Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…8

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 12, 2016 7 Mins Read
31 Comments

އަލިޔާ ފިހާރަ ލައްޕާލައިފާ ތަޅުދަނޑު ބޭބެއަތަށް ދީފައި ދިޔައީ މަޤްރިބް ނަމާދަށް ބަންގިގޮވުމާއި ގުޅިގެންނެވެ. އޭނާގެ ހިތުގަޔާއި ސިކުނޑީގައި އޭރު ރަސްކަން ކުރަމުން ދިޔައީ އަޔާންއެވެ. މިރޭގައި ވާނެކަންތަށް އޭނާ ހަނދާނެއްވެސް ނެތެވެ. އާލިޔާ ގެއަށް ވަތްއިރު އެކަކުވެސް ނެތެވެ. އިސްޖަހާލަފައި ކޮޓަރިއަށް ވަނެވެ. އަދި ވުޟޫކޮށްލައިގެން ނަމާދުކޮށް އަވަދިވެލިއެވެ. މައިޝާއަށް ގުޅާފައި ހުރިހާ އެއްޗެއް ކިޔައިދެން ބޭނުންވިއެވެ. ނަމަވެސް ކުރާނީ ކިހިނެއްހެއްޔެވެ؟ ހަޤީޤަތުގައި މައިޝާ އަކީ އޭނާގެ ކިތަންމެ ގާތްއެކުވެރިޔަކަސް އާލިޔާގެ ވާހަކައިން މައިޝާއަށް އުނދަގޫވާނޭ އޭނާ ހިތަށް އަރައެވެ. މައިޝާ ދެރަވެޔޭ ހިތަށް އަރައެވެ. އާލިޔާ ޤުރުއާން ކިޔަވާލަން އިށިނދެލި ގަޑީގައި ފޯނު ރިންގްވިއެވެ. ފަރުވާތެރިކަމާއި ފޯނަށް ބަލައިލި އިރު އެއީ އަޔާންއެވެ. މިއަދު ކަންތަށް ހިނގިގޮތުން އޭނާ ވާހަކަދައްކަން ބޭނުންވީ ކަންނޭނގެއެވެ. ނަމަވެސް އާލިޔާ ވާހަކަދައްކާކަށް ބޭނުމެއްނުވެއެވެ. އެހެންކަމުން ފޯނު ކަނޑާލީ ފެންކަޅިވެފައި ހުރެއެވެ. އެދެލޮލުގައި ކަރުނައިގެ ފަށަލަ ނޭޅޭ ވަގުތެއް ނުދެއެވެ. ހުސް ހިތާމައެވެ.

އަނެއްކާވެސް ގުޅިއެވެ. އާލިޔާ ކަނޑާލިއެވެ. ދެން އައީ މެސެޖެކެވެ. “ދައްތާ.. މީ އަނާ… ޕްލީސް ފޯނު ނަގާބަ..” އާލިޔާ މެސެޖް ކިޔާލިއެވެ. އެއާއިއެކު އަނެއްކާ ގުޅަންފެށިއެވެ. އާލިޔާ ފޯނު ނަގައިލިއެވެ. “ދައްތަ ކީއްވެ ފޯނު ނުނެގީ؟؟” ފުރަތަމަވެސް އަނާން ކުރީ ޝަކުވާއެވެ. “ސޮރީ އިނގޭ ބޭބީ ގާލް.. އެކަމް ބުނެބަ މިގަޑީގައި ކިހިނެއްވީ ކުއްލިއަކަށް؟” އާލިޔާ ބުނެލިއެވެ. ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއްވެސް ވެރިވިއެވެ. “ކުޑޭ ބުނީ ދައްތަ ހުރީ ކޮންމެސް ކަމަކާ ދެރަވެފައޭ.. އެހެންވެ ކުޑޭ ބުނީ އަނާ ގުޅާށޭ…….” “އޭ އަނާ!!! ތިހެނެއް ނޫނޭ ބުނަންވީ… ނުބުނަންވީ އެއްޗެހި ތި ބުނީ މޮޔަޔާ..” އަނާން ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އަޔާންގެ އަޑުންނެވެ. އާލިޔާ އަށް ހެވުނީ އަނާންގެ މޮޔަކަމަށްވުރެ އަޔާންގެ މޮޔަކަމާއި ހެދިއެވެ. އަނާން އެ ގުޅީ އަޔާން ބުނެގެންކަން އާލިޔާއަށް އިނގުމުން ހިސާބަކަށް އުފާވިއެވެ. “އުޕްސް ސޮރީ ސޮރީ ކުޑޭ… އާނ ދައްތާ އަނާ ބުނީ ދައްތަ ނަމަކީ ކޮބާތަ އަސްލު؟” އަނާން އަވަސް އަވަހަށް ވާހަކަ އޮޅުވާލިއެވެ.

“ހެހެ… އާލިޔާ ކިޔަނީ ދައްތައަށް..” އާލިޔާ ބުނެލިއެވެ. “ދެން އަނާ ކިޔަންވީ ކީކޭ؟؟” އަނާން އަހާލިއެވެ. “އަނާ އޯކޭ ކޮންމެ އެއްޗެއް ކިޔަސް..” އާލިޔާ ބުނެލިއެވެ. “ދޮންތިކިޔަސް އޯކޭތަ؟” އަނާން ބުނެލިއެވެ. “ހެހެ ޝުއަރ… ދައްތިގެވެސް ނުހުރޭ ކޮއްކޮއެއް… އެހެންވީމަ އަނާ ތިވީ ފޯރއެވަރ ދައްތިގެ ކޮއްކިއަކަށް ދޯ؟” އާލިޔާ ބުނެލިއެވެ. “ޔޭ… ކުޑޭ ބަލާ… އަނާ އަށް ދޮންތިއެއް ލިބުނީ..” އަނާން ބުނެލި އަޑުއިވުނެވެ. “ޝްޝްޝް އަނާ…” ދެން އިވުނީ އަޔާން އެހެން ބުނެލި އަޑެވެ. ކިތަންމެ މަޑުން ބުންޏަސް އާލިޔާއަށް އެ އަޑު އިވުނެވެ.

“ދޮންތީ… އަނާ ދަންތަ ދޮންތި ބަލައި ލޯންންގް ޑްރައިވް އަކަށް.. ޕްލީސް ދޮންތީ…” އަނާން ބުނެލީ ވަރަށް ލޯބިންނެވެ. “މިރޭ؟؟؟؟ ނޯ އެހެން ރެއެއް ދޯ؟” އާލިޔާ ހަނދާންވީ މިރޭގައި ވާނެ ކަންތަކެވެ. “ދެން ދޮންތި ޕްލިސް ޕްލިސް ޕްލިސް ޕްލިސް ޕްލިސް ޕްލިސް..” އަނާން އާދޭސްކުރަންފެށިއެވެ. “އަނާ.. ބޭބީ ގާލް.. ދޮންތި ވަރަށް ބިޒީ މިރޭގައި.. އެހެންވީމަ ދާނީ މާދަންރޭން ދޯ.. އޭރުން އޭގެ އަނެއްދުވަހު ސުކޫލްވެސް ނޯންނާނެނު ދޯ…” އާލިޔާ ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ. “ޕްރޮމިސް ދޮންތީ؟؟” އަނާން ބުނެލިއެވެ. “ޕްރޮމިސް..” އާލިޔާ ބުނެލުމުން އަނާން ހޭންފެށިއަޑުއިވުނެވެ. އާލިޔާއަށްވެސް ހެވުނެވެ. “ދޮންތީ… މިއުޅެނީނު ކުޑޭއްތަ ދޯ.. ކުޑޭއްތަ ކިޔާ އެއްޗެއްސަށް އަޅައިނުލައްޗޭ ވަރަށް ފޮނިވާނެ.. މި އުޅޭ ކުޑޭވެސް ފޮންޏެއްނު ވަރަށް އެހެންވެ އެއީ…. ފޮނި ވީމަ ފޮނި ކުދިން ލިބޭނީ…” އަނާން ބުނެލިއެވެ. އާލިޔާއަށް ވަރަށް ބޮޑަށް ހެވުނެވެ. އޭނާ އަޔާންއާއި ނިސްބަތްކޮށް ފުރަތަމަ ކީ އެއްޗެހި ހަނދާންވިއެވެ. “އަނާ… އެހެންނުކިޔާނެ ކުޑޭއްތަ ފޮންޏަސް ކުޑޭ އެއް ފޮންޏެއްނުވާނެ އިނގޭ.. ކުޑޭ އެއްނު މިދެނީ ވާހަކަދައްކަންވެސް…” އާލިޔާއަށް އިވުނީ އަޔާންގެއަޑެވެ. “ކުޑޭއްތާ އިނގޭތަ އަނާ……………..” އަނާން މެދުކަނޑާލިއެވެ. އާލިޔާ ދެލޯބޮޑުވީ އަނާން ކުޑޭއްތަ އޭ ބުނިއަޑަށެވެ. އަނާ!!! ކުޑޭއްތައޭ!!” އިވުނީ ސިހިފައި އަޔާން އެހެން ބުނެލި އަޑެވެ. އާލިޔާވެސް ވީ އެވަރެވެ. “ކުޑޭ އާއި ހެދި ދޮންތި އަށް ކުޑޭއްތަ އެ ކިޔުނީ. ވަރަށް ފޫހިވެ…” އަނާން ފޫހިކޮށް އެހެން ބުނެލި އަޑުއިވުނެވެ. އާލިޔާ ފުން ނޭވައެއް ދޫކޮށްލިއެވެ. ” ކިޔޭނެނަމަ..” އާލިޔާ އެހެން ބުނެވުނީ ބޭއިހްތިޔާރުގައެވެ. “ކީކޭ ދޮންތީ؟” އާލިޔާ ބުނެލި އެއްޗެއް ނޭނގިގެން އަނާން އަހާލިއެވެ. އާލިޔަ އަވަސް އަވަހަށް ވާހަކަ އޮޅުވާލިއެވެ. ދެމީހުން ވާހަކަދައްކަން ތިބެފައި ފޯނު ކަނޑާލިއެވެ. އާލިޔާއަށް ހަމަޖެހުން ލިބުނީ ހަމަ އެވަގުތުކޮޅަށެވެ. ފޯނު ބޭއްވުމާއި އެކު ހިތާމަވެރިކަން ވަށާލިއެވެ.

އޭނާ ޤުރުއާން ކިޔަވައި ނިންމާލުމަށްފަހު އިޝާނަމާދުވެސްކޮށްލިއެވެ. އެއަށްފަހު ބޭރަށް ނިކުމެލީ ވެފައިވާ ބަނޑުހައިކަން ފިލުވާލާށެވެ. ކާ ގެއަށް ގޮސް ކޮއްތުމީ ނޫޑްލް ޕެކެޓެއް ހަދައިގެން އެ ކާންފެށިއެވެ. އެއަށްފަހު ތަށި ދޮވެލައިގެން ކޮޓަރިއަށް ހިނގައިގަތެވެ. އޭނާ ގޮސް ފޮތްތަށް ކައިރި ވަގުތު ހޭދަކުރަންފެށިއެވެ. ނިންމަން ބުނި ފިލާވަޅު ހަދާލިއެވެ. އޭގެއިތުރުން މިއަދު ނެގި ފިލާވަޅުތަށް އަލުން ކިޔަންފެށީ ސުކޫލުގައި އެކަމަށް ސަމާލުކަން ނުދެވުމުންނެވެ. އާލިޔާ ބޮލުގައި އަތުން ހިފަހައްޓާލައިގެން އަރިއަކަށް އިނދެ ކިޔަމުން ދިޔައެވެ. ކުއްލިއަކަށް ސިހުނީ ދޮރުގައި މީހަކު ޖެހުނުއަޑަށެވެ. އާލިޔާ ތެޅިގަނެފައި ދޮރާއި ދިމާލަށް ގޮސް މަޑުން ދޮރު ހުޅުވިއެވެ. އެއާއި އެކު އެތެރެއަށް ދެމިގަތް ގޮތް ނޭނގޭ މީހާ ފެނި ފަހަތަށް ޖެހިލެވުނެވެ. އެމީހާގެ ގައިގާ ހަކަތައެއްވެސް ނެތްފަދައެވެ.  ކޮށްޅަށް ހުރެވޭވަރެވެ. އޭނާ ހުރިގޮތުން އެ ހުރީ ބޮއެފައިކަން އާލިޔާއަށް އިނގި ބިރުގަތެވެ. އަވަސް އަވަހަށް ދޮރާއި ދިމާލަށް ދިޔައީ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ. އާލިޔާ ދޮރުގެ ތަޅުގައި ހިފަން ދިއްކޮށްލި އަތުގައި އެމީހާ ހިފަހައްޓާލިއެވެ. އާލިޔާ ހަމަހޭގައި ހުއްޓާ މިކަހަލަ ކަމަކާއި ކުރިމަތިލާ މީ ފުރަތަމަ ފަހަރެވެ. އޭނާ ތެޅިގަނެފައި އަތް ދަމައިގަތެވެ. އެމީހާ ހޭންފެށިއެވެ. އާލިޔާ އަނެއްކާވެސް ސިހުނީ އެތެރެއަށް ދެމިގަތް އޭނާގެ ދޮންބައްޕަ ނިމާލް ފެނިފައެވެ. އޭނާ ހުރީ ހަމަހެގައެވެ. އާލިޔާ ގެ އިސްތަށިގަނޑުގައި ހިފައިފާ އެނދާއި ދިމާލަށް ގެންދިޔައީ ނިމާލްއެވެ. އާލިޔާއަށް ރޮއެގަނެވުނެވެ. ނިމާލް ރަހުމް ކުޑަގޮތަކަށް އެ ފަކީރު އެނދަށް ކޮށްޕާލިއެވެ. އެއަށްފަހު ދޮރުކައިރި ހުރި މީހަ ގެ ކޮނޑުގައި ޖަހާލުމަށްފަހު ނިކުންނަމުން “އެއް ގަޑިއިރު” އޭ ބުނެލިއެވެ. އާލިޔާގެ ފުން ނޭވާތަކެއް ލަމުން އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް އެމީހާ އައިސް އާލިޔާގެ ގައިމައްޗަށް ފުއްމާލިއެވެ. އާލިޔާ ރޮއެ ހޭރެމުން އާދޭސްކުރަންފެށިއެވެ. މިކަހަލަ ކަމެއް މި ގޮތަށް ތަހައްމަލު ކުރާމީ ފުރަތަމަފަހަރެވެ.

އާލިޔާ އެމީހާ ކޮށްޕާލަން އުޅުނަސް ނުކޮށްޕާލެވުނެވެ. އެމީހާ އާލިޔާގެ ހެދުމަށް ދަމައިގަތެވެ. އެއަށްފަހު އާލިޔާގެ ހަށިގަނޑަށް ދަހިވެތި ނަޒަރަކުން ބަލަން ހުރެފައި ގުދުވެގަތެވެ. އާލިޔާގެ ގައިން އެއްޗެހި ވަކިކޮށް އޭނާގެ ގައިންވެސް އެއްޗެހި ދަމައިގަނެފައި ތަޅުންގަނޑުމައްޗަށް އުކާލިއެވެ. އެއަށްފަހު ރޮއެ ރޮއެ އޮތް އާލިޔާ ގެ އެތަން މިތަނުގައި އަތްހާކަމުން އޭނާގެ އެދުން ފުއްދަމުން ދިޔައެވެ.

އެމީހަކު އާލިޔާ އެނދުން ބިއްދޮށަށް ކޮށްޕާލީ މީހަކު ޓަކިޖެހުމުންނެވެ. އޭނާގެ ވަގުތު ހަމަވީއެވެ. އޭނާ ރޯން އޮތް އާލިޔާއަށް ބަލައިލުމަށްފަހު ތަޅުންގަނޑުން އޭނާގެ އެއްޗެހި ނަގައި އެ ލިއެވެ. އެއަށްފަހު ބޭރަށްދާން ހިނގައިގަތެވެ. އާލިޔާ ރޮއެ ރޮއެ ފައި އޭނާގެ ގައި ނިވާކުރެވޭތޯއުޅުނެވެ. ގައިގާ ވަނީ ރިހުމެކެވެ. އުނަގަނޑުން ތިރި ވަނީ އައްސިވެފައެވެ. ނުވެސް ނެތޭ ހިތަށްއެރިއެވެ. އެފަކީރަށް މިދައްކަނީ ކޮން ފަދަ ދުވަސްތަކެއްހެއްޔެވެ. އާލިޔާ އެހެން އޮއްވާ ދެން ދޮރުހުޅުވީ ނިމާލްއެވެ. އޭނާ ހުރީ ހަމަޔަކު ނޫނެވެ. އައިގޮތަށް އައިސް އާލިޔާގެ ގައި މައްޗަށް ފުއްމައިގަނެފައި އެނާގެ އެދުން ފުއްދައިގަތެވެ. އާލިޔާ ރޮއެ އާދޭސްކުރަމުން ދިޔައެވެ. އެންމެ ފަހަރަކުވެސް އެ ހަރުހިލަ ހިތަށް އަސަރެއްކުރޭތޯއެވެ.

……..

އާލިޔާ އެނދުމަތީ ކުރުގެޅިގެން އޮތްގޮތަށް އޮތީ އެއްވެސް ނިވަލެއްނެތިއެވެ. ނިމާލް ވެސް އޭނާއަށް ހަދާނެގޮތެއް ހަދާފައި އެދިޔައީ އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާފައެވެ. އާލިޔާ ހިތްވަރުކޮށްލާފައި ތެދުވެލިއެވެ. ހަށިގަނޑުގެ އެތަން މިތަން ވަނީ ނޫފައިގަނެފައެވެ. ގައިގާ ރިއްސާ ވަރުން ގުޑިލާ ކޮންމެ ފަހަރަކު ވޭނެއް އަޅައެވެ. ނަމަވެސް ހިތްވަރުކުރުން ނޫންކަމެއް ނެތެވެ. އެ ދެލޮލުން ރޮއެ ރޮއެ ދިލަވެސް ނަގަން ފެށިއެވެ. ދެލޯ އިނީ ރަތްވެ ބަޑިއަރާފައެވެ. އާލިޔާ ގޮސް އޭނާގެ ދޮރު ތަޅުލިއެވެ. ތަޅުންގަނޑުމައްޗަށް އުކާލާފައި އޮތް އޭނާގެ ހެނދުންތަކާއި ދިމާލަށް ގޮސް ތަޅުންގަނޑުމަތީ އިށީނދެލިއެވެ. އެއަށްފަހު ހެދުންތަށް މެއާލާއި ބޮނޑިކޮށްލުމާއި އެކު އެ ފަކީރު ފަޅައިގެން ދިޔައެވެ. “އަ..އަޔާން…. އަޔާން…” ރުއިމުގެ ތެރެއިން އޭނާއަށް ގޮވުނީ އަޔާންއަށެވެ. ގިނަ މީހުންނަށް އަނިޔާ ލިބޭ ހިނދު ގޮވާލެވެނީ މަންމައަށެވެ. ނަމަވެސް އާލިޔާގެ ހިތުގައި އެ މަންމައަށްޓަކައި އެވަރުގެ ލޯތްބެއް ނެތީ ކަންނޭނގެއެވެ.

“މަންމާ ކީއްވެ؟ ކީއްތަކުރީ މަންމައަށް؟؟؟ ޔާ ﷲ މިއަޅާގެ ކުށަކީ ކޮބައިތަ؟ މި ދުނިޔޭގައި މިގޮތަށް އުޅުން އޮތީ ކަމުގައި ވާނަމަ މިއަޅާގެ ފުރާނަ ގެންދަވާ މިކަމުން މިންޖުކުރަށްވާންދޭވެ..” އާލިޔާއަށް ބުނެލެވުނެވެ. ހަށިގަނޑުގައި އަޅައި ވޭނާ ހަނގުރާމަކުރާކާހަލި އާލިޔާ ފާހަނައަށް ވަދެ ފެންވަރާލިއެވެ. އެ ހަށިގަނޑުގެ ވޭނަކަށް ބަދަލެއްނައެވެ. އެ ނުބައި ވަކިތަކުގެ ނިޝާންތަށް އެ ހަށިގަނޑަކުން ނުފިލައެވެ. އާލިޔާ ފާހަނައިން ނިކުމެ ނިދާ ހެދުން ލައިގެން އެނދުމަތީ އިށީނދެލިއެވެ. އޭނާގެ މިއަދާއި މާދަންވެސް ހަލާކުކޮށްލީ އޭނާ ބަނޑުއަޅާ ވިހޭ މަންމައެވެ. އޭނާގެ އުފާވެރިކަން ނިގުޅައިގަތީވެސް ހަމަ މަންމައެވެ. ދެން އޭނާ އިތްބާރުކުރާނީ ކާކަށްހެއްޔެވެ؟ ކުރެވޭނީވެސް ކާކަށް ހެއްޔެވެ؟ އަމިއްލަ ލޭ ހިނގާ މަންމަ ވެސް ކިހާ އަނިޔާވެރިހެއްޔެވެ؟ އާލިޔާ ދެފައި ކުރުކޮށްލާ މޭގައި ޖައްސާލިއެވެ. އަދި ކަކުލުގައި ބޯ އަޅާލައިގެން ރޯންފެށިއެވެ.

“އަޔާން.. މިހިތުގެ ހަމަޖެހުމަކަށް ވީ އަޔާން އަކީވެސް އެހެން މީހެއްގެ ހައްޤެއް.. ކީއްވެ އަޔާން.. ކީއްވެތަ މިހެން މިވީ؟؟” އާލިޔާ ކިޔަންފެށިއެވެ. އޭނާ އަށް ނިދުނީވެސް އެ އިންގޮތަށް އިންދައެވެ.

……

އެލާރމްވަމުން ދިޔަ ފޯނު އޮފްކޮށްލި އާލިޔާ ބޮލުގައި ހިފަހައްޓާލަމުން އެނދުން ފައިބަން މަސައްކަތްކުރިއެވެ. މަންމަ އެ ބޯންދޭ އެއްޗެއް ބޯންދޭއިރު އޭނާއަށް އެލާރމްއަށްވެސް ނުތެދުވެވެއެވެ. މިއަދު އަޅާގޮތަކަށް ވޭނެއްވެސް ކުރިން ނާޅައެވެ. ނަމަވެސް މިއަދު އެލާރމްއަށް ތެދުވެވުނު އިރު އެފަކީރުގެ ގައިގާ އެ އަޅަނީ ކޮންކަހަލަ ވޭނެއްހެއްޔެވެ؟. އާލިޔާ އޭނާގެ ޓީސާޓައި ލައިގެން ހުރި ކުރު ސޯޓުގެ ބޭރުން ފެންނަމުން ދިޔަ ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. އަދިވެސް ހުރީ ރޭގައި އޭނާ ދޫކޮށްލިގޮތަށެވެ. އާލިޔާ ފުން ނޭވައެއްދޫކޮށްލާ ތެދުވެލިއެވެ. އޭނާ ނުވެއްޓުނީވެސް ކިރިޔާއެވެ. މުޅިގައިގާ ވަނީ ނުފިލާނޭ ތަދެކެވެ. ރޮމުން ރޮމުން އާލިޔާ ފާހަނައަށް ވަދެ ފެންވަރާ ތާޒާ ވެލީވެސް ހިތްވަރާއި އެކު މާތް ﷲ އަށް ދުޢާ ދަންނަވާ ހާލުގައެވެ. އެކަލާނގެ ފިޔަވާ އޭނާގެ އިހްސާސްތަށް ދެނެގަންނާނެ އެހެން ފަރާތެއް ނެތެވެ. އެކަލާނގެ ހުރިހާ ކަމެއްވެސް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ. އާލިޔާ އޭނާއާއި އެއް އިސްކޮޅަކަށް ހުރި ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ރަތްވެފައި ހުރި އެމޫނު މައްޗަށް ބަލައިލެވުނެވެ. “އެލީ…. މި ދުނިޔޭގައި އޯގާތެރި އެކަކުވެސް ނެތް.. މި މީހުން އުޅޭހެން ހިތްހަރު ނޫން ބައެއްނެތް…. މާތް ﷲ އަށް އިތުބާރުކޮށް ދިރިއުޅުން މިގޮތަށް ކުރިއަށް ގެންދިޔުން ނޫންގޮތެއް ނެތް…” އާލިޔާ އަމިއްލަ ސޫރައާއި މުހާތަބުކޮށް އެހެން ބުނެފައި ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަތަށް ފޮހެލިއެވެ.

އޭނާ ހިތްވަރުކުރާނެއެވެ. ފަހުކަމަކަށްވެސް ވާނީ މަރެވެ. އޭރުން މި އަނިޔާވެރި ޖަލުން އަބަދަށް މިނިވަންވިއެވެ. އާލިޔާ ޔުނީފޯރމްލައިގެން ތައްޔާރު ވެލިއެވެ. އަދި ގަޑިއަށް ބަލަ ބަލަ އިނދެ ދަބަސް ހިފައިގެން ނިކުމެލިއެވެ. މައިލޯ ޕެކެޓެއް އަލަމާރީގައި ނެތުމުން މައިލޯތައްޓެއް ގިރައިގެން އޭނާ ސުކޫލަށް ދިޔައެވެ. ނަމަވެސް އެ މޫނުމަތީގައި ވަނީ ނުފިލާ ރިހުމާއި ހަނގުރާމަ ކުރަމުންދާ ހިތާމައިގެ ސާލެވެ. ފޮރުވަން އުޅުނަސް އޭނާއަކަށް ނުވާނެއެވެ. ހިތްވަރުކޮށްގެން ކުރިއަށް ފިޔަވަޅެއް އެޅިއެއްކަމަކު އޭނާގެ އެތެރެހަށީގައި ވާހާ ކަށްޓަކާއި މަހެއް ހީވަނީ އިރަ އިރައިގެން ދާހެންނެވެ. ދެލޯ ވަނީ ދުޅަވެފައެވެ. ކުޑަ ކުޑަ ނޭފަތާއި ނޭފަތް ކައިރި ރަތްވެފައެވެ. އާލިޔާ އަށް ދެވުނު ގަޑިވީ ބެލްޖަހާލި ގަޑިކަމުން އެހެން ކުދިންނެކޭ އެއްފަދައިން އެތެރެއަށް ދިޔައެވެ. އެހެންޏާ ފެންނަ ހިނިތުންވުމެއް އެ ތުންފަތަކު ނެތެވެ. މިއަދު އޮތް އެސެމްބްލީއަށް ތައްޔާރުވުމުގައި އުޅުމަށްފަހު އެކަން ވެސް ފެށިގެން ނިމިއްޖެއެވެ. ކުދިންތަށް ކުލާހަށް ދާންފެށިއެވެ.

މައިޝާއާއި އާލިޔާ ވާހަކަދެއްކޭ ގޮތް ވީ ކުލާހަށް އައިފަހުންނެވެ. އާލިޔާ ހުރިގޮތުން މައިޝާ އަށް ކަމެއް ވެއްޖެކަން ޔަޤީންވިއެވެ. އާލިޔާ ވީ ގޮތް ކިޔައިދިނެވެ. އެދެލޮލުން ކަރުނަ އައިސް ހުއްޓެއްކަމަކު ހިފަހައްޓާލައިގެން އޭނާ އިނީ ހިތްވަރުއެލުވާލަން ބޭނުންނުވާތިއެވެ. “ވަޓް ދަ ހެލް…. އެލީ….. އައި ވަނަ ކިލް ދެމް… އެލީ ޕްލީސް ކޮންމެސް އެއްކޮޅެއްގައި ތިކަން ޖައްސަބަ.. އެހެންނޫނީ އެލީ މަރުވެދާނެ..” އާލިޔާގެ ވާހަކަ އަޑުއެހި މައިޝާވެސް އިނީ ފެންކަޅިވެފައެވެ. “މާއި… މިވެސް އިމްތިހާނެއް… އެކަމް އެންމެ ދެރަވަނީ.. މާއި… އަޔާން…..” އާލިޔާ ވާހަކަ މެދުކަނޑާލާ ނޭފަތް ދަމާލިއެވެ. “އެލީ… ސީ….” މައިޝާ މެދުކަނޑާލާފައި ފުން ނޭވައެއްދޫކޮށްލިއެވެ. އަދި އާލިޔާގެ އަތުގައި ހިފަހައްޓާލިއެވެ. އާލިޔާ މައިޝާއަށް ބަލައިލިއެވެ. “އަޔާން މަތިން އެލީ ހަނދާންނެތޭނެ… ނޫނިއްޔާ ކޮންމެވެސް އެއް ދުވަހަކުން ތިދެމީހުން ގުޅޭނެ…. ޓްރޫ ލަވް ނެވަރ އެންޑްސް އެލީ…” މައިޝާ ބުނެލިއެވެ. އެނާ ބުނަން ބޭނުންވާ އެތި ނުބުނީ އާލިޔާ ހިތްހަމަނުޖެހޭނެކަން އިނގޭތީއެވެ. “މާއި.. އެމީހުން އެކަކު އަނެކަކު ދެކެ ލޯބިވޭ… އެމީހުން ދުރެއްވެސް ނުވާނެ…އަދި މިހިތަކުން އޭނާއެއް ނުވެސް ފިލާނޭ…” އާލިޔާ ބުނެލީ އޭނަގެ ހިތުގައި އަތްއަޅާލަމުންނެވެ.

އިރުކޮޅެއްނުވެ ކިޔެވުން ފެށިގެން ދިޔައެވެ. އާލިޔާ މަސައްކަތްކުރަމުން ދިޔައީ އޭނާގެ ސަމާލުކަން ކިޔެވުމަށް ދޭށެވެ. ނަމަވެސް އިރު އިރުކޮޅާ އޭނާގެ ގަޔަށް ތަދެއް އަރައެވެ. ނުވަތަ އެހެން ކަމެއްވެއެވެ. އޭނާ އެ ހުރިހާ ވަގުތަކު ހިފަހައްޓަލެވެނީ މައިޝާގެ އަތުގައެވެ. އެނޫނީ ހުރީ ދެން ކާކުހެއްޔެވެ؟ ހިތްވަރާއި އެކު ނިމިގެން ދިޔަ ގަޑިތަކަށްފަހު ސުކޫލް ނިމެން އޮތް ދެވަނަ ގަޑިއެވެ. އެ ގަޑިއަށްފަހު އޮތީ އަޔާންގެ ގަޑިއެވެ. އާލިޔާ ބަނޑުގައި އަތް އަޅައިގެން ކުޑަކޮށް ވާންކޮށްލައިގެން އިނީ މިސް ކިޔަވައިދޭ އެއްޗަށް ސަމާލުވެގެންނެވެ. ކުއްލިއަކަށް އާލިޔާއަށް ހަޅޭލަވައިގަނެވުނެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ.

އާލިޔާ ޑެސްކުގައި ބޯ އަޅާލައިގެން ބަނޑަށް ފިއްތަމުންދިޔައެވެ. “އާހް…” އާލިޔާއަށް ރޮވެގަނެވުނެވެ. އެ ވޭން އަޑުއެހިމީހަކަށް އުނދަގޫވާނެކަން ޔަޤީނެވެ. “އެލީ.. އެލީ!!” ހާސްވެފައި މައިޝާ އާލިޔާ އަށް ގޮވަމުން ދިޔައެވެ. ކުދިންތަށްވެސް ތިބީ ކަންބޮޑުވެފައެވެ. “އާލިޔާ ކިހިނެއްވީ؟؟؟” ދިވެހި ކިޔަވައިދެން އައިސް ހުރި މުދައްރިސް އާލިޔާ ކައިރިއަށް އައިސް ހުއްޓެމުން ބުނެލިއެވެ. އާލިޔާ އެއްޗެއް ބުނެވޭނެހެއްޔެވެ؟ އެއަށްވުރެ އޭނާގެ އެތެރެ ހަށީގެ ރިހުން ގަދައެވެ. އާލިޔާ ޑެސްކުން ބޯ ވެސް ހިއްލާނުލައެވެ. “އާލިޔާ!! ރަނގަޅުތަ؟؟ ވޮޝްރޫމްއަށް ދާން ބޭނުންވީތަ؟ އޯރ ހެލްތް ސެންޓަރ؟؟” މުދައްރިސް އާލިޔާގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. އާލިޔާ ދެކޮޅަށް ބޯ ޖަހާލީ އެ އޮތްގޮތަށް އޮވެއެވެ. މައިޝާ އާލިޔާގެ ކޮނޑުގައި އަތް އަޅާލިއިރު އޭނާ ހުރީ ރޮވެންވެފައެވެ. “ދެން؟؟ އާލިޔާ ސަކަރާތްވަންޏާ ދާންވީނު ގެއަށް ނޫނީ ހެލްތް ސެންޓަރ އަށް މައިޝާ ދާންވީނު އޭނާ ގޮވައިގެން..” މުދައްރިސް ކަންބޮޑުވުން ފާޅުކުރިއެވެ.

“ނޯ މިސް.. އަމް ފައިން..” އާލިޔާ އޭނާގެ މޫނުމައްޗަށް ވެރުނު ބައެއް އިސްތަށިކޮޅުތަށް ރަނގަޅުކޮށްލަމުން ބުނެލީ ޑެސްކުން ބޯ ނަގާފައެވެ. “ނޯ.. އެލީ..ޔުއަރ ނޮޓް ފައިން..” މައިޝާ ބުނެލިއެވެ. “ނޯ މޭމް… އެން މާއި އަމް އޯކޭ.. އަމް ސޮރީ..” އާލިޔާ ބުނެލިއެވެ. “ޝުއަރ؟؟” މުދައްރިސް އެއްސެވިއެވެ. އާލިޔާ ބޯޖަހާލިއެވެ. އޭނާ ނުދާން ބޭނުންވީ އެއްވެސް މީހަކަށް އޭނާއަށް ކުރިމަތިލާ ކަންތަށް އަންގަން ބޭނުންނުވާތީއެވެ. ކޮންމެވެސް ގޮތަކުން ހާމަވެދާނެތީއެވެ. “އެލީ.. ދެން…. ހިނގާބަ ޕްލީސް..” މައިޝާ ބުނެލިއެވެ. އެލީ ނޫނެކޭ ބުނެފައި ކިޔެވުމަށް ސަމާލުކަން ދިން އިރު އިރު އިރުކޮޅާ ބަނޑުގައި ތަޅާލައެވެ. އިރު އިރުކޮޅާ ވާންކޮށްލައެވެ. އޭނާ ގެ ބަނޑަށްވަރަށް ތަދުވެއެވެ. ނަމަވެސް ކެތްކޮށްލީއެވެ

އެ މުދައްރިސްގެ ގަޑި ނިމުމާއި އެކު އާލިޔާ ޑެސްކުގައި ބޯ ޖަހާލިއެވެ. “އެލީ ޗުއްޓީ އައީތަ؟؟؟” ކުއްޖަކު އަހާލީ އާލިޔާއާއި މެދު ފިކުރުބޮޑުވީމައެވެ. އާލިޔާ ނޫނެކޭ ބުނެލިއެވެ. “ދެން؟” އަނެއްކާވެސް އަހާލިއެވެ. “ނޭނގެ ބަނޑުގަ ރިއްސަނީ… އައި ތިންކް ތިވާ ކަމެއް ވާން އުޅެނީހެން..” އާލިޔާ ދޮގެއް ހަދާލިއެވެ. އެއަށްފަހު އަޔާން ކުލާސްރޫމްތެރެއަށް ވަދެގެން އައުމުން ހުރިހާ ކުދިން ކޮޅަށް ތެދުވެލިއެވެ. އާލިޔާވެސް ބަނޑުގައި ހިފަހައްޓާލައިގެން ތެދުވެ ސަލާމް ގޮވާލިއެވެ. އެއާއި އެކު އެންމެ އަވަހަށް އިށީނީ އާލިޔާއެވެ. އޭނަގެ މޫނުމަތީ ވަނީ ދާތިކިތަކެވެ. ތަހައްމަލުކުރާ ވޭން އެ ތިކި ތަކުންވެސް ހާމަވެއެވެ. ނަމަވެސް އާލިޔާއަކީ ކެތްގަދަ މިސާލެކެވެ. އާލިޔާ ފޮތް ހުޅުވާލައިގެން ޑެސްކުގެ އެއްފަޅީ ބޯއަޅާލައިގެން އޮތީ ފޮތަށް ނަޒަރު ހިންގާލައިގެންނެވެ. އޭރުވެސް ބަނޑަށް ފިތާލަ ފިތާލަ އޭނާ އޮތެވެ. އަޔާން އާލިޔާއަށް ބަލައިލިއެވެ.

އާލިޔާ އެހެން އޮއްވާ ފުން ވިސްނުމަކަށް ގެއްލުނެވެ. އަޔާން ކިޔަވައިދޭ އަޑުއިވުމާއި އެކު އޭނާއަށް ދެލޯ މަރާލެވުނެވެ. އަޔާންއަކީ އެހެން މީހެއްގެ ހައްޤެއްކަމަކު އާލިޔާގެވެސް ހިތުގެ ހަމަޖެހުމަކީ ހަމަ އެ އަޔާންއެވެ. އާލިޔާ ގެ މަރާލެވިފައިވާ ދެލޮލުން ފެންނަމުން ދިޔައީ އަޔާންއެވެ.އަޔާން ގެ އަތުގައި އޮޅުލައިގަނެގެން އޮތް ޝާހީނައެވެ. އެއަށްފަހު ސިފަވީ ރޭގެކަންތަކެވެ. އެމީހުން އުޅުނުގޮތެވެ. އޭނައަށް ދިން އަނިޔާއެވެ. މެރިފައިވާ ދެލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެއްކަމަކު އާލިޔާ އޮތީ އަޑެއްވެސް ލައްވާނުލައެވެ. މައިޝާ އޭނާއަށް ދިމާއަށް އޮތް އާލިޔާގެ މޫނުން ކަރުނަތަށް ފޮހެދިނީ އޯގާތެރިކަމާއި އެކުގައެވެ. އެއަށްފަހު އަޔާންއަށް ސަމާލުކަންދިނެވެ. އާލިޔާ ފުން ނޭވައެއްދޫކޮށްލިއެވެ. ނިދީގެ ދާނަކަށް އޭނާއަށް ފުންމާލެވުނީ ރޭގައި ހަމަނިދި ނުލިބުމުންނާއި ރޭ ހަތަރުދަމު ވީ ކަންތަކުގެ ސަބަބުން އެ ހަށިގަނޑަށް އަރާމް ބޭނުންވާލެއް ބޮޑުކަމުންނެވެ. އަޔާން ބޯ ޖަހައިގެން އޮތް އާލިޔައަށް ބަލައިލިއެވެ. އޭނާ އޮތީ ނިދާފައިކަން ހީވިއެއްކަމަކު އަޅައިނުލިއެވެ. ކޮންމެގޮތެއް ހަދާފައިވެސް އާލިޔާގެ ދިރިއުޅުމުގައި ހިނގާ ކަންތަށް އޭނާ ހޯދަން ބޭނުންވިއެވެ. އިއްޔެ އާލިޔާ ބުނިގޮތުން އޭނާއަށް ދިމާވަނީ އާދައިގެ ކަމެއް ނޫންކަން އަޔާންއަށް ހީވިއެވެ. ބަލަން ބޭނުންވީ އެހެންވެއެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހަނދުމަވަނީ..

Next

އުމުރަށް ކަލާ – 1

Next
December 12, 2016

އުމުރަށް ކަލާ – 1

Previews
December 12, 2016

ހަނދުމަވަނީ..

31 Comments!

  1. Ryn says:
    December 12, 2016 at 8:22 pm

    Enjoy.. Good night 🙂 and dhn huri part in fashaign maishage nickname maii ah change kuraanan ingey.. i dont have time to edit this part.. tc

    1. Mi says:
      December 12, 2016 at 8:41 pm

      Thank u ryn….luv u….readers ge comments kiyaafa …rangalhu badhalu gennaathiii….
      Ithurah mi vaahaka kiyaa hiyy vejje…

  2. mary says:
    December 12, 2016 at 8:35 pm

    okey. varah varah reethi mi part vess. kiyaa nimey ireh neyge. fashaa iru on nany nimifa. masha allah vvv molhu

  3. Rizoo says:
    December 12, 2016 at 8:37 pm

    Oh my god. Rovvaifi. I love it.

  4. Addu manje says:
    December 12, 2016 at 8:39 pm

    Love this part aswell.. You are indeed really awesome!!
    ?

  5. yalaain says:
    December 12, 2016 at 8:40 pm

    V v reethi❤❤❤

  6. Rish says:
    December 12, 2016 at 8:47 pm

    Dhn alhe enme beynunvi hisaabun thi nihmaali can’t wait for next part

  7. shahu says:
    December 12, 2016 at 8:48 pm

    Nice.

  8. Xakko says:
    December 12, 2016 at 8:54 pm

    Ryn vrh rythii mi story vx. Comment eh ehn r nukuran. Bt ryn ge hurihaaa story eh vx kiyan. Vrh rythii. Comment mi kohly kn me dhuvahaku 2 faharah story up kohdheythyve. Thanks bunelan. Thank you ryn.

  9. Aish says:
    December 12, 2016 at 8:55 pm

    Alhey… Aaliyaa is a very brave girl… But hageegaiy angabala enmennah. Plx ryn. Atleast ayaan ah

  10. Rehendhi says:
    December 12, 2016 at 8:58 pm

    Run haadha rangalhey. Avahah up kohdheytheee. And v nice mi part ves

  11. haz says:
    December 12, 2016 at 9:04 pm

    Nice story Ryn.next part ves avahah up kohlaba

  12. thoo says:
    December 12, 2016 at 9:07 pm

    Awesome…next party vx avahha up kohdhehchey ryn… ??

  13. Dhondhooni says:
    December 12, 2016 at 9:32 pm

    Mi konkahala vaahakaeh….pis pis pis.. adhikiriyaa mi kiyaaleeves…

  14. Mona says:
    December 12, 2016 at 9:37 pm

    Good night ryn…
    Waiting for tomorrow morning…

  15. yax says:
    December 12, 2016 at 9:40 pm

    ryn I love u & your storys????
    you’ve improved alot!!!
    keep up the good works????

  16. Chapo says:
    December 12, 2016 at 9:46 pm

    Rynnnnnnnnnnnnnn………….. I’m speachlesss. Haadha reachey mi part vex……….

  17. Ram says:
    December 12, 2016 at 9:49 pm

    Mi storyga bodah innani hithaama dhw. Bt story ga innani loabi ekanii. Liyefa. Anaayah msg kuran vx Ingeytha? Bt eiy v kuda kujjeh dhw

    1. Aish says:
      December 12, 2016 at 10:06 pm

      Nowadays kids start texting in very young age. My younger sister started to text me when she was 4 years old

  18. Ba says:
    December 12, 2016 at 10:04 pm

    Ryn sweety thanks for uploading avahah. Story vrrrhh reethi

  19. Khajja says:
    December 12, 2016 at 10:38 pm

    Wow v rythi masha allah elyge hagygaiy kommes varakah ayaan ah angabala n ayaanves ely ah ehytherivedhybala mai konmes varakah myhakaa share kollabala elyge kan thah plz abadhu ely kihineiy ehen ulheyny dhw

  20. Faathee says:
    December 12, 2016 at 10:44 pm

    Aaww e vaa gothe ayaan ah ingeyne gothe avaha hadhaabaa.. mi site ga in enme reethi vaahaka mi mihaaru. Ryn thee one of my favorite author.. Luv u ryn. Keep going. In sha Allah future ga vara molhu liyun theriyakah vaane.. gudnite

  21. Hooooo says:
    December 12, 2016 at 11:10 pm

    Haadha sad ey. Pls avatar Aliya save kohdee. ?

  22. Siyaa says:
    December 12, 2016 at 11:14 pm

    Hama rovvaifi…v reethi mi part vs..vaahaka avahah up kohdhehche??

  23. pinker says:
    December 12, 2016 at 11:29 pm

    Varah varah reethi mi story…
    Mi site gaves hiyeh nuvey mihaar mi ah vuren reethi story eh inheneh….
    varah kiyaa hithun hutta mi nimuny…

  24. maryy says:
    December 13, 2016 at 12:33 am

    story reethi..dhen aaliya namdh kon quran kiyava hadhaafa eyna ge manma eyna lahvaaa efadha faafa thah kuruvaaa iru ehvess action eh netheema reehcheh noon…ehaaa rangalhu dheen veri kuhjjeh vihyya balaane dw faafa thakun salaamaii vaaan meehehge help eh libeyyy irah….

  25. Saandy says:
    December 13, 2016 at 12:45 am

    ވަރަށް ރީތި… އާލިޔާއަށް ހާދަ ދެރަ ގޮތެކޭ ތިހަދަނީ… އަވަހަށް އާލިޔާ އެކަމުން ސަލާމަތްކޮށްދީ… ވަރަށް ފޫހިވޭ އެ ޝާހީނާއާ ހެދި… ލާރިޔާހެދި ބޫތުކައިފަ… އަދި އާލިޔާގެ މަންމައާ ދޮންބައްޕަދެކެ އެންމެ ފޫހިވަނީ

  26. S♓♈♈♓♑♏ says:
    December 13, 2016 at 1:34 am

    v v v v reethi mi story…❤❤?

  27. admin says:
    December 13, 2016 at 8:39 am

    dhivehi bahuge hamathakah balailun muhinmmu

  28. Faxoo says:
    December 14, 2016 at 1:47 pm

    Gud afternoon Ryyn 😀 mi part ves vrh reethi 😀 thanks fr bringing such a loooovly storyy

  29. Kalhu handi says:
    December 15, 2016 at 2:37 am

    Mikahala myhun ves dhuniyematheega ulheyne dho.. Hama ehn hithah arany mi vaahaka kiyaairu… Nubaa nulafaa amaeh thihiri libifa.. Ma mee aliya nama mihaaru thikan konmess ehkolhehga jehsymus.. Kobaatha aliya fe bappa side myhun..

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ..9←


All Right Reserved!