Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ… (ފުރަތަމަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
November 17, 2016 6 Mins Read
28 Comments

ގަމީހުގެ އަތުކުރި އޮޅާލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އިކާން އޭނާގެ ސޫރައަށް ބަލާލަމުން ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅީގައި އަތް ހާކާލިއެވެ. އޭނާގެ މޫނުމަތިން އުދާސްކަން ފާޅުވަމުން ދިޔައެވެ. ޑްރެސިންގް ޓޭބަލްމަތީ ބާއްވާފައިވާ އައިފޯނު ނަގާ ނަންބަރަކަށް ގުޅާލިއިރު އިކާންގެ ހިތް އަަވަސްވެ މުޅި މީހާ ފިނިވިއެވެ. އެ ފަރާތުގެ ހިޔާލަށް ބަދަލެއް އާދޭތޯ ބެލުމަށް އިކާންގެ ފަހުގެ ނިންމުން ހިއްސާކުރަން ބޭނުންވިއެވެ. އިރުކޮޅަކު ފޯނު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނަގައިފިއެވެ. އިކާންގެ ކަންފަތުގައި އެ އަޑު ޖެހުމާއި އެކީ އޭނާއަށް ކުރި އިހްސާސުން ދައްކަން ބޭނުންވެފައިވާ ވާހަކަ މުޅިން ހަނދާން ނެތުނު ކަހަލައެވެ.

“ކިހިނެއްވީ އިކާން… އަހަރެން މިއުޅެނީ ވަރަށް ބިޒީކޮށް… އައި ކާންޓް މީޓް ޔޫ ރައިޓް ނައު…”

އެކޮޅުން ދިން ޖަވާބު އަޑުއަހަން ހިމޭނުން ހުރި އިކާނަށް ހަމަބިމަށް ފޭބުނީ އެ ވަގުތު އިކާންގެ ފޯނަށް މެސެޖެއް އައިސް ފޯނު ވައިބްރޭޓް ވުމުންނެވެ. ކަންފަތާ ފޯނު ދުރުކޮށްލުމަށްފަހު ފޯނުގެ ސްކްރީނަށް ބަލާލުމުން އިކާނަށް އެ މެސެޖްކުރީ ތާރާކަން އެނގުނެވެ. އެހިސާބުން މި ފޯނުކޯލު އިކާން ކުރަން ބޭނުންވި މަގްސަދު އޭނާގެ ހިތަށް އެރުމުން އަނބުރާ ކަންފަތުގައި ފޯނު ޖައްސާލަމުން ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ.

“އަހަރެން މިގުޅީ އަހަރެންގެ އެންމެ ފަހުގެ ނިންމުން ބުނަން… އަހަރެން މިއުޅެނީ މީހަކާ އިންނަން… ލައިފެއް ފަށަން… އެއީ ތިކޮޅުން ބޭނުންވި ގޮތެއްނު… ދެން ބޭއްވީއޭ… މިގަޑީ އަހަރެންވެސް ވަރަށް ބިޒީ ވެއްޖެ…”

ފޯނު ދުރުކޮށްލި އިރު އިކާންގެ އަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. އޭނާގެ ހިތް އޭރު ދިޔައީ ތެޅި ފޮޅެމުންނެވެ. ހިތުގެ ކަނަކުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނޭ ބުނަމުން ދިޔަ ނަމަވެސް އިކާންގެ މި ނިންމުން ބަދަލު ކުރެވޭނީ އެންމެ މީހަކަށެވެ.

މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝުލެއް ނަގާ އިކާންގެ މޫނުމަތިން ހިއްލާފައިވާ ދާތަށް މަޑުމަޑުން ފޮހެލިއެވެ. ފޯނުގެ ސްކްރީނަށް އޭރުވެސް މެސެޖެއް އައިސްފައިވާކަމުގެ ނޮޓިފިކޭޝަން އަރާފައިވުމުން އެ މެސެޖް އިކާން ހުޅުވާ ބަލާލިއެވެ.

“ހެއި މައި ލަވް… ކޮން އިރަކުން އަންނަނީ… އައިމް ވެއިޓިންގް…”

ފޯނުގެ ކީބޯޑުގައި ފަރިތަކަމާއި އެކީ އިނގިލިތަކުން ފިއްތަމުން އިކާން އެކޮޓަރިން ބޭރަށް ނުކުންނަން ދިިޔައިރު މޭޒުމަތީ އޮތް އަވި އައިނު ނެގިއެވެ.

“ތާރާ…. އައިމް އޮން މައިވޭ.. ވޯންޓްބީ ލޭޓް…” މެސެޖް ފޮނުވާލަމުން އިކާން އެ އިމާރާތުން ބޭރަށް ނުކުމެ ދެފަރާތަށް ބަލާލިއެވެ. އޭރު އެ އިމާރާތުގެ އެއްފަރާތުގައި މަޑުކޮށްގެން އޮތް ރަތް ކާރު ފެނުމުން އިކާން ގޮސް އެކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލިއެވެ.

މާލޭގެ ކާރުބާރު ބޮޑު މަގުތަކުން އެ ކާރު ދުއްވާފައި ދިޔައީ ގ.ރޯޒްވިލާއަށެވެ. އިރުއިރުކޮޅުން ފޯނުގެ ސްކްރީނަށް އިކާން ބަލަމުން ދިޔަ އިރު ހީވަނީ މީހެއްގެ ކޯލަކަށް އިންތިޒާރު ކުރަނީ ހެންނެވެ. އެހެން އިންދާ އިކާންގެ ފޯނަށް މެސެޖެއް އައެވެ. އެއީ ‘އެކްސް އޯ’ ޖަހާފައި ސޭވް ކޮށްފައިވާ ނަންބަރުން ކަމުން އިކާން އެ މެސެޖް ހުޅުވާލީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ.

“ވަރަށް އުފާކޮށްފިން އަހަރެން ދެއްކި ވާހަކަ އިކާން ގަބޫލު ކުރީތީ… އައި ކާންޓް މެރީ ޔޫ…”

އެމެސެޖް ކިޔާ ނިންމާލުމަށްފަހު ފޯނުން އެ މެސެޖްް ޑިލިޓްކޮށްލީ ހިތާ ދެކޮޅަށެވެ. އެއީ އިކާން އުންމީދުކުރި ޖަވާބެއް ނޫނެވެ.

ބާރު ސްޕީޑެއްގައި ދުއްވާފައި އައި ރަތް ކާރުުގެ ދުވެލި މަޑުކޮށްލީ ދިހަ ބުރީގެ ބޮޑު އިމާރާތެއްގެ ކުރި މައްޗަށެވެ. ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމާއި އެކީ ކާރުން ފޭބި ފުރިހަމަ ރީތި ޒުވާނަކީ އަންހެން ކުދިންގެ ހިތްތައް ކަތިލަމުން އަންނަ މަޝްހޫރު ސްޓާރެކެވެ. ލައިގެން ހުރި ކަޅު ކުލައިގެ ގަމީހާއި ފަޓުލޫނުގައި ބެގީ ޖަހާ، ބޫޓަށް އަރާފައި ހުރި އިރު އެނާގެ ލޮލުގައި އަޅާފައިވަނީ ރޭބަން އަވި އައިނެކެވެ. ބޮލުގެ އިސްތަށިގަނޑު ދެފަރާތުން ތުނިކޮށްލާފައި ވާއިރު ބާކީ ބައި ހުރީ ކުޑަކޮށް ދިގުކޮށެވެ. މައްޗަށް އިސްތަށިގަނޑު ފުނާއަޅާލާފައިވާ އިރު އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅިއާ މަތިމަހުންނެވެ. ކާރުން ފޭބުމަށްފަހު ކާރު ދުއްވަން އިން ޑްރައިވަރު ގާތު ދެން ދިޔަޔަސް އެންމެ ރަނގަޅޭ ބުނެލަމުން އިކާން އެ އިމާރާތާ ދިމާލަށް އެނބުރިލިއެވެ. އަތުގައި އޮތް ފޯނުން ގަޑިއަށް ބަލާލަމުން ކުރިއަށް ދާން ހިނގައިގަތީ ފުންނޭވާއެއް ދޫކޮށްލަމުންނެވެ.

“ބަލާބަލަ.. އެއީ އިކާން ދޯ… ވާއު.. އަޅެ އޭނާ ހާދަ ހޮޓޭ…” އެ އިމާރާތުގެ އެއްފަރާތުގައި މަޑުކޮށްގެން ތިބި ޒުވާން އަންހެން ކުދިން ތަކުގެ ތެރެއިިން އެއް ކުއްޖަކު އެހެންް ބުނެލި އަޑު އިކާންގެ ކަންފަތަށް އިވުނެވެ. ނަމަވެސް އެކުދިންނާ ދިމާލަށް ބެލުމެއްނެތި އިކާން ކުރިޔަށް ހިނގައިގަތީ އެތާ މަޑުކުރަން ޖެހިދާނެތީއެވެ.

ގޭޓުން އެތެރެއަަށް ވަދެވަދެ ހުރި އިކާންގެ ފިޔަވަޅު ހުއްޓުނީ އެ ތަނުން ދުވެފައި އައި އަންހެން ކުއްޖެއް އިކާންގެ ނަމުން ގޮވާލުމުންނެވެ. ލޮލުގައި އަޅާފައިވާ އަވި އައިނު ނަގަމުން އިކާން އެ އަންހެން ކުއްޖާއަށް ބަލާލިއިރު ގަލަމަކާ ފޮތެއް ދިއްކޮށްގެން އެ އަންހެން ކުއްޖާ ހެވި ދިލިފައި ހުރީ އިކާންގެ އަތުން އޮޓޯގްރާފެއް ހޯދާށެވެ. ހިނިތުން ވެލަމުން އިކާން އެކުއްޖާގެ ނަން އަހާލީ އެގަނޑުގައި ބޮޑު ސޮއެއް ކޮށްލަމުންނެވެ. ޖަވާބުގައި އެކުއްޖާގެ ނަން ބުނެލީ ލަދުރަކި ހިނިތުން ވުމަކާއި އެކީގައެވެ. އެކުއްޖާއަށް ފޮތް ހަވާކޮށްލަމުން އެ އިމާރާތަށް ވަންނަން އިކާން ހިނގައިގަތީ އެހިސާބުގައި ދެން ތިބި ކުދިން އައިސް އޭނާ ހުއްޓުވާފާނެތީއެވެ.

އިމާރާތުގެ ތެރެއަށް ވަދެ އިކާން މިސްރާބު ޖެހީ ލިފްޓާ ދިމާއަށެވެ. ލިފްޓް ކައިރީގައި މަޑުކޮށްގެން ހުރި ސެކިއުރިޓީ ޒުވާނާ ހިނިތުންވެލަމުން ބައްދަލުކުރަން ބޭނުންވަނީ ކޮން ބޭފުޅަކާތޯ ސުވާލުކޮށްލިއެވެ.

“އައިޝަތު ތާރާ….” ފިރިހެންވަންތަ ބަރު އަޑުން އިކާން ޖަވާބުދިނީ ލުއި ހިތުންވުމެއް ތުންފަތަށް ވެރިކުރުވަމުންނެވެ.

*** *** *** *** *** ***

“ސިސް.. އައިމް ރިއަލީ ހެޕީ ފޯޔޫ….” އަޒްކާ ވާހަކަ ދެއްކީ ތާރާގެ ފަހަތުން ލޯގަނޑު ކުރިމައްޗަށް ހުއްޓެމުުންނެވެ. ލޯގަނޑު ކުރިމަތީ ތާރާ އިނީ ރީތިވާށެވެ. ނިއްކުރި މައްޗަށް ވެއްޓިފައިވާ ފަން އިސްތަށިކޮޅު އެއް ފަރާތަށް ޖައްސާލިއެވެ. ތާރާގެ ދެތުންފަތް ދެ ތުންފަތާ ހާކާލުމަށްފަހު ތުންފަތް އޫކޮށްލަމުން ލޯގަނޑުން ފަރިބަލާލިއެވެ.

“އަޒުކީ… ޑުއައިލުކް އޯކޭ… އޯ އިޒްދިސް ޓޫމަޗް….”

ޑްރެސިންގް ޓޭބަލް ކުރިމަތީ އިށީނދެގެން އިން ތާރާ ގޮނޑިން ތެދުވެ ދެ ފަރާތަށް އެނބުރެމުން ލައިގެން ހުރި ކަޅުކުލައިގެ ކުރު ހެދުމަށް ބަލާލިއެވެ. އެ ކަޅު ހެދުމާއި، ނިއުޅުވާލާފައިވާ ކަޅު ފަން އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ހަމުގެ ކުލަ އިތުރަަށް ދޮން ކަމަށް ދައްކައެވެ.

“ޔޫ ލުކް ސޯ ބިއުޓިފުލް… އައިފީލް ޖެލަސް… އިކާން ކަހަލަ ސްޓާރެއް ވިއްޔަ… ސިސް ޖޭ ނުވޭތަ އެހެން އަންހެން ކުދިން އިކާންއާ ހެދި އުޅޭތީ…” އަޒްކާ ވާހަކަ ދައްކަމުން ގޮސް ހުއްޓުނީ އެކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ އިކާންގެ ޕޯސްޓަރގެ ކުރިމައްޗަށެވެ. މައިކެއް ހިފައިން އަސަރުގަދަ ބެލުމަކުން ބަލަން އިން އިކާން ވަރަށް ވެސް ރީއްޗެވެ. އިކާނަށް ލިބިފައިވަނީ އަންހެން ކުދިންގެ ހިތްތަކާ ކުޅެލާ ކަހަލަ ރީތި ހިނިތުންވުމެކެވެ. އެ ހިނިތުންވުން އިތުރަށް ފުރިހަމަ ކޮށްދެނީ އޭނާއަށް ލިބިފައިވާ ހުދު ދަތްތަކެވެ.

“ހެހެ… ޖޭ އެއް ނުވޭ… އައި ނޯ ހީޒް މައިން… އަޒުކީ ބަލާބަލަ އަޅެ ބޭބެއަށް އާދެވޭތޯ… ޖަސްޓް ކޯލް ހިމް…އަޒުކީ…. އިކާން ބުނި އެހާ ލަހެއް ނުވާނޭ… ” ޑްރެސިންގް ޓޭބަލް މަތީ ހުރި އަތުގައި އަޅާ ރިހި ކުލައިގެ ހިމަ ތަނޑިތައް ނަގާ އަތުގައި އަޅަމުން ތާރާ ވާހަކަ ދެއްކިއެވެ.

“ސިސް.. ޕްލީސް ޑޯންޓް ކޯލްމީ އަޒުކީ.. އިޓްސް އަޒްކާ… އަޒްކާ…. އިނގިއްޖެތަ؟…” އަޒްކާއަށް ވަނަން ކިޔުމަކީ އޭނާ ވަރަށް ފޫހިވާ ކަމެކެވެ. ތާރާ ލޯބިން އެހެން ހަދަނީ އަޒްކާ ރުޅިއައިމަ ހުންނަލެއް ލޯބިކަމުންނެވެ. އަޒްކާ އަކީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އަދިވެސް އޭނާ އުޅެނީ އޭނާގެ ހިޔާލީ ދުނިޔޭގައެވެ. ބަލާ މީހަކަށް ހީވާނީ އޭނާއަކީ 13 އަހަރުގެ ކުއްޖެއް ހެންނެވެ.

އަޒްކާ އަތުގައި އޮތް ފޯނު ނަގާ އޭނާގެ ބައްޕައަށް ގުޅާލީ ތާރާގެ އެދުމަށެވެ. “ހެއި ޑޭޑް… ތާރާ ވޯންޓްސް ޔޫ ހިއަރ.. ވެން އާޔޫ ކަމިންގް.. އަވަހަށް އަންނައްޗޭ…” ފޯނު ކަންފަތާ ދުރުކޮށްލަމުން އަޒްކާ އެނބުރިލީ ތާރާއާ ދިމާއަށެވެ. “ބައްޕަ ފޯނެއް ނުނަގާ ސޯ އައި ލެފްޓް އަ ވޮއިސް މެއިލް…”

ތާރާއާ ދިމާއަށް އަޒްކާ ބަލާލަމުން އަނގަ ހުޅުވާލިއެވެ. “ވާއު.. ޔޫ ލުކް ގޯޖަސް…”

*** *** *** *** *** ***

ސެކިއުރިޓީ މީހާ ކައިރީހުރި މޭޒު މަތިން ފޯނު ނަގާ ނަންބަރަކަށް ފިތާލިއެވެ. އެކޮޅުން ފޯނު ނެގުމުން އިކާންއާ ދިމާއަށް ބަލަން ހުރެ ސެކިއުރިޓީ މީހާ ވާހަކަ ދެއްކިއެވެ. “މެޑަމް… މިސްޓަރ އިކާން އިޒް ހިއަރ…”

ސެކިއުރިޓި މީހާ ވާހަކަދައްކާ ނިމެން ދެން އިކާން އެތާ މަޑުކޮށްގެން ހުރި އިރު އެ އިމާރާތުގެ އެކި ދިމާތަކަށް ނަޒަރު ހިންގާލިއެވެ. ސެކިއުރިޓީ މީހާ ފޯނު ބޭއްވުމަށްފަހު އިކާން ގާތު ދާންވީ ހަތްވަނަ ބުރިއަށް ކަމަށް ބުނެ ލިފްޓާ ދިމާއަށް އިޝާރާތްކޮށްލިއެވެ. ޝުކުރު އަދާ ކުރަމުން އިކާން ލިފްޓާ ދިމާއަށް ހިނގައިގަތީ އެއް ޖީބަށް އަތްޖަހައިގެން ހުރެ އަނެއް އަތުން އަވިއައިނު ނަގާ ގަމީހުގެ ޖީބަށް ޖަހާލަމުންނެވެ.

ލިފްޓަށް އެރުމާއި އެކީ އިކާން ހަތްވަނަ ފަންގިފިލާއަށް ދާން ފިއްތާލުމަށްފަހު ލިފްޓުގައިވާ ލޯގަނޑުން އޭނާގެ މޫނަށާ އިސްތަށިގަނޑަށް ބަލާލިއެވެ. ލައިގެން ހުރި ގަމީހުގެ ގިރުވާން ރަނގަޅުކޮށްލަމުން ހިނިތުންވެލިއެވެ. މޫނުމަތިން ހާސްވާ ކަމުގެ ކުލަވަރުތައް ނުދައްކާ ވޭތޯ މަސައްކަތް ކުރިއެވެ. ކަރުކެހިލަމުން ހަމަޖެހިލަން އިކާން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ނިތްކުރިން ދާހިއްލަމުން ދިޔައެވެ. ލިފްޓުގެ ދޮރު އައިސް ހުޅުވުނީ ހަތްވަނަ ފަންގިފިލާއަށެވެ.

ލިފްޓުން ނުކުމެ ކަނާތްފަރާތުން ފެންނަން ހުރި ދޮރާ ދިމާއަށް އިކާންގެ ފިޔަވަޅު އަވަސްކޮށްލިއެވެ. އެ ދޮރުމަތީ މަޑުކޮށްލަމުން ގަމީހުގައި އަތް ހާކާލަމުން ފުން ނެވާއެއް އެތެރެކޮށްލިއެވެ. ބެލް ޖަހަން ނެގި އަތް އިކާން ތިރިކޮށްލިއެވެ. ކުރެވެން މިއުޅެނީ ކިހާވަރެއްގެ ކަމެއްބާއޭ އިކާންގެ ހިތަށް އެރިއެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔަ އިކާންގެ ސިކުނޑިއަށް އޭރު ވަނީ ބާރުކޮށްފައެވެ.

“އައި ކޭން ޑޫ ދިސް…” ހިތާ ހިތުން އިކާން ބުނެލީ އޭނާގެ ފިނޑި ހިތަށް ހިއްވަރު ދެމުންނެވެ.

*** *** *** *** *** ***

ދެމީހުން ސިއްސައިގެން ދިޔައީ ތާރާގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށެވެ.

“ތާރާ… އިކާން އެބަ އަަރާ މައްޗަށް.. އަދިވެސް ރެޑީ ނުވެވޭތަ؟…” ތަހުމީނާގެ އަޑު ޖެހުމުން ތާރާގެ ހިތް ތެޅުނެވެ. އިކާން އަންނަަނީ ކަން އެނގުމުން ތާރާގެ ހަތަރެސް ފައި ފިނިވެގެން ދިޔައެވެ.

“މަންމާ… ދެން މި ނިމުނީއޭ…” ތާރާ މިހެން ބުނެލަމުން އަނެއްކާވެސް އެނބުރި ލޯގަނޑުން އޭނާގެ މޫނަށް ބަލާލިއެވެ. “ޕާފެކްޓް….”

ތާރާއަށް ވުރެ ކުރިން އެ ކޮޓަރިން ނުކުތް އަޒްކާ ބޭރަށް ބޯދިއްކޮށްލަމުން ސިޓިންގް ރޫމަށް ބަލާލީ އިކާން ހުރިތޯ ބަލާށެވެ. އަޒްކާގެ ފަހަތުން ނުކުތް ތާރާ ބަލާލީ އޭނާގެ މަންމަ ތަހުމީނާ ކޮބައިތޯއެވެ. މަންމައަށް ގޮވާ ނުލެވެނީސް ތާރާގެ ކަންފަތުގައި ޖެހުނީ ގޭގެ ބެލް ޖެހި އަޑެވެ. ދޮރާ ދިމާއަށް ހިނގައިގަންނަމުން އަޒްކާ ކައިރީ މަންމައަށް ގޮވާލާށޭ ތާރާ ބުނެލީ އަޒްކާ އެތަނުން ފޮނުވާލަން ވެގެންނެވެ. ދޮރު މައްޗަށް ހުއްޓެމުުން އިސްތަށިގަނޑުގައި އަތް ހާކާލަމުން ތާރާ ދޮރު ހުޅުވާލީ ހިނިތުން ވަމުންނެވެ.

އެއް ޖީބަށް އަތްޖަހާލައިގެން ދޮރުމަތީ ހުރި އިކާން ފެނުމުން ތާރާ ހިނިތުން ވެލިއެވެ.

“ތާރާ… ހާދަ ލޯތްބޭ….” އިކާން އެތެރެއަށް ވަންނަމުން ތާރާގެ ކޮލުގައި ހިފާލަމުން ނިތްކުރިއަށް ބޮސްދިނެވެ. އިކާންގެ ގައިން ދުވި މީރު ވަހުން ތާރާގެ ދެލޯ މެރުނެވެ.

މީހަކު ކަރުކެހެލި އަޑަށް ތާރާ ފަހަތަށް އެނބުރި ބަލާލީ އެތާ ތަހްމީނާ ހުރިކަމަށް ހީކޮށެވެ. ހަށަން ބަނދެލައިގެން އެމީހުންނާ ދިމާއަށް ބަލަން ހުރީ އަޒްކާއެވެ.

“އިކާން… ދިސް އިޒް މައި އެނޮއިންގް ސިސް… ބުނީމެއްނު އަޒުކީ… ދެޓްސް ހާރ…” އަޒްކާ ތައާރަފް ކޮށްދެމުން ތާރާ ހިނިގަނޑެއް ޖަހާލިއެވެ. ފެށުނީއްސުރެވެސް އަޒްކާއަށް ދިމާކޮށް ސަމާސާ ކުރުމަކީ ތާރާގެ އާދައެވެ. އެއީ ދެ ބައްޕައެއްގެ ދެކުދިންކަމުގައި ވިޔަސް އެ ދެމެދުގައި ވަނީ ވަރަށް ގާތް ގުޅުމެކެވެ.

“ހަހް… ތާރުގަނޑު… މަމީ އަޒުކީއެއް ނޫން.. އިޓްސް އަޒްކާ… ހާއި އިކާން… އައި ލަވް ޔޯ ސޯންގްސް…. ޔޯ ވޮއިސް އިޒް ސޯ.. ސޯ…” ތާރާއާ ދިމާއަށް ހަރުކަށި އަޑަކުން ވާހަކަ ދައްކާލުމަށްފަހު އިކާންއާ މުޚާތަބުކޮށް އަޒްކާ ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރި ކަމާ އެކުގައެވެ. ވާހަކަ ދައްކަމުން އައިސް އިކާން ކައިރިއަަށް އަޒްކާ ހުއްޓުނެވެ.

“ލޭޑީ… ސްޓޮޕް ފްލާޓިންގް….” އިކާންގެ އަތުގައި ހިފައިގެން ސޯފާއާ ދިމާއަށް ހިނގައިގަންނަމުން އަޒްކާއާ ދިމާއަށް ތާރާ ލޯ އަޅާލިއެވެ. އެވަގުތު ތަހްމީނާ އެތެރެއިން ނުކުތީ އޭނާ އަޅައިގެން ހުރި ބުރުގާ ރީތިކޮށްލަމުންނެވެ. “އިކާން… ހާލު ކިހިނެއް؟.. އަވަހަށް އިށީނދޭ… ކަމްލާ… އަވަހަށް ސައިހަދާ…”

އިށީންނަށް ސޯފާ ދައްކާލުމަށްފަހު ބަދިގެއާ ދިމާއަށް ބޯދިއްކޮށްލަމުން ތަހުމީނާ އެގޭގައި މަސައްކަތްކުރާ ކަމްލާއަށް ގޮވާލިއެވެ.

ތަހުމީނާގެ ހުންނަނީ ދެ އަންހެން ދަރިންނެވެ. ފުރަތަމަ ކައިވެނި ކުރީ ސިރާޖާ ކަމުގަ ވިޔަސް އެކައިވެނި ރޫޅުނު ފަހުން ތަހްމީނާ ދެވަނަ ކައިވެންޏެއް ކުރީ އާތިފްއާއެވެ. ތާރާއަކީ ސިރާޖްގެ ދަރިއެކެވެ. އަޒްކާއަކީ އާތިފްގެ ދަރިއެކެވެ. ސިރާޖާ އާތިފްއާ ދެމެދުގަ ރަނގަޅު ގުޅުމެއް ނެތަސް ކުދިންނަށް އެއްވެސްކަމެއް އުނިނުކޮށް ހުރިހާކަމެއް އެންމެ ފުރިހަމައަށް ކޮށްދޭތީ އެކަމާ ތަހްމީނާ އުފާ ކުރެއެވެ.  

ބެލްކަނި ބޭރުގައި މަޑުކޮށްގެން ހުރި ސިރާޖަށް ގެއަށް އައިސް ވަތް މެހެމާނު ފެނުނެވެ. ބޯން އިން ސިނގިރޭޓް އަޅިކެނޑިއަށް ނިއްވާލުމަށްފަހު ބެލްކަނި ދޮރު ހުޅުވާލަމުން ސިރާޖް ނުކުމެގެން އައިސް ސިޓިންގްރޫމުގައި ތިބި އެންމެންގެ މޫނަށް ބަލާލިއެވެ.

“އިކާން… މީޓް މައި ޑޭޑް…”ތާރާގެ ބައްޕަ އިކާނަށް ތައާރަފް ކޮށްދިނެވެ.

ސިރާޖް ހިނިތުންވެލަމުން އިކާނާ ސަލާމްކޮށްލުމަށްފަހު އިކާނާ ޖެހިގެންހުރި ސޯފާގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. “ސޯ.. ކޮން އިރަކަށް ތިކުދިން ނިންމަން ބޭނުންވަނީ؟… ތިކުދިންނަށް އެނގޭނީ… ބައްޕަމެންނަށް އޯކޭ ކޮންމެ ދުވަހެއް ވިޔަސް… ދޯ ތަހުމީނާ…”

ތަހުމީނާ މަޑުކުރަން ބޭނުންވީ އާތިފް އަންނަން ދެނެވެ. ނަމަވެސް އާތިފް އޭނާގެ ފޯނަކަށް ޖަވާބެއް ނުދެއެވެ. އާތިފް ނެތި ތާރާގެ ކައިވެނީގެ ވާހަކަ ދައްކަން ޖެހުމުން ތަހުމީނާ ވަރަށް ދެރަވިއެވެ. އާތިފްއަކީ ތާރާގެ ދޮންބައްޕަ ކަމުގައި ވިޔަސް ތާރާދެކެ އާތިފް އަމިއްލަ ދަރި ފަދައިން ލޯބިވެއެވެ.

ސީދާ މައުލޫއަށް ސިރާޖް ދިޔައީ އޭނާއަށް އެތާ ގިނައިރު މަޑު ކުރެވެން ނެތީމައެވެ. ކުއްލި ގޮތަކަށް ސިރާޖް އެވާހަކަ ދެއްކުމުން އިކާން ހާސްވާ ގޮތްވިއެވެ. ކަންތައްވީ އިކާން ހީކުރިގޮތާ މުޅިން ހިލާފަށެވެ. އިކާން ހީކުރީ ތާރާގެ މައިންބަފައިންނާ ބައްދަލުކުރަން އައި ފުރަތަމަ ދުވަހަށްވުމުން މިއަދު އެމީހުން އިކާނާ ވާހަކަ ދައްކާ އިކާނާ ބެހޭ މައުލޫމާތުތައް ހޯދާ އެކި ކަހަލަ ސުވާލުތައް ކުރާނެ ކަމަށެވެ.

އެ ސިޓިންގް ރޫމުގަ ތިބި އެންމެންގެ ކަޅި އަމާޒުވެފައިވަނީ އިކާނާ ދިމާއަށެވެ. އިކާންގެ އަތުގައި ހިފާ ތާރާ ފިއްތާލިއެވެ. ތާރާއާ ދިމާއަށް އިކާން ބަލާލި އިރު ހިނިތުންވެފައި ތާރާ ބަލަން އިން ގޮތުން އިކާންގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި އިން ކަހަލައެވެ. ސިރާޖާ ކުރިމަތިލަމުން އިކާން ވާހަކަ ދައްކަން އަނގަ ހުޅުވާލިއިރު ނުތަނަވަސްކަމެއް އޭނާގެ ހިތުގައިވަނީ އަށަގެންފައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

mihithuge fasaanaa

Next

އައިޝާ 9

Next
November 17, 2016

އައިޝާ 9

Previews
November 17, 2016

mihithuge fasaanaa

28 Comments!

  1. kudaa says:
    November 17, 2016 at 8:06 pm

    v. reethi mi story

    1. Shax Lyn says:
      November 17, 2016 at 9:16 pm

      Thanks Kudaa 🙂

  2. Badboy :p says:
    November 17, 2016 at 8:34 pm

    Wow…. Bad boy kahala boy eh dhw miulheneee ??? love this story i wonder whos this “xo”

    1. Shax Lyn says:
      November 17, 2016 at 9:17 pm

      hehehe… BAD boy kahala tha…. just wait patiently you will knw “XO” soon…. thanks 🙂

  3. fan says:
    November 17, 2016 at 8:42 pm

    Wow.. love it… waiting to the next part….

    1. Shax Lyn says:
      November 17, 2016 at 9:21 pm

      THANKS fan 🙂

  4. Nern.. says:
    November 17, 2016 at 8:56 pm

    Awesome..

  5. Petite says:
    November 17, 2016 at 9:20 pm

    Nice

  6. Shax Lyn says:
    November 17, 2016 at 9:21 pm

    Thanks Nern n Petite 🙂

  7. zeesh says:
    November 17, 2016 at 9:43 pm

    v reethi vaahakaeh aneh bai avahah nereyne kamah uhmeedhu kuran…

  8. kayashandy says:
    November 17, 2016 at 10:04 pm

    i guess XO akee azka hen…hehheh…may b dhw…its jus a guess ingey…love ur stories..??

  9. Leex says:
    November 17, 2016 at 10:29 pm

    Nice stroy

  10. Azuna says:
    November 17, 2016 at 11:06 pm

    Awesome…waiting to the nxt part

  11. me says:
    November 17, 2016 at 11:32 pm

    aan dhww azka aky xo dhwwwww…. v nyce ingey…

  12. Samee says:
    November 18, 2016 at 12:06 am

    Nxt prt avahah up khdheeba.. V nycccc

  13. Saandy says:
    November 18, 2016 at 7:06 am

    ވަރަށް ވަރަށް ރީތި… ފުރަތަމަ ބައިވެސް މިއޮތީ ސުވާލަކުން ދޯ؟ އެކްސް އޯ އަކީ ކާކުބާ؟ އެހެންވެ ވަރަށް ޝަޢުޤުވެރި… 2ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 2ވަނަ ބައި އަވަސްކޮށްލައްޗޭ

  14. Pinkish says:
    November 18, 2016 at 8:35 am

    Awesome. .. waiting for next part. ..

  15. maaishahil says:
    November 18, 2016 at 4:43 pm

    vvvvvvvvvvv nice. shaaz ge ehen vaahakathah hen mi vaahakaves v furihama vaanekan yageen. love ur stories. keep it up

  16. shai gurl says:
    November 18, 2016 at 6:30 pm

    wooow bunaane ehchehvex nangunu reethikamun.. waiting 4 next part..

  17. XO says:
    November 18, 2016 at 6:49 pm

    Discription varah varah salhi… story varah reethi vaane hen heevanee.. waiting for the second episode. :*

  18. Mar Sha Marsha says:
    November 18, 2016 at 7:18 pm

    Vvv nice… inthizaaring for ep 2… 1st ep kiyaafaves ikaan aa like vehje.. ??

  19. Rameex says:
    November 24, 2016 at 6:08 am

    habeys hama thankolheh english baiy gina kamah feney…

  20. xaha says:
    December 10, 2016 at 7:01 pm

    aslu i m waiting for masha 2..plxx shax update kohdhyba…plxxx…fast…m soo sorry for ziban n mansha as well as zeybaa

  21. Rain says:
    December 13, 2016 at 4:20 am

    Den ok… adhi reethi kan ingey nee den huri bai tha kiyaaleema… liuma kudhi mistake hurikan faahaga kurevey… eg.. balconi beyruga huri siraaj… balconi beyru v ma kihinei vaanii.. doesnt make sense… balcony ga huri…siraaj.. den hama hiyaalei.. no offense

  22. nanna says:
    December 17, 2016 at 12:10 am

    Can’t wait for mansha2! Shaz aa maa gulhei kanneinge biruveri vaahaka hehe

  23. Ali says:
    January 11, 2017 at 7:44 am

    Nice.,… start

  24. haaxim says:
    November 1, 2017 at 10:57 am

    Salhi… habeys.. shaz keep goin..

  25. mal says:
    February 25, 2018 at 4:43 pm

    English in vaahaka liyan v nun

Comments are closed.


All Right Reserved!