Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 5 ވަނަ ބައި )

Loolu
August 14, 2016
6 Mins Read
52 Views
24 Comments

ޝާޔަންއަށް ނުވިސްނުނު ކަމަކީ ތަންކޮޅެއް ދުރުގައި އާލިމް ސިއްރުން ބަލަން ހުރިކަމެވެ.އަދި ޝާޔަންގެ ދެތިން ފޮޓޯގަނޑުވެސް ނެގިކަމެވެ. ފޯނަށް ބަލަމުން އާލިމް ގެއަށް ދާން ހިނގައިގަތް އިރު މޫނުމަތީގައިވަނީ ހިނިތުންވުމެވެ. މިއިން ދުވަހެއްގާވެސް އޭނާއަށް މިވަރު ބޮޑު ހިތްހަމަޖެހުމެއް ލިބުންހެނެއް ހިއެއް ނުވެއެވެ.

ދެން އަންނަންފެށީ އާލިމްގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. އޭނާގެ ނަސީބުގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފެށީއެވެ. އިއްތިފާގުން ކަންތައްތައްވެސް އައީ ހީވެސް ނުކުރާފަދަ ގޮތަކަށް އޭނާގެ ކޮޅަށް ފަހިވަމުން ނެވެ. އެދުވަހު ކުލާހުގައިވެސް ގުރޫޕް މަސައްކަތެއްގައި ޝާޔަންއާ އާލިމްއަށް ދާން ޖެހުނީ އެއްގުރޫޕް އަކަށެވެ.

އެރޭ ނިދަން އޮވެފާ އާލިމް ޝާޔަންއަށް ގުޑްނައިޓް މެސެޖް ކުރިއެވެ. ޝާޔަންގެ ހިތަށް ފޮނިކަމެއް ވެރިވިއެވެ. އެމެސެޖް ކުރުމުން އޭނާގެ ހިތަށް އާދަޔާ ހިލާފް އުފާވެރިކަމެއް ލިބުމުން ހައިރާންވެސް ވެވުނެވެ. އެރޭ އޭނާއަށް ނިދުނީވެސް އާލިމްގެ ހިޔާލްގަ އޮއްވައެވެ.

ފިނިފިނި ތުންފަތަކުން މެރިފައިވާ ދެލޮލުގަ ބޮސްދެމުންދާކަހަލަގެ އިހްސާސްއެއް ކުރެވުނެވެ. ޝާޔަންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެމީހެއްގެ ހޫނު ނޭވާ އޭނާގެ މޫނަށް އެޅެމުން ދިޔައިރު މުޅި ހަށިގަނޑުގައި ކަރަންޓްގެ އޮއެވަރެއް ދެމެމުން ދިޔައެވެ. ލަސްލަހުން އެމީހަކު އޭނާގެ ހިމޭން ވެފައިވާ ތުންފަތުގައި ބޮސްދިނެވެ.އަދި ގަނޑުފެންކޮޅެއްހާ ފިނިވެފައިވާ އަތަކުން އޭނާގެ މޫނުގަ ހިފަހައްޓަލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް މެރިފައިވާ ލޮލުގެ އެސްފިޔަތަށް ތަޅުވާލަމުން ޝާޔަން ލޯހުޅުވާލިއެވެ.އޭނާއަށް ފެނުނީ އެމޫނެވެ.ޝާޔަންގެ މޫނަށް ނޭވާއެޅޭހާ ގާތަށް ގުދުވެލައިގެން އޮތް އާލިމްގެ މޫނެވެ. ބައްޓަން ރީތި އެތުންފަތުގައިވަނީ ލާނެތް ހިނިތުންވުމެކެވެ. ޝާޔަންގެ ބަސް ހުއްޓުނެވެ. ބުނަންވީ އެއްޗެއް ހަދަންވީ ގޮތެއްވެސް ހިތަކަށް ނައެވެ. ދެލޯ ބޮޑުކޮށްލައިގެން އޭނާއަށް ބަލަން އޮވެވުނީއެވެ.ނަމަވެސް އެގޮތުގައި ކެއްވީ ހިނދުކޮޅަކަށްށެވެ.އަނެއްކާވެސް ބޭއިހްތިޔާރުގައި އޭނާގެ ދެލޯ މެރިގެން ދިޔައީ އާލިމް ގުދުވެލާފައި އޭނާގެ އޮމާން ކަނދުރާގައި ބޮސް ދޭންފެށުމުންނެވެ. ކަނދުރާގައި ހުރީޔާ ހުރި އިސްތައްޓެއް ކޮޅަށް ޖެހިގެން ދިޔައެވެ. ހަށިގަނޑުގަ ހުރި ހުރިހާ ވަރެއް އެއްކޮށްލަމުން ދެލޯ ތަންމިނަށް ހުޅުވާލަމުން އޭނާ ފުންމައިގެން ތެދުވިއެވެ. ހިމޭން ވެފައިވާ ކޮޓަރީގައި އެއްވެސް މީހަކު ނެތެވެ.ޝާޔަންއަށް އޭނާގެ ފިޔާތޮށި ތުންފަތުގަ އަތްޖައްސާލެވުނެވެ. އެކަމަކުވާ މިއޮއް ފެނުނު ހުވަފެނެކެވެ.ޝާޔަން ގާތަށް ހިނި އައިވަރުން އަނގަމަތީ އަތްއެޅުނެވެ.ހަމަ އެހިނދުކޮޅުގައި ހިތާ ދިމާލުން މޭގައި ފިރުމާލެވެނެވެ. ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމަކާ އުފާވެރި ކަމެއް އޭނާގެ ހިތަށް  ވެރިވަމމުން ދިޔައެވެ. ނޭނގިނަމަވެސް ހުވަފެނުގައިވެސް އޭނާ އާ އެބައްދަލުވީ މިވަގުތު އެންމެ ދެކެން ބޭނުންވި ސޫރައެވެ. އެކަމަކު ކީއްވެހެއްޔެވެ.އާލިމް އާމެދު މިވަރަށް މިވިސްނެނީ ކީއްވެ ހެއްޔެވެ. އަނެއްކާވެސް ޝާޔަން އޮށޯވެލި އިރު ތުންފަތްމަތީ ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. އެރޭ އޭނާ އުޅެއުޅެވެސް އެލޮލަކަށް ދެން ނިންޖެއްވެސް ނައެވެ.

އެރެއަށްފަހު އާލިމްއާ ޝާޔަންއާމެދު ގާތް އެކުވެރިކަމެއް އުފެދުނެވެ. ގުޑްމޯރނިންގ އާ ގުޑްނައިޓް މެސެޖް ތަކުން ޝާޔަންގެ ހިތަށް އުފާވެރިކަމެއް ލިބެމުންދިޔައެވެ. ފިލާވަޅެއް ނޭނގުނަސް އާލިމް އަހަނީވެސް ޝާޔަންގާތުގައެވެ. އެހެންވުމުން ފޯނުން މެސެޖްގެ ޒަރިއްޔާއިންވެސް ވާހަކަ ދެއްކުން ދިޔައީ އިތުރުވަމުންނެވެ. ކްލާސް ތެރޭގައިވެސް ކުލާހުން ބޭރުގައިވެސް ފެނިއްޖާ ވާހަކަ ދައްކަން މަޑުކޮށްލެވެއެވެ. މިވާގޮތެއް މުޅިން ޔަގީން ނުވިކަމުގައިވިޔަސް އާލިމްއަށް ހާއްސަ ސަމާލުކަމެއް ދެވޭކަން ޝާޔަންއަށް އަމިއްލައަށްވެސް ވިސްނިއްޖެއެވެ. ފާޑަކަށް އާލިމްދެކެ ގަޔާވެވިއްޖެކަން ގަބޫލް ކުރަން ހިތަށް މަޖުބޫރުވެއްޖެއެވެ.

“އަހަރެން އެބައޮތް ޝާޔަން ގާތު ވަރަށް ބޮޑު ވާހަކަ އެއް ބުނަންވެފް” އާލިމް ވައިބާ އިން ޝާޔަންއަށް މެސެޖް ކުރިއެވެ. މިއީ ކޮންމެރެއެއްގެވެސް މިހާރަކަށް އައިސް އާދައެވެ. ނިދިއަންނަންދެން ދެމީހުން ވައިބާ އިން ވާހަކަ ދައްކަން ކިތަންމެ އިރެއް ވަންދެން ތިބެއެވެ.

“ހޫމް ބުނެބަލަ” ޝާޔަން ހިނިތުންވެހުރެ ރައްދުގަ ލިޔެލިއެވެ.

ހަމަ ބުނަންވީތަ…..”

“ހޫމް…ދެން ހިތް ނުތަޅުވާ ބުނެބަލަ..”ޝާޔަންއަށް ހިނިއާދެވުނަސް ނޭނގި ނަމަވެސް އޭނާގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް ދިޔައީ އަވަސްވަމުންނެވެ. އާލިމް ބުނަން އުޅެނީ ކީއްކަން އޭނާއަށް ޔަގީނާ ގާތަށް ހީވަމުން ދިޔައެވެ.

“ހަމަ އެހާ ހިތް ތެޅެނީތަ…ހެހެ…ހޫމް..ބުނަން މިއުޅެނީ ކީކޭ ކަމާ އަހަރެންގެ ހިތް އޮތް ގޮތް މާކުރިން ފެށިގެންވެސް ޝާޔަން އަށް އެނގިފަ ކަންނޭނގެ އޮންނާނީ..ޔެސް ޝާޔަން…އައި ލަވް ޔޫ..އައި އޯލްވޭސް ވޯންޓެޑް ޓު ޓެލް ޔޫ ދިޒް..އަބަދުވެސް ބުނަން ބޭނުންވޭ މިހެން…އަހަރެން ވަރަށް ވަރަށް ވަރަށް ލޯބިވޭ..އެނގޭ މިހެން ބުންޔަސް ޝާޔަން އަށް އިހްސާސްވެސް ކޮށްނުލެވޭނެކަން މިވާ ލޯބި..ވިލް ޔޫ ބީ މައި ގާލްފްރެންޑް..ޕްލީޒް..” ހަށިގަނޑު ހުރިހުރިހާ ހަކަތައެއް އިނގިލި ތަކުގެ ކޮޅަށް އެއްކޮށްލަމުން އާލިމް މެސެޖް ލިޔެ ނިންމާލިއެވެ. ސެންޑަށް ފިތާލިއިރު އަތްތިލަ ތުރުތުރު އަޅަމުން ދިޔައެވެ.އަހަރެން މިހާ ފިނޑި ވީ ކޮންއިރަކު ހެއްޔެވެ. ކިތަންމެ ހާސް ވެފަ އިނަސް ހިތްވަނީ އުންމީދުން ފުރިފައެވެ.ޝާޔަން އޭނާ އާ މެދު ގަޔާވާކަން ވަރަށް ބޮޑަށް ޔަގީންވާތީއެވެ.

މެސެޖް ފެނުމާއެކު ޝާޔަންއަށް ލޯމަރާލެވުނެވެ. ހިތަށް ވީ ގޮތެއްގެ ސަބަބުންނެވެ. އޭރު ދެއަތުގެ ތެރޭ ފޮރުވާލާފައިވާ ފޯން ވަނީ މޭގެ ތެރޭގަ ބޮޑިކޮށްލެވިފައެވެ. ހިތްވަނީ އާސްމާނުގައެވެ. ވަގުތުން އާއެކޭ ބުނަން ކިތަންމެހާވެސް ބޭނުންވިއެވެ.ނަމަވެސް ވިސްނާލާފައި ޖަވާބެއް ދޭނަން ކަމުގައި ބުނީ މަންމަގެ ހަނދާން ވެފައެވެ. އެމަންމައަށް ސިއްރުން އެއްވެސް ކަމެއް ކުރާކަށް ޝާޔަން ބޭނުމެއް ނޫނެވެ. އެމަންމަ އެހާވަރުން ރަނގަޅު ގޮތުގައި އޭނާ ބަލަން މަސައްކަތް ކުރާއިރު މަންމަގެ ހުއްދަ އާނުލާ އެވަރު ކަމެއް ކުރާނެ ހިތްވަރު ނެތީއެވެ. ކިޔަވާ ނުނިމެނީސް މީހަކާ ރައްޓެހިވުން މަނާ ކޮށްފަ އޮތަސް ރީތި ގޮތުގައި އަހައިފިޔާ މަންމަ ހުއްދަ ދޭނެ ކަން ޔަގީނެވެ. އަމުދުން ކިޔަވާ ނިމެންދެން މީހަކާ ނުގުޅި ހުންނަންވެއްޖާ އުމުރު ދުވަހުވެސް ހުންނަން ޖެހޭނީ ހުހަށެވެ. އެހެނީ ކިޔެވުމަކީ ދުވަހަކުވެސް ނިމޭނެ ކަމެއް ނޫނެވެ. މަންމަގެ އުނގުން ފެށިގެންވެސް ކަށްވަޅަށް ދާންދެންވެސް ކިޔެވުމަކީ އޮންނަ ކަމެކެވެ.

ޖެހިގެން އައި ދުވަސް ވީ ރަށު ސްކޫލަށް ބޮޑުދުވަހަކަށެވެ. ގްރޭޑް ބާރައިގެ ކުދިންގެ ފެއާވެލް ޕާރޓީ އެރޭ އޮންނާތީ ސްކޫލް ގިނަ ކުދިންނާ ޓީޗަރުންވެސް ބުރަކޮށް މަސައްކަތް ކުރަމުންދިޔައީ އެރެއަށް ސްކޫލް ޒީނަތްތެރި ކުރާށެވެ.

ޝާޔަންއަށް ޕާޓީ ގެ ދައުވަތު ކާޑް ގެނެސްދިނީ ރިފާއު އެވެ. އެއީ ރިފާއު ބޭނުންވި ގޮތެވެ. އޭނާ އެންމެ ލޯބިވާ އަންހެންކުއްޖާއަށް އޭނާގެ ފެއާވެލް ޕާޓީ ގެ ދައުވަތު ދޭން ބޭނުންވަނީވެސް އޭނާގެ ދެއަތުންނެވެ. މިއީ އޭނާ ސްކޫލްގަ ހޭދަ ކުރާނެ ފަހު އަހަރު ކަމަށް ވީ އިރު ދުވަސްކޮޅަކުން ސްކޫލާ އަލްވަދާއު ކިޔާފަ ދާންޖެހޭތީ ދެރަވަނީ އިންތިހާއަށެވެ. ޝާޔަންގެ ރީތި މޫނު ކޮންމެ ދުވަހަކު ފެނުމުގެ ނަސީބު ނުލިބޭނެތީއެވެ.

 

މާޔާ ތައްޔަރުވަމުން ދިޔައީ މިރޭ އައްގަޑި ބައިގައި އޮންނަ ފެއާވެލް ޕާޓީއަށް ދިއުމަށެވެ. އޭނާ ބޭނުންވަނީ މިރޭ ވަރަށް ފުރިހަމަ އަށް ތައްޔާރުވާށެވެ. ލާނެ ހެދުމެއްވެސް ފައިނަލް ވީ ލައްކަ އިރުންނެވެ. މާޔާ މިރޭ ލާން ބޭނުންވީ ރަތް ކުލައިގެ މެކްސީއެކެވެ. ހެދުމާ ގުޅޭގޮތުން ރަތް ކުލައިގެ ގަހަނާ ތަށް އަޅާފައި ތުންފަތުގަ ޖައްސާލީވެސް ރަތް ލިޕްސްޓިކެވެ. މާޔާ މިރޭ ހުރީ ވަރަށް އުފަލުންނެވެ. ރިފާއުގެ ލޯބި ކާމިޔާބު ނުވެ އޮތަސް މިރޭ ހަމަގައިމުވެސް ރިފާއުގެ އަތުގަ ހިފާލުމުގެ ފުރުސަތު ލިބޭނެއެވެ. މާޔާ ގަޑިއަށް ބަލައިލިއިރު އަދި އަށެއް ޖަހަންވެސް ދެތިން މިނެޓް ހުއްޓެވެ. އޭނާއަށް މި ތައްޔާރު ވެވުނީވެސް މާއަވަހަށެވެ.

ވަގުތު ހިނގާލެއް ލަސްވެފަ އިނދެ މާޔާ ފޯނުން ލަވައެއް ޖަހާލިއެވެ. ސެލިން ޑިއޯންގެ ‘މައި ހާޓް ވިލް ގޯ އޮން’ އެވެ. އެއީ އޭނާއަށް އަބަދުވެސް ރީތިވެގެން ޖަހާ ލަވައެކެވެ. އެކަނިވެރިވާ ކޮންމެ ވަގުތެއްގައިވެސް އޭނާގެ ކޮޓަރީގެ ހަތަރު ފާރު ތެރެއިން އަބަދުވެސް އެހިމޭން ލަވަ އިވި އިވި ހުރެއެވެ. އެލަވައިގެ ލަފްޒު ތަކަކީ އޭނާގެ ހިތުގެ އަޑު ފަދައެވެ.

” އެވްރީ ނައިޓް އިން މައި ޑްރީމްސް

އައި ސީ ޔޫ، އައި ފީލް ޔޫ ” މާޔާ ހުވަފެނީ ގޮތަކަށް ރިފާއުގެ ފޮޓޯއަށް ބަލަންއިނެވެ.އަދި ކޮންމެވެސް އެއްދުވަހަކުން މާޔާގެ އަމިއްލަ އަޑުން މިރީތި ލަވަ ރިފާއުއަށް ކިޔާދިނުމަކީ އޭނާގެ އަބަދުގެވެސް އުއްމީދެކެވެ. އެގޮތުގައި މާޔާ އިންދާ ފޯނަށް މެސެޖެއް އައެވެ. މެސެޖް ކުރީ ކާކުކަން އެނގުމުން މާޔާއަށް ހައިރާންވެވުންލެއް ބޮޑުކަމުން ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ގަބޫލް ކުރަން ދަތިވެފައި އަދިވެސް އެއްފަހަރު އޭނާއަށް ނަމްބަރަށް ބަލައިލެވުނެވެ.

“މަޔާ….” ރިފާއުގެ އެމެސެޖްގައިވަނީ ހަމައެކަނި އެހެންނެވެ. މާޔާއަށް ގޮވާލާފައެވެ.

“ޔެސް” މާޔާ އަވަސް އަވަހަށް ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން ޖަވާބް ލިޔެލިއެވެ.

“ކަމެއް ކޮށްދީބަލަ”

“ކޮންކަމެއް..ބުނޭ..ކޮށްދެވޭ ވަރުގެ ކޮންމެ ކަމެއްވެސް އަހަރެން ރިފާއުއަށް ކޮށްދޭނަން” މަޔާ ބުނެލިއެވެ. މޭގާ ފިރުމާލަ ފިރުމާލާ އޭނާއަށް އިނދެވުނީ ރިފާއުގެ ޖަވާބެއް ނާންނާތީ ކެއްތެރިކަން ކުޑަވެފައެވެ.

ފަސްވަރަކަށް މިނެޓް ފަހުން ރިފާއުގެ ޖަވާބް އައިސްފިއެވެ. މެސެޖް ކިޔަމުން ދިޔަ ވަރަކަށް މާޔާގެ މޫނުމަތީގެ ކުލަވަރު ދިޔައީ އޮއްސެމުންނެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވަމުންގޮސް އެންމެފަހުން ފުރިގެން ކޯތާފަތް ތެންމާލައިފިއެވެ. ތުންފަތުގަ ދަތް އަޅާ ބާރު ކޮށްލަމުން މާޔާއަށް މުށުތެރޭގައި ފޯނު ބޮޑި ކޮށްލެވުނެވެ. ދެރައާ އެއްވަރަށް އޭނާގެ ހިތުގާ ދިޔައީ ރުޅިވެރިކަންވެސް އުތުރި އަރަމުންނެވެ. ރިފާއު އެކަހަލަ ކަމަކަށް އޭނާގެ ގާތުން އެ އެދުނީ އޭނާގެ ހިތް ރޯނެވަރު ހަމަ ނޭނގޭތީ ހެއްޔެވެ. ނޫނީ ޖެއްސުމަށްހެއްޔެވެ.

” މާޔާއަށް މިކަން ނުކޮށްދެވެންޏާ ބުނޭ..އޭރުން އެނގޭނީ އެހެން މީހެއް ކައިރި ބުނަންވެސް..” މާޔާގެ ޖަވާބެއް ނައުމުން ރިފާއު ބުންޏެވެ.

މާޔާ ކުޑަކޮށް ވިސްނާލާފައި ހިތް ރޯހާލުގަވެސް ރިފާއުއަށް އެކަން ކޮށްދޭނަން ކަމުގައި ބުންޏެވެ. އޭރުވެސް މާޔާއަށް ދިޔައީ ރޮވެމުންނެވެ. ޕާޓީ އަށް ދާހިތްވެސް ފިލައިފިއެވެ. ނަމަވެސް ރިފާއު ދެކެ އޭނާ ވީ ލޯބީގެ ހައްގުގައިވެސް މިރޭ އެތަނަށް ދިއުން އޭނާއަށް މަޖުބޫރެވެ. މާޔާ ރުއިން ކޮންޓްރޯލް ކޮށްފައި ޓިޝޫ އަކުން ލޯކައިރި ފޭދިފަ ހުރި އަނދުންތަށް ސާފުކުރަން ފެށިއެވެ.

 

ޝަޔަން ގޮސް ސްކޫލު ގޭޓުން އެތެރެ ވުމާއެކު މާހައުލުގެ ފުރިހަމަކަން ފެނި ހިތާހިތުން ތައުރީފުކުރެވުނެވެ. އެކި ތަންތަނުގަ ދިއްލޭ ބޮކިފަތިތަށް ރީތި ޑިޒައިންތަކަށް ދަމާލާފައި ވީއިރު ސެޓުން މަޑުމައިތިރި މިއުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ. ދުރުގަ ހުރި މޭޒުތަކުގަ އަތުރާފައި ހުރި ކާއެއްޗެއްސުގެ މީރުވަސް ޖައްވުގަ ހިފާލާފަ ވީއިރު މާހައުލު ފުރިފަވަނީ އުފާވެރި މޫނުތަކައިގެންނެވެ. ޕާޓީއަށް އަންނަ މެހެމާނުން ހިނގަން ހަދާފަ އޮތް މަގުން ޝާޔަންއާ އޭނާއާއެކު އައި ކްލާސް ދެތިން ކުދިން ހިނގާފައި ދިޔައެވެ. އޭރު އެމަގު ނިމޭހިސާބުގައި ރީތި ތަރުތީބަކަށް ގްރޭޑް ބާރައިގެ ކުދިންތަށް އެތުރިލައިގެން ތިބީ އަންނަ މެހެމާނުންނާ ސަލާން ކުރާށެވެ.

ޝާޔަންވެސް ގޮސް އެކުދިންނާ ހިނިތުންވެފަ ސަލާންކުރަންފެށިއެވެ. ” ވާއު..ވަރަށް ރީތި” ޝާޔަން ކިޔާރާ އާ ސަލާން ކޮށްލަމުން ބުނެލިއެވެ. އެމީހުންގެ ކުލައަކަށް ނަގާފައި އޮތީ ކަޅާއި ރަތެވެ. އަންހެން ކުދިން ތިބީ ކަޅާ އި ރަތުން ޖަރީ ކުރެވިފައިވާ ހެދުމެއްގައެވެ. ފިރިހެން ކުދިން ތިބީ އަތްދިގު ގަޅު ގަމީސް ލާފައި ރަތް ޓައީ އަޅާލައިގެންނެވެ.

ކުއްލިއަކަށް ޝާޔަންގެ ދޮން މޫނުން ދާތިކިތަށް ވިދަން ފެށީ ސަލާން ކުރަން އަތުގަ ހިފިގޮތަށް ރިފާއު އޭނާގެ އަތުން ދޫކޮށްނުލުމުންނެވެ. ދެފަހަރަކު އަތަށް ދަމާލުމުންވެސް ރިފާއު ދުލެއް ނުދިނެވެ. އޭނާ ރިފާއު އާ ހަތަރު ކަޅި ހަމަކޮށްލިއިރު އެމޫނުމަތީގައިވަނީ ލާނެތް ކަމެވެ. އެއްމިޔަކަނުން ހީލައިގެން ދެލޯ ކުޑަކޮށްލައިގެން އޭނާ ހުރީ ލާނެތް ގޮތަކަށް ބަލާށެވެ. ޝާޔަންއަށް ހިންދިރުވާލެވުނެވެ. އޭރު ސަލާން ކުރަމުން މީހުންތަށް އެހިސާބަށް އަންނަނީއެވެ. ޝާޔަން އަނެއްކާވެސް އަތަށް ދަމާލިއެވެ. މިފަހަރު ނަސީބަކުން ވަރަށް ފަސޭހައިން ރިފާއު އެއަތުން ދޫކޮށްލިއެވެ. ޝާޔަންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އަވަހަށް އެތަނުން ސަލާމަތްވެގެން އޭނާ ބެލީ ކާއެއްޗެހި ހުރި މޭޒުތަކާ ދިމާލަށް ދެވޭތޯއެވެ.

“އޭ ބަލާ…އެއްކަލަ ޝާޔަން އެއޮއް ދަނީ…” އިފްހާމްއަށް ދުރުން ދިޔަ ޝާޔަން ފެނުމާއެކު ކައިރީ ހުރި އިބޫ ގައިގަ ކޮއްޓާލާފައި ބުނެލިއެވެ.

“އޭ..ކައެ ހަމަ ސީރިއަސް ކޮށްތަ އެ މަންޖެއާ ތިއުޅެނީ..” އިބޫ ކޯކް ތައްޓެއް ނަގަމުން އިފްހާމްއާ ކުރިމަތިލިއެވެ.

އިފްހާމް ޖަހައިލީ ހިނިގަނޑެކެވެ.” މަ ދެން ހަމަ އެ މަންޖެ ރީތި ވީމަ ބެހިނުލާ ނުހުރެވެނީ..ދެން މަ ގޮތް ކައެ އަށްވެސް އެނގެ އެންނު..”

“އޭނަ ކިތަންމެ ރީއްޗަސް އަހަރުންނަށް އެ މަންޖެ ގެއްލިއްޖެ ހެން ވަރަށް ހީވޭ..”

“ކައެ ތިބުނީ ތެދެއް…މަށަށްވެސް މިހާރަކަށް އައިސް ވަރަށް ފެނޭ އޭނަ އާލިމްއަށް ވާހަކަ ދައްކަން ހުންނަތަން..މަ ވަރަށް ހީވޭ އެދެމީހުން ކަމެއް އުޅޭހެން…” އިފްހާމް ވިސްނަން ހުރެލާފަ ބުނެލިއެވެ.

“ހިނގާބަލަ ޝާޔަންއާ ދިމާކޮށްލަން ދާން..ވަރަށް މަޖާވާނެ..މަ ހަމަ އެއްޗެއް ބުނާ އިރަށް އޭނަ ހުންނާނެ ތުންގަނޑު ދަމައިގަތް.ހިނގާބަލަ އޭނަ ބިރުގަންނަ ވާލަން…” އިފްހާމް ،އިބޫ ގެ ކޮނޑަށް އަތްވައްޓާލިއެވެ.

ތައްޓަކަށް ކުޑަގޮތަކަށް އެއްޗެހި އަޅާލައިގެން ޝާޔަން އޭނަގެ އެކުވެރިންނާއެކު ދިޔައީ ތަންކޮޅެއް އަނދިރި ހިސާބަކަށެވެ. އެމީހުން ގޮސް އިށީން އިރު އެތާގައި ލަހުފާ އާ މާޔާވެސް ކާން ތިއްބެވެ. ޝާޔަންގޮސް މާޔާ ކައިރި ޖައްސާލިއެވެ.

“ޝާޔަން ހޯދަން އުޅެނިކޮށް ތިއައީވެސް” ނޫޑްލްސް ކޮޅެއް އަނގަޔަށް ލަމުން މާޔާ ބުނެލިއެވެ.

“އެހެންތަ..އެކިހިނެއްވީ އަނެއްކާ..”

ފަހުން ބުނާނަން” މާޔާ ކުރު ޖަވާބަކުން ފުއްދާލިއެވެ.

ޝާޔަން އެކި ފަރާތް ފަރާތް ބަލައިލީ އާލިމް ފެންނަންހުރިތޯއެވެ. ޕާޓީ އައިންސުރެ ފަށައިގެން އޭނާގެ ދެލޯ އެހޯދަނީ އާލިމްއެވެ. ދެކިލާ ހިތުން އޭނާހުރީ ކެއްމަދުވެފައެވެ. އެއްލި ކަޅިއަކުން ދުރުގައި އެކުވެރިންތަކަކާއެކު ހުރި އާލިމް ފެނުނެވެ. ޝާޔަންގެ ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް އެސޫރަ ފެނުމުން ލިބުނެވެ. އޭނާ މިރޭ އައީ އާލިމްއަށް ޖަވާބެއް ދޭންވެސް ތައްޔާރު ވެގެންނެވެ. ޝާޔަން،މުނީރާ ގާތު އެވާހަކަ ދެއްކުމުން މުނީރާ ދިނީ އޭނާ އެންމެ ހިތް އެދޭ ކަހަލަ ޖަވާބެކެވެ. މުނީރާގެ ވާހަކަތަކުން އޭނާވެސް އާލިމް ގެ އުޅުމާ އަހްލާގާ މެދު ހިތްހަމަ ޖެހޭކަން އެނގުނެވެ. މުނީރާ،ޝާޔަންގާތު ބުނީ ރައްޓެހިވިޔަސް އެކަހެރިކޮށް ބައްދަލު ކޮށްގެން ނުވާނެކަމަށާއި ދައްކާ ވާހަކައެއް ފޯނުން ދެއްކުމަށެވެ. އަދި ފޯނުން ވާހަކަ ދެއްކިޔަސް ކިޔެވުމަށް ފަރުވާކުޑަ ކޮށްގެން ނުވާނެ ކަމަށެވެ. ޝާޔަން އުފަލާއެކު މަންމަގެ ހުރިހާ ޝަރުތެއްވެސް ގަބޫލްކުރިއެވެ. އާލިމްވެސް އެކަންކަމާ ދެކޮޅު ނުހަދާނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ.

އާލިމް ދުރުގައި ހުރެ ޝާޔަންއަށް ހައި ޖަހާލިއެވެ. ޝާޔަން ހިނިތުންވެލިއެވެ. އޭނާ އާލިމް ކައިރިއަށް ދާން ބޭނުންވިޔަސް އެތާ ފިރިހެން ކުދިންތަކެއް ތިބުމުން ދާން ނުކެރުނީއެވެ. ފޯނާ ކުޅެލަ ކުޅެލަ އެހެން އިންދާ ކުއްލިއަކަށް މާޔާއައިސް ޝާޔަންގެ އަތުގަ ހިފިއެވެ.

“އާދެބަލަ މަށާއެކީ” އިސްއުފުލާލައި ޝާޔަންއަށް  އެއްޗެއް ނުބުނެވި އުޅެނިކޮށް މާޔާ ބުންޏެވެ. މާޔާ، ޝާޔަންގެ އަތުގަ ހިފައިގެން ހުރެ މިސްރާބް ޖެހީ ސްކޫލް ބިއްދޮށް ފަރާތާ ދިމާލަށެވެ. އެއީ ފުދޭވަރަކަށް ގަސްގިނަ އަނދިރި ހިސާބެކެވެ.

“ކޮންތާކަށްތަ ތިދަނީ މާޔާ..އެތަން ހާދަ އަނދިރިއޭ” އެންމެފަހުން ޝާޔަންއަށް ނުހުރެވިގެން ބުނެވުނެވެ.

“އާދެބަލަ..އެއްޗެއް ދައްކަންށޭ މިދަނީ”  މާޔާ ބުންޏެވެ.

“ކޯއްޗެއްތަ؟؟؟” މާޔާ އަނގައިން ނުބުނެ ކުރިއަށް ދިޔައެވެ. އޭނަ ޝަޔަން ގޮވައިގެން ގޮސް މަޑުކޮށްލީ ފެންތާނގި ތަށް ބިއްދޮށުގައެވެ. އެތަން އަނދިރި ކަމުން އެޔެއް މިޔެއް ވަކިވާ ވަރެއް ނޫނެވެ.

“ކީއްކުރަންތަ މިތަނަށް ތިއައީ މާޔާ” ޝާޔަން ބިރުންހުރެ ބުނެލިއެވެ. ކަނު އަނދިރީގެ ތެރެއިން ފާރު ކައިރީ މީހަކު ހުރިހެންވެސް އޭނައަށް ހީވިއެވެ. ހިފަހައްޓައިގެން ހުރި އަތުން މާޔާ ދޫކޮށްލުމުން ފަޅުކަމެއް އިހްސާސް ވިއެވެ. ހިތް ވަސްވާސް ތަކުން ފުރުނެވެ.

“މާޔާ؟؟؟؟؟” މާޔާގެ އަޑެއް ބަޑެއް ނީވުމުން ޝާޔަންއަށް ގޮވާލެވުނެވެ. އޭރު މާޔާ، ޝާޔަން އެތަނަށް ދޫކޮށްލާފައި އެނބުރި ދާ މަންޒަރު އަނދިރީގެ ތެރެއަށް ހޭނެމުން ދިޔަ ލޮލަށް ފެނުނެވެ. ގަތްފައިވާ ބިރާއެކު މާޔާގެ ފަހަތުން ދާން ހިނގައިގަތް ވަގުތު ވަރުގަދަ އަތަކުން ޝާޔަންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިކަމުގެ އިހްސާސް ކުރެވުނެވެ. މޭގަނޑު އަނގަޔަށްއައި ފަދައެވެ.

“ކާކު..ކާކު..”ބާރަކަށް ޝާޔަންއަށް ބުނެވުނެވެ.

“ޝްޝްޝްޝް………………” އެއިވުނީ ކާކުގެ އަޑެއް ހެއްޔެވެ؟

 

( ނުނިމޭ )

 

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Loolu

Other Articles

Previous

ލޯތްބޭތީ ހިތްއެދޭ.. (10)

Next

އެދުނީމޭ ލޯތްބާއި އުފާ 6

Next
August 14, 2016

އެދުނީމޭ ލޯތްބާއި އުފާ 6

Previews
August 14, 2016

ލޯތްބޭތީ ހިތްއެދޭ.. (10)

24 Comments

  1. Rish says:
    August 14, 2016 at 10:09 pm

    Rifaau dhw

  2. Rish says:
    August 14, 2016 at 10:09 pm

    V v reethi

  3. reesham says:
    August 14, 2016 at 10:11 pm

    thanks rish

  4. reesham says:
    August 14, 2016 at 10:13 pm
  5. Afy says:
    August 14, 2016 at 10:14 pm

    V salhi

  6. Lovely girl says:
    August 14, 2016 at 10:44 pm

    Varah reethi…when is the next part???

  7. reesham says:
    August 14, 2016 at 10:46 pm

    thanks lovely girl..tomrw night next part

  8. hulk says:
    August 14, 2016 at 11:16 pm

    Nice…..waiting for the next….

  9. Aalim says:
    August 14, 2016 at 11:57 pm

    Eyyh rifaau kae shaayan are nubeheythi
    Hey aruvaalaanan

  10. MalMal says:
    August 14, 2016 at 11:58 pm

    Nice?

  11. Rifaau says:
    August 15, 2016 at 12:18 am

    Konme gotheh hadhaafaves ma beynun shayaan….varah salhi story

  12. Elena says:
    August 15, 2016 at 12:21 am

    Vvvvvvvv reethi..

  13. sabeeha says:
    August 15, 2016 at 8:23 am

    v nice story…?

  14. shayaan says:
    August 15, 2016 at 9:25 am

    ma vx beynumee rifaau <3

  15. Mayaa says:
    August 15, 2016 at 9:51 am

    Konme gotheh viyas Rifaau eh nulibeyne shayaan akah..

  16. Mayaa says:
    August 15, 2016 at 9:51 am

    Konme gotheh viyas Rifaau eh nulibeyne shayaan akah.. He is mine

  17. Mee says:
    August 15, 2016 at 9:53 am

    Thythi kada. Aalim ah hadhaa

  18. soabi says:
    August 15, 2016 at 6:25 pm

    Hey mi story part for miss vefa keyve nuves egunu vey goeh 3 dhen 5 nice story

  19. reesham says:
    August 15, 2016 at 7:17 pm

    Nooney soabi.soabiah olhuny kanneyge..innaane 4th part vx..ragalhah balaala bal igeyy..

  20. shayan says:
    August 16, 2016 at 8:49 am

    mayaa akah nulibeyne eyna eh .. he is mine … dhen balan hurey rifaau is mine … bolheh ! … rifaau vx beynun vany shayan ey eyothy eyna amillah vx bunefa .. dhen lala

  21. zoya says:
    August 19, 2016 at 4:04 pm

    ehaa reehchennoon

  22. nuha says:
    August 20, 2016 at 12:07 pm

    no….vvv reethi…proud of u dear….ehen meehun dhakka vaahaka yaa anga laane kamenneh..ae beykaaru kameh

    1. hamna says:
      August 20, 2016 at 12:38 pm

      yes i m agree with u

  23. Zzzxzzx says:
    April 24, 2017 at 8:43 pm

    Love it……!!!!!!?

Comments are closed.

All Right Reserved!