Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ސޯޅަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
May 12, 2016 7 Mins Read
24 Comments

“ކާކު… ކާކު….” ޖެހިލުންވެ ހުރެ މަންޝާ ކުރިއަށް ދިޔައީ އެމީހާގެ ފުށުން ޖަވާބެއް ނުލިބުމުންނެވެ.

އޭރު އޭނާގެ ފަން، ދިގު އިސްތަށިގަނޑު ވަނީ ތެމި ފޯވެފައެވެ. މަންޝާ ކުރިޔަށް ޖެހެމުން ދިޔައެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތިކިތައް މަންޝާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ދެލޯ ހަނިކޮށްގެން ހުރެ އެމީހާއާ ދިމާލަށް ބަލަމުން ދިޔައީ ބުރަމުންދިޔަ ފެންތިކިތަކުން އުނދަގޫ ވާތީއެވެ. މަންޝާއަށް އެއީ ކާކުކަން ނަގައިގަނެވުނެވެ.

“ޒިބާން….”

އެ ޒުވާނާގެ ނަމުން ގޮވާލަމުން މަންޝާ އޭނާގެ ކޮނޑުގައި ހިފާ އަނބުރާލިއެވެ. އެވަގުތު އެ ޒުވާނާ މަންޝާއާ ދިމާލަށް އެނބުރިލިއެވެ. މަންޝާގެ ހިތުގައި ބުނެދޭން ނޭނގޭ ކަަހަލަ ޖަޒްބާތުތަކެއް އުތުރި އަރަން ފެށިއެވެ. ނަމަވެސް ހިތުގެ ކަނަކުން ދުރަށް ޖެހުމަށް އެދެމުން ދެވުނެވެ. ޒިބާން ހުރީ މަންޝާގެ ހޫނު ނޭވާ އިހްސާސްވާހާ ކައިރީގައެވެ. މަންޝާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ފިނިވެ މީހާ ގައިން ހީބިހި ހިލިގެން ދިޔައެވެ.

ވައިގަދަވެ ވާރޭ އިތުރަށް ބޯކުރަމުން ދިޔައެވެ. ވާރޭ ވެހޭލެއް ބޯކަމުން މަންޝާމެންގޭ ކުރިމައްޗަށް ވާގޮތަށް ހުރި އިމާރާތްވެސް ސާފުކޮށް ނުފެންނަވަރަށް ވަނީ ފުސް ވެފައެވެ. ޒިބާން ކަޅި ޖަހާނުލާ މަންޝާއާއި ދިމާލަށް ބަލަން ހުއްޓެވެ. މަންޝާ ލައިގެން ހުރި ޓީޝާޓް އެކީ ތެމި ފޯވެ ހަށިގަނޑުގައި ވަނީ ތަތްލާފައެވެ.

ޖެހިލުންވެހުރެ މަންޝާ ފަހަތަށް ފިޔަވަޅެއް އަޅާލީ މަންޝާގެ ހިތަށް ކުރަމުން ދިޔަ އަސަރުތަކުން ކެތް ނުކުރެވިގެންނެވެ. މީ ދުވަހަކުވެސް މަންޝާއަށް ކޮށްފައިވާ އިހްސާސެއް ނޫނެވެ. މީ ތަފާތު އިހްސާސެކެވެ. ނޭނގޭ ބާރަކުން މަންޝާގެ ހިތް ޒިބާނަށް ލެނބެމުންދިޔައެވެ. މަންޝާ ފަހަތަށް ފިޔަވަޅެއް އެޅުމާއި އެކު ޒިބާން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޒިބާންގެ ހަރަކާތް ހުރި ގޮތުން ހީވަނީ ދަގައްފާނަށް ދަގަނޑު ދަމާހެންނެވެ. ހިތާ ދެކޮޅަށް އަނެއްކާވެސް މަންޝާ ފަހަތަށް ޖެހިލިއެވެ. ޒިބާންގެ ތޫނު ލޮލުގެ ބެލުމުން މަންޝާއަށް ކުރަމުން ދިޔަ އިހްސާސްތައް ބަޔާންކޮށްދޭން ވަރަށް އުނދަގުލެވެ. މިފަހަރުވެސް ޒިބާން ކުރިއަށް ޖެހިލިއެވެ. މަންޝާއަށް ހިން ދިރުވާލެވުނެވެ. ހީވީ އަރު ތެރެ ބެދިފައިވާހެންނެވެ.

ޒިބާންގެ ލޮލަށް ބަލަންހުރި މަންޝާއަށް ސިހުމެއް ލިބުނީ ވިދާލި ވިދުވަރުންނެވެ. ވަށައިގެން ބަލާލެވުނެވެ. ވާރޭ ތުނިކޮށްލާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ރަތްވިލާތަކުން މުޅި އުޑުމަތިވަނީ ބައްދާލާފައެވެ. ޖަހާލި ބާރު ގުގުރިއަކާއި އެކީ މަންޝާ ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ކުރިއަށް ޖެހި ޒިބާންގެ ޓީޝާޓްގެ ތެރެއަށް މޫނު ނިވާކޮށްލީ ތޫލިއަޑަކުން ހަޅޭއް ލަވަމުންނެވެ. ޒިބާންގެ ބިޔަ ހަށިގަނޑުގެ ތެރެއަށްލާ މަންޝާ ފޮރުވާލިއެވެ. އަނެއްކާވެސް ވިދާލުމަކާއި އެކީ ގުގުރާލީ ކުރިއަށް ވުރެއް ބާރަށެވެ. ޓީޝާޓްގައި ހިފައިގެން ހުރި މަންޝާ އޭނާގެ ދެއަތުން ޒިބާންގެ ހަށިގަނޑު ވަށާލާ ބާރު ބާރަށް ބައްދާލިއެވެ.

ޒިބާނަށް މަންޝާގެ ހިތުގެ ތެޅުން އިހްސާސް ވަމުން ދިޔައެވެ. ޒިބާންގެ ހަންގަނޑު ތެރެއަށް ވައްދަމުން ދިޔަ މަންޝާގެ ވަކިތަކުން ޒިބާނަށް ލިބުނީ ހިތްހަމަޖެހުމެވެ. މަޑުމަޑުން މަންޝާގެ އަތް ވަކި ކޮށްލީ މަންޝާއަށް މިހުރެވުނުގޮތް ނަގައިގަނެވުމުންނެވެ. ބައްދައިގެން މި ހުރެވުނީ ޒިބާންގެ ގައިގާ ކަން ރޭކާލުމުންނެވެ. ޒިބާންއާ ދުރަށް ޖެހެމުން މަންޝާ އިސްޖަހާލީ ލަދުން މީހާ ވިރެމުން ދާތީއެވެ. ފަހަތަށް ޖެހުނު މަންޝާ ގޮސް ލަށްވީ ބެލްކަނީގައިވާ ކެހޭ ބިއްލޫރި ދޮރުގައެވެ. އިތުރަށް ފަހަތަށް ޖެހެވޭނެ ޖާގައެއް ނެތެވެ. ޒިބާން ކުރިއަށް ޖެހިލަމުން މަންޝާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.

މަންޝާ އިސް އުފުލާލިއެއް ކަމަކު އޭނާގެ ދެލޯވަނީ މެރިފައެވެ. މަންޝާގެ ނޭވާ ކުރުވާން ފެށީ ޒިބާން އޭނާއާ ކައިރިވަމުން ދާކަން އިހްސާސް ވުމުންނެވެ. ޒިބާންގެ ހޫނު ނޭވާ މަންޝާގެ ކޯތާ ފަތުގައި އެޅިލިއެވެ. ތުންފަތް ފިއްތާލާމުން ފުންކޮށް ނޭވާލާން މަންޝާ މަސައްކަތް ކުރިއެވެ.

“މަންޝާ….. ފުރަތަމަ ފެނިލުމުންވެސް އަހަންނަށް މަންޝާ ވަރަށް ކަމުގޮއްސި….” މަންޝާގެ ނިތްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅު ކޮށްލަމުން ޒިބާން ވާހަކަ ދެއްކިއެވެ. ޒިބާންގެ އަޑު މިރޭ ވަރަށް ތަފާތެވެ. ފިރިހެންވަންތަ ބަރު އަޑެކެވެ. އެ އަޑުގައިވަނީ މަސްތުކުރުވާ ކަހަލަ ގޮތެކެވެ.

ޒިބާން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަނގައިން ބޭރުވަމުން ދިޔަ ހޫނު ނޭވާ މަންޝާއަށް އިހްސާސް ކުރެވުނެވެ. ޒިބާންގެ ގައިން ދުވަމުން ދިޔަ މީރު ވަހުން މަންޝާގެ ހިތް ފުރިގެން ދިޔަކަހަލައެވެ. މަންޝާގެ ދިގު އެސްފިޔަތައް މަޑުމަޑުން ހުޅުވާލިއެވެ. އެވަގުތު ޒިބާންގެ ދެލޯ މަރާލަމުން މަންޝާ ގާތަށް ގުދުވެލީ މަންޝާގެ ފަހަތުގައިވާ ބިއްލޫރިގަނޑުގައި އަތް ވިއްދާލަމުންނެވެ. މަންޝާގެ ތުންފަތުގައި ޒިބާން މަޑުމަޑުން ބޮސްދިނެވެ. މަންޝާއަށް ހަރަކާތެއްވެސް ގެންނަން ނުކެރިފައި އެހުރި ގޮތަށް ހުރެވުނީއެވެ. ޒިބާން މަންޝާގެ ހަށިގަނޑުގައި ބައްދާލިއެވެ. މަންޝާއަށް ނޭވާވެސް ނުލެވޭހާ ބާރަށް ފިއްތާލިއެވެ.

“ތީ އަހަރެންގެ މިލްކެއް… ތީ އަހަރެންގެ މީހެއް….” މަންޝާ ގައިގައި ބައްދަމުން މަންޝާގެ ކަންފަތް ބުޑުގާ ޒިބާން މިހެންބުނުމުން ދެލޯ މަރައިގެން ހުރި މަންޝާގެ ދެލޯ ތަންމިނަށް ހުޅުވާލެވުނެވެ.

“ނޫން… ނޫން… ދުރަށް ދޭ… އަހަރެންމީ އަޒީމްގެ މީހެއް…”

މަންޝާ ގަދަކަމުން ޒިބާންގެ މޭގައި އަތްއަޅާ އޭނާގެ ގަޔާ ދުރަށް ކޮށްޕާލިއެވެ. އެވަގުތު ޒިބާންގެ މޫނަށް މަންޝާ ބަލާލިއެވެ. ވިދާލި ވިދުވަރާއި އެކީ އޭނާގެ ރަތް ދެލޯ ފާޅުވެގެން ދިޔައެވެ. ސިހިފައި މަންޝާ އަނގަމަތީ އަތްއެޅިއެވެ. އަލިފާނުން އަނދަމުން ދިޔަ ޒިބާންގެ ދެލޯ ފެނިފައި މަންޝާ ބިރުގަންނަ ގޮތްވިއެވެ. ފަސްއެނބުރި މަންޝާ މަސައްކަތް ކުރީ ބެލްކަނީގެ ކެހޭ ދޮރު ހުޅުވުމަށެވެ. އެންމެ ހިނދުކޮޅަކަށްވެސް އެތާ ހުންނަން މަންޝާގެ ހިތެއް ނޭދެއެވެ. ޒިބާންގެ ލޯ ހުރިގޮތުން އޭނާއަކީ އިންސާނެއް ކަމާ ދޭތެރޭ މަންޝާއަށް ޝައްކުވިއެވެ. އަތުގައި ހުރި ބާރެއްލާ ކޮށްޕާލުމުންވެސްް އެ ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. ބިރުން ފަސް އެނބުރި މަންޝާ ބަލާލީ ޖެހިލުންވެ ހުރެއެވެ.

ޒިބާން އެ ހުރި ފިޔަވަޅު މަތީ ހުއްޓި މަންޝާ އާއި ދިމާލަށް ބަލަން ހުއްޓެވެ. އޭރު އަލިފާން ބުރަމުން ދިޔަ ޒިބާންގެ ލޮލުގެ ކުލަ މަޑުވަމުން ދިޔައެވެ. މަޑު މަޑުން އިންސާނުންގެ ކަޅި ހުންނަ ގޮތަށް އޭނާގެ ކަޅީގެ ކުލަ ބަދަލުވެއްޖެއެވެ. ހައިރާންކަމާއި އެކު އޭނާއާ ދިމާލަށް ބަލަން މަންޝާއަށް ހުރެވުނެވެ. އެވީ ކިހިނެއްތޯ އޮޅުންފިލުވަން މަންޝާ ބޭނުންވިއެވެ.

“ޒިބާން… ޒިބާންގެ ލޯ…” މަންޝާ ސުވާލުކޮށްލީ އޭނާގެ ލޮލަށް ފެނުނު މަންޒަރު ގަބޫލު ނުކުރެވުމުންނެވެ.

މަންޝާ ބިރުގެންފައި ހުރިވަރު އޭނާގެ ތުރުތުރު އަޅަމުން ދިޔަ އަޑުން ފާހަގަވިއެވެ. ޒިބާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ބެލްކަނީގައިވާ ދަގަނޑުގަނޑު މައްޗަށް ޒިބާން ފުންމާފައި ކޮޅަށް އެރިއެވެ. ދެއަތް ދެފަރާތަށް އުފުލާލަމުން މައްޗަށް ބަލާލިއެވެ. އަދި މަގުމައްޗާ ވީ ފަރާތަށް ޒިބާންގެ ހަށިގަނޑު ލަންބާލި ވަގުތު ޒިބާންގެ ފައި ދަގަނޑު ގަނޑުމަތިން ވަކިވެގެން ދިޔަ ތަން ފެނި މަންޝާގެ ދެލޯ ބޮޑުވިއެވެ. ޒިބާން މި ގެނައި ކުއްލި ހަރަކާތް ފެނި ބިރުންހުރި މަންޝާއަށް ހަޅޭއްލަވައި ގަނެވުނެވެ. ދެ ލޯ މަރާ ފިއްތާލަމުން މަންޝާ ހަޅޭއް ލަވައިގަތީ ދެކަންފަތް މަތީގައި އަތް އަޅަމުންނެވެ. މުޅި ފަޒާގައި މަންޝާގެ އަޑު ގުގުމާލިއެވެ. ހަމަ އެ ދަނޑިވަޅުގައި ޖަހާލި ބާރު ގުގުރިއަކާއި އެކީ ތަގުޅިކޮށްފައިވާ މަންޝާގެ ދެލޯ ހުޅުވާލެވުނެވެ.

*** *** *** *** *** ***

ރިޔާޒްމެންގެ ދެމަފިރިން ގެއަށް އައީ ރެސްޓޯރަންޓަކަށް ގޮސް ކައިގެންނެވެ. ގެއަށް ވަނުމަށްފަހު ރިޔާޒް އެންމެ ފުރަތަމަވެސް ބޭނުންވީ ނަމާދުކުރާށެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ނުކުތް އިރު މީރާ އިނީ ބޭރު ސޯފާގައި ޓީވީ އަޅުވައިގެންނެވެ. ރިޔާޒް ކޮޓަރީގައި ނަމާދުކޮށް ނިންމާލުމަށްފަހު ބޭރަށް ނުކުތެވެ. އޭރުވެސް މީރާ އިނީ ޓީވީ ބަލާށެވެ.

“މީރާ…” މީރާއަށް ގޮވާލަމުން އައިސް މީރާގެ މަގަތުގައި ރިޔާޒް އިށީނެވެ.

އާއެކޭ ބުނި ނަމަވެސް މީރާގެ ކަޅި އަމާޒުވެފައިވަނީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށެވެ. ރިމޯޓް ނަގާ ޓީވީގެ އަޑު މަޑުުކޮށްލަމުން ރިޔާޒް ވާހަކަ ދައްކަން ފެށިއެވެ. “މީރާ… މީރާވެސް ވެއްޖެ ނަމާދަށް ފަރުވާތެރިވާން… ނަމާދު ނުކޮށް ތިހެން އުޅޭކަށް ނުވާނެ… އަހަރެން ނުބުނަން މީރާ ގޯހެކޭ.. އެކަމަކު ވިސްނާލަން ޖެހޭ އެބަ…. މަރުވުމުން އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާ ބެހޭ ގޮތުން… ދެން ދޭ އަވަހަށް ނަމާދުކުރަން….”

މީރާ އިިނީ މަޑުމައިތިރިކަމާއި އެކު އޭނާގެ ފިރިިމީހާ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހާށެވެ. ރިޔާޒް ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުން މީރާއަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. މީ މީރާއާ މިފަދަ ވާހަކައެއް އަމިއްލައަށް އިސްނަގައިގެން ރިޔާޒް ދެއްކި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް މީރާއަށް ނަމާދަށް ފަރުވާ ކުޑަ ކުރެވޭތީ އެކަމާ ލަދުގަނެ އިންތިހާއަށް ދެރަވެސް ވިއެވެ. އިސްޖަހައިގެން އިނދެ ބަސްއަހާ ކުއްޖެއް ފަދައިން ސޯފާއިން ތެދުވެގެން ކޮޓަރިއަށް މީރާ ދިޔައީ އަވަހަށް ނަމާދު ކުރާށެވެ. މިއަދުން ފެށިގެން ފަރުޟު ފަސް ނަމާދު ޤަވާއިދުން ކުރަން އަޒުމް ކަނޑައަޅަައިގެންނެވެ.

މީރާ ނަމާދުކޮށްގެން ނުކުންނަން ދެން ރިޔާޒް ސޯފާގައި މަޑުކޮށްގެން އިނެވެ. މީރާ ނުކުތުމާއިއެކީ މީރާ ގާތުގައި އައުމަށް ރިޔާޒް އެދުނެވެ.

“މީރާ.. އާދެބަލަ… އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އެބައޮތް…..” ރިޔާޒްގެ އެދުމަށް މީރާ އައިސް ރިޔާޒްގެ މަގަތުން ސޯފާގައި އިށީނެވެ.

“ރޫހީގެ މަރާ ގުޅިފައިވަނީ ކޮންމެވެސް ޖިންނިއެއްގެ ބާރުކަން މީރާއަށް ކިޔައިދިނީމެއްނު ދޯ… އަހަރެންނަށް ހީވަނީ މަންމަގެ ބައްޔަކީ އޭގެ ދުއްތުރާލުން ވެގެން އުޅޭ ކަމެއްހެން… އަލިބެ ބުނި އެގޮތަށް ރޫހީގެ ހަށިގަނޑުން އޭތި ސަލާމަތްވާއިރު ދެން އާއިލާ ތެރެއިން ކޮންމެވެސް މީހަކާ ދިމާކޮށްލާނެކަމަށް…. އަހަރެމެން މިއުޅެނީ އަލިބެ ގެނެސްގެން މަންމައަށް އެފަދަ އެއްޗެއްގެ އުނދަގޫ ޖެހިފައިވޭތޯ ބަލަން… ނަމަވެސް މިފަދަ ކަމަކާ ކުރިމަތިލާއިރު އާއިލާގައި ދެން ތިބި މީހުންނަށް މިކަމުން ނޭދެވޭ އަސަރެއް ކޮށްފާނެ… އަހަރެން ބޭނުންވަނީ މީރާ ގަވާއިދުން ނަމާދުކޮށް ޤުރުއާން ކިޔަވާން.. އޭރުން އެފަދަ ޖިންނި ޝައިތާނުންނަށް އަހަރެމެންނާ ގާތްވާން އުނދަގޫ ވާނެ….”

ރިޔާޒް ވާހަކަ ދައްކާ ނިންމާލުމުން މީރާ އެކަމާ އެއްބަސްވިއެވެ. “އިރާދަކުރެއްވިއްޔާ އުޒުރެއްނެތި އެންމެ ނަމާދެއްވެސް ދޫކޮށްނުލާ ނަމާދު ކުރާނަން…. އަސްލު އަހަރެންނަށް އަޅުކަމާ ވަރަށް ދުރުވެވިފައި ހުއްޓާ ރިޔާޒް ތިވާހަކަ ތިބުނީ.. އަހަރެން ވަރަށް އުފާ ވެއްޖެ މިކަހަލަ ކަންތައްތައް އިސްލާހު ކުރަން ރިޔާޒް ބާރު އަޅާތީ….”

ރިޔާޒް އުފަލުން މީރާގެ ކޮނޑުގައި ހިފާ އޭނާގެ ގަޔާ ކައިރިއަށް ގެނެސް މީރާގެ ނިތްކުރިއަށް ބޮސްދިނެވެ. މީރާ މަޑު މަޑުން ރިޔާޒްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ބަލަން ދެމީހުން ސޯފާގައި ތިއްބެވެ. އެވަގުތު ރިޔާޒްގެ ހަނދާނަށް އައީ ކުރިންރޭ ބޭރުން މީރާ އައި އިރުު ލައިގެން ހުރި ޓޮޕް ކޮޅު ކުލަ ބަދަލުވެފައި ހުރި ގޮތެވެ. ފިލްމްތަކުގައި ދައްކާ ފަދައިން ޖިންނި ކުދިން ތިބޭނީ ރަތް ކުލައިގެ ހެދުން ލައިގެން ހެއްޔެވެ. އަނެއްކާ އެރޭ އެ އައީ މީރާ ހެއްޔެވެ. މިފަދަ ސުވާލުތަކެއް ސިކުނޑީގައި އެނބުރެމުން ދިޔަ ނަމަވެސް އެވާހަކަތައް މީރާ ގާތުގައި އަހަަން ރިޔާޒް ފަސް ޖެހުނެވެ.

“މީރާ… އަހަރެން މިދަނީ ހޮސްޕިޓަލަށް… މިރޭ ބައްޕަ ގެއަށް ފޮނުވާނަން… ބައްޕައަށް ނިދޭގޮތަށް ސިޓިންގްރޫމްގަ ގޮދަޑިއެއް އަޅާލާ… ބައްޕަ އެހުންނަނީ ހޮސްޕިޓަލުން ނާންނަން.. ރޭގަވެސް އަހަރެން ވަރަށް ބުނިން ގެއަށް ދާށޭ އަހަރެން ހޮސްޕިޓަލުގައި މަޑުކޮށްފާނަމޭ…” ރިޔާޒް ސޯފާއިން ތެދުވެ މޯޅިއަކަށް ދެމިލާ ހަށިގަނޑު ދަމާލިއެވެ.

“ބައްޕައަށް ވާނީވެސް އެހެންދޯ…. ބައްޕަ ބޭނުމެއް ނުވާނެ ދޯ މަންމައަށް ދެރަގޮތެއް ވާކަށް… މިސާލަކަށް އަހަރެންނަށް އެހެންވީނަމަ ރިޔާ….” މީރާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ރިޔާޒް މީރާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ.

*** *** *** *** *** ***

ހޮސްޕިޓަލުން ހަސަނުމެންގެ ދެމަފިރިން ގެއަށް އައީ ޓެކްސީއެއްގައެވެ. ހަސަނު ގެއަށް ވަނީ މުނީރާގެ އަތުގައި ހިފައިގެން ކޮރެއް ޖަހަމުންނެވެ. ސޯފާގައި ހަސަނު ބޭންދުމަށްފަހު މުނީރާ، އޭނާގެ ދަރިންނަށް ކާން ހެދުމަށްފަހު ކައިގެން އަވަހަށް ނިދަން ދިޔުމަށް އެކުދިންގާތުގައި އެދުނެވެ.

ސޯފާގައި ހަމަޖެހިލައިގެން ހަސަނު އިނެއް ކަމަކު އޭނާ ވިސްނަމުން އެ ދަނީ އޭނާގެ ބުރަކައްޓަށް ވެފައި ހުރި ގޮތާމެދުއެވެ. ޑޮކްޓަރުން އެކްސްރޭ ނެގުމަށްފަހު ފަޔަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ. ނަމަވެސް ބުރަކަށިން ނެގުނު އެކްސްރޭގައި މައި ބަނދައިގައި ރެނދެއް ލާފައިވާކަމަށް ބުންޏެވެ.

ފުން ޚިޔާލެއްގެ ތެރޭގައި ހަސަނު އިންދާ މުނީރާ އައީ ބަތާ ރިހައާ މޮޑެގެން ސަމްސަލެއް ލައިގެން ހަސަނަށް ކާން ދޭށެވެ. ސޯފާ ކުރިމަތީ ހުރި މޭޒު މަތީ ބަތް ތަށި ބެހެއްޓުމަށްފަހު ޖޫސްތައްޓެއް ހިފައިގެން އައެވެ. އޭރު ހަސަނު އިނީ ބަތްތަށި ހިފައިގެން ކާށެވެ. ނަމަވެސް އޭނާ އިނީ ކެއުމާ އެހާ ގަޔާވެއެއް ނޫނެވެ.

ކައި ނިމުމުން ކުދިން ކޮޓަރިއަށް ނިދަން ފޮނުވާލުމަށްފަހު ހަސަނު ގޮވައިގެން މުނީރާ ކޮޓަރިއަށް ދިޔައެވެ. އެނދުގައި ހަސަނު އިށީނުމުން ޑޮކްޓަރުން ދީފައިވާ ބޭސްތައް ހަސަނަށް ކާން ދިނެވެ. އަދި އުނގުޅަން ދީފައި ހުރި ބޭސް ނެގުމަށްފަހު ފައިގެ ކަށިމަތީގަޔާ ކުޑަހުޅުގައި އުނގުޅާލިއެވެ. ދެން ހަސަނު ލައިގެންހުރި ޓީޝާޓް ބޭލުމަށްފަހު ބަންޑުން އެނދުގައި އޮށޯތެވެ.

ބުރަކަށީގައި އުނގުޅަން ދީފައި ހުރި ބޭސް ނެގުމަށް ފަހު މުނީރާ މަޑުމަޑުން އެތަނުގައި އުނގުޅާލިއެވެ. ނަގަމުން ދިޔަ ތޫނު ތަދުން ހަސަނު ޗޫސް ދަމާލިއެވެ. މުނީރާގެ އަތް އެތާ ޖެހުމުން ހީވީ ހުޅުނބުތަކެއްގައި އަތް ކޭއްތޭ ހެންނެވެ.

“އަޅެ… މީ ކިހިނެއްވެފަ ހުރިތަނެއްތަ؟… ޑޮކްޓަރުވެސް ހުރީ އާޝޯޚްވެފަ…. އަހަރެންނަށް ފެންނަނީ ހަމުގެ ހާއްސަ މީހަކަށް ތިތަން ދައްކަން…” ބޭސްފުޅީގެ މަތި ޖެހުމަށްފަހު ކޮތަޅަށް ބޭސްތައް ލާ ބޭސް ކޮތަޅު އަލަމާރިއަށް ލިއެވެ. އަދި މުނީރާވެސް އައިސް ހަސަނުގެ މަގަތުގައި އޮށޯތެވެ.

*** *** *** *** *** ***

މަންޝާގެ ދެލޯ ހުޅުވާލުމާއި އެކީ ވަށައިގެން ބަލާލެވުނެވެ. މަންޝާއަށް އޮވެވުނީ އެނދުމަތީގައެވެ. ބެލްކަނީގެ ދޮރު ހުރީ ތަންމިނަށް ހުޅުވާފައެވެ. ވެހެމުން ދިޔަ ބޯ ވާރޭން ބުރަމުން ދިޔަ ފެންތިކިތަކުން ކޮޓަރިއަށް ފެންތިކި ބުރަމުން ދިޔައެވެ. މޭގައި އަތް އަޅާލަމުން މަންޝާ ފުން ނޭވާއެއް ދޫކޮށްލީ  އެ ފެނުނީ ބިރުވެރި ހުވަފެނެއްކަން ޔަގީން ވުމުންނެވެ. އެނދުމަތީގައި އޮތް މަންޝާގެ ފޯނު ނަގާ ގަޑިއަށް ބަލާލިއެވެ. މަންޝާއަށް އެހެން އޮވެ ނިދުނީ ކިހާ ވަގުތުކޮޅަކަށްތޯ ބަލާށެވެ. އޭރު ގަޑިން ރޭގަނޑު 8 ގަޑި ބައިވަނީއެވެ. ދެ ނަމާދު ދޭތެރޭ ނިދުމުން ފެނުނު ކޫސަނި ހުވަފެނެއް ކަން މަންޝާއަށް އެނގުމުން ދެއަތަށް ބޯ ހޫރަމުން އެނދުމަތިން ފޭބީ ބެލްކަނީގެ ދޮރު ލެއްޕުމަށެވެ.

ޓައިލްސް މަތިވަނީ ތެމި ފޯވެފައެވެ. ކައްސާލައިގެން ވެއްޓިދާނެތީ މަންޝާ ހިނގާފައި ދިޔައީ ވަރަށް ބަލައިގެން މަޑުމަޑުންނެވެ. އެއްފަރާތަށް ކެހޭ ދޮރުގައި ހިފާ ލެއްޕުމަށް މަންޝާ މަސައްކަތް ކުރިއެވެ. ގިނަ ދުވަސްވެފައިވުމުން އެ ދޮރުފަތް މިހާރު ވަރަށް ބާރެވެ. އެ ދޮރު ލެއްޕުނީ ދެތިން ބުރަކު ލަކި ޖަހާލުމުންނެވެ. ދޮރު ލައްޕާލި ވަގުތު ވިދާލި ވިދުވަރުގެ އަލިން މަންޝާ ބިރުގަތެވެ. އެހެންކަމުން ދޮރުފޮތި ކަހާލަން ހިތަށް އެރިއެވެ. ދޮރުފޮތި ގަނޑުގައި ހިފާ ދޮރުފޮތި ކަހާލަން އުޅުނު ވަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ ބެލްކަނި ދޮރުގެ ބިއްލޫރިގަނޑުގެ މެދެއްހާ ހިސާބުގައި ތަތްގަނޑެއްހެން އަރާފައިވާ އަތްތިލައެއްގެ ނިޝާނެވެ.

މަންޝާގެ ހަނދާނަށް އައީ ހުވަފެނުގައި ޒިބާންއާއި އެކު ބެލްކަނީގައި ހުރި މަންޒަރެވެ. ޒިބާން ގާތްވަމުން އައިސް މަންޝާގެ ފަހަތުގައި ވާ ބިއްލޫރު ދޮރުގައި އަތް ވިއްދާލި ހަނދާނެވެ. އެވަގުތު މަންޝާއަށް އެ ޚިޔާލުން ބޭރުވެވުނީ ގުގުރީގެ އަޑުފައްގަނޑަށެވެ. އެހެންވާނީވެސް ކިހިނެއް ހެއްޔެވެ. އެއީ މަންޝާއަށް ފެނުނު ހުވަފެނެކެވެ. ފަހަރުގައި އެއީ އަޒީމްގެ އަތުގެ ނިޝާނަށް ވެދާނެއެވެ. މަންޝާ އަވަސްވެގަތީ ބެލްކަނި ކައިރީ ތެމިފައިވާ ތަން ހިއްކުމަށެވެ. ފާޚާނާއަށް ވަދެ ބާލިދީއަކާ މޮޕަކާ ހިފައިގެން އައިސް ކޮޓަރިތެރޭގައި ހެދިފައިވާ ފެންގަނޑު ހިއްކަން ފެއްޓިއެވެ.

ކޮޓަރިތެރެ މޮޕް ޖަހާލުމަށްފަހު ފާޚާނާއަށް ވަދެ މެޝިނަށް ފެންއަޅަން ޖައްސާލިއެވެ. ދާ ވަށިގަނޑުގައި ހުރި އަޒީމްގެ ޔުނީފޯރމްތައް މެޝިނަށް އަޅާާ ދޮންނަން ޖައްސާލިއެވެ. ފާޚާނާއިން މަންޝާ ނުކުތް އިރު ވިއްސާރަ މުޅިން ހެން ވަނީ ހުއްޓާފައެވެ. އެހެންކަމުން މިވަގުތު ސިގްނަލް ނުކެނޑި ފަސޭހައިން ޓީވީ ބެލޭނެކަން އިނގޭތީ މަންޝާ ނުކުތީ ސިޓިިންގް ރޫމަށެވެ.

ޓީވީ ބަލަން އިންނަތާ އިރުކޮޅެއް ވީފަހުން އެގޭ ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުނެވެ. ޖެހިލުންވެފައި ދޮރާ ދިމާލަށް ބަލަން މަންޝާއަށް އިނދެވުނެވެ. އެއީ ހަސަންބެއަށް ވެދާނެތީއެވެ. ހަސަންބެއަށް އަޒީމް ޑިއުޓީއަށް ދިޔަކަން ރަނގަޅަށްވެސް އެނގޭނެއެވެ. އެހެންކަމުން ފަހުން އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހާސްވެފައި މަންޝާއަށް އެހެން އިނދެވުނެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލަމުން މަންޝާ އޭ ކިޔާފައި ގޮވާލި އަޑު އިވުނެވެ.

އެ އަޑަކީ ހަސަންބެގެ އަޑު ނޫންކަން ޔަގީނެވެ. އެހެންކަމުން މަންޝާ އެ ދޮރު އަވަހަށް ހުޅުވިއެވެ. ދޮރުމަތީގައި ހެވިދިލިފައި ހުރީ ނަވާފެވެ. “ހެއި މަންގެ ފޯނަށް ވަރަށް ގުޅައިފިން… ބަޓް ފޯން ނިއްވާލާފަޔޯ… އެހެންވެ މިއައީ… ދީބަލަ ފެން ފޮދެއް…” ނަވާފް މަންޝާގެ އަތަށް ޕާރުސަލެއް ދިއްކޮށްލަމުން ގޮސް ސޯފާގައި އިށީނެވެ.

އަލަމާރިން ކުޑަ ފެންފުޅިއެއް ނަގާ ނަވާފަށް ދިއްކޮށްލުމަށްފަހު ކޮތަޅު ތެރޭ އޮތް ޕާރުސަލް ނަގާ ބަލާލިއެވެ. އެއީ ޒުހާމެން ދެމަފިރިންގެ ލޯބި ބޭބީއަށް ނަންކިޔުމުގެ އުފަލުގައި ދޭ ޞަދަގާތެކެވެ. ޕާރުސަލް ބޭރުގައި ލިޔެފައިވާ ނޯޓުކޮޅު ކިޔާލުމަށްފަހު ނަވާފާ ދިމާލަށް މަންޝާ ބަލާލިއެވެ. “ޒަފްރީން… މާޝާﷲ… ވަރަށް ލޯބި ނަމެއް….”

“އާން މި ހިފައިގެން ނާދެވިގެން މިއުޅުނީ….. ބައިވަރު ގޭތަކަށް ގޮއްސަ މިގެއަށް އެންމެ ފަހުން މިއައީ… މަންޝާއަށް އެވަރަށް ގުޅީ ގޭ ބޭރަށް ނުކުމެބަލާށޭ ބުނަންވެގެން….” މަންޝާއަށް ގުޅި ސަބަބު ނަވާފް ހާމަކުރިއެވެ.

“އަޅެ ސޮރީ…. އަހަރެންނަށް ނިދުނީ… ނޭނގެ… މިހާރު ވަރަށް ގިނައިން މަންގެ ފޯނަށް އެހެންވޭ… ފޯނު އެކްސަޕަޔަރ ވަނީ ތޯއްޗެއް… ވަރަށް ބޯކޮށް ވާރޭ ވެހުނު ދޯ….” މަންޝާ ކޮޓަރިއަށް ގޮސް ފޯނު ހިފައިގެން އައިސް ހުރެ ނަވާފާ ވާހަކަ ދެއްކީ ފޯނަށް ބަލަހައްޓައިގެން ހުރެއެވެ.

“ވާރޭ އޭ…. ނޫން އަހަރެން މިއުޅެނީ އިރު އޮއްސުނު ފަހުން ސައިކުގަ… 9 ޖަހަންވާ އިރަށް ކިތައްތަނަށް ދުއްވިން… މި މާލެއަކަށް ވާރޭއެއް ނުވެހޭ… ކޮންއިރަކު ވެހުނު ވާރޭއެއްގެ ވާހަކަ ތި ދައްކަނީ….” ނަވާފްގެ ޖަވާބުން މަންޝާއަށް ލިބުނީ ހައިރާން ކަމެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ބިރުވެރި

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

މާޒީ (ފުރަތަމަ ބައި)

Next

ފެނު ޕަރީ (12)

Next
May 12, 2016

ފެނު ޕަރީ (12)

Previews
May 12, 2016

މާޒީ (ފުރަތަމަ ބައި)

24 Comments!

  1. shiff says:
    May 12, 2016 at 1:01 am

    wooow!!!haadha reeche mivaahaka… ziban mee haadha romantic meehekey dhoo.. waitin for next… plx avaha up kurache.. kiyaa hithun ❤❤

    1. Shax Lyn says:
      May 12, 2016 at 1:45 am

      heheheh… Thanks Shif…. ill try my best to upload soon…. 🙂 thank u for reading…. <3 <3

  2. Shaax says:
    May 12, 2016 at 1:15 am

    Wow v salhi hissabakun thi ninmaalee….poor mansha…. dhen a manje kihaa birugahnaane…ehen nahadhaa shax..hehehee ??

    1. Shax Lyn says:
      May 12, 2016 at 1:46 am

      thanks Shaax…. 🙂 hehe

  3. Vaahaka kiyaa meeha says:
    May 12, 2016 at 1:21 am

    Vaahaka varah reethi, Maa Shaa Allah. Ekamaku Jumulathah nimmaairu “fettieve” ge badhaluga “feshieve” beynun kurumun kiyaalan faseyhavaane.
    I just love this story

    1. Shax Lyn says:
      May 12, 2016 at 1:48 am

      thanks… ethankolhu rangalhu kollaifin… kuriyah huri baithakugaves ethankolhu handhaanuga bahattaanan.. thanks a lot… 🙂 <3

  4. shaai says:
    May 12, 2016 at 2:15 am

    Woow v salhi mi baives..avahan up kurahanechey anehbai.keep it up shax.

  5. ken? says:
    May 12, 2016 at 6:33 am

    awwnnnn…? zibbe haadha gadhaey dhw….i mean soooo rom? ❤. ….mansha mihaaru hunnaanee confuse vefa…ehennu vaanee asluves 2 namaadhu dheytherey nidhaakah nuvaane?i guess hasanbe chapter nimeyiruga knmes varakah mi jinni ge kanthah ehen meehakah engidhaane…may b hasanbe gosdhaane fanditha hadhaa meehei kairiah dn ethanun knmes eichei enguneema he might warn mansha or her mother dn mansha mom male’ annaanee dn ziraaru aa dhimaavegen ingeynee manshaa is his child…?dn ziraaru ah get vaanee zibaan is actually de 1 who is behind roohi’s death….?
    aslu mee guess ei ?? dn neynge vaane gothei feeling v curious to knw aslu mi zibbe ziaaru family aa dhimaakuree keevekan ??? btw zibaan n ziraaru name ves gulhey dhw?? waiting for next part….??✌???

    1. Mar Sha Marsha says:
      May 12, 2016 at 1:35 pm

      Ken miothy vaahakaige baaky baige summary eh dho liyelaafa… hehe.. i m curious too.. n i also m thinking along the same line as u.. engidhaanethaa dho vaa gotheh..

  6. Appy says:
    May 12, 2016 at 8:06 am

    Haadha kiyaahivvaa hisaabakunney thinimmaaly. ……….waiting. ……

  7. Reen says:
    May 12, 2016 at 8:59 am

    Varah salhi

  8. Zulu says:
    May 12, 2016 at 9:21 am

    Shaaxoooo now this story is more interesting…. Haadha reehchey vaahaka kuriyah gendhaa goiy… Love it

  9. Shahi says:
    May 12, 2016 at 10:21 am

    V reethi mi episode vez ????
    Keep up the good work

  10. Mar Sha Marsha says:
    May 12, 2016 at 1:38 pm

    Vvvv nice mi dhaa goiy.. poor man.. mihaaru hageegathaa huvafenaa medhu olhifa dho eyna ehery.. alheyyy.. y is zibaan doing thissss… aneh bai kiyaa hithun dhen hama inthizaaru kuranyyyyyyyyyy n shaaz haadhahaa molhey.. n addu bahin mibaiga dialogue nethyma e bai miss vii..

  11. Same says:
    May 12, 2016 at 2:26 pm

    Vaahaka varah reethi, next part avahah up kollachchey…..

  12. Siha says:
    May 12, 2016 at 5:30 pm

    Wow…. vr kiyaahiyvey mi story. Ehaa kiyaagithun indhaa mi part thi nimmaalee;-)

  13. 1234 says:
    May 12, 2016 at 8:28 pm

    aslu maa beykaaru vaahaka ginaee. mihaaru beykaaru dhe huvafenuge vaahaka mi vahakaiga aisfi.. foohi

  14. pinky says:
    May 13, 2016 at 9:33 am

    Vvvvv. Reethi good job Shaax

  15. pink lips.. says:
    May 13, 2016 at 9:38 am

    Shaax. Kihinehtha thihaa molhah thi stry liyany. Hama kos vejje my god kihinehba dhen vaany Zibaan. Shaax congrats

  16. Lam says:
    May 13, 2016 at 10:08 am

    Even though ziban is a supernatural being i cant help liking him hehe varah reethi mi vaahaka.

  17. sm says:
    May 15, 2016 at 5:24 pm

    next part??????

  18. Someone says:
    May 16, 2016 at 6:48 pm

    Today is Monday, have been waiting fr it, nd now have cheked so many times if its uploaded or not,

  19. baby doll says:
    June 2, 2016 at 11:48 am

    next part???? 🙂
    nice story

  20. Addu koodhah says:
    November 18, 2018 at 11:11 am

    ??Shax rangalha vaa handi a lavvai hasanbeyya varogadha bondi ah dherefymei
    ?????BTW vaahaka vvv salhi

Comments are closed.

Next Episodeމަންޝާ (ސަތާރަވަނަ ބައި)←


All Right Reserved!