Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (17ވަނަ ބައި)

Ifaau Level 210 Stories
November 22, 2016 5 Mins Read
14 Comments

“އެކްސްކިއުސް މީ! އެއްވެސް އެއްޗެއް ބޭނުންތަ؟” އެއިވުން އަޑުން އަހަރެންގެ އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ވަގުތުން އިސްއުފުލާ ބަލައިލީމެވެ. ކުރިމަތިން ފެނުން މަންޒަރުން އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. މިއީ އަނެއްކާ ހަގީގަތެއްބާއެވެ؟ އަނގައިން ބުނާނެ ހިތްވަރެއްވެސް ނެތިފައި ބަލަން އިނދެވުނީއެވެ.
“ތާ…ތާޝާ” އަހަރެންނަށް ނަން ކިޔާލެވުނީ ވަރަށްވެސް އުނދަގުލުންނެވެ. އަހަރެން ފެނުމުން ތާޝާއަށް ވެސް ވީ ހަމަ މިފަދަ ގޮތެކެވެ. އަހަރެން ފެނުމުން ހައިރާން ކަމާއި އެކު ދެލޯ ބޮޑުކޮށްލައިގެން އަހަރެންނަށް ބަލަން ހުރުމަށްފަހު ކުއްލިޔަކަށް ތާޝާ ފަހަތަށް އެނބުރި ހިނގައިގަތެވެ. އަހަރެންވެސް އަވަހަށް ތެދުވެގެން ތާޝާގެ ފަހަތުން ހިނގައިގަތީމެވެ. އަހަރެން ފެނުމުން އުފާވުމުގެ ބަދަލުގައި ފަސްއެނބުރި ދިޔައީމައި އަހަރެން ކުޑަކޮށް ހައިރާންވިއެވެ. “ތާޝާ” އަހަރެން ދެފަހަރަކު ގޮވައިލުމުންވެސް ތާޝާ މަޑެއްނުކުރިއެވެ. ކުއްލިޔަކަށް މީހުންތަކުގެ ތެރެއިން އަހަރެންނަށް ތާޝާ ގެއްލިއްޖެއެވެ. މީހުންގަނޑުގެ ތެރޭގައި އަހަރެން ތާޝާ ހޯދަމުން ދިޔައީމެވެ. މިހެން އެނބުރި އެނބުރި ހުއްޓައި އަހަރެން ސިއްސައިގެން ދިޔައީ މީހަކު އަހަރެންގެ އަތުގައި ހިފާ އަނބުރާލީމައެވެ.
“މާޒް!” އަހަރެން ހާސްވެފައި ބަލައިލިއިރު ފަހަތުގައި ހުރީ އިނާޝާއެވެ.
“އިނާ!…” އަހަރެންގެ ނޭވާވެސް ހުރީ އަވަސްވެފައެވެ. އޭރުވެސް އަހަރެން ފަރާތް ފަރާތަށް އެނބުރިފައި ތާޝާ ހޯދަމުން ދިޔައީމެވެ. އިނާޝާ އަހަރެންނާއި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. ނަމަވެސް އެކިޔާ އެއްޗަކަށްވުރެ މިވަގުތު އަހަރެން ހުރީ ތާޝާ ކޮބައިތޯ ބަލަން ބޭނުންވެފައެވެ.
“މާޒް! ކޯންޗެއް ތި ހޯދަނީ؟ އަހަރެން ކިޔާ އެއްޗެއް އެބަ އިވޭތަ؟” އިނާޝާ އަހަރެން ކޮލުގައި މަޑުމަޑުން ޖަހައިލިއެވެ. އަހަރެން އިނާޝާގެ އަތުގައި ހިފައިގެން މީހުން މަދު ހިސާބަކަށް ދިޔައީމެވެ.
“އިނާ އަހަރެންނަށް ތާޝާ ފެނެއްޖެ ދެންމެ!” އަހަރެން މިހެން ބުނުމުން އިނާޝާގެ މޫނުމަތިން އަހަރެނަށް ފެނުނީ ހައިރާންކަމެވެ.
“ކަމްއޯން.. މާޒް މިތާންގަ ތާޝާ އުޅޭނީ ކީއްވެގެންތަ؟ އެހެން މީހަކު ފެނިގެން ތިއުޅެނީ!” ވަރަށް ހަމަޖެހިލާފައި އިނާޝާ ބުނެލިއެވެ. ނަމަވެސް އަހަރެންނަށް ތާޝާ އޮޅޭންވީ ކީއްވެގެން ހެއްޔެވެ؟
“ނޫން! އެހެން މީހެއްނަމަ އެއްވެސް އެއްޗެއް ބޭނުންހޭ ކިޔާފަ އަހަރެންގެ މޫނު ފެނުނީމަ ނުވެއް ފިލާނެ! އެއީ ހަމަ ތާޝާ” އަހަރެން ވަރަށް ސާބިތު ކަމާ އެކީ ބުނެލީމެވެ.
“ދެން އެކަމަކު މިތަނުން ތާޝާ ކިހިނެއް ހޯދާނީވެސް؟” އިނާޝާ ހުރީ އަހަރެން ދައްކަމުންދިޔަ ވާހަކައިން ހިތްހަމަނުޖެހިފައެވެ. ނަމަވެސް އަހަރެން ހުރީ ގޮތްދޫކުރާ ގޮތަކަށްނޫނެވެ.
“މީ އިނާގެ ފްރެންޑެއްގެ ޕާޓީއެއްނު! މޭބީ ޝީ ނޯސް.. އަޅެ އަހާބަލަ!” އަހަރެން އާދޭހާއެކު އެދުނީމެވެ.
“މިހާރު ހިނގާ ދާން.. އޭނަ ބިޒީ އެއްނު މިގަޑީގަ! އަހަރެން ފަހުން އަހާނަން!” އިނާޝާ ބުނެލިއެވެ. ހީވާގޮތުން މިފަހަރު އިނާޝާ އަހަރެންނަށް އެހީވަން ބޭނުންނުވާ ކަހަލައެވެ. އިނާޝާގެ ބަދަލުވެގެން ދިޔަ މިޒާޖު އަހަރެންނަށް ވަރަށް ސާފުކޮށް ފެނުނެވެ. އިނާޝާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން އަހަރެން އަނެއްކާވެސް މީހުންގަނޑުގެ ތެރެޔަށް ވަދެ ތާޝާ ފެނޭތޯ އުޅުނީމެވެ. އިނާޝާ ހަމަ އެހުރި ތަނުގައި އަހަރެންދިޔަ ދިމާލަށް ބަލަން ހުރީއެވެ. މިހެން ދުވަމުން ޕާޓީ ދޫކޮށް ކޮޓަރިތަކާއި ދިމާލަށް އަހަރެންނަށް ދެވުނެވެ. ދުވެދުވެ ހުއްޓައި އަހަރެންނަށް ނިކުމެވުނީ ގޭގެ ފުރަގަސް ފަރާތުގައި އޮތް ބަގީޗާއަކަށެވެ. އެކި ވައްތަރުގެ މާމެލާމެލި ހެދިފައިވާ ގަސްތައް ވަށައިގެން ހައްދާފައި ހުއްޓެވެ. އެއްފަރާތުގައި ކުޑަކުޑަ އުނދޯލިގެއެއް ހުރިއިރު، އުނދޯލީގެ ކުރިމަތީ ކުޑަ މޭޒަކާއި ދެގޮނޑިވެސް ހުއްޓެވެ. ތާފާތު ވައްތަރުގެ މާމެލާމެލީގެ ވަހުން މުޅިތަން އެއްވަސް ކޮށްލައިފައިވެއެވެ. އަހަރެން އެތަންވެސް ބެލުމަށްފަހު އެނބުރި ދާން ހިނގައިގަތީމެވެ.
“އަހަރެންތަ ތި ހޯދަނީ؟” އިވުނު އަޑުން އަހަރެން ނަގަމުންދިޔަ ފިޔަވަޅު ހުއްޓުނެވެ. ހުރި ފިޔަވަޅުމަތީ ހުރެ އަހަރެން ފަހަތަށް އެނބުރެލީމެވެ. އަހަރެންގެ ކުރިމަތީ ހުރީ އަހަރެންގެ ހިތުގެ މަލަކާއެވެ. ކަޅިޖަހާނުލައި ބަލަން އަހަރެންނަށް އެވަގުތު ހުރެވުނެވެ. ތާޝާއަށް ވަރަށް ގިނަ ބަދަލުތައް އައިސްފައިވެއެވެ. ކުރިޔަށްވުރެ ހިކިހެން ހީވެފައި ހަމުގެ ކުލަ ކުރިޔަށްވުރެ ދޮނެވެ. ދޮންކަމުން މޫނުމަތިވަނީ މަޑު ރަތް ކުލަޔަކަށް ބަދަލުވެފައެވެ. ލައިފައިހުރީ އާދައިގެ ކުރުތާއަކާއި ޖިންސްއެކެވެ. އަދިވެސް ހަމަ އެސާދާކަމާއި އެމައުސޫމް ކަމެވެ. އަދިވެސް ހަމަ އެޖާދުވީ މިއުޒިކީ އަޑެވެ. ދެލޮލުގެ ވިދުން އަދިވެސް ހަމަ އެފަދައެވެ. ކުރިޔަށްވުރެ އިސްތަށިގަނޑު ދިގުވެފައި ފަންހެންވެސް ހީވެއެވެ. އަހަރެންނަށް ބަހެއްވެސް ނުބުނެ ކަޅިޖަހާނުލައި ބަލަން ހުރެވުނީއެވެ. އެހާ ގިނަދުވަސް ފަހުން ފެނުމުން ދައްކަން ބޭނުން ބައިވަރު ވާހަކަ އެބަހުއްޓެވެ. ނަމަވެސް ފަށާނީ ކޮން ހިސާބަކުން ހެއްޔެވެ؟

“ތާޝާ!” އަހަރެންގެ ދޫ މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. އަހަރެން ތާޝާއާއި ކައިރިޔަށް ފިޔަވަޅެއް ނެގީމެވެ. ނަމަވެސް ތާޝާ އަތުގެ އިޝާރާތުން އެކަން މަނާ ކުރިއެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ހުއްޓެވުނެވެ.

“މާޒް! ކަންތައްތައް ބަދަލުވެގެންދިޔައީ ވަރަށް އަވަހަށް! އަހަރެން އެއްގޮތަކަށްވެސް މާޒް ދެކޭކަށް ބޭނުމެއް ނޫން… ރަގަޅުވާނީ މިތަނުން ދިޔައިއްޔާ! އަދި އަހަރެން ހޯދަން މިގެޔަށްވެސް ނައިއްޔާ!” ތާޝާ ދެއްކި ވާހަކައިން އަހަރެން ހުރީ ހަމަ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ ތާޝާ އަހަރެންދެކެ ލޯބި ނުވަނީ ހެއްޔެވެ؟ ނޫނީ އެހެން މީހަކާއި ގުޅުނީ ހެއްޔެވެ؟ މިގެޔާއި ތާޝާއާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ހިތުގައި އުފެދެމުންދިޔަ ހައިޖާނުގަނޑަށް ލުޔެއްދޭން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އަނގަ ހުޅުވިޔަސް ދޫހަރަކާތް ނުކުރާތީ ބަލަަން ހުރެވުނީއެވެ. އަހަރެންގެ ލޮލަށް ވަރަށް ފުންކޮށް ބަލައިލުމަށްފަހު ތާޝާ ދާން ހިނގައިގަތެވެ. އަހަރެން އަވަސް ކޮށްލާފައި ތާޝާގެ ފަހަތުން ގޮސް އޭނަގެ އަތުގައި ހިފައިލީމެވެ.
“ކީއްވެ؟.. ތާޝާއަށް އިނގޭތަ އަހަރެން ތާޝާ ހޯދަން އުޅުންވަރު؟ އަހަރެން ލޯބިވާ ވަރު ނޭންގެނީތަ؟” އަހަރެން މިހެން ބުނެ ނުނިމެނިސް ތާޝާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
“މާޒް! އަހަރެންގެ ލައިފްއަކު ލޯތްބަކަށް އެއްވެސް ޖާގައެއް ނެތް!” ތާޝާ އަހަރެންގެ އަތް ފޮޅާލުމަށްފަހު ދުއްވައިގަތެވެ. ތާޝާ ލޮލުކޮޅަށް ގެއްލެންދެން އަހަރެން ހުރީ ބަލާށެވެ. އެހާ ގިނަދުވަސްކޮށްފައި ފެނުމުން މިވީ ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް ތާޝައަށް އެހާ ބޮޑު ބަދަލެއް މިއައީ ކޮންކަމަކާ ގުޅިގެން ހެއްޔެވެ؟ އަހަރެންގެ ހިތް ބުނަމުން ދިޔައީ ދެންމެ ތާޝާ ދެއްކިި ވާހަކަތަކަކީ ހިތާ ދެކޮޅަށް ދެއްކި ވާހަކަތަކެއް ކަމުގައެވެ.

ހުރި ފިޔަވަޅުމަތީ ތާޝާ ގޮސް ގެއްލެންދެން އަހަރެން ހުރީމެވެ. ގުޑައިލަންވެސް ނޭންގިފައި އަހަރެން ހުރީ ދެންމެ ތާޝާ ދެއްކި ވާހަކަތައް ގަބޫލުކުރަން ދަތިވެފައެވެ. ކުއްލިއަކަށް މިހާބޮޑު ބަދަލެއް ތާޝާއަށް އަންނަންވީ ކީއްވެގެން ހެއްޔެވެ؟ ވާހަކަވެސް ދެއްކީ ވަރަށް ހަރުކަށިކޮށެވެ.

“ކޮން ކުއްޖެއް؟” އަހަރެން ސިއްސައިގެން ދިޔައީ އަންހެނެއްގެ އަޑުންނެވެ. އަހަރެން ބަލައިލިއިރު ހުރީ މެދު އުމުރުގެ އަންހެނެކެވެ. ލައިފައި ހުރި ހެދުމުންނާއި އަތްފައިގައި އަޅާފައިހުރި ގަހަނާއިން ވަރަށް ޝާހީ ވައްތަރެއް ޖަހައެވެ. މޫނުމަތިން ވަރަށް ބޮޑާ މީހެއް ވައްތަރު ޖަހައެވެ.
“ޕާޓީ އޮތީ އެކޮޅުގަ!” ޕާޓީ އޮތް ދިމަޔަށް އަތް ދިއްކޮށްލަމުން އެމީހާ ބުނެލިއެވެ. އަހަރެން ބަހެއްވެސް ނުބުނެ ދާން ހިނގައިގަތީމެވެ. ގެއިން ނިކުމެގެން ދިޔައިރުވެސް އަހަރެންގެ ލޯ ހޯދަމުންދިޔައީ ތާޝާއެވެ. ނަމަވެސް ތާޝާގެ ނިޝާނެއްވެސް ޕާޓީ ތެރެއިން އަހަރެންނަކަށް ނުފެނުނެވެ.

އެގެއިން ނިކުމެ ނިކުމެ އޮއްވައި އިނާޝާ އަހަރެންނަށް ގުޅިއެވެ. ފުރަތަމަ ފަހަރަށް އަހަރެން އިނާޝާދެކެ ފޫހިވާގޮތްވިއެވެ. މިއަދު ގަސްތުގައި އިނާޝާ އަހަރެންނަށް އެހީ ނުވީ ކަމުގައި އަހަރެންނަށް ގަބޫލުކުރެވުނެވެ. ނަމަވެސް ފޯނުނެގީ އިނާޝާ އެކަނި ގެޔަށް ހިނގައްޖެނަމަ މަންމަ ޝަކުވާ ކޮށްފާނެތީއެވެ.
“އާދޭ ސައިކް ޕާކް ކުރިތަނަށް!” ފޯނު ނެގުމަށްފަހު އަހަރެން މިހެން ބުނުމަށްފަހު ކަނޑައިލީމެވެ. އިނާޝާގެ ބަހެއް އަޑުއެހުމެއް ނެތިއެވެ. އަހަރެން ހުރީ އާދަޔާ ހިލާާފަށް ރުޅިގަދަވެފައެވެ. އިރުކޮޅަކުން އިނާޝާ އައުމުން އަހަރެން ގެޔަށް ދިއުމަށް މިސްރާބުޖެހީމެވެ.
“މާޒް! ތަންކޮޅެއް މަޑުން ދުއްވަބަލަ!” އަހަރެންނަށް ސައިކަލު ދުއްވެމުން ދިޔައީ ވަރަށްވެސް ބާރަށެވެ. މިވަގުތު އަހަރެންގެ ހިތުގައި އަނދަމުންދިޔަ ހުރިހާ އަލިފާނެއްގެ ވަރު މިބޭލެނީ ސައިކަލުގެ މުއްގަނޑަށެވެ. އިނާޝާ އިނީ އަހަރެންގެ އުނަގަނޑުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އަހަރެން އެއްގޮތަކަށްވެސް މަޑުން ދުއްވާ ހިޔާލެއް ނުކުރަމެވެ.

ގެޔަށް އައި ގޮތަށް އަހަރެން ވަނީ ކޮޓަރިއަށެވެ. އިނާޝާ އަހަރެންނަށް ދެފަހަރަކު ގޮވާވެސްލިއެވެ. ނަމަވެސް މިވަގުތު އަހަރެން އިނާޝާދެކެ ވެސް މިހުރީ ވަރަށް ރުޅިއައިސްފައެވެ. މިހުރިހާ ދުވަހަކު އަހަރެންގެ ހިތުގައި ނިދާފައިވާ އިހުސާސްތައް ހޭލައިފިއެވެ. ތާޝާ އަހަރެންނަށް މިއަދުފެނުނީ ވަރަށް ތަފާތުގޮތަކަށެވެ. ކަންތައްވެގެން ދިޔައީވެސް އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. ކުއްލިއަކަށް މިއައި ބަދަލު އަހަރެން ކޮންމެ ގޮތެއް ހަދައިފައިވެސް ހޯދާނަމަވެ. ކުރިންވެސް އަހަރެން ހިތްވަރު ކޮށްފައި ތާޝާގެ ހަގީގަތް ހޯދީއެވެ.

އެދުވަހު އެކީ އަހަރެން ހޭދަކުރީ ކޮޓަރީގައެވެ. މަންމަ، ބައްޕަ، އިނާޝާގެ އިތުރުން އިޔާޒްވެސް އަހަރެންނަށް ވަރަށް ގޮވިއެވެ. ހަމަ އަޅައިވެސް ނުލާ އަހަރެން އޮތީއެވެ. ރޭވުމުން އަހަރެން ކާން ނިކުތުމުން އެންމެންވެސް ވަރަށް ކަންތައް ބޮޑުވެފައި އެއްޗެހި ކިޔެވެ. ހުރިހާ އެންމެންގެތެރޭ ހަމަ ބަހެއްވެސް ނުބުނެ އަހަރެންގެ ހަރަކާތްތަކަށް ބަލަން އިނާޝާއިނެވެ. އިނާޝާގެ މިބަދަލުވި މިޒާޖުވެސް އަހަރެން އިތުރު ވިސްނުމަކަށް ދާން މަޖުބޫރު ކޮށްފިއެވެ. އެއްވެސް މީހަކު ދެއްކި އެއްވެސް ވާހަކައަކާއި އަޅައިނުލާ އަހަރެން ކައިގެން ދިޔައީ ކޮޓަރިއަށެވެ. އަފީސް ކުޑަ މަސައްކަތެއް ނިންމާލުމަށްފަހު އަހަރެން ޓެރަސްއަށް ނިކުމެލީ ކުޑަކޮށް ބޯހަމަޖައްސާލާށެވެ. އަހަރެންގެ ހިތުގައި މިވަގުތު ތަފާތު ޝުޢޫރުތައް ހިނގަމުން ދިޔައެވެ.

“ތިހުރީ އަހަރެންދެކެ ރުޅިއައިސްފަ ދޯ!” ފަހަތުން އިނާޝާގެ އަޑު އިވުމުން އަހަރެން ކުޑަކޮށް ސިހުނެވެ. ނަމަވެސް ހެޑްސެޓް ޖަހައިގެން ހުރުމުން އަޑުނީވޭ ކަމަށް ހަދައިގެން އަހަރެން ހުރީމެވެ. އަހަރެން ހުރީ ލަވަ ޖަހައިގެން ނޫންކަމުން އިނާޝާގެ އަޑު އަހަރެންގެ ކަންފަތައް ވަރަށް ރީތިކޮށް ފޯރިއެވެ.

“އިނގޭ ލަވަ ޖަހައިގެން ނޫންކަން ތިހުރީ!” އަހަރެންނާއި ޖެހިގެން ރެއިލިން ކައިރީ މަޑުކޮށްލަމުން އިނާޝާ އަނެއްކާވެސް ބުނެލިއެވެ. އަހަރެން އަނެއް ފަރާތައް އެނބުރެލީމެވެ. އަދި ފޯނުން ލަވައެއް ޖަހާލީމެވެ. އެވަގުތު އިނާޝާ އަހަރެންގެ އެއް ކަންފަތުން ހެޑްސެޓް ނައްޓުވާލިއެވެ.

“މާޒް!” “ވަޓް!!” އިނާޝާ ގޮވާލުމުން އަހަރެންނަށް މިހެން ބުނެވުނީ ވަރަށް ބާރަށެވެ. އިނާޝާ ބިރުން ކުޑަކޮށް ފަހަތައް ޖެހިލިއެވެ. އަހަރެންވެސް ނަފްސު ހަމަޔަކަށް އަޅުވައިލީމެވެ.

“ލުކް މާޒް! އެބައުޓް ތާޝާ…” އިނާޝާ މިހެން ބުނުމުން އަހަރެން އިނާޝާއަށް ލޯއަޅައިލީމެވެ. އެވަގުތު އިނާޝާ ބުނަން އުޅުންއެތި ހުއްޓުން އެރިއެވެ. އިނާޝާއަށް މިވަނީ ކިހިނެއް ހެއްޔެވެ؟
“ތާޝާގެ އެއްވެސް ވާހަކައެއް އަހަރެން ކައިރީ ނުކިޔާތި!” އިނާޝާއާއި ދިމާލަށް ޝަހަދަތް އިނގިލި ދިއްކޮށްލަމުން އަހަރެން މިހެން ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތީމެވެ. ހުރިހާ އެންމެން ކުއްލިއަކަށް ބަދަލުމިވަނީ ކީއްވެގެން ހެއްޔެވެ؟

އަނެއްދުވަހު އަހަރެން އޮފީހަށް ދިޔައީ އިނާޝާ ނުލައެވެ. އެގޮތައް އަހަރެން ކަންތައްކުރީ ހަމަ ގަސްތުގައެވެ. އަހަރެން އޮފީހުގައި އިންދައި އިނާޝާ އޮފީހަށް އައީ ގަޑިވެސް ޖެހިގެންނެވެ.

“މާޒް ކޮންފަރެންސް ރޫމްގަ މީޓިންގ އެއް އެބައޮތް 8 ޖަހާއިރު..” އަހަރެން ކައިރީ ހުއްޓިލަމުން އިނާޝާ ފުރަތަމަވެސް ބުނެލީ މިހެންނެވެ.
“ކޮން މީޓިންގ އެއް؟ އަހަރެންނަކަށް ނޭންގެ ކުރިޔަކުން!” ފޯނާ ކުޅެލަމުން ފަރުވާކުޑަ ގޮތަކަށް އަހަރެން ބުނެލީމެވެ.

“އެއީ އަހަރެމެންގެ ބެވަރެޖް ސަޕްލަޔާސްއާއި އެކީ އޮތް މީޓިންގ އެއް!” އިނާޝާ ޖަވާބުދިނެވެ. އިނާޝާގެ އަޑުގައި ހާސްކަމެއް އެކުލެވިފައިވިއެވެ. ކުރީގައި އަހަރެންނާއި އަބަދުވެސް ވާހަކަ ދައްކާނީ ވަރަށް އެކުވެރިކޮށެވެ. އަަހަރެން ބަހެއް ނުބުނެ އިންނަންފެށުމުން އަހަރެންގެ ކެބިންއިން ނިކުމެގެން އިނާޝާ ދިޔައެވެ.

8 ޖެހިފަހުން އިނާޝާ އައިސް އަހަރެންނަށް ބައްދަލުވުން މަތިން ހަނދާންކޮށްދިނެވެ. ކުރިން އަންގާފައި ނެތުމުން އަހަރެން ހަނދާން ނެތުނީއެވެ. “މާޒް ދޭ އާ ވެއިޓީންގ ފޯ ކޮމްޕެނީސް އޭޑީ!” އިނާޝާ ބުނެލިއެވެ. އަހަރެންނަށް ކޮންފަރެންސް ރޫމްއަށް ދެވުންއިރު އަހަރެންނޫން ހުރިހާ އެންމެންތިބީ އެތާންގައެވެ. މެނޭޖަރު ހުރީ ޕްރެޒެންޓޭޝަަންވެސް އަޅުވަން ރެޑީކޮށްގެންނެވެ. ކޮންފަރެންސް ރޫމްއަށް ވަދެގެންދިޔައިރު މުޅިން އާ މޫނުތަކެއް ފެނިގެން ދިޔައެވެ. އެއީ އަހަރެމެންނާ ބައްދަލުކުރަން އައި ކުންފުނީގެ މީހުންނެވެ. އަހަރެންނައް ކުއްލިއަކަށް ހުއްޓެވުނީ އަހަރެން އިށީންނަން ހަމަޖެހިފައި ހުރި ގޮނޑީގެ ކުރިމަތިން ހުރި ގޮނޑީގައި އިން އަންހެންމީހާ ފެނުމުންނެވެ. އެއީ އިއްޔަ އަހަރެންނަށް ޕާޓީއިން ދިމާވި މީހާއެވެ. އަހަރެން ފަދައިން އެމީހާވެސް އަހަރެންނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ހީވާގޮތުން އެމީހާޔަށް އަހަރެން އިނގުނީއެވެ. މީޓިންގ ނިމުމުން ހުރިހާ އެންމެން ދާން ހިނގައިގަތެވެ. އަހަރެން މޭޒުދޮށުގައި ފޯނާ ކުޅެން މަޑުކޮށްލީމެވެ. މީހުންތައް ހުސްވުމުން އަހަރެން ދާން ތެދުވީމެވެ. ނަމަވެސް އަހަރެން ސިހުނީ އެއަންހެންމީހާ އަހަރެންނަށް ބަލަން ގޮނޑިއަކު އިނުމުންނެވެ. އަހަރެން ބަލައިލުމުން އެމީހާ ހީލިއެވެ.
“ރިޒާނާ!” އަހަރެންނާއި ސަލާމް ކޮށްލަން އަތް ދިއްކޮށްލަމުން އެމީހާ ބުނެލިއެވެ.
“މާޒް” އަހަރެން ރިޒާނާއާއި ސަލާމްކޮށްލީމެވެ. އެވަގުތު އިނާޝާވެސް އައެވެ.
“މާޒް..މެއިލް އެއް އެބައިން.. އާޖެންޓް!” އިނާޝާ ބުނެލިއެވެ. އަހަރެން މިދަނީ ކަމުގައި ބުނެ ދާން ހިނގައިގަތީމެވެ.

“އަހަރެން ހަމަ އަޖައިބުވެއްޖެ މިހާ ބޮޑު ކުންފުންޏެއްގެ އޭޑީ ޑީ ގްރޭޑް އަންހެން ކުއްޖެއްގެ ފަހަތުން އުޅޭތީ…” ރިޒާނާގެ އަޑު ޖެހުމުން އަހަރެން ހުއްޓުންއެރިއެވެ. އެއިރު އިނާޝާ ނުކުމެގެން ހިނގައްޖެއެވެ. އަހަރެން މަޑުމަޑުން ފަހަތައް އެނބުރެލީމެވެ. “ވަޓް!” އަހަރެން މިހެން ބުނީ ހައިރާންވިލެއް ބޮޑުކަމުންނެވެ.
“މާޒް އަކީ ރީތި މީހެއް.. ސްމާޓް.. ވެލް އެޑިއުކޭޓެޑް.. ނައިސް ސްްޓޭޓަސް އެއް.. ސަކްސެސްފުލް ޒުވާން މީހެއް!” ރިޒާނާ އަހަރެންގެ ކުރިމައްޗައް ހުއްޓުނެވެ. މިއަންހެންމީހާ މިކިޔަނީ ކީކޭ ހެއްޔެވެ؟ އަހަރެން ހުރީ ވާނުވާގައެވެ.

“ކީކޭ ތިކިޔަނީ؟” އަހަރެން އަހައިލީމެވެ. ރިޒާނާ ނުބައި ގޮތަކަށް ހީލިއެވެ.
“ތާޝާ!” ރިޒާނާ ބުނެލިއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ރިޔާޝާ (27ވަނަ ބައި)

Next

ޝެލީން 4

Next
November 22, 2016

ޝެލީން 4

Previews
November 22, 2016

ރިޔާޝާ (27ވަނަ ބައި)

14 Comments!

  1. Ifaau says:
    November 22, 2016 at 6:44 pm

    Sorry for the late post. Million apologies.? I’ll upload one more part tonight for forgiveness.??

  2. Saadhu says:
    November 22, 2016 at 6:55 pm

    He he…..thihen viyya OK…story reethi

  3. ...... says:
    November 22, 2016 at 7:18 pm

    Hahahaha…haadha rangalheyy…thihenvi iru ok…vvvv reethi story..dhn vaany kihinehbaa

  4. Shaa says:
    November 22, 2016 at 7:32 pm

    hahah.. salhi ifaau ??

  5. faidhaS says:
    November 22, 2016 at 7:45 pm

    vvvv reethi

  6. ? says:
    November 22, 2016 at 7:49 pm

    Waahaka vvvvvv reethi! mirey kihaa irakunbaa upload vanee? V inthixaaru kurevey eba.

  7. Avy says:
    November 22, 2016 at 7:51 pm

    Salhi salhi..?

  8. Sweety says:
    November 22, 2016 at 8:06 pm

    Alhe ifau plz lasnukoh dhen huri baithah upkohdheythi. Plz plz plz plz plz plz plz……

  9. FM says:
    November 22, 2016 at 9:16 pm

    VVV salhi

  10. Fahana thashi says:
    November 22, 2016 at 9:29 pm

    Wow!!!!

  11. GORGEOUS says:
    November 22, 2016 at 10:03 pm

    Ehntha.. Salhi knirakun up kurany??

  12. Fahana thashi says:
    November 22, 2016 at 10:14 pm

    Next part up kuraa ireh Bunelaba?? Eyrah abadhu abadhu up kuitho nubala vaannun… Ifaa thihen bunyma Mirey next part nukiya nunidheyne hama huva

  13. Eem says:
    November 22, 2016 at 10:48 pm

    Wow v salhi?

  14. Fink says:
    November 22, 2016 at 11:50 pm

    Haadha reehchey mivaahaka. Masha allah??

Comments are closed.

Next Episodeތާޝާ (18ވަނަ ބައި)←


All Right Reserved!