Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ސައްބީސްވަނަ ބައި)

Mysterious Angel
June 27, 2016
5 Mins Read
42 Views
20 Comments

” ވެގޮސްފައިވާ ތަނެއް އަހަރުމެންނަކަށް އަލަކުން ނުހޯދޭނެ.. ކިތަންމެ ބޭނުންވިޔަސް ވެނިމިފައިވާ ކަންތައްތަކެއް ބަދަލެއްވެސް ނުކުރެވޭނެ.. އަހަރުމެން ޖެހޭނެ ޙަޤީޤަތާ ކުރިމަތިލާން..” ބޭރަށް ނިކުންނަމުންވެސް މިއުވާން ހިތްވަރުދިނެވެ.

“ތޭންކްސް.. އޮފީހަށް މިދަނީ..” އައިނު އަޅާލަމުން ބުނީމެވެ.

“އުހުނ.. ހިނގާ އެއްޗެއް ކާލަން ދަމާ..” މިވީ ދެދުވަސްތެރޭގައި ކެއިންބުއިމަކީ އަހަރެން ހަނދާންނެތިފައިވާ ކަމެކެވެ. ބަނޑުހައިކަމުގެ އަސަރެއް ނުކުރެއެވެ. ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން އެހެން ކަމެއްގެ އިޙްސާސްވެސް ނުކުރެވެނީއެވެ. މިއުވާން ހުއްޓާނުލާ ކިޔަންފެށުމުން ކާން ދާން އަހަރެން އެއްބަސްވީމެވެ.

ސައިކަލުން ފައިބަމުން މަގަށް ނަޒަރެއް ދެވުނީ އެއްވެސް އިޙްތިޔާރަކާއިނުލައެވެ. އެވަގުތު މަގު ހުރަސްކުރަން އައި ޒައިކްފެނި ހައިރާންވިއެވެ. އޭނަގެ ބޯވަނީ ހޭވިފައެވެ. ލައިގެންހުރި ގަމީސް ހީވަނީ ރޫގުޅައެއްހެންނެވެ. ފަޔަކު ބޫޓެއް ފައިވާނެއްނެތި ހުސްފަޔާ އާވާރާއެއްހެން ހިނގަމުންދަނީއެވެ. މަގުގައި ބާރަށް ދުއްވާފައިދާ އުޅަނދުފަހަރަކަށް އޭނަގެ އެއްވެސް ސަމާލުކަމެއްނެތެވެ. ވަރަށް ބާރަށް ދުއްވާފައިދިޔަ ކާރެއް އޭނަގެ ގައިގާ ނުޖެހުނީ ކިރިޔާއެވެ. ހުރެވުނުތަންވެސް ނޭނގުނެވެ. ދުވެފައިގޮސް އޭނަގެ އަތުގައިހިފައިގެން މަގުގެ އެއްފަރާތަށް ގެނައީމެވެ. އޭނަގެ ދެލޮލުގައި ކަރުނަތައް ބޮޑިޖެހިފައިވެއެވެ. އެދެލޯވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ.

“ޒައިކް ދެންމެ ކާރުގަ ޖެހުނުނަމައޯ..” އޭނަގެ ދެކޮޑުގައި ހިފައިތަޅުވައިގަންނަމުން ބުނީމެވެ. މިއުވާންވެސް އޭރު އަހަރުމެންނާ އަރާހަމަކުރަނީއެވެ.

“ހިނގާ އެތެރެއަށް..” މިއުވާން އޭނަގެ ކޮޑަށް އަތްވައްޓާލިއެވެ. ރެސްޓޯރެންޓުގެ މަތީބަޔަށް އެރިއިރު ނަސީބަކުން އިތުރު މީހަކު ނެތެވެ.

“ޒައިކް މިހިސާބުގަ ކީއްތިކުރަނީ؟ ކޮބާ ސައިކަލު؟” އަހަރެން އަހާލީމެވެ. ނަމަވެސް އޭނަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެންއިންއިރު އެދެލޮލުން ކަރުނަތައް އޮހެމުންދިޔައެވެ. އަހަރެންގެ ހިތް އޭނައަށްޓަކައި ހަމްދަރުދީއިންފުރުނެވެ.

ޝާޔަންއާއި އޭނަގެ ކައިވެއްޏަށް އަދި އަހަރުވެސް ނުވެއެވެ. ދެމީހުން ދިރިއުޅުމަށްޓަކައި ހާދަފޮނި އުންމީދުތަކެއްކޮށް ހާދަ ކުލަރީތި ހުވަފެންތަކެއް ދެކިފައިވާނެއެވެ. ނަމަވެސް އެހުވަފެންތަކާއި އުންމީދުތައް ފުޑުފުޑުވެގެން އެދިޔައީ އަލަތު ކައިވެނީގެ އެންމެ އުފާވެރި ދުވަސްވަރުއެވެ.

“ޒައިކް ހިތްވަރުކުރޭ.. ދެން ރޮއެ ހިތާމަކުރިޔަސް ވާނެކަމެއް ނެތް.. އަހަރުމެންނަށް ހެޔޮ ދުޢާކުރެވޭނީ.. ކެތްތެރިވާންޖެހޭނެ..” ފެންތައްޓެއް ދެމުން މިއުވާން އޭނައަށް ވިސްނައިދެވޭތޯ ބެލިއެވެ.

“ޝާން އެދިޔައީ.. އަހަރެން ބޭނުމެއްނޫން ދުނިޔޭގައި ހުންނާކަށް.. ކާކަށްޓަކައި ހުންނަންވީ؟ އަހަރެންވެސް އޭނައާއިއެކީ ގެންދިޔަނަމަ…” ދެއަތުން އޭނަ މޫނު ފޮރުވާލިއެވެ. ދެއަތުގެ އިނގިލިތައް ފޫދުއްވާލުމަށްފަހު ކަރުނަތައް ފައިބައިގަތެވެ.

“މިވަގުތު ޒައިކްވާނެ ހިތްވަރުކޮށްފަ ޝާޔަންގެ މައިންބަފައިންނަށް ހިތްވަރުދޭން.. ޝާޔަން ނެތުމުގެ ފަޅުކަން ފޫބައްދަން މިއަދު ޖެހޭނީ ޒައިކްއަށް.. ޝާޔަންއަށްޓަކައިވެސް ޒައިކްޖެހޭނެ ކެތްތެރިވާން.. ހަމަޤައިމުވެސް އޭނަ ބޭނުމެއްނުވާނެ ޒައިކް ތިގޮތަށް ހިތާމަކުރާކަށް..” އަހަރެންވެސް އޭނައަށް ހިތްވަރުދެވޭތޯ މަސައްކަތްކުރީމެވެ. ފަހަރެއްގައި އޭނަގެ ޙާލު އަހަރެންނަށް އިޙްސާސްނުވިޔަސް އެހިތާމައަކީ އަހަރެންނަށްވެސް ކުރަމުންދާ ހިތާމައެކެވެ. އެތައް ވާހަކައެއް ދައްކައިގެން އޭނަ ހަމައަކަށް އެޅުވުނެވެ.

ޒައިކް ގޮވައިގެން ޝާޔަންމެންގެ ގެއަށް ދިޔައީ އޭނަ އަމިއްލަ ނަފުސަށް އަނިޔާވެދާނެ ފަދަ ކަމެއް ކޮށްފާނެތީއެވެ. ޝާޔަންއަށްޓަކައިވެސް އޭނައަށް ގެއްލުމެއް ލިބޭކަށް ހިތެއް ނޭދުނެވެ. ޝާޔަން އޭނަދެކެވާ ލޯބި އަހަރެންނަށް އިނގެއެވެ.

“އަހަރެން ބޭނުމީ އެކަނިވެލަން..” އޭނަ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އަހަރެން ބޯ ޖަހާލަމުން ހިގައިގަތީމެވެ. ޝާޔަލް ކޮބައިތޯ ބަލާލަން އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީމެވެ. އޭރު ޝާޔަލް ކޮޓަރިން ނިކުންނަނީއެވެ. އޭނަހުރީ އަހަރެންނަށް ފުރަގަސްދީގެންނެވެ.

“އަހަންނަކަށް ނޭނގެ ވާގޮތެއް ޔާލް ފެންނަ ކޮންމެ ފަހަރަކު ޝާންގެ މަތިން ހަނދާންވަނީ.. ހީވަނީ ޝާން އެނބުރި އައީހެން.. އަހަރުމެންގެ ދަރިފުޅު ޝާހިދު.. ޔާލް މިތާގައި ހުރި ހާ ދުވަހަކު ޝާންގެ ހަނދާންތައް އާވާނެ.. އޭނަ ކައިރީގައި ބުނޭ އަހަރުމެންނާ ދުރަށް ދާށޭ.. ވަރަށް ދުރަށް..” އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޝާޔަލްގެ މަންމަގެ އަޑުއިވުނެވެ. ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައިހުރުމުން އެމީހުން ދައްކަމުންދިޔަ ވާހަކަ ސާފުކޮށް އަޑުއިވެމުންދިޔައެވެ. ކޮޓަރިން ނިކުމެ ޝާޔަލް މަޑުކުރީ އެމީހުންގެ ވާހަކަތައް އަޑުއެހުމަށް ކަންނޭނގެއެވެ.

ޝާޔަލް ދާން އެނބުރިލިއިރަށް ޖެހުނީ އަހަރެންގެ މޭގައެވެ. އޭނަގެ ކަރުނުން ފުރިފައިވި ދެލޮލަށް އަހަރެން ބަލާލީމެވެ. ދެފަރާތަށް ބޯހޫރާލަމުން އޭނަ ދުވެފައި ބޭރަށް ނިކުމެއްޖެއެވެ. އަހަރެން އޭނަގެ ފަހަތުން ދެވުނުއިރަށް ލިފްޓްގެ ދޮރު ލެއްޕެނީއެވެ. އަހަރެން ސިޑިން މައްޗަށް އެރީމެވެ. ކޮންމެ ފުލޯއަކަށް ވަކިވަކިން އަރާ ޝާޔަލް ހުރިތޯ ބެލީމެވެ. ޝާޔަލް ހުރީ ދިހަބުރީގެ އިމާރާތުގެ އެންމެ މަތީ ފުލޯގެ ޓެރަސްގައެވެ. އޭނަ މަޑުމަޑުން ކުރިއަށް ދާންފެށިއެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ޝާޔަންގެ ކުއްލިވަކިވުމުންނާއި މަންމަގެ އެބަސްތަކުން އޭނައަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ.

“ޝާޔަލް..” އޭނަ ފުރަގަސްދީގެން ހުރި ގޮތުން އަހަރެންގެ ހިތަށް ބިރުވެރިކަންވަނެވެ. އޭނަގެ އަތުގައި ހިފައިގެނެސް މޭގައި ޖައްސާލެވުނެވެ. އަހަރެން ޝާޔަންއަށް ވައުދުވީ އޭނަގެ ހުރި ހަމައެކަނި ކޮއްކޮއަށް އެއްވެސް ގެއްލުމެއްނުދީ ބެލެހެއްޓުމަށެވެ.

“އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމަކަށް އޮތް ޙައްލެއްނޫން.. އެއީ ބޮޑުވެގެންވާ ފާފައެއް.. ޝާޔަލްއަށްވެސް އެވަރު ވިސްނޭނެ މިހާރު..” އޭނަގެ ފަން އިސްތަށިގަނޑުގައި ފިރުމާލަމުން ބުނީމެވެ.

“އަހަރެން ބޭނުމެއްނޫން މިތާ ހުންނާނަކަށް..” ރުއިމުގެ ތެރެއިން އޭނަ ބުނެލިއެވެ. އަހަރެން އޭނަގެ މޫނުގައި ދެއަތުންހިފާ އެމޫނަށް ބަލާލީމެވެ.

“އަހަރެންވެސް ހަމަ މިގޮތަށް އަމިއްލައަށް މަރުވާން އުޅުނިން ޝާޔަލް.. އެކަމަކު އަހަރެންނަށް ވިސްނުނީ އަމިއްލައަށް މަރުވެގެން އެއްވެސް ކަމެއް ރަނގަޅުވާން ނެތްކަން.. އަހަރެންގެ މަންމައަށާއި ކޮއްކޮމެންނަށް އަހަރެން ބޭނުންވާކަން އެދުވަހު ވިސްނުނު.. އެއީ އަހަރެންގެ ދިރިހުރުމުގެ މަޤްސަދު ކަމުގަ ހެދިން.. ޝާޔަލްއަށް ނޭނގުނަސް އަހަރެންގެ ދިރިއުޅުންވެސް އުފާވެރިއެއްނޫން.. ޝާޔަލްއަށް އިޙްސާސްވެސް ނުވާނެ އަހަރުމެން އުޅުނު ޙާލެއް…” އޭނަގެ ދެލޮލަށް ބަލާލަމުން އަހަރެން ވާހަކަ ދެއްކީމެވެ. ކުޑައިރުގެ ހަނދާންތައް އާވާއިރަށް މިހާރުވެސް ހިތުގައި ރިހުމެއްވެއެވެ. ދުވަހަކުވެސް އެހަނދާންތައް ފިލާނެކަމެއް ނޭނގެއެވެ.

” ޝިމާލްމެން ކިތަންމެ ޙާލެއްގަ އުޅުނަސް ޝިމާލްދެކެ ލޯބިވާނެ އާއިލާއެއް އެބަތިބި.. ނުލާހިކު ލޯބިވާ މަންމައަކާއި ދޮންބެއާއި ދެކޮއްކޮވެސް އެބަތިބި.. އެމީހުން އެތިބީ ޝިމާލްއަށްޓަކައި ޤުރުބާންވާން.. އެކަމަކު އަހަންނަށްޓަކާ ކާކު ހުރީ؟ އަހަރެންދެކެ ލޯބިވާނެ މީހަކު އެބަހުރިތަ؟ އަހަރެން އުޅުނު ޙާލު އެނގޭތަ؟ މައިންބަފައިން ތިއްބަސް އެމީހުން ބޭނުމެއްނުވޭ އަހަރެންގެ ސޫރަވެސް ދެކޭކަށް.. އެމީހުންގެ ދަރިއެއްނޫންތަ އަހަރެންމީ؟ އެމީހުންގެ ލެޔެއްނޫންތަ އަހަރެންގެ ހަށިގަނޑުގަ ހިނގަނީކީ؟” އަހަރެންގެ އަތް ފޮޅުވާލަމުން އޭނަ ދުރަށް އެނބުރުނެވެ.

“ޝާޔަލް އެއީ މައިންބަފައިން..” އަތުގެ އިޝާރާތުން ހުއްޓާލުމަށް އޭނަ އެދުނެވެ. އަހަރެންނާއި ދިމާލަށް އެނބުރި އޭނަ ދެލޯ ފޮހެލިއެވެ. ނަމަވެސް ކަރުނަތަކަކަށް ހުއްޓުމެއްނާދެއެވެ.

“މައިންބަފައިންގެ ޙައްޤުގެ ވާހަކަ ނުދައްކާ ޝިމާލް.. ދަރިންގެ ޙައްޤެއް ނޯވޭތަ؟ މައިންބަފައިންގެ ވާޖިބުތަކެއް ނެތްތަ ދަރިންގެ މައްޗަކަށް؟ އަހަރެންވެސް މީ އިންސާނެކޭ.. އެމީހުންނަށް ކީއްވެތަ ނުވިސްނެނީ.. އަހަރެންވެސް ދެރަވޭ، އަސަރުކުރޭ.. އެކަމަކު ކާކު އެކަމާ ދޭތެރޭ ވިސްނާލީ.. އެންމެ ފަހަރަކުވެސް އެމީހުން ވިސްނިތަ ޝާޔަލް އެއުޅެނީ އެކަންޏޭ.. އޭނައަށްވެސް މަންމައާއި ބައްޕަ ބޭނުމެއްވާނޭ..  އުމުރުން މިހާތަނަށްވެސް ދުވަހަކުވެސް އެމީހުން އަހަންނަށް ދަރިފުޅާއޭ ކިޔާފައެއް ގޮވައެއްނުލާ.. ޝަކުވާއެއް ނުކުރަން ކެތްކޮށްލައިގެން ހުރީ ކޮންމެވެސް ދުވަހަކުން އެމީހުންނަށް ވިސްނޭނެކަމަށް ހީކޮށް.. އަނިޔާނުކުރިޔަސް ތަޅާ ނެހެދިޔަސް އަހަރެންގެ ހިތުގަވެސް ހާދަ ޒަޚަމެއްވޭ…ހާދަ އަނިޔާއެކޭ އެމީހުން ދިނީ..” އެއްވެސް އިޙްތިޔާރަކާއިނުލާ އޭނަގެނެސް މޭގާ ބޮޑިކޮށްލެވުނެވެ. އޭރު އަހަރެންގެ ދެލޮލުންވެސް ކަރުނަތައް އޮހެމުންދިޔައެވެ. އޭނަ ހިތުގައިޖެހިފައިވަނީ ހާދަ ބޮޑަށެވެ. އަހަރެންނެކޭ އެއްފަދައިން އޭނަގެ ހިތުގައިވެސް އެވަނީ ޅައުމުރުން ފެށިގެން ފުން ޒަޚަމުތަކެއް ލެވިފައެވެ.

” އަހަރެން ބޭނުމީ އެމީހުންނާ ދުރަށް ދާން.. ދުވަހަކުވެސް އެމީހުންގެ ހިޔަނިވެސް ނޭޅޭނެހާ ދުރަށް.. ޕްލީޒް ޝިމާލް..” އޭނަ ބުނަމުންދިޔައެވެ. އަދިވެސް ބޮޑަށް އޭނަ ގަޔާލާ ބޮޑިކޮށްލެވުނެވެ. ހަމައެކަނި ދުލުން ބުނެލާ ބަހަކުން ހިތަށް ލިބިފައިވާ ޒަޚަމުތަކެއް ފަސޭހައެއްނުވާނެއެވެ. ޝާޔަލްއަށް ބޭނުންވަނީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމެވެ.

ފޯން ރިންގުވާން ފެށުމުން އަހަރެން އެއްފަރާތަކަށް ޖެހިލާ ފޯން ނެގީމެވެ. މާނިއު އެދުނީ ވީހާވެސް އަވަހަކަށް އޮފީހަށް އައުމަށެވެ. އަހަރެން އަވަހަށް ދާނަމޭ ބުނެފައި ފޯން ބޭއްވީމެވެ.

” ޝާޔަލް އަހަރެން ދަނީ.. އެކަމަކު ޕްރޮމިސްމީ ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނެކަމަށް.. އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވާނަމަ..” އޭނަގެ މޫނުގައި ހިފަހައްޓާލަމުން ބުނީމެވެ. އޭނަ ކަރުނައިގެ ތެރެއިން ބޯޖަހާލަމުން އަހަރެންގެ މޭގާ ބޯޖައްސާލިއެވެ. އޭނަގެ ދެއަތް އަހަރެންގެ އުނަގަނޑުގައި ވަށާލިއެވެ. އޭނަގެ ބޮލުގައި މަޑުމަޑުން ބޮސްދެވުނެވެ. އޭނަ އަތް ނައްޓުވާލުމަށްފަހު އަހަރެން ހިގައިގަތީމެވެ. އެއަންހެންކުއްޖާ އެކަނި ދޫކޮށްލާފައި ދާކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވިއެވެ. ނަމަވެސް އަހަރެންނަށް މިވަގުތު މަޖުބޫރެވެ.

 

“ސަރގެ ޔުނީފޯރމު..” އެތެރެއަށް ވަންނައިރަށް އީވާ ބުނެފިއެވެ. އަހަރެން ހައިރާންކަމާއެކު ޔުނީފޯރމަށް ބަލާލީމެވެ. ޝާޔަލްގެ ކަރުނައިގެ ސަބަބުން ޔުނީފޯރމުވަނީ ހިސާބަކަށް ތެމިފައެވެ. އަހަރެން ކަމެއްނުވެއޭ ބުނުމުން އޭނަ ލާނެތްފާޑަކަށް ހިނިތުންވެލިއެވެ.

“ޝާޔަންގެ އެޕާރޓުމެންޓުން ފެނުނެއްނު ކެމެރާތަކެއް.. ކެމެރާތަކާއިބެހޭ މުޙިއްމު ކަންތައްތަކެއް އެނގިއްޖެ..” މާނިއު ކިޔާދިނެވެ. އަހަރެން އޭނަ ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަން ދިނީމެވެ. ނަމަވެސް ސިކުނޑީގެ އެއްކަނެއްގައި ޝާޔަލްގެ ބަސްތައް ރަނގަބީލެއްހެން އިވެމުންދިޔައެވެ.

އޭނަގެ މޫނުމަތިން އަހަރެންނަށް ފެންނަނީ މަޢުސޫމުކަމެވެ. ކޮންމެވެސް ގޮތަކުން ޝާޔަންގެ ސިފަތައް އޭނަގެ ކިބައިން ފެންނަހެން ހީވެއެވެ. ވިސްނަމުންގޮސް ސިކުނޑިއަށް އުދަނގޫވާވަރު ވާންފެށިއެވެ. އިށީނދެގެން އިން ގޮނޑިން ތެދުވެވުނީ ކުރާނެ ކަމެއް ވާނެ ގޮތެއް ނޭނގޭތީއެވެ. އެންމެންގެ ނަޒަރު އަހަރެންނަށް ހުއްޓުމުން ލަދުގަންނަގޮތްވިއެވެ. އަވަހަށް ނުވާކަމަކަށް ހަދާލަމުން އަނެއްކާވެސް އިށީނީމެވެ.

“މުޙިއްމު މައުލޫމާތުތަކެއް ލިބިއްޖެ… އެކަމަކު އަދިވެސް އަހަރުމެން ބޭނުންވާ ހިސާބަކަށް ނުދެވޭ..” ސަރ ބުނެލިއެވެ. ހަމަޤައިމުވެސް މިކަން ހިނގިގޮތް އެނގޭ، ފެނިފަވާނެ ބަޔަކު ތިބޭނެއެވެ. ނަމަވެސް ޙަޤީޤަތާއި ކުރިމަތިލާން ނުކެރިފައި ނޫނީ ނުރައްކަލެއްގެ ތެރެއަށްވަދެވިދާނެ ކަމުގެ ބިރަށްޓަކައި ފޮރުވައިގެން ތިބެދާނެއެވެ.

ކުއްލިއަކަށް ސިކުނޑިއަށް ވެރިވެގަތީ ކުރީ ދުވަހު ޝާޔަންމެންގެ އެޕާރޓްމެންޓުގެ ކުރިމަތީހުރި އިމާރާތުން ފެނުނު ދެކުދިން މަތިންނެވެ. އެމީހުންނަށް ޝާޔަންގެ ކޭސްއާއި ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް އެނގޭކަމަށް ހިތްބުނަމުންދިޔައެވެ. މާނިއު ކައިރީ ބުނެގެން އެދެކުދިން ގެނައުމަށް އަހަރެން އެދުނީމެވެ. ނަމަވެސް ޙިޔާލު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. ފަހަރުގައި ރަސްމީކޮށް ބައްދަލުކޮށްގެން ކަމެއް ނޭނގުމަކީވެސް އެކަށީގެންވާކަމެކެވެ.

“ސަރ ހެނދުނު ނުވައެއް ޖަހާއިރު ކެންޓީނުން..” ބައްދަލުކުރަން އެއަށްވުރެ ރަނގަޅު ތަނެއް ނޯންނާނެކަންނޭނގެއެވެ. އަހަރެން އިންތިޒާރު ކުރަމުންދިޔައީ ހެނދުންވާނެއިރަކަށެވެ.

 

ހެނދުނު ނުވައެއް ޖަހަންވީއިރަށް އަހަރެން ހުރީ  ކޮލެޖުގެ ކެންޓީނުގައެވެ. ދުރުގައި މާނިއު މަޑުކޮށްގެން ހުއްޓެވެ. އާދައިގެ އަތްދިގު ގަމީހަކާއި ޖީންސެއްލައިގެން ހުރީ މީހުންގެ ލޯތަކަށް އޮޅުވާލުމަށްޓަކައެވެ. ނުވައެއްޖަހާ ފަނަރަވީއިރުވެސް އެބުނާ ކުއްޖަކު ނައެވެ. މިލިބުނީ އަނެއްކާ ރަނގަޅު މަޢުލޫމާތެއް ހެއްޔެވެ؟

“ސަރ ނައު..” ފޯނަށް އައި މެސެޖު ކިޔާލުމާއެކީ އަހަރެން އަވަސް ނަޒަރެއްދިނީ ދުރުގައި ހުރި މާނިއުއަށެވެ. އޭނަ ލޮލުގެ އިޝާރާތުން ވަދެގެން އައި ދެފިރެހެންކުދިން ދައްކާލިއެވެ. އެދެކުދިން ވާހަކައިގައި ތިބެ މޭޒެއްގައި ޖައްސާލިއެވެ. އަހަރެން އިށީނީ އެމީހުން ދައްކަމުންދިޔަ ވާހަކަ އަޑު އިވޭނެހާ ކައިރީގައެވެ.

” އާން އެއީ ހަމަ އޭނަ.. ނިޔާވެއްޖެ ހުކުރު ދުވަހު..” ގަދަ ނޫކުލައިގެ އަތްދިގު ގަމީހެއްލައިގެން އިން ކުއްޖާބުނެލިއެވެ. އޭނަގެ މޫނުމަތިން ފެންނަމުންދަނީ ނުތަނަވަސްކަމެވެ. ނާއިދަކީ އެއީ ކަންނޭނގެއެވެ.

“ޕުއަރ ގާރލް… ނާދު އުޅުނީ އަދި މިކަމުގެ ތެރެއަށް ވަންނަން.. ނަސީބެއްނު މަށަށް ހުއްޓުވުނުކަން..” ދެން އިން ކުއްޖާ ބުނެލިއެވެ. ހީވި ހީވުން ޔަޤީންވިއެވެ. އެމީހުން ދައްކަމުން އެދަނީ ޝާޔަންގެ ވާހަކައެވެ.

“މޭ އައި؟” ހުއްދައަށް އެދެމުން އަހަރެން އެމީހުން ތިބި މޭޒުދޮށުގައި އިށީނީމެވެ. އަހަރެންގެ މޫނުފެނުމާއެކު އެމީހުންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

“ޕޮލިސް..” އެއްކުއްޖަކު މަޑުމަޑުން ބުނެލިއެވެ. އަހަރެން ހަމައެކަނި ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލީމެވެ.

” އަހަރެންނަށް ހީވީ ރަނގަޅަށް.. ޝާޔަންގެ ކޭސްއާއިބެހޭ ގޮތުން ތިމީހުންނަށް އިނގޭ.. ނޫނެކޭ ނުބުނާތި.. ރީތިކޮށް ކިޔާނުދީފިއްޔާ ބުނުވޭނެ ގޮތްތައްވެސް އަހަރުމެން އެނގޭ.. ތީ އަދި ކިޔަވާކުދިން ޕޮލިސް ކޭސްއެއްގަ ބެދިއްޖިއްޔާ މުޅި ކެރިއަރ ބަރުބާދުވީ..” އެމީހުންނަށް ވިސްނޭނީ ކޮން ގޮތަކަށް ވާހަކަ ދެއްކީމަކަން އަހަރެންނަށް އެނގެއެވެ.

“އަޅުގަނޑުމެންނަށް އިނގޭ އެއްޗެއް ކިޔާދޭނަން..” ނާއިދު އަވަސް އަވަހަށް ބުނެލިއެވެ.

“ގުޑް..” ހިތަށް ބުނެދޭން ނޭގޭހާ ހިތްހަމަޖެހުން ލިބުނެވެ. ނާއިދު ވާހަކަ ދައްކަންފެށިއެވެ. ޝާޔަންއަކީ އެމީހުންގެ އަވަށްޓެރިއެއްކަމާއި އެންމެންނާއި ގުޅޭ ކުއްޖެއް ކަމަށް ބުނުމުން ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ނާއިދުގެ ވާހަކައިން އަހަރެންނަށް ލިބުނު ހައިރާންކަންވީ އިތުރެވެ.

“ތިބުނާ ވީޑިއޯއެއް އަހަރެން ބޭނުން؟” އެ ވީޑިއޯއިން ކޭސްއަށް އިތުރު ކުރިއެރުމެއް ލިބިދާނެއެވެ. ރިޔާޒު އޭނަގެ ފޯންނަގާ ވީޑިއޯ ދައްކާލިއެވެ. އެއީ ނާއިދުމެން ދިރިއުޅެމުންދާ އެޕާރޓްމެންޓުގެ ބެލްކަނީގައި ނަގާފައިވާ ވީޑިއޯއެކެވެ. ވީޑިއޯއިން ޝާޔަންމެންގެ ބެލްކަނި ވަރަށް ސާފުކޮށްފެނެއެވެ. އަހަރެންގެ ނަޒަރު ހުއްޓާލީ ސީދާ އެދިމާލަށެވެ.

ކުއްލިއަކަށް ޝާޔަން އައިސް ބެލްކަންޏަށް ވެއްޓެވެ. ނޫނެކެވެ. ކޮންމެވެސް މީހަކު ކޮށްޕާލުމުން ނޫނީ އެގޮތަކަށް ނުވެއްޓޭނެއެވެ. އެމީހަކު ހުރީ ކަޅުކުލައިގެ ކޯޓެއްލައިގެންނެވެ. ޝާޔަން ރޮމުން އަނިޔާނުކުރުމަށް އެދެމުންދާކަން އެނގެނީ އޭނަގެ އަތުގެ ހަރަކާތުންނެވެ. ބެލްކަނީގައި މާގަސް އިންދާފައިވާ ޕޮޓެއް އެއްލާލީ ޝާޔަންގެ ބޮލާއި އަމާޒުކޮށްފައެވެ. ވީޑިއޯ އެހިސާބުން ހުއްޓާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

(ނުނިމޭ)

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mysterious Angel

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 60

Next

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ 7

Next
June 27, 2016

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ 7

Previews
June 27, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 60

20 Comments

  1. Mysterious Angel says:
    June 27, 2016 at 1:16 am

    Am really so sorry for the delay.. But believe me. I’m busy with my studies.. Hope you guys understand.. 🙂

  2. thoo says:
    June 27, 2016 at 1:24 am

    Nice

    1. Mysterious Angel says:
      June 27, 2016 at 12:04 pm

      Thanks thoo

  3. Aishu says:
    June 27, 2016 at 3:44 am

    Zaik did all these thngs nah??? I doubt for zaik….. Nice varah story…. Whn next part??? Avas kohlahcey ingey…..

    1. Mysterious Angel says:
      June 27, 2016 at 9:40 pm

      Thanks Aishu.. let’s see dw kaakukan villan aky..

  4. Rafa says:
    June 27, 2016 at 4:08 am

    Wow… V curious.. Whose that ????

    1. Mysterious Angel says:
      June 27, 2016 at 12:05 pm

      Thanks Rafa

  5. Faanthu says:
    June 27, 2016 at 4:21 am

    Plxx avahah anehbai thankolheh dhigukoh up kohdheeeba plx plx plx plx

    1. Mysterious Angel says:
      June 27, 2016 at 12:07 pm

      Next part 30th June or 1st July ga In Shaa Allah..

  6. yanaa says:
    June 27, 2016 at 9:15 am

    V nice?

    1. Mysterious Angel says:
      June 27, 2016 at 9:40 pm

      Thanks yanaa

  7. aff says:
    June 27, 2016 at 11:01 am

    reethi.. aneh bai avaha upkoladhehche.. ☺

    1. Mysterious Angel says:
      June 27, 2016 at 12:08 pm

      Thanks aff.. In Shaa Allah..

  8. Abhy says:
    June 27, 2016 at 11:32 am

    Varah reethi mi bai ves…

    1. Mysterious Angel says:
      June 27, 2016 at 12:08 pm

      Thanks Abhy

  9. Nern.. says:
    June 27, 2016 at 2:36 pm

    wow.. awesome.. fantastic.. bravo..

    1. Mysterious Angel says:
      June 27, 2016 at 9:41 pm

      Thanks Nern

  10. RY says:
    June 27, 2016 at 2:58 pm

    Wow mi part vx hama vrh salhi.. Waiting for nxt part

    1. Mysterious Angel says:
      June 27, 2016 at 9:41 pm

      Thanks RY

  11. aff says:
    July 2, 2016 at 7:32 pm

    alhey girl mi story upkohdheebah..plxxx

Comments are closed.

All Right Reserved!