Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުނީމޭ ލޯތްބާއި އުފާ 6

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
August 14, 2016 6 Mins Read
22 Comments

“އެންމެންވެސް ވަރަށް ރުޅިއާދޭ އޭޝް ދެކެ… އެ ސިއްރު ހާމަވިޔަސް އޭނާ ބަލައިގަންނާނެ މީހެއްނުހުންނާނެ.. ކޮންމެ ގޮތެއްވިޔަސް އެއްތާކު ދޯ ޖެހޭނީ… އެހެންވެ އެއީ ބޭކަރު ކަމެއް އެހެންނޫނަސް ބޭބެ ބޭނުމެއް ނުވޭ އެ ސިއްރު އިނގޭކަށް ސޯ އިޒާން.. އަމް ޓްރަސްޓިން ޔޫ އަލޮޓް ވިތު އިޓް އިނގޭ…. އޭޝް އެންމެ ދެރަވަނީ އަސްލު އެހެންވެގެން… ސާނިޔާ. ބޭބެގެ ވައިފް.. އަސްލު އޭޝްއަށް ވަރަށް އެއްޗެހި ކިޔާފައި ހުރޭ.. މިހާރުވެސް ކިޔާ.. ސާނިޔާއާއި ދެކޮޅަށް އެއްޗެއް ބުނުމުން ވާނީ ވަރަށް ގޯސް… މިހާރުވެސް އޭޝްގެ ވާހަކައެއް ދައްކާލާއިރަށް ދާނީ ވަރިއާއި ހަމާލަށް..އަދިވެސް ބޭބެއާއި ސާނިޔާގެ މެދުގައި ވަނީ ބޮޑު ފާރެއް… 15 އަހަރު މި ވީ… އަދިވެސް އަދިވެސް މިތިބެނީ އެގޮތަށް.. އެކަކުވެސް ބޭނުމެއްނުވޭ  ފިޔަވަޅެއް ކުރިއަށް އަޅާކަށް… އައި ޓްރައިޑް ބަޓް ސާނިޔާވެސް ފިޔަވަޅެއް އަޅަންޖެހޭނެ ދޯ ކުރިއަށް.. ކައިވެންޏަކީ އެކަކު އަދާކުރަންޖެހޭ ޒިންމާއެއްނޫން… މިހާރުވެސް މިތިބެނީ އިސްރާ… ބޭބެގެ ދޮށި ދަރި.. އޭނާގެ ސަބަބުން.. އޭނާއަށް ޓަކައި…. ކިތަންމެ ބޮޑުވިޔަސް ދަރިއަކަށް މަންމައާއި ބައްޕަގެ ލޯތްބަކީ ވަރަށް މުހިންމު އެއްޗެއް އެހެންނު..؟”ސުހައިލް  ކަމުން ކަމުން ވާހަކަ ދައްކަމުން ދިޔައެވެ. އިޒާން އަދިވެސް ހުރީ ހައިރާންވެފައެވެ. ނަމަވެސް އެ ހައިރާންކަން ފޮރުވުމުގެ ގޮތުން އޭނާ ބޯ ޖަހާލިއެވެ.

“ބޭބޭ. .އަދި އެއްވާހަކަ އެބައޮތް…. “އިޒާން ޖެހިލުންވެ ހުރެ ބުނެލިއެވެ. ސުހައިލް  އިޒާންއަށް ފުރުސަތު ދިނެވެ. “ޝޭން އެއީ ކާކުތޯ؟؟ އޭޝް ޝޭން އޭ ކިޔަނިކޮށް އިވުނު… އެވަގުތު ކީ އެއްޗެހިން އިނގުނު އެއީ އޭޝްއާއި ވަރަށް ކްލޯސް މީހެއްކަން އެކަމް އޭނާވެސް އޭޝް ދޫކޮށްލާފައި ދިޔަކަން… އެއި ކާކުތޯ؟؟” އިޒާން އަހާލިއެވެ.  ސުހައިލް  ހިނިތުންވެލަމުން އިޒާންއާއި ދިމާލަށް ބަލައިލިއެވެ. އިޒާންއަށް އެ ވާހަކަ އިނގެން ބޭނުންވަނީ ކީއްވެކަން ސުހައިލް އަށް އިނގެއެވެ. ސުހައިލް  ދޮގު ހަދާކަށް ބޭނުމެއްނުވެއެވެ. އެހެންކަމުން ސީދާ އިޒާންއާއި ދިމާލަށް ބަލަން ހުރެ ވާހަކަދެއްކިއެވެ.

“އެއީ އޭޝް ރައްޓެހިވެގެން އުޅުނު ކުއްޖާ.. އޭޝް ވަރަށް ލޯބިވާނެ އޭނަދެކެ. ބޭބެ ކައިރި ފުރަތަމަވެސް ހުއްދައަކަށް އެހީ.. އޭޝް ވަރަށް މައުސޫމްވާނެ… ބޭބެ ކައިރި ބުނެފަ ނޫނީ ކަމެއްނުކުރެވޭނެ.. ސާނިޔާ އެންމެ ރުޅިއަންނަނީ އެހެންވެ… ކޮންމެ ކަމެއްވިޔަސް ފުރަތަމަ ބުނާނީ ބޭބެ ކައިރި އެކަމް މިފަހަރު.. އެ ހުރިހާ ކަމެއްވީއިރުވެސް އެ ނުބުނީ ބޭބެ ކަންތަށް ބޮޑުވާނެތީވެ ކަން ޔަޤީން… ޝޭން އަށް އަސްލު ކިޔަނީ ޝެނާން. ޝެނާން އަކީ އެއް ކޮލެޖެއްގައި އޭޝް އާއި އެކު ކިޔެވި ކުއްޖެއް.. ވަރަށް ރަނގަޅު ކުއްޖެކަމަށް ހީކުރިން އެކަމް އޭނާ އޭޝް ދޫކޮށްލާފަ ދިޔައީ… މިހާރު ނޭނގެ.. ކޮލެޖަކަށް ނުދާކަމަށްވަނީ… އޭނާ އަސްލު ވަރަށް ރަނގަޅު.. އެކަމް ކޮންމެ މީހެއްވެސް އެކްޓް ކުރަން ވަރަށް މޮޅުވާނެތާދޯ.. މިހާރުގެ ކުދިންނަން އެހެންމީހުންގެ އިހްސާސްއަކީ ކުޅޭ ކުޅޭ އެއްޗެއް… ގަދަރު ކުރާކަށް ނޭނގެ… އޭޝް އަދިވެސް ލޯބިވަނީ ޝޭން ދެކެ… އޭނާ ވަރަށް ރުއި ރުޅި ވި ދުވަހު…އޭނާ އެހަ އުފާކޮށް އުޅެނިކޮށް ދުވަހަކުވެސް ނުދެކެން އެހެންވެ ބޭބެއަށްވެސް ޝޭންއަށް އެހާ ބަރޯސާ ކުރެވުނީ…” ސުހައިލް  ފުން ނޭވައެއް ދޫކޮށްލިއެވެ. އިޒާންއަށް ވާގޮތް އެނގެންފެށިއެވެ.

“އޭޝް މާ ބޮޑަށް ކަންތަކާ ވިސްނަނީ…. އާއިލީ މައްސަލަތަށް.. ބޭބެއާއި ދައްތަގެ ކަންތަށް…. އެހެންކަންތަށް… އަޅުގަނޑަށް ހީވަނީ އޭޝްއަށް އެހެން ވީ ރުޅިވި ފަހުން ކަންނޭނގެ.. އެއީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ދިމާވާނެ އެންމެ ހިތާމަވެރި ހާދިސާއެއްގެ ސަބަބުން ހުރިހާ ކަމަކާއި މެދު ވިސްނަން މަޖުބޫރުކުރުވާތީ…. އެއަށްފަހު މާ ބޮޑަށް ސީރިއަސްކޮށް ކަންތަށް ނަގަނީ ކަންނޭނގެ އޭޝް..” އިޒާން ފުން ވިސްނުމެއްގައި އިނދެ ބުނެލިއެވެ. އޭނާއަށް އެ ވާހަކަ އަޑުއަހަން އުނދަގޫވިއެވެ. އާޝާ އެހެންކުއްޖަކަށް ހިތްދީ ނިންމައިފިއެވެ. އިތުރު މީހަކައަށް އެހިތެއް ނުލިބޭނެއެވެ.  ސުހައިލް އަށް އިޒާންގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަތަށް ފާހަގަވިއެވެ. އަދި ވީ ގޮތްވެސް އިނގުނެވެ. އެއަށްފަހު ސުހައިލް  އިޒާންގެ މައުލޫމާތު ހޯދިއެވެ. އިޒާން އަކީ ރަނގަޅު ކުއްޖެކެވެ. ޒިންމާދާރު ޑޮކްޓަރެކެވެ. އާޝާއަށް އޭނާ ހަމަ ރަނގަޅުވާނެއެވެ. އިޒާންއަށް އާޝާ ބެލޭނެއެވެ. އެފަދަ ވިސްނުމެއްގައި ސުހައިލް  އިނދެ ކައި ނިންމާލިއެވެ. އިޒާންވެސް ވިސްނުމެއްގައި އިނދެ ކައި ނިންމާލިއެވެ.

އެއަށްފަހު ދެމީހުންވެސް އާޝާގެ ކޮޓަރިއާއި ދިމާލަށް މިޝްރާބްޖެހިއެވެ. “ބޭބެ ދާންވީ ނޫންތޯ ގެއަށް… އަޅުގަނޑު ރޭގަނޑު އިނދެވިދާނެ..” ކޮޓަރިއާއި ހަމާލަށް އަރަމުން އިޒާން އެދުނެވެ. ސުހައިލް  އެކަމަށް އެއްބަހެއްނުވިއެވެ. ނަމަވެސް އިޒާން ގޮތްދޫނުކުރުމުން ސުހައިލް  އާއެކޭ ބުނެލިއެވެ.

ސުހައިލް  ދިޔުމާއި އެކު އިޒާން ގޮނޑީގައި އިށީނދެލިއެވެ. އެއަށްފަހު ފުން ނަޒަރަކުން އާޝާއާއި ދިމާ ބަލައިލިއެވެ. އެ ބެލުމުގައި ވަނީ ލޯތްބެވެ. އަޅާލުމެވެ. ފިކުރެވެ. އިޒާން އާޝާގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. އެކަން ހިނގީ އޭނާގެ އެއްވެސް ބާރަކާ ނުލައެވެ. އިޒާން ގެ ލޮލުން ކަރުނަތަށް އަންނަންފެށިއެވެ. އާޝާ ގެއްލެނީއޭ ހިތަށްއެރިއެވެ. އޭނާއަށް ލޯބި ދަސްވީ އާޝާ ފެނުނުފަހުންނެވެ. ލޯބީގެ އިހްސާސްވީ އާޝާއާއި ހެދިއެވެ. އެއަށް އިތުރު ފިޔަވަޅެއް ނޭޅެނިސް އާޝާ އާއި ވަކިވެއްޖެއްޔާ އިޒާން ގެ ހިތް ކުދި ކުދި ވާނެއެވެ. “އޭޝް.. ޕްލީސް ކަމް ބެކް..” އިޒާން އެ އޮތްގޮތަށް އޮވެ ބުނެލިއެވެ. “ޕްލީސް އޭޝް… ޕްލީސް” އިޒާން އާޝާގެ މޫނުގައި ބޮސްދެމުން ބުނެލިއެވެ. އޭނާއަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުނދަގުލެވެ.

….

ސުހައިލް  ގެއަށް ދެވުމާއި އެކު އިސްރާއަށް ގުޅާލިއެވެ. އަދި ކަންތަށް ހިނގައި ދިޔަ ގޮތް ކިޔައިދިނެވެ. އިސްރާއަށް ރޮވުނެވެ. މަންމަ ސާނިޔާ ކިތަންމެ ނުރުހުނު ކަމުގައިވިޔަސް އާޝާއާއި ގާތްކޮށް އުޅެވުނުނަމައެވެ. އާޝާ އެ ހުރިހާ ކަމެއް އަމިއްލަ އަމިއްލައަށް ތަހައްމަލުކޮށް އިހްސާސްތަށް ފޮރުވީ އެކަންތަށް ބުނެދޭން ކައިރީގައި އެކަކުވެސް ނެތުމުންނެވެ. އިސްރާ ވެސް އަމިއްލަ ނަފްސް ކުށްވެރިކުރިއެވެ. ސުހައިލް  ފޯނުކަނޑާލީ އާއިލާ މީހުން ކިތަންމެ ނުރުހުނު ކަމުގައިވިޔަސް އާޝާގެ ވާހަކަ ބުނާށޭ ބުނުމަށްފަހުގައެވެ. ސުހައިލް  ނިދަން އޮވެ އެތަށް ކަމެއް ނިންމިއެވެ. މާތްﷲ ގެ އިރާދަފުޅުން އާޝާ ރަނގަޅު ވެއްޖެއްޔާ ރާއްޖެއަށް ގެންދާނީއެވެ. އާއިލައިން ކިތަންމެ ނުރުހުނަސް ހެވެވެ. އާޝާ ދެން ހުންނާނީ އަބަދުވެސް ސުހައިލް  ކައިރީގައެވެ. އެކަކަށްވެސް ސުހައިލް އާއި އާޝާއެއް ދުރަށްލާކަށް ނުކެރޭނެއެވެ. ސުހައިލް  އަށް ނިދުނީވެސް އެ ވިސްނުމުގައި އޮއްވައެވެ.

………

އިޒާން އާޝާއާއި ދުރަށްޖެހިލިއެވެ. އަދި އަމިއްލަ މޫނުމަތީ އަތް އަޅާލައިގެން އިރުކޮޅަކު އިނެވެ. “ސޮރީ އޭޝް..” އިޒާން އެ އިންގޮތަށް އިނދެ ބުނެލިއެވެ.

…………

4 މަސް ފަހުން…

“ހަލޯ…. ލައްބަ… އަދިވެސް އިމްޕްރޫވްމެންޓެއް ނުފެނެ….. ލައްބަ…” އިޒާން އާޝާގެ ކޮޓަރި ދޮރުމަތީ ހުރެ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ސުހައިލް  އާއެވެ. އެކޮޅުގެ ކަންތަކުގެ ސަބަބުން ސުހައިލް  ދެމަސްކޮށްފާ އަނބުރާ ރާއްޖެދާންޖެހުނީއެވެ. އާޝާގެ ހާލަށް ބަދަލެއް ނައުމާއި ގުޅިގެންވެސްމެއެވެ. ނަމަވެސް ކޮންމެ ދުވަހަކު އިޒާންއަށް ގުޅައިގެން އާޝާގެ ހާލު ބަލައެވެ. މިއަދުވެސް އޭނާ ގުޅި އެހެންވެގެންނެވެ. ނަމަވެސް މާޔޫސްކަމާއި އެކު ފޯނު ބޭއްވީ އޭނާގެ އުއްމީދު ކެނޑިގެން ދާތީއެވެ. އާޝާ ހޭނާރާތާ މިވީ 4 މަހެވެ. ކޮންމެ ދުވަހެއްވެސް ނިމިގެން ދަނީ އެ ވިސްނުމުގައެވެ. އެ ހިޔާލުގައެވެ.

އިޒާން އެތެރެއަށް ވަދެލީ ފޯނު ޖީބަށް ލުމަށްފަހުގައެވެ. “ހޭ އޭޝް…… ދެންމެ ޑޭޑް ގުޅިއޭ… ހީ ވޯސް ސޯ ވޮރިޑް އިނގޭ އަސްލުވެސް… ކަމްބެކް ސޫން ޑޭޑް މިސެސް ޔޫ އަލޮޓް.. އެން އިވެން އައި ޑޫ..” އާޝާ ގެ އަތުގައި ހިފަމުން އަނެއްއަތުން އެ އަތުގައި ފިރުމަމުން އިޒާން ބުނެލިއެވެ. މިހާރު އެއީ އޭނާގެ އާދައެކެވެ. ކޮންމެ ދުވަހެއް ނިމެނީ އެގޮތަށެވެ. ކުޑަނަމަވެސް ބްރޭކެއް ލިބުމާއި އެކު އޭނާ ގެ ވަގުތު ހޭދަކުރަނީ އަޝާ ކައިރީގައެވެ. ހިނގާ ކުދި ކުދި ކަންތަކުގެ ވާހަކަ އޭނާ ބުނެ ހަދައެވެ. ގިނަފަހަރު ކަނީވެސް އެތާ އިނދެއެވެ.

“ހަލޯ… ޔެސް އަޅުގަނޑަކީ އިޒާން… ކިހިނެއްވީތޯ.. އާދެ… މާދަމާ ގެ 10 ޖަހާއިރު ވަޑައިގަންނަވަންވީނުންތޯ…. އަޅުގަނޑު ފަށަނީ އެވަގުތުގަ.. އާދެ… މައްސަލައެއްނެތް.. އޯކޭ..” އިޒާންއަށް އައި ފޯނު ކޯލަކަށް ޖަވާބު ދެމުންދިޔައިރުވެސް އޭނާގެ ނަޒަރު ވަނީ އާޝާއަށެވެ. އެ ލޯބި ލޯބި މޫނަށެވެ.

“އޭޝް ދެން ތިހެން ނޯވެބަ ހާދަ އުނދަގޫވޭ.. ކަމޯން ގެޓް އަޕް ސްލީޕިންގް ބިއުޓީ” އިޒާން ބުނެލީ އާޝާގެ އަތަށް ބާރުކޮށްލަމުންނެވެ.. “ޕްރިންސެއް ގެންނަންވީ ދޯ ކިސް ކޮށްލަން…” އިޒާން ރަކި ގޮތަކަށް ހިނިތުންވެލަމުން ބުނެލިއެވެ. “އެބަ އަންނަން އިނގޭ….” އިޒާން އެހެން ބުނެލުމަށްފަހު ފަސް އެނބުރި ދާން ހިނގައިގަތެވެ. ނަމަވެސް ފިޔަވަޅުތަށް ހުއްޓި އެނބުރި ބަލައިލީ އޭނާގެ އަތަށް ބާރުވުމުންނެވެ.. އޭނާގެ އަތުގައި އާޝާ އޮތީ ހިފަހައްޓާފައެވެ. އިޒާން އެ އަތަށް ބަލަން ހުރުމަށްފަހު އާޝާއާއި ދިމާލަށް ދިޔައީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ. އެވަގުތު މެޝިންތަކުގެ އަޑު އިވެމުންދިޔައެވެ. “އޭޝް.. އޭޝް..” މެޝެންތަކަށް ބަލަން ހުރި އިޒާން އާޝާއަށް ގޮވަމުން ދިޔައެވެ. އިޒާން ވަގުތުން މެޝިންތަކާއި ކުޅެންފެށިއެވެ. އަދި އާޝާއަށް ގޮވަމުން ދިޔައެވެ. އޭރުވެސް އޭނާގެ އަތުގައި އާޝާ ހުރީ ހިފަހައްޓައިގެންނެވެ.

“އޭޝް… ލޯ ހުޅުވަބަ…” އިޒާން ބުނެލިއެވެ. އާޝާ ހިންދިރުވާލިތަން ފެނުނެވެ. ހަމައެގޮތަށް ފުން ނޭވައެއް ލީތަންވެސް އިޒާންއަށް ފެނުނެވެ. އިޒާން ފެންކަޅިވީ އުފަލުންގޮހެވެ. “އޭޝް..” މަޑުމަޑުން އިޒާން ބުނެލިއެވެ. އެއަށްފަހު އާޝާއާއި ކައިރިވެލިއެވެ. އާޝާ ދެފަހަރަށް ލޯ ތަޅުވާލިއެވެ. އެއަށްފަހު ލޯ ހުޅުވާލިއެވެ. އިރުކޮޅަކު މައްޗަށް ބަލަން އޮތުމަށްފަހު އާޝާ އިޒާންއާއި ދިމާލަށް ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. އެ ހިނިތުންވެލުމުގައި އެއްވެސް ދިރުމެއްނެތެވެ. އެއިންވެސް އޭނާގެ ގައިގާ އެއްވެސް ހަކަތައެއް ނެތްކަން އިނގުނެވެ. އިޒާން ފުޅާ ހިނިތުންވުމެއް ދެމުން އާޝާގެ އަތަށް ބާރުކޮށްލިއެވެ. އާޝާ ކުއްލިއަކަށް އަވަސް ނޭވައިތަކެއް ލާންފެށިއެވެ. އިޒާން މާސްކު އާޝާ ގެ މޫނުގައި އަޅުވާލީ އަވަސް އަވަހަށެވެ. “އަންނާނަން ޑޮކް ގޮވައިގެން..” އިޒާން އެހެން ބުނެލުމަށްފަހު ދާން އުޅުނެއްކަމަކު ހުއްޓުނީ އާޝާ ވާހަކަ ދައްކަން އުޅޭހެން ހީވެގެންނެވެ. އެހެންކަމުން އޭނާ ތަންކޮޅެއް ބޮޑަށް އާޝާއާއި ގާތްވެލިއެވެ. “ތެ..ތެންކިޔު….” އާޝާ ބުނެލިއެވެ. “ޑޭމް… އައި ވިލް ބީ ބެކް..” އިޒާން ބުނެލިއެވެ. އަދި ހިނިތުންވުމަކާއި އެކު ނިކުމެގެން ދިޔައީ ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަމުންނެވެ.

“ޑޮކްޓަރ އިޒާން.. އޯލް ދަ ކުރެޑިޓްސް ގޯސް ޓު ޔޫ…. ދިސް ވޯސް އަ މިރެކަލް…. ކޮންގްރޭޓްސް… ޓޭކް ކެއަރ އެން ޔޫ ނޯ ރައިޓް ވަޓް ޝީ ނީޑް ރައިޓް ނައު.. ސޯ ފޯރ 2 ، 3 ޑޭސް ޑޯންޓް ގިވް ހާރ ހެވީ ފުޑްސް.. ބެޓާރ ޓު ގިވް ފުރުޓްސް އެން ޖޫސް އޯކޭ… އެން ޝީ ކާންޓް ޖަސްޓް ވޯކް އެން ރަން ލައިކް ބިފޯރ.. ޝީ ނީޑްސް ޓު ރެސްޓް ޕްލަސް ޑޫ ކޮންލަސްޓް އަ ތެރަޕިސްޓް ސޯ ދެޓް ހާރ ބޮޑީ ވިލް ބީ ބެކް ޓު ނޯރމަލް ކޮންޑިޝަން ” އިޒާންގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރ ފަރނާންޑޯ ބުނެލިއެވެ. އިޒާން ބޯ ޖަހާލިއެވެ. ފަރނާންޑޯ އާޝާ ޗެކްކޮށްލުމަށްފަހު ދާން ހިނގައިގަތެވެ. ނަރުހަކު އައިސް މެޝިންތަށް އޮފްކުރަން ފެށިއެވެ. “ސިސްޓަރ.. ޕްލީސް ސެންޑް ވިކާސް ހިއަރ.. ސޫން..” އިޒާން ނަރުސް ކުއްޖާ ދާން ހެދުމުން ބުނެލިއެވެ. ނަރުސް ކުއްޖަ ބޯ ޖަހާލުމަށްފަހު ކޮންގްރެޓްސް އޭ ބުނެ ނިކުމެގެން ދިޔައެވެ. އިޒާން އާޝާ ކައިރި ގޮނޑީގައި އިށީނދެލިއެވެ. “އޯކޭތަ؟” އިޒާން އަހާލިއެވެ. އާޝާ ބޯ ޖަހާލިއެވެ. “މިތާ އަދި އޮންނަން ޖެހޭނެ ވީކެއް ވަރުވަންދެން… އޯރ މޭބީ މޯރ ދެން ދެޓް..” އިޒާން ބުނެލިއެވެ. އެހެން ބުނުމާއި އެކު އާޝާ އަޅައިފައިވާ މާސްކު ނެގިއެވެ. އިޒާން އެކަން ހުއްޓުވާކަށް ބޭނުމެއްނުވިއެވެ.

“އިޒާން ހުރިއްޔާ މުޅި … އުމުރަށްވެސް.. މިތާ އޮވެދާނަން..” އުނދަގުލަކުން ނަމަވެސް އާޝާ އެހެން ބުނެލިއެވެ. އިޒާން ހިނިތުންވެލިއެވެ. އެ ދެލޮލުގައި އޭރުވެސް ޖަމާވެފައި ވަނީ ތާޒާ ކަރުނައެވެ. އިޒާން އެހާ އުފައިވި ދުވަހެއް އަދި ނާދެއެވެ. އާޝާ ވެސް ހޭންފެށިއެވެ. އެވަގުތު ވިކާސް އައުމުން އިޒާން އެދުނީ ޖޫސް ޕެކެޓްކޮޅެއް ގެނައުމަށެވެ. އަދި ލާރި ދިނީ އެ ތަކެތި ގަތުމަށް ބުނެފައެވެ.

“ޑޭ..ޑް…” އާޝާ ބުނެލިއެވެ. އިޒާން ބޯ ޖަހާލުމަށްފަހު ސުހައިލް އަށް ގުޅާލިއެވެ. ދެތިން ފަހަރު ރިންގުވުމާއި އެކު އެކޮޅުން ފޯނު ނެގިއެވެ. “ހަލޯ.. އިޒާން.. ހުރިހާ ކަމެއް ރަނގަޅުތަ؟” އެކޮޅުން ފޯނު ނެގުމާއި އެކު ސުވާލުތަށް އޮއްސާލިއެވެ. އިޒާން އޭރު އިނީ ސްޕީކަރަށް ލައިގެންނެވެ. އާޝާއަށް އެއަޑު އިވުމާއި އެކު ލޮލުން ކަރުނައައެވެ. އަދި ހޭންފެށިއެވެ. އިޒާން އާޝާއަށް ފުރުސަތު ދެމުން ފޯނު އާޝާއާއި ކައިރިކޮށްލިއެވެ. އޭރު އެކޮޅުން ހަލޯ އޭ ބުނާއަޑު އިވެއެވެ. “ޑެ..ޑޭޑް…” އާޝާ ހިނިތުންވެލަމުން ބުނެލިއެވެ. އިޒާން އާޝާގެ ކަރުނަތަށް ފޮހެލަދިނެވެ. ސުހައިލް  ގަނޑުވިފަދައެވެ. “އޭ…އޭޝް… ދަރިފުޅާ……!” ކުއްލިއަކަށް އިވިގެން ދިޔައީ ސުހައިލް  އެހެން ބުނެލިއަޑެވެ. އާޝާ އިޒާންއާއި ދެމީހުން ހޭންފެށިއެވެ. އިޒާންވެސް އިނީ އާޝާ އިން ފަދައިން ފެންކަޅިވެފައެވެ. ސުހައިލް  ވާހަކަ ނުދައްކަ އިރުކޮޅަކު ހުރުމަށްފަހު ނޭފަތް ދަމާލިއަޑުއިވުނެވެ. “ޕްރިންސެސް.. ޔޫ އަރ ބެކް..؟” ސުހައިލް  އަހާލިއެވެ. ހުރީ ޤަބޫލުނުކުރެވިފައެވެ. އާޝާ އެއްޗެއް ނުބުނެވުނެވެ. އެހެންކަމުން އިޒާންއާއި ފޯނު ކައިރިކޮށްލިއެވެ. “ބޭބޭ…! ޔެސް. އޭޝް.. އިޒް ބެކް…” އިޒާން ބުނެލިއެވެ. “ތެންކިޔު އިޒާން.. ތެންކިޔު ސޯ މަޗް.. ފޯރ އެވްރީތިން… އައި އެމް ކަމިންގް.. މާދަމާ ގެ ފްލައިޓުން އިރާދަ ކުރެއްވިއްޔާ ދާނަން… ޕްލީސް… ޓޭކް ކެއަރ އޮފް ހަރ..” ސުހައިލް  ބުނެލިއެވެ. “އާދެ ބޭބެ ފަހުން ގުޅާލަންޗޭ.. އޭޝް އަށް މިގަޑީގައި ވާހަކައެއް ނުދެއްކޭނެ.. ގައިގާ ވަރުކޮޅެއްވެސް ނެތް.. އެހެންވެ ޖޫސް ބޯން އެ އުޅެނީ…” އިޒާން އެހެން ބުނެލުމުން ސުހައިލް  ފޯނު ކަނޑާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 5 ވަނަ ބައި )

Next

ލާޔާ

Next
August 14, 2016

ލާޔާ

Previews
August 14, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 5 ވަނަ ބައި )

22 Comments!

  1. Ryn says:
    August 14, 2016 at 11:49 pm

    hey guys.. i know its kuru.. but u know its already finished so cant make changes… lap in kiriyaa esfiya ah vadhevuny.. -_- sorry for the late update.. n yeah about the writings n all the mistakes u ppl find it. m glad…. thankyw so much ingey asluvx… by telling me the mistakes.. i wil try my best to improve it.. n mi vaahakaiga dhn neynge ma bwdu changes eh kureveyne heneh but i wil chck n correct those mistakes before uploading.. aslu u know i write vrh avas avahah stories n those mistakes actually occur cx u know i talk like that in real life.. n so i dont give a scnd thought n just write write n write.. n kiriya mi inguny that al those r mistakes kn dhivehi bahuge.. i mean the way i talk also is not good may b… i never knew it… thnkx for telling that. seriously ehn nama neynge up coming stories huhnaany kihineh kameh…. lol anyway vrh happy ve e mistakes thah huryma vx vrh lwbin bunedheythy n supprting me in anyway.. **lucky n blessed** n hope like vaanekamah mi part vx.. keep waiting for the next part… n hama hope kuran i can upload the story on the days i want without those errors …. c u guys.. 🙂

    1. Aanaa says:
      August 15, 2016 at 12:50 am

      It’s OK. It’s not easy to correct your own mistakes specially if u don’t know ur making them dho! But story v nice. Kiyaa hiy vey varah even with the mistakes ?

  2. MalMal says:
    August 14, 2016 at 11:55 pm

    V v v reethi mi part ves.. Don’t worry Ryn. It’s ok to make mistakes.. Eygen ithurah dhasvaane ennu.. Waiting for the next part.. ?❤

  3. Leeeshious says:
    August 14, 2016 at 11:58 pm

    Yaay me first. Thankolheh dhigu kohlaathi next part kon irakun?

  4. Hooo says:
    August 15, 2016 at 12:08 am

    Varah salhiiiii

  5. Shara says:
    August 15, 2016 at 12:34 am

    V v salhi,, nxt pary up vaany knirakun

  6. Elena says:
    August 15, 2016 at 12:42 am

    Vvv nice??❤

  7. Shy says:
    August 15, 2016 at 12:55 am

    Dhn konirakun

  8. Shiny says:
    August 15, 2016 at 5:45 am

    V salhi

  9. Liu says:
    August 15, 2016 at 6:31 am

    Wow nice

  10. Faathee says:
    August 15, 2016 at 7:30 am

    V v v reethi. V kiyaa hiy vey. Waiting for next part

  11. Aphy says:
    August 15, 2016 at 7:47 am

    V salhi vaahaka…plsss mivaahaka genesdhinun lasviya nudhehchey…v reethi vaahaka thah kiyaa hithun thihbbaa vaanuvaa nengeythan mihaaru aadhey…waiting for the nxt part

  12. Appy says:
    August 15, 2016 at 7:48 am

    V rythi mibai vx dhn in part vx avas kohlahchey

  13. naajy says:
    August 15, 2016 at 8:26 am

    salhi

  14. vishaa says:
    August 15, 2016 at 8:46 am

    vara reeeethi..keeep it up

  15. zoooo says:
    August 15, 2016 at 8:55 am

    V nice

  16. Dh@h@ says:
    August 15, 2016 at 10:03 am

    V v v rythii…

  17. sharu sharu says:
    August 15, 2016 at 11:03 am

    Vaahaka varah reethi mashaa allah . keep it up.

  18. Shaai says:
    August 15, 2016 at 11:21 am

    Wow nice story Kiya Irah hama rove

  19. Ashi says:
    August 15, 2016 at 12:35 pm

    alhey varah varah reethi next part thankolheh dhigukoh gensdhehechey plx varah kiyaahithun mi hurry

  20. sam says:
    August 16, 2016 at 10:19 pm

    wow waitin for the next part

  21. Faathee says:
    August 19, 2016 at 9:58 pm

    Waiting. Pls avaha up kohla dheebaa

Comments are closed.

Next Episodeއެދުނީމޭ ލޯތްބާއި އުފާ 7←


All Right Reserved!