
ދޭނަން ހިތާ ޖާނާ (9)
ހިނދުކޮޅަކަށް ލޫތްގެ އެބާރުގަދަ އަތުގެ ތެރެއަށް ވިރިގެން ދިޔަ ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ލޫތްގެ މޭގައި އަޅައި ދުރަށް ކޮށްޕާލިއެވެ. ދެން ވެގެން ދިޔައީ ލޫތް ފަހަރެއްގައި ވެސް ހީނުކުރާ ކަމެކެވެ. އައިފާ އަތް ދަމަފައި ލޫތްގެ ކޯމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ.
ނަގައިގެން ދިޔަ ދިލައިން ލޫތްގެ ބޮލަށްވެސް ގޮތެއް ވިއެވެ. ކޮލުގައި ބޭއިޚްތިޔާރުގައި އަތް ލެވުނުއިރު ލޫތް ހުރީ ޖެހި ބުދެއްހެން ހިރިލަން ނޭނގިފައެވެ. އޭރު ކުރިމަތީގައި ހުރި އައިފާގެ މޫނުމަތިން އިންތިހާ ރުޅިވެރިން ފާޅުވީއިރު އިތުރަށް އެންމެ ބަހެއް ވެސް ނުބުނެ ދަބަސް ހިފައިގެ ނިކުމެ ދޮރުޖެހި އަޑު މުޅި ފާޚާނާގައި ގުގުމައިގެން ދިޔައެވެ. އޭރުވެސް ކޮލުގައި އަތްލައިގެން ހުރި ލޫތް ހުރީ މަދު ސިކުންތު ކޮޅެއް ތެރޭގައި ވެދިޔަ ކަންތަން ދެނިގަންނަން އުނދަގޫވެފައެވެ.
ފާޚާނާއިން ނިކުމެގެން ދިޔަ އައިފާ އެދިޔަ ބާރުމިނުގައި ގޮސް ޖެހުނީ ޒޭންގެ ގައިގައެވެ. އޭނާގެ އަތުގައި އޮތް ދަބަސް ބިއްމައްޗަށް ވެއްޓުމުން ޒޭން ތިރިވެ އެ ނަގައިދިނެވެ. “ސޮރީ..” ދަބަސް ދެމުން ޒޭން ބުނެލިއެވެ. އޭރު އައިފާ އޭނާގެ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް ފޮރުވަން މަސައްކަތް ކުރިއެވެ.
“ނޯ.. އިޓްސް އޯކޭ..” އައިފާ މިހެން ބުނެފައި ދާން އުޅުމުން ޒޭން އޭނާގެ ކުރި ބެއްދިއެވެ. “ހާއި.. އައި އެމް ޒޭން.” ޒޭން އަތް ދިއްކޮށްލަމުން ތަޢާރަފް ވެލިއެވެ. ނަމަވެސް އައިފާ ހުރީ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އައިފާ ކުޑަކޮން ހޫމް އަޅުވާލުމަށްފަހު އެތަނުން ދިޔައެވެ. އޭރު ޒޭން ހީކުރީ އައިފާ ރަކިވެގެން ދިޔައީ ކަމަށެވެ. “ވާއޮ.” މޭގައި އަތް އަޅާލަމުން އައިފާ ދާތަން ބަލަން ހުރި ޒޭން ބުނެލިއެވެ.
****
މޫނު ދޮންނަ ތަށި ކައިރީގައި ހުރި ލޫތް ދެތިން ފަހަރަކު މޫނަށް ފެންޖަހާލިއެވެ. އޭނާ އަދިވެސް ހުރީ ޝޮކެއްގައެވެ. މޫނުގެ އެއްފަރާތް ކުޑަކޮން ރަތްވެފައި ވީއިރު ތުނބުޅި ނެތުމުން އެތަން މާ ރީތިކޮން ވެސް ފާހަގަ ވެއެވެ.
ލޫތް އައި ރުޅީގައި ގޮށް މުއްކަވާފައި ސިންކު ކައިރީގައި ޖެހިއެވެ. އޭނާ ބޮލަށް ކޮން ޝައިތާނެއް އަރައިގެން ކުރެވުނު ކަމެއް ބާއޭ ހިތަށް އެރިއެވެ. އެވަގުތު ފާޚާނާއަށް ވަދެގެން އައި ދެތިން އަންހެން ކުދިންނަށް އެތަނުގައި ފިރިހެނަކު ހުރިތަން ފެނުމުން ހުއްޓުނެވެ. ލޫތް ވަގުތުން އެމީހުން ފެނުމުން އެތަނުން ނިކުމެގެން ދިޔައެވެ.
“ލީނާ. ކުއްލިއަކަށް ވަރަށް އާޖެންޓް ކަމެއް ލައިގަނެއްޖެ.. ދޭ ލޫލު ގޮވައިގެން. އަހަރެން ދާނަން އިރުކޮޅަކުން.” އެތަނުން ނިކުންނަން ދިޔަ ލީނާއަށް ގޮވާލަމުން ލޫތް ބުނެލިއެވެ. އޭނާ މަސައްކަތް ކުރީ ލީނާއަށް ލޫތްގެ ރަތްވެފައިވީ ފަޅި ނުދެއްކޭތޯއެވެ. ލީނާގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ލޫތް އަވަސް ފިޔަވަޅުތަކެއްގައި ހޮޓެލްގެ އޮފީސް ބަޔަށް ދާން ލިފްޓާއި ދިމާއަށް ހިނގައިގަތެވެ.
“ކޮބާ އާފާ؟” އައިފާ ފެންނަން ނެތުމުން ލޫލު ދެކޮޅު ހޯދަމުން ބުނެލިއެވެ. “ދިޔައީ ކަންނޭގެ.” ލީނާ މިހެން ބުނި ނަމަވެސް ލޫލު ބޮޑާ ހާކަމުން ދިޔައެވެ. ލޫލު އުރައިގެން ހުރި ލީނާ މަސައްކަތް ކުރީ އޭނައަށް ވިސްނައި ދެވޭތޯއެވެ. މިތަން ފެނި އާޒިމާ އެމީހުން ކައިރިއަށް ޖެހިލިއެވެ.
“އާދެ މާމަ ކައިރިއަށް..” އާޒިމާ އުރަން އުޅުމުން ވެސް ލޫލު ގޮތްދޫ ކުރާ ގޮތެއް ނުވިއެވެ. އެންމެފަހުން ނާއިލް އޭނާ އުރާލައިގެން ދިޔުމުން ލީނާ ހިތްހަމަ ނުޖެހުނެވެ. ލޫލު އެގޮތަށް ނާއިލްއާއި މާ ގުޅޭކަށް އޭނާ ނޭދެއެވެ.
“ކީއްކުރަންތަ އެ މަންޖެ ގެނައީކީ؟ އަހަރެމެން ކަހަލަ މީހުންނާއި އެކީ އުޅޭވަރުގެ ފެންވަރެއް ނެތް އޭނާގެއެއް.” ޒުލޭހާ ކައިރި މިހެން ބުނެލި އާޒިމާ ހުރީ މޫނު ކުނިކޮށްގެންނެވެ. “ޕިސް ޕިސް. އެއްކަލަ އާޒިމާ. ތިހާ ޒާތްކޮޅު ބޮޑުވާކަށް ނުވާނެ.” ޒުލޭހާ މިހެން ބުނުމުން ސައިލަމް ގާތަށް ހިނިއައެވެ.
“ތެދެއް ބޮޑުމަންމާ.. ބީ ކޫލް. އައިފާ ކިހާ ނައިސް” ސައިލަމް މިހެން ބުނުމުން އާޒިމާގެ ރުޅި އިތުރަށް ގަދަވިއެވެ. މި އާއިލާ އެންމެން މިހާރު އެ ރާއްޖެތެރޭ ކުއްޖާގެ ދަލުގައި ޖެހުނީ ބާއޭ އޭނާ ހިތަށްއެރިއެވެ. ނޫނެކެވެ. އޭނާ އެހެން ވިޔަކަ ނުދޭނެއެވެ. އަދި ނާއިލް ވެސް އެހުރީ ހުހަށްށެވެ. އަނެއްކައި އޭނާ އައިފާއަށް ހިތް ކިޔައިފިއްޔާ އާއިލާއަށް ބޮޑު ހުތުރެއް ލިބިދާނެތީ އޭނާ ކަންބޮޑުވިއެވެ.
****
އިރުއޮއްސި އަނދިރިވެފައި ވީއިރު އައިފާ އަވަސް ފިޔަވަޅު ތަކެއްގައި ގެއަށް ވަދެ ސިޑީގެ ހަރުފަތްތަށް ގިރާ ކުރަމުން މައްޗަށް އެރިއެވެ. ގޭތެރެއަށް ވަދެ އެދިޔަ ގޮތަށް ގޮސް ކޮޓަރީއަށް ވަދެ އަތުގެ ކޮޅަށް ދޮރުޖެހިއެވެ. އެނދުމައްޗަށް ދަބަސް އެއްލާލުމަށްފަހު ފާޚާނާއަށް ވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓެލި އައިފާ އަމިއްލަ ސޫރައަށް ބަލާލިއެވެ.
އަތުގެ ނުފުށުން ތުންފަތް ފޮހެލުމުން އެ ރަތް ކުލަ އަނގަމަތީގައި ހޭކުނެވެ. އެ ދެލޯ ރުއިމުގެ ސަބަބުން ރަތްވެފައި ވީ ނަމަވެސް ފެންނަނީ އިންތިހާ ރުޅިވެރިކަމަވެ. އަޑުގެ ކޮޅަށް ހަޅޭލަވައިގަންނަން ބޭނުންވި ނަމަވެސް އެކަމެއް ނުވިއެވެ. ސިންކުގެ އިސްކޫރު ދޫކޮށްލަމުން މޫނަށް އެތަށް ފަހަރު ފެންޖެހިއެވެ.
އެންމެފަހުން ލޯގަނޑަށް ބަލަހައްޓައިގެން ހުރި އައިފާ ސިންކު ކައިރީގައި ހުރި ޝޭމްޕޫ ފުޅި ނަގައި ލޯގަނޑާއި ދިމާއަށް ހޫރުވާލުމާއި އެކީ ބިއްލޫރި ތަޅައިގެން ދިޔަ އަޑު މުޅި ފާޚާނާގައި ހިފާލިއެވެ. އެއްފަޅި ތެޅިފައި އިން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި އައިފާ މޫނު ފޮހެލިއެވެ. އޭނާ މިވަރަށް ރުޅި އައިސް މި ރޮނީ ކީއްވެބާއެވެ. ލޫތްގެ އެ އަމަލުން ރުޅިއައީ ކަމެއް ނުވަތަ އޭނާއަށް އަތް އިސްކުރެވުނީތީ ދެރަވީ ކަމެއް ނޭނގުނެވެ.
ލޫތް ހީކުރަނީ ކީކޭ ހެއްޔެވެ. ކޮންމެ ފަހަރު ހިތު ހުރިހައި ގޮތެއް ހަދާއިރު އެކަހަލަ ކަމެއް ކުރުމުގެ ހައްޤެއް އޭނާއަކަށް ނޯންނާނެއެވެ. އައިފާއަކީ އޭނާގެ މުވައްޒަފެކެވެ. އެގޮތަށް މުވައްޒަފަކާއި ދޭތެރޭ ކަންތަން ކޮށްފިނަމަ އެޅޭނެ ފިޔަވަޅު ހުންނާނެއެވެ.
އާނއެކެވެ. މިފަހަރު އެ ލޫތް އަހްމަދު ލުތުފީއަށް އޭނާގެ ހުރި ފެންވަރު އަންގާލާނަމޭ އައިފާ ހިތަށް އެރިއެވެ. އައިފާގެ އަގު ވައްޓާލީތީ ލޫތަށް އޭނާގެ ހުރި ވަރެއް ދައްކާލާނެއެވެ. މުޅި ދުނިޔެއަށް ލޫތް ފަޞީހަތް ކޮށްލާނެއެވެ.
****
ތަށީގައި ހުރި ނޫޑްލިސްކޮޅު އުލުން ހާވަން އިން ލޫލުގެ މޫނުމަތިން ފެންނަނީ އުދާސްކަމެވެ. ކެއުމާއި ގަޔާނުވެ އިންއިރު ލޫތް އޭނާގެ ކައިރީގައި ފޯނާއި ކުޅެން އިނެވެ. ލޫލު އިން ގޮތް ފެނުމުން ލޫތް އޭނާގެ ފޯން ބޭއްވިއެވެ. “ޑޭޑީގެ ޕްރިސްސެސް ކިހިނެތް ވެފަ ނުކާން މީނީ.” ލޫލު ގެނެސް އުނގަށް ލުމުން އޭނާ ފޫހިގޮތަކަށް ތަށި ދުރަށް ލަމުން ލޫތްގެ ކޮނޑުގައި ބޯ އަޅާލިއެވެ.
“ފޫހި.. އައި ވޯންޓް ގޯ ޕިކްނިކް.. ބަޓް މޮމީ ބުނީ ނޯ އޭ..” ތުންކޮޅު ދަމާލަމުން ލޫލު މިހެން ބުނުމުން ލޫތް ހިނިތުން ވެލިއެވެ. “ކޮންތާކަށް ޕިކްނިކް ދާނީ؟” ލޫލުގެ ކުޑަކުޑަ ނޭފަތުގައި ހިފާލަމުން ލޫތް ބުނެލިއެވެ. “އަންއިބްޓެޑް އާލެންޑަށް..” ލޫލު ވަރަށް ފަރުވާތެރި ކަމާއި އެކީ މިހެން ބުނި ނަމަވެސް ބަސްތަށް ރަނގަޅަކަށް ނުކިޔުނެވެ.
“ހެހެހެ.. ހާދަ ބިގް ވޯޑްސް ދަސްކޮށްލީ މިހާރު.. ޑޭޑިގެ ލިޓިލް ޕީނަޓް” ލޫތް ބުނެލިއެވެ. “އައި އެމް އަ ބިގް ގާލްއެއް ނުން ނައު.. ލިޓިލް ޕީނަޓް ނުކިޔާނެ ދެން ޑެޑީ..” ލޫލު ދެފައި ތަޅުވާލަމުން މިހެން ބުނިއިރު ލޫތް އިނީ ހެވިފައެވެ. “އޯކޭ އޯކޭ.. މިއީ ޑޭޑީގެ ބިގް ޕީނަޓް.. އީދަށް ދާނީ ދޯ ޕިކްނިކް.” ލޫތް މިހެން ބުނުމުން ލޫލު އުފަލުން އަތް ޖަހަން ފެށިއެވެ.
“އަސްލު ޑޭޑީ.. އަ ލަވް ޔޫ އަ ހޯލް ވައިޑް ވޯލްޑް..” ލޫތްގެ ކަރުގައި އޮޅުލައި ގަންނަމުން ލޫލު ބުނެލިއެވެ. މި މަންޒަރު ބަލަން އިން ލީނާ އެކަމަށް އިންކާރު ކުރިއެވެ. “ނޫން.. ދާނެ ކަމެއް ނެތް..” ލީނާ މިހެން ބުނުމުން ލޫލު ރޮއެގަނެފައި ލޫތްގެ އުނގުން ދެމިގަނެ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.
“ތިދެން ކޮން ކަމެއްތަ ލީނާ؟ ހަމަ ރޮއްވާލައިފި.” ލޫތް ގޮނޑިން ތެދުވަމުން ބުނެލިއެވެ. “ލޫތް އޭނަ ބުނާހައި ގޮތެއް ހަދާތި އެހައި ބޮޑާ ހާކަނީ.. ބަލައްޗޭ ފަހުން ނިކަން ޖެއްސުން ބޮޑުވާނެ.” ލީނާ މިހެން ބުނުމުން ލޫތް ހިތްހަމަ ނުޖެހުނެވެ.
“ބުނަން އަހަންނަށް ދުވަހަކު ވެސް ލޫލުއާއި ހެދި ޖެއްސުން ބޮޑެއް ނުވާނެ. އަހަރެން ބޭނުން ގޮތަކަށް ލޫލު ގެންގުޅޭނީ..އެހެން ނޫނަސް ލީނާ މާ އަޅާލާ ވާހަކަ ދައްކާކަށް މާކަށް ރީއްޗެއް ނޫން.” ލޫތް މިހެން ބުނެފައި ލޫލުގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
****
ބެލްކަނީގައި އިން ލައިޝާގެ އިނީ ކުޑަ ސޯފާއަށް ދެފައި އަރުވައިގެންނެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިތަށް އެ ފަން އިސްތަށި ގަނޑަށް ގޯނާ ކުރަމުން ދިޔައިރު ލައިޝާގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް އެއްޗަކަށްށެވެ. އެތުންފަތަށް ފަނޑު ހިނިތުން ވުމެއް ވެރިވެފައި އިރު އެލޮލުން ކަރުނަ ނިރާލިއެވެ.
އަތުގައި އޮތް ކުޑަ އަލްޓްރާ ސްކޭން ފޮޓޯއަށް ކަޅި ހުއްޓިފައި އިން ލައިޝާ އިރުއިރުކޮޅާ އޭގައި އިނގިލިން ފިރުމާލައެވެ. ދިގު އިންތިޒާރަކަށްފަހު އެ އުނގުގެ ފަޅުކަން ފިލަނީއެވެ. ފަހަތުން މީހެއްގެ ހިލަމެއް ވުމުން ލައިޝާ ލޯ ފޮހެލަމުން އެ ފޮޓޯ ފޮރުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ފަހަތުގައި ހުރި ލޫތަށް އޭގެ ކުރިން އެ ފެނުނެވެ.
ލައިޝާއާއި ޖެހިގެން ހުރި ކުޑަ ސޯފާ ގޮނޑިގައި އިށީނދެލި ލޫތްގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވާން ހުއްޓެވެ. “ހޭއި. ފެނިއްޖެއޭ ތި ފޮރުވާ އެއްޗެއް.” ލޫތް މިހެން ބުނުމުން ލައިޝާ ހިނިތުންވެލަމުން އެ ފޮޓޯ ލޫތަށް ދިއްކޮށްލިއެވެ. އޭގައި ހިފަމުން ލޫތް އެ ފޮޓޯއަށް ރަނގަޅަށް ބަލާލިއެވެ.
“ކޮންގްރާ ސިސް.. އައި އެމް ސޯ ހެޕީ.” ލޫތް ތެދުވެ ކުޑަކޮން ލައިޝާ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ތޭންކްސް ލޫތް.. އަދި ނުބުނައްޗޭ އެއްވެސް މީހެއް ކައިރީ.. ސައިލަމްއަށް އެކަނި އިނގޭނީ.. އެންޑް ނައު ޔޫ އަފްކޯސް.. މިއުޅެނީ މަންމަމެންނަށް ސަޕްރައިޒެއް ދޭން.” ހެވި ދިލިފައި އިނދެ ލައިޝާ ބުނެލިއެވެ.
“އެހެންތަ.. ލޫލު ވަރަށް ފޯރި ހުންނާނެ.. މިހާރު ވެސް އެ ހުންނަނީ އަބަދު ފޫހިވެފައި.. އޭނައަށް އިނގިއްޖެއްޔާ ލައީ ފަހަތުން ނުވެސް ނައްޓާނެ..” ލޫތް ހެމުންހެމުން ބުނެލިއެވެ. “އާނ ދޯ.. ހެހެ.. މިހާރު ވެސް މިހިރީ ލޫލު ކައިރި ބުނަން ކެތްމަދު ވެފައި.” ލައިޝާ ބުނެލިއެވެ. ސާދަ ވިލޭރޭގެ ހަނދުވަރު މުޅިތަނަށް ވެރިވެފައި ވާއިރު މާމެލާ މެލިތަށް ފޮޅިފައި ވާ މަންޒަރު ފެނެއެވެ. ދެބެއިން އެތަށް އިރަކު އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ.
****
ދަންވަރުގެ ހަމަހިމޭންކަމުން ގަޑީގެ ކަށި ހިނގާ އަޑު ނޫން އަޑެއް ނީވެއެވެ. ކޮޓަރިތެރެއަށް ވެފިވެފައި އޮތް އަނދިރިކަމުގެ ތެރޭގައި ބޯ ރަޖާގަނޑު ގައިގައި އޮޅާލައިގެން ނާއިލް އޮތެވެ. އޭސީގެ އަރާމު ފިނިކަން މުޅި ކޮޓަރީގައި ހިފަލާފައި ވާއިރު ނިދިފައި އޮތް ނާއިލް ކުޑަކޮން ހިރިލިއެވެ. ރަޖާގަނޑުގެ އަޑިން އެ މޭމަތީގައި މީހަކު ފިރުމާހެން ހީވިއިރު އެ ކަނދުރާއަށް ހޫނު ނޭވާ އެޅުނެވެ.
ނިދީގައި އޮތް ނާއިލް ކައިރީގައި ހުރި މީހަކު ގަޔާއި ކައިރި ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. “ނާއިލް” ލީނާގެ އަޑު ކަންފަތުގައި ޖެހުމާއި އެކީ ނިދިފައި އޮތް ނާއިލަށް ހޭވެރިކަންވެ މޭމަތީގައި އޮތް ލީނާ ފެނި އޭނާ ދުރަށް ކޮށްޕާލިއެވެ.
“ލީ.. ލީނާ! ކޮން މޮޔައެއް ވެގެން ތި އުޅެނީ.” ނާއިލްގެ އަޑުގައި ވީ ރުޅިވެރިކަމެވެ. ދަންވަރުގެ މިވަގުތު ލީނާއަށް އެ ކޮޓަރިއަށް ވަންނަން ކެރުނީތީ ވެސް ނާއިލް ހައިރާންވިއެވެ.
“އަހަރެން ނާއިލް ބުނި ކޮންމެ ކަމެއް ކޮށްދީފާނަން.. ބަދަލުގައި ލޫތްއަށް ހަޤީޤަތް ސިއްރު ކޮށްދީ.. ނާއިލް އަދިވެސް އަހަރެން ބޭނުންވާކަން އިނގޭ.” ލީނާ އިތުރަށް ނާއިލް އާއި ގާތަށް ޖެހިލަމުން ބުނެލިއެވެ. ނަމަވެސް ނާއިލް ވަގުތުން އެނދުން ފައިބައި ކައިރީގައި ހުރި ކުޑަ ލައިޓު ޖައްސާލިއެވެ.
އެއާއި އެކީ ފެނުނީ ލީނާ ކުރު ސޯޓު ކޮޅަކާއި ބާރު ޓީޝާޓެއް ލައިގެން އިންތަނެވެ. އެ ބުޅި ބޯ ހޭވިފައި ވާއިރު އެ ދޮން މޫނުގެ ރީތިކަން އިންތިހާއެވެ. އެހެނަސް ނާއިލް ލޯ މަރާލަމުން ދުރަށް ޖެހިލިއެވެ.
“ހުރި ގޮތް ކުޑަކަން! ލީނާ ހީކުރީ އަހަރެންމީ އަދިވެސް ކުޅޭކުޅޭ އެއްޗެއް ކަމަށްތަ.. މީ ކުރީގެ ނާއިލެއް ނޫނޭ ލީނާ ފަހަތުން މޮޔަވެގެން ދުވާކަށް.. އޭގެ ހިތި ނަތީޖާ އަހަރެނަށް ލިބިއްޖެ..” ނާއިލް ވާހަކަދެއްކި އިރު އެ ލޮލުން ފާޅުވީ ނަފްރަތެވެ. އެހިތުގައި ލީނާއަށްޓަކައި އޮތް ލޯބި މުޅިންހެން ވަނީ ފޮހެވިފައެވެ.
“އަހަރެން ނޫޅެން ތިކަހަލަ މުޑުދާރު އަންހެނެއްގެ ގައިގައި އިނގިލި ކުރި ޖައްސާލަން ވެސް! އަދި ބުނަން ލީނާ ކިތަންމެ ވަރެއް ކުރިޔަސް އަހަރެން ލޫތަށް ހަޤީޤަތް އަންގާނަން. ބަލަ ލަދެއް ނުގަނޭތަ އެކަން ފޮރުވަން ތިހާ ދަށު ދަރަޖައަކަށް ވެއްޓޭކަށް! ނިކުމޭ މިތަނުން” ނާއިލް މިހެން ބުނެ ދޮރާއި ދިމާއަށް އިނގިލި ދިއްކުރިއެވެ.
ނަމަވެސް ލީނާ ނުދާން ގަދަހަދާފައި އިނެވެ. “ނާއިލް ޕްލީސް.. ބުނޭ ބޭނުން ކަމެއް.. އެކަމަކު އެކަން ނާންގާތި.” ލީނާ އާދޭސް ކުރަން ފެށުމުން ނާއިލް އޭނާގެ އަތުގައި ހިފައި އެނދުން ބޭލިއެވެ.
“ނިކުންނާށޭ! ތި އުޅެނީ އަހަރެން ހަޅޭ ލަވައިގެން މިތަނަށް މިގޭ މީހުން އެއްކުރުވަންތަ! ނިކުމޭ.. އެހެންނޫނީ ނިކަން ރީއްޗަށް ފަޞީހަތް ވާނީ ދެން!” ނާއިލްގެ އަޑުގައި ވީ ހަރުކަށި ކަމެވެ.
ރޮވިފައި ހުރި ލީނާގެ އަތުގައި ހިފައިގެން ނާއިލް އޭނާ ކޮޓަރިން ބޭރަށް ހޫރުވާލިއެވެ. ލީނާގެ މޫނުމައްޗަށް ދޮރުޖެހިއިރު އޭނާ ހުރީ ހިރިލަން ވެސް ނުކެރިފައެވެ. އޭނާ މިތަނަށް އައިރު އުއްމީދު ކުރި ގޮތަށް ކަންތަން ނުވުމުން ދެރަވިއެވެ.
އަދި ނާއިލްގެ ކުރިމަތީގައި އެހެން އުޅެވުނީތީ ލަދުން ދެން ދެވަނަ ފަހަރަށް އޭނައާއި ކުރިމަތިލާން ވެސް ލީނާއަށް ކުޅަދާނައެއް ނުވާނެއެވެ. އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދިޔަ ލީނާ ބެލީ މީހަކަށް ފެނުމުގެ ކުރިން ތިރީ ބަޔަށް ދެވޭތޯއެވެ.
****
ދުވަސްތަށް ވޭތުވަމުން ގޮސް ރޯދަ މަހުގެ ފަހު ދިހައަކަށް އެޅިއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އައިފާ އުޅުނީ ލޫތްއާއި ދުރުންނެވެ. ލޫތް ކިތަންމެ ފަހަރަކު އައިފާއާއި ދިމާވާން އުޅުނު ކަމުގައި ވިޔަސް އެކަން ކަމިޔާބެއް ނުވެއެވެ. ދެމީހުން އެކަނި ނުވުމުން އެދުވަހު ހިނގި ހާދިސާއާއި މެދު އެކަކަށް ވެސް ވާހަކައެއް ނުދެއްކެއެވެ. އައިފާ އެޗް.އާރްއަށް މައްސަލަ ހުށައަޅަން އުޅެފައި ވެސް ފަސް ޖެހުނެވެ.
މީޓިންއެއް ނިއްމާލުމަށްފަހު ކޮންފަރެންސް ރޫމްއިން ނިކުއިން ލޫތް ލިފްޓާއި ހަމައަށް ދެވުނު ތަނާއި ޖީބުގައި ފޯނު ނެތްކަން އިނގުމުން އެނބުރި އައި ކޮޅަށް ހިނގައިގަތެވެ. އެތެރެއަށް ވައިން އިރު މޭޒުމަތީގައި ހުރި ފައިލްތަށް ނަގަން ހުރި އައިފާ ފެނުމުން އަވަސް އަވަހަށް އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.
ދޮރު ލެއްޕުނު އަޑަށް ފައިލްތަށް ނަގަން ހުރި އައިފާ އިސްނެގިއެވެ. އޭރު ދޮރު ކުރިމަތީގައި ހުރި ލޫތްފެނި އޭނާގެ އަތްފައި ގަނޑުވި ކަހަލައެވެ. އޭނާ ދެން އެންމެ ސިކުންތަކު ވެސް އެތަނުގައި މަޑު ކުރާކަށް ނޭދެނުވެ. ފައިލްތަށް ހިފައިގެން އަވަސް ފިޔަވަޅު ތަކެއްގައި ނިކުންނަން ދަނިކޮން ލޫތް އޭނާގެ ކުރި ބެއްދިއެވެ.
“ވެއާ ޑޫ ޔޫ ތިންކް ޔޫއާ ގޮއިން؟” އެއްބުމަ އަރުވާލަމުން ލޫތް މިހެން ބުނިއިރު އެ އަޑުގައި ވީ އާދައިގެ މަތިން ހަރުކަށި ކަމެވެ. “ތަން ދައްކާ.” އައިފާ ރުޅިވެރި ކަމާއިއެކު ބުނެލިއެވެ. “ނުދައްކައި ފިއްޔާޔޯ؟” ލޫތް ހަށަން ބަދެލަމުން ބުނެލިއެވެ. “އައި ވިލް ސްކްރީމް ބްލަޑީ މާރޑާ!” އައިފާ ވަރަށް ކެރި ހުރެ މިހެން ބުނުމުން ލޫތް ހިނިގަނޑެއް ޖަހާލިއެވެ.
“އޯ ޕްލީސް.. ތި ތުއި އަޑުން ހަޅޭލަވާނީ.. ހަދާން އެބަހުރިތަ އަހަރެންގެ މި ހިތްގައިމު މޫނުމަތީގައި ޖެހި ހަދާން!” ލޫތް ބޮޑާވެލާފައި މިހެން ބުނިއިރު އެ ތޫނު ދެލޮލުން ފެނުނީ ރުޅިވެރި ކަމެވެ. ލޫތް އަދިވެސް އެކަން ހަނދާނުގައި އެބަހުއްޓެވެ. “އާނ. ހަމަ ރަނގަޅަށް ވެސް ހަނދާން އެބަހުރި. ޔޫ ޑިޒާވްޑް އިޓް.” އައިފާ މިހެން ބުނުމުން ލޫތް އޭނައާއި ކައިރިއަށް ޖެހިލިއެވެ.
“ވަރަށް ބޮޑު ގޯހެއް އިނގޭ ތި ހެދީ!” ލޫތް މިހެން ބުނިއިރު އައިފާ ހިންދިރުވާލިއެވެ. “އަޅުގަނޑެއް ނޫން. ގޯސް ހެދުނީ ލޫތަށް! މުވައްޒަފަކަށް އެކަހަލަ ކަމެއް ކުރުމަކީ ފިޔަވަޅު އެޅޭނެ ކަމެއް. ނޫންތޯ ސާރ.” އައިފާ މިހެން ބުނުމުން ލޫތް ދެފިޔަވަޅު ފަހަތަށް ޖެހުނެވެ. ނޫނެކެވެ. އައިފާ އެކަހަލަ ކަމެއް ނުކުރާނެއޭ އޭނާގެ ހިތަށް އެރިއެވެ.
“ކިހިނެތްވީ ސާރ. ބިރުގަތީތަ؟” އައިފާ ހިނިތުންވެލަމުން ބުނެލިއެވެ. “ޔޫ ވޯންޓް.. އެހެން ނޫނަސް އެއީކީ ހެރޭސްމެންޓެއް ނޫންކަން އައިފާއަށް ވެސް ހަމަ ރަނގަޅަށް އިނގޭނެ.. އަހަރެން އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރަން.” ލޫތް މިހެން ބުނި އިރު އެ މޫނުމަތިން ހާސްކަމުގެ ކަންފުޅެއް ވެސް ފާޅެއް ނުވެއެވެ.
“ޔޫ ސްޓާޓެޑް އިޓް.. ނޮޓް މީ.” އައިފާ އޭނާގެ ގޮތުގައި ހިފައްޓާލިއެވެ. “ޔާ މޭބީ.. އެކަމަކު އައިފާ އެކަމަށް އިންކާރު ކުރިތަން.. ނޫން! ދެން ހަމަ އެއްފަހަރު އަހަރެން ކޮލުގައި ޖެހިއޭ ކިޔާފަ އޭގެ ކުރިން އައިފާ ވެސް ބޭނުންވި. އެހެން ނޫނަސް އެއީކީ އެކަން ވިތާ ފުރަތަމަ ފަހަރެއް ނޫނެއްނުން. ސޯ އިޓް ވޮސް ޓޫ ސައިޑެޑް.” ލޫތް މިހެން ބުނުމުން އައިފާ ރުޅި އައެވެ.
ލޫތް އެބުނީ ތެދެއްކަން އޭނައަށް އިނގުނު ނަމަވެސް އެކަން ޤަބޫލުކުރާކަށް އެހިތް ނޭދުނެވެ. “އަޅުގަނޑު ކޮމްޕެލެއިންޓްއެއް ފައިލް ކުރާނަން. ހީނުކުރައްޗޭ ބޭނުންހާ ގޮތެއް ހެދޭނެއޭ.. ފަޞީހަތްވާނީ ހަމަ ލޫތް.. ސާރ.” އައިފާ މިހެން ބުނުމުން ލޫތް އޭނައާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ.
“ޑޯންޓް ޔޫ ޑޭއާ! އައި ވިލް ރޫން ޔޫ. އަޑު އިވިއްޖެ.” ލޫތްގެ އިންޒާރުން އައިފާ ފަހަތަކަށް ނުޖެހުނެވެ. “އާ ޔޫ ޝުއާ؟ ބޭޒާރުވާނީ ލޫތް ސާރއެއް ނޫންތޯ؟” އައިފާ މިހެން ބުނިތަނާ ދޮރުގެ އަތްގަނޑު އެނބުރުނު އަޑަށް ލޫތް ދުރަށް ޖެހިލިއެވެ. އައިފާ ވަގުތުގެ ބޭނުން ކޮށް އަވަހަށް އެތަނުން ނިކުންނަން ދިޔައެވެ. އެތެރެއަށް ވައިން މީހާއަށް އެތަނުގައި ހިނގި ކަމެއް ނޭނގުނަސް ލޫތްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ.
****
އީދު ދުވަހު ލޫތްގެ އާއިލާ އެއްކޮން ފަޅު ރަށަށް ދަތުރި ދިޔައެވެ. އަރާމު ވަރަކަށް އަވިދޭ އިރު ކަނޑުވަނީ އިރުގެ އަލިން ބަބުޅާލެވިފައެވެ. ލޯންޗުގައި އެންމެން ދިޔައިރު ދުއްވަން ޖެޓްސްކީ އާއި އެއްޗެހި ގެންދެވުނެވެ. ލޯންޗު ކައިރި ކޮށް ލުމާއިއެކީ ލޫތް ލޫލު އުރާލައިގެން މޫދުގެ ލޮނުގަނޑަށް ފުއްމާލިއެވެ. ލޫލު މަޖާވެފައި އިނދެ ދެއަތުން ލޮނުގަނޑުގައި ތަޅަމުން ދިޔައިރު އޭނާ ހުރީ އުފަލުން ފޮޅިފައެވެ.
ރަށަށް އެރުމާއެކީ ލޫލު ވެލިގަނޑުމަތީ ދެކޮޅަށް ދުވަން ފެށިއެވެ. އެހެން މީހުން އެއްޗެހި ބޭލުމުގައި އުޅުން އިރު ލީނާ ލޫލުގެ ފަހަތުން އުޅުނެވެ. “ދަރިފުޅާ އާދެބަލަ ސަން ސްކްރީން ހާކަން.. އެހެން ނޫނީ ސްކިން ސަކަރާތް ވާނެ.” ލީނާ މިހެން ބުނުމުން ވެސް ލޫލު އަޑުއަހާ ގޮތެއް ނުވިއެވެ.
އެންމެ ފަހުން ލޫލު އުރާލައިގެން ހިޔަލަށް ވަދެ ލޯޝަން ފުޅި ނެގިއެވެ. އޭރު އާއިލާ އެންމެން އެތަނުގައި ހަމަޖެހިލިއެވެ. ގެނައި ހަތަރު ނޯކަރުން ޖެޓްސްކީތަށް ބޭލުމުގައި އުޅުން އިރު މިތަން ފެނި ލޫލު އެއަށް އަރަން ބޭނުންވިއެވެ. “އިއްތާލަ ތިއްތިކޮން.. ލޯޝަން ހާކައިގެން ދާނީ.” ލޫލު އުނގުގައި ބައިންދަމުން ލީނާ ބުނެލިއެވެ.
“ޑޭޑީ.. ޑޭޑީ. ކީއްވެ އާފާ ނައި.. ކާފަ އިންވައިޓް ނުކުރަންތަ؟” ފަހަތުގައި އިން ލުތުފީއަށް ގޮވާލަމުން ލޫލު ބުނެލިއެވެ. “މިތިބީއެއްނުން ހުރިހާ ކުދިން. އޯކޭ ވާނެ.” ލުތިފީ މިހެން ބުނުމުން ލޫލު ބޮޑާ ހާކަންފެށިއެވެ. “ދެން އެކަމު މާ ފަން ވާނެ އާފަ އައީމަ.. އާލާ ދައްތަ ކީއްވެ އިންވައިޓް ނުކުރީ.. ލޫލު ބުނިން.” ލޫލުއަށް ރޮވޭގޮތް ވުމުން ލައިޝާ ތެދުވެގެން އައިސް ލޫލު އުރާލިއެވެ.
“އިޓްސް އޯކޭއޭ ދޫނި.. އިނގޭތަ ލައިއްތަ އަތުގައި އެބައޮތް ސަޕްރައިސެއް! އެކަމަކު ލޫލު ހުއްޓާލީމަ ބުނެވޭނީ.” ލޫލުގެ ލޯ ފޮހެލަ ދެމުން ލައިޝާ ބުނެލިއެވެ. “އަޕްރައިސްއެއް؟” ލޫލު މިހެން ބުނެފައި ރުއިން ހުއްޓާލިއެވެ. “ޔެސް ލޫލު.. ލައިއްތަ މިއުޅެނީ ލޫލު އާއިއެކީ ކުޅޭނެ ކުޑަކުޑަ ބޭބީއެއް ގެންނަން ވެގެން.” ލޫލު ގޮވވައިގެން ދުރަށް ޖެހިލަމުން ލައިޝާ ބުނެލިއެވެ.
ލޫލު އިރޮކުޅަކު ވާނުވައި ނޭނގިފައި އިނދެ ވާހަކަދެއްކިއެވެ. “އަ ބޭބީ.. ލައިކް އަ ޝްމޯލް ބޭބީ؟” ދެބުމަ ކައިރި ކޮށްލައިގެން އިނދެ ލޫލު މައުސޫމް ކަމާއިއެކު އަހާލިއެވެ. “ޔެސް. ލޫލު ކުޅޭނަންތަ ބޭބީއާ އެކީ އޭރުން؟” ލައިޝާ އަހާލިއެވެ. “ޔެސް ޔެސް.. އައި ވިލް ބީ އަ ބިގް ޝިޝްޓާ ދޯ.. ޔޭ.” ލޫލު އަތްތިލަ ބަޑި ޖަހަމުން މިހެން ބުނުމުން ލައިޝާ އޭނާ ހުއްޓުވިއެވެ.
“ޝޫޝް. މަޑުން އަދި މާމަމެންނަކަށް ނޭނގެ. އިޓްސް އަވާ ސިކްރެޓް.. ފަހުން ސަޕްރައިސް ދޭނީ ދޯ. އޯކޭ.” ލައިޝާ މިހެން ބުނުމުން ލޫލު އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. “ލޫލު.. ދަރިފުޅާ..” ލޫތް ގޮވާލި އަޑަށް ލޫލު އެ ދިމާއަށް ދުއްވައިގަތެވެ. “ހިނގާ ޖެޓްސްކީ ދުއްވަން..” ލޫތް މިހެން ބުނުމުން ލޫލު އޭނާ ލައިގެން ހުރި ކުޑަ ސްކާޓް ކޮޅެއްހެން އިން ސުވިމިން ސޫޓޫގައި މޫދާއި ދިމާއަށް ދުއްވައި ގަތެވެ.
****
ދެބަފައިން އެކީގައި ޖެޓްސްކީ ދުއްވަމުން ދިޔަ މަންޒަރު ބަލަން ދޮންވެލިގަނޑު މަތީގައި އިށީނދެލައިގެން އިން ނާއިލް ހިތަށް ތަދުވިއެވެ. އެކަން ލޫލުއާއި އެކީ ކުރަން ޖެހޭނީ ނާއިލަށް ކަމުގައި ވިޔަސް ލީނާގެ ސަބަބުން އެހައްޤު މިއަދު މިވަނީ ނިގުޅައި ގަނެވިފައެވެ.
ނާއިލް އެވާހަކަ ބުނަން މަސައްކަތް ކުރިއެވެ. ނަމަވެސް ހަމަ ރަނގަޅު ވަގުތެއް ނުވަނީއެވެ. ލޫތް ގިނައިރު އޮފީސް ކަންކަމުގައި އުޅުމާއި އޭނާގެ ވަޒީފާގެ ގޮތުން ވެސް ދިމާ ނުވަނީއެވެ.
ނާއިލް ކައިރީގައި އިށީނދެލި ޒުލޭހާއަށް އޭނާގެ ދަރިފުޅު ލޫތްމެންނަށް ގެއްލިފައި އިން މަންޒަރު ފެނުމުން އެ މައިވަންތަ ހިތުގައި ރިއްސާލިއެވެ. ނާއިލް ވެސް މީހަކާއި އިނދެގެން އަމިއްލަ ދަރިއެއް ބޭނުން ވާނެކަން ޒުލޭހާ ދަނެއެވެ.
“ދަރިފުޅާ.” ޒުލޭހާ މިހެން ބުނުމުން ނާއިލް އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮރުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ޒުލޭހާއަށް އެކަން ސިއްރެއް ނުވިއެވެ.
“މަންމަ ވަރަށް ދެރަވޭ ދަރިފުޅު ތިހެން މީހަކާއި ނިއިދެ ހުންނާތީ.. އިނގޭ އަމިއްލަ ދަރިއަކު ދަރިފުޅު ވެސް ބޭނުން ވާނެކަން.. މަންމަ ވެސް ބޭނުން މާމަ ދަރިއެއް.. ތިހެން ދެރަވެފައި އިނީމަ މަންމަ ވަރަށް ދެރަވޭ.” ޒުލޭހައި ދެރަވެފައި އިނދެ މިހެން ބުނުމުން ނާއިލް ހިތުގައި ޖެހުނެވެ.
އެ މަންމައަށް މާމަ ކިޔާނެ ދަރިއަކު އެބަހުއްޓޭ ބުނަން ބޭނުންވި ނަމަވެސް އެކަން މިއަދު ވާކަށް ނެތެވެ. އަމިއްލަ ދަރިއަކު ހުރިކަން އަންގަން ބޭނުންވި ނަމަވެސް ވަގުތާއި ހާލަތު އަދި އެކަމަށް ތަން ނުދެނީއެވެ. “މަންމަ ދެރަ ނުވެބަލަ.. ކިހާ ލޯބި ލޫލު.. އެވެސް ހަމަ މާމަ ދަރިއެއްނުން..” ނާއިލް މިހެން ބުނެ ހިނިތުން ވެލިއެވެ.
****
ޖެޓްސްކީ ދުއްވާލުމަށްފަހު ލޫތް އޭނާ ގޮވައިގެން ތަން ކޮޅެއް ދުރަން ހިނގާލަން ދިޔައެވެ. ލޫލު ދޮންވެލި ގަނޑުން ކުދި ބޮލި ހޮވަމުން އަތުގައި އޮތް ކުޑަ ކުޅޭ ބަކެޓަކަށް އަޅަމުން ދިޔައެވެ. މިތަން ފެނި ލީނާ ވެސް އެމީހުންގެ ފަހަތުން އައިސް އަރާ ހަމަކުރިއެވެ. ލޫތްގެ އަތުގައި ހިފާލައިގެން ހިނގާފަ ދިޔަ ލީނާ ހުރީ ލޫތްއާއި ވާހަކައެއް ދައްކާލަން ކެތް މަދުވެފައެވެ. ސިއްރުތަށް ގެންގުޅެނީ ހަމައެކަނި ލީނާ ނޫންކަން އޭނާއަށް މިހާރު ވަނީ އިނގިފައެވެ.
އާއިލާ މީހުންނާއި ތަންކޮޅެއް ދުރަށް ގޮސް ވެލިގަނޑުމަތީގައި ދެމީހުން އިށީނދެލިއިރު ލޫލު މޫދު ކައިރީއި ބޮލި ހޮވައި ވެއްޔާއި ކުޅެން އިނެވެ. “ދޫނި މޫދަށް ނޭރެއްޗޭ.” ލޫލުއަށް އަޑުއިވޭ ވަރަށް ލޫތް ބުނެލިއެވެ. އަތް ކުރު ޓީޝާޓެއް ލައިގެން އިންއިރު ކުޑަކޮން ދިގުކޮށްލެވިފައި އޮތް އިސްތަށި ކޮޅު ވަޔާއި ވިހުރިލައެވެ. އެ ދޮން މޫނަށް އަވި އެޅިފައި ވުމުން އެ ބޯ އެސްފިޔަތަކުގެ ކަޅުކަން ގަދަހެން ވެސް ހީވެއެވެ.
“ލޫތް.. އަހަރެންދެކެ ލޯބި ވޭތަ؟” ލީނާ ކޮށްލި ސުވާލުން ލޫތް ކުޑަކޮން މޫނު ހަދާލިއެވެ. “ތީ ކޮންކަހަލަ ސުވާލެއް؟” އޭގެ ޖަވާބު ދިނުމުގެ ބަދަލުގައި ލޫތް ކޮށްލީ އިތުރު ސުވާލެކެވެ. “ކިހިނެތްވީ؟ ލޯބި ނުވަނީތަ؟” ލީނާ މިހެން ބުނުމުން ލޫތް ހަމަހިމޭންވިއެވެ. އެ ސިކުއްތު ލޫތްގެ ލޯ ކުރިމައްޗަށް ސިފަވީ އައިފާގެ ސޫރައެވެ.
އެ ޚިޔާލު ދޫކޮށްލަމުން ލޫތް ވާހަކަ ދެއްކިއެވެ. “އަމް.. ނޫން.. ލޯބިވޭ.” ލޫތް މިހެން ބުނިއިރު އެ އަޑުގައި ވީ ނުތަނަވަސްކަން ލީނާއަށް ފާހަގަވިއެވެ. “ހާދަ ޝައްކުވެފައި.. ޔަޤީން ނުވަނީތަ؟” ލީނާ މިހެން ބުނުމުން ލޫތް އޭނާގެ ތޫނު ނަޒަރު ލީނާއަށް އަމާޒުކޮށްލިއެވެ. “ތިދެން ކޮން ވާހަކައެއްތަ؟” ލޫތް މިހާރު ވާހަކަދެއްކީ ހިތްހަމަ ނުޖެހިފައި އިނދެއެވެ.
“ކީއްވެޔޯ އައިފާ މިތަނަށް ނުގެނައީ. އޭނަ ވެސް ގެންނަން ވާނުން. ދޯ ލޫތް.” ލީނާ މިހެން ބުނުމުން ލޫތްގެ މޫނުމަތިން ފާޅުވީ ނުތަނަވަސް ކަމެވެ. “ކިހިނެތްވީ؟ ލޫތް ހީކުރީ އަހަރެނަށް ނޭނގޭ ކަމަށްތަ؟ އަހަރެން ދެކުނީމޭ ލޫތް އެދުވަހު އައިފާއާއިއެކި ގައިން ގަނޑު!” ލީނާ ރުޅިވެރި ކަމާއި އެކު މިހެން ބުނެފައި އިންތަނުން ތެދުވިއެވެ.
ލޫތަށް ހިތް ގެނބުނު ކަހަލަ އިހުސާސެއްވިއެވެ. އޭނާ ފަހަރެއްގައި ވެސް ލީނާއަށް އެދުވަހު ވީ ކަންތަން ފެނިފައި އޮތްކަމެއް ނުދެނެހުއްޓެވެ. އޭގަފަހުން އެތަށް ދުވަހެއް ވޭތުވި އިރުވެސް ލީނާ އެކަމާއި މެދު ސުވާލު ނުކުރިއިރު މިއަދު މިވީ ކިހިނެތްބާއޭ ހިތަށްއެރިއެވެ.
“އަހަރެން އެއްޗެކޭ ނުބުނީ ނޭނގޭތީއެއް ނޫން.. އެކަމަކު މިވާހަކަ ދައްކާނެ ގޮތެއް ނޭނގުނީ. ކީއްވެ ލޫތް؟ އަހަރެންނަށް ކޮން ކަމެއް ނުކޮށްދެވުނީ؟” ލީނާގެ އަޑުގައި ވީ ހަރުކަށި ކަމެވެ.
ލީނާގެ ވާހަކަ ހުރިގޮތުން އޭނާއަށް އައިފާ ކުރި ކަންތަން ނުފެއްނަކަން ލޫތަށް ޔަޤީންވިއެވެ. އެކަމަކު ދެން ލީނާގެ ސުވާލުތަކާއި ކުރިމަތި ލާނެ ގޮތެއް ނޭނގުނެވެ. “ލީނާ.. އަހަރެން.. އައި އެމް ސޮރީ.” ލޫތް އަމިއްލައަށް އެކަމަށް އިއުތިރާފް ވިއެވެ. ރީއްޗަށް ބޭޒާރު ވުމުން ދެން އޮޅުވާލުމުގެ ބޭނުމެއް ނެތޭ އެހިތަށް އެރިއެވެ.
ލީނާ އިތުރަށް އެތަނުގައި މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ. ލީނާއަށް އެދުވަހު ލޫތް ކުރި ކަންތަން ފެނުނު ކަމުގައި ވިއަސް ހިތްވަރު ކޮށްލައިގެން އެވާހަކަ ނުދައްކާ ހުރީ އޭނާ ވިސްނަން ޖެހިފައި އޮތް ކަންތައް ބޮޑުވުމުންނެވެ.
ނަމަވެސް މިއަދު ލޫލު އައިފާއާއި ހެދު އުޅުނުވަރުން އެހިތަށް ކެތްނުވީއެވެ. ލޫތް އޭނާ ދޫކޮށްލާފައި ހިނގައިދާނެހެން ހީވަނީއެވެ. މިހާރުވެސް ލޫލުގެ ސިއްރު ފަޅާއަރައިފިއްޔާ ލޫތް ދިއުން ގާތްއިރު އައިފާއާއި ހެދި ލޫތް ބީވުމަކަށް އޭނާ ނޭދެއެވެ.
“ލީނާ. ލީނާ މަޑުކޮށްބަލަ.” ލީނާގެ ފަހަތުން ހިނގައިގެން ލޫތް ބޭނުންވީ ލީނާ ހުއްޓުވާށެވެ. “މިދައްކާ ވާހަކަ އަޑުއަހާބަލަ.” ލީނާއާއި އަރާ ހަމަކޮށް އެ އަތުގައި ހިފާލަމުން ލޫތް ބުނެލިއެވެ. “ނޫޅެން ދޫކުރޭ..” ލީނާ ދާން ގަދަހެދިއެވެ. ނަމަވެސް ލޫތް ހުރީ އޭނާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. “ކީއްވެ ލޫތް! އެ އައިފާ އެ އުޅެނީ ލޫތް ގެންދަން.. އައި ހޭޓް ޔޫ.. ލޫތް ވެސް މިހާރު ފޫހިވީ!” ލީނާ ރުޅިއައިސްފައި ހުރެ ވާހަކަދެއްކިއެވެ.
ދޮންވެލިގަނޑުމަތީގައި ކުޅެން އިން ކުޑަކުޑަ ލޫލު ތެދުވެ ކައިރީގައި ހުރި ބަކެޓް ނެގިއެވެ. އަދި ދުރުގައި ތިބި ލޫތްއާއި ލީނާ ފެނުމުން އޭނާ ގޮވަން ފެށިއެވެ. “ޑެޑީ..ޑޭޑީ.” ލޫލު ދެފަހަރަކު ގޮވާލުމުން ވެސް އެ މީހުންނަށް އަޑެއް ނީވުނެވެ. އެންމެފަހުން ބަކެޓް ހިފައިގެން އޭނާ މަޑުމަޑުން މޫދަށް އެރުނެވެ.
އުނގަނޑާއި ހަމައަށް އެރުމަށްފަހު ބަކެޓަށް ފެން އެޅުމަށްފަހު އެނބުރި ދޮންވެލިގަނޑު މައްޗަށް އަރައި އޭނާ ހަދާފައި އޮތް ވަޅުގަނޑަށް ފެންތަށް އޮއްސާލިއެވެ. ދެފަހަރަކު މިހެން ހެދުމަށްފަހު ތިންވަނަ ފަހަރަށް އެރި އުޅެނިކޮން ލޫލުގެ ފައި ގާކޮޅެއްގައި އަޅައިގަނެ އަރި އަޅާލައިގެން ލޮނުގަނޑު ތެރެއަށް ވެއްޓުނެވެ. “ޑޭޑީ..” ވެއްޓެމުން ދިޔަ ލޫލުގެ ކަރުން ބޭރުވީ އެންމެ ބަހެކެވެ.
-ނުނިމޭ-
41 Comments!
Comments are closed.
hey guys. next part tomorrow in sha allah. enjoy <3
Speechless…..☺☺☺
Youme r u frm kulhudhuffushi???
Hehe no kihineh v
Me first. I like it wow. Alhe please loolu salaamaoh kohba Naail. And hurihas hageegtheh kiyaadheeba looth ah dhen Aifa and Looth gulhuvaa. Mi part varah vvv reethi. Next part avahah up kurachey
Thanks dear ?
No I am second
Wow layaal. … V nice mi story…keep up your hard work…. Ekam please e kuda kuda cute cute looloo ah gotheh nahadhah chey… I will be very sad if anything bad happens to her…waiting for next part… ???
Thank you
Wow
Wow wow
Story v Rythi. Maadhama up kohdheynamey buNima v ufaa vehjje. Naail avatar aadhe looloo salaamaikuran….
Alhey..naailuu aadhey…afaa n looth please lyyna aky fakuru meeheh ulhey hadi vahthareh dhen..adhi looth dhimaalah ehches kiya eh nu
Story is breathtaking?❤??
Thanks ❤??
Very nice.. I’m so proud to have ur kind of writter in this country… I love ur story..go girl..!!
That’s so sweet! Thanks Miz❤
OMG!!!! thi ninmaaly vr hiy thalhuvaalaafa…….. N plss next part avahah up kohdhehchey……??????????????????????????????✌✌✌✌✌✌✌✌✌✌✌✌✌
obiness..☺
Vv salhi
wow v nice
Thanks layaal. V nice. Story
perfect
Looth kuri kanthah leena ah burst vi gothah leeena kuri kanthah nxt part ga burst vehjehyaa this story would be suprb…break ur leg writter..well done
Hama obiness to the max. Keehve tha looth ehaa rulhi gada ee. Dhen looth ailaa dheke loabi vaane goi hadhaabaa avaha.
I mean aifaa dheke loabi vaane goi**
Nyce story… ?
V v v v. Furihama
Vvvvvv salhi
Neyvaa nulaa inah jehunee kee iruga ehaa ves furihama.
Varah varah reethi….
v v v vv reethi …well ddone
i love this story.
layaal this story is just awesome. avahah up kohdhehchey ingey.
varah varah reethi 🙂
Wow it’s v nice
Whn up kurany
today evening in sha allah ? around 5.
V salhi mi part
Alhe awahah faheh jahaabala… Just CAN’T wait
Waiting ?
Waiting ?
Itx already 5 ?