ެ. ސުވާލުތަކުން ބޯހާސްވާން ފެށުމުން ހުޝާމް ޓެރަހުގެ ރެއިލިން ކައިރީ ހުއްޓި ތިރިއަށް ބަލަން ފެށިއެވެ. އެވަގުތު ހިތަށް އައި އެއްޗަކުން އަނެއްކާ ވެސް ހުޝާމްއަށް ބަލާލެވުނީ އައިޝާމެންގެ ގެއާ ދިމާއަށެވެ. އެވަގުތު އެގޭ ދޮރުމަތީގައި ހުޝާމްއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އައިޝާ ފެނުމުން މެެޔަށް ފިނިވެގެން ދިޔައެވެ. އަވަސް އަވަހަށް އެހެން ދިމާއަކަށް ބަލާލީ މިހާރު ހުޝާމް އަކީ މީހެއްގެ ފިރިއެކޭ ހިތަށް އެރުމުންނެވެ. އައިޝާ ދޮރުމަތީގައި ހުއްޓިގެން ހުރީ އާއިލާ އެހެން މީހުންގެ އިންތިޒާރުގައެވެ. […]
އޭނާ ހަނދާންވީ އަނާން އޭނާގެ ކޮނޑަށް އަރުވައިގެން ހިނގި ދުވަހެވެ. އަނާން އޭނާއަށް ދޮންތިކިޔާ ދުވަސްތަކެވެ. “ނޯ އިޓްސް އޯކޭ ސިސް….” އަނާން އެހެން ބުނުމުން ކިއާރާ އަނާންގެ މޫނަށް ބަލައިލިއެވެ. “ސިސް… އައި ތިންކް އައި ނޯ ޔޫ..” އަނާން ބުނެލުމުން ކިއާރާ ދެލޯ ބޮޑުކޮށްލާފައި ހިން ދިރުވާލިއެވެ. އަނާން ކިއާރާގެ ލޮލު ކުރިމައްޗަށް ވައްޓާލައިފައިވާ އިސްތަށިތަށް އެއްފަރާތް ކޮށްލަން އުޅުނެވެ. ކިއާރާ ވަގުތުން އިސްޖަހާލިއެވެ. “ނޯ… ނޯ.. ޔޫ ޑޯންޓް ނޯ މީ…” ކިއާރާ […]
ހޮސްޕިޓަލު ތެރޭ ދެކޮޅަށް ހިނގަ ހިނގާ ޔަޝްއަލް ހުރީ ހާސްކަމާއެކުގައެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށްވުރެ ސިކުނޑީގެ ހައިޖާނު މާބޮޑެވެ. ނާހީ އަމިއްލައަކަށް މަރުވާން އުޅުނީ ކީއްވެ؟….. އެވަގުތަށް ޔަޝްއަލްއަށް ނުދެވުނު ނަމަ ދެންވާނީ ކީއްބާއެވެ؟… މުައްކަވާފައި ހޮސްޕިަޓަލު ފާރުގައި ބޮނޑިއެއް އަަޅުވާލެވުނީ ހިތުގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ލިބޭނެކަމަށް ހީކޮށެވެ. ޔަޝްއްލް ދެއަތުން އޭނާގެ ބޮލުގެ އިސްތަޝިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. ޑޮކޮޓަރު އޮތީވެސް ބުނެފަ ނާހީ އެކަނިވިއަ ނުދޭށެވެ!…. އަޅެ އެގަޑީގަ ބޭރަށް ނުދެވުނުނަމަ !……. ޔަޝްއަލް […]
އެއަށްފަހު ތުން ފިއްތާލަމުން އަނެއްއަތުން ދޮރުގެ ތަޅު އަނބުރައި އެ ދޮރު ހުޅުވިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނަ ހުއްޓުން އެރިއެވެ. ޝަފަޤް ހުރީ އޭނައަށް ފުރަގަސްވާ ގޮތަށް ޤިބްލައަށް ކުރިމަތިލައިގެން ހަޝަމް ބަނދެ ނަމާދު ކުރާށެވެ. ޝަފަޤްގެ މޫނުގެ ބަދަލުގައި އޭނަގެ ހުދުކުލައިގެ ބޮޑު ދޮޅި ފެންނަމުން ދިޔައިރު ވިސާމްގެ މޫނުމައްޗަށް ވެރިވެފައިވީ ޙައިރާންކަމެވެ. ޝަފަޤް މި ގަޑީގައި ކުއްލިއަކަށް އެ ކުރަނީ ކޮން ނަމާދެއްތޯ އޭނަގެ ހިތަށްއެރިއެވެ. އަޖާއިބެއްފަދަ ކުއްޖެކެވެ. ކޮންމެ ގޮތެއްވިޔަސް ޝަފަޤް […]
ޝާއިން، ޝާއިން، ކުއްލިއަކަށް އަަހަންނަށް ނިދިން ހޭލެވުނީ، މަންމަ ގޮވާ އަޑަށެވެ. ” ދަރިފުޅާ! އަދިވެސް ތެދުވާކަށް ނުވޭތަ؟ މިހާރު ގަޑިން ހެނދުނު 9.30 ވީ ” އަޅެ މަންމާ ޕްލީޒް އަދި އިރުކޮޅަކަށް ނިދާލިޔަސް އޯކޭ ވާނެޔޭ.. ” ޝާއިން ޔޫ ކާންޓް ސްލީޕް މިއަދު މީ ޝާއިން ގެ ދައްތަގެ ކާއިވެނި.. މަންމަ މިހެން ބުނުމާއި އެކު އަހަރެން ތެދުވެގެން ދުވެފައި ގޮސް ވަނީ ފާޙާނައަށެވެ… ފެންވަރައި ރީތިވެގެން ސިޓިން ރޫމް އަށް ނުކުތް […]
ނާހީ!……..ނާޙީ…….. އަހަރެންގެ ދެލޯމެރެމުން ދަނީއެވެ. އަނދިރިވަމުންގޮސް މަންޒަރު އެކީ ފުސްވެއްޖެއެވެ.ދެލޯ ހުޅުވަންވެސް ބޭންވެއެވެ. އަހަރެންނަށް ގޮވަމުން އެއަންނަނީ ކާކު ބާއެވެ.؟……… އެއަަޑަށް ޖަވާބުދޭންވެސް ބޭނުންވެއެވެ. އެކަމަކު ދޫ ހަރަކާތެއް ނުކުރިއެވެ. ނާހީ!.. އެއަޑު ކައިރިވަމުން އަންނަހެންވެސް ހީވެއެވެ. އަހަރެންގެ ހަށިގަނޑުގައި އަަަޅައަމުންދިއަ ވޭން މަޑު މަޑުން ކެނޑެމުން ދާ ކަހަލައެވެ. މިއީ އަހަރެނގެ ނިމުން ބާއެވެ.؟…މިއީ މިދުނިޔެއާ އަހަރެން އަލްވަދާއު ކިޔަންވީވަގުތުބާއެވެ.
މެންދުރުވަންދެން އެތަށް ވާހަކައެއް ދައްކަން އިނުމަށް ފަހު މާމަ ދިޔައީ މެންދުރު ނަމާދު ކުރާށެވެ. އެހެން އޮއްވާ އަހަރެންނަށް ނިދުނު ގޮތެއްވެސް ނޭންގެއެވެ. ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. “ސޯ ވަޓް އާ ޔޫ ގޮނަ ޑޫ ޓް ހާ” އަޑުން އެ ވާހަކަ ދައްކަނީ ހައިކަލް ނޫންކަން އަހަރެންނަށް އެނގުނެވެ. އެ ބުނި ޖުމަލައިން އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. މަޑު މަޑުން ދެލޯ ހުޅުވާލީ ތަނެއް ނުފެނޭނެކަން އެނގިހުރެވެސް އަހަރެން ހޭލާއޮތްކަން އެމީހުނަށް […]
ޒާއިން ކައިރިއަށް އައީ ލާނެއް ހިންޏެކެވެ. ލިފްޓް ހުޅުވުމާއި އެކު ދެމީހުން ނުކުތީ ދާދި އެއްވަރަކަށެވެ. ކިއާރާ އަވަސް ފިޔަވަޅުތަކެއްގައި ކަނާއަތަށް އަޅާފައި ކެބިންތަކަށް ބަލަމުން ގޮސް ފަތުހީގެ ނަން ލިޔެފައި އިން ކެބިންނަށް ބަލައިލިއެވެ. އެއަށްފަހު ޒާއިން ކޮބައިތޯ ބަލައިލިއެވެ. ޒާއިންވެސް އައީ ފަތުހީގެ ކެބިންއަށެވެ. އޭނާ އަތުގައި އޮތް ފައިލް ކިއާރާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ކިއާރާ ޓަކި ޖެހުމާއި އެކު ވަނުމަށް ފަތުހީ ބުނެލިއެވެ. ކިއާރާ ވަދެލި ވަގުތު ޒާއިންވެސް ވަނެވެ. “އަނހަ […]
އެހެނަސް ލޮލަކަށް ނިންޖެއް ނައެވެ. ހީވަނީ ހަށިގަނޑުގެ ތެރެއިން އެއްޗެއް މަދުވެފައި ވާ ހެންނެވެ. އެހެން ދެ އަތަކަށް ފުރޮޅި ފުރޮޅި އޮއްވާ އެންމެ ފަހުން އަންހެނުންނަށް ހޭލެވުނެވެ. އަދި ހައިރާން ކަމާއެކު ސުއާލު ކުރަން ފެށިއެވެ. ޝައްކުގެ ނަޒަރަކުން ޝަކުވާ ވެސް ކުރަން ފެށިއެވެ. ކުރިން އަހަރެން އުޅުނު ގޮތް ބަދަލު ވެފައި މިހާރު އަހަރެން ވަރަށް ތަފާތު ކަމަށް ބުނެއެވެ. އަދި އޭނަޔަށް ފަރުވާލެއް ނުބަހައްޓައި ތާނގަ ދަރިފުޅަށް ވެސް އަޅާ ނުލާތީއެވެ. އެހެނަސް […]