Skip to content
އެސްފިޔަ

ނޭނގޭހެ ހާދަ ލޯބިވޭ 29

އެއާއެކު ޔަމާން އައިސް މީރާގެ އަތުގައި ހިފި ގޮތަށް މީރާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ތާނިޔާ ގޮވާލުމުންވެސް ޔަމާން މަޑެއް ނުކުރިއެވެ.

ދޮރު ތަޅުލުމާއެކު ޔަމާން މީރާގެ އަތުން ދޫކޮށްލާފައި ދޮރުގައި ލެނގިލިއެވެ. އަދި އެހުރި ގޮތަށް މީރާއާ ދިމާއަށް ބަލަން ހުއްޓެވެ. މީރާ ގެއްލިދާނެ ކަމުގެ ބިރު ޔަމާންގެ ހިތަށް ކުއްލިއަކަށް އެދުވަހު ވަނީ މީރާއާ ނުގުޅުމުންނެވެ. ހެނދުނުން ފެށިގެން ނިއްވާލާފައި އޮތް މީރާގެ ފޯނަށް ގުޅެން ފެށީ އެގާރަ ގަޑި ބައި ވީ ފަހުންނެވެ. އޭގެ ކުރިންނާ އޭގެ ފަހުން މީރާއަށް ގުޅަން ޔަމާން އުޅުނީ މީރާ ކައިރިން މާފަށް އެދެން ވެގެންނެވެ. ނަމަވެސް މީރާ ފޯން ނުނެގުމުން އެކަން ނުވީއެވެ. އޭގެ އިތުރުން މީރާ ވީ ތަނެއް އެއްވެސް މީހަކަށް ނޭނގެއެވެ. ފޯނަށް ނުގުޅިގެން އެންމެ ފަހުން އޮފީހަށް ގުޅުމުން އެނގުނީ އެދުވަހު މީރާ އޮފީހަށްވެސް ނުދާކަމެވެ. ހާސްވެފައިވާ ހިތަށް ހަމަޖެހުން ލިބުނީ މީރާ ފެނުމުންނެވެ.

“އަހަރެން ކޮޓަރިއަށް ދާން ވެއްޖެ” ރުޅި އައިސްފައި ހުރެ މީރާ ބުނެލިއެވެ.

“ނުދެވޭނެ” ޔަމާން ބުންޏެވެ.

“ދޮރު ހުޅުވާ!” މީރާ ހައްތަހާ ރުޅި ގަދަވިއެވެ.

“މިބުނީނު ނުދެވޭނޭ” ޔަމާން އަނެއްކާވެސް ބުންޏެވެ.

“ކިހިނެއް ވެގެންތަ ތިއުޅެނީ؟” މީރާ އަހާލިއެވެ.

“އައި ލަވް ޔޫ!” މީރާއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ޔަމާން ބުންޏެވެ.

ހައިރާން ވެފައި މީރާއަށް ޔަމާންއާ ދިމާއަށް ބަލަން ހުރެވުނީ ޔަމާން ކުރަން އުޅޭ ކަމެއް ނުވިސްނިފައެވެ.

“އައި އެމް ސޮރީ…” އަދިވެސް މީރާއާ ކައިރިއަށް އަންނަމުން ޔަމާން ބުންޏެވެ.

މީރާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އައިސްފައި ހުރި ރުޅިވެސް ފިލައިގެން ދިޔައެވެ.

“ތި ނާށިގަނޑު ތެރޭ އޮތް ސިކުނޑިއަށް ވިސްނެން ފަށައިފި ދޯ އެންމެ ފަހުން…” މީރާ ބުނެލިއެވެ.

“ތިބުނީ މާފު ކޮށްފީމޭތަ؟” މީރާއާ ފިޔަވަޅެއްހާ ދުރުގައި ހުއްޓިފައި ޔަމާން އެހިއެވެ.

މީރާ އެއްޗެއް ނުބުނެ ދެއަތުން ޔަމާންގެ ބޮލުގައި ހިފާ ތިރިކޮށްލަމުން ޔަމާންގެ ތުންފަތުގައި ބޮސްދިނެވެ. ޔަމާންވެސް ދެއަތުން މީރާ ގައިގައި ހިފާ ގެނެސް ގައިގައި ޖައްސާ ފިއްތާލަމުން މީރާއާ ބައިވެރިވިއެވެ.

“ކޮން ތާކުން ތިއައީ؟ ކީއްވެ އޮފީހަށް ނުދިޔައީ؟ ކީއްވެ އެވަރަށް ގުޅި އިރު ފޯން ނުނެގީ؟ މީރާއަކަށް ނޭނގޭތަ އަހަރެން ކަންބޮޑު ވާނެ ވަރެއް؟” މީރާއާ ދުރަށް ޖެހިލާފައި ޔަމާން އަހާލިއެވެ.

“އެވަރަށް ރުޅި އެރުވީމަ އެހެންނެއްނު ވާނީ… އަހަރެން ދިޔައީ ލުބްނާމެން ގެޔަށް، ހުޅުމާލެއަށް” މީރާ ބުންޏެވެ.

“އެހެންވެސް ބުނެލި ނަމައެއްނު؟” ޔަމާން ބުންޏެވެ.

“ގަސްތުގަ ނުބުނީއޭ ހަމަ، އަހަރެން ހިއެއް ނުކުރަން ޔަމާން އެކަހަލަ ޝައްކެއް ކުރާނެ ކަމަކަށް… އަދި ކިރިޔާ މި އެނގުނީ ތީ އެ ބަލިވެސް ހުންނަ މީހެއް ކަން. ދެން އަހަރެން އަބަދުވެސް އުޅެން ޖެހޭނީ ޔަމާންގެ ހިތުން ކޮންމެސް ޝައްކެއް ނުފިލައިގެން ދޯ؟” މީރާ ޔަމާންގެ މޭގައި ބޯޖައްސާލަމުން އަހާލިއެވެ.

“ނޫން، އަހަރެން ޝައްކެއް ނުކުރަމޭ. ހިތަށް އެރީ މީރާ އޭރުވެސް ރާހިލްއަށް ދެކޮޅު ހެދީ އަހަރެންނާ ހެދިއޭ، އަހަރުމެން ގުޅެން މަންމަ އެދޭ ވަރުންނޭ… ސޮރީ…” ޔަމާން ބުންޏެވެ.

“ދެން އެހެން ހިތަށްވެސް އަރުވައިގެން ނުވާނެ، ދެން އަހަރެން އެހެން ދާން ޖެހިއްޖެއްޔާ އަލުން ޔަމާން ކައިރިއަކަށް ނާންނާނަން އިނގޭ” މީރާ ބުންޏެވެ.

ޔަމާން އެއްޗެއް ނުބުނެ ބޯޖަހާލިއެވެ.

“މިއަދު ރާހިލްގެ މަންމަމެން އަންނަ އިރު ޔަމާން ހުންނާނަން ދޯ؟” މީރާ އަހާލިއެވެ.

“އާނ” ޔަމާން ކުރު ޖަވާބެއް ދިނެވެ. މީރާ ދުރަށް ޖެހިލަން އުޅުމާ އެކު ޔަމާން މީރާ ދިޔަނުދީ ހިފަހައްޓާލަމުން އަނެއްކާވެސް ކުރިން ދިޔަފަދަ ވަގުތުކޮޅެއް ތަކުރާރު ކޮށްލިއެވެ.

ހަވީރު ފަހެއް ޖެހިތަނާ ބެލް ޖަހާލުމުން ދޮރު ހުޅުވީ ނަދީމާއެވެ. އޭރު މީރާ އިނީ ކޮޓަރީގައި މަލާކް ރީތި ކުރާށެވެ. ތާނިޔާވެސް މީރާ ކައިރީ ހުއްޓެވެ.

“އެއައީ ކަންނޭނގެ” ބެލްގެ އަޑު އިވުމުން މީރާ ހާސްވެފައި ބުންޏެވެ.

“ހަމަ ޖެހިބަލަ މީރާ، މީ މާބޮޑު ކަމެއް ނޫނޭ” ތާނިޔާ މީރާގެ އަތުގައި ހިފާލިއެވެ.

ރާހިލްއާއެކު ހާފިޒާއާ އިސްހާގު އެތެރެއަށް ވަނުމުން ނަދީމާ އެމީހުންނަށް އިށީނުމަށް ބުންޏެވެ. އެހާ ދުވަށް ފަހުން ނަދީމާއާ ޝަފީގުގެ ކުރިމައްޗަށް އާދެވުމުން ރާހިލް ހުރީ އިސްއުފުލާ އެދެމީހުންގެ މޫނަށް ބަލާލަންވެސް ނުކެރިފައެވެ. އިށީނުމަށް ފަހުވެސް ރާހިލް އިނީ އިސްޖަހައިގެންނެވެ.

“އެންމެ ފަހުން ހީވެސް ނުކޮށް ތިއްބާ ރާހިލްގެ މައިން ބަފައިންނާ ބައްދަލު ވެވިއްޖެ” އެންމެން އިށީނދެ ހަމަޖެހިލުމުން ނަދީމާ ބުނެލިއެވެ. އެއްޗެއް ނުބުނަން ހުރި ނަމަވެސް ނަދީމާއަށް ނުބުނެ ނުހުރެވުނީއެވެ.

ނަދީމާ އެހެން ބުނުމުން ޝަފީގު ނަދީމާގެ އަތުގައި ހިފާލަމުން މަޑުމަޑުން ދެފަރާތަށް ބޯހަލުވާލީ އެފަދަ ވާހަކައެއް ދައްކަން ބޭނުން ނުވާތީއެވެ.

“ރާހިލް ކުރިން ކައިވެންޏެއް ކުރިކަން އަހަންނާ ހާފިޒާއަށް އެނގުނީ މީގެ ތިން ދުވަސް ކުރިން، ރާހިލްގެ ކުއްޖަކު ހުރިކަންވެސް އެނގުނީ އެރޭ ރާހިލް ބުނީމަ، އަހަރުމެން ހީވެސް ނުކުރަން ރާހިލް އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް. ރާހިލް ކަންތައް ކުރީ ވަރަށް ގޯސްކޮށް، އަހަރުމެންނަށް ނޭނގި ކައިވެނި ކުރުމެއް ނޫން، މީރާއަށް އޮޅުވާލައިގެން ކައިވެނި ކުރުމާ، އަދި އެގޮތަށް އޭނަ ވަރިކޮށްފަ އައުން އެއީ ރާހިލްގެ ކުށަކީ… އަހަރެން ގަބޫލު ކުރަން ރާހިލްއަކީ ތި ދެމަފިރިންގެ އަދި މީރާގެވެސް ކުށްވެރިއެއް ކަން… އެކަމަކު އެކަމުގަ އަހަރުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް… މިއަދު މިއައީ ރާހިލްގެ ދަރިފުޅު ދެކެލަން…” އިސްހާގު އިސްވެ ވާހަކަ ދައްކަން ފެށިއެވެ.

“ރާހިލް ކަންތައް ކުރި ގޮތަށް މީރާ މިހާރު ރާހިލްއަށް މާފުކޮށްފި، އަހަރުމެން އެކަމާ އިތުރަށް ބުނާނެ އެއްޗެއް ނެތް. ދެން އެވާހަކަތައް ދައްކައިގެން މާކުރީގެ ކަންތައްތައް ހަނދާން ކުރުމުގެ ބޭނުމެއް އޮތް ހެނެއް ހިއެއް ނުވޭ…” އިސްހާގުގެ ވާހަކަގައިގެ ޖަވާބުގައި ޝަފީގު ބުންޏެވެ.

“ކޮބާ މަލާކް؟” އިރުކޮޅެއް ފަހުން އިސްހާގު އަހާލިއެވެ.

“ޔަމާން، ދޭބަލަ މީރާއަށް ގޮވާލަން” ނަދީމާ ޔަމާންއަށް ގޮވާލާފައި ބުންޏެވެ.

އެއްޗެއް ނުބުނެ އިން ހާފިޒާ އިސްހާގުއަށް ބަލާލަމުން ތުންފިއްތާލިއެވެ. އެ ހަރަކާތުގެ މާނަ އިސްހާގުއަށް ވިސްނުމުން ކުޑަކޮށް ހިނިއައެވެ. ހާފިޒާ އެއްވެސް ގޮތަކަށް މީރާއާ ބައްދަލު ކުރާކަށް ބޭނުމެއް ނޫނެވެ. އެގެޔަށް ހާފިޒާ އައީ ހަމަ އެކަނި މަލާކް ދެކެލުމަށެވެ. އެހެނެކަމުން ނަދީމާ މީރާއަށް ގޮވާށޭ ބުނުމުން ހާފިޒާ ހިތްހަމަ ނުޖެހުނީއެވެ. ނަމަވެސް ހާފިޒާ އެއްޗެއް ނުބުނެ އިނީ މީރާއާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނުން އިސްހާގު މަނާ ކޮށްފައި ވާތީއެވެ.

ޔަމާން މީރާގެ ކޮޓަރިއަށް ވަން އިރު ކަންބޮޑުވެފައި މީރާ އެނދުގައި އިނެވެ. ތާނިޔާ މަލާކްގެ ބޮލުގައި ފުނާ އަޅުވާފައި ދައްޗެއް ޖަހާލިއެވެ.

“މީރާ، މަންމަ ބުނީ މަލާ ގޮވައިގެން އަންނާށޯ” ޔަމާން ބުންޏެވެ.

މީރާ ޔަމާންއަށް ބަލާލިއެވެ. ނަމަވެސް އިން ތަނުން ތެދުވާކަށް ނޫޅުނެވެ.

“މީރާ، ތިހާ ހާސް ނުވެބަލަ” ތާނިޔާ މީރާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ.

“މީރާ، ހިނގާ، އޯކޭ ވާނެ ހުރިހާ ކަމެއްވެސް، އެމީހުން ނުބުނާނެ އެއްޗެއް، ބުނެފިއްޔާ މިއަދު މަންމަ ވަރަށް ވަރު ދައްކާލާނެ، މިހާރުވެސް އެބައިން އެއްޗެއް ބުނެވިދާނެތީ އަނގަވެސް ނުހުޅުވާ” ޔަމާން މީރާގެ އަތުގައި ހިފާ ނަގަމުން ސަމާސާ ކޮށްލިއެވެ.

މީރާ ޔަމާންއަށް ބަލާލާފައި ހީލިއެވެ. އަދި ފުން ނޭވައެއް ލުމަށް ފަހު މަލާކްގެ އަތުގައި ހިފާލިއެވެ.

މީރާއާ ތާނިޔާގެ މެދުގައި ހުރެގެން ކޮޓަރިން ނިކުމެގެން އައި މަލާކް ފެނުމުން ހާފިޒާއަށް ދެލޯ ބޮޑުކޮށްގެން މަލާކްއާ ދިމާއަށް ބަލަން އިނދެވުނެވެ. ހީވީ އަމިއްލަ ސޫރަ ކުރިމަތިން ފެނުނު ހެންނެވެ. ހާފިޒާގެ އެއުމުރުގެ ފޮޓޯއަކާ މަލާކްއާ އެއްވެސް ތަފާތެއް ނެތެވެ.

އިސްހާގުއަށްވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. މަލާކްއަކީ ފިރިހެން ކުއްޖަކަށް ވީ ނަމަ ރާހިލްއާ އެއްވެސް ތަފާތެއް ނުވީހެވެ. މަލާކް ރާހިލްއާ އެހާވެސް ވައްތަރެވެ. ހަމަ އެހެން ރާހިލްވެސް ހީވާނީ ހަމަ ހާފިޒާގެ ފިރިހެން ކޮޕީއެއް ހެންނެވެ.

މަލާކްއަށް ޓަކާ ހާފިޒާގެ ހިތް ލޯބިން ފުރިގެން އައީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެއާއެކު ހާފިޒާގެ ލޯ ކަރުނައިން ފުރިގެން އައެވެ. އިން ތަނުން ތެދުވެގެން ގޮސް މަލާކް އުރާލާ މޭގައި ޖައްސާލެވުނެވެ.

ރާހިލް ކައިވެނި ކޮށް، ދަރިއަކު ހޯދާނެ ދުވަހަކަށް ހާފިޒާ ކުރަމުން އައި އިންތިޒާރު ނިމުނު ފަދައެވެ. މޭގައި މަލާކް ޖައްސާލި ގޮތަށް ހުރެފައި ހާފިޒާ މަލާކް ދުރުކޮށްލީ އެކުއްޖާ ދުރަށް ދާން މަސައްކަތް ކުރަން ފެށުމުންނެވެ. އަލުން މަލާކް ތިރީގައި ބެހެއްޓުމުގެ ކުރިން ހާފިޒާ އެ ތުއްތު މޫނުގައި ތިން ހަތަރު ފަހަރު ބޮސްދިނެވެ. އެމަންޒަރު ބަލަން އެންމެން ތިބި އިރު އެކަކުވެސް އެއްޗެއް ނުބުނެއެވެ. ރާހިލްއަށް ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކޮށްލެވުނީ މަންމަގެ ހިތް މަލާކްއަށް ޓަކާ ހުޅުވުމުންނެވެ.

“ދަރިފުޅަށް އެނގޭތަ، މީ ދަރިފުޅުގެ މާމައޭ” ހާފިޒާ މަލާކްގެ އަތުގައި ހިފާލައިގެން ހުރެ ބުންޏެވެ.

ހައިރާން ވެފައި މަލާކް މީރާގެ މޫނަށް ބަލާލިއެވެ. މީރާ ބޯ ޖަހާލުމުން މަލާކް އަނެއްކާވެސް ހާފިޒާގެ މޫނަށް ބަލަން ހުއްޓެވެ. ހާފިޒާ މަލާކްގެ އަތުގައި ހިފާލައިގެން ގޮސް އިސްހާގު ކައިރީ އިށީނެވެ.

ހާފިޒާއެކޭ އެއްފަދައިން އިސްހާގުއަށްވެސް މަލާކް ފެނުމާއެކު އެކުއްޖާ ދެކެ ލޯބި ވެވުނެވެ. މަލާކްގެ އަތުގައި ހިފާލަމުން އިސްހާގު މަލާކް ގެނެސް އުނގުގައި ބޭންދިއެވެ. އިސްހާގުގެ ކުރިމަތީ އިން ރާހިލް މަލާކްއަށް ފެނުނީ އެވަގުތުއެވެ. ކޮންމެވެސް ވަރަކަށް ބިރު ގަނެފައިވާ މަލާކް ރާހިލް ފެނުމާއެކު ބައްޕާއޭ ކިޔާ ގޮވާލަމުން އިސްހާގުގެ އުނގުން ފައިބައިގެން ގޮސް ރާހިލްގެ އުނގަށް އަރާ ދެއަތުން ރާހިލްގެ ކަރުގައި ބައްދާލިއެވެ.

“އެއީ ބައްޕަގެ މަންމައާ ބައްޕަތަ؟” މަލާކް އަހާލިއެވެ.

“އާނ، އެއީވެސް ދަރިފުޅުގެ ކާފައަކާ މާމައެއް” ރާހިލް ބުންޏެވެ.

“މި ތިން ކުދިންތަ ތިބެނީ؟” އެވަގުތު އިސްހާގު އަހާލީ ޔަމާންއާ މީރާއާ ތާނިޔާއަށް ބަލާލަމުންނެވެ.

“ތިން ކުދިން ތިބެނީ، ދެ ފިރިހެން ކުދިންނާ، އެންމެ އަންހެން ކުއްޖެއް، ދެން މީރާއަކީ މިއާއިލާއަށް އިފަން ނުވިޔަސް ހަމަ އަހަރުމެންގެ ދަރިއެއް” އިސްހާގު ކޮށްލި ސުވާލަށް ޖަވާބު ދިނީ ނަދީމާއެވެ.

“މީ ދޯ މީރާއަކީ؟” ތާނިޔާއާ ޔަމާންގެ މެދުގައި ހުރި މީރާއަށް އިޝާރާތް ކޮށްލަމުން އިސްހާގު އަހާލީ ހިނިތުންވުމަކާ އެކީއެވެ.

މީރާ ބޯޖަހާލިއެވެ.

“ކޮބާ މީރާގެ މަންމައާ ބައްޕަ؟” އިސްހާގު ހީވީ މީރާއާ ބެހޭ ހުރިހާ މައުލޫމާތެއް އޮޅުން ފިލުވަން އުޅޭހެންނެވެ.

“އެދެމީހުންވެސް ވީ ނިޔާވެފަ، މީރާއަށް ބާރަ އަހަރުން ފެށިގެން މީރާ ހުންނަނީ އަހަރުމެން ކައިރީ” މިފަހަރު ޖަވާބު ދިނީ ޝަފީގުއެވެ.

އިސްހާގު މީރާއާ ދިމާއަށް ބަލާލިއެވެ. އިސްހާގުއަށް މީރާ ވަރަށް ކަމުދިޔައެވެ. މީރާއަށް ބަލާލުމުންވެސް އެއީ މަޑުމައިތިރި، އަޚްލާގު ރަނގަޅު އަންހެން ކުއްޖެއްކަން އިސްހާގުއަށް އެނގުނެވެ. ރާހިލް މީރާއާ ކައިވެނި ކުރުމަށް ފަހު އެކަން ވަގުތުން އިސްހާގުމެންނަށް އެންގި ނަމައޭ އިސްހާގު ހިތަށް އެރިއެވެ.

“ތީ މާލޭ ކުއްޖެއްތަ؟” ހާފިޒާ ފުރަތަމަ ފަހަރަށް މީރާއާ ވާހަކަ ދެއްކިއެވެ.

މީރާ ބޯ ޖަހާލިއެވެ.

“މިހާރު ދެން އަހަރުމެންނާ ދިމާވެސްވީ، އަހަރެން ބޭނުން ރާހިލްގެ ދަރިފުޅު އަހަރެން ކައިރީ ހުންނަން… މީރާ އަލުން ރާހިލްއާ ކައިވެނި ކުރަން ވީނު؟” ހާފިޒާ އެވަގުތު ހިތަށް އައި ޚިޔާލު ފާޅުކޮށްލީ ކޮންމެހެން ރާހިލްގެ ކައިވެނި މީރާއާ ކުރުމަށް ބޭނުން ވެގެންނެއް ނޫނެވެ. ހާފިޒާމެން ގެޔަށް މަލާކް ގެންދަން ބޭނުން ވީ ވަރުންނެވެ.

އެންމެން އެއް ފަހަރާ ހާފިޒާއާ ދިމާއަށް ބަލާލިއެވެ.

“މަންމާ…!” ރާހިލް ގޮވާލީ އެވާހަކަ ހާފިޒާ ކުރިއަށް ގެންގޮސްފާނެތީ އެކަން ހުއްޓުވުމަށެވެ.

“ހާފިޒާވެސް ދައްކާ ވާހަކަ ދޯ؟ ރާހިލް އެއުޅެނީ ވިދާދްއާ ކައިވެނި ކުރާކަށްނު؟ އެކަން އެނގޭ އިރު ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ؟” ހިތްހަމަ ނުޖެހިފައި އިސްހާގު ބުންޏެވެ.

“އަހަރެން ނުބުނަމޭ ވިދާދްއާ ނީންނާށެކޭ، ވިދާދްއާ ހަމަ އިންނަންވީ، ފުރަތަމަ އެކައިވެނި ކުރާނީ، އެގޮތަށް އެމީހުންވެސް ބޭނުން ވާނީ، އެކަމަކު އޭގެ ފަހުން ރާހިލްއަށް މީރާއާ އިނދެވިދާނެއެއްނު؟ އެއީ ވިއްޔަ ރާހިލްގެ ދަރިފުޅުގެ މަންމައަކީ” ހާފިޒާ ވާހަކަ ދެއްކީ އިތުރު އެހެން މީހަކާ މެދު ވިސްނާލުމެއް ނެތިއެވެ.

“މަންމާ، ކޮން ކަހަލަ ވާހަކައެއްތަ ތި ދައްކަނީ؟ ހުއްޓާލަބަލަ” ރާހިލް ތަންކޮޅެއް ބާރަށް ބުންޏެވެ.

“މިކަމުގަ މައްސަލައެއް ކޮބާތަ؟ މީރާ އުޅެނީ މީހަކާ އިނދެގެންތަ؟” ހާފިޒާއަށް އެވާހަކައިގައި ގޯހެއް ވާކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

“ނޫނެކޭ، އެކަމަކު…” ރާހިލް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ކުރާނެ ފުރުސަތެއް ހާފިޒާ ނުދިނެވެ.

“ދެން؟ ކޮބާ މައްސަލައަކީ؟ މީރާ އަލުން ރާހިލްއާ އިނީމަ ހަމަ މީރާއަށް ރަނގަޅު ވާނީވެސް. މީރާ، ރާހިލްއަކީ އަހަރުމެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، ރާހިލްއާ ދެ އަނތްބަށް އިނަސް މީރާއަށް އެއްވެސް ކަމެއް ދައްޗެއް ނުވާނެ، ތިހެން މީހަކާ ނީނދެ ހުރެ ދުވަސްތައް ބޭކާރު ކޮށްލުމަށް ވުރެ ރަނގަޅު ވާނެ އަލުން ރާހިލްއާ އިނީމަ، މަލާކްއަށްވެސް ރަނގަޅު ވާނެ ދެމީހުން އަލުން ކައިވެނި ކުރިއްޔާ” ހާފިޒާ މީރާއާ ދިމާއަށް އެނބުރިފައި ވާހަކަ ދެއްކިއެވެ.

ހާފިޒާގެ ވާހަކައިން ރުޅި އައި ނަމަވެސް ޔަމާން އެއްޗެއް ނުބުނެ ހުއްޓެވެ. ޔަމާންގެ އިތުރުން އެހެން މީހުންވެސް ތިބީ ހާފިޒާ ވާހަކަ ދައްކަމުން ދާ ގޮތުން ހިތްހަމަ ނުޖެހިފައެވެ.

“ނޫން، އަހަރެން… އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން ވެގެން” މީރާ ބުންޏެވެ.

“ދަރިފުޅުގެ ބައްޕަ މީރާއާ އިންނަން ހުއްޓާ ކީއްކުރަން ދޮން ބައްޕައެއް އެ ކުއްޖާއަށް ހޯދަނީ؟ ބައްޕަ ވާ ލޯތްބެއް ނުވާނެ ދޮންބައްޕައެއް، ތީ އަދި މުޅިން ރަނގަޅު ނިންމުމެއް ނޫން މީރާ، ކުރިން ރާހިލްއާ ދިމާ ނުވާ އިރު އެހެން މީހަކާ އިންނަން އުޅުނަސް މިހާރު ކީއްކުރަން އެކަހަލަ ގޮތަކަށް ވިސްނަންވީ؟ އަހަންނަށް ފެންނަނީ މީރާ އަދި ވިސްނާލަން” ހާފިޒާ ބުންޏެވެ.

“ނޫން، ދޮންބައްޕަ އަކަސް އަމިއްލަ ދަރިއެއްހެން މަލާކް ދެކެ ލޯބި ވާނެ—” މީރާ ބުނަން އުޅުނު ނަމަވެސް ހާފިޒާ އެވާހަކަ މެދު ކަނޑާލިއެވެ.

“ތިހެންނޭ މިހާރު ބުނާނީ، ފަހުން ނުވާނެ އެހެންނެއް” ހާފިޒާ ވާހަކަ ދެއްކި އިރު ހީވަނީ ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭ މީހަކީ އެއީ ހެންނެވެ.

“ހާފިޒާ، ތި ވާހަކަ ހުއްޓާލަބަލަ، އެކުދިންގެ ކަންކަމާ އަހަރުމެން ނުޖެހޭ ބެހޭކަށް” އިސްހާގު ބުންޏެވެ.

“އެކަމަކު އަހަރެންގެ ރާހިލްގެ ދަރިފުޅު ކީއްކުރަން ދޮންބައްޕައަކާ ހަވާލު ކުރަންވީ؟ އަހަންނާ ރާހިލްވެސް އަދި ދުނިޔޭގަ އެބަ ތިބީމޭ، އެކުއްޖާއަށް ކޮންމެ ކޮންމެ ގޮތެއް ހަދާކަށް ދޫކޮށެއް ނުލެވޭނެ، މީރާ އެހެން މީހަކާ އިންނަންޏާ ރާހިލްއަށް މަލާކް ދޭން ވީނު؟” ހާފިޒާ ބުންޏެވެ.

“މަންމާ! މިހުރިހާ ދުވަހު އަހަރުމެންގެ އެއްވެސް އެހީއަކާ ނުލާ މީރާ އެކަންޏޭ މަލާކް ބެލީ، އެހާ ދުވަސް ކޮށްފަ އަހަންނަށް  މަލާކް ފެންނަ އިރަށް މަންމަ ތި ވިސްނަނީ މީރާއާ މީރާގެ ދަރިފުޅު ވަކި ކުރަންތަ؟ އަހަންނަށް ވުރެ ބޮޑަށް އެއީ މީރާގެ ކުއްޖެއް. އެއްވެސް މީހަކަށް މީރާއާ މަލާކް ވަތްކެއް ނުކުރެވޭނެ. އަދި އަހަރެން ނޫޅެން މީރާއާ އިންނާކަށް، މީރާވެސް ބޭނުމެއް ނުވޭ އަހަންނާ އިންނާކަށް، އެހެން ނޫނަސް މަންމަ ތިހެން ވާހަކަ ދައްކާ އިރު އެއްފަހަރުވެސް ވިދާދްއާ މެދުވެސް ވިސްނާނުލާނަންތަ؟ މަންމަ ތިކަހަލަ ވާހަކައެއް ދެއްކި ކަން އެނގިއްޖެއްޔާ އެގޭ މީހުން ކީކޭ ހީކުރާނީ؟

ދެން މީރާ އިންނަން އެއުޅެނީކީ ކޮންމެ ކޮންމެ މީހަކާ ނޫނޭ. މިހުރިހާ ދުވަހު މަލާކް ބައްޕައެއް ގޮތުގަ ދެކުނު މީހާއާ މީރާ އިންނަން އެއުޅެނީ. މީރާ އެކުދިން ވިހޭ ދުވަހުން ފެށިގެން އަމިއްލަ ދަރިންހެން އެކުދިން ގެންގުޅުނު މީހާ އެއީ، އިހަށް ދުވަހު އަހަރެން މަލާކްގެ ބައްޕައަށް ވިޔަސް މިހުރިހާ ދުވަހު އަމިއްލަ ދަރިން ހެން އެކުދިން ބެލި މީހާއޭ އެއީ” ހިތްހަމަ ނުޖެހިފައި އިން ރާހިލްއަށް ވާހަކަ ދެއްކުނީ ބާރަށެވެ.

“ކުދިންނޭ؟ ކޮން ކުދިންނެއްގެ ވާހަކައެއް ތި ދައްކަނީ މިހާރު؟” ހާފިޒާއަށް އަހާލެވުނެވެ.

“ރާހިލް ނުބުނަންތަ އެވާހަކައެއް؟” ޝަފީގުއަށް އަހާލެވުނެވެ.

ރާހިލް ބޯޖަހާލިއެވެ.

“އިސްހާގު، ރާހިލްއާ މީރާއަށް ލިބުނީ އެއްމާބަނޑު ދެކުދިން، މަނާލްއާ މަލާކް—”

“ރާހިލްއަށް އެކަން އެނގޭ އިރު ކީއްވެ ނުބުނެ ހުރީ؟” ޝަފީގުގެ ވާހަކަ މެދު ކަނޑާލަމުން ހާފިޒާ ރާހިލްއާ ސުވާލު ކޮށްލިއެވެ.

“ހާފިޒާ… މީހަކު ދައްކާ ވާހަކައެއް އަޑު އަހާބަލަ، ހުރިހާ ވާހަކައެއް ދައްކަން ޖެހެނީ ހާފިޒާއެއް ނޫނޭ” އިސްހާގުއށް ނީނދެވިގެން ބުންޏެވެ.

“ދިމާވި އެކްސިޑެންޓެއްގަ މީރާގެ ދޮށީ ދަރިފުޅު މަނާލް އަހަރުމެންނާ ވަކިވީ، މަލާކް ނޭނގެ ހަނދާން ހުންނާނެ ކަމެއްވެސް… އިސްހާގު، މީރާ އަލުން ދުނިޔެއަށް އައިސް އެހެރީ އެއްފަހަރު މަރުވެފައޭވެސް ބުންޏަސް ދޮގަކަށް ނުވާނެ، މީރާއަށް އެއްމާބަނޑު ދެކުދިން ލިބުނީ މީރާ އަދި ދުނިޔޭގަ ހުންނަން އޮތީމަ، އެހެން ނޫން ނަމަ މީރާވެސް އެދުވަހު މަރުވީސް، މަލާކްއަށް ޓަކާ ނޫން ނަމަ މީރާ ދިރިހުންނަން އެއްވެސް ހިތްވަރެއް ނުކުރީސް…

އަހަރުމެން އެންމެން ތިބެވެސް އެދުވަހު މީރާއަށް ކޮށްދެވުނު މާބޮޑު ކަމެއް ނެތް، އެދުވަހު މަލާކްއާ މެދު ވިސްނަންވެސް މީރާއަށް މަޖުބޫރު ކުރަން ޖެހުނީ، ހަނދާން ކޮށްދޭން ޖެހުނީ އެކުއްޖާއަށް ޓަކާވެސް މީރާ ހިތްވަރު ކުރަން ޖެހޭނެކަން، އޭރު މީރާއަކަށް ނުނިދޭ، ނުކެވޭ، އަބަދު މަލާކް އުނގަށް ލައިގެން އިނދެ ރުއިން ނޫން ކަމެއް މީރާއަކަށް ނުކުރެވޭ… އެހުރިހާ ކަމަކުން މީރާ ނެރެދިނީ ޔަމާން، އަހަރުމެންގެ ޔަމާންއާ މީރާ ކައިވެނި ކުރަން އެއުޅެނީ” އިސްހާގު ކިޔާދިނެވެ.

އެވާހަކަ އަޑު އަހާފައި ހާފިޒާއަށްވެސް އެއްޗެއް ނުބުނެވުނެވެ. ހިތަށް ކުރި އަސަރުން ހާފިޒާގެ ލޮލުންވެސް ކަރުނަ އައެވެ.

އިސްހާގު ތެދުވެގެން ގޮސް ރޮވިފައި ހުރި މީރާ ކައިރީ ހުއްޓި މީރާގެ ބޮލުގައި ފިރުމާލިއެވެ.

“ރާހިލްގެ ސަބަބުން އެވަރުގެ ހިތާމައެއް ދަރިފުޅަށް ލިބުނީތީ ބައްޕަ މާފަށް އެދެން. ބައްޕައަށް އެނގިއްޖެ ތީ ރަނގަޅު ކުއްޖެއްކަން… އެހެން ނޫން ނަމަ މިއަދު މަލާކްއާ ބައްޕަމެންނާ ބައްދަލެއް ނުވީސް، ރާހިލް ކަންތައް ކުރި ގޮތަށް ފަހު މީރާ ރާހިލްއަށް މާފެއްވެސް ނުކުރީސް، އަދި މަންމަ އެދެއްކި ވާހަކައަށް ޖަވާބެއް ނުދީވެސް ނުހުރީސް…

މަންމަގެ ވާހަކައިން ދެރަ ނުވާތި، މަންމަ ބޭނުން ވަނީ ރާހިލްގެ ދަރިފުޅު މަންމަ ކައިރީ ހުންނަން، އެހެންވެ އެހެން އެ ބުނަނީ، މަންމަ ކިޔާ އެއްޗަކާ އަޅާލާނެ ކަމެއް ނެތް… ޔަމާންއަށް ވަރަށް ޝުކުރު އަދާ ކުރަން ޖެހޭ މީރާއާ އެ ދެކުދިން ދެކެ ތިވާ ލޯތްބަށް، މީރާއަށް ރާހިލްގެ ފަރާތުން ނުލިބުނު ލޯތްބާ އުފާ ޔަމާން ދޭނެ ކަން އެނގޭ… ބައްޕަމެން ތި ކުދިންގެ ދިރިއުޅުމަކާ ނުބެހޭނަން، މަލާކް ހުންނާނީ މީރާ ކައިރީ، ބައްޕަމެންނަށް މަލާކްއާ ބައްދަލު ކޮށްލެވެނިކޮށް އެނިމުނީ، އެހެން ކަމަކަށް މީޜާގެ ފަރާތުން ބައްޕަ ނޭދޭނަން. މީރާއަށް އުފާވެރި ދިރިއުޅުމަކަށް އެދެން… ދެން މިއަދު ގޮސްލަނީ…” އިސްހާގު ދެއްކި ވާހަކައަށް ޔަމާންއާ މީރާ ބޯޖަހާލުމުން އިސްހާގު އެނބުރި ހާފިޒާއަށް ގޮވާލުމުން އެއްޗެއް ނުބުނެ ހާފިޒާއާ ރާހިލް ތެދުވިއެވެ.

“ރާހިލް…” ދޮރުން ނިކުމެ ނިކުމެ ހުރި ރާހިލްއަށް ޔަމާން ގޮވާލި އަޑު އިވުމުން އެނބުރި ބަލާލިއެވެ.

“ބައްޕަމެން ފައިބާ، އަހަރެން އެބަ އަންނަން” ރާހިލް އިސްހާގުއަށް ބުންޏެވެ.

ޔަމާން އައިސް ރާހިލްގެ ކުރިމަތީ ހުއްޓުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (33)

  1. Marsha

    ސަލާމް ހުރިހާ ކުދިން، ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް، ދެން އިންނާނީ ވާހަކައިގެ ފަހުބައި، އެބައި ބުރާސްފަތި ދުވަހުން ގެނެސްދޭނަން އިނޝާﷲ… ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ ކުދިން… ކުރީ ބަޔަށް ކޮމެންޓް ކޮށްލާ ވާހަކަ ކިޔާލި ކުދިނަންށް ވަރަށް ބޮޑަށް ޝުކުރިއްޔާ…

  2. Yya

    Salhi ey marsha.
    Keep it up

  3. Shahy

    Reethi v reethi ohh haadha avahah ninmaalee maash maash ge ehen vaahaka eh avahah kiyaalan libeyne kamah heekuran vaahaka varah reethi

  4. Faathee

    Masha Allah. V v v reethi mi story. Adhi fahu baya v inthizaaru kurevey. Mi story ninmaafa avas mustagubaleh ga Marsha ge ithuru vaahaka eh kiyaalan libeyne kama ummeedhu kuran. Ithuru vaahaka eh avaha genesla dhecehy.

  5. Aphy

    Alhey haadha reehchey story…nimun ves v reethi vaane kamah heekuran…waiting for the nxt part?

  6. aishath

    Vara reethi mibaives

  7. Mi

    V v v v v reethi
    But raahil n meeraa gulhuvaaa
    Yamaan n vidhaaaa
    Eyrun v v v fahkaa vaane…

  8. Mai

    Alhe nimeny dhw mi vaahaka vs

  9. Musli

    Vaahaka hama habeys…. ummeedhukuran mivaahaka nimunuhaa avahakah aa vaahakaeh kiyaalan libeynekamah….. v miss vaane

  10. ....

    Nice

  11. ainm

    vaahaka vara reethi. ekamaku meera and yamaan gulhuvaa plssss. yaman eaoh haa dhuvahu kuri inthizaaru. meera ves loabivanee yaman dheke ehenveema

  12. shile

    Interesting twist akah expect kuran
    Vaahaka reethi

  13. Elsaa

    Miraa and raahil please ?

    1. HAN
      Elsaa

      MEERAA AAI RAHIL GULHUVA PLXX

  14. Shanna

    Yeyyyyyy.. Awesome! ???????

  15. pupi

    Hadi….malak a nuvisna mira yamana gulanya….

  16. changed

    can’t wait for thursday. so excited..
    v v v reethi mi part ves…
    marsha, u r the best

  17. aal

    Salhi salhi salhiiiii ???
    Please meeraaa n yamaan gulhuvahcheyyyyy ..
    ???

  18. Noora

    Wow.. v v v reethi.. waiting 4 nxt part

  19. Eshal

    v v v reethi marsha
    Keep it up!
    Meera and Rahil pls pls pls eyrun vaahaka furihama vaanee

  20. fathun

    meera and rahil gulhuvaa. vidhaad and yamaan. hama gaimuvs aslu bappa eh nuvaane dho.

  21. SaSha

    yayaya meera and yamaan 🙂

  22. Aish

    Story vvvv reethi……

  23. mohd

    MALAK ge bappa aky rahil. adhi e dhemyhun dhemyhun dheke lwbiva iru meera aai raahil gulhuva plxx plxx plxx.

  24. Aisha

    Varah reethi

  25. Maa

    Midhaa gothun story nimeynee raahil and meera gulhigen…..boring….. but nice story and cant wait for final episode

  26. SaSha

    kobaaaaa

  27. Mi

    Kobaaaa thursday ey miii

  28. Aik

    Vaahaka up kohdybala avahah plz

  29. sus

    inthizaaruge gadithah gunamun dhanee… vaahaka varah reethi 🙂

  30. Aik

    Marsha den v gotheh ves bunelaba eyrun readers in ah ves igeyny

  31. Anonymous

    Kobaa next part.. Miadhu up nukohdhevenyaa vess bunela dheeba.. Eyrun dho ingeynee inthixaaru kurun huhtaalan vess.. Iru kolhakaa eba beley vihya up veythw

  32. Marsha

    Mirey up kuraanan InShaAllah… sorry for being so late… havyru ninman ulhenikoh kuda kameh jehuny… now typing the last few paragraphs… u can read it before 9.00 tonight… thnx for the patience everyone…

Comments are closed.