ހޮނިހިރު ދުވަސްތަކުގައި ޕީޓަރ ފުޓްބޯޅަ ނޫނީ ކްރިކެޓު ކުޅެން ދެއެވެ. އަދި އަނާ ފިލްމު ބަލަން ލިޑްނީއަށް ދެއެވެ.
އެއްދުވަހަކު އަނާ ނޫސް ކިޔަން އިންދާ ގްރެޓާ ގޯރޑްންގެ ފޮޓޯއެއް އަޅައިގަތެވެ. އަނާ ހުރީ ވަރަށް އުފާވެފައެވެ. އެރީތި އަންހެނާ ބޮޑު ފިލްމެއް ކުޅެން އުޅެނީއެވެ. ގްރެޓާ ގޯރޑަނަށް ބަތަލާގެ ބައި ކުޅެން ލިބުނީއެވެ.
އަނާ، ޕީޓަރ ގާތު ގްރެޓާގެ ވާހަކަ ބުނަން ބޭނުންވިއެވެ. އެކަމަކު އޭނާ، އޭނާގެ ވައުދު ދެމެހެއްޓިއެވެ.
އެހެނަސް އަނާ، އެޚަބަރު ޑޭވް ސްޓެޓިނަށް ދެއްކިއެވެ.
“ބަލާބަލަ ޑޭވް! މިއޮތީ ގްރެޓާ ގޯރޑަނާ ބެހޭގޮތުން ޚަބަރެއް! އޭނަ ބޮޑު ފިލްމެއް ކުޅެން އުޅެނީ.” އަނާ ބުންޏެވެ.
އެޚަބަރުގައި އަސްލު ލީޑް ރޯލް ކުޅެން ލިބިފައި އޮތީ ޖޮއަނާ ލެއިއަށް ކަމަށް ލިޔެފައި އޮތެވެ. އެކަމަކު އޭނާގެ އަތް ބިންދައިގެން ދިއުމުން އެބައި ކުޅެން ލިބުނީ ގްރެޓާއަށެވެ. ޖޮއަނާ ބުނިގޮތުގައި އޭނާއަށް ވީގޮތެއް ނޭނގެއެވެ. އޭނާ ބުނިގޮތުގައި ކޮޓަރީގައި ހުރެފައި ވެއްޓުމުން އަތް ބިނދުނީއެވެ.
ގްރެޓާ ބުނެފައިވާ ގޮތުގައި އޭނާ ވަރަށް ނަސީބުގަދައެވެ. އެބައި ކުޅެން އޭނާ ހުރީ ވަރަށް ބޭނުންވެފައެވެ.
“އަހަންނަކަށް ނޭނގެ ފިލްމުތަކާ ބެހޭގޮތުން އެކައްޗެއްވެސް.” ޑޭވް ބުނެލިއެވެ. “ގްރެޓާ ގޯރޑަނަކީ ފިލްމު ކުޅޭ މީހެއްތަ؟”
އަނާ ހިނިގަނޑެއް ޖަހާލިއެވެ. “ފިލްމުކުޅޭ މީހެއްހޭ؟ އާނ. އެއީ ވަރަށް މޮޅަށް ފިލްމުކުޅޭ މީހެއް.”
އެކަމަކު ޑޭވް އެކަމަކާ މެދު ޝައުޤުވެރިކަމެއް ނުބެހެއްޓިއެވެ.
“އަހަރެން ވަރަށް އުންމީދުކުރަން އޭނަ އެރޯލާމެދު ވަރަށް އުފަލުންހުރި ކަމަށް.” ޑޭވް ބުނިހާވެސް އެއްޗަކީ އެއެވެ.
ހޫނުމޫސުމުގައި ފަތުރުވެރިން ވުޑެންޑަށް އަންނަމުން ދިޔައެވެ. މޫސުން ވަރަށް ރީއްޗެވެ. ވިޔަފާރިވެސް ރަނގަޅެވެ.
އެކަމަކު އަނާ ހުރީ އުފަލަކުން ނޫނެވެ. އޭނައަށް ވިސްނެމުން ދިޔައީ ގްރެޓާ ގޯރޑްންގެ ޒިޔާރަތާ މެދުގައެވެ. އޭނާ، ޑޭވް ހޯދަން އައީ ކީއްކުރަން ހެއްޔެވެ؟ އޭނާގެ އަނގޮޓިތަކަށް ވީ ކީއްހެއްޔެވެ؟ އަނާގެ އަދި އެހެން މައްސަލައެއްވެސް އޮތެވެ. އަނަ، ޕީޓަރދެކެ ލޯބިވެއެވެ. އަދި އޭނާ އެއުޅެނީ ޕީޓަރއާ ކައިވެނިކުރާށެވެ. އެކަމަކު އޭނާ ޑޭވްދެކެވެސް ގަޔާވެއެވެ.
ޑޭވް، ޕީޓަރއަށްވުރެ ދޮށްޓެވެ. އެހެނަސް އަނާ، ޑޭވްދެކެ ގަޔާވެއެވެ. ހުރިހާ އަންހެންވެރިންވެސް ޑޭވްދެކެ ގަޔާވެއެވެ. ދުވާލު ހަތަރުދަމުހެން އަނާ އުޅެން ޖެހެނީ ޑޭވްއާ އެކީގައެވެ. ރޭގަނޑުވެއްޖެނަމަ ޕީޓަރއާ އެކީގައެވެ.
ހީވަނީ އަނާ، ދެދިރިއުޅުމެއް އުޅޭހެންނެވެ. އެއްދިރިއުޅުން ޑޭވްއާ އެކީގައެވެ. އަދި އަނެއް ދިރިއުޅުން ޕީޓަރއާއި އެކީގައެވެ.
ހުކުރު ދުވަހަކު ޑޭވް އަނާ ހައިރާންކޮށްލިއެވެ.
“މާދަމާ ކީއްކުރަނީ؟” ޑޭވް އެހިއެވެ. “މާދަން އަހަންނާއެކީ ހޭދަކުރެވިދާނެތަ؟ އަނާ ބޭނުން ކޮންމެ ތާކަށް ދެވިދާނެ. އަހަރެންގެ ކާރުގަ އަނާއަށް އާދެވިދާނެ.
“މާފުކުރޭ ޑޭވް.” އަނާ ބުންޏެވެ. “ޕީޓަރ ހިތްހަމަނުޖެހޭނެ.”
“މޮޔަ ވާހަކަ ނުދައްކާ!” ޑޭވް ބުންޏެވެ. “އަހަރެމެން މާ ދުރަކަށް ނުދަނަން. މެންދުރު ގަޑީގަ އަހަރެން ފިހާރަ ބަންދުކުރާނަން. އަދި އަހަރެމެން ދާނީ ލިޑްނީއަށް.”
އަނާ، ޑޭވްއާ އެކީ ދާން ބޭނުންވިއެވެ. އެކަމަކު ޕީޓަރއާ ދޭތެރޭ ވިސްނާލަން މަޖުބޫރުވިއެވެ.
“ޕީޓަރއާ ދޭތެރޭ ނުވިސްނާ.” ޑޭވް ބުންޏެވެ. “އޭނަ ހޮނިހިރު ދުވަސްތަކުގަ އަބަދުވެސް ބިޒީވާނެ.”
އަނާ ހިނދުކޮޅަކަށް ވިސްނަލިއެވެ. ” މައްސަލައެއް ނެތް. ކަލޭ އަހަރެން އެންމެ މޮޅު ސިނަމާއަށާ ރެސްޓޯރެންޓަށް ގެންދަނިކޮށް އަހަރެން ހިނގައިދާނަން.”
“ޔަޤީނެއްނު.” ޑޭވް ހިނިގަނޑެއް ޖަހާލިއެވެ. “އަނާ ބޭނުން ކޮންމެ ކަމެއް.”
ޖެހިގެން އައި ދުވަހު ޑޭވްއާއި އަނާ ލިޑްނީއަށް ދިޔައެވެ. އެމީހުން އުފާވެރި ވަގުތުކޮޅެއް ހޭދަކުރިއެވެ. ޑޭވް، އަނާއަށް އަގުބޮޑު ހެދުމެއް ގަނެދިނެވެ. އެއަށްފަހު ސިނަމާއަށާއި ރެސްޓޯރެންޓަށް ގެންދިޔައެވެ.
އެދުވަހު ޕީޓަރ އުޅުނީ ކްރިކެޓު ކުޅޭށެވެ. އޭނާއަށް އަނާ، ޑޭވްއާއި އެކީ ލިޑްނީއަށް ދިޔަކަމެއް ނެނގެއެވެ. ޕީޓަރ އެހެން އަވަށެއްގައި ކުޅެން އުޅުމަށްފަހު ވުޑެންޑަށް އައީ ވަރަށް ލަހުންނެވެ.
ޑޭވްއާއި އަނާވެސް އައީ ވަރަށް ލަހުންނެވެ. ކޯނަރ ޝޮޕްގެ ބޭރުގައި ޑޭވް، ކާރު ޕާކުކުރިއެވެ.
“ޝުކުރިއްޔާ ޑޭވް.” އަނާ ބުނެލިއެވެ. “މިއަދު ވަރަށް މަޖާ.”
“އަހަންނަށްވެސް.” ޑޭވް ބުންޏެވެ. އޭނާ، އަނާގެ ކޮނޑުގައި އަތްއަޅާލުމަށްފަހު އޭނާގެ ތުންފަތަށް ބޮސްދިނެވެ. ވަރަށް އަވަހަށެވެ.
އެކަމަކު އަނާއަށް އެވަގުތުކޮޅު ވަރަށް ޚާއްސަވިއެވެ.
310 Comments
Comments are closed.
mujey
November 18, 2016 at 2:28 pmI am first
V interesting?
Maree
November 18, 2016 at 2:51 pmDhen thankolhe dhigukoh liyebala kudhakudhin thakakah kiyavaadheneetha thee vv reethi ahannah heevey baehfahasru eyna akee feyrey meehen henves anebai faharu heevey minikaa meehen henves mivaagotheh ulheulhe hama rangalhakah nuvisnunu v salhi
Shi
November 18, 2016 at 3:31 pmHadha kurukoh thigenes dhenee.. heekuran next part dhigu vaane kamah
Aishu
November 18, 2016 at 4:07 pmThanfukeh kury hama…
maaishahil
November 18, 2016 at 4:53 pmalhey… liyanya thiahvere dhigukon nuliyeveynetha? thee kon vaahakaehge tharujamaeh? haadha interesting ey.
Hooooo.
November 18, 2016 at 5:12 pmVarah hadi.
pehehe
November 18, 2016 at 6:23 pmBeerattehiyaa ei radheefuga ebas inna goiy baa… Vaahaka Translate kuri iru ename ves rangalhah balaabala…. ????
Hanaa
November 18, 2016 at 7:31 pmKuree baige heevi kaivenikuri vaahaka ves buni hen. Mibaiga adhi kaiveni kuran ulheny.. confused!!!!
raf
November 22, 2016 at 12:28 pmnot bad
Lovegirl
December 13, 2016 at 4:18 pmV reethi