Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 3

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 14, 2016 7 Mins Read
19 Comments

“މީރާ، ކިހިނެއްވީ؟” ލުބްނާ ތެދުވެފައި މީރާގެ ކޮނޑުގައި ހިފާލިއެވެ.

“ލުބްނާ، އަހަރެން ގެޔަށް ދިޔަޔަސް އެންމެ ރަނގަޅުތަ؟ ޕްލީޒް…؟” ލުބްނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މީރާ އެދުނެވެ.

“ކިހިނެއްތަ ވީ؟ އިހަށް ވީ ގޮތެއް ބުނެބަލަ! ރާހިލްސަރ އެއްޗެއް ބުނީތަ؟” ލުބްނާ އަހާލިއެވެ.

“ނޫން… ބޮލުގަ ރިއްސާތީ… ޕްލީޒް، އަހަރެން ދަންތަ؟” މީރާ ދެފަރާތަށް ބޯހަލުވާލާފައި އަނެއްކާވެސް ގެޔަށް ދިޔުމުގެ ހުއްދައަށް އެދުނެވެ.

“އާނ، އޯކޭ، އަހަރެން ސަރ ކައިރީ ބުނާނަން މީރާ ބަލިވެގެން ގޮއްސިއޭ. އަވަހަށް ދޭ. ޓެކްސީއަކަށް ގުޅައިދެންތަ؟” ލުބްނާ ބޭނުންވީ ވެވެން އޮތް އެހީއެއް އެވަގުތު މީރާއަށް ވެދޭށެވެ.

މީރާ ބޯޖަހާލުމުން ލުބްނާ ފޯނުން ޓެކްސީއަކަށް ގުޅާފައި މީރާއާ އެކު ބޭރަށް ނިކުތެވެ. ލުބްނާ އަލުން އެތެރެއަށް ވަނީ މީރާ ކާރަށް އެރުމުންނެވެ.

މީރާ ނިކުތުމުން ރާހިލް ކެބިން ތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. އެކަހަލަ ގޮތަކަށް މީރާއާ ދިމާވެދާނެ ކަމަށް ހީވެސް ނުކޮށް ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ ގައިމުވެސް މީރާ ރާހިލްއާ ކުރަން ބޭނުން އެތައް ސުވާލެއް ހުންނާނެއެވެ. ފުރަތަމަ ސުވާލަކަށް ވާނީ ކުއްލިއަކަށް އެގޮތަށް ރާހިލް މީރާ ދޫކޮއްލީ ކީއްވެގެންތޯއެވެ. ދެވަނަ ސުވާލަކަށް ވާނީ އެހާ ދުވަސް ވީއިރު ރާހިލް އެންމެ ފަހަރަކު ނަމަވެސް މީރާގެ ހާލު ބަލާނުލީ ކީއްވެތޯއެވެ.

ނަމަވެސް މީރާގެ އެސުވާލުތަކަށް ރާހިލް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ދޭނެ ޖަވާބެއް އެބަ އޮތް ހެއްޔެވެ؟ އޭރު ވިސްނާނުލާ އެގޮތަށް ކަންތައް ކުރި އިރު މީރާއަށް އެ ދެވުނީ ކިހާވަރެއްގެ ހިތާމައެއްކަން ރާހިލްއަކަށް ނޭނގެއެވެ. އެވަގުތު ހިތް އެދުނު ގޮތަށް ކަންތައް ކޮށްފައި އެދިރިއުޅުން ދޫކޮށްލަން ބޭނުން ވުމުން އެއްވެސް ވިސްނުމެއް ނެތި މީރާ ދޫކޮށްލާފައި އައީއެވެ. އެއީ ރާހިލްގެ އާއިލާގެ އެއްވެސް މީހަކަށް، އަދި އެއްވެސް ރައްޓެއްސަކަށްވެސް ނޭނގި ރާހިލް ކުރި ކަމަކަށް ވީތީ އެކަން އެގޮތަށް ބޭއްވުމަށް ދެން ކުރެވެން އޮތް ކަމެއްވެސް ރާހިލް ވަނީ ކޮށްފައެވެ. ރާހިލްއާ ގުޅޭނެ އެއްވެސް ގޮތެއް، ރާހިލްގެ އާއިލާއާ ބެހޭ އެއްވެސް މަޢުލޫމާތެއް މީރާއަށް ނުދިނީ އެހެންވެއެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. ރާހިލް  މީރާއަށް ހެދީ ހުސް ދޮގެވެ. ރާހިލްއަކީ ކާކުކަންވެސް މީރާއަށް އޮޅުވާލީއެވެ.

ކުރެވުނީ ކުށެއްކަން ރާހިލްއަށް އިހުސާސް ކުރެވުނީ މާ ފަހުންނެވެ. ކުށެއް ނެތް އަންހެން ކުއްޖެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލެވުނު ކަން ގަބޫލު ކުރެވުނީ އެތައް ދުވަހެއް ފަހުންނެވެ. ނަމަވެސް ދެން މީރާއަށް ގުޅާ މާފަށް އެދޭކަށް ރާހިލްއަކަށް ނުކެރުނެވެ. އެންމެ ރަނގަޅު ވާނީ ރާހިލްގެ ހަޔާތުން އެހޭދަވި އަހަރެއްހާ ދުވަސް ހަނދާން ނައްތާލުން ކަމުގައި ރާހިލް ނިންމިއެވެ. ދުވަސްތަކާއެކު މީރާ މަތިން ހަނދާން ނެތިދާނެ ކަމަށް ރާހިލް ހީކުރިއެވެ.

ނަމަވެސް ކަންތައް ވީ ރާހިލް ހީކުރި ގޮތަކަށް ނޫނެވެ. ރާހިލްއަށް މީރާގެ މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. ހީކުރެވުނު ގޮތާ ޚިލާފަށް މީރާގެ ހަނދާން ރާހިލްގެ ހިތުގައި ދުވަސްތަކާއެކު ވީ ފުނެވެ. މީރާގެ ސޫރައާ، މީރާއާ އެކުގައި ހޭދަ ކުރެވުނު ދުވަސްތައް މަތިން ހަނދާން ނައްތާލަން ކުރެވުނު ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ.

ފަސް އަހަރު ވީ އިރުވެސް ރާހިލްއަށް އެކަން ކާމިޔާބެއް ނުވިއެވެ. ރާހިލްގެ ހަޔާތަށް އަންހެން ކުދިން އައިސްފައި ދިޔަ ނަމަވެސް އެއްވެސް ކުއްޖަކަށް ރާހިލްގެ ހިތުގައި މީރާއަށް ދެވުނު މަގާމު ހާސިލެއް ނުކުރެވުނެވެ. އެހިތުން މީރާގެ ހަނދާން ފޮހެލުމުގައި އެއްވެސް ކުއްޖަކަށް ކާމިޔާބެއް ނުވިއެވެ. ރާހިލްގެ އުމުރުން ތިރީސްތިން އަހަރާ ގާތްވެފައި ވީއިރުވެސް، މަންމަގެ އެތައް އާދޭހަކާ އެކުވެސް ކައިވެންޏަކާ ހަމައަށް ނުދެވުނު ސަބަބަކަށް މީރާ ވިއެވެ.

ރާހިލްއާ މެދު މިހާރު މީރާ ދެކޭނީ ކިހިނެއް ކަން ރާހިލްއަށް އެނގެއެވެ. އަހަރުތަކެއް ކުރިން ރާހިލް ދެކެ މީރާ އިންތިހާއަށް ލޯބިވީ ނަމަވެސް މިއަދު މީރާގެ ހިތުގައި ރާހިލްއާ މެދު ނަފްރަތު ނޫނީ ނުވާނެއެވެ. އޭރު ވީ ލޯބި މީރާގެ ހިތުން ފޮހެވުނީ ރާހިލް މީރާއާ މެދު ކަންތައް ކުރި ގޮތުންނެވެ.

ރާހިލް ދެން މީރާއާ ކުރިމަތި ލާނީ ކިހިނެއް ހެއްޔެވެ؟ މީހުން ގިނަ، ހަލަބޮލި މާލެއިން، މަގެއްގެ މަތިން ނުވަތަ އެހެން ތަނަކުން ދެމީހުން ބައްދަލުވި ނަމަވެސް ރަނގަޅެވެ. އެއާ ޚިލާފަށް ދެމީހުން އެއް އޮފީހެއްގައި މަސައްކަތް ކުރާނީ ކިހިނެއް ހެއްޔެވެ؟ ރާހިލްއާ އެހާ ގާތުގައި، ރާހިލްގެ ޕީއޭގެ މަގާމުގައި މީރާއަށް މަސައްކަތް ކުރެވިދާނެ ހެއްޔެވެ؟

ކޮންމެ ގޮތެއް ވިޔަސް ރާހިލް މީރާއާ ވާހަކަ ދައްކަން ޖެހޭނެއެވެ. ރާހިލް ބޭރަށް ނިކުމެ މީރާގެ މޭޒާ ދިމާއަށް ބަލާލިއެވެ. އެތަނުގައި މީރާ ނެތުމުން މަޑުކޮށްނުލާ އެކި ދިމާއަށް ބަލަމުން ގޮސް ރިސެޕްޝަން ކައިރިއަށް މަޑުކޮށްލިއެވެ.

“މީރާ ކޮބާ؟” ރާހިލް ބަސްމާއާ ސުވާލު ކޮށްލީ އެއްވެސް ދިމާލަކުން މީރާ ނުފެނުމުންނެވެ.

“ބަލިވެގެން ގެޔަށް ގޮއްސި. ލުބްނާއަށް ގޮވާލަންތޯ؟” ބަސްމާ ޖަވާބު ދިނެވެ.

“ނޫން، އަޅާނުލާ” ރާހިލް އިތުރު އެއްޗެއް ނުބުނެ ގޮސް ކެބިންއަށް ވަނެވެ.

މީރާ ގެޔަށް ވަން އިރު ސިޓިންގްރޫމްގައި އަޅާފައި އޮތް މެޓްމަތީ މަލާކްއާ ޒައިކް ކުޅެން ތިއްބެވެ. ދެކުދިން ކައިރީގައި ސޯފާގައި ވާހަކަފޮތެއް ކިޔަން އިން ތާނިޔާ މީރާ ފެނުމުން ފޮތް ތިރިކޮށްލިއެވެ.

“ކިހިނެއްވީ؟ އެއްޗެއް ބާއްވާފަ ދެވުނީތަ؟” ތެދުވަމުން ތާނިޔާ އެހިއެވެ. މީރާއަށް ތާނިޔާގެ ސުވާލަށް ޖަވާބެއް ނުދެވެނީސް ތާނިޔާއަށް މީރާގެ މޫނު ފެނުނެވެ. އެއާއެކު ކޮންމެވެސް ކަމެއް ވެއްޖެކަން ތާނިޔާއަށް ވިސްނުނެވެ.

“މީރާ… ކިހިނެއްވީ؟” މީރާ ކައިރިއަށް އައިސް އަތުގައި ހިފާލަމުން ތާނިޔާއަށް އަހާލެވުނެވެ.

އެއާއެކު މީރާއަށް ރޮވުނީއެވެ. ތާނިޔާ ހާސްވެފައި މީރާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ.

“މީރާ، ނުރޮއެ ހުއްޓާލާފަ ބުނެބަލަ ވީ ގޮތެއް… މީހަކު އެއްޗެއް ބުނީތަ؟ އޮފީހުގަ ކަމެއް ވީތަ؟ ނޫނީ އަނިޔާއެއް ވީތަ؟” ތާނިޔާ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ.

ތާނިޔާގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދީ މީރާ މޫނުގައި އަތް އަޅައިގެން ރޯން އިނެވެ. އެހެން އިރުކޮޅަކު އިނދެފައި މީރާ މޫނު ފޮހެލާފައި ކުޅެން އިން މަލާކްއަށް ބަލާލިއެވެ. އަނެއްކާވެސް މީރާގެ ލޮލުން ކަރުނަ އައީ މަލާކްގެ މުސްތަގުބަލާ މެދު ހިތުގައި ސުވާލުތައް އެނބުރިގަތުމުންނެވެ.

“މީރާ، ޕްލީޒް، ނުރޮއެބަލަ… ވީ ގޮތެއް ބުނެބަލަ… އަހަރެން ޝިހާދްއަށް ގުޅަންތަ؟” ތާނިޔާގެ އަޑުގައި ކުރިއަށް ވުރެ ބޮޑަށް ހާސްކަން އެކުލެވިގެން ދިޔައެވެ.

“ރާހިލް…” ލޯ ފޮހެލާފައި މީރާ ބުނެލީ ހަމައެކަނި އެނަމެވެ. ނަމަވެސް މީރާ ބުނަން އުޅުނު އެއްޗެއް ތާނިޔާއަށް ވިސްނުނެވެ.

“ކޮން ތާކުން؟ ކިހިނެއް؟” ތާނިޔާއަށް އަހާލެވުނެވެ.

“އޮފީހުން… އެއީ އަހަރެންގެ ޑިޕާޓްމެންޓް ހެޑް، އަހަންނަކީ އޭނަގެ ޕީއޭ… އަހަރެން ބުނީމެއްނު ސަރ ވީ ބަލިވެގެން ސިންގަޕޫރުގައޭ؟ މިއަދު އައީ… އެއީ ރާހިލް” މީރާ ބުނެދިނެވެ.

ތާނިޔާ އެއްޗެއް ނުބުނެ އިނީ ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ. އެހާ ދުވަސް ފަހުން ރާހިލްއާ ދިމާ ވުމުން މީރާއަށް ވާނެ ގޮތް ތާނިޔާއަށް ވިސްނެއެވެ.

“މީރާ… މީރާ އެއްޗެއް ބުނިންތަ…؟ މީރާ ފެނުނީމަ އޭނަ ކީކޭ ބުނީ؟” ތާނިޔާ އެންމެ ފަހުން އަހާލިއެވެ.

މީރާ އެއްޗެއް ނުބުނެ ދެފަރާތަށް ބޯހަލުވާލިއެވެ.

“އޭނައަށް މީރާ ފެނުނުތަ؟” ތާނިޔާ އިތުރަށް ސާފު ކުރުމުގެ ގޮތުން އެހިއެވެ.

މިފަހަރުވެސް މީރާ ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ.

“އެހެން ވެގެން އަހަރެން ގެޔަށް މިއައީ… ތާނީ… އަހަރެން ކިހިނެއް ހަދާނީ؟” މީރާ ދެއަތުން ތާނިޔާގެ އަތުގައި ހިފާލިއެވެ. ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަމާ އެކު މީރާގެ ލޮލުން އަނެއްކާވެސް ކަރުނަ އައެވެ.

“އިހަށް ދެން ނުވިސްނާ މާބޮޑަށް…” އެވަގުތު މީރާގެ އެސުވާލަށް ދޭނެ ޖަވާބެއް ތާނިޔާގެ ސިކުނޑިއަށް ނައުމުން މީރާގެ ކޮނޑުގައި ހިފާ ކުޑަކޮށް ބައްދާލަމުން ތާނިޔާ ބުންޏެވެ.

މުޅި ދުވަހު ރާހިލްއަކަށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. މެންދުރު ކާން ގޮސްފައި ނުވެސް ކެވުނެވެ. ދެން އެންމެ އަވަހަށް މީރާއާ ކުރިމަތި ލާން ޖެހޭ ފަހަރަކުން މީރާގެ ހިތުގައި ވާނެ ސުވާލުތަކަށް ދޭނެ ޖަވާބާ މެދު ވިސްނެނީއެވެ. ދެވަނަ ފަހަރަށް މީރާއާ ކުރިމަތި ލާނެ ހިތްވަރު ރާހިލްގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ މީރާ ގާތުން މާފަށް އެދެން ރާހިލްއަށް ކެރޭނެ ހެއްޔެވެ؟ މީރާގެ މާފު ރާހިލްއަށް ހައްގު ހެއްޔެވެ؟

ހަތަރެއް ޖެހުމުން ރާހިލް ގެޔަށް ދިޔައީ ނުތަނަވަސްކަމެއްގެ މަތީ ހުރެއެވެ. މީރާއާ ކުރިމަތި ލާންޖެހޭ ވަގުތަކުން ހަދާނެ ގޮތަކާ މެދު ވިސްނަމުންނެވެ. މުޅި ދުވަހު އެ ޚިޔާލު ރާހިލްއަށް އުނދަގޫ ކުރަމުން ދިޔަ ނަމަވެސް ގެޔަށް ދެވުމުން، ވިދާދްއާ ބައްދަލު ވުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ ކަމަށް ރާހިލް ހީކުރިއެވެ.

ނަމަވެސް ގެޔަށް ގޮސްވެސް ރާހިލްއަށް މީރާގެ ޚިޔާލާ ދުރަކަށް ނުދެވުނެވެ. ރޭ ވީއިރު ބޭރަށް ނިކުންނަ ހިތެއްވެސް ނުވިއެވެ. ރާހިލް ނައިސްގެން ވިދާދް ގުޅުމުން ބޮލުގައި ރިއްސުމުގެ ބަހަނާ ދައްކާފައި ރާހިލް ވިދާދްއާ ބައްދަލު ކުރަންވެސް ނުދިޔައީ އެކަމަށްވެސް ރާހިލްގެ ޝައުގެއް ނެތީމައެވެ.

އަނެއް ދުވަހު އޮފީހަށް ގޮސް ކެބިންއަށް ވަދެ އިށީނދެފައި މަސައްކަތާ ގަޔާވެވޭތޯ ރާހިލް ބެލިއެވެ. ނަމަވެސް ރާހިލްގެ ސަމާލުކަން ހުއްޓިފައި ހުރީ ކެބިންއަށް ވަންނަ ދޮރާ ދިމާއަށެވެ. މިނަޓެއްގެ ތެރޭ ތިން ހަތަރު ފަހަރު ރާހިލްއަށް ދޮރާ ދިމާއަށް ބަލާލެވެނީ ދެންމެ ދެންމެ ދޮރު ހުޅުވާލާފައި މީރާ ވަދެދާނެހެން ހީވާތީއެވެ.

ނަމަވެސް ދިހައެއް ޖަހާ ދިޔަ އިރުވެސް މީރާގެ ހިލަމެއް ނުވެއެވެ. އެންމެ ފަހުން ރާހިލްއަށް ނީނދެވިގެން ތެދުވެގެން ގޮސް މަޑުމަޑުން ދޮރު ހުޅުވާ މީރާގެ މޭޒާ ދިމާއަށް ބަލާލިއެވެ. ނަމަވެސް މީރާގެ މޭޒު ހުރީ ހުހަށެވެ. ރާހިލް އެތެރެއަށް ވަންނަން އުޅެފައިވެސް ރިސްޕްޝަންއާ ދިމާއަށް ހިނގައިގަތެވެ.

ކުރީރޭ ނުނިދުމުގެ ސަބަބުންނާއި އެކި ޚިޔާލުން ސިކުނޑިއަށް ބަރުވުމުގެ ސަބަބުން ހެނދުނު ވީއިރު ބޮލުގައި ރިއްސާތީ އެދުވަހު އޮފީހަށް ނުގޮސް ވާނެ ބަހަނާއެއް ލިބުމުން ކުޑަނަމަވެސް ހިތްހަމަޖެހުމެއް މީރާއަށް ލިބުނެވެ.

ހަތެއް ޖެހުމުން ތެދުވެ މަލާކް ފެންވަރުވާ ރީތިކޮށްގެން ނިކުމެ ސައި ހެދުމުގައި ތާނިޔާއަށް އެހީވެ ދީފައި ޝިހާދް އޮފީހަށް ދިޔުމުން ތާނިޔާއާ ދެމީހުން މަލާކްއާ ޒައިކްއަށް ސައިދީފައި ސައި ބޯން އިށީނެވެ. އެދުވަހު މީރާ ބޮލުގައި ރިއްސާކަން އެނގުމުން އެއީ އާދައިގެ ކަމެއް ނޫންކަން ތާނިޔާއަށް އެނގުނެވެ. ކަންކަމާ މާ ބޮޑަށް ވިސްނުމުންނާ، ނުނިދުމުން، އަދި މާބޮޑަށް އަޑުގަދަވެ އެފަދަ ކަންތައްތަކުގެ ސަބަބުން މީރާގެ ބޮލުގައި ރިއްސަން ފަށައިފި ނަމަ އެކަމުން މީރާއަށް ކިހާ ވޭނެއް ލިބޭކަން ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި ތާނިޔާއަށް ވަނީ ވަރަށް ރަނގަޅަށް އެނގިފައެވެ.

“ބޭސް ކައިފިންތަ؟” ސައި ބޮއެ ނިމުމުން ތާނިޔާ އަހާލީ މީރާ އިން ގޮތުން އެއުޅެނީ ބޮލުގައި ރިއްސާތީކަން އެނގިގެންނެވެ.

“ހައެއް ޖެހިތަނާ ބޭސް ކައިފިން” ބޯޖަހާލަމުން މީރާ ޖަވާބު ދިނެވެ.

“ދޭ ނިދާލެވޭތޯ ބަލަން. އޭރުން އިރާދަ ކުރެއްވިއްޔާ ހޭލެވޭ އިރަށް ރަނގަޅު ވެދާނެ” މީރާގެ ބޮލުގައި ފިރުމާލަމުން އެހެން ބުނި އިރު ތާނިޔާގެ އަޑުގައި ވި ކަންބޮޑުވުމާ އޯގާތެރިކަން މީރާއަށް އިހުސާސް ކުރެވުނެވެ.

ތާނިޔާއަށް ބަލާލާފައި މީރާ ބޯޖަހާލިއެވެ.

“މަންމަމެން ކައިރީ ބުނަންވީތަ؟” ތާނިޔާ އެއެހީ ކޮންކަމަކާ ބެހޭ ގޮތުންކަން މީރާއަށް އެނގުނެވެ.

“ނޫން… ފަހުން، އަދި ބޭނުމެއް ނޫން އެވާހަކަ ދައްކާކަށް…” މީރާ މަޑުމަޑުން ބުނެލިއެވެ.

“އޯކޭ، ދެން ދޭ އަވަހަށް އޮށޯވެލަން” ތާނިޔާ ބުންޏެވެ.

“ތޭންކްސް ތާނީ” ތާނިޔާގެ އަތުގައި އަތް ޖައްސާލަމުން މީރާ ބުންޏެވެ.

ތާނިޔާ ދެކުދިން ގޮވައިގެން ގޮސް ތާނިޔާމެން ކޮޓަރިއަށް ވަނީ މީރާއަށް އެކަނި ވަގުތުކޮޅެއް ދިނުމަށެވެ. މީރާ ކޮޓަރިއަށް ގޮސް ފުރަތަމަވެސް ފެންވަރާލިއެވެ. ފާހާނާއިން ނިކުމެ އިސްތަށިގަނޑު ގޮށްފިލުވާފައި ވޫލްކޮޅަކުން އައްސާލާފައި އެނދުގައި އޮށޯވެ ލޯމަރާލިއެވެ. އަދި އޮފީހަށް ގުޅާނުލެވޭކަން ހަނދާންވީ އެވަގުތުއެވެ. ތެދުވެގެން ގޮސް ސިޓިންގްރޫމްގައި އޮތް މީރާގެ ފޯން ހިފައިގެން އައިސް މީރާ އޮފީހަށް ގުޅާފައި ބޮލުގައި ރިއްސާތީ އޮފީހަށް ނުދެވޭނެ ވާހަކަ ބަސްމާ ގާތު ބުނެފައި މީރާ ފޯން ކަނޑާލާފައި އަނެއްކާވެސް އޮށޯތެވެ.

“ބަސްމާ، މީރާ ކޮބާ؟” ބަސްމާ ފޯން ބޭއްވިތަނާ ރާހިލް އައިސް އަހާލިއެވެ.

“މިއަދު މީރާ އޮފީހަކަށް ނާދޭ. ދެންމެ ގުޅާފަ ބުނީ ބޮލުގަ ރިއްސާތީއޭ” ބަސްމާ ޖަވާބު ދިނެވެ.

ރާހިލް ކުއްލިއަކަށް ހަނދާން ވީ ބޮލުގައި ރިއްސަން ފެށުމުން މީރާއަށް ވާގޮތެވެ. މައިގްރެއިން ހުންނަ އެ އަންހެން ކުއްޖާ އެ ވޭނުގައި އުޅޭ ހާލެވެ.

ހަގީގަތުގައިވެސް މީރާ ބޮލުގައި ރިއްސަނީ ހެއްޔެވެ؟ ނޫނީ އެއީ ރާހިލްއާ ކުރިމަތި ލާން ބޭނުން ނުވާތީ އޮފީހަށް ނައުމަށް މީރާ ދައްކާ ބަހަނާއެއް ހެއްޔެވެ؟ ނޫނެކެވެ. ކުއްލިއަކަށް ކަންތައް މިވީ ގޮތުން ހަގީގަތުގައިވެސް މީހެއްގެ ސިކުނޑިއަށް އަސަރު ނުކޮށް ނުދާނެއެވެ.

ރާހިލް އަލުން ކެބިންއަށް ދިޔައެވެ. އެދުވަސްވެސް ދިޔައީ ކުރީ ދުވަސް ދިޔަ ކަހަލަ ގޮތަކަށެވެ.

މީރާއަށް ހޭލެވުނީ ތާނިޔާ އައިސް ގޮވާލުމުންނެވެ. އޭރު ބޮލުގެ ރިހުން ވަނީ ވަރަށް ބޮޑަށް ލުއި ވެފައެވެ. މީރާ ތެދުވެ ފޯން ނަގާ ގަޑި ބަލާލިއެވެ. ދެގަޑި ބައިވީއެވެ.

“އެއްޗެއް ކާލަން ވީނު؟” ތާނިޔާ ބުންޏެވެ.

“ފާހާނާއަށް ވަދެލާފަ މި ދަނީ. މަލާ ކެއީތަ؟” މީރާ ދެއަތުން މޫނު ފޮހެލާފައި އެހިއެވެ.

“އާނ، ކައިގެން ޒައިކްއާ ދެކުދިން އެބަތިބި ކުޅެން. އަދިވެސް ބޮލުގަ ރިއްސާތަ؟” ތާނިޔާ އަހާލިއެވެ.

“ރަނގަޅު މިހާރު” މީރާ ތާނިޔާއަށް ހީލަމުން ޖަވާބު ދީގައި ފާހާނާއަށް ވަނެވެ.

ހަވީރު ވީއިރު މީރާގެ ބޮލުގެ ރިހުން މުޅިން ރަނގަޅު ވިއެވެ. އެރޭ ލަހުން ނިދުނު ނަމަވެސް އަނެއް ދުވަހު މީރާއަށް އަވަހަށް ހޭލެވުނެވެ. އޮފީހަށް ނުގޮސް ގޭގައި ހުރުމުން އެއްވެސް ކަމެއް ހައްލު ނުވާނެޔޭ ހިތަށް އަރާ މީރާ އޮފީހަށް ދާން ތައްޔާރު ވިއެވެ.

އާންމުކޮށް ފަނަރަ ވަރަކަށް މިނެޓް ކުރިން އޮފީހަށް އަންނަ ރާހިލް އެދުވަހު އައީ ނުވައެއް ޖެހި ތަނާއެވެ. އަވަސްއަވަހަށް ކެބިންއާ ދިމާއަށް ދިޔަ އިރު މިއަދު މީރާ އޮފީހަށް އަންނާނެ ބާއޭ ރާހިލް ހިތާހިތާ ސުވާލު ކުރަމުން ދިޔައެވެ.

މޭޒު ކައިރީ ކޮޅަށް ހުރި މީރާ ފެނުމާ އެކު ރާހިލްގެ ފިޔަވަޅު ހުއްޓުނެވެ. މީރާވެސް އިސްއުފުލާ ބަލާލިއެވެ. ރާހިލް ފެނުމުން އަނެއްކާވެސް ކުރަން ހުރި މަސައްކަތަށް އެނބުރުނު އިރު އެ އަމަލުން މީރާ ރާހިލްއާ ވާހަކަ ދައްކަން ބޭނުން ނުވާކަން ރާހިލްއަށް އަންގާލި ކަހަލައެވެ.

ރާހިލް އެއްޗެއް ނުބުނެ ކެބިންއަށް ވަނެވެ. މަސައްކަތް ފެށުމާއެކު އެކިއެކި ކަންކަމުގައި މީރާގެ އެހީ ބޭނުންވި ނަމަވެސް ރާހިލް ބެލީ އެއްގޮތަކަށްވެސް މީރާއަށް އުނދަގޫ ނުކޮށް ވޭތޯއެވެ. ނަމަވެސް ބާރަ ޖަހަން އުޅެނިކޮށް ރާހިލް މީރާއަށް ގޮވާލީ މުހިންމު ލިޔުންތަކެއް ނުފެނިގެންނެވެ.

ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ފިޔަވާ އިތުރު އެއްޗެއް ނުބުނެ މީރާ ރާހިލް ބުނި ލިޔުންތައް ގެނެސްދިނުމުން “ޝުކުރިއްޔާ”އޭ ނޫން އެހެން އެއްޗެއް ރާހިލްވެސް ނުބުނެއެވެ.

އެދުވަސް ނިމުނު އިރު މީރާއާ ރާހިލްއާ ދެމީހުންގެވެސް ހިތުގައިވީ އެއް ސުވާލެކެވެ. އެގޮތަށް އެކަކު އަނެކަކާ ވާހަކަ ނުދައްކާ އެއް އޮފީހެއްގައި އެކުގައި މަސައްކަތް ކުރެވިދާނެ ހެއްޔެވެ؟ އެގޮތުގައި މަސައްކަތް ކުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

ނަމަވެސް އޭގެ ފަހުން މަސް ދުވަސް ހޭދަވީ އެގޮތުގައެވެ. އެކަކުވެސް އަނެކަކާ ވާހަކަ ދެއްކުމަށް މަސައްކަތް ނުކޮށެވެ. ނަމަވެސް އެކަމާ ކޮންމެވެސް ފިޔަވަޅެއް އަޅަން ރާހިލް ނިންމީ އޮފީހުގެ އެހެން މުވައްޒަފުން އެވާހަކަ ދައްކާކަން އެނގުމުންނެވެ.

ކަމެއް ބޭނުން ވިޔަސް މީރާގެ އެހީ ބޭނުންވާ ތަނުގައި ރާހިލް ގުޅަނީ އޮފީހުގެ ކޮންމެވެސް އެހެން ކުއްޖަކަށެވެ. އެދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާކަން އެހާ ދުވަސް ވީއިރު އެހެން މީހުންނަށް ސިއްރު ވެފައެއް ނެތެވެ.

އެދުވަހު ރާހިލް އޮފީހަށް އައީ އެވާހަކަ މީރާއާ ދައްކަން ނިންމައިގެންނެވެ. ކެބިންއަށް ވަން ގޮތަށް މީރާއަށް ގުޅާފައި އެތެރެއަށް އައުމަށް ރާހިލް އެދުނީ އެހެންވެއެވެ.

ތެޅިތެޅި އޮތް ހިތަކާ އެކު ކެބިންގެ ދޮރު ހުޅުވާލާފައި މީރާ އެތެރެއަށް ވަނެވެ.

“އިށީނދެބަލަ!” މޭޒުގެ އަނެއް ފަރާތުގައި ހުރި ދެގޮނޑިން އެއްގޮނޑިއަށް ރާހިލް އިޝާރާތް ކޮށްލިއެވެ.

މީރާ ފަސްޖެހުނެވެ.

“އަހަރެން ނޫޅެމޭ މީރާ ކާލާކަށް. އިށީނދެބަލަ…” ރާހިލް މީރާއަށް ބަލަން އިނދެ އަނެއްކާވެސް ބުންޏެވެ.

ލަސް ފިޔަވަޅުތަކެއްގައި އައިސް މިރާ އިށީނެވެ.

“ކިހާ ދުވަހެއް ވަންދެން މިހެން އުޅޭނީ؟” ރާހިލް އަހާލިއެވެ.

ރާހިލް ބުނި އެއްޗެއް ފުރަތަމަ މީރާއަކަށް ނުވިސްނުނެވެ.

“އަހަރުމެން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ތިބޭ ވާހަކަ މިބުނީ. އެއް އޮފީހެއްގަ މަސައްކަތް ކުރާ އިރު މިހެން އުޅެވޭނެތަ؟” ރާހިލް ބުންޏެވެ.

“މިހާ ދުވަހުވެސް އުޅުނު ގޮތަށް އުޅޭނީ” ރާހިލްގެ މޫނަށް ނުބަލަން ވެގެން މީރާ ވާހަކަ ދެއްކީ އިސް ޖަހައިގެން އިނދެއެވެ.

“މީރާއަށް ހީވޭތަ… އަހަރުމެންގެ ޕާސްޓް އެންމެންނަށް ސިއްރު ކުރެވޭނެހެން؟ މިހާރުވެސް އޮފީސް ކުދިން އަހަރުމެންގެ ވާހަކަ ދައްކާ. އެނގޭނެ ދޯ އަހަރުމެން އެކަކު އަނެކަކާ ވާހަކަ ނުދައްކާނީ ކޮންމެސް ކަމެއް ނެގެން ކަން…” ރާހިލް ބުނަން ބޭނުން ވި ވާހަކަ ފެށިއެވެ.

މީރާ ޖަވާބެއް ނުދީ އިނެވެ.

“މީރާ، ޕާސްޓް ހަނދާން ނައްތާލާފަ މީހުން ފާޑުފާޑުގެ ވާހަކަ ނުދައްކާނެ ގޮތަކަށް ނޫޅެވޭނެތަ؟” ރާހިލް ލަސްލަހުން އަހާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 4 ވަނަ ބައި )

Next

ލޯތްބޭތީ ހިތްއެދޭ.. (10)

Next
August 14, 2016

ލޯތްބޭތީ ހިތްއެދޭ.. (10)

Previews
August 13, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 4 ވަނަ ބައި )

19 Comments!

  1. Mar Sha Marsha says:
    August 14, 2016 at 10:45 am

    ސަލާމް، ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް… ހަތަރުވަނަބައި އަންގާރަ ދުވަހުން ގެނެސްދޭނަން..

  2. Aaf says:
    August 14, 2016 at 10:54 am

    Nice

  3. Mee says:
    August 14, 2016 at 10:58 am

    Nice. Adhi Mira aa raahil aa gulhuvan vaane

  4. sabeeha says:
    August 14, 2016 at 11:16 am

    v nice..

  5. ninaa says:
    August 14, 2016 at 11:28 am

    V reethi . Vaahaka up vey tho Bala balaa mihunanee iyyeyn feshigen . Waiting for the next part?

  6. Shaai says:
    August 14, 2016 at 12:02 pm

    V nice

  7. miny says:
    August 14, 2016 at 12:51 pm

    varah salhi. komme dhuvahaku ves genes dheynama. adhi thankolheh dhigu koh genes dheeba

  8. lai says:
    August 14, 2016 at 1:20 pm

    vvvvvv reethi mivaahaka….avskoh upkolla dinun eden…adi vaahaka vaki hisaabakah genesdyfa huttanulumah ves eden…

  9. Laara says:
    August 14, 2016 at 1:21 pm

    V salhi bt haadha kurey

  10. Liu says:
    August 14, 2016 at 1:52 pm

    Avahah up kohdheychey.. v v v nice story..

  11. Marsh says:
    August 14, 2016 at 1:56 pm

    Vvvv reeethi…waiting…

  12. Afy says:
    August 14, 2016 at 3:36 pm

    V v v v salhi aneh bai avahah up kolladhee

  13. Musli says:
    August 14, 2016 at 5:55 pm

    Aneh part kiyaahithun keh madhuvejje…. maarshage vaahakathah vv reethi

  14. Maaa says:
    August 14, 2016 at 7:21 pm

    Nice.. komme dhuhuku up Kiran Fashan feney

  15. marie says:
    August 14, 2016 at 8:40 pm

    Interesting

  16. Appy says:
    August 14, 2016 at 9:01 pm

    V rythi mibai vx ……

  17. Lily says:
    August 14, 2016 at 9:09 pm

    V nice story.konme dhuvahaku up kohlladhy.pls pls

  18. Sana says:
    August 14, 2016 at 11:35 pm

    V salhi

  19. Mar Sha Marsha says:
    August 15, 2016 at 11:05 pm

    Thnk u vv much every one… next ep tomorrow insha allah…

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 4←


All Right Reserved!