ކުއްލިއަކަށް އަހަރުމެން ދެމީހުން ސިއްސައިގެން ދިޔައީ އަހަރެންނަށް މީހަކު ގޮވާލީމެވެ. “އާސީން” އެއަޑު އައީ އަހަރެންނާއި ވަރަށް ކައިރިންނެވެ. ނަމަވެސް ދެފަރާތް ހޯދާ ބަލާލިއިރުވެސް އެއްވެސް މީހަކު އަހަރެންނަކަށް ނުފެނުނެވެ. އަހަރެން ބަންޝީލްގެ މޫނަށް ބަލާލީމެވެ. މިތަނަށް އެހެން މީހަކަށް އާދެވޭނެތޯ އަހާލާ ފަދަ ގޮތަކަށެވެ. އޭރު އެމޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. “އާސީން” ދެވަނަ ފަހަރަށް އެއަޑު އަހަރެންނަށް އިވިގެން ދިޔައެވެ. މިފަހަރުވެސް އިވުނީ އެހާ ކައިރިންނެވެ. އަހަރެން އެބުރި ބަލާލީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި ރީހާން ފެނިގެން ދިޔައެވެ. އެވަގުތު ބަންޝީލް އަހަރެންގެ އަތުގައި ހިފާފައި އޭނަގެ ފުރަގަހަށް ގެންދިޔައެވެ. ރީހާން ހިނިތުންވެލާފައި އަހަރެންނާއި ދިމާލަށް ބަލާލިއެވެ.
“އާސީން..” ދެވަނަ ފަހަރަށް ރީހާން އަހަރެންނާއި ދިމާލަށް ގޮވާލިއެވެ. އޭނާއަށް އަހަރެން ކައިރީގައި ހުރި ބަންޝީލް ނުފެންނަ ކަހަލައެވެ. އޭނަ ބަލަން ހުރީ ސީދާ އަހަރެންނާއި ދިމާލަށެވެ. “ރީހާން..” އަހަރެންނަށް މަޑުމަޑުން ރީހާންގެ ނަން ކިޔާލެވުނެވެ. “އޭނައާއި ވާހަކަ ދައްކައިގެން ނުވާނެ” އަމުރުވެރި ރާގަކަށް ބަންޝީލް އަހަރެންނަށް ބުނެލިއެވެ. އަހަރެން ބަންޝީލްއާއި ދިމާލަށް ބަލާލިއިރު އޭނަގެ މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމެވެ. އޭރު ކަޅީގެ ކުލަ ވަނީ ބަދަލުވާން ފަށާފައެވެ. “އަހަރެން ނޭނގުނުތަ” އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން ރީހާން އަނެއްކާވެސް އަހާލިއެވެ. އަހަރެންނަށް އޭނަ ނޭނގި ހުންނާނެ ހެއްޔެވެ. އޭނަ ފުރަތަމަ އަހަރެންގެ ގެއިން ފެނުނު ދުވަހު އަހަރެންނާއި ދިމާލަށް ބަލާލި ގޮތް އެއީ އަހަރެން ހަނދާނުން ފިލައިގެން ދާނެ ކަމެއް ނޫނެކެވެ. ބޮޑު ބިރުވެރި އެއްޗަކާއި ދިމާލަށް ބަލާލާ ފަދަ ބެލުމަކުން އެދުވަހު އޭނަ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި އޭގެ ފަހުން އަހަރެން އެމީހަކު ދެކެ އެންމެ ލޯބިވާ މީހާ އައިރް އަހަރެންނަށް ފެނިފައެއް ނުވެއެވެ.
“އަހަރެންނަކީ އައިރްގެ އެކުވެރިޔާ.. ކުރިން ދުވަހު ތިގެއަށް އައި” އަހަރެން ވާހަކަ ނުދެއްކުމުން އޭނަ ހީކުރީ އަހަރެންނަށް އޭނަ ނޭނގުނީ ކަމަށެވެ. “އަހަރެންނަށް ތިއީ ކާކުކަން އެނގޭ..” އަހަރެން ކުޑަކޮށް ކުރިއަށްޖެހިލާ ރީހާންއަށް ޖަވާބު ދިނީމެވެ. “އެކަމަކު ބަންޝީލް ބުނީ ރީހާންއާއި ވާހަކަ ނުދައްކާށޯ” އަހަރެން އެހެން ބުނެލީ ކުޑަކުއްޖަކު ފަދައިންނެވެ. ބަންޝީލް އަހަރެންނާއި ދިމާލަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. އޭނަގެ ދެލޮލުގެ ކަޅިވަނީ ގަދަ ރަތްކުލައަށް ބަދަލުވެފައެވެ. “އޯހް.. އެހެންތަ..” ރީހާން ކުޑަކޮށް ފިޔަވަޅެއް ކުރިއަށް އަޅަމުން ބުނެލިއެވެ. “ބަންޝީލް މިތަނުގައި އެބަހުރި ތަ” އަހަރެންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ބަންޝީލް އޭނައަށް ނުފެންނަކަށް އަހަރެންނަށް ޔަގީންވީ އޭނަ އެހެން ބުނެލަމުން މުޅި ސަރަހައްދު ހޯދާލީމެވެ. ބަންޝީލް އަހަރެންނަށް އިތުރަށް ވާހަކަ ދެއްކުން މަނާ ކުރިއެވެ. އަތުގެ އިޝާރާތުން އެއްވެސް އެއްޗެއް އިތުރަށް ނުބުނުމަށް އަމުރު ކުރިއެވެ. އަހަރެން އެސުވާލަށް ޖަވާބު ނުދިނީ އެހެން ވެގެންނެވެ. “އާސީން” އަހަރެންގެ އެއްވެސް އެއްޗެއް ނުބުނުމުން އަނެއްކާވެސް ރީހާން އަހަރެންނަށް ގޮވާލިއެވެ. އޭނަ އަހަރެންނާއި ވާހަކަ ދައްކަން ބޭނުންވެފައިވާ ކަހަލައެވެ.
އަހަރެން ރީހާންއާއި ދިމާލަށް ބަލާލީމެވެ. އޭނައާއި ކުރިން ހުރި ބައިވަރު ސުވާލު އެބަ ހުއްޓެވެ. ޖަވާބު ބޭނުންވާ ކިތައްމެ ކަމެއް އެބަ ހުއްޓެވެ. އެކަމަކު ބަންޝީލް އަހަރެންނަށް އޭނައާއި ވާހަކަ ދެއްކުން މަނާކުރަނީއެވެ. އެއީ ކީއްވެ ހެއްޔެވެ. އަހަރެން ބަންޝީލް އާއި ދިމާލަށް ބަލާލީމެވެ. އަހަރެންނާއި އެހާ ކައިރީގައި ބަންޝީލް ހުރި އިރު ރީހާންއަށް ބަންޝީލް ނުފެންނަންވީ ކީއްވެ ހެއްޔެވެ. ބަންޝީލްގެ މޫނުމަތިން ފެންނަން ހުރި ރުޅި އެއި އަހަރެން ދެކެ އައިސްފައިވާ ރުޅިއެއް ނޫނެކެވެ. އެކަމަކު އެއީ ރީހާން ދެކެ އައިސްފައިވާ ރުޅިއެވެ. އެކަމަކު ބަންޝީލް ރީހާން ދެކެ ރުޅި އަންނަންވީ ކީއްވެ ހެއްޔެވެ. އަހަރެންނަކީ ސުވާލު ކުރަން ބޭނުންވެ އެކަން ނުކުރެވިއްޖެނަމަ އެހާ އުދަގޫވާ މީހެކެވެ. އެހެންކަމުން އަހަރެން އެހެން ހުންނާކަށް ބޭނުމެއް ނުވިއެވެ. އަދި އަމުދުން މީހަކު އަހަރެންނަށް އަމުރުވެރި ރާގަކަށް ކަމެއް ނުކުރުމަށް ބުނެފިނަމަ އަހަރެން ކޮންމެހެނެއް ހަދާފައިވެސް އެކަން ކުރާ ހިތްވެއެވެ. ބަންޝީލްއަށް އެކަން ނޭނގުނީ ހެއްޔެވެ. “ބަންޝީލް ހުރީ އާސީންއާއި ކައިރީގައިތަ” ރީހާން އަނެއްކާވެސް އަހާލިއެވެ. އަހަރެން ބަންޝީލްއަށް ބަލާލަމުން ބޯޖަހާލީމެވެ. ރީހާންވެސް ބޯޖަހާލިއެވެ. “އޭނަ ހުރީ އާސީންގެ ގައިގައި ހިފަހައްޓައިގެންތަ” ރީހާން ސުވާލު ކުރިއެވެ. އަހަރެން ހައިރާންވިއެވެ. އެއީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ. އެކަމަކާއި ރީހާންއަކާއި ކޮން ގުޅުމެއް ހެއްޔެވެ. އޭނައަށް ކީންހެއްޔެވެ.
“ނޫން” އަހަރެން ބުނެލީމެވެ. އެވަގުތު ރީހާންގެ މޫނުމަތިން ހިނިތުންވުމެއް ފެނުނެވެ. “އެހެންތަ.. ހޫމް” ރީހާން ބުނެލިއެވެ. “އޭނައާއި ވާހަކަ ދައްކައިގެން އާސީންއަށް އެއްވެސް ސުވާލުގެ ޖަވާބެއް ނުލިބޭނެ.. އޭގެ ބަދަލުގައި އާސިންއަށް އިތުރަށް އޮޅުންއަރާގޮތް ވާނީ” ބަންޝީލް ބުނެލިއެވެ. “އެހެން ވިއްޔާ ބަންޝީލް އަހަރެންނަށް ޖަވާބު ދޭންވީނުން.. ބަންޝީލްއަށް އަހަރެންގެ ހިތުގައި ހުރި ސުވާލުތައް އެނގޭ ވިއްޔަ” އަހަރެން ބަންޝީލްއާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. ބަންޝީލް އަހަރެންނާއި ދިމާލަށް ބަލާލީ ކަޅި އަޅައިގެން ހުރެއެވެ. “އަހަރެން ޖަވާބު ދޭނަން.. އެކަމަކު މިވަގުތު ރީހާން މިތަނުން ފޮނުވާލާ” ބަންޝީލް ބުނެލިއެވެ. “ބަލަ އަހަރެން ކިހިނެއް އޭނަ ފޮނުވާލާނީ.. އަހަރެން ބުނެގެންތަ އޭނަ މިތަނަށް އައީ،، އެންޑް ބައިދަވޭ އޭނަ ކިހިނެއްތަ މިތަނަށް އައީ” އަހަރެން ހިތްހަމަ ނުޖެހުނީ ބަންޝީލްގެ ވާހަކަތައް ހުރި ގޮތުންނެވެ. އޭނައަށް މިކަމުގައި އަހަރެން ގޯސް ކުރެވޭކަށް ނުއޮންނާނެއެވެ. “ކިހިނެއްތަ ރީހާން މިތަނަށް އައީ” އަހަރެން ރުޅިގަދަވެފައި ރީހާންއާއި ދިމާލަށް ބަލާލީމެވެ. އޭނަ ނައިނަމަ އަހަރެންނާއި ބަންޝީލް އެތަނުގައި ތިބޭނީ ކިހާ އުފަލުގައި ހެއްޔެވެ. ރީހާން އެތަނަށް އައިސް ހުރިހާ ކަމެއް ފަނި ކޮށްލީއެވެ.
“އާސީން ކިހިނެއްތަ މިކަހަލަ ތަނަކަށް އައީ” ރީހާން މުޅި ސަރަހައްދަށް ބަލަމުން ބުނެލިއެވެ. “މިހާ ބިރުވެރި ތަނެއްގައި އާސީންއަށް ހުރެވޭތަ” ރީހާން ބުނެލިއެވެ. “ބިރުވެރިތަނެކޭ” އަހަރެން ހައިރާންވެފައި އަހާލީމެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. އަހަރެން ހުރީ ރަށެއްގެ ގޮނޑުދޮށުގައެވެ. އެތަން ކުޑަކޮށް އަދިރިކަން އަހަރެންވެސް ގަބޫލު ކުރަމެވެ. އެކަމަކު ރީހާން އެބުނާހާ ބިރުވެރިއެއް ނޫނެކެވެ. “އާ.. އެހެން ދޯ ބުނާނީ.. ބިރުވެރި.. މިތަނުގައި މިފެންނަން ހުރި މަހާނަ ގާތަށް ފެންނަ ކޮންމެ މީހަކުވެސް ހަލާކު ވާނެ.. އެކަމަކު އާސީން” ރިހާން އެހެން ބުނުމުން އަހަރެންގެ ހައިރާންކަން އިތުރުވިއެވެ. “މަހާނަ ގަލޭ.. ކޮން މަހާނަ ގަލެއް.. އަހަރެން މިހުރީ ގޮނޑުދޮށެއްގައި” ހައިރާންކަމާއި އެކު އަހަރެން ބުނެލީމެވެ. “ގޮނޑުދޮށެއްގައޭ” މިފަހަރު ރީހާންގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވެގެން ދިޔައެވެ. “އާ.. އަހަރެން މިހުރީ ރަށެއްގެ ގޮނޑުދޮށުގައި.. ރީހާންއަށް ރާޅުޖަހާ އަޑެއް ނީވޭތަ” އަހަރެން ޔަގީންކަމާއި އެކު ބުނެލީމެވެ. “ޔަގީންތަ އެކަން” ރީހާން ހިނިތުންވުމަކާއި އެކު ބުމަ އަރުވާލަމުން އެހެން ބުނެލިއެވެ.
އެވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ ހީވަނީ ބަޔަކު ކިޔަވާ އަޑު ހެންނެވެ. ޔަގީނެއް ނުވިއެވެ. އެކަމަކު ވަގުތުން ކަންފަތުގައި އަތް އަޅާލެވުނެވެ. ދެލޯ މަރާލީ އެއަޑު އަހަން ބޭނުން ނުވާތީ ކަމެއް ނޫނީ ބޮލުގައި ރިއްސައިގެންލެއް ބޮޑުކަމުން ކަމެއް ނޭނގުނެވެ. ދެލޯ ހުޅުވާލި ވަގުތު އަހަރެންވެސް ސިހިގެން ދިޔައެވެ. ކުރި މަތިން ފެންނަން ހުރި މަހާނަ ގާތަށް ފެނުމުންނެވެ. އަހަރެންނަށް ހުރެވުނީ ގަބުރުސްތާނެއްގެ ތެރޭގައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެފޮޓޯ ގެއްލުނީ ހީވީ ފިލްމަކުން މަންޒަރު ބަދަލު ކޮށްލިހެންނެވެ. އެސްފިޔަޖަހާލާހާ އަވަސް ވަގުތު ކޮޅުގައި ފެންނަން ހުރީ އެރަށުގެ ގޮނޑުދޮށެވެ. އަހަރެން ބަންޝީލްއާއި ދިމާލަށް ބަލާލީމެވެ. ބަންޝީލް ހުރީ އަހަރެންނާއި ކުޑަކޮށް ދުރުގައެވެ. އަހަރެން ބޭނުންވީ އެއީ އަހަރެންނަށް ހީވި ހީވުމަކަށް ވާށެވެ. އެހެން ބަންޝީލްގެ އަނގައިން ބުނާ އަޑު އަހާށެވެ. އެކަމަކު.. ބަންޝީލް އެއްވެސް އެއްޗެއް ނުބުންޏެވެ.
“އާސީން.. އަހަރެން ދުވަހަކުވެސް އާސީންއަށް ގެއްލުމެއް ދޭކަށް ބޭނުމެއް ނުވޭ.. ޕްލީޒް.. އަހަރެންނަށް މަޖްބޫރު ނުކުރޭ” ބަންޝީލްގެ މޫނުމަތިން އެވަގުތު އަހަރެންނަށް ފެނުނީ މާޔޫސްކަމެވެ. “ކޮބާ.. ބަންޝީލް އުޅެނީ އާސީންގެ ލޯމަތީގައި ފޮތިގަނޑެއް ބަދެގެން.. އޭނަ ބޭނުންވާ ތަނެއް އާސީންއަށް ފެންނަނީ.. އާސީންއަށް އެނގޭތަ އާސީން މިހާރު ތިހުރެވުނީ ކޮންތާކުކަން.. ކީއްވެކަން” ރީހާންގެ އަޑު އިވުމުން އަހަރެން ބަލާލީމެވެ. “އާސީންގެ މިތަނަށް ގެނައީ ބަންޝީލް… މިއީ އަސްލު ތަނެއް ނޫން.. އޭނަ އާސީން މިތަނަށް ގެންނަ އެންމެ ބޮޑު އެއްބޭނުމަކީ އާސީންއަށް ބާރު ފޯރުވުން.. އޭނައަކީ އާސިން ތިހީކުރާކަހަލަ ޖިންނިއެއް ނޫން.. އާސިންއަށް އެނގޭތަ.. އާސީންއަށް މޫދު އެފެންނަނީ ކީއްވެކަން.. އެއީ އޭނައަކީ ކަނޑު ޖިންނިއަކަށްވީމަ.. މޫދު ނުފެންނަ ފަށަކަށްވުރެއް ފެންނަ ފަށެއްގައި ހުރުމުން އޭނަގެ ބާރު ގަދަވާނެތީ.. އާސީން.. މިހާރު ތިހުރީ އޭތީގެ ބާރުދަށުގައި.. އަހަރެން ގަދަކަމުން އާސީން އަދި މިތަނުން ގެއްދާކަށް ބޭނުމެއް ނުވޭ.. ބަންޝީލް ކައިރީގައި ބުނޭ ރީތި ގޮތުގައި އާސީން ދޫކޮށްލާފަ ދާށޭ.. އޭރުން އެކަކަށްވެސް އަނިޔާއެއް ވާކަށް ނުޖެހޭނެއޭ” ރީހާންގެ ވާހަކަ ނިމުނު އިރު އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަންޝީލްއަށް އެހެން ކަންތައް ކުރެވޭ ހެއްޔެވެ. އަހަރެންނަށް ނޭނގި އޭނަގެ ބާރުގެ ދަށަށް އަހަރެން ގެންދެވިދާނެ ހެއްޔެވެ. އަހަރެން މިހުރިހާ ދުވަހު އަޅައިގެން މިއުޅުނު ތަވީދުގެ ބޭނުމެއް އެހެންވީމަ ނެތީ ހެއްޔެވެ.
“ބުނޭ ރީހާން ކައިރީގައި ދުވަހަކުވެސް އަހަރެން އާސީން ދުލެއް ނުކުރާނަމޭ.. އާސީން ދާން ބޭނުންނަމަ މިއަދު އާސީންއަށް ދެވިދާނެ.. އެކަމަކު އަހަރެން އާސިން ކައިރިއަށް އަންނާނަން.. އެދުވަހަކުން އަހަރެން އާސީން އަހަރެންގެ ދުނިޔެއަށް ގެންދާނަން” ބަންޝީލް ބުނެލިއެވެ. އަހަރެން ރީހާންއާއި ދިމާލަށް ބަލާލީމެވެ. “އޭނަ ދުލެއް ނުކުރާނަމޯ އަހަންނެއް” އަހަރެން ބުނެލީމެވެ. “އަހަރެން ބޭނުމެއްނުވޭ ބަންޝީލްއަށް އަނިޔާއެއް ވާކަށް.. އަދި އަނިޔާއެއް ދޭކަށްވެސް” “ތިހެން ވިއްޔާ މިތަނަށް ތިއައީ ކީއްކުރަން” ކުއްލިއަކަށް ބަންޝީލް ހަޅޭލަވައިގަތެވެ. އެވަގުތު ކުއްލިއަކަށް ގުގުރައިގަތެވެ. އުޑުމަތި ބަނަވެ ވައިގަދަވިއެވެ. ރީހާން ދެފަރާތަށް ބަލާލުމަށްފަހު އަނެއްކާވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު އަނެއްކާވެސް އަހަރެންގެ ބޮލުގައި ރިއްސައިގަތެވެ. ވަރަށް ކައިރިން އަހަރެންނަށް ގުރުއާން ކިޔަވާ އަޑު އިވެން ފެށިއެވެ. “އާސީންގެ އާއިލާ އެއްކޮށް އާސީންއަށް އެބަ އިންތިޒާރުކުރޭ.. އަހަރެންނާއި އެކު ހިނގާ ދާން.. އަހަރެން އާސިންގެ ހުރިހާ ސުވާލު ތަކަށް ޖަވާބު ދޭނަން.. މިގަޑީގައި އެންމެން އެބަ ތިބި އާސީންއާއި މެދު ކަންބޮޑުވެފައި” ރީހާންގެ މޫނުމަތިން ކުޑަކޮށް ނަމަވެސް ހާސްކަން ފާޅުވާން ފެށިއެވެ. ގުގުރަމުން ދިޔަ ވަރު ދިޔައީ ގަދަވަމުންނެވެ. ޖެހެމުން ދިޔަ ވައިވެސް ދިޔައީ ގަދަވަމުންނެވެ. އަހަރެން ބަންޝީލްއާއި ދިމާލަށް ބަލާލިމެވެ. “އަހަރެން އާސީންދެކެ ވަރަށް ލޯބިވޭ.. މިރޭ އަހަރެން މިދަނީ އާސީންއާއި ދުރައް.. ހީނުކުރާތި އަހަރެން ބަލި ގަބޫލު ކުރިއްޔޭ.. އެކަމަކު އަހަރެން މާދަންރޭގައި އަންނާނަން.. ސަލާމަތްވާނީ އެކަކު” އެހެން ބަންޝީލް ބުނި ގަޑީގައި ކުއްލިއަކަށް ވިދައިގަތެވެ. ހީވީ ބަންޝީލްގެ ގަޔަށް ހޮނު އެޅިހެންނެވެ. އަހަރެން ރީހާންއާއި ދިމާލަށް ބަލާލީމެވެ.
ރީހާން އަހަރެންނާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. “އަހަރެންނަށް އާސީންއަކަށް މަޖްބޫރެއް ނުކުރެވޭނެ” ރީހާން ބުނެލިއެވެ. ކިޔަވަމުން ދިޔަ އަޑު ގަދަވަމުން ދިޔައެވެ. އޭރު އަހަރެންގެ ބޯހީވަނީ ފަޅައިގެންދާން އުޅޭ ހެންނެވެ. އަހަރެން މަޑުމަޑުން ރީހާންގެ އަތުގައި ހިފީމެވެ. އެވަގުތު އަހަރެންގެ ހުރިހާ ކަށިތަކެއް މުގުރިގެން ދިޔަ ކަހަލައެވެ. ގަޔަށް އަރައިގެން ދިޔަ ތަދަކީ ދުވަހަކުވެސް އަހަރެން އިހްސާސް ކުރި ތަދެއް ނޫނެކެވެ. އަހަރެންނަށް ވެއްޓިގަނެވުނެވެ. ދެލޯ މަރާ ބާރުކޮށްލެވުނެވެ. މަޑުމަޑުން ދެލޯ ހުޅުވާލެވުނު އިރު މީހާއަށް މައިނޭވާ ލެވެމުން ދިޔައެވެ. އެވަގުތު ކައިރީގައި އިށީދެގެން އިން ރީހާން ފެނިގެން ދިޔައެވެ. އަދި ތަންކޮޅެއް ދުރުގައި ކިޔަވަން އިން ދޮންބެގެ އިތުރަށް ފަސް ފިރިހެނުން ފެނުނެވެ. އަހަރެން ރީހާންއާއި ދިމާލަށް ބަލާލީމެވެ. “ބެލްކަމް ބެކް” ރީހާން ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “އަ.. މިފެންފޮދު ބޯލާ..” ފެންތައްޓެއް ދިއްކޮށްލަމުން ރީހާން ބުނެލިއެވެ. އަހަރެން އެއްނޭވާ މަތިން ފެންނަތަށި ހުސްކޮށްލީމެވެ. އަހަރެން ހުރީ އެހާ ބޮޑަށް ކަރުހިއްކައިގަނެފައެވެ. ދޮންބެ ކިޔެވުން ނިއްމާލަމުން އަވަހަށް އައިސް އަހަރެން ކައިރިއަށް މަޑުކޮށްލިއެވެ. “ކިހިނެއްތަ” ހާސްކަމާއި އެކު އަހަރެންނާއި ދިމާލަށް ދޮންބެ ބަލާލިއެވެ. އަހަރެން ހިނިތުންވެލުމެއް ރައްދުކޮށްލީމެވެ. “އަރާމުކޮށްލާ އިނގޭ.. މިގަޑިއަށް މިހާރު އަމާންވެއްޖެ” ރީހާން އެހެން ބުނެލަމުން ދޮންބެގެ ކޮނޑުގައި އަތް ޖައްސާލަމުން ބޭރަށް ނިކުތެވެ. ދޮންބެވެސް ހިނިތުންވުމެއް ރައްދު ކުރަމުން ރީހާންގެ ފަހަތުން ބޭރަށް ނިކުތެވެ. އެމީހުންގެ ފަހަތުން އެތަނުގައި ތިބި ފަސް ފިރިހެނުންވެސް ބޭރަށް ނިކުތެވެ.
އަހަރެން އެނދުގައި ހަމަޖެހިލީމެވެ. ދެންމެ އެވީކަންތައް އަހަރެންގެ ސިކުނޑީގައި އެބުރެމުން ދިޔައެވެ. އަހަރެން ރަނގަޅަށް ވިސްނާލިއިރު އަހަރެންނަށް މިއޮވުނީ ގޭގައި ނޫންކަން ރަނގަޅަށް އެނގުނެވެ. މަޑުމަޑުން އެނދުން ތެދުވެލީމެވެ. އޭރު ގައިގައި ވަރަށް ބޮޑަށް ރިއްސަމުން ދިޔައެވެ. އަތުގައި ފިރުމާލީ އަތަށް ވަރަށް ބޮޑަށް ތަދުވަމުން ދިޔައީމައެވެ. ފިރުމާލަމުން އަތަށް ބަލާލިއިރު އަތްވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ. ހީވަނީ ބަޔަކު އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާފައި ހުރި ހެންނެވެ. އަހަރެން މަޑުމަޑުން ބޭރަށް ނިކުތުމައްޓަކައި ދޮރުކައިރިއަށް ޖެހިލީމެވެ. ދޮރު ހުރީ ހުޅުވާފައެވެ. “އަދި ނިމުނީ ކީ ނޫން.. މިފެށުނީ.. އޭތި އެއީ ވަރަށް ބާރުގަދަ އެއްޗެއް.. ހަނގުރާމައަކާއި ނުލައި އޭތި އާސީން ދުލެއް ނުކުރާނެ.. އަދި މިއީ ފަސޭހަ ކަމެއްވެސް ނޫން.. މާލޭގައި އަހަރެންނަށް މިކަމެއް ނުކުރޭވެނެ.. މިކަން ކުރަންޖެހޭނީ އުޑުފެންނަ މޫދު ފެންނަ ހާމަތަނެއްގައި.. އެހެންނޫނީ ރަނގަޅެއް ނުވާނެ” ރީހާންގެ އަޑު އިވިގެން ދިޔައެވެ. އަހަރެން ކުޑަކޮށް ބޯ ނެރެ ބަލާލިމެވެ، ރީހާން ހުރީ ދޮންބެއާއި އައިރްއާއި ދެމީހުންނާއި ވާހަކަ ދައްކާށެވެ.
“ހޭ އާސީން” ކުއްލިއަކަށް އަހަރެން ސިހިގެން ދިޔައީ އަހަރެންގެ ފަހަތުން އައިރްގެ އަޑު އިވުނީމައެވެ. ސިހިގެން ދިޔަ ވަރުން އަހަރެންނަށް ހީވީ އަހަރެންގެ ހިތްވެސް ނިކުން ހެންނެވެ. ބާރަށް ހަޅޭލަވައި ނުގަނެވުނަސް އަޑެއް ކަރުބުޑުން ނިކުތެވެ. އަހަރެން ރުޅިވެރިކަމާއި އެކު އައިރް އާއި ދިމާލަށް ބަލާލެވުނު އިރު މޭމަތީގައި އަހަރެންނަންވަނީ އަތް އަޅާލެވިފައެވެ. ދެވަނަ ފަހަރަށް ދޮރުން ބޭރަށް ބަލާލިއިރު ދޮންބެއާއި ރީހާން ވާހަކަ ދައްކަން ތިއްބެވެ. “ކިހިނެއްތަ.. ސިއްރު ސިއްރުން މީހުން ދައްކާ ވާހަކަ އަޑު އަހަނީތަ” އައިރްގެ އެންމެ ފުރިހަމަ ހިނިތުންވުމާއި އެކު ވާހަކަ ދެއްކިއެވެ. އަހަރެންނަށް މައިނޭވާއެއް ލެވުނެވެ. އަހަރެންނަށް ސިފަވެގެން ދިޔައީ އެތައް ދުވަހަކު ފެން ނުބޮައި ހުރި މީހަކަށް ފެން ފޮދެއް ބޮއިލެވުމުން ހިތައް ވެގެންދާ ފިނިކަމެވެ. އައިރްގެ އަޑު އިވުމުން އަހަރެންގެ ހިތައް ވެގެން ދިޔައި އެކަހަލަ ގޮތެކެވެ. ހީވީ ހަލާކުވެފައިވާ ހިތުގައި ބޭސް އަޅައިދިން ހެންނެވެ. އަހަރެންނަށް އައިރްއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ހާދަ ސްމާޓެވެ. ގަޔަށް ބާރުކޮށް ލައިފައި ހުރި ގަމީހާއި، އެމީހާއި ގުޅޭގޮތުން ލާފައި ހުރި ޖިންސުގެ ސަބަބުން އެތައް ފުރިހަމަކަމެއް އެސިފައަށް ވަނީ ގެނެސްދީފައެވެ. ހިނިތުންވެލާފައި ހުރި އިރު ކޮލުފައި ފެންނަން ހުރި އަޑިކޮޅުގެ ސަބަބުން އަހަރެންނަށްވެސް ހިނިތުންވެލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ރުޅި ގަދަވެގެން ދިޔައެވެ.
މިހުރިހާ ދުވަހު އޭނަ އުޅުނީ ކޮންތާކު ހެއްޔެވެ. މިއަދު މިތަނަށް އެއީ ކީއްވެ ހެއްޔެވެ. އަހަރެން އެވަރަށް އޭނައަށް ގޮވާ، ގުޅާ، މެސެޖްކޮށް ހެދިއިރު އޭނަ ހަބަރެއް ނުވީ ކީއްވެ ހެއްޔެވެ. ހިތް ހަލާކު ކޮށްލުމަށްފަހު ހިތުގައި ބޭސް އަޅައިދެނީ ކީއްވެ ހެއްޔެވެ. ފުރިހަމަ ނުވާނެ ހުވަފެންތަނެއް ދެއްކީ ކީއްވެ ހެއްޔެވެ. އަހަރެން އައިރްއާއި ކައިރިއަށް ޖެހިލީމެވެ. “ކީއްކުރަން ތިއައީ.. ދާންއުޅޭ މިތަނުން.. އަހަރެން އައިރްގެ މޫނު ފެންނާކަށް ބޭނުމެއް ނުވޭ.. ދުރައްދޭ.. ހަމަ މިހާރު މިތަނުން ދޭ” މޮޔައެއް ފަދައިން އަހަރެން އައިރްގެ މޭމަތީގައި އަތުން ތަޅައިގަތީމެވެ. “އަހަރެން ގުޅީމަ ފޯނު ނުނަގާ، އަހަރެންނަށް ހަބަރެއް ނުވެ އުޅެފަ.. އައިސް އައިރްއަށް ބުނަން އެނގުނީ ހޭ އާސީން.. އެހެން އެކަނިތަ.. ދުރައްދޭ.. ހަމަމިހާރު.. ކީއްވެ ހަބަރެއް ނުވީ.. ކީއްވެ ނުގުޅީ.. ކީއްވެ.. އެނގޭތަ އަހަރެން އުޅުނު ހާލު.. އެނގޭތަ އަހަރެންނަށް ކުރިމަތިވި ކަންތައް.. ކީއްވެ އައިރް” އަހަރެން އައިރްގެ މޭމަތީގައި ތަޅަމުން ދިޔައީމެވެ.
“އޭހް ހޭހް” އައިރް އަހަރެންގެ އަތުގައި ހިފެހެއްޓުމަށް މަސައްކަތް ކުރިއެވެ. “ނޫން ނޫން.. އައިރް އަހަރެންގެ ކައިރީގައި އަބަދު ނުކުރެވޭ ނަމަ ކީއްވެ އަހަރެންނަށް ހުވަފެންތަނެއް ދެއްކީ.. ދެއްކި ހުވަފެންތަކަކީ ހަގީގަތަކަށް ހަދައި ނުދެވޭނެ އެއްޗެއްކަން އެނގޭ ނަމަ.. ކީއްވެ އަހަރެންނާއި ދުރައް ނުދިޔައީ” އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. އެވަގުތު ގަދަކަމުން ކަހަލަ ގޮތަކަށް އައިރް އަހަރެންގެ އަތުގައި ހިފެއްޓިއެވެ. އޭނަގެ އަތުން ސަލާމަތް ވުމަށާއި ދުރައް ދިއުމަށް އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އައިރް އަކީ ބާރުގަދަ މީހެކެވެ. އަނެއްކޮޅުން އަހަރެން ހުރީ އޭނަގެ ހިޔާމާތަށް އެދި ފެން ބޮވައިގަނެފައެވެ. އައިރް ގަދަކަމުން ކަހަލަ ގޮތަކަށް އޭނަގެ މޭގައި އަހަރެން ޖައްސާ ބާރުކޮށްލިއެވެ. “ސޮރީ.. ވަރަށް ބޮޑަށް ސޮރީ.. އާސީން” އައިރް އެހެން ބުނެލި އަޑު އިވުނެވެ. އަހަރެން ބޭނުންވީ އައިރްގެ މޭގައި ބޯއަޅާލައިގެން ހުރެ ހިތްފުރެންދެން ރޯލާށެވެ. އެތައް ޝަކުވާއެއް އޭނަ ކައިރީގައި ކުރަން އެބަ ހުއްޓެވެ. އެތައް ސުވާލެއްގެ ޖަވާބެއް އަހަރެން ބޭނުންވެއެވެ. އެކަމަކު.. އަހަރެން އައިރްގެ މޭމަތިން ބޯ ހިއްލާލީމެވެ. ދެލޯ ފުހެލާ އައިރްއާއި ދުރައްޖެހިލީމެވެ. އަހަރެންނަށް ދެވަނަ ފަހަރަކަށް އައިރްގެ ސަބަބުން ލިބޭ ވޭނަކަށް ކެތެއް ނުކުރެވޭނެއެވެ. އެއްފަހަރު އޭނަ އަހަރެންގެ ހިތް ހަލާކު ކޮށްލައިފިއެވެ. އެކަމަކު ދެނެއް އެފުރުސަތެއް އޭނައަކަށް ނުލިބޭނެއެވެ. ނުވެސް ދޭނަމެވެ.
މޫނު ރީއްޗަށް ފުހެލާ އަހަރެން ދުރައްޖެހުނު ވަގުތަކީ ދޮރު ދޮންބެ އައިސް ކޮޓަރިއަށް ވަތް ވަގުތެވެ. ދޮންބެ ވަތްއިރު އަހަރުމެން ދެމީހުން ތިބި ގޮތުން ދޮންބެ ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. “ކަމެއްގެ މެދުތެރެއަށް ދޯ އަހަރެންނަށް މިއާދެވުނީ..” ދޮންބެ ބުނެލިއެވެ. “އާ.. ” “ނޫން” އަހަރެންނާއި އައިރްއަށް އެއްފަހަރާ ބުނެވުނެވެ. އައިރް އާއެކޭ ބުނިއިރު އަހަރެން ބުނީ ނޫނެކެވެ. “ދޮންބެ މިއީ ކޮންތަނެއް.. ކިހިނެއް އަހަރެން މިތަނަށް ގެންނައީ.. އަހަރެން ގޭގައި ނިދާފަ އޮތްވަ” އަހަރެން ސުވާލުގެ ނަޒަރަކުން ދޮންބެއާއި ދިމާލަށް ބަލާލީމެވެ. “މިއީ އަހަރެންގެ ގެ..” ޖަވާބު ދިނީ އައިރް އެވެ. “ކިހިނެއް އަހަރެން މިގެއަށް އައީ” އައިރްއާއި ދިމާލަށް ބަލާނުލާ އަހަރެން އަނެއްކާވެސް ދޮންބެއާއި ސުވާލު ކުރީމެވެ. “ކޮއްކޮ ހަނދާން ހުރީ ކޮންކަމެއް” ދޮންބެ އަހާލިއެވެ. “އަހަރެން ހަނދާން ހުރީ ނިދަން އޮށޯވުން ހިސާބު” އެހެން ބުނެލިތަނާއި ރީހާންވެސް އެތަނަށް އަތުވެއްޖެއެވެ. “ކޮއްކޮ ނިދުމުން ދޮންބެ ނިކުތީ ބޭރަށް… ޓީ.ވީ ބަލަން އިދެފައި ދޮންވެވެސް ނިދަން އޮށޯނަންވެގެން ހިތައް އެރީ ކޮއްކޮ ކޮބާތޯ އަދި ބަލާލާނީއޭ.. ގޮސް ކޮޓަރީ ދޮރު ހުޅުވާލި އިރަކު ކޮއްކޮއެއް ފެންނާކަށް ނެތް.. ކޮޓަރީ ތެރެއާއި ފާހަނަ ތެރެ ބެލި އިރުވެސް ކޮއްކޮއެއް ނެތް.. އެހެންވެ އަވަހަށް އައިރްއަށް ދޮންބެ ގުޅީ” ދޮންބެ ކިޔައިދިނެވެ. “ދޮންބެ ގުޅާލާއިރައް އައިރް ފޯނު ނަގައިފިދޯ” އައިރްއާއި ދިމާލަށް ބަލާލަމުން ދެލޯ އަޅާލަމުން އަހަރެން ދޮންބެއާއި ސުވާލު ކުރީމެވެ. ” އާ.. އަހަރެން ގުޅުމުން އައިރް އަވަހަށް އައީ” ދޮންބެގެ ޖަވާބު ލިބުމުން އަހަރެންގެ ރުޅިގަނޑު އަނެއްކާވެސް ގަދަވެގެން ދިޔައެވެ.
އައިރްއާއި ދިމާލަށް ބަލާލިއިރު އެމޫނުމަތިން ފެންނަން ހުރީ ނުލަފާ ހިނިތުންވުމެވެ. “އާސީން.. ކޮންކަމެއް އާސީން ހަނދާންހުރީ” ރީހާން އަހާލިއެވެ. އަހަރެން އިސްޖަހާލީމެވެ. ބަންޝީލްއާއި އަހަރެންނާއި ދެމެދު ވީ ހުރިހާ ކަމެއް އަހަރެން ހަނދާން އެބަ ހުއްޓެވެ. އެތަނުގައި ދެކެވުނު ހުރިހާ ވާހަކައެއް އަހަރެން ހަނދާން އެބަހުއްޓެވެ. “އަހަރެން ހަނދާނެއް ނެތް އެއްވެސް ކަމެއް..” އަހަރެން ބުނެލީމެވެ. “ޔަގީންތަ” ޝައްކުގެ ނަޒަރަކުން ރީހާން ބަލާލަމުން ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. ތެދުބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންނަށް ތެދު ބުނެގެން ވާނީ ކޮންކަމެއް ހެއްޔެވެ. ބަންޝީލްއަށް ގެއްލުމެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫނެކެވެ. އަހަރެންނަށް އައިރްއާއި ބަންޝީލް އެއްވަރެވެ. އަސްލު ދެތައް ބުނާކަމަށްވާނަމަ އައިރްއަށް ވުރެއްވެސް ބަންޝީލް ރަނގަޅެވެ. “އަހަރުމެން ދެމީހުންނަށް ވަގުތު ކޮޅެއް ލިބިދާނެތަ.. އެކަނި” އައިރް އެހެން އަހާލުމުން އަހަރެން ހައިރާންކަމާއި އެކު އައިރްއާއި ދިމާލަށް ބަލާލީމެވެ. ލަދެއްގެ ކަންފުޅެއްވެސް ނެތެވެ، އަހަރެންގެ ދޮންބެ ހުއްޓަ އެހެން ބުނަން އައިރްއަށް ކެރުނީ ކީއްވެ ހެއްޔެވެ. އެހެން ބުނުމާއި އެކު ރީހާން ބޭރަށް ނިކުތެވެ. ދޮންބެއާއި ދިމާލަށް އަހަރެން ބަލާލީމެވެ. ދޮންބެ ހިނިތުންވުމެއް ރައްދުކޮށްލަމުން ބޭރަށް ނިކުންނަން ހިގައިގަތެވެ.
އަހަރެން ދޮންބެ އެގޮތަށް ދާކަށް ބޭނުމެއް ނޫނެކެވެ. އައިރްއާއި އެކު އެއްކޮޓަރިއެއްގައި ހުންނާކަށްވެސް އަހަރެން ބޭނުމެއް ނޫނެކެވެ. ދޮންބެ ނިކުތުމުން އަހަރެންވެސް ދޮރާއި ދިމާލަށް ހިގައިގަތީމެވެ. ނަމަވެސް ކުއްލިއަކަށް ދޮރު ޖެހުނެވެ. ސިހިފައި އަހަރެންނަށް ހުއްޓުން އެރިއެވެ. “އަހަރެންނަށް މައްސަލައެއް ނެތް ކިތައްމެ ދޮގެއް ހެދިޔަސް.. ހަނދާނެ ވަރަކަށް ދޮގު ހަދަންވީ… އެކަމަކު އަހަރެންނާއި ބަންޝީލް އެއްވަރު ނުކުރާތި.. އޭނަ އެއީ ކިތައްމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އަހަރެންނާއި އެއްފެންވަރަށް އާދެވޭނެ މީހެއް ނޫން” އައިރް ބުނެލިއެވެ. އަހަރެންގެ ދަތްޕިލަ ބިންދައިގެންދާހާ ބާރަށް ފިއްތާލެވުނެވެ. މުއްމަޅާ ބާރު ކޮށްލެވުނެވެ. އައިރް ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ. “ރަނގަޅު ވާހަކައެއް ތިބުނީ.. އޭނަ އެއީ އައިރްއާއި އެއްގޮަތަކަށްވެސް އެއްވަރު ކުރެވޭނެ މީހެއް ނޫން.. އޭނަ އައިރްއަށް ވުރެއް އެތައް ހާސްބައެއް ރަނގަޅު.. ތިއީ އިންސާނެއްގެ ބަނޑުން އުފަންވެފައިވާ މީހެއް.. އެކަމަކު އިންސާނެއްގެ އިހްސާސް އައިރްއަށް ވުރެއް ބޮޑަށް ބަންޝީލްއަށް އެނގޭ.” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. އައިރް އެއްވެސް އެއްޗެއް ނުބުނެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އައި ވޯންޓް އާސްކް ޔޫ އަ ކުއިޝަން.. އަހަރެން ލަތީފްގެ އަތް ދަށުން ސަލާމަތް ކޮށްދިނުމަށް އެދި އައިރްއަށް ގޮވިއިރު އެއަޑު ހަމަ އަސްލަށްވެސް އައިރްއަށް ނީވުނީތަ.. ނޫނީ އަހަރެންނަށް ވާނެ އެއްޗެއްވާން ދޫކޮށްލައިގެން އައިރް ހުރީތަ” އަހަރެން ސުވާލު ކޮށްލީމެވެ. އައިރް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ޔޫ ނޯ ވަޓް.. އަހަރެން އެސުވާލުގެ ޖަވާބު އެނގޭކަށް ބޭނުމެއް ނޫން.. އަދި އިތުރަށް.. އެއްވެސް ސުވާލުގެ ޖަވާބެއް އެނގޭކަށްވެސް ބޭނުމެއް ނޫން.. އަހަރެން އައިރްގެ މޫނު ފެންނާކަށްވެސް ބޭނުމެއް ނޫން.. އެއްވެސް ވަރަކަށް.. އަޑު އިވިއްޖެ” އެހެން ބުނެލުމަށްފަހު އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލަމުން އަވަސްކަމާއި އެކު އެތަނުން ބޭރަށް ނިކުތީމެވެ. އައިރް ވާހަކަ ދައްކަށްވެސް އުޅުނެވެ. ނަމަވެސް އަހަރެން އެއަޑު އަހާކަށް ބޭނުމެއް ނޫނެކެވެ. އޭނަ ބޭނުންނަމަ އަހަރެން ހިފެހެއްޓުން އެއީ އޭނައަށް ބޮޑު ކަމެއް ނޫނެކެވެ. އޭނަ ނުހިފެހެއްޓީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގެއެވެ.
އަހަރެން އެކޮޓަރިން ނިކުން އިރު ސިޑިއެއް ތިރިއަށްދާ ގޮތަށް ހުރި ތަން ފެނުނެވެ. އަހަރެން އަވަސްކަމާއި އެކު އެސިޑިން ތިރިއަށް ހިގައިގަތީމެވެ. އެގޭގެ ސިޓިންރޫމްއަކީ އަހަރެންނަށް ފެނިފައި ހުރި ސިޓިންރޫމްއެކެވެ. އާއެކެވެ. ނާސިރު އާއި ވާހަކަ ދެއްކިރޭގައި ނާސިރު އަހަރެން އައީ މިގެއަށެވެ. ދޮންބެއާއި ރީހާން އަހަރެން ފެނުމުން ސޯފާގައި ތިބެފައި ތެދުވިއެވެ. “ހިނގާދާން ޕްލީޒް” އަހަރެން ދޮންބެ ކައިރީގައި ބުނެލީމެވެ. ދޮންބެ ރީހާންއާއި ދިމާލަށް ބަލާލިއެވެ. “އާސީން” “ނޫން ރީހާން ޕްލީޒް.. އަހަރެން ބޭނުންވަނީ މިގެއިން ނިކުންނަން.. އަހަރެންނަށް ނޭވާލާން އުދަގޫވޭ އެބަ” ރީހާން އެއްޗެކޭ ބުނަން އުޅުމުން އަހަރެން އެހެން ބުނުމަށްފަހު ބޮޑު ދޮރު ހުޅުވާލުމަށްފަހު އެތަނުން ބޭރަށް ނިކުތީމެވެ. އެވަގުތު ފަތިހުގެ ފިނި ވައިރޯޅިތައް އަހަރެންގެ ހަށިގަނޑުގައި ފިރުމަށް ފެށިއެވެ. ނަމަވެސް އޭގެއިން އަހަރެންނަށް ލިބުނު ހަމަޖެހުމެއް ނެތެވެ. އޭރު އަހަރެންގެ ލަގޮނޑީގައި ރިއްސަމުން ދިޔައެވެ. ހިންދިރުވާލަންވެސް އަހަރެންނަށް ވަނީ އުދަގޫވެފައެވެ. އަހަރެން އެސުވާލު ކުރުމުން އައިރްގެ މޫނުމަތިން އަހަރެންނަށް ބޭނުންވާ ޖަވާބު ލިބުނެވެ. އާއެކެވެ. އަހަރެން އެވަރަށް ގޮވި އަޑު އައިރްއަށް ރަނގަޅަށްވެސް އިވުނެވެ. އެކަމަކު އޭނަ ގަސްދުގައި ނައީއެވެ. އޭނައަށް އެހެން އަހަރެންނަށް ހެދޭ ހެއްޔެވެ. ދެލޮލަށް ކަރުނަތައް އަނެއްކާވެސް ގިނަވާން ފެށިއެވެ. “ކޮއްކޮ” ދޮންބެގެ އަޑު ފަހަތުން އިވުމުން ވަގުތުން އަލުން ދެލޯ ފުހެލީމެވެ. ދޮންބެއާއި ދިމާލަށް ބަލާލީ ހިނިތުންވުމަކާއި އެކުގައެވެ. “އާ ޔޫ އޯކޭ” ދޮންބެ އަހާލިއެވެ. ޖަވާބު ރަނގަޅަށް އެނގި ހުރެއެވެ. އަހަރެން ދޮގެއް ހަދާކަށް ބޭނުމެއް ނޫނެކެވެ. އެހެންކަމުން އެއްވެސް އެއްޗެއް ނުބުނަމެވެ. ދޮންބެ ބޯޖަހާލަމުން ސައިކަލާއި ދިމާލަށް ހިގައިގަތެވެ.
ގެއަށް ދިޔަ ގޮތަށް އަހަރެން ވަނީ ކޮޓަރިއަށެވެ. އޭރުވެސް ހިތައް ވެފައިވާ ތަދެއް ފިލައިގެން ނުދެއެވެ. އެންމެ ހީނުކުރާމީހާ އެގޮތަށް ކަންތައް ކުރުމުން ހިތައް ވަނީ ކިހިނެއްކަން މިއަދު އަހަރެންނަށް އެގިއްޖެއެވެ. އެތައް ޝަކުވާއެއް ކުރަން ބޭނުންވެއެވެ. އެކަމަކު އެޝަކުވާތައް މިއަދު އަޑު އަހާނީ ކާކު ހެއްޔެވެ. “އާސީން” ދޮންބެ ކޮޓަރިއަށް ވަންނަމުން އަހަރެންނަށް ގޮވާލިއެވެ. އަހަރެން މޫނު ފޮހެލަމުން ހިނިތުންވުމަކާއި އެކު ދޮންބެއާއި ދިމާލަށް ބަލާލީމެވެ. “ކިހިނެއްތަ” ދޮންބެ ސުވާލު ކޮށްލިއެވެ. އަހަރެން ދޮންބެއަށް ރައްދުކޮށްލީ ފަޑުހިނިތުންވުމެކެވެ. “އަދިވެސް ދޮންބެ ނުބުނެދެ އެއްނުން އަހަރެން އެގެއަށް ގެންދިޔަ ގޮތެއް” ދޮންބެ ހުއްޓުމުން އަހަރެން ބުނެލީމެވެ. “ކޮއްކޮ ފެންނަން ނެތުމުން ދޮންބެ ގުޅީ އައިރްއަށް” އައިރްގެ ނަން އިވުމާއި އެކުވެސް އަހަރެންގެ ހިތް ތެޅިލިއެވެ. “އައިރް އައިސް ކޮއްކޮ ފެނޭތޯ ބެލީ.. ކޮއްކޮ ފެނުނީ އެތަނުގައި މާފައްނު ސަހަރަ ކައިރިންނޯ އައިރް ގުޅާފައި ބުނީ.. އޭނަ ވަގުތުން އެގެއަށް ކޮއްކޮ ގެންދިޔައީ.. އަދި ދޮންބެއަށް ގުޅާފައި އަވަހަށް އައުމަށް ބުނީ.. ރީހާން ބުނީ ބަންޝީލްގެ ބާރުގެ ދަށުގައި ކަމަށް ކޮއްކޮ ހުރީ.. އެހެންވީމަ ކިޔަވައިގެން ބާރު ކަނޑުވާލެވޭތޯ ބެލީ” ދޮންބެ ކިޔައިދިނެވެ.
ދޮންބެ އަހަރެންގެ މޫނަށް ބަލާލިއެވެ. “ދޮންބެއަށް އެނގޭ ކޮއްކޮއާއި އައިރްގެ ގުޅުން” ދޮންބެ އެހެން ބުނެލުމާއި އެކު އަހަރެންނަށް ދޮންބެއާއި ދިމާލަށް ބަލާލެވުނެވެ. “މިރޭ އައިރްގެ މޫނުމަތިން ދޮންބެއަށް އެކަން ފެނިއްޖެ.. މިރޭ ވަރަށް ހާސްވެފައި އައިރް ހުރީ.. ކޮއްކޮއަށް ކަމެއް ވެދާނެތީ..” ދޮންބެގެ އެވާހަކަތައް އަޑު އަހާކަށް އަހަރެންނަށް ފަސޭހައެއް ނުވިއެވެ. “އައިރް ދޮންބެއަށް ކިޔައިދިން އައިރް އަކީ ކޮންކަހަލަ މީހެއްކަންވެސް..” ދޮންބެ ބުނެލިއެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލިއިރު އަހަރެންގެ ދެލޯވަނީ ކަރުނުން ފުރިފައިކަން އަހަރެންނަށް އެނގުނެވެ. ދޮންބެ އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެންގެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ. “ކޮއްކޮ އަރާމު ކޮށްލާ.. ފަހުން ދެން ވާހަކަ ދައްކާނީ” ދޮންބެ ބޭރަށް ނިކުންނަން ހިގައިގަތެވެ. “އަދި އެއްވާހަކަ.. ބައްޕަ އުޅެނީ މިއަދު ހެނދުނު މަންމައާއި ކޮއްކޮ ގޮވައިގެން ރަށަށް ދާން.. މިތަނުގައި އެމީހުން ބޭއްތިއްބުން ރަނގަޅު ނުވާނެ ކަމަށް ރީހާން ބުނެފި.. އެހެންވެ ފުރާ އެއްޗެއް ރޭގައި ބައްޕަ ހޯދައިފި.. މިއަދު ފުރާނެ..” ދޮންބެ ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ.
އަހަރެންނާއި ހެދި އެއްވެސް މީހަކަށް އެއްވެސް އިރެއްގައި އަނިޔާއެއް ވާކަށް ބޭނުމެއް ނޫނެވެ. ރީހާން އެހެން ބުނެފިނަމަ އެއީ ރަނގަޅަށް ވިސްނާފައި ބުނި އެއްޗެއްކަން އަހަރެންނަށް އެނގެއެވެ. ދޮންބެ ނިކުތުމުން އަހަރެން ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. އެކަމަކު އަހަރެންނަށް އެކަމެއް ނުކުރެވުނެވެ. ހީވަނީ ކަރުނަތައްވެސް އަހަރެން ދެކެ ރުޅިއައިސްފައި ވާހެންނެވެ. ދެލޯ ކަރުނުން ފޯވެފައިވީނަމަވެސް އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓުނެވެ. ކޮޓަރީގައި އިންނަން އުދަގޫވާން ފެށުމުން އަހަރެން ސިޓިންރޫމްއަށް ނިކުތީމެވެ. މާގިނަ އިރެއްނުވެ މަންމަވެސް ހޭލައިފިއެވެ. މަންމައާއި އެކު ބަދިގޭގައި އުޅުނު ސައި ހެދުމުގައި އަހަރެން މަަސައްކަތް ކުރަމުން ދިޔައީމެވެ. މިއަދު މި ގޭތެރެ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރިން ވެއްޖެނަމަ އަހަރެންނަކީ އަބަދުވެސް މަންމައާއި ވެސް އެހާ ސަކަރާތް ޖަހާ މީހެކެވެ. ނަމަވެސް މިހާރުވަނީ ނޭނގޭ ފާޑެއްގެ ފާރެއް އެންމެންނާއި މެދުގައިވެސް ލެވިފައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ މިހާރު އެކަކުވެސް ނުބުނެއެވެ. އެހާ ބޮޑު ބަދަލެއް އެއައީ ކީއްވެ ހެއްޔެވެ. ވާހަކަ ނުދެއްކި ނަމަވެސް ކޮންމެ މީހެއްގެ ހިތުގައިވެސް ބައިވަރު ވާހަކަތައް ހުންނަކަން އަހަރެންނަށް އެނގެއެވެ. އެކަމަކު އެއްވެސް މީހަކު އިސްވެ ވާހަކަ ދައްކަން ބޭނުން ނުވާ ކަހަލައެވެ.
މާގިނަ އިރެއްނުވެ ބައްޕަވެސް ހޭލައިފިއެވެ. ހެނދުނުގެ ސައި ހެދުމުން މަންމައާއި ބައްޕަ އަދި ކޮއްކޮ ސައިބޮއިގެން ދިޔައީ ފުރާށެވެ. ދޮންބެވެސް މަންމަމެން ފުރުވަން ދިޔައެވެ. އަހަރެން ގޭގައި އެކަނިވީއެވެ. ފޫހިކަމާއި އެކު އަހަރެން ގޭތެރޭގައި ހިގަމުން ދިޔައީއެވެ. އަމިއްލައަށް ހުރެގެން އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުންނެވެ. މިހުރިހާ ކަމެއް މިދިމާވަނީ އެ އުޅޭ ނާސިރު ގަނޑަކާއި ހުރެއެވެ. އޭނައާއި ދިމާ ނުވިނަމަ އަހަރެންނަށް މިހުރިހާ އުދަގުލެއް ދިމައެއް ނުވާނެއެވެ. ބަންޝީލްއަކާއި ދިމާލެއް ނުވާނެއެވެ. އައިރްއަކާއިވެސް ދިމަލެއް ނުވާނެއެވެ. އަހަރެން އަހަރެންގެ ކުޑަ ދިރިއުޅުމުގައި ކިހާ އުފަލެއްގައި އުޅެވޭނެ ހެއްޔެވެ. އަމިއްލައަށް އެހެން ހުރެ ރުޅިގަދަވެވެމުން ދިޔައެވެ.
މާގިނަ އިރެއްނުވެ ދޮންބެ ގެއަށް އައެވެ. ދޮންބެ ފެނުމުން އަހަރެން ކުޑަކޮށް ހިތްހަމަޖެހުނެވެ. ދޮންބެއާއި އެކު އެތެރެއަށް ވަދެގެން އައި ޖައިޝް ފެނުމުން އަހަރެން ހީލީމެވެ. “އާސީން.. ކޮބާ ކިހިނެއްވަނީ” ޖައިޝް އަހަރެން ފެނުމާއި އެކު ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން އަޑު އަހައިފިން އަހަރެންގެ ކުރީގެ އެކުވެރިޔާ އާއި އެކު ދަތުރެއް ކޮށްލި ވާހަކަ.. ކިހިނެއްވަނީ” ކުރީގެ އެކުވެރިޔާއޭ ބުނެ ޖައިޝް އެބުނީ ބަންޝީލްގެ ވާހަކަ ކަން އަހަރެންނަށް ނަގައިގަނެވުނެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “އެނގޭތަ.. އަހްޝަމް ބުނީ އަހަރުމެންނަށް ރަނގަޅު ކޭސްއެއް އޯޕެން ކޮށްލެވޭނެއޯ” ޖައިޝް ބުނެލިއެވެ. އަހަރެން ޖައިޝްއާއި ދިމާލަށް ބަލާލިމެވެ. “އެނގޭދޯ އެއީ ކާކުކަން.. އަހްޝަމް.. އަހަރެންގެ ލޯޔަރު” ޖައިޝް އެހެން ބުނެލީ އަހަރެން ބަލާލި ގޮތުންނެވެ. “ސާބަސް އަހަރެންނަށް އަހްޝަމް އެނގޭނެ ނޫންތަ” އަހަރެން ޖައިޝްގެ ސަމާސާގައި ބައިވެރިވެލީމެވެ. “ގުޑް.. އަހަރެން އޭނައަށް ރޭގައި އެއްކަލަ ވީޑިއޯ ދެއްކީ.. އެކަމަކު އޭނަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި ލަތީފް ކަންތައް ކުރި ގޮތުން.. އޭނައަށް ވުރެއް ބޮޑަށް އަހަރެން.. އަހަރެން ބޭނުންވަނީ އޭނަގެ ދުވަސް ދުއްވާލަން” ޖައިޝްގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ.
އަހަރެންނާއި ދޭތެރޭގައި ވިސްނާ ހާދަ ގިނަމީހުންނެއް އެބަ ތިއްބެވެ. އެކަމަކު އޭގެން އަހަރެންނަށް އެއްވެސް އުފަލެއް ނެތެވެ. އަހަރެން އެންމެ ބޭނުންވާ މީހާ އަހަރެންނާއި ދޭތެރޭގައި ވިސްނާ ނުލައެވެ. އައިރް އަހަރެންނަށް ހަދަނީ ހަދާނެ ގޮތެކެވެ. “ލުކް.. ޑޯންޓް ވޮރީ އިނގޭ.. އަހްޝަމް ބުނި މިއަދު އެކަންތަކާއި ވާހަކަ ދައްކާނަމޭ.. އެހެންވީމަ އަހަރެންނަށް ޔަގީން އަހްޝަމް ކޮންމެވެސް ރަނގަޅު ގޮތެއް ހަނދާދޭނެ ކަން.. އެހެން ނޫނަސް އާސީންއަށް ކުރެވޭނެ އެންމެ ބޮޑު ވަރު ތިކުރީ.. އާސީން ލަތީޕް ލައްވާ އެއްބަސް ކުރުފައިވި އޭނަ ކަން ލާރިދީގެން ޔަޝްފާގެ ކޭސް ހުއްޓުވާލީ.. އޭނަގެ ދަރި އެކަމުގައި ހިމެނޭތީ… އެހުރިހާ އެއްޗެއް އެވީޑީއޯގައި އެބަހުރި އެގެން.. އެހެންވީމަ މިއީ ވަރަށް ސްޓްރޯންގް ކޭސްއެއް އަހަރުމެންނަށް” ޖައިޝް ބުނެލިއެވެ. ޖައިޝް ހީކުރަނީ އަހަރެން މި ވިސްނަނީ އެކަމާއި ކަމަށެވެ. “ކޮބާ ތި ވާހަކަ ބާއްވަމާ.. ސައިތައްޓެއް ކަހަލަ އެއްޗެއް ނުލިބޭނެތަ” ޖައިޝް އޭނަގެ ވާހަކަ އެހެން ދިމާލަކަށް އަބުރާލިއެވެ. އޭރު ދޮންބެ ބަދިގެއިން ދެ ކޮފީތަށި ހިފައިގެން އައިސް ހުއްޓެނީއެވެ.
ސޯފާކައިރީގައި ހުރި ކުޑަ މޭޒު ކައިރީގައި ތަށި ބަހައްޓަމުން އަހަރުމެން ކައިރީގައި ދޮންބެވެސް އިށީދެލިއެވެ. “އަހަރެންނަށް ދޯ.. ތެންކްސް” އޭގެން ތައްޓެއް ނަގަމުން ޖައިޝް ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނީމެވެ. “އާސީން..” ޖައިޝް ގޮވާލުމުން އަހަރެން ޖައިޝްގެ މޫނަށް ބަލާލީމެވެ. ޖަައިޝް އެއްފަހަރު ދޮންބެގެ މޫނަށް ބަލާލިއެވެ. އަހަރެން ދޮންބެގެ މޫނަށް ބަލާލުމާއި އެކު ދޮންބެ ކޮފީ ތަށިން ކޯވަރެއް ބޯލީ އޭނަ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ގޮތަށެވެ. އަހަރެން އަނެއްކާވެސް ޖައިޝްގެ މޫނަށް ބަލާލީމެވެ. “ބުނަން އުޅޭ އެއްޗެއް ބުނަންވީނުން ދޯ” އަހަރެން ބުނެލީމެވެ. “ރީހާން ބުނަނީ.. ބަންޝީލްގެ ފަރާތުން އާސީން ސަލާމަތް ކުރެވޭނީ.. އެހެން ރަށަކަށް ގޮސްގެންނޯ.. މިހާރު އަހަރުމެން ވިސްނައިފިން.. ފަޅު ރަށަކަށް ދާން.. އެކަމަކު.. މިކަމުގައި އާސީން އެއްބަސް ނުވާ ކަމަށްވާނަމަ.. ރީހާންއަށް ވަރަށް އުދަގޫވާނެ އެކަން ކުރަން” ޖައިޝް ބުނެލިއެވެ.
އަހަރެން އެތަނުން ތެދުވީމެވެ. އެމީހުންނާއި ކުޑަކޮށް އަހަރެން ދުރައްޖެހިލީ އަހަރެންނަށް ބުނެވޭ އެއްޗަކުން އެމީހުން ހިތްހަމަ ނުޖެހޭނެކަން އަހަރެންނަށް އެނގޭތީއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
64 Comments!
Comments are closed.




mi baives hurihaa kudin nah kamudhaane kamah heekuran.. hurihaa kudinge hiyaal thakah maruhaba 🙂
Story is awesome. Keep up the good work.
thnks bodu koh 🙂
yessss. v kamudey mibai
thnks dear 🙂
Your back sofy..story will be nice. Adhia vaahaka nukiya up vefa inthan fenigen mi comment kohly. How are u dear….
thnks dear bodu koh 🙂
Superb! V interesting. .. keep it up 🙂
thnks shiz bodu koh 🙂
yes v v v bodahkamudhy fantasy ga vaahaka alun fahtunyma haadha ufaavahjy hama heevany alun aadhirumah hashigadhah alhijjahan bunadhan vas nygeena
Veeufalah v v vbodah happy ingy? fatasy vaahaka huttaaly kamahheekury mivaahaka fanunyma mulhin idhavuny huttifa gaboolu vas nukuravunu vvvvbodah shukuriyya dhankon dhuvahakun meega anhby nukunnaany vvvkamudhy thidhinee varh boduhinhama jahumakaai ufalah ahimiahvura hinhama gahumaai ufaa fatasy ah min varu koh dhah vaashi aaameen
thnks maah bodu koh 🙂 u ufaa vejje maah ge comment fenunyma 🙂
Nice story….. Vee haaves vaahaka up kohdhechey plx plx plx
thnks bodu koh dear 🙂
Very nice keep it up
thnks bodu koh 🙂
awwwnnnn….v v v reethi…? n i like aaseen n bansheel gulhen…. ?☺cux i dnt like de character of airu..? aaseen n bansheel aslu maa bodahves gulhey…?n yeah he cares much more dan iru i mean amalun ginanin ekan anga dhenee bansheel dhw….
heloo admin of this site…..y u ppl r not publishing my comments..its been a month since dat i cudnt post any comment on any story…this is making me really frustrating…so i jux hope thr ll b a solution for this real soon..
I see most of your comments are deleted automatically because it contains links to other websites. For more info call 7997991
Varah reethi..
thnks 🙂
Masha Allah. ..vvv reethi
thnks dear 🙂
Haadarangalhey mihaa avaha upkodhineethy. ….Thnx fantasy v v v reethi.
thnks dear bodu koh 🙂
nice! thanx for updating 🙂
but fanditha sstuff maa gina veema boring ..
thnks aaii bodu koh 🙂 dhen anna baigaves v fanditha bai gina vaane .. heekuran dhen anna bai ves kiyaalaane kamah 🙂
aaseen ehbas nuvaane dhw.?? avahah up kohdhehchey..
thnks dear bodu koh 🙂
Air ulhey vahthareh dhw…bansheel maa loabi..i think jaish ah hen aaseen libeyni..story v loabi adhi ves nubai bai meehun neynge dhww…?????
Next part knirakun, story v habeys
Next part konirakun update kurany..
Story varah nice ?
Mi story v thafaathu n v reethi
Thanks mikahala story genesdheythee
Waiting for next part
varah reethi mibaives 😀 Aaseen ves dhn normal vebala avahah 😮 and Bansheel avahah Aaseen kairin dhurah gendhey Fantasy 😀 happy ending eh annaane kamah unmeedhu kuran 😉 love this part! kn irakun next part up kurany Fantasyy
Sofy waiting…….
Alhe kobaatha story fantasy inthizaaru kohkoh varubali vehjje
Where is the damn story..?
Waiting…..:-(
Fantasyyy
kobaaahey…kobaahey.. fantasy whr r u….???????????
Sofy…….
Next part??????????
WHERE IS THE STORY SOFY
Fantasy haadhdhuvahakee dhoa dhan kon dhuva hakun up kurany haadha kiyaa hivvajjy kihinah vagan mihnah vagn mihaa
ginadhuvahah lasvanee
fantasy mihaaru kiaunu than hadhaan vas nathijja esfiya ah dhavy tharuheebu kudavajja vfoohi
Fantasy kurin narunu part veegoi hadhaanvas nah vfoohi esfiya ga haadha roohah nathydhoa vrahkada anma kadaiee mihaaru esfiya.
Haadha habareh nuveyey dhw! Mihaaru kn dhuvaheh…
Fantasy kuraa masahkai thidhuhvaalanee fanu fulun vaahakyga reethi kan gahlanee aalahun 1 part gahigan anahpart veegoi hadhaan nuhurey reethi kangahlofa hun nanee meehunga nn thah vas hadhaan nuhureyyyyyy
Eyyyyy kobaaatha
Fantasy haadha dhuvahaah vajjy kihinakun thi hadhanee. hadhaan vas nathijj adhi vas varah dhuvas vaanatha up kuran v kiaa hivvahja umeedhu kuran boogal bayaaaku v avhah up koddyne kamah shukurriyy????????
Fantasy kobaatha story?
Hi..Fantasy Thanks for ur Ideas..Keep up it with…….
Kobaa tha fantasyyyy
Alhe dhen plxx..kurin ves kommes vaahakaeh vaki hisaabakun nimmaly..no aslu eves nunimma ehen story eh liuan feshy not fair
Mi vaaahakaiga ulhey emmmen maràalafa namawes mi waahaka nimàladinun eden….nugenes dinumah wure ehen hedeema wes aharun ah maa rangalhu..isthuufaas fantasy….
fantasy Kobaa vaahaka….. avahah genesdheebala…. mihaaru kihaa dhuvahehvejje… plx plx plx avas fantasy
Fantasy haadhadhuvahakey pis pis pis anakkaa mivaahaka hageegai han mihisaabun huttaaleetha varah dhara dhoa konma fashumah
reethi gothuga ninmun v varah
muhinmu heekuran visnaana kamah kihiney vagantha mihan mivanee mee majalahtha 1masvaairu bixy hurihaa dhuvahaku nuvaana ahan noonas kiun tharin nah habarah vun muhinmu dhw
Fantasy dhan mihaaru haadha dhuvahah vajjy plx plx plx vvv
avhah up kohdheebila plx
plx plx dhan inthizaaru kohkoh mihaaru kolhun lajjy dhan avas avas a v a sssssssssssssss.
plx
Fantasy………. when u r uploadin the next part… haadha dhigu inthizarekey thikuruvaneeeeeeee
Kba insaaf eh nulibuneh nu…
Fantasy plx plx plx plx up kohdhee ???
Haadha lahey up kuraalhe
Fantasy dhuniyeyga ebaulhentha?
ALHE MI VAHAKA HUTALEETHA !!!!!!!!!!!
ކޮބާ ހާދަ ގިނަދުވަހެކޭ….
Nice story eh ekamaku mi vaahaka eh kon nimmaalaafa mi vaahaka eh kon laidehchey please