ހިތި މާޒީ
ހިތި މާޒީ
މުސައްނިފާ: ރޯޒީ ޝަރީފް
ސުޒޭނާއަކީ ހެދި ހުރި ހަށިގަނޑު ރީތި ފަތްމިންޏޭ މިކިޔާ ޒާތުގެ އަންހެން ކުއްޖެކެވެ. ސްކޫލް ދައުރުގައި ވެސް މުޅި ސްކޫލްގެ ހުރިހާ ފިރިހެން ކުދިން ތިބެނީ އޭނާގެ އެންމެ އިޝާރާތަކަށް ބަލަބަލަ އެވެ.
ކުޑަކޮށް ޖެހިލުން ކުޑަ ކުދިން އޭނާ އާ ފޮށެން ވެސް ފޮށޭމެ އެވެ. ނަމަވެސް ސުޒޭނާ އެއިން އެއްވެސް މީހަކަށް ސަމާލު ކަމެއް ނުދެ އެވެ. އޭނާ ބުނާ ގޮތުން އޭނާގެ ޕްރިންސް އާ އަދި ދިމާ ނުވެ އެވެ.
“އޯހް…މަގޭ ޕްރިންސް ގައިގަ ހުންނަން ވާ އެއްވެސް ސިފައެއް ކަލޭގެ ނެތް. އަމިއްލަ ލޯގަނޑު ކުރިމަށްޗަށް އަރާ ދުވަހަކު ވެސް ސިފަ ބެލިންތަ، ކަލޭ އެކަށީގެންވާ ކުއްޖެއްް ކައިރިން ރައްޓެހިިވާން އެހިނަމަ.”
ސުޒޭނާ އޭނާ އާ އަޅައިގެން އުޅުނު ސްކޫލްގެ އެންމެ މޮޅު ކުއްޖާ ކަމަށް ވާ އާރިފް އަށް ދިން ޖަވާބަކީ ވެސް މިއީ އެވެ.
ސުޒޭނާ ހުންނަނީ އޭނާގެ އަމިއްލަ ރީތި ކަން އޭނާއަށް ފެނިފަ ކަހަލަ އެވެ. ސްކޫލް ދައުރު ނިމުނު އިރު ގިނަ ޢަދަދެއްގެ ފިރިހެން ކުދިންގެ ހިތް ވަނީ ކަތިލެވިފަ އެވެ.ގުނާ އަދަދު ނުކުރެވޭހާ ސުޒޭނާގެ ބިޓުން ލިސްޓް ވެސް ދިގެވެ. ބޯއި ފްރެންޑެއްގެ ގޮތުގައި އޭނާ ކުއްޖަކު ޓެސްޓްކޮށްލަނީ ދެ ދުވަހަށެވެ. އަދި” ޔޫ އަ ނޮޓް މައި ޓައިޕް” އޭ ކިޔާ އެ ކުއްޖަކާއެކު ކުރި ހުރިހާ ވައުދެއް އޭނާ އުވާލަ އެވެ. މިހެން ހަދަން އޭނާ ޖެހިލުމެއް ނުވެ އެވެ.
ރީތިކަމާ އެއްވަރަށް ކިޔެވުމުގައި ވެސް އޭނާއަކީ ހޮވާލެވޭ ދަރިވަރެކެވެ. ސްކޫލް ނިމުނީ ރަނގަޅު ނަތީޖާއަކާ ވެސް އެކީގަ އެވެ. ފަހު ދުވަހު ސްކޫލުން އައިސް ގެއަށް ވަނުމާ އެކު މަންމަ އޭނާ އާ މުހާތަބު ކުރި އެވެ.
“ދަރިފުޅު ދެން ބުރުގާ އަޅަންވީނު.”
“އައްޗި ދެން މަންމާ،މި ޒަމާނުގަ ބުރުގާ އެޅީމާ ވަޒީފާގަޑެއް ވެސް ނުލިބޭނެ.”
ސުޒޭނާގެ މި ވާހަކައިން މަންމަ ހިމޭން ވެދެ އެވެ. .
ސުޒޭނާ އެންމެ އަދާކުރާހިތްވާ ވަޒީފާއަކީ ރިޒޯޓް ވަޒީފާއެވެ. ސްކޫލްގަ އުޅުނު އިރު އެތައް ފަހަރެއްގެ މަތިން ކާރި ރިޒޯޓްތަކަށް އޭނާ ވަނީ އޯވަ ނައިޓް އަށާއި ޑޭ ސްޕެންޑްކޮށްލަން ގޮސްފަ އެވެ. އެތަނުގެ މާހައުލާއި އެ މިނިވަން ކަމަށް އޭނާ ވަރަށް ލޯބި ކުރެ އެވެ. އަދި އޭނާގެ ހުވަފެނަކީ މިކަހަލަ ތަނަކަށް އަބަދު ގެ އަބަދު އަންނަން ލިބުމެވެ..
މަންމަ ބުނެގެން ތެއްޔާއި ތަށި ދޮވެ ދޮވެ މިހާރު ވެސް އޭނާގެ އަތުގެ ސިފަ ގެއްލިއްޖެހެން އޭނާ އަށް ހީވެ އެވެ. މި ކަހަލަ އެއްޗެއް ހިތަށް އިހްސާސް ވާ އިރަށް އޭނާ އަވަހަށް އަތުގައި އެތައް ކުރީމެއް އުގުޅަން ފަށަ އެވެ.
ރިޒޯޓްގައި ތަށި ވެސް ދޮންނާކަށް، ހެދުން ވެސް ދޮންނާކަށް ނުޖެހޭނެ އެވެ. މިއީ އޭނާ އެންމެ އުފާވާކަމެވެ.
އޭނާ ސިޓީ ލީ އެންމެ ފުރަތަމަ ތަނުން އޭނާއަށް ދެ ދުވަސްތެރޭ ޖަވާބު އަތުވެއްޖެ އެވެ. އިންޓަވިއު އަށެވެ.
ވަން އެންޑް އޮންލީ އައިލެންޑް ރިޒޯޓަކީ ގިނަ އަދަދެއްގެ ދިވެހި އަންހެން ކުދިން އެތަނުގައި މަސައްކަތް ކުރާ ތަނެކެވެ.
ސުޒޭނާ އެތަނާ ބެހޭ ވަރަށް ގިނަ މައުލޫމާތު އެއްކުރި އެވެ. މަންމަމެން އެއްބަސް ކުރުވަން ތަފާތު ވާހަކަ ދެއްކި އެވެ.
ނަތީޖާއެއްގެ ގޮތުން ސުޒޭނާގެ މަންމަ އާއި ބައްޕަ އޭނާ އެ ރަށަށް ދާން ހުއްދަ ދިނެވެ. ވީއުފަލެއް ނޭނގުނެވެ. އޭނާ އޭނާގެ ދަތުރު ހެދި އެވެ. ފަސް ދަބަސް އޭނާ ތައްޔާރު ކު ރިއެވެ. އޭނާގެ މަންމަ ހައިރާންވި އެވެ.
“ދަރިފުޅާ…މިއީ ކޮންހާ ސާމާނެއް؟ ތި ދަނީ ހަމައެކަނި އިންޓަވިއުއަށްނު. މާދަމާ އެނބުރި އަންނާނަމެއްނު.”
“އޯ ގޯޑް މޮމް. ހީވޭތަ ސުޒޭ މި އިންޓަވިއުއިން ފެއިލްވާނެހެން، އައި ހޭވް ފުލް ކޮންފިޑެންސް.”
މިއީ ސުޒޭނާ މަންމަ އަށް ދިން ޖަވާބެވެ.
ސުޒޭނާ އެއާ ޓެކްސީގައި އިން އިރު ވެސް ކައިރީގައި ތިބި އެންމެންނާ ހީހީފައި ވާހަކަ ދެއްކި އެވެ. ކުރޫންތައް ވެސް ތިބީ ހައިރާންވެފަ އެވެ. އަލަށް މި ފްލައިޓަށް އެރި ކުއްޖާގެ ޖެހިލުންކަން ކުޑަކަމުންނެވެ. އަޅާފައި ހުރި ހެދުމުންނާ އަވިއައިނުންނެވެ. އަވިއައިނު އޮތީ ބޯމަތީގައެވެ. .
ސުޒޭނާ އައުމުން ވަން އެންޑް އޮންލީ ރިޒޯޓަށް ހީވީ އީދެއް އައިހެންނެވެ. ކޮންމެ މީހަކު މި ރީތީގެ ރާނީ ކައިރިން ބަލަން ބޭނުންވިއެވެ.
އަތާ އަތް ޖޯޑުކޮށް ސަލާމްކޮށްލަން ބޭނުންވި އެވެ. ބައެއް މީހުން ހަގުކޮށްލަ އެވެ. ކަރާ ކަރު ޖައްސާލުމަށެވެ.
ހުރިހާ އަންހެން ކުދިން ހާސްވެ ކަންބޮޑުވި އެވެ. ތިމާމެންގެ ލޯބިވެރިން ބީވެދާނެތީ ތުންތަޅުވަން ފެށި އެވެ. ސުޒޭން މަސައްކަތަށް ވެސް ވަރަށް ފަރުވާތެރި އެވެ. މިކަމާ މެނޭޖްމަންޓް އެންމެން ވެސް ތިބެނީ އޭނާ އާ ހެދި މޮޔަވެފަ އެވެ.
ހަތަރު މަސްތެރޭ ކޮންމެ މަހަކު އެތައް ސެޓްފިކެޓެއް އެނާ އަށް ލިބެ އެވެ. ބެސްޓް ސްމައިލް،ބެސްޓް ސްޓާފް އޮ ފަދަ މަންތު ލިބުނެވެ.
ގިނަ ދުވަސްވީ ކުދިން މިކަމާ ކަންބޮޑުވުން ފާޅ ކުރި އެވެ. ބައެއްް ކުދިން އެ މީހުންގެ ލޯބިވެރިންނާ މައްސަލަ ޖެހިގެން ވަޒީފާ ދޫކޮށް ދިޔައީ އެވެ.
ސުޒޭން ވަޒީފާ އަދާ ކުރާތާ 6 މަސް ދުވަސްތެރޭ ގިނަ ބަދަލުތަކެއް އަ އެވެ. މަގާމު މަތިވުމާ އެކު ބޮޑު މުސާރަ ލިބެމުން ދިޔަ އެވެ.
ކޮންމެ ދުވަހަކު ވަޒީފާ ނިންމާފައި ރޭގަނޑަށް ފަރިވާ މަލެއްހެން ސުޒޭން ތައްޔާރު ވެލަ އެވެ. ބާ އަށް ގޮސް ތަފާތު ރަހަތަކުގެ ޑްރިންކްސް ހައްދާލައިގެން ބޯލަ އެވެ. ގެސްޓުންނާ އެކު ޑާންސް ފްލޯ އަށް އަރާލަ އެވެ.
އެ މީހުންގެ އަތުގެ ތެެރޭ ނަށާލަ އެވެ. ރޭގަނޑު އެތައް ދަމެއް ވަންދެން މަސްތުގެ ހާލަތުގައި ހުރެގެން ކޮންމެވެސް ސީނިއަ މީހެއްގެ ކޮޓަރީ އެނދު ފަޅުފިލުވަ އެވެ.
މިހާރު ސުޒޭނާ އަކީ ސީނިއަ މެނޭޖްމަންޓު ކުއްޖެކެވެ.އާނއެކެވެ. މެނޭޖަރ އެކެވެ. އެއްވެސް ކުއްޖަކަށް އޭނާ އަށް ބަލާލާކަށް ވެސް ނުކެރެ އެވެ.
ތަފާތު އެތައް ނަމެއްގައި މާބޮޑި އާއި ކާޑުތައް އޭނާ އަށް އޮހެމުން ދިޔަ އެވެ. ލޯބީގެ ސިޓީތަކަކީ އޭނ ާއަށް އާ އެއްޗެއް ނޫނެވެ.
އެހެންވެ އޭނާ އަށް ލިބޭ ހުރިހާ ލޯބީގެ ސިޓީތައް ކިޔަން އޭނާގެ ގާތް ކުދިން ކައިރި އަަށް އޭނާ ދެ އެވެ. އެއީ އެ ކުދިންނަށް އެ ސިޓީތައް ދައްކާފައި ފޮނި ކަޑާލާށެވެ.
ސައުދީ އަރަބިއްޔާގެ މިސްޓަ ވިލިއަމް ރިސޯޓަށް ވަޒީފާ އަށް އައި ދުވަހަކީ އޭނާގެ ހަޔާތުގައި އާ ސަފްހާއެއް ހުޅުވުނު ދުވަހެކެވެ.
އިސްކޮޅުން ދިގު ނޫކުލައިގެ ލޮލުގެ ވެރިއެކެވެ. ކަސްރަތީ ހަށިގަނޑެކެވެ. މިއީ އޭނާގެ ބަހުން ނަމަ އޭނާގެ ހުވަފެންތަކުގެ ރަސްގެފާނެވެ. ޕްރިންސެވެ. ވިލިއަމް އަށްޓަކައި އޭނާ ފިދާވާން ފެށި އެވެ.
އެހެން ނޫނަސް އެހެން ކުދިން ތިބެނީ މިހާރު އޭނާ އަށް ދޫކޮށްގެންނެވެ. އެހެން ކުދިންނަށް ލިބެނީ އޭނާ ބޭނުން ކޮށް ނިންމާ ފޮތްތަކެވެ.
ދެން ފެންނަން ފެށީ އޭނާ ވިލިއަމް އާ އެކު ރީތި ގޮނޑުދޮށުގައި ހަނދުވަރު ގެ އަލިގައި ހިގަންދާ މަންޒަރެވެ. ތަފާތު ވައުދުތަކާ އަހުދުތައް އޭނާ ވިލިއަމް އަށް ކުރަމުން ދިޔަ އެވެ. ވިލިއަމް ހުންނަނީ ހިމޭނުންނެވެ. ވިލިއަމް އެހެން ކުދިންނާ ވެސް ވާހަކަ ދައްކަ އެވެ.
މިކަންތައް ވަނީ އޭނާ އަށް ހިތްދަތި ކަމަކަށެވެ. ހައެއްކަ މަސް ދުވަސްތެރޭ ވިލިއަމް މި މާހައުލާ ހިތްހަމަނުޖެހުނެވެ. ބޭނުންވީ އޭނާގެ ޤައުމަށް ދާށެވެ. ވީ އިރު ސުޒާނާ ވަނީ އޭނާގެ ހުރިހާ އެއްޗަކާ އެކު ވިލިއަމްގެ ކޮޓަރި އަށް ބަދަލުވެފަ އެވެ. ދެ މީހުން އުޅެމުން ދިޔައީ ދެމަފިރިންގެ ގޮތުގަ އެވެ.
“ސުޒޭ،އައިއޭމް ސޮރީ، އަހަރެން ދަނީ…މިއޮތީ އަހަރެންގެ ސިޓީ ސުޒޭ އަށް.”
ލޯބިވެތި އަދާއަކާ އެކު ވިލިއަމް ސުޒާން އަށް ޢަލްވަދާޢު ކިޔެވެ.
އޭނާގެ ލޯބީގެ ސިޓީ ސުޒާނާގެ ދަަބަހަށް ލައި ފޮރުވި އެވެ. ފަހުން އެެންމެން އެއްކޮށްގެން ކިޔަންވެގެންނެވެ. ވިލިއަމް ދިޔުމަށް ފަހު ސުޒޭނާ އޭނާގެ ގާތް ދެތިން ކުދިން އެއް ކުރި އެވެ. އަދި ސިޓީ ކިޔަން ފެށި އެވެ.
“ސުޒޭ އެވެ. އަހަރެންނަށް ރާއްޖެ އާދެވުނު އިރު އަހަރެންނަކީ ބަލި މީހެއް ކަމެއް ނޭގެއެވެ. އަހަރެންގެ މެޑިކަލް ހެދުމުގެ ތެރޭ މި ރިޒޯޓް އެޗްއާރް އަށް އަހަރެންނަކީ ބަލި މީހެއްކަން އެނގުނެވެ. އެކަން އެނގުމާ ގުޅިގެން ހިމޭންކަމާ އެކު ފުރައިގެން ދާން އަހަރެންް ނިންމީމެވެ. ސުޒާ އެވެ. އަހަރެންނަކީ އެއިޑްސްގެ ބަލި މީހަކީމެވެ. އަހަރެންގެ ފަރާތުން މިހަރު ސުޒޭ އަށް ވެސް ވާނީ މި ބަލި ޖެހިފަ އެވެ. އަހަރެންނަށް މާފުކުރާށެވެ.
ކުށްވެރި ވިލިއަމް
ސުޒޭނާ އަނބުރައިގެން ވެއްޓުނެވެ. ރައްޓެހި ކުދިން އެ ސިޓީ ފޮރުވި އެވެ. އެކަމަކު ތުންތުންމަތިން މިބޮޑު ސިއްރު މުޅި ރަށުގެ ކޮންމެ ދެމީހެއްގެ ވާހަކައަކަށް ވި އެވެ.
އެ ހިސާބުން ސުޒޭނާ ވަޒީފާއިން ވަކިވެގެން ރަށަށް ދިޔައީ އެވެ. އޭނާ އާ އެކު އޭނާގެ އެންމެ ގާތް އެކުވެރި ރިންޒީ ވެސް އަ އެވެ. ރިންޒީ ކޮންމެ ހިނދުކޮޅަކު ވެސް ސުޒޭނާ އާ ދުރަކަށް ނުދެ އެވެ.
ޑޮކްޓަރު އަޖޭ އަކީ މާކުރިއްސުރެ ރިންޒީގެ ވަރަށް ގާތް ރައްޓެއްސެކެވެ. ޑޮކްޓަރު ރިންޒީ އާ ބައްދަލުކޮށްފައި ސުޒޭނާ ޗެކަޕް ކުރި އެވެ. އަދި ޓެސްޓް ހަދަން ފޮނުވި އެވެ. ޓެސްޓުގެ ނަތީޖާ ބަަލައި ދިޔައީ ރިންޒީ އެކަންޏެވެ. ޑރ. އަޖޭ އާ ވާހަކަ ދައްކާލުމަށް ފަހު ރިންޒީ ގެއަަށް އަ އެވެ.
“”ރިންޒީ މިއީ ހަމަ އަހަރެންނަށް އުޅެވުނު ގޮތުގެ ނަތީޖާ، އަހަރެން މި ވަނީ ފާފަ ވެރިވެފަ. ކިހާ އެކަނ ވެރިވެފަ މިއަދު އަހަރެން މިހިރީ. ރިންޒީ، ހާދަ ރަނގަޅޭ ކޮންމެ ހިނދު ކޮޅަކު އަހަރެންނާ އެކު އެބަހުރޭ”
ރޮމުން ގިސްލަމުން ސުޒޭނާ ވާހަކަ ދެއްކި އެވެ.
ސުޒޭނާ ކުއްލިއަކަށް ރިސޯޓުން އައުމާ އެކަނިވެފައި ގޭގައި އިންނަ ތަން ފެނުނީމާ މަންމަ ވަރަށް ސުވާލު ކުރިއެވެ އެވެ.އެހެނަސް މިއަދު އޭނާ އަށް މަންމަ އަށް ދޭނޭ ޖަވާބެއް ނެތެވެ. އޭނާ ހިޖާބު ހެދުންލައިގެން ބޮޑު ބުރުގާ އެޅި މި ދުވަސްވީ އެ ގޭގެ ވަރަށް ތާރީހީ ދުވަހަކަށެވެ. ޙާއްސަކޮށް މަންމަ އުފަލުން އެއްތާކު މަޑެއް ނުވެ އެވެ. ރިންޒީ ކައިރިން ސުޒޭނާ ކައިރިން އެނބުރި އެނބުރި ހުއްޓެވެ. ސުޒޭނާ ބުރުގާ އެޅީ ރިންޒީގެ އެހީގަ ކަން މަންމަމެންނަށް އެނގި ރިންޒީއަށް އެމީހުން ޝުކުރު އަދާކުރިއެވެ..
މިހާރު އެއީ ކުރީގެ ސުޒޭނާއެއް ނޫނެވެ. މަޑުމޮޅިކަމާ ލަދުވެތި ކަމުގެ ނަމޫނާއެކެވެ. އޭނާ އަށް ބޭސް ކާންދޭ ކޮންމެ ވަގުތަކު ރިންޒީ އާދެ އެވެ. ބޭސް ބަހައްޓާފައި ހުންނަނީ ރިންޒީމެން ގޭގަ އެވެ. މަންމަމެންނަށް ޝައްކު ވެދާނެތީ އެވެ.
އެއް ދުވަހު ވިލިއަމް ރިންޒީ އަށް ގުޅިއެވެ. ސުޒޭނާގެ ހާލު އަހާލުމަށް ފަހު ސުޒޭނާ އާ ކައިވެނި ކުރަން ބޭނުން ވާހަކަ ބުންޏެވެ. މި ހަބަރުން ސުޒޭނާ ވަރަށް ރުޅި ގަދަވި އެވެ.
މިއަދު ސުޒޭނާ އަކީ ވަރަށް ދީންވެރި ކުއްޖެކެވެ. މިހާރު އޭނާގެ ހަޔާތުގެ މި ޒަލްޒަލާ އައި ފަހުން ވެސް ހަތަރު މަސްވީ އެވެ. އޭނާ އެއްވެސް މީހަކާ ބައްދަލެއް ނުކުރެ އެވެ. ރިޒާނާގެ ތަފާތު ވާހަކަތަށް ދެއްކުމުގެ ސަބަބުން އޭނާ ކައިވެންޏަށް އެއްބަސްވި އެވެ.
“އެކަމަކު ރިޒާ އަހަރެންނަކީ ވަގުތީ މެހެމާނެއް. އަހަރެންނާ އޭނާ އިނދެގެން އޮތީ ކަޮން އުފަލެއް އެހެން ނޫނަސް އޭނާއަކީ ވެސް ނިވެމުންދާ ހުޅުކޮޅެއް.”
“ތެދުވެރި ލޯތްބަކީ މިއީ، އޭނާ ހަގީގަތުގަ ވެސް ސުޒޭ ދެކެ ލޯބިވާތީ މިހާ ދުރަށް ހޯދަން އެ އަންނަނީ.”
ރިންޒީގެ ވާހަކައަކީ އެއީ އެވެ.
ޖެހިގެން އައި މަހު ވިލިއަަމް މާލެ އަތުވެއްޖެ އެވެ. ސުޒޭން ކައިވެނީގެ ކުރިން ބައްދަލު ކުރާކަށް ބޭނުމެއް ނުވި އެވެ.
ސުޒޭނާ ބުނީ ރަސްމީޔާތު ހިންގަން ވަނީ އިސްލާމީ ގޮތުގައި ކަމަށެވެ. ކަންތައް ދިމާވީ ވެސް އެހެންނެވެ.
ވިލިއަމް ވެސް ބޭނުންވީ އިސްލާމީ ގޮތެވެ. ވިލިއަމްގެ އަސްލު ނަމަކީ ޝޭޙް އުމަރު ހައިދަރު އެވެ. މިކަން ރިންޒީ އަށް އެނގުނީ ކައިވެނީގެ ފޯމު ފުރި ދުވަހު އެވެ. ވިލިޔަމްއަކީ އޭނާގެ ނިކް ނޭމް އެވެ.
މިއަދަކީ ކައިވެނީގެ ރަސްމީޔާތު ގެ ދުވަހެވެ. އަދިވެސް ސުޒޭނާ އިންނަނީ ތައްޔާރު ނުވެ އެވެ. ރިންޒީ ތަފާތު ގޮތަކަށް އޭނާ އާ ވާހަކަ ދައްކަމުން ކައިވެންޏަށް އޭނާ ތައްޔާރު ކުރުވަމުން ދިޔަ އެވެ.
ރިންޒީގެ ކޮނޑުގައި އޭނާ ބޯ އަޅާލި އެވެ. ހީވަނީ އޭނާ އާ ވަކިވާން ޖެހޭތީ ދެރަވަނީ ހެންނެވެ. ދެ އެކުވެރިން ކަރުނަ އެޅި އެވެ.
“އަން މިއޮތީ ހަދިޔާއެއް.” ހުދު ކުލައިގެ ސިޓީ އުރައެއް ސުޒޭނާ އަށް ދިއްކޮށްލަމުން ރިންޒީ ބުންޏެވެ.
“މީ ކޯޗެއް؟”
އެ ސިޓީ ނިއުޅާލަމުން ސުޒޭނާ އަހާލި އެވެ.
“މިއީ އެއިޑްސް ޓެސްޓް ނަތީޖާ ނެގެޓިވް.”
ސުވާލުގެ ބެލުމަކުން ރިންޒީ އާ ދިމާލަށް ސުޒޭނާ ބަލާލި އެވެ.
” “އާނ…ތިއީ ސުޒޭގެ އަސްލު އެއިޑްސް ޓެސްޓުގެ ނަތީޖާ، ސުޒޭ ތިއީ އެއިޑްސްގެ ބަލި މީހެއް ނޫން. ވިލިޔަމްއަކީ ވެސް އެއިޑްސް ޖެހިފަ ހުރި މީހެއް ނޫން. އަހަރެމެން އެންމެންވެގެން ސުޒޭ ބަދަލު ކޮށްލަންވެގެން ކުރިކަމެއް މިއީ. ހައިދަރު ސުޒޭ ދެކެ ވަރަށް ލޯބިވޭ. މިރޭވުމަކީ އޭނަގެ ރޭވުމެއް. ބޭނުންވީ ސުޒޭތީ ރަނގަޅު ކުއްޖަކަށް ހަދަން. މިހާރު މިފެންނަ ގޮތަށް، ހައިދަރުގެ އާއިލާ އާ އެކަށީގެންވާ ކުއްޖަކަށް ހަދަން. އެއީ ސައުދީގެ މުއްސަދި އާއިލާއެއްގެ ފިރިހެން ކުއްޖެއް”.”
“ކޮބާ..! އޭނަ މިހާރު. ދެން މަށަށް ދިނީ ކޮންހާ ބޭސްތަކެއް؟”
“”އަހަރެންސުޒޭއަށް ދިނީ ވިޓަމިން. ކޮންމެ ދުވަހަކު ޑރ. އަޖޭވެސް މިކަމުގަ ވަރަށް އެހީވި، މިރެއަކީ އަހަރެންނާއި ޑރ. އަޖޭގެ ވެސް ކައިވެނި ވެސް ކުރެވޭ ރޭ. އަހަރެމެން މިކަންތައް ރޭވީ މިރެއަށްޓަކާ”.
“ރިންޒީގަޑާ އަހަރެން ކަލޭ މަރާލާނަން.”
ސުޒޭނާ އުފަލުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ދެ އެކުވެރިން އެކަކު އަނެކެއްގެ ފަހަތުން ދުވަމުން ބަގީޗާ އަށް ދިޔައެވެ. އެވަގުތަކީ ހައިދަރު ވެސް ބަގީޗާ އަށް ނިކުތް ވަގުތެވެ. ސުޒޭނާ ލަދުން މޯޅިވެލި އެވެ.
ހައިދަރު ސުޒޭނާ ކައިރި އަަށް އައެވެ.
“ވެދިޔަ ކަންތަކަށް އަހަރެންނަށް މާފްކުރޭ.”
ސުޒާނާ ހައިދަރު ގައިގަ ބައްދާލިއެވެ. ރިންޒީ އާއި އަޖޭ ހެވިފަ ދުރުގަ ބަލަން ތިއްބެވެ.
ސުޒޭނާ އާއި ހައިދަރު ގެ ކައިވެނި ވަރަށް ފުރިހަމަ ހަފްލާއަކާ އެކު ކުރެވުނެވެ. ސުޒޭނާ ގެ ހުރިހާ ރައްޓެހިންނަށް ދައުވަތު ދެވުނެވެ..
ރިންޒީ އާއި ޑރ. އަޖޭ ގެ ކައިވެނި ވެސް ހަމަ އެ ދުވަހު ކުރެވުނެވެ. މިއަދު އެއިން ކޮންމެ މީހެއް ހިތްވަނީ އުފަލުން ފުރިފަ އެވެ. އެންމެ ފަހު ވަގުތު ސުޒޭނާ ރިންޒީ އާ ކަރާކަރު ޖައްސާ ސަލާން ކުރި އެވެ.
“ރިންޒީ އެކުވެރިކަމަކީ ކޮބައިކަން،މިއަދު ކަލޭ ހާމަކޮށްދީފި. އަހަރެންނަކީ ކޮން ގޮތަކަށް އުޅުނު މީހެއް. ކަލޭ އަހަރެން ބަދަލުކޮށް ދުނިޔެ ހޯދައި ދިނީ. އަހަރެން މިއަދު ވަރަށް އުފާވެއްޖެ. ޝުކުރީއްޔާ…އެއީ ހަމައެކަނި އަހަރެންގެ ހިތި މާޒީ” .
ކައިވެނީގެ ފަހުން ފިރިމީހާ އާއި އެކު ސުޒޭނާ ދިޔައީ ސައުދީއަށެވެ. ރިންޒީ އޭނާގެ ފިރިމިހާއާއި އެކު ދިޔައީ އިންޑިޔާއަށެވެ.
ނިމުނީ
12 Comments!
Comments are closed.
Oh my God i think i did it Arif Thank you so much for your help and support for me to upload this new story.
Thank you once again 🙂
Rozy
Me first…yipee
vv reethi..??
Thi pic lee verifaraathuge huhdha aa ekutha? Or are you the owner of the pic?
ލައްބަ އެފޮޓޯގެ ވެރި ފަރާތުގެ ހުއްދަޔާ އެކު ލާފަ ހުންނާނީ
ޝުކުރީއްޔާ
Warah reethi
Wow v v v v rythi ????
Mi vaahaka ves vv reethi
ހުރިހާ ބޭފުޅުން އަޅުގަނޑުގެ ވާހަކަތަކަށް ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަން
ރޯޒީ
Story hama superb. ???
Guii story eh???
oh my god this is so awesome ….