
ރުހޭތޯ ކަލާ (1)
ހަތަރު ބުރިއަށް ނަގާފައިވާ ބޮޑުގޭގެ ޓެރެހުގައި ތިބި ދެބޭން ހީވަނީ އެކެއް އަނެކަކުގެ ފޮޓޯއެއް ހެންނެވެ. އެހާވެސް ވައްތަރެވެ. ވައްތަރު ނުވާންވީ ކީއްވެ ހެއްޔެވެ؟ އެއްމާބަނޑު ދެކުދިން ވިއްޔާއެވެ. އުމުރުން ބާވީސް އަހަރު ވީއިރު ދެކުދީންވެސް ކިޔަވަމުން ދިޔައީ އެމެރިކާއިންނެވެ. މަންމައަކީ އެމެރިކާގެ މީހަކަށްވުމުން އެންމެ ކުޑައިރުއްސުރެވެސް އެކުދިން އުޅެމުންއައީ އެތާނގައެވެ. ރާއްޖެ އަންނަނީ އަހަރަކު އެންމެ ފަހަރަކުއެވެ. އެވެސް ބައްޕަގެ މަންމަ ކައިރިއަށެވެ. އައިޑެންޓިކަލް ޓްވިންސްއެއް ކަމުން ގިނަ ފަހަރަށް މަންމައަށްވެސް އޮންނަނީ ދެބެން އޮޅިފައެވެ. އެކޮޅުން ޑިގްރީ ނިންމުމަށްފަހުގައި މިފަހަރު ދެބެންވެސް އައިސް ތިބީ ތަންކޮޅެއް ގިނަ ދުވަހަށެވެ. ބައްޕައަކީ މާލޭ މިހަކަށް ވުމުން ދެބެންވެސްތިބީ އެގޭގައެވެ. ކުޑަ އިރުއްސުރެވެސް ބައްޕަ ދިވެހިން ވާހަކަ ދައްކާތީވެ އެދެބެންނަށްވެސް ވަނީ ދިވެހިން ވާހަކަ ދައްކަން ދަސްވެފައެވެ.
އެއްމާބަނޑު ދެބެންގެ އިތުރުން އެދެބެންނަކީ އެންމެ ގާތް ރަހުމަތްތެރިޔާވެސް މެއެވެ. ދެބެން ތިބީ އެކި ވާހަކަ ތަކުގައެވެ. މާލެ އައިތާ ހަމަސް ވެފައިވުމުން އެކަން ފާހަގަ ކުރަން ބޭރަށް ދާން ހިނގާށޭ އެކަކު ބުނެފިއެވެ. ނަމަވެސް ދެބެން ހުއްޓުން އެރީ މާހިރުގެ އަޑު ތިރިން އައުމުންނެވެ.
“އިޒްވާން… އިއްބާން…” މާހިރުގެ އަޑުން ބިރުގަތީ އިޒްވާންއެވެ. އޭނާއަށް ޖެހެވުނީ ފަހަތަށެވެ. ހީވީ އެިކިޔަން އުޅޭ އެއްޗެއް އެނގުނު ހެންނެވެ.
“ހަމަ މިހާރު އާދޭ… މީހަރު އާދޭ..” އިއްބާންއަށްވެސް މިފަހަރު ކަމެއް ގޯސް ވެއްޖެކަން އެނގިއްޖެއެވެ. މާހިރު ސިޑިން މައްޗަށް އެރިއިރު އެންމެ ފުރަތަމަވެސް ފެނުނީ އިއްބާންއެވެ. އިޒްވާން ހުރީ އަނެއް ފަރާތުގައެވެ. އެހެން ވުމުން މާހިރުއަށް ހީކުރެވުނީ އިއްބާނައަކީ އިޒްވާން ކަމަށެވެ. އެހެން ދިމާލަކަށް ބަލާލުމެއްނެތި އަތް ދަމާލާފައި ޖަހާލެވުނީ އިއްބާންގެ މުނުގައެވެ. މޫނުގައި ފިރުމަން ހުއްޓައި ފަހަތުން އެރި ޕޮލިސް ދެމިހުންވެސް އިއްބާންއަށް ފެނިއްޖެއެވެ.
“މިހުރީ އިޒްވާން… ގެންދޭ އޭނާ..” ތުރުތުރު އަޅަ އަޅާ ހުރި އަޑަކުން މާހިރު ޕޮލިހުންނަށް އިއްބާން ދައްކާލަމުން ބުނެލއިފިއެވެ.
” ބައްޕާ… އަމް އިއްބަ.. އިއްޒަ ވީ އެފަރާތުގަ..” އަތުގެ އިޝާރާތުން ތެރެހުގެ އެފަރާތް ދައްކާލަމުން އިއްބާން ބުނެލައިފިއެވެ. އިއްބާން އެހެން ބުނުމުން މާހިރު ބަލާލީ އިއްބާންގެ ކަންފަތް ކައިރިއަށެވެ. ތެދެކެވެ. އިއްބާންގެ ކަންފަތް ކައިރީގައި އިންނަ ކަޅުތިލަ ފެނުމުން މާހިރު އަށް ޔަޤީން ވެއްޖެއެވެ. މިވަނީ ކިހިނެއް ކަމެއް ނޭނގި ހުއްޓައި އެމީހުން އެފަރާތަށް ދާން ފަށައިފިއެވެ. އިއްބާން ކައިރިންލާފައި ދިޔަތަނާހެން ވަރަށް ބާރު އަޑެއް އިވިގެން ދިއުމުން މާހިރުގެ ރުއިމުގެ އަޑުވެސް އިވިއްޖެއެވެ.
“އިޒްވާން…. ” ބައްޕަ ރޮއެ ގަނެފައި ތިރިއަށް ދާން ދުއްވައި ގަތްތަން ފެނުމުން އިއްބާން ދިޔައީ އޭނާއާއި އިޒްވާން ހުރި ދިމާލަށެވެ. ދެޕޮލިހުންވެސް މާހިރުގެ ފަހަތުން ދުވެފައި ދާތަން އިއްބާނަށް ފެނުނެވެ. ނަމަވެސް މިވަނީ ކިހިނެއް ހެއްޔެވެ؟ އެތަނުން އިޒްވާން ފެންނަން ނެތުމުން އިއްބާން ގޮސް ފާރުގައި އަތް އަޅުވާލުމަށްފަހު ތިރިއަށް ބަލާލައިފިއެވެ. ތިރީގައި ބަންޑުން އޮތް އިޒްވާން ފެނުމުން އިއްބާންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އިޒްވާން އޮތީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހީލައިގެންނެވެ. އެހާލުގައި އޮވެެސް މަޑުމަޑުން ތައް ނަާައި ނާންނާށޭ ބުނެލައިފިއެވެ. ހިނދު ކޮޅަކަށް ވަށައިގެން އިވެމުން ދިޔަ އަޑުތައްވެސް ހުއްޓިއްޖެއެވެ. އިޒްވާންގެ ބޮލުން ފައިބަމުން ދިޔަ ލޭތަކުން އޭރު އެތަނުގައި ކޯރެއް ހެދިއްޖެއެވެ. މާހިރުއާއި ދެޕޮލިހުންވެސް އޭރު އެތަނަށް އައިސް އިޒްވާން ނަގައި ގަނެއްޖެއެވެ.
ފާރުބައި ބުރަކަށި ޖައްސާލަމުން އިއްބާނަށް ތިރިވެއިށީނދެވުނީއެވެ. އަތާއި ފައި ފިނިވީ ފެނުނު މަންޒަރު ބިރުވެރި ކަމުންނެވެ. ދޮންބެ އެހެން ކަންތައް ކުރީ ބައްޕަ ސަބަބުންނެވެ. އިޒްވާން އެހެން އޮއްވައި ފެނުމުން އޭނާއަށް ހަދާނެ ގޮތެއް ނޭނގުނެވެ. އެތަނުގައި އެހެން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް އިއްބާނަކަށް ނޭނގުނެވެ. ހޭވެރިކަމެއްވީ އިލްހާމާ އައިސް އިއްބާންގެ ކައިރީގައި އިށީނުމުންނެވެ. މާމަ އައިސް ކައިރީގައި އިންތަން ފެނުމުން އިއްބާނަށް ހޭވެރިކަމެއް ވެއްޖެއެވެ. އަވަހަށް އިޒްވާން ވީ ތަނެއް އަހާލައިފިއެވެ. ނަމަވެސް އިލްހާމާ އަވަހަށް އިއްބާންގެ އަތުގައި ހިފަހައްޓާލައިފިއެވެ.
“މާމަ އާއެކު ދާންވީނު ދަރިފުޅު…” ތެދުވި އިއްބާން ފެނުމުން އިލްހާމާ އެކުއްޖާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ދަރިފުޅު މިތާ އިންނަތާ ކިހާ އިރެއް ވެއްޖެކަން އެނގޭތަ؟.” އިއްބާންގެ އަތުން ދޫކޮއްނުލައި އިނދެގެން އިލްހާމާ ދިޔައީ ވާހަކަ ދައްކަމުންނެވެ. އިޒްވާން އާއި ދެމީހުން އެތަނަށްއައީ ހެނދުނު ނުވައެއް ޖަހަން އިޅެނިކޮށެވެ.
” ދެންމެ…” ތިރިއަށް ބަލަހައްޓައިގެން ހުރެ އިއްބާން ބުނެލިއެވެ.
“މިހާރު ހަވީރު ވެއްޖެ… ފަހެއް ޖަހައިފި..” މާމަގެ އެހެން ބުނުމުން އިއްބާނަށް ވަށައިގެން ބަލާލެވިއްޖެއެވެ. ގޭތެރޭގައި މީހުން ގިނަވެފައިވާ މަންޒަރު ފެނުމުން އިއްބާންގެ ހިތް އަވަސް ވާން ފަށައިފިއެވެ. އަދިވެސް ވެގެން އުޅޭ ގޮތެއް އެނގެނީކީ ނޫން ވިއްޔާއެވެ. ގޭގެ މެދުގައި ބަހައްޓާފައިވާ އެނދުމަތީގައި ބާއްޕާފައިވާ އިޒްވާން ފެނުމުން އިއްބާނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި އައިސް އިޒްވާންގެ މޫނުގައި އަތް ޖައްސާލައިފިއެވެ. ހުދު ފޮތިން ހިނަވާލައިވާ އޮތްއިރު އިޒްވާންގެ މޫނުވަނީ އިހުނަށްވުރެވެސް ހުދުވެފައެވެ.
“ދޮންބޭ… އިއްޒާ” އިއްބާން އުޅެން ފެށިގޮތުން އިލްހާމް އެކުއްޖާ އެތަނުން ދުރު ކޮއްފިއެވެ. އިޒްވާން ވަޅުލައި ހުރިހާ ކަމެއް ނިމުނުއިރުވެސް އިއްބާން އިނީ މަރުވެފައި އިން މީހެއް ހެންނެވެ.
ދެދުވަހެއް ފަހުން ސޫޒަންވެސް ރާއްޖެ އަތުވެއްޖެއެވެ.ފަނަރަ އަހަރުގެ އިޒާވެސްހުރީ ބޭބެގެ މަރުގެ ހަބަރު ލިބުމުން ފާޑަކަށް ހުއްޓުން އަރާފައެވެ. އެންމެ ފަހު ވަގުތުގައިވެސް ދަރިފުޅު ނުފެނުނީ އޭނާއަށެވެ. މަންމަ ފެނުމުންވެސް އިއްބާން އެވަރަކުން ނޫޅެއެވެ. އިއްބާންއަށް ހީވަނީ އޭނާގެ އެއްބައި މަދު ހެންނެވެ. ހީލަންވެސް ނޭނގިފައި އެކުއްޖާއިނީ ބޭބެދެކެވާ ލޯބިންނެވެ. ސޫޒަންއާއި މާހިރުއައިސް އިއްބާންގެ ކޮނޑުގައި ހިފާލަމުން އިއްބާން މާހިރުގެ އަތް ފޮޅާލައިފިއެވެ. ހީވަނީ ހުރިހާ ކަމަކަށް އޭނ މާހިރު ކުއްވެރި ކުރާހެނެވެ. އެދެލޮލުން މިގަޑިގައި މާހިރުއަށް ފެނުނީ ރުޅިވެރިކަމެވެ. މާހިރު އަތް ފޮޅާލާފައި އިއްބާން ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ. ނަމަވެސް މާހިރު އެއަށްވުރެ ކުރިން އިއްބާންގެ އަތުގައި ހިފަހައްޓައިފިއެވެ. މިފަހަރު ކުރިއަށްވުރެވެސް ރުޅި އައިސްފައި އިއްބާން ހަޅޭއްލަވައި ގަނެއްޖެއެވެ. މާހިރުވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
“ޕްލީޒް ސްޓޮޕް އިޓް.. ބޯތް އޮފް ޔޫ…” ސޫޒަން ރޮއެ ގަނެފައި އައިސް އިއްބާންގައި ބައްދާލައިފިއެވެ.
” ބައްޕައާ ހުރެ މިހުރިހާ ކަމެއް ވާން ޖެހުނީ.. ހަމަ ކޮންމެ ފަހަރަކު އައިސް އެހެން ކަންތައް ކުރަން ޖެހޭތާ؟؟” އިއްބާން އަނެއްކާވެސް ކުރިއަށް ޖެހިލިއެވެ.
“އިއްބާނަށް އިނގޭތަ ތިލޯބިވާ ދޮންބެ ކޮއްފަ އެދިޔަ ކަމެއް…” މާހިރު ރުޅި އައިސްފައި ބުނެލައިފިއެވެ. އެހިސާބުން އިއްބާންވެސް މަޑު ޖެހިލައިފިއެވެ. މާހިރު މަޑުމަޑުން އައިސް އިއްބާންގެ ކޮނޑުގައި ހިފާލަމުން ވާހަކަ ދައްކަން ފަށައިވިއެވެ.
“ބައްޕަހުރީ ހެންވޭރު ފިހާރައިގަ ޕޮލިހުންނާއެކު އީމާން އައި އިރު.. އޭނާގެ އަންހެން ދަރިފުޅުގެ އިއްފަތްތެރިކަން ފޭރިގަތީ ތި ލޯބިވާ އިއްޒަ… އެކަހލަ ވިޔާނުދާ އަމަލު ކޮއްގެންތަ އަހަރެން ތިދެމީހުން ބޮޑުކުރީ” މާހިރު އިއްބާނަށް ބަލާލަމުން ބުނެލިއެވެ. އީމާންއަކީ މާހިރުއާއި ކިހާ ގުޅުމެއް ހުންނަ މިހެއްކަން އިއްބާނަށް އެނގެއެވެ. އީމާނަކީ މާހިރުއާއި ވިޔަފާރީގެ ގޮތުން ޖައްސާލައި ހުންނަ މީހެކެވެ. މާހިރުގެ މިކޮޅުގެ ހުރިހާ ވިޔަފަރިއެއް ހިންގަނީ އީމާންއެވެ. ނަމަވެސް އިޒްވާން އޭނާނުލައި އެއްވެސް ތާކަށް ދާ މިހެއް ނުނެވެ.
“ބައްޕައަށް އަހާނުލެވޭތަ އިއްޒަ ކައިރީގަ އައިސް..” އިއްބާންގެ ރުޅިގަނޑު މަޑުމަޑުން ކަރުނައަށް ބަދަލުވާން ފަށައިފިއެވެ.
“އެއްޗެކޭ އެހުމުގެ ކުރިން އޭނަ މިތަނުން ފުންމާލަން ޖެހޭތަ؟؟” މާހިރު އެހެން ބުނިގޮތުން ހީވަނީ އިޒްވަން މަރުވުމުން އެއްވެސް ވަރަކަށް ދެރަ ނުވާހެނެވެ.
“ރައިޓް ދެއަރ… ތީ ބައްޕަގެ ހުންނަ އެންމެ ކަމުނުދާ ސިފަ… އެއީ ބައްޕަގެ އެންމެ ބޮޑު ދަރިއޭ… އެންމެ ކުޑައިރުއްސުރެވެސް ބައްޕަތި ވާކަމެއް އަހާ މީހެއްނުން.. މިހަކު އެއްޗެކޭ ބުނަންތަނަށް އައިސް އަހަރުމެން ދެމީހުންގައި ޖެހުން..ބައްޕައަށް ހަމަ ރަނގަޅަށް އިނގޭން އިއްޒަ ބައްޕަދެކެ ބިރު ގަންނަކަން.. އެހާބޮޑު ވެފަ ހުރިއިރު ދުވަހަކުވެސް އޭނާ ބައްޕައާއި ދިމާލަށް ޗުއްޕުވެސް ނުބުނޭ.. ” ތިރީގައި އިށިންނަމުން އިއްބަން ބޮލުގައި އަތް ޖައްސާލައިފިއެވެ.އިލްހާމާ އިނީ މޭޒުކައިރީގައި އިން ގޮނޑިއެއްގައެވެ. އިއްބާން މުލިއަކުން ބުނީ ގޯސް ވާހަކައެއް ނުނެވެ. އެންމެ ކުޑައިރުން ފަށައިގެންވެސް މާިރު އެދެބެން ކައިރިއަށް ދާނީ އެންމެ މަހަކަށެވެ. ދެން ޗުއްޓީ ވުމުން ކޮންމެ އަހަރަކުވެސް އެކުދިން ރާއްޖެއާދެއެވެ. އިއްބާން އެކޮޅުން ޑިގްރީ ނިންމި ގޮތަށް އަދި އުޅެނީ ވަޒީފާއެއް ނުހޯދައެވެ. ނަމަވސް ކަންތައް ވީގޮތުން އޭނާ ރާއްގޭގައިވެސް އަދި އެމެރިކާގައިވެސް އުޅޭކަށް ބޭނުމެއްނުވިއެވެ.
އިއްބާން ވަޒީފާއަކަށްދާން ހިޔާރު ކުރި އޮސްޓްރޭލިއާއަށެވެ. އެތަނަކީ މަންމައާއި ބައްޕައަށްވެސް ވާ ތަނެއް ނޫނެވެ. އެންމެންގެ ނުރުހުމުގައި އިއްބާން ފުރިއިރު އެކަމައި ދެރަވެފައި ހުރީ އލްހާމާއާއި ސޫޒަންއެވެ. ސޫޒަން ނިންމީ ރާއްޖެއަށް ދިރިއުޅުން ބަދަލު ކުރާށެވެ. ދެން ދަރިންނާއި ދުރުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ސޫޒަން ޤަބޫލު ކުރާ ގޮތުގައި މިހެންވާން ދިމާވީ އޭނާވެސް ދަރިންގެ ބައްޕައާއި ވަކިން އޭނާގެ ޤައުމުގައި އުޅެން ނިންމުމުންނެވެ. ކަންތައް ކޮންމެ ގޮތެއްގެ މަތިން ދިޔަ ކަމުގައި ވިއަސް އިއްބާން އެނބުރި އެގެއަށް ނާންނާނެކަން ސޫޒަންއަށް އެނގެއެވެ. ސޫޒަންވެސް ބޭނުންވި ދަރިންނަށް ރަނގަޅު ތައުލީމެއް ދޭށެވެ. އެކަމުގެ ސަބަބުން ވީރާނާ ވެގެން މިދިޔައީ އޭނާގެ މުނި އާއިލާއެވެ.
4 އަހަރު ފަސް
ރާޅު ޖަހާ ފަށުގައި އިށީނދެގެންއިން ތިން އަހަރުގެ ކުޑަކުޑަ ފުރާނައަށް ބަލަން ދުރުގައި އީމާންއާއި އޭނާގެ އަންހެނުން ތިބީ ހެވިލާފައެވެ. ދެމިހުންގެ ހުރި ހަމައެކަނި އަންހެންކުއްޖާއަށް ލިބުނީވެސް އަންހެން ފުރާނައެކެވެ.އާރާއަށް ތިންއަހަރު ވީއިރު ހީޒަލްވެސްވަނީ ކޮންމެވެސް ވަރަކަށް ކުރީގެ ހަނދާންތަކާއި ދުރުވެފައެވެ. ހީޒަލް ކޮޅަށް ހުރީ އާރާވެސް ދުވަން ބޭނުންވެފައި ހުރުމުންނެވެ.އާރާއަށް ބަލާލަމުން ހީޒަލް ހިނިތުންވެލީ އެކުއްޖާ އެހާ އުފާވެފައި ހުރުމުނެވެ. މަންމަ ފުވައްމުލަކު މީހަކަށް ވުމުން ލިބޭ އުފަލަކީ މިއީއެވެ. ކޮންމެ ޗުއްޓީ އަކަށްވެސް ރަށަށް އާދެވެއެވެ. މޫދުގައި ގިނައިރު އުޅުމުން ދެމައިންވެސް ވަނީ ރަތްވެފައެވެ.
ގެއަށް އައިސް ހީޒަލް އުލެގަތީ އަވަހަށް އާރާ ނިންދަވާށެވެ. އެހެންނާ މިރޭވެސް ކޮންމެވެސް އެއްޗެކޭ ކިޔާފައި އިންނާނީ ކުޅޭށެވެ.އެނދުގައި އަރައިއިން އާރާގެ މޫނުމަތިން މިރޭ ފެންނަނީ ވަރުބަލިކަމެވެ. ކައިރީގައި ބާއްވާލުމުން ވަރަށް އަވަހަށް ނިދައިފިއެވެ. ކޮޓަރީގައި ދިއްލާފައިވާ ފަނޑުއަލިން ހީޒަލް އެކުޑަ ކުޑަ މޫނަށް ބަލާލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. އެއީ އޭނާ ބޭނުން ނުވެގެން އުޅުނު ކުއްޖާއެވެ. އޭނާގެ ނުރުހުމުގައި މީހަކުދިން އަނިޔާގެ ނަތީޖާއެވެ. ހީޒަލްގެ އތުރުން އެހެން މިހުންވެސް ބޭނުންވީ އެކުއްޖާގެ ފަރާތުން ސަލާމަތް ވާށެވެ. ނަމަވެސް މިހާރުއެއީ އެއާއިލާގެ ދިރުމެވެ. އެންމެންގެ ހިތްތަކުގެ ރާނީއެވެ. އާރާއަށް ކަމެއް ވެއްޖެނަމަ އީމާންގެ ދެމަފިރިން މަރުވެސް ވެދާނެއެވެ. ނަމަވެސް އާރާއަށް ބަލާލާ ކޮންމެ ފަހަރަކު ހީޒަލްއަށް ސިފަވަނީ އެއަނިޔާވެރިޔާގެ މޫނެވެ.
މީގެ ކުރިން އޭނާއާއި އިޒްވާންއާއި ގަޔާވި ކަމުގައި ވިއަސް އޭނާ ކަންތައް އެކަމުގެ ބޭނުން ހިފީ އެންމެ ނުބައިކޮށެވެ. ހީޒަލްގެ ނުގަބޫލުގައި އިއްފަތްތެރިކަމަށް އަރައި ގަތީއެވެ. އާރާއި ބަނޑުކަން އެނގުނު ވަގުތުން ފެށިގެން ހިޒަލް ބޭނުންވި އެކުއްޖާ ދުއްވާލާށެވެ. ނަމަވެސް އޭނާގެ ސިއްހަތު އެކަމަށް ތަނެއް ނުދިނެވެ. އެހެން ކަމުން އެކަންވެސް އޭނާއށް ނުވިއެވެ. ދެން އިވިގެން ދިޔައީ އިޒްވާން އަމިއްލައަށް މަރުވި ހަބަރެވެ. އިޒްވާންގެ އެއްމާބަނޑު އެހެން ކުއްޖެއް ހުންނަކަމެއް އެއްވެސް ވަރަކަށް ހީޒަލްއަކަށް ނޭނގެއެވެ. އީމާންވެސް އެކަން ސިއްރުކުރީ އޭރު ހީޒަލް ކޮންމެ މީހަކު ދެކެވެސް ބިރުން އުޅޭވަރުންނެވެ.
އާރާ ނިދުމުން ހީޒަލް ބޭނުންވީ ބޭރަށ ނިކުންނާށެވެ. މާލެދާން ފުރުމުގެ ކުރިން އޭނާ ކުރަންޖެހޭ ވަރަށް ގިނަ ކަންތައްވެސް އެބަހުއްޓެވެ. އޭރު އީމާންއާއި ސަލްމާވެސް އުޅެއެވެ. ފައިޒަލްވެސް އުޅުނީ ރައްޓެހި ބަޔަކާއި އެކުގައެވެ.
“ކޮބާ އާރާ؟ ނިދީތަ؟…” ހީޒަލް ނިކުތުމުން ފައިޒަލް އަހާލިއެވެ. އޭރު އޭނާގެ ކައިރީގައި ތިބި އަނެއް ދެފިރިހެން ކުދިންތިބީ ހީޒަލްއަށް ބަލާށެވެ.
“ވަރަށް އަނގަ ތަޅާފަ އެނިދީ.. ހިނގާ ކާން ދޮންބޭ..” ސަލްމާމެނާއި ކައިރިއަށް ދަމުން ހީޒަލް ގޮވާލިއެވެ. އީމާންވެސް އެންމެ ފުރަތަމަ އަހާލީ އާރާގެ ވާހަކައެވެ.
“ދަރިފުޅު ކޮންކަމެއް ކުރަން ދާން ތިއުޅެނީ އެހާ އަވަހަށް..”ސަލްމާ ގޮނޑި ދަމާލަމުން ތެދުވެ ފަންކާ މަޑުކޮއްލައިފިއެވެ. ކުޑަކޮށް ވިއްސާރަކޮށް އޮތުމުން ފުދޭ ވަރަކަށް ވައިޖެހެއެވެ.
“އޮފީހަށް ނިކުންނަންވެސް ޖެހޭނެ.. ދެން އަނެއްކާ ކުލާސްތައްވެސް ފޭނެ އެއްނު..” ތަށިން ދެރޮށި ނަގައި ފުނޑުކޮއްލަމުން ހީޒަލް ހީލައިފިއެވެ.
“ހާދަ މަދުންނޭ.. އެހެންވެއޭ ދަރިފުޅު ހިކެނީ..”ސަލްމާ ތަށި ދޮންނަން އިނދެފައި ފަހަތަށް ބަލާލަމުން ބުނެލިއެވެ.
ދެދުވަހެއްގެ ތެރޭގައި ހީޒަލްމެންވެސް ފުރަގެން މާލެ އަތުވެއްޖެއެވެ. އޮފީހަށް ނިކުންނަން ފެށުމުން އާރާ ވަރަށް ޝަކުވާ ކޮއްލާފައި ހުއްޓެވެ. ތިން އަހަރެއް ކަމަކު އަނގަ ތަޅާވަރުން ހީވަނީ ބޮޑު މީހެއް ހެންނެވެ. ދައްކަން ނޭނގޭ ވާހަކައެއް ނޯވެއެވެ.ފައިޒަލްއާއި އޭނާ އިންނަން އުޅޭ ކުއްޖާ އަބަދުހެން އުޅޭނީ އާރާ ގޮވައިގެންނެވެ. ގިނަ ފަހަރަށް ހީޒަލް ނުހުންނައިރު ސަލްމާގެ ބަދަލުގައި އެކުއްޖާ ބަލަނީވެސް ވަޖާއެވެ. އާރާވެސް ހުންނާނީ ވަޖާ ފެނިއްޖެނަމަ މޮޔަވެފައެވެ.
ގިނަ ދުހެއް ފަހުން ނަމަވެސް މާލޭގެ ފަސްގަނޑުގައި ފައި ޖެހުމުން އިއްބާންގެ ހަނދާންތައް އާވެއްޖެއެވެ. މިތަނަކީ އޭނާއާއި އޭޏާގެ ބޭބެ ވަކިވާން ޖެހުނު ތަނެވެ. ފޮށި ހިފައިގެން މަގުމަތީގައި ހުރިއިރު އިއްބާން ހީވަނީ ބޭރު މީހެއް ހެންނެވެ. ގިން މީުން ހީކުރަނީވެސް އެހެންނެވެ. އޭނާގެ މޫނުމަތިން އެއްވެސް ވަރަކަށް ރާއްޖެއަށް ވާ ގޮތެއްވެސް ނުހުރެއެވެ. ލިބިފައިވާ އިސްކޮޅާއި ދޮން ހަށިގަނޑުން ބޮޑަށް ވައްތަރީވެސް މަންމައާއެވެ. ނޫކުލައިގެ ކަޅިއާއި ކަޅުކަން ގަދަ އިސްތަށިގަނޑުން އެރީތިކަން ދެގުންއަށް ދެއެވެ. ކާރަކަށް އަރައިގެން ގޮސް އޭނާ ހުންނަން ހަމަޖެހިފައިވާ ގެއަށް ދެވުނުއިރު އެތަނުގައި ކުންފުނީގެ ވަރަށް ގިން މީހުން ތިއްބެވެ. ރާއްޖެއާއީވެސް އޭނާ މަސައްކަތްކުރާ ކުންފުނީގެ ރާއްޖޭގެ ބުރާންޗްގެ ބޮޑު މީހަކަށެވެ.
ލޮލުގައިވާ އައިނު ރަނގަޅު ނަގަމުން އިއްބާން އެންމެންގެ މޫނަށް ބަލާލަމުން ހީލައިފިއެވެ.އަންހެން ކުދިވެރިން ހީލި ގޮތުން ހީވަނީ އެންމެ އުފާވެފައިވަނީ އެމީހުންހެންނެވެ. އެންމެން އޭނާއާއި ވާހަކަ ދައްކަންފެށީ އިނގިރޭސި ބަހުންނެވެ. މީހުންނަށް އެއްވެސް ވަރަކަށް އިއްބާނަކީ ރާއްޖޭ މީހެއްގެ ދަރިއެއް ކަމެއް ނޭގުނެވެ.ފުރަގަހަށް އަތް ލައިގެން އިނުމަށްފަހު އިއްބާންވެސް ވާހަކަ ދައްކަން ފަށައިފިއެވެ.
“މިތާ ހިރަފުސް އެބަހުރި… މިތާ” މިސެޕްޝަންގެ މަތީގައި އަތް ހާކާލަމުން އެމީހުނަށް އޭނާ ދައްކާލައިފިއެވެ. އެމީހުން ހައިރާންވީ އިއްބާންއަށް ދިވެހިން އެހާ ފަރިތަކޮށް ވާހަކަ ދައްކަން އެނގުމުންނެވެ.
“ސަރ އިންގޭތަ ދިވެހި؟” މުއާޒް ފާޑަކަށް އަނގަ ސަކަރާޔް ވެއްޖެއެވެ. މުއާޒަކީ އިއްބާންގެ ދަށުން މަސައްކަތް ކުރަން ހަމަޖެހިފައިވާ މީހާއެވެ. ބަލާ ބެލުމަށް ދެމީހުންނަށްވެސް ވާނީ އެއް އަހަރެކެވެ.
“ޔަރ.. ބައްޕައަކީ ރާއްޖޭ މީހެއް..” ކުރުކޮށް ޖަވާބު ދިނުމަށފަހު އިއްބާން އޭނާ ހުންނަން ހަމަޖެހިފައިވާ ފްލޯރ ދައްކާލުމަށް ބުނެފިއެވެ.
ތިންވަނަ ބުރީގައި ހުންނަން ހަމަޖެހިފައިވާ އިރު އެތަނަކީ ވަރަށްވެސް ތަނަވަސް އެޕާޓްމެންޓްއެކެވެ. ދެކޮޓަރިއާއި ބޮޑު ސިޓިންރޫމްއެއް ވާއިރު މުޅި އެތަންވަނީ އޭ.ސީ ކޮއްފައެވެ.ލައިގެން ހުރި ގަމީހުހެ އަތްކުރި އޮޅާލަމުން އިއްބާން ދިޔައީ ބަދިހެ ހުންނަތަން ބަލާލާށެވެ. އެހެން މިހުން އެތަނުން ނިކުމެގެން ދިއުމުން ސޯފާގެ ތެރެއަށް އިއްބާން ވެއްޓި ގަނެއްޖެއެވެ.ފޮށީގައި ހުރި އެއްޗެހިތައް އަލަމާރީގައި އަޅުވާލުމަށަފަހު ިއްބާން ނިކުމެލީ ބެލްކަންޏަށެވެ. މަގުމަތީގައި މީހުން ހޭލަމޭލަވެ އުޅޭތަން ފެނުމުން އޭނާ ކުޑަކޮށް ހިތްހަމަ ޖެހިއްޖެއެވެ. މޭޒުމަތީގައި ބާއްވާފައިވާ ދަބަހުން އިއްބާން އެއްޗެހިތައް ނަގަމުންގޮސް އޭގައިވާ މޮނިޓަރ ފޮތެއްގައި ފިރުމާލައިފިއެވެ.އެއީ މީގެ ހަތަރު އަހަރު ކުރިން މާލޭން ދިޔައިރު އޭނާއާއިއެކު ހަމައެކަނި ގެންދިޔަ ފޮތެވެ. އިޒްވާންގެ އެފޮތަކީ އޭނާ އެތައް ފަހަރަކު ކިޔާފައިވާ އެއްޗެކެވެ. ސޯފާގައި އިށީންނަމުން އަނެއްކާވެސް އިއްބާން އެހުޅުވާލައިފިއެވެ.
# # # # # #
މާލެއައިތާ ދެވަނަ ހަފްތާ ތެރޭގައިހެން އިއްބާން ހުން އައިސްފިއެވެ. އެކަމާއި އެންމެ ދިމާކުރަނީވެސް އިޒްވާނެވެ. އިއްބާނަށް އެމީހުރނާއެކު ބޭރަށް ނުދެވޭނެތީއެވެ. ހުން ގަދަކަމުން އިއްބާނަށް ވާނުވާވެސް ނޭނގެއެވެ. އެހެން ވުމުން އިޒްވާނާއާއި އޭނާގެ ދެބެންގެ ދެދަރި ކުދިންތައް ދަތުރު ދިޔައީ އިއްބާން ނުލައެވެ. ދޯނީގައި ޖެހުނު ގޮތަށް އިޒްވާނަށް ނިދުނީއެވެ.އައިނު އަޅައިގެން ދޯނި ތެރޭގައި ނިދިފައި އޮތް އިޒްވާނަށް ހޭލެވުނީ ދޯނިގިސް ރަށާއި ކައިރި ކުރުމުންނވެ.އެހެން މީހުނާއި ހިލާފަށް ރީތި ދޮންވެލި ގޮނޑުދޯސް ފެނުމުން އިޒްވާން ސޯޓު ކޮޅުގައި ދުއްވައި ގަނެއްޖެއެވެ. ދުރުގައި ހޭންތިބި އަންހެން ކުދިންތައް ފެނުނީ ތަންކޮޅެއް ފަހުންނެވެ. ވަގުތުން ހުއްޓުން އަރާފައި ފަހަތަށް ބަލާލީ ފިރިހެން ވެރިންވީ ތަނެއް ބަލާލުމުގެ ގޮތުންނެވެ.
އިޒްވާންގެ ދޮންކަމާއި ނޫކަޅިން ގިނަ ކުދިންތައް ހީކުރީ އޭނާއަކީ ބޭރު މީހެއް ކަމަށެވެ. އެއް ގޮތަކުން ބުނާނަމަ އޭނާއަކީ ހަމަ ރަނގަޅަށްވެސް އެމެރިކާ މީހެކެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާ ވާންބޭނުންވަނީ ރާއްޖޭ މީހަކަށެވެ. އަންހެން ކުދިންތައް އައިސް އިނގިރޭސިން ވާހަކަ ދައްކަން ފެށުމުން އިޒްވާންވެސް ދޫކުރާކަށް ނޫޅެއެވެ. އޭނާވެސް ވާހަކަ ދެއްކީ އިނގިރޭސިންނެވެ. ވާހަކަ ދައްކާ ގޮތް ރީތިވެފައި ފުރިހަމަ ކަމުންވެސް މީހަކު އޭނާއަށް ޝައްކު ނުކުރާނެއެވެ. ހަފްތާއަކަށް އައި އެދަތުރުގައި އިއްބާނަށް ބައިވެރި ނުވެވުމުން އިޒްވާން ވަރަށް ދެރަވިއެވެ.
ދަތުރުގައި އައިސް ތިބި އެންމެނާއި ހިލާފަށް އިޒްވާން އަބަދުހެން ގޮސް އޮންނަނީ މޫދުގައެވެ. އެކަމާއި އޭޏާއާއި ވަރަށް ކުދިން ދިމާކުރެއެވެ. ހާއްސަކޮށް އޭނާގެ ދެބެންގެ ދެދަރި ކުދިންނެވެ. މީޝާ ދުރުން އައިސް މޫދުގައޮ އޮތް އިޒްވާނަށް ގޮވާލީ އޭނާއަށް ފުޅީގެ މަތި ނުނެގިނެންނެވެ.
“ދޮންބޭ… ދޮންބޭ… އިއްޒަ.. މީއްކޮއަށް މީގެ މަތި ނަގާ ދީބަ..” އަތުގައި އޮތް މަޔޮނައިޒް ފުޅި ދައްކާލުމުން އިޒްވާން މުދުން އަރައިފިއެވެ.
“އޭނާއަށް ދިވެހި އިނގޭތަ އަޅެ؟ މީޝާ ކީއްވެ ދޮންބެއޭ އެބުނީ..” ތަންކޮޅެއް ދުރުގައި ތިބި ޒާފިރާމެން ބެނުލައިފިއެވެ.
“އަހަންނަށް ދިވެހި ނޭގެންވީ ކީއްވެ؟ އެންޑް މީއްކޮ އިޒް މައި ކަޒިން… އަހަރެން މީ ރާއްޖޭ މީހެކޭ..” ގައިގަ ތަތްލާފައިވާ ތެތް ޓީޝާޓް ބާލަމުން އިޒްވާން އޭނާގެ ރީތި ހަށިގަނޑު ދައްކާލައިފިއެވެ.
“ވާވް… ދެން ކީއްވެ ތިހާ ދޮންވެފަ އައިޒް…” ޒާފިރާ ތުއި ގޮތަކަށް އަހާލައިފިއެވެ.
“މަންމަ އެއީ އެމެރިކަން އެއް…” އެހެން ބުނަމުން ގަހެއްގެ އޮފިގަނޑުގައި އޭނާގެ ޓީޝާޓް އަޅުވާލައިފިއެވެ.
އެތަނުން އެހެން މީހުން ދިއުމުން އިޒްވާން ގުދުވީ ފެންފުޅިއެއް ނަގާށެވެ. ތަންކޮޅެއް ދުރުގައި ފުރަގަސް ޖަހައިގެން އިން އަންހެން ކުއްޖާ ފެނުނީ އެވަގުތު ގައެވެ. ފުރަގަހުން ފެނަން އޮތް އެދޮން ކަނދުރާއިންވެސް އެކުއްޖަގެ ރީތިކަން އިޒްވާނަށް ފާހަގަވި ކަހަލައެވެ. ބުޅި ބުޅި އިސްތަށިގަނޑު ނަގައި ހުޅިއެއް ޖަހާލައިފާއިރު އެދޮން ކަނދުރާމަތީގައި އަދިވެސް އިސްތަށިކޮޅެއް އޮތެވެ. އިޒްވާން ބޭނުންވީ އެކުއްޖާގެ މޫނު ބަލާލާށެވެ.ހީލަމުން އެކުއްޖާގެ ކުރިމައްޗަށް ދިޔައިރު އޭނާ ހުރީ ލޮލުގައި ބޮޑު އައުނެއް އަޅައި ގެންނެވެ. އެހެން އިންނަ އިރު ހީވަނީ ބާރަ އަހަރުގެ ކުޑަކުޑަ ކުއްޖެއް ހެންނެވެ.އޭނާއިނީ ފޮތެއްގައި ކުރަހާށެވެ. އޭގައިވަނީ ކުޑަ ކުއްޖެއްގެ ފޮޓޯއެކެވެ.
ކުރިމަތީގައި މީހެއް ހުރިހެން ހީވެގެން ކަންފަތުގައިވާ ހެޑްސެޓް ނައްޓާލަމުން ހީޒަލް ބަލާލައިފިއެވެ. އެއީ ދޯނި ތެރޭގައި ނިދފައިއޮތް ބޭރު މީހައެވެ. އެ ނޫ ދެލޮލުން ހީޒަލްއަށް ބަލަން ހުރިގޮތުން އޭޏާ އެއްކޮށް ފިނިވެއްޖެއެވެ.
“ފެންޓާ ބޭނުން..” އިޒްވާން އޭނާގެ އަތުގައި އިން ފެންޓާ ތަށި ހީޒަލްއަށް ދިއްކޮށް ލައިފިއެވެ. އިޒްވާން އެހާ ރީތިކޮށް ދިވެހިން ވާހަކަ ދެއްކިތަން ފެނުމުން ދެލޯ ބޮޑުކޮއްލަމުން ހީލައިފިއެވެ. އެދޮންދޮން ދެކޮލަށް އެޅިގެންދިޔަ އަޑިކޮލު ފެނުމުން އިޒްވާން މޭގައި އަތް އަޅާލައިފިއެވެ. އިޒްވާންގެ އަތުން ފުޅި ނަގާފައި ބޯލި އިރު އެރަތް ފެންޓާކޮލޫ ކަރުން ލާފަތިރިއަށް ދިޔަ ގޮތްވެސް އިޒްވާނަށް ފެނުނު ކަހަލައެވެ. ހހީޒަލް އެހާވެސް ތުނި ވެފައި ރިއްޗެވެ. ހީވަނީ ހުދުކުލައިން މީހަކު ހަދާފައިވާ ބުދެއް ހެންނެވެ.
“ހީޒަލް… ތީދޯ އެންމެންގެ އެމެރިކަން މޭން..” ސަލާމަށް އަތް ދިއްކޮށްލަމުން ހީޒަލް އަމިއްލައަށް ތައާރަފް ވެލިއެވެ. އެކަމުންވެސް އޭނާ ހިތްހެޔޮކަން އެނގިއްޖެއެވެ.
“ހެހެހެ… ހީޒަލް… އަމް އިޒްވާން..” ހީޒަލްގެ އަތުގައި ހިފާލަމުން އިޒްވާން ބުނެލައިފިއެވެ. އެފޮތުގައި ކުރަހާފައިވާ އެއްޗެހި ދައްކާލާށޭ ބުނުމުން ފުރަތަމަ ބޯ ހޫރާލުމަށްފަހުގައިވެސް ދައްކައިފިއެވެ.
“ވާވް… އަހަރެންގެ ކޮއްކޮވެސް ވަރަށް ރީތިކޮށް ކުރަހާނެ..” އިއްބާން މަތިން ހަނދާން ވުމުން ބޭއިހްތޮޔާރުގައި އިޒްވާނަށް ބުނެލެވިއްޖެއެވެ.
އެހެން ކުދިންނާއި ހިލާފަށް ހީޒަލް ލައިގެން ހުރީ އައުރަ ނިވާވާ ގޮތަށް ހުރި ހެދުމެކެވެ. ބުރުގާ އަޅައިގެން ތިބި ކުދިން އެއަށްވުރެ ހާލު ބޮޑުހެންވެސް ބައެއް ފަހަރު ހީވެއެވެ. އެރަށުގައި ވީ ދެދުވަހެއްގެ ތެރޭގައި ހީޒަލް އެންމެ ބޮޑަށް ރައްޓެހިވީ އިޒްވާންއާއެވެ. އެހެން ފިރިހެން ކުދިންހެން އޭނާ ގައިގަ އަތްލާ ހަދާކަށް ނޫޅެއެވެ. ހީޒަލްވެސް އަބަދުހެން އިންނާނީ ކުރަހާށެވެ. އަށާރަ އަހަރު ވީއިރު ހީޒަލް ހަދަމުން ދިޔައީ ޑިޕޮލްމާއެވެ.
އެދަތުރަށްފަހު ދެމީހުންގެ ގުޅުންވެސް ދިޔައީ ބަދަހި ވަމުންނެވެ. ފޯނުންވެސް އެތަށް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. ވިލިގިއްޔަށް ދިއުމާއި އެހެން ކަންތައް ކުރުމަކީ ދެމީހުންގެ އާދައެކެވެ. ހީޒަލްގެ ހިތުގައި އިޒްވާނަށް އުފެދެމުންއައި އިހުސާސްތައް ބަޔާން ކޮއްދޭކަށް އޭނާއަކަށް ނޭނގުނެވެ.ހީޒަލްއައި އިޒްވާންގެ ރަހުމަތްތެރި ކަމަށް ހަތަރު މަސް ވެގެން ދިޔައިރު މީގެ އެއްވެސް ވާހަކައެއް އިއްބާނަކަށް ނޭނގެއެވެ. އިޒްވާން ހުރީ އެދެމީހުން އެކީގައިހެން ގޮސް ބައްދަލު ކުރާށެވެ. ކުޑަކޮށް ހީޒަލްއަށް ބިރު ދައްކާލާށެވެ.
ހީޒަލްގެ ޓެސްޓު ދުވަސްވަރު ކަމުން ދެމީހުންވެސް އެއްވެސް ވަރަކަށް ގުޅައެއް ނުހަދައެވެ. ދެމީހުން ބައްދަލު ކުރަން ހަމަ ޖެހުނީ މީޝާގެ އުފަން ދުވަހުގެ ޕާޓީ އިންނެވެ. އިއްބާނަކީ މިހުންގެ ތެރެއަށް ދާހިތް ނުވާ ކުއްޖެއް ކަމުން އޭނާ ބޭނުންވީ އަވަހަށް ނިދާށެވެ. އިޒްވާން އިއްބާން ނިދި ތަނާހެން ތެދުވެގެން ހިންގައްޖެއެވެ. ބޭބެ މީޝާއަށް އެހާ މިނިވަންކަން ދިނުމުން ކުޑައިރުވެސް އެކުއްޖާ ބޮޑު ތަނެއް ކުއްޔަށް ހިފާލީއެވެ. ޕާޓީގެ ތެރެއިން ހީޒަލް ފެނުމުން އިޒްވާން އަތް މައްޗަށް ނަގައި ގޮވާލައިފިއެވެ.
# # # # # #
ފޯނު ރިންގް ވާން ފެށުމުން އިއްބާން ކިޔަންއިން ފޮތް ލައްޕާލައިފިއެވެ. ފޯނުގެ ސްކިރީނުން ދިއްލިފައިވާ ސޫޒަންގެ ނަން ފެނުމުން އިއްބާން ފޮނު ނަގައި ކަންފަތުގައި ޖަހާލައިފިއެވެ. ސޫޒަން ވަގުތުން ބުނީ ގެަށް އައުމަށެވެ. ނަމަވެސް އިއްބާން އެކަާ އެހާ ގަޔާވާ ގޮތެއް ނުވިއެވެ. އޭނާ ބޭނުންވީ މާހިރުއައި ވީހާވެސް ދުރުން އުޅޭށެވެ. މާހިރު ފެނުމުން އިއްބާންއަށް މަރުވެފައި އޮތް އިޒްވާން ފެންނަ ކަހަލައެވެ. އެހެން ނީނދެ ފޯނު ބޭއްވުމަށްފަހު އިއްބާންވަނީ ފާހާނާއަށެވެ.
އާރާ ސުކޫލުން ގޮވައިގެންއައި ހީޒަލްގެ ނަޒަރު ހުރީ ފޯނަށެވެ. އޮފީހުން ދެފަހަރަކު ގުޅާފައި ބުނުމުން ހީޒަލް ހުރީ ހިތްއަވަސް ވެފައެވެ. ހުދު ކުލައިގެ ޔުނިފޯމްގައި އާރާ ފެންނަލެއް ލޮބިކަމުން މަގުމަތިން ދާ ކޮންމެ މީހަކުވެސް ދަނީ ބަލާލާފައެވެ. އާރާ ފެން ބޮވައޭ ބުނުމުން ހީޒަލްވަނީ ރެޑްވޭވްއަށެވެ.އެފިހާރައިގެ ތެރޭގައިވެސް އާރާއަށް މަޑަކުން ނީނދެވުނެވެ، ހީޒަލްގެ އަތުން ނެއްޓި ގަނެގެން ދުއްވައި ގަނެއްޖެއެވެ.ދުވަމުން ގޮސް އާރާ ޖެހުނީ އޮރެންޖް ތަކެއް ނަގަން ހުރި އިއްބާން ގައުގައެވެ. އިއްބާންވެސް އެތަނަށް އައީ މަންމަ ކައިރިއަށް ދާއިރު ތަރުކާރީ ކޮޅެއް ގެންދާށެވެ.ނަމަވެސް ދުވެފައި އައިސް ޖެހުނު އާރާ ފެނުމުން އިއްބާން އަވަހަށް ތިރިއަށް ބަލާލައިފިއެވެ. އިއްބާން ފެންނަން ތަނަށް އޭނާގެ އަތުގައި ހިފާލީ ވަރަށް މައުސޫމް ކޮށެވެ.
“ޝުސް…” އާރާ އެހެން ބުނުމުން ވަށައިގެން އިއްބާން ބަލާލީ އެކުއްޖާގެ މަންމަ ފެނޭތޯއެވެ.
“ކޮބާ ކޮއްކޮގެ މޮންމި؟؟ ” އާރާގެ އަތުން ދޫކޮއްލަމުން އިއްބާން ކުރިއަށް ހިނގައި ގަނެއްޖެއެވެ. ނަމަވެސް މިފަހަރުވެސް އާރާ އައިސް ހިފާލީ އިއްބާންގެ އަތުގައެވެ.
ހަދާނެ ގޮތެއް ނޭނގުމުން އާރާގެ އަތް ފޮޅުވާލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެއަތުގައި ހިފާލައިގެން ހުރުމުން ހިނދުކޮޅަކަށް ނަމަވެސް އިއްބާންގެ ހުސްކަން ފިލައި ހިނގައްޖެއެވެ. ހީވީ އިޒްވާންއާއެކު އުޅެވޭ ހެންނެވެ. ފުންމަ ފުންމާ އިން އާރާއަށް ފަހަތުން ހީޒަލް ފެނުމުން ޓާޓާ ކިޔާލައިފިއެވެ. ހީޒަލް ދެން ބަލާލީއާރާގެ ކައިރީގައި ހުރި މީހާއަށެވެ. އޭޏާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ.
“އިޒް ދެޓް ޔުއަރ މަމް؟؟” އާރާ އުޅެން ފެށި ގޮތުން އިއްބާން އަހާލައިފިއެވެ. ބޯއަރި ކޮއްލަމުން އާރާ ލައްބައޭ ބުނުމުން އިއްބާން އެކުއްޖާގެ އަތުން ދޫކޮއްލީ އެއްޗެއްސަށް ލާރި ދޭށެވެ. އިއްބާންގެ ފައިގައި ހިފަހައްޓާލައިގެން ހުރެފައި ހީޒަލް ކައިރިވުމުން އަނެއްކާވެސް އާރާ ދުއްވައި ގަނެއްޖެއެވެ. އާރާ އެހެން ހެދުމުން އިއްބާން ކައިރީގައި މާފަށް އެދޭނެ ވަގުތެއްވެސް ނުލިބުނެވެ.
“އާރާ…. ” ހީޒަލް އެހެން ބުނުމުން އިއްބާން ހީލަމުން ދުވެފައި ދިޔަ އާރާއަށް ބަލާ ލައިފިއެވެ.
“އާރާ.. އެޑޯރަބަލް…” އިއްބާނަށް މަޑުމަޑުން ބުނެލެވިއްޖެއެވެ.
ހީޒަލްއަށް އާރާ އަތު ވިއިރު ހުރީ ވަރުބަލި ވެފައެވެ. އެވަރަށް ދުވެފިއެވެ. ތަންކޮޅެއް ބާރަށް އެކުއްޖާގެ އަތުގައި ހިފާލައިގެން ހުރިއިރު އެމޫނުން ފެންނަނީ ލަދުވެތިކަމެވެ. ނަމަވެސް އާރާ ހުރީ ހަމަޖެހިލައިފައެވެ. ދޮރުން ނިކުމެގެން އިއްބާން ދާތަން ފެނުމުން އާރާ ޓާޓާ ކިޔާލައިފިއެވެ. ވަރަށް ވެސް ލޯތްބެވެ. ކުޑަކޮށް ފަލަކޮށް ހުރެފައި އެކުޑަ ކޮލަށް އެޅޭ އަޑިކޮޅުން އާރާގެ ލޯބިކަން އިތުރި ކޮއްދެއެވެ. ދޮން ކަމުންގޮސް ކުއްޖާގަޔަށް ހުންނަނީ ފިޔާތޮށި ކުލަ އަރައިފައެވެ. ކުއްޖާގެ މަންމަ ދޮންވި ނަމަވެސް ބޮޑަށް ހުންނަނީ އިއްބާން މެންގެ ގައިގަ ހުންނަ ކަހަލަގެ ދޮނެކެވެ. އިއްބާން އެންމެ ހައިރާންވީ އާރާގެ ލޮލުގެ ކަޅި ފެނުމުންނެވެ. އެއީ އޭނާގެ ހުންނަ ކަހަލަ ނޫކުލައިގެ ކަޅިއެވެ. ރާއްޖެއިން ވަރަށްވެސް މަދުން ނޫނީ ނުފެންނަ ކަޅިއެވެ. ފަހަރެއްގައި ރާއްޖެއިން ބޭރު މީހެއްގެ ދަރިއަކަށްވެސް ވެދާނެއެވެ. އިއްބާން ނިކުމެގެން ދިޔައިރުވެސް އާރާ ހުރީ ޓާ ޓާ ކިޔާށެވެ. އެއް ކޮލުން ހީލެވުނީވެސް އެހެންވެއެވެ.
ގެއަށް ވަންއިރު ސީޒަންހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ.އިޒާ ހުރީ އޭނަ ގެންގުޅޭ ޓެބްލެޓް ހިފައިގެންނެވެ. އިއްބާނަށް އެންމެ ފަހުން އިޒާވެސް ފެނުނީ މީގެ ހަތަރު އަހަރު ކުރިންނެވެ. ވަގުތުތައް ދާގޮތްވެސް ނޭނގެއެވެ. މިހާރު އެހުރީ އޭރުގެ އިޒާއެއް ނޫނެވެ. ހަމަ ހީވަނީ ސޫޒަންގެ ފޮޓާއެއް ހެންނެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ.އިއްބާން ފެންނަން ތަނަށް އިޒާ އައިސް އޭނާގެ ކަރުގައި އެލި ގަނެއްޖެއެވެ. ބޭރުގައި އުޅެ ބޮޑު ވުމުން އިޒާއަށް އަދިވެސް ރާއްޖޭގެ ގޮތްތަކެއް ދަސްވެފައެއް ނުވެއެވެ. އިއްބާންމެން އެހެން އައިސް އުޅުނަސް އިޒާ އަންނަނީ ވަރަށް މަދުންނެވެ. އެހެން ވުމުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގެއެވެ.
ނުނިމޭ
18 Comments!
Comments are closed.
Varah reethi
varah interesting .surly this is gonna be a good ine one to read…please update kolladhehchey awahah
Story varah salhi.. hope kuran avahah next part up kuraane kamah.. sifa kurun ves salhi.. n dhigukoh liyefa othyma thanks… hope kuran next part ves mihaa dhiguvaane kamah…☺
Its nice….☺☺☺
V rythi. Avahah up kohdheynan dhw
V Salhi. Heekuran next part avahah up koadheyne kamah.
v reethi……
Vvv reethi
midhen bouvaru. hurihaa enme america! reethi kamun gos ane faraatha alhaafa. noo lo hunna meehun hahthaa ves. thi dhen raaje a gulhey meehun genes dhin nana ragalhu vees. story reethi viya thiyothi america meehuna hiy keevarun ekahala meehun. thihen vanya hus america ga ulhey meehunge vaahaka liye. konme hen raaje gennane kame neh. hama ethana story binaa kohces liye veyne. dhen raaje furaa noo lo hunna meehun. kekeke
vv nc. keep goin
Wow amazing…. v reethi story…
V reethi..avaha up kuraane kama heekuran. ☺
mihaaru engijje dhn vaane goi.. izvaan gasthuga eh noon heezal ge ihfatherikan nagaali.. eh party ah gos i think knmeves myhaku knmeves ehche boan dheyny… nd ibaan mi stry nimeyiru heezal aa marry kuraane .. anyway nice starting
Bayyeh huvaa.. abadhu reethi myhunnaa behey story.. knmeves hot firiheneh noony cute anhenehge vaahaka..sahaadheh mikury enmeh reehchrh nuvaane dhw.. kalhu viyas black beauty eh ge vaahaka.. ma hithah araa aadhaige simple kuhjakah reethi myhunnah libeykahala lifeh nulibeyne baawaey.. nikan hadi kuhje ulhey story eh liyebala..ma bunaanan molhey..ma keehkuran ethah bayaku bunaane molhey.. dhivehi raahkeyga ulhey enmeneh reehcheh nuvaane dhww.. mi kahala story kiyaahaa ma nulaahiku dheravey.. abadhuvex knmes reehcheh..reethi kamah loabi kuraamyhun.. koahcheh tha mi reehchaky.. ginafaharu reethi ehchehinuga nuhunaane ageh..huh.. ???
Admin vex nikan ekahala story liyaa myhunah furusathu dheebala.. adhi alah mi cmmmnt kury vex.. mulhin vex kiyeni reethi anheneh noony knmex hot firihen ulhey vaahaka..
Vaahaka v reethi. New part up kuraani khon iraku
Alhe kobaa tha new part…..
Alhe avas kohba Aram