ހަތަރު ބުރިއަށް ނަގާފައިވާ ބޮޑުގޭގެ ޓެރެހުގައި ތިބި ދެބޭން ހީވަނީ އެކެއް އަނެކަކުގެ ފޮޓޯއެއް ހެންނެވެ. އެހާވެސް ވައްތަރެވެ. ވައްތަރު ނުވާންވީ ކީއްވެ ހެއްޔެވެ؟ އެއްމާބަނޑު ދެކުދިން ވިއްޔާއެވެ. އުމުރުން ބާވީސް އަހަރު ވީއިރު ދެކުދީންވެސް ކިޔަވަމުން ދިޔައީ އެމެރިކާއިންނެވެ. މަންމައަކީ އެމެރިކާގެ މީހަކަށްވުމުން އެންމެ ކުޑައިރުއްސުރެވެސް އެކުދިން އުޅެމުންއައީ އެތާނގައެވެ. ރާއްޖެ އަންނަނީ އަހަރަކު އެންމެ ފަހަރަކުއެވެ. އެވެސް ބައްޕަގެ މަންމަ ކައިރިއަށެވެ. އައިޑެންޓިކަލް ޓްވިންސްއެއް ކަމުން ގިނަ ފަހަރަށް މަންމައަށްވެސް އޮންނަނީ ދެބެން އޮޅިފައެވެ. […]