Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 2

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
May 11, 2016 6 Mins Read
49 Comments

 

މާޒިން…. ނޭނގޭތަ ހަމަ މިވަރަށް ލޯބިވާއިރުވެސް؟ އަހަރެންގެ ހިތަށް ތިހާ އަނިޔާދޭއިރު؟؟ އަހަރެން އެއްޗެއް ނުބުންޏަސް މާޒިން އަށް އިނގޭ ބުނާއިރު އަހަރެން މި ލޮލުން މާޒިންއަށް ދެމުން ދިޔަ މެސެޖްތަށް ނޭނގެނީތަ؟؟؟ ނޫނީ އެނގެން ބޭނުން ނޫނީތަ..؟؟ ޒިން… އަޅެ އެއްފަހަރުވެސް އަހަރެންނާއި ދިމާ ބަލާލާފަ މީންކޮށްލާފަ ބުނެބަ އައި ލަވް ޔޫ ޓޫ އޭ… ޒިން އަށް ހީވަނީތަ އަހަރެން ޒިން ކައިރި އައި ލަވް ޔޫ އޭ ބުނަނީ ހަމަ މަޖަލަކަށޭ.. ރައްޓެހިން ގެ ގޮތަށޭ.. ނޯ ޒިން ނޯ….. އައި މީން އިޓް.. ހެހެހެ….. އައި ލަވް ޔޫ ޔާރ… ޕްލީސް އިނގިބަލަ މިކަން……. އެން އަހަންނަށް ހީވަނީ ޒިންވެސް ވާހެން.. ޒިން… ތިގޮތަށް ކެއަރ ކުރާތީ.. ޒިންވެސް ވަންދޯ…؟

—– 2 —-

ޒިން……. އަހަރެންގެ ހިތް ތިގޮތަށް ހަލާކު ތިކުރީ ކީއްވެ؟؟؟ ކީއްވެ؟؟؟ ޒިން އަހަރެންނާއި ދޭތެރޭ ކަންތަށް ކުރާ ގޮތުން އަޅާލަމުން ދިޔަ ގޮތުން އަހަރެން ހީކުރީ ޒިންވެސް…. ޒިން ކީއްވެތަ އެހެން ހެދީ؟؟؟؟ އަހަރެންގެ ހިތް ހަލާކުކޮށްގެން ކޮން ފައިދާއެއް ލިބޭނީ.. އަހަރެން މީ ކުޅޭ ކުޅޭ ބުދެއް ނޫނޭ.. އިއްޔެ އަހަރެން ވަރަށް ސްޕެޝަލް ކޮށް ފީލް ކުރުވާފަ މިއަދު އަހަރެން އެއްފަރާތްކޮށްފަ ބާކީ ކޮށްފަ ބަހައްޓާކަށް….. ޒިން އަށް ކީއްވެތަ އެކަން ނުވިސްނެނީ..؟ އަހަރެން ހިނިތުންވެލައިގެން ވާހަކަ ދެއްކިޔަސް އަހަރެން ހިތުގައި އެތަކެއް ވޭނެއް އަޅާ… ޒިން އަހަރެން ދުރުކުރީމަ…. އަހަރެން އެ ހުރިހާ ކަމެއް ކުރީމަވެސް ޒިން އަށް އޭގެ ބަދަލަށް ދޭން އިނގުނު އެއްޗަކީ ތީތަ؟؟؟؟ ޒިން އަހަރެން ހިޔެއް ނުކުރަން ލޯބިވުމަކީ އެހާ ބޮޑު ކުށެއްކަން.. އެކަން އިނގުމަށްފަހު ރައްޓެއްސެއް ގޮތުގައި ދެކި ގެންގުޅެންވެސް ހަރާމްވެދާން ކަމަކަށް… ޒިން ބުނީމެއްނު “ބެސްޓް ފްރެންޑްސް ފޯ އެވަރ އެން އެވަރ އޭ” ޕްރޮމިސްޑް މީ…. ބަޓް ސްޓިލް… ހަމަ ބްރޭކް ކޮށްލީ.. އަހަރެން ލޯބިވާކަން އިނގުނީމަތަ؟؟ އޯކޭ އެކަމެއް ބަދަލެއް ނުވާނެ އެކަމު އެކަމް… އަަހަރެމެންގެ ދުވަސް ވީ އެކުވެރިކަން ބްރޭކް ކޮށްލާ ދިޔުން؟؟؟ އަހަރެންނަށް އެ އިހްސާސްތަށް ކުޑަކޮށްވެސް ބަދަލު ނުކުރެވުނަސް އަހަރެން މަސައްކަތްކުރަން އިތުރަށް އެކަމާއި ބެހޭގޮތުންވެސް ނުވަތަ އެކަން ދައްކަންވެސް.. ކީއްވެ ޒިން….؟

 

—– 3 ——-

ޒިން… އަހަރެން ދަނީ މި…. ޒިން އާއި އެތައް ތަނެއް ދުރަށް… ހީކުރަން އުފަލުގައި އުޅޭނެކަން.. ކުޑަމިނުން ދުރު ފްރެންޑެއްގެ ގޮތުގައި ނަމަވެސް އަހަރެން މަތިން ހަނދާންކުރާތި…. އަހަރެން އަބަދުވެސް ޒިންގެ އިންތިޒާރުގައި ހުންނާނަން.. ހީކުރީ ޒިންއަކީ އެހެން ފިރިހެންކުދިންނާއި ހިލާފު ކުއްޖެކޭ.. އެކަމު އަސްލުވެސް ޒިންވެސް އުޅެނީ ހަމައެހެން.. އަހަރެން އެކަނި ކޮށްލައިގެން…. ޒިން އެކަމު އަހަރެން ދުވަހަކުވެސް އެހެނެއް ނަހަދާނަން އަބަދުވެސް ތި ލޯތްބަށް އެދި އެދި ވާނަން… އިންތިޒާރު ކުރާނަން.. ޒިން ދިނީމެއްނު ބްރެސްލެޓްއެއް އަހަރެންގެ އުފަންދުވަހު.. އަހަރެން އެ އަޅައިގެން އުޅޭނަން. އަބަދުވެސް.. ޒިން ބުނީމެއްނު ސުމްކޮ ފަލަވަމުން ބޮޑުވަމުން ދާ ވަރަކަށް ކެވެލިކޮޅު ބޮޑުކުރާށޭ ބޮޅުތަކަށް ލައްވައިގެން އެކަމު ކެވެލި ނުނަގަންޗޭ.. ޒިން އަހަރެންނެއް ނުނަގާނަން.. ދުވަހަކުވެސް…

“މަގޭ ހާލު ބުނެދެން މިތުރާއޭ…

ޔާރުގެ ހިޔަނިން މަދަދު ލިބުން އެއީ އަޅުގެ ދުޢާ އޭ..

ދެކޭ ހިޔާލީ އާލަމްގައިވެސް “ރަސްކަމުގައި” ވީ އާދެ ތިބާއޭ އާދެ ތިބާއޭ… ):

ޒިން އައި ލަވް ޔޫ.. އައި ލަވްޔޫ އަލޮޓް…. ޕްލީސް ލަވް މީ ޓޫ… އޮރ އެޓްލީސްޓް ސޭ ދެޓް ޔޫ އާރ އެންނޯއިޑް.. އަހަރެން ދާށޭ އުނދަގޫނުކޮށް ޒިންގެ ލައިފްއިން.. އަހަރެން އުފަލުން ދާނަން ޒިން.. އަހަރެންނަށް އިނގޭ ވަރަށް އުނދަގޫވާކަން… އަހަރެން ލޯބިވާ ކަން އެނގިހުރެ އަހަރެންނާއި ވާހަކަ ދައްކަން އެކަމް ޕްލީސް އަހަރެން ދުރުނުކޮށްބަ…. ޒިން އަހަރެން ރިޖެކްޓް ކުރުމަށްވުރެ ބޮޑަށް ޒިން އަހަރެން ދުރުކޮށްލާހެން ހީވާތީ މާބޮޑަށް މިހިތަށް ތަދުވެ…. ޒިން….. ލަވް ޔޫ..

……………………

ސުމާ ކަރުނަތަށް ފޮހެލިއެވެ. އޭނާގެ ސިކުނޑި އޭރު ހާދަ ޅައެވެ. ހިތުގައި އުފެދެމުން އައިހާ ޝަކުވާއެއް ބަންޑުން ކުރީ ޑައިރީއަށެވެ. މާޒިންއަށް އެއިން އެންމެ ޝަކުވާއެއްވެސް ކޮށްނުލާ އެ ހުރިހާ ކަމެއް ޑައިރީއަށް ބަންޑުންކޮށްލެވުނީ ހިތުގެ ޝިފާއަކަށެވެ. ސުމާ ޑައިރީގެ ފުރަަތަމަ ގަނޑަށް އެއްލިއެވެ. އިތުުރަށް އެ ޝަކުވާތަށް ކިޔަން ބޭނުންނުވުމުންނެވެ. ފުރަތަމަ ގަނޑުންފަށައިގެން ހުންނާނީ އޭނާގެ ދިރިއުޅުމުގައި ހިނގި ހުރިހާ ކަމެކެވެ. ހުރިހާ ހަނދާންތަކެވެ.

 

———

އަހަރެންގެ ދިރިއުޅުން ދޮންތައާއި އެކު މެލޭއަށް ބަދަލުކުރީ އުމުރުން 15 އަހަރުގައެވެ. ބައްޕަ މާލޭގައި އުޅެން ދޫކޮށްލުން ކިތަންމެ އުނދަގޫވިއެއް ކަމަކު އަހަރެން މެލޭއަށް ފުރީމެވެ. ބައްޕައަށްޓަކައެވެ. ނަމަވެސް އަހަރެން ހިތް މާލޭގައި ބައިންދާފައެވެ. އަހަރެންގެ މާޒިން ބައިންދާފައެވެ. ހިތުގެ ބަދަލަށް އެތަކެއް ހަންދާންތަކެއް ހިފައިގެންނެވެ. މާޒިން އަކީ އަހަރެންގެ އުމުރުން 10 އަހަރުންފެށިގެންވެސް އަހަރެންނާއި އެންމެ ގާތް އެކުވެރިޔާއެވެ. ފިރިހެންކުއްޖަކަށް ވެފައި އަހަރެންނަށްވުރެ 4 އަހަރު ބޮޑު ވިއެއްކަމަކު އަހަރެންނަށް މާޒިން އާއި އެކު ކުޅެ މަޖާކުރަން ފަސޭހައެވެ. މާޒިންއަކީ އޭރު އަހަރެމެންގޭގެ ތިރީބައިގައި އުޅޭ ފިރިހެންކުއްޖާއެވެ. އޭރުވެސް އަހަރެންގެ ވަކިން ކޮޓަރިއެއް ހުންނަކަމުން މާޒިން ގެއަށް އައިއްޔާ އަހަރެމެން ތިބެނީ ކޮޓަރީގައި ކޮންމެވެސް ކުޅިވަރެއް ކުޅެންށެވެ. މާޒިން ގެއަށް ދާންޖެހުމުން އަލްވަދާޢު ކިޔަނީ ކިޔާ ހިތަކުންނެއްނޫނެވެ. އޭނާވެސް ދަނީ ދާހިތަކުންނޫނެވެ. ދެމީހުންގެ މެދުގައި އޮތް އެކުވެރިކަން އެހާވެސް ފޫންވެފައި ވަރުގަދައެވެ. އަންނަ ކޯޅިތަކަށްވެސް މި އެކުވެރިކަން ހަލާކުނުކޮށްލެވޭނޭ އަހަރެން ހިތަށްއެރިއެވެ. އެހާވެސް އަހަރެން މާޒިންއަށް އިތުބާރުކުރަމެވެ.

އަހަރުތަށް ފާއިތުވަމުންގޮސް އަހަރެމެންގެ އެކުވެރިކަމަށް 4 އަހަރު ފުރުނުއިރު އަހަރެމެންގެ އެކުވެރިކަމަށް ހީނަރުކަމެއް އަންނަންފެށިއެވެ. ދެކެން ބޭނުންނުވާ ދުވަސް ކައިރިވަނީހެން އަހަރެންނަށް ހީވަމުން ދިޔައެވެ. އަހަރެންނަށް އޭރު ވަނީ މާޒިން ދެކެ އިންތިހާއަށް ލޯބިވެވިފައެވެ. ހިތުގައި އާ ވިންދެއް ޖަހާފައެވެ. އެ ސޫރަ ހިތުގައި ބިންވަޅު ނެގިފައެވެ. އުމުރުން އަހަރެންނަށް އެންމެ 14 އަހަރުވިއެއްކަމަކު އެ ހިތަށް ހުރިހާ އެއްޗެއް އިނގޭފަދައެވެ.  އަހަރެންނަށް އެންމެ ކަމުދަނީ އެ ދަމާ ބާރު ހުންނަ މަޑު ނޫ ކުލައިގެ ލޮލެވެ. އަހަރެންނަށް އެ ލޮލެއް ދުވަހަކުވެސް ނޯޅޭނެއެވެ. ހަނދާނަކުން ނުފިލާނެއެވެ. އަހަރެމެންގެ އެކުވެރިކަމަށް މިހާ ބޮޑު ހީނަރުކަމެއް އައީވެސް އަހަރެންގެ ސަބަބުންނެވެ. އަހަރެން އަމިއްލަ ހިއްސުތަށް ކޮންޓޮރޯލް ނުކުރެވިގެންނެވެ. ހިތުގެ އުދާސްތަށް މާޒިންގެ ކުރިމައްޗަށް އޮއްސާލުމުންނެވެ. އެދުވަހަށްފަހު މާޒިން އަހަރެމެންގެ ގެއަށް އައުން މަދުކުރިއެވެ. އައެއްކަމަކު އަހަރެންނާއި ވާހަކަދައްކަނީ ވަރަށް މަދުންނެވެ. އެއީ އަހަރެންގެ ކުށެއްކަމަށް އަހަރެން ދެކެމެވެ. އަހަރެންނަށް ހީކުރެވުނީ މާޒިންވެސް އަހަރެންދެކެ ލޯބިވާ ކަމުގައެވެ. އެހާފަސޭހައިން ހިތުގެ ހާލު ބުނެލަދެވުނީ އެހެންވެގެންނެވެ. އަހަރެން އަހަރެންގެ ކުށް ގަބޫލުކުރަމެވެ. ނަމަވެސް މާޒިން އަހަރެން ދުރުކޮށްލީ އެއެއް މިއެއް ބަލާފަކައެއްނޫނެވެ. ލޯބިވުމަކީ އެހާބޮޑު ކުށެއްނަމަ އަހަރެންނަށް މިހާރު މިދަނީ އެކުށުގެ އަދަބު ލިބެމުންނެވެ.

އެއްއަހަރު ފާއިތުވެގެން ދިޔައިރު ކުރިއަށްވުރެ ބޮޑަށް އަހަރެމެން ދެމެދުގައި  އެޅެމުން ދިޔަ ފާރު ބޯވަމުން ދިޔައެވެ. މާޒިން  އެހެން ގެއަކަށް ބަދަލުވިއެވެ. ކުރީގައި ގުޅާލައިގެން ނަމަވެސް އަހަރެެމެންގެ ހާލު ބަލާލާ މާޒިންގެ އަޑު މިހާރު އެހޭކަމަކަށްވެސް ވަނީކީ ނޫނެވެ. އަހަރެން ހިތުގައި އަޅަމުން ދިޔަ ވޭން އިތުރުވަމުން ދިޔައެވެ. އެކަނިވެރިކަން ވަށާލިއެވެ. ދޮންތަ އާއި ބައްޕަގެ ގާތްކަމުގެ ސަބަބުން ބައެއް ފަހަރު ހިތަށް ހަމަޖެހުުމެއްލިބެއެވެ. ނަމަވެސް އެކަނިވާވަގުތު މި ހިތަށްވާތަދު ދެނެވޮޑިގެންވާނީ އެންމެ ފަރާތަކަށެވެ. އަހަރެން މެލޭއަށް ބަދަލުވީ އެ އަހަރުގައެވެ. އެންމެ ފަހު ފަހަރަށްވެސް މާޒިން ފެނިނުލައެވެ. އެ އަޑުނާހައެވެ. އަހަރެންގެ ހިތަށް ވީ ތަދެއްގެ ސަބަބުން ފްލައިޓަށްވެސް އެރީ މޭގައި އަތްއަޅައިގެން ހުރެއެވެ. ފްލައިޓް ނައްޓާލުމާއި އެކު އަހަރެންނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހިތާއި ހަށިގަނޑު ވަކިވީއެވެ. އަހަރެން އެތަށް އިރެންވަންދެން ނުރޮއެ ވޭތޯ އިނީމެވެ. ތުންފަތުގައި ދަތްއަޅައިގެން އިނދެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތަށް ހިންދަމުން ދިޔައީމެވެ. އުމުރަށް އަހަރެންގެ ލޯބި ގެއްލެނީ ހިތަށް އެރިއެވެ.

އަހަރެންނަކީ އަދި އަހަރެންގެ ބައްޕަ އާއި ދޮންތަ އަކީވެސް ދީންވެރި ބައެކެވެ. ގަޑިން ގަޑިއަށް ނަމާދުކޮށް ގުރުއާން ކިޔެވުމަކީ އަހަރެމެންގެ އާދައެކެވެ. ނަމަވެސް އަހަރެން ދެކޭ ގޮތުގައި  އެހާ އަވަހަށް ބުރުގާ އެޅުމަކީ ފޫހިކަމެކެވެ. ބުރުގާ އަޅާނީ ބޮޑުވީމައޭ އަހަރެން އަބަދުވެސް ހިތަށް އަރައެވެ. ނަމަވެސް އެކަންވެސް އަހަރެން މާޒިން ބޭނުންވިގޮތަށް ބަދަލުކޮށްލީމެވެ. މެލޭއަށް ބަދަލުވުމަށްފަހު ބުރުގާ އަޅާ ޖިލްބާބް ލާންފެށީމެވެ. މާޒިންގެ ހަނދާންތަށް އާކުރަމުންނެވެ. މާޒިން ބުނި ބަސް ހަނދާންކުރަމުންނެވެ.

“ޒިންއަށް ވަރަށް ރީތިވާނެ ސުމްކޮ ބުރުގާ އަޅާފަ ޖިލްބާބް ލީމަ….. ޒިން ބޭނުމީވެސް ޒިންގެ މޮމް ގޮތަށް އުޅޭ ކުއްޖެއް..”

އަހަރެންނަށް އޭނާގެ ދިރިއުޅުމުން ޖާގައެއް ނުލިބުނެއްކަމަކު އަހަރެންގެ ދިރިއުޅުން ކުރިއަށްގެންދަން ބޭނުންވީ އޭނާގެ ހަނދާންތަކާއެކުގައެވެ. މާޒިންގެ މަންމައަކީވެސް ބޮޑު ހެދުންލައި ވަރަށް ދީންވެރި އަންހެނެކެވެ. ހެޔޮލަފާ މަންމައެކެވެ. މާޒިންގެ މަންމަ ފެނި އަހަރެންނާއި ވާހަކަ ދައްކާ އަދި ގާތްކޮށް ގެންގުޅޭގޮތުން އަހަރެންގެ މަންމަ މަތިން ވަރަށް ހަނދާންވެއެވެ. ބައެއް ފަހަރު މާޒިންގެ މަންމައަށް މަންމަވެސް ކިޔެވެ. އަހަރެން މެލޭއަށް ގޮސް ވަނީ ގުރޭޑް 9 ށެވެ. ދޮންތަ ދިޔައީ ޓީޗިން ހަދަމުންނެވެ. އަހަރެން ބޭނުންވީ ޑޮކްޓަރ ކަން ކިޔަވާށެވެ. އެއީ މާޒިންވެސް ކުރިއަށް ދާން ބޭނުންވާ ދާއިރާއަށް ވީތީވެސްމެއެވެ.

މާޒިންގެ ހަނދާނުގައި ދުވަސްތަށް ގުނަމުން އަހަރެންގެ ސުކޫލްވެސް ނިންމާލީމެވެ. ރިޒަލްޓް ލިބެންދެން އަހަރެން ކޯސްތަށް ލިބޭތޯ އުޅުނީމެވެ.. އަހަރެމެންގެ ގެއަށް ކުޑަ ކުޑަ އީދެއް އައީ ދޮންތަ މެލޭއިން ކުއްޖަކާ ރައްޓެހިވެގެން އުޅޭތާ 1 އަހަރުފަހުން ކައިވެނި އިއުލާން ކުރުމުންނެވެ. ބައްޕަވެސް މެލޭއަށް އައެވެ. ދޮންތަބެ އަކީ އެކަނިވެރި ކުއްޖެކެވެ. އޭނާގެ ބައްޕައަކީ މުއްސަނދި މީހަކަށްވެފައި ހުރި ހަމައެކަނި ކުއްޖާއަކީ އޭނާ ކަމުން ބައްޕަގެ ބޮޑު ގެއާއި މުދަލާއި ލާރި ލިބުނީ އޭނާއަށެވެ. އޭނާގެ ބައްޕަ ނިޔާވީ މީގެ އަހަރުތަކެއް ކުރިންނެވެ. ދޮންތަ ކައިވެނި ކުރުމަށްފަހު އަހަރެމެން ދެމީހުންވެސް އެގެއަށް ބަދަލުވީމެވެ. ދޮންތަބެ އަކީ ރަނގަޅު ހެޔޮ ލަފާ މީހެކެވެ. އަހަރެންވެސް ދެކެނީ އޭނާގެ އަމިއްލަ ކޮއްކޮއެއް ގޮތުގައެވެ.

ނަމަވެސް ދޮންތަބެއަކީ ބަލިމީހެކެވެ. ހިތުގެ މައްސަލައެއް ހުރެއެވެ. 2 ފަހަރު އެޓޭކެއްވެސް އައިސްފައިވާކަން އަހަރެން ކައިރި ދޮންތަ ބުންޏެވެ. އެހެންކަމުން ދޮންތަ މަސައްކަތް ކުރަމުން ދިޔައީ މައްސަލަތަށް މަދު ލޯބިން ފުރިގެންވާ ދިރިއުޅުމެއް އުޅެވޭތޯއެވެެ.

އަހަރެން ބައްޕައާއި އެކު މާލެއަށް ދިޔައީމެވެ. ދެ ހަފްތާއަށެވެ. އެކޮޅުގައި އުޅުނުއިރު މާޒިން ނުފެނުނު ތާނގާ އޭނާގެ ވާހަކައެއްވެސް އަޑެއްނާޙަމެވެ. ބައްޕަ ނިޔާވީ އަހަރެން ޗުއްޓީ ނިންމާފައި މެލޭއަށް ދިޔަތަނާއެވެ. ބައްޕަގެ ކާރާއި  އެކްސިޑެންޓެއް ހިނގާ ލިބުނު ޒަހަމްތަކުގެ ސަބަބުން ބައްޕަ ނިޔާވީއެވެ. އަހަރެންނާއި ދޮންތަ ވަގުތުން މާލެދިޔައީމެވެ. ދޮންތަބެއަށް ނާދެވުނީ މެލޭގައި ކުރަން ފަށައިގެން އުޅުނުކަމެއްގެ ސަބަބުންނެވެ.

2 އަހަރާއި 4 މަސްފަހުން އަހަރެންނަށް މާޒިން ފެނުނެވެ. އެއީ ބައްޕަ ގެ މޫނު ބަލަން މާޒިން އައިފަހަރުގައެވެ. އަހަރެން އޭރު ހުރީ މާޒިންއަށް ފެންނަ ހިސާބަކު ނޫނެވެ. ނަމަވެސް އަހަރެންނަށް މާޒިން ރަނގަޅަށްވެސް ފެނުނެވެ. ހަށިގަނޑު ރީތިވެފައި ހިސާބަކަށް ތުނބުޅިވެސް ހުއްޓެވެ. އަހަރެންގެ ހިތުގައި ލޯބި އުތުރިއަރަމުން ދިޔައެވެ. އެ ހަށިގަނޑުގައި ބައްދާލައިގެން ހުރެ ރޯން ބޭނުންވިއެވެ. ބައްޕަ އަހަރެންނާއި ވަކިވުމުގެ ވޭނުގައެވެ. މާޒިން ގެ ލޯބި ނުލިބުމުންނެވެ. މާޒިން އަހަރެން އެހާ ދުރުކޮށްލުމުންނެވެ. އެކި އެކި ޝަކުވާތަށް އޮއްސަމުންނެވެ. ދޮންތައާއި ވާހަކަ ދައްކާލުމަށްފަހު އަހަރެން ހުރި ދިމާލަށް މާޒިން ބަލައިލީ ދޮންތަ އިޝާރާތްކޮށްލުމުންނެވެ. އަހަރެން މާޒިންއަށް ނުފެންނަ ގޮތަށް ފިލީމެވެ.

އަހަރެން ގެ ދެލޯ ހުރީ ރޮއެ ރޮއެ ރަތްވެފައެވެ.ކުރިއަށް ވުރެ ބޮޑަށް ރޮވެން ފެށުނީ މާޒިން ފެނުމުންނެވެ. އަހަރެންނަށް މާޒިންގެ ހަމްދަރުދީއެއް ބޭނުމެއްނޫނެވެ. ބޭނުމީ ލޯތްބެވެ. އެދުވަހު އަހަރެން އޭނާ އެންމެ ބޭނުންވި އިރު އަހަރެން އެކަނި ކޮށްލާފައި ދިޔައީއެވެ. އެކުވެރިކަމެއް ބޭނުންވިއިރު މާޒިން އެއް ނެތެވެ. މިއަދު އަހަރެން ހިތާމައަކާއި ކުރިމަތި ލާކަން އިނގުމުން ދެން އެއައީ ކީއްކުރަންބާއޭ ހިތަށް އެރިއެވެ. މީގެ ކުރިންވެސް އަހަރެން ރުއީމެއްނޫންހެއްޔެވެ؟ އޭރު އަހަރެން ހޯދަން ނައީ ކީއްވެހެއްޔެވެ؟ އަހަރެން ރުޅިއަންނަ ގޮތްވެސް ވިއެވެ. އަމިއްލަ ނަފްސް ދެކެވެސްމެއެވެ. މާޒިންދެކެވެސްމެއެވެ. އަހަރެން މާޒިން އާއި ދިމާލަށް ނުބެލުމަށް ފަސް އެނބުރިލީމެވެ.

އަހަރެން އެހެން ހުއްޓާ ސިއްސައިގެން ގޮސް ފަހަތަށް ބަލައިލެވުނެވެ. އަހަރެންގެ ކޮނޑުމަތީ މީހަކު އަތްއަޅާލަމުންނެވެ. ފަހަތުގައި ހުރީ ދޮންތައެވެ. އަހަރެން ފުން ނޭވައެއް ދޫކޮށްލީމެވެ. ދޮންތަ އަހަރެންގެ ގައިގާ ބައްދާލިއެވެ. ބައްޕަ ގެންދަނީކަމަށް ބުންޏެވެ. އެއަށްފަހު ދޮންތަވެސް ރޯންފެށިއެވެ. އަހަރެން ދޮންތަގެ ކޮނޑުމަތީ މޫނު ފޮރުވާލަމުން ދިޔަ ވަގުތު މާޒިން ފެނުނެވެ. އަހަރެންނާއި ދިމާ ބަލަހައްޓައިގެން ހުރި ތަނެވެ. އަހަރެން ވަގުތުން އަހަރެންގެ މޫނު ނުފެންނަ ފަދައިން ދޮންތަގެ ކޮނޑުމަތީ ފޮރުވައިލީމެވެ. ދެލޯ މަރާ ތަގުޅިކޮށްލީމެވެ. ބައްޕަ ގޯތި ދައްތަމެން އައިސް އަހަރެމެން މަސަލަސްކުރުމުގައި އުޅުނެވެ.

މެލޭއަށް އަހަރެމެން ދިޔައީ އޭގެ 2 ދުވަސް ފަހުންނެވެ. މާލޭގައި އުޅޭއިރު ހިތަށް ވާ އުނދަގުލެއްގެ ސަބަބުންނެވެ. ދޮންތަ އަހަރެން ކައިރި މާޒިން ހޯދިއޭ ބުނެލިއެވެ. އަދި މާޒިންވެސް ހުރީ ވަރަށް ދެރަވެފައޭ ބުނެލިއެވެ. އަހަރެން ހުމްމް ބުނެ އެވާހަކަތަށް ހިންދާލަން މަސައްކަތްކުރަމެވެ. ދެހަފްތާއެއްހާ ފަހުން އަހަރެމެން ދެމީހުންވެސް ރަނގަޅުވިއެވެ. ބައްޕަގެ ކޯލަކަށް އިންތިޒާރުގައި އިންނަ އިނުން މިހާރު ހުއްޓާލައިފީމެވެ. ބައްޕަގެ ފޮޓޯ ބަލާ ރުއިންވެސް ހުއްޓާލީމެވެ. އޭގެ ބަދަލުގައި ބައްޕައަށް ހެޔޮ ރަހުމަތް ލައްވާތޯ ދުޢާކުރަމެވެ.

އަހަރެންގެ ނަތީޖާ ވެގެން ދިޔައީ އަހަރެން ކިޔެވި ސުކޫލުއިން ފާހަގަކޮށްލެވޭވަރުގެ ނަތީޖާއަކަށެވެ. ސްކޯލާޝިޕްއެއްގެ ދަށުން އަހަރެންނަށް ކޮލެޖަކުން ކިޔެވުމުގެ ފުރުސަތު ލިބުނެވެ. އުފަލާއި އެކު އެސްކޯލާޝިޕް ގަބޫލުކޮށް ކޮލެޖަށް ދާން ފެށީމެވެ. އެތަކެއް ކުދިންގެ ނަޒަރު އަހަރެންނަށް ހުއްޓެމުން އަންނަކަން އަހަރެންނަށް ފާަހަގަވަމުން ދިޔައެވެ. ނަމަވެސް އެފަދަ ބެލުންތަކަކުން އަހަރެންނަށް ބެލުމުގެ ހުއްދަވެސް އަދި ހައްޤުވެސް އޮންނާނީ މާޒިންގެއޭ އަހަރެން ހިތަށްއަރައެވެ. ތިން އަހަރުގެ ކޯހެކެވެ. ކިޔަވަމުން ދިޔައީ އަންހެނުންނަށް ހާއްސަ ޑޮކްޓަރުގެ ދާއިރާއެވެ.

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަހަރެންގެ ވާހަކަ (ފަނަރަވަނަ ބައި)

Next

މާޒީ (ފުރަތަމަ ބައި)

Next
May 12, 2016

މާޒީ (ފުރަތަމަ ބައި)

Previews
May 11, 2016

އަހަރެންގެ ވާހަކަ (ފަނަރަވަނަ ބައި)

49 Comments!

  1. Ryn says:
    May 11, 2016 at 10:17 pm

    hey guys.. hre is the nxt ep. hykuran hama kuryge prt hn mi prt vx rythi vaane kamah.. thnkyw fr readin.. enjoy 😉 😉 n nxt prt vx within two days in sha allah 😉 tc

    1. ken? says:
      May 12, 2016 at 6:05 am

      aharenge hiy baindhaafa eve..maazin baindhaafa eve…i guess it shud b like aharengr hiy baavaafa eve..maazin bahattaafa eve…wat do u think?

    2. Ryn says:
      May 12, 2016 at 9:40 pm

      yrh thts the crrct way… thnkx fr tellin me 😉

  2. Phy says:
    May 12, 2016 at 12:22 am

    Kndhuvas thakaku up kuranee…v reethi vaane hen heevey…v kiyaa laa hiyvey nxt part…

    1. Ryn says:
      May 12, 2016 at 9:42 pm

      aneh hn decide eh nukuran days thakeh cx m bxy with my studies n plus i hve few mre prsnl issues due to which i may nt uplwd the stry on the day i say… ehnve egwthah adhi decide eh nukuran.. anyway thnkxx.. 😉 n in sha allah i wil try my bst to uplwd tmrw nyt tc

  3. Atthfa says:
    May 12, 2016 at 12:28 am

    Seriously? 3 years in gynee course hedey??? Avaha buneba malay kon college akun kan? 😛

    1. sidd says:
      May 12, 2016 at 12:59 am

      Hama asluves. Mbbs nahadhaa gyni kiyeveybaaa ????

    2. Anonymous says:
      May 12, 2016 at 10:47 am

      Kuhkurevynee insaanunnah… Ekuh bunedheynee ves insaanun ekamaku anekaa ah malaamaai kuraa usoolakunneh noon… Vaahaka liyaairu hageegathah binaakoh liyan rangalhu ekamakuvs bunelan other mee vaahaka ekey hageegatheh nooney.. Liyuntheriyaa ge kuh dhakkan jeheynee kiyuntherin ekamaku thiheneh noon.. Varah foohivey thivahtharah ulheythee.. Liyuntheriyaa ge kuh rangalhah nudhekkeynama comment nukurun edhen. Thee kiyuntherinnah huri ladheh.. Liyuntheriyaa kuraa masahkai balaigannaakah neynge.. Ingenee kusheh kurevuneema.. Mihen bunyas mashah vure nubai meeheh nuhunnaane.. Shukuriyya

    3. Ryn says:
      May 12, 2016 at 9:45 pm

      umm yrh ur ryt. actually frst whn i wrte this prt suma’s career ws nt doctr kn.. it ws sumthin else.. n ltr ehn prt eh liyanikh e bayaai gulhuvaalan chng kury bt i frgt to chng the year.. n if i chng it nw dhn it wil effct the rst of prts alt.. cx this stry bwdah ohnaany yrs thakah dhw… so plx kyp it lyk this.. plx dnt mind ingey rydrs… if nt it wil b vry diffclt to chng the prts again… sry.. n yrh it ws my mistake thnkx fr tellin me…

  4. Kudaa says:
    May 12, 2016 at 12:30 am

    Wow!!!Story ge mi part ves vv habeys!!Waiting 4 the next part!! Avahah up koh lahcheyy plz Run!!

    1. Ryn says:
      May 12, 2016 at 9:45 pm

      thnkyww.. n sure i wil uplwd the nxt prt soon in sha allah 😉 kyp waitin

  5. Shax Lyn says:
    May 12, 2016 at 1:55 am

    this story is amazing… keep it up Ryn <3

    1. Ryn says:
      May 12, 2016 at 9:46 pm

      thnkxx shaxx.. <3 :3 😉

  6. ken? says:
    May 12, 2016 at 6:09 am

    btw i think dat kid is not hers but she is raising him…? may b her nephew ? his parents must have died in de past..? dn dhw alhey kihineibaa aslu vaanee…???
    story is awesome ? ❤

    1. meesha says:
      May 12, 2016 at 8:43 am

      i als think lyk tht

    2. Ryn says:
      May 12, 2016 at 9:47 pm

      heheh lts c dhw.. anyway i tld it wil b diffrnt frm othrs.. so hope vaane kamah…. n may b ur crrct hehe.. 😉 n lts c dhw.. thnkyw fr the cmmnt ingey 😉

  7. Appy says:
    May 12, 2016 at 7:48 am

    Yeah mi part vx v furihama. ….zin e ee suma ge baby eh nun dhw ?…n hukuran ufaluga ulheynekan ..hyvany ethaa ufaluga ulheyne kamah hn aslu innaany faahaga kohlevunyma bunely ?

    1. Ryn says:
      May 12, 2016 at 9:47 pm

      hehehe thnkyww.. n lts c dhw vaane gwtheh… n thnkx fr tellin me the mistake.. 😉 enjoy tc

  8. meesha says:
    May 12, 2016 at 8:43 am

    varah varah reethi mi stry

    1. Ryn says:
      May 12, 2016 at 9:48 pm

      thnkywww 😉

  9. Zu says:
    May 12, 2016 at 9:54 am

    Rynnnnn.. haadha inthixaaru kuran jehey dhw.. ekmwes v v v lwbi stry

    1. Ryn says:
      May 12, 2016 at 9:48 pm

      yrh sry dear.. its cx m dmn bxyy.. m sry bt m tryin my bst to uplwd it.. 😉 thnkyw

  10. Zu says:
    May 12, 2016 at 9:57 am

    zin ei sumko dhnthage baby dhw??

    1. Ryn says:
      May 12, 2016 at 9:48 pm

      hehe lts c 😉

  11. aff says:
    May 12, 2016 at 10:42 am

    rynoo.. story hama habeys ingey.. Awesome. . next par awahah upkohla dhehchey ASAP.. Ryn thee kn rashehge kuhjetha ?.☺☺☺☺☺

    1. Ryn says:
      May 12, 2016 at 9:49 pm

      hehe thnkyw so mchh… n in sha allah wil uplwd tmrw nyt.. 😉 thnkyw.. n m frm r atoll… rah is a secret 😛 😛 😉

  12. naaanu says:
    May 12, 2016 at 10:49 am

    eyy ryyyn haadha salhi ey vaahaka.but dhen nethey vaahaka kiyeykah too buzy…exams!!!!!!!will miss this vaahaka and ryyn tooo….alhe zin ei kaage dhari ehtha anekkaaa..

    1. Ryn says:
      May 12, 2016 at 9:52 pm

      hey naanu… thnkyww… alheyyy so sad bt studies r imprtnt ingey.. focus on ur studies.. n m sure tht exms ninmaafa aadhevndhn vx mi site ga mi vaahaka ohnaane kn.. lol so u cn read ltr n i wil miss ur cmmnt alttt.. cum sooooon n gud lck with ur exms. do well!! n xin eii kaakuge thw dhn balaa ltr frst study hehe 😉 enjoy tc

  13. laimaan says:
    May 12, 2016 at 11:08 am

    Alhey v reethi mi story. Kiyaahih vany hama. Next part avahah up kohdhehchey

    1. Ryn says:
      May 12, 2016 at 9:53 pm

      hehe thnkyww… nxt prt tmrw nyt in sha allah 😉 enjoy

  14. Shuhu says:
    May 12, 2016 at 12:58 pm

    Innaa lillah. Ryn. hama mee Ryn ge story eh tha?? Haadha salhi ey

    1. Ryn says:
      May 12, 2016 at 9:54 pm

      hahah unbelievable??? evryone imprvs n evn i did … mst of the shukuru to my fans fr their supprt.. hehe n yrrhhh its my stry eh hama.. hehe thnkyw 😉

  15. lai says:
    May 12, 2016 at 1:34 pm

    rynuuuuuu .. xin ee sum ge dhari eh nooon dhww dhww dhww ?? hehe .. pis maaxin reehchakas haadha goahey .. v foohivey hehehe ..stry is hama habeyys .. v rythi.. v furihama .. hama ehvana .. v salhi .. alheyy dhn vaany kihineh baaey hithah araa… nxt part avahah upp kohdhehchey rynn . thank u ryn.. 🙂 .. tgc .. miss u 🙂

    1. Ryn says:
      May 12, 2016 at 9:56 pm

      laithuuu.. hahah lts c dhww dhww dhwwwww… eyy! maaxin gwheh nuvaane ingey 😛 😛 he is so gudd.. :3 n thnkyww… awww adhivx beynun mre cmplimnts :3 😛 n dhn vaany hama vaane hn so dnt think mch 😛 😛 n in sha allah nxt prt tmrw nyt ingeeyyyy dhaithxx.. tc n luv u n miss u alt 😉

  16. Mimmy says:
    May 12, 2016 at 4:03 pm

    Varah reethi story eh

    1. Ryn says:
      May 12, 2016 at 9:56 pm

      thnkyww… MIMMYYY!!!!!! :3

  17. elsa says:
    May 12, 2016 at 5:35 pm

    woww , a doc dw , doc suma , gud gud , story was amazing incredible , mommy little zin ah doc ge salaam bunedhehchey . my gud cute boy.

    1. Ryn says:
      May 12, 2016 at 9:57 pm

      hahah yrhh doc.. she is a doc ur a doc he is a doc lolxx.. thnkyww.. n xin kairi dhn hiyaalehga bunaanan ingeyy… hahaha.. nt only urs.. he is rynge vx 😛 😉 miss u tc

  18. ~Xul~ says:
    May 12, 2016 at 6:50 pm

    Wow wow….mi part ves hama vrh rythi…waiting for the next part…kyp it up ryn ????

    1. Ryn says:
      May 12, 2016 at 9:58 pm

      aww thnkywww.. 😉 😉 kyp waitin…

  19. ka2 says:
    May 12, 2016 at 7:27 pm

    its nyc story………..

    1. Ryn says:
      May 12, 2016 at 9:59 pm

      thnkyww :3

  20. maarsh says:
    May 12, 2016 at 9:15 pm

    Vvvvv cute story eh

    1. Ryn says:
      May 12, 2016 at 9:59 pm

      thnkyww 😉

  21. pinky says:
    May 13, 2016 at 10:15 am

    Ryn varah reethi congrats and try your best

  22. nammi? says:
    May 13, 2016 at 1:15 pm

    An amaxing story ryn . V v v nice .v v kiyaa hiy vey eba next part . Avahah up kh dhyba . Nice and interesting story . Maashaa allah . Waiting 4 next part

  23. ina says:
    May 13, 2016 at 6:39 pm

    Ryyyynnnuuuuuuu na mi syt chck nukoh hutta nw 2 prt up kurythi…alheyy..pis adhi kiriya mikiyaalevuny…heheehe..varaaaaaaaaaaaaaaaah salhi….. <3 n vrh lwbi xin…vrh swyt dhw…tok kuraa goiyy..i cn imgne..hehehé.. rh bodu past eh Onna try eh dhw mi..nyc… :-! ..misssssssssss u n luv U alottt….salam…..tvvvvvgc… 🙂 🙂

  24. SoMeOnE says:
    May 13, 2016 at 6:47 pm

    jxt lurv ur stories
    mwah :* :p

  25. Zaanaa says:
    May 14, 2016 at 11:50 am

    Up kohdeeba avahah v keyaa hiy vay

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން 3←


All Right Reserved!