ލޯބިޖެހުނީ ހެއްޔެވެ؟ ނިއާގެ ހިތުގައި ޒޯހަންއާ މެދު ޝަކުވާ އިން ފުރުނެވެ. އޮފީހުން އައި ގޮތަށް ނިއާ ކައިރިއަށް ނުދިޔާމައެވެ. ޒޯހަން ވެސް ހުރީ ދޮގު ބޭޒާރު ވީމަ ނިއާ އަށް ބަލާވެސް ނުލައެވެ. މި އަންހެނާގެ ކިބައިން ސަލާމަތްވާނީ ކޮންދުވަހަކު ހެއްޔެވެ؟ ފަހުން ނިއާ ކައިރީގައި މޮޅު ވާހަކައެއް ދައްކާނީ ހިތާ ޒޯހަން ނިއާ އަށް ބަލާލަމުން ހީލިއެވެ. އަދި އެއްވެސް މީހަކަށް ނުފެންނާނެހެން ނިއާ އަށް ފްލައިން ކިސްއެއް ދިނެވެ. އަދި އަމިއްލަ އަށް ރުޅިވެސް އައެވެ. ޒޯހަންގެ އެ އަމަލުން ނިއާގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް ފިލާ ދިޔައެވެ. ޒޯހަން އަށް ޝިޔާރާ ކައިރިއަށް ދިޔުމަށް ކޮންމެސް މަޖުބޫރީއެއް ވީ ކަމަށް ނިންމާ ބަދިގެއަށް ވަދެ ތަށިތައް އަތުރަން ފެށިއެވެ. ޝިޔާރާ އަށް ސާރާ އާއި ހަމައަށް ނުދެވެނީސް ސާރާ އަތު ތެރެއަށް ޝިޔާރާ ގެނައެވެ. ލޯބިން ބައްދާލީ ބަނޑާވެސް އެކުގައެވެ. މޫނުގައި ބޮސްދޭއިރު ހީވަނީ އެހެންކަމެއް ހެންނެވެ. ދެއަތުގަ އާއި ބުރުގާ މަތިން ބޮލުގައި ވެސް ބޮސްދިނެވެ. ސާރާ އަށް ރޮވެމުން ދިޔައިރު ޝިޔާރާ ހުރީ ބަސްހުއްޓިފައެވެ. އަނެއްކާ ބޮޑުއްތައަށް ކިހިނެއްވީބާއެވެ. މިގޭގައި އަނެއްކާ އަހަރެން ވަރަށް ހާލުގައި އުޅެނީ ކަމުގައި ހީކުރަނީ ހެއްޔެވެ؟ ޝިޔާރާ ގައިގާ ބައްދާލައިގެން ހުރެ ރޮމުން ދިޔަ ސާރާ ގަޔާ ދުރުކޮށްލުމަށްފަހު ޝިޔާރާ ސާރާގެ މޫނާއެކު ދެލޯ ފޮހެލަދިނެވެ. “ދަރިފުޅާ…ތީ…” ސާރާ ބުނަން އުޅުނު ވާހަކަ ހުއްޓުވީ ކައިރީގައި ހުރި ހަރީރާއެވެ. ޔަގީން ނުކޮށް ޝިޔާރާ އަށް އަންގަން ހަރީރާ ބޭނުމެއްނުވެއެވެ. ހަރީރާ ވެސް ޝިޔާރާ ގަޔާ ކައިރިިކޮށްލާ ބައްދާލާ ނިތުގައި ބޮސްދިނެވެ. ޝިޔާރާ ހުރީ ހެޔޮ ހާލުގައި ކަން އަންގާދިނުމުގެ ގޮތުން ހަރީރާއަށް ހިނިތުންވުމެއް ދިނެވެ. “މާމާ! އަޅުގަނޑު ވަރަށް ރަނގަޅު. މިގޭ ހުރިހާ މީހުން ވެސް ވަރަށް ރަނގަޅު. ކުރިއަށް އޮތްތަނުގަ ވެސް ހުރިހާ ކަމެއް ދާނީ ރަނގަޅަށް. މާމަ އާއި ބޮޑުއްތަ ފިކުރު ނުކުރޭ” ޝިޔާރާ ހަރީރާ ކައިރީގައި ބުނަމުން ދިޔައެވެ.
ރާކީގެ އެދުމަށް އެންމެން އެއްކޮށް ކާން އެރި ވަގުތު އެއީ ޝަޒަން ވެސް ހާލާ ގޮވައިގެން އައި ވަގުތެވެ. ހާލާ ޝިޔާރާ ގައިގާ ބައްދާލަމުން ބަނޑުގައި ވެސް ފިރުމާލިއެވެ. ފުރިޖުން ފެން ފުޅިއެއް ހިފައިގެން ނިކުތް ނިއާ އަށް އެމަންޒަރު ފެނުމުން ނުރުހިފައި ތުން އަނބުރާލިއެވެ. ހަރީރާގެ ވައަތްފަރާތުގައި ހުރި ގޮނޑީގައި ޝަޒަން އިށީނުމުން ހާލާ ވެސް ޝަޒަން އާއި ޖެހިގެން އިށީނެވެ. ސާރާ އިނީ ޝިޔާރާގެ މޫނަށް ނަޒަރު ސީދާ ކޮށްގެންނެވެ. އެއީ ސާރާގެ ގެއްލިފައިވާ ދަރިފުޅު ކަން ސާރާއަށް ޔަގީނެވެ. އިތުރު ހެއްކެއް ސާރާ ބޭނުމެއްނޫނެވެ. ނަމަވެސް ހަރީރާ ބުނި ބުނުމަކަށް ސާރާ އެކަން ޔަގީން ކުރާނެއެވެ. ކުރާނެ ގޮތް ވެސް ސާރާ އަށް އެނގެއެވެ. ސާރާ ބަލަން އިން ކަން އެނގިގެން ޝިޔާރާ ވެސް ސާރާއަށް ބަލާލާފައި ހީލިއެވެ. ޒޯހަން ކައިރީގައި ހުރި ހުސް ގޮނޑިއާއި ދިމާލަށް ނިއާ ދާތަން ފެނުމުން ރާކީ ކައިރީގައި ހުރި ޝިޔާރާ ބާރު ހިނުގުމުގައި ގޮސް ގޮނޑީގެ އަނެއް ފަރާތުގައި ހުއްޓުނެވެ. ހުރިހާ މީހުން ތިބީ އެގޮނޑީގެ ދެފަރާތުގައި ތިބި މާބަނޑު ދެއަންހެނުންނަށް ބަލާށެވެ. ޝިޔާރާ އަށް ކަޅި އަޅާލަމުން ނިއާ ގޮނޑި ދުރުކޮށްލީ އިށީންނަން ވެގެންނެވެ. ނަމަވެސް ގޮނޑީގެ ލެގޭ ބައިގާ ނިއާ އަޅުވާލާފައި އިން އަތް ޝިޔާރާގެ އަތުން ނައްޓުވާލުމަށްފަހު އެގޮނޑީގައި އިށީނީ ނިއާ އަށް ބަލާލަމުން ހީލަމުންނެވެ. ނިއާ އަށް ކުރެވުނީ މީހަކު ކަންފަތް މަތީގައި ޖެހި ކަހަލަ އިހުސާސެކެވެ. ހިނި އައިއްސަ އިން ޒޯހަން ވެސް ނިއާ އަށް ބަލާނުލާ އިނީ ކަމެއް ހިނގައިފިކަން އެނގޭކަމަށް ވެސް ހަދާނުލައެވެ. “އޯހް… ޝިޔާ ހާދަ ގަދައޭ މިހާރު” ކުރިމަތިން ފެނުނު ފިލްމުގެ މަންޒަރުން ހާލާ އަށް އެއްޗެއް ނުބުނެ ނީނދެވުނެވެ. “ހާލީ” ކާމޭޒުދޮށުގައި ބޭކާރު ވާހަކަނުދައްކަން ހުރިހާ ކުދިން ކައިރީގައި ވެސް ހަރީރާ އޮންނަނީ ބުނެދީފައެވެ. ހާލާ އަށް ގޮވާލީ ވެސް އެކަން ހަނދާންކޮށްލަ ދިނުމުގެ ގޮތުންނެވެ. ހިމޭންކަމާއެކު އެންމެން ކަމުން ދިޔައިރު ރާކީ އާއި ޖެހިގެން އިން ނިއާ އިނީ ޝިޔާރާ ދެކެ އިންތިހާ އަށް ރުޅި އައިއްސައެވެ. ޝިޔާރާ ހޭއަރުވާލާނެ ގޮތެއް ސިކުނޑީގައި ރާވަމުން ދިޔައެވެ.
ކައި ނިންމާލަމުން ހުރިހާ އެންމެންނަށް ހުކުރުވިލޭރޭގައި އޮންނަ ޝިފްނީގެ ރަންކިޔުމުގެ ހަފްލާއަށް ހުޅުމާލެއަށް އައުމަށް ދައުވަތު ދިނެވެ. ސާރާގެ ބޭނުމަކަށްވީ އެރޭގައި ޝިޔާރާ އަކީ ޝިއުނީ ކަން އެގޭ ހުރިހާ މީހުންނަށް އަންގާ އިއުލާން ކުރުމެވެ. ގެއިން ނިކުންނަމުން ވެސް ސާރާ ދިޔައީ ޝިޔާރާގެ ގައިގާ ބައްދާލާ މޫނުގައި ބޮސްދީފައެވެ. އަދި ޒޯހަން ކައިރީގައި ވަރަށް ރަނގަޅަށް ޝިޔާރާ ބަލަހައްޓަން ބުނެފައެވެ. ސާރާގެ އަމަލުތައް ހުރި ގޮތުން ޝިޔާރާގެ އިތުރުން ޒޯހަން އާއި ޝަޒަން ވެސް ހުރީ ހައިރާންވެފައެވެ.
ތިން ދުވަސް ފަހެވެ. ޒޯހަންގެ އަމަލުތައް ހުންނަ ގޮތުން ނިއާގެ ކަމަކީ މިހާރު އަބަދު ޝަކުވާ ކުރުމެވެ. މިރޭ ވެސް މީ އެކަހަލަ ރެއެކެވެ. ކައިގެން ވަން ގޮތަށް ނިއާ އެނދުގައި އޮތީ ބޯމައްޗަށް އަތް އެއްލައިގެންނެވެ. އެއްޗެއް ބަލާ އެކޮޓަރިއަށް ޒޯހަން ވަނީ ނުވަދެ ނުވެގެންނެވެ. ނަމަވެސް ނިއާ އޮތް ގޮތުން އެއްޗެއް ނުބުނެ ދާކަށް ނުކެރުނެވެ. ނިއާ ވެސް އޮތީ ޒޯހަން އެއްޗެއް ބުނާނެ އިރެއްގެ އިންތިޒާރުގައެވެ. ނިއާގެ ޝައްކު ހިތުން ފިލުވާލުމަށް ޒޯހަން އަށް ކުރެވުނު ކަމެއް ކުރާނެއެވެ. “ނިއްނި… ބަނޑުގައި ރިއްސަނީތަ” ނިއާގެ މަގަތުން އިށީނުމަށްފަހު ޒޯހަން ވަރަށް ލޯބިން އަހާލިއެވެ. އަދި އަތުގައި ފިރުމާލިއެވެ. ނިއާ ސިކުނޑި އަށް މޮޅު ހިޔާލެއް ވެރިވިއެވެ. “ހޫމް…. ބަނޑުގައި އެބަ ރިއްސާ.. މިރޭ ވެސް ޒޯންގެ ބޭބީ ދުނިޔެއަށް އައިސްދާނެ” ތެދުވެ ހެޑްބޯޑުގައި ލެގިލަމުން ނިއާ ބުންޏެވެ. “އެކަމު ހާދަ އަވަހަކަށް” ޒޯހަން ނިއާގެ ބަނޑުގައި އަތްލިއެވެ. “އަވަސްތަ. ބަލާ ބަނޑު ކިހާ ބޮޑުވެފަ މިހުރީ. ޑޮކްޓަރު ވެސް ބުންޏެއްނު ދީފައި އިން ޑޭޓްގެ ކުރިން ވެސް ވިހާފާނޭ” ނިއާ އަވަސް އަވަހަށް ބުންޏެވެ. “އާނ.. ވެދާނެ ތިހެން ވެސް” ޒޯހަން ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ. “ޕްލީޒް ޒޯން.. މިރޭ މިކޮޓަރީގައި މަޑުކުރަންވީނުން. މިރޭ ދަންވަރު ބަނޑުގައި ރިއްސަންޏާ ނިއާ ކިހިނެއް ހަދާނީ” އަސްލު ނިއާ ބުނަން ބޭނުންވާ ޖުމްލަ އަދި ބުނެވުނީއެވެ. “ތީ ނިއާ އަށް ހީވާ ގޮތް. ބަނޑުގައި ރިއްސަންޏާ ގުޅާލާ. އޭރުން ވަރަށް އަވަހަށް އަންނާނަން” ޒޯހަން އަށް ނިއާގެ ވިސްނުން އެނގޭ ކަހަލައެވެ. އެވަގުތު އެކޮޓަރީގައި ޓަކި ޖަހާލި އަޑު އިވުނެވެ. ޒޯހަން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ފެންޖަގު ހިފައިގެން ވަން ރާކީ ޒޯހަން އަށް ހީލަމުން އެތެރެއަށް ވަނެވެ. “ނިއާ ބަނޑުގައި ރިއްސާހެން ހީވެގެން ފަސޭހަކޮށްލަދިނީ” ރާކީ ނިއާ ކައިރީގައި ބުންޏެވެ. “އާނ! ދޮންތާ! ނިއާ އުޅެނީ މާބިރުން. މިރޭ ދަންވަރު ވެސް ވިހަން ރިއްސަފާނެޔޯ” ޒޯހަން ސަލާމަތްވާން ވެގެން ބުނެލިއެވެ. “އެއީ ތެދެއް.. އެހެންވިއްޔާ މިރޭ ދޮންތަ މިކޮޓަރީގައި ނިދާނީ. ޒޯޏް މަޑުކުރޭ ޝިޔާ ކައިރީގައި. ދޮންތަބޭ ވެސް ޓޫވީކްސް ރެސްޓަކަށް އައިސް އެއުޅެނީ. ރިވާން އާއި ލައިލް ކައިރީގައި ދޮންތަބެ އޮންނާނެއްނު. ދޮންތަ މިއަންނަނީ ދޮންތަބެ ކައިރީގައި ބުނެލާފައި” ރާކީ އެނބުރި ލަމުން ޒޯހަން އަށް ބަލާލާފައި ހީލިއެވެ. “އެކަމަކު ދޮންތާ! މަށެއް ބޭނުމެއްނޫން މިރޭ ނިއާ ދޫކޮށްލާކަށް” ޒޯހަން ދެރަވެފައި ބަލާލީ ނިއާ އަށެވެ. ހިތާ ހިތުން އުފާ ކުރަމުން ދިޔައެވެ. “ސާބަސް ޒޯން ކޮއްކޮއަށް. ތިއުޅެނީ އެހެން ގައުމަކަށް ފުރައިގެން ދާކަށް ނޫނެއްނު. ނިއާ އަށް ހިދުމަތެއް ކޮށްދޭން ދޮންތަ އަށް ވެސް ފުރުސަތެއް ދީބަލަ. ކަމެއް ދިމާވިއްޔާ ކޮއްކޮއަށް ގޮވާނަން. އެންމެންނަށް ވެސް އެނގެއޭ ޒޯން ނިއާ ދެކެ ލޯބިވާވަރު. އެހެންނޫނަސް ނިއާ ވެސް އޯކޭ ވާނެ. ދޯ ނިއާ” ރާކީ ނިއާ އަށް ދޯ ދިނުމުން ނުހިތުން އިނދެ ނިއާ ވެސް އެއްބަސް ވިއެވެ. ޒޯހަން ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ރާކީ ގައިގާ ބައްދާލިއެވެ. “ތެންކިއު ދޮންތާ” ސިއްރުން ރާކީ ކަންފަތް ދަށުގައި ޒޯހަން ބުނެލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އެނދުގައި އޮތް ޝިޔާރާ ބަނޑާއެކު ޒޯހަން އާއި ދިމާލަށް ދުއްވައިގަތެވެ. ޝިޔާރާ ދުވަން ފެށުމުން ޒޯހަންގެ ދެލޯ ބޮޑުވިއެވެ. “ޕްރިންސަސް ބަލައިގެން” ޒޯހަން އަށް އެހެން ބުނެވުުނު އިރު ޝިޔާރާ ޒޯހަން ގައިގާ އޮޅުލާގަނެއްޖެއެވެ. ޝިޔާރާއަށް މިރޭ އާދަޔާހިލާފް އުފާވެރިކަމެއް ލިބިގެން އުޅޭ ކަހަލައެވެ. ވާނީވެސް އެހެންނެވެ. މިރޭ ވީ ޝިޔާރާ ވެދާނެކަމަށް އުއްމީދު ކޮށްގެން ހުރި ކަމެއް ނޫނެވެ. އުފަލުން ފުރިފައި ހުރި ޝިޔާރާ އަށް ރޮވެމުން ދިޔައިރު ޒޯހަން ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓްގެ މޭމަތި ތެމެމުން ދިޔައެވެ. “ކިހިނެއްވީ ބޭބީ..ކީއްވެ ރޮވެނީ” ޝިޔާރާގެ މޫނު ދެފަރާތު ހިފަހައްޓާލައިގެން ހުރި ޒޯހަން ޝިޔާރާގެ ދެލޯ ފޮހެލަދިނެވެ. އުފަލުން ޝިޔާރާ އަށް ބަހެއް ވެސް ނުކިޔުނެވެ. ލޮލުން ކަރުނަ ފައިބާ އިރު ވެސް ޝިޔާރާގެ ތުންފަތް މަތީގައިވީ ހިނިތުންވުމެކެވެ. ޒޯހަންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި އިށީނެވެ. އަދި ސައިޑްކަބަޑް މަތީގައި އޮތް ފޯނު ނަގާ ކޯލްލޮގް ހުޅުވާލުމަށްފަހު ދައްކާލީ ބޭރުން ގުޅާފައި އިން ނަންބަރެކެވެ. އެއީ ރާއްޖޭންބޭރަށް ދަތުރު ކުރާއިރު ލަތާ އަބަދުވެސް ބޭނުންކުރާ ނަންބަރެވެ. ޒޯހަން ވީ ގޮތް އަހާލުމުން ޝިޔާރާ ޕްލޭ ކޮށްލީ ރިކޯރޑިންގް ކްލިޕެކެވެ. ފިރިހެން އަޑެއްގެ ވެރިއެއް ޝިޔާރާ އަށް ދަރިފުޅާއޭ ކިޔާ މުހާތަބް ކޮށްލުމާއެކު ފުރަތަމަ ވެސް އެއީ ނޫރީގެ އަޑު ކަން ޒޯހަން އަށް އެނގިގެން ދިޔައެވެ. ކުރެވުނު ކަންތަކަށް ޝިޔާރާ ކައިރިން މާފަށް އެދި ﷲ ގެ ހެޔޮރަހްމަތްފުޅުން ނޫރީ އަށް ހުރިހާ ކަމެއް އެނގި ސާފުވެއްޖެ ކަމުގައި ބުންޏެވެ. އަދި މާލެ ދެވުނުހާ އަވަހަކަށް ނިއާގެ މައިންބަފައިންނާއެކު ފުލުހުންނާއި ހަވާލުކުރާނެ ކަމުގައި ވެސް ބުންޏެވެ. އަދި ޒޯހަން އެންމެ ދެރަވީ ‘ބައްޕަ އަށް އެނގޭ ދަރިފުޅަށް ބަހެއް ނުބުނެވުނަސް ބައްޕަ މިދެއްކި ހުރިހާ ވާހަކަތަކެއް އަޑު އިވޭނެކަން. އަދި ތިމާތް ހިތުގައި ބައްޕަ އާމެދު އެއްވެސް ބުރަކަމެއް ނުވާ ކަން ވެސް. ދަރިފުޅާ މެދު ބައްޕަ ފަހްރުވެރިވަން’ މިދެ ޖުމްލަ އަޑު އިވުމުން ޒޯހަންގެ ހިތް އުފަލުން ފުރުނެވެ. މާތްﷲ ކިނބަފުޅަށް ޝުކުރު ކުރެވުނެވެ. މޫނުމަތީގައި އަތް އަޅާލީ ރޮވިދާނެހެން ހީވުމުންނެވެ. ޝިޔާރާ ގެނެސް މޭތެރޭގައި ބޮނޑިކޮށްލީ ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ.
ބުރާސްފަތު ދުވަހު މެންދުރުފަހު ހުރިހާ އެންމެން ހުޅުމާލެއަށް ދިޔައީ ސާރާ އެދުނު ފަދައިން ޝިފްނީގެ ރަންކިޔުމުގެ ހަފްލާއަށެވެ. ބޮޑު އާއިލާއަށްޓަކައި އެފްލެޓްގެ ފަސްޓްފްލޯރ ވެސް މޫސަ ކުއްޔަށް ނެގީ ހުރިހާ އެންމެން އެއްތަނެއްގައި ތިބުމަށެވެ. ރާކީ އާއި ނިއާ އަށް ދިނީ އެބަޔެވެ. ޝިޔާރާ ބެހެއްޓީ ސާރާ ކައިރީގައެވެ. ސާރާ ޝިޔާރާ ގަޔާ ކައިރިކޮށްގެން އުޅޭ ތަންް މިއަދު ޝިފްނީ އަށް ފެނުނަސް އެހިތުގައި ހަމަ އެކައްޗެއް ވެސް ނެތެވެ. ޝިޔާދޮންތާއޭ ކިޔާ ބައްދާލީ ލޯބިންނެވެ. ޝިޔާރާ ވެސް ހީލާފައި ޝިފްނީގެ ނިތުގައި ބޮސްދެމުން ކޮލުގައި ހިފާލީ ހީލަމުންނެވެ. ޒޯހަން ވެސް ޝިފްނީގެ ބޮލުގައި ޖަހާ ބޮޑުވަނީ ދޯ އޭ ބުނެލިއެވެ. ޝިފްނީ ޝިޔާރާ ގޮވައިގެން ސޯފާއަށް އަރާ އިނދެ ކިނާންގެ ފޮޓޯތައް ދައްކަމުން ދިޔައެވެ. އަދި ޝިޔާރާ އާއެކު ސެލްފީ ނަގަމުން ދިޔައެވެ. އިރުކޮޅަކުން ޝިޔާރާގެ އަތުގައި ހިފާލައިގެން ގޮސް އަމިއްލަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. މިއަދަށް ހާއްސަކޮށް ޗުއްޓީ ނަގައިގެން ހުރި ޝަޒަން އާއި އެކު ޒޯހަން އިނީ ރާޒުވާ ކުޅޭށެވެ. އެވަގުތު ނިއާ އާއި ރާކީ އައުމުން ލައިލް ވެސް ދުވެލާފައި ގޮސް އެރީ ޒޯހަންގެ އުނގަށެވެ. ރާކީ އަތް މަތީގައި އިން ރިވާން ގޮވައިގެން އާރިކް ވެސް ޖެހިލީ ފިރިހެންވެރިން ކައިރިއަށެވެ. މިރެއަށް ހާއްސަކޮށް ކައްކަން ހުރި ސާރާ ކާމޭޒު ކައިރީގައި އެއްޗެއް ކޮށަން އިން ހަރީރާ ކައިރިއަށް ޖެހިލިއެވެ. ނިއާ ސޯފާގައި އިނީ ޒޯހަން އަށް ބަލާށެވެ. ޒޯހަން ވެސް ނިއާ އަށް ބަލާލަމުން އޯކޭ ހެއްޔޭ އަހާލީ ބޮޑުވާ އިނގިލި އުފުލާ ލަމުންނެވެ. ރާކީ ހާލާ އާއި ބައިވެރިވެގެން ފޮނި ކާއެއްޗެއް ހެދޭތޯ މަސައްކަތް ކުރިއެވެ. “މަންމާ! އަޅުގަނޑު މިރޭ ބޭނުން ޝިޔާރާ އަކީ އަޅުގަނޑުމެންގެ ޝިއުނީ ތޯ ޔަގީން ކުރަން. ޝިފްނީ ފައިގަ އިން ލަކުނު ޝިޔާރާ ފައިގަ ވެސް އިންނާނެ ދޯ. މަންމާ އަޅުގަނޑު ޒޯހަން ކައިރީގައި އަހާލަންތަ” ހަރީރާ ކައިރީގައި ސާރާ އަހާލަމުން ވަގުތުން އެކަމަށް ދެކޮޅު ހެދިއެވެ. “ނޫނޭ ދަރިފުޅާ. ކެއްކޮށްބަލަ ވަގުތު ޖެހުމުން ހުރިހާ ކަމެއް ވެސް އެނގޭނެ” ހަރީރާ ސާރާގެ ބުރަކަށީގައި ފިރުމާލަމުން ހިއްވަރުދިނެވެ. އުނދަގު ކަމަކަށް ވިޔަސް ސާރާ އެވަގުތަކަށް އިންތިޒާރު ކުރަން ފެށިއެވެ.
އިޝާނަމާދު ކުރީ ޝިފްނީ އާއި ޝިޔާރާ އެކީގައެވެ. ޝިޔާރާ އަށް ގޮނޑި ބަހައްޓަދިނީ ޝިފްނީ އެވެ. ޝިޔާރާ އަށް ނަމާދު ކުރެވޭނީ ގޮނޑީގައި އިނދެ ކަމަށް ޝިފްނީ އަށް ވިިސްނުނީއެވެ. މިރެއަށް ހާއްސަކޮށް ސާރާ ފަހާދިން ނޫކުލައިގެ މެކްސީ ޝިފްނީ ގަޔަށް މަހާލަމުން ފާހާނާ އިން ނިކުތެވެ. ޝިފްނީގެ ހިމަތޮޅި ހަށިގަނޑަށް ހެދުން ހިފާލާފައި ހުރިއިރު ޝިޔާރާ އަށް ހިތާހިތުން މާޝާﷲ އޭ ބުނެލެވުނެވެ. ޑްރެސިންގް ޓޭބަލް ކުރިމަތީގައި ޝިފްނީ އިށީނުމުން މޭކަޕްކޮށް ބުރުގާ އަޅުވަދިނީ ޝިޔާރާއެވެ. އިރުކޮޅަކުން ސާރާ އައިސްދިނީ ހަމައެކުލައިގެ ހަމަ އެގޮތަށް ފާހާފައިން ހެދުމެކެވެ. އަދި ޝިޔާރާ ކައިރީގައި އެހެދުންލާން ބުންޏެވެ. އެހެދުމުގެ ތަފާތަކީ ބަނޑު އިންނަ ހިސާބަށް ކުޑަ ދުލެއް އިން ކަމެވެ. ޝިފްނީ ރީތިކޮށް ނިމުމުން ޝިޔާރާ ވެސް ހެދުން ބަދަލުކޮށްލާ ރީތިވެލިއެވެ. ޝިޔާރާގެ ހެދުމަށް ދަމާލާ ބުރުގާ އެޅުމަށް ޝިފްނީ ވެސް އެހީތެރިވެދިނެވެ. ޝިޔާރާ ރީތިވެ ނިމުމުން ޝިފްނީ އަށް އިނދެވުނީ ޝިޔާރާއަށް ބަލަހައްޓައިގެންނެވެ. ޝިޔާރާ އަށް ވެސް ވީ ހަމަ އެވަރެވެ. ދެމީހުން ދެމީހުންގެ ސޫރަ ފެނުމުން ހީވީ ލޯގަނޑުން އަމިއްލަ ސޫރަ ފެންނަހެންނެވެ. ދެކުދިންނަށް ދެ ޖޫސްތަށި ތަބަކަށް ލައިގެން ކޮޓަރިއަށް ވަން ސާރާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. އެވަގުތު ދެކުދިން ވަކި ކުރަން އެނގުނީ ޝިޔާރާގެ ބޭރަށް ނިކުމެފައި ހުރި ބަނޑު ފެނުމުންނެވެ. ސާރާގެ ދެލޯ ފުރިގެން އައި އިހުތިޔާރަކާއި ނުލައެވެ. ސާރާ އަށް އެންމެ ފުރަތަމަ ދެވުނީ ވެސް ޝިިޔާރާ ކައިރިއަށެވެ. ޑްރސިންގްޓޭބަލް މަތީގައި ތަބަށް ބެހެއްޓުމަށްފަހު ޝިޔާރާގެ މޫނުކޮޅުގައި ފިރުމާލިއެވެ. ރަކިވެފައި ހުރި ޝިޔާރާ ހީލިއެވެ. “މަންމާ. ޝިނީ އަށް އެނގޭ މަންމަ ވެސް ތިބަލަނީ ޝިޔާ ދޮންތަ ޝިނީ އާއި ވައްތަރުވީމަކަން” ޝިފްނީ ސާރާ އާއި ކައިރިވެލާ ސާރާގެ އަތުގައި ހިފާލިއެވެ. “އާނ ދަރިފުޅާ… ޝިޔާގެ ބަނޑު ނެތްނަމަ މިއަދު މަންމަ އަށް އޮޅުނީސް” ސާރާ ފެންކަޅިވެފައި ހުރި ދެލޯ ފޮހެލިއެވެ. “މަންމާ ޝިނީ އާއި ޝިޔާ ދޮންތަ ހީވަނީ ޓްވިންސް ހެން ދޯ… އަސްލަށް ވެސް އެހެންވާނެނަމަ ދޯ މަންމާ” ޝިފްނީ ހިޔާލެއް ފިކުރެއް ނެތި ސާރާ ކައިރީގައި ބުންޏެވެ. “އިރާދަކުރެއްވިއްޔާ ވާނީ ވެސް ތިހެން. އެކަން އެނގޭކަށް މާގިނަ އިރުތަކެއް ނެތް މަންމަގެ ލޯބިވާ ދެ ޕްރިންސަސް” ޝިޔާރާ އާއި ޝިފްނީގެ ދަތްދޮޅީ ކޮޅުގައި ހިފާ ތަޅުވާލަމުން ސާރާ ބުންޏެވެ. “ކީކޭ މަންމާ! ތިބުނީ ޝިނީ އާއި ޝިޔާދޮންތަ….” ޝިފްނީ ބުނަން އުޅުުނު ބަސް ސާރާ މެދުކަނޑާލީ ޝިފްނީގެ ތުނބުގައި ޖޫސްތަށި ޖައްސާލަމުންނެވެ.
ޝިޔާރާގެ އަތް ތެރެއަށް ވެސް ޖޫސްތަށި ލާދެމުން މޫނުގައި ފިރުމާލިއެވެ. އަދި ކޮޓަރިން ނިކުންނަން ހިނގައިގަތް ސާރާގެ އަތުގައި ޝިޔާރާ ހިފެހެއްޓިއެވެ. ޖޫސްތަށި ހުތި ތަނުގައި ބެހެއްޓުމަށްފަހު ޝިޔާރާ ސާރާގެ ގައިގާ ބައްދާލިއެވެ. ވަގުތުން ސާރާގެ ދެލޯ ފުރިގެން އައެވެ. ޝިޔާރާގެ ބުރަކަށީގައި ދެއަތުން ވަށާލިއެވެ. އިރުކޮޅަކުން ޝިފްނީ ވެސް އައިސް ބައިވެރިވިއެވެ.
9 ޖަހާއިރު ފަށަން ހަމަޖެހިފައިވާ ހަފްލާ އަށް ހަމަވާން ޖެހޭ ހުރިހާ މީހުން ހަމަވީއެވެ. އަރާއިނާ ސާރާ އާއި ސަލާންކޮށްލާ ކުޑަކޮށް ބައްދާލިއެވެ. ކިނާންގެ ބައްޕަ ފަރުހަތު ވެސް އިބްރާހީމް އަދި މޫސަ އާއި ސަލާމްކޮށްލިއެވެ. ދެމަފަިރިންގެ ފަހަތުގައި ހުރި އަންހެންކުއްޖާ އަށް ސާރާ ބަލާލުމުން އެއީ ކިނާންގެ ދޮންތަ ތިޝިކާ ކަމުގައި އަރާއިނާ ބުންޏެވެ. ކިނާން މުޅި ގެއަށް ނަޒަރު ހިންގާލީ ޝިފްނީ ފެނޭތޯއެވެ. އެކަން ހަރީރާގެ ސިކުނޑިއަށް ނަގާލެވުމާއެކު ހާލާ އަށް ގޮވާލާފައި ޝިފްނީ ގެންނަން ބުންޏެވެ. އިރުކޮޅަކުން ހާލާ އައީ ޝިފްނީ ގޮވައިގެންނެވެ. ޝިފްނީ އާއި އެއްހަމައިގާ ހުރި ޝިޔާރާ ފެނުމުން އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓިފައި ހުއްޓެވެ. ޒޯހަން ހުރީ ކުރިމަތިން ފެންނަމުންދާ މަންޒަރު ގަބޫލު ނުކުރެވިފައެވެ. ނިއާ ހުރީ ޝިޔާރާގެ ފުރިހަލަކަން ފެނި ފޫހިވެފައެވެ. އެންމެން ޝިޔާރާ އާއި އުޅޭވަރު ފެނި އެކަން ހަޖަމް ކުރަން ދަތިވެފައެވެ. ކިނާން ވެސް ޝިފްނީ އަށް ބަލާލާފައި ދެން ބަލާލަނީ ޝިޔާރާއަށެވެ. ޝިޔާރާގެ ނިކުމެފައި ހުރި ބަނޑު ނެތް ނަމަ މިއަދު ކިނާން އަށް ވެސް އޮޅުނީސްކަން ކަށަވަރެވެ. ޝިފްނީ ކިނާން ކައިރީގައި އިށީނުމާއެކު ހަފްލާ ފެށިގެން ކުރިއަށް ދިޔައެވެ. ޝިޔާރާގެ އަތުގައި ހިފައިގެން ހަރީރާ ގޮސް ހުއްޓުނީ މޫސަ ކައިރީގައެވެ. ޒޯހަންގެ ނަޒަރު ޝިޔާރާ އަށް ހުއްޓިފައިވާ މަންޒަރު ފެނުމުން ނިއާ އަށް އުނދަގުވަމުން ދިޔައެވެ. އެންމެފަހުން ކެއްނުވެގެން ނިއާ ޒޯހަން ކައިރިއަށް ހުއްޓި އަތުގައި ހިފާލިއެވެ.
ކަނޑައެޅިފައިވާ އަދަދަށް ރަންކިޔާ ނިމި ކައިވެނީގެ ފޯމް ފުރާ ވެސް ނިންމާލިއެވެ. އަދި އަރާއިނާ ޝިފްނީގެ މޫނުގައި ފިރުމާލަމުން ވެޑިންގްޑްރެސް ހެއުވަރު ކުރަން އެގެއަށް އައުމަށް ދައުވަތު ދިނެވެ. އަދި އެންމެން އެކުގައި ކާން ދިއުމަށް މޭޒު ކައިރިއަށް ހިނގައިގަތުމުން އަރާއިނާ ސާރާގެ އަތުގައި ހިފާލިއެވެ. އަދި މަރުހަބާ ކިޔާލިއެވެ. މިހާރުން ފެށިގެން ޝިފްނީ އެއީ އޭނާގެ ކުއްޖެއް ކަމުގައި ބުނެލިއެވެ. ކިނާން ވެސް ހުރީ ޝިފްނީ އާއި އެކަނިން ބައްދަލުނުކުރެވިފައެވެ. ދެމީހުން އެކަކު އަނެކަކަށް ބަދަލުކޮށްލާ ނަޒަރުން އެކަކު އަނެކަކު ހިތުގައިވާ ސުވާލަށް ޖަވާބު ލިބިގެންދޭއެވެ. “ޓްވިސްންސް ދޯ…އެމަންޖެ ވެސް ވަރަށް ލޯބި. ކުރިން ނުވެސް ބުނަމެއްނު. ކޮބާ އެމަންޖެގެ ހަޒްބަންޑް” އަރާއިނާ ކޮށްލި ސުވާލަށް ސާރާ އަށް އާއެނކޭ ބުނެވުނީ އަމިއްލަ އިހުތިޔާރަކު ނޫނެވެ.
ރޭގަނޑު މާދަންވެފައި ހުރުމުގެ ސަބަބުން ރާކީ ކުދިން ގޮވައިގެން ކަނޑު ދަތުރު ކުރަން ސާރާ ނުރުހުނެވެ. އެހެންކަމުން އެރޭ ހުޅުމާލޭގައި މަޑުކުރުމަށްފަހު އަނެއް ދުވަހު ހެނދުނު މާލެ ދާ ގޮތަށް ނިމުމުން ރޭގަނޑު ބާރަ ޖަހާލަން ދެން ސިޓިންގްރޫމުގައި މަޑުކޮށްގެން ތިއްބެވެ. ޝަޒަން ، ޒޯހަން ، އާރިކް އަދި ރާކީ ތާސް ކުޅެން ތިބިއިރު ޒޯހަން ކައިރީގައި ނިއާ އިނެވެ. ސޯފާގައި ޝިފްނީ ޖަހާ ސަކަރާތުގައި ބައިވެރިވެގެން ޝިޔާރާ އިނެވެ. ކުދިން ކުރާ ސަމާސާތައް ބަލަން އިބްރާހީމް އަދި ސާރާ ވެސް އެހެން ސޯފާއެއްގައި އިނެވެ. އެހެންއިނދެ ވެސް ޒޯހަން އިރުކޮޅަކާ ޝިޔާރާއަށް ބަލާލާތީ ނިއާ އިނީ ރުޅިން ފަޅައިގެންދާވަރު ވެފައެވެ. އިރުކޮޅަކުން ޝިފްނީ ޝިޔާރާ އަތުގައި ހިފާލައިގެން ކޮޓަރިއަށް ވަނެވެ. އަދި ކޮޓަރިން ފޮޓޯ އަލްބަމް ތަކެއް ހިފައިގެން އައިސް ސޯފާގައި އިށީނެވެ. އޭރު ނިއާ ފުރިޖު ކައިރީގައި ފެންބޯން ހުއްޓެވެ. ޝިޔާރާ ޝިފްނީ ކައިރީގައި ދެންފޮދެއް ބޯލައިގެން އެބަ އަންނަމޭ ބުނީ އިޝާރާތުންނެވެ. ޝިޔާރާ އަންނަތަން ފެނުމުން ނިއާގެ ސިކުނޑިއަށް ވެރިވި ޝައިތާނީ ވިސްނުމަކަށް އިޖާބަދިނުމުގެ ގޮތުން އަތުގައި ހުރި ފެންފުޅިން މުޅި އެހިސާބަށް ފެން އަޅާލިއެވެ. އެވަގުތު ސާރާ ވެސް އިނީ ޒޯހަންމެންގެ ކުޅިގަނޑު ފޯރިގަދަވުމުން އެދިމާލަށް ބަލަހައްޓައިގެންނެވެ. ޝިޔާރާވެސް ފަހަތަށް އެނބުރިލުމަށްފަހު ކުރިމައްޗަށް ބަލާ ނުލެވިގެން އުޅެނިކޮށް ފެންގަނޑުން ފައި ކައްސާލާ ހަށިގަނޑު ބެލެންސް ނުކުރެވި އަރިއަޅާލިއެވެ. ޓައިލްސްތައް މަތީގައި ޝިޔާރާގެ ބަނޑުޖެހުމާއެކު އެއަޑުފަށްގަނޑަށް އެންމެން އެއްކޮށް އެދިމާލަށް ބަލާލިއެވެ. ތިރީގައި އޮތް ޝިޔާރާ ދެފައި ކުރުކޮށްގެން އޮތީ އަނގައިން ހަރަކާތްކޮށްކޮށެވެ. ޒޯހަން ވެސް އަދި ސާރާ ވެސް ހުރީ ޝޮކެއްގައެވެ. ނިއާ ވެސް ދެނަހުރިކަމަށް ނަހަދާ ޒޯހަން ކައިރީގައި ހުރީ ހިނިތުންވެލައިގެންނެވެ. ޝިޔާރާ އާއި ދިމާލަށް ދުއްވައިގަތީ ޝަޒަން އާއި ހާލާ އަދި އިބްރާހީމް އެކީގައެވެ. ނަމަވެސް އަނގަ ގޮތްގޮތަށް ހަލުވަން އޮތް ޝިޔާރާ ކަރުބުޑުން ނެރުނު ބާރުގަދަ އަޑުން ސާރާ އަދި ޒޯހަން ހަމަބިމަށް ގެނައެވެ. ހުއްޓުމެއްނެތި އެތެރެހަށީގައި އަޅަމުން ދިޔަ ވޭނާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ގޮސް އަމިއްލަ ބާރު ކެނޑޭހެން ހީވުމުން ޝިޔާރާ ޝޮކަކަށް ގޮސް ހަޅޭއްލަވަން ފެށުނެވެ. “މަންމާ…….! ޒަމާންތަކަކަށްފަހު ޝިޔާރާގެ އަމިއްލަ އަޑު ދުލުން ބޭރުވެގެން ދިޔަ ވަގުތު އެއީ ހަށިގަނޑުގެ ބާރު ހުސްވެ ދެލޯ މެރުނު ވަގުތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
50 Comments!
Comments are closed.





enjoy 🙂
thanks ushaali v nyc habeys hama..so heart touching..plx next part avahah up kohdhybw cant wait plx plx plx plx plx
wow habeys ushaali .. vrh obi ingey ..
me first dhw
Wow wow ushaali… this part wasl awesome…i loved it a lot..
Ushaaliii..haadha ryhchey..plz maadhan up kh dhyba..plzzz
Kithah part hey innanee ??
kithah part tho balan kiyaaba ….
yageenun ves 40 ah naraane… 🙂
Alhey shia ah dhera gotheh nahadhahchey
wow salhi next part konirakun up vaany
kon irakun dhen oeh bai????? cant wait
Wow vaahaka ves dhehkkunee dhw. Alhey shiyaa baby ah gotheh nahadhahchey please vvvvv reethi mi vaahaka
Wow?.v nice.pls next part avas kollahchey
Alhe eyoh ninmaali hisaabeh <3 totally in love with this story <3<3
ekam wait khgen innan v ma haadha foohi yea. avahah up khladhyba
Vv salhi. Mi part v dhigu thanks ushaa
wow varah salhi mi part ves. next part up vaany kon irakun…
SoMeOne .. haada nahtaafa u .. Ebunaahen kithah part tha dhn inyky
Alhe knme part aku rba,ahan ehn
Ehn ves vaane baeh faharu ?
Alhey shiyaa ah dheragotheh nuhadhahchey next part avahah up kohladhehchey plezzzz
Alhey nxt prt avahah up kohdhyba. Abunaaheh kithah prt idheytha
Goas inshaanun ves dhuniyeyga ulhey…ekm niaa vareh nudheken
Hey.. why 19 yrs vaahaka nudhekkey ey ini. Bakuru kuri kamakun adu dhiya vaahaka kurin ini.. if i am not wrong
Yeah dhw sidd…ushaa ah olhunii kamah vaanii
yeah…i ves v confuse vi ehen ineema…ebunaahen keeveyo 19 yrs vaanvee…kurin aslu vaahak dhwikkuneinnu dn bakuru shiya ge tounge fihelaafa hureema vaahak mudheikkenee dhw…
Thank god..shiyaa ah tok kurevijje.. story hama perfect.. 😀 kiyeyne faadeh vx neiy.. adhi nukiyan mihaa rythi vaahaka eh.. v interesting.. 🙂 bt update vaaleh las vaathi v dherave.. :'( aslu mi vaahaka rythyivyma readers kiyaa hivvaaleh bodu kamun shakuvaa kureveny.. ehgothakah vx ushaali dheke hiyy hama nujehigeneh nun ..am I right dhw..?? 🙂 ekm hykuran avahah up kohdheyne kamah.. gaboolu kuran ushaali ge own life ge kanthah tha vx hunnaane kan.. bxy vx vaane kan..rkm kiyuntherin ehaa dhigu inthixaareh ga nubahattahcheyy.. ;-)plxx. Itx my first commnt mi vaahaka ah..bt abadhu vx indheveny nxt part up veythw bala balaa..readers ge cmmnt thah vx kiyan.. hykuran kuriah oiy thaaga rangalhu vaane kamah.. 🙂 keep it up.. waiting 4 the nxt part.. :* :* :*
Vvvvv reethi. Waiting next part??????????
tnx 4 da lovely comments… yes aee e ee mistakeh eh… faahaga kolla dhin kudhinnah v bodah thnx….
Mi vaahaka ehen site ehgga innaane baa..
Vaahaka vvv reethi. Thanks 🙂
Reehchey reehchey..
Ekam kihineh thi hedhee???? Hehe
mihaaru keehve kurin genesdhey gothah 2 dhuvahun ehdhuvahu vahaka nugennany.. v inthizaaru kurevey vahaka eh mee.. kurin genesdhey gotheh 2 dhuvahun ehdhuvahu vahaka genesdheyne kamah ummeedhu kuran… when is the next part… amd ushaali you are great writer i love your stories… thanks for giving us the opportunity to read your lovely stories.. take care.. 🙂
Dhen shiyara ge baby ah dhera gothe nahafdhaathi
Ushaa… Kihinw thi hedhyy?????
Pooor shiya.. Nd tht niaa.. ?? Haadha goaheyyy… Ushaa niaa ah varugadha landeh dheythi… ?
N nukko kiyan ingey hurihaa part ehvs ekm hama cmnt nukohlleveny… Sry fr tht.. Abadhu vs beleyne mi vaahaka up vithw.. Avahah up kohdhechey… We appreciate ur hard wrk ???
Waitin waitin ?
heii ekkala nukko ey dhw…
Ushaali keeh ve comment thakah reply nukurany
Kithah part tha innany? ??
Thihthaa awahah aneh part up kohbey makaru nuhadhai
Avahah up kohdeeba pls pls pls
Ushaali plx nxt part avahahh up kohdhyba… waiting waiting… miadhu mhr 50 varakah faharu up v thw check kurevijje… plx mirey up kohdhyba… :'(
Ushaa nxt part avahah up kohdhyba alhe… ?
Story v v reethi..avahah up kohdhyba usha plx plx plx..
Haadha lhahy dhw up vaalheh
Ushali plx upload the next part soon. Eager to read what is gonna happen next..
keeve thihaa lasvany avas kobaa…kiyaa hithun kehn madhu vefaa…
Up kohdeeba keyaa hethun hurevenehyeh noon avas avas avas
Ushali koba vaahakaige 31 can’t wait
kbw tha alhe dhn..
alhe dhn mee fukeh boduvaru..up kuraahaa duvas vehje ehnun dhr mihaar…this is not good happening…
Hadha lahy vahaka part genes dheyleh
Alhe haadha lahey mihaaru up kuraaleh…avahah up kohdhiibala ushaali..31 vana part kiyaa hithun kehmadhu vefa…….vaahaka v furihama….v reethi……keep it uppp……..