ފިހާރައިގެ ދޮރު ލެއްޕި އަޑު އަނާއަށް އިވުނެވެ. ޒުވާނާ ހިނގާފައި އޭނާގެ ކާރާ ހަމައަށް ދާތަން އަނާއަށް ފެނުނެވެ. އަނާއަށް ޒުވާނާގެ އަތުގައި އޭނާގެ ފޮށި ނެތްކަން ފާހަގަކުރެވުނެވެ. އަނާ އޭނާގެ ފަހަތުން ދިޔައެވެ. “އެކްސްކިއުޒް މީ.” އަނާ ވަހަކަދެއްކިއެވެ. “ކަލޭ އެއްޗެއް ހަނދާން ނައްތާލާފަ ތިއައީ. އެއްޗެއް ބަހައްޓާފަ ތިއައީ.” އެމީހާ ފަހަތަށް އެނބުރުނެވެ. އަނާ މަޑުޖެހުނެވެ. ކުއްލިއަކަށް އަނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. އޭނާގެ މޫނު ވަނީ ބިރުންގޮސް ހުދުވެފައެވެ. “ދަރުމަވާނެ މިތަނުން […]
އެކަމަކު އަނާއަށް އެވަގުތުކޮޅު ވަރަށް ޚާއްސަވިއެވެ. ހޫނު މޫސުން ނިމިއްޖެއެވެ. ކޯނަރ ޝޮޕް އަބަދުވެސް އޮންނަނީ ފުރި ބާރުވެފައެވެ. ބައެއްފަހަރު އާދީއްތަ ދުވަސްތަކުގައިވެސް ޑޭވް ފިހާރަ ހުޅުވައެވެ. އަނާއަށް ބައިވަރު ފައިސާ ލިބުނެވެ. އެންމެންވެސް ހީކުރަނީ އަނާ ހުންނަނީ އުފަލުން ކަމަށެވެ. އެކަމަކު ހަޔާތް އޭނާއަށް އުނދަގޫވެފައިވިއެވެ. އޭނާ ޑޭވްދެކެ ގަޔާވެއެވެ. ޑޭވްއަކީ އޭނަގެ ސާހިބުމީހާއެވެ. އަދި އޭނާއަށްވުރެ ދޮށީ މީހެއްވެސް މެއެވެ. އެކަމަކު ޕީޓަރއަކީ އަނާ އެންގޭޖުވެފައިވާ ފަރާތެވެ. އަދި އަނާއާ އެއްއުމުރެއްގެ މީހެއްވެސް މެއެވެ. […]
ހެނދުނު ގަޑިން 6:00 ޖެހި ވަގުތު ގަން އިންޓަނޭޝަނަލް އެއާރޕޯޓަށް ތިރިކުރަމުން ދިޔަ ފްލައިޓްގައި އިން ވިސާމްގެ ނަޒަރު ހުއްޓިފައިވީ ކުޑަދޮރުން ބޭރަށެވެ. ފްލައިޓްގެ ބިޒްނަސް ކްލާހުގައި އޭނަގެ އިތުރުން 5 ވަރަކަށް ފަތުރުވެރިން ތިއްބެވެ. އެ ހެނދުނު ގަޑީގައި ވިސާމް ފިޔަވައި އެހެން އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނިދީގެ އަސަރުތަކެވެ. އޭނަގެ ސީޓުގައި އޮތް ބާލީސްވެސް ކައިރީގައި ހުރި ހުސް ސީޓުގައި އޮތުމުން އޭނަ ނިންޖަކަށް ބޭނުމެއްވެސް ނުވާކަން އެނގެއެވެ. ފްލައިޓް ޖެއްސީވެސް […]
ހޮނިހިރު ދުވަސްތަކުގައި ޕީޓަރ ފުޓްބޯޅަ ނޫނީ ކްރިކެޓު ކުޅެން ދެއެވެ. އަދި އަނާ ފިލްމު ބަލަން ލިޑްނީއަށް ދެއެވެ. އެއްދުވަހަކު އަނާ ނޫސް ކިޔަން އިންދާ ގްރެޓާ ގޯރޑްންގެ ފޮޓޯއެއް އަޅައިގަތެވެ. އަނާ ހުރީ ވަރަށް އުފާވެފައެވެ. އެރީތި އަންހެނާ ބޮޑު ފިލްމެއް ކުޅެން އުޅެނީއެވެ. ގްރެޓާ ގޯރޑަނަށް ބަތަލާގެ ބައި ކުޅެން ލިބުނީއެވެ. އަނާ، ޕީޓަރ ގާތު ގްރެޓާގެ ވާހަކަ ބުނަން ބޭނުންވިއެވެ. އެކަމަކު އޭނާ، އޭނާގެ ވައުދު ދެމެހެއްޓިއެވެ. އެހެނަސް އަނާ، އެޚަބަރު ޑޭވް […]
“ލޯބިވާތީ.” “ތިލޯބި ކޮންމެވެސް އެހެން މީހަކަށް ދައްކާ. އަހަރެންގެ ލޯތްބެއް ދުވަހަކުވެސް އަޔާޒަކަށް ނުލިބޭނެ. ކުރިން އަހަރެން ހީކުރީ އަހަރެންނަށް އަޔާޒްދެކެ ވެވުނީ ލޯބިކަމަށް. އެކަމަކު މިހާރު އެނގިއްޖެ އެއީ އަދި ލޯތްބެއް ނޫންކަން. އަހަރެން ލޯބިވަނީ ހަމައެކަނި ފަޔާޒްދެކެ. އަދި އަހަރެންދެކެ ލޯބިވަނީވެސް ހަމައެކަނި ފަޔާޒް.” ރިޔާޝާ ބުނެލިއެވެ. “ރިޔާޝާ ލޯބިވަނީ އަހަރެންދެކެ. އަދި އަބަދުވެސް ލޯބިވެވޭނީ އަހަރެންދެކެ. އެއީ ރިޔާޝާއަށް ޙަޤީޤީ ލޯބިވެވުނީ އަހަރެންދެކެ ކަމަށްވާތީ.” އަޔާޒް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. “ތީ ކުށްހީއެއް. […]
” އަލްހަމްދުލިﷲ.. ވަރަށް އުފާވެރި ހަބަރެއް.. އަނެއްކާ އެއީ ކޮންކުއްޖެއް؟” ހާރޫނު ސުވާލުކޮށްލިއެވެ. ” އެއީ ޖެހިގެން ހުރިގޭ ހާރޫނުބެގެ އައިޝާ” ހުޝާމްގެ ޖުމްލައިން ހެވިފައި އިން ހަބީބާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. އަނގައަށް ލާން ނެގި ގުޅަ ތަށިތެރެއަށް ވެއްޓުނެވެ. ނިތްކުރިއަށް ރުގިނަވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ހިބާ އާއި ހައިފާ އަށް މޫނު ކުނިކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ހަބީބާއަށްވީ ގޮތް ފެނި ހުޝާމް އާއި ސާމީއަށް އެދިމާއަށް ބަލާލެވުނެވެ. ދެއަތުން މޭޒުމަތީގައި ޖަހަމުން ހަބީބާ […]
ގަމީހުގެ އަތުކުރި އޮޅާލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އިކާން އޭނާގެ ސޫރައަށް ބަލާލަމުން ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅީގައި އަތް ހާކާލިއެވެ. އޭނާގެ މޫނުމަތިން އުދާސްކަން ފާޅުވަމުން ދިޔައެވެ. ޑްރެސިންގް ޓޭބަލްމަތީ ބާއްވާފައިވާ އައިފޯނު ނަގާ ނަންބަރަކަށް ގުޅާލިއިރު އިކާންގެ ހިތް އަަވަސްވެ މުޅި މީހާ ފިނިވިއެވެ. އެ ފަރާތުގެ ހިޔާލަށް ބަދަލެއް އާދޭތޯ ބެލުމަށް އިކާންގެ ފަހުގެ ނިންމުން ހިއްސާކުރަން ބޭނުންވިއެވެ. އިރުކޮޅަކު ފޯނު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނަގައިފިއެވެ. އިކާންގެ ކަންފަތުގައި އެ އަޑު ޖެހުމާއި […]
ޖަލްސާނިމުމުން ބައެއް މީހުން ތަނުން ދާން ފެށި އެވެ. އެވަގުތު އާޔަތުވެސް ދިއުމަށް ނިކުންނަނީ އެވެ. އަބްޔާން ވެސް އާޔަތު ފަހަތުން ހިގައި ގަތެވެ. ދޮރުން ވަދެގެން އައި މީހާއަށް ބޭރަށް ނުކުނަން ދިޔަ އާޔަތު ނުފެނުމުން ގޮސް ލައިގަނެވުނީ އާޔަތު ގައިގަ އެވެ. އާޔަތު އެމީހާ ގައިގައި ޖެހިފައި ވެއްޓެން ދިޔަ އެވެ. އެވަގުތު އެމީހާ ވެސް އަދި އަބްޔާން ވެސް އާޔަތާއި ދިމާއަށް އަތް ދިއްކޮށްލީ އާޔަތު ހިފެހެއްޓުމަށެވެ. އަބްޔާން ހިފެހެއްޓުމުގެ ކުރިން އާޔަތު […]