Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (10)

layaal Level 310 Stories100 Comments
June 28, 2016 5 Mins Read
50 Comments

އުނގަނޑާއި ހަމައަށް އެރުމަށްފަހު ބަކެޓަށް ފެން އެޅުމަށްފަހު އެނބުރި ދޮންވެލިގަނޑު މައްޗަށް އަރައި އޭނާ ހަދާފައި އޮތް ވަޅުގަނޑަށް ފެންތަށް އޮއްސާލިއެވެ. ދެފަހަރަކު މިހެން ހެދުމަށްފަހު ތިންވަނަ ފަހަރަށް އެރި އުޅެނިކޮން ލޫލުގެ ފައި ގާކޮޅެއްގައި އަޅައިގަނެ އަރި އަޅާލައިގެން ލޮނުގަނޑު ތެރެއަށް ވެއްޓުނެވެ. “ޑޭޑީ..” ވެއްޓެމުން ދިޔަ ލޫލުގެ ކަރުން ބޭރުވީ އެންމެ ބަހެކެވެ.

“ލީނާ މަޑުކޮށްބަލަ.. އައި މޭޑް އަ މިސްޓޭކް.. އަޑު އަހާބަލަ!” ލޫތް އާދޭސް ކުރަމުން ދިޔަ ނަމަވެސް ލީނާ އުޅުނީ އެއަތް ފޮޅުވާލާފައި ދިއުމަށްށެވެ. ކުއްލިއަކަށް ލީނާގެ ހަރަކާތްތަށް ހުއްޓުނީ ދުރުން ފެނުނު މަންޒަރަކުންނެވެ. އޭނާ ކުއްލިއަކަށް ހަމަހިމޭން ވުމުން ލޫތް ވެސް ސިހުނެވެ. އޭރު އަނގައިން ބަހެއް ބޭރު ނުކެރެވި ހުރި ލީނާގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. އޭނާ އިނގިލިން މޫދާއި ދިމާއަށް އިޝާރާތް ކުރުމުން ލޫތް ފަސްއެނބުރި ބަލާލިއެވެ.

ލޮނުގަނޑުގެ އަޑިއަށް ގެނބިގެން ދިޔަ ކުޑަ އަތްތިލަ ފެނި ލޫތްގެ ހިތް ހުއްޓުނު ކަހަލައެވެ. އޮޔާއި ދަމަމުން ބޭރަށް ގެންދިޔައިރު އެ ކުޑަ ހަށިގަނޑު މައްޗަށް އެރުމަށް ތެޅިފޮޅެމުން ދިޔައެވެ. “ލުޔޫން!!” ލޫތް އަޑުގެ ކޮޅަށް ހަޅޭލަވައިގަންނަމުން ދުމެއް ޖަހާފައި އެދިމާއަށް ދިޔައެވެ. އޭރު ލީނާ ޖެހި ބުދެންހެން ހިރިލަން ނޭގައިފައި ހުރީ ލިބުނު ބޮޑު ސިހުމުންނެވެ.

އާއިލާގެ އެހެން މެމްބަރުންނަށް ދުރުން ލޫތްގެ ހަޅޭކުގެ އަޑުއިވުމާއި އެކީ ލުތުފީ އޭނާ ހިފައްޓައިގެން ހުރި ފެންފުޅު ވައްޓާލުމަށްފަހު ދުއްވައިގަތެވެ. ފަހަތުން ނާއިލްއާއި ސައިލަމްގެ އާދެއެވެ. ލޮނުގަނޑުގައި ޖެހުމާއި އެކީ ލޫތް ފަތާފައި އެދިމާއަށް ދާން ފެށިއެވެ. އޭރު ލޫލު އޮތީ އޮޔާއި ދަމައިގަނެ ފުދޭވަރަކަށް ބޭރަށް ގޮހެވެ.

ލޫތަށް އެ ހިސާބަށް ދެވުނު އިރު ލޫލުގެ ހަރަކާތްތަށް މަޑުވެއްޖެއެވެ. ފަހަތުން ލުތުފީ އޭނާއަށް ގޮވާއަޑު އިވެމުން ދިޔައިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. މޫދުގެ ލޮނުގަނޑުގެ ތެރެއަށް ޢަރަގުވެގެން ގޮސްފައި އޮތް ލޫލު އަތް ދަނޑި މައްޗަށް ލީއިރު އެއްވެސް ހަރަކާތެއް ނުކުރެއެވެ. އެ ކުޑަކުޑަ ފުރާނަ އަތަށް ލައިގެން އެއްގަމަށް އަރަން އޭނާ ފެތިއެވެ. “ލުޔޫން.. ދަރިފުޅާ.” ލޮނުގަނޑުން އަރައިގެން އައި ލޫތް އޭނާގެ ދަރިފުޅަށް ގޮވަމުން ދިޔައެވެ. އޭރު ލުތުފީ އާއި ނާއިލް ހުރީ މޫދަށް އެރިއެވެ.

“މަގޭ ދަރި.. ގެނޭ.. ސައިލަމް އަވަހަށް ލޯންޗަށް އަންގާ ފުރަން.. މާލެއިން އެމްބިއުލެންސަށް ގުޅާ!” ލުތުފީ އަޑުގެ ކޮޅަށް މިހެން ބުނެ ލޫތަށް އެހީތެރިވެދޭން ފެށިއެވެ. އޭރު އާޒިމާ އެތަނަށް ދުވަފެއި އައިރު ލައިޝާއާއި ޒުލޭހާ ފަހަތުން އާދެއެވެ. އެ ހިމުން ދޮންވެލި ގަނޑުމަތީ ލޫލު ބާއްވާލިއިރު އެއްވެސް ދިރުމެއް ނެތެވެ. އެ ދޮން މޫނު ހުދުވެފައި ވީއުރު އެ ކުޑަ ތުންފަތް ވަނީ ނޫވެފައެވެ.

ލޫތް ވަގުތުން ސީޕީއާރް ދޭން ފެށިއިރު ނާއިލް ލޫލުގެ އަތް ހޫނުކުރަންފެށިއެވެ. އޭނާގެ ދަރިފުޅަށް ދަރިފުޅާއޭ ކިޔާ ގޮވާނުލެވެނީސް ބީވަނީބާއެވެ. “ކަމް އޯން ލޫލު..” ލޫތް ދެނޭވާ ދޭތެރެއިން ބުނަމުން ދިޔައެވެ. ނަމަވެސް އެއްވެސް ތަފާތެއް ނައެވެ. އޭރު ލީނާ އައިސް ލޫތް ކައިރީގައި ދެކަކޫ ޖަހައި އިށީނެވެ. އޭނާ ލޫލުގެ ތެމިފައި އޮތް އިސްތަށިކޮޅުގައި މަޑުމަޑުން ފިރުމާލިއެވެ.

“ޕްލީސް ޑޭޑިގެ ދޫނި.. ލޯ ހުޅުވާލަބަލަ..” ލޫލުގެ މެއަށް ފިއްތަމުން ދިޔަ ލޫތް މިހެން ބުނިއިރު އެ ދެލޯވަނީ ކަރުނުން ފުސްވެފައެވެ. އާޒިމާ އޭރު އަޑުން އަޑުނަގައި ރޯން ފަށާފިއެވެ. “ކިހިނެތްތަ މިވީ؟ ލުޔޫން މާމަ ރަންކޮޅު ހޭއަރާބަލަ..” އާޒިމާ ރޮމުން ވާހަކަދެއްކިއެވެ. ލުތުފީ ވެސް ނުރޯން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވިއެވެ. ގާތްގަނޑަކަށް ދިހަ މިނެޓު ވަންދެން ލޫތް ސީޕީއާރް ދިންއިރު ވެސް އެއްވެސް ކަހަލަ ދިރުމެއް ލޫލުގެ ފަރާތަކުން ނުފެނުނެވެ.

“ދަރިފުޅާ.. ލޫތް.. ދެން ހުއްޓާލާ..” ލުތުފީ ރޮވިފައި ހުރެ ލޫތްގެ ކޮނޑުގައި އަތްލަމުން ބުނެލިއެވެ. ނަމަވެސް ލޫތް އަތްފޮޅުވާލަމުން އެކަން ކުރިއަށް ގެންދިޔައެވެ. “ނޫން.. ލޫލު ހޭއަރާނެ.. ޑޭޑީއަށް ގޮވާލާނެ. ދޯ ދަރިފުޅާ.” ލޫތް މިހެން ބުނިއިރު އެ ބޯ އެސްފިޔަތަށް ވަނީ ކަރުނުން ތެމިފައެވެ. ނާއިލް ވެސް އެންމެ ފަހުން ގޮތް ހުސްވެ ވެލިގަނޑުމަތީ އިށީނދެ ދެއަތުން ބޮލުގައި ހިފައްޓާލިއެވެ.

އޭރު ޒުލޭހާ ގަބުވެފައި އިން ލީނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. “ނޫން.. ނޫން! ދަރިފުޅާ.” ލޫލުގެ ފުރާނަނެތް މަސްގަނޑުގައި ހިފައި ތަޅުވައިގަންނަމުން ލޫތް ގޮވަން ފެށިއެވެ. “ލުޔޫން!!!” ލޫތް އަޑު މުޅި ފަޒާގައި ގުގުމާލިއިރު ގަސްގަހުގައި ތިބި ދޫނު ސޫފާސޫފިތަށް ވެސް އުދުހިގެން ދިޔައެވެ.

****

އޭ.ޑީ.ކޭގެ އައިސީޔޫ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ނާއިލްގެ ހިތް ވަނީ އަވަސްވެފައެވެ. އެއްވެސް އުއްމީދެއް ނެތްކަން އިނގޭއިރު ވެސް އުއްމީދު ކަނޑާލާކަށް އެހިތެއް ނޭދެއެވެ. ހޮސްޕިޓަލަށް އައީން ސުރެ ލީނާގެ ރުއިމެއް ނުހުއްޓެއެވެ. ލައިޝާ އޭނާ ކައިރީގައި އިން އިރު އެ ލޮލުން ވެސް ހުއްޓުމެއްނެތް ކަރުނަ އާދެއެވެ. މީގެ އިރުގަނޑެއް ކުރިން ލޫލު ހުރީ އޭނާއަށް ކޮއްކޮއެއް ލިބޭނެތީ އުފަލުން ފޮޅިފައެވެ. ނަމަވެސް މިހާރު އެ ކޮއްކު ދެކިލާން އެ ތުއްތު ފުރާނައެއް ނެތެވެ.

“ލީނާ!! ކިހިނެތްވީ ކޮބާ ލުޔޫން؟” އެއަތަނަށް އައި ލީނާގެ މަންމަ މުއުމިނާ ބުނެލިއެވެ. އޭރު ދުރުގައި ރޯން އިން ލީނާއަށް އޭނާގެ މަންމަ ފެނުމާއި އެކީ ގޮސް އޮޅުލައި ގަތެވެ. އެންމެން ރޮމުން ދިޔައިރު ހޮސްޕިޓަލްގެ މުވައްޒަފުންނާއި އެހެން މީހުން ތިބީ މި މަންޒަރު ފެނި ދެރަވެފައެވެ. ވާނީވެސް އެހެންތާއެވެ. ވަކިވެގެން އެ ދިޔައީ ކުޑަކުޑަ ފުރާނައެކެވެ.

ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނދެ އިން ލޫތްގެ އެއްވެސް ހަރަކާތެއް ނެތެވެ. ހޮސްޕިޓަލަށް އައިންސުރެ މީހަކާއި އަނގައިން ނުބުނި އިރު އެ ލޮލުން ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ. އައިސީޔޫއިން ނިކުއިން ޑޮކްޓަރު ފެނި އެންމެން ކަހަލަ ގޮތަކަށް އެ ދިމާއަށް ދިޔައެވެ.

“ލޫލު..” ނާއިލްއަށް މިހިސާބަށް ބުނެވުނު ތަނާ ޑޮކްޓަރ އިސްޖަހާލަމުން ދެފަރާތަށް ބޯ ހަލުވާލިއެވެ. “އައި އެމް ސޮރީ. ގެނައި އިރުވެސް ނިޔާވެފައި އޮތީ.” ޑޮކްޓަރ ޔަޤީން ކޮށްދިނުމުން އާޒިމާ ރޮއެގަނެފައި ލުތުފީގެ ކޮނޑުގައި ބޯ އަޅާލިއެވެ. “އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން.” އާޒިމާގެ ބޮލުގައި ފިރުމާލަމުން ރޮވިފައި ހުރެ ލުތުފީ ބުނެލިއެވެ.

ޑޮކްޓަރުގެ ބަސް އިވުމުން ލޫތް އިން ގޮނޑިން ތެދުވި ނަމަވެސް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. މުޅި އާއިލާ ލިބުނު ހިތާމައިން ރޮމުން ދިޔައިރު ލޫތް އެ މަންޒަރު ބަލަން ގަބު ވެފައި ހުރެވުނީއެވެ . އޭނާ ލައިގެން ހުރި ޓީޝާޓާއި ސޯޓު ލޮނުން ތެމި ގައިގައި ހިފާފައި ވީއިރު އެ ހަށިގަނޑަށް ވަމުން ދިޔަ ފިނިން ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.

ރޮމުން ދިޔަ ލީނާއަށް ދުރުގައި ޖެހި ބުދެއްހެން ހުރި ލޫތް ފެނި އެދިމާއަށް ދުއްވައިގަތެވެ. “ކީއްވޭ! ކީއްވެ ލޫލު އެކަނި ބެހެއްޓީ.. އިޓްސް ޔުއާ ފޯލްޓް!” ލޫތްގެ މޭގައި ތަޅައި ގަންނަމުން ލީނާ ރޮމުން ހަޅޭލަވައިގެތެވެ. ނަމަވެސް ލޫތް އެއްވެސް ހަރަކާތެއް ނުކޮށް ހުއްޓެވެ. “ލޫލު އެ މަރުވީ ކަލޭއާއި ހެދި.. އަހަރެން.. އަހަރެންގެ ދަރިފުޅު މަރާލީ ކަލޭ! ޔޫ ކިލްޑް ހާ..” ލީނާ ހުއްޓުމެއް ނެތި ލޫތްގެ މޭމަތީގައި ތަޅަމުންދިޔައެވެ.

ސައިލަމްއަށް މިތަން ފެނުމުން ދުވެފައި އައިސް ލީނާ ހުއްޓުވިއެވެ. އޭރު ޒުލޭހާ ވެސް ލީނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

****

މެންދުރުން އަނބުރައި ދޭއްޖެހިއިރު އާސަހަރާގައި ކަށުކަމާއި ކެމީގެ ކަންތައް ކުރިއަށް ދިޔައެވެ. ބޮޑު ވިޔަފާރިވެރި އެއްގެ ދަރިފުޅު ނިޔާވި ޚަބަރު ލިބުމުން އެތަށް ބަޔަކު އާސަހަރާ ކައިރިއަށް އެއްވަމުން ދިޔައެވެ. ހުދު ފޮތިގަނޑެއްގައި އޮޅާލެވިފައި އޮތް ލޫލުގެ މޫނުމަތިން ފެނުނީ މައުސޫމް ކަމެވެ. ހީވަނީ ފުން ނިންޖަކުން ނިދާލާފައި އޮތް ހެންނެވެ. ހަމަ ލޯ ހުޅުވާލާފައި ޑޭޑީއަށް ގޮވާލާނެހެން ވެސް ހީވެއެވެ.

ލުޔޫންގެ ހަށިގަނޑު ކައިރީގައި ހުއްޓިލައިގެން ހުރި ލީނާ ރޮމުން ދިޔައެވެ. “ދޫނި.. ދެން ހޭލަބަލަ.. އެހާ ގިނައިރު ނިދާކަށް ނުވާނުން.” ލޫލިގެ ފޮރުވިފައިއޮތް ބޮލުގައި ފިރުމާލަމުން ލީނާ ވާހަކަދެއްކިއެވެ. ލޫލުގެ ކުއްލި މަރުން ލީނާ އަދި ވެސް ހުރީ ޝޮކެއްގައެވެ. އެކަން ޤަބޫލު ކުރާކަށް އޭނާ ނޭދެއެވެ.

“މަންމާ.. ބުނެބައި ލޫލު ކައިރި ހޭލާށޭ.. އޭނާ ބަނޑުފައި ވާނުން.” އާޒިމާއަށް ގޮވާލަމުން ލީނާ ބުނެލިއެވެ. ލީނާ ކައިރީގައި ހުރި މުއުމިނާ އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. މަޔަކަށް ދަރިއަކު ބީވެ ދިއުމުން ކުރާނެ އަސަރު ލުއި ކޮށްދެވޭނީ ވަކި ކާކަށް ހެއްޔެވެ. ލުޔޫންގެ ފަޔާއިވީ ކޮޅުގައި ހުރި ލޫތްގެ އަތުގައި ލޫލު ގެންގުޅުނު ކުޑަ ބެއާ އޮތެވެ. އޭތި އަތަށް ލައި ބާރުކޮށްލައިގެން ހުރިއިރު އެ ލޮލުން ކަރުނަ ނިރާލިއެވެ.

ލޫލުގެ ބޯ ކޮޅުގައި ހުއްޓިލަމުން ލޫތް މަޑުމަޑުން އެ މަޑު ކޯތާފަތުގައި ފިރުމާލިއެވެ. އެ ހަށިގަނޑުގައި ފުރާނާއެއް ނެތޭ ބަލައިލާފައި މީހަކު ނުބުނާނެއެވެ. ލޫލު އޮތީ އެހާވެސް ލޯބިކޮށެވެ.

“ޑެޑީއަށް އަދި އެއްފަހަރު ގޮވާލަބަ ދަރިފުޅު.” ލޫތް މަޑުމަޑުން މިހެން ބުނެލިއެވެ. އެދަރިފުޅު ގެނބުނު އިރު ހާދަ ވަރަކަށް ލޫތަށް ގޮވާނެތާއެވެ. ނޭވާ ނުލެވިގެން އެ ލޮނުގަނޑު ބޮވުނު އިރު ހާދަ ވޭނެއް އަޅާނެއެވެ. އެ ތުއްތު ފުރާނަ އެ ވަކިވީ ހާދަ ހިތްދަތި މަރަކުންނެވެ.

****

އަސުރު ނަމާދަށްފަހު ކުރެވުނު ކަށުނަމާދުގައި އެތަށް ބައެއް ބައިވެރި ވިއެވެ. ލޫލުގެ ކުޑަ ހަށިގަނޑު ކުޑަކުޑަ ސަންދޯކަށް ލެވުނު އިރު ލިނާ އެކަން ނުކުރަން ހަޅޭލެވިއެވެ. ލޫލުއަށް ނޭވާ ނުލެވޭނެއޭ ބުނެ ރުއެވެ. ލޫލުގެ ހަށިގަނޑު ވަޅުލާ ވަގުތު އައިސް ޖެހުމުން ލުތުފީ ހިތްވަރު ކޮށްފައި ލޫތްއަށް އެންގިއެވެ.

ލުތުފީއާއި ލޫތް އަދި ސައިލަމްގެ އިތުރުން ނާއިލް ސަންދޯއް އުފުލާލައިގެން ސަހަރާއަށް ދާން ހިނގައިގަތެވެ. ނާއިލްގެ ލޮލުން ކަރުނަ ނުހިކޭ އިރު އެހިތް ލޫލުއަށް ދަރިފުޅާއޭ ކިޔައި ގޮވަމުން ދިޔައެވެ.

“އޭ ކޮންތާކަށް ތި ގެންދަނީ.. ލޫލު ބިރުގަންނާނެއޭ.. ލައީ.. އެމީހުން ކައިރި ބުނެބަލަ ނުގެންދާށޭ.. ލޫތް!” ލީނާ ރޮމުން ގޮސް ލޫތްގެ ގައިގައި އޮޅުލައި ގަތެވެ. ރޮވިފައި އިން ލައިޝާއަށް އޭނާއެއް ނުހުއްޓުވުނެވެ. އާލާ ވެސް ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ.

“ލޫތް.. މަޑުކުރޭ.. ބަލާބަލަ.. ލޫލު އަނދިރި ވީމަ ބިރުގަންނާނެ..” ލީނާ ލޫތްގެ މޫނުގައި ހިފައި ގޮވުމުން ވެސް ލޫތް އެދިމާއާށް ބަލައެއް ނުލިއެވެ. އޭނާގެ ލޮލުން ކަރުނަ ފޭބިއިރު އެއްއަތުގައި އަދިވެސް ލޫލުގެ ބެއާ އޮތެވެ. ޒޭންއަށް ފަހަތުން އައިސް ލީނާ ކައިރީގައި ހުއްޓެވުނީ ކިރިޔާއެވެ. ލީނާ ހޭނެތިގެން ޒޭންގެ އަތްދަނޑި މައްޗަށް ދެމުނެވެ.

ޒުލޭހާއާއި މުއިމިނާ އެތަނަށް އައިރު ދެތިން ފިރިހެނުން ލީނާ ނަގައިގެން ގެންދިޔުމަށް އެހީތެރިވެދިނެވެ. ސަންދޯއް ވަޅުގަނޑަށް ތިރިކުރެވުނެވެ. ލޫތްގެ އަތުން ފަސްމުށް ވެލި އެ ވަޅުގަނޑަށް އެއްލި އިރު ދެން ލޫލުގެ އެ ހިނިތުންވުމާއި އެ ޅަ އަޑުން ޑެޑީއޭ ކިޔާ ގޮވާލާއަޑެއް ނީވޭނެއެވެ.

****

އިރުއޮއްސެމުން ދިޔައިރު ލޫލުގެ މަހާނަ ކައިރީ އިށީނދެލައިގެން އިން ލޫތް އަދިވެސް ގެއަކަށް ނުދެއެވެ. އޮއްސެމުން ދިޔަ އިރުން ފަޑު އޮރެންޖު އަލި އެ މަހާނައަށް އެޅިފައި ވީއިރު މަޑު ފިނި ވައިރޯޅިތައް ޖެހެމުން ދިޔައެވެ.

ލޫތްގެ އަތުގައި އޮތް ކުޑަ ބެއާ ގެނެސް މޭގައި ޖައްސަލައިގެން އިންއިރު އެއިން ދުވަނީ ލޫލުގެ ގައިން ދުވާ ލުއި ހިތްގައިމު ވަހެވެ. އެދަރިފުޅުގެ ނޯޅޭނެ ވަހެވެ. ސަހަރާގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ލުތުފީ އެންމެފަހުން އެ ދަރިފުޅުގެ ހާލާއި މެދު ކެތްނުވެގެން އެތެރެއަށް ވަނެވެ.

“ދަރިފުޅާ.” ލޫތްގެ ކޮނޑުގައި އަތް ލަމުން މިހެން ބުނެ އޭނާ ކައިރީގައި އިށީނދެލިއެވެ. “ހިނގާ ދެން ގެއަށް ދާން. އިރު އޮއްސުނީއެ” ލުތުފީ މިހެން ބުނި ނަމަވެސް ލޫތް އެއްވެސް ހަރަކާތެއް ނުކުރިއެވެ.

“ކޮންމެ ފުރާނައެއް ވެސް އެނބުރި ދިއުން އޮތީ ﷲގެ ހަޒްރަތަށް.. ލުޔޫނަށް އިރާދުކުރެއްވިއްޔާ ސުވަރުގެ ދެއްވަވާނެ.. މިވަގުތު ލޫތް ހިތްވަރު ކުރަންވާނެ.. އަމިއްލަ ނަފްސު ކުއްވެރި ނުކުރޭ.. ވަގުތުޖެހުމުން ކޮންމެ މީހަކުވެސް މި ދުނިޔެ ދޫކުރާނެ.. މިއީ ވަގުތީ މަންޒިލެއް.” ލުތުފީ ވާހަކަ ދެއްކިއިރު އެ އަޑު ކުރެހުނެވެ. ލޮލުން ކަރުނަ ނިރާލުމުން އޭނާ އެތަނުން ތެދުވެ ލޫތްގެ އަތުގައި ހިފިއެވެ.

އިށީނދެއިން ލޫތް މަޑުމަޑުން ތެދުވިއެވެ. ލަސް ފިޔަވަޅުތަކެއްގައި ހިނގާފައި ދިޔަ ލޫތްގެ އެއްވެސް ދިރުމެއް ނެތެވެ. ލޫލުގެ މަހާނައަށް ފުރަގަސް ދީފައި ދިޔަ ލޫތްގެ ކަރުން މަޑު ގިސްލުމެއްގެ އަޑު ބޭރުވިއެވެ. ވަކި ހިސާބަކަށް ގޮސް ފަސްއެނބުރި އެ ކުޑަ މަހާނައަށް ނަޒަރު ހިންގާލިއިރު އިރު އޮއްސި އަނދިރި ވެއްޖެއެވެ. އަތުގައި އޮތް ކުޑަ ބެއާ ގެނެސް ތުންފަތުގައި ޖައްސާލުމާއި އެކީ އެ ބޯ އެސްފިޔަތަށް ފޫ ދުއްވާލާފައި ކަރުނަތަށް ކޯތާފަތުގައި ބޮސްދެމުން ފޭބިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ރުހޭތޯ ކަލާ (1)

Next

ވިސްނުނީ މާ ފަހުންނެވެ. (3 ވަނަ ބައި)

Next
June 28, 2016

ވިސްނުނީ މާ ފަހުންނެވެ. (3 ވަނަ ބައި)

Previews
June 28, 2016

ރުހޭތޯ ކަލާ (1)

50 Comments!

  1. layaal says:
    June 28, 2016 at 5:46 pm

    hey guys i know its short. i have been really busy but i wanated to update it so here it is. next part on thursday in sha allah. and it would be long as usual. let me know how it is.
    Lobe <3

  2. Okay says:
    June 28, 2016 at 5:47 pm

    Nice

  3. Okay says:
    June 28, 2016 at 5:55 pm

    But too short

    1. Yays says:
      June 28, 2016 at 6:23 pm

      writers ves busy vaanun. layaa said it is short. its ok her usaual episodes are long. ?

  4. Ammi says:
    June 28, 2016 at 6:01 pm

    Looluge moonu dheken looluge aafàa naadheytha?? Loolu maruwias loolu ge dad aky naail kan looth ah awahah angahchey…vvv loabi mi story

  5. aff says:
    June 28, 2016 at 6:13 pm

    oh god..loolu maruveetha ?.. alhey magey heekuree e situation ga naail adu ge nehthanakah halhey lawaafa leena ah ehchehi govaanekamah.. eyna ge daughter ekey bunaanekamah.. keep goin☺☺

  6. Ahmed Ammu says:
    June 28, 2016 at 6:17 pm

    Hama v reethi. ?

    1. layaal says:
      June 28, 2016 at 11:20 pm

      thanks Ammun??

  7. Ainy says:
    June 28, 2016 at 6:21 pm

    V rythi mi part …nd loolu maruvyma v dhera

  8. Miroo says:
    June 28, 2016 at 6:22 pm

    wow! hama rovvije. ok short viyas mi part. ur are the best layaaa ❤️

  9. Aishu says:
    June 28, 2016 at 6:25 pm

    I’m crying so badly.., layaa kyve ehn thi hedhy loolu ah… Bt v reethi nd thankolheh kureh nun tha miadhu….

  10. Shai Fai says:
    June 28, 2016 at 6:26 pm

    Alhe loolu maru v ma varah dhera vey.. naail ais loolu salaamaii kuri nama…

  11. aineen says:
    June 28, 2016 at 6:27 pm

    Urrgh..dhen naaraane thwhcheh falha eh ves….

  12. Youme says:
    June 28, 2016 at 6:42 pm

    Speechless……

  13. ? says:
    June 28, 2016 at 6:52 pm

    Vvvvvvvv reethi…❤❤loolu alhe noo..kiriya nurovuni.. Wheres aafaaa ???

  14. Riu says:
    June 28, 2016 at 7:19 pm

    hama rovvije huvaa. haadha molhey vaahaka liyan masha allah. this is the best story i read so fat. wow. keep going layaal ❤️❤️❤️ dhen alhey looth ah bust eh nuvaane dhw ?

  15. aimin mau says:
    June 28, 2016 at 7:30 pm

    Oh so sad loolu maruyma haadha dherayey ??????????……keep going layaa ☺☺☺☺☺☺☺☺

  16. Xoo says:
    June 28, 2016 at 7:37 pm

    Lulu maru v dhw.. So sad.. Next part ge inthixaaruga..

  17. Shaai says:
    June 28, 2016 at 7:37 pm

    Kehve looloo marukohli ….? Naail kehaa dhera vaane. … ?????????????I’m olso too much sad….

  18. natha says:
    June 28, 2016 at 7:48 pm

    Story v vvvvvvv reethi

  19. Mar Sha Marsha says:
    June 28, 2016 at 8:05 pm

    This is so sad!!!! Alheyyyy… e kujja a gothah enmennaa vaki nuvinama… vvv dhera vehje… vvvv rythi story eh mee… poor looth n poor naail… waiting for the next part.. hykuran dhen anna bain loolu ge aslu dad aky naail kan engeyne kamah.. n hope aifaa n looth ge bai annaane kamah.. n again this story is really vvv nice.

    1. layaal says:
      June 28, 2016 at 11:16 pm

      thank you so much Marsha ?

  20. Blue Lady says:
    June 28, 2016 at 8:25 pm

    Vv reethi alhea.. alhugandu heekury naail loolu salaamaih kouraane kamah and leenaa aa dhimaalah halhea lavaane kamah. But loolu maruvee… so sad. Next part avahah up kkurachea

  21. Alu says:
    June 28, 2016 at 8:41 pm

    Awesome…

  22. Appy says:
    June 28, 2016 at 8:41 pm

    Alhe loolu baby …???v rythi mi part. ..naail e ee daddy kan nuvex ingenys naail haadha dheraeh vaaney dhw

  23. Faathee says:
    June 28, 2016 at 8:59 pm

    V touching. Ekamu keehve tha e gotha thi hedhee. E loabi loabi kuhjaa ge nimun e gotha genaakah nuvaane ennu ??. And keehve tha aifaa ah neyngunee luloo maruvi kan. Aifaa gendhan vaane ennu e kuhjaa ge moonu balaalan. I feel bad for naail. E situation ga luloo ei naail ge dhari eh kan ehen meehunah angaali nama

    1. layaal says:
      June 28, 2016 at 11:17 pm

      thanks. lets see what happens ?

  24. Shaani says:
    June 28, 2016 at 9:18 pm

    Aslu Leena n Naail ge dhariehkan nengenis looloo maruveyma vvvvvv dhera vehjje …kekve aifaa ah nengiy?????

  25. Saajidh says:
    June 28, 2016 at 9:27 pm

    V v v salhi… V dhera vejje Loolu maruveema… V han’dhaan vaane Loolu mathin… Aifaa ah angaalinama… dhen eyna ais ulhey goiy genesdhin nama v furihama vees kamah qaboolu kurevey… aslu Naail hury maa dhurugaehnu… ehenve Naail ah nufenuny… dhen Looth ge adah enmen ai iru ekan egothah e hin’gy… dhen v foari gadha vaanethaa… Naail Leenaa ah hey aruvaalaane dho mifaharu…

  26. Nathu says:
    June 28, 2016 at 9:41 pm

    Alhey asluvx loolu baby maru v thr????? Sooooo sad… Aslu nathu stwri kiyamun dhiyairu hykury loolu mareh nuvrne kamah… Ekm loolu maru v dhw…????nd adhi naail vx hrdha dheravrneyey…. Alhey poor naail???(ಥ﹏ಥ)mi part vrh touching…? BTW stwrii vrh nice ingey hama… Layaa u r di bst… Keep up da gud work????nd avahah uplwd khdhinythy vrh happii vehjje…. Thnkz a lot( ͡ʘ ͜ʖ ͡ʘ) nathu hithah arany hama looth hrdha dheravaaney truth egifa dhww…. Nathu beynumy looth and aifaa gulhen(͡° ͜ʖ ͡°)hehe waiting 4 di next part… Plz uplwd it ASAP… Luv ya..nd tvgc.. All da best( ͡o ͜ʖ ͡o)????????????❤❤❤❤❤????

    1. layaal says:
      June 28, 2016 at 11:18 pm

      thank you dear. ❤️❤️??

  27. NAAZ says:
    June 28, 2016 at 10:25 pm

    haadha vasareh kohfiey mibai kiyaafa……vvvvvvv reethi mivaahaka

    1. layaal says:
      June 28, 2016 at 11:19 pm

      thanks love ❤️

  28. Ximaa says:
    June 28, 2016 at 10:36 pm

    Nice bt loolu ehaa avahah maru v ma v dheravejje ??

  29. Ameesha says:
    June 28, 2016 at 11:17 pm

    Varah dear vehjje loolu maruveema…. Dhn avahah loot kaaree naail bunaanenama…. Ekam haadha sad vaaney loot… Naail vx varah deravaane dhw??!!! Amihlla darifulhu dad ey vx nugivaala ulhenikoh maruveema… ????

  30. layaal says:
    June 28, 2016 at 11:20 pm

    thank you guys. i’m glad you all love it. ??❤️❤️

  31. Hey says:
    June 29, 2016 at 12:24 am

    Whn nxt part

  32. Tinker says:
    June 29, 2016 at 12:39 am

    Alhey.. haadha sad ey lulu maruveema. Heekuree Naail dhaanekamah lulu ge rescue ah. And Naail Leena aa dhimaalah ah e’chihi kiyaane kamah eynage dharifulhey kiyaa.. kuriah oiy baiy mi ah vure maa furihama ah genesdheyne kamah hope kuran. Waiting for next part..

  33. Ainyyy says:
    June 29, 2016 at 1:05 am

    Hama hiy falhaigen dhaavaru vejje… plxxx avah ar naailge daughter kan looth ah angnaa…. heeves nukuraa gothakah midhiyae… magey kokky nimigen…

  34. vishaa says:
    June 29, 2016 at 10:06 am

    v v nice but very sad

  35. Shain says:
    June 29, 2016 at 7:42 pm

    Ey kobaa nxt part kn iraku up kurany

  36. ihusaana says:
    June 30, 2016 at 8:09 am

    Varah hithaamaveri ehenas reethi episode eh… keehve loolu maruve adhi valhulaa hedhi iruves aifaa ah ekan neyngunee?

  37. shaya says:
    June 30, 2016 at 12:44 pm

    Kobaatha vaahaka

  38. jammu says:
    June 30, 2016 at 3:04 pm

    Where is the next part

  39. shaya says:
    June 30, 2016 at 3:21 pm

    Please next part avaskolladheeba

  40. neeraa says:
    June 30, 2016 at 3:56 pm

    Kobaa we are waiting for the next part I love this story ♥♥♥ waiting ………….

  41. ain says:
    June 30, 2016 at 4:10 pm

    Varahh reethi vaahaka. Next up veytho balabla mi hurveny angaara dhuvahussure. Pls update soon as possile

  42. neeraa says:
    June 30, 2016 at 4:20 pm

    Dhen looth affaa dheke rulhian naanee afaaa as hedhiveekamrkama balaaneee

  43. neeraa says:
    June 30, 2016 at 4:21 pm

    Dhow layaa aslu layaa konrashetha

  44. neeraa says:
    June 30, 2016 at 4:25 pm

    Waiting ……..waiting …………waiting for next part

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (11)←


All Right Reserved!