= ދެމަސް ފަހުން = އެ ރެއަށްފަހު އަޔާޒު ޔުސްރާއަށް ރަނގަޅަށް ވާހަކައެއްނުދައްކައެވެ. ހާލުއަހުވާލު ބަލާލިނަމަވެސް، ކުރިން ދެއްކި ގޮތަކަށް ވާހަކަނުދައްކައެވެ. ނިދާއިރު ޔުސްރާގެ ގައިގައި ޖެހިލިޔަސް ދުރަށްދެއެވެ. ޔުސްރާގެ އަތުން ކާއެއްޗެއް ނުކައެވެ. ދެމީހުންގެ ގުޅުން މުޅިން ނިމިގެން ދިޔަހެން ހީވިއެވެ. އަޔާޒު ދިރިހުރިނަމަވެސް، ފުރާނަ ނެތްފަދައެވެ. ޔުސްރާވެސް ހަމަ އެހާލުގައެވެ. އެއްޗެއް ރަނގަޅަށް ނުކެވޭތާ ދެމަސް ދުވަސް ފާއިތުވެގެން ދިޔައިރު، ޔުސްރާ ހުރީ ކަށިކޮޅަކަށް ވެފައެވެ. ރޮއެ ރޮއެ ދެލޯ ހުންނަނީ އަބަދު ރަތްވެފައެވެ. […]
ދުވަސްތައް ވޭތުވަމުން ގޮސް ކައިވެންޏަށް ހަތަރު މަސްވީއިރުވެސް، ޔުސްރާއާއި އަޔާޒްގެ ލޯތްބަށް ބަދަލެއް ނާދެއެވެ. ދެހިތުގެ ގުޅުން އިތުރަށް ވަރުގަދަވަމުންދިޔައިރު، އެއްބަޔަކު ތިބީ އެކަމާ ނުހަނު އުފަލުންނެވެ. ނަމަވެސް، ޔުސްރާއަށްޓަކައި އަޔާޒުކޮށްދޭ ކަންކަން ފެނިފައި ޒުހުދާ ހުރީ ހަސަދައިން ފޯވެފައެވެ. ވާނީވެސް އެހެންތާއެވެ. ޒުހުދާގެ ފިރިމީހާ، ފަޒީލު ދުވާލާއި ރޭގަނޑު ހޭދަކުރަނީ އޮފީހުގައެވެ. ޒުހުދާއާއިއެކު ކޮފީއަކަށް ދިޔަޔަސް، ފަޒީލު ހުންނަނީ ފޫހިވެފައެވެ. ވަރުބަލިވެފައެވެ. ޒުހުދާގެ ހިތް ހަސަދައިން އަނދަމުންދިޔައިރު، ޔުސްރާގެ ހަޔާތް ބަރުބާދުކޮށްލާނެ ގޮތަކާ މެދު ވިސްނަމުން ދިޔައެވެ. […]
މާލެއަށް ފުރަތަމަ ފިޔަވަޅު އެޅީ ނުހަނު އުންމީދާއެކުއެވެ. ކައީރީގައި އަޔާޒު ހުރިއިރު އޭނާގެ ދެލޮލުން ޔުސްރާ ދުވަހަކުވެސް އެކަނިނުވާނެކަމުގެ ޔަޤީންކަންދެމުންދިޔައެވެ. “އަޔާޒްގެ މަންމައާއި ބައްޕައަށް އަހަރެން ކަމުދާނެތަ؟ އަހަރެންނަށް އަހަރެންގެ ވާޖިބުތައް އަދާކުރެވޭނެތަ؟ އަޔާޒް އުފަލުގައި ބެހެއްޓޭނެތަ؟” ޓެކްސީއެއްގައި އަޔާޒްމެންގެއަށް ދިޔައިރު، ޔުސްރާގެ ބޮލުގައި އެތައް ސުވާލުތަކެއް އެނބުރެމުންދިޔައެވެ. ކުޑަކޮށް ހާސްވާގޮތްވުމުން ޔުސްރާ އަޔާޒްގެ ކޮނޑުމަތީ ބޯއަޅާލުމަށްފަހު ފުން ނޭވާއެއްލިއެވެ. “ދަތުރު ވަރުބަލީތަ؟ ގެޔަށްގޮސް ނިދާލާނީ ދޯ؟” އަޔާޒު އޯގާތެރިކަމާއެކު ބުންޏެވެ. “ނޫން..ޖަސްޓް އަ ބިޓް ވޮރީޑް.. މަންމަމެން […]
ޔުސްރާ އޭނާގެ ޝިފްޓު ނިމުމުން ދަބަސް ހިފައިގެން ގެޔަށްދާން ހޮސްޕިޓަލުން ނިކުތްއިރު އުދަރެސްމަތިން ރަތްވިލާތައް ދަޅަޖަހަމުންދެޔެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތަރުޖަމާނެއްގެ ވަޒީފާ އަދާކުރަމުންދާއިރު ޔުސްރާ އުޅެނީ އޭނާގެ ބޮޑުބޭބެ، ޝަފީގުގެ ގޭގައެވެ. ޔުސްރާ ތުއްތުއިރު އޭނާގެ މައިންބަފައިން ނިޔާވުމުން، ޔުސްރާ ބެލުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވީ ޝަފީގުއެވެ. އެއްވެސް ޝަކުވާއެއް ނެތި، ޔުސްރާ ބަލާ ބޮޑުކުރީ ވަރަށް ލޯބިންނެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ. ގެޔަށް ވަދެގެން ދިޔައިރު، ހިންދީ ލަވައެއްގެ އަޑުއިވެއެވެ. ޗަންދާ އޮތީ ރޭޑިޔޯއިން […]