ކުއްލި ގޮތަކަށް ސިރާޖް އެވާހަކަ ދެއްކުމުން އިކާން ހާސްވާ ގޮތްވިއެވެ. ކަންތައްވީ އިކާން ހީކުރިގޮތާ މުޅިން ހިލާފަށެވެ. ތާރާގެ މައިންބަފައިންނާ ބައްދަލުކުރަން އައި ފުރަތަމަ ދުވަހަށްވުމުން އިކާން ހީކުރީ މިއަދު އިކާނާ ބެހޭ މައުލޫމާތުތައް ހޯދާ އެމީހުން އެކި ކަހަލަ ސުވާލުތައް ކުރާނެ ކަމަށެވެ. އެ ސިޓިންގް ރޫމުގަ ތިބި އެންމެންގެ ކަޅި އަމާޒުވެފައި ވަނީ އިކާނާ ދިމާއަށެވެ. އިކާންގެ އަތުގައި ހިފާ ތާރާ ފިއްތާލިއެވެ. ތާރާއާ ދިމާއަށް އިކާން ބަލާލި އިރު ހިނިތުންވެފައި ތާރާ ބަލަން […]
“ޑެޑީ! މަންމި އާއި މާމަ އަތުވެއްޖެ. ދެން އަވަހަށް އާދޭ” ތިރީގައި ހުރި ޒާން ގެ އަޑަށް ޝައިމް ފުންމައިގެން ތެދުވެ ފާހާނާ އަށް ވަނެވެ. ހެދުން ބަދަލުކޮށްގެން ރީތިވެލައިގެން ޝައިމް ސިޑިން ފޭބިއިރު ފަހަތުން އަލްޔާ ވެސް އައެވެ. ސޯފާގޮނޑި ކައިރީގައި ރޫނާ އާއި ޒީޝާން ކޮޅަށް ހުރިއިރު ޒާން އާއި ޒައިނީ ޒީޝާން ދިން ޗޮކްލެޓް ކޮތަޅު ހިފައިގެން ގޯތި ތެރެއަށް ނިކުންނަނީއެވެ. “ޝައިމް ދަރިފުޅު ކިހިނެއްތަ؟ ޝައިމް ކައިރިއަށް ފިޔަވަޅެއް އަޅާލަމުން ރޫނާ […]
“އަހަންނަށް އެނގެޔޭ ތިކަން ޕީޓަރ. ” އަނާ ބުންޏެވެ. “އަދި އަހަންނެއް ބޭނުމެއްވެސް ނޫން ދެމީހުންނެއް. އެކަމަކު އަޑުއަހާބަލަ ޕީޓަރ. އަހަރެން ބޭނުން ޑޭވްއާ ބެހޭގޮތުން ކިޔައިދޭން. އޭނަ އެއީ ވަރަށް އާދަޔާޚިލާފު މީހެއް.” “ޑޭވް ޑޭވް ޑޭވް!” ޕީޓަރ ހަޅެއްލަވައިގަތެވެ. “ކަލޭ އޭނައާ ބެހޭގޮތުން ވާހަކަނުދައްކާ ވަގުތެއް ނުދާނެ. އަހަންނެއް ބޭނުމެއް ނޫން ދެން އޭނަގެ ނަން އަޑުއަހާކަށް.” ޕީޓަރ ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. އަނާ މިހާރު ހުރީ އެކަންޏެވެ. އޭނާ ހުރީ އުފަލަކުން ނޫނެވެ. […]
ބާރު އަޑެއް އިވުމާއެކު ވިސާމަށް ވަގުތުން ބަލާލެވުނީ މިޝްކާއަށެވެ. މިޝްކާ އަދިވެސް ނިދިފައި އޮތުމުން ވިސާމަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނައަށް ދެންވެސް އެއްފަހަރު އެ ދަންފުޅިއަށް ބަލާލެވުނެވެ. އޭތި ހެޑްބޯޑް މަތީގައި އޮށޯވިފައި އޮތްއިރު އޭގެ ތެރޭގައި ހުރި ހުދުކުލައިގެ ހިލަކުނޑި ދެބަޔަށް ބެހިފައިވިއެވެ. ވިސާމް އެއަކަށް ފަރުވާލެއްނެތި ރަނގަޅަށް ރަޖާ އަޅަމުން އޮށޯވެ ދެލޯ މަރާލިއެވެ. ** “ޔޯ ބްރޯ އައިމް ބެކް!” ރަތްކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި އައިމަން، އަޒާންގެ […]
އައިސްލީންގެ ‘ލޯބިން ލޯބިވާއޭ’ މިވާހަކަ ދުވަސްކޮޅަކަށް މެދު ކަނޑާލަން ޖެހޭތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. މިފަދައިން މިވާހަކަ މިވަގުތަށް މެދުކަނޑާލަން ޖެހޭ ސަބަބަކީ މިވަގުތު އަޅުގަނޑު އިވެންްޓްތަކެއްގެ މަސައްކަތުގައި ބިޒީ ވުމުގެ ސަބަބުންނެވެ. 10 ވަރަކަށް ދުވަހަށް މެދުކެނޑުނަމަވެސް ދެން ގެނެސްދޭން ފަށާނީ ކޮންމެ ދުވަހަކު އެޕިސޯޑެއް ގެނެސްދޭ ގޮތަށެވެ. ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. އުއްމީދަކީ ވާހަކަ އަލުން ގެނެސްދޭން ފެށުމަށްފަހުވެސް ތިޔަ ބޭފުޅުންގެ ސަޕޯޓް ކުރިއެކޭ އެއްފަދައިން ލިބިގެން […]
ގަޑިން ފަތިހުގެ ހަތަރުގަޑުބައި ވުމާއިއެކީ ޝާމިންގެ ފޯން އެލާރމްވާން ފެށިއެވެ. ކަންނެތްކަމާއެކު ލޯހުޅުވާލުމަށްފަހު ޝާމިން ފޯނު ނިވާލިއެވެ. ނިދީގެ ސަބަބުން ބަރުވެފައިވާ އެސްފިޔަތައް ހުޅުވާލަން އޭނާއަށްވީ ދަތިކަމަކަށެވެ. އަދިވެސް ނިދާލަން އޭނާ ބޭނުމެވެ. ނަމަވެސް ފަތިސްނަމާދުގެ ޖަމާއަތް ނުލިބިދާނެތީ އަވަހަށް ތެދުވެގެން ފާޚާނާއަށް ވަނެވެ. ޖަމާއަތުގައި ފަތިސްނަމާދު ކުރުމަކީ ވަރަށް ކުޑައިރު އޭނާގެ ކިބައިގާ ހަރުލާފައިވާ ވަރަށް ރަނގަޅު އާދައެކެވެ. ކުޑައިރު މިސްކިތަށް ގޮސް އުޅުނީ ބައްޕަޔާ އެކުގައެވެ. މިހާރު އޭނާ އަމިއްލައަށް ހޭލައިގެން އެކަނި މިސްކިތަށް […]
“އާއިލާ މީހުންގެ ބައްދަލުވުމެއް އެބައޮތް މިއަދު.. ހިނގާ ދާން..” ޕޮލިސް އަންހެންކުއްޖާ އެތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ. ސޮފިއްޔާ އިތުރު ބަހެއް ނުކިޔާ އަންހެން ކުއްޖާ ފަހަތުން ދާންފެށިއެވެ. ދޮރެއް ހުޅުވާލަމުން އެތެރެއަށް ވަންނަން ބުނުމުން ސޮފިއްޔާ އެތެރެއަށް ވަނެވެ. ސޯފާގައި އިށީނދެއިން މީހާ ފެނުމާއެކު ސޮފިއްޔާ ދެބުމަ ގޮށްޖަހާލައި ދެއަތް މުށްކަވާލިއެވެ. ” ބޭބެ ކީއްކުރަން ކޮންމެހެން މިތަނަށް ތިއައީ.. ބޭބެ ތީ އަހަރެންގެ ދުޝްމިނަކަށްވުރެެވެސް ނުބައިމީހެއް.. އަހަރެންގެ ރޭވުންތައް ބޭބެއާއި ހިއްސާކުރަމުން އައީ ބޭބެތީ އަހަންނަށް […]
“އަހަންނާއެކީ މިބަންދުގަ އަންނަންވީނުން.” ޑޭވް ދައުވަތުދިނެވެ. “އަހަރެމެންނަށް ލަންޑަނަށް ދެވިދާނެ. މިބަންދު އެއްކޮށް އެތާ ތިބެވިދާނެ.” އަނާ މީގެ ކުރިން ލަންޑަނަށް ދިޔައީ އެންމެ ފަހަރަކުއެވެ. އަނާ ހުރީ ވަރަށް ދާހިތުންނެވެ. އެކަމަކު އޭނާ ހުރީ ބިރުގަނެފައެވެ. “އަހަންނަކަށް ނޭނގެ.” އަނާ ބުންޏެވެ. “އަހަރެން ޕީޓަރއާ ދޭތެރޭގަ ވިސްނާލަން…” “އޯ ޕީޓަރ މަތިން ހަނދާން ނައްތާލަބަލަ.” ޑޭވް ބުންޏެވެ. “އޭނައަކަށް ނޭނގޭނެ. އަހަންނާއެކީ އާދޭ. އޭރުން އެންމެ މަތީ ފެންވަރުގެ ފިހާރަތަކަށް ގެންދާނަން. އެންމެ މަތީ ފެންވަރުގެ […]
“މީ… މީ ކޮން… އެއްޗެއް؟” ރިޔާޝާ ހުއްޓަހުއްޓާފައި އަހާލިއެވެ. “ތީ ދަރިފުޅުގެ ޙައްޤެއް. ތީ ދަރިފުޅުގެ ގޭގެ ރެޖިސްޓްރީ ބައްޕަގެ ނަން މައްޗަށް ބަދަލުކުރިކަމުގެ ލިޔުން. އަދި އަލުން އަނބުރާ ދަރިފުޅުގެ ނަމަށް ބަދަލުކުރާކަމުގެ ލިޔުން.” އިމާދު އެހެން ބުނެލުމުން ރިޔާޝާއަށް ހައިރާންކަމާއެކު އިމާދަށް ބަލާލެވުނެވެ. “އެކަމަކު ކިހިނެއް؟ އެގެ ވަނީ ބައްޕަ އަހަރެންގެ ނަމަށް…” “އާނ. ދަރިފުޅަކަށް އެކައްޗެއްވެސް ނޭނގޭ. ދަރިފުޅަށް ތަނެއްދޮރެއް ނޭނގި ދަރިފުޅުގެ މަންމަ ވަނީ އޭނަގެ ނަމަށް މުޅި ގެ ބަދަލުކޮށްފައި. […]