Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (14 ވަނަ ބައި)

Liaa
September 16, 2016
6 Mins Read
55 Views
20 Comments

“މިހިރަ މަސްތަށް ކަނޑަން ދޭބަލަ އަތިރި މައްޗަށް… ޑަސްބިން އުކާލީމަ އަނެއްކާ ހަޑި އެއްޗެސްތައް ޑަސްބިނަކަށް ނޭޅޭނެ… ދޭ… އަވަހަށް ދޭ.. މަސްތަކާ މަސްގޮނޑިއާ ހިފައިގެން ދޭ!” ރާހުލް އައުމުން އާމިނާ ބުނެލިއެވެ. ވަރުބަލި ކަމުގެ އިތުރުން ބަނޑުހައިކަމުގެ އިންތިހާ އިހުސާސްކުރެވެމުން ދިޔަ ރާހުލް އެއްވެސް ޝަކުވާއެއް ނެތި އެއެއްޗެހި ހިފައިގެން އަނެއްކާވެސް އަތިރިމައްޗަށް ދާން ނިކުތެވެ. މި މަންޒަރު ބަލަން އިން އަންޖޫދާގެ މޫނުގެ ކުލަވަރު ވަނީ އޮއްސިފައެވެ. ރާހުލް ކިހާ ރަނގަޅު ހެއްޔެވެ؟ މިހާ ލަސްވީމައި ވެސް އޭނާ އާމިނާ ބުނި ކަންތައް ކުރަން އެ ދިއައީ އެއްވެސް ޝަކުވާއެއް ނެތިއެވެ.

“އަންޖޫ…” އާމިނާގެ އަޑަށް ސިހިފައި އަންޖޫދާ އެދިމާ ބަލާލިއެވެ.

“ނިދަން ހިނގާ…” އާމިނާ އެހެން ބުނެލުމަށްފަހު އެތެރެއަށް ވަދެގެން ދިއައެވެ. ފަހަތުން އަންޖޫދާ ވެސް ދިއައީ އެއްފަހަރު ރާހުލް ނިކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލާލުމަށްފަހު ގައެވެ. ކޮޓަރިއަށް ވަދެފައި ވެސް އަންޖޫދާ އަކަށް ނިދާކަށް ނޫޅެވުނެވެ. ރާހުލް އެކަނި މާއެކަނި ރޭގަނޑުގެ މި ގަޑީގައި އަތިރިމައްޗަށް ދާކަށް ބިރެއް ވެސް ނުގަނޭބާއޭ އެ ހިތަށް އަރަމުން ދިއައެވެ.

އަންޖޫދާ އެނދުގައި އިށީނދެ އިނދެ ދެފައި ތަޅުވަމުން ފޯނުގެ ގަޑިއަށް ބަލަމުން ދިޔައިރު ހީވަނީ ކަމަކަށް ކެތް މަދުވެގެން އުޅޭ ހެންނެވެ. ކޮންމެ ދެސިކުންތުން އެއްފަހަރު ގަޑިއަށް ބަލާލާއިރު އޭނާގެ ހިތަށް ސިފަވަނީ ރާހުލްއެވެ. ރާހުލް މިހާރު ގެއަށް އައިސްދާނެ ބާވައޭ އެ ހިތަށް އަރަމުން ދިޔައެވެ. ގަޑިން ބާރަ ޖެހިތަނާ އަންޖޫދާއަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. ރާހުލް މިހާރު ގެއަށް އައިސްފިތޯ ބަލާލުމުގެ ޝަޢުޤު އެ ހިތުގައި އުތުރި އަރަމުން ދިއައިރު އޭނާ މަޑުމަޑުން ކޮޓަރީ ދޮރާ ދިމާއަށް ހިނގަން ފެށިއެވެ. ދޮރުގެ ތަޅުގައި ހިފާލި ތަނާ އޭނާގެ ހަރަކާތްތަަކަށް ހުއްޓުން އެރީ އާމިނާގެ އަޑު އިވުމުންނެވެ. އަންޖޫދާ އެ ކިޔާ އެއްޗެއް ރަނގަޅަށް އަޑުއެހުމަށްޓަކައި ދޮރުގައި ކަންފަތް ޖަހާލިއެވެ.

“ދައްކާ ތި މަސްތައް.. އައިސްއަލަމާރިއަށް ލާން..” އާމިނާ ބުނާ އަޑު އިވުނެވެ. އޭނާ އެ ވާހަކަ ދައްކަނީ ރާހުލް އާ ކަން އަންޖޫދާއަށް ވިސްނުނެވެ.

“އޭތް! މަސްގޮނޑި ރީތިކޮށް ދޮވެފަ ހިއްކާފަ އިނގޭ ބަހައްޓާނީ… މަ ވެސް މި ދަނީ މަސްތައް އަލަމާރިއަށް ލާފަ ނިދަން..” ރުންކުރު ގޮތަކަށް އާމިނާ ބުނާ އަޑު އިވުނެވެ. ދެން އިތުރު އަޑެއް ނީވޭތާ އިރުކޮޅެއް ފަހުން އިވުނީ އާމިނާމެން ކޮޓަރީގެ ދޮރު ޖެހުނު އަޑެވެ. އަންޖޫދާ އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލައި ސިޓިންގރޫމު ތެރެއަށް ބޯދިއްކޮށްލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާކަން ޔަޤީންވުމުން އަންޖޫދާ ސިއްރު ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުތްއިރު އެ އުޅެވެނީ ކީއްކުރަން ކަން ޚުދު އޭނާއަށް ވެސް ނޭނގެއެވެ. މަޑު ހިނގުމެއްގައި އޭނާ ގޮސް ސިޓިންގްރޫމުން ބޭރަށް ނިކުމެވެން ހުންނަ ދޮރު ހުޅުވާލިއެވެ.

ފެން އިސްކުރު ދޮށުގައި ރާހުލް މަސްގޮނޑި ދޮންނަން އިންތަން ފެނުމުން އަންޖޫދާގެ ދެލޯ ފެންކަޅިވެގެން ދިއައީ އެ ނިކަމެތި މީހާ އުޅޭ ހާލު ހިތަށް އެރުމުންނެވެ. ރާހުލް ލައިިގެން ހުރި ޓީޝާޓު ދަލުން ފޯވެފައި ވީއިރު އެ މޫނުމަތީގައި އެއްވެސް ތާޒާކަމެއް ނެތެވެ. އެއްވެސް ތަރުތީބެއް ނެތި ހޭވިފައިވާ އިސްތަށިގަނޑުން ބޮޑު ބަައެއް ނިތްކުރިމަތީގައި ތަތްލަވާފައިވިއެވެ. ފެން އިސްކުރު ދޮށަށް އެޅިފައިވާ ހޮޅިބުރީގެ ގަދަ އަލީގައި ރާހުލް ފެންނަމުން ދިޔަ ގޮތުން އަންޖޫދާއަށް އެހެން ދިމާއެއް ބަލާލަންވެސް ނޭނގިފައި ހުރެވުނެވެ.

މަސްގޮނޑި ދޮންނުމަށްފަހު ރާހުލް ތެދުވެ ދެކޮޅު ހޯދާލީ އޭތި ފޮހޭނެ އެއްޗެއް ފެނޭތޯއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ގޭ ދޮރު ކައިރީގައި އެދިމާއަށް ބަލަހައްޓައިގެން ހުރި އަންޖޫދާއެވެ. އަންޖޫދާ މި ގަޑީގައި ބޭރަށް ނިކުމެގެން ކީއްކުރަނީބާވައޭ ރާހުލްގެ ހިތަށް އެރިއެވެ.

ރާހުލް އެ ދިމާ ބަލާލުމާއެކު އަންޖޫދާއަށް ހުރެވުނީ ގަނޑުވެފައެވެ. ހަދާނެ ގޮތެއް ނޭނގިފައި އެތާ ހުރެވުނު އިރު އޭނާގެ އަތްފައި ފިނިވާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ރާހުލްގެ މުށިކުލައިގެ ތޫނު ދެލޯ އޭނާ އާ ދިމާއަށް އަމާޒުވެފައި ވީތަން ފެނި އެ ހިތުގެ ތެޅުން އަވަސްވެގެން ދިއައެވެ. ކުއްލިއަކަށް ރާހުލް ތެދުވުމާއެކު އަންޖޫދާ ދިއައީ ސިހިގެންނެވެ. ރާހުލް އޭނާ އާ ދިމާއަށް އަންނަން ފެށުމުން އޭނާ ނޭވާ ހިފަހައްޓާލައިގެން ހުރީ ރާހުލް ހަދާނެ ގޮތެއް ނޭނގޭތީއެވެ.

ރާހުލް އައިސް އަންޖޫދާ އާ ދާދި ގާތުގައި ހުއްޓުން އިރު އެ ތޫނު ދެލޯ އަންޖޫދާގެ މޫނަށް އަމާޒުވެފައި ހުއްޓެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ހިނދު އަންޖޫދާ އަށް ހިންދިރުވާލެވުނެވެ. ރާހުލް އަންޖޫދާ އާ ދިމާއަށް މަޑުމަޑުން ގުދު ވަމުން ދިޔަހިނދު އޭނާއަށް ބޭއިޚްތިޔާރުގައި ދެލޯ މަރާލެވުނީ ރާހުލްގެ ތުންފަތުގެ ހޫނުކަން އެ ތުންފަތަށް އިހުސާސްވާނޭ ކަމުގެ ފޮނި އުންމީދުގައެވެ. އެތަށް އިރެއް ވީއިރުވެސް އެ އިހުސާސް ނުވުމުން އަންޖޫދާ ދެލޯ ހުޅުވާ ބަލާލިއިރު ރާހުލް ފޮތިގަނޑެއް ހިފައިގެން މަސްގޮނޑިއާ ދިމާއަށް ދަނީއެވެ. އަންޖޫދާ އޭނާގެ ފައިދޮށުގައި ހުރި ފޮށިގަނޑަށް ބަލާލިއެވެ. އޭގައި ހުރީ އާމިނާ ހެދުން ކަނޑާފައި ބާކީވި ފޮތިތަކެވެ. ރާހުލް އެދިއައީ އެތަނުން ފޮތިކޮޅެއް ހިފައިގެން ކަން އެނގުމުން އަންޖޫދާގެ މޫނު ރަތް ވެގެން ދިއައެވެ. ލަދުވެތިކަމާއެކު އެނބުރި ރާހުލް އަށް ބަލާލިއިރު އޭނާ އެ ފޮތިކޮޅުން މަސްގޮނޑި ފޮހެ، ހިއްކަނީއެވެ. އަންޖޫދާ މޫނުގައި އަތް އެޅުމަށްފަހު ކޮޓަރިއާ ދިމާއަށް ދުއްވައިގަތީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ.

އަންޖޫދާ ކޮޓަރިއަށް ވަދެ ދޮރު ޖެހުމަށްފަހު މޭގައި އަތް އަޅާލީ ދޮރުގައި ލެނގިލުމަށްފަހުގައެވެ. އޭރުވެސް އެ ދެ ކޯތާފަތް ރަތް ވެފައި ވީ ވަރުން ހީވަނީ ލޭކޮޅެއް ހެންނެވެ. އަންޖޫދާ އަށް ބޭއިޚްތިޔާރުގައި ޝަހާދަތް އިނގިލީގައި ދަތް އަޅާލެވުނެވެ. އޭނާއަށް މި ކުރެވެން އުޅުނީ ކޮންކަމެއް ހެއްޔެވެ؟ ރާހުލް ފެނުމުން އޭނާގެ އެތެރެ ހަށީގައި މި ހިނގަނީ ކޮންފަދަ އިހުސާސެއް ހެއްޔެވެ؟ ދެންމެ އޭނާއަށް ހެދުނު ގޮތުން ރާހުލް ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އޭނާ ދެން ރާހުލް އާ ކުރިމަތި ލާނީ ކޮން މޫނަކައިގެން ހެއްޔެވެ؟

އަންޖޫދާ ދުވެފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި މޫނުގައި ބާލީސް އަޅައި އެ މޫނު ފޮރުވާލިއެވެ. އެ ހިތުގައި ތަފާތު އިހުސާސްތަކެއް ހިނގަމުން ދިއައިރު އޭނާ ހީވަނީ ލަދުން ގޮސް ވިރިދާނެ ހެންނެވެ. ރާހުލްގެ ކުރިމަތީގައި އެހާ ގަދަވެގެން އުޅުނު އަންޖޫދާއަށް މިޔަދު މިވަނީ ކިހިނެއް ވެފައި ހެއްޔެވެ؟

މަސްގޮނޑި ރީތިކޮށް ހިއްކާލުމަށްފަހު ރާހުލް ފެންވަރާލައިގެން ކޮޓަރިއަށް ދިޔައިރު އެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭނާ މިރޭ އަންޖޫދާއާ ކޮށްލި ސަމާސާއިން އަންޖޫދާއަށް ވީ ގޮތް އަދިވެސް އެ ހިތަށް ސިފަވަނީއެވެ. އެ ދޮން މޫނަށް ޖަންބު ކުލަ އަރައިގެން ދިޔަ ތަން ފެނި އޭނާގެ ހިތަށް އެޔޮށް ވީ ގޮތެކެވެ. އެ ޕަރީއެއް ފަދަ ކުއްޖާގެ ގައިގައި އެ ހުންނަނީ އޭނާގެ ހިތުގެ އެންމެ ފުންމިނަށް ދަންދެން ވެސް އަސަރުކޮށްލެވޭ ފަދަ ބާރެކެވެ. ނަމަވެސް އަންޖޫދާއަށް އެހެން ވާންވީ ކީއްވެކަމެއް އަދިވެސް ރާހުލްގެ ސިކުނޑިއަކަށް ނުވިސްނެއެވެ. އަނެއްކާ އަންޖޫދާ އޭނާ އާ ގަޔާވަނީ ބާވައެވެ؟ މިކަހަލަ ތަފާތު ހިޔާލުތަކެއްގައި އޭނާ އޮތް އިރު ނިދި ވަނީ އޭނާ މާދުރުގައިހެން ހީވެއެވެ. ދެފަރާތަށް ފޮރޮޅި ފުރޮޅި އެހެން އޮވެ އޮވެ ވެސް އޭނާއަށް ނިދޭ ގޮތެއް ނުވިއެވެ.

އަންޖޫދާ ވެސް އުޅުނީ މިފަދަ ހާލެއްގައެވެ. އެތަށް ފަހަރަކު ރާހުލްގެ ހިޔާލުތަކާ ދުރަށް ގޮސް ނިދޭތޯ މަސައްކަތްކުރި އިރުވެސް އެ ދެލޮލަށް ނިންޖެއް ނައެވެ. އެހެން އޮވެ އޮވެ ފޫހިވެގެން އަންޖޫދާ ތެދުވެ މޯޅިއަކަށް ދެމެލިއެވެ. ފޯނު ނަގައި ގަޑި ބަލާލިހިނދު ގަޑިން މެންދަމު އަނބުރާ 2 ޖަހައިފިއެެވެ. އަންޖޫދާ ރުޅި ގަދަވެފައި ފޯނުވެސް ހޫރާލިއެވެ. އެ ހިތުގައި ހިނގަމުންދާ އިހުސާސްތައް ކޮންޓްރޯލް ނުވަނީ ކީއްވެގެން ހެއްޔެވެ؟ އެ ނިކަމެި ބަންގާޅި މީހާ އާ މެދު އެ ފަދަ ނަޒަރަކުން ދެކޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާގެ ހިތް އޭނާއަށް ކިޔަމަން ނުވަނީ ކީއްވެގެން ހެއްޔެވެ؟ އަންޖޫދާ ތެދުވެ އޭނާގެ ހާވާލެވިފައިވާ އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލިއެވެ. އަދި މަޑުމަޑުން ގޮސް ދޮރުހުޅުވާލައި ގެއިން ނިކުތެވެ. އާދައިގެ ހިނގުމެއްގައި އޭނާ ގޮސް ގޯތިތެރޭގައި ހުންނަ ޖޯލިފަތީގައި އިށީނެވެ. އެވަގުތުވެސް އޭނާއަށް ބަލާލެވުނީ ރާހުލް ނިދާ ޖިފުޑިގަނޑެއް ފަދަ ތަނާ ދިމާއަށެވެ. ރާހުލް މިހާރު އޮންނާނީ ނިދާފައި ބާވައޭ އެ ހިތަށް އަރަމުން ދިޔައެވެ.

ރޭގަނޑުގެ އެ ހަމަ ހިމޭން ވަގުތު މުޅި އެ މާހައުލުގައި ހިފާލާފައި ވަނީ އެ ގޯތި ތެރޭގައި ހުރި ޖޭމުގަހުގެ ފަތްތައް ވަޔާ ވިހުރެމުން ދާ އަޑެވެ. ދޭތެރެއަކުން ކާޅެއް ނުވަތަ ކޮވެއްޔެއް ގޮވާލާ އަޑު އިވެމުން ދިޔަ އިރު އެކަމުގެ ސަބަބުން އަންޖޫދާގެ ހިތަށް ބުނެދެން ނޭނގޭ ފަދަ ހިތްހަމަ ޖެހުމެއް ލިބެމުން ދިޔައެވެ. އިރުކޮޅެއް ވަންދެން އެހެން އިނުމަށްފަހު އޭނާ މަޑުމަޑުން ތެދުވީ އެ ގޭގެ ބިއްދޮށް ފަރާތުގައި އާމިނާ އިންދާފައި ހުރި ފިނިފެންމާ ގަހުގައި ފިޔާތޮށި ކުލައިގެ  ފިނިފެންމަލެއް އިންތަން ފެނުމުންނެވެ. އަންޖޫދާ ގޮސް އެ ގަސް ކައިރީގައި ހުއްޓި އެ ދިމާއަށް ގުދުވެލިއެވެ. ލޯތްބާއެކު އެއްކޮށް ނުފޮޅި އިން އެ މަލުގައި އޭނާ ފިރުމާލީ އެ މަލުން ވަސްގަންނަމުންނެވެ. އިރުކޮޅަކުން އެހެން ފިރުމަ ފިރުމާފައި ކުއްލިއަކަށް އޭނާ އެ މާ ބިނދެލީ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ.

ފިނިފެންމަލުގެ ފިޔަަތަކަށް ނަޒަރު ހިންގާލަމުން އަންޖޫދާ އިނގިލީގައި ދަތް އަޅާލިއިރު އެ މޫނަށް ޖަންބު ކުލަ ވެރިވެގެން ދިއައީ މިރޭ ރާހުލް އޭނާ ގާތަށް އައުމުން އޭނާއަށް އުޅެވުނު ގޮތް ހިތަށް އެރުމުންނެވެ.

“ފިނިފެންމަލާ…” އަންޖޫދާ އެ މަލުގެ ފިޔަތަކާ ކުޅެލަމުން މަޑުމަޑުން އެ މަލަށް ގޮވާލިއިރު އެއީ ވާހަަކަ ދެއްކޭ އެއްޗެކޭ ހީވާ ކަހަލައެވެ. “އަޅޭ.. އަހަރެން ރާހުލް ދެކެ ލޯބިވޭތަ؟” އަންޖޫދާ ސުވާލުކޮށްލީ އެ މަލާއެވެ. އިރުކޮޅެއް ވަންދެން އޭނާ އެ މަލާ ދިމާއަށް ބަލަން ހުރިއިރު އޭނާ އެ އިންތިޒާރު ކުރަނީ އެ މަލުގެ ޖަވާބަކަށްހެން ހީވެއެވެ. އަންޖޫދާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު އެ މަލުން ފިޔަ އެއް ވަކި ކޮށްލިއެވެ.

“އައި ލަވް ހިމް..” އެ ފިޔައަށް ފުންކޮށް ބަލާލަމުން އަންޖޫދާ ބުނެލިއެވެ. އަދި އިރުކޮޅަކު އެހެން ހުރުމަށްފަހު އެ ފިޔަ އެއްލާލިއެވެ.

“އައި ލަވް ހިމް ނޮޓް..” އަނެއްކާވެސް އެހެން ފިޔައެއް ނެގުމަށްފަހު އަންޖޫދާ ކިޔާލިއެވެ. އަދި އެފިޔަ ވެސް އެއްލާލިއެވެ. އެ ގޮތަށް ފިނިފެން މަލުގެ އެއް ފިޔަ ފިޔަވައި ހުރިހާ ފިޔައެެއް ވަކިކޮށް ނިމުނު އިރު އަންޖޫދާގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. އެންމެ ފަހު ފިޔަ ނައްޓާލަމުން އޭނާ ތުން ފަތުގައި ދަތް އަޅާލިއެވެ.

“އައި ލަވް ހިމް؟” އޭނާ އެފިޔަ އަށް ބަލާލަމުން ބުނެލި ބަސްތައް އެ ދުލުން ނިކުތީ ސުވާލެއްގެ ސިފައިގައެވެ. އޭނާ އަނގަމަތީގައި އަތް އަޅާލަމުން އެ ފިޔަ ބިންމައްޗަށް ވައްޓާލިއިރު އަނެއްކާ ވެސް އެ މޫނުމަތި ރަތް ވެއްޖެއެވެ.

“އައި ލަވް ހިމް…” ވައި އަޑުން އޭނާ އަނގަމަތީގަައި އަތް އަޅައިގެން ހުރެ އެހެން ބުނެލަމުން ފަހަތަށް އެނބުރެލި ވަގުތު އޭނާ ކޮންމެވެސް މީހެއްގެ ގައިގައި ޖެހުނެވެ. ތެޅިގަނެފައި އޭނާ ދުރަށް ޖެހެލައި އެއީ ކާކުތޯ ބަލާލިއިރު ފެނުނު މަންޒަރަކުން އޭނާއަށް ހުރެވުނީ ގުޑިލަން ވެސް ނޭނގިފައެވެ.

ފަނޑު އަލީގެ ތެރޭގައި ރާހުލްގެ ސޫރަ ފެންނަން ހުރި އިރު އަންޖޫދާއަށް އެ ދިމާ ބަލަހައްޓައިގެން ހުރެވުނެވެ. އޭނާ ދެންމެ އެކަނި ހުރެގެން ދެއްކި ހުރިހާ ވާހަކައެއް އަނެއްކާ ރާހުލްއަށް އަޑު އިވުނީ ބާވައެވެ؟ އޭނާ ރާހުލްގެ މޫނަށް ފުންކޮށް ބަލާލިއެވެ. އެ އަސަރު ގަދަ ދެލޯ އޭނާއަށް އަމާޒުވެފައި ވީއިރު އެމޫނުމަތީގައި ވާ އަސަރު ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ. އަނެއްކާ ރާހުލް އަށް އޭނާ ރާހުލް އާ ގަޔާވާކަން އެނގުމުން އޭނާ ދެކެ ރުޅިއައީ ބާވައެވެ؟ އެ ވަގުތު އަންޖޫދާގެ ހިތަށް އެރި އެއްޗެއްގެ ސަބަބުން އޭނާ ބާރަކަށް ރާހުލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ލިބިނު ސިހުމާއެކު ރާހުލްއަށް ވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. ދެންމެ އަންޖޫދާ ކީ ހުރިހާ އެއްޗެއް އޭނާއަށް އަޑު އިވުނު ނަމަވެސް އެއީ ހަޤީޤަތެއްކަމާ މެދު އޭނާގެ ސިކުނޑި ޝައްކު ކުރަމުން ދިޔައެވެ.

“ރާހުލް.. އައި ލަވް ޔޫ… އައި ލަވް ޔޫ ސޯ މަޗް…” އަންޖޫދާ ކުރިއަށް ވުރެ ބާރަށް ރާހުލްގެ ހަށިގަނޑުގައި ބައްދާލަމުން ބުނެލިއެވެ. އެހާ ހިސާބުން ރާހުލްއަކަށް ވެސް ކެތެއް ނުވިއެވެ. އޭނާގެ ބާރު ގަދަ ދެއަތުން އަންޖޫދާގެ ތުނި ހަށިގަނޑުގައި އޮޅުލައިގަތީ ދުވަހަކުވެސް ދޫ ނުކޮށްލާނަމޭ ބުނާ ފަދައިންނެވެ. އޭނާއަށް އަންޖޫދާ އޭނާ ދެކެ ލޯބި ވާކަން ހިތުގެ އަޑިން ޤަބޫލު ކުރެވުނެވެ.

ދެ މީހުން އެކަކު އަނެކަކުގެ ހަށިގަނޑުގައި އޮޅުލައިގެން ހުރެވުނީ ކިހާ އިރަކު ކަމެއް ވެސް އެމީހުންނަކަށް ނޭނގެއެވެ. އެ ދެމީހުން ވެސް އެ ވަނީ އެކަކު އަނެކެއްގެ ލޯތްބަށް ފެން ބޮވައިގެންފައިވާ ކަހަލައެވެ. ރާހުލްގެ ދެލޮލުން ކަރުނަ ފާއްދާލީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ދުވަހަކުވެސް ލިބޭނެކަމަށް އުންމީދު ނުކުރި ލޯބި އޭނާއަށް ލިބުމުން އެ ހިތަށް ތަފާތު އަސަރުތަކެއް ކުރަމުން ގެންދިއައެވެ. އިރުކޮޅެއް ފަހުން ރާހުލް އަންޖޫދާގެ ގައިން ދޫކޮށްލިއެވެ. ނަމަވެސް އަންޖޫދާ ހަމަ ދޫކޮށްލާކަށް ވެސް ނޫޅުނެވެ. ރާހުލް އަންޖޫދާގެ ކޮނޑުގައި ހިފައި ދުރުކޮށްލަން އުޅުމުންވެސް އޭނާ ގުޑާ ވެސް ނުލައެވެ. ރާހުލްއަށް އޭނާ ލައިގެން ހުރި ޓީޝާޓް ތެމޭ ކަހަަލަ އިހުސާސެއް ވުމުން އޭނާ އަންޖޫދާގެ  ހަށިގަނޑުގައި އަނެއްކާ ވެސް ބައްދާލިއެވެ. އެ ތުނި ހަށިގަނޑުގައި މަޑު ތުރުތުރެއް ވީއިރު އޭނާ އެ ރޮނީކަން ރާހުލްއަށް އެނގުނެވެ. ރާހުލް އަންޖޫދާގެ ބުރަކަށީގައި ލޯތްބާއެކު ފިރުމާލިއެވެ. އެއާއެކު އަންޖޫދާ އިސްއުފުލައި ރާހުލްގެ މޫނަށް ބަލާލިއެވެ. ފަނޑު އަލީގެ ތެރެއިން އެ ދޮން މޫނުގައި މުތީ ތަކެއް ފަދައިން ވިދަމުން ދިޔަ ކަރުނަތަށް ފެނި ރާހުލްގެ ހިތަށް ތަދުވިއެެވެ. އޭނާ މަޑުމަޑުން އެ މަޑު ކޯތާފަތް މައްޗަށް ފާބައިފައިވާ ކަރުނަތައް ފުހެލަދެމުން ރަތް ވެފައިވާ އެ ބޮޑު ދެލޮލަށް ބަލާލިއެވެ.

“ރާހުލް.. ޑޫ ޔޫ ލަވް މީ؟” އަންޖޫދާ އަސަރާއެކު އެހެން އަހާލުމުން ރާހުލް މަޑުމަޑުން ބޯޖަހާލިއެވެ. އަދި ކުރިއަށް ވުރެ ވެސް ބާރަށް އަންޖޫދާގެ ހަށިގަނޑުގައި ދެއަތުން ބައްދާލިއެވެ.

އަންޖޫދާ ހަމައަކަށް އެޅޭ ވަރުވީ އިރުކޮޅެއް ފަހުންނެވެ. އަންޖޫދާ ރާހުލްގެ ގައިން ދޫކޮށްލުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލަމުން އެ ތުންފަތުގައި ދަތް އަޅާލިއެވެ. ރާހުލް އެވަގުތު އޭނާގެ ފޯނު ނަގައި ގަޑި ބަލާލިއެވެ. ހަތަރު ގަޑި ބައިވެ ބޮޑުވެފައިވާތަން ފެނުމުން އޭނާގެ ދެލޯ ބޮޑުވެގެން ދިއައެވެ. އޭރު ފަޒާ ތެރެވެސް ވަނީ ކޮންމެވެސް ވަރަަކަށް އަލިވާން ފަށާފައެވެ. އަންޖޫދާ ކައިރީގައި ހުރުމުން އޭނާއަށް އެވަރުވެސް އިހުސާސް ނުވިއެވެ. ފަތިސް ނަމާދުގެ ބަންގިއާއެކު އެ ގޭގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް ރާހުލް ސިހިގެން ދިޔައެެވެ. އެ ނިކުތީ އާމިނާކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ. ހާސްކަމާއެކު އޭނާ ކައިރީގައި ހުއްޓި ހުރި އަންޖޫދާއާ ދިމާއަށް ބަލާލިއެވެ. އެ މޫނުމަތިން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑު ވުމެވެ. ދެމީހުން ވެސް ބުދެއްހެން ހުއްޓިގެން ހުރިއިރު ބާރު ފިޔަވަޅުތަކެއްގައި އާމިނާ އެދިމާއަށް އަންނަ އަޑު އިވެމުން ދިއައެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރި ރާހުލްގެ އަތުގައި އަންޖޫދާ ހިފާލީ ދެލޯ މަރާލަމުންނެވެ. އާމިނާ އަށް އޭނާ އާ ރާހުލް އާ ދެމެދު މި ފަދަ ގުޅުމެއް އޮތް ކަން އެނގިއްޖެ ނަމަ ރާހުލް މިގެއިން ވެސް ނެރެލާނެކަން އޭނާއަށް އެނގެއެވެ. ރާހުލްގެ ހާލާއި މެދު ކަންބޮޑުވެފައި ހުރެ އޭނާ ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ.

#ނުނިމޭ#

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

މީވީގޮތޭ!

Next

ލޯބިވެރިޔާގެ މާފް 1

Next
September 16, 2016

ލޯބިވެރިޔާގެ މާފް 1

Previews
September 15, 2016

މީވީގޮތޭ!

20 Comments

  1. Jeen says:
    September 16, 2016 at 1:12 pm

    Yayyyy.. finally… i love this…

  2. Mona says:
    September 16, 2016 at 1:13 pm

    yey…me first…

    1. Jeen says:
      September 16, 2016 at 1:19 pm

      Mona second ingey.. miadhu first jeen.. hehehe..

  3. lai says:
    September 16, 2016 at 1:14 pm

    Vv reethi mi part ves next part konirakun?

  4. Jeen says:
    September 16, 2016 at 1:18 pm

    Haadha hiyy thalhuvaalafa ey dhww miothiii nimmaalaafa… liaa avas kohlahchey ingeyy… please.. hama kiyaa hithun.. liyaa ge comment eh ves neh tha miadhu…

  5. ny says:
    September 16, 2016 at 1:24 pm

    Wow……..salhi……..ekamdw vaahakaninmaalandwmiulhenee……??????v v reethi. Aminaa gadha edhelove ?nudhakachey……eyrun kadhavaane……..v v reethi story……

  6. aik says:
    September 16, 2016 at 1:43 pm

    vv reethi..??

  7. Fat says:
    September 16, 2016 at 1:45 pm

    Like it

  8. Depika says:
    September 16, 2016 at 1:47 pm

    Ehaa reecheh nun mi vahaka

  9. Love says:
    September 16, 2016 at 1:49 pm

    Vvvvvvvvv loabii. Hama hyvany fennahen… Just ❤ this story..
    ???????.. Rahul and Anjoodhaa v gulhey..???

  10. Madhy says:
    September 16, 2016 at 2:21 pm

    Woww story is amazing. ???

  11. Appy says:
    September 16, 2016 at 2:22 pm

    Haadha hihthalhuvaalaafaey thi nimmaaly. ..dhn in bai avahah genesdhehchey ..v rythi mibai vx

  12. Sabeeha says:
    September 16, 2016 at 2:28 pm

    v salhi..?

  13. Thaaniya says:
    September 16, 2016 at 3:14 pm

    vaahaka v reethi…???

  14. Liaa says:
    September 16, 2016 at 4:01 pm

    Thankyw all 🙂 Liaa thankolheh balikoh ulheythyve hurihaa kudhinge comments thakah reply nukurevenii … <3 love u all… and next part ves veehaaves avahah up kuraanan

  15. Madhy says:
    September 16, 2016 at 4:12 pm

    Liaa get well soon ❤❤

  16. nicky says:
    September 16, 2016 at 4:27 pm

    yayyyyy……….meeee frrrrssstttt……..heeeeeeeeheeeeeheeeeeeeeee…………..nyc stry

  17. thoo says:
    September 16, 2016 at 8:50 pm

    vaahaka reethi ekamakuves mihaaru esfiya ah vanna hithehvex nuvey madhufaharaku vaahaka eh up vaneeves

  18. Purplish says:
    September 16, 2016 at 10:31 pm

    Esfiya site ga vaahaka liyaa kudhin thikurahvaa hiyyvarah hama fahfashun shukuru verivan
    Aharaku emme episode eh upload kohdheythee

  19. ba says:
    September 20, 2016 at 7:11 pm

    Mi vaahaka hama v reethi <3 love this story thanks liaa for such a lovely story 🙂

Comments are closed.

All Right Reserved!