Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 14

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 14, 2016 10 Mins Read
25 Comments

“ދޫނީ، އެއީ ދަރިފުޅުގެ ބައްޕަ… ދޭ ގޮސް ސަލާން ކޮށްލަން” މީރާ ބުންޏެވެ.

މަލާކް ބޯޖަހާލާފައި ރާހިލްއާ ދިމާއަށް ބަލާލިއެވެ.

“ގުޑް ލަކް ބޭބީ!” ޔަމާން މަލާކްގެ ބޮލުގައި ފިރުމާލިއެވެ.

މަލާކް އަނެއް ފަރާތަށް އެނބުރި ކުދި ކުދި ފިޔަވަޅުތަކެއްގައި ގޮސް ރާހިލްގެ ކުރިމައްޗަށް ހުއްޓި ރާހިލްގެ މޫނަށް ބަލަން ހުރެ ކަނާއަތް ދިއްކޮށްލިއެވެ.

“އައްސަލާމް ޢަލައިކުމް” މަލާކް ބުނެލިއެވެ.

އެއަޑު އިވުމާއެކު ރާހިލްއަށް ހިން ދިރުވާލެވުނެވެ. އަވަސް އަވަހަށް މަލާކްގެ އަތުގައި ހިފާލަމުން ރާހިލް ސަލާން ބަލައިގަތެވެ. އެ ތުއްތު މޫނަށް ބަލަހައްޓައިގެން ރާހިލްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. މަލާކް ރާހިލްއާ ވަރަށް ވައްތަރެވެ. ނަމަވެސް ރާހިލްއަށް ވުރެ މަލާކް ވައްތަރީ ރާހިލްގެ މަންމައާއެވެ. މަލާކްގެ ފޮޓޯއެއް ފެނިއްޖެ ނަމަ އެއީ ރާހިލްގެ މަންމަ ކުޑައިރުގެ ފޮޓޯއެއް ނޫން ކަމާމެދު ރާހިލްގެ މަންމައަށްވެސް ޝައްކު ވާނެކަން ޔަގީނެވެ.

“ވަޢަލައިކުމުއް ސަލާމް…” މަލާކްގެ މޫނުން ނަޒަރު ވަކިކޮށްނުލެވިފައި ހުރެ ރާހިލް ބުންޏެވެ.

“ތީ މަލާގެ ބައްޕަތަ؟” ޔަގީން ކޮށްލަން އަހާލާ ފަދަ ގޮތަކަށް، ލަދުން ހުރެ މަލާކް އަހާލިއެވެ.

މަލާކްގެ މޫނަށް ބަލަން ހުރި ރާހިލްއަށް ވާހަކަ ދައްކަން އުނދަގޫ ވުމުން ހަމަ އެކަނި ބޯޖަހާލިއެވެ. ރާހިލްގެ ޖަވާބު ލިބުމުން މަލާކް ހީލިއެވެ. އަދި ރާހިލްއާ ކައިރިއަށް ޖެހިލަމުން ދެއަތުން ރާހިލްގެ އަތުގައި ހިފާލިއެވެ.

“ބައްޕަ މަލާ އުރާލިޔަސް އެންމެ ރަނގަޅުތަ؟” ރާހިލް އަހާލިއެވެ.

އިރުކޮޅަކު ވިސްނާލާފައި މަލާކް އެނބުރި މީރާއަށް ބަލާލިއެވެ. މީރާ ބޯޖަހާލުމުން ރާހިލްއާ ދިމާއަށް އެނބުރި ޖަވާބުގައި މަލާކް ބޯޖަހާލިއެވެ.

ރާހިލް މަލާކް އުރާލިއެވެ. މޭގައި އެ ކުޑަކުޑަ ހަށިގަނޑު ޖައްސާލުމާއެކު ރާހިލްގެ މެއަށް ތަފާތު ގޮތްތަކެއް ވެގެން ދިޔައެވެ. ކުރިން ދުވަހަކުވެސް އިހުސާސް ކުރެވިފައި ނުވާ ގޮތްތަކެކެވެ. އެއާއެކު އިޚްތިޔާރަކާ ނުލާ ރާހިލްގެ ލޯ ފެންކަޅިވެގެން ދިޔައެވެ.

އިރުކޮޅަކު ރާހިލްގެ މޫނަށް ބަލަން އިނދެފައި މަލާކް އިސްވެ ރާހިލްގެ ކޮލުގައި ބޮސްދިނެވެ. ހިނިތުން ވެލަމުން ރާހިލްވެސް މަލާކްގެ ކޮލުގައި ބޮސްދިނެވެ.

“މަންމަ ބުނީ މަންމައަށް ބައްޕަ ގެއްލުނީއޭ… ކީއްވެ؟ ބައްޕަ ކީއްވެ މަންމައާ މަލާ ހޯދަން ނައީ؟” މަލާކް ރާހިލްއާ ސުވާލު ކޮށްލިއެވެ.

ތަންކޮޅެއް ދުރުގައި ހުރި މީރާއަށް މަލާކް ކުރި ސުވާލު އަޑު އިވުމުން ޔަމާންގެ އަތްތިލައަށް ފިއްތާލެވުނެވެ. ޔަމާންވެސް މީރާގެ އަތްތިލައަށް ބާރުކޮށްލިއެވެ.

މަލާކް ސުވާލު ކުރުމުން ރާހިލްއަށް މީރާއާ ދިމާއަށް ބަލާލެވުނެވެ. މީރާއާ ޔަމާންގެ ގުޅުވާލެވިފައިވާ ދެއަތްތިލަ ފެނުމުން ހިތަށް އުނދަގޫ ވިއެވެ. މީރާ ރާހިލްއާ ދިމާއަށް ބަލާލުމުން އެވަގުތު ދެމީހުންގެ ހަތަރު ކަޅީ ހަމަވިއެވެ. އަވަސްއަވަހަށް މީރާ ޔަމާންއަށް ބަލާލިއެވެ. މީރާގެ ހިތުގައި އެވަގުތު ހިނގަމުން ދާނެ ޚިޔާލުތައް ޔަމާންއަށް ވިސްނުނެވެ. ހިތްވަރު ދިނުމުގެ ގޮތުން ޔަމާން މީރާގެ ކޮނޑުގައި އަތް އަޅުވާލަމުން މީރާ ޔަމާންގެ ގައިގައި ޖައްސާލިއެވެ.

މީރާއާ ދިމާއަށް ބަލަން ހުރި ރާހިލްއަށް އެމަންޒަރު ފެނުމުން ހިތަށް ވެރިވި އިހުސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ރާހިލް މަލާކްގެ މޫނަށް ބަލާލިއެވެ.

“ބައްޕައަށްވެސް މަންމަ ގެއްލުނީތަ؟” ރާހިލް ޖަވާބެއް ނުދީ ލަސްވުމުން މަލާކް އަހާލިއެވެ.

“ބައްޕައަށް އޭރު ނޭނގުނީ ހަދަން ވީ ގޮތެއް… ބައްޕައަށް ނޭނގުނީ މަލާގެ މަންމަ ހޯދަން ބައްޕަ ދާން ޖެހޭކަންވެސް… ސޮރީ ދަރިފުޅާ…” ބުނަން ބޭނުންވި އެތައް ވާހަކައެއް ހުރި ނަމަވެސް ރާހިލްއަކަށް ނުބުނެވުނެވެ.

“ބައްޕަ އަދި އަންނާނަންތަ މަލާ ކައިރިއަށް؟” މަލާކް އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.

“ދަރިފުޅު ބޭނުން އިރަކުން އަންނާނަން” ހީލަމުން ރާހިލް ބުންޏެވެ.

ރާހިލްއަށް ހިނިތުން ވެލާފައި މަލާކް މީރާއަށް ބަލާލާފައި ފައިބަން އުޅުމުން ރާހިލް މަލާކް ތިރީގައި ބެހެއްޓީ ހިތާ ދެކޮޅަށެވެ.

“މަންމާ… ބައްޕަ ބުނީ މަލާ ބޭނުން އިރަކުން ބައްޕަ އަންނާނަމޯ… ދެން ޒައިކް ހެން މަލާއަށްވެސް އަބަދުވެސް މަލާގެ ބައްޕަ ފެންނާނެ ދޯ؟” މީރާއާ ހަމައަށް ގޮސްފައި މީރާގެ ގައިގައި އެލިގަންނަމުން މަލާކް އުފަލުން ބުނެލިއެވެ.

“އާނ، ދެން މަލާގެ ބައްޕަ ފެންނާނެ މަލާއަށް… އިހަށް ދެން ދޭ އިނގޭ ދޮންބެއާ އެކީ ގެޔަށް… މަންމަ އެބަ އަންނަން… ޔަމާން…” މަލާކްގެ އަތުގައި ހިފާލަމުން އެހެން ބުނެފައި މީރާ ޔަމާންއަށް ބަލާލިއެވެ.

މީރާ ރާހިލްއާ ވާހަކަ ދައްކަން ބޭނުން ވާކަން ވިސްނުމުން ޔަމާން ބޯ ޖަހާލަމުން މަލާކްގެ އަތުގައި ހިފާލިއެވެ.

“ބާއީ…” ލަދުން ހުރެފައިވެސް މަލާކް ރާހިލްއާ ދިމާއަށް ބަލާލަމުން އަތުން ހަނާ އަޅާލިއެވެ. ރާހިލްވެސް ހީލަމުން އަތް ހަލުވާލިއެވެ.

“ރާހިލް މަލާ ދެކެން ބޭނުމިއްޔާ އާދޭ، ކޮންމެ ވަގުތަކުވެސް މަލާއާ ބައްދަލު ވެވޭނެ. އެކަމަކު ރާހިލްއަށް މަލާ ބޭރަށް ގެންދެވޭނީ ރާހިލްގެ އާއިލާއަށް ހުރިހާ އެއްޗެއް ކިޔާދިނުމަށް ފަހު، މަލާގެ ހަގީގަތް އެމީހުންނަށް ޔަގީން ކޮށްދީފަ” ޔަމާންއާ މަލާކް މަގު ހުރަސް ކުރަން ދެން ބަލަން ހުރެފައި މީރާ ބުންޏެވެ.

މަލާކްއާ ދިމާއަށް ބަލަން ހުރެ ރާހިލް ބޯޖަހާލިއެވެ. ރާހިލް އެއްޗެއް ބުނޭތޯ މީރާ މަޑުކޮށްލިއެވެ.

“އެކޮޅުން އަހަރެން ގެނައިން އެލިޔުންތައް، އަދިވެސް ހުންނާނެ… އަހަރެން ބޭނުން އަހަރެންގެ ގެޔަށް މަލާކް ގެންދަން، އަހަރެން މަލާކް ބަލާ އަންނާނީ މަންމަމެންނަށް ހުރިހާ އެއްޗެއް ކިޔާދީފަ… މަލާކްއަކީ އަހަރެން މީރާއާ ކައިވެނި ކޮށްގެން ލިބުނު ކުއްޖެއް ކަން މަންމަމެންނަށް ޔަގީން ކޮށްދީފަ” ރާހިލް މީރާއާ ދިމާއަށް ބަލާލަމުން ބުންޏެވެ.

އެހާ ދުވަސް ވަންދެން އެ ލިޔުންތައް ފޮރުވައިގެން ރާހިލް އެހުރީ ކީއްކުރަން ބާއޭ މީރާ ހިތަށް އެރިއެވެ. ބޭނުން ނެތިގެން މީރާ ދޫކޮށްލާފައި އައި އިރު ރާހިލްގެ ނަން ފިޔަވާ ހުސް ދޮގު މައުލޫމާތުތަކެއް ހުރި ލިޔުންތަކެއް މާލެއަށް ގެނައީ ކާކަށް ދައްކަން ހެއްޔެވެ؟ އެ ލިޔުންތައް ދައްކައިގެން ރާހިލްގެ އާއިލާއިން ރާހިލް އޭރު ކަންތައް ކުރި ގޮތް ގަބޫލު ކުރާނެ ހެއްޔެވެ؟

އެކަންތަކާ ވިސްނަން ބޭނުން ނުވުމުން މީރާއަށް ދެފަރާތަށް ބޯ ހަލުވާލުވުނެވެ. ރާހިލްއާ ދިމާއަށް ބަލާލާފައި ގެޔަށް ދިޔުމަށް ހިނގައިގަތެވެ.

“މީރާ… ޔަމާންއާތަ އިންނަން ތި އުޅެނީ؟” ނާހަން ހުރި ނަމަވެސް ރާހިލްއަށް އެ ސުވާލު ނުކޮށް ނުހުރެވުނެވެ.

މީރާ ހުއްޓިފައި އެނބުރި ރާހިލްއަށް ބަލާލިއެވެ.

“ރާހިލް ބެހެން ޖެހޭ ކަމަކަށް ނުވިޔަސް ސުވާލު ކުރީތީ ޖަވާބު ދޭނަން. އާނ، އަހަރެން އިންނަން މި އުޅެނީ ޔަމާންއާ. ރާހިލް ސުވާލު ތިކުރީ، މައްސަލައެއް އޮތީތަ؟” މީރާ ޖަވާބާ އެކު ރާހިލްއާ ސުވާލެއްވެސް ކޮށްލިއެވެ.

އެއްޗެއް ނުބުނެ ދެފަރާތަށް ބޯ ހަލުވާލާފައި ރާހިލް ސައިކަލާ ދިމާއަށް ހިނގައިގަތެވެ. އަދި ސައިކަލަށް އަރާފައި މީރާއާ ދިމާއަށް ބަލާލިއެވެ. ރާހިލް ސުވާލު ކުރުމުން މީރާ ޖަވާބު ދިނީ މަޑުން ނަމަވެސް އދެސުވާލު ރާހިލް ކުރުމުން މީރާ ރުޅިއައިކަން ރާހިލްއަށް އެނގެއެވެ.

ގެޔާ ހަމައަށް ގޮސްފައި ޔަމާން މީރާއާ ރާހިލްއަށް ބަލާލިއެވެ. އެވަގުތު އެދެމީހުން ފެނުމުން ޔަމާންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ކުއްލިއަކަށް އަމިއްލަ ނަފްސާ ސުވާލެއް ކޮށްލެވުނެވެ. އެވަގުތު ރާހިލްއާ މީރާ ފެނުމުން ޔަމާންގެ ހިތަށް އެރި އެއްޗަކުންނެވެ.

ރާހިލްއާ މީރާ ވަރަށް ގުޅެއެވެ.

ދެމީހުން އެކީގައި އެހެން ތިބި އިރު އެދެމީހުން އެކުގައި ހޭދަ ކުރި ދުވަސްތަކުގައި ދެމީހުން އުޅޭނެ ގޮތް ޔަމާންގެ ޔަމާންގެ ހިތަށް ސިފަވާން ފެށިއެވެ. އެއާއެކު ހިތުގައި ސުވާލެއް އުފެދުނެވެ. ރާހިލްއާ އެކުގައި އުޅުނު ހާ އުފަލުގައި މީރާއަށް ޔަމާންއާ އެކީ އުޅެވޭނެ ހެއްޔެވެ؟ ރާހިލް ދެކެ ލޯބި ވީ ވަރަށް މީރާ ޔަމާން ދެކެ ލޯބި ވޭ ހެއްޔެވެ؟

އެދެމީހުން އެކުގައި ފެނުމުން ޔަމާން ބޭނުން ވީ މީރާއަށް ގޮވާ ޔަމާން ކައިރިއަށް މީރާ ގެންނާށެވެ. ރާހލްއާ ވާހަކަ ދެއްކުން މަނާ ކުރާށެވެ. އެދެމީހުން އެ ދައްކާ ވާހަކައެއް އެތަނަށް ގޮސް އަޑު އަހާށެވެ.

ހިތަށް އަރަމުން ދިޔަ ޚިޔާލުތަކުން ޔަމާންއަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. މީރާއާ މެދު ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކާ މެދު ޔަމާން ހިތްހަމައެއް ނުޖެހުނެވެ. މީރާއާ މެދު އެއްވެސް ކަހަލަ ޝައްކެއް ކުރާކަށް ޔަމާން ބޭނުމެއް ނޫނެވެ. ވީ އިރު އެފަދަ ސުވާލުތަކެއް ހިތުގައި ވާކަށްވެސް ޔަމާން ބޭނުމެއް ނޫނެވެ.

އަމިއްލަ ނަފްސަށް ހިތާހިތުން އެއްޗެހި ކިޔަމުން ޔަމާން މަލާކްގެ އަތުގައި ހިފައިގެން ގޮސް ގެޔަށް ވަނެވެ. ނަމަވެސް އެ ޚިޔާލުތައް ޔަމާންގެ ހިތަކުން ނުފިލިއެވެ.

މީރާ ގެޔަށް އައި އިރު ޔަމާން ވިސްނުމަކަށް ގެއްލިފައި ސިޓިންގް ރޫމްގައި އިނެވެ. ކައިރީގައި މަލާކް ޓީވީ ބަލަން އިނެވެ. މީރާ ގޮސް ޔަމާން ކައިރީ އިށީނުމުން ޔަމާން ސިހިފައި ބަލާލިއެވެ.

“ކިހިނެއް ވެފަ ތީނީ؟ ކޮން ވިސްނުމެއްގަ؟” އަމިއްލަ ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތައް ފޮހެލަން މަސައްކަތް ކުރަމުން މީރާ ޔަމާންއާ ސުވާލު ކޮށްލިއެވެ.

“އަހަރެން ބުނެފިއްޔާ މީރާ ރުޅީ އަންނާނަންތަ؟” ޔަމާން މީރާއަށް ބަލާލަމުން ސީރިއަސް ރާގަކަށް އެހިއެވެ.

“ބުނެބަލަ، އޭރުންނެއްނު އެނގޭނީ” މީރާ ބުންޏެވެ.

“އައި ހޭޓް ސީންގް ޔޫ ވިތް ހިމް…” ޔަމާން ބުނެލިއެވެ.

ހައިރާން ވެފައި އިރުކޮޅަކު މީރާ ޔަމާންއަށް ބަލަން އިނދެފައި ކުއްލިއަކަށް ބާރަށް ހީގަތެވެ.

“ކިހިނެއްވީ…؟” ޔަމާން އަހާލިއެވެ.

“ތިއުޅެނީ ޖޭ ވެގެންތަ؟” މީރާ ޔަމާންގެ މޭގައި އިނގިލި ޖައްސާލަމުން އަހާލިއެވެ.

“ވެދާނެ އެހެންވެސް… މީރާ މިއަދު ތިދެމީހުން ފެނުނީމަ އަހަރެން…” ޔަމާން މީރާގެ އަތުގައި ހިފާލިއެވެ.

“ޔަމާން… އަހަރެން ބުނީމެއްނު ދެން އަހަރެން ރާހިލް ކައިރިއަކަށް ނުދާނަމޭ އޭނަ އަޔަސް… ޔަމާންގެ ފީލިންގްސް އެނގުމުގެ މާކުރިން ބުނެފީމެއްނު އެހެން؟ އަހަންނަށް އެ ޕާސްޓް މަތިން ހަނދާން ނައްތައެއް ނުލެވޭނެ… އެކަމަކު އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ދެން އެކަހަލަ އުފަލެއް… އެއީ އުފަލެއް ނޫން… އެއީ އަހަންނަށް އުމުރުގަވެސް ކުރެވުނު އެންމެ މޮޔަ ކަންތައް… އެންމެ ބޮޑު ހިތާމައެއް އަހަންނަށް ލިބުނު ކަންތައް އެއީ… މަލާ ނެތް ނަމަ އަހަރެން މިއަދު ދުނިޔެއަކު ނުހުރީސް ކަންނޭނގެ…

އެންޑް ޔޫ… ތީ އަހަންނަށް އަލުން ދިރިއުޅެން ދަސްކޮށްދިން މީހަކީ… އެކަހަލަ ކަމަކަށް ފަހުވެސް އަލުން ލައިފްއެއް ފެށިދާނެ ކަން ބުނެދިން މީހަކީ ތީ… އަހަރެން ދެކެ ލޯބި ވި މީހަކީ ތީ… އެހުރިހާ ދުވަސް ވަންދެން އަހަރެން ދެކެ ލޯބި ވީ އިރުވެސް އަހަރެންގެ އުފާ އިސްކޮށްފަ، ލޯބިވާކަން ސިއްރުކޮށްގެން އަހަންނަށް އިންތިޒާރު ކުރި މީހަކީ ތީ… އަހަންނާ މެދު ޔަމާންގެ ހިތް އޮތް ގޮތް ޔަމާން ބުނެދިން ދުވަހު އަހަރެން އެކަން މާނަ ކުރި ގޮތް… އެހާ ގޯސް ކޮށް އަހަރެން ޔަމާންއާ މެދު ހީކުރީމަވެސް އަހަންނަށް މާފު ކުރި މީހަކީ ތީ… މިހުރިހާ ދުވަހު އެކީގަ އުޅުނު އިރުވެސް ރާހިލް އަހަރެންގެ ފަރާތުން ހޯދަން އުޅުނު އުފާ ހޯދަން މަސައްކަތް ނުކޮށް ކައިވެންޏަށް އިންތިޒާރު ކުރި މީހަކީ ތީ… ދެން ތިކަހަލަ މީހަކު ދޫކޮށްލާފަ އަހަރެން އަލުން އެ އަވާމެންދުރުގެ ފަހަތުން ގޮސްފިއްޔާ ދެން އަހަންނަށް ލިބޭނެ ކޮންމެ ހިތާމައަކާ ހިތްދަތި ކަމަކީ އަހަންނަށް ހައްގު އެއްޗެއް… ނޫންތަ؟” ޔަމާންގެ ވާހަކަ ހުއްޓުވުމަށް ޔަމާންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން މީރާ ވާހަކަ ދެއްކިއެވެ.

“ދެން އަހަންނަށް އެ އިންތިޒާރެއް އަނެއްކާ ނުކުރެވޭނެ… ދެން މީރާ އަހަންނާ ދުރަށް ދިޔަކަ ނުދޭނަން… ހަނދާން ކުރާތި… އެފަހަރު އެހެން ދޫކޮށްލިޔަސް ދެން އަހަރެން މީރާ ދޫކޮށެއް ނުލާލަން…” މީރާގެ އަތްތިލައިގައި ބޮސްދެމުން ޔަމާން ބުންޏެވެ.

ބޯޖަހާލަމުން މީރާ ޔަމާންގެ މޭގައި ބޯ ޖައްސާލިއެވެ. މީރާ ދެއްކި ވާހަކަ ހަނދާން ކުރަމުން ޔަމާން ދެއަތުން މީރާ ގައިގައި ބައްދާލިއެވެ.

އެދުވަހުގެ ފަހުންވެސް މީރާއާ ރާހިލް އޮފީހުގައި މަސައްކަތް ކުރަމުން ދިޔައެވެ. އެކަކު އަނެކަކާ ދައްކާ މަދު ވާހަކައިގެ ތެރެއަށް މަލާކްގެ ވާހަކަ އިތުރު ވެގެން ދިޔައެވެ. އޭގެ އިތުރުން ތާނިޔާމެންނާ ބެހޭ ގޮތުންވެސް ރާހިލް ދޭތެރެ ދޭތެރެއިން ސުވާލުކޮށްލައެވެ. ރާހިލް ކުރާ އެފަދަ ސުވާލުތަކަށް މީރާ ޖަވާބު ދެނީ ވީހާވެސް ކުރުކޮށެވެ.

އޭގެ ފަހުން ދެހަފްތާ ވީއިރު ކޮންމެ ދުވަހަކުވެސް ރާހިލް މަލާކް ކައިރިއަށް ދެއެވެ. ނަމަވެސް އެއްދުވަހުވެސް ރާހިލް މީރާމެން ގެޔަކަށް ނުވާދެއެވެ. ކޮންމެ ދުވަހަކުވެސް ރާހިލް އަންނަ ގަޑިއަށް މީރާ މަލާކް ގޮވައިގެން ނިކުމެއެވެ. ގިނަ ފަހަރު މީރާއާ އެކީ ޔަމާންވެސް ފައިބައެވެ. ޔަމާން ނާންނަ ފަހަރެއްގައި ވިއްޔާ މީރާއާ އެކު ތާނިޔާ އާދެއެވެ.

ދުވަހެއް ދުވަހަކަށް ބައްޕައާ ދަރިފުޅަށް އެކަކު އަނެކަކު ދަސްވަމުން ދިޔައެވެ. އެކުގައި ހޭދަ ކުރެވޭ ވެގުތުކޮޅަކީ ދެމީހުންނަށްވެސް މުހިންމު، ޚާއްސަ ވަގުތުކޮޅަކަށް ވެގެން ދިޔައެވެ. ރާހިލް އަންނާނެ ވަގުތަށް މަލާކް އިންތިޒާރު ކުރަން ފެށިއެވެ. އެވަގުތަށް އެކި ދުވަހު އެކި ކަންތައް ކުރަމުން ދިޔައެވެ. އެކި ކަހަލަ ކުރެހުން ކުރަހާފައި ރާހިލްއަށް ދޭނެއެވެ. ނޫން ނަމަ މަލާކް ގެންގުޅޭ ކޮންމެވެސް ކުޅޭ އެއްޗެއް ރާހިލްއަށް ދައްކާނެއެވެ. ގޭތެރޭގައިވާ ކަންތައް ރާހިލްއަށް ކިޔާދޭނެއެވެ. ޝަފީގުއާ ނަދީމާގެ ވާހަކަވެސް ކިޔާދެއެވެ. ޒައިކްއާ މަލާކްއާ ދެމީހުން ޖަހާ ސަކަރާތުގެ ވާހަކަވެސް ކިޔާދެއެވެ.

ރާހިލްވެސް ކޮންމެ ދުވަހަކުވެސް މަލާކްއަށް ކޮންމެވެސް ހަދިޔާއެއް ގެނެސްދެއެވެ. ބައެއް ދުވަސްދުވަހު ކައިރީގައި ހުންނަ ކޮންމެވެސް ފިހާރައަކުން ކޮންމެވެސް އެއްޗެއް ގަނެދޭނެއެވެ. ރާހިލް ދިޔުމުން ގެޔަށް އައިސްފައިވެސް މަލާކް އެތައް އިރެއް ވަންދެން ރާހިލްގެ ވާހަކަ ދައްކާނެއެވެ.

ރާހިލް ވިސްނަމުން ދިޔައީ މީރާއާ މަލާކްގެ ވާހަކަ މަންމައާ ބައްޕައަށް ކިޔާދޭނެ ގޮތަކާ މެދުއެވެ. ނަމަވެސް އެކަން ކުރާނެ ގޮތެއް ރާހިލްއަކަށް ނުވިސްނުނެވެ.

ފުރަތަމަ އެ ހުރިހާ ވާހަކައެއް ކިޔާދޭނީ މަންމައަށް ކަމަށް ނިންމައިގެން ހުރި ރާހިލްގެ ވިސްނުން ބަދަލުވީ ކުއްލިއަކަށެވެ. ވިދާދްއަށް މަލާކް ފެނުމުންނެވެ.

އެދުވަހު ހަވީރު މަލާކް ކައިރިއަށް ގޮސްފައި ރާހިލް ދިޔައީ ވިދާދްއާ އެކު ބޭރަށެވެ. ދެމީހުން އެއްކޮށް ކައުންޓްލައިން ފިހާރައަށް ވަނީ ވިދާދްގެ ކޮއްކޮއެއްގެ އުފަން ދުވަހަށް ހަދިޔާއެއް ގަންނާށެވެ. ވިދާދް ގަތް ހަދިޔާ ޕާރްސަލް ކުރަން ހުރި އިރު ރާހިލް ގޮސް ޑެއިރީ މިލްކް ބޮޑު ޗޮކްލެޓެއް ނަގައިގެން އައީ މަލާކްއަށް ގެންދަން ވެގެންނެވެ.

“ތީ ކޮން ކަމެއް؟ ރާހިލްއަށް ކޮން އިރަކު ޗޮކްލެޓް މީރުވީ؟” ރާހިލް ޗޮކްލެޓް ނަގައިގެން އައުމުން ވިދާދް ހައިރާން ވެފައި އަހާލީ އެއީ ރާހިލްއަށް އެހާ ކަމުދާ އެއްޗެއް ނޫން ކަން އެނގޭތީއެވެ.

“މީ… ކުއްޖަކަށް ދޭން ވެގެން…” ރާހިލް ބުންޏެވެ.

މީރާއާ ޔަމާން، މަލާކްއާ ޒައިކް ގޮވައިގެން އެ ފިހާރައަށް ވަނީ އެވަގުތުއެވެ. މީރާއާ ޔަމާންއަށް ނުފެނުނު ނަމަވެސް ފިހާރައަށް ވަނުމާއެކު މަލާކްއަށް ރާހިލް ފެނުނެވެ.

“ބައްޕާ!” ރާހިލް ފެނުމާއެކު މަލާކް ގޮވާލިއެވެ.

އެއަޑަށް ރާހިލްއާ މީރާއާ ޔަމާން އެކުއެކީގައި ބަލާލިއެވެ.

މަލާކް ގޮވާލި އަޑު އިވުމާއެކު ރާހިލް ހީލާފައި މަލާކްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. މީރާގެ އަތުގައި ހިފަހައްޓައިގެން ހުރި މަލާކް މީރާއަށް ބަލާލުމުން މީރާ މަލާކްގެ އަތުން ދޫކޮށްލިއެވެ. މަލާކް ދުވެފައި ގޮސް ރާހިލްގެ އަތުގައި ހިފިއެވެ.

“ބައްޕަވެސް ޗޮކްލެޓް ގަންނަނީތަ؟ މަލާމެންވެސް މި އައީ ޗޮކްލެޓް ގަންނަން. އަދި ދޮންބެ ބުނި ކޭކެއްވެސް ގަންނާނަމޭ” މަލާކް ރާހިލްގެ އަތުގައި ހިފައިގެން ހުރެ ބުންޏެވެ.

“މީ ބައްޕަ މަލާއަށް ގަތް އެއްޗެއް، ރަނގަޅުތަ؟” ރާހިލް ގަތް ޗޮކްލެޓް މަލާކްއަށް ދެމުން ރާހިލް ބުންޏެވެ.

އެހާ އިރު ވަންދެން ހައިރާންވެފައި ރާހިލްއާ މަލާކްއަށް ބަލަން ހުރި ވިދާދްއަށް އެއްޗެއް ބުނެވުނީ އެވަގުތުއެވެ.

“ބައްޕަ… ރާހިލް… ރާހިލްއަށް ކޮން އިރަކު ކުއްޖެއް ލިބުނީ؟” ވިދާދްއަށް އަހާލެވުނެވެ.

ރާހިލްއާ މަލާކްއަށް ބަލަން ހުރި ޔަމާންއަށް ވިދާދްގެ އަޑު އިވުމުން އެދިމާއަށް ބަލާލެވުނެވެ.

“ވިދާ؟ ވިދާދް؟” ގަބޫލު ނުކުރެވިގެން އުޅޭ ފަދަ ގޮތަކަށް ޔަމާން ވިދާދްގެ ނަން ކިޔާލިއެވެ.

“ޔަމާން!” ޔަމާން ގޮވާލުމުން ޔަމާންއަށް ބަލާލާފައި ވިދާދްއަށްވެސް ހައިރާން ވެގެން ލޯބޮޑުކޮށްލެވުނެވެ.

ދެމީހުން ހިނި އައިސްފައި ބޯ ޖަހާލަމުން އަނެއްކާވެސް އެކަކު އަނެކަކަށް ގޮވާލިއެވެ. ޔަމާން އަތް ދިއްކޮށްލުމުން ވިދާދް އެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ.

“ކިހިނެއްތަ؟” ޔަމާން އަހާލިއެވެ.

ޔަމާންގެ އެސުވާލާއެކު ވިދާދް އިސް ޖަހާލިއެވެ. މަޑުމަޑުން ރަނގަޅޭ ބުނެފައި ރާހިލްއާ ކައިރިވެލާފައި ރާހިލްގެ އަތުގައި ހިފާލިއެވެ. އެތަން ފެނިފައި ޔަމާންގެ މޫނުމަތިންވެސް ހިނިތުންވުން ގެއްލުނެވެ.

އެކަކު އަނެކަކު ފެނުމުން ފުރަތަމަ ޔަމާންއާ ވިދާދް ވީ އުފަލާ، އެއަށް ފަހު ދެމީހުންގެ މޫނުމައްޗަށް އައި ބަދަލު ފެނިފައި ރާހިލްއާ މީރާ ތިބީ ސުވާލު އުފެދިފައެވެ.

ހަމައެއާއެކު ރާހިލްއާ މަލާކްގެ ގުޅުމާމެދު ވިދާދްގެ ހިތުގައިވެސް އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.

“މީ ރާހިލްގެ ކުއްޖެއްތަ؟” ވިދާދް މަލާކްއަށް ބަލާލާފައި އަހާލިއެވެ.

“އާނ، މީ އަހަރެންގެ ދަރިފުޅު، މަލާކް” މަލާކްގެ ބޮލުގައި ފިރުމާލަމުން ރާހިލް ބުނެލިއެވެ.

ހިތުގައި އެތައް ސުވާލެއް ވީ ނަމަވެސް އެވަގުތު ވިދާދް އެއްވެސް ސުވާލެއް ނުކޮށް މަޑުކުރިއެވެ.

މީރާމެން ގަންނަން އައި އެއްޗެހި ގަނެގެން ފިހާރައިން ނިކުތީ އެންމެން އެކީގައެވެ. ޓެކްސީއަކަށް ގުޅައިގެން މަޑުކޯށްލައިގެން މީރާމެން ތިބި އިރު ރާހިލްއާ ވިދާދްވެސް މަޑު ކޮށްގެން ތިބީ މަލާޚް ރާހިލްގެ އަތުގައި ހިފައިގެން ހުރުމުންނެވެ.

“މީ ތާނީގެތަ؟” މީރާ އުރައިގެން ހުރި ޒައިކްގެ ކޮލުގައި އަތް ޖައްސާލަމުން ރާހިލް އަހާލީ ޒައިކް ތާނިޔާއާ ވައްތަރު ވުމުންނެވެ.

މީރާ ބޯ ޖަހާލިއެވެ. ޓެކްސީ އައިސް މަޑުކޮށްލުމުން މީރާމެން ޓެކްސީއަށް އެރިއެވެ.

“ރާހިލްގެ ޕާސްޓްގަ އަހަންނަށް ނޭނގޭ ހާދަ ސިއްރެއް އެބަ ހުއްޓޭ ދޯ؟ ހަމަ ރާހިލްގެ ކުއްޖެއްތަ އެއީ؟ ނޫނީ ކޮންމެވެސް ސަބަބަކާ ހެދި އޭނަ ރާހިލްއަށް ބައްޕަ ކިޔަނީތަ؟ އެކަމަކު… އެކުއްޖާ ރާހިލްއާ ހާދަ ވައްތަރޭ… ރާހިލްއަކާ ނޫން، އަސްލު ރާހިލްގެ މަންމައާ ވައްތަރީ… ރާހިލް… ކިހިނެއްތަ މިވަނީ؟” މީރާމެން އެރި ކާރު ދުއްވާލުމާއެކު ވިދާދް ވާހަކަ ދައްކަން ފެށިއެވެ.

“އިހަށް ހިނގާ ދާން” ރާހިލް ބުންޏެވެ.

“ރާހިލް އަހަންނަށް އެއްވެސް އެއްޗެއް ކިޔައެއް ނުދޭނަންތަ؟ މިވަރުގެ ކަމެއް… އަހަރެން ކައިރީ ބުނާ ވަރުގެ ކަމަކަށް މިކަން ނުވޭތަ؟” ރާހިލްގެ މޫނަށް ބަލާލަމުން ސުވާލު ކޮށްލި އިރު ވިދާދްގެ އަޑުގައި ވަނީ ޝަކުވާއެވެ. އަދި އެތައް ދުވަހެއް ފަހުން ޔަމާން ފެނުމުން ވިދާދްގެ ހިތްވެސް ވަނީ ނުތަނަވަސް ވެފައެވެ.

“ކިޔާދޭނަމޭ… ވިދާ ބޭނުން ވަނީ މިތާ މަގުމަތީ ތިބެތަ އެހިރިހާ ވާހަކައެއް ދައްކަން؟” ސައިކަލަށް އަރާ ސްޓާޓް ކޮށްލާފައި ރާހިލް ބުންޏެވެ.

ވޮދާދްމެން ގެޔަށް ނުގޮސް ދެމީހުން ދިޔައީ ރާހިލްމެން ގެޔަށެވެ. އާންމުކޮށް ކުރާ ކަމަކަށް ނުވި ނަމަވެސް އެވަގުތު ސިޓިންގް ރޫމްގައި މީހަކު ނެތުމުން ރާހިލްގެ ފަހަތުން ވިދާދް މައްޗަށް އަރާ ރާހިލްގެ ކޮޓަރިއަށް ވަނެވެ.

“ފުރަތަމަ ބުނެބަލަ! ރާހިލްގެ ކުއްޖަކު ހުރި އިރު މިހާ ދުވަސް ވީއިރު ރާހިލް އެވާހަކަ އަހަރެން ކައިރީ ނުބުނީ ކީއްވެ؟ މިވީ ދެ އަހަރު ތެރޭ އަންނަ މަސް، ދެމަސް ފަސް، މިހެން ކިޔަކިޔާ ކައިވެނި ފަސް ކުރަމުން ގޮސް އަހަރުމެން އެންމެ ފަހުން ކައިވެނި ކުރަން ޑޭޓެއް ސެޓްކޮށް މެރީކުރަން ދެމަހަށް ވެފަ އޮތް އިރުވެސް ރާހިލްގެ ލައިފްގެ މިވަރުގެ ކަމެއް އަހަންނާ ޝެއަރ ނުކުރެވުނީ ކީއްވެ؟” އެތެރެއަށް ވަދެ ދޮރު ލައްޕާލުމާއެކު ވިދާދް ސުވާލު ކުރަން ފެށިއެވެ.

“އަހަންނަކަށްވެސް ނޭނގެޔޭ އަހަރެންގެ ކުއްޖެއް ހުރި ކަމެއް ވިދާ… އަހަންނަށްވެސް އެނގުނުތާ އަދި އެންމެ ޓޫ ވީކްސް މިވީ، ދެން އެހެން މީހެއް ކައިރީ އަހަރެން އަދި ބުނާނީ ކިހިނެއް؟” ވިދާދްގެ ސުވާލުގެ ޖަވާބުގައި ރާހިލް ބުންޏެވެ.

“އެ އަންހެން ކުއްޖާ ނުބުނޭތަ ރާހިލް ކައިރިއަކު؟” ވިދާދްއަށް ގަބޫލެއް ނުކުރެވުނެވެ.

ވިދާދްގެ އެ ސުވާލުގެ ޖަވާބުގައި ބުނާނެ އެއްޗެއް އެވަގުތު ރާހިލްގެ ސިކުނޑިއަކަށް ނައެވެ. ރާހިލް ކަންތައް ކުރި ގޮތް ވިދާދްއަށް އެނގޭ ވަގުތު ރާހިލްއާ މެދު ވިދާދްގެ ވިސްނުން ބަދަލު ވެގެން ދާނެކަން ޔަގީނެވެ. އެހެން ވާކަށް ރާހިލް ނޭދެއެވެ.

ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ހެޔޮ ކަމަށް އެވަގުތު ރާހިލް ނިންމީ ހުރިހާ ވާހަކައެއް ތެދަށް ވިދާދްއަށް ކިޔާދޭށެވެ. ހުރިހާ ކަމެއް ވިދާދްއަށް އެނގެން ވީ ވަގުތު ޖެހިއްޖެއެވެ.

ރާހިލް އަލަމާރި ހުޅުވާ، ފޮރުވާފައި ހުރި ލިޔުންތައް ނެގިއެވެ.

“އަހަރެން ހިއެއް ނުކުރަން ރާހިލްއަކީ އެހެން އުޅޭ މީޙެއް ކަމަކަށް. އަހަންނާ ރާހިލް ރައްޓެހި ވެގެން މިވީ ދެއަހަރު ތެރޭ އެކަހަލަ ގޮތަކަށް ރާހިލްއާ މެދު ހިތަށް އަރާ ގޮތަކަށް ނޫން ރާހިލް އުޅުނީކީ. އެކަމަކު… އެ އަންހެން ކުއްޖާއަކީ ތަފާތު ކުއްޖަކަށް ވީމަތަ ރާހިލް… ކައިވެންޏަކާ ނުލާ ރާހިލްއާ އޭނަގެ ދަރިއަކު ހުންނާނީ…”

“ނޫން ވިދާ، ނުބުނާތި ތިހެން” ވިދާދްއަށް އެވަރަށް ބުނެވުނު އިރަށް ރާހިލް ވިދާދް ހުއްޓުވިއެވެ.

މަލާކްއާ ބެހޭ ގޮތުން އެފަދަ އެއްޗެއް އަޑު އަހަން ރާހިލްއަކަށް ކެތެއް ނުވާނެއެވެ. ރާހިލްއަށް މަލާކްއާ މެދު އެފަދަ ބަހެއް އަޑު އަހަން އެހާ އުނދަގޫ ވީ އިރު މީރާއަށް ވާނެ ގޮތް ރާހިލްއަށް އަންދާޒާ ކޮށްލެވުނެވެ. ހުރިހާ ކަމެއް ވީ ގޮތް ކިޔާދިނުމަށް ފަހު ނޫނީ ރާހިލްގެ އާއިލާއާ މަލާކް ބައްދަލު ނުވާނެ ވާހަކަ މީރާ ބުނީ ކީއްވެކަން ރާހިލްއަށް ވިސްނުނެވެ.

“އަހަރެން އެހެން ބުނެގެން ރާހިލް ރުޅި އަޔަސް ރާހިލް ވިސްނަބަލަ! ތިކަން އެހެން މީހުންނަށް އެނގުނީމަ ދެން ވާނެ ގޮތް. ރާހިލްގެ މަންމަ… ގަބޫލެއް ނުވެއް ކުރާނެ ރާހިލް ތިކަހަލަ ކަމެއް ކޮށްފާނެ ކަމަކަށްވެސް… ކޮންމެ މީހަކުވެސް ބުނާނެ ދޯ އެކުއްޖާއާ ދިމާލަށް އެހެން… ރާހިލް ރުޅި އައޭ ކިޔާފަ އެއީ ދޮގަކަށް ވާނެތަ؟” ވިދާދް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނުބުނެވޭނެ. ޖެހޭނީ ގަބޫލު ކުރަން. އެކަކަށްވެސް މަލާކްއާ ދިމާލަށްވެސް މީރާއާ ދިމާލަށްވެސް އެއްޗެއް ބުނުމުގެ ހައްގެއް ނޯންނާނެ…  މަންމަވެސް ގަބޫލު ކުރިޔަސް ނުކުރިޔަސް މަލާކް ވާނީ އަހަރެންގެ ހަލާލު ދަރިއަކަށް” ރާހިލް ބުންޏެވެ.

“ރާހިލް…” ވިދާދް އަނެއްކާވެސް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެއަށް ވުރެ ކުރިން ރާހިލް އަތުގައި ހުރި ލިޔުންތައް ވިދާދް އަތަށް ދިނެވެ.

“ތި ކިޔާބަލަ، އޭރުން އެނގޭނެ ހުރިހާ ކަމެއްވެސް” ވިދާދް ފައިލްގައި ހިފުމުން ރާހިލް ބުންޏެވެ.

ވިދާދް ފައިލް ހުޅުވާ ކަރުދާސްތައް ބަލާލިއެވެ.

“ރާހިލްއާ… މީރާ… މެރީ ކޮށްގެން… އެކަމަކު… މީ ކޮން ރާހިލްއެއް…؟ މީ ކޯޗެއްތަ؟” ވިދާދްއަށް އަހާލެވުނެވެ.

“އާނ، އަހަރުމެން ކައިވެނި ކުރިން. އަހަރެންނާ މީރާ ދިމާވީ ހަ އަހަރު ކުރިން އަހަރެން އިންޑިޔާގަ ހުއްޓާ…” ރާހިލް ހުރިހާ ވާހަކައެއް ވިދާދްއަށް ކިޔާދޭން ފެށިއެވެ.

“ތީ ކޮން ކަހަލަ މީހެއް؟ އަހަރެން ދުވަހަކުވެސް ހިތަށް ނާރާ ރާހިލް ތިކަހަލަ ކަމެއް ކޮށްފާނެއެކޭ… އަހަރެން ނަމަވެސް ނުބުނާނަން އެކަންތަކަށް ފަހު މިހާ ދުވަސް ފަހުން ދިމާ ވެގެން ރާހިލްގެ ދަރިއަކު އެބަ ހުއްޓެކޭ… މީރާ ރަނގަޅު ރާހިލް އެ ކުއްޖާ ކައިރިއަށް އަޔަދޭކަންވެސް… މިހާ ވަރަށް އޮޅުވާލަން ވާނެތަ؟” ރާހިލް ހުރިހާ އެއްޗެއް ކިޔާދީ ނިމުމުން ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު އިނދެފައި ވިދާދް ބުންޏެވެ.

އަމިއްލަ ދިފާއުގައި އެއްވެސް އެއްޗެއް ނުބުނެ ރާހިލް ހުއްޓެވެ. ދައްކާނެ ވާހަކައެއް ނުވިސްނިފައެވެ. ރާހިލް ކަންތައް ކުރި ގޮތުން އަމިއްލަ ދިފާއުގައި ބުނާ އެއްވެސް އެއްޗެއް ވިދާދްވެސް ގަބޫލު ނުކުރާނެ ކަން އެނގޭތީއެވެ.

“އަޅެ ރާހިލް އެއްފަހަރުވެސް ހިތަކަށް ނާރާތަ އެ އަންހެން ކުއްޖާ ދެރަވާނެ ވަރެއް؟ އެވަރަށް ދޮގު ނަހަދާ ތެދަށް ބުނެލި ނަމަ… އޭނައާ އިތުރަށް ގުޅުމެއް ބާއްވަން ބޭނުން ނުވަންޏާ ދެން ނުގުޅާށޭ ރީތިކޮށް ބުނެވިދާނެއެއްނު؟ ތީ ތިހާ ހިތް ހަރު މީހެއް ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން…

އޭނަ ބަނޑުބޮޑު ކަން އެނގިގެން ކިހާ ވަރަކަށް ރާހިލް ހޯދަން މަސައްކަތް ކުރާނެ؟ ކިހާ ވިސްނާނެ…؟ ރާހިލް ދީފަ އިން އެޑްރެސް އެއީ ރަނގަޅު އެއްޗެއް ނޫން ކަން އެނގިގެން ކިހާ ހާސް ވާނެ…” ދެފަރާތަށް ބޯހަލުވަމުން ވިދާދް ބުނަމުން ދިޔަ އިރު އޭރު މީރާއަށް ވާނެ ގޮތް ވިދާދްއަށް އިހުސާސް ކުރެވޭ ކަހަލައެވެ. ތިމާ އިންތިހާއަށް ލޯބިވާ މީހާ ތިމާ ދެކެ ލޯބި ނުވާކަން އެނގުމުން ހިތަށް ކުރާނެ އަސަރު ވިދާދްއަށް އެނގެއެވެ. އެކަމުން ހިތަށް ވާނެ ތަދު ވިދާދްއަށް އިހުސާސް ކުރެވެއެވެ.

“އަހަރެން ދިޔައީމޭ ފަހުން ވިދާ… އަހަންނަށް ވިސްނުނީ މާ ފަހުންނޭ… އެކަމަކު އޭރު އެމީހުން ޗޭންޖް ވެއްޖެ” އަމިއްލަ ދިފާއުގައި ރާހިލްއަށް ބުނެވެން އޮތީ އެވާހަކަ އެކަނި ކަން ރާހިލްއަށް އެނގެއެވެ.

“މާ ލަހުންނޭ ރާހިލްއަށް ވިސްނުނީ… އޭރު މާ ލަސްވީ…” ވިދާދް ރާހިލްއަށް ބަލާލަމުން ބުންޏެވެ.

ވިދާދްއާ އެއްބަސް ވުމުގެ ގޮތުން ރާހިލް ބޯޖަހާލިއެވެ.

“ރާހިލްގެ މަންމަމެން ކައިރީ ބުނާނީ ކީކޭ؟ ރާހިލްގެ މަންމަ ގަބޫލު ކުރާނެތަ؟ މިހާ ދުވަސް ކޮށްފަ އެހާ ކުރިން ވީ ކަމެއްގެ ވާހަކަ ބުނީމަ ރާހިލްގެ މަންމަ ހީކުރާނީ ރާހިލް ދޮގު ހަދަނީ ކަމަށް… ރާހިލްގެ ބައްޕަވެސް ގަބޫލެއް ނުކުރާނެ…

ދެން… މިހުރިހާ ދުވަސް ވީ އިރު ރާހިލް ތި ކަންތައް އަހަންނަށް ސިއްރު ކުރީ ކީއްވެ؟ ރާހިލް ކުރިން މީހަކާ އިން ވާހަކަ ނުބުނީ ކީއްވެ؟ ކުއްޖަކު ހުރި ކަން ނޭނގުނަސް އެވާހަކަ ބުނެވުނީހެއްނު؟ މިހާރު އަހަރެން ހިތަށް އަރާ ރާހލް އަހަންނާ އިންނަން ބޭނުން ވޭ ބާއޭ…؟ ކައިވެނި ފަސް ކުރަމުން ގޮސް މިހާ ދުވަސް ވަންދެން މަޑުކުރީ ކޮންމެސް ބަހަނާއެއް ދައްކައިގެން މި ކައިވެނި ނުކުރަން ވެގެންތަ؟ ރާހިލް އަދިވެސް މީރާ މަތިން ހަނދާން ނުނެތެނީތަ؟ އަދިވެސް އަހަންނަށް ނޭނގޭ ސިއްރެއް އޮތީތަ؟” ވިދާދް ހިތުގައި ވާ ސުވާލުތައް ރާހިލްއާ ކުރަމުން ދިޔައެވެ.

ނަމަވެސް ޖަވާބު ދިނުމުގެ ބަދަލުގައި ރާހިލް ވިދާދްއާ ދުރަށް ގޮސް ކޮޓަރީގެ ކުޑަދޮރު ކައިރީ ހުއްޓިލިއެވެ.

އެސުވާލުތަކަށް ރާހިލް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ވިދާދްގެ އެއްވެސް ކުށެއް ނެތި ވިދާދް ދެރަކޮށްލާކަށް ރާހިލް ބޭނުމެއް ނޫނެވެ. ރާހިލް ކުއްލިއަކަށް ޔަމާން މަތިން ހަނދާން ވިއެވެ.

“ވިދާ ކިހިނެއް ޔަމާން ދަންނަނީ؟ ކޮން އިރަކުން ފެށިގެން؟” ރާހިލް އަހާލިއެވެ.

ރާހިލް ކުއްލިއަކަށް ޔަމާންގެ ވާހަކަ އެހުމުން ވިދާދް ސިހުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އަވާމެންދުރު 4

Next

އަވާމެންދުރު 5

Next
September 14, 2016

އަވާމެންދުރު 5

Previews
September 14, 2016

އަވާމެންދުރު 4

25 Comments!

  1. Mar Sha Marsha says:
    September 14, 2016 at 4:45 pm

    ސަލާމް ހުރިހާ ކުދިން. ޢީދު މުބާރިކް… ޢިދު ތެރޭ މާޝާ މާ ބޮޑަށް ބިޒީ ވީ… އެހެންވެ ވާހަކަ ނުގެނެސްދެވުނީ… އެކަމަކު ދެން ވާހަކަ މެދު ނުކަނޑާ ވޭތޯ ބަލާނަން… މިބައި ތަންކޮޅެއް ދިގުވާނެ، ދެން އަންނަ ބައިވެސް ދިގުކުރެވޭތޯ ބަލާނަން… ވާހަކައަށް އިހާ އިންތިޒާރު ކުރީތީ ވވ ބޮޑަށް ޝުކުރިއްޔާ… ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް، ކޮމެންޓަކުން އަންގާލައްޗޭ… 15 ވަނަ ބައި ބުރާސްފަތި ދުވަހުން ގެނެސްދޭނަން، އިންޝާﷲ

  2. Kk says:
    September 14, 2016 at 5:27 pm

    Vv nice n thanks keep it up

  3. Kk says:
    September 14, 2016 at 5:28 pm

    Vv nice

  4. ninaa says:
    September 14, 2016 at 5:30 pm

    V reethi . Waiting for the next part

  5. Shaa says:
    September 14, 2016 at 5:37 pm

    Vvvvv reethi me first ….

  6. Mary says:
    September 14, 2016 at 6:14 pm

    Vvvvvvvv reethi mipart next part avahah up kohla dhehchey pls pls pls

  7. Madhy says:
    September 14, 2016 at 6:26 pm

    Vaahaka hama v habeyzz ???

  8. Girlyyy says:
    September 14, 2016 at 6:56 pm

    I think there is a mistake.. “Vidhaa kihineh raahil dhannanyy?? Kon irakun feshigen??” Raahil ahaali eve. I think ethaa innaany “Vidhaa kihineh yamaan dhan nany??” Right?? Bcx in the last sentence it was written that ” raahil kuhliakah yamaan ge vaahaka ehumun vidhaad sihuneve” thatss all.. Btw the story was very nice n i luv it.. Waiting for the next part…

  9. Reem says:
    September 14, 2016 at 8:25 pm

    Vvvvv reethi! Waiting……….

  10. Sabeeha says:
    September 14, 2016 at 8:41 pm

    vv reethi..??

  11. Shahu says:
    September 14, 2016 at 9:13 pm

    Nyc story ??

  12. Faathee says:
    September 14, 2016 at 10:19 pm

    Haadha inthizaareh kohfeemay. V v reethi. Waiting for next part

  13. Mar Sha Marsha says:
    September 15, 2016 at 2:59 pm

    ޝުކުރިއްޔާ ހުރިހާ ކުދިން… ގަރލީ، އެއީ މިސްޓޭކް އެއް.. މިހާރު ރަނގަޅު ކޮށްލައިފިން، ފާހަގަ ކޮށްލަދިނީތީ ޝުކުރިއްޔާ… އަނެއް ބައި މާޝާ ބުނިހެން އިރާދަ ކުރެއްވިއްޔާ މާދަމާ އަޕްކޮށްދޭނަން…

  14. vishaa says:
    September 15, 2016 at 5:23 pm

    ވަރަށް ރީތި

  15. Zaanaa says:
    September 15, 2016 at 8:16 pm

    Kobaa tha meyadu ge bai v v v keyaa hethun mehuree

  16. Aish says:
    September 15, 2016 at 10:59 pm

    Maadhama mee thursday aki… miad ves up kohdheynamey bunefa adhi up kohdhevey varu nuvani tha… kyvebaa bunaa dhuvahan nuvani

  17. Mar Sha Marsha says:
    September 16, 2016 at 12:00 am

    Alheyyy.. vvv bodah sorryyy… marsha hukury marsha mi bai up kury tuesday ga kamah… just now i realized tom is friday… n today is thursday…. vvv sorry… school bandhu veema weekdays olhifa hunnany… i will up part 15 on saturday… fridayga i cannot… so i hope readers will not b too angry with me… engey thursday ga up kuraanamey bunefa up nukuryma hiyhama nujeheyne kan… dhen mihen nuvaane InSha Allah… so next part on saturday..

    1. mal says:
      September 16, 2016 at 2:36 pm

      masha

  18. mala says:
    September 16, 2016 at 2:34 pm

    maashaa theethi kada

  19. Shafy says:
    September 16, 2016 at 7:17 pm

    Vv lobi stry eh.. Waitn 4 bxt part

  20. Shafy says:
    September 16, 2016 at 7:19 pm

    Marsha lobi. Maadhan thankolhei awahah up khdehchey

  21. Shafy says:
    September 16, 2016 at 7:20 pm

    Marsha lobi. Maadhan thankolhei awahah up khdehcey…. Plxxxx.???

  22. Shafy says:
    September 16, 2016 at 7:22 pm

    Marsha lobi. Maadhan thankolhei awahah up khdehcey…. Anei part kiyaa hithn keh madhu vfa mihury.. Plxxxx make it fast….???

  23. Mmmmmm says:
    September 16, 2016 at 7:40 pm

    Kobaaaaaaa thursdayge part …….
    Dhuluge ithubaaru onnan vaaane dhw…

  24. Ady says:
    September 17, 2016 at 11:01 am

    Koba miadhu mee Saturday.. iru ereehsure vaahaka up veythoa eba beley.. Marsha.. dhen vaahaka up kuran ulhey avahah…

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 15←


All Right Reserved!