އެ ކޮޓަރި ތެރެއިން އަފްނާން ފެންނާކަށް ނެތެވެ. މުނިރާގެ ފަހަތުން އެތެރެއަށް ވަތް މަދީހާއަށް ދޮރު ބިއްދޮށް ބަލާލެވުނީ އަފްނާން ފިލާ ހުރެދާނެތީއެވެ. މުނީރާގެ ބަސްތަކާއި އަމަލު ހުރިގޮތުން ޚުދު އޭނާވެސް އެހުރީ ބިރުގެންފައެވެ. ދޮރު ބިއްދަށުގައިވެސް އަފްނާން ނެތުމުން މަދީހާ ކޮޓަރިތެރެއަށް ވަނެވެ. ބިންމަތީގައި ހުރި ކަރުދާސްތަކަށް ނަޒަރު ހިންގާލިއަސް މުޅިންވެސް ފެންނަނީ “އައިމް ސޮރީ” ޖަހާފައިވާ ގަނޑުތަކެވެ.
މަދީހާ ގޮސް އެކޮޓަރީގައި ހުރި ސިންގަލް އެނދު ކައިރިއަށް ހުއްޓިލިއެވެ. “ކޮބާ އަފްނާން؟..” ފުން ނޭވާއެއް ބޭރުކުރަމުން މަދީހާ އަހާލިއެވެ. އެވަގުތު މުނީރާގެ ކަޅި އަމާޒްވީ ބޮކި ދިއްލާފަ ހުރި ފާޚާނާއާ ދިމާއަށެވެ. ފާޚާނާ ދޮރުގައި އަތް ޖައްސާލުމާއި އެކީ އެ ދޮރު ވަރަށް ފަސޭހައިން ހުޅުވުނެވެ. އެތެރެއަށް ބޯ އަރިކޮށްލަމުން މުނީރާ ބަލާލިއެވެ.
ފާޚާނާ ތެރެއަށް މުނީރާ ބަލާލީ އަފްނާން އެތެރޭގައި ހުންނާނެ ކަމަށް ހީކޮށްހުރެއެވެ. ނަމަވެސް ފާޚާނާގައި އަފްނާން ނެތުމުން މުނީރާ ހައިރާންވިއެވެ. ފާޚާނާ ދޮރު ލައްޕާލަމުން މުނީރާ ކޮޓަރިތެރެއަށް އެނބުރުނީ ފާޚާނާ ކައިރީ ހުރި ސްވިޗުން ފާޚާނާގެ ބޮކިވެސް ނިއްވާލަމުންނެވެ. އޭރުވެސް މުނީރާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ރުޅިވެރިކަމެވެ. “ކޮބާ އަފްނާން؟…” އަނގައިން ނުބުނެ އެ ކޮޓަރިން ނުކުތުމަށް މުނީރާ ހިނގައިގަތުމުން މަދީހާއަށް އަހާލެވުނެވެ.
“މަށަކަށް ނޭނގެ އޭނަ ދިޔަ ތަނެއް؟… އޭނަ ދެން މިގެއަށްވެސް ނައިއްޔާ އަހަންނަށް ރަނގަޅީ… އަހަންނަށް އޭނަ ގޮވައިގެނެއް ނޫޅެވޭނެ… އެއީ މަށަށް ޖެހިފަހުރި ބޮޑު މުސީބާތެއް…” ކުދިކިޔަމުން މުނީރާ އެކޮޓަރިން ނުކުތެވެ.
މަދީހާ ހުރީ ހައިރާން ވެފައެވެ. އަފްނާން ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. އަފްނާން ގާތުގައި ރޭގަ ނިދަން ދާށޭ ބުނެ މަދީހާ ނިދަން ކޮޓަރިއަށް ދިޔަ ހަނދާން ވިއެވެ. އޭރު އަފްނާނު އިނީ ބޭރު ސިޓިންގް ރޫމުގައެވެ. އަފްނާނަކީ އެހާ ހެނދުނާ ހޭލައިގެން އުޅޭ ކުއްޖެއް ނޫންކަން މަދީހާއަށް އެނގެއެވެ. އެހެންކަމުން އަފްނާނަށް ވީ ގޮތެއް ބަލަން މަދީހާ ބޭނުން ވިއެވެ. މަދީހާ ލައިގެން ހުރި ހައުސްކޯޓުގެ ޖީބުތެރެއަށް އަތްކޮށްޕާލީ އޭނާގެ ފޯނު ނަގާށެވެ. ފޯނު ނަގާ އަފްނާންގެ ނަންބަރު ހޯދާލުމަށްފަހު އެ ނަންބަރަށް ގުޅާލިއެވެ.
ފޯނު ރިންގް ވޭވޭގޮސް ކެނޑުނު އިރުވެސް އެ ފޯނަށް އަފްނާން ޖަވާބެއް ނުދެއެވެ. މަދީހާ އަނެއްކާވެސް އަފްނާންގެ ނަންބަރަށް ގުޅާލިއެވެ. މިފަހަރުވެސް ވީހަމަ އެހެންނެވެ. މުޅި ކޮޓަރި ތެރޭގައި އުކާލާފައިވާ ސާމާނުތަކަށް ނަޒަރު ހިންގާލަމުން މަދީހާ އެ ކޮޓަރިން ބޭރަށް ނުކުތީ މެންދުރަށް ކައްކާށެވެ.
*** *** *** *** *** ***
އަޒީމް ކައިރީ އިބްޒީމާ އަންނަން ބުނި ތަނަށް އާދެވުމުން އަޒީމްގެ ފޯނު ނަގާ އިބްޒީމާގެ ނަންބަރަށް ގުޅާލިއެވެ. މާ ގިނަ އިރުތަކެއް ނުވެ އިބްޒީމާ ފޯނު ނަގާ އަޒީމް ގާތު އެތާ މަޑުކުރުމަށް އެދުނެވެ. އަޒީމް ސައިކަލު ޕާކްކުރުމަށްފަހު މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ހުރީ އޭނާގެ މަންމަ އަންނަން ދެނެވެ. ކުރިމަތިން ފެންނަން ހުރި އުސް އިމާރާތުގެ މައިދޮރު ހުޅުވާލަމުން އިބްޒީމާއާ ޒިމްނާ ނުކުތުމުން އަޒީމް ހިނިތުން ވެލިއެވެ. މަގު ހުރަސް ކުރުމަށްފަހު އަޒީމް ގާތަށް އައިސް ހުއްޓެމުން ސައިބޯން އެ ހިސާބު ކައިރީ ހުރި ރެސްޓޯރަންޓަކަށް ދާން އިބްޒީމާ އެދުނެވެ. ޖެހިގެން ހުރި މަގުގައި ވަރަށް ރަނގަޅު ރެސްޓޯރަންޓެއް ހުންނާނެ ކަމަށް ބުނެ އަޒީމް ހިނގައިގަތެވެ. އަޒީމްގެ ފަހަތުން އިބްޒީމާއާ ޒިމްނާވެސް ހިނގައިގަތެވެ.
ރެސްޓޯރަންޓަށް ވަދެ އަޒީމް އެތަނަށް ބަލާލިއެވެ. ހެނދުނުގެ ވަގުތެއްކަމުން އެ ރެސްޓޯރަންޓުގައި މާގިނަ މީހުންނެއް ނެތެވެ. ހުސްކޮށް ހުރި މޭޒު ތަކުން ކަނެއްގައި ހުރި މޭޒާ ދިމާއަށް ޒިމްނާ އިޝާރާތްކޮށްލަމުން އެދިމާއަށް ހިނގައިގަތެވެ. ގޮނޑީގައި އިށީންނަމުން ވެއިޓަރަކަށް އަޒީމް ގޮވާލިއެވެ.
ތިން މީހުންނަށް ސައިބޯން އެއްޗިއްސަށް އޯޑަރ ދިނުމަށްފަހު އަޒީމްގެ ފޯނާ ކުޅެން ފެށިއެވެ. “ކޮބާ ކޮންކަލަކި ޖޮބަށް ނުކުންނެއި؟… މަންމާ ބެނި ޒިމީ ޖޮބަކަށް އޭއް ހިނގާ ވާހަކަ…” (ކޮބާ ކޮން އިރަކުތަ ޖޮބަށް ނުކުންނަނީ؟… މަންމަ ބުނި ޒިމީ ޖޮބަކަށް ދާން އުޅޭ ވާހަކަ…) އަޒީމް ވާހަކަ ދައްކަމުން ޒިމްނާއާ ދިމާއަށް ބުމަ އަރުވާލިއެވެ.
“ވަރަށް އަވަހަށް ހަމަޖެހޭހެ… އެއީ އަފިރިން ރަށި ކައުންސިލަރު ހޯދައިދިން ވަޒީފާ… ދީ މަންމާ…” (ވަރަށް އަވަހަށް ހަމަ ޖެހޭނެ.. އެއީ އަހަރެމެން ރަށު ކައުންސިލަރު ހޯދައިދިން ވަޒީފާއެއް… ދޯ މަންމާ…) ޒިމްނާވެސް އޭނާގެ އަތުގައި އޮތް ފޯނުގެ ސްކްރީން ހުޅުވާލަމުން ވާހަކަ ދެއްކިއެވެ.
“އަޒީމް… މަންމާ ވަރަށް ބޮޑޮވާހަކާ ދައްކާ ވެފެއި ތެބޮށް… މަންޝާއޭ ކޮންކަހަލެއި ކޫދަށް؟… އެއަކީ އެކަލޯއެއި އެކަށީގެންވެއި ކަހަލެއި ކޫދަށް ނޫން… އެއަވުރެ އަހްލާގުގެ ފެންވަރޮ ދަށްވެފެއި ޒާށްގަނޑޮބޮޑޮ އަންހެނަށް އޭ… އެޔަ މާއި ވާހަކަދެއްކި އަޑޮއިވެނެ އެއްތެއްނާ އަޒީމަށް އެނގޭހެއް… އެއަ ނިގަނި ލަދަކަސް…ދެން އެކަމަކި ކިއަން ކެރާނެއި… އަޒީމަށް ކަމިގެއި ކޮއްޔާވިއްޔާ… ތެކަމާއި މަންމާ ގަބޫލުނިވެ ކެހެނަކަށް ހަދާނޭއި… މަންމާ ދެއްކި ނައުރީނާއި ކައިވެނި ކެރި އެއްތެއްނާސް މާ ރަނގަޅަވީސް… މީހަކާއި އިނުމުގެ ކުރިން އެމީހަކީ ތިމާގެ މައިންބަފައިންނަށް ކިހެއި ހެއު މީހަކާތޯ ބަލާށްވޭހެ… ފިރިހެން ކޫދަކަށް ވީމެއި ތިމާގެ މައިންބަފައިންގެ ކަންތައްތައް ކޮށްދޭއް ހިންނަނެއި ތިމާގެ އަނބިމީހާކަން އަޒީމަށް ނިއެނގެނެމެއި މަންމާ ވަރަށް ދެރަވެއި… އަދު މަންމާ މިހިށީ މުސްކުޅިވެފެއި… އަލިތައްކާނު ދުނިޔެ ހިށި އެއްތެއްނާ…” (އަޒީމް… މަންމަ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބަ އޮތް… މަންޝާ އެއީ ކޮންކަހަލަ ކުއްޖެއްތަ؟.. އޭނަ އަކީ ދަރިފުޅާ އެކަށީގެންވާ ކަހަލަ ކުއްޖެއް ނޫން… އެއަށް ވުރެ އަޚްލާޤީ ފެންވަރު ދަށްވެފަ ޒާތްގަނޑު ބޮޑު އަންހެނެއް އެއީ… އަހަރެންނާ އޭނަ ވާހަކަ ދެއްކި އަޑު އިވުނު ނަމަ އަޒީމަށް އިނގޭނީ… އޭނަ ނުގަނޭ ލަދެއްވެސް… ދެން އެކަމަކު ކީއްކުރާނީ…. އަޒީމަށް ކަމުދިޔަ ކުއްޖާ ވިއްޔަ… ތިކަމާ މަންމަ ގަބޫލު ނުވެ ވަކި ކިހިނެއް ހަދާނީ.. މަންމަ ދެއްކި ނައުރީނާ ކައިވެނި ކުރިނަމަ ކިހާ ރަނގަޅުވީސް… މީހަކާ އިނުމުގެ ކުރިން އެމީހަކީ ތިމާގެ މައިންބަފައިންނަށް ކިހާ ހެޔޮ މީހެއްތޯ ބަލަންވާނެ.. ފިރިހެން ކުއްޖަކަށް ވީމަ ތިމާގެ މައިންބަފައިންގެ ކަންތައްތައް ކޮށްދޭން ހުންނާނީ ތިމާގެ އަނބިމީހާކަން އަޒީމަށް ނޭނގުނީމަ މަންމަ ވަރަށް ދެރަވޭ… މިއަދު މަންމަ މިހުރީ މުސްކުޅިވެފަ… އަލިތައްކާނު ދުނިޔޭގައި ހުރިނަމަ…)
އިބްޒީމާގެ ޝަކުވާތައް އެއް ފައްޗަކަށް ބަންޑުން ކޮށްލިއިރު ޒިމްނާ އިނީ ފާޑަކަށް ބޮލުގަ ރިއްސާފައެވެ. “ދެން މަންމާ ތެހެއި ޑްރާމާ ނިވެފެލަ… މަންމާ ބަލާ މަމިހިށީނު… އައްދާއި…” (ދެން މަންމާ… ތިހާ ޑްރާމާ ނުވެބަލަ… މަންމަ ބަލަން އަހަރެން މިހުރީނު… އައްދޯއި…)
ޒިމްނާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ މޭޒު ދަށުން ޒިމްނާގެ ފަލަ މަސްގަނޑުގައި އިބްޒީމާ ވިކައިގަތުމުންނެވެ. ތުންގަނޑު ވިކާލަމުން އިބްޒީމާއާ ދިމާއަށް ޒިމްނާ ލޯ އަޅާލިއެވެ. އަޒީމަށް މި މަންޒަރު ފެނުނު ނަމަވެސް މަންމައާ އިދިކޮޅަށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ.
“ޒިމްނާ އަބަދަކި ނިހިންނެހެއްނު… ޒިމްނާސް ކޮންމެސް ދުވަހަކި މީހަކާއި އިންނަހެ… ދެން އެއާއިލާގެ މަސްއޫލިއްޔަތާ ހެދި މަންމާއި އަޅާނިލީފެއި އޮންނަނެއި… މަންމާގެ މި އެކަނިވެރި ދިރިއުޅުމާއި ދޭތެރޭ އަޒީމް ނިވިސްނާހެދިދީ މިއޮއްހެއި ދުވަހި މަންމާ ނިގުޅީއަސް… ގާމުން އެ މަންޝާއަސް އަޒީމްއެއި އެކެހި ނިބެނެއި މަންމާ ގުޅާ ކެނައު…” (ޒިމްނާ އަބަދަކު ނުހުންނާނެއްނު… ޒިމްނާވެސް ކޮންމެވެސް ދުވަހަކުން މީހަކާ އިންނާނެ.. ދެން އެ އާއިލާގެ މަސްއޫލިއްޔަތާ ހެދި މަންމައަށް އަޅާ ނުލެވިފަ އޮންނާނީ… މަންމަގެ މި އެކަނިވެރި ދިރިއުޅުމާ ދޭތެރޭ އަޒީމް ވިސްނާ ނުލާތީ ދޯ މިވީ ހުރިހާ ދުވަހު މަންމައަށް ގުޅާ ނުލީވެސް… ގައިމު އެ މަންޝާވެސް އަޒީމް ކައިރީ ނުބުނޭތަ މަންމައަށް ގުޅާލާ ށޭ…)
ދެންވެސް އިބްޒީމާ މަސައްކަތް ކުރީ މަންޝާގެ ކުށެއް ދެއްކޭތޯއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް އަޒީމް ސަމާލުކަމެއް ނުދެއެވެ.އެމީހުން ދިން އޯޑަރަށް ކާ އެއްޗިހި ވެއިޓަރު ގެނެސް ދިނުމުން އެންމެން ހެނދުނުގެ ސައި އިންސާފް ކުރަން ފެއްޓިއެވެ. “އެކަލޯ ބޮނީ ހަމައެކަނި ކޮފީއަކީ؟… ކިއަންވީ ކާއެއްތައް ނިގިނައި…” (ދަރިފުޅު ބޮނީ ހަމައެކަނި ކޮފީއެއްތަ؟ ކީއްވެ ކާ އެއްޗެއް ނުގެނައީ…) ރޮއްޓާ މަސްހުއްޏާ ޖައްސައިގެން ކަމުން އިބްޒީމާ ސުވާލުކުރީ އަޒީމް ކާއެއްޗެއް ނުގެންނާތީއެވެ.
“މަމި ހިށީ ސައި ބޯގެން.. ބަނޑުހާ ނިވެއި… މަންމާމެން ރަނގަޅާ ސައިބޯގެން…” (އަހަރެން ސައި ބޮއެގެން މިހުރީ… ބަނޑުހައެއް ނުވޭ… މަންމަމެން ރަނގަޅަށް ސައިބޯލާ…) ކޮފީތަށިން އެތިފޮދެއް އަޒީމް ބޯލިއެވެ.
ސައި ބޮއެގެން އަޒީމް މިސްރާބުޖެހީ މަންމަމެން ގެއަށް ގެންގޮސްދިނުމަށެވެ. އެގެއާ ހަމައަށް ދެވުމުން އަޒީމް ހިނގައިގަތީ އޭނާގެ ސައިކަލާ ދިމާއަށެވެ. “އެކަލޯ މަޑޮކޮށްފެލަ… މަންމާ ތެބޭން އެއްތަށް ހިފަގެން… ނިގޮސް މަޑޮކޮށްލެއި…ވާ…” (ދަރިފުޅާ.. މަޑުކޮށްލަބަލަ.. މަންމަ އެބަ އަންނަން އެއްޗެއް ހިފައިގެން… ނުގޮސް މަޑުކުރައްޗޭ… އިނގޭ…)
އިބްޒީމާގެ އެދުމަށް އަޒީމް ސައިކަލު ކައިރީ މަޑުކޮށްލިއެވެ. އަޒީމާ އެކީ އެކަހެރިކޮށް ވާހަކަ ދައްކާލަން ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ޒިމްނާ ހިފަން ބޭނުންވިއެވެ. އެހެންކަމުން އިބްޒީމާ ގެއަށް ވަތް އިރުވެސް ޒިމްނާ އަޒީމް ކައިރީ މަޑުކުރިއެވެ.
“ބޭބޭ… މަންމާ އެ ދައްކާވާހަކަ ގަބޫލު ނިކެރިފެހޭ ރަނގަޅަ ވޭނެއި… ރެއި މަންމާ ކެރިކަމަށް ކެއިދެން…” (ބޭބޭ… މަންމަ އެ ދައްކާ ވާހަކަ ގަބޫލު ނުކުރިއްޔާ ރަނގަޅު ވާނީ.. ރޭގަ މަންމަ ކުރި ކަމެއް ކިޔައިދެންތަ؟…) ޒިމްނާ ވަރަށް ހުޝިޔާރެވެ. އިބްޒީމާ ނެތް ދަނޑިވަޅެއްގަ ނޫނީ އެފަދަ ވާހަކައެއް ދެއްކުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ޒިމްނާއަށް އެނގެއެވެ. އެހެންކަމުން މަންޝާއާ އިބްޒީމާއާ ބަހުސް ކުރަން މެދުވެރިވި ސަބަބު އަލިފުން ޔާއަށް އަޒީމަށް އޭނާ ކިޔައިދިނެވެ. އެކަމުގައި މަންޝާގެ ކުށެއް ނެތްކަން އޭނަ ސާބިތުކޮށްދޭން ބޭނުންވިއެވެ.
“މަންމާ އެކަހަލެއި ކަމަށް ނިކެރާހެ…” (މަންމަ އެކަހަލަ ކަމެއް ނުކުރާނެ…) ޒިމްނާ ދެއްކި ވާހަކަތައް އަޒީމް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.
“ގޭ ހިންނަ ފަންޑިތަ ހަދާ ފޮއްތައް މަންމާ ހާވާތަން މަށް ފެނެއި… އެ އަލަމާރި ހިންނެއި ތަޅުލާފެއި… އަފިރިންނަށް އަށްލާށަސް މަނާވޭހެ… ދޭތެރެއަކުން ބޮޑުބޭބޭމެން އާއްސެއި އެކަހަލައި ވާހަކަ ދައްކާ އަޑޮއަހަން… މަށް ޔަގީން މަންމާ އެރެއި ބޮނޑިބަށް އެއްތާ ކޮންމެސް އެއްތައް އެޑިކަން… އެހެންނޫން އެއްތެއްނާ މަ ކާށް ހިނގިމެއި ހިފެހެއްޓީ ކިއަންވީ؟.. ދުވަހަކިއަސް ކާގެން ފަލަވެފޭށިއައު މަންމާ ނިބެނާހެއް… ދެން އެހެން ބެނިމެއިއައި އެކީ މަންމާގޮސް އެ ބޮނޑިބަށް އެއްތާ އެޑަލީ ޑަސްބިނަ…”(ގޭގައި އެހުންނަ ފަންޑިތަ ހަދާ ފޮތްތައް މަންމަ ހާވާ ތަން އަހަރެން ދެކެން.. އެ އަލަމާރި ހުންނާނީ ތަޅުލާފަ.. އަހަރެމެންނަށް އަތްލަންވެސް މަނާވާނެ… ދޭތެރެ ދޭތެރެއިން ބޮޑު ބޭބެމެންވެސް އައިސް އެކަހަލަ ވާހަކަތައް ދައްކާ އަޑުއަހަން… އަހަންނަށް ޔަގީން މަންމަ އެރޭ ބޮނޑިބަތް އެއްޗަށް ކޮންމެސް އެއްޗެއް އެޅިކަން.. އެހެންނޫނީ އަހަރެން ކާން އުޅުނީމަ ހިފެހެއްޓީ ކީއްވެ؟… ދުވަހަކުވެސް ކައިގެން ފަލަވެދާނޭ މަންމަ ނުބުނާނެ… ދެން އެހެން ބުނުމާ އެކީ މަންމަ ގޮސް އެ ބޮނޑިބަތް އެތި އަޅާލީ ޑަސްބިނަށް…) ފޯރީގައި ޒިމްނާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ އިބްޒީމާ ގެއަށް ވަތް ދޮރާށިން އަނބުރާ ނުކުތުމުންނެވެ. އޭރު އިބްޒީމާގެ އަތުގައި ބޮޑު ކޮތަޅެއް އޮތެވެ.
” އަން. މި ޕާރުސަލް ހިފަގެންގޮސް އަފިރިން ރަށި ޟިރާރުއައި ހަވާލުކެރަ… މީހަކާ ދިން ހަދިޔައު އޭ… ދެން މިއޮތީ އެކަލޯއަށް މަންމާ ގިނާ ހަދިޔާ…” (އަން މި ޕާރުސަލް ގެންގޮސް އަހަރެމެން ރަށު ޟިރާރާ ހަވާލުކުރޭ… މީހަކު ދިން ހަދިޔާއެއް އެއީ… ދެން މި އޮތީ ދަރިފުޅަށް މަންމަ ގެނެސްދިން ހަދިޔާ…) އަޒީމް އަތަށް އިތުރު ކުޑަ ކޮތަޅެއް ދިއްކޮށްލަމުން އިބްޒީމާ ވާހަކަ ނިންމާލިއެވެ. އަޒީމަށޭ ކިޔާފަ ދިން ކޮތަޅަށް އަޒީމް ރަނގަޅަށް ބަލާލިއެވެ. އެއީ އަޒީމަށް އެންމެ ކަމުދާ އައްޑޫ ބޮނޑިއެވެ.
“މަންމާއި ހެދީ…” (މަންމަތަ ހެދީ…) މަންމަ ހަދާ ބޮނޑި ކާ ހިތުން އަޒީމް ހުރީ ކުޅު ދިޔާވެފައެވެ. އަނގައިގެ ކޮލުދަތްތައް ފެންނަ ވަރަށް ހިނިތުން ވެލަމުން އިބްޒީމާ އާއެކޭ ބުނެލިއެވެ.
“ދެން އެބޭނީވާ… ގެއް ގޮއްސެއި މި ކާނެއި…” (ދެން ދަނީ އިނގޭ… ގެއަށް ގޮސް މިކާނީ…) ސައިކަލު ގެ މުށްގަނޑުގައި އެ ކޮތަޅު އަޅުވާލުމަށްފަހު ސައިކަލަށް ތަޅުދަނޑި ޖަހަމުން އަޒީމް ވާހަކަ ދެއްކިއެވެ. އަދި ޒޯނުން ސައިކަލު ނެރެ ސްޓާޓް ކޮށްލަމުން ޒިމްނާއާ ދިމާއަށް ބަލާލިއެވެ. އޭރު އިބްޒީމާ ގޭތެރެއަށް ވަދެއްޖެއެވެ. ޒިމްނާ ހުރީ އަޒީމް އޭނައާ ދިމާއަށް ބަލާނެ ވަގުތަކަށް ބަލަބަލައެވެ. ދެއަތަށް ބޯހޫރަމުން އޭނާ ދެއަތުން އިޝާރާތެއް ކުރަމުން ތުންފަތް ހަރަކާތް ކުރިއެވެ. ހަރަކާތް ހުރިގޮތުން ޒިމްނާ އެބުނި އެއްޗެއް އަޒީމަށް ނަގައިގަނެވުނެވެ.
“އެ ބޮނޑި ނުކާތި…”
އަޒީމަށް އޭނާގެ ކޮއްކޮ އެ އުޅޭ ގޮތުން ޖެހިލުންވާ ގޮތް ވިއެވެ. ޒިމްނާ އެހެން އެބުނީ ކީއްވެ ހެއްޔެވެ. އަނެއްކާ މަންމަ އެ ބޮނޑިއަށް ފަންޑިތައެއް ހެދީ ބާވައޭ އަޒީމްގެ ސިކުނޑީގެ ކަނަކުން ގޮވާލިއެވެ. ސައިކަލު ސްޓާޓް ކޮށްލަމުން އަޒީމް މިސްރާބު ޖެހީ ނަވާފްމެން ގެއާ ދިމާއަށެވެ.
*** *** *** *** *** ***
އަބަދު ގޭތެރޭގައި ހުންނަން ޖެހުމުން ޒިބާން ހުރީ އިންތިހާއަށް ފޫހިވެފައެވެ. ގޭތެރޭގައި ސަކޭރާ ބަހައްޓާފައި ހުރި ސާމާނުތައް ހާވަމުން އޭނާ ދިޔައީ އެއްޗެއް ފެނޭތޯއެވެ. ޒިބާންގެ އިންތިޒާރުގެ ވަގުތަށް ނިމުމެއް އަންނަން ގާތްވަނީކަން އޭނާއަށް އެނގުނެވެ. ބިއްލޫރި ފުޅިއެއްގައި ހުރި ފެން ޒާތުގެ އެއްޗެއް ނެގުމަށްފަހު އޭނާ ބިއްލޫރި މޭޒާ ގާތްވެލިއެވެ. އެއީ ސަކޭރާ ބޭސްހަދާ މޭޒެވެ. ޒިބާން އަތުގައި ހުރި ސާމަނުތަކުން އެއްޗެއް ތައްޔާރުކުރަމުން ދިޔައީ ވަރަށް ބަލައިގެން މަޑުމަޑުންނެވެ. އެވަގުތު އެގޭތެރެއަށް ވަދެގެން އައި ތަޒްކިޔާ ފެނުމުން ޒިބާންގެ ދެބުމަ ގޮށް ޖަހާލިއެވެ.
“ކޮންތައް ތެ ހަދަނީ؟…” (ކޯއްޗެއްތަ ތި ހަދަނީ؟…) ޒިބާން ކުރަން ހުރި މަސައްކަތް ހުއްޓާލަމުން ތަޒްކިޔާއާ ދިމާއަށް ބަލާލިއެވެ. ތަޒްކިޔާއާ ދިމާއަށް އޭނާ ފުން ނަޒަރަކުން ބަލާލީ އޭނާގެ ފަރާތުން ކަމެއް ފާހަގަވާކަން ޒިބާނަށް އެނގުނެވެ. ޒިބާން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ތަޒްކިޔާއަށް އެކަމުން އިހްސާސްވި ހިތްހަމަޖެހުން ދެނެގަންނަށް ޒިބާނަށް އެނގުނެވެ. ތަޒްކިޔާގެ ހިތުގައި ޒިބާނަށް ހާއްސަ މަގާމެއް ދެވިފައިވާކަންވެސް އޭނާއަށް އެނގުނެވެ.
“ކެހެނަކަށްވީ؟… ތަޒްކީއަށް އެހީވޭކަށް ނިއެނގޭހެ… އެއަށްވުރެ ތަޒްކީ މާ ފިނޑި…” (ކިހިނެއްވީ؟… ތަޒްކީއަށް އެހީއެއްވާކަށް ނޭނގޭނެ… އެއަށްވުރެ ތަޒްކީ މާފިނޑި…) ޒިބާން ބޭނުންވީ ގަސްތުގައި ތަޒްކިޔާ ދެރަކޮށްލާށެވެ. ތަޒްކިޔާގެ ހިތުގައި ޖައްސާލާށެވެ.
މޭޒުމަތީގައި އޮތް ރިހިފަށް ނަގަމުން ތަޒްކިޔާ އެ ފަށަށް ބަލާލީއެވެ. އެއީ ވަރަށް ރީތި ގެތުމަކުން ގަތާފައިވާ ފަށެކެވެ. “ވާއު… ވަރަށް ރިވެތި.. މީ ކޮންފަށަށް؟…” (ވާއު… ވަރަށް ރީތި މީ ކޮން ފަށެއް؟…) ޒިބާންދެކެ ރުޅިއައިސްފައި ހުންނަން ބޭނުން ނުވާތީ ތަޒްކިޔާ އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. ޒިބާން ހުރީ އޭނަ ދެކެރުޅި އައިސްފަކަން ތަޒްކިޔާއަށް އިނގޭތީ އޭނާ ބޭނުންވީ ޒިބާންއާ ވާހަކަ ދައްކައިގެން އޭނާގެ ރުހުން ހޯދާށެވެ.
ޒިބާން ކުރަން ހުރި މަސައްކަތް އޭރު ނިމެނީއެވެ. ބިއްލޫރިން ހަދާފައިވާ ފަތި ބޯޅައެއް ކަހަލަ ފުޅިއެކެވެ. އޭގެ ތެރެއަށް ޒިބާންގެ އަތުގައިވާ ފުޅީގައި ހުރި ފެން އަޅާލިއެވެ. އެވަގުތު ތަޒްކިޔާއަށް އެ ބޯޅައެއްކަހަލަ އެތީގެ އެތެރެއަށް ބަލާލެވުނެވެ. ފެންއަޅާ ނިމުމުން ޒިބާން އޭގެ ތުން ބައްދާލަން ރިހި ކުލައިގެ މައްޗެއް ހަރުކޮށްލިއެވެ. އަދި އެ މަތިގަނޑުގެ ކޮޅުގައި ބޮޅެއް ހަރުކޮށްލީ އޭނާގެ ލޮލުން ފޮނުވާލި އަލިފާން ކަންޏަކުންނެވެ. ކައިރީގައި ހުރި ފެން އެއްޗަށް އެ ބޯޅަ ލިއެވެ. މިހާރު އެ ވައްތަރީ ފަށެއްގެ ފުލަކާއެވެ.
މަންޒަރު ބަލަން އިން ތަޒްކިޔާއަށް އެ ފޫ ވަރަށް ކަމުދިޔައެވެ. “މަށް މިއާ ދޭއްވީނު… ޕްލީސް… މިއާ ވަރަށް ލޯބި…” (އަހަންނަށް މީތި ދޭންވީނު… ޕްލީސް.. މީތި ވަރަށް ލޯބި…)
“ނުނޭ… ތޭ ތަޒްކީއަކަށް ނޫން.. ތޭ މަގޭ މަންޝާއަށް… މި މަލަކީ މާއި މަންޝާގެ ލޯބީގެ ނީޝާން… އެ ފެންގަނޑިއެތެރެ މައުވަށައި އެފެނޭ ކުދު ވިދުންތައް ނިސްބަށްކޮށްދެނީ އަލިފާން ކޮކާ… މީ މަ އެއަށް ހާއްސަކޮށް ދޭއް ހެއްދި އެއްތައް… މަގޭ ހަނދާނަކަށް… ރިވެތިދީ…” (ނޫނޭ… ތީ ތަޒްކީއަކަށް ނޫން.. ތީ މަގޭ މަންޝާއަށް… މި މަލަކީ އަހަރެންނާ މަންޝާގެ ލޯބީގެ ނިޝާން…. އެ ފެންގަނޑު ތެރޭގައި މާ ވަށައިގެން އެފެންނަ ކުދި ވިދުންތައް ނިސްބަތް ކޮށްދެނީ އަލިފާން ކޮކާ…. މީ އަހަރެން އޭނާއަށް ހާއްސަކޮށް ދޭން ހެދި އެއްޗެއް… އަހަރެންގެ ހަނދާނެއްގެ ގޮތުގަ… ރީތިދޯ…) ޒިބާން އެ ފަށު ފުލުގައިވާ ހުރިހާ އެއްޗެއް ކިޔައިދެމުން ތަޒްކިޔާގެ މޫނަށް ބަލާލިއެވެ. ޒިބާން ބޭނުންވީ ތަޒްކިޔާ ހަސަދަވާ ވަރެއް ބަލާށެވެ. އެ ބިއްލޫރި ފުލުގެ ތެރޭގައި ވާ ފެންތަކު ތެރޭގައި ވަނީ ރަތްކުލައިގެ ބެރެބެދި މަލެކެވެ. އެއްރުފިޔާގެ ފޮއްޗެއްގެ މިނަށް އޮތް ރަތްމާ ވަށައިގެ ހުދު އަދި ރަންކުލައިގެ ވިދުންތަކެއް ފާޅުވެއެވެ. ޒިބާން ބުނި ފަދައިން އެ ރަމްޒުކޮށްދެނީ އަލިފާން ކޮކާތަކެވެ.
“އަސްލަސް ވަރަށް ރިވެތި… މަންޝާ އިޒް ސޯ ލަކީ…” (އަސްލުވެސް ވަރަށް ރީތި… މަންޝާ އިޒް ސޯ ލަކީ…) ތަޒްކިޔާގެ މޫނުމަތީގައިވާ ހިނިތުންވުން މިލާ މޯޅިވިއެވެ. އެއީ މަންޝާއަށް ދޭން ހަދާ އެއްޗެއްކަން އެނގުމުން އޭނާ ފޫހި ވިއެވެ. ތަޒްކިޔާ ދެކޭ ގޮތުގައި މަންޝާއަކީ ޒިބާނަށް އެންމެ އެކަށީގެންވާ ކުއްޖާއެއްނޫނެވެ. ނަމަވެސް އެއީ ޒިބާންގެ އަމިއްލަ ނިންމުމެކެވެ. އެކަމަށް ފާޑު ކިޔަން ތަޒްކިޔާއަކީ ވަކި ކާކު ހެއްޔެވެ.
ހިޔާލަކަށް ގެއްލިފައި ހުއްޓާ ތަޒްކިޔާގެ އަތުގައި އޮތް ރިހިފަށް ޒިބާން އަތުލިއެވެ. އަދި އެފަށަށް ޒިބާން ހެދި ފޫ މަހާލިއެވެ. އެއް އަތުން އެ ފަށް ހިއްލާލަމުން އަނެއް އަތުން ފުލުގައި ހިފާ އަނބުރާލިއެވެ. އެ ފުލުގައިވާ ފެނުގެ ތެރޭ ވިދާ ކުނޑިތައް އެ ބެރެބެދިމާ ވަށާ އެނބުރެން ފެށިއެވެ.
*** *** *** *** *** ***
ސްކޫލު ދަށަށް ދާން މަދީހާ ނުކުތީ މެންދުރަށް ކެއްކުމަށްފަހު ފެންވަރައިގެންނެވެ. ސިޓިންގް ރޫމް ސޯފާގައި ދުފާލަ ދުފާލަ އިން މުނީރާއަށް ބަލާލަމުން މަދީހާ ވާހަކަ ދެއްކިއެވެ. “އެސޮރުމެން މިއަދު ނިމެނީ އެގާރަގަޑި ބައިގަ ދޯ…” މުނީރާ ޖަވާބެއް ނުދެއެވެ. ހީވަނީ ކަމަކަށް ގެއްލިފައި އިން ހެނެވެ. އެހެންކަމުން މަދީހާ މުނީރާއަށް ދެބުރަކަށް ގޮވާލިއެވެ.
ސިހިފައި މުނީރާ ބަލާލީ އޭނާއަށް މަދީހާ ގޮވާތީއެވެ. “ކީކޭ؟.. މަށަށް ގޮވިންތަ؟…”
“މިއަދު އަމާންމެން ނިމެނީ އެގާރަގަޑި ބައިގަދޯ… އަހަރެން މިދަނީ އެކުދިން ބަލާ އިނގޭ…” ފައިވާނަށް އަރަމުން މަދީހާ އަޅައިގެން ހުރި ބުރުގާ ރީތިކޮށްލަމުން މުނީރާއާ ވާހަކަ ދެއްކިއެވެ. އާއެކޭ ބުނަމުން މުނީރާ ބޯ ޖަހާލިއެވެ. ގެއިން ބޭރަށް ނުކުމެ މަދީހާ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އެގާރަގަޑި ބައިވާން ފަނަރަވަރަކަށް މިނިޓް ހުރުމުން މަޑު ހިނގުމެއްގައި ސްކޫލު ދޮށަށް ދެވޭނެކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އަނެއްކާވެސް މަދީހާ ގުޅާލީ އަފްނާންގެ ނަންބަރަށެވެ.
މިފަހަރު އަފްނާން ފޯނު ނެގިއެވެ. “ހަލޯ… އަފޫ ކޮންތާކު ތިއުޅެނީ… ގެއިން ބޭރުގަ އުޅޭތާ ކޮންއިރެއް؟… ދައްތަ ކައިރީ ނުބުނެ ކީއްވެ ބޭރަށް ދިޔައީ؟.. މަންމަ އައިސްފި… ކޮންއިރަކުން ގެއަށް އަންނަނީ؟…” އަފްނާން ފޯނު ނެގުމާއެކީ މަދީހާ ވާހަކަ ދައްކަން ފެށިއެވެ. އެކޮޅުން ވާހަކަ ނުދައްކަނީސް އެތައް ސުވާލެއް މަދީހާ ކުރަން ފެށިއެވެ.
ސޯފާގައި އިން މުނީރާ ވިސްނަމުން ދިޔައީ އަފްނާން ދާނެ ވަކި ތަނެއް ނޭނގޭތީއެވެ. އެ ފޮޓޯތައް ފެނުނު ވަގުތު މުނީރާ ހުރީ އިންތިހާއަށް ރުޅިއައިސްފައިކަމުން އެތައް އެއްޗެއް ކިއިއްޖެއެވެ. އަފްނާން ގެއަށް އަންނާނެ ވަގުތަކަށް މުނީރާ ބަލަބަލާ އެހެން އިންނަތާ ކޮން އިރެއް ހެއްޔެވެ. ސޯފާއިން ތެދުވެ މުނިރާ މިސްރާބު ޖެހީ އަފްނާނުގެ ކޮޓަރިއާ ދިމާއަށެވެ.
އެ ކޮޓަރިއަށް ވަތް އިރު އަދިވެސް އެކޮޓަރި އޮތީ އެހެންނެވެ. ބިންމައްޗަށް އުކާލާފައިވާ ގަނޑުތަކަށް ބަލަމުން މުނިރާ އެތެރެއަށް ވަނެވެ. އަފްނާން ނިދާ އެނދުގައި އިށީނުމަށްފަހު އެނދުމަތީގައި ފިރުމާލިއެވެ. މުނީރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދެލޯ ފަދައިން ބަލާ ބޮޑުކުރި ދަރިފުޅު ނުބައި މަގަށް އެޅިގެން ދިޔައިރުވެސް އެއިންކަމެއް މުނީރާއަށް ފާހަގަ ނުވީތީ އޭނާ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އެކަމަކީ ހަމައެކަނި އަފްނާނުގެ ކުށެއް ނޫންކަން އޭނާއަށް އެނގެއެވެ. އެކަމުގައި ހަސަނުގެ ބޮޑުއަތެއް ވާކަން އޭނާ ގަބޫލުކުރެއެވެ.
އެނދުމަތިން މުނީރާ ތެދުވަމުން ބިންމައްޗަށް އުކާލާފައިވާ އަފްނާނުގެ ހެދުންތައް ނެގިއެވެ. އަފްނާނުގެ ހެދުންތަކުން ވަސްބަލާލުމުން އެއީ ދޮވެފަ ހުރި ހެދުންތައްކަން އެނގޭތީ އެހެދުންތައް ފަތްޖަހާލިއެވެ. އެ ކޮޓަރީގައި ހުރި ދެ ދޮރުފަތްލީ އަލަމާރި ހުޅުވާލީ އެ ހެދުންތައް އޭގައި ބަހައްޓާށެވެ.
ގޭގެ މައި ދޮރު ހުޅުވާލަމުން އެތެރެއަށް ވަދެ ކުދިން ގާތު އެއްޗެހި ބަދަލުކޮށްގެން ކާން އައުމަށް މަދީހާ އެދުނެވެ. އެއަށްފަހު ބަދިގެ ފަރާތަށް ގޮސް ދެކުދިންނަށް ކާން ހެދިއެވެ. އަމާނާ އީމާން ކޮޓަރިން ނުކުތީ ހެދުން ބަދަލުކޮށްގެންނެވެ. ގޭގައި ލާ ޝޯޓަކާ ޓީޝާޓެއް ލައިގެންނެވެ. ދެ ކުދިން ކާން ފެށުމުން މަދީހާ އަވަސްވެގަތީ މުނީރާއާ ވާހަކަ ދައްކާށެވެ. މުނީރާގެ ކޮޓަރިއަށް ވަތް އިރު އޭނާ ފެންނަން ނެތުމުން މަދީހާ ދެން ގޮސް ވަނީ އަފްނާނުގެ ކޮޓަރިއަށެވެ.
ކުރިން ކޮޓަރިތެރޭ އުކާލާފައިވާ އަންނައުނުތައް ނެތްކަން މަދީހާއަށް ފާހަގަވިއެވެ. ބިންމަތީހުރި ގަނޑުތަކާއި ފޮތްތައްވެސް އޭރުވަނީ އެއްފަރާތަށް ޖައްސާފައެވެ. އަފްނާނުގެ ހެދުންތައް އުނގުމަތީ ބަހައްޓައިގެން މުނީރާ އިންގޮތް ފެނި މަދީހާގެ ލަގޮނޑީގައި ރިއްސާލިއެވެ. “މުނީރާ.. އެމަންޖެ ދިޔަތަނެއް ބަލަން ވެއްޖެއްނު… އަހަންނަށް ފެންނަނީ ފުލުހުންނަށް ގުޅަން… އަހަރެން އަފްނާނަށް ގުޅިން… އަފްނާންގެ ފޯނު ނެގީ ފިރިހެނެއް…” މަދީހާގެ ވާހަކަ އެހިސާބަށް ދިއުމުން އިސް އުފުލާލަމުން މަދީހާއާ ދިމާއަށް މުނީރާ ބަލާލިއެވެ.
“އެމީހާ ބުނީ ދެންމެ މި ޓެކްސީއަށް އެރި ކުއްޖެއްގެ ފޯނޯ އެއީ…. ފޯނު ޓެކްސީގަ ބާއްވާފަޔޯ ދިޔައީ… އަހަރެން އެހިން އެ ކުއްޖާ ކޮންތާކަށްހޭ ފޭބީ… ބުނީމަ ބުނީ ހުޅުމާލެ ފެރީ ޓަރމިނަލަށޯ… އަދި އެމީހާ ބުނީ.. މެންދުރު ނަމާދުން ފައިބައިގެން އެ ފޯނު ހިފައިގެން މިގެ ކައިރިއަށް އަންނާނަމޯ…” މަދީހާ ވާހަކަ ދެއްކީ ވަރަށް އަވަހަށެވެ. ހީވަނީ ލައި ނުގަނެގެން އުޅޭ މީހެއް ހެނެވެ.
“އަފްނާން ހޯދަން އުޅޭނެކަމެއް ނެތް… އޭނާ ދެން ނާންނާނެ…” މުނީރާގެ އަނގައިން ނުކުތް ޖުމްލައިން މަދީހާގެ ދެލޯ ބޮޑުވިއެވެ. ވެގެން އުޅޭ ގޮތް ނޭނގޭ ހާލުގައި ސުވާލުގެ ނަޒަރަކުން މުނީރާއާ ދިމާއަށް މަދީހާ ބަލަން ހުއްޓެވެ.
“އަހަންނަށް ހެޔޮ އޭނަ ނަޔަސް… ނައިއްޔާ ރަނގަޅީވެސް… އަހަރެންނާ މި ކުޑަ އާއިލާ ބަދުނާމުވުން ނޫންކަމެއް ނުވާނެ… ދައްތަވެސް ދެން އޭނަ ހޯދަން ނޫޅޭތި… އަހަރެންނަށް ކަމެއް ކޮށްދެންޏާ މީގެ ފަހުން އަފްނާނުގެ ނަންވެސް ނުގަންނާތި… އަހަންނަށް އަފްނާން މަރުވެއްޖެ… އަފްނާން ކިޔާ ކުއްޖެއް އަހަރެންގެ ނުހުންނާނެ… އަފްނާން މަރުވެއްޖެ… އަހަރެން އޭނަ ފަސްއަޅާ ވަޅުލައިފިން…” މުނީރާ ތެދުވެ ކޮޓަރިން ނުކުންނަށް ހިނގައިގަތެވެ.
“އެކަމަކު މުނީރާ… ތިހެން ނުބުނޭ… އެމަންޖެ އެކަނި ކިހިނެއް އުޅޭނީ… އަދި އެމަންޖެއަށް ވީ ނަވާރަ އަހަރު..” އަދިވެސް މަދީހާ މަސައްކަތްކުރީ މުނީރާއަށް ވިސްނައި ދެވޭތޯއެވެ.
“އަން މިކިޔާ.. އޭރުން އެނގޭނެ އަހަރެން މިހެން މިބުނީ ކީއްވެގެން ކަން…” މަދީހާގެ އަތަށް ފަތްޖަހާފައޮތް ކަރުދާސް ގަނޑެއް ދިއްކޮށްލަމުން މުނީރާ ވާހަކަ ދެއްކިއެވެ. އެ ގަނޑުގައި މަދީހާ ހިފުމުން މުނިރާ އެކޮޓަރިން ނުކުތެވެ. އޭރު ކޮޓަރި ދޮރު ކައިރީގައި އަމާނާ އިމާން ހުއްޓިގެން ހުރިތަން ފެނުމުން މުނީރާގެ ފިޔަވަޅު ހުއްޓުނެވެ.
“މިތާ ކީއްކުރަން ތިހުރީ… ދޭ ކައިގެން ފިލާވަޅުތައް ހަދަން… ބޮޑެތި މީހުން ދައްކާ ވާހަކަ އަޑުއަހަން މި މީހުންވެސް ނިކަން ފޯރި ހުންނާނެ…” މުނީރާ އެ ކޮޓަރިން ނުކުތީ އަމާނާ އީމާން ކާން ބަދިގެއަށް ފޮނުވާލާފައެވެ.
ކޮޓަރީގެ ދޮރު ލެއްޕުމާއި އެކީ މަދީހާގެ އަތުގައި އޮތް ގަނޑުކޮޅު ނިއުޅުވާލިއެވެ. އެއީ އަފްނާން އޭނާގެ މަންމައަށް ލިޔެފައިވާ ވަދާއުގެ ސިޓީއެކެވެ. ސިޓީ ކިޔަމުން ދިޔަ އިރު މަދީހާގެ ދެލޯ ކަރުނުން ތެމުނެވެ. މަދީހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އެ ސިޓީ ތެތްމަމުން ދިޔައެވެ. ކޮންމެ ކަރުނަ ތިއްކެއް ޖެހޭ ދިމާލުގަ ހުރި އަކުރުތަކުގެ ދެލި ފޭދެމުން ދިޔައެވެ.
*** *** *** *** *** ***
ނަވާފްމެން ގެއަށް ވަދެ އެގޭ ސޯފާގައި އަޒީމް އިށީނެވެ. އަޒީމް އަތަށް އޭނާގެ މަންމަ ދިން ކޮތަޅަށް ބަލާލިއެވެ. އޭނާގެ މަންމަ އެދިނީ ކޮން އެއްޗެއް ހެއްޔެވެ. ޟިރާރަށް އެއީ މީހަކު ދިން އެއްޗެއް ބާއެވެ. ސިޓިންގް ރޫމުގައި އަޒީމް މަޑުކޮށްގެން ހުރީ ނަވާފް އަންނަން ދެނެވެ. ތުއްތު ޒަފްރީން ރޯ އަޑު އޭރު ސިޓިންގް ރޫމަށް އިވެއެވެ.
“އަޒީމް ކޮން ހިޔާލެއްގަ… ތީ ކޯއްޗެއް… ހަދިޔާއެއްތަ؟..” ބްރައުން ޕޭޕަރުން ޕާރުސަލް ކޮށްފައިވާ އެއްޗަށް އިޝާރާތްކުރަމުން ނަވާފް ވާހަކަ ދައްކަމުން އައިސް އަޒީމާ ޖެހިގެން އިށީނެވެ.
“ކޮބާ މަންޝާ؟.. ރަށުން އައި ފަހުން މިހާރު ދެމީހުން ކިހިނެއް ވަނީ؟…” އަޒީމާ މަންޝާގެ ގުޅުން ހުރި ގޮތް ބަލާލަން ނަވާފް އަހާލިއެވެ.
“ރަނގަޅު… މި އުޅެނީ އަދި މާ ވަރުގަދަ ކަމަކާ ޖެހިގެނެއްނު… އަހަރެންގެ މަންމަ އައިސްގެން… ނޭނގެ ބޯ ހަލާކުވާވަރުވެއްޖެ… ފަންޑިތަ ހަދައިގެން އައިސް މަންޝާއަށް ދޭން އުޅުނީއްޔޯ.. މަންޝާއަށް ކަމެއް ގޯސްކަން އެނގިގެން އެ ނުކޭމަ މަންމަ ރުޅިއައީ… އަހަރެން ކޮއްކޮވެސް ބުނި މަންމަ ދޭ އެއްޗެއް ވިއްޔާ ނުކާށޯ… ދެން އަނެއް ހެޑޭކް…” އަޒީމް އޭނާގެ އެކުވެރިޔާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވިއެވެ.
“ދެން މީ ކޯއްޗެއް؟…” އަޒީމް އަތުގައި އޮތް ޕާރުސަލަށް އިޝާރާތްކުރަމުން ނަވާފް ވާހަކަ ދެއްކިއެވެ.
“ނޭނގެ… މީ ކޯއްޗެއް ކަމެއް. ރިޔާޒްގެ ބައްޕައަށް ދޭށޯ ކިޔާފަ މަންމަ ދިން އެއްޗެއް މީ…” އަޒީމް އަތުގައި އޮތް ޕާރްސަލް ކޮތަޅުން ނަގަމުން ރަނގަޅަށް އެ ޕާރްސަލަށް ބަލާލިއެވެ. އެވަގުތު ޕާރުސަލުގެ އެއްފަރާތުން ޓޭޕްގަނޑު ވަކިވެފައިވާތަން އަޒީމަށް ފެނުނެވެ. އޭގައި ވާ އެއްޗެއް ބަލާލުމަށް އަޒީމްގެ ޝައުގުވެރިކަން އިތުރުވިއެވެ. އެހެންކަމުން އެ ދޭތެރެ ފޭކޮށްލަމުން ބަލާލިއެވެ.
“އޭ… ދެން ތީ ކޮންކަމެއް… ރިޔާޒް ބައްޕައަށް ތި ހުރިގޮތަށް ގެންގޮސްދީ…” ނަވާފަށް އެހިސާބަށް ބުނެވުނު އިރު އަޒީމް އެ ޕާރުސަލް ގަނޑުގައިވާ ޓޭޕްތައް ނައްޓާލަމުން އޭތި ނިއުޅުވަނީއެވެ. ދެމީހުންގެ ލޯ ތަރި ބުރައިގެން ދިޔައީ އެ ޕާރްސަލް ތެރޭގައި ހުރި ފޮތްތަށް ފެނިފައެވެ. ބާވެގެން ގަނޑުތައް ރަތްވެފައިވާ ފޮތްތަކެކެވެ. އެ ފޮތްތަކުގައި ވާ އެއްޗެއް ބަލަން އަޒީމް އިތުރަށް ޝައުގުވެރިވިއެވެ.
އެންމެމަތީގައި އޮތް މުށިކުލައިގެ ބޭރުގަނޑެއްލާފައިވާ ފޮތް ހުޅުވާލިއެވެ. ފޮތުންވެސް ދުވަނީ ފާޑެއްގެ ދުން ވަހެކެވެ. ގަނޑުތައްވަނީ ރަތްވެފައެވެ. އޭގެ ލިޔުންގަނޑުގެ ބައެއް ދިމަދިމާލުން ދެލިވެސް ވަނީ ފޭދިފައިއެވެ. ގަނޑުތައް އުކަމުން ދިޔައިރު އޭގައި ފާޑު ފާޑުގެ އަކަތައްކުރަހާފަ ހުއްޓެވެ. އެތަނުން އެއް ދިމާލެއްގައި ކުރަހާފައިވާ ތަރިއެއް ޒާތުގެ ކުރެހުމުގައި ވަނީ ކުލަތަކެއް ޖައްސާފައެވެ. އަޒީމް އެ ކުލަ ޖައްސާފައިވާ ތަރީގެ މަތީގައި އަތް ހާކާލިއެވެ. އެވަގުތު އަޒީމްގެ ހަނދާނަށް އައީ މީގެ އެތައް ދުވަސްތަކެއް ކުރީގެ ހަނދާނެކެވެ.
————————————————————————————————————————————————
ހުޅުދޫގައި އަޒީމްމެންގެ އާއިލާ ދިރިއުޅެމުން ދިޔަ ގެއަކީ އޭރު ރަށުގައި ހުރި އެންމެ ތަނަވަސް އެއްގެއެވެ. އަޒީމްގެ ބައްޕަ އަލިތައްކާނު ބުރަކޮށް ކޮންމެވެސް މަސައްކަތެއްގައި އުޅުނު ދުވަސްވަރެކެވެ. އެދުވަހު އެގެއަށް ޟިރާރު އައިސް އަލިތައްކާނާ ވާހަކަ ދެއްކިއެވެ. އެ ވަގުތަކީ އަޒީމް ކުރަހަން ގެންގުޅުނު ފޮތް ހޯދަމުން ދިޔަ ވަގުތެކެވެ.
“އުސްފަސްގަނޑި ސަރަހައްދެ އެވެރިން ޖިފްޓިގަނޑެއް ހަދަލި… މާދުމައި ރެއަށް ހުށުހައި ކަމަށް ނިމޭހެއް… މަށް މިކަމުން ސަލާމަށްވޭހެއްކަން ޔަގީނީ؟…” (އުސްފަސްގަނޑު ސަރަހައްދުގައި އެމީހުން ޖިފްޓިގަނޑެއް ހަދައިފި…. މާދަމާ ރެއަށް ހުރިހާ ކަމެއް ނިންމޭނެ… އަހަރެންނަށް މިކަމުން ސަލާމަތް ވެވޭނެކަން ޔަގީންތަ؟…) ޟިރާރު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑުން ކަމަކާ ހާސްވެފައި ހުރިކަން އެނގެއެވެ.
“ބައްޕާ… މަފޮއް ނިފެނެނެ.. ކުރަހާ ފޮށް ކޮބާ؟..” (ބައްޕާ… އަޅުގަނޑުގެ ފޮތް ނުފެނުނު… ކުރަހާ ފޮތް ކޮބާތަ؟…) ދިހަ އަހަރުގެ އަޒީމަކީ ކަންތައްތައް ހޯދާބަލަން ފޯރިހުންނަ ކުއްޖެކެވެ. އެހެންކަމުން އެވަގުތު އަލިތައްކާނު ގާތަށް ފޮތެކޭ ކިޔާފަ އޭނަ ދިޔައީވެސް އެބޭނުމުގައެވެ.
“އެކަލޯ އެބޭ އެތެރަށް… ބައްޕާ ކޮޓަރިޔަ އަޒީމްގެ ކުރަހާ ފޮއްއޮއް… ގޮއްސެލަ އެއާ ހޯދާ… އިބްޒީމާ.. އިބްޒީމާ… ފަނިތާށަށް ގިނާސްދެރަފެލަ… މިހިށީ ޟިރާރު އާއްސެއިޔޭ…” (ދަރިފުޅާ ދޭ އެތެރެއަށް… ބައްޕަ ކޮޓަރީގަ އަޒީމްގެ ކުރަހާ ފޮތް އޮތް …ދޭބަލަ އެ ހޯދަން… އިބްޒީމާ.. އިބްޒީމާ… ފަނިތައްޓެއް ގެނެސްދީބަލަ.. މީނީ ޟިރާރު އައިހޭ…) އަލިތައްކާނު ގޮވާލި އަޑަށް އެތެރެގެއިން އިބްޒީމާ ނުކުތެވެ. ތަބަކެއްގެ ތެރޭގައި ދެ ފަނިތަށި ބަހައްޓައިގެން އިބްޒީމާ އައި އިރު އޭނާގެ ބޮޑުވެފައިވާ ބަނޑު އަޒީމަށް ފެނުނެވެ. އޭރު އިބްޒީމާ އިނީ ވިހަން ކައިރިވެފައެވެ.
އަޒީމް އެތެރެއަށް ދިޔައީ ބައްޕަ މަސައްކަތް ކުރާ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ވަށައިގެން ބަލާލެވުނެވެ. އޭނަ ކުރަހަން ގެންގުޅޭ ފޮތް އެތާ އޮތްތޯ ބަލާލިއެވެ. އަތުގައިވާ ކުލަ ފަންސޫރުތަކުގައި ބާރަށް ހިފަހައްޓައިގެން ހުރެ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ހުޅުވާފައިވާ ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅިއަކާ އެކީ މޭޒުމަތީގައި ހުޅުވާފަ އޮތް ފޮތުގެ ގަނޑުތައް އުކާލިއެވެ. އަޒީމްގެ ސަމާލުކަން އެހިސާބުން ދިޔައީ މޭޒުމަތީގައި އޮތް ފޮތަށެވެ.
ޟިރާރު ފޮނުވާލާފަ އަލިތައްކާނު އޭނަ މަސައްކަތް ކުރާ ކޮޓަރިއަށް ވަނެވެ. އޭރު އަޒީމް އިނީ ގޮނޑިއެއްގެ މައްޗަށް އަރައިގެން މޭޒުމަތީގައި ހުޅުވާފަ އޮތް ފޮތް މަތީ ބަނޑު އަޅައިގެންނެވެ. އަލިތައްކާން މޭޒާ ގާތްވެލިއެވެ. އޭރު ފަހަރަކު ކުލައެއް ނަގަމުން އަޒީމް ދިޔައީ އެފޮތުގައި ކުލަ ޖައްސަމުންނެވެ. ތަރިއެއްގެ ބައްޓަމަށް ކުރަހާފަވާ އަކައެއްގެ މަތީގައެވެ. “އަޒީމް… މިދެން ކިހެއި ދެރަވެގޭ ކަމަށް… ކުރަހާ ފޮތާއި ބައްޕާ ގިނިވޭނޑޭ ފޮތާއި ވަކިކެރާ ނިއެނގެނިއްޔާ؟.. ހަމަ މިކޯ މިކޮޓަރިން ނިކުމެ…” (އަޒީމް… މިދެން ކިހާ ދެރަވެއްޖެ ކަމެއް… ކުރަހާ ފޮތާ ބައްޕަ ގެންގުޅޭ ފޮތާ ވަކި ކުރަން ނޭނގެނީތަ…. ހަމަ މިހާރު މި ކޮޓަރިން ނުކުމޭ….) އަޒީމްގެ ކަންފަތުގައި ހިފައިގެން ދަމަމުން ގެންގޮސް އެ ކޮޓަރިން އަޒީމް ނެރުނެވެ. އަދި އެއަށް ފަހު ދޮރުފަތް ލައްޕާ ތަޅުލިއެވެ.
އަލިތައްކާން ހިފި ކަންފަތުގައި ފިރުމަމުން އަޒީމް ދިޔައީ އޭނާގެ މަންމަ އުޅޭ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރީ އޭނާގެ މަންމަ އެކަނި ނޫންކަން އަޒީމަށް އެނގުނެވެ. ” އާމިނަ ދެން ނިގޯވައި ހުއްޓަލަ… އާމިނައަށް މީން އެއްވެސް ކަމަށް އެނގޭކަމަށް ހަދާނެކަމަށް ނެއް… އެނައްކެޑުން އާމިނާސް ތެހިށީ ވެހާށް ކަވަރިވެފެއި… އަލިތައްކާނު ދޭތިން އެކައްތައް ހިފާށުމައު ބެނި… އެ ޖިންނިއަކީ ވަރަށް ބާރޮގަދަ ޖިންނިއަ… އެހެންވެ މާދުމެއި ރެއި މިކަންތައް ކެރާ އެދިމާ ކެރަނީއަސް… ހަނދޮ ފުރިހަމަވޭ ރެއިތަކާ ކަޅޮފޮއިރޭތަކަކީ މިކަންކަންކެރާ އެންމެ ރަނގަޅަ ރެއިތައް… ހާސްނިވެ… އަލިތައްކާނު މަސައްކައް ފެށުމުގެ ކުރިން އަފިރިންގެ ރައްކަލަށް ހަށި ރައްކާ ތައްޔާރޮ ކެރާހެއް…” (އާމިނަ ދެން ނުރޮއި ހުއްޓާލާ… އާމިނައަށް މިއިން އެއްވެސް ކަމެއް އެނގޭ ކަމަށް ހަދާނެކަމެއް ނެތް… އަނެއްކޮޅުން އާމިނަވެސް ތިހުރީ ވިހަން ގާތްވެފަ… އަލިތައްކާނު ދޭތިން އެކައްޗަށް ހިފާނަން ކަމަށް ބުނި.. އެ ޖިންނިއަކީ ވަރަށް ބާރުގަދަ ޖިންނިއެއް… އެހެންވެ މާދަމާ ރޭ މިކަންތައް ކުރަން އެދިމާ ކުރަނީވެސް… ހަނދު ފުރިހަމަ ވާ ރޭތަކުގަޔާ ކަޅުފޮއެ ރޭތަކަކީ މިކަންކަން ކުރަން އެންމެ ރަނގަޅު ރޭތައް… ހާސްނުވޭ… އަލިތައްކާނު މަސައްކަތް ފެށުމުގެ ކުރިން އަހަރެމެންގެ ރައްކަލަކަށް ހަށިރައްކާ ތައްޔާރު ކުރާނެ…) އާމިނަގެ ބުރަކަށީގައި ފިރުމަމުން އިބްޒީމާ ނަސޭހަތް ދެމުން ދިޔައެވެ. އާމިނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އާމިނަ ނޭފަތް ދަމާލިއެވެ.
ދޮރު ކައިރީ ފިލާ ހުރި އަޒީމަށް ސިހުމެއް ލިބުނީ މީހަކު އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ސިހިފައި އޭނަ ފަހަތް ބަލާލީ އެއީ އަލިތައްކާނު ކަމަށް ހީކޮށެވެ. “އަހަން ރިޔާޒްއީ؟.. ހިނގައު ކޮޅޮނަށް ބޭރަށް…” (އަހަން ރިޔާޒްތަ؟… ހިނގާ ކުޅެން ބޭރަށް….) އަޒީމާ ދާދި އެއް އުމުރެއްގެ ރިޔާޒް ފެނުމުން އަޒީމަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.
“މިގެއް އާއްސެއި އަޒީމް ހޯދާތާ ކޮން ވޭލާށް… ހިނގައު ހޮކީ ކޮޅޮނަށް…” (މިގެއަށް އައިސް އަޒީމް ހޯދާތާ ކޮންއިރެއް… ހިނގާ ހޮކީ ކުޅެން…) އެ ދެކެދިން އެކީގައި ގޯތިތެރެއަށް ނުކުތެވެ.
—————————————————————————————————————
(ނުނިމޭ)
1372 Comments
Comments are closed.
vr vr vr salhi
Varah reethi vaahaka
Reethi. Ekamaku thankolheh kuru
Warah foohi mi part
Aslu ves. thedheh thee
V reethi?
Varhh varhh nice mii partwx
Kyp it up shax Lyn
Yewr the bst ??
Wow amazing. ❤❤❤
Pis pis. Boahalaku. Addu bahun haasaru dhamaafa adhi eyge tharujamaa ves liyefa. kommeves ehkolheh ga jassabala. VVvvvvvvvv foohi.
mivaahaka fetti iruves genesdhin githah nimmaanee… mihen kiyaafaves mi. meehunnah nukiyaa nuthibevey… foohiviyas hama ekiyanee kihaa foosseh vaatheee…. i love this story…
Hus haasaru. Mansha v foohi mihaaru
V. foohi mi part
plz make the story interesting…… Now it is very boring. May be the writer is even not interested…????
i think its u who is not interested. i liked it
Asluves! Mi bai hama varah foohi. Evves biruveri kameh ves neiy. Kuree episode ehvves biruveri kury meehun foossey keema. Heevany liyuntheriya liyaane ideas hoadhany comments balaigen hen. Hahaha
mi part ehaa kada iru ves maa “wow” vegen ulheythee hairaan vejje. truth buneema dho engeynee liyaa meehakah ves ranglhu kuran.
well ka v kalmehves buneba… dhaain
Varah reethi . next part konirakun???
so ibuzeema edhinee liraarah fanditha fotheh dhw… wow.. vaahaka hama habeys… past ga vee kanthah enguneema dhw ingeynee… vaahaka gendhaa goiy varah salhi.. pls dont change.. continue as the way u wanted… ???????????? and thank for bringing this episode longer
alhey heyo nuvaane rashu bas beynuh nun nukohfanahtha….v v udhagu kiyah…
male bahun huri ebai kiyeema nimuneenun. thi varu vanyaa heyo nuvaane nukiyaabaya
thus story is an amazing piece of work.
well done to the author of this story.
my friend recomnded to read ths stry.
i just loved it. wonder whats gona happen to zeyba n mansha. good luck author. im a fan
Foohi story eh. Mass Ahdu bas liyya miyhakah vegen. Foohi story eh. Maa rangalhuvaane Hus male’ bas himanaigen liyuniyya. ????????????????????????????????????????????????
Dhen hama ehaa foohivayya nukiyan v nu
next episodeves kiyaane… hahaha
Kiyun therin like va gothakah story up kohdhiniyya MA rangalhu vaane??
m from addu. V.happy vey addu bahun liyaathy.. Addu bahun hunna bai kiyaafa translation nukiyan… Addu bas neygey kudhin addu bahun hunna bai nukiya dhivehibahun hunna bai kiyaalyma nimunynu..
Shaaz. Meethi kada yey
Vaahaka v reethi
vv salhi mi part..??
Hii saby
Hii… haadha dhuvas kohlaafa on v?
Yaaa vaguthu nuVaathy mihaaru on nyveveny..exam fehtigen e dhuvas kolhu ga ulhuny ehnve..
yah ok 🙂
vaahaka varah salhi… next epusode ga ziban ah bimah faiban hudhfha libeyne dhw. wel ziban shud kick zeybas ass..
Very nice plx make their love story fullfill
mi vaahaka hadi ey.. foosey kiyaa kudhin adhives mivaahaka kiyan masakkaiy kurathy we knw how borin this is. n u cant wait without reading n commenting. hahahaha well i feel that some ppl are trying to make the author down. but there r more fans to motivate her.. shaz just never stop writing. i love ur novels
People are committing negatively not just to bring the author down. But rather expressing how they felt about the part. And no doubt, this part is BORING!!. Doesn’t necessarily mean that those commenting bad about the part would stop reading the story. Since they love the main story line and have trust in the author, they would again read the as soon as a new part gets uploaded. And if required would negatively comment too.
Yes ur right…. V true…. But some people can’t get it…. This part is not so interesting…. But I love this story and writer…
Wow!! Vrh reethi mi part vx…!! ? Keep it up!! ☺
foossey kiyaameehun komme baehves kiyaafa comment kuraathi hama hini annnaneeee
Hehehe v reethi tha
nkolheh biruveri kobala
Varah foohi addu bahun liyaathee. Adhi tharujamaa vx kuran vx jehey. Eyrun v kuruvey story vx. V v v foohi. Thi addu bahun nugennan v nu plx ?
Addu bahun liyaathy ehaa fahkaleh nun vaahaka dhn ok ….
Mi stry v nice v kiyaahithun kiyanyves thanks up kohdheythy nxt prt ves avas up kolladhevvaa plx
Addu bahun liyunas ok.translation ehureenun.varah thafaathu gothaka hushahalhaadhey story eh me.I like it.but thankolhe dhiguko up kuraanamaey hitha araa.I read your Naja story.it was very beautiful.You have talent shazu.keep it up.
V salhi
Doppler ey kihaaha comment kuri kujaatha anekka misite ga alah storytha liyanee.dhen heevaathee ahaalevunee.yageenenun.?
Shakkaai vahum ebbayaku anebayegge medhugai ufehdhumakee shaithoanaage makaruveri amaleh.konme shalkakee adhi thimaa ah heevaaheevumakee thedhaka nuvedhaane.ehenveema efadha nubai amal thakun aharemen rakkaatherivaanjeheyne.
ooooooooh haadha dheen veri kujjehves eba ulhe ey dho.. this is just a story ekey…… thi hurihaa baeh ves aisgen dho furihama vaany. anyways its a nice story. i love it.
Dhen kamu nudhiya yas ves reechchey kiyaa comment kuran veetha? Reethiyya reethi ey ves bunan. Dhen enme part eh kamu nidhiyayas eyge maana aky ithurah kiyun hutaalaany ekey ves noon dho? Adhi eves vaahaka nimumakaa gaaiy vefa hutta!!
Ur right
Addu bahaa dhebahun hureema v salhi
awsome story, i wish mi vaahaka nunimeyne nama. varah dhera vey vaahaka end akaa gaaiy vaathee……………. ?????????
Addu bas beynun kureema vaahaka hadi
Aslu mashah 1 vana liben jeheynee! I hate you!
Thidhemeehuna kah ves noon!! Mashah liben jeheyny.
hahahahahahaha
To the people complaining about Addu Bas. Addu bahaky thafaathu ehcheh. Thinaa aky addu meehakah nuvyma eyge maana aky addu bas hadivaan jehe ekey noon. Addu bas makes this story what it is. Different. And Unique. Aand plus. Shaz hure ehnu eythi translate ves kohdhyfa. So. I dont truly see any reason to complain about it.
Jaz aky ves Addu meeheh noon. Ekamu I don’t complain. I wouldn’t. Cause Understand vey story. Kyma vaa goi ingey. Don’t make it a big deal guys.
Appreciate the writer. ?
Lol!! Kaakutha addu bas hadi eh buny? Enmen kiyany dhebas liyaathy undhagoo vaa vaahaka. And kuruvaa vaahaka
Koba next part? It’s monday. Eagerly waiting!! Hope it’s gonna be exciting. 🙂
Kobaa Aneh part?
Keh madhu vefa hure inthizaar mi kureveny.
-Nurse Sama-
Seriously dude!! Never knew that you are such a huge fan of mine. Do visit igmh to get an autograph. :*
Hahaha! What a reply sama. ??
Where’s the next part?? Its mondayyy
Kobaatha next part?????
Kbr nxt prt..waitn..waitin
Hurihaa kudhin ves I ge autograph hoadhan IGMH ah Varah avaha aun edhen.
-Nurse Sama-
Hurihaa kudhin ves I ge autograph hoadhan IGMH ah Varah avaha aun edhen.
?
-Nurse Sama-
Others not interested. Ehaa gayaa vegen ulhey meehaa aadhebala. Eyrun dho psychiatrist ehgge ehy ves thi beyfulhaa ah dheveyny. You need medical help.
Psychiatrist ge ehy dhey hithun nunidhaa mithanah balaa la balaala ma mi innaanee. Alhey Varah foohi vey. Hospital ah Annan vee Dhen. Pulees all. Come get my autograph and a free goodie bag from IGMH.
??
-Nurse Sama-
Sama alhaa nulaa. Eyna bahatta. Angain nubunee yaa rangalhu vaanee.