Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް

Rozy
September 14, 2016
5 Mins Read
41 Views
7 Comments

މުސައްނިފާ ރޯޒީ ޝަރީފް

14th September 2016

 

އެހެނަސް…….

ކޮންމެ މީހެއްގެ މާޒީ އަހަރެންގެ މާޒީ ހާކަޅެއްނުވާނެއެެވެ. ހިތްދަތިކަން މިއީ އަހަރެންނަށް ވަގުފު ކޮށްފަ އޮތް އެއްޗެއް ކަހަލައެވެ. ރިޔާޒް އަށް ހިތް ހަދިޔާ ކުރެވުނު ކަން މިއީ އަހަރެންގެ ފުރަތަމަ ކުށެވެ. ރިޔާޒް ލޯބީގެ ނަމުގައި އަހަންނަށް އަނިޔާ ކުރިއެވެ.އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަތެވެ. އަހަރެންގެ މަޢުސޫމީއްޔަތު ގެލުނެވެ. .
ވަހީދު އަހަރެންގެ ހަޔާތަށް އައުންވީ އަހަރެންގެ ނަސީބު ކަމަށެވެ.ލޯތްބަކީ ކޮބައިކަން ދަސްކޮށްދިނީ ވަހީދެވެ. ދިރިހުރުމުގެ ހިތްވަރު ދީ، ހިތްހެޔޮ ފިރިހެނުންނަކީ އުޅޭ ބައެއްކަން ވިސްނައިދިނީވެސް އޭނައެވެ. ވަހީދަކީ ސާދާ މިޒާޖެއްގެ، މިޒާާޖާއެއްވަރަށް ރީތި މީހެކެވެ.
މެރީކުރުމުގެ ކުރިން ވަހީދު އޭނާގެ ހުރިހާ ވާހަކައެއް އަހަރެންނަށް ކިޔާދިނެވެ. އަދި  އަހަރެންނާ ސުވާލުކުރިއެވެ. “އަޅެ ބުނެބަލަ! ކިހާ ވަރަކަށް މަދެކެ ލޯބިވަނީ؟”
އަހަރެން ހުރީ ބަސްހުއްޓިފައެވެ. ލޯބީގެ ހިތިކަން ކުރިން ފެނިފަވަނީ އަހަރެންނަށެވެ. މިހާރު ބޭނުމީ ދިރިއުޅުމުގެ މަރުހަލާގައި ކުރިޔަށް ދާށެވެ.
“މަށަށް ބުނެވިދާނެ ކޮންމެ އެއްޗެކޭ ވެސް،ކައިވެނީގެ ފަހުން ބަލަމާ ވާގޮތެއްދޯ،ތިކޮޅުން ލޯބި ދޭވަރަށް މަވެސް ލޯބިދޭނަން ގައިމު” ލޯމަރާލާފަ އަހަރެން ބުނީމެވެ.

“ނޫން މިހާރު ބުނޭ” ވަހީދު ގޮތް ދޫނުކޮށް ބުނިއެވެ. އަހަރެން ހިނިތުން ވެލީމެވެ. އެއީ އެންމެ ފަހުގެ ނިޔާއެވެ. ދެން އަހަރެން ހުންނާނީ ހިމޭނުންނެވެ. ވަހީދުވެސް އަޅާނުލިއެވެ.
އަހަރުމެން ކައިވެނި ކުރީމެވެ. ކައިވެނީގެފަހުން ވަހީދު ކުރިޔަށްވުރެ އަހަރެންނަށް ރަނގަޅެވެ. ނުރުހޭ ގޮތަކަށް ކަމެއް ކުރެވުނަސް ދުވަހަކު ވެސް އަހަރެން ދެކެ ރުޅިއެއް ނާދެއެވެ. ކޮންމެ ވަގުތަކު ގޭގެ ކަންތަކުވެސް އެހީވެހަދައެވެ. ރިޔާޒްގެ ސަބަބުން ހިތަށް ވެރިވެފައިވާ ހީނަރުކަން މަޑުމަޑުން ފިލަމުންދިޔައެވެ. ކޮންމެ އުފަލެއްގެ ފަހަތުގައި ހިތާމައެއް އޮވެދާނެތީ އަހަރެންގެ ހިތް ބިރުގަންނާން ފެށިއެވެ. މިލިބިފައިވާ ލޯބީގެ ބަގީޗާއަށް އެސްފީނާއެއްގެ ހަނަފަސްކަމެއް ވެރިވެދާނެތީ ރެޔާ ދުވާލު ﷲއަށް ދަންނަވަމެވެ. .
އަހަރެންގެ އުނގު ފުރިގެން ބަންޑުންދާ ވަރަށް ވަހީދު ލޯބިދިނެވެ.މިހާރު ބޭނުންވީ މިއާއިލާ ފުރިހަމަ ކުރަން ކުޑަ ދަރިޔެކެވެ.އެކަމަކު ދެއަހަރު ފާއިތުވި އިރުވެސް އެއީ ޙަޤީޤަތަކަށް ނުވި ހުވަފެނެކެވެ.
ސައިކަލްގައި ލިންކުރޯޑުން ދަނިކޮށް ވަހީދު އެކުސިޑެންޓް ވިއެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނަ ނޭވައެއް ނުލައެވެ. ބޮލުގެ ނާރެއް ފަޅައިގެން ގޮސް ސިކުނޑިޔަށް ލޭއެރީއެވެ. އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އަހަރެންގެ ވަހީދު ގެއްލޭކަށް އޭނަޔާ ވަކިވާކަށް އަހަރެންބޭނުމެއް ނޫނެވެ. އެހެނަސް.. ވާންއޮތްކަމެއް ނުހުއްޓުވޭނެއެވެ. ހަމައެކަނި އަހަރެންނަށްޓަކައި ވިންދު ޖަހަމުން ދިޔަ ހިތް އަހަރެންނާ އެހާ އަވަހަށް ވަކިވީ ކީއްވެގެން ހެއްޔެވެ؟ ތިމާއަށް ވުރެ އެހެން މީހުންގެ އުފާތަކަށް އިސްކަން ދިން އަހަރެންގެ ލޯބިވާ ވަހީދުގެ އުމުރު އެހާ ކުރުވީ ކީއްވެގެން ހެއްޔެވެ؟ ދެން އަހަރެން ދިރިހުންނަންވީ ކާކަށް ޓަކައި ހެއްޔެވެ؟ އަހަރެންވެސް މަރުވާނީއެވެ،މިފަދަ ކިތަންމެ ސުވާލުތަކާއި ކެކުޅުން ތަކެއް އަހަރެންގެ ސިކުނޑީގައި ވަޅުޖެހެމުން ދިޔައެވެ. އެކަމަކު މިފަދަ ގޮތަކަށް ވިސްނުންވެސް މިއީ ގޯސް ކަމެކެވެ. އާއިލާގެ މީހުން އަހަރެން އެކަނި ވިޔަ ނުދެއެވެ. ރަހްމަތްތެރި އެއްފުރާއިގެ ކުދިން އަހަރެންނާއެކު ކަށުކަމާ ކެމީގެ ކަންތަށް ނިމެންދެން ތިއްބެވެ. އަހަރެން ހިތްވަރު ކުރީމެވެ. އަހަރެން ކަނީ ކާން ޖެހޭތީ މަރުނުވެ ދިރި ހުންނާށެވެ. އޭގައި ލާރަހައެއް އަހަރެންނަށް ނޭނގެއެވެ. މަންމަ ޔާ އެކުވެރިންނަށް ގޮތްދެކުމަށްޓަކާ އަހަރެން ހިނިތުން ވަމެވެ.ހިތުގައި އަޅާ ވޭން ފޮރުވުމަކީ އަހަރެންގެ ކުޅަދާނަ ކަމެވެ. އެކަމަކު މިފެންނަ ހިނިތުން ވުމަކީ އުފާވެރި ކަމެއް ނޫންކަން އެމީހުންނަށް އެނގޭ ކަހަލައެވެ.

ރަހްމަތްތެރި ކުދިންނާއެކު އަހަރެން ބޭރަށް ފިނިކުރަން ނިކުތީމެވެ. ޕާކުގަ ކުޑަކުދިން ހޭލަމޭލަޔަށް މަޖާކުރާ މަންޒަރު ފެނުނެވެ. މަންމަޔާ ބައްޕަ ގެ އަތުގައި ހިފައިގެން ކުދިވެރިން އުނދޯލި ހެއްލާތަންފެނުނެވެ. މިމަންޒަރުވީ އަހަރެންނަށް ހިތްދަތި މަންޒަރަކަށެވެ. އަހަރެންގެ ހަޔާތުގައި ފަޅުވެފައިވަނީ ވަހީދު ނެތުން އެކަނި ނޫންކަން އަހަރެންނަށް އިހްސާސްވިއެވެ. ކުޑަކުއްޖަކު އަހަރެންގެ ހުރިނަމަ މިއަދު މިފަޅުކަމާ އެކަނިވެރިކަން މިހާ ބޮޑުނުވީސް ކަންނޭގެއެވެ.އެކަމަކު ދަރިޔަކު ހުރިނަމަ އެދަރިފުޅަށް އަހަރެން ދޭނީ ކޮންޖަވާބެއްހެއްޔެވެ. އަހަރެން އެކަނި އެކުޑަ ދަރިފުޅު ސަމާލު ކުރާނީ ފަހެ ކިހިނެއްހެއްޔެވެ.އެކަމަކު މަންމައެއްގެ ލޯބިން ދަރިޔަކު ހުރިހާ ކަމެއް ހަނދާންނައްތާލާނެއެވެ. އޭރުންވެސް އެކަނި ވާނީ އަހަރެންނެވެ. މިކަހަލަ ކޫސަނި އެއްޗެއްވިސްނުމަށް އަހަރެންނަށް އެއްވެސް ހައްޤެއް ނެތެވެ. ކަޅު އަނދިރި ރޭތަކުން އަހަރެންދާވަނި މިއޮތީ ފެވިފައެވެ،އެހެނަސް އަހަރެން އެދެނީ ރަނގަޅު އަލިވިލުމަކަށެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް މިކަހަލަ ކަޅުވިލާތައް އަރަމުން ދާނެއެވެ. މިކަހަލަ މާޔޫސީ އާއި ކުރިމަތި ލާންޖެހޭނެއެވެ. ދިރިއުޅުމަކީ މިއީއެވެ. ދެންޖެހޭނީ ޢަޒުމު ވަރުގަދަ ކުރާށެވެ.އަމިއްލަ ހިތާ ހަނގުރާމަކޮށް އެހިތުގެ ސުވާލުތަކަށް ޖަވާބުދީދީ އަހަރެން ވަރުބަލި ވިއެވެ. އަހަރެން ލޯމަރާލިީ ވެފައިވާ އުދާސްކަމެއްގެ ބޮޑުކަމުންނެވެ. “ރިންޒީ ދަމާދޯ” އަހަރެންގެ އެކުވެރި ހައްވަ އަހަރެންގެ އަތުގައި ހިފަމުން ބުނެލިއެވެ. އަހަރެން އެއްބަސް ވުމުގެ ގޮތުން ބޯޖަހާލީމެވެ.

އިބްރާހީމް ވިޝާން އަހަރެމެންގެގެ ހޯދައިގެން ގެޔަށް އައީ ކޮންބޭނުމެއް އޮވެގެންބާވައެވެ. އޭނާއަކީ ވޮލީދުނީޔޭގެ ރަސްގެފާނެވެ. ޝަހްސިއްޔަތު ވަރުގަދަ ސުމާރޓް މިކިޔާ ކަހަލަ މީހެކެވެ.  ޢުމުރުން ގައިމުވެސް އޭނާ އަހަރެންނަށް ވުރެ ހަނގުވާނެއެވެ. އެކަމަކު ހެދި ހުރި އިސްކޮޅެއްގެ ސަބަބުން ފެންނަނީ ވަރަށް ޒުވާންކޮންނެވެ. އެންމެ ފަހަރަކުވެސް ވިޝާން އާއި މެދު އަހަރެންގެ ސަމާލުކަމެއް ނުހުއްޓޭނެއެވެ. ވަހީދުގެ ހަނދާންތަށް މިހިތުގައި ވަކިހިތްޕާލާފަ ވަނީއެފަދަމަތިވެރި ގޮތަކަށެވެ.ވަރަށް ނުގަޑިތަކުގައި ވިޝާން އަހަރެމެންގެ ގެޔަށް ވަދެފަ ނިކުމެއެވެ.

ހައްވަ ޕިއްޒާއެއްހިފައިގެން އަހަރެންގެ ކޮޓަރިޔަށް ވަނެވެ. އަދި ވަރަށް ހަމަޖެހިލާފަ ވިޝާންގެ ވާހަކަ ފެށިއެވެ. އޭނާގެ ވައިފް ވެސް ލަންކާގަ ކެންސަރު ބަލީގަ ނިޔާވި ވާހަކައެވެ. ވަރަށް ތުއްތު ބޭބީ އެއްވެސް އޮތްވާހަކައެވެ. އެބޭބީއަށް ލޯބިދޭނެ މަންމަޔެއް ހޯދާވާހަކަައެވެ. ޕިއްޒާގެ ކޮންމެ އެތިކޮޅަކާއެކު އާމަޢުލޫމާތެއް ލިބުނު ކަހަލައެވެ.

“ދެންމަށަށް ތިހާ ގިނަވާހަކަ ކިޔާ ދިނީޔޯ؟” އަހަރެން އެހެން ބުނުމުން ހައްވަ ގަނޑުވިކަލައެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ގަނޑުވެފަ އިނެވެ.

“ރިންޒީ އޭނާއަކީ ހަމަ ވަހީދުކަހަލަ އޯގާތެރިޔަކަށް ވެދާނެ.އެކުޑަބޭބީވެސް ބޭނުމީ ތިކަހަލަ ލޯބި މަންމައެއް އެހެންނޫނަސް ވިޝާން،ރިންޒީ އާމެދު ޝައުގުވެރިވާ ވާހަކަ ބުނީ. އެހެންނޫނަސް އޭނާއާއިގެން ދަންޖެހޭ މާމޮޅަށް ކިޔަވައިގެންތިބި ހުސްހަށިބައި އަންހެންކުދިން  މިހާރުވެސް މަދެއްނޫން. އޭނާ ސުމާރޓްވީއްޔާ،ދޮގެއްތަ؟ ”

އެކުޑަދަރިފުޅަށް އުނިވެފައިވާ ލޯބި،އަހަރެންނަށް ދެވިދާނެ ބާވައެވެ.

“ކޯޗެއް ތިވިސްނަނީ” ޕިއްޒާ ހުސްފޮށި ލައްޕާލަމުން ހައްވަ ބުނެލިއެވެ.

“އެއްވެސް މީހަކަށް ހަޔާތުގަ ދެވަނަ ފުރުސަތެއް ނުލިބޭނެ.” ހައްވަ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.

ކުޑަހަފްލާއަކާ އެކު އަހަރެންގެ ހަޔާތަށް ވިޝާން އައެވެ. އެންމެންގެ މޫނުމަތިންވެސް އެރޭ ވިދަމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. މިކަރުނައަކީވެސް އަޖާބެއް ކަހަލަ އެއްޗެކެވެ. އުފާވިޔަސް ހިތްދަތިވިޔަސް ހޯސްލާފަ އަންނާނެއެވެ. އެކަމަކު ތަފާތަކީ ރަހައެވެ. ހިތާމައިގެ ކަރުނައިގެ ލޮނު ރަހަލާނެއެެވެ. އެކަމަކު އުފާވެރި ކަމުގެ ކަރުނައިގެ ލާނީ މަޑު ފޮނި ރަހައެކެވެ. އަހަރެންގެ ހިތުގެ ވިންދުގެ އަޑު އަހަރެންނަށް އިވޭކަހަލައެވެ. ވިޝާންގެ އަންބަކަށް ވެވޭތީ ނޫނެވެ. އަލަތު މަންމަޔަކަށް ވެވޭތީއެވެ. ވިޝާން ލޯބި އަހަރެން ގަބޫލް ކުރުމުގެ ސިއްރަކީ އެކުޑަ ކުޑަ ދަރިފުޅު ވިޔާމް އެވެ. ހައްވަ ބުނީ ހަމަތެދެކެވެ. ވިޝާންގައިގަ ވަހީދުގެ ވަރަށް ގިނަ ސިފަތަށް ހުއްޓެވެ. ވިޝާން ދެކެ އަހަރެންނަށް ވެސް ލޯބިވެވޭނެ އަދި އޭގެ ސިއްރަކީވެސް ކުޑަކުޑަ ވިޔާމް،ނުވަތަ އެސިފަތަކެވެ. ދަރިޔަކު ނެތިގެން ފަޅުވެފައިވާ އަހަރެންގެ އުނގު އެއްފަހަރާ އުފާތަކުން ފުރުނެވެ. ވިޔާމްގެ ލޯބި ހަރަކާތްތަކުން ކުޑަ ދުވަސްކޮޅެއްތެރޭ އަހަރެންގެ ހިތުން ޖާގަ އަތުލައިފިއެވެ. އަދި ވަހީދު ގެ ހަނދާންތަކުން އަހަރެންނަށް ލިބެމުން ދިޔަ ވޭނާ ކެކުޅުން ކުޑަވިއެވެ. ވިޔާމް އަކީ އަހަރެންގެ ފުރާނަ ކަހަލައެވެ. ކޮންމެ ހިދުކޮޅަކު ވިޔާމް ނެތަސް އުދަގޫވާގޮތްވެއެވެ. ކުޑަކުއްޖަކަށް ކުޅޭއެއްޗެއް ލިބުނީމާ އެގެއްލިދާނެތީ އަބަދު އޭގަ ތައްބައްދައިގެން އިންނަހެން އަހަރެންހުންނަނީ އަބަދު ވިޔާމް އުރައިގެން ގެންނެވެ. ވިޝާން އަތަށްވެސް އޭނާ އަހަރެންދެނީ މަދުފަހަރަކު އެވެ. އެކަމަކު ހަމަ އެހާ އަވަހަށް އަތުލަމެވެ. ވިޝާން ހުންނަނީ މިކަމާ އުފަލުން ފޮޅިފައެވެ.އަހަރެންގެ ޢާއިލާ ފުރިހަމަވީއެވެ.

“އަހަރެންގެ ދަރިފުޅުގެ ހަޔާތަށް ބަހާރު މޫސުން ގެނެސްދިނީތީ ޝުކުރީއްޔާ” ވިޝާން އަހަރެންގެ ކަންފަތްދޮށަށް ގުދުވެފަ ބުނެލިއެވެ. މިހާރު ވިޝާންގެ ކޮންމެ ހަރަކާތަކުން ޒުވާން ކުއްޖެއް ހެން އަހަރެން ލަދުން ރަތްވެގެން ދެއެވެ. އެއީ އަނެއްކާ ލޯބިބާވައެވެ. ބުނާނެ އެއްޗެއް އަހަރެންނަށް ނޭނގޭތީ ހަމައެކަނި އަހަރެން ހިނިތުން ވެލަނީއެވެ.

“ކޮންމެވެސް އެއްޗެއް ބުނެބަލަ ރިންޒީ” އަހަރެންދެކެ ލޯބިވޭތަ؟” ވިޝާން އަހަރެންކާރިން އަހާލިއެވެ.ހަމައެކަނި އަހަރެންނަށް ހިނިތުންވެލެވުނީއެވެ. އެވަގުތު ވިއާމް ދުވަމުން އައިސް އަހަރެންގެ އުނުގުތެރެއަށް ވަނެވެ. އަހަރެން ވިއާމް ނަގާ މެއާ ބޮނޑިކޮށް ލީމެވެ.

” އަޅުގަނޑު ލޯބިވަނީ ވިއާމްދެކެ ދޯ ބޭބީ”

ހަޤީޤަތަކީވެސް އެއީއެވެ. އަހަރެމެންގެ ކައިވެންޏަކީ ވިއާމްގެ އުފަލަށް ކުރި ކަމެކެވެ. ބޮޑުވާއިރު މަންމަގެ ލޯބި ދޭނެ މީހަކު ވިއާމް އަށް ބޭނުންވާތީއެވެ. އެއީ މިހާރުގެ މުޖުތަމަޢުގައި ކިހާ މުހިންމުކަމެއްކަން އަހަރެންނަށް ވިސްނެއެވެ.

ވިއާމް އުދުހޭ ކޮކާލެއް ހެން އަހަރެންގެގޭގައި އުޅުނެވެ. ކައިވެނީގެ ފަހުން ވިއާމްގެނައީ އަހަރެންގެ ގެޔަށެވެ. ވިޝާން ޤަބޫލް ކުރާގޮތުން އަންހެން ކުއްޖާއަށް އުޅެން ފަސޭހަވާނީ އަންހެން ކުއްޖާގެ ގޭގައެވެ. ފިރިމީހާގެ ގޭގައި އުޅުމަކީ ކޮންމެހެންބޭނުން ކަމެއް ނޫނެވެ. އެގެޔަށް ދުވަހަކު އެއްފަހަރު ވަދެލުމުން ނިމުނީއެވެ. މިއީ އަހަރެންވެސް ބޭނުންވިގޮތެވެ. ވިއާމް މަންމާ އޭކިޔާ ގޮވާލުމުން އަހަރެންގެ މުޅިކާއިނާތު އުފަލުން ފުރެއެވެ. ވިއާމްއަށްޓަކައި އަހަރެން ފަޚުރުވެރިވެއެވެ. ފަޅުވެފައިވާ ތުއްތު ކުއްޖާގެ ހަޔާތަށް ބަހާރު މޫސުމް އައީއެވެ. އަހަރެން ފަޅުވެފައިވާ އުނގު ލޯބި ކުއްޖެއްގެ ސަބަބުން ފަޅުފިލީއެވެ. އަހަރެންގެ ލޯބިން އެދަރިފުޅުގެ ހިތްފުރާލަދޭނަމެވެ.ޒަމާނުއްސުރެ ބުނަމުންއަންނަ” ދޮންމަންމަ ދޮންނިޔަދުރެއްފަދަ”އޭ ބުނާބަސް ދޮގުކުރާނަމެވެ.އަހަރެންނާ ވިއާމްގެ ލޯބި ފެނުމުން ވިޝާން އުފާވެފަ ހުރެއެވެ. އަބަދުވެސް ޝުކުރުވެރިކަމާއެކު އަހަރެންނަށް ބަލައެވެ. އަދި އަހަރެންނަށް އެހާ އިތުބާރު ކުރެެއެވެ. ވިޝާންގެ ޢާއިލގެ މީހުންގެ ތެރޭ އަހަރެންނަށް ތަޢުރީފް ކުރެއެވެ.ވިޝާން ގެލޯބީގެ ބަދަލު އަހަރެންނަށް ނުދެވެޔޭ އަހަރެންނަށް ހީވިއެވެ.

“ރިންޒީ، އޮފީހުން ޢީދު ބަންދު ޗުއްޓީގަ އެންމެން ވިލިގިއްޔަ ޗުއްޓީ ހޭދަކޮށްލަންދޭ އަޅެ އަހަރުމެން ތިންމީހުންވެސް ދަމާބަހީ”

ވިޝާން ބޭނުންވިގޮތަށް އަހަރެމެންވެސް  އޮފީސް މީހުންނާއެކު ދިޔައީ ވިލިނގިއްޔަށެވެ. ވިއާމް އުފަލުން ހީވަނީ އެހެންކަމެއްހެންނެވެ. ދަނޑިވަޅު ބަލާފަ ހައްވަ ވިއާމް މޫދަށް ލާން ގެންދިޔައެވެ. ފޮތެއް ހިފައިގެން ކާނިގަސްކާރީ ހިޔަލުގައި އަހަރެން އިށީނީމެވެ. އެކަމަކު އެފޮތުގައިވާ އެއްވެސް އަކުރެއް އަހަރެންނަށް ނުފެނެއެވެ. އެވަގުތު އަހަރެންގެ މެޔަށް ފިނިވެގެން ދިޔައީ ވިޝާން އައިސް އަހަރެން ކާރީ އިށީނީމައެވެ.

“އަހަރެން ވާހަކައެއް އަހާލަންތަ؟”

“ހޫން..” އަހަރެންމާ ނޫންވެފަ ހޫން އެއް އަޅުވާލީމެވެ.

“އަހަރެންނަށް ހީވޭ ރިންޒީ އަހަރެންނާ އެހާ ގަޔާ ނުވާހެން”

” ތިޔައީ ކުށްހީއެއް” ކުއްލިއަަކަށް އަހަރެންނަށް ބުނެވުނެވެ.

“ދެން މަށަށް ވެސް އެނގޭނެއެއްނު ރިންޒީ ވިއާމްއާ އެކު މާލޯބިން އުޅޭ، ހީނހީފަ، މަގެޔަށް އަންނަ އިރަށް ހިމޭންވޭ، ކީއްވެތަ؟ މަވަރަށް ސާރވޭ ކޮށްފަޔޭ މިވާހަކަ މިދައްކަނީ”

“ބުނަންތަ ވާހަކައެއް ތީހަމަ ޖޭވަނީ”

އަހަރެންގެ ދުލުން އޮޓޯޔަށް ލެވިގެން ބުނެވުނެވެ. އަދި ނުހޭންވާވަރަށް ގަދަޔަށް ހުނިއްޖެ ވެސްމެއެވެ. ލަދުން އަހަރެންގެ މޫނު ރަތްވިއެވެ.

ވިޝާން މިއަދު ވެފައިވަނީ ހަމައެކަނި ގާތް މީހަކަށެވެ. އަހަރެން އެމީހަކަށް އިހްތިރާމް ކުރާ މީހަކަށެވެ. ވިޝާން ކާރީ އަހަރެންނަށް ލޯތްބައް އިޤުރާރް ވެވުނެވެ.

ވިޝާން މެޔާލާ އަހަރެން ބޮނޑިކޮށްލިއެވެ. މިކަންވީ އަހަރެންނަށް މުޢުޖިޒާތަކަށެވެ.އެކުޑަކުޑަ ބީހުންވެސް އަހަރެންނަށް އިހްސާސްވ،ީ އަހަރެން ޖައްވުގަ އުދުހެވޭ ހެންނެވެ. އަހަރެންގެ ހިތުގައި ވިޝާން ރަސްކަންކުރަންފެށީ ކޮންއިރަކު ކަމެއް އަހަރެންނަށް ނޭގެއެވެ.ވިޝާންގެ ބީހުމުންފެށިގެން ވަހީދުގެ މޫނު ވިޝާންގެ މޫނުން ދެކެން އަހަރެންފެށީމެވެ. ލޯބި މިއީ ކޮންފަދަ އަޖާއިބު އެއްޗެއްބާވައެވެ. އަހަރެން ލޯބިވަނީ ވަހީދު ދެކެއެވެ. ވިޝާން އަހަރެންނަށް ފެންނަނީ ވަހީދުގެ ސިފާގައެވެ. މަޖާވެގެންގޮސް ވަހީދުއޭ ކިޔާފަ ވިޝާން އާ މުހާތަބް ކުރެވޭފަހަރު އާދެއެވެ،އެކަހަލަ ވަގުތުތަކުގަ ވިޝާން ހަމައެކަނި ހިނިތުން ވެލަނީއެވެ.

“ރިން،ވަހީދު ދެކެވީލޯބި ކޮންމެވެސް ދުވަހަކުން އަހަރެންދެކެ ވާނަންދޯ” ވިޝާންގެ މިވާހަކަޔަށް ދޭނެ ޖަބާބެއް އަހަރެންގެ ނެތެވެ.ކޮންމެވެސް ދުވަހެއް ކީއްކުރަން ހެއްޔެވެ. މިހާރުވެސް އަހަރެން ވިޝާންދެކެ ލޯބިވެއެވެ،އެކަމަކު އަހަރެންނަށް އެހެން ބުނާނެ ހިތްވަރު ނުލިބުނެވެ. އަހަރެން ހިނިތުންވުމާއެކު ވިޝާން އަހަރެން އުރާލިއެވެ. އެދުވަހުން ފެށިގެން އަހަރެން ނަށަމުން ދިޔައީ ލޯބީގެ މުޅިން އާމަރުހަލާ ތަކެއްގައެވެ،އަހަރެން ދެކެ އިންތިހާއަށް ލޯބިވާ ފިރިޔަކާ ދަރިޔަކު ވެސް ލިބުނީއެވެ. ޢާއިލާ ފުރިހަމަ ވީއެވެ. ގަދަ ކަނޑުގެ ބިޔަރާޅުތަކާ އަހަރެންކުރަމުން ދިޔަ ހަނގުރާމަޔަށް ނިމުމެއް އައީއެވެ.

ނިމުނ

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ހިތި މާޒީ

Next

އަވާމެންދުރު 1

Next
September 14, 2016

އަވާމެންދުރު 1

Previews
September 13, 2016

ހިތި މާޒީ

7 Comments

  1. aik says:
    September 14, 2016 at 5:33 am

    vv reethi..??

  2. Sabeeha says:
    September 14, 2016 at 7:53 am

    vvv reethi…???

  3. yaana says:
    September 14, 2016 at 9:08 am

    V reethi

  4. Ushaa says:
    September 14, 2016 at 11:11 am

    Vvvvvvvv salhi..

  5. Madhy says:
    September 14, 2016 at 1:27 pm

    Vaahaka v salhi ❤❤

  6. Nux says:
    September 14, 2016 at 5:53 pm

    Rozyge story thah obinoavay ehaavess reethi ingey best of luck roxy

  7. Rozy says:
    September 15, 2016 at 12:04 am

    އަޅުގަނޑުގެ ވާހަކަ ތަކަށް ތިޔަބޭފުޅުން ދެއްވާ ތަރުހީބަށް ފަށް ފަށުން ޝުކުރު ދަންނަވަން.. ކުރިޔަައަށް ތިބި އަޅުގަނޑުގެ އެހެން ވާހަކަތަކަށްވެސް ތަރުހީބު ލިބޭނެ ކަމަށާއި ތިޔަބޭފުޅުންގެ ހެޔޮ ދުޢާ ލިބޭނެ ކަމަށް ހީކުރަން
    ރޯޒީ

Comments are closed.

All Right Reserved!