Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 3 ވަނަ ބައި )

Loolu
August 13, 2016
5 Mins Read
55 Views
13 Comments

ޝާޔަންގެ ހަނދާނަށް އަންނަމުންދިޔައީ މީގެ އެއްއަހަރު ކުރިން ހިނގާދިޔަ ހާދިސާއެވެ. ދެންމެ ވީކަމެއްހެން އެކަންތަށް ލޯކުރިމަތީ ސިފަވަމުން ދިޔައެވެ. އެއީ ރޭގަނޑެކެވެ. ނައިޓް ކްލާސް ނިންމާލާފައި ގެއަށް އައިއިރު ގެއާ މާދުރުގަ ހުއްޓާވެސް ޒުވާބު ކުރާ އަޑު އިވުނެވެ. ނެގިނެގިފައި މޭ ތެޅެންފެށީ ބައްޕަގެ އަޑު ބާރުކަމުންނެވެ. ހިނގުނު އެންމެ ބާރަކަށް ހިނގާފައިގޮސް ގެއަށް ވަތްއިރު ގޭގައި ހީވަނީ ރޯވެގެން އުޅޭހެނެވެ. އިރުއިރުކޮޅުން ރިމާހް ދެން ބައްޕަ މައިތިރި ވެބަލާށޭ ބުނާއަޑު އިވެއެވެ. ނަމަވެސް އިބްރާހިމްގެ ގަދަ އަޑުގެ ތެރެއިން ރިމާހް ބުނެލާ އެއްޗެއް ޝާޔަންގެ ކަންފަތަށް ފޯރަނީ ކިރިޔާއެވެ. އޭރު މުނީރާ ސޯފާގައި އިބްރާހިމަށް ބަލަން އިނެވެ. އޭނާ އިނީ ފާޑަކަށް ރޮވިފައެވެ.

“ކަލޭ ހީކުރީ ކަލޭތީ ވަރަށް ކަންތަށް ވާ އަންހެނެއް ކަމަށް ދޯ..ޗި ކަލޭ ތީ ކާކު..ތީ ބޮޑު ނަޖިސްގަނޑެއް..މިހާރުވެސް އަހަންނާ އިންނާނެ ޒުވާން އަންހެން ކުދިންވާނެ..ކަލޭ ހިތުން ކަލޭގެ މޮޅު ގަދޯ މަ މިއުޅެނީ..ތީ ބޮޑު**..” އިބުރާހިމް އަތް އުކައުކާފައި ގަދަ އަޑުން މުނީރާ އާ ދިމާލަށް ހަޅޭއްލަވަމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ޖަހާފާނެ ހެންނެވެ.

އިބުރާހިމްގެ އަޑުގެ ބާރުކަމުން ގޭގެ ފާރުތަށް ގުގުމައިގެން ދާހާވެއެވެ. އިންސާނަކަށް ނެރެވޭނީ އެހާ ބާރު އަޑެކެވެ. އޭނާގެ ދެލޯވެސް ރަތްކަމުން ލޭގަނޑެއް ފަދައެވެ. ލޯބޮޑުކޮށްގެން ހުރިވަރުން ލޯ ފުންމާލަފާނެހެން ހީވެއެވެ. މަންޒަރު ބަލަން އަނގަމަތީ އަތްއަޅައިގެން ހުރި ޝާޔަންގެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ. ބިރުން ހަދާނެ ގޮތް ހުސްވެފަވީއިރު ނޭނގިނަމަވެސް ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކުއްލިއަކަށް ފެނުނީ ހުތުރު އެއްޗެއް ބުނެލާފަ އިބްރާހިމް އައިސް މުނީރާގެ ދެފައިގަ ހިފާ އެކޮޅު އެކޮޅުން ޖެހިތަނެވެ.

“ނޫން..ނޫން..” ބޭއިހްތިޔާރުގަ ހަޅޭއްލަވައިގަނެފާ ޝާޔަންއަށް ދުއްވައި ގަނެވުނީ މަންމަ އާ ދިމާލަށެވެ. ރިމާހް ބަލާކަށް ނުހުރެ އިބްރާހިމް ގައިގަ ބެއްދިގޮތަށް މުނީރާއާ ދުރުކުރުވިއެވެ. އޭރު މުނީރާގެ ރުއިމުގެ އަޑު ގޭތެރޭގައި ގުގުމާފައި ހުއްޓެވެ.

“ހަނދާން ކުރާތި..މީގެ ފަހުން ތިކަހަލަ ކަމެއް ކޮށްފިޔާ ރިޕޯޓް ކުރާނަން” އިބްރާހިމާ ދިމާލަށް އިނގިލި ދިއްކުރަމުން ރިމާހް ދިނީ އިންޒާރެކެވެ. ރުޅި އައިސްފާ ހުރިވަރުން އޭނާގެ އަޑުވެސް ތުރުތުރު އަޅައެވެ. އިބްރާހިމް އިތުރަށް އެއްޗެއް ނުބުނެ ގެއިން ނުކުމެގެން ދިއުމުން ރިމާހް އަށް ބަލައިލެވުނީ ސޯފާގައި ރޯންތިބި މަންމަޔާ ޝާޔަންއާ ދިމާލަށެވެ. ޝާޔަން ބަލައިލުމާއެކު ރިމާހް އިސްދަށަށް ޖަހާލާފަ ބާރަށް ހިނގާފަ ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. ޝާޔަން ހަމަ ރަނގަޅަށްވެސް ހަނދާން އެބަހުއްޓެވެ. ރިމާހް އޭގެ އަނެއް ދުވަހު ފުރައިގެން މާލެ ދިޔައީ ގޭގެ އެއްވެސް މީހަކާ އަނގައިންވެސް ނުބުނެއެވެ. އެރޭގެ މަތިން ހަނދާންވުމުން ޝާޔަންގެ ހިތަށް ތަދުވިއެވެ. އެއީ އޭނާ ހަނދާން ނެތޭނެ ރެއެއް ނޫނެވެ. އެއްއަހަރު ކުރީގެ ކަމަކަށްވިޔަސް ބައްޕަ އާމެދު އަބަދުވެސް ހިތުގަ އެ ޝަކުވާ އޮންނާނެކަން ޔަގީނެވެ. ކުއްލިއަކަށް ޝާޔަންގެ މޫޑު އޮފްވެ ކާހިތް ފިލިއެވެ. އޭނާ ބޭނުންވީ އަވަހަށް ކޮޓަރިއަށް ވަންނާށެވެ. މުނީރާ ގާތު ނިދި އަންނަނީ ކަމަށް ބުނެ ޝާޔަން ތަށިތަށް ބަހައްޓާފަ ގޮސް ވަނީ ކޮޓަރިއަށެވެ.

ޝާޔަން ދިއުމުން މުނީރާ އެކަނިމާއެކަނި ސޯފާގައި އިނީ އޭނާގެ ހަމަޖެހުމެއްނެތް ދިރިއުޅުމާމެދު ވިސްނާށެވެ. އިބްރާހިމް ކަހަލަ އުޅުމެއްނެތް ދޯދިޔާ މީހަކާ އިނދެވުމުން އަދިވެސް އޭނާ ހިތާމަކުރެއެވެ. މައިންބަފައިންގެ އެދުމަށް ކުރި ކައިވެންޏަކަސް މުނީރާ ހުރީ އިބްރާހިމާ އެކީ ރަނގަޅަށް އުޅެން ތައްޔާރަށެވެ. ނަމަވެސް އިބްރާހިމަކީ އިންސާނިއްޔަތުކަމެއް ހުރި މީހެއް ހެނެއްވެސް ހިއެއް ނުވެއެވެ. މިވީހާ ދުވަހުވެސް މުނީރާ ކެއްކުރީ ދަރިންގެ ހައްގުގައެވެ. ނަމަވެސް ދަރިންވެސް އިބްރާހިމާ މާ ގަޔާނުވާ ކަން މުނީރާއަށް އެނގެއެވެ. އަބަދު ދަރިންގެ ކުރިމަތީ ދެމަފިރިން ޒުވާބު ކުރުމުން އޭގެ ނޭދެވޭ އަސަރު ދަރިންނަށް ކުރަމުންދާނެކަންވެސް އޭނާއަށް ވިސްނެއެވެ. އެހެނަސް މުނީރާ އެކަން އެހެންވާން ނޭދުނަސް ދަރިންގެ ކުރިމަތީގައިވެސް އިބްރާހިމް ފަށައިގަނެ އޭނާ އާދިމާލަށް ބަވާ ހަދައެވެ.މުނީރާ ހެއދެވި ފަރާތަށް ޝުކުރު ކުރަމުން ދިޔައީ އޭނާގެ ވަޒީފާއެއް އޮތީތީއެވެ. އެހެންނޫންނަމަ އޭނާ ދަރިންގެ ބޭނުންތަށް ފުއްދައިދޭނީ ކިހިނެއް ހެއްޔެވެ. ނަސީބު ކަން ދިމާކުރިގޮތުން އެގެއަކީވެސް މުނީރާގެ އަމިއްލަ ގެއެކެވެ. އިބްރާހިމްއަކީ ކައިރި ރަށެއްގެ މީހަކަށް ވެފާ އޭނާގެ ގެއެއްވެސް ނެތީއެވެ. އިބްރާހިމް މިހާރުވެސް އޭނާގެ އުފަން ރަށަށް ގޮސްފިޔާ އުޅެނީ މައިންބަފައިންގެ މުސްކުޅި ގޭގައެވެ. ރަށުން ގެވަޅެއް ލިބުމުންވެސް މަސައްކަތެއް ކޮށްގެން ފައިސާ ހޯދައިގެން ގެއެއް އެޅުން އިބުރާހިމަށް ބޮޑުވީއެވެ.

އެގޮތުގައި މުނީރާ އިންދާ އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އޭނާ އިނީ އިބުރާހިމް އައި އިރަކުން އެއައިތަނެއް ބަލާފަ ނޫނީ ނިދަން ނުދާން ހުވާ ކޮށްގެނެވެ. އޭރު ވެހެމުން ދިޔަ ވާރޭވެސް ވަނީ ހުއްޓިފައެވެ. މުނީރާ ގަޑިއަށް ބަލައިލާފައި ތެދުވެގެންގޮސް ހުއްޓިލީ ކުޑަދޮރު ކައިރީގައެވެ. ޖެހެމުންދިޔަ ގަދަ ވައި ރުއްތަކުގެ ފަންތަކުގަޔާ ގަސްގަހުގަ އަޅުވާ އަޑުން މާހައުލުގެ ހިމޭންކަން ވަނީ ގެއްލިފައެވެ. އެގޮތުގައި މުނީރާ ހުއްޓާ އިބުރާހިމް އައިސް ގެއަށް ވަދެއްޖެއެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.

” ކޮންތާކުން ތިއަ..”

މުނީރާގެ ޖުމުލަ އެއްކޮޅު އަނގައިގަ އޮއްވާ ހަރުކަށި އަޑުން އިބްރާހިމް ރައްދުދީފިއެވެ.

“އަހަރެން ދާހާ ތާކާ ކުރާހާ ކަމެއް މުނީރާއަށް އެނގޭކަށް ނުޖެހޭ..”

މުނީރާ ކިތަންމެ ރުޅި އައި ނަމަވެސް އެއްޗެއް ނުބުނީ ބުނެފިޔާ ހޫނު ޒުވާބަކަށް ދާނެކަން ޔަގީންވާތީއެވެ. ވީ ފޫއްސާ އައި ރުޅީގައި ލޮލަށް ކަރުނަ ޖަމާވާގޮތްވެސް ވިއެވެ. އިބުރާހިމް ހީކުރީ ކީކޭ ކަމަށް ހެއްޔެވެ.އޭނާއަށް ބޭނުންހާ ގޮތެއް ހަދާލެވޭނެ ކަމަށް ހެއްޔެވެ. އިބުރާހިމް ޖަހާހާ ބެރަކަށް ނަށަން މުނީރާ ވީ ނިކަމެތި ބުޅާ ގަނޑެއްހެން އިސްޖެހިފައި ހުންނަން ހެއްޔެވެ. ނަފްރަތާ ރުޅިވެރިކަމުން މުނީރާއަށް ދަތްކުޑި ވިކާލެވުންއިރު އިބުރާހިމްގެ ގޮތެއްނެތް ކަމަށް ހިތާހިތުން ސާބަސް ދެވުނެވެ. މުނީރާ ބޭނުންވީ ދުވެފާގޮސް އިބުރާހިމްގެ ގައިގަ ތަޅައިގަނެ ވަރިކުރާށޭ ބުނާށެވެ. މުނީރާ އަވަހަށް ފާހާނާއަށް ވަދެ ވުޟޫ ކުރަން ފެށީ ރުޅި ދެންމެ ދެންމެ ކޮންޓްރޯލްއިން ނައްޓަފާނެހެން ހީވުމުންނެވެ. މިހާރަކަށް އައިސް އާދަޔާ ހިލާފަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ މިންވަރަށް ރުޅިގަދަވާކަން މުނީރާއަށް ފާހަގަ ކުރެވެއެވެ. މާބޮޑަށް ކަންކަމާ ވިސްނާ ފިކުރު ކުރެވެނީ ކަންނޭނގެއެވެ.

 

މާޔާއަށް ހޭލެވުނީ ހެނދުނު ދިހައެއްވެސް ޖެހި ފަހުންނެވެ. ސްކޫލަށް ދާން ނުޖެހޭ ދުވަހަކަށް ވާތީ ނިދާލަން އޮވެވުނީއެވެ. އޭނާ ފްރެޝް ވެލައިގެން ނިކުތްއިރު އެއްވެސް މީހަކު ގޭގައި އުޅޭހެން ހިއެއް ނުވެއެވެ. މާޔާ ކާކޮޓަރިއަށް ވަދެ ސައިބޯން ހުރި އެއްޗެއް ބަލައިލިއެވެ. ރޮށިތަށިން ލައްކަ ތަން ތިރިވެފަވާތީ އެންމެން ސައިބޮއެފިކަން މާޔާއަށް ޔަގީންވިއެވެ. ތަށްޓަކަށް ރޮށި ފުޑުވާފައި އަވަސް ވެގަތީ ބަނޑަށް އެއްޗެއް ލެވޭތޯއެވެ. ކައިނިންމާލާފައި ސައިތަށި ހުސްކޮށްލެވުންއިރު ބަނޑު ހުރީ ހަމަ ރަނގަޅަށްވެސް ފުރިފައެވެ. ޒިންކް ދޮށަށް ލެފިލާފައި ކޭތަށި ތަށް ދޮވެފައި ފުރިޖް ހުޅުވާލީ ފެން ފުޅިއެއް ނަގާށެވެ. ފުރިޖްގަ ފަޅާލާފައި އޮތް ދޮންކަރާ ފެނުމުން މާޔާގެ ލޮލުން ދިޔައީ ތަރި ބުރައިގެންނެވެ. ކަރައެއް ކާލަން ނުލިބޭތާ ލައްކަ ދުވަސް ވެއްޖެއެވެ. ކަރައަކީ މާޔާއަށް އެހާމެ މީރު މޭވާއެކެވެ. ކިތަންމެ ބަނޑުފުރިފަ ހުއްޓަސް ކަރައިން އެތިކޮޅެއް ކާނުލައި މާޔާގެ ހިތްހަމައެއް ނުޖެހުނެވެ.

ކަރާ ނަގާ މޭޒުމަތީ ބާއްވާފައި މާޔާ އުޅުނީ އޭގެން ހެޔޮ ވަރުގެ ފޮއްޗެއް ނެގޭތޯއެވެ. “އައުޗް..އައުޗްޗްޗް..”ވީނުވީއެއް ނޭނގި އަތުން ވަޅި ކައްސާލި ގޮތަށް އައިސް ހެރުނީ މާޔާގެ އަތަށެވެ. ވީތަދުން މާޔާއަށް ހަޅޭއްލަވައި ގަނެވުނު އިރު އަތުން ހޯސްލާފައި ލޭތަށް ފައިބައިގަނެއްޖެއެވެ. ލޭ ފެނުމުން މާޔާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ނަގާ ތޫނު ދިލައިން އަތް ތަޅުވަން ފެށުމުން ލޭތަށް އެކި ކޮޅުކޮޅަށް ބުރައިގެން ދިޔައެވެ. އޭރު މާޔާއަށް ރޮވެމުން ދިޔައީ ލިބެމުން ދިޔަ ތަދަށް ވުރެ ބޮޑަށް ލޭ ފެނުމުން ހިތަށް ލިބުނު ބިރުވެރިކަމުންނެވެ. މާޔާ އަކީ އަބަދުވެސް ލޭ ފެނުމުން އަނބުރައިގަންނަ ގޮތްވާ ކުއްޖެކެވެ.

ހެދޭ ނުހެދޭ ނޭނގޭ ހާލު މާޔާ ދުވެފާ ނިކުތީ ސިޓިންގ ރޫމަށެވެ. އޭނާ އިތުރަށް ހާސްވީ ގޭގައި އެއްވެސް މީހަކު ނެތްކަން ހަނދާން ވުމުންނެވެ. ކަނޑައިގެން ގޮސް ހުރި ތަނުގަ އަތުން ހިފަހައްޓަމުން މާޔާ ދުވެފާ މަގުމައްޗަށް ނިކުތީ ހޮސްޕިޓަލްއަށް ދާށެވެ.

ސައިކަލުގަ އެމަގުން ދަމުން މާޔާމެންގެއާ އަރާހަމަވި ރިފާއުއަށް ފެނުނީ ތެޅެމުން ފޮޅެމުން މާޔާ ނުކުތްތަނެވެ. ރިފާއުގެ ނިތަށް ރޫއަރައިގެން ދިޔައީ މާޔާގެ އަތުން ބިމަށް ލޭތިކި ތަޅާތަން ފެނުމުންނެވެ. އޭނާ އަވަސް އަވަހަށް ސައިކަލުން ފައިބައިގެން އައިސް މާޔާގެ ކައިރިއަށް ހުއްޓިލިއެވެ.

“ރިފާއޫ..މަގޭ އަތް” ކަނޑައިގެން ދިޔައަތުގަ އަނެއްއަތުން މާޔާ ހިފަހައްޓައިގެން ހުރިއިރު އެއަތް ރީތިކޮށް ތުރުތުރު އަޅަމުން ދިޔަ މަންޒަރު ރިފާއު އަށް ފެނުނެވެ. އޭނާ ސީރިއަސް ބެލުމަކުން މާޔާގެ މޫނަށް ބަލައިލާފައި އެއްޗެއް ނުބުނެ މާޔާގެ އަތުގަ ހިފާ ދުރުކުރަމުން ޒަހަމަށް ބަލައިލިއެވެ.

“މާޔާ ކީއްތަ ކޮށްފަމިހުރީ” ކަނޑައިގެން ގޮސް ހުރިލެއް ބޮޑުކަމުން ރިފާއުއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. މަސްގަނޑު ދެފަރާތަށް ފޭވެފަ ހުރި އިރު ފުން ޒަހަމެއް ކަން އެނގެއެވެ. މާޔާ އެއްޗެއް ނުބުނެ ފެށީ ރޯށެވެ. ރިފާއު ކަންބޮޑުވީ އެހާ ގިނައިން ލޭއަންނާތީއެވެ. އޭނާ ބަލާކަށް ނުހުރެ ގޮސް އައީ މާޔާމެންގޭ ރޯނުގަ ހިއްކަން އަޅާފަ ހުރިތަނުން ބުރުގަލެއް ހިފައިގެންނެވެ. އަދި އަވަސް ހަރަކާތަކާއެކު މާޔާގެ ޒަހަމުގަ އެފޮތިގަނޑު އޮޅާލާ ބާރަށް އައްސާލަމުން އޭނާއަށް އެންގީ ސައިކަލަށް އަރަން އައުމަށެވެ. ރިފާއުގެ ފަހަތުން މާޔާ އައިސް ސައިކަލަށް އެރުމުން އޭނާ ދުއްވާލީ ހޮސްޕިޓަލްއަށް ދާށެވެ.

ދަތުރުމަތީގައި ރިފާއު މާޔާއާ އަނގައިން ނުބުނި ކަމުގައިވިޔަސް އިނދެވުނީ މާޔާގެ ހާލަށް ހަމްދަރުދީ ވެގެންނެވެ. އަދި އެޒަހަމް ނުފަހާ ނުވާނެކަން އެނގޭތީ އެކަމާވެސް ކަންބޮޑުވެފައެވެ. މިހާރުވެސް މާޔާ އެހާ ބިރުން އިންއިރު ޑޮކްޓާރ ފަހަން ބުނެފިޔާ މާޔާގެ ހާލު ހުންނާނެ ގޮތާ މެދު ވިސްނިފައެވެ. މާޔާގެ ހިތް އޮތްގޮތް އެނގުމަށް ފަހު ދުވަހަކުވެސް މާޔާ އާ އަނގައިން ނުބުނާން ރިފާއު ނިންމައިގެން ހުރިކަމުގާ ވިޔަސް އޭނާ މިވަގުތު މާޔާއަށް އެހީވަމުން ދިޔައީ މާޔާ ހުރި ހާލު ފެނި އިންސާނިއްޔަތު ކަމަށްޓަކައެވެ.

ހޮސްޕިޓަލްއަށް ދިއުމުން ކަންތަށް ވީ ރިފާއު ހީކުރިގޮތަށެވެ. ޑޮކްޓަރު ބުނީ އެހާ ބޮޑު ޒަހަމެއް ކަނުން ނުފަހާ ރަނގަޅު ނުވާނެކަމަށެވެ. އެކަން އެނގުނު ހިސާބުން ފަށައިގެން މާޔާ ދިޔައީ ރޮމުންނެވެ. އޭނާ އިތުރަށް ކަންތަށްބޮޑުކޮށްލީ އައްސިކުރަން ޑޮކްޓަރު އިންޖެކްޝަން ޖަހަން އުޅުމުންނެވެ. އަބަދުވެސް މާޔާ މިކަހަލަ ކަށި ދެކެ ބިރުގަނެއެވެ. ފަހާ ހުރިހާ ކަމެއްކޮށް ނިމެންދެން ނަރުހުންނަށް ޖެހުނީ މާޔާގެ ހަތަރެސްފައި ހިފަހައްޓާށެވެ.

“އެ ނިމުނީ..މާޔާ މާ ބިރުންނޭ ތިއުޅެނީ” ހުރިހާކަމެއް ކޮށް ނިމުމުން މުނީރާ، މާޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މާޔާއަށް އެއްޗެއް ނުބުނެވުނުނަމަވެސް ހިނިތުންވަމުން ބަލައިލެވުނީ ދުރުގައި ހުރި ރިފާއު އަށެވެ. އެމޫނުމަތިން އެއްވެސް ކަހަލަގެ އަސަރެއް ފާޅެއް ނުވެއެވެ.

މާޔާގެ އައިޑީ ކާޑް ނުގެނެވުމުން ފަރުވާގެ ހުރިހާ ކަމަކަށްވެސް ހަރަދުކުރީ ރިފާއުގެ ވޮލެޓުންނެވެ. އެކަން މާޔާއަށް އެނގުނެވެ. ހުރިހާ ކަމެއް ނިމުމުން ރިފާއު މާޔާ ގާތު ބުނީ ސައިކަލުގަ އޭނާއާ އެކު ގެއަށް ދާން އައުމަށެވެ. މާޔާ އެއްވެސް ދެކޮޅު ހެދުމެއްނެތި ދިޔައީ،މިވީހައިރުވީއިރުވެސް ރިފާއުގެ ދުލުން ހަމަ އެކަނި ބުނި އެއްޗަކީ އެއީ ކަމަށް ވާތީއެވެ.

މާޔާ ޝުކުރު އަދާކުރަން ކިތަންމެ ބޭނުންވިނަމަވެސް އޭނާއަށް ވާހަކަ ދައްކަން ދަތިވިއެވެ. އަތް ކަނޑައިގެން ދިއުމުން އުޅެވުނު ގޮތް ހިތަށް އަރާފައި އިނދެވުނީ ލަދުވެސް ގަނެފައެވެ. އަމިއްލަ ފިޑިކަމަށް ހިތާހިތުން އެއްޗެހިވެސް ކިޔުނެވެ. އަނެއްކޮޅުން އެންމެ ލޯބިވާ ޒުވާނާއާ މިހާ ގާތުގައި އިނދެވޭތީ ހިތުގެ ވިންދު ހަމައެއް ނެތި އަވަސްވެފަ ވާކަން ފާހަގަ ކުރެވުނެވެ. ސައިކަލު ދުއްވަން އިން ރިފާއުއަކަށް މޔާއަށް ވަމުން ދިޔަ ގޮތްތަކެއް ރޭކައެއްނުލައެވެ. ހިމަ ކޮށްލެވިފައިވާ ލޮލުގެ ނަޒަރު މަގަށް ހުއްޓާލައިގެން ސައިކަލް ދުއްވަމުން ދަނިކޮށް ހިތް ސިހޭ ގޮތް ވީ ކުރިމަތިން ފެނުނު ސޫރައކުންނެވެ.

(ނުނިމޭ)

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Loolu

Other Articles

Previous

އާވާރާކަން….. (ފަސްވަނަ ބައި)

Next

ނުހައްޤު ލޯބި (3 ވަނަ ބައި)

Next
August 13, 2016

ނުހައްޤު ލޯބި (3 ވަނަ ބައި)

Previews
August 13, 2016

އާވާރާކަން….. (ފަސްވަނަ ބައި)

13 Comments

  1. reesham says:
    August 13, 2016 at 2:07 pm

    here is the third part..hope u guyss will like it

  2. reesham says:
    August 13, 2016 at 2:07 pm

    here is the third part..hope u guyss will like it

  3. aik says:
    August 13, 2016 at 2:10 pm

    Haadha kurey…..ekamaku vvvv nice story..?

  4. naajy says:
    August 13, 2016 at 2:13 pm

    ooopes. shaayan dhw

  5. meesha says:
    August 13, 2016 at 2:28 pm

    too short

  6. reesham says:
    August 13, 2016 at 2:34 pm

    alheyy…hama ehaa kuruthr..so new part eh mirey upkuraanan igey

  7. Shiny says:
    August 13, 2016 at 2:40 pm

    Wow v salhi.i like this story

  8. Ayya says:
    August 13, 2016 at 3:07 pm

    Reethi inge reesham….salhi….

  9. Thukko says:
    August 13, 2016 at 3:11 pm

    Nice but short….

  10. sabeeha says:
    August 13, 2016 at 3:40 pm

    vv reethi…??

  11. lai says:
    August 13, 2016 at 7:03 pm

    Vvv reethi ingey reesham i love this story waiting for next part

  12. Mee says:
    August 13, 2016 at 8:58 pm

    Kihaa irakunbaa up vaany

  13. reesham says:
    August 13, 2016 at 9:37 pm

    kuda irukolheh therey up khdheynan igey mee

Comments are closed.

All Right Reserved!