Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ބީރައްޓެހިޔާ ( ފަހުބައި )

InsaanehMiAAlamGaivAA Level 110 Stories
November 23, 2016 3 Mins Read
8 Comments

ކުއްލިއަކަށް އަނާއަށް ފުންމައިގަނެވުނެވެ.

އޭނާގެ ފަހަތުން އަޑެއް އިވިއްޖެއެވެ. ކޮންމެވެސް މީހަކު އެހެރީ ދޮރުމަތީގައެވެ.

“އަލިމަހުގެ އަނގޮޓިތަކޯ؟” އެއީ ޑޭވް ސްޓެޓިންއެވެ. އޭނާ ހެނީއެވެ.

“އަހަރެން މިދޮރު ހުޅުވާފަ ބެހެއްޓީ ކަލެއަށް”  އޭނާ ބުންޏެވެ. “އަހަރެން ބޭނުންވީ ކަލޭ މިއަދު މިކޮޓަރިއަށް ވަންނަން.”

އަނާ ހުރީ ބިރުގެންފައެވެ. އެކަމަކު އޭނާ އެކަން ނުދައްކާވޭތޯ މަސައްކަތްކުރިއެވެ.

“ކަލެއަށް އަދި އަލިމަހުގެ އަނގޮޓިތަކެއް ނުފެނޭ” ޑޭވް އަނެއްކާވެސް ބުންޏެވެ.

އަނާ، ގްރެޓާ ގޯރޑްންގެ އަނގޮޓިތައް މަތިން ހަނދާންވިއެވެ. އެއަނގޮޓިތައްވެސް ހުރީ މިތާ ހެއްޔެވެ؟

“މިހިރީ” ޑޭވް ބުނެލިއެވެ.

އޭނާ ކޮޓަރިއަށް ވަދެ، ބާ ފޮއްޓެއް ނެގިއެވެ. އޭގެން އަނގޮޓިތައް ނެގުމަށްފަހު މޭޒުމައްޗަށް ހޫރާލިއެވެ.

“ތީ ކަލޭގެއެއް ނޫން” އަނާ ބުންޏެވެ. ‘ތީ ގްރެޓާ ގޯރޑްންގެ.”

“މިއެއްޗެހި މީ މަގޭ” ޑޭވް ހިނިގަނޑެއް ޖަހާލިއެވެ. “އޭނަ އަހަންނަށް މިއެއްޗެހި ދިނީ.”

“އެކަމަކު ކީއްވެ؟” އަނާ ސުވާލުކުރިއެވެ. “ކީއްވެ؟ ކީއްވެ ގްރެޓާ ގޯރޑްން ކަލެއަށް އޭނަގެ އަނގޮޓިތައް ދޭންވީ؟ އަދި މިހުރިހާ ފައިސާތަކޯ؟ ކާކު ކަލެއަށް ދިންހާ ފައިސާތަކެއް؟”

“އަހަރެންގެ ޚާއްސަ ކަސްޓަމަރުން” ޑޭވް ބުންނެވެ. “އަހަރެންގެ ޚާއްސަ ކަސްޓަމަރުން އަހަންނަށް ދިން ފައިސާ. މީ މިހާރު އަހަރެންގެ.”

“މައިކް ބެއިލީއާ މިސްޓަރ ރައިޒްމޭން ކަލެއަށް ދިންހާ ފައިސާތަ؟” އަނާ އެހިއެވެ.

“އާނ” ޑޭވް ބުނެލިއެވެ. “ކަލެއަށް ތިފެނުނީ މަގޭ ބައެއް ކަސްޓަމަރުން. އެހުރިހާ މީހުންނެއް ނޫން”

“އެކަމަކު ކީއްވެ އެމީހުން އަންނަނީ ކަލޭ ގާތަށް؟” އަނާ އެއްސެވެ.

“މިމީހުން އަންނަނީ އެހީ ހޯދަން” ޑޭވް ސްޓެޓިން ބުންޏެވެ. “އަހަރެން އެމީހުންނަށް އެހީވެދިނީމަ އެމީހުން އަހަންނަށް އަގު އަދާކުރޭ”

“އެކަމަކު ކިހިނެއް ކަލޭ އެމީހުންނަށް އެހީވެދެނީ؟” އަނާ އެހިއެވެ.

ޑޭވް ސްޓެޓިން، އަތް ބިނދިފައި އޮތް ރީތި ކުޅޭކުޅޭ ބުދު ނެގިއެވެ.

“ކަލޭ ހަނދާންވޭތަ ޖޮއަނާ ލެއި؟’ އޭނާ އެހިއެވެ.

އަނާ ހިނދުކޮޅަކަށް ވިސްނާލިއެވެ.

“ޖޮއަނާ ލެއި؟” އަނާ އަހާލިއެވެ. “އާނ ހަނދާންވެއްޖެ. އެއީ އަތް ބިނދުނު އެކްޓްރެސް. ގްރެޓާ ގޯރޑްންއަށް އޭނަގެ ބައި ލިބުނީ.”

“ރަނގަޅު.” ޑޭވް ބުނެލިއެވެ. “މިކުޅޭކުޅޭ ބުދަކީ ޖޮއަނާ ލެއި.”

އަނާ ކުރިއަށްވުރެ ބޮޑަށް ބިރުގަތެވެ. މިއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟

ޑޭވް ސްޓެޓިން، ފުޓްބޯޅަ މަޖައްލާ ނެގިއެވެ. އަދި އޭގައި ހުރި އިރާލެވިފައިވާ ފޮޓޯއެއް ދެއްކިއެވެ.

“މީ ކާކުތަ، އަނާ؟” އޭނާ އެހިއެވެ.

އަނާ އެމޫނު ހަނދާންވިއެވެ. އޭނާ އެމޫނު ޓީވީއިން ދެކުނެވެ.

“ބްރިއެން ތޯމަސް” އަނާ ޖަވާބުދިނެވެ. “އެއީ ގޯލްކީޕަރު”

“އޭނައަކީ އެއްއިރެއްގަ ގޯލްކީޕަރެއް” ޑޭވް ބުންޏެވެ.

އަނާގެ ލޯލިތައް ކޮޅަށް ޖެހިއްޖެއެވެ. ޑޭވް ސްޓެޓިންއަކީ ނުބައި މީހެކެވެ.

ޑޭވް، އަނާއާ ގާތަށް ޖެހިލިއެވެ. އަދި ހަލާކުވެފައި އޮތް މަތިންދާބޯޓު ނެގިއެވެ.

“އަދި މީ ކޯއްޗެއްހެން ހީވަނީ؟’ އޭނާ ސުވާލުކުރިއެވެ.

އަނާއަށް ޖަވާބު އެނގެއެވެ. އެކަމަކު ޖަވާބުދެވޭ ވަރަށްވުރެ އޭނާ ހުރީ ބިރުންނެވެ.

ޑޭވް ސްޓެޓިން، އަނާގެ އަތުގައި ހިފާ ގާތަށް ގެނައެވެ. އަނާ މަސައްކަތްކުރީ ދުރަށް ދާށެވެ. ޑޭވް ހުނުމަށްފަހު އިތުރަށް އަނާ ގަޔާ ކައިރިކޮށްލިއެވެ.

“އަޑުއަހާބަލަ އަނާ” ޑޭވް މަޑުމަޑުން ބުންޏެވެ. “އަހަރެން ކަލޭ ބޭނުން. އަހަންނަށް ކަލެއާ ނުލާ ނޫޅެވޭނެ. އަހަންނާ ކައިވެނިކުރޭ، އަނާ. ޕީޓަރއާ ކައިވެނިނުކުރާތި. އަހަންނާ ކައިވެނިކުރޭ”

“ނޫން ނޫން” އަނާއަށް ރޮވެން ފެށުނެވެ. “އަހަރެން ދޫކޮށްލާ. އަހަރެން ދޫކޮށްލާ”

“އެކަމަކު އަނާ. ކަލެއަށް އަދިވެސް ނުވިސްނޭ.” ޑޭވް ބުންނެވެ. “އަހަންނަށް އާދަޔާޚިލާފު ބާރުތައް ލިބިގެންވޭ. އަހަންނަށް ކަލޭ ބޭނުން ކޮންމެ އެއްޗެއް ހޯދަދެވިދާނެ”

އޭނާ، އަނާގެ ލޮލަށް ބަލާލިއެވެ. އަދި ކުރިއަށް ގެންދިޔައެވެ.

“އަދި އަހަރެންގެ ދަރިންނަށްވެސް މިބާރުތައް ލިބޭނެ. އަހަރެން ކަލެއަށް ފައިސާއާއި އަނގޮޓިތައް ދޭނަން. އަދި އަނާ، ކަލޭ އަހަންނަށް ދަރިން ހޯދާދީ.”

އަނާ، ބިރުންގޮސް މޫނު ހުދުވެއްޖެއެވެ. އޭނާ އަތުގައި ހުރި ބާރެއް ލާފައި ޑޭވް ސްޓެޓިން ކޮށްޕާލިއެވެ. އަދި ދުވެފައި އެކޮޓަރިން ނިކުތެވެ. ފަހަތް ބެލުމެއްނެތި އޭނާ ދުވެފައި ދިޔައީ ގެޔަށެވެ.

ގެއަށް ގޮސްފައި އެނދަށް އެރިއެވެ. އޭނާ ހުރީ ހުންއައިސްފައެވެ.

އެރޭ، ޕީޓަރ އަނާ ދެކެން އައެވެ. އެކަމަކު އަނާ އޮތީ ގައިގައި ރަޖާލައިގެން އެނދުގައެވެ.

“އަހަރެން މާދަން އަންނާނަން އަނާ ގާތަށް.” ޕީޓަރ އަނާގެ މަންމަ ގާތުގައި ބުންޏެވެ.

އަނާއަށް އެރޭވެސް ނުނިދުނެވެ.

އަނެއްދުވަހަކީ ވުޑެންޑަށް ބިރުވެރި ދުވަހެކެވެ. އަނާ އޮތީ އެނދުން ނުތެދުވެވިފައެވެ. އޭނާގެ މަންމަ، ޑޮކްޓަރެއް ގެނައެވެ.

“އަނާ މިއޮތީ ގަދަޔަށް ހުންއައިސްފަ. އަހަރެން އެބަ ވަރަށް ހާސްވޭ. އޭނައަށް ވީ ކީއްކަމެއް އަހަންނަކަށް ނޭނގެ. އަހަރެން މިރޭ އަންނާނަން.” ޑޮކްޓަރު ބުންޏެވެ.

އެދުވަހު މެންދުރު، ޕީޓަރ އެގެޔަށް އައެވެ. އޭނާ، އަނާއާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެކަމަކަު ވާހަކަދެއްކޭ ވަރަށްވުރެ އަނާ ބައްޔެވެ. ޕީޓަރ، މަޑުމަޑުން އަނާގެ ގާތުގައި އިނެވެ.

ހަތެއް ޖަހާކަށްހާއިރު، ޕީޓަރއަށް ބޭރުން ހަޅޭއްލަވާ އަޑު އިވުނެވެ. ކުޑަދޮރު ކައިރިއަށްގޮސް ބޭރު ބަލާލިއެވެ. މީހުންތައް މަގުމަތީގައި ކޮޅުކޮޅަށް ދުވަނީއެވެ.

“އަލިފާން! އަލިފާން ރޯވެގެން އެބައުޅޭ! ކޯނަރ ޝޮޕްގަ އަލިފާން ރޯވެގެން އެބައުޅޭ!” މީހުން ހަޅޭއްލަވަނީއެވެ.

ޕީޓަރ އަނާގެ ގެއިން ނުކުމެގެން ދުވެފައިގޮސް ކޯނަރ ޝޮޕް ހުރި ހިސާބަށް ދިޔައެވެެ. ފިހާރައިގައި ހުރީ އަލިފާން ހިފަފައެވެ. އެކަކަށްވެސް ޑޭވް ސްޓެޓިންއެއް ނުފެނެއެވެ.

“އޭނަގެ ކާރު މިއޮތީ މިތާ.” މިސްޓަރ ހާޓް ބުންޏެވެ. “ޑޭވް ވާނީ އެތެރޭގަ”

ދެން މީހުންނަށް ޑޭވް ފެނުނެވެ. އޭނާ ހުރީ ފިހާރައިގެ މަތީގައި، ކުޑަދޮރު ދޮށުގައެވެ.

“ފުންމާ، ޑޭވް!” މީހުން ހަޅޭއްލަވަން ފެށިއެވެެ. “އަމިއްލައަށް ސަލާމަތްވޭ!”

އެކަމަކަު ޑޭވް ހުރިތަނުން ގުޑާވެސް ނުލިއެވެ. އޭނާ ހެނީއެވެ.

ބައެއް އަންހެނުންތައް އިތުރަށް ހަޅޭއްލަވަން ފެށިއެވެ. މިސްޓަރ ހާޓް ދުވެފައި ގޮސް ފިހާރަ ތެރެއަށް ވަދެ އޭނާ ސަލާމަތްކުރަން އުޅުނެވެ.

އެކަމަކު މީހުންތައް އޭނާ ހިފެހެއްޓިއެވެ.

އަލިފާންގަނޑު ބޮޑުވަމުން ގޮސް ޑޭވް ހުރި ކުޑަދޮރާ ހަމައަށް އެރިއެވެ. އޭނާ އަދިވެސް ހުރީ ހޭށެވެ. އެއީ މީހުންނަށް އޭނާ ފެންނާނެ އެންމެ ފަހު ފަހަރެވެ. އަލިފާންގަނޑު، ޑޭވް ފޮރުވާލިއެވެ.

ޕީޓަރ، އެނބުރި އަނާގެ ގެއަށް ދިޔައެވެ. ޑޮކްޓަރު ހުރީ ބަދިގޭގައި އަނާގެ މަންމައާއި ވާހަކަދައްކާށެވެ. ކުއްލިއަކަށް އަނާގެ ކޮޓަރިން ހަޅޭކެއްގެ އަޑު އެމީހުންނަށް އިވުނެވެ. އެމީހުން ދުވެފައި ގޮސް އަނާގެ ކޮޓަރިއަށް ވަނެވެ.

ބެލިއިރު އަނާ އޮތީ މަރުވެފައެވެ.

( ނިމުނީ )

 

 

 

 

 

Share Article

Follow Me Written By

InsaanehMiAAlamGaivAA

Level 110 Stories

Other Articles

Previous

ތާޝާ (18ވަނަ ބައި)

Next

ކާމިޔާބު އަންހެނާ 2

Next
November 23, 2016

ކާމިޔާބު އަންހެނާ 2

Previews
November 22, 2016

ތާޝާ (18ވަނަ ބައި)

8 Comments!

  1. Unknown says:
    November 23, 2016 at 5:33 am

    Maruvy kihineh kameh nethennun

  2. Aishu says:
    November 23, 2016 at 12:05 pm

    Mi nimuny???? Heekury v interesting kanthah thah kuriyah hury kamah

  3. Khajja says:
    November 23, 2016 at 1:57 pm

    Mivaahaka ain veegotheh hama aeggothakahves sikudiakah nunegunu vaahakaige numun V kada

  4. Alina says:
    November 23, 2016 at 2:09 pm

    nice story. ekam maa avahah ninmaalyma varah dhera.. konirakun dhen new story eh kiyan libeyni?

  5. Foohi says:
    November 23, 2016 at 2:46 pm

    Mi dhen vaahak eh

  6. sara says:
    November 27, 2016 at 10:58 pm

    Voodoo dw.. nice story

  7. zuu says:
    December 26, 2016 at 11:29 pm

    Mee parody eh tha ???

    1. liura says:
      February 25, 2017 at 11:42 pm

      hahah dhw

Comments are closed.



All Right Reserved!