Skip to content
އެސްފިޔަ

ޝެލީން 4

” ފެންފޮދެއް ލިބިދާނެތަ؟” އަހަރެން ހަދާނެގޮތް ހުސްވެފައި ހުއްޓާ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.

އަހަރެން ފަހަތްބަލާލުމާއެކު ދާދިގާތުގައިހުރި ފިރިހެން ކުއްޖާފެނިފައި އަހަރެން ހައިރާންވިއެވެ. އޭނަވެސް އަހަރެންގެ މޫނަށް ބަލަންހުރީ އެފަދަ ގޮތަކަށެވެ.

” އަލަމް ޖޫސްބޮއެފިންތަ؟” ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލަން ތިއްބާ ޔޫނާ ޖޫސްތައްޓެއް ހިފައިގެން އައެވެ.

” އާނ… ޖޫސްބޮއެފިން….އެކަމު ފެންފޮދެއް ނުލިބިފަ މިހުރީ….މަށަށްހީވަނީ މިތާއެބައުޅޭހެން ޔޫރަޕް ކުއްޖެއްވެސް…..ފެންފޮދެއް ދޭށޭބުނީމަވެސް އެކުއްޖާއަކަށް ދޭހައެއްނުވި..” އަހަރެންނާ ދިމާއަށް ވައްކަޅިން ބަލާލަމުން އަލަމް ބުންޏެވެ. ޔޫނާހުރީ އަލަމް ބުނި އެއްޗެއް ދޭހަ ނުވެފައެވެ. އަހަރެން އަވަސް އަވަހަށް އިސްޖަހާލީމެވެ. އަހަރެންނަށް އަދިވެސް ހުރީ އެއީ އަލަމް ކަމަށް ގަބޫލު ނުކުރެވިފައެވެ.

މީގެ ތިންއަހަރު ކުރިން މާލެއަށް ކިޔަވަން ދިޔަ އަލަމްއާ މިހާރު މިފެންނަ އަލަމްއާ ވަރަށްވެސް ތަފާތެވެ. އޭނާގެ އަޑުގެ އިތުރުން ސިފަޔަށްވެސް ވަނީ ވަރަށްބޮޑު ބަދަލެއް އައިސްފައެވެ. ކުރިއަށްވުރެ އިސްކޮޅުން ދިގުވެފައި ހަށިގަނޑުވެސް ބިޔައެވެ. ގައިގެ ކުލައަލިވެފައި ހުރުމުން ކުރިއަށްވުރެވެސް ރީއްޗެވެ. އަލަމް ފެންފުޅިއެއް ހިފައިގެން ތަންކޮޅެއް ދުރަށްޖެހިލާފައި މޫނަށާއި ބޮލަށް ފެންއަޅަން ފެށިއެވެ. ދެފަރާތަށް ބޯހޫރާލުމުން ފެންތިކިތައް ބުރަބުރައިގެންދާ މަންޒަރުބަލަން އާޝޯޚުވެފައި އަހަރެން ހުރީމެވެ. އަހަރެން ބަލަން ހުއްޓާ ކުއްލިއަކަށް އަލަމް އަހަރެންނާ ދިމާ ބަލާލާފައި އެއްލޯމަރާލިއެވެ. ވަގުތުން އަހަރެންގެ މެޔަށް ފިނިވިއެވެ. އަދި އަވަސް އަވަހަށް އަހަރެން ދުރުބަލަން ފެށީމެވެ. އަލަމް އަހަރެންނާ ދިމާބަލަން ހުރިކަން އެނގުމުން އަހަރެންގެ އަތްފައި ފިނިވާ ގޮތްވިއެވެ.

ދެވަނަ ހާރފް ފެށުމުން އަހަރެންނަށް ބެލެނީ ހަމައެކަނި އަލަމްއާ ދިމާއެވެ. އަލަމްއަކީ ކުރިންވެސް މޮޅަށް ފުޓްބޯޅަ ކުޅެމުން އައި ކުއްޖެކެވެ. މިހާރު އަދިވަކީން މޮޅުހެން ހީވެއެވެ. މެޗް ނިމުނުއިރު މޮޅުވީވެސް އަލަމްމެންގެ ޓީމެވެ. ޔޫނާ ދުވެފައިގޮސް ޓީމުގެ ކުދިންނަށް މަރުހަބާކިޔާ ހެދިއިރު އަހަރެން ހުރީ ދުރުގައި އެމަންޒަރު ބަލާށެވެ. އެއެންމެންގެ ތެރެއަށްދާން އަހަރެން ޖެހިލުންވީއެވެ. ޔޫނާ އަންނާނެ އިރެއްގެ އިންތިޒާރުގައި އަހަރެން ހުއްޓާ އަލަމް ފެންފުޅިއެއް ހިފައިގެން އަހަރެންނާ ދިމާއަށް އަންނަނިކޮށް ފެނުނެވެ. އިސާހިތަކު އަހަރެންގެ ހިތުގެ ތެޅުންވެސް އަވަސްވިއެވެ. ފުންނޭވާއެއް ލުމަށްފަހު ނަފްސު ހަމަޔަކަށް އަޅުވަން އަހަރެން މަސައްކަތްކުރީމެވެ. އަހަރެން އިސްޖަހާލައިގެން ހުއްޓާ ދާދިގާތަށް އައިސް އަލަމް ހުއްޓުނެވެ. ބަހެއް ނުބުނެ އަހަރެންނާ ދިމާ ބަލަން އިރުކޮޅެއްވާންދެން ހުއްޓެވެ. އެހާ ކައިރީގައި ހުރެގެން ބަލަން ފެށުމުން އަހަރެންނަށް އުނދަގޫވިއެވެ.

” ތީހަމަ މިރަށު ކުއްޖެއްތަ؟….ހަމަ ދަންނަ ވައްތަރު ޖަހާތީ އަހާލީ” އަލަމް ސީރިއަސްވެލާފައި ކޮށްލި ސުވާލުން އަހަރެންނަށް އަލަމްއާދިމާ ބަލާލެވުނެވެ. އަލަމްއަށް ހަމަ އަހަރެން ނޭނގުނީ ހެއްޔެވެ؟ ނޫނީ ޖެއްސުމެއް ކުރަނީ ހެއްޔެވެ؟ ތިންއަހަރުފަހުން އަލަމް ފެނުމުންވެސް އަހަރެންނަށް އޭނާ އެނގިއްޖެއެވެ. ދެން އޭނާއަށް އަހަރެން ނޭގެންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހިތްހަމަނުޖެހިފައި އަލަމްއާ ދިމާބަލާލުމުން އަލަމް ބާރަކަށް ހޭންފެށިއެވެ.

” އައްދޭ! ރުޅިއައީތަ ޝެލީބޭބީ؟….ކުރިއަށްވުރެވެސް މިހާރު ބޭބީއަކާ ވައްތަރު…..އުނހު….ބޭބީއަކާ ނޫނޭ ވައްތަރީ…..ޓެޑީ ބެއާރ އަކާ ވައްތަރީ…..ބަލާލަ މިހިރަ ޗަބީ ކޮލެއްވެސް…” އަހަރެން ނުވެސް ވިސްނާ ހުއްޓާ އަލަމް އަހަރެންގެ ކޮލުގައި ހިފިއެވެ. އަހަރެން ސިހިފައި އަލަމްއާ ދުރަށް ޖެހިލީމެވެ. އަދި އަލަމްއަށް ލޯއަޅާލުމަށްފަހު އެތަނުންދާން ހިނގައިގަތީމެވެ. މީހާ އިސްކޮޅުން ބޮޑުވެ ފިރިހެންވަންތަ ސިފައެއް ލިބުނަސް އަދިވެސް ކުރީގެ ގޮތްގަނޑެއް ބަދަލެއް ނުވެއެވެ. އަހަރެން ދާން ފެށުމުންވެސް ޝެލީބެއާރ އޭ ކިޔާ ގޮވާހެދިއެވެ.

” އޭތް މާބާރުބާރަކަށް ކޮންތާކަށް ތިދަނީ؟” ޔޫނާ ދުވެފައި އައިސް އަހަރެންނާ ހަމަކުރަމުން ބުންޏެވެ.

” ގެޔަށްދާން.” އަހަރެން ނުރުހިފައި ބުނީމެވެ.

” އައްދެ! ހާދަ ރުޅިއައިސްފަ…..އެއްކަލަ އަލަމް އެއްޗެކާ ބުނީދޯ؟ އެވެސް ވަރެއްގެ ފިރިހެނެއް….އަދި މަޑުކޮށްބަލަ މަށާއެކީދާން….މެޗްގެ ވަނަވަނަތައް އިއުލާން ކުރީމަދާނީ..” ޔޫނާ އަހަރެންގެ އަތުގައި ހިފައިގެން އަންހެން ކުދިން ތިބިދިމާއަށް ދިޔައެވެ. މެޗްގެ ވަނަވަނަތައް އިއުލާން ކުރަމުން ދިޔައިރުވެސް އަލަމްގެ ނަޒަރު ހުއްޓިފައި ހުރީ އަހަރެންނަށެވެ. ނުލަފާޒާތަކަށް ހިނިއައިސްފައިހުރެ އަހަރެންނާ ދިމާބަލަން ފެށުމުން އަހަރެން ތުންފިއްތާލީމެވެ. މެޗްގެ ” މޭން އޮފް ދަ މެޗް”އަށް ހޮވުނީވެސް އަލަމްއެވެ. ނަން އިއުލާންކުރިމީހާ ދެފަހަރު އަލަމްގެ ނަމުން ގޮވާލިއިރުވެސް އޭނާއަށް ރޭކާނުލިއެވެ. ކައިރީގައި ހުރި ކުއްޖާ ކޮށްޓާލުމުން އަލަމް ސިހުނެވެ. އޭރު އެތާތިބި އެންމެންގެ ނަޒަރުހެން ހުރީ އަލަމްއަށް ހުއްޓިފައެވެ. އެންމެން ހޭންފެށުމުން އަލަމް ރަކިވެގެން އަނގަޔަށް ގޮތެއްހަދާލިއެވެ. އަހަރެންހުރީ އަންހެންކުދީންތަކުގެ މެދުގައިކަމުން އަލަމް ބަލަމުންދިޔައީ ސީދާ އަހަރެންނަށް ކަމެއް އެހެންމީހުންނަކަށް ނޭނގެއެވެ. ނަސީބެކޭ އަހަރެންގެ ހިތަށްއެރިއެވެ. އަލަމް ފާޑަކަށް ހެވިފައިހުރެ އިނާމް ބަލާދިޔައެވެ. އޭނާއަށް ވީގޮތްފެނިފައި އަހަރެންގެ ގާތަށްވެސް ވަރަށް ހިނިއައެވެ.

އެރޭ ނިދަން އޮތްއިރުވެސް އަހަރެންނަށް ވިސްނެނީ އަލަމްއާ މެދުގައެވެ. އަލަމްއަކީ އަހަރެންނަށްވުރެ ތިންއަހަރު ބޮޑު ކުއްޖެކެވެ. އަލަމްގެ ގެ ހުންނަނީ އަހަރެންގެ މާމަގެޔާއި އިންވެގެންނެވެ. ކުޑައިރު މާމަގޭގައި އުޅުނުއިރު އަހަރެމެން އެކީގައި ކުޅެން އުޅުނު ހަނދާންވެއެވެ. މިހާރު އުޅޭގެޔަށް ބަދަލުވީފަހުން ދެމީހުން ދިމާވަނީ ވަރަށް މަދުންނެވެ. ނަމަވެސް ފެންނަ ކޮންމެފަހަރަކުވެސް ކޮންމެވެސް ގޯނާއެއް ކޮށްފައި އަހަރެން ރުޅިއަރުވާލައެވެ. ކުޑަކުދިންނާއެކީ އަހަރެން ކުޅޭތީ ބޭބީ ޝެލީ ކިޔާ ނަން ހަރުކުރިއެވެ. ފަހުން ފަހުން އަލަމްގެ ރަށްޓެހިކުދިންވެސް އަހަރެންނަށް ބޭބީ ޝެލީ ކިޔަންފެށިއެވެ.

މިހާރު އަހަރެން ފަލަވީމަ ބެއާވެސް ކިޔަން ފެށީއެވެ. އަނެއްކާ އަނެއްނަން ހަރުނުކޮށް ހުއްޓައެއް ނުލާނެކަން ޔަގީނެވެ. އަހަރެން ހަމަ އެހާ ފަލަހެއްޔެވެ؟ އަހަރެން ތެދުވެގެން ގޮސް ލޯގަނޑުކުރިމައްޗައް ހުއްޓިފައި އަހަރެންގެ ހަށިގަނޑަށް ރަނގަޅަށް ބަލާލީމެވެ. އާއެކެވެ. އަހަރެންގެ އުމުރުގެ ހުރިހާކުދިންނަށް ވުރެ އަހަރެން ފަލަވެފައި ބޮޑުކަމަށް ދައްކައެވެ. އަހަރެންގެ ހަށިގަނޑުހުރީ 18އަހަރުގެ ކުއްޖަކާ އެއްވަރަށް ބޮޑުވެ ފުރިހަމަފައެވެ. މޫނުވެސް ކުރިއަށްވުރެ ވަށްވެފައި ދެކޯވެސްހުރީ ތަންކޮޅެއް ބޮޑުކޮންނެވެ. މިއީ މާލޭގައި މީރު އެއްޗެހި ކައިކައިގެން ކަމެއް ނުކޮށް އުޅުމުގެ ނަތީޖާއެވެ. ދައްތަ އަބަދުވެސް ބުނަނީ ބޮޑުވަމުން އަންނައިރު ރަނގަޅު ކާނާ ކާންވާނެ ކަމުގައެވެ. ދައްތަބުނި ބަސް އަހައިގެން ކެއީމަ މިހުރީ އުމުރަށްވުރެވެސް ބޮޑުވެފައެވެ. މިހެން ހިތައް އެރުމުން ދައްތަ ދެކެވެސް އަހަރެން ރުޅިއަންނަގޮތްވިއެވެ.

ދުވަސްތައް ހިތްހަމަޖެހުމާއި އުފާވެރިކަމުގައި ހޭދަވަމުން ދިޔައެވެ. މަންމަވެސް ދައްތައެކޭ އެއްގޮތަށް މީރު އެއްޗެހި ހަދަހަދާފައި އަހަރެންނަށް ކާންދޭން މަސައްކަތް ކުރެއެވެ. އަހަރެން ހިކިދާނެތީ އެމީހުންތިބެނީ ބިރުންނެވެ. އަހަރެން ނުކާންވެގެން ކިތަންމެ ބަހަނާއެއް ދެއްކިޔަސް މަންމަގެ ކުރިމަތީ އަހަރެންގެ ކޮޅު އަބަދުވެސް ބަލިވެއެވެ. ބައްޕަވެސް އަހަރެން ބޭރަށް ގޮސް ކުޑަކުދިންނާއެކީ ކުޅެފާނެތީ ގޭތެރޭގައި އިނދެގެން ކުޅުމަށްޓަކައި އޮއްވަޅުގޮނޑިއާއި ތާސްބައިފަދަ ކުޅޭ ސާމާނުތައް ހޯދައިދިނެވެ. އެމީހުން ހީވަނީ އަހަރެން ލޯމަތިން ގެއްލިދާނެތީ އުޅޭހެންނެވެ.

އެއްދުވަހެއްގެ ހަވީރެވެ. ގޭގައި އިނދެ އިނދެ ފޫހިވެގެން އަހަރެން ދިޔައީ މާމަގެޔަށެވެ. މާމައަކީ އެކަނިމާއެކަނި އުޅޭމީހެކެވެ. އެހެންކަމުން އަހަރެން ކޮންމެ ދުވަހަކުވެސް މާމަގެ ހާލުބަލާލަން ދަމެވެ. އަހަރެން ދިޔައިރު މާމައަށް އޮތީ ނިދިފައެވެ. އެހެންކަމުން އަހަރެން ނުކުމެ ގޭދޮރުމަތީގައި ހުރި ޖޯލިފަތީގައި ޖައްސާލީމެވެ. ޖޯލީގައި އޮންނައިރު،  ބޭރުންދާމީހުން ، ހަތަރުފޫޓުގެ ފާރުބުރިމަތިން ރީތިކޮށް ފެނެއެވެ. އަހަރެން އެތާއޮއްވައި ޒުވާން ފިރިހެން ގުރޫޕެއް އެމަގުން ދަމުން އަހަރެން ފެނިގެން ހުއްޓުނެވެ. އަހަރެން އިސްޖަހައިގެން އިނީ އެމީހުނާދިމާ ނުބަލަން ވެގެންނެވެ.

” މާތްކަލާކޯ! މީދުނިޔެމަތީކަމެއްތަ؟…..ހާދަސަޅި ބިޓެކޭ…..މީހަމަ މިރަށު ކުއްޖެއްތަ؟..” އެތަނުން އެކަނު އަހަރެންނަށް ނިސްބަތްކޮށް ބުންޏެވެ.

” ސާބަހޭ މޯޑަށް! އެއީ އެއްކަލަ ބޭބީޝެލީއޭ!” އެހެންމީހަކު ބުނާއަޑު އިވުނެވެ.

” އޭނ؟! ހަމަރަނގަޅަށް؟!!…މަށަށް ހަމަ އަސްލުވެސް ނޭނގުނޭ…..އަޅެ ކަނބުލޮ ކޯއްޗެއް ކައިގެންތަ ތިހާބޮޑުވެފަ ތިހުރީ….އެއޮއް ކުޑަކޮށްހުރި މަންޖެ ބަލާބަލަ މިހާރު ތަންތަންވެސް ބޮޑުކަން….” މޯޑު އެހެން ބުނުމާއެކީ ހުރިހާ އެންމެން އެއްފަހަރާ ހޭންފެށިއެވެ. އަދި އެތަނުން އެކަކު ފާރުމަތިން ފުންމާލައިގެން އައިސް ޖޯލީގައި އިށީނެވެ. އަހަރެން ވަގުތުން ފުންމައިގެން ތެދުވީމެވެ. އަދި ދުވެފައިގޮސް ގޭތެރެއަށްވެދެ ދޮރުލެއްޕީމެވެ. ބިރުންގޮސް އަހަރެންގެ ހިތްބާރުބާރަށް ތެޅެމުންދިޔައެވެ. ދެން ދޮރުމައްޗައް ނުކުންނަން ނުކެރިގެން ގޯތީގެ ބިއްދޮށުފަރާތައް އަހަރެން ނުކުތީމެވެ. އެފަރާތުގައި ހުންނަނީ ތަފާތުވައްތަރުގެ ގަސްގަހާގެއްސެވެ. ފޭރުގަހަށް ލޯހިންގަމުން ދަނިކޮށް ފޭރުގަހުގައި ދޮންވެފައްކާވެފައި އިން ފޭރެއް ފެނިއްޖެއެވެ.

ގަސްބުޑުގައި ފައިވާން ބަހައްޓާފައި ގަހަން އަރަން ދިމާކޮށްލީމެވެ. ކުރީގައި ދާދިފަސޭހަ ކަމާއެކު ގަސްގަހަށް އަރާއުޅުނީމައި އަހަރެން ހީކުރީ މިފަހަރުވެސް އެހާފަސޭހައިން އެރޭނެ ކަމަށެވެ. ނަމަވެސް ފޮއްބަރުކަމުން ގަހަށްއެރުނީ ވަރަށް ހާލުގައި އުޅެގެންނެވެ. ފޭރުއިނީ އަލަމްގެ ގޭގެ ގިފިލިތެރެއަށް އޮތް ގޮފިގަނޑުގެ ކުރީގައެވެ. ވަރަށް ސަމާލުކަމާއެކީ މަޑުމަޑުން ފޭރާ ހަމަޔަށް ދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ފޭރާއި ފޫޓެއްހައި ގާތްވެފައި ހުއްޓައި މީހަކު ލަވަކިޔާ އަޑުއިވިގެން ތިރިޔަށްބަލާލިއިރު، ހުސްގަޔާހުރި އަލަމް ކޮނޑުމައްޗައް ތުވާލިއެއްލައިގެން ގިފިއްޔަށް ވަންނަނީއެވެ. އަލަމް ފެނުމާއެކު ކަންބޮޑުވެގެން ގޮސް ފޭރުމަތިންވެސް ވަގުތުން ހަނދާން ނެތިއްޖެއެވެ. ގަހުން ފައިބަން ހިތަށް އަރާފައިވެސް އަލަމްއަށް ފެނިދާނެތީ ގުޑިލާންވެސް ނުކެރުނެވެ.

އަހަރެން ނޭވާ ހިފަހައްޓާލައިގެން އޮއްވާ އަލަމް ސޯޓްބާލާފައި ހުސްޖަންގިޔާއަށް ހަދާލައިގެން ފެންވަރަން ފެށިއެވެ.

ގޮފިގަނޑުގައި ބާރަށް ހިފަހައްޓާފައި އަހަރެން ލޯމަރާލީ އެމަންޒަރު ނުބަލަން ވެގެންނެވެ. އަހަރެން އެހެން އޮއްވާ ކުއްލިއަކަށް ކަނާތުގައި އެއްޗެއް ކަށިޖެހިއެވެ. އަހަރެންނަށް ވީތަދުން އަތްދޫކޮށްލެވުމާއެކު އަހަރެން ގޮފިގަނޑާއެކީ ތިރިޔަށް އެލުނެވެ. ގަތްބިރުން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިވެސް ގަނެވިއްޖެއެވެ. އެއާއެކު ފެންވަރަށްހުރި އަލަމްވެސް ސިހިފައި ފާޑަކަށް ހަޅޭއްލަވައިގަތެވެ. އަދި އަވަސް އަވަހަށް ގޮސް ތުވާލި އަނދެލިއެވެ. އޭރު އަހަރެން ހިފަހައްޓައިގެން އޮތް ގޮފިގަނޑުލެބިގެން ގޮސް ބިމުގައި ނުޖެހިއޮތީ ކިރިޔާއެވެ. ހާސްވެގެން ގޮސް އަހަރެންނަށް ރޮވެންވެސް ކައިރި ވެއްޖެއެވެ. އެއްއަތުން ހިފަހައްޓައިގެން މާގިނައިރަކު ނޯވެވުނެވެ. މަޑުމަޑުން އަތްދޫވަމުން ގޮސް އިސާހިތަކު އަހަރެންއޮތީ ގިފިލި އަކިރިތަކުމައްޗައް ގުޅައަކަށް ޖެހިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. Girl

    Shine ge vaahaka ehbkamah gaboolu vx nukurevun.. Mi part v v hadi.. Sry to say.. Bt disappoint vehje..

  2. Anonymous

    Dhen ok mi part ves.kudakoh foohi

  3. Petite

    V v v salhi

  4. Aileen

    Haadha kurey

  5. ......

    Vvvv reethi..keep it up..

  6. Aasaalee

    Adhi reethi vaane ?

  7. Fahana thashi

    Hadha majaley… Aslu vx shine ge vahaka thah vvvv interesting.. <3

    1. Puppy laa thashi
      Fahana thashi

      Yah thedheh.. Shine ge hurihaa vaahaka ehvx vrh salhi

  8. Thaathy

    Hahahha..v salhi n v majaa…

  9. mixoo

    Thankolheh kuree mi part..
    waiting..

  10. Anonymous

    Vvv reethi

  11. ulvy

    Shine ge ehvx vaahaka eh foohsseh nooonnn..mi part vx v majaa n v reethi ❤❤

  12. Xxx

    Kobaa thr 5th part

  13. Xxx

    Miadhu ga vagutheh ga narehchy plx plx plx…. And vaahaka dhigu kohlahchy plx….

  14. Anonymous

    haha mi part v majaa

  15. aimy

    shine ge boss vaahaka kobaa tha………?

  16. Arw

    Vaahaka kiyaa hihvaa ekam comments liyaa hihnuvaa meehakeemeve.

Comments are closed.