Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެފިނިމެންދަން 8

Shine
October 26, 2016
16 Mins Read
60 Views
26 Comments

” އިޝާން….އަޅުގަނޑަށް އެނގޭ އިޝާން ތިޔަސުވާލު ކުރީ ކީއްވެގެންކަން…..އެކަމަކު އިޝާން ގޯސްގޮތަކަށް އަޅުގަނޑާމެދު ވިސްނުމުގެ ކުރިން ވަރަށް މުހިއްމު ވާހަކައެއް އަޅުގަނޑު ބުނެލަން ބޭނުން….އެއީ އަދި އިތުރުމީހަކަށް ނޭނގޭ ސިއްރެއް….އަޅުގަނޑާ ނީލާގެ ކައިވެނިވަނީ ހަމަޖެހިފަ…..އިރާދަކުރެއްވިއްޔާ…މާގިނަދުވަހެއްނުވެ އަޅުގަނޑުމެން ކައިވެނިކުރާނަން….” އަނިލްގެ ވާހަކަ އަޑުއަހާފައި އިޝާންއަށް ލިބުނު ހައިރާންކަމުން ބަސްހުއްޓުނެވެ. އެއީ ތެދެއްކަން އޭނާ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ނީލާ ލޯބިވަނީ އިޝާންދެކެއެވެ. ނީލާގެ ލޯތްބާއި އޭނާގެ ހަށިގަނޑުވެސް ވަނީ އިޝާންއަށް ހިބައިން ދީފައެވެ. ވީއިރު ނީލާ އަނިލްއާ ކައިވެނިކުރާނީ ކިހިނެއް ހެއްޔެވެ؟

” ތީހަމަ ތެދެއްތަ؟….މިބުނީ ސަރ އާ މޭމްއާ ދެމީހުން އުޅެނީ ލޯބީގެގޮތުން ގުޅިގެންތަ…..މޭމްވެސް ލޯބިވޭތަ ސަރދެކެ؟..” އިޝާންހުރީ ހަގީގަތް އޮޅުންފިލުވަން  ނުހަނު ބޭނުންވެފައެވެ.

” ހަމަގައިމުވެސް އަޅުގަނޑު ވަރަށްލޯބިވޭ ނީލާދެކެ…އަދި ނީލާވެސް ހިތުން ރުހުމުން  ކައިވެންޏަށް އެއްބަސްވީ….ލޯބިވާ ވާހަކަ ދުލުން ނުބުންޏަސް ލޯބިވާތީދޯ އެއްބަސްވާނީ….އަދި ނީލާގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން ކައިވެނިކުރާނެ ދުވަހެއްވެސް ކަނޑައަޅަން އޮތީ ނިންމާފަ…..މިރޭ އިރާދަކުރެއްވިއްޔާ އެކަންވެސް ކުރާނަން…..އެކަމަކު މީއަދި ސިއްރެއް އިނގޭ!….އިޝާންވެސް އަދި މިސިއްރު ހިފަހައްޓައިދިނިއްޔާ ރަނގަޅީ…” އިޝާންގެ ކޮނޑުގައި އަތްބާއްވާލަމުން އަނިލް ބުނެލިއެވެ. އޭރު އިޝާންގެ ހިތުގައިވަނީ ހައިޖާނެއް އުފެދިފައެވެ. އޭނާއަށްވަނީ ނީލާއާމެދު ވިސްނަންވީ އެއްޗެއް ނޭނގިފައެވެ.

” އިޝާން!…ކިހިނެއްވީ؟…ކީއްވެ އެއްޗެއް ނުބުނީ….އަނެއްކާ އަހަރެން މިދެއްކި ވާހަކަ ގަބޫލު ނުކުރެވެނީތަ؟…..ޝައްކު ކުރެވެންޏާ މައްސަލައެއްނެތް ނީލާގާތު އަހާލިޔަސް….ޔަގީންވާނެ އޭރުން….” އިޝާން ޖަވާބެއްނުދީހުރުމުން އަނިލް ބުންޏެވެ.

” ނޫނޭ…އަޅުގަނޑު ޝައްކެއް ނުކުރަން….އަދި އަޅުގަނޑު އެއްވެސް މީހެއްގާތު ނުބުނާނަން ތިވާހަކައެއް….އޯކޭ!…އަޅުގަނޑު ގޮސްލީމި..” އިޝާން ހަލުވި ފިޔަވަޅުތަކެއްގައި ސުކޫލުން ނުކުތެވެ. މިސްރާބު ގެއްލިފައިވާ އުޅަނދެއްފަދައިން އިޝާން މަގުހުރިގޮތަށް  ހިނގަމުންދިޔައެވެ. އޭނާގެ ސިކުނޑިވަނީ ސުވާލުން ފުރިފައެވެ. ނީލާއަކީ ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ ނީލާގެ ހަގީގަތަކީ ކޮބާ ހެއްޔެވެ؟ ނީލާއަކީ ރޭގަނޑު އިޝާންގެ ލޯބިވެރިޔާއެވެ. ދުވާލު އަނިލްގެ ވާންއުޅޭ އަނބިމީހާއެވެ. އަލަތު ކައިވެނިކުރަން އުޅޭ އަންހެން ކުއްޖަކު ތިމާގެ ވާންއުޅޭ ފިރިމީހާ ފިޔަވައި އިތުރުމީހަކު އޭނާގެ ހަށިގަނޑުގައި ބީހިލުމުގެ ހުއްދަވެސް ނުދޭނެކަން ގައިމެވެ. ނަމަވެސް ނީލާވަނީ އޭނާގެ ހުރިހާ އެއްޗެއް އިޝާންއަށް ދީފައެވެ. ހިތުންރުމުންނެވެ. ވީއިރު ނީލާގެ ފަރާތުން އަނިލްއަށް ދެވޭނީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން ލޯތްބެއް ހެއްޔެވެ؟ އަނިލްއާ ކައިވެނިކުރަން ބޭނުންވާއިރު އިޝާންއާއެކު ގުޅުން ހިންގީ ކީއްވެގެން ހެއްޔެވެ؟ އަނިލްއަށް އާބަސްބުނެފައި އިޝާންއަށް ލޯބިހުށަހެޅީ ކީއްވެގެން ހެއްޔެވެ؟ ނީލާ ދެފިރިހެނުންގެ ހިތާކުޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އަނިލްއާ ކައިވެނިކުރަން އުޅޭކަން އިޝާންއަށް ސިއްރުކުރިއިރު، އިޝާންއާއެކު ހިންގި ލޯބީގެ ގުޅުން އަނިލްއަށް ރޭކާ ނުލާނޭކަންވެސް ކަށަވަރެވެ. ނީލާއަކީ ހަމަ އެހާ ގޮތެއްނެތް އަންހެނަކީ ހެއްޔެވެ؟ އެއީ މައުސޫމު ސިފައެއްގައިހުރި މަކަރުވެރިޔަކީ ހެއްޔެވެ؟

” ނޫން..ނޫން…ނީލް ލޯބިވަނީ ހަމައެކަނި އަހަރެންދެކެ…..ނީލް އަހަރެންނަކަށް އެހެނެއް ނަހަދާނެ…..އަހަރެންނަކަށް އޮޅުވައެއް ނުލާނެ” އިޝާންއަށް ބޭއިޚްތިޔާރުގައި އޭނާގެ ހިތް އެދޭގޮތަށް ބުނެވުނެވެ. ހަގީގަތަކީ ކޮބައިކަން ނޭނގުނު ނަމަވެސް ހިތްބުނަނީ ނީލާއަކީ ރަނގަޅު ކުއްޖެއްކަމަށެވެ. ނީލާއާމެދު ގޯސްކޮށް ވިސްނާކަށް އިޝާން ބޭނުމެއް ނުވެއެވެ. ނަމަވެސް އަނިލް ދެއްކިވާހަކަ ތަކާމެދުވެސް އިޝާން ވިސްނިއެވެ. އަނިލްވެސް ނީލާއާމެދު އެވަރުގެ ބޮޑުދޮގެއް ނުހަދާނެކަން އިޝާންއަށް ޔަގީންވެއެވެ. އަނެއްކާ ނީލާއަށް އަނިލްއާ ކައިވެނިކުރަން މަޖުބޫރުވީބާއެވެ. އިޝާންދެކެ ލޯބިވާ ވާހަކަވެސް ބުނީހަމަ ކުއްލިއަކަށެވެ. ޔަގީނުންވެސް ކޮންމެވެސް ގޯހެއް އެބައުޅެއެވެ.

ގެޔަށްވަދެވުމާއެކު އިޝާން ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. ވިސްނަމުން ގޮސް މިހާރު އޭނާގެ ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ. އެނދުގައި އޮށޯތުމާއެކީ ނީލާގެ ގައިންދުވި ސެންޓްވަސް ނޭފަތުގައި ޖެހުނެވެ. އެހަނދާންތަކުން އަނެއްކާވެސް ސިކުނޑިއަށް އުނދަގޫކުރަން ފެށިއެވެ. ރޭގައި ނީލާގެ ފަރާތުން ލިބުނު ލައްޒަތުގެ ރަހަ ފިލާނުދަނީސް މިލިބުނީ ކޮންފަދަ ޚަބަރެއް ހެއްޔެވެ؟ ނީލާ އޭނާގެ ޙަޔާތަށްއައީ ވަގުތީގޮތުން ހެއްޔެވެ؟ ހަމައެކަނި އެންމެ ރެއެއްގައި އޭނާގެ މިލްކަކަށް ވުމަށްފަހު އުމުރަށް އެހެންމީހެއްގެ ހައްޤަކަށް ވަނީ ހެއްޔެވެ؟

” ކީއްވެ ނީލް އަހަރެންނަށް އޮޅުވާލީ…..ކީއްވެ ނީލް ތިގޮތަށް ތިކަންތައްކުރީ…..ކޮންމަޖުބޫރެއް އޮވެގެން އަނިލްއާ ކައިވެނިކުރަން އެއްބަސްވީ؟….” އިޝާން ހިތާހިތުން ޝަކުވާކުރަމުން ދިޔައެވެ. އޭނާގެ އެސުވާލުތަކުގެ ޖަވާބުދެވޭނެ ފަރާތަކީވެސް ހަމައެކަނި ނީލާއެވެ. ކޮންމެގޮތަކުންވެސް އެސުވާލުތަކުގެ ޖަވާބު ހޯދަން އޭނާބޭނުމެވެ. އިޝާން އިރުކޮޅަކު ވިސްނަން އޮތުމަށްފަހު ތެދުވެގެން ކޮޓަރިން ނުކުތެވެ.

އިޝާން އެއްވެސް އެއްޗެއް ނުކައި އަނެއްކާވެސް މިސްރާބުޖެހީ ސުކޫލަށް ދިއުމަށެވެ. ބަނޑުހައިކަން އިހުސާސް ވާވަރަށްވުރެ އޭނާގެ ސިނކުޑިއަށްވަނީ ބުރަވެފައެވެ. އިސްދަށަށް ޖަހައިގެން ހިނގާފައިދަނިކޮށް، ކުއްލިއަކަށް ގެޔަކުން ނުކުތް އަންހެނަކު އިޝާންގެ ގައިގާޖެހިފައި ވެއްޓެން އުޅުނެވެ. އިޝާން އަވަހަށް އެމީހާ ހިފެހެއްޓިއެވެ. އެމީހާގެ މޫނުފެނުމާއެކު އިޝާން ހުއްޓުން އަރާގޮތްވިއެވެ..

” މަންމާ!…ނަސީބެއްނު ދުއްވާ އެއްޗެއްގަ ނުޖެހުނުކަން….” އިޝާން ސިހިފައި ބަލާލިއިރު އަނިލް ދުވެފައި ކަހަލަ ގޮތަކަށް އެގެއިން ނުކުންނަނީއެވެ. އިޝާން ހައިރާންވެފައި އަނިލްއަށް ބަލަން ހުއްޓެވެ. އަނިލް އައިގޮތަށް އައިސް އެއަންހެންމީހާގެ ގައިގާ ހިފެހެއްޓިއެވެ.

” އިޝާން….ތޭންކްސް….މަންމަ ނުކުމެގެން ތަނަކަށް ދިޔުމުގެ ކުރިން ހިފަހައްޓާދިނީތީ…..މަންމައަކީ ވަރަށް ބަލިމީހެއް….ބޭރަށް ގޮސްފިއްޔާ އެކަނި ގެޔަށް އަންނާކަށްވެސް ނޭގޭނެ……ނަސީބެއްނު ސައިކަލެއް ކަހަލަ އެއްޗެއް ނައިކަން…..އިޝާން އާދޭ އެތެރެއަށް އެއްޗެއް ބޯލަން…” އަނިލް އޭނާގެ މަންމަ ގޮވައިގެން ގޭތެރެއަށް ހިނގައިގަންނަމުން ބުންޏެވެ. ބޭއިޚްތިޔާރުގައި އިޝާންއަށްވެސް އަނިލްގެ ފަހަތުން އެގެޔަށް ވަދެވުނެވެ. އަނިލް އޭނާގެ މަންމަ ސިޓިންރޫމުގެ ސޯފާއެއްގައި މަޑުމަޑުން ބޭންދިއެވެ.

އިޝާން އަދިވެސް ހުރީ އަނިލްގެ މަންމަގެ މޫނަށް ބަލަހައްޓައިގެން ބަސްހުއްޓިފައެވެ. އޭނާ އެހާވަރަށް ހުއްޓުން އަރާފައި އެހުރީ ސަބަބެއްނެތި އެއް ނޫނެވެ. އެއީ މިހުރިހާ ދުވަހު އޭނާ ހޯދަމުން އައި އޭނާގެ ލޯބިވާ މަންމަކަން ފުރަތަމަ ފެނިލުމުންވެސް އޭނާއަށް އެނގިއްޖެއެވެ. އެމޫނުގައި އަދިވެސް ޒުވާންއިރުގައި ހުރި ރީތިކަން ފަނޑުނުވެ އެބަހުއްޓެވެc. އޭނަގެ އަތުގައި ހުރިފޮޓޯތަކުން ފެންނަ ވަރަށްވުރެވެސް ދޮނެވެ. އުމުރުން ދުވަސްވުމުންނާއި ކުޑަކޮށް ފަލަވެފައިހުރުމުން ތަފާތުކަމެއްހުރި ނަމަވެސް އެއީ ހަމަ އޭނާގެ މަންމައެވެ. އެކަމަކު އަނިލް އެއީ ކާކު ހެއްޔެވެ؟ އޭނާގެ ބޭބެއެއްހުރި ވާހަކައެއް މާމަ ނުބުނެއެވެ. އަދި  އޭނަނޫން އިތުރުދަރިއެއް މަންމަގެ ހުރިކަމެއްވެސް އޭނައަށް އެނގިފައެއް ނެތެވެ. ނަމަވެސް އެއީ ހަމަ އޭނާގެ މަންމަކަމުގައި އޭނާގެ ހިތްބުނަމުންދިޔައެވެ. މަންމަގެ މައުސޫމު މޫނަށް ބަލަން ހުއްޓައި އިޝާންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ސިއްރު ސިއްރުން އިޝާން ކަރުނަ ފުހެލިއެވެ.

” އިޝާން ކިހިނެއްވީ؟….ހާދަ ހައިރާންވެފަ ތިހުރީ؟…..އިޝާންއަށް އަދި އަލަށްދޯ އަހަރެންގެ މަންމަ ތިފެނުނީ…..އާދެބަލަ!…މިތާ އިށީނދެބަލަ!…” އަނިލް ޖެހިގެން ހުރި ސޯފާއަށް އިޝާރާތްކުރަމުން ބުންޏެވެ. އިޝާން މަޑުމަޑުން ގޮސް އޭނާގެ މަންމައާއި ދާދިގާތުގައި އިށީނދެ މަންމަގެ މޫނަށް ބަލާލިއެވެ. މަންމަވެސް ބީރައްޓެހި ނަޒަރަކުން އިޝާންގެ މޫނަށް ބަލަމުންދިޔައެވެ.

” މަންމާ!…މީ އިޝާން….. އަހަރެންނާއެކު އޮފީހުގަ މަސައްކަތްކުރާ ކުއްޖެއް….” އަނިލް އޭނާގެ މަންމައަށް އިޝާން ތައާރަފުކޮށްދިނެވެ.

” މަންމަ އަދި މިއުޅެނީ ސައިނުބޮއެޔޭދޯ….މަންމަސައިބޯނީ އަހަރެންނާއެކީ އަބަދުވެސް…..މަންމަކާނީ އަހަރެންއަތުން….ދޯމަންމާ!….ހިނގާދާން ކާން….އިޝާންވެސް އާދޭގޮތެއް ހަދާލަން….” އަނިލް އޭނާގެ މަންމަގެ އަތުގައި ހިފައިގެން ތެދުވަމުން އިޝާންވެސް އައުމަށް އެދުނެވެ. އިޝާންވެސް ކިޔަމަންތެރި ކަމާއެކު އަނިލްގެ ފަހަތުން ކާކޮޓަރިއަށް ދިޔައެވެ. އަނިލް އޭނާގެ މަންމައަށް ރޮށިކޮށައިދީ މޮޑެދީހެދި މަންޒަރުބަލަން އިޝާންއިނީ ހައިރާން ވެފައެވެ. އަނިލްފަދައިން އޭނާއަށްވެސް މަންމައަށް ޚިދުމަތްކުރުމުގެ ޝަރަފު ލުބުނު ނަމައޭ ހިތަށްއެރިއެވެ. އިޝާން ކަޅިޖަހާނުލައި މަންމަގެ މޫނަށް ބަލާކަން އަނިލްއަށްވެސް ފާހަގަ ކުރެވުނެވެ.

” އިޝާން….މަންމަ ބިރުގަންނާނެ…ނުދަންނަމީހުން އެހާވަރަށް ބަލަންޏާ…..މަންމަ ހުންނަލެއް ލޯބިކަމުން މީހުން ވަރަށް ބަލާނެ…..އެކަމަކު ޑޮކުޓަރ މަނާކޮށްފަ އޮންނަނީ މީހުން ގިނަތަންތަނަށްވެސް ނެރެން…..އެކަމަކު މާބޮޑަށް އެކަނި ދޫކޮށްނުލާންވެސް އަންގާފައޮތީ….” އަނިލް ވަރަށް ދެރަވެލާފައި މަންމަގެ ހާލަތު ކިޔައިދިނެވެ. އިޝާން އަވަސް އަވަހަށް އިސްޖަހާލިއެވެ. އަނިލް ވަރަށް ލޯތްބާއެކު ކުޑަކުއްޖަކަށް ކާންދޭން ފަދައިން ސަމުސަލުން ލަވައިގެން މަންމަޔަށް ކާންދެމުން ދިޔައެވެ. މަންމަވެސް ހިނިތުންވެ އިނދެ ކަމުން ދިޔައެވެ. އިރު އިރުކޮޅުން މަންމަ އިޝާންއަށް ވެސް ބަލާލައެވެ. ދެފަހަރަކު އިޝާން ހީލުމުންވެސް މަންމަ އަޅާވެސް ނުލިއެވެ.

” މަންމަ ނިމުނީދޯ…އާދޭ ތުންދޮންނަން.” މަންމަ ތެދުވުމާއެކު އަނިލް އަވަހަށް ގޮސް މަންމަގެ ތުންދޮއްވިއެވެ. މަންމަ ހިނިތުންވެލާފައި އަނިލްގެ ބޮލުގައި ފިރުމާލިއެވެ. އެމަންޒަރު ފެނުމުން އިޝާންގެ ހިތަށްތަދުވިއެވެ. އަނިލް މަންމަ ގޮވައިގެން ގޮސް މަންމަގެ ކޮޓަރިއަށް ލުމަށްފަހު އެނބުރި ކާކޮޓަރިއަށް އައެވެ.

” އެއީ ހަމަ ސަރގެ އަސްލު މަންމަތަ؟….” އަނިލް އައިސް އިށީނުމާއެކު އިޝާން ޖެހިލުންވެ އިނދެ ސުވާލުކޮށްލިއެވެ.

” ކީއްވެގެން ތިހެންތިއެހީ؟” އަނިލް ކުޑަކޮށް ހައިރާންވެފައި އިޝާންގެ މޫނަށް ބަލާލިއެވެ.

” ސަރ އާ ވައްތަރުނޫންވީމަ..” އިޝާން އަވަސް އަވަހަށް ބުނެލިއެވެ.

” އެހެންތަ؟….ވައްތަރެއްނޫން ދޯ!….އަސްލުބުނަން…..އިޝާން ނޫން އެހެންމީހުން ކުރަނީ ތިސުވާލެއްނޫން….އެމީހުން އަހަނީ ތީހަމަ އަނިލްގެ ދޮންމަންމަހޭ؟…ހެ ހެ ހެ އިޝާން ތިއެހީ އިދިކޮޅަށް….މީ އަހަރެންގެ އުފަން މަންމަ ނޫންނަމަވެސް އަހަރެންނަކަށް އެކަން އިހުސާސެއް ނުވޭ…..އަހަރެންގެ މަންމައަކީ މިގޭ މާމަޔަށް ދަރިޔަކު ނުލިބޭއިރު ގެނެސްގެން ގެންގުޅުނު އެހެން ރަށެއްގެ ޔަތީމު ކުއްޖެއް…..މަންމަބޮޑުވެގެން ބައްޕަޔާކައިވެނި ކުރީ މާމަމެންގެ ނުގަބޫލުގަ….ބައްޕައަކީ ކޮންމެވެސް ސިޔާސީ މައްސަލައެއްގަ މިރަށަށް އަރުވާލި އައްޑުއަތޮޅުމީހެއް….އެހެންވެ އަސްލު މާމަމެން ނުގަބޫލުވީ…..އޭރު މާމަޔަށް ދަރިޔަކުވެސް ލިބިއްޖެ….އެއީ މި މަންމަ….މި މަންމަ ވަރަށް ކުޑައިރު މާލެއަށް ކިޔަވަން ދިޔައީ…..އަހަރެން ވަރަށް ތުއްތުއިރު އަހަރެންގެ އަސްލު މަންމަ މަރުވީ…..އޭގެފަހުން މާމައާ ކާފަޔާ އަހަރެން ބަލާބޮޑުކުރީ…..މިމަންމަ ކިޔަވާނިމިގެން މާލޭން މީހަކާ އިނީ…އެކަމަކު އެވީ ވަރަށް ގޯސްމީހަކަށް….އެންމެފަހުން ކުއްޖަކުވެސް ލިބިފަހުއްޓާ މަންމަވަރިކޮށްފަ ދަރިފުޅުވެސް އަތުލާފަ ފޮނުވާލީ…..މާމަމެން ވަރަށްދެރަވި އެކަމާ….އަހަރެންވެސް ހަނދާންހުރޭ  މިމަންމަ މާލޭން ގެނައި ދުވަސް…..އޭރު އަހަރެންނަށްވާނީ ދިހަވަރަކަށް އަހަރު…..މާމަމެންނަށް ހިތާމައެއް ލިބުނު ދުވަހު އަހަރެންގެ ބައްޕަ އެމީހުނާ އަޅާލީ….އެމީހުންނަށް މަންމަގެ ބަލިހާލާއިގެން ނުބެލިގެން އުޅެނިކޮށް ބައްޕަ މަންމަޔާ ކައިވެނިކުރީ…..ބައްޕަގެ ލޯތްބާއި އަޅާލުން ލިބުނީމަ ވަރަށްބޮޑުތަން ރަނގަޅުވި….ފަހުން މާމަމެންވެސް ބައްޕަދެކެ ވަރަށް ލޯބިވި…އަހަރެންނަށް މަންމަޔަކު ލިބުނީމަ އަހަރެންވެސް ވަރަށް އުފާވި…..މަންމަވެސް އަހަރެންދެކެ ވަރަށް ލޯބިވޭ…..ބައްޕަ މަންމަ ގެންގުޅެނީ ކުޑަކުއްޖަކު ގެންގުޅޭހެން….އެހެންވެ އަހަރެންނަށްވެސް އެގޮތަށް ކަންތައްކުރަން އާދަވީ….ބައްޕަ މަރުވަމުން ވަސިއްޔަތްކުރި ދުވަހަކުވެސް މަންމަޔަށް ދެރަގޮތެއް ނުހެދުމަށް…އަދި ވީހާވެސް ލޯބިން މަންމަ ބަލާދިނުމަށް…..އަހަރެން ވައުދުވިން އެގޮތަށް އެކަން ކުރުމަށް…..ވަރަށް ބޭސްވެސް ކޮށްފިން މަންމަޔަށް…..މަންމަޔަށްހުރީ އެލްޒައިމާޖެހިފަ….ޑޮކްޓަރުން ބުނީ އެއީ އެއްކޮށް ރަނގަޅުކުރެވޭ ބައްޔެއް ނޫނޭ….ދެން ދުވަސް ދުވަހުން ހޭވެސް ނެތޭނެ….މާމަބުނި މަންމަޔަށްހުރީ ސިހުރުވެސް ޖެހިފަޔޭ….އަހަރެންނަށްވެސް އެހެންހީވޭ…” އަނިލްގެ ވާހަކަތައް އަޑުއަހަން އިންއިރު އިޝާން އޭނާގެ ކަރުނަތައް ހިފަހައްޓައިގެން އިނީ ގަދަކަމުންނެވެ. ފެންކަޅިވެފައި އިންއިރު އޭނާއަށް އިނީ ހިންދިރުވާލަންވެސް އުނދަގޫވެފައެވެ.

” އަހަރެންވެސް މިއިނީ ހަމަ ހައިރާންވެފަ ސަރ ގެ ރަނގަޅުކަމުން….” ހިތްވަރުކޮށްފައި އިޝާން އަނިލްއަށް ތައުރީފުކުރިއެވެ.

” އަސްލު އަހަރެންނަކީ ދަރަނިވެރިއެއް……މާމަޔާ ކާފަ އަހަރެންގެ މަންމަޔާ އަހަރެންވެސް ބެލީ….އެމީހުންގެ އެހީތެރިކަން ލިބިގެން ބައްޕަޔަށްވެސް އަހަރެން މީހަކަށް ހެދުނީ……އަހަރެން އަބަދުވެސް ވަރަށް މަސައްކަތްކުރިން މޮޅަށް ކިޔަވަން……އަހަރެން އަޒުމް ކަނޑައެޅިން އަހަރެންދެކެ އެމީހުންވީ ލޯބީގެ ދެގުނަ އަހަރެން އެމީހުންދެކެ ވާނަންކަމަށް…..އެގޮތުގަ އަހަރެން މިމަސައްކަތް ކުރަނީ..” އަނިލް ހިނިތުންވެލިއެވެ.

” ސަރ އަސްލުވެސް ވަރަށް ރަނގަޅު…..އަހަރެން ވަރަށް އުފާވޭ ސަރ މަންމަޔާމެދު އެހާ ރަނގަޅަށް ކަންތައްކުރާތީ…..ސަރ ތޭންކްސް..” އިޝާން ތެދުވެގެން ދަމުން އަނިލްއަށް ޝުކުރު އަދާކުރިއެވެ. އިޝާން ދޮރާދިމާއަށް ހިނގައިގަތް ވަގުތު މުސްކުޅި އަންހެނަކު ގޭތެރެއަށް ވަދެގެން އައެވެ.

” އަނހާ! މީކޮން ކުއްޖެއް….އަނިލް ހޯދަންތަ؟…..އަނިލް ދަރިފުޅާ މިހިރީ ކުއްޖަކު ދަރިފުޅުހޯދަން އައިސް..” އިޝާންގެ ޖަވާބަކަށްވެސް ވިސްނާނުލާ އެމީހާ އަނިލްއަށް ގޮވަން ފެށިއެވެ.

” މާމާ!…އިޝާންއާ ދިމާވެއްޖެ އަހަރެންނަށް…..އިޝާން! މީ އަހަރެންގެ މާމަ!…” އަނިލް ވަރަށް ލޯބިން އޭނާގެ މާމަގެ ކޮނޑަށް އަތްވައްޓާލުމަށްފަހު ގަޔާކައިރިކޮށްލަމުން ބުންޏެވެ. އިޝާންގެ މާމަފެނުމުން އޭނާ ވަރަށް އުފާވިއެވެ. ގޮވާލަންވެސް ބޭނުންވިއެވެ.

” މާމަ ކިހިނެއްތަ؟..” އިޝާން ބެދިފައިވާ އަޑަކުން މާމަޔާ ސުވާލުކޮށްލިއެވެ. މާމަ އިޝާންގެ މޫނަށް ބަލަން ޖަވާބެއްބުދީ އިރުކޮޅަކު ހުއްޓެވެ. ހަމަ އެދަނޑިވަޅު ބޮލުގައި ތާކިހަލެއް އަޅައިގެންހުރި މުސްކުޅި ފިރިހެނަކުވެސް ދޮރާށިން އެތެރެއަށް ވަނެވެ.

” އަނހާ! މިއޮއްއައީ ކާފަވެސް…..މިއަދު އިޝާންއަށް އަހަރެންގެ ފެމިލީ އެއްކޮށްތިފެނުނީ…’ އަނިލް ހިނިތުންވެލަމުން ކާފަވެސް އިޝާންއަށް ތައާރަފުކޮށްދިނެވެ. އިޝާންއަށް މިސްކިތުން ވަރަށް ގިނަ ފަހަރު ކާފަޔާ ބައްދަލުވެފައިވެއެވެ. އެހެންކަމުން އެއްވެސް ބީރައްޓެހިކަމެއްނެތި އިޝާން ކާފަޔާ ސަލާމްކުރިއެވެ. މަންމައާއި މަންމަގެ އާއިލާ ފެނުމުން އިޝާން އިންތިހާއަށް އުފާވިނަމަވެސް، ހަމަ އެވަރަށް އޭނާގެ ހިތަށް ތަދުވެސްވިއެވެ. އޭނާގެ ހަގީގަތް ހާމަކުރެވެން ނެތުމުންނެވެ. ގިނައިރު އެތާމަޑުކުރަން ވެއްޖެނަމަ އޭނަގެ ލޮލުގައި ހުރި ކަރުނަތައް އެމީހުންގެ ކުރިމަތީ ބަންޑުންވެދާނެތީ އިޝާން އަވަހަށް އެގެއިން ނުކުތެވެ.

އިސްޖަހައިގެން ހިނގާފައި ދިޔައިރު އިޝާން އިރުއިރުކޮޅާ އަތުގެ ބޮޑުވާއިނގިލިން ކަރުނަތައް ފުހެލައެވެ. މިހާރު އިޝާންގެ ހިތަށް ކުރަމުންދާ އަސަރެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އުފަލާ ހިތާމަޔާއި ޝަކުވާއާއި ހުރިހާ ޖަޒުބާތެއް އެކުވެގެން އޭނާގެ ހިތަށް ހަމަލާދެމުން ދަނީއެވެ. މިއަދު އޭނާ މިރަށަށް އައި ހަގީގީ މަޤުސަދު ހާސިލް ވެއްޖެއެވެ. އޭނާއަށް އޭނާގެ މަންމަ ފެނިއްޖެއެވެ. މަންމަ އުޅެނީ އޭނާ ހީކުރިފަދަ ދަތިހާލެއްގައި ނޫންކަން އެނގުމުން އޭނާ އުފާވިއެވެ. ދަރިއެއްގެ ލޯބިން މަހުރޫމުވުމުން އެޔަށްވުރެ ރަނގަޅު ދަރިޔެއް މަންމައަށް ވަނީ ލިބިފައެވެ. މާމައާއި ކާފަވެސް ގަދަވެ ހެޔޮހާލުގައި އެބަތިއްބެވެ.

އޮފީސްތެރެއަށް ވަދެގެން ދިޔައިރުވެސް އިޝާންއަށް ވިސްނެމުންދަނީ މަންމައާއި މެދުގައެވެ. މަންމަ އެއްވެސް ވަރަކަށް އޭނަގެ މަތިން ހަނދާނެއް ނެތެވެ. އިޝާންގެ ނަން ބުނުމުންވެސް މަންމައަކަށް އޭނާގެ މަތިން ހަނދާނެއް ނުވިއެވެ. އެއީ މަންމަގެ އުފަންދަރިކަން އެނގުނަސް މަންމަ އުފާވާނެ ކަމެއްވެސް ނޭނގެއެވެ. މަންމަގެ އެއްވެސް ހަނދާނެއް ނެތަސް އިޝާން ހުރީ އިންތިހާއަށް މަންމަގެ ލޯތްބަށް ބޭނުންވެފައެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް މަންމަގެ ހިތްވަނީ ލޯބިން ފުރިފައިކަން މިއަދު ފެނުނު މަންޒަރުތަކުންވެސް އިޝާންއަށް ދޭހަވިއެވެ.

އިޝާން އޭނާގެ ކެބިންއަށް ވަނުމުގެ ކުރިން ނީލާގެ ކެބިން ކައިރިއަށް ހުއްޓުނުއިރު ނީލާއެއް ނެތެވެ. އެންމެފަހުން ނީލާ ގެޔަށްދިޔައީތާއޭ އޭނަގެ ހިތަށްއެރިއެވެ. ކުޑައިރުކޮޅެއްފަހުން އަނިލްވެސް އައިސް އޮފީހަށް ވަދެއްޖެއެވެ. ނީނާގާތު ކޮންމެވެސް ވާހަކައެއް ދައްކާލުމަށްފަހު އަނިލް އޭނާގެ ކެބިންއަށް މިސްރާބުޖެހިއެވެ. ނީލާގެ ކެބިންއަށް އަނިލް ބަލާލީ ނީލާ ދިޔައީތޯ ޔަގީން ކޮށްލުމަށެވެ. ނީލާއަށް ނިދިފައި އޮތުމުން އަނިލް ދިޔައީ ނީލާއަށް ގޮވާލުމަށްފަހު ގެޔަށް ގޮސް އަރާމުކޮށްލުމަށް ބުނެފައެވެ. ނީލާވެސް ދާދި ފަސޭހައިން ގެޔަށްދާން އެއްބަސްވިއެވެ.

ގެޔަށް އައިގޮތަށް ސައިވެސް ނުބޮއެ ނީލާއޮތީ ނިދާފައެވެ. އޭނާގެ މަންމަ ގޮވާ ގޮވާ ވަރުބަލިވީފަހުން ނީލާ ލޯހުޅުވާލިއެވެ.

“ދަރިފުޅު ބަލީތަ؟….މިދެދުވަހު ހާދަ ފާޑަކަށޭ ތިހުންނަނީ….އަނެއްކާ ކިހިނެއްވީ؟..” ނީލާގެ މަންމަ ހާސްވެފައި ސުވާލުކުރަންފެށިއެވެ.

” ނޫނޭ މަންމާ…..މާބުރަކޮށް އުޅޭތީ ބޮލުގަ ރިއްސަނީ…..މާބޮޑުކަމެއް ނުވޭ….ބޭސްކައިގެން ނިދާލީމަ ރަނގަޅުވެދާނެ…..ނީލާ ހިނިތުންވެލަމުން މަންމައަށް ޖަވާބުދިނެވެ. ހަގީގަތުގައި ނީލާއަށްވެސް މަންމަ އެކުރާ ސުވާލުތަކުގެ ޖަވާބެއް ނޭނގެއެވެ. ނަމަވެސް މަންމަ ކަންބޮޑުވެދާނެތީ ދޮގެއް ހަދާލީއެވެ.

ޝެޝަން ނިމުނު އިރުވެސް ނީލާ އެނބުރި އޮފީހަކަށް ނައެވެ. އިޝާން ވިސްނާލިއެވެ. ނީލާ މާބޮޑަށް ނިންޖަށް ބަލިވީ ކަންނޭނގެއެވެ. އެކަމަކު މިރޭވެސް ނީލާ އޭނަގެ ގާތަށް އަންނާނެތާއެވެ. އޭރުން އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދިދާނެއެވެ. އިޝާން ލެޕްޓޮޕް ދަބަސްކޮނޑުގައި އަޅުވާލައިގެން އޮފީހުން ނުކުންނަން ހިނގައިގަތެވެ.

” ދެން މިހާރު ދަންނަ ކަމަށްވެސް ހަދާނުލާ…….އަނެއްކާ އަހަރެންގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ފެނުނީތަ؟.” ޕްރިންޓް ރޫމުން ނުކުމެގެން އައިސް އިޝާންގެ ކުރިމައްޗަށް ހުއްޓުނު އަރޫނާ ޝަކުވާގެ ރާގެއްގައި ސުވާލުކޮށްލިއެވެ.

” ނޫނޭ….ކީއްވެ އަހަރެން އަރޫދެކެ ހިތްހަމަ ނުޖެހެންވީ…..ތީއަހަރެންގެ ބެސްޓް ބަޑީއެއްނު….އަހަރެން ހީކުރީ އަރޫކަމަށް ތިހުރީ ރުޅިއައިސްފަ….މިހާރު އަރޫ އަހަރެންނާއެކު ގޭމުކުޅޭކަށްވެސް ނުދޭވިއްޔަ…..އަހަރެން މިހާ އެކަނި އުޅޭއިރު ހާލުވެސް ބަލާނުލަމެއްނު…..” އިޝާންވެސް އަރޫނާ ވާހަކަދެއްކި ރާގަށް ޝަކުވާކޮށްލިއެވެ. އިޝާން ބޭނުންވީ އަރޫނާގެ ހިތްހަމަ ޖައްސައިދޭށެވެ. އިޝާންގެ ވާހަކަތައް އަޑުއަހާފައި އަރޫނާ އުފަލުން ހިނިތުންވެލިއެވެ. އޭނާ ގަބޫލުކުރީ އިޝާން އޭނާގެ މަތިން ހަނދާންވަނީ ކަމުގައެވެ. އަދި ނުދިޔުމުން ދެރަވީކަމުގައެވެ.

” ހޫމް….އަދިދާނަން އިނގޭ އެއްދުވަހަކުން ގޭމްކުޅެން…” އިޝާން ފަސްދީދާން ފެށުމުން އަރޫނާ ބުނެލިއެވެ. އިޝާންވެސް ބޯހަލުވާލާފައި ހިނިތުންވެލަމުން ދާން ހިނގައިގަތެވެ.

އިޝާ ނަމާދަށްފަހު އަނިލް ފެންވަރާ ތައްޔާރުވެލީ ނީލާގެ ގެޔަށްދިއުމަށެވެ. ސައިކަލުގައި ގޮސް ނީލާގެ ގޭ ދޮރުމައްޗަށް މަޑުކޮށްލިއިރު އަނިލްގެ ހިތްތެޅެމުންދިޔައެވެ. އޭނާގެ އަތްފައިވެސް ހުރީ ފިނިވާގޮތްވެފައެވެ. އަނިލް ސަލާމް ގޮވާލުމާއެކު ނީލާގެ މަންމަ ނިޔާޝާ ސަލާމް ބަލައިގަތެވެ.

” އަނހާ! އަނިލް….އާދޭ އަވަހަށް އެތެރެއަށް….” ނިޔާޝާ ހިނިތުންވެހުރެ އަނިލް ވަނުމަށް ތަންދެއްކިއެވެ. އަނިލްވެސް ހިނިތުންވެފައި އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ.

” ނީލާއަށް ގޮވަންވީދޯ……ހީވަނީ އަދި ނުނިދާނެހެން..” ނީލާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

” ނޫނޭ….މިއައީ ނިޒާމްބެހޯދަން….ކުޑަވާހަކައެއް ދައްކާލަން…..” ޖެހިލުންވެ އިނދެ އަނިލް ބުންޏެވެ.

” އެހެންތަ؟….އިރުކޮޅަކުން އަންނާނެ….މަޑުކޮށްލާއިނގޭ!” ނިޔާޝާވެސް ސޯފާގައި އިށީނެވެ. ދެމީހުން އެކި އެކި ވާހަކައިގާ ތިއްބާ ނިޒާމުވެސް އައިސް ވަދެއްޖެއެވެ. އަނިލް ދުރުދުރުން ވާހަކަ ފަށައިގެން ގޮސް އޭނަގެ އަސްލު މައުލޫއަށް ވާސިލްވިއެވެ. އަނިލްގެ ވާހަކަތައް އަޑުއިވުމުން ނިޒާމުއާ ނިޔާޝާގެ މޫނުމަތިވެސް އުޖާލާވިއެވެ. އެމީހުންގެ ދަރިފުޅުގެ ކައިވެންޏަށްއެދި ހުށަހެޅީ އެމީހުން އެންމެ ބޭނުންވާފަދަ ފިރިހެނަކަށް ވީތިއެވެ. ދެމީހުންވެސް އުފަލާއެކު އަނިލްގެ ހުށަހެޅުން ގަބޫލުކުރިއެވެ. އެހާފަސޭހައިން ނީލާގެ މައިންބަފައިންގެ ފަރާތުން ރުހުން ލިބުމުން އަނިލްވެސް ވަރަށް އުފާވިއެވެ. ކައިވެނި ކުރާނެ ވަކިތާރީޚެއް ނީލާއާ ވާހަކަ ދެއްކުމަށްފަހު ކަނޑައެޅުމަށް ނީލާގެ ބައްޕަ ލަފާދިނެވެ. އަނިލް އުފަލުން ހުރެ ނީލާގެ ގެއިން ނުކުމެގެން އޭނާގެ ގެޔަށް މިސްރާބު ޖެހިއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނީލާ ހެދުން ބަދަލުކޮށް، އިސްތަށިގަނޑު ވޫލުކޮޅަކުން އައްސާލުމަށްފަހު އެނދުގައި އޮށޯތެވެ. މިއަދު އެހާވަރަށް ނިދިއިރުވެސް އަދިވެސް އޭނާގެ ނިދިހަމައެއް ނުވެއެވެ. އެހެންކަމުން އެނދުގައި ޖައްސާލިތާ މާގިނައިރެއްނުވެ އޭނާއަށް ނިދިއްޖެއެވެ. ދަންވަރު ބާރަޖެހުމާއެކު، ފުންނިދީގެ ތެރޭގައި އޮތް ނީލާ ކުއްލިއަކަށް ދެލޯހުޅުވާލިއެވެ. އިރުކޮޅަކު ސީލިންގްއާ ދިމާބަލަން އޮތުމަށްފަހު ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. މޫނުދޮވެލުމަށްފަހު ތުވާލިން މޫނު ހިއްކާލިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި އިސްތަށިގަނޑު ނިއުޅާލުމަށްފަހު ރަނގަޅަށް މޭކަޕްކޮށްލިއެވެ. އޭނާ ހިތްހަމަޖެހޭ ވަރުވުމުން ގަޔަށް ސެންޓްބުރުވާލުމަށްފަހު ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

ނީލާގެ މަންމަ ނިޔާޝާއަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. މޭޒުމަތީގައި ހުރި ފެންޖަގަށް ބަލާލިއިރު ހުރީ ހުސްވެފައެވެ. ޖަގުހިފައިގެން ކާކޮޓަރިއަށް ދާން ނުކުތްވަގުތު ނީލާގެ ކޮޓަރިން މީހަކު ނުކުތްހެން ހީވެގެން އެދިމާއަށް ބަލާލެވުނެވެ. އެވެގުތު ލިބުނު ހައިރާންކަމުން އަތުގައި އޮތް ޖަގުވެސް ދޫނުވީ ކިރިޔާއެވެ. މިފަދަ މެންދަމުގައި މޭކަޕްކޮށް ރަނގަޅަށް ތައްޔާރުވެގެން ނީލާ ބޭރަށް ދާތަން ފެނުމުން ނިޔާޝާއަށް ބަލަންހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ.

” ދަރިފުޅާ!…ކޮންތާކަށް މިދަންވަރު؟..” ހިނިތުންވެހުރެ ބޭރުދޮރާ ދިމާއަށް ނީލާ ހިނގައިގަތް ވަގުތު އޭނާގެ މަންމަ ގޮވާލިއެވެ. ނީލާ އެއްވެސް ޖަވާބެއްނުދީ ދާންފެށުމުން އޭނާގެ މަންމަ ދުވެފައި ގޮސް ނީލާގެ އަތުގައި ހިފިއެވެ. އެވަގުތު ނީލާގެ ގައިން ވާގި ހުސްވެ އަރިއަޅާލިއެވެ. ނިޔާޝާ އޭނާގެ ގައިގާ ހުރިބާރަކާއެކު އޭނާގެ ދަރިފުޅު ހިފެހެއްޓޯ މަސައްކަތްކުރިއެވެ. ނަމަވެސް ނީލާ އޭނާއަށްވުރެ އިސްކޮޅުން ބޮޑުވުމުން އެކަން ކާމިޔާބު ނުވެ ދެމީހުން އެކުގައި ކަހަލަ ގޮތަކަށް މުށިތައްމައްޗަށް ތިރިވިއެވެ. ނީލާ އޮތީ ޚަބަރު ހުސްވެފައެވެ.

“މަގޭދަރިޔަށް ކިނިނެއްތަމިވީ؟…..ދަރިފުޅާ!…ދަރިފުޅާ ލޯހުޅުވަބަލަ!…”ނިޔާޝާ ކަންބޮޑުވެ ހާސްވީވަރުން ހަދާނެ ގޮތްހުސްވިއެވެ. ނީލާއަށް ގޮވަން އިރުކޮޅަކު އިނުމަށްފަހު ދުވެފައި ގޮސް ކޮޓަރިއަށްވަދެ އޭނާގެ ފިރިމީހާއަށް ގޮވާނެގިއެވެ. ނީލާގެ ބައްޕަ ނިޒާމުވެސް ސިހިފައި ތެދުވެ ދުވެފައި ކަހަލަ ގޮތަކަށް ސިޓިންރޫމަށް ނުކުތެވެ. އަދި ޚަބަރު ހުސްވެފައިއޮތް ނީލާ އަތްދަނޑިމައްޗަށް ނަގައިގެން ނީލާގެ ކޮޓަރިއަށް ގެންދިޔައެވެ. އެނދުގައި މަޑުމަޑުން ބޭއްވުމަށްފަހު މޫނުގައި ފެންފޮދެއް އުނގުޅާލިއެވެ. ނަމަވެސް ނީލަގެ އެއްވެސް ހަރަކާތެއް ނެތެވެ.

” ކިހިނެއްތަވީ؟….ކީއްވެގެންތަ އެމަންޖެ ހޭނެތުނީ؟…” ނިޒާމް ނިޔާޝާއަށް ބަލާލަމުން ސުވާލުކޮށްލިއެވެ.

” ނޭނގެ މަށަކަށްވެސް….މަ ފެންފޮދެއް ބަލާ ނުކުތްވަގުތު އެމަންޖެ ކޮޓަރިން ނުކުންނަނިކޮށް ފެނުނީ….މަގޮވީމަވެސް އަޅާނުލާ ދާންފެށުމުން ގޮސް އަތުގަހިފީ….ހަމަ އަތުގަހިފިތަނުން އެމަންޖެ ހޭނެތިއްޖެ…..އެކަމަކު އެމަންޖެ މިހާދަންގަޑިއެއްގަ ކޮންތާކަށްތަދާނީވެސް…..އަނެއްކާ ކޮންފަދަ ކަމެއްބާމީ؟..” ނިޔާޝާހުރީ ނީލާއަށް ވީގޮތުން ބިރުގެންފައެވެ. ނިޒާމުވެސް އިތުރު އެއްޗެއް ނުބުނެ މަޑުމަޑުން އިނެވެ.

އިރުކޮޅެއްވާންދެން އެއްވެސް ހަރަކާތެއްނެތި އޮވެފައި ކުއްލިއަކަށް ނީލާ ލޯހުޅުވާލިއެވެ. އަދި ތެދުވެގެން ދާންއުޅުނެވެ. ނިޒާމް އަވަސް އަވަހަށް ނީލާގެ ގައިގާ ހިފެހެއްޓިއެވެ. އެއާއެކު އަނެއްކާވެސް ނީލާ ހޭނެތިއްޖެއެވެ. ނިޒާމް އަށާއި ނިޔާޝާއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ދެމީހުންވެސް ހައިރާންވެ ހިމޭންވެފައި ތިއްބާ ނީލާގެ ގަޔަށް ވާގިގަނޑެއް އަރަންފެށިއެވެ. ނިޒާމް ބާރަށް ނީލާގެ އަތުގައި ހިފަހައްޓައިގެން ސަމާލުވެގެން އިނެވެ. ނީލާގެ އަގައިން ފާޑެއްގެ އަޑެއްވެސް ނުކުތުމާއެކު ބާރަށް ތެޅިގަތެވެ.

” ދޫކޮށްލާ އަހަރެން…..ދޫކުރޭ!….ދާންވެއްޖެޔޭ!…..ދޫކުރާށޭ!…” ނީލާ ދެލޯމަރައިގެން އޮވެ ގަދަހަދަހަދާފައި ހަޅޭއްލަވަމުން ދިޔައެވެ. ނީލާއަށް ވަމުންދާގޮތް ފެނުމާއެކު ނިޔާޝާ އަޑުން އަޑުނަގާ ރޯންފެށިއެވެ.

” ނިޔާޝާ…ނުރޮއޭ..އެމަންޖެއަކަށް އެއްވެސްކަމެއް ނުވެޔޭ!…..ހަމަޖެހިބަލަ!…..އަދިނުވޭ ރޯކަށް…” ނިޒާމް ކަންބޮޑުވީ ނަމަވެސް އޭނާގެ އަންހެނުން ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ. ނީލާގެ ކިބައިން ފެންނަމުންދިޔަ އަލާމާތް ތަކަކީ އާދައިގެ ކަމެއް ނޫންކަން ނިޒާމްއަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އޭނާގެ ހިތްވެސް ވަނީ އިންތިހާޔަށް ނުތަނަވަސް ވެފައެވެ.

އިޝާން ނީލާގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި އޮތެވެ. މިރޭ އޭނާ ބޭނުންވާ ހުރިހާ ޖަވާބެއް ނީލާގެ ކިބައިން ހޯދަން އޭނާހުރީ ތައްޔާރު ވެގެންނެވެ. ދެމޫނުގެ ވެރިއެއް ފަދައިން ނީލާ ކުޅޭކުޅިގަނޑު މިރޭ ޖެހޭނީ ނިންމާލާށެވެ. މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓާލާކަށް އިޝާން ބޭނުމެއް ނޫނެވެ. މިރޭ ނީލާގެ އަސްލު ސިފަ އިޝާންއަށް ފެންނާނެއެވެ. އެމައުސޫމު މޫނުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގީ އަންހެނަކީ ކިހާވަރެއްގެ މީހެއްކަންވެސް މިރޭ އެނގޭނެއެވެ. އިޝާން ގަޑިޔަށް ބަލަން އޮތްއިރު ސިކުންތުކަށި ހިނގަމުން ދާވަރަކަށް އޭނާގެ ހިތް ނުތަނަވަސް ވަމުންދިޔައެވެ. ކުރިން ދެރޭވެސް ނީލާއައީ ދާދި އެއްގަޑިއެއްގައެވެ. ނަމަވެސް މިރޭ އެގަޑި ފާއިތުވެދިޔައިރުވެސް ނީލާގެ ޚަބަރެއްނުވިއެވެ. އިޝާން ވިސްނާލިއެވެ. ނީލާއަށް އެއްޗެއް ވިސްނިގެން ނައީބާއެވެ. ނޫންނަމަ އޭނާގެ ބޭނުން ފުދުނީމަ ނައީބާއެވެ. ނޫނެކެވެ. އަދިވެސް އޭނާ އަންނާނެވެ. އިޝާން ނިދިން މަހުރޫމުވެގެން ފަތިސްވާންދެން ނީލާއަށް އިންތިޒާރު ކުރިއެވެ. ނަމަވެސް ނީލާއެއް ނައެވެ.

ފަތިސް ނަމާދުގެ ބަންގިގޮވުމާއެކު ނީލާގެ ހަރަކާތް ހުސްވެ ހަމަހިމޭންވިއެވެ. ބަންގި ނިމުނުއިރު ނީލާއޮތީ ފުންނިންޖަކުން ނިދާފައެވެ. ނީލާގެ ބައްޕަ ދެފަހަރަކު ގޮވާލުމުން ފުރޮޅިލާފައި ހޫން އަޅުވާލުމަށްފަހު އަނެއްކާވެސް ނިދީއެވެ. ނިޔާޝާއާއި ނިޒާމް އެމީހުންގެ ދަރިފުޅާމެދު ކަންބޮޑުވެ ހާސްވެފައި އެރޭގެ ހަތަރުދަމު ހޭލާތިބުމުގެ ސަބަބުން ދެމީހުންވެސް ތިބީ ލޮޑުވެފައެވެ. ނަމަވެސް އެކަކުގެ ގާތަށްވެސް ނިންޖެއް ނައެވެ. އެމީހުންގެ ސިކުނޑީގައި ހިނގަނީ އެއް ޚިޔާލެކެވެ. ކުރެވެނީ ހަމަ އެންމެ ސުވާލެކެވެ. ނީލާއަށް އެހެންވާންވީ ކީއްވެގެން ހެއްޔެވެ؟

ނީލާއަށް ވީގޮތަކާމެދު ވާހަކަދައްކަން އެމީހުން އެތައް އިރަކު ތިއްބެވެ. ވީއެންމެ އަވަހަކަށް ފަންޑިތަހަދާ މީހެއްގެ ގާތަށް ދިއުމަށް ނިޒާމް ނިންމިއެވެ. އެމީހުންގެ ދަރި ދުނިޔެއިން މޮޔަވެ ރަށުތެރެއަށް ބަދުނާމު ވުމުގެ ކުރިން ސަލާމަތްކުރަން އެމީހުން ބޭނުމެވެ. ނަމަވެސް ނީލާއަށް ވެފައިހުރިގޮތް ނީލާއަށްވެސް ސިއްރުކުރުމަށް އެމީހުން ނިންމިއެވެ.

ނިޒާމު ފަތިސްނަމާދަށް މިސްކިތަށް ދިއުމުން ނިޔާޝާވެސް ވުލޫކޮށްގެން ނަމާދުކުރިއެވެ. އަދި ނީލާއަށް އަވަސް ޝިފާއަކަށް އެދި ދުއާކުރިއެވެ. ނިޔާޝާ ނީލާގެ ކޮޓަރި ދޮރުހުޅުވާލުމަށްފަހު ނީލާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އޭނާގެ ދަރިފުޅަށް ޖެހިފައިވާ ހާލުފެނި ލޮލުން ކަރުނަ ހިލުނެވެ. މިވޭދިވެދިޔަ ދެދުވަހު ނީލާއަށް އައި ބަދަލަކީ މިއީތާއޭ އޭނާގެ ހިތަށް އެރިއެވެ. ފަތިސް ނަމާދަށް ނުހޭލެވި ނިދިގަދަވީވެސް މިހެންވެގެންތާއެވެ. އެކަމަކު ދަންވަރުގަޑީގައި ނީލާދަނީ ކޮންފަދަ ތަނަކަށްބާއޭ ނިޔާޝާގެ ހިތަށް އެރުމުން ބިރުންގޮސް އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ.

ނީލާއަށް ހޭލެވުނީ އިރުއަރައި ކޮޓަރިތެރެއަށްވެސް އަލިވީފަހުންނެވެ. ނީލާ އަވަސް އަވަހަށް ތެދުވެ ގަޑިބަލާލިއިރު ނުވައެއްވެސް ޖަހައިފިއެވެ. ކަންބޮޑުވެގެން ފޯނުބަލާލިއިރު އަނިލްގެ މެސެޖެއް އޮތެވެ.

” މިއަދު މާބޮޑަށް ބަލިވީދޯ…..ރޭގަ އަހަރެން ތިގެޔަށް ދިޔަކަން އެނގޭތަ؟….ނޭނގެދޯ….އަހަރެން ވާހަކަ ދައްކައިފިން ބައްޕަމެންނާ….އެމީހުން ވަރަށް ގަބޫލު….އައި އެމް ސޯހެޕީ” ނީލާ މެސެޖު ކިޔާލުމުން ހައިރާންވިއެވެ. ރޭގައި އަނިލް އައިކަމެއް އޭނާ ނުދެނަ ހުއްޓެވެ. މަންމަ ނީލާއަށް ނުގޮވުމުން އޭނާހުރީ ހިތްހަމަ ނުޖެހިފައެވެ. މިއަދު އޮފީހަށްދާން އޭނާ ބޭނުމެވެ. އިއްޔެގައިވެސް ވަރަށްގިނަ މަސައްކަތްތައް ނުނިމި ހުއްޓެވެ. އެހެންކަމުން މިއަދު އޭނާ ބޭނުންވީ  އެމަސައްކަތްތައް ނިންމާށެވެ. ނަމަވެސް ދެންހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ނީލާ ފާޚާނާއަށް ވަދެ ލޯގަނޑުން މޫނުބަލާލުމާއެކު އަނެއްކާވެސް ހައިރާންކަން ލިބުނީ މިއަދުވެސް އޭނާގެ މޫނުގައި މޭކަޕްގެ އަސަރު ހުރުމުންނެވެ. މިއަދު ގައިގާވެސް ރިއްސައެވެ. މިވާގޮތަކާމެދު އޭނާ މިހާރު ކަންބޮޑު ވެއްޖެއެވެ. ހިތުގައި ނުބައި ވަމުހްތަކެއްވެސް އުފެދެން ފަށައިފިއެވެ.

ފެންވަރާލައިގެން ނުކުމެ ނީލާ ކާކޮޓަރިއަށް ވަނީ ސައިބޯށެވެ. އޭރު މަންމައާއި ބައްޕަވެސް ތިބީ ނީލާގެ އިންތިޒާރުގައެވެ.

“މަންމާ!…ކީއްވެތަ ނުގޮވީ؟…” ނީލާ ކުޑަކުއްޖަކު ފަދައިން ޝަކުވާކޮށްލިއެވެ.

” ދަރިފުޅު ބަލިކޮށްނެއްނު މިދުވަސް ކޮޅު ތިއުޅެނީ….އެހެންވެ މަންމަ ހިތަށްއެރީ މިއަދު ނުގޮވާނަމޭ…..ދެން މިއަދު ގޭގަ މަޑުކޮށްލިޔަސް ރަނގަޅުވާނެއްނު….” ނީލާގެ މަންމަ ލޯތްބާއެކު ވިސްނައިދިނެވެ.

” އެކަމު މަންމާ…..ނުދަންޏާ ގުޅާފަ ބުނަންޖެހޭނެ އެއްނު….އެހެންނޫނީ ވާނީ ގަސްތުގަ ނުދިޔައީކަމަށް….މުސާރައިންވެސް ކަނޑާނެ…” ނީލާ ދެރަވެލާފައި އެހެންބުނީ އޭނާ މިއަދު ދާންބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

” ދަރިފުޅު ތިކަމާ ހާސްނުވޭ!….ބައްޕަ އަނިލްއަށް ގުޅާފަ ބުނިން ދަރިފުޅުބަލިވެ މިއަދު ނުދާނެ ވާހަކަ…..ބައްޕަ ބުންޏަސް އަނިލްއަށް ވިސްނޭނެއްނު….އެވެސްދެން މިހާރު ދުރުމީހެއް ނޫނެއްނު!” ނިޒާމްގެ އެޖުމްލައިން ނީލާ ހިމޭންވިއެވެ. އިތުރަށް އެވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވިއެވެ. ނީލާ ސައިބޮއެގެން އަނެއްކާވެސް ދިޔައީ ކޮޓަރިއަށެވެ. އަނިލްގެ މެސެޖު ފެނުނުފަހުން އޭނާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. މަންމައާއި ބައްޕަ އަނިލްއާ ރުހިގަބޫލު ވީނަމަވެސް އޭނާގެ ހިތްއަދިވެސް އެދެނީ އިޝާންއަށެވެ. ހިތުގެ މޮޔަކަމާހުރެ އަމިއްލަ ނަފްސުދެކެވެސް ނީލާ ރުޅިއައެވެ.

ރޭހަތަރުދަމު ހޭލާހުރެފައިވެސް އިޝާން ހެނދުނު އޮފީހަށް އައީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ނީލާއާ ބައްދަލު ކުރުމަށެވެ. އޭނާގެ ހިތްކެނޑިނޭޅި ކުރަމުންދާ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ. ނަމަވެސް ނީލާ ނާންނަކަން އެނގުމުން އިޝާން މާޔޫސްވިއެވެ. އިޝާންއަށް ހަގީގަތް އެނގުނީކަން އެނގުމުން ނީލާފިލަނީބާއޭވެސް އިޝާންގެ ހިތަށް އެރިއެވެ. ކުރީދުވަހު އަނިލް އިޝާންގާތު ވާހަކަ ދެއްކިއަޑު ނީލާއަށް އިވުނީކަމަށްވެސް ވެދާނެޔޭ އޭނާގެ ހިތަށްއެރިއެވެ. ނޫންނަމަ ރޭގައި އިޝާންގެ ގާތަށް ނީލާ ނާންނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އަދި މިއަދު ސުކޫލަށް ނާންނަންވީވެސް ކީއްވެގެން ހެއްޔެވެ؟ އިޝާން ދަތްކުނޑި ވިކާލާފައި މޭޒުގައި ބޮނޑިއެއް އަޅާލިއެވެ.

” ކޮންކަމެއް ލައިގަތީ؟….ހާދަރުޅިއައިސްގެން މޭޒަށް ވަރުބާލަނީ؟” އިޝާންގެ ހަރަކާތްތަކަށް ބަލަންހުރެފައި އައިސް އަރޫނާ އަހާލިއެވެ. އިޝާން ސިހިފައި އަރޫނާގެ މޫނަށް ބަލާލިއެވެ. އަދި ހިނިތުންވެލަމުން ކަމެއް ނުވާކަމަށް ބުންޏެވެ. އަރޫނާވެސް ހިނިތުންވެލާފައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އޭނަހުރީ އިޝާންއާ މެދު ކަންބޮޑުވެފައެވެ. މިދުވަސްކޮޅު އިޝާން ހުންނަނީ މާބޮޑަށް ސީރިޔަސްވެ، ބަސްމަދުވަފެއިކަން އަރޫނާއަށް ފާހަގަ ކުރެވެއެވެ. އަދި އެއްވެސް މީހަކާ ސަމާސާކޮށް ސަކަރާތް ޖަހައެއްވެސް ނުހަދައެވެ. އިޝާން މަޑުމަޑުން އަރޫނާއާ ދުރުވަމުން ދާކަމުގެ އިހުސާސްވެސް އޭނާއަށް ކުރެވެމުންދެއެވެ. އިޝާންގެ ގާތްކަމާއި އަޅާލުން ދުވަސްކޮޅަކަށް ލިބިފައި އަނެއްކާވެސް އެގާތްކަން ދުރުކަމަށް ބަދަލުވަނީބާއެވެ. އެއެކުވެރިކަން ބީރައްޓެހިކަމަށް ބަދަލުވަނީބާއެވެ.

ޝެޝަން ނިމުމާއެކު އިޝާން އޮފީހުން ނުކުތެވެ.  އަވަސް ފިޔަވަޅުތަކެއްގައި ގެޔާދިމާއަށް މިސްރާބުޖަހާފައިވެސް އޭނާ މިސްރާބު ބަދަލުކޮށްލީ ކަމެއް ހަނދާންވެގެންނެވެ. އާދައިގެ ހިނގުމެއްގައި ގޮސް އަނިލްގެ ގޭދޮރުމަތީގައި އިޝާން މަޑުކޮށްލިއެވެ. އެގެޔަށް ވަންނަން ހިތްއެދުނު ނަމަވެސް ވަންނާނީ ކޮންބަހަނާއެއް ދައްކާފައި ހެއްޔެވެ؟ އަނިލްވެސްވީ ސުކޫލުގައެވެ. އިޝާން ދެފިކުރެއްގައި ދޮރާށި ކައިރީ މަޑުކޮށްލައިގެން ހުއްޓާ މާމަ ދޮރާށި ހުޅުވާލިއެވެ.

” އަނހާ! އެކޮއެ މިހާތިހުރީ ކީއްވެފަ؟….އާދޭ އެތެރެއަށް!..އަނިލް އަންނަންދެން މަޑުކޮށްލަން…’މާމަ ވަރަށް ލޯތްބާއިއެކު އިޝާން އެތެރެއަށް ވަނުމަށް އެދުނެވެ.

” ނޫނޭ….އަނިލް ސަރ ހޯދާކަށް ނޫނޭ މިއައީ…..މިއައީ މާމަމެންގެ ހާލުދެކެލަން…” އިޝާން ހިނިތުންވެލާފައި އެހެންބުނުމުން މާމަ ހައިރާންވެފައި އިޝާންގެ މޫނަށް ބަލަން ހުއްޓެވެ.

” އެހެންތަ؟….އާދޭ އެތެރެއަށް…..މާމަގެ ހާލުދެކިލަންތަ ހަމަ ތިއައީ؟…..ހާދަރަނގަޅޭ އެކޮއެ….ތިއީ މިރަށު ކުއްޖެއްނޫންދޯ…..ކޮންރަށެއްތަ އެކޮއެ…” އިޝާންގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަންނަމުން މާމަ ސުވާލުތައް ކުރަންފެށިއެވެ.

އިޝާން އެތެރެއަށް ވެއްދުމަށްފަހު މާމަ އިޝާންއަށް ޖޫސްދިނެވެ. އަދި ތަފާތު އެތައް ސުވާލެއްކުރިއެވެ. ހީވަނީ ވަރުގަދަ އިންޓައިވިއުއެއް ކޮށްލިހެންނެވެ. އިޝާން ހިނިތުންވެ އިނދެ މާމަގެ ސުވާލުތަކައް ވިސްނުންތެރިކަމާއެކު ޖަވާބުދެމުން ދިޔައެވެ. މާމަގެ ހުރިހާ ސުވާލަކަށް އިޝާންއަށް ތެދުތެދަށް ޖަވާބެއް ނުދެވުނެވެ. ކިތަންމެ ބޭނުންވި ނަމަވެސް އެމީހުންގެ ކުރިމަތީ އޭނަގެ ހަގީގަތް ހާމަކުރާނެފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. މާމައާ އެކު ވަގުތުކޮޅެއް ހޭދަވީފަހުން ކާފަވެސް ގެޔަށް އައިސް އިޝާންއާ އެތައް ވާހަކައެއް ދެއްކިއެވެ. ނަމަވެސް އެތައްއިރަކު އެގޭގައި އިންއިރުވެސް އިޝާންއަކަށް އޭނާގެ މަންމައެއް ނުފެނުނެވެ.

” ކޮބާތަ އަނިލް ސަރ ގެ މަންމަ؟.” އެންމެފަހުން އިޝާން ސުވާލުކުރިއެވެ.

” އިމްޝާ ވެއްޖެ ކޮޓަރީގަ…..އެފަކީރުގެ ބަލިކަމާހުރެ ގިނަވަގުތު ހޭދަކުރާނީ ކޮޓަރިތެރޭގަ…..އެއްވެސް މީހަކާ މާގިނަ ވާހަކައެއް ނުދައްކާނެ……އަނިލް އައީމަ އެކަނި ކޮޓަރިން ނުކުންނާނީ..” މާމަ ދެރަވެލާފައި މަންމަގެ ހާލަތު އިޝާންއަށް ކިޔައިދިނެވެ. އިޝާން ގޮސް މަންމަ އޮތް ކޮޓަރީގެ ދޮރުހުޅުވާފައި ބަލާލިއިރު މަންމައަށް އޮތީ ނިދިފައެވެ. އިޝާން އޭނާގެ މާމައާއި ކާފައާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ގެޔަށްދިޔައިރުހުރީ މޫޑު ރަނގަޅުވެފައެވެ. ފެންވަރާލައިގެން އޮށޯތުމާއެކު އޭނާއަށް ނިދިއްޖެއެވެ.

**************

ނިޒާމުއާއި ނިޔާޝާ ތިބީ އެމީހުންގެ ކޮޓަރީގައެވެ. ރޭގައި ނުނިދާ ތިބުމުގެ ސަބަބުން ދެމީހުންވެސް ތިބީ އަރާމުކުރަން ބޭނުންވެފައެވެ. އެހެންނަމަވެސް އެމީހުންނަށް، އެމީހުންގެ އަރާމަށްވުރެ ބޮޑަށް ވިސްނެމުން ދިޔައީ އެމީހުންގެ ލޯބިވާ ދަރިފުޅާ މެދުގައެވެ.

” ނީލާ ގޮވައިގެންދާން އަހަރެމެން ކިހިނެއް ހަދާނީ…..އޭނައަށް ނޭނގި އޭނަގެ ކަމެއްގަ ކިހިނެއް ގެންދާނީ؟” ނިޔާޝާގެ ހިތުގައި އުފެދިފައިވާ ސުވާލުތައް އޭނާގެ ފިރިމީހާއާ ކުރަމުން ދިޔައެވެ.

” ނިޔާޝާވެސް ތިއުޅެނީ ބަލިވެޔެއްނު!….ނީލާ ގާތު ބުނާނީ މަންމަ ޑޮކްޓަރަށް ދައްކަންދާން ޗުއްޓީ ނަގާށޭ!…..ޗުއްޓީނެގީމަ އަހަރެމެން މާލެގޮސް ރުޤުޔާ ކިޔަވާ މީހަކު ހޯދާނީ…..އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ހުންނާނެ އެކަހަލަ ކަންތައްތައް ކުރާމީހުންނާ ވަރަށް ގުޅުން އޮންނަމީހެއް….އޭނައަށް ގުޅާފަ ދިއުމުގެ ކުރިން އެކަން ހަމަޖައްސާނީ….އޭރުން ނީލާއަށްވެސް ނޭނގި އެކަން ކުރެވުނީ….މަތިންދާ ބޯޓުގަ ދަތުރުކުރީމަ، ދަތުރުމަތީވެސް ގިނައިރު ހޭދަކުރާކަށް ނުޖެހޭނެ….” ނިޒާމު އޭނާ ވިސްނާފައި އޮތްގޮތް ނިޔާޝާއާ ހިއްސާކުރިއެވެ.

ނީލާ ފޫހިކަމާއެކީ ގޭތެރޭގައި އެނބުރި އެނބުރި ހުއްޓައި އެދުވަހުގެ އިރުއޮއްސިއްޖެއެވެ. ނިޒާމްއާއި ނިޔާޝާ ތިބީ ނީލާގެ ކޮންމެ ހަރަކާތަކަށް ވިސްނާ ފާރަލައިގެންނެވެ. ރޭގަނޑުގެ ކެއުމަށްފަހު މަޑުވެސް ނުކޮށް ނީލާ ކޮޓަރިޔަށް ދިޔައީ ނިދާށެވެ. ނިޒާމްއާއި ނިޔާޝާ ސިޓިންރޫމުގައި ހޭލާތިބީ ނީލާގެ އިޝާރާތަކަށް ބަލަބަލައެވެ. އިޝާންވެސް ފޫހިކަމާއެކު އޭނާގެ ކޮޓަރީގައި ވަގުތުތައް ގުނަމުންދަނީ ނީލާއާމެދު ވިސްނުމުގައެވެ. މިރޭ ނީލާ އަންނާނެބާއޭ އިޝާންގެ ހިތަށް އަރަމުން ދިޔައެވެ. އިޝާންގެ އިންތިޒާރުގެ ގަޑިތައް ފަހަނައަޅާ ހިގައްޖެއެވެ. ރޭދެބައިވީއިރުވެސް ނީލާއެއް ނައެވެ. އިންތިޒާރުގެ ގަޑިދިގުލައި ދިއުމުން އެންމެފަހުން އިޝާންގެ ގާތަށް ނިދިއަތުވެއްޖެއެވެ.

ގަޑިން މެންދަމު ބާރަޖެހުމާއެކު ނީލާތެދުވެ ކުރީ ރެއެކޭ އެއްގޮތަށް މޭކަޕްކޮށް ތައްޔާރުވިއެވެ. ނީލާ ކޮޓަރީގެ ދޮރުހުޅުވާލުމާއެކީ ސިޓިންރޫމުގައި ތިބި ނިޒާމްއާ ނިޔާޝާ ފުންމައިގެން ތެދުވިއެވެ. އަދި އަވަހަށް ގޮސް ނީލާގެ އަތުގައިހިފިއެވެ. އެއާއެކު ނީލާ ހޭނެތިގެން ނިޒާމްގެ އަތްމައްޗަށް ދެމިއްޖެއެވެ. ނިޒާމް ނީލާ ގެންގޮސް އެނދުގައި ބޭއްވުމަށްފަހު ގާތުގައި އިށީނެވެ. ނިޔާޝާވެސް ނީލާގެ މަގަތުން އެނދުގެ އަނެއްފަރާތުގައި އިށީނެވެ. އިރުކޮޅެއްފަހުން ނީލާ ލޯހުޅުވާލިއެވެ. އަދި ކުރީ ރެއެކޭ އެއްގޮތަށް ނީލާ ބޭރަށްދާން ގަދަހަދާ ހަޅޭއްލަވަށް ފެށިއެވެ. އެރޭގެ ހަތަރުދަންވެސް ހޭދަވީ އެގޮތުގައެވެ. ފަތިސްނަމާދުގެ ބަންގިއާއެކު ނީލާ މައިތިރިވިއެވެ. އޭރު ނިޒާމްއާއި ނިޔާޝާއަށްވެސް ނިދިއައިސްގެން ކެތްކުރެވެނީކީ ނޫނެވެ. ކުރީރޭވެސް ނުނިދާތިބުމުން ދެމީހުނަށްމެ ނީލާގެ އެނދުގައި ބޯއަޅައިގެންތިބެ ނިދުނީއެވެ.

ހެނދުނު ނީލާއަށް ހޭލެވުނުއިރު މަންމައާއި ބައްޕަ އޭނަގެ ގާތުގައި ތިބުމުން ހައިރާންވެފައި އޭނާއަށް ބަލަން އޮވެވުނެވެ. ހީވާގޮތުން އެމީހުން ރޭހަތަރުދަމު އެތިބީ ނީލާގެގާތުގައި ދަމަށެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އޭނާ ނިދިއިރު މަންމައާއި ބައްޕަވެސް ތިބީ ސިޓިންރޫމުގައެވެ. ނިދިއައިސް ބޮލަށްބަރުވެފައި ހުރިނަމަވެސް ނީލާ މިއަދު ބޭނުންވީ ސުކޫލަށްދާށެވެ. ނީލާ ފާޚާނާއަށް ވަދެ ފެންވަރައިގެން ނުކުމެ ސުކޫލަށްދާން ތައްޔާރުވަނިކޮށް މަންމައަށް ހޭލެވިގެން ތެދުވިއެވެ.

” ދަރިފުޅާ!….ދަރިފުޅު މިއަދު އަދި ސުކޫލަށް ނުކުންނާނެ ކަމެއްނެތް….އަދި މަޑުކުރޭ!..” މަންމަ ކަންބޮޑުވެފައި ނީލާ ސުކޫލަށް ނުދިއުމަށް އެދުނެވެ.

” މަންމާ! ކިހިނެއްތަވީ؟….ކީއްވެގެންތަ މަންމަމެން މާކަންބޮޑުވެގެން ތިއުޅެނީ؟….ކީއްވެތަ އަހަރެންގެ ކޮޓަރީގަ މަންމައާ ބައްޕަ ތިތިބީ.؟….އަހަރެން މިހާރު މަންމަމެން އުޅޭގޮތުން ބިރުގަންނަންވެސް ފަށައިފި…..އަހަރެންނަށް އެއްވެސް ކަމެއްވީތަ ރޭގަ…ބުނެބަލަ މަންމާ!..” ނީލާ ކަންބޮޑުވެ ހާސްވެގެން އޭނާގެ ހިތުގައިހުރި ހުރިހާ ސުވާލެއް އެފަހަރާ ކޮށްލިއެވެ. ނީލާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާގެ މަންމައަކަށް ނޭނގުނެވެ.

” ދަރިފުޅާ! ބައްޕަ ކިޔާދީފާނަން ވެގެން އުޅޭގޮތް..” އެދެމައިންގެ ވާހަކަތައް އަޑުއިވިގެން ލޯހުޅުވާލާފައި ނިޒާމް ބުންޏެވެ. ނިޒާމް ނީލާ ގެނެސް އެނދުގައި ބޭންދުމަށްފަހު، މެންދަމު ވަގުތު ނީލާއާމެދު ކަންތައް ވަމުންދާގޮތް ތަފްސީލުކޮށް ކިޔައިދިނެވެ. ބައްޕަގެ ވާހަކަތައް އަޑުއަހާފައި ނީލާއިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާއަށްވެސް ތަފާތުގޮތްތަކެއް ވާކަމުގެ އިހުސާސް ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އޭނާއަށް ކުރިމަތިވެގެން މިއުޅެނީ މިފަދަ ނުރައްކާތެރިކަމެއްކަން އޭނާގެ ޚިޔާލަށްވެސް ގެނެވިފައެއް ނެތެވެ. ނީލާއަށް އޭނާއަށް ވަމުންދާގޮތް އެނގުމުން އިންތިހާއަށް ކަންބޮޑުވެ ބިރުވެސް ގެންފިއެވެ. އޭނާއަށް ކޮންމެ ރެއަކު މެންދަމުގަޑީގައި ދެވެނީ ކޮންތާކަށް ބާއޭ ހިތަށްއެރިއެވެ.

ވާނުވާ ނޭނގޭ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ދެދުވަސް ވޭތުވެގެންދިޔައިރު އިޝާންގެ ހިތުގައި ނީލާއާމެދު ރުޅިވެރިކަންވަނީ އުފެދިފައެވެ. އަނިލްއަށް ނީލާގެ ހަގީގަތް ކިޔައިދޭންވެސް ބައެއް ފަހަރު އިޝާންގެ ހިތަށް އަރައެވެ. ނަމަވެސް އަނިލްގެ މޫނުމަތިން ފެންނަ އުފާވެރިކަން ގެއްލިދާނެ ކަމަށްޓަކައި ބިރުން އިޝާންއަށް އެގޮތަށް ކަންތައް ކުރާކަށްވެސް ނުކެރުނެވެ. ލޭގެ ގުޅުމެއް ނެތްނަމަވެސް އިޝާންގެ ހިތުގައި އަނިލްއަށްޓަކައި ބޭބެއެއްގެ މަޤާމުވަނީ ދެވިފައެވެ. އިޝާންއަށް އޭނާގެ އަމިއްލަ ބައްޕައަށް ވުރެވެސް ބޮޑަށް އަނިލްއަށް ޤަދަރު ކުރެވެއެވެ. ވީއިރު އަނިލް ދެރަވެދާނެފަދަ ކަމެއް އޭނާއަށް އެނގިހުރެ ކުރަން ކެރިދާނެ ހެއްޔެވެ؟ އަނިލްފަދަ މާތްމީހަކަށް ނީލާފަދަ ކެހިވެރިޔަކުދެކެ ލޯބިވެވުނީ ޚުދު އިޝާންވެސް ދެރަވެއެވެ.

ނީލާ ސުކޫލަށް ނުނުކުންނަތާ ތިންވަނައަށް ވީދުވަހު އޭނާ ޗުއްޓީއަށް އެދުނެވެ. ޗުއްޓީއަށް އެދޭ ސަބަބެއްކަމުގައި ނީލާ ބުނެފައިވަނީ މަންމައަށް ބޭސްކުރަން މާލެދިއުމަށެވެ. އަނިލް ކުޑަކޮށް ހައިރާންވީނަމަވެސް ނީލާގެ ޗުއްޓީގެ ކަންތައްތައް އަވަސް ގޮތެއްގައި ހަމަޖައްސައިދިނެވެ.

ޖެހިގެން އައި ހަފްތާގެ އާދިއްތަ ދުވަހު ނީލާ އޭނާގެ މަންމަމެންނާއެކު މާލެދިޔައެވެ. ހަމަ ކުއްލިގޮތަކަށް ނީލާ މާލެދިޔަކަން އެނގުމުން އިޝާންގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނެވެ. ނީލާ މާލެދިޔަ ސަބަބު ހޯދުމަށްޓަކައި ނުސީދާގޮތެއްގައި އިޝާން އަނިލްގާތުގައިވެސް ސުވާލުކުރިއެވެ. އަނިލް ބުނީ ނީލާގެ މަންމަ މާބޮޑަށް ބަލިވީ ކަމުގައެވެ. ނަމަވެސް ނީލާގެ މަންމަ ބަލިވެއުޅޭކަން އަނިލްއަށްވެސް އެނގިފައި ނެތުމުން އެކަމާ އަނިލްގެ ހިތުގައިވެސް ސުވާލު އުފެދުނެވެ.

މާލެދިޔައިރު ނީލާގެ ބައްޕަގެ ރަހުމަތްތެރިޔާވަނީ ރުޤުޔާ ކިޔަވާމީހަކު ހޯދާފައެވެ. އެރޭގެ އިޝާ ނަމާދަށްފަހު ބައްޕަގެ ރަހުމަތްތެރިޔާ އެމީހާ ގޮވައިގެން އައެވެ.

” ނިޒާމް! މީ އަހުމަދު…..މީއަހަރެން ބުނި މީހަކީ…..މިކަމަށް ވަރަށް މޮޅުވާނެ…” ނިޒާމްގެ ރަހުމަތްތެރިޔާ އަލީ އޭނާއާއި އެކު އައިމީހާ ތައާރަފުކޮށްދިނެވެ. އަހުމަދު ނީލާއާ ވަރަށް ސުވާލުކޮށް ހެދިއެވެ. ނީލާވެސް އޭނާއަށް އެނގޭ މިންވަރަކުން ކަންތައްތައް ވީގޮތް ކިޔައިދިނެވެ. ނީލާގެ ވާހަކަތަކާމެދު ވިސްނަން އަހުމަދު ވަރަށް ގިނައިރުއިނެވެ. އަދި އޭނާ ގެންގުޅުނު ފޮތެއްގައި އެއްޗެހިތަކެއް ނޯޓްވެސްކުރިއެވެ. ނީލާގެ ބައްޕަގެ އެދުމުގެ މަތިން އޭނާ އެރޭގެ ބާރަ ޖަހަންދެން އެގޭގައި މަޑުކުރިއެވެ. ނީލާ ބިރުގެންނަމަވެސް ބައްޕަ ބުނާގޮތަށް ކަންތައްކުރުމަށްޓަކައި ވަރަށް އަވަހަށް ނިދަން އޮށޯތެވެ. މެންދަމުބާރަ ޖެހުމާއެކު ނީލާ ލޯހުޅުވާލިއެވެ. އޭރު ނީލާގެ މަންމައާއި ބައްޕަގެ އިތުރުން އަހުމަދާއި އަލީވެސް ނީލާގެ ގާތުގައި ތިއްބެވެ. ނީލާ ތެދުވެގެން ދާން އުޅުނު ވަގުތު އޭނާގެ ބައްޕަ ހިފެހެއްޓުމުން ހޭނެތުނީއެވެ. ނީލާ ހޭނެތުމާއެކު އަހުމަދު ކިޔަވަންފެށިއެވެ. އެއާއެކު ނީލާގެ ގަޔަށް ބާރުގަނޑެއްއަރައި ތެޅެންފެށިއެވެ. އަނގައިންވެސް ބިރުވެރިގޮތަކަށް އަޑުލައްވަމުން ދިޔައެވެ.

ކިޔަވަމުންދިޔަ ވަރަކަށް ނީލަގެ ގަޔަށް އަރަމުންދިޔަ ބާރުގަނޑުވެސް ގަދަވަމުން ދިޔައެވެ. އެންމެފަހުން ނީލާ ކަރުތެރޭން އަޑުނެރެގެން ހަޅޭއް ލަވަންފެށިއެވެ. ތިންމީހުން ހިފަހައްޓައިގެން ތިބިއިރުވެސް ފޮޅުވާލައެވެ. ދެގަޑިއިރުވަންދެން އަހުމަދު ހުއްޓާނުލާ ކިޔެވިއެވެ. އެންމެފަހުން ނީލާތެޅުން މަޑުވެ މައިތިރި ވުމުން އަހުމަދު ކިޔެވުން މެދުކަނޑާލުމަށްފަހު ނީލާއާ ސުވާލުކުރަން ފެށިއެވެ.

” ތީކާކު؟….ކޮންބޭނުމަކު ކަލޭ ނީލާގެ ގައިތެރެއަށް ވަދެގެން ތިއުޅެނީ…؟ މަޑުމައިތިރިކަމާއެކު އަހުމަދު އެސުވާލު ދެތިން ފަހަރު ތަކުރާރު ކުރިއެވެ. ނަމަވެސް ނީލާ އެއްވެސް ޖަވާބެއް ނުދިނެވެ. އެންމެފަހުން އަހުމަދު ވަރަށް ހަރުކަށިކޮށް ހަމައެސުވާލު ތަރުރާރުކޮށްލިއެވެ. އަހުމަދު ސުވާލުކުރުމުން ނީލާ ބާރަކަށް ހޭންފެށިއެވެ.

” ނުބުނާނަން….މީކާކުކަމެއް ނުބުނާނަން….” ހެމުން ހެމުން ނީލާ ޖަވާބުދިނެވެ.

” އެންމެ ރަނގަޅު ކާކުކަން ނުބުނަންޏާ ބުނެބަލަ ކީއްކުރަންކަން ނީލާގެ ހަށިގަނޑު ހިޞާރުކޮށްގެން ތިއުޅެނީ….ކޮބާ ބޭނުމަކީ….” މިފަހަރު އަހުމަދު ސުވާލުކުރީ ކުރިޔަށްވުރެ މަޑުމައިތިރި ކަމާއެކުގައެވެ. ނީލާ ޖަވާބެއް ނުދީ ހިމޭނުންއޮތެވެ.

” އަހަރެން، އަހަރެންގެ ލޯބިވެރިޔާގާތަށް ދާންވެގެން ކޮންމެ ރެޔަކު ބާރަޖެހީމަ އަންނަނީ…..ވަކި ދުވަސްތަކެއްވާންދެން އޭނާއާ ބައްދަލުނުކޮށް ފިއްޔާ އަހަރެން ނޫނީ މީނަ، ކޮންމެވެސް އެކަކު މަރުވާނެ…..ކަލޭމެން އަހަރެން ދިޔަނުދީ ތިހިފަހައްޓަނީ ކީއްކުރަން…..ދޫކުރޭ އަހަރެން…..އަހަރެންދާންވެއްޖެ އަހަރެންގެ ލޯބިވެރިޔާގާތަށް…..” ނީލާ ހަޅޭއްލަވައިގަތެވެ.

” ކާކު ކަލޭގެ ލޯބިވެރިޔަކީ؟….ބުނޭ! ކޮންނަމެއް ކިޔާމީހެއް އެއީ؟….” ހަރުކަށި ކަމާއެކު އަހުމަދު ސުވާލުކޮށްލިއެވެ.

”  ނުބުނާނަން….އަހަރެން ދޫކުރޭ!….އޭނާ އަހަރެންނަށް އިންތިޒާރު ކުރާނެ މިހާރު….ދޫކުރާށޭ!” ނީލާގެ އަޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ. އަހުމަދު އެތައް ފަހަރަކު އެމީހަކާ ބެހޭގޮތުން ސުވާލުކުރުމުންވެސް އޭގެ ޖަވާބެއް ނީލާ ނުދިނެވެ. އެގޮތުގައި ފަތިސް ނަމާދުގެ ވަގުތު ޖެހޭންދެން ނީލާ ތެޅިފޮޅުނެވެ. ނަމާދު ވަގުތު ވަނުމާއެކު ހިމޭންވިއެވެ.

ޖެހިޖެހިގެން ތިންރޭ ވާންދެން އަހުމަދު ނީލާއާ ސުވާލުކުރިއެވެ. ނަމަވެސް އިތުރު އެއްޗެއް އެނގޭގޮތެއް ނުވިއެވެ. ނަމަވެސް އަދިވެސް އޭނާ މާޔޫސެއް ނުވެއެވެ. ތިންދުވަސް ފަހުން އަހުމަދު ދުވާލުގަޑީގައި ނީލާއާ ވާހަކަ ދައްކާ ކަންކަން އޮޅުންފިލުވަން މަސައްކަތް ކުރިއެވެ.

” މިވޭތުވެދިޔަ ތިންރޭގެ އެއްވެސް ކަމެއް ހަނދާން އެބަހުރިތަ؟…” އަހުމަދު ނީލާގާތު އަހާލިއެވެ.

” ނޫން” ނީލާ ދެފަރާތަށް ބޯހަލުވާލަމުން އޭނާއަށް އެކައްޗެއްވެސް ނޭނގޭ ކަމުގައި ބުންޏެވެ.

” ހޫމް….މިހާރު އަހަރެން ކުޑަކޮށް ޚުލާސާކޮށްލާނަން ނީލާއަށް ވެގެންތިއުޅޭގޮތް……މިތިންދުވަހު އަހަރެން ބެލިބެލުމުން އަހަރެންނަށް އެނގުނު ނީލާއަށް ޖިންނިއެއްގެ އުނދަގޫ ފޯރާކަން…..އެއީ އަންހެން ޖިންނިއެއްކަންވެސް އެނގުނު…..އަދި އޭތި ނީލާގެ ގައިތެރެއަށް ވަންނަނީ މެންދަމު ބާރައިގެފަހުން…..އޭގެކުރިން ނީލާއަށް އެއްވެސް އުނދަގުލެއް އޭތި ނުކުރޭ….އެހެންވީމަ

ބޮޑަށްލަފާ ކުރެވެނީ މީހަކު ވަކިބޭނުމަކަށްޓަކާ ނީލާއަށް ސިހުރުހަދާފަ ވާކަން…..އެމީހާގެ ބޭނުމަކަށް ވެދާނެ ނީލާގެ ފަރާތުން ޖިސްމާނީ އުފަލެއްހޯދުން….މިބުނީ ޖިންސީގޮތުން ގޯނާއެއްކުރުން…..ގިނަފަހަރަށް މިކަހަލަ ސިހުރު ހަދަނީ ކޮންމެވެސް ކާއެއްޗެއް ބޭނުންކޮށްގެން…..އާއްމުކޮށް މޭވާފަދަ ތަކެތި ބޭނުންކޮށްއުޅެނީ……އާއްމުކޮށް ސިހުރުވެރިން ގެންގުޅޭނެ ވަކި ޚާއްސަ ޖިންނިއެއް….އޭތިބޭނުންކޮށްގެން ސިހުރުތައް ހަދަނީ……އެކަމަކު ބައެއްމީހުން މާބޮޑަށް ނޭނގިތިބެ ހަދާ ސިހުރުން ކޮންމެފަދަ ޖިންނި އެއްގެ ގޯނާވެސް ލައިގެންފާނެ….އެހެންވެ ގިނަފަހަރަށް އޭގެ މައިތިރި ހަދާކަށް އެމީހުންނަކަށް ނޭނގޭ…..ނީލާއަށް ދިމާވެފަހުރިގޮތުން ހީވަނީ، މާބޮޑަށް އެކަން ނޭނގޭ މީހަކު ހަދާފަހުރި އެއްޗެއް ކެވުނީހެން…..އޭގެ އަސަރު އެންމެ ފުރިހަމަ ގޮތުގައެއް ނުކުރޭ…….އެހެންވެ ދުވާލުގަޑީގަ އެޖިންނީގެ ގޯނާއެއް ނުލިބެނީ…..ފަހަރެއްގަ ވެދާނެ މިއީ ހަމައެކަނި މެންދަމު ގަޑިއަށް ބިމަށް ފައިބާ އުޅޭ ޖިންނިއެއްގެ ކަމަކަށްވެސް…….ދާދި ފަހަކުންވެސް ހަމަ މިކަހަލަ ކޭސްއެއް އަޅުގަނޑު ހައްލުކުރިން……އެޔަށްވުރެ މިކޭސް ފަސޭހަވާނެހެން ހީވަނީ….އެހެންވީމަ ނީލާ ހަދަންވީ ގޮތަކީ، އަހަރެން މިބުނާތަކެތި އަހަރެން ބުނާ ދުވަހެއްވާންދެން ކިޔަވަންވީ……އަދި ވަކިގަޑިތަކެއްގަ ބޭރަށް ގޮސްގެން ނުވާނެ އަދި ފެންވަރައިގެންވެސް ނުވާނެ…..އަދި ކޮންމެ ފަހަރަކު ކާއިރުގަޔާ ދޮރުލައްޕާއިރުވެސް ބިސްމިކިޔަންވާނެ….” އަހުމަދުގެ ވާހަކަތައް ނީލާ ކަނުލާއަޑުއެހިއެވެ. އަދި އޭނާބުނިގޮތަށް ކަންތައް ކުރުމަށް އެއްބަސްވެސް ވިއެވެ.

އަހުމަދު ދެއްކި ވާހަކަތަކުގެ ސަބަބުން ނީލާއާ އޭނާގެ މައިންބަފައިންގެ ހިތުގައި ތަފާތު ސުވާލުތައް އުފެދުނެވެ. ނީލާއާމެދު އެފަދަ ގޮތްކުޑަ އަމަލެއް ކުރިމީކަހީ ކާކުބާއެވެ. ވިސްނާ ވިސްނާވެސް އޭގެ ޖަވާބެއް ނީލާއަކަށް އަދި އޭނާގެ މައިންބަފައިންނަކަށްވެސް ނޭނގުނެވެ. ނީލާފަދަ މަޑުމައިތިރި ރަނގަޅު ކުއްޖަކާ ހަސަދަވެރިވާނެ މީހަކުވެސް އުޅެދާނެ ކަމުގައި އޭނާގެ މައިންބަފައިންނަށްވެސް ގަބޫލެއް ނުކުރެވުނެވެ. ނީލާއާ އަޅައިގަނެގެން އުޅޭ ފިރިހެނަކު އުޅޭކަމެއްވެސް އެނގިފައެއް ނެތެވެ.

ނީލާ މާލެ ދިޔައީއްސުރެ އަނިލް ހުންނަނީ ފާޑަކަށް ހިތްނުތަނަވަސް ވެފައެވެ. ނީލާއާ ގުޅަންބޭނުންވިޔަސް ގިނަފަހަރަށް ގުޅާކަށްވެސް ނުކެރެއެވެ. އެއީ މާލެދިޔަފަހުން އެންމެ ފަހަރަކުވެސް ނީލާ އޭނާއަށް ގުޅާފައި ނުވާތީއާ އަނިލް ގުޅުޔަސް ނީލާ ފޯނުނުގަގާތީއެވެ. އަނިލް ނީލާގެ ބައްޕައަށް ގުޅައިގެން އެމީހުންގެ ހާލުއޮޅުން ފިލުވާހަދައެވެ. ނަމަވެސް ނީލާއާ ވާހަކަ ނުދެއްކޭހައި ހިނދަކު އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަނިލްއެކޭ އެއްފަދައިން އިޝާންގެ ހިތަށްވެސް ހަމަޖެހުމެއް ނުލިބެއެވެ.

ކިތަންމެ ހަނދާންކުރަން ބޭނުން ނުވިޔަސް ނީލާގެ މަތިން  އަބަދުވެސް ހަނދާންވެއެވެ. އޮފީހުގައާއި ގޭގައިވިޔަސް އޭނާއާއެކު ނީލާގެ ހަނދާންތައް ވެއެވެ.

ފޫހިކަމާއި ބޭޤަރާރު ކަމުގައި އަނިލްއާއި އިޝާންގެ ދުވަސްތައް ވޭތުވަމުން ދިޔައެވެ. އަނެއްކޮޅުން އިޝާން ގިނަގިނައިން އޭނާގެ މާމަމެންނާ ގުޅުންބަދަހި ކުރަމުން ދިޔައެވެ. އެގޮތުން އަނިލްއާވެސް މިހާރުވަނީ އިޝާންގެ ގުޅުން ވަރަށްބޮޑަށް ބަދަހިވެފައެވެ. އެންމެފަހުން އިޝާން އަނިލްގެ ގެއިން ކޮޓަރިއެއް ކުއްޔަށް ދިނުމަށް އެދުނެވެ. އަނިލް އެކަމާ އިންކާރުކޮށް ކުއްޔަކާއި ނުލައި އިޝާންއަށް އެގޭގައި ހުރެވޭނެ ގޮތް ހަމަޖައްސައިދިނެވެ. އަނިލްއަށްވެސް އަކަމުގެ ސަބަބުން އިތުރު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

އަހުމަދުގެ ލަފާގެމަތިން ނީލާ ރުޤުޔާ ކިޔަވަންފެށިއެވެ. އެކަމުން ސަލާމަތްވެ އާދާއިގެ ދިރިއުޅުމެއް އުޅެން އޭނާވެސް ބޭނުންވެއެވެ. އަހުމަދު ބުނިގޮތަކަށް ނީލާކަންތައް ކުރާތާ ވިހިދުވަސްވީއިރު ނީލާއަށް ޖިންނީގެ އުނދަގޫ ފޯރުން ހުއްޓިއްޖެއެވެ. ނަމަވެސް ސާޅީސްދުވަސް ވާންދެން ކިޔެވުން ކުރިޔަށް ގެންދަން ބުނެފައި އޮތުމުން ނީލާ އެގޮތުގައި ކުރިޔަށްދިޔައެވެ. ކަލަންޑަރަށް ބަލަންހުރެ ދުވަސްތައް ގުނަމުންދަނިކޮށް ނީލާގެހިތަށް ބިރުވެރިކަންވަނީ އޭނާގެ މަންތްލީ ޕީރިއަޑްވާންޖެހޭ ދުވަސް ފަހަނައަޅާ ހިނގައްޖެކަން އެނގުމުންނެވެ. ނީލާގެ ހިތުގައި އުފެދުނު ޝައްކުތަކުގެ ސަބަބުން އޭނާ ނިންމީ ކްލިނިކަކަށް ގޮސް ޕްރެގްނެންސީ ޓެސްޓެއް ހެދުމަށެވެ. ކްލިނިކަށްދަމުން ނީލާ އޭނާގެ މަންމަގާތުބުނީ ފިހާރައަކަށް ދަނީކަމުގައެވެ. ޓެސްޓް ހެދުމަށްފަހު ނަތީޖަ ލިބެންދެން މަޖީދީމަގުގައި ދެކޮޅަށް ނީލާ ހިނގީއެވެ. ނަތީޖާ ލިބޭގަޑިޖެހުމުން ތެޅިތެޅި އޮތްހިތަކާއެކު ނީލާ ކްލިނިކަށް ދިޔައެވެ. ކައުންޓަރުގައި އިން ކުއްޖާ ދިއްކޮށްލި ސިޓީއުރައިގާ ހިފިއިރުވެސް އޭނާގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. ސިޓީއުރަ ދަބަސްތެރެއަށް ލުމަށްފަހު ބާރުހިނގުމެއްގައި އޭނާ ކުލިނިކުން ނުކުތެވެ. އަދި ކައިރި ފިހާރައަކުން ދެތިން އެއްޗެއް ގަނެލުމަށްފަހު މަގުމަތިން ޓެކްސީއެއް ހޯދައިގެން ގެޔަށް އައެވެ.

ޓެސްޓްގެ ނަތީޖާ ލިބުނީއްސުރެ އޭނާގެ ހިތުގެ ތެޅުން މަޑެއް ނުވެއެވެ. ނަމަވެސް މަންމައާއި ބައްޕަ ހޭލާ ތިއްބައި އެނަތީޖާ ބަލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އެމީހުން ނިދާނެ އިރެއްގެ އިންތިޒާރުގައި ނީލާ އޮތެވެ. މަންމަމެން ނިދައިފިކަން ޔަގީންވުމުން ނީލާ ތެދުވެގެން ގޮސް ދަބަހުން ސިޓީއުރަނެގިއެވެ. ސިޓީއުރަ ހިފައިގެން ފާޚާނާއަށްވަދެ، ފާޚާނާ ތަށިމަތީ އިށީދެ ސިޓީއުރަ ކަނޑާލިއެވެ. ދެލޯމަރައިގެން އިރުކޮޅަކު އިނުމަށްފަހު ފުންނޭވާއެއް ލާފައި ނީލާ ލޯހުޅުވާލިއެވެ.

” ޕޮޒިޓިވް” އެލަފްޒު ފެނުމާއެކު އަތުތެރޭގައި އޮތް ރިޕޯޓް އޭނާއަށް ބޮނޑިކޮށްލެވުނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ.

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ރިޔާޝާ (9ވަނަ ބައި)

Next

ލީމިންހޯ 2

Next
October 26, 2016

ލީމިންހޯ 2

Previews
October 26, 2016

ރިޔާޝާ (9ވަނަ ބައި)

26 Comments

  1. Xai says:
    October 26, 2016 at 8:49 am

    Aachaa ? Shine u r just toooo good ingey ??? love this storyyy!! Waiting for the next part ❤❤❤

  2. yaana says:
    October 26, 2016 at 8:51 am

    vvv reethi haadha lahunney thi up Kuree 9 bai avas kohdheythi ingey

  3. nayha says:
    October 26, 2016 at 9:02 am

    Wow nice story ingay

  4. Elsaa says:
    October 26, 2016 at 9:08 am

    Oh no…. Kihineh mi vee??? Vaahaka reethi warahh ?

  5. xenn says:
    October 26, 2016 at 9:24 am

    Feyru ke eema v gotheh dhw a e…..

  6. Aish says:
    October 26, 2016 at 9:30 am

    OMG! Kihineh mive. Dhen neela heekuraany ishan gasthuga e feyru kaan dheegen eynage use kureekamah.

  7. Thaany says:
    October 26, 2016 at 9:42 am

    Wow..v v v reeethi

  8. Anonymous says:
    October 26, 2016 at 10:20 am

    V v v reethi

  9. changed says:
    October 26, 2016 at 10:22 am

    laaa… neela rulhi annaany ishan dheke dhw… 🙁

  10. Qeen says:
    October 26, 2016 at 10:34 am

    Haadha reechey mivaahaka shine alhe 9 bai avaha genes dheythi mihaahu hureveneekeenoon kiyaahithun

  11. aishaa says:
    October 26, 2016 at 11:10 am

    v v v v v v nice.. avahah up kohlachey
    knme duvahaku vx.. v v v v v nice.. mi kiyaa hithun mihar nidi vx naadhey..

  12. aroo says:
    October 26, 2016 at 11:46 am

    V. Nice Plx ishan n Neel gulhuvadyba.ehen noony vaahaka nimun hadivaane

  13. Aish says:
    October 26, 2016 at 12:50 pm

    Wow…vvvvvv nice…!

  14. galaxy says:
    October 26, 2016 at 1:03 pm

    Woooow vrh vrh reethi

  15. Minmi says:
    October 26, 2016 at 1:12 pm

    Alhe neela blame kuraany ishan dhw…pleez ishan ah ehn nahadhahchey. . ..

    1. Naju?? says:
      October 26, 2016 at 8:59 pm

      Hey mimmi.
      OH GOD.. Noo ishan ah all the blames nubaalahcheyy. upload it sooooooonnn. Lwbivryy ????❤????

  16. Rossy ram says:
    October 26, 2016 at 1:29 pm

    Ishaan aa neelaa gulhuvaathi v reethi vaahaka dhaaleh

  17. kuhjja says:
    October 26, 2016 at 2:07 pm

    varh nice… interesting varah…..

  18. hyma says:
    October 26, 2016 at 2:43 pm

    shin dhoony next part avas

  19. Inee says:
    October 26, 2016 at 3:16 pm

    Varah varah furihama

  20. Shuja Sajiko says:
    October 26, 2016 at 4:57 pm
  21. Jeen says:
    October 26, 2016 at 7:05 pm

    Varanasi

  22. nayha says:
    October 26, 2016 at 10:16 pm

    Plx kobaatha next part. Avaha up kondeebala.

  23. Saandy says:
    October 26, 2016 at 10:28 pm

    ވަރަށް ވަރަށް ރީތި… އަޅެ އިޝާންގެ ހިތުގަ ނީލާއަށް ނަފުރަތު ނުއުފައްދައްޗޭ… 9ވަނަ ބައި އަވަހަށް އަޕްކޮށްލައްޗޭ

  24. kyaaraa says:
    October 26, 2016 at 10:45 pm

    v nice waahakae kypit up

  25. Elsaa says:
    October 27, 2016 at 6:05 am

    9 vana part up kohdhybaa shine please please dhen ???

Comments are closed.

All Right Reserved!