Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ބީރައްޓެހިޔާ 6

InsaanehMiAAlamGaivAA
November 18, 2016
2 Mins Read
52 Views
6 Comments

އެކަމަކު އަނާއަށް އެވަގުތުކޮޅު ވަރަށް ޚާއްސަވިއެވެ.

ހޫނު މޫސުން ނިމިއްޖެއެވެ. ކޯނަރ ޝޮޕް އަބަދުވެސް އޮންނަނީ ފުރި ބާރުވެފައެވެ. ބައެއްފަހަރު އާދީއްތަ ދުވަސްތަކުގައިވެސް ޑޭވް ފިހާރަ ހުޅުވައެވެ. އަނާއަށް ބައިވަރު ފައިސާ ލިބުނެވެ. އެންމެންވެސް ހީކުރަނީ އަނާ ހުންނަނީ އުފަލުން ކަމަށެވެ.

އެކަމަކު ހަޔާތް އޭނާއަށް އުނދަގޫވެފައިވިއެވެ. އޭނާ ޑޭވްދެކެ ގަޔާވެއެވެ. ޑޭވްއަކީ އޭނަގެ ސާހިބުމީހާއެވެ. އަދި އޭނާއަށްވުރެ ދޮށީ މީހެއްވެސް މެއެވެ. އެކަމަކު ޕީޓަރއަކީ އަނާ އެންގޭޖުވެފައިވާ ފަރާތެވެ. އަދި އަނާއާ އެއްއުމުރެއްގެ މީހެއްވެސް މެއެވެ. ޑޭވް މުއްސަންޖެވެ. އެކަމަކު ޕީޓަރ އަތުގައި ލާރިއެއް ނެތެވެ.

ޑޭވް، އަނާއަށް ރީތި ހެދުން ގަނެދެއެވެ. އަދި އޭނާ ގޮވައިގެން ތަންތަނަށްވެސް ދެއެވެ. ޕީޓަރ އަނާއަށް ހެދުން ގަނެއެއްނުދެއެވެ. އަދި އޭނާ ގޮވައިގެން ތަންތަނަކަށްވެސް ނުގެންދެއެވެ. ޕީޓަރ އެއަށްވުރެ ފުޓުބޯޅައަށް ޝައުޤުވެރިކަން ބަހައްޓައެވެ. އަނާ ފުޓްބޯޅަ ބަލާހިތެއްވެސް ނުވެއެވެ.

ދުވަސްވަރަކީ ސެޕްޓެމްބަރެވެ. ކޮންމެ ހޮނިހިރު ދުވަހަކު ޕީޓަރ ކުޅެން ދެއެވެ.

ހޮނިހިރު ދުވަހަކު ޓީވީއިން ބޮޑު ފުޓްބޯޅަ މެޗެއް ދައްކަން ހަމަޖެހިފައި އޮތެވެ. މިސްޓަރ ހާޓްގެ ގޭގައި ހުންނަނީ އަވަށުގައި ހުންނަ އެންމެ ބޮޑު ޓީވީއެވެ. އޭނާ މެޗު ބެލުމަށް ދައުވަތު ދިން މީހުންގެ ތެރޭގައި އަނާއާއި ޕީޓަރވެސް ހިމެނުނެވެ.

މެޗު ދައްކަން ހަމަޖެހިފައި އޮތް ދުވަހުގެ ކުރީދުވަހު، އަނާ އުޅުނީ ފިހާރައިގައި ވަރަށް ބުރަކޮށެވެ. ފަހެއް ޖެހުމާއެކު އޭނާ ގޮސް ފިހާރަ ބަންދުކުރިއެވެ.

ދެމިނެޓު ފަހުން ބެލް ޖެހުމާއެކު އަނާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ޒުވާން ފިރިހެނެކެވެ. އޭނާ ހުރީ ކުޑަ ފޮއްޓެއް ހިފައިގެންނެވެ.

“ހެލޯ.” އަނާ ބުންޏެވެ. “އެހީވެދެންތަ؟”

“އާނ” ޒުވާނާ ޖަވާބުދިނެވެ. “އަހަރެން ބޭނުން މިސްޓަރ ސްޓެޓިންއާ ބައްދަލުކޮށްލަން.”

“އެކަމަކު މިހާރު ފިހާރަ ބަންދުކޮށްފި.” އަނާ ބުންޏެވެެ. “މާދަން ހެނދުނު ދެން ފިހާރަ ހުޅުވާނީ.”

“އެކަމަކު އަހަރެންގެ އެޕޮއިންޓްމެންޓެއް އެބައޮތް.” ޒުވާނާ ބުންޏެވެ.

ދެން ޑޭވް، އަނާގެ ފަހަތުން ވާހަކަދެއްކިއެވެ. އަނާއަށް ޑޭވް ނުފެނުނީ އެހެންވެއެވެ.

“އާނ އަހަރެން ހުރީ ކަލޭގެ އިންތިޒާރުގަ.” ޑޭވް ބުނެލިއެވެ. “ކަލޭ ތިއައީ ލަހުން.”

“ވަރަށް ބޮޑަށް މާފަށް އެދެން، މިސްޓަރ ސްޓެޓިން.” ޒުވާނާ އެދުނެވެ. “އަހަރެން..”

“އަޅާނުލާ އަޅާނުލާ” ޑޭވް ރުޅިވެރި ރާގެއްގައި ބުންޏެވެ.

އޭނާގެ ރުޅިވެރިކަން އަނާ ހައިރާންކޮށްލިއެވެ. ޒުވާނާ ހީވަނީ ބިރުގަނެފައިހުރިހެންނެވެ.

“މިހާރު އަހަންނަށް އެތެރެއަށް ވަދެވިދާނެތަ؟” ޒުވާނާ އެހިއެވެ.

“އާނ އެތެރެއަށް އާދޭ.” ޑެވް ބުންޏެވެ. އެއަށްފަހު، އޭނާ އަނާއާ ދިމާއަށް އެނބުރުނެވެ.

“އަނާ، މިހާރު ގަޑިން ފަހެއް ޖަހައިފި. އަނާއަށް މިހާރު ގެއަށް ދެވިދާނެ.” ޑޭވް ވާހަކަދެއްކިއެވެ.

“އަހަރެން މާ ގިނައިރު މިތާ މަޑެއް ނުކުރާނަން.” އަނާ ބުންޏެވެ.

ޑޭވް ގާތަށް ރުޅިއައެވެ.

“އަވަސްކުރޭ! އަވަހަށް ގެއަށް ދޭ!” ޑޭވް ބާރަށް ބުންޏެވެ.

އެކަމަކު އަނާ ބޭނުންވީ މަޑުކުރާށެވެ. އޭނާ، ޒުވާނާއާ ބެހޭގޮތުން ހޯދަން ބޭނުންވިއެވެ. ޒުވާނާ، ޑޭވްގެ ފަހަތުން ގޮސް ސްޕެޝަލް އޯޑަރ ކޮޓަރިއަށް ވަނެވެ.

‘އަނެއްކާވެސް ޚާއްސަ ކަސްޓަމަރެއް!’ އަނާގެ ހިތަށްއެރިއެވެ. އޭނާ ގެއަށް ނުގޮސް މަޑުކުރިއެވެ.

އެކަމަކު ފަސްގަޑި ބައިވީ އިރުވެސް އެއިން މީހެއްގެ ޚަބަރެއް ނުވިއެވެ. އަނާ، ކޯޓު ލައިގެން ފިހާރައިން ނުކުތެވެ. އޭނާ ދޮރު ލެއްޕީ ވަރަށް ބާރަށެވެ. އެއަށްފަހު މަގުގެ ކޮޅަށް ގޮސް ހުއްޓުނެވެ.

އިރުކޮޅެއްނުވެ އަޑެއް އިވުނެވެ. ޒުވާނާ ފިހާރައިން ނުކުންނަނީއެވެ. އަނާއަށް އޭނާއެއް ނުފެނެއެވެ. އެކަމަކު އޭނާ ޑޭވްއާ ވާހަކަދައްކާ އަޑު އިވުނެވެ.

“ހަމަ ޔަޤީންތަ؟”

“ކީކޭ ތިމާނަކުރަނީ؟’ ޑޭވް އެހިއެވެ.

“މީތަ އޮތް ހަމައެކަނި ގޮތަކީ؟” ޒުވާނާ ސުވާލުކުރިއެވެ.

“އާނ ހާސްކަނޑާލާ! ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، ގުޑްބާއި!” ޑޭވް ބުނާއަޑު އިވުނެވެ.

ފިހާރައިގެ ދޮރު ލެއްޕި އަޑު އަނާއަށް އިވުނެވެ.

0
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

InsaanehMiAAlamGaivAA

Other Articles

Previous

ތީއޭ މަގޭ ޖާނާ ފުރާނަ

Next

ބީރައްޓެހިޔާ 7

Next
November 19, 2016

ބީރައްޓެހިޔާ 7

Previews
November 18, 2016

ތީއޭ މަގޭ ޖާނާ ފުރާނަ

6 Comments

  1. ~Arfau~ says:
    November 18, 2016 at 9:38 pm

    Reethi ekam maa kury

    1. ~Arfau~ says:
      November 18, 2016 at 9:40 pm

      Mee first dho

  2. Aishu says:
    November 18, 2016 at 10:28 pm

    Haadha kureyyyy… V reethi

  3. Maree says:
    November 18, 2016 at 11:14 pm

    V reethi

  4. nishu says:
    November 19, 2016 at 9:18 am

    Mivaa gotheh balaa hiy vany mee jini eh baa enenkaa

  5. Aish says:
    November 19, 2016 at 10:12 am

    Kuru kmuge ves inthihaaa…. Mihaa kuru vaahaka eh mi site in nukoyan adhi.. V foohi
    ..

Comments are closed.

All Right Reserved!