Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 11…

kamana Level 310 Stories500 Comments100 Comments
October 24, 2016 4 Mins Read
13 Comments

ލައިލާ މަނިކުގެ ގައިގަ ބައްދާލީ ނުރޯށޭ ބުނަމުންނެވެ. އެހެން ނަމަވެސް މަނިކު އެފަދަ އެހީއަކަށް ބޭނުންވެފަ ވާލެއް ބޮޑުކަމުން ލައިލާގެ އުނަގަނޑުގައި ދެއަތުން ވަށާލަމުން ބައްދާލީ ހިތްފުރޭވަރަށް ރޯން ހުވާންކޮއްގެން ކަހަލަ ގޮތަކަށެވެ.

ދެމީހުން އެ ވަގުތު ކޮޅަށް ނިމުމެއް އައީ މަނިކު ދެލޯ ފޮހެލަމުން ލައިލާގެ ކޮނޑުމަތިން ތެދުވުމުންނެވެ. “ލައީ” ލައިލާގެ އަތުގައި ހިފާލަމުން މަނިކު ލައިލާއަށް ގޮވާލިގޮތުން ލައިލާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. މަނިކުގެ ގޮވާލުމުގައި މިފަހަރު ތަފާތު ކަމެއްވެސް ވިއެވެ. ލައިލާއަށް އިނދެވުނީ މަނިކުއާ ދިމާލަށް ބަލަހައްޓައިގެންނެވެ. “ލައީ…” މަނިކު ފުންނޭވާއެއް ލަމުން ހަމަޖެހިލީ ހީލަމުންނެވެ. ލައިލާގެ އެބެލުން މަނިކަށް ކަމުދިޔައީ ކީއްވެގެން ކަމެއް ހުދު މަނިކުއަށްވެސް ނޭނގެއެވެ. ލައިލާގެ އަތުތެރޭގައި ވީ ވަގުތަކީ މިއިން ޒަމާނަކު ނުވާކަހަލަ އިހްސާސްއެއް ކުރެވުނު ވަގުތުކޮޅެކެވެ. ލައިލާގެ ރީތިކަމަށް ހިތުން ތައުރީފު ކުރި ވަގުތުކޮޅަށްވެސް ވެގެން ދިއައީ އެވަގުތުކޮޅެވެ. މަނިކުގެ ތޫނު ނަޒަރު ލައިލާގެ މޫނަށް ހުއްޓިފައި ހުރުމުން ލައިލާ އިސްޖަހައިލީ މަލެއް މޯޅިވިފަދައިންނެވެ. ލައިލާގެ އެ އަމަލުން މަނިކުގެ ހޭ އެރިކަހަލައެވެ.

“ލައީ… ދެން ދަނީ… ތޭންކްސް.. އަސްލުވެސް މިހާރު ހީވޭ ބޮލުން ރިހުމެއް ފިލިހެން…. ތޭންކްސް…” މަނިކު ޖޯލިން ތެދުވަމުން ލައިލާއާ ވާހަކަ ދެއްކީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ގަބޫލު ކުރަން ބޭނުންނުވިޔަސް މަނިކުގެ ހިތަށް ގޮތެއް މިރޭ ވެއްޖެއެވެ. “ކޮބާ ބުނީމެއްނު…. އެކަމަކު މަނިކު ދެން ކިހިނެއް ހަދާނީ….” ލައިލާއަށް އަދިވެސް ކަންތައް ވަމުންދާގޮތް ގަބޫލުކުރަން އުދަގޫވާކަހަލައެވެ. “ޑޯންޓްވޮރީ… ޝީރީންއަށް އަދި ވިސްނަދޭނީ… ގްޑްނައިޓް..” ލައިލާގެ ބަހަކަށް އިންތިޒާރު ކުރުމެއްނެތި މަނިކު އަވަސް ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ ގެއާ ދިމާލަށެވެ. މަނިކު ދިޔަ ދިމާލަށް ބަލަން އިން ލައިލާ ހިނިތުންވެލީ މަނިކުއަށް ކުޑަނަމަވެސް އެހީއެއް ވެވުމުންނެވެ.

……………………………….

އިރު އޭގެ ވާޖިބު އަދާކުރަން ދުނިޔެ މައްޗަށް އެރުމާއެކު މުޅި ރަށު ތެރޭގައި އެކި އެކި ތަންތަނުން މީހުންގެ ހިލަން ވާންފެށިއެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން އިން ޝިޔާމާގެ މަސައްކަތަށް ހުއްޓުމެއްއައީ ހުއްޓާ ނުލާ ރޮމުން ދިޔަ އަޔާނާގެ އަޑު އިވިއެވެ. “އަނެއްކާ ޝީރީން ފާހަނައިގަބާ” ޝީޔާމާ އަވަސްއަވަސް ކޮއްލުމައްފަހު އަތްދޮވެލީ ޝީރީންގެ ކޮޓަރިއާ ދިމާލަށް ދިޔުމަށެވެ.

“ދަރިފުޅާ ޝީރީން… ދަރިފުޅާ ފާހަނައިގަތަ….” ދޮރުގަ ހިފާލި އިރު ދޮރު ތަޅުލަފައި ހުރުމުން ޝިޔާމާ ދިޔައީ ބާރަށް ގޮވަމުންނެވެ. އަޔާނާއާއި ޖެހިގެން އޮށޯވެލައިގެން އޮތް ޝީރީންގެ ނަޒަރު އޭރެ ގޮސް ހުއްޓިފައި އިނީ ގިސްލެވެމުންދިޔަ އަޔާނާގެ މޫނަށެވެ. އޭރު އަޔާނާއަށް ރޮވޭވަރުން އަޑުވެސް ނުނިކުމެއެވެ. އެގޮތަށް އަޔާނާއާއި ދިމާލަށް ބަލާލާ ކޮންމެ ފަހަރަކު ޝީރީންއަށް ފެނިގެން ދަނީ ޝީރީންގެ އުފާވެރި ދިރިއުޅުން ބަރުބާދު ވެގެންދިޔަގޮތެވެ. އަޔާނާ މިދުނިޔެއަށް އުފަން ނުވިނަމަ ޝީރީން ވެގެން ދާނީ އެންމެ ލޯބިވާ މީހާގެ ހައްގަކަން ގައިމެވެ. އޭރު ގިސްލެވެމުން ދިޔަ އަޔާނާއަށް ވަނީ ރޮއި ރޮއި ވަރުބަލިވެގެންގޮސް ނިދިފައެވެ.

“ދަރިފުޅާ…” ޝީރީން ސިހުނީ ޝީޔާމާ ދޮރުގައި ބާރަށް ޖެހުމުންނެވެ. “ކިހިނެއްވީ….” ދޮރު ހުޅުވާލަމުން ޝީރީން އަހާލީ ފޫހިކަން އެކުލެވިގެންވާ ރާގަކަށެވެ. “ކޮބާ އަޔާނާ… އެމަންޖެ ރޯ އަޑު މަންމައަށް އިވިގެން އައީ..” މަޑު މަޑުން ޝިޔާމާ ބުނީ ޝީރީން ހިތްހަމަ ނުޖެހިފައިކަން އެނގެމުންނެވެ. “ދެން ކުޑަކުދިން ވިއްޔާ ރޯނެއެއްނު،…. ނިދާފަ މިހާރު އެބައޮތް… ” އެހެން ބުނެ ޝީރީން ދޮރުޖެހީ ޝީޔާމާ މޫނުމައްޗައްށެވެ. އެވަގުތުގައި ޝީޔާމާގެ ހިތުގައި ޖެހުނުވަރުން އެ ދެލޮލުން ކަރުނައިގެ އަސަރުފާޅުވާންފެށިއެވެ. އެހެން ނަމަވެސް އަވަސް އަވަހަށް ދެލޯ ފިއްތާލަމުން ދެލޯ ފޮހެލީ އަންނަން އުޅުނު ކަރުނަތިކިވެސް އަޔަނުދޭންހެން ހީވިއެވެ.

…………………….

“ހާއި……” ފަޅު ގެ އެއްގެ ބިންމައްޗަށް ވެއްޓިފައި އޮތް ފާރުބުރިއެއްގެ މަތީގައި އިށީދެގެން އިން ނަދީމް ސިހުނީ ލައިލާގެ އަޑުންނެވެ. “ކޯޗެއް ތިބަލަނީ މާ ފޯރީގައި….” ފޯނާ ކުޅެން ހުރި ނަދީމް އަނެއްކާވެސް އެ މަސައްކަތާއިގެން ކުރިއަށް ދިޔުމުން ލައިލާ މަނިކުއާ ދެފޫޓެއްހާ ދުރުގައި އިށީދެލަމުން އަހާލިއެވެ. “އެއްޗެއްނޫން… ލައީ ކީއްކުރަނީ މިތާ….. ހަވީރު ފިންޏަށް ހިނގަން ނިކުމެދޯ ތިއުޅެނީ….” ފޯނު ބާއްވަމުން މަނިކު ލައިލާގެ މޫނަށް ބަލާލިއެވެ. ” ހެހެހހެ އާން… އެކަމް ނަދީމް ފެނުނީމަ މިއައީ.. މިހާރު ކީއްވެ ގެއަށް ނާންނަނީ…. ގުޅާވެސް ނުލާ…” ލައިލާ މަޖާވެފައި ވާހަކަ ދެއްކީ ނަދީމް ހިތްހަމަ ނުޖެހޭނެކަމަކަށް ނޫނެވެ. ” ލައި ބޭނުންތަ އަހަރެން ލައީއަށް ގުޅަން… ލައީ ކައިރިއަށް ގެންދަން ބޭނުންތަ” ނަދީމްގެ އެ ތޫނު ދެލޯ އަމާޒުވެފައި ހުރީ ލައިލާގެ ދެލޮލަށެވެ. އެހެން ނަމަވެސް ލައިލާ އިސްޖަހައިލީ އެ ދެލޮލަށް ބަލާނެ ހިތްވަރެއް ގައިގަ ނެތުމުންނެވެ. ” ލައީ ބޭނުން ނުވާ ކަންތަކުގެ ކީއްވެތަ އަހަރެން ކައިރީގައި ތިކިޔަނީ.. ލައީއަށް އެނގެންވާނެ އެއީ އަހަރެން ބޭނުންވާ ކަންތައްކަން… އެހެން ނޫނަސް ލައީ ތިއުޅެނީ މީހެއްގެ ފިރިއެއް މަތިން ހަނދާން ނައްތާނުލެވިގެން… ލައީއަށް އެނގޭތަ ތި ދެމީހުން އެކީގަ ފެނުނީމަ އަހަރެންނަށްވާ ގޮތް… އުހުން ނޭނގޭނެ…. ދެން އޯކޭ…… މިވާހަކަ ނިންމާލަމާ….ލައީ އަހަރެން މިއުޅެނީ ފުރަންވެގެން،… މާލެ މިދަނީ….. މިރޭ ފުރަން…..” ނަދީމްގެ އަޑުގައިވާ ހިތްހަމަ ނުޖެހުން ލައިލާއަށް ހަމަ ރަނގަޅަށްވެސް ނަގައިގަނެވުނެވެ. “ނަދީމް…..” ލައިލާ ނަދީމްއަށް ގޮވާ ހުއްޓުވަން ބޭނުންވިއެވެ. އެހެންނަމަވެސް ނަދީމް އެދިޔައީ ލައިލާދެކެ ރުޅިއައިސްގެންނެވެ. ލައިލާއަށް އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. ނަދީމްވެސް އެބުނީ ދޮގެން ނޫނެވެ. އެއީ މީހެއްގެ ފިރިއެކެވެ. އެހެން ނަމަވެސް ހިތަކީ ހާދަ ބަސްނާހާ އެއްޗެކެވެ. ނަދީމް ފަސްދީ ދިޔަ ދިމާލަށް ލައިލާއަށް ބަލާލެވުނީ އަމިއްލަ ނަފްސު ކުއްވެރި ކުރަމުންނެވެ.

………………………………………..

ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ކޮންމެ މީހެއްގެ ހަޔާތަށް އެކި ބަދަލުތަކެއް ގެންނަމުން ދިޔަ ދުވަސްތަކެވެ. ރަންދޯދިގޭ މުޅި ގޯތީތެރޭ ވަނީ ފުއްޕާހަމުން ފުރާލެވިފައެވެ. ބޮޑު ފެންޑާގެ ކަނަކަށް ވާގޮތަށް ތިން މޭޒެއްމަތީ ފުރާފައިވަނީ އެކި ބާވަތް ބާވަތުގެ ހެދިކާއިންނެވެ.

“ކޮބާތަ މާމަގެ ރަންގަޑު….” ސަމްސިއްޔަ އާއި އަފީފް ޝިޔާމާފެނި އެދިމާލަށް މިސްރާބުޖެހީ އަޔާނާގެ ވާހަކަ އަހަމުންނެވެ. “ޝީރީން އެމަންޖެ ރީތި ކުރަނީ….” ޝިޔާމާގެ މޫނުމަތިންވެސް ފެނިގެންދަނީ ފުޅާ ހިނިތުންވުމެވެ. “އަޑުވެސް ގަދައޭ ދޯ.. ކޮބާތަ ހަދީޖާގެ މާމަދަރި…. ނާދޭތަ…” ގޭތެރޭގައި ކުޅެމުން ދިޔަ އެކި އުމުރުގެ ކުދިން ހީ ސަކަރާތް ޖަހަމުން ދިޔައީ އީދެއް އައިސްގެން އުޅޭ ހެންނެވެ.

“ޔާޔާ ކޭކް ކާން…. ބިއްބި ޔާޔާ ކޭކް ކާން..” މަނިކުގެ ކޮނޑުމަތީގައި ބޮޑާ ހާކަމުން ދިޔަ ދެއަހަރުގެ އަޔާނާ އެވަގުތު ސަމްސިއްޔައަށް ފެނުނެވެ. ” މާމަގެ ރަންކޮޅު.. ބިއްބި ކޭކް ނުދެނީތަ… އޭން….”މަނިކުގެ އަތުން އަޔާނާ އަތުލަމުން ބިންމަތީގައި ބެހެއްޓީ އެކުޑަ އަތުގައި ހިފަމުންނެވެ. ” މާމާ ކޭކް…” މޭޒުމަތީގައި އިން ބޮޑު މަލެއްހެން ހަދާފައިވާ ކޭކަށް އިޝާރާތް ކުރަމުން އަޔާނާ ބުނީ ތުން އޫ ކޮއްލަމުންނެވެ.

“މަންމާ ހިނގާދެން… ދަރިފުޅު ހިނގާ ކޭކްފަޅަން…” މަނިކުވެސް އަޔާނާގެ އަނެއްއަތުގައި ހިފަމުން ކޭކްއިން މޭޒާ ދިމާލަށް މިސްރާބުޖެހިއެވެ. ހުދުކުލައިން ފަހާފައިވާ ކުޑަ ފުއްޕި ހެދުމެއްގައި އަޔާނާ ފެންނަލެއް ވަރަށްވެސް ލޯތްބެއެވެ. އަޔާނާގެ އެ ކުޑަ ފޫކޮޅު ބޮޑުކޮއްލާފައިވަނީ ނެޕީގެ އެހީގައެވެ.

“ދަރިފުޅާ ކޮބާ ޝީރީން…” ސަމްސިއްޔަ ޝީރީން ފެންނަން ނެތުމުން އަހާލިއެވެ. “ކޮޓަރީގައި….. ބޮލުގަ ރިއްސާތީ އެބައޮތް..” މަނިކު އެހެން ބުނެ ހީލީ ގަދަކަމުންނެވެ.

“ޔާޔާގެ ޕްރެސެންޓް…” ދޮރު ހުޅުވާވަތް ލައިލާގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ. “ޕްރާސަލް… ޔާޔާގެ..” ދެއަތް ފުޅާ ކޮއްލަމުން އަޔާނާ އަތްދިއްކޮއްލީ ލައިލާގެ އަތުގައި އޮތް ފާރްސަލްއަށެވެ.

“ހެހެހެހެހ. ޔާޔާގެ ޕްރާސަލް.. ކޭކް ފަޅާ އަވަހަށް… ކޭކް ކޭކް…” ލައިލާ ކުޑަކުއްޖެއްހެން މޫނުކޮޅު ހަދާލުމުން އެންމެންވެސް ފެށީ ހޭންށެވެ.

……………

ކޮޓަރި ތެރޭގައި އެކަނި އޮތް ޝީރީންގެ މޫނުމަތިން ފެނިގެންދަނީ މާޔޫސްކަމެވެ. ވޭތުވެދިޔަ ދެއަހަރަކީ ޝީރިންގެ ހަޔާތުގެ އެންމެ ހިތާމަވެރި ދެއަހަރެވެ. މަސްތުވާތަކެތީގެ މައްސަލައިގައި މޯންޑޭ ހައްޔަރު ކުރުމުގެ ކުރިން ފޮނުވި މެސެޖް އަދިވެސް އެ ފޯނުގަ އެބައިނެވެ.

“ލަވް ވަރަށް ކަޑަވެއްޖެ… އަހަންނަށް ހީވަނީ އަހަރެން މިފަހަރު ބެދޭނެހެން…. ޕްލީޒް އަހަރެންނަށް އިންތިޒާރު ކުރައްޗޭ…. މި ކަންތައްގަނޑުން ސަލާމަތް ވެވުނުހާ އަވަހަކަށް ބޭބީ ކައިރިއަށް ދާނަން… ވަރަށް ލޯބިވޭ…” ޝީރީން އެދުވަހަށް ފަހު އަދިވެސް އެއިންތިޒާރު ކުރަނީ އެ ކޯލަށެވެ. އެހެން ނަމަވެސް އެ ކޯލް އެއީ އަންނާނެ ކޯލެއްބާއޭވެސް މިހާރު ޝީރީންގެ ހިތަށް އަރައެވެ.

…………………………

“ލައީ…. ކިހިނެއްވެފަ” މަނިކުމެންގެ ޖޯލީގައި އިށީދެލައިގެން އިން ލައިލާއާއު ޖެހިގެން މަނިކު އިށީނީނެވެ. “ކަމެއް ނުވޭ… މިގޭން ދާހިތް ނުވެފަ… ހެހެހހެ” އުޑުމައްޗަށް ނަޒަރު ހުއްޓާލަމުން ލައިލާ އެހެން ބުނީ ހިނިތުންވަމުންނެވެ. އެ ޖާދުވީ ހިނިތުންވުމަށް މަނިކުގެ ހިތް އެވަގުތު ތައުރީފުގެ އެތަށް ބަސްތަކެއް އޮހުރިވިއެވެ. “މަނިކު…” މަނިކުގެ ލޮލު ކުރިމަތީގައި އަތް ހަނަ އަޅާލަމުން ލައިލާ ގޮވަލީ ނިއް އަރުވަމުންނެވެ. “ހެހެހހެ ކޮބާ ނަދީމް ގުޅިތަ…” މަނިކު އެހެން އެހުމާއެކު ލައިލާގެ ހިނިތުންވުން ފަޑުވިކަހަލައެވެ. “ނުގުޅާތަ… އަޅެ މިއަދުވެސް ޔާޔާއާ އޭނަ ވާހަކަ ދެއްކި… ލައީ ބުނެބަލަ ތި ދެމީހުން މައްސަލް ޖެހުނީތަ…” އެ ސުވާލު އެހި އިރު މަނިކުގެ ހިތް ތެޅިލީ ކިހިނެއްކަމެއް މަނިކުއަށްވެސް ނޭނގޭނެއެވެ. “ނޫން… އަސްލު ލައީއަށްވެސް ނޭނގެ… ލައީ ގުޅީމަވެސް ފޯނެއް ނުނަގާ…” ލައިލާގެ އަޑުގައި މާޔޫސްކަން އެކުލެވިގެން ވިއެވެ. މަނިކުގެހިތް އެވަގުތު ރިއްސާލީ ކީއްވެބާއެވެ. މަނިކު މަޑުމަޑުން މޭމަތީގައި ފިރުމާލިއެވެ. “ލައީ އަދި އޯކޭވާނެ… އޭނަ އެކޮޅުގައި ޖޮބްގަ އުޅޭތީ ބިޒީ ކަމަށްވެސް ވެދާނެ…..” މަނިކުބެލީ ލައިލާއަށް ހިތްވަރުލައިދެވޭތޯއެވެ.

“މަނިކު އެ އިވެނީ ޔާޔާ ރޯއަޑުދޯ” މުޅި ގޭގައި ގުގުމައިގެން ދިޔައީ ކުޑަ އަޔާނާގެ ވޭނީ ރުއިމުގެ އަޑެވެ. މަނިކަށް ޖޯލިން ތެދުވެވުނީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. ދެން ފެނުނީ ކޮޓަރީ ދޮރުމަތީގައި މަނިކު ދެލޯ ބޮޑުކޮއްގެން ހުރި ތަނެވެ. އޭރު އަޔާނާ އެނދުމަތީ އިތް އިރު ޝީރީން އަޔާނާގެ ނެޕީގައި ހިފަހައްޓައިގެން އިނެވެ. ދުވެފައި އައި މަނިކު ފެނި ޝީރީންއަށް ތުންފަތުގައި ދަތް އަޅާލެވުނު އިރު މީހާ ހާސްވެ މުޅި ގައިން ދާހިތްލަން ފަށައިފިއެވެ.

ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ކާމިޔާބު އަންހެނާ 8

Next

އެފިނިމެންދަން 7

Next
October 25, 2016

އެފިނިމެންދަން 7

Previews
October 24, 2016

ކާމިޔާބު އަންހެނާ 8

13 Comments!

  1. ken? says:
    October 24, 2016 at 7:59 pm

    hey kamana story v nice but thankolhei kuruveema??

  2. aik says:
    October 24, 2016 at 8:05 pm

    vv reethi

  3. xenn says:
    October 24, 2016 at 8:11 pm

    Varh rythi..me first dhw…hehe

  4. Aishoo says:
    October 24, 2016 at 8:24 pm

    Reethi…
    Bt haadha kurey….. Next part Thankolheh dhigukon genes dhehchey

  5. yaana says:
    October 24, 2016 at 8:39 pm

    vvv reethi

  6. Rifa says:
    October 24, 2016 at 9:28 pm

    Kamana alhe birugannaneetha dhigukoh Libyan midhen fukeh boduvaru ekm vs v reethi..

  7. Lovely girl says:
    October 24, 2016 at 10:36 pm

    Anehvaru e sireengadu kehtha ekurieekiee.. avahah up kohdhehchey ?

  8. Wasy says:
    October 24, 2016 at 10:55 pm

    V reethi dhen kondhuvahaku vaahaka annaanee. Avahah genes dhehchey

  9. Wasy says:
    October 24, 2016 at 10:58 pm

    V reethi.dhen kondhuvahaku vaahaka annaanee.avahah genesdhehchey

  10. Nie says:
    October 25, 2016 at 3:03 am

    Varah reethi

  11. Appy says:
    October 25, 2016 at 7:45 am

    Hi kamana ….v rythi mi bai vx ingey ……

  12. Thaathi says:
    October 25, 2016 at 10:26 am

    V vvvvvv reethi sheereen yayaa ah gotheh nahadhaathi

  13. Saandy says:
    October 25, 2016 at 1:12 pm

    ވަރަށް ރީތި… އެ ޝީރީން އެކުއްޖާއަށް ކިހިނެއް އެހެދީ އަނެއްކާ… ޖެހީ ކަންނޭނގެ… ހާދަ ނުލަފާ އަންހެނެކޭ… މަނިކު އަތުން ބޮނޑިއެއް ބޮއިގެން ކަންނޭނގެ އޭނަ މައިތިރިވާނީ…. 12ވަނަ ބައި އަވަސްކޮށްލައްޗޭ

Comments are closed.

Next Episodeއިންތިހާއަށް އާދޭސް 12…←


All Right Reserved!