ލާޔާ
……..
“މަން… ޔާޔާމެން ބޮޑު ވީމަ ވާނެ މެރީ ކުރަން ދޯ..” ކުޑަ ކުޑަ 6 އަހަރުގެ ލާޔާ ބުނެލީ އޭނާއާއި އެކު ކުޅެން އިން ސިމަން ކައިރިއެވެ. އޭރު ސިކުނޑިއަކަށް އެ ދެއްކެނީ ކޮންކަހަލަ ވާހަކައެއް ކަމެއް އޭނާއަކަށް ނޭނގެއެވެ.. ކައިވެންޏަކީ ކިހާ ބޮޑު ޒިންމާއެއް ކަމެއް އެ ކުޑަ ކުޑަ ސިކުނޑިއަކަށް ނަގައެއްނުގަނެވެއެވެ. އޭނާއަށް އެ ބަސްވެސް އިނގުނީ ކައިރި އުޅޭ މީހުން “މެރީ” ކުރަނީއޭ ބުނެ ބޮޑެތި ޕާޓީތަކާއި އެއްޗެހި ބާއްވާތިއެވެ. ގާތުގައި ފިރިހެންކުއްޖެއް ހުންނާތީ އޭނާވެސް ހީކުރީ ސިމަން އަކީ އޭނާގެ އެ ކުއްޖާކަމަށެވެ. މެރީ ކޮށް ޕާޓީ ކުރާނީ ރައްޓެހި ފިރިހެންކުދިންނާ ކަމަށެވެ. ކައިރި ކުޅެން އިން ސިމަން ލާޔާއަށް ބަލައިލިއެވެ. އަދި ހިނިތުންވެލީ ފުޅާކޮށެވެ. “އޭރުން ޔާޔާއާއި މަން ބާއްވާނީ ބޮޑު ބޮޑު ޕާޓީއެއް ދޯ.. ދުނިޔޭގެ އެންމެން ގެންނާނީ ދެން ޔާޔާ ހުންނާނީ ސިންދެރެއްލާއަށް ވެގެން.. މަން ހުންނާނަން ޕްރިންސް އަކަށް ވެގެން…. ބައިވަރު ގިފްޓްވެސް ހޯދޭނެ ދޯ ޔާޔާ..” ސިމަންވެސް ދެއަތް ފުޅާކޮށްލާފައި ބުނެލީ ބާއްވާނެ ޕާޓީގެ ބޮޑުކަން އަންގާލާށެވެ. ލާޔާ ދެލޯ ބޮޑުކޮށްލާފައި ފުޅާ ހިނިތުންވުމެއް ދިނެވެ.
ދެމީހުން އެވާހަކައިގައި ތިއްބާ ސިމަންގެ މަންމައައެވެ. “ދައްތަ އިނގޭތަ މަން އާއި ޔާޔާ މިއުޅެނީ ބޮޑުވީމަ ބޮޑު ޕާޓިއެއް ބާއްވަން.. ޔާޔާ ހުންނާނީ ސިންދްރެއްލާއަށް ވެގެން..” ލާޔާ ބުނެލިއެވެ. ސިމަންގެ މަންމަ ޒާހިދާ ހޭންފެށިއެވެ. “މަން ޔާޔާ ކައިރި ބުނިންތަ މަން ވަރަށް ދުރަށް ދާ ވާހަކަ؟؟” ޒާހިދާ އަހާލިއެވެ. “ދުރަށް؟…..ކޮންތާކަށް ދާން؟؟؟؟” ލާޔާގެ މޫނުމަތިން ވަގުތުން ބަނަވިއެވެ. ބޮޑު ދެލޯ އިތުރަށް ބޮޑުކޮށްލެވުނެވެ. އެއަޑުގައި ވަނީ ސިމަންއާއި ދުރުވާން ނޭދޭ ކަހަލަ އިހްސާސްތަކެކެވެ. ލާޔާގެ މަންމަ ނައީލާ އެތަނަށް އައެވެ. ސިމަން އޭރު ލާޔާއަށް ބަލަން ހުރިއިރު ހީވަނީ އޭނާ އެވާހަކަ ބުނަން ބޭނުންނުވާހެންނެވެ. “ޔާޔާ މަން މެން އެ އުޅެނީ ވަރަށް ދުރަށް ދާންވެގެން….” ނައީލާ އައިސް ލާޔާ ކައިރި އިށީނދެލަމުން ބުނެލިއެވެ. ދެމީހުންވެސް ތިބީ ދެން ވާނެގޮތެއް ނޭނގޭތީ ކުޑަކޮށް ހާސްވެފައެވެ. ސިމަން އާއި ލާޔާ އަކީ އެކީ އުޅުނު ދެކުދިންތާއެވެ. ކުއްލިއަކަށް ވަކިވާންޖެހުމުން އެ ދެ ޅަ ހިތަށް އަސަރުކުރާނެއެވެ.
ސިމަން އިސްޖަހާލި އިރު ހީވީ ބޮޑުވެފައިވާ ކުއްޖެއްހެންނެވެ. ޒާހިދާ ސިމަންގެ ބޮލުގައި ފިރުމާލިއެވެ. “ކޮންތާކަށް ދަނީ މަން..” ލާޔާ ބުނެލިއިރު އެ ބޮޑު ދެލޮލުގައި ވަނީ ކަރުނައެވެ. އޭނާގެ އެކުވެރި ސިމަން އޭނާއާއި ދުރުވާން ނޭދެއެވެ. ސިމަން އެއްޗެއް ނުބުނެ އެ ހުރިގޮތަށް އިސްއުފުލާލުމެއް ނެތި ހުއްޓެވެ. ހީވަނީ ކުށްވެރިއެއްހެންނެވެ. ލާޔާ ކަރުނުން ފުރިފައިވާ ލޮލަކުން ޒާހިދާއަށް ބަލައިލިއެވެ. “ޔާޔާ.. ބޭބެގެ ޓްރާންސްފަރ ވީ ވަރަށް ދުރުތާކަށް… ފްރާންސް އިނގޭތަ ޔާޔާއަށް؟ އެއީ މި ރާއްޖެއާއި ވަރަށް ދުރުގައި އޮންނަ ތަނެއް.. އެތަނަށް.. ބޭބެ ދާތީ ޖެހޭނެއެއްނު ދައްތައާއި މަންވެސް ދާން ދޯ…” ޒާހިދާ ބުނެލީ ލާޔާއަށް ވިސްނޭނެފަދަގޮތަކަށެވެ. ލާޔާ ސިމަންއަށް ބަލައިލިއެވެ. އޭނާގެ ތުންފަތް ތެޅެންފެށިއެވެ. ހީވަނީ ދެންމެ ދެންމެ ރޮވިދާނެހެންނެވެ. “ދަ..ދައްތަ މަން ބަހައްޓާފަ ދޭ ޕްލީސް…” ލާޔާ ޒާހިދާ ކައިރި ބުނެލިއެވެ. ޒާހިދާ ނައީލާއަށް ބަލައިލީ އޭނާ ބުނާނެ އެއްޗެއް ނޭނގޭތީއެވެ.
“ޔާޔާ އަށް ހުރެވޭނެތަ މަންމަ ނުލައި ވަރަށް ދުރުގައި؟” ނައީލާ އަހާލީ ލާޔާ އޭނާގެ އުނގުގައި ބައިންދަމުންނެވެ. ސިމަން އޭނާގެ ލޮލުން ފައިބަން ފެށި ކަރުނަތަށް ފޮހެލިއެވެ. ލާޔާ ނައީލާއަށް ބަލައިލުމަށްފަހު ބޯ ހަރަކާތްކޮށްލީ ލަސްލަހުންނެވެ. “ހަމައެގޮތަށް މަން އަކަށްވެސް ނޫޅެވޭނެއެއްނު ދޯ މަންގެ މަންމައާއި ނުލާ..” ނައީލާ ބުނެލިއެވެ. ލާޔާ އަނެއްކާވެސް ސިމަންއަށް ބަލައިލިއެވެ. އެއާއި އެކު އޭނާ ހިފަހައްޓައިގެން ހުރި ރުއިން ބޭރުވެ އޭނާ ފަޅައިގެން ދިޔައެވެ. އަޑުން އަޑުނަގާ ރޮމުން ދިޔައިރު އޭނާ އޮތީ ނައިލާގެ ގައިގާ ބައްދާލައިގެންނެވެ. ސިމަންއަށްވެސް ނުހުރެވިގެން ޒާހިދާގެ ގައިގާ ބައްދާލަމުން ރޮމުން ދިޔައީ އަޑެއްވެސް ލައްވާ ނުލައެވެ. ޒާހިދާއާއި ނައީލާ އެކަކު އަނެކަކަށް ބަލައިލިއެވެ. ދެމީހުންވެސް މަސައްކަތްކުރީ ލާޔާއާއި ސިމަން މަތަކުރެވޭތޯއެވެ. “ޔާޔާ..!! މަން އަދި އަންނާނޭ ދޯ މަން….. މަން ޔާޔާ ކައިރި ބުނެބަ މަން އަންނާނަމޭ އަދި…” ޒާހިދާ ސިމަން ދުރަށްލަމުން ބުނެލީ ލާޔާއަށް އިޝާރާތްކޮށެވެ. ސިމަން ރޯން އޮތް ލާޔާ ކައިރިއަށް ދިޔައެވެ. އަދި ލާޔާގެ އަތުގައި ހިފަހައްޓާލިއެވެ. “ޔާޔާ މަން އަންނާނަމޭ އަދި..” ސިމަން އެހެން ބުނިއިރު އޭނާގެ އަޑުވެސް ތުރު ތުރުލައެވެ. ލާޔާ ރުއިން މަޑުކޮށްލަމުން ސިމަން އަށް ބަލައިލިއެވެ. ސިމަންވެސް ހުރީ ލާޔާއަށް ބަލަންށެވެ. އޭނާ ހުއްޓާލެވޭނީ ސިމަންއަށް ކަން ޒާހިދާއަށާއި ނައީލާއަށް އިނގުނެވެ.
“އައި ޕްރޮމިސް ޔާޔާ ކައިރިއަށް މަން އަންނާނަން..” ސިމަން ބުނެލިއެވެ. ލާޔާ އޭނާގެ ކުޑަވައި އިނގިލި ދިއްކޮށްލުމުން ސިމަން އޭނާގެ ކުޑަވައި އިނގިލި އެ އިނގިލީގައި އަޅުވާލީ އެއްވެސް އުޖާލާކަމެއް ނެތް ފަދަ ހިނިތުންވުމެއް ލާޔާއަށް ދެމުންނެވެ. ލާޔާވެސް ހިނިތުންވެލިއެވެ. އެހާ އަވަހަށް އެ ދޮން މޫނު ރަތްވެފައި ހުއްޓެވެ. “މަން ބޮޑުވީމަ ޔާޔާ ކައިރިއަށް އަންނާނަމޭ މަން ހަނދާނެއް ނުނެތޭނެ ޔާޔާ މަތިންނެއް…” ސިމަން ބުނެލީ ލާޔާ ހިތްހަމަޖައްސުވާލާށެވެ.
ލާޔާ ނައީލާގެ އުނގުން ތެދުވެލާފައި ސިމަން ގެ ގައިގާ ބައްދާލިއެވެ. ނައީލާއާއި ޒާހިދާ ހިނިތުންވެލިއެވެ.
…….
އެއާރޕޯޓަށް ލާޔާ ގެ އިތުރުން ނައީލާއާއި ލާޔާގެ ބައްޕަ އުނޭޝް ސިމަންގެ އާއިލާ ފުރުވާލަން ދިޔައެވެ. އޭރުވެސް ލާޔާ ހުރީ ފެންކަޅިވެފައެވެ. އެންމެ ފަހަރަކުވެސް ސިމަންގެ އަތުން ދޫނުކޮށްލައެވެ. ސިމަން ހުރީ ކުޑަ ސްމާރފް ބޭގެއް އަޅުވާލައިގެންނެވެ. އޭނާވެސް ހުރީ މަޑުމައިތިރިވެފައެވެ. ސިމަން ލާޔާގެ އަތުން ދޫކޮށްލަން އުޅުމުން ލާޔާ އިތުރަށް ބާރުކޮށްލިއެވެ. ފެންކަޅިވެފައި ހުރި ހާލު ނުދާށޭ ބުނެލިއެވެ. “ޔާޔާ.. ދެންތަ އެއްޗެއް؟” ސިމަން ބުނެލިއެވެ. އެއަށްފަހު ދަބަހުން އެއްޗެއް ނަގާލިއެވެ. ސިމަންގެ އެންމެ ފޭވްރިޓް ސްމާރފް ސްޓަފް ޓޯއީ ލާޔާއަތަށް ދިނެވެ. ލާޔާ ސިމަންއަށް ބަލައިލުމަށްފަހު އެއަށް ބަލައިލިއެވެ. “މަން މަތިން މިސްވީމަ ޔާޔާ މީތި ކުޅެންޗޭ އެން މީތި ގެއްލުވައި ނުލާތި އިނގޭ…” ސިމަން ބުނެލިއެވެ. ލާޔާ އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ. “ޑޯންޓް ފޮރގެޓް މީ އެން ޑޯންޓް ލޫސް ދިސް.. ޕްރޮމިސް؟” ސިމަން ބުނެލީ ކުޑަވައި އިނގިލި ދިއްކޮށްލަމުންނެވެ. ލާޔާ ރޮވޭ ހާލު ކުޑަވައި އިނގިލީގައި އޭނާގެ އިނގިލި އަޅުވާލިއެވެ. އޭނާ ސްމާރފް ގައި ބައްދާލިއެވެ. އަދި ދުވަހަކުވެސް އެ ދުރަށް ނުލާން ހިތުން އަޒުމް ކަނޑައެޅިއެވެ. “މަންއަށް ދެން ޔާޔާ ފެންނައިރުވެސް ނުވެސް އިނގޭނެ ދޯ..” ޒާހިދާ ބުނެލިއެވެ. “ނޯ މަންމީ…. މަން އަށް އިނގޭނެ ޔާޔާ ވަރަށް ބޮޑުވެފައި ހުއްޓަސް..” ޒާހިދާގެ އެ ޖުމްލައިން މޯޅިވި ލާޔާގެ މޫނު އުޖާލާކޮށްލަން ސިމަން ބުނެލިއެވެ.
ފަހުފަހަރަށް ސަލާމްކޮށްލަމުން ލާޔާއާއި ސިމަން ވަކިވީ ދެކުދިންވެސް ރަނގަޅަށް ރޮއްވާލާފައެވެ. އެއާރޕޯޓުން ނިކުތް ލާޔާ އޭނާގެ ބައްޕަގެ ކޮނޑުމަތީ އޮވެގެން ރޮމުން ދިޔައެވެ. ސިމަންވެސް އެތެރެއަށް ވަނުމަށް އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ކަރުނަފޮހެލައެވެ.
…….
15 އަހަރުފަސް
“އައްޗީޑި މަމް ދިސް އިޒް ސޯ ޑިސްގަސްޓިންގް.. ލުކް އެޓް ދިސް….” މާލޭގެ ބަނދަރަށް ލޯންޗުން ފޭބި ސިމަން ބުނެލީ އޭނާގެ ފައިކަރި ހެދިފައި އޮތް ކޯރަކަށެވެ. ޒާހިދާ ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. “ސިމަން ދަރިފުޅާ މީ ހަމަ ދަރިފުޅު ދޫކޮށްފައި ދިޔަ މާލެއޭ…” ޒާހިދާ ބުނެލިއިރު އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. ސިމަންގެ ބައްޕަ ޖާވިދު ފޮށިތަށް ބާލަމުން ހޭންފެށިއެވެ. ސިމަން އެއްޗެއް ނުބުނެ ކުރިމަތީ ހުއްޓާފައި އޮތް ކާރަށް އެރީ ރުޅި މޫނުހަދާފައެވެ. އެހެނީ މަންމަމެން އެތަކެއް އަހަރުފަހުން ރާއްޖެ އަނބުރާ އައުމަށް ގަސްތުކުރުމުން ސިމަން ފޫހިވީއެވެ. އޭނާ ބޭނުންނުވިޔަސް އެމީހުން އަންނާތީ ސިމަންވެސް އައީއެވެ. ޖާވިދު އަމިއްލަ ކުންފުންޏެއް މިކޮޅުގައި ހުޅުވާ އެ ހިންގާނެ ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު އަނބުރާ އައީ ސިމަންވެސް ކިޔަވާ ނިމި އޭނާއާއި އެކު ކުންފުނި ހިންގުމުގައި އެހީވެދޭނެކަމުގެ އުއްމީދުގައެވެ. މިހާރު އެ އޮފީހުގެ ހުރިހާ ކަމެއްހެން އޮތީ ނިމިފައެވެ. ޖާވިދު ގެ ކޮއްކޮ ޖުމާހު ވަނީ އެ ކުންފުނީގެ ކަންތަށް ރެޑީ ކުރުމުގައި އެންމެ ބޮޑަށް އަތުކުރި އޮޅާލައިގެން އުޅުނު މީހާއަށެވެ. މުވައްޒިފުން ހޮވުމާއި އިމާރާތް އެޅުމުގެ ކަންތަށް ފެށިގެން ނިމެންދެންވެސް ބެލީ ޖުމާހުއެވެ. މިހާރު އޮތީ ހަމައެކަނި އެ ހިންގުމެވެ.
ކާރަށް އެއްޗެހިތަށް އެރުމަށްފަހު ސްޓާރޓްކޮށްލީ އެމީހުންގެ ގެއަށް ގެންދާށެވެ.
…….
އޭގެ އަނެއްދުވަސް..
ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލި ލާޔާ ގެ ތުންފަތް މަތީ ވަނީ ރީތި ހިނިތުންވުމެކެވެ. އެނދުމަތީ ރެޑީކޮށްލާފައި އިން ބެކްޕެކް ނަގައި ކޮނޑުގައި އަޅުވާލިއެވެ. އެއަށްފަހު އެނދުމަތީ އޮތް ބޯ ފޮތެއް ނަގައި ދެއަތުން ބަނޑުގައި ވިއްދާލިއެވެ. ލައިގެން ހުރި ބެގީކުރި ގަމިސްކޮޅާއި ސްކީނީއެއްގައި ލާޔާ ފެންނަލެއް ހިތްގައިމެވެ. އެ ޒުވާން ޖިންސުންލަތީފު ފެނި ހިތްކަތިނުލާނެ މީހަކު މަދުވާނެއެވެ. ކޮނޑާއި ކުޑަކޮށް ތިރިއަށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި މޫނުމައްޗަށް ވެއްޓޭނެހެން ކޮށާލެވިފައިވާ ކުދި އިސްތަށިކޮޅުތަކުގައި ލާޔާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ލާޔާ ކޮޓަރިން ނިކުމެލަމުން ދޮރު ކައިރި ހުރި ކަބަޑުމަތީ އިން ސްމާރފްއަށް ބަލައިލިއެވެ. “މަން… އައި މިސް ޔޫ.. އެން ސްޓިލް ހަނދާންވޭ އިނގޭ… އެކަމް މަން ހަނދާންވޭތަ؟؟ އެ ޖަވާބު ލިބޭނީ ދެން ބައްދަލުވީމަ ދޯ” ލާޔާ ރަކި ހިނިތުންވުމަކާއި އެކު އެހެން ބުނެފައި ސްމާރފް ނަގާލާ ބައްދާލިއެވެ. އަދި އެ ބައިންދާފައި ކޮލެޖަށް ދާން ހިނގައިގަތެވެ..
…
ސިމަން މާލެ ބަލާލުމުގެ ގޮތުން ހިނގާލަށް ނިކުންނަން ނިންމިއެވެ. “ދަރިފުޅާ ނޭނގޭނެއޭ ހިނގާކަށް…. ގެއްލިއްޖެއްޔާ އޮންނާނީ ވެފަ… ކާރުގައި ދޭބަލަ..” ޒާހިދާ ބުނެލީ ދޮރުން ނިކުންނަން އުޅުނު ސިމަންއަށެވެ. “މޮމީ… މެޕް އޮންނަނީ ކޮންމެވެސް ކަމަކު ދޯ.. ގެއަށް އަންނަން ނޭނގުނިއްޔާ ގުޅާނަމޭ.. އޯކޭނު… އެހެންނޫނަސް ކާރަކު މި މަގުމައްޗަކަށް ނުނިކުއްނާނަން… އިއްޔެވެސް މޮޔަ ނުވީ ކިރިޔާ.. ހޯރން އަޅާވަރެއް.. އެ އަޑު ކާރުން ބެރުގައި އިނދެގެން އިވުނަސް މާ ރަނގަޅުވާނެ.. ތަންތަން ބަލަން ދެވޭވަރަށްވުރެ މަގުމަތި ބްލޮކް ވެފަ އޮންނާނީ.. ހިނގާލީމަ އޯކޭވާނެ..” ސިމަން ބުނެލިއެވެ. އެކޮޅުގައި އުޅުނުއިރުވެސް އޭނާ ކާރުގައި އުޅުމަށްވުރެ ބޮޑަށް ހިނގައިފާ އުޅެން ބޭނުންވެއެވެ. ސިމަން ދޮރުމަތީ ހުރެ ބޫޓަށް އަރާލާ ނާޑުވާ އައްސާލިއެވެ. އަދި ލައިގެން ހުރި ޖިންސް ކުޑަކޮށް ފޮޅާލާ ހިނގައިގަތެވެ.
ސިމަން މަގުމައްޗަށް ނިކުތުމާއި އެކު ބައެއް އަންހެން ވެރިން އޭނާއަށް ބަލަންފެށިއެވެ. ވާނީވެސް އެހެންތާއެވެ. އެއީ ރީތިކަމުން ފުރިފައިވާ ފިރިހެނެކެވެ. އަޅައިގެން ހުރި ރޭބަން އައިނުން އެ ރީތިކަން އިތުރުވެއެވެ. ބަލާފައިވެސް ހީވަނީ ބޭރުގައުމުގައި އުޅެ ބޮޑުވި ކުއްޖެއްހެންނެވެ. އެހާވެސް ތަފާތުގޮތެއް ހުރެއެވެ. އޭނާ އެއިން މީހަކަށް ބަލައިލުމެއްނެތި ހިނގަމުން ދިޔައީ ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. އޭނާ ހިނގާފައި ދާން ނިންމީ ގެއާއި ދާދި ކައިރީގައި އޮތް ރަސްފަންނަށެވެ. އަޅާލެވުނު ގޯޅިއަކާއި އެކު އޭނާ ގޮސް ޖެހުނީ ކުއްޖެއްގެ ގައިގައެވެ. އެ ލާޔާގެ މަޑު ހަޅޭކުގެ އަޑާއި އެކު ބިންމަތީ ބޯ ފޮތެއް ވެއްޓުނު އަޑުވެސް އިވުނެވެ. ސިމަން ދެލޯ ބޮޑުކޮށްލަމުން ލާޔާ ނުވެއްޓޭތޯ ހިފަހައްޓަން އުޅުނު އަތުގައި ވެސް ނުހިފެހެއްޓި ލާޔާ ވެއްޓުނެވެ. ލާޔާގެ އަތުގެ ބަދަލުގައި ސިމަންގެ އަތް އަޅައިގަތީ ލާޔާގެ ކަންފަތުގައި ޖަހާލެވިފައިވާ ހެޑްސެޓްގައެވެ. ހެޑްސެޓް ނައްޓާލައިގެން ގޮސް ލާޔާ ޖަހާފައި ހުރި ލަވަ އިވެންފެށިއެވެ.
“ކޮންއިރަކުން ބާއޭ…. ބައްދަލުވޭވޭނީ..
މައެދޭ ސުވާލުގެ ޖަވާބެއް ލިބޭނީ…
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ
ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ..”
ދެލޯ ބޮޑުކޮށްލާފައި ސިމަން ހުރީ އެ ލަވައަށް ގެއްލިފައެވެ. ލާޔާ އަވަސް އަވަހަށް ތެދުވެލާ ލައިގެން ހުރި އެއްޗެހި ފޮޅާލިއެވެ. އަދި ފޯނުން އިވެމުން ދިޔަ ލަވަ ނިއްވާލިއެވެ. މަގުމަތީ އެމީހުންނަށް ބަލަން ތިބި މީހުންވެސް އެމީހުންގެ ކަމައިގެން އުޅެންފެށިއެވެ. ލާޔާ ފޮތް ނަގަން ގުދުވެލި އިރުވެސް ސިމަން އެ ހުރިތާ ހުރީއެވެ. ދެބުމަ ގޮށްޖަހާލަމުން ލާޔާ ސިމަންއަށް ބަލައިލިއެވެ. “އެސްކިއުޒް މީ..” ލާޔާ ދެލޯ ހަނިކޮށްލަމުން ސިމަންގެ އަތުގައި އޮތް ހެޑްސެޓް ޖަހައިގަތެވެ. ސިމަން ކުޑަކޮށް ސިހިފައި ބަލައިލިއެވެ. އަދި ހަމަޖެހެން މަސައްކަތްކޮށްލިއެވެ. “ހޭ.. އަމް ސޮރީ އިނގޭ.. ސީރިއަސްކޮށް…” ސިމަން ބުނެލިއެވެ. ލާޔާ އެއްޗެއް ނުބުނެ ސިމަންއަށް ފަސްދީ ހިނގައިގަތީ އޭނާއަށް ކުދިކިޔަމުންނެވެ. ސިމަން ފަސްއެނބުރި ލާޔާ ދާތަން ބަލަން ހުރުމަށްފަހު ބޯކަހާލިއެވެ. އެއަށްފަހު އޭނާވެސް ދާން ހިނގައިގަތެވެ.
ލާޔާ ގޮސް ވަނީ ކައިރި ހުރި އޭނާގެ މަންމަގެ ކޮއްކޮ ގެ ގެއަށެވެ. އެގޭގައި އުޅޭ ކުޑަ ކުޑަ ސިލާ ގޮވައިގެން ކޮންމެ ދުވަހެއްގެ ހަވީރު ގަޑީގައި ލާޔާ ރަސްފަންނުއަށް ދެއެވެ. އެގޭގައި ފޮތާއި ދަބަސް ބައިންދާފައި ރީތި ފްރޮކް އެއް ލައިގެން އިން 5 އަހަރު ސިލާ ގެ އަތުގައި ހިފައިލިއެވެ. އަދި ގެއިން ނިކުމެލީ ސިލާގެ މަންމައަށް ބައި ކިޔުމަށްފަހުގައެވެ. “ސިލް… މިއަދު ތާތު މިއައީ ޖޫގޯ ބޯން ލާރި ހިފައިގެން… ސިލް ބޭނުންތަ؟” ލާޔާ ބުނެލުމުން ސިލާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ލާޔާ ހޭންފެށިއެވެ. ދެމީހުންވެސް އެއްވަރަކަށް ހިނގާލާފައި ރަސްފަންނު ކައިރި ހުރި ތާކުން ޖޫގޯ ގަތެވެ. އަދި އައިސް ރަސްފަންނު ފާރުބުރިމަތީ އިށިނދެލިއެވެ. ޖޫގޯ ބުއިމަށްފަހު ސިލާ ދުއްވައިގަތީ ލާޔާއަށް ވެސް ނޭނގެހާ ބާރަށެވެ. މީހުން ގިނަކަމުން ސިލާ ގެއްލިދާނެތީ ލާޔާ ބިރުގަތެވެ. ދެލޯބޮޑުކޮށްލަމުން ޖޫގޯތަށި ބައިންދާފައި ލާޔާ ދުއްވައިގަތީ ސިލާ ދިޔަ ދިމާލަށެވެ. .
“ސިލް.. ގެއްލިދާނެ އޭ ސިލް ނުދުވެބަ.. ސިލް..” ލާޔާ ދުވަމުން އެހެން ކިޔަމުން ދިޔައެވެ. އޭރު ސިލާ ހެމުން ލާޔާގެ އަތު ނުޖެހޭތޯ ބަލަމުންދިޔައެވެ. ލާޔާވެސް ހެމުން ދުވަމުން ދިޔައެވެ. ލާޔާ ސިލާ ގައިގާ ހިފަހައްޓާލި ވަގުތަކީ ކައިރިން މީހަކު އައިސް ޖެހުނު ވަގުތެވެ. ދެމީހުން އެކީ ނުވެއްޓުނީ ކިރިޔާއެވެ. ލާޔާ ފަސްއެނބުރި ބަލާލި އިރު އެއީ ގޯޅިންވެސް ލާޔާގެ ގައިގާ ޖެހުނު ސިމަންއެވެ. ލާޔާ ދަތްކުނޑިވިކާލިއެވެ. މި މީހަކު ލާޔާ ފަހަތުން އަންނަނީބާއެވެ؟ ކޮންމެވެސް ގޮތަކުން އެބަ ޖެހެއެވެ. ލާޔާ ރުޅިއައެވެ. “ފަހަތު އަޅައިގަނެގެން ކީއްވެތަ ތިއުޅެނީ؟” ލާޔާ ބުނެލިއެވެ. ސިމަން ދެބުމަ ގޮށްޖަހާލިއެވެ. “ވަޓް؟؟ ފަހަތުން؟ ނެވަރ..” ސިމަން ބުނެލިއެވެ. ލާޔާ ތުން އަނބުރާލާފައި ސިލާ ގޮވައިގެން ކުރިންވެސް އިންތަނަށް ހިނގައިގަތެވެ. ސިލާ ލާޔާ ކައިރި ކުޑަކޮށް ދުވެލާ ހަދާލިއެވެ. ލާޔާ ހެވިފައި ސިލާއާއި ދިމާ ބަލަން ހުއްޓެވެ. ސިމަން ލާޔާއަށް ބަލައިލިއެވެ. ރީތި ކުއްޖެކެވެ. ރީތި ހިނިތުންވުމަކާއި ބޮޑު ދެލޮލެކެވެ. ދުވަހަކުވެސް ކުއްޖެއް ފެނިގެން ނުވާވަރު ސިމަންއަށް ވިއެވެ. ސިމަން އިތުރަށް ނުވިސްނަން ރަސްފަންނުން ދާން ހިނގައިގަތެވެ. ލާޔާ ދެލޯ ހަނިކޮށްލަމުން ސިމަން ދިޔަ ދިމާލަށް ބަލައިލިއެވެ. އަދި އަނގަޔަށް ގޮތެއް ހަދާލިއެވެ.
30 5 ގެ ކުރިން ލާޔާ ސިލާ ގޮވައިގެން ގެއަށް ދިޔައެވެ. އަދި އޭނާގެ ދަބަހާއި ފޮތް ހިފައިގެން ނިކުމެލިއެވެ. “އޭ ޔާޔާ.. ޓެކްސީއަކަށް އަރައިގެން ދޭ.. ލަސްވެއްޖެއެއްނު؟” ސިލާގެ މަންމަ ގޮވާލީ ލާޔާ ހިނގައިފައި ގޮސްދާނެތީއެވެ. “ނޫނޭ އޯކޭވާނެ ހިނގާލާފަ ދެވޭނެއެއްނު..” ލާޔާ ބުނެފައި ހިނގައިގަތެވެ. އޭނާ ހެޑްސެޓް ކަންފަތުގައި ޖަހާލަމުން ފޯނުން ލަވައެއް ޖަހާލިއެވެ. ލަވައިގެ ރާގަށް “ހުމް” އަޅުވަމުން ލާޔާ ދިޔައިރު ޖައްވުތެރެ ވަނީ އަނދިރިވާން ފަށައިފައެވެ. މަގުމަތީ ލައިޓްތަށް ޖައްސާފައި ވާއިރު އުޑުމަތީ ވަނީ ރަތް ސާލެކެވެ. އެ ހިތްގައިމު އުޑަށް ލާޔާ ބަލައިލިއެވެ. އޭނާއަށް ހަނދާންވީ އޭނާގެ މަންމަ ސިމަންއާއި ލާޔާގެ ކުޑައިރުގެ ވާހަކަތަށް ކިޔައިދޭ ދުވަސްތަކެވެ. ލާޔާއަކަށް މިހާރު ސިމަންގެ މޫނެއްވެސް ހަނދާނެއްނުހުރެއެވެ. މަންމަ ކިޔައިދޭ ވާހަކަތަށް އެކަނި އިނގޭކަމެވެ. ދެމީހުންގެ ފޮޓޯތަށްވެސް ގެއްލުނީ ހުޅުމާލޭގައި ފެށި ދިރިއުޅުން މާލެއަށް ބަދަލުކުރަން ހަދައިގެންނެވެ. ލާޔަ އަމިއްލަނަފްސަށް ހިނިތުންވެވުނެވެ. ހިތުން ސިމަން ސިފަކޮށްލިއެވެ. ސިމަންއަށް ލާޔާ އިނގޭނެބާއެވެ.؟ ހަނދާންވާނެބާއެވެ؟ ލާޔާ މިއުޅޭހެން ސިމަންވެސް އުޅޭނެބާއެވެ.
“ކަލާގެ ސޫރަ ހަނދާނުގައި ނެތަސް ސިފަ ވެޔޭ…
ލޯބިކަމެއް ނޭނގުނަސް ވިންދުގައި ތިނަން ވެޔޭ…” ލާޔާ ރަކި ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އޭނާއަށް ނޭނގުނަސް ޔަޤިންނުވިޔަސް ސިމަންދެކެ އޭނާއަށް ލޯބިވެވިއްޖެއެވެ. އެ ހަނދާންތަކާއެވެ. ސޫރަދެކެއެއްނޫނެވެ. އެވަގުތު ކުރިމައްޗަށް އެރީ ސިމަންއެވެ. ލާޔާ ދެބުމަ ގޮށްޖަހާލިއެވެ. ސިމަންގެވެސް ފިޔަވަޅު މަޑުވިއެވެ. ލާޔާ ރުޅިއައިއްސާ އެއްޗެއް ބުނަން އަނގަ ހުޅުވާޅި ވަގުތު ސިމަން ލާޔާގެ އަނގަމަތީ އަތްއެޅިއެވެ. “ބިފޯރ ޔޫ ސޭ އެނީތިން.. އައި އެމް ނޮޓް ފޮލޮވިން ޔޫ އޯކޭ.. ނޭނގެ ކީއްވެކަމެއް ހަމަ މިއަދު ކިތަށްފަހަރު … ޑޭމް..” ސިމަން އެ ހުރިގޮތަށް ހުރެ ބުނެލިއެވެ. ލާޔާ ސިމަންގެ އަތް އޭނާގެ އަނގަމަތިން ނެގިއެވެ. އެއާއި އެކު ލާޔާގެ ތުންފަތުގައި ހާކާފައި ހުރި ރަތް ލިޕްސްޓްކި ސިމަންގެ އަތުގާއި އުނގުޅުނެވެ. “ޑޭމް.” ސިމަން އަތަށް ބަލާލަމުން ބުނެލިއެވެ. ލާޔާ އޭނާގެ ދަބަހުން ތިޝޫ އެއް ނަގައި ސިމަންގެ އަތަށް ލައިދީފައި ހިނގައިގަތެވެ. ސިމަން ލާޔާ ދިޔަ ދިމާލަށް ބަލަން ހުރީ ހިނިތުންވުމަކާއި އެކުގައެވެ. މިއަދު އޭނާ މަންމަ ކުރިމައްޗަށްވެސް ނޭރޭހާ ގިނައިން އެ ކުއްޖާގެ ކުރިމައްޗަށް އެރިއްޖެއެވެ. ސިމަން ހިނގައިގަތީ އަތުގައި ޓިޝޫ ހާކަމުންނެވެ.
އޭނާގެ ހިތަށް މި އަންހެންކުއްޖާ ކޮންމެނެވެސް ޖާދޫއެއް ހަދައިފިއެވެ. މިހިރަ ވާގޮތެކެވެ. އަލަށް ތަޖުރިބާކުރެވެމުން ދިޔަ އިހްސާސްއަށް ދޭނެ ނަމެއް ސިމަންއަކަށް ނޭނގުނެވެ. އޭނާ ފޯނު ހުޅުވާލުމަށްފަހު ގެއަށް ދާން މެޕް ބަލައިލިއެވެ. އެއަށްފަހު ހިނގަމުން ދިޔައީ ހަލުވިކަމާއި އެކުގައެވެ.
ލާޔާ ގޮސް ގެއަށް ވަނެވެ. އޭރު އުނޭޝްވެސް އައިސްގެން އުޅެއެވެ. ލާޔާ ގޮސް ދަބަހާއި ފޮތްތަށް ކޮޓަރީގައި ބަހައްޓާލުމަށްފަހު މޫނު ދޮވެލައިގެން ނިކުތީ ބަނޑުހައިވެގެން ކާލަން ބޭނުންވީމައެވެ. ނައީލާ އޭރު ކާ މޭޒްމަތީ ފޯނުން ވާހަކަދައްކަން އިނެވެ. ދީފައި އިން ރީތި ހިނިތުންވުމާއި އެކު އެ ވާހަކަ ދައްކަނީ ވަރަށް ގާތް މީހަކާ ކަން ލާޔާއަށް އިނގުނެވެ. މޭޒްމަތީ ހުރި އެއްޗެހިން އެތިކޮޅެއް ނަގަމުން ލާޔާ ކާންފެށިއެވެ.
“ނޫނޭ.. ޔާޔާ ހުރޭ ހަނދާން ކިޔައިދިނީމަ.. އާނ…. މިރޭ އަންނަންވީނު ކާން… އެބައިން ޔާޔާވެސް އާނ މިރޭ ތައްޔާރުކޮށްލާނަން އިނގޭ ރަނގަޅު އެއްޗެއް.. އާނ އޯކޭ..” ނައީލާ ފޯނު ބޭއްވިއެވެ. އޭނާގެ މުނުމަތީ ވަނީ ތަފާތު ކަމެކެވެ. “މަންމަ ކާކު އަންނަނީ؟” ލާޔާ އަހާލިއެވެ. “ސަޕްރައިޒްއެއް…” ނައީލާ ބުނެލިއެވެ. ލާޔާ ނިތްއަރުވާލިއެވެ. ނައީލާ އިތުރު އެއްޗެއް ނުބުނެ މިރެއަށް ހަދާނެ ކާއެއްޗަކާއި މެދު ވިސްނަން ފެށިއެވެ. ލާޔާ އިތުރަށް ނާހާ ގޮސް ނަމާދުކޮށްލައިގެން ކޮލެޖުން ދިން ފިލާވަޅެއް ހަދަން އިނެވެ. އިޝާއަށް ގޮވުމާއި އެކު އެކަން ހުއްޓާލާއި އަނެއްކާވެސް ނަމާދުކުރުމައިގެން އުޅުނެވެ. އެއަށްފަހު ކޮޓަރިން ނިކުމެލިއެވެ. ނައީލާވެސް އޭރު ނަމާދުކޮށްލައިގެން އަވަދިވެ އުޅުނީ ބަދިގޭގައެވެ. ލާޔާ ގޮސް އެކަމުގައި އެހީވާން އުޅުނެވެ. “މަންމަ ކާކުތަ އަންނަނީ؟” ލާޔާ އަހާލިއެވެ. “އައީމަ އިނގޭނެއެއްނު..” ނައީލާ ބުނެލުމުން ލާޔާ އިތުރަށް އެއީ ކޮންބައެއްކަން އިނގެން ބޭނުންވިއެވެ.
…..
“މަމް ކޮންތާކަށް ދާންތަ މިއުޅެނީ؟” ޒާހިދާ ބުނެގެން ތައްޔާރުވާން ހުރި ސިމަން ބުނެލިއެވެ. “ސިމަން ހަނދާން ހުރޭތަ ޔާޔާ؟” ޒާހިދާ އަހާލީ ސިމަން ހަނދާން ނުހުންނާނެކަން އެނގިހުރެއެވެ. “ޔާޔާ؟؟؟” ސިމަން އަހާލީ ލޯގަނޑުން ފެންނަންހުރި ޒާހިދާއަށް ބަލައިލަމުންނެވެ. އޭނާއަށް އެ ދައްކަނީ ކާކު ވާހަކައެއްކަމެއް ނޭނގުނެވެ. “ދަރިފުޅަށް ހަނދާންނެތަސް ޔާޔާ އެބަހުއްޓޭ ހަނދާން..” ޒާހިދާ ބުނެލިއެވެ. ސިމަން ހަނދާންކުރެވޭތޯ މަސައްކަތްކުރިއެވެ. “ދެން މަމް ކާކުތަ އެއީ؟” ސިމަން ބުނެލިއެވެ. “ދަރިފުޅު 6 އަހަރުވަންދެން އެކީ އުޅުނު ލާޔާ އޭ އެއީ… ދެމީހުން ރޮއެފައި ވަކިވީވެސް.. ސިމަން ހަނދާނެއް ނުހުރޭތަ ސިމަންގެ ފޭވްރިޓް ސްމާރފްވެސް ވީ ޔާޔާއަތަށް ދީފަ ހަނދާން ނައްތާ ނުލާށޭ ކިޔާފަ.. އެހެން ބުނިއިރު ސިމަން ހަނދާންވެސް ނެތުނީ…” ޒާހިދާ ބުނެލިއެވެ. “ވަޓް؟ މަމް.. އަޅުގަނޑަށް ނޭނގެ ތި ކިޔާ އެއްޗެއް…” ސިމަން ބުނެލާފައި ބޯ ރީތިކޮށްލިއެވެ. އަދި އިސްޓާކީނަށް އަރައިގެން ނިކުމެލިއެވެ.
“ސިމަން ކުޑައިރު ބުނި ޔާޔާ ބޮޑުވިޔަސް ސިމަންއަށް އިނގޭނޭ…. އެކަމް މިހާރު ޔާޔާ ކިޔާ ކުއްޖެއް ނުވެސް ދަނޭ..” ޒާހިދާ ހެމުން ބުނެލިއެވެ. އޭރު ޖާވިދު އިނީ ދާން ތައްޔާރުވެގެންނެވެ. “ދެން މަމް އެއީ ކުޑައިރޭ…” ސިމަން ބުނެލިއެވެ. އެއަށްފަހު ގޮސް ދޮރުމަތީ ހުރި ބޫޓަށް އަރާލިއެވެ.
…..
ލާޔާ ގޮސް ކޮޓަރިއަށް ވަދެލިއެވެ. ތަޅުލުމަށްފަހު ކަބަޑުމަތީ އިން ސްމާރފް ނަގައި އެއާއި އެކު އެނބުރިލިއެވެ. “މަންންން…. ހަނދާންވޭތަ؟ އަޅެ ދެން ދިމާވާނީ ކޮންއިރަކުންތަ؟” ލާޔާ ބުނެލިއެވެ. އޭނާ ގެ އާދައަކަށް މިހާރު އެކަން ވަނީ ވެފައެވެ.
….
ދޮރުގެ ބެލްޖެހިއަޑަށް ލާޔާ ކޮޅަށް ޖެހުނުކަހަލައެވެ. އޭނާ މަޑުމަޑުން ގޮސް ދޮރު ބުޑުގައި ހުއްޓިހުރީ އެކޮޅުން އަޑެއް އިވޭތޯއެވެ.
…
ސިމަންއާއި ޒާހިދާ އަދި ޖާވިދު އައިސް އެތެރެއަށް ވަދެލިއެވެ. ސިމަން ހުރީ އާވެފައެވެ. އޭނާއަށް އެއީ ކޮންބައެއް ކަމެއްވެސް ނޭނގެއެވެ. “ބަލާބަލަ މަން ބޮޑުވެފައި ހުރި ވަރު..” ސިމަންއާއި ދިމާ ބަލާލަމުން ނައީލާ ބުނެލިއެވެ. ސިމަން ބީރައްޓެހި ހިނިތުންވުމެއް ދިނެވެ. “މަންއަކަށް ހަނދާނެއްނުވޭތަ؟ އެތަކެއް ހުވާތަކެއް ކޮށްގެން އެކަމް ވަކިވި ދެކުދިން..” ނައީލާ އެހެން ބުނެލުމުން ސިމަން ޒާހިދާއަށް ބަލައިލިއެވެ. “އާދޭ ކާން…” ނައީލާ ބުނެލިއެވެ. “ކޮބާ ޔާޔާ؟؟” ޒާހިދާ ބުނެލިއެވެ. “އެބައުޅޭ އެބަ އަންނަން ގޮވައިގެން.. ” ނައީލާ އެހެން ބުނެފައި ލާޔާ ބަލައިދިޔައެވެ. ޒާހިދާމެން ސޯފާގައި އިށީނދެލީ ލާޔާ އަންނަންދެންނެވެ. ސިމަން ހުރީ އެ ބުނާ ލާޔާއެއް ބަލާ ހިތުންނެވެ. ލާޔާ ދޮރުމަތީ ހުއްޓާއި ނައީލާ ދޮރުހުޅުވިއެވެ. އެއަށްފަހު ނިކުތުމަށް ބުނެލިއެވެ. ލާޔާ ނިތްއަރުވާލަމުން ކޮޓަރިން ނިކުތެވެ. ސިޓިންގްރޫމްއަށް އޭނާ ބަލައިލުމާއި އެކު ހަތަރެސްފައި ފިނިވިފަދައެވެ. ހުރިތަނަށް ގަނޑުވެވުނެވެ. ދެލޯ ބޮޑުކޮށްލާފައި ހުރި އިރުވެސް ނޭވާ ލާން ހުރީ ހަނދާންނެތިފައެވެ. އޭނާ ދެން ބަލައިލީ ޒާހިދާއަށާއި ޖާވިދުއަށެވެ. އޭނާއަކަށް ހަޤީޤަތުގައި އެއީ ކޮންބައެއް ކަމެއް ނޭނގުނެވެ. ނަމަވެސް އެދެމީހުންގެ މެދުގައި އިން ސިމަން ފެނި އޭނާ ފޫހިވީއެވެ. ސިމަން އަށްވެސް ވީ އެވަރެވެ.
“ޔޫ؟؟” ސިމަންއާއި ލާޔާ އެއްފަހަރާ އެހެން ބުނެލެވުނެވެ. ސިމަންވެސް ސޯފާއިން ކޮޅަށް ތެދުވެވުނެވެ. ދެން ތިބި މީހުން އެދެމީހުންނަށް ބަލަންފެށިއެވެ. “ކިހިނެއްވީ އަނެއްކާ؟ ތި ދެމީހުން ދަންނަންތަ؟” ޒާހިދާ ބުނެލިއެވެ. “މަމް މީ ކޮންބައެއް؟” ލާޔާ އަހާލީ ނައީލާ ކައިރިއެވެ. “ޔާޔާ… ދަރިފުޅާ އެއީ މަންއޭ.. ސިމަން… ޒާހިއްތަ އާއި ސިމަން އާއި ޖާވިދުބެ..” ނައީލާ އެހެން ބުނެލުމާއި އެކު ލާޔާ ދެލޯ ބޮޑުކޮށްލެވުނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. މިހާ ބޮޑު ޝޮކެއް ދެން ދުވަހަކުވެސް ޖެހިދާނެބާއޭ އޭނާ ހިތަށް އަރާލިއެވެ. “ވަޓްޓްޓް މަމް؟؟؟ މަންން؟؟؟” ލާޔާ ބުނެލެވުނީ ސިހުނު ވަރުންނެވެ. މިވަގުތު އެދެމީހުންގެ އިތުރުން އެހެންމީހުންވެސް ތިބެވުނީ އޮޅުން ގަނޑެއްގައެވެ. ލާޔާއަށް ގަބޫލުކުރަން އުނދަގޫވިއެވެ. އޭނާ މި ހުރިހާ އިރު މި އެރުނީ ހުސް އޭނާގެ ހިތުގެ ރާޖާގެ ކުރިމައްޗައް ހެއްޔެވެ؟ ހަނދާންތަކުގެ ވެރި ސެހެޒާދުގެ ކުރިމައްޗަށްހެއްޔެވެ؟ “އެކަމް…” ލާޔާ ހުއްޓުނެވެ. “މަޑުކޮށްބަލަ މަން ޔާޔާ ދަންނަނީތަ؟” ޒާހިދާ އަހާލިއެވެ.
އޮޅުންގަނޑަކަށް ވަދެވިފައި ހުރި ސިމަން ލާޔާއަށް ބަލައިލިއެވެ. “މަމް… އަޅުގަނޑުމެން ދެމީހުން މިއަދު ތިން ފަހަރު އެކަކު އަނެކަކުގެ ގައިގާ ޖެހިއްޖެ…” ސިމަން ބުނެލިއެވެ. އޭނާގެ އަޑުންވެސް އޭނާ ހުރީ ވާނުވާ ނޭނގިފަކަން އިނގުނެވެ. އެއާއި އެކު އެ ދެމީހުންފިޔަވާ އެހެން އެންމެން ހޭންފެށިއެވެ. ލާޔާ ހިންދިރުވާލިއެވެ. އެ ހިތް ތެޅެންފެށިއެވެ. ހީވަނީ އެ ހިތުގެ ރާޖާއަށް އަޑުއިއްވަނީހެންނެވެ. “ޔާޔާ މަން އަކަށް އެކަމް ޔާޔާއެއް ނޭނގެ… ހަނދާނެއްވެސް ނުހުރެ ހަހަހަ…” ޒާހިދާ ބުނެލިއެވެ. ލާޔާ ސިމަންއަށް ބަލައިލިއެވެ. އެހެން ބުނުމާއި އެކު އޭނާ ވަރަށް ދެރަވިއެވެ. ލާޔާ ފަހަތަށް ފިޔަވަޅު އަޅަމުން އަޅަމުން ގޮސް ކޮޓަރިއަށް ވަދެލިއެވެ. އެއާއި އެކު އޭނާއަށް ރޮވުނީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ލާޔާ ގޮސް އެނދުމަތީ ބަންޑުން އޮވެލިއެވެ.
“އާދޭ ދެން ކާން.. ޔާޔާ އަށް ޝޮކް ފިލީމަ ކާންދޭނީ..” ނައީލާ ބުނެލިއެވެ. އެއާއި އެކު އެންމެން ކާން އެރިއެވެ. ސިމަންވެސް އަދިވެސް ހުރީ ހައިރާންވެފައެވެ. އޭނާގެ ހިތުގައި ފުރަތަމަ ޓަކި ދިން ޕަރީއަކީ އޭނާ އެންމެ ކުޑައިރުން ފަށައިގެން ދަންނަ ކުއްޖެކެވެ. “ނައީ ހަނދާން ހުރޭތަ؟ މި މީހުން ބުނާނެ މެރީކޮށްގެން ބޮޑު ޕާޓީއެއްވެސް ބާއްވާނަމޭ ދޯ؟” ކާން އިނދެފައި ޒާހިދާ ބުނެލިއެވެ. ސިމަން ލަދުގަތެވެ. އެހެންކަމުން އިސްޖަހާލައިގެން ކާން އިނެވެ. ނައީލާ ހޭންފެށިއެވެ. “އާނ… ދެމީހުން ހާދަ ރުޔޭ ދުރަށް ދާކަން އިނގުނީމަ.. ޒާހިއަށް އިނގޭތަ އެއާރޕޯޓުން ގެނާއިރުވެސް ޔާޔާ ހަމަ ރޮނީ ރޮނީ… އެދުވަހު ނުވެސް ކައި އުޅުނީ… އޭނާ އެހާ ބޮޑަކަށް މިހާރު ސިފައެއް ހަނދާނެއްނުހުންނާނެ އެއްނު.. އަހަރެން ހީކުރީ ޒާހިދާމެން އިނގޭނެކަމަށް އެކަމް ނޭނގުނުތާ..އޭނާ އަށް ދެން ކިޔައިދިނީމަ އިނގެނީ ދޯ މަންމެން ޒާހި މެން.. އަދިވެސް ހަމަ ގެންގުޅޭނެ ސްމާރފް ވެސް.. ބުނާނެ ވަރަށް މިސްވެޔޭ މަންމަތިން.. މަން ހުންނާނީ ކިހިނެއްހެއްޔޭ.. މަން މިސްވާނެހޭ ޔާޔާ މަތިން. އޭނާ އަދިވެސް ހަމަ އެހެންނޭ އުޅެނީ..” ނައީލާ ބުނެލެލިއެވެ. “އެހެންތަ؟ އެކަމް މަން އަކަށް ނޭނގެ އެކައްޗެއްވެސް.. ފުރަތަމަ ދުވަސްކޮޅު އެހެން އުޅެފައި ސުކޫލް ފެށުމާއި އެކު އޭނާ ދެން ހަމަޔަކަށް އެޅުނު…” ޒާހިދާ ބުނެލިއެވެ.
“މަން ކައިގެން ދޭބަލަ އަޅެ ޔާޔާ ކައިރިއަށް.. އަސްލު އަހަރެންނަށް ހީވަނީ ޔާޔާ ދެރަވީހެން… އޭނާ ވަރަށް އުއްމީދު ކުރި މަން އޭނާއަށް އިނގޭނެކަމާއި މެދު…” ނައީލާ ބުނެލިއެވެ. ސިމަން ވެސް ދެރަވިއެވެ. ކައި ނިންމާލުމާއި އެކު ނައީލާ ގޮސް ސިމަންއަށް ލާޔާގެ ކޮޓަރި ދައްކާލިއެވެ. ސިމަން ގޮސް ޓަކި ޖެހިއެވެ. ދެތިން ފަހަރު ޖެހުމުންވެސް އެކޮޅުން ދޮރު ނުހުޅުވުމުން ސިމަން ދޮރު ހުޅުވާލިއެވެ. އެވަގުތު ދޮރު ކައިރިއަށް އައި ލާޔާ ފެނި ސިމަން ދެބުމަ ގޮށްޖަހާލިއެވެ. ލާޔާ ތުންފަތުގައި ދަތްއަޅާލަމުން ސިމަންއާއި ދުރަށް ނަޒަރު ހިންގާލިއެވެ. ސިމަން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ލާޔާ އެނދުމަތީ އިށީނދެލީ އިސްޖަހާލަމުންނެވެ. ސިމަން ގޮސް ގޮނޑިއެއްގައި އިށީނދެލިއެވެ. “ހޭ…” ސިމަން ބުނެލިއެވެ. ލާޔާ ބޯ ޖަހާލިއެވެ. އަދި ނޭފަތް ދަމާލިއެވެ. “ރުޅިއައިއްސަ؟” ލާޔާ އިންގޮތުން ސިމަން ބުނެލިއެވެ. ލާޔާ ފުން ނޭވައެއް ދޫކޮށްލިއެވެ. ދެރައިގެ މައްޗަށް ރުޅި އިސްވިއެވެ. “އައި ހޭޓް ޔޫ އައި ހޭޓް ޔޫ މަން..” ލާޔާ އެނދުގައި ހުރި ބާލިސްތަށް ސިމަންގެ ގަޔާއި ދިމާލަށް އުކަމުން ބުނެލިއެވެ. ސިމަން އަތުން އެ އެއްޗެހި ދުރަށްލަމުން ދިޔައެވެ. “ހޭ ކިހިނެއްވީތަ؟؟ ބުނެބަ ވީ ގޮތް ” ސިމަން ބުނެލީ ތެދުވެލަމުންނެވެ. ލާޔާ އަތުގައި ޖެހުނު ސްމާރފް އެއްލާލަން އުޅެފައިވެސް އެ މެޔާލާ ބޮނޑިކޮށްލަމުން ސިމަންއަށް ބަލައިލިއެވެ.
އެއަށްފަހު ކަބަޑުމަތީ ހުރި އޭނާގެ ޓެޑީ ބެއަރ ތަށް ސިމަންގެ ގަޔަށް އުކަންފެށިއެވެ. “ވަރަށް ފޫހިވެ.. މަން ނުހުރެ ހަނދާނެއްވެސް.. މަން ބުނީ ހަނދާނެއް ނުނައްތާލާނަމޭ ދުވަހަކުވެސް…. އެކަމް…. އައި ކެޕްޓް މައި ޕްރޮމިސް އެކަމް މަން އެއް ނުކުރެ.. އައި ހޭޓް ޔޫ މަން..” ލާޔާ ބުނެލިއެވެ. އޭނާ ގެ ދެލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެވެ. “ހޭ ހޭ ހޭ ޔާޔާ ޕްލީސް..” ސިމަން ލާޔާގެ އަތުގައި ހިފަހައްޓާލިއެވެ. ލާޔާ އެ އަތް ދަމައިގަންނަން އުޅުމުންވެސް ނުވިއެވެ. ލާޔާއާއި ދާދި ކައިރީގައި ސިމަން ހުރުމުން އޭނާއަށް ކުރީ ތަފާތު އިހްސާސްއެކެވެ. ސިމަންއަށްވެސް މެއެވެ. އެ ހިތް ހީވަނީ ނެގި ނެގިފައި ޖެހޭހެންނެވެ.
ލާޔާ ސިމަން ކޮށްޕާލިއެވެ. “މަން އަބަދުވެސް އުއްމީދު ކުރެވުން މަން ވެސް ޕްރޮމިސް ބްރޭކްނުކުރާނެކަމަށް.. މަން ބުނީމެއްނު މި ބާއްވާށޭ މަންގެ ހަނދާނަން.. އަން މިވެސް ގެންދޭ.. އައި ޖަސްޓް ޑޯންޓް ވަނަ ސީ ޔޫ..” ލާޔާ އަތުގައި އޮތް ސްމާރފް ވެސް އެއްލާލިއެވެ. ސިމަން ދެބުމަ ގޮށްޖަހާލާފައި އައިސް ލާޔާ ގެ އަތުގައި ހިފަހައްޓާލީ އިތުރު އެއްޗެއް އެއްލިޔަ ނުދޭންށެވެ. އޭރު މުޅި ކޮޓަރީގައި ހުރީ ބާލިސްތަކާއި ސްޓްފް ޓޯއިސްތަކެވެ. ލާޔާ ކަރުނުން ފުރިފައިވާ ދެލޮލުން ސިމަންއަށް ބަލައިލިއެވެ. ހަތަރު ކަޅި ހަމަވުމާއި އެކު ލާޔާ އަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. ލާޔާގެ ރުޅިގަނޑު މައިތިރިވަމުން ދިޔައެވެ. އޭނާ ނޭވާތަކެއް ލަމުންދިޔައެވެ. ލާޔާ ކުއްލިއަކަށް ސިމަންގެ ގައިގާ ބައްދައިގަތެވެ. ސިމަންއަށް ހުރީ އެފަދަ ކަމަކަށް ތައްޔާރުގައި ނޫންކަމުން އޭނާއަށް ތެޅިގަނެވުނެވެ. ނަމަވެސް ހަމަޖެހިލިއެވެ. ލާޔާ އަރަނީ ސިމަންގެ ކޮނޑާއި ހަމާލަށެވެ. “މަން.. އަސްލުވެސް.. ވަރަށް ވަރަށް ވަރަށް ފޫހިވެ….” ލާޔާ ބުނެލިއެވެ.
“ދެން ސޮރީ އޭ ޔާޔާ.. ހަނދާން ނުހުންނަންޏާ ކިހިނެއްތަ ހަދާނީ…؟ ހަނދާން ނެތުމަކީ އުޒުރެކޭ…” ސިމަން ލާޔާ ދުރަށް ޖައްސާލަމުން ބުނެލިއެވެ. ލާޔާ މޫނު ހަދާލިއެވެ. ސިމަން ލާޔާގެ މޫނުމަތީހުރި ކަރުނައިގެ ރޮނގުތަށް ފޮހެލިއެވެ. “ސޮރީ..” ސިމަން ބުނެލިއެވެ. ލާޔާ ބޯ ޖަހާލީ މާފްކޮށްފީމޭ ބުނާފަދަ ގޮތަކަށެވެ.
……
ދެމީހުން ގެ ގުޅުން ގާތްވީ އެއަށްފަހުގައެވެ. ލާޔާ ކޮލެޖަށް ލާން ދިޔުމާއި ލާޔާއާއި އެކު ހުސްވަގުތު ހޭދަކުރުން ގިނަވިއެވެ. ލާޔާގެ ހިތުގައި ކުރިންވެސް ސިމަންއަށް ދެވިފައި އޮތް ޖާގަ އަށް ބަދަލުވުމެއްނެތި އަބަދުމެ އަބަދަށް އެ ޖާގަ ސިމަންއަށް ހަދިޔާކުރިއެވެ. ލާޔާ ފެނުނުފަހުން ހިތުގައި ޖެހި އާ ވިންދުގެ މާނަ ސިމަންއަށް ނަގައިގަންނަން ދުވަސްކޮޅެއް ނެގިއެވެ.
“ޔާޔާ ވާހަކައެއް ބުނަންތަ؟” އާރޓިފިޝަލް ބީޗްގެ ހިލަގޮނޑީގައި އިށީނދެ އިނދެ ސިމަން ބުނެލީ ތަރިތަށް ވިދަމުން ދިޔަ އުޑަށް ނަޒަރު ހިންގާލައިގެން އިނދެއެވެ. ޔާޔާ ބުނާށޭ ބުނެލުމުން ސިމަން ޔާޔާގެ އަތުގައި ހިފައިލިއެވެ. އެއަށްފަހު ގޮނޑިން ނަގާ ކުޑަކޮށް މޫދާއި ކައިރިވެލިއެވެ. ލާޔާ ހުރިތާ ހިތެއް ކުހަރާލީ ލާޔާ ބަލަންހުއްޓައެވެ. އެ ރީތި ހަނދުވަރަށް ލާޔާ ބަލައިލިއެވެ. ސިމަން ދޮންވެލިގަނޑުގައި އެއްޗެއް ލިޔެލިއެވެ. ލާޔާ ކައިރި ބުނީމަ ނޫނީ ނުބަލާށޭ ބުނުމުން ލާޔާ އެންމެ ފަހަރަކުވެސް ތިރިއަށް ބަލައި ނުލައެވެ. “އޯކޭ..” ސިމަން ބުނެލުމުން ޔާޔާ ބަލައިލިއެވެ. އެއާއި އެކު އޭނާ ދެލޯ ބޮޑުވިއެވެ. އޭނާގެ ކުރިމަތީ އިނީ އައި އަކުރެއް ލިޔެގައެވެ. ދެން އޭނާ ހުރީ ހިތެއް ތެރޭގައެވެ. ހިތާއި ޖެހިގެން އިނީ ޔޫ އަކުރެއް ޖަހާފައެވެ. ލާޔާ ސިމަންއަށް ބަލައިލިއެވެ. “އައި ލަވް ޔޫ..” ސިމަން ބުނެލިއެވެ. ލާޔާ އުފަލުން ފޮޅުނެވެ. ސިމަންގެ ގައިގާ ބައްދައިގަނެވުނީ ހަމަކުއްލިއަކަށެވެ. ސިމަންވެސް ލާޔާގެ ގައިގާ ބައްދާލައިގެން ހުއްޓެވެ.
…..
2 އަހަރުފަސް
ކުޑައިރު ދެމީހުންވެސް އެދުނުފަދަ ބޮޑު ޕާޓީއަކާއި އެކު ދެމީހުންގެ ކައިވެނި ކުރެވުނެވެ. ލާޔާ ހީވަނީ ހަމަ ސިންދެރެއްލާއެއްހެންނެވެ. ދެމީހުން ކުޑައިރު ދެކުނު ހުވަފެނުގައި ތަފާތީ އެންމެ ކަމެކެވެ. ދުނިޔޭގެ އެންމެން ނުގެނެވުމެވެ. އެހެން ހުރިހާ ކަމެއް ހަމަ ފުރިހަމައެވެ. ދެމީހުންގެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. ހާއްސަކޮށް ލާޔާއަށް ލިބިފައިވާ އުފާވެރިކަން ބަޔާންވެސް ކޮށްނުދެވެއެވެ. އޭނާ ކުޑައިރުންސުރެ އިންތިޒާރު ކުރި އޭނާގެ ރާޖާ ލިބުނީއެވެ. އޭރު ލާޔާވެސް ހުރީ ކިޔަވާ ނިމި ވަޒީފާއަކަށް ދާންވެފައެވެ. ކައިވެންޏަށް ފަހުވެސް ލާޔާއަށް ވަޒީފާ އަދާކުރެވޭނެތީ އޭނާ ވަރަށް އުފާވިއެވެ. ހުރިހާ ގޮތަކުންވެސް އުފާވެރިކަމެވެ. އިރާދަފުޅާއި މިންވަރުފުޅުން އެ ހިނިތުންވުން ފަނޑުވާކަހަލަ ކަމެއް ދިމާވުމަކީ ނާދިރުކަމެކެވެ. އެހެނީ އޭނާ ކައިރި ހުރިހާ އަޑިގަނޑަކާއި އުސްގަނޑެއް ގިރާކުރަން ލޯބިވާ ސައިމަން އެބަހުއްޓެވެ.
ނިމުނީ….
2511 Comments
Comments are closed.
reethi
oh my goduu… its my 100th post… congrats to me lol n one more part to bcm 1st oh my godddd!!!!! ok so first of all two prt ah split kuran i gues its too shrt so i made it one prt ah.. hope like vaane kamah mi storyy 🙂 thnkx for reading n being my readers… n i love u all alot… n yeah do tell me how u feel abt this story as its my 100th post.. oh god.. feeling blessed.. thnkyw guys thnkyw so much for suprrting me.. telling me my mistakes.. encouraging me.. lots love.. nights <3 tc 🙂 enjoy
goaheh noon
The pic… me before u dho ♡
Vv reeth….i as all ways❤❤???????☺☺??
Alhe kurin iny siman eynu..Bt nimunu iru iny saiman akah badhal vefa…Bt story v nys…
V rythi story. .eh …n 100th post dhw hehe congrats
v v v reethi
wow nice…?
Wow great!?
Beautiful