Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ 7

iris Level 110 Stories
June 27, 2016 5 Mins Read
13 Comments

ހާދާނެ ގޮތް ހުސްވެފައިވާ މުސާފިރެއް ފަދައިން މިންޝާގެ ފަހަތުން އޭނާ އާފާފު މެންނާއި އަރާ ހަމަކުރުއެވެ. ނަމަވެސް ކައިލް ފެނަ ކޮންމެ ފަހަރަކު ނާވީ ހިތުގައި ނަފުރަތުގެ އަލިފާން ގަނޑެއް ރޯވެގެން ދާފަދައެވެ. އެހެން ނަމަވެސް އޭނާ ހުރީ އެހާ އަވަހަށް ބަލި ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ. މިންޝާގެ ބައްޕަގެ އަމަލުތަކާއި ވާހަކަ ހުންނަ ގޮތުން ނާވީ ގެ ހިތުގައި އުންމީދުގެ ކުޑަ ހުޅުކޮޅެއް ދިއްލިފައިވެއެވެ. އާދަމް މަނިކު މިއަދު ވަނީ އޭނާގެ ހަޔާތާއި ބެހޭ ގޮތުން ވަރަށް ގިނަ ސުވާލުކޮށްފައެވެ. ވިޔާވާރީގެ ކަންތަކާއި ޒާތީ އެތަށް ކަމަކާއި ބެހޭ ގޮތުން ސުވާލުކޮށްފައިވެއެވެ.

*********************************************

އެދަތުރު ވެގެން ދިޔައީ އެތަށް ބައެއްގެ ހިތުގައި ބިންވަޅު ނެގިގެންގެން ދިޔަ ފޮނި އަދި ހިތި ހަނދާންތަކަކަށެވެ. ދަތުރުން އައިސުރެއް މިންޝާ ހުންނަނީ ހިޔާލީ ދުނިއެއްގައެވެ. އެތުންފަތުގައި އަބަދުވެސް ކުޅެލަ ކުޅެލަ ހުންނަނީ ރީތި ހިނިތުންވުމެކެވެ. މިގޮތުގައި މަހެއް ފާއިތުވެގެން ދިޔައީ ވަރަށް އަވަސް ކަމާއެކުގައެވެ. މިންޝާ އާއި ކައިލްގެ ލޯބީގެ ބަގީޗާގައި އެތަކެއް މާތަކެއް ފޮޅި އަރޯވަމުން ދިޔައިރު ނާވީ ދިޔާއި އެނާގެ ނާކާމިޔާބުވި ލޯތްބާއި މެދު ހިތާމަކުރަމުންނެވެ. ކައިލްއާއި މެދު ހިތުގައި އުފެދިފައިވާ ހަސަދަވެރިކަން މަޑުމަޑުން ނަފުރަތަށް ބަދަލުވާން ފަށާފައިވެއެވެ. އަފާފު ވެސް ވަނީ ނާވީގެ ފުށުން ފެނިގެންދާ ފަރުވާ ކުޑަކަމާއި ހެދި ނާއުންމީދު ވާން ފަށާފައެވެ. ޒަލަފް އާއި އާރާގެ ލޯބި އިތުރު ހަރުފަތެއް ގިރާ ކުރަމުން ގޮސް ކައިވެނި ކުރުމާއި ދޭތެރޭ އެދެ ބައިވެރިން ދިޔާއި ވިސްނަމުންނެވެ. ދެމީހުންގެ ގުޅުން ދެފަރާތުގެ އާއިލާއަށް ވެސް އެނގި މިގުޅުން ވެގެން ދިޔާއީ ދެއާއިލާވެސް ނުހަނު ޤާބޫލު ގުޅުމަކަށެވެ.

“ބައްޕާ.. އަޅުގަނޑުމެން އެބަ ވިސްނަން އަންނަ މަހު ކައިވެނި ކުރަން.. އަޅުގަނޑު އާރާ ދަންނަތާ މިހާރު ދެއަހަރު ވެދާނެ.. އެއީ އަޅުގަނޑަށް ވަރަށް ކަމުދާ ކުއްޖެއް.. ރައްޓެހި ވެގެން މާގިނަ ދުވަހު އުޅުމުގެ ބޭނުމެއް ނެތެއްނު.. އަނެއްކާ ނެކްސްޓް މަންތުގަ ދޮންބެވެސް އަންނާނެއެއްނު..” އެއްރެއަކު ކާން އިދެ ދެކެވުނު ވާހަކައެއްގެ ތެރެއިން ޒަލަފް ބުނެލިއެވެ. “ވާއޯ… ފައިނަލީ.. މައި ބެސްޓީ އިސް ގޮނަ ބީ މައި ފަހަރި ދޯ… ” އާދަމް މަނިކަށް ވުރެ ކުރިން އިވިގެން ދިޔާއީ މިންޝާގެ އަޑެވެ. މިންޝާ މައިތިރި ވީ ސޮފިއްޔާ އޭނާއާއި ދިމާލަށް ބަލާލުމަށް ފަހު ލޯއަޅާލުމުންނެވެ. ވަގުތުން މިންޝާ ބައްޕަ އާއި ދިމާލަށް ބަލާލާ ހިމޭން ވެލިއެވެ. އޭރު އާދަމް މަނިކު އިނީ ހެވިފައި ޒަލަފް އާއި ދިމާލަށް ބަލަހައްޓައިގެނެވެ. “ބައްޕަ މެން ތިކަމާ މެދު އެބަ ވިސްނަމޭ… އެކަމަކު ވެސް ދަރިފުޅުގެ އަނގައިން ތިހެން ބުނަން ދެން މިމަޑުކޮށްލީ… ދޮންބެ އައުމާއެކީ ތިކަން ހަމަ އަވަސް ކުރަންވީ… ދޯ ސޮފިއްޔާ..” އާދަމް މަނިކު ބުނެލިއެވެ.. “އާން.. އާރާ އާއި މެދު މަންމަމެން ވެސް ވަރަށް ހިތްހަމަ ޖެހޭ.. އަބަދު މީގޭގައި އުޅޭ ކުއްޖެއް ވިއްޔަ.. ނުލާހިކު ރަނގަޅު އަދި އެހާ މުރާލި… ދަރިފުޅުގެ ހޮވުން ހަމަ ވަރަށް ފުރިހަމަ..” ސޮފިއްޔާ ވެސް އާދަމް މަނިކާއި  އެއްބައި ވެލިއެވެ.

” ދަރިފުޅު މިންޝާ އެކަހަލަ ކަމަކާ ނުވިސްނަންތަ؟ އަންހެން ކުދިން ވާނެ އޭ އަވަހަށް މީހަކާ އިންނަން..” ވަގުތުގެ ބޭނުންކޮށް އާދަމް މަނިކު މިންޝާ ކުރެ އަހައިލިއެވެ. ވަގުތުން މިންޝާގެ މޫނަށް ޖަންބު ކުލަ ވެރިވެގެން ދިޔައެވެ. މިންޝާ އަށް ކުރެވުނު ހާ ވެސް ކަމަކީ ލަދުވެތި ހިނިތުންވުމަކާއެކު އިސްޖަހާލުމެވެ. ކައިލް އާއި ކައިވެނި ކުރަން ހިތަށް ހިތަށް އަރުވާލިޔަސް މިންޝާ ގައިން ހީބިހި ނަގައިގެންދެޔެވެ. އަދި ކައިވެނި ކުރެވުމުން ކިހާވަރެއް ވާނެ ބާއޭ މިންޝާ ހިތަށް އެރިއެވެ. “އައްދެ.. ބައްޕަ އެހެން އަހާލާއިރަށް ކިރު ކަކުންޏެއްހެން ހުރައް ވެދެ ތި ފިލަނީއޯ..” މިންޝާ އަށް ވީގޮތް ވެނި ޒަލަފް ދިމާކޮށްލިއެވެ. “ދެން ތުއްތުބެ ގަނޑާ… ކަމެއް ނުވެޔޭ… އަޅުގަނޑު ހިތަށް އެރީ ދޮންބެ އެންމެ ދޮށީ މީހާ ހުއްޓާ އަޅުގަނޑުމެން ހަގަށް ތިބި ދެމީހުން މެރީ ކުރީމަ ވާނީ ކިހިނެތްހޭ؟” ޒަލަފް އަށް ލޯއަލާލަމުން މިންޝާ އާދަމް މަނިކަށް ޖަވާބު ދިނެވެ. “އައްދެ… ދޮންބެ އަށް ބަލަން ވެއްޖެއްޔާ އެކަކުވެސް މީހަކާ ނީންދެ ހުންނަންވީ.. އުމުރުން ހަތާވީސް އަހަރު ވީއިރު އަދި ނޭންގެ އަންހެން ކުއްޖަކާ ދިމާލަށް ބަލާލިކަމެއް ވެސް… އެހެރަ ގަންނަ ލަދަކުން.. ދޮންބެ ކައިރީވެސް މަންމަ މެން ހާދަ ވަރަކަށް ކައިވެންޏޭއްގެ ވާހަކަ ދައްކައިފީމޭ.. ހަމަ ކޮންމެ ފަހަރަކު ހޫމަކޭ ބުނާނެ.. އެކަހަލަ ވާހަކަ އެއް ފެއްޓިއަސް ނޭންގެ އެހެރަ ވާގޮތެއްވެސް.. އަވަހަށް ދެވޭތޯ ބަލާނީ.. ” ސޮފިއްޔާ ބުނެލިއެވެ.  “އާން .. އެހެނެއްނު ވާނީ.. އެސޮރުގެ އެހުންނަނީ ހަމަ ސޮފިއްޔާގެ ހުންނަ ލަދު ރަކިކަން ވިއްޔަ.. އަނެއްކާ އެހާ މަޑުން ހުންނަނީ..” އާދަމް މަނިކު ވެސް ބުނެލިއެވެ. މިގޮތުގައި އެތަކެއް ވާހަކަ ތަކެއް އެރޭ ދެކެވުނެވެ. ނަމަވެސް ދެވަނަ ފަހަރަށް މިންޝާ ކައިރީ ކައިވެނީގެ ވާހަކަ ނުދެއްކުމުން މިންޝާ އިނީ ނުހަނު ހިތްހަމަ ޖެހިފައެވެ.

“ހެއި ބޭބީ ގަރލް.. ކޮން ހިޔާލެއްގަ..؟” އޮފީހަށް ވަދެގެން އައި އިރު މިންޝާ އިން ގޮތް ފެނި ކައިލް އައިސް ވަރަށް ލޯބިން  އަހައިލިއެވެ. “ކައި.. އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ… ” ޚިޔާލަކަށް ގެއްލި އިނދެ މިންޝާ ބުނެލިއެވެ. “އާއްދެ.. ކައިގެ ސްވީޓްހާރޓް މިއަދު ކޮންކަމަކާ މާ ސީރިއަސް ވެފަ އިން ދުވަހެއް؟” ކައިލް އަދިވެސް ބެލީ މިންޝާ ހެއްވާލެވޭތޯއެވެ. ” ދެން ކައި… ސީރިއަސްކޮށް ވަރަށް މުހިންމު ވާހަކައެކޭ..” ކައިލް އާއި ދިމާލަށް ބަލާލަމުން މިންޝާ އަނެއްކާ ވެސް ބުނެލިއެވެ. އެވަގުތު މިންޝާ ގެ ހިތަށް ބުނަން ނޭންގޭ  ގޮތެއް ވެގެން ދިޔައެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅާއި ހުދު ކުލައިގެ ޓައި އެއް އަޅާލައިގެން މިންޝާ އާއި  ދިމާލަށް ހިނިތުން ވެލައިގެން ކައިލް ހުރި އިރު މޮޑެލް އެއް ފަދައެވެ. އެރީތި ހިނިތުންވުމަށް ވެސް މިންޝާ ގެ ހިތް ހާސް ފަހަރު ފިދާވާހާ ވެއެވެ. ތަނުގައި ހިފާލާފައިވާ ގެސް ސިޑަކްޓިވް ސެންޓްގެ މީރުވަސް ވެސް މިންޝާ އަށް ފާހަގަ ކުރެވުނީ އެވަގުތުއެވެ. ކައިލް އާއި ރައްޓެހި ވުމަށް ފަހު އެވަސް ވެގެން ދިޔައީ މިންޝާ އަށް އެންމެ ޙާއްސަ އެއް ވަހަށެވެ. މިންޝާ ގެ މޫނުގައި ވީ ސީރިއަސްކަން ފެނި ކައިލް ވެސް ވަގުތުން ސީރިއަސް ވިއެވެ. “އޯކޭ ބޭބީ ގާރލް.. ބްރޭކަށް ގޮސް ވާހަކަ ދައްކާނީ ދޯ.. އަންނާނަން އެންގޭ ބަލާ.. މިއަދު އޮފީސް ކެންޓީނަކަށް ނޫން ދާނީ.. ބޭރަށް ދޯ.. ދެމީހުން އެކަނި..” ލޯބިން މިންޝާގެ ކޮލުގައި ފިރުމާލުމަށް ފަހު ކައިލް ބުނެލިއެވެ. މިންޝާ ވެސް ވަގުތުން ބޯޖަހައިލިއެވެ.

***************************************************

އޮފީހަށް އައިސުރެއް ނާވީގެ ޚިޔާލުގައި ވަނީ މިންޝާ އާއި ކައިލް ދުރުކުރުވާނެ ގޮތެކެވެ. އެކަމާމެދު ވިސްނާ ވިސްނާ ނާވީ ގެ ބޮލުގައި މިހާރު އަބަދު ހުންނަނީ ރިއްސާލާފައެވެ. ކޮންމެ ގޮތަކުން ވެސް އޭނާ މިންޝާ ހާސިލްކުރަން ބޭނުވެއެވެ. އެއްގޮތަކުން ނުވެއްޖެއްޔާ އަނެއް ގޮތަކުން ވެސް މިކަން ހާސިލް ކުރަން ނާވީ ވަނީ އަތުކުރި އޮޅާލާފައެވެ. އެގޮތުން އޭނާގެ ސިކުނޑިއަށް އައި އެންމެ މޮޅު ޚިޔާލަކީ އާދަމް މަނިކާއި ގުޅުން ބަދަހިކުރުމެވެ. އާދަމް މަނިކުމެންނަކީ  ރިސޯޓުތަކަށް އެއްޗެހި ސަޕްލައި ކުރާ ބަޔަކަށް ވެފައި އޭނާ އަކީ ބޭރުގެ މާޝްހޫރު ބްރޭންޑް ތަކުގެ ތަކެތި ރާއްޖެ އެތެރެކޮށް ހޯލްސޭލްކުރާ މީހަކަށް ވުމުން މީއީ މިކަން ކުރަން އެންމެ ފަސޭހަ ވާނެ ގޮތްކަމަށް ނާވީ އަށް ވިސްނުނެވެ. ވިޔާފާރީ ގެ ކަންކަމުގައި ގިނައިން އެގެއަށް ގޮސްގެން އާދަމް މަނިކުގެ ހިތް އަތުލެވޭނެ ކަމާއި މެދު އޭނާގެ އެއްވެސް ޝައްކެއް ނެތެވެ. ކުރީން ފަހަރު ދިޔަ ދަތުރުން ވެސް އާދަމް މަނިކު އޭނާ އާއި ވަރަށް ގަޔާވާކަން ނާވީ އަށް ވަނީ ވިސްނިފައެވެ. އެހެން ކަމުން ނާވީ އަވަސްވެގަތީ އޭނާ އަމިއްލަ އަށް އެއޮފީހަށް ގޮސް އާދަމް މަނިކާއި މަންޞޫރަށް ބައްދަލުކުރުމަށެވެ.

ނާވީގެ ކާރު އައިސް މަޑުކޮށްލީ ކިނާރާ ސަޕްލައިސްގެ މައި އޮފީހުގެ ކުރިމައްޗަށްށެވެ. މަޑުމަޑުން ކާރުގެ ދޮރު ހުޅުވާލުމަށް ފަހު ނުކުމެލާ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ  ދެޖީބަށް އަތްޖަހާލި ގޮތުން އޭނާގެ ހައިބަތު އިރުރަށް ދައްކުވާ ދިނެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން  އޮފީހުގެ އެތެއަށް ވަދެ ލުމަށް ފަހު އޭނާގެ ބިޒްނަސް ކާޑު ދިއްކޮށްލާ އާދަމް މަނިކާއި ބައްދަލުކޮށްލަން އައި ކަމަށް ކައުންޓަރުގައި އިން ކުއްޖާ ގާތު ބުނެލިއެވެ. އޭރު އޮފީހުގެ ގިނަ ބައްގެ ލޯ އޭނާ އާއި އާމާޒު ފެވައި ވެއެވެ. ޙާއްސަކޮން އަންހެން ކުދިންގެއެވެ. އެހާ ޅައުމުރުގައި މަޝްހޫރު ވިޔާވާރިވެރިއަކަށް ވުމުން ނާވީ އަކީ ގިނަ ބަޔަކު ދަންނަ މީހުންގެ މެދުގައި މަޤްބޫލު މޫނަކަށް ވަނީ ވެފައެވެ. އަންހެން ކުދިންގެ ބެލުންތަކާއި ހެދި އުނދަގޫވެފައި އިން ނަމަވެސް ނާވީ މަޑުކޮށްލައިގެން އިނީ ހިތް އަވަސް ވެފައެވެ. އޭނާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ މަޑު ހިނގުމެއްގައި ހިންގާފައި އަންނަ  އަފާފު ފެނުމުންނެވެ. އޭރު ނާވި މިވަގުތުގައި އެއޮފީހުން ފެނި އާފަފު ހުރީ ބުނާނެ އެއްޗެއް ނޭންގިފައިއެވެ. ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.  “ނާވީ…ވާއޮ.. އަޅޭ  ހާދަ ސްމާޓޭ!” އަފާފުގެ ހިތަށް އެރިއެވެ. މަޑު ހިންގުމެއްގައި އޭނާ އައިސް ނާވިއައި އަރާ ހަމަކޮށްލިއެވެ. “ހައި އަފާފު..” ރީތި ހިތުންވުމެއް ދެމުން އޭނާ އާފާފުއަށް ސަލާމް ކޮށްލިއެވެ. އޭރު އޮފީހުގެ ގިނަ އަންހެން މުވައްޒަފުން ތިބީ އާފާފުއަށް މިރީތި މީހާ ގޮވާލުމުން ހައިރާންވެފައެވެ. އަފާފު ގެ ނަސީބައި މެދު ހަސަދަވެރި ވެފައެވެ. “ހައި.. ބޮސް ބުނެގެން ބަލާ މިއައީ.. ބުނި ތިރީގަ ހުންނާނެއޭ މީހަކު ބޮސްގެ ކެބިނަށް ގެނެސްދޭށޭ!” ނަވީއަށް އާއި ސަލާމް ކޮށްލަމުން އަފާފު މިހެން ބުނި އިރު ވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ.

*************************************************

“މިން… ބުނެބަ ދެން ތިބުނަން އުޅޭ ވާހަކައެއް… މިހާރު އެބަ ހިތް ތެޅޭ..” މިންޝާ އާއި ކައިލް ތިބީ ހޭންގްއައުޓް ކެފޭ ގެ މަތީބައިގައެވެ. މިންޝާ ވާހަކަ އެއް ބުނަން ބޭނުން ވެފައޭ ބުނީއްސުރެއް ކައިލް އަށް އަދި ހަމަޖެހުމުގެ ނޭވާ އެއް ނުލެވެއެވެ. “ކައި… ވަރަށް ދެރަވޭ މިވާހަކަ ބުނަން.. ބުނާނެ ގޮތެއް ވެސް ނޭންގޭ..” މިހުރިހާއިރު އިސް ޖަހައިގެން އިން މިންޝާ އިސް އުފުލާ ކައިލްއަށް ބަލާލިއެވެ. އެވަގުތު ކައިލްއަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ ބާރަށް ފިއްތާލިހެންނެވެ. މިންޝާގެ ފެންކަޅިވެފައިވާ ދެލޯ ފެނި ކައިލް ގެ ހިތުގައި ތޫނު ރިހުމެއް އުފަންވިކަހަލައެވެ. “މިން.. ދޫނި ކިހިނެތް ވީތަ؟ ބުނެބަލަ.. ކީއްވެ ތި ރޮނީ؟” ކައިލް ގެ ހިތް ނޭންގޭ ބާރު މިނެއްގައި ތެޅިގަތެވެ. އޭނާ ލޯބިން މިންޝާ ކޮލުގައި ފިރުމާލުމަށް ފަހު އެ އަތުގައި ހިފާލީ އިތުރު ހިތްވަރެއް ދިނުމުގެ ގޮތުންނެވެ. ދުވަހަކު އެއަތުން ދޫނުކޮށްލާނަމޭ ބުނާ ފަދައެވެ. މިކުޑަ ކުޑަ ލޯބި ލޯބި ކުއްޖާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ކައިލްގެ ހިތުގައި ވަނީ ލޯބި އުފެދިފައެވެ. މިންޝާ ގެ އެހުންނަ ލޯބި ޅަ ގޮތްގަޑުން އޭނާގެ ހިތުގައި އުފެދިފައިވާ ލޯބި ދިޔާއި އިތުރަށް އާލާ ވަމުންނެވެ. މިއަދު އެދެލޮލުން ކަރުނަ ފެނުމުން އޭނާގެ ހިތުގެ ހަމަޖެހުން ގެއްލިފައިވާ ފަދައެވެ.

ނުނިމޭ

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iris

Level 110 Stories

Other Articles

Previous

އަހަރެންގެ ވާހަކަ (ސައްބީސްވަނަ ބައި)

Next

ދޭނަން ހިތާ ޖާނާ (9)

Next
June 27, 2016

ދޭނަން ހިތާ ޖާނާ (9)

Previews
June 27, 2016

އަހަރެންގެ ވާހަކަ (ސައްބީސްވަނަ ބައި)

13 Comments!

  1. iris says:
    June 27, 2016 at 1:17 pm

    okii guys .. here is the seventh episode of the story.. enjoyy!! huriha kudhinge comments ah vx welcome.. 🙂

  2. Appy says:
    June 27, 2016 at 1:26 pm

    Salhi mi part vx

    1. iris says:
      June 29, 2016 at 12:54 pm

      thanks appy 🙂

  3. Blue Lady says:
    June 27, 2016 at 1:56 pm

    8konme monday eh ga tha up kurany nice

    1. iris says:
      June 29, 2016 at 12:55 pm

      thanks blue lady 🙂 vaki eheneh nun.. week aku one episode..

  4. Whathehell says:
    June 27, 2016 at 2:44 pm

    Kuru kannnnnn

    1. iris says:
      June 29, 2016 at 12:56 pm

      next part dhigu kohlaanan enegey whathehell

  5. sadness says:
    June 27, 2016 at 5:29 pm

    Haadha kurey.. Thihen kanthah kuran heonuvaane Nunn.. Dhera vejje.. ???????

    1. iris says:
      June 29, 2016 at 12:54 pm

      alheyy sadness…sorry dhn part dhigu kohlla dheynan engey..

  6. Ushaa says:
    June 27, 2016 at 6:56 pm

    V nyc.. Bt iris thankolheh kuru kanneynge.. Hwp nxt prt ill b longggggggg… Gdlk….

    1. iris says:
      June 29, 2016 at 12:57 pm

      thanks ushaa.. 🙂 next part in sha allah dhigu kohlaanan engey..:)

  7. natha says:
    June 28, 2016 at 4:17 am

    Haadha kurey dhw! Story v nice.

    1. iris says:
      June 29, 2016 at 12:57 pm

      thanks natha.. next time dhigu vaane engey

Comments are closed.

Next EpisodeLoabivevun ei kushakah vaanama←


All Right Reserved!