Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ…31 ފަހުބައި

Ushaali
December 13, 2016
18 Mins Read
215 Views
48 Comments

ލޫކަށް އޭނާގެ ކަރުނަތައް ހިފަހައްޓާލެވުނަސް އަލްޔާ އަށް ނުހިފެހެއްޓުނެވެ. މިޔާނާގެ ގައިގާ ބައްދައިގަނެގެން ހުރެ އަލްޔާ އަށް ރޮވެނީއެވެ. އަލްޔާ އަށް ބަލަހައްޓައިގެން ހުރި ލޫކް ވެސް އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ބޮޑުވާ އިނގިލި ފޮހެލު މަންޒަރު ވެސް ކޮންމެސް އެކެއްގެ ކެމެރާގައި ރައްކާކުރެވިފައި ވާނެކަން ކަށަވަރެވެ.

“ދަރިފުޅާ! ކީއްވެ ރޮވެނީ. މިއަދު މީ ދަރިފުޅު އުފާ ކުރަންވީ ދުވަހެއްނު… ދަރިފުޅު ހަޔާތުގައި އެންމެ ފުރަތަމަ ފަހަރަށް ލޯބިވި އިންސާނާ ދުނިޔަ އުމުރު ދެން ހުންނާނީ ދަރިފުޅު ކައިރީގަ… މަންމަގެ ދަރިފުޅު ތިހާ ހިތްދެރަވީ ކޮންއިރަކު… ހުއްޓާލާ…. އެހެންނޫނީ މޭކަޕް ހަޑިވާނީ…” މިޔާނާ ލޯތްބާއެކު އަލްޔާ އަށް ވިސްނާދެމުން ދިޔައެވެ. އަލްޔާ މިޔާނާ ކައިރިން ދުރަށް ޖެހިލިއެވެ. ކަރުނައިގެ ތެރެން ވެސް އޭނާ އަށް ފެނުނީ އޭނާ އާއި ދާދި ގާތުގައި ހިނިތުންވެފައި ހުރި ލޫކެވެ. އަލްޔާ އާއި ދިމާލަށް ލޫކް އަތް ދިއްކޮށްލިއެވެ. އަލްޔާ އެއަތުގައި ހިފާލީ ދުވަހަކު ވެސް ދޫކޮށްނުލުމަށް އަމިއްލަ ނަފްސަށް ވައުދު ވަމުންނެވެ.

ޓީޝޫ ކޮޅަކުން ސަޖޫލް އަލްޔާގެ ކަރުނަތައް ފޮހެދިނެވެ. އިރުކޮޅެއްގެ ތެރޭގައި ޕާރޓީ އަށް މެހެމާނުން އަންނަން ފަށައިފިއެވެ. އަލްޔާ އާއި ލޫކް އެމީހުންނަށް ހާއްސަކުރެވިފައިވާ މަގާމުގައި ހުއްޓެވެ. މިހާރު އަލްޔާގެ ހިނިތުންވުން އެންމެ ހިނދުކޮޅަކަށް ވެސް ފަނޑެއް ނުވޭއެވެ. ލޫކްގެ އެއް އަތް ވަނީ އަލްޔާގެ އުނަގަނޑުގައި އަޅުވާލެވިފައިވެއެވެ. އަންނަ ކޮންމެ މެހެމާނަކާއެކު ދެމަފިރިން ފޮޓޯ ނަގަމުން ދިޔައެވެ. އަލްޔާ އަރައިގެން ހުރި ހީލް ގެ ސަބަބުން ބިމުގެ ފަސްގަނޑުގައި ހިނގުމަށް ދަތި ތަކެއް ކުރިމަތިވުމުން ރަފީފާ އޭނާގެ ދަބަހުން ނެގި ބޫޓް އަލްޔާގެ ފައި ދަށަށް ލައްވާލިއެވެ.

ގަޑިއަކަށް ފަހު ގަޑިއެއް ފާއިތުވަމުން ދާ ވަރަކަށް ޕާރޓީގެ ފޯރި ގަދަވަމުން ދިޔައެވެ. ދެފަރާތުގެ އާއިލާ ވެސް އެއްބަޔަކު އަނެއް ބަޔަކާއި ސަމާސާ ކުރަމުން ދޭއެވެ. ރޭގަނޑު ދިހަގަޑި ބައިވުމާ ދާދި ގާތްވެފައި ވަނިކޮށް މީހުން މަދުވާން ފެށިއެވެ. އެގާރަ ޖަހަންވީ އިރަށް އެތަނުގައި ތިބީ ހަމައެކަނި ދެފަރާތުގެ އާއިލާ އެކަންޏެވެ. އެއްފަރާތުގައި ބަހައްޓާފައި ހުރި ކުޑަ މޭޒަށް ކާން ހަދާފައި ހުއްޓެވެ. މޭޒުގެ ދެފަރާތުގައި އުއްބައްތި ޖަހާފައި ހުރިއރު މޭޒުގެ ދެފަރާތުގައި ދެގޮނޑި ހުއްޓެވެ. ރަފީފާ އަލްޔާގެ އަތުގައި ހިފާލައިގެން ގޮސް އެތަނުން އެއް ގޮނޑީގައި ބޭންދިއެވެ. އަފްހަމް އާއި ސަމާސާ ކުރަމުން އައި ލޫކް އަނެއް ގޮނޑީގައި އިށީންނަމުން އަލްޔާ އަށް ބަލާލިއެވެ.

އަލްޔާ ލޫކަށް ހިނިތުންވުމެއް ދިނެވެ. ތަށިތެރޭގައި އޮތް ސަމުސާ ނަގާ ބަތް ސަމްސަލެއް އަލްޔާ އޭނާގެ އަނގަ އަށް ލިއެވެ. ލޫކް ގެ ނަޒަރުން ދެން ސަލާމަތް ނުވާނޭކަން އަލްޔާ އަށް އެނގުނު ހިނދު އަލްޔާ ގެ ތުންފަތްމައްޗަށް ވެރިވީ ރަކި ހިނިތުންވުމެކެވެ.

“ޕޮލިސް ސަރޖަންޓް އަހްމަދު ލޫކް ހަސަން ގެ އަނބިކަބަލުން ހާދަ ރީއްޗޭ…” ލޫކް ގެ އަޑު އަލްޔާގެ ކަންފަތުގައި ޖެހުނެވެ. އަލްޔާ ކައިރިއަށް ހިނއައެވެ.

“ކީއްތަވީ… ލޫކް ގެ އަންހެނުން މިރޭ ހާދަ ރީއްޗޭ… ލޫކް ގެ އަންބަކަށްވި ހިސާބުން ފެށިގެން އެ ރީތިކަން ދެގުނަ އިތުރުވެއްޖެ” ލޫކް ކަމުން އިނދެ ވާހަކަދެއްކިއެވެ.

“ޕްލީޒް ލޫކް… ސަޖޫމެންގެ މީހަކަށް އަޑު އިވިިދާނެ… އެމީހުން ދިމާކުރަން ފަށައިފިއްޔާ ހުއްޓާވެސް ނުލާނެ..” އަލްޔާ ދެފަރާތް ބަލާލަމުން ބުންޏެވެ. އޭރުވެސް ސަޖޫލް ބައިގަނޑެއް ހަދައިގެން އިނދެ އަލްޔާ އަށް ލޫކަށް ބަލާފައި ކޮންމެސް އެއްޗެއް ކިޔަނީއެވެ.

ދެމީހުން ކައި ނިމުމުން އަފްހަމް ބޭނުންވީ އާއިލާ ވަކިން ފޮޓޯ ނަގާށެވެ. ނަމަވެސް ނައުފާން ފެންނަން ނެތުމުން އަފްހަމް ދެފަރާތް ބަލާލިއެވެ. ތަންކޮޅެއް ބާރަށް ނައުފާނަށް ގޮވާ ވެސް ލިއެވެ. ތަންކޮޅެއް ދުރުން ފެންނަ ގެގަނޑު ކައިރީގައި ދެ ހިޔަނި ހުރި ތަން އަފްހަމަށް ފެނުމުން އެދިމާލަށް ދިޔައީ އެތަނުގައި ނައުފާން ހުރެދާނޭ ހީވުމުންނެވެ.

ނަމަވެސް އެހިސާބަށް ނުދެވެނީސް އެތަނުން ދުވެފައި ނިކުމެގެން އައި ބަތޫލް ޖެހުނީ އަފްހަމް ގައިގައެވެ. ބަތޫލަށް އަފްހަމް ފެނުމާއެކު އިސްޖަހާލިއެވެ. ބަތޫލް ފަހަތުން ދުވަމުން ނިކުތް ނައުފާން ވެސް އަފްހަމް ފެނުމާއެކު ހުރި ހިސާބުގައި މަޑުޖެހުނެވެ. އެމަންޒަރު އެމީހުންނާއި މާދުރުނޫން ހިސާބެއްގައި ތިބި އާއިލާގެ އެހެން މެންބަރުންނަށް ވެސް ފެނުނެވެ.

ތިން މީހުން އެކުގައި އައިސް ހުއްޓުމާއެކު ޝަރީފާ ބަތޫލަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ.

“ދަރިފުޅާ… މިތާ މިހިރަ ސްޓޭޝަނަށް ފާހާނާ އަކަށޭ ބުނެފައި ދިޔަ މީހާ ތީ…” ޝަރީފާ އޭނާ ކައިރީގައި އައިސް ހުއްޓުނު ބަތޫލް ކައިރީގައި ބުންޏެވެ. ބަތޫލަށް ބުނާނެ އެއްޗެއް ނޭނގިގެން އިސްޖަހާލިއެވެ. ވަގު ލޮލުން ނައުފާނަށް ބަލާލިއިރު ނައުފާން ވެސް ބަތޫލަށް ބަލާލަނީއެވެ. މަންޒަރު ފެނުނު ސަޖޫލަށް ދެން އިތުރު މީހެއްގެ ސުވާލަކަށް އަދި ޖަވާބަކަސް ބޭނުމެއް ނުވިިއެވެ. އޭނާ ހިތަށް އެރި އެއްޗަކުން ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.

“މަންމާ އަޅުގަނޑަށް ހީވަނީ އަނެއް ޕާރޓީ ތައްޔާރުކުރަންވީ ހެން….” ސަޖޫލަށް އެހެން ބުނެވުމާއެކު ބަތޫލް ތެޅިގަތެވެ. އޭނާ ސިއްރުން ކުރި ކަންތައް މިއޮތީ ފަޅާއަރާފައެވެ.

“ސަޖޫ ދަރިފުޅު ކީކޭ ތިކިޔަނީ..” އާދަނަށް ސަޖޫލް ބުނި އެއްޗެއް އޮޅުމެއް ނުފިލިއެވެ.

“ސާބަސް ބައްޕަމެން ބޮޑު މީހުންނަށް އެކައްޗެއް ވެސް ނުވިސްނޭނެ… މިބުނީ އަޅުގަނޑުގެ ކޮއްކޮ ބާތު އާއި ލޫކް ގެ ކޮއްކޮ ނައުފާނުގެ ޕާރޓީގެ ވާހަކަ…” ސަޖޫލް ދެއްކި ވާހަކައިން ހުރިހާ މީހުންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަލްޔާގެ ދެލޯ ވަކިން ދިއްލިގެން ދިޔައެވެ.

“ތެދެއް ދަރިފުޅާ…” ޝަރީފާ ބަތޫލް ގެ ދަތްދޮޅި ދަށަށް އަތް ލައްވާލަމުން ޝަރީފާ އާއި ވީ ދިމާލަށް އުފުލާލަމުން އަހާލިއެވެ. ޝަރީފާގެ މޭގައި ބަތޫލް ބޯ އަޅާލުމާއެކު އެންމެންނަށް ޖަވާބު ލިބިގެން ދިޔައެވެ.

“މަންމާ މިއަންނަނީ ރައްޓެއްސަކާ ބައްދަލުކޮށްލާފަ..” ނައުފާނަށް އެތަނުގައި ހުންނާކަށް ނުކެރުނެވެ.

“އޭތް އޭތް… މަޑުކުރޭ… ތިބުނާ ރައްޓެއްސަކާ ދެންމެވެސް ބައްދަލުކުރާން ދިޔައީ… ބަލާބާ ކުރި ކަންތައް… އަހަރެމެންގެ ބޭބީކޮއްކޮ ވެސް ބޮޑުވީ….” އަފްހަމް އާއި ލޫކް ނައުފާނާއި ދިމާކޮށްލިއެވެ. އަލްޔާ ބަތޫލް ކައިރިއަށް އައިސް ބަތޫލް ގެ ގައިގާ ބައްދާލިއެވެ.

“ބާތު އެގެއަށް އަންނާނެ ދުވަހަކަށް ލައިދައްތަ އިންތިޒާރުކުރާނަން…. ދޯ ދޮންބެދައްތާ…” އަލްޔާ ކައިރީގައި ހުރި ރަފީފާ އަށް ދޯ ދެމުން ބުނެލިއެވެ. ބަތޫލް ލަދުން އިސްއުފުލާ މީހަކަށް ބަލާލަން ވެސް ނުކެރިފައި ހުއްޓެވެ. ކުޑަމަނިކެ އާއި ހަސަންފުތު ވެސް ބަތޫލްގެ ބޮލުގައި ފިރުމާލިއެވެ.

ހުރިހާ މީހުން ފޮޓޯނަގާ ނިންމާލިއިރު ބާރަޖެހުމާއި ވަނީ ދާދި ގާތްވެފައެވެ. އެހެންކަމުން އަނބުރާ މާލެ އައުމުގެ ތައްޔާރީތައް އެމީހުން މަޑުމަޑުން ވާން ފެށިއެވެ. އަލްޔާ އާއި ލޫކަށް ލިބުނު ގިފްޓްތައް ބޮޑު ކޮތަޅުތަކަށް އަޅައިގެން ފެރީއާއި ހަމައަށް ގެނެސްދިނީ އެވަގުތު ޕިކަޕެއް ނުލިބުމުން ޕޮލިސް ވޭނުގައެވެ.

އެސަރަހައްދު ދޫކޮށްލުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް ކުއްލިއަކަށް ލޫކް ގެ ލޮލުގައި އަޅައިގަތީ ވެއިޓަރުން ކައިރީގައި ހުރި މީހެކެވެ. ކަޅު ކުލައިގެ ފޮތިަގނަޑަކުން މޫނު ނިވާކޮށްގެން ހުރި މީހަކު ހުރީ އެތަނާއި ދާދި ކައިރީގައި ޔަޒާ އާއި އިކާ ގޮވައިގެން ސެލްފީ ނަގަމުން ދިޔަ އަލްޔާ އަށް ބަލަހައްޓައިގެންނެވެ. ނުބައެއް ހިނގައިފާނޭ ލޫކް ގެ ހަވަނަ ހިއްސު އޭނާ އަށް ބުނެދިން ކަހަލައެވެ. އަލްޔާ ހުރީ ވެސް މޫދާއި ވަރަށް ކައިރީގައި އެވެ. އެހެންކަމުން އެހިސާބަށް ދިޔުމަށް ލޫކް އަވަސް ހަރަކާތެއް ކޮށްލިއެވެ. އޭނާ އަށް ދެވުނީ ވެސް ފާޑަކަށް ދުވެފައެވެ. ލޫކް އެދިޔަ ގޮތަށް ގޮސް އަލްޔާ އަތުގައި ހިފައިގެން ކައިރިއަށް ދަމާލުމާއެކު އެމީހަކު މަޑުޖެހުނެވެ. ބާކީ ތިބި މީހުން ވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

“ކާކު ތީ؟ ކާކު ކަލެއަށް މިތަނަށް އަންނަން ދައުވަތު ދިނީ…” އެމީހަކާއި މުހާތަބްކޮށް ލޫކް ބުންޏެވެ. އޭރު ޔަޒާ އާއި އިކާ ދުވފައި ގޮސް އެމީހުންގެ މަންމަ ގައިގާ ހިފައިގަނެއްޖެއެވެ.

“އަޑެއް ނީވުނުތަ؟ ކާކުހޭ ތީ؟ މޫނު ފޮރުވައިގެން ކަލޭ ހިންގަން އުޅުނު ޖަރީމާ ހުއްޓުވާނެ މީހުން މިތާ މުޅިން ވެސް ތިބީ… ބުނޭ ކާކުހޭ ތީ؟ ލޫކް ރުޅިއައ ވަރުން ބާރަށް ވާހަކަދައްކަން ފެށުމާއެކު އެމީހަކު ހުއްޓުން އެރިއެވެ. ބަލާބެލުމަށް އަންހެނަކާއި އެއްގޮތް ވިޔަސް އެކަން ޔަގީން ކުރަން ލޫކް ބޭނުންވިއެވެ.

ކުއްލިއަކަށް ލޫކް އެމީހަކުގެ އަނގަމަތީގައި އަޅާފައި އޮތް ފޮތިގަނޑުގައި ހިފާ ދަމައިގަތެވެ. އެާއެކު އެމީހަކުގެ ބޮލުގައި ވެސް އޮޅާފައި އޮތް ފޮތިގަނޑު ކެހިގެން ވެއްޓުނެވެ. އެމީހަކުގެ މޫނު ލޫކަށް ފެނުމާއެކު ލޫކް ބަސްހުއްޓުނެވެ. ލޫކް ގެ އަނގަ ހުޅުވި ކިޔާނެ އެއްބަހެއް ވެސް ނޭނގުނެވެ. އަލްޔާ އަށް ވެސް ވީ އެވަރެވެ.

“ތަފްހާ….”  ލޫކް ހައިރާންވީ ވަރުން އެ ނަން ވެސް ކިޔުނީ ފާޑަކަށެވެ. ރޮވިފައި ލޫކަށް ބަލަން ހުރި ތަފްހާގެ ރުޅިވެރި ނަޒަރު އަލްޔާ އަށް އަމާޒުވާން ނެގީ ކުޑަ ހިނދުކޮޅެކެވެ.

“އާނ… އަހަރެން. ލޫކަށް މިހާރު ނޭނގޭނެ. އެނގޭނީވެސް ކިހިނެއް؟ މިހިރަ ފެންނަ ނުލަފާ ޑައިނުގެ އެސްފީނާ މަށާ މަގޭ ލޫކަށް ޖެހުނީ…” ތަފްހާ ރުޅިއައިއްސާ އަލްޔާ ބަނޑުގައި އަތްއަޅާ ކޮށްޕާލިއެވެ. ނަމަވެސް މިޔާނާ ވަގުތުން އަލްޔާ އެތަނުން ދުރަށްލިއެވެ.

“ތަފްހާ… ދެން ލައި ގަޔަށް އަތް ނުލާތި….” ލޫކް އިނގިލި ދިއްކޮށްލަމުން ތަފްހާ އަށް އިންޒާރެއް ދިނެވެ.

“އަތްލާނަން… ލޫކް ކީއްވެ ތަފޫއަށް އެހެން ހެދީ.. ތަފޫ އަޅެ ހަޑީތަ؟… ތަފޫ ވެސް ހުރީ ލޫކް ބުނި ކޮންމެ ކަމެއް ކޮށްދޭން… އެކަމަކު ފަހުން ލޫކް ބަދަލުވީ ކީއްވެ؟ ތަފޫ ބޭނުން ލޫކް… ހިނގާ ދާން ތަފޫ އާއެކު….” ތަފްހާ ރޮމުން ލޫކް ކައިރީގައި ޝަކުވާ ކުރަމުން ދިޔައެވެ.

“ތަފްހާ މިތަނުންދޭ… އަހަރެންނަށް ލޯބިއެއީ ކޯއްޗެއްކަން ނޭނގޭ ތަފްހާ އަހަރެންގެ ހަޔާތަށް އައިރު… މިހާރު އަހަރެންނަށް އަހަރެން ލޯބިވާ ފަރާތް ލިބިއްޖެ… ދެން އުނދަގުނުކޮށް ތަފްހާ ވެސް އަމިއްލަ ދިރިއުޅުމާއިގެން އުޅެވޭތޯ ބަލާ…” ލޫކް ރުޅި މަޑުކޮށްފައި ވާހަކަދެއްކިއެވެ.

“ލޫކް އޭރުގައި ވީ ކަމެއް ވީ…. ލޫކް ރުޅިއޭ ބުންޏަސް އެނގޭ އޭރުގައި އެހެންބުނީ އަސްލު ރުޅިވާކަށް ނޫންކަން. ލޫކް ކައިރިއަށް ތަފޫ އަށް ފަހުން ނާދެވުނީ މާމަ ބަލިވެގެން އިންޑިޔާ ގައި މަޑުކުރަން ޖެހުނީމަ…. ތަފޫ އައިތަނާ އެނގުނީ ކްލާސްމޭޓެއްގެ ފަރާތުން ލޫކް މީހަކާ އިންނަން އުޅޭ ކަން. އަދި އެވެސް މި ހަޑި އަލްޔާ އާ……ކަލެއަށް މީހަކު ނުލިބިގެންތަ މަގޭ ލޫކް ފަހަތުން އުޅުނީ….އަހަރެން ކަލޭ މަރާލާނީ…..” ތަފްހާ ކުއްލިއަކަށް އަލްޔާގެ ކަރުގައި ހިފައިގަތީ އެއްވެސް މީހަކު އެކަހަލަ ކަމަކަށް ނުވިސްނާ ހުއްޓައެވެ. ޢަބްދުއްޝަކޫރާއި އެތާ ބާކީ ތިބި ފިރިހެނުންގެ އެތައް މަސައްކަތަކުން ތަފްހާ ދުރަށް ލިއެވެ. އޭރު އަލްޔާ ގުދަށް އޮވެ ކެއްސަމުން ދިޔައެވެ. ލޫކަށް ހުރެވުނުތަން ވެސް ނޭނގުނެވެ. ތަފްހާ އަނގަމަތީގައި ޖަހަން ނެގި އަތް ތިރިކޮށްލަން ޖެހުނީ އޭނާ އަކީ ކާކު ކަން ހަނދާންވެ ވަޒީފާ އަށް ކުރެވުނު އިހުތިރާމަކުންނެވެ. ވަގުތުން ލޫކް ޕޮލިސް ސްޓޭޝަނަށް ގުޅާ ގެނައި ދެ އަންހެން ފުލުހުންނާއި ތަފްހާ ހަވާލުކުރިއެވެ. އޭރުވެސް ތަފްހާ ހަޅޭއްލަވަމުން ދިޔައެވެ.

“ލޫކް އާދޭ… ތަފޫ ކައިރިއަށް އާދޭ… މިހުރިހާ ދުވަހު ތަފޫ މިއަންނަނީ ލޫކަށް ފާރަލަމުން. ރަނގަޅު ވަގުތެއް ނުލިބިގެން އުޅެނިކޮށް ލޫކް ތި އިނީ… ލޫކް އާދޭ…..” ތަފްހާ ވިލިމާލޭ ޕޮލިސް ސްޓޭޝަން ގޭޓުން ވައްދަންދެން ހަޅޭއްލަވަމުން ދިޔައެވެ.

ލޫކް ދުވެފައި ގޮސް އަލްޔާ ގައިގާ އޮޅުލައިގަތެވެ. ބިރުގަނެފައި ތިބި  ޔޫޝައު އިކާ އަދި ޔަޒާ އަށް ވިސްނާދިނުމުން ހަމައަކަށް އެޅުނެވެ. ލޫކް ވެސް ހުރީ ތަފްހާ އެކަހަލަ ކަމެއް ކުރުމުން ހައިރާންވެފައެވެ. މިހާ ދުވަސް ފަހުން ތަފްހާ ފެނިދާނެ ކަމަކަށް ހީކޮށްފައެއް ވެސް ނެތެވެ. މިދުވަސްކޮޅުގައި އޭނާ އަށް ވަގަށް ފާރަލީ ތަފްހާ ހޭ ހިތަށް އެރުމުން ހިނި ވެސް އައެވެ. ނަމަވެސް ދެން ކުރިއަށް އޮތްތާ އޭނާ އަލްޔާ އަށް ވަރަށް ބަލައިގެން އުޅެން އަޒުމް ކަނޑައެޅިއެވެ.

ދެފަރާތުގެ އާއިލާ އެނބުރި މާލެ އައީ އެމީހުން ވަކިން ހިފާފައި އޮތް ފެރީއެއްގައެވެ. ކާރުގައި އަލްޔާ ގޮވައިގެން ލޫކް އެކަނި މިސްރާބުޖެހީ އެމީހުން ގެއަށެވެ. ބާކީ ތިބީ މީހުންނާއި އެކު އަލްޔާ ބިސްްމި ކިޔުމަށްފަހު ލޫކް ގެ އަނބިމިހާގެ ގޮތުގައި ފުރަތަމަ ފިޔަވަޅު އެޅިއެވެ. ސިޓިންގް ރޫމް ސޯފާގައި އަލްޔާ އިށީނުމާއެކު ކުޑަމަނިކެ ވެސް އޭނާ ކައިރީގައި އިށީނެވެ.

“މަންމަ މިއަދު މިިހިރީ ވަރަށް އުފަލުން… ދަރިފުޅަށް ފަހަރެއްގައި ނޭނގި އޮވެދާނެ… އެކަމަކު ދަރިފުޅުގެ ލޯތްބަށް އެދި މަންމަގެ މިދަރިފުޅު ކުރި ހިތާމަ އެޅި ކަރުނަ އެންމެ ގާތުން ފެނުނީ މަންމަ އަށް. އޭރުގައި މި މަންމަގެ ހިތުގައި ވިންދުޖަހަމުން ދިޔަސް ހަމަ ދިރުމެއް ނެތް ފަދަ….ދަރިފުޅު މީހަކާ އިން ދުވަހު އެސޮރު ގެއަށް އައިސް މ މަންމަގެ މި ފައިމަތީގައި ބޯއަޅައިގެން އޮވެ ރުއި މަންޒަރު އެއީ ދުވަހަކު ވެސް މި މަންމަގެ ހިތުންފިލާ ދާނެ ދުވަހެއް ނޫން…. ﷲ ގެ އިރާދަފުޅުން ދަރިފުޅަށް ލިބިފައި ތިހުރީ ހަމަ ލައްކައަކުން އެކެއް… އުފާކުރޭ ދަރިފުޅާ…ދަރިފުޅުމެންގެ ތި ކައިވެނީގައި މާތްﷲ ބަރަކާތް ލައްވާށި…” އަލްޔާގެ ނިތަށް ބޮސްދެމުން ކުޑަމަނިކެ ބުންޏެވެ.

“މިތާ ތި އެންމެން ދެން ތިބެނީ ކީއްކުރަން. މިހާރު އެކެއް ޖަހަނީ… ނިދަން އުޅޭ…” ހަސަންފުތު ވެސް ނިދަން ކޮޓަރިއަށް ވަންނަމުން ސިޓިންގްރޫމުގައި ތިބި އޭނާގެ އެހެން ދަރިން ކައިރީގައި ބުންޏެވެ. އޭރު ރަފީފާ ޔޫޝައު ނިދަން ބާއްވާފައި ކޮޓަރިން ނިކުންނަނީއެވެ.

“ހިގާ ލައި ކޮޓަރިއަށް ދާން…” އަލްޔާ އަތުގައި ހިފައިގެން ރަފީފާ ނިކުތީ އެޕާރޓްމަންޓުން ބޭރަށެވެ. އަދި ކުރިމަތީގައި ވަކިން ހުރި ކޮޓަރި ދޮރު ހުޅުވާލަމުން ފާރުގައި ހުރި ސްވިޗްތައް ޖައްސާލިއެވެ. އެއާއެކު ހުދު އައްޔަކުން މުޅި ކޮޓަރި ދިއްލިގެން ދިޔައެވެ.

ހުދުކުލައިގެެ ބެޑްޝީޓެއް އެނދުގައި އަޅާފައި އޮތް އިރު އެނދުމަތި ވަނީ ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން ޖަރީކޮށްފައެވެ. ހިތެއްގެ ބަށްޓަމަށް އެނދުގައި މަލުގެ ފިޔަތައް އަތުރާލާފައި ވާއިރު ކޮޓަރީތެރެ ހުރީ ވެސް ލުއިލުއި މީރު ވަހެއް ހިފާލާފައެވެ. ހާމަކަން ބޮޑު ކޮޓަރީގައި ދެމަފިރިޔަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހުއްޓެވެ. ކޮޓަރިން ނުނިކުމެ އަލްޔާ އަށް އުޅެވޭނެގޮތް ހަދާފައިވާ ފުރިހަމަ ކޮޓަރިއެކެވެ.

“ލައި ހާސްނުވޭ… މީ އަބަދުވެސް ލައި އަށް ހާއްސަ ރޫމެއް… މިބަޔަށް އެއްވެސް ބަޔަކަށް ނާދެވޭނެ. މިތާ ތިރީ ދެބައިގާ ވެސް ކުށްޔަށް އުޅޭ މީހުން އެއީ ވަރަށް ރަނގަޅު ބައެއް… މިބަޔަށް އަޔަސް މިގޭ ކޮންމެސް މީހަކު ދޮރު ހުޅުވައިގެން ނޫނީ މިބަޔަށް ނުވަދެވޭނެ. ލައި އެތެރެއަށް ވަދޭ. ދޮންބެދައްތަ މިއަންނަނީ ލޫކް ގޮވައިގެން… އަފޫ އޭނަ އަޔަނުދީގެން އެއުޅެނީ..” ރަފީފާ ދިޔުމުން އަލްޔާ އޭނާގެ ހެދުން ދެފަރާތުން އުފުއްލާލައިގެން ހުރެ މަޑު ފިޔަވަޅުތަކެއްގައި އެކޮޓަރިއަށްވަނެވެ. އަދި ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.

ބޮޑު އެނދާ ދިމާލަށް ބަލާލެވުމާއެކު އަލްޔާ އަށް ލަދުން އިސްޖަހާލެވުނެވެ. އިރުކޮޅަކުން ސިހުނީ ކޮޓަރީ ދޮރު ހުޅުވާލަމުން އެތެރެއަށް ވަން އަފްހަމް ފެނުމުންނެވެ. ފަހަތުން ލޫކް ވެސް ވަނެވެ. އަފްހަމް އަލްޔާގެ ފޮށި އެއްފަރާތުގައި ބަހައްޓާފައި ދިޔައިރު ނުހޭން ހުރި ކަން އަލްޔާ އަށް އެނގުނެވެ.
“ބްރޯ… ދޮންބެމެން ނިދަން ބޭނުން… ފުރަތަމަ ލޮޅުމާއެކު ބިންހެލުމެއް އަންނާނެ… އެހެންވީމާ އިތުރު ލޮޅުމެއް އައުމުގެ ކުރިން ހުއްޓާލަން ވާނެ…” އަފްހަމް ހިނިގަނޑެއް ޖަހާލިއެވެ. ލޫކް އޭނާ ގައިގާ ޖަހަން ފައި ހޫރާލުމުގެ ކުރިން އަފްހަމް ހެމުން ހެމުން އެކޮޓަރިން ނިކުތެވެ. އަފްހަމް ލޫކް ކައިރީގައި އެހެން ބުނީ ކިތަންމެ ސިއްރުން ނަމަވެސް އަލްޔާ އަށް އަޑު އިވުނެވެ. އަލްޔާގެ މޫނުމައްޗަށް ވެރިވި ރަތްކުލައިގެ އަސަރު އަދިވެސް ފިލާ ނުދޭއެވެ.

ލޫކް މަޑު ހިނގުމުގައި ގޮސް އަލްޔާގެ ފުރަގަހުން ބައްދާލިއެވެ. އަލްޔާ ސިހުނެވެ. އަދި ލޫކްގެ މޫނަށް ބަލާލަމުން ހީލިއެވެ. ލޫކް އަލްޔާ އޭނާ ކޮޅަށް އަނބުރާލިއެވެ. އަލްޔާގެ އުނަގަނޑުގައި ހިފާ ކައިރިއަށް ގެނެސް ހިފަހައްޓާލީ އަލްޔާ އަށް ނޭވާ ލާންވެސް ދަތިވާ ވަރަށެވެ. އަލްޔާގެ މޫނާއި ލޫކް  އޭނާގެ މޫނު ކައިރިކުރަމުން އައިސް ހުއްޓާލީ އަލްޔާގެ ތުންފަތުގައި އޭނާގެ ތުންފަތް ބީހިލާ ހިސާބަށެވެ. ލޫކް އަލްޔާގެ ތުންފަތުން އުފާ ހޯދަން ފެށުމާއެކު އަލްޔާ އޭނާގެ އެސްފިޔަތައް ތިރިކޮށްލިއެވެ. އަދި ލޫކާއި ބައިވެރިވެގެން އެތައް އިރެއް ވަންދެން އެގޮތުގައި ދެމީހުން ލޯބި ކުރުމުގައި ދެމި ތިއްބެވެ.

ލޫކް އަލްޔާ އާއި ދުރުވެލީ އަލްޔާ ކުޑަކޮށް އޭނާގެ މޫނު ދުރުކޮށްލުމުންނެވެ. ލޫކް އަނެއްކާ ވެސް އަލްޔާގެ މޫނު އޭނާ ކައިރިއަށް ގެނެސް ހަމަ އެކަހަލަ އުފާވެރި ވަގުތުކޮޅެއް ގެނުވިއެވެ. މިފަހަރު ވެސް ދުރަށް ދިޔައީ އަލްޔާ އެވެ.

“ލޫކް…….” އަލްޔާ އަށް އޭނާ ބުނަން ބޭނުންވި އެއްޗެއް ފުރިހަމަ ނުކުރެވުނީ ލޫކް އޭނާގެ ޝަހާދަތް އިނގިލި އަލްޔާގެ ތުންފަތުގައި ހުރަސްކޮށްލުމުންނެވެ.

“ޝްޝްޝްޝް… މިރޭ ނުހިފަހައްޓަބަލަ….. ޕްލީޒް…. ޖަސްޓް ވަން މިނިޓް ޕްރިންސަސް……” އަލްޔާ އަށް ލޫކްގެ ދެލޮލަށް ބަލާލެވުމާއެކު ބަސް ހުއްޓުނެވެ. ލޫކް ގެ ދެލޯ އޭނާ އަށް ބުނެދިނީ ކީކޭ ކަމެއް ވެސް ނޭނގުނެވެ. އަލްޔާގެ ހަށިގަނޑުގައި ބައްދާލައިގެން ކޮޅަށް ލޫކް ހުއްޓެވެ. ދުވަހަކު ވެސް އެހަށިގަނޑުން ދޫކޮށްލާން ބޭނުންނުވާ ކަހަލައެވެ. އަލްޔާވެސް ދެލޯ މަރާލައިގެން ލޫކް ގެ އަތުގެ ހިމާޔަތުގައި ހުރީ ލޫކް އަމިއްލަ އަށް ފެނިގެން އޭނާ ދުރުކޮށްލަން ދެނެވެ.

“ލައި… އާދެބަލަ….” ލޫކް އަލްޔާގެ އަތުގައި ހިފާލައިގެން ގެންގޮސް ބެހެއްޓީ ޑްރެސިންގް ޓޭބަލްގެ ކުރިމަތީގައެވެ. ފަހަތުން އަލްޔާގެ ހަށިގަނޑުގައި ލޫކް ބައްދާލުމަށްފަހު އަލްޔާގެ ކޮތާފަތަށް ބޮސްދިނެވެ.

“ބަލާބަލަ…އަހަރެންގެ މުޅި ޖާން… ފުރާނަ…. އަހަރެންގެ މުޅި ދިރިއުޅުން އެމީހަކަށްޓަކައި އަހަރެން ޖާނާއި މާލުން ގުރުބާންވާން ތައްޔާރަށް ހުރި އަންހެންކުއްޖާ މިހުރީ އަހަރެން ކައިރީގަ. އަހަރެންގެ އަންބެއްގެ ގޮތުގައި….. މިރޭ އަހަރެން ލައި ކައިރީގައި ވައުދުވާން ބޭނުން…. ދުވަހަކު ވެސް އަހަރެންގެ މި ހިތުން ތި ނޫން ކުއްޖަކަށް ޖާގައެއް ނުދޭނަން… ދެން އަހަރެންނަށް ލޯބިވެވުން އޮތީ އެންމެ އަންހެންކުއްޖެއް ދެކެ… އެއީ އަހަރެންގެ ލައި ގެ މި ބަނޑުން އުފަންކުރާ އަންހެން ދަރިފުޅު ދެކެ… ފަހަރެއްގައި ފިރިހެން ކުއްޖެއް ކަމުގައި ވެއްޖިއްޔާ އަހަރެން ލޯބިވާނެ ހަމައެކަނި އަންހެނަކަށް ވާނީ ލައި……” އަލްޔާ އުފަލުން ރޮވުނެވެ. ލޫކް ގެ މޭގައި މޫނު ފޮރުވާލެވުނެވެ.

“ލައި އަށް އެނގޭތަ މިރޭ ލައި ވަރަށް ރީތި… ފަހަރެއްގައި މިރޭ އުޑުމަތީގައި ރަސްކަން ކުރަމުންދާ ހަނދަށް ވުރެ ވެސް ލައި ފުރިަހމަ… އާދެބަލަ…..” ލޫކް އަލްޔާ އަތުގައި ހިފާލައިގެން ބެލްކަންޏަށް ނިކުމެލިއެވެ. އަދި ޓައިލްސް މަތީގައި އަލްޔާ ބޭންދުމަށްފަހު ލޫކް އިށީނީ އަލްޔާ ކުރިމަތީގައެވެ. އަލްޔާގެ މޫނަށް ބަލަހައްޓައިގެން އިނުމަށްފަހު ލޫކް ދެން ބަލާލީ ހަނދަށެވެ.

“އަހަރެންގެ ލައި އާއި ބަލާފައި އެ ހަނދުގެ އެއްވެސް ރީތިކަމެއް މިރެއަކު ނެތް…. ލައި ފެނިފަ އެ ހަނދު ވެސް ވިލާކޮޅެއްގެ ނިވަލަށް ވަދެ އެފިލީ….” އުޑަށް ބަލަން އިނދެ ލޫކް އެހެން ބުނުމުން އަލްޔާ އަށް ވެސް އުޑަށް ބަލާލެވުނެވެ.

ތެދެކެވެ. ހަނދު މިހާރު ފެންނާކަށް ނެތެވެ. ލޫކް ބުނިހެން ހަނދު އެނިކުތީ ވިލާ ކޮޅެއްގެ ނިވަލުންނެވެ.

“ސިއްރެއްް ބުނަންހޭ މަށަށް ހާދަ ރީއްޗޭ… ރަކިވީ ހެއްޔޭ ލޯ ތިޔަ މަރާލީ…. ނިދީގާ ވެސް ނުދެކެން ތިވަރް…. ކިޔާދޭނީ ދެން ކީކޭ ބާއޭ…..” އަލްޔާ އަށް ލޫކް ގެ އަޑު އެއިވުނީ ދާދި ކައިރިންނެވެ. ލޫކް ގެ ނަޒަރުން ސަލާމަތްވުމަށްޓަކައި އަލްޔާ އޭނާގެ މޫނުގައި ދެއަތް އަޅާލިއެވެ. އަލްޔާގެ އެއަމަލުން ލޫކް ކައިރިއަށް ހިނިއައެވެ.

“އަހަރެން މިވަރަށް ލައި އަށް ލަވަ ކިޔާދޭއިރު ވެސް ލައި ކީއްވެ ރިޕްލައި ނުދެނީ…. މިރޭ އެހެން ގޮތަކަށް ރިޕްލައި ހޯދާނީ….” ލޫކް ހީލަމުން ދެން ކޮށްލީ އަލްޔާ ހީވެސް ނުކުރާ ކަހަލަ ކަމެކެވެ.

ލޫކް އޭނާގެ ދެއަތް މައްޗަށް އަލްޔާ އުފުލާލައިގެން ގޮސް ބޭންދީ އެނދުގައެވެ. އަދި ކައިރީގައި އިނދެގެން އަލްޔާގެ ބުރުގަލުގައި ހުރި ޕިންތައް ނައްޓުވަން ފެށިއެވެ. އަލްޔާ ތެޅިތެޅި އޮތް ހިތަކާއި އެކު އިސްޖަހާލައިގެން އިނެވެ. މިވަގުތު ކޮޅަށް އޭނާގެ ހިތް އެދުނަސް ވަގުތު ކައިރިވާ ވަރަކަށް ނޭނގޭ ބާރު މިނެއްގައި ހިތް  ތެޅެނީއެވެ. އަލްޔާގެ ކޮނޑަށް ވުރެ ތިރިއަށް އޮތް ފަން އިސްތަށިކޮޅުގައި ލޫކް ނޭފަތް ޖައްސާލަމުން އެތެރެއަށް ދަމާލިއެވެ. އަދި އަލްޔާގެ މޫނަށް ބަލާލިއެވެ. އެހިނދު އޭނާ އަށް ފެނިގެން ދިޔައީ މީގެ ދެއަހަރު ކުރިން އޭނާ އަށް ފެނުނު އަލްޔާ އެވެ. ލޫކް އަލްޔާ އަށް ބަލާކަން އޭނާ އަށް އިހުސާސް ވުމާއެކު ތުންފަތުގައި ދަތް އަޅާލިއެވެ. އަލްޔާގެ ބޮޑު ހެދުން އޭނާގެ ހަށިގަނޑާއި ވަކި ކުރުން ލޫކަށް ވީ އުނދަގު ކަމަކަށެވެ. ނަމަވެސް ހިތަވްރެއް ކޮށްފައި އަލްޔާގެ ހެދުން ހަށިގނޑާއި ވަކި ކޮށްލިއެވެ.

އަލްޔާގެ ހަށިގަނޑު ލޫކް ގެ ކުރިމަތީގައި ހާމަވެއްޖެކަން އަލްޔާ އަށް އެނގުމާއެކު މޫނުމަތީގައި ދެއަތް އަޅާލިއެވެ. ލޫކް ލާނެއް ހިންޏެއް އައިއްސައި އަލްޔާގެ ދެއަތް އޭނާގެ މޫނާއި ވަކި ކޮށްލިއެވެ. އެވަރުން ވެސް އަލްޔާ އަށް އޭނާގެ ނަޒަރު ލޫކާށް ސީދާ ކުރާކަށް ނުކެރުނެވެ. އެނދުގެ މަޑު ބާލީސްމަތީގައި އަލްޔާ ބާއްވާލުމަށްފަހު ލޫކް އެހަށިގަނޑަށް ބަލާލަމުން އޭނާ އަމިއްލަ އަންނައުނުތައް ފަހަރަކު އެއްޗެއް ކަމަށް ޓައިލްސްތައް މައްޗަށް ދޫކުރަމުން ދިޔައެވެ. ލޫކް ހިތާއިހިތުން އަލްޔާ އަށް ތައުރީފް ކުރަމުން ދިޔައެވެ. މިދުނިޔޭގައި ހުރި އެންމެ ފުރިހަމަ އިންސާނާ އޭނާގެ އަންބަކަށްވީއޭ ހިތަށް އަރަނީއެވެ.

ގުދުރަތުން އޭނާ އަށް ލިބިފައި މިވަނީ ހަމަ އަގުބޮޑު ޖަވާހިރެކެވެ. އަލްޔާގެ ދެއަތް ތިލައިން ފެށިގެން ލޫކް އުފާ ހޯދަމުން ދިޔައީ އެއްވެސް ބިރެއް ޖެހިލުމެއް ނެތިއެވެ. މިއަދު މިކަން ހުއްޓުވާނެ އެއްވެސް ފަރާތެއްގެ އުނދަގުލެއް ނެތިއެވެ. އޭނާގެ ހިތަށް ލިބިފައިވާ އެންމެ ބޮޑު އުފަލަކީ މިއަދު އޭނާ އަށް ފާފައަކަށް އަރައިނުގަނެވޭނެކަން އިހުސާސްވި ހިނދު ހިތަށް ލިބުނު ހިތްހަމަޖެހުމެވެ. ރަކިވެފައި އޮތް އަލްޔާ ލޫކަށް ހަތަރުކަޅި ހަމަވި ވަގުތު އެދެލޯ ބުނީ ކީކޭކަން ލޫކަށް އެނގުންވިއެވެ.

އިސާހިތަކު އަލްޔާގެ ހަށިގަނޑު ލޫކް އޭނާގެ ބާރުގެ ދަށަށް ގެނައި ވަގުތު ލޫކަށް އިވިގެން ދިޔައީ އަލްޔާގެ އޮމާން އަޑުން ލޫކް ގެ ނަމުން ގޮވާލިއަޑެވެ. އެ ގޮވާލުމުގައި ވެސް ތަފާތު އަސަރެއްވެޔޭ މިވަގުތު ލޫކް ގެ ހިތް ބުންޏެވެ. ލޫކް ކޮށްލި ހަރަކާތަކާއެކު އަލްޔާ އެ މޭމަތީގައި ބާއްވާލީ ކުޑަކުއްޖަކު ވެސް ބާއްވާލާނެހާ ލޯބިންނެވެ. އެވަގުތު އަލްޔާ އަށް މިއިން ދުވަހަކު ވެސް އިހުސާސް ނުކުރެވޭ ފަދަ ބީހުމެއް އިހުސާސް ކުރެވެން ފެށިއެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް ލޫކް އޭނާ އަށް ބޭނުންވެފައިވާ މިންވަރު އަލްޔާ އަށް އިހުސާސް ކުރެވުނެވެ.

ލޫކަށް ފުރުސަތުނުދީ އަލްޔާ އެއްކަމެއްގައި އިސްނެގީ މިވަގުތު މީ ލަދުގަންނަންވީ ވަގުތު ނޫން ކަން އެނގުމުންނެވެ. ލޫކް ގެ ނަފްސަށް އިހުސާސްވި އަރާމެއްގައި ހީލަމުން އަލްޔާގެ ކަންފަތާއި މޫނު ކައިރިކޮށްލަމުން އަލްޔާގެ ކަންފަތުގައި ދަތް އަޅާލިއެވެ. އެވަގުތު އަލްޔާގެ މަޑު ހީލުމުގެ އަޑު އިވިގެން ދިޔައެވެ.

“ލައި ރެޑީތަ….” ލޫކް އަލްޔާގެ ކަންފަތް ދަށުގައި އަހާލިއެވެ.

:ހޫމްމް….” މަޑުމަޑުން އަލްޔާ އިއްވާލިއެވެ…

“ލައިގެ ފަސްޓްޓައިމް ދޯ…. ހެހެހެ… މަގޭ ވެސް…. އެކަމު ވަރަށް މޮޅު ވާނެ އެނގޭ…. ތަދުވަންޏާ ބުނާތީ…” ލޫކް ގެ ވާހަތައް ހުރި ގޮތުން އަލްޔާ އަށް އޮތީ ފަނޑު އަލިކަމުގައި ވެސް ލޫކަށް ބަލާލަން ނުކެރިފައެވެ. ނުވިިސްނާ އޮތް އަލްޔާ ސިހުނީ ލޫކް ކޮށްލި ހަރަކާތަކާއެކު އަލްޔާ ގެ ހަށިގަނޑު މައްޗަށް ލޫކް ޖެހުމުންނެވެ. ނަމަވެސް އަލްޔާ އަށް ކުޑަވެސް ތަކްލީފެއް ނުލިބޭނޭ ގޮތަކަށެވެ.

އިސާހިތަކު ދެޖިސްމު އެއްވާން ފެށިއެވެ. އެނދުގައި ދެމީހުން ތިއްބަސް  ދުރުން ބަލާއިރު ހީވަނީ އެކަކު ހެންނެވެ. ނުފަރިތަ ކަމާއެކުގައި ވެސް ލޫކް އަލްޔާ އަށް ކުޑަ ވެސް ވޭނެއް އިހުސާސް ނުވާނޭފަދަ ގޮތަކަށް އަމަލުތައް ބެހެއްޓިއެވެ. ފަށައިގަތް އިރު އަލްޔާ ލަދުގަނެފައި އޮތަސް ފަހު ވަގުތުގައި ހުރިހާ ކަމަކަށް އިސްނަގާކަށް ލޫކަށް ނުޖެހުނެވެ. ލަދުގެ ފަރުދާ ކަހާލުމަށްފަހު އަލްޔާ ވެސް އޭނާ މިދުނިޔޭން އެންމެ ލޯބިވާ ފަރާތަށް ހިދުމަތްކޮށްދޭން ފެށީއެވެ. ނަމަވެސް ލޫކް އޭނާ އަށް ދިން އިރުޝާދާ އެއްގޮތަށެވެ. ދެން ކަންތައް ކުރަންވީ ކިހިނެއްކަން އަލްޔާ އަށް ބުނެދެނީ ލޫކެވެ.

ދޭތެރއަކުން އަލްޔާ ލޫކަށް ގޮވާލާ އަޑު އިވޭއެވެ. ހަމައެއާއެކު ލޫކްގެ ބުރަކަށިން ވަށާލާފައިވާ އަލްޔާގެ ދެއަތްތިލަ އިން ހިސާބުން ބާރުކޮށްލައެވެ. ލުއި ފަތެއް ގެންގުޅޭހެން އަލްޔާ ލޫކް އަތުތެރޭގައި ގެންގުޅުނެވެ. އެނދުމަތީގައި ހުރި މާތަކުގެ ފިޔަތަކުން އެއްބައި އެނދުން ތިރިއަށް ފައިބާފައި ވާއިރު އަނެއްބައި ދެމީހުންގެ ގައި ދަށުގައި ޗިސްވެފައިވާ އިރު އެފަދައިން އަލްޔާ ވެސް ވަނީ ލޫކް ގެ އަތްތެރޭގައި ފޮރުވާލެވިފައެވެ.

ވަގުތަކަށް ފަހު ވަގުތެއް ފާއިތުވަމުން ގާތްގަނޑަކަށް ތިނެއް ޖެހުމާއި ދާދި ގާތްވެފައި ވަނިކޮށް ކޮޓަރި ތެރެގައި ހިފާލާފައިވާ ނޭވާގެ އަޑުތައް މަޑުމަޑުން ކެނޑެމުން ގޮސް އެކަކު އަނެކަކު އަތު ތެރޭގައި ދެމީހުންނަށް ވެސް ލޯ މެރުނީއެވެ.

ދެމީހުން ލޯބި ކުރުމުގައި ހޭދަވި ވަގުތު ތަކުގައި އެކަކު އަނެކަކު ދެކެ ލޯބިވާވަރު އެތައް ފަހަރަކު ވަނީ ބުނެވިފައެވެ.  އެތައް ދުވަހަކަށް ފަހު ދެލޯބިވެރިން ދެމަފިރިންނަށްވެ އެއްދާނުގައި ދެމީހުންގެ ހަށިގަނޑުގެ މީރުކަން ދެމީހުން ވެސް ލިބިގަނެއްޖެއެވެ. ކުރިން މީހަކާއި އިނދެފައި ހުއްޓަސް އެ އާ މަލުގެ ކަރުގަނޑުގައި ދުވަހަކު ވެސް ލޫކް ނޫން މީހަކު ބީހިފައި ނުވާ ކަން ލޫކަށް ސާބިތު ވެއްޖެެއެވެ. އަދި އެމަލުން ފޮނިކޮޅު ބޯލުމުގެ ޝަރަފު ފުރަތަމަ ވެސް ލިބިގެން ދިޔައީ ލޫކަށެވެ.

ގަދަ ނިދީގައި ދެމީހުން ތިއްބަސް  ދެމީހުންގެ ތުންފަތްމަތީގައި ވެސް ވަނީ ހިނިތުންވުމެކެވެ. މިއަދު އަލްޔާ އާއި މެދު ލޫކް ފަހްރުވެރިވެއެވެ. މި ޒަމާނުގައި އެފަދަ އަންހެންކުއްޖަކު ލިބޭނީ ނަސީބު ވެރިއަކަށެވެ. އަލްޔާ އަކީ ކޮންކަހަލަ އަންހެންކުއްޖެއް ކަން ކުރިން ލޫކަށް އެނގިފައި ވިޔަސް މަންޒަރު ލޫކް ގެ ލޮލަށް ފެނުނު ހިނދު އަލްޔާގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. މޫނުގެ އެތަންމިތާ ބޮސްދިނީ ހިތަށް ލިބުނު ހިތްހަމަޖެހުމަކުންނެވެ. އަދި ހަމަ އެވަގުތުން ފެށިގެން އެހިތުގައި އަލްޔާ އަށް އުފެދިފައިވާ ލޯބި އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެއެވެ.

 

ގަޑިން ހައެއް ޖެހުމާއި ދާދި ގާތްވެފައި ވަނިކޮށް އަލްޔާ އަށް ހޭލެވުނެވެ. އެއީ އަބަދުގެ ވެސް އާދައެވެ. އޭނާ އޮވެވުނު ތަން ރޭކާލީ މީހާ އަށް ރަނގަޅަށް ދެލޯ ހުޅުވި ކޮޓަރި ތެރޭގައި އާދަޔާހިލާފު ވަހެއް ހިފާލާފައި ހުރުމުންނެވެ. ވަގުތުން އަލްޔާގެ ނިދި ފިލައިގެން ދިޔައެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މީހަކު ބަލަން ނެތް ކަމުގައި ވިޔަސް ރޭގެ ކަންތައް ސިފަވުމާއެކު އޭނާ އަށް މޫނުގައި އަތް އަޅާލެވުނެވެ. ދާދި ކައިރީގައި އޮތް ލޫކަށް ބަލާލެވުނެވެ. ލޫކް އޮތީ ގަދައަށް ނިދާފައެވެ. ލޫކްގެ ގައިމަތިން ކުޑަކޮށް އަތް ހުރަސްކޮށް ލުމަށްފަހު ބެޑްލައިޓްގެ އަލި އަލްޔާ ގަދަކޮށްލީ ލޫކް ގެ އޮމާން މޫނަށް ބަލާލަން ހިތް އެދި ގޮވާ ވަރުންނެވެ. އަލްޔާ ލޫކަށް ބަލަން ހެވިފައި އިނެވެ. އަދި މަޑުމަޑުން ގުދުވެ ލޫކް ގެ ތުންފަތަށް ބޮސްދިނެވެ.

ފަތިސް ނަމާދަށް ވެސް ހޭނުލެވުނީތީ އަލްޔާ މަސައްކަތްކުރީ ފެންވަރާލައިގެން ނިކުމެ ނަމާދު ކޮށްލުމަށެވެ. އެނދުން ތެދުވުމަށްފަހު އަލްޔާ އޭނާގެ ހާމައަށް ހުރި ހަށިގަނޑުގައި ކުއިލްޓް އޮޅާލިއެވެ. އެއާއެކު ލޫކްގެ ހަށިގަނޑު ހާމައަށް އޮތް ތަން ފެނުމުން އަލްޔާ ތެޅިގަނެފައި ކުއިލްޓް ލޫކް ގައިމަތީގައި އަޅާލިއެވެ. އަދި ލޫކް ހޭލަފާނެތީ ދުވެފައި ގޮސް ފާހާނާ އަށް ވަދެ ދޮރު ކައިރިކޮށްލިއެވެ.

ފާހާނާއިގެ ލޯގަނޑުން އަލްޔާ އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އިސާހިތަކު ލޫކް ގެ ލޯބިވެތި ހަރަކާތްތައް އޭނާ ގެ ހިޔާލަށް ފެންނަން ފެށުމުން ހީލިއެވެ. ރޭގައި އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފިއެވެ. އޭނާގެ ހތުގައިވާ ލޯބި ލޫކަށްޓަކައި އިތުރުވެގެން ދިޔަކަން ގަބޫލުކުރިއެވެ. މާގަނޑު ދަށަށްވަދެ ފެންވަރަން ފެށުމާއެކު އަލްޔާ އަށް އޭނާގެ ހަށިގަނޑުން ދިލަ ތަދެއް އިހުސާސް ކުރެވުނެވެ. އެއީ ކިހިނެއްވާނެ ތަދެއް ކަން ސަޖޫލް ވަނީ މާކުރިން އޭނާ އަށް ކިޔާދީފައެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނަހަދާ އަލްޔާ އަވަސްވެގަތީ އަވަހަށް ފެންވެރުމަށެވެ.

ކުއްލިއަކަށް އަލްޔާ ސިހުނީ އޭނާގެ ހަށިގަނޑަށް ފަހަތުން އިހުސާސްވި ބީހިލުމަކުންނެވެ. އަލްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެއީ ކާކުގެ އަމަލެއްކަން އެނގުމުންނެވެ.

“ހަނދާންވޭތަ… މިކަހަލަ ރެއަކު އަހަރެމެން ދެމީހުން ދޭތެރެ ވީ ކަންތައް…” ލޫކް އަލްޔާ ގެ ކަނދުރާގައި ބޮސްދެމުން ވާހަކަދެއްކިއެވެ. އަލްޔާ ހީލުމަކުން ފުއްދާލިއެވެ.

“މިއަދު މިގަޑީގައި އެރޭ ނުކުރެވުނު ކަންތައް ނިންމާލަން އަހަރެން ބޭނުން… މިއަދު ވެސް ލައި އަހަރެން ހިފަހައްޓާނަންތަ…” ލޫކް އަލްޔާ އުފުލާލީ އޭނާގެ އަތް މައްޗަށެވެ. އަދި ގެނެސް ބާއްވާލީ ބާތްޓަބް ތެރޭގައެވެ. ލޫކް އޭނާގެ އުނގުގައި އަލްޔާ ބާއްވާލައިގެން ލޯބީގެ އެކިއެކި ސަމާސާތައް ކުރަމުން ދިޔައިރު ފާހާނާ ތެރެއިން އިރުކޮޅަކާ އަލްޔާގެ ހީލުމުގެ އަޑު ނޫން އެހެން އަޑެއް ނީވޭއެވެ.

 

ކައިވެނީގެ ފަހުން ކުރިއަށް އޮތް ފަނަރަ ދުވަހު ލޫކް އަލްޔާ ގޮވައިގެން އެކަނި ދުވަސްތައް ހޭދަ ކުރުމަށް ހިޔާރު ކުރީ ރާއްޖެތެރޭގެ ހިތްގައިމު ރަށެކެވެ. އެއީ އަލްޔާ ވެސް އެދުނު ގޮތް ވީމައެވެ. އެކަމުން ވެސް ލޫކަށް އެނގުނީ އަލްޔާ އަކީ ހިތްތިރި މަޑުމައިތިރި ކުއްޖެއް ކަމެވެ.

ހއ.އަތޮޅުގެ އެކި ރަށްތަކުގައި ލޫކް އަލްޔާ ގޮވައިގެން ރޭތައް ހޭދަކުރަމުން ދިޔައެވެ. އެގޮތުން އެންމެ ފަހު ރަށަކަށް ލޫކްމެން މަޑުކުރީ ހއ. ކެލާގައެވެ. ކޮޓަރިއެއް ކުށްޔަށް ހިފައިގެން އުޅުނަސް އެރަށު މީހުންނާއި ވެސް ދެމަފިރިން ވަނީ އެކުވެރި ވެފައެވެ.

އެގޮތުން އެއްދުވަހެވެ. ހަވީރުގެ ވަގުތުގައި ލޫކާއި އަލްޔާ ދެމީހުން އަތުގައި ހިފާލައިގެން ބީޗުން އަރަން އައި ވަގުތެވެ. އަލްޔާގެ ފަޔަށް ކަށްޓެއް ކަހަލަ އެއްޗެއް ހެރުނު ވަގުތު އަނގައިން އަޑެއް ނިކުތެވެ. ލޫކް ބަލާލިއރު އަލްޔާގެ ފައިގެ ފުންނާބުން ކުޑަކޮށް ލޭ ހިލިފައި ހުއްޓެވެ. އެހެންކަމުން ގެއާއި ހަމައަށް ދުއްވާ އެއްޗެއްގައި ދެވުނަސް އެހިސާބުން މަގަށް ނިކުމެވެން ދެން ލޫކް އަލްޔާ ނަގާ އޭނާގެ ކޮނޑަށް ލިއެވެ. އަލްޔާ ހީލަމުން ލޫކްގެ ބުރަކަށީގައި ތަޅާލިއެވެ.

މަގަށް ނިކުމެވުމާއެކު ލޫކް އަލްޔާ ބިންމަތީގައި ބެހެއްޓިއެވެ. އަދި އަލްޔާގެ ކޮލުގައި ހިފާލުމަށްފަހު ލޯބިކޮށްލިއެވެ. ދުއްވާ އެއްޗެއްގެ މައުލޫމާތު ހޯދުމަށް ދެމަފިރިން އަތާއި އަތް ޖޯޑުކޮށްލައިގެން ކުރިއަށް ދިޔައެވެ. ކުއްލިއަކަށް އަލްޔާގެ ފިޔަވަޅު ތަކަށް ލަސްކަމެއް އައީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ.  އަލްޔާ އޭނާގެ އަތްތިލަ ތެރޭގައި އޮތް ލޫކް ގެ އަތްތިލަ އަށް ބާރުކޮށްލިއެވެ. ލޫކަށް ވެސް އެމީހަކު ފެނުމުން ވީ ހަމައެވަރެވެ.

އިސާހިތަކު އެތަނަށް ތިން ހަތަރު ފަސް މީހުން އެއްވިއެވެ. އެ ގްރޫޕް އެމީހުން ތިބި ދިމާލަށް އަންނަން ފެށިއެވެ. ލޫކް ވެެސް އަދި އަލްޔާ ވެސް ބަހެއް ނުބުނެ ހުރި ހިސާބުގައި މަޑުކޮށްގެން ހުއްޓެވެ.

“ލައި…. ލޫކް… ތިދެމީހުން މިރަށުގައި ކީއްކުރަނީ” ޝެނާ ކުރިއަށް ޖެހިލާފައި އަލްޔާ ގެ އަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އަލްޔާ އެކަމަށް ހުރަސް އެޅިއެވެ.

“ލައި އަދިވެސް ރުޅި އައިއްސަ ދޯ… އޭރުގައި ވީ ކަންތަކަށް ދޮންތަ މާފަށް އެދެން….” ޝެނާ އިސްޖަހާލަމުން މާފަށް އެދުނެވެ.

“މިއަދު ދޮންތައަށް އެނގިއްޖެ ކިތަންމެ ބަޔަކު ކިތަންމެ މޮޅަށް ރާވައިގެން ވިޔަސް ކުށެއްނެތް މީހަކަށް އަނިޔާއެއް ލަނޑެއްދީގެން އަބަދަކު ހެވިފައި ނުތިބެވޭނެކަން. އެބަޔަކު އެކުޅަކަމެއް ދާދި އަވަހަށް ފައުޅުވެ އެބަޔަކު ހިތާމަކުރާނެ ދުވަސް އަންނާނެކަން. އެދުވަސް އަހަރެމެންނަށް ދައްކަވައިފި….އަހަރެމެންނަށް މާފް ކޮށްދީ…..” ޝެނާ އަށް ރޮވުނެވެ. ހަގީގަތުގައި ވެސް އޭނާ ހުރީ ކުރެވުނު ކަންތަކުން ލަދުގަނެ ދެރަވެފައެވެ.

އަލްޔާގެ ދެލޯ އަމާޒުވެފައި ހުރީ ޝެނާ ހެދުމުގައި ހިފަހައްޓާލައިގެން ހުރި ކުޑަކުޑަ ޒޫނީ އަށެވެ. އަލްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޒޫނީ ވެސް އަލްޔާ އަށް ހީލުމުންނެވެ. އަލްޔާ އަށް އޭނާގެ އިހުސާސްތައް ނުހިފެހެއޓުނެވެ. ލޫކް ގެ އަތްތެރެއިން އޭނާގެ އަތް މިނިވަންކޮށްލުމަށްފަހު ޒޫނީ އާއި އެއްހަމައެއްގައި އިށީނެވެ. އަދި ޒޫނީގެ ކޮލަށް ބޮސްދިނެވެ. މޫނުގައި ފިރުމާލިއެވެ. އަދި އެވަރުން ނުފުދިގެން އުރާލާ ބައްދާލިއެވެ. އެހެނީ އެއް އިރެއްގައި އެކުޑަ ކުއްޖާ ވަނީ އަލްޔާގެ ހިތުން މައެއްގެ މަގާމު ހޯދާފައެވެ.

“ލައި! މަށަށް ވެސް މާފު ކޮށްދީ… އަހަރެންނަށް ކުރެވުނު ކުށަކީ އެކަންތައް ސިއްރު ކުރެވުން…. އެއީ ސަބަބެއް ނެތިއެއް ނޫން… އަހަރެން ވެސް ލައި ކައިރިން މާފަށްއެދެން. މިދަތުރުގައި އަހަރެން ބައިވެރިވާން ވަރަށް ދެކޮޅު ހެދިން. އެކަމު ފަހު ވަގުތު ހަމަ އަންނަހިތް ވެގެން މިއައީ… މިހާރު އެނގިއްޖެ ލައި އާއި ދިމާވެ ލައިގެ މާފް ލިބެންވެގެން ކަން އެހެން އެވީ….” ޒީޝާން އަލްޔާގެ އަތުގައި ހިފާލިއެވެ. އަލްޔާ ވަށްކަޅިން ބަލާލީ ޒީޝާން ކައިރީގައި އިސްޖެހިފައި ހުރި ޝައިމް އަށެވެ.

“އެއީ ކަމެއް ނޫން ޒީ… މިހާރު އެދުވަސް އެދިޔައީ… މިއަދު އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް… މިއަދު މި ބިންމަތީގައި އަހަރެންނަށް ވުރެ އުފަލުގައި އުޅޭނެ އެއްވެސް މީހެއް ނުހުންނާނެ. އަހަރެން އަބަދުވެސް ލޯބިވި މީހާ މިއަދު މިހުރީ އަހަރެންގެ ފިރިމީހާގެ މަގާމުގައި….” އަލްޔާ އެހެން ބުނި ވަގުތު ޝައިމް އިސްއުފުލާ އަލްޔާ އަށް ބަލާލިކަން އަލްޔާ އަށް އެނގުނެވެ. އަދި ހަމަ އެހާ އަވަހަށް އޭނާ އިސްޖަހާލިއެވެ. އެއްވެސް ޖެހިލުމެއްނެތި އަލްޔާ އެންމެން ކުރިމަތީގައި ލޫކް ގެ އަތަށް ބޮސްދިނެވެ.

“އަދިވެސް ޒީ ނުވިހަންތަ….” ޒީޝާންގެ ބޮޑުވެފައި ހުރި ބަނޑުގައި އަތް ޖައްސާލަމުން އަލްޔާ ބުންޏެވެ.

“ނޫނޭ… އޭރުގައި ބޭބީ އެބޯޓްވީ… މިހާރު މީ އެހެން ކުއްޖެއް… މިހާރު ދުވަސް ގާތް ވަނީ….” ޒީޝާން ހީލިއެވެ.

“ޝައިމް ބްރޯ… އެނގޭ ކުރެވުނު ކަންތަކުން މާފަށް އެދެން ބޭނުންވެ ނުކެރިފަކަން ތިހެރީ… އެކަމު ހނަދާން ނައްތާލާ….އަހަރެމެންގެ ޝަކުވާ އެއް ނެތް….” ލޫކް ޝައިމްގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.

“ލައި އަށް އެނގޭތަ ފަހުން ކަންތައް ވީ ގޮތް…. އޭގެ ފަހުން ރަށަށް ދާން ނުކެރިގެން މިއުޅެނީ… ލައި ގެ އެކްސިޑެންޓަށް ފަހު ރަށު ތެރޭގައި މީހުން ފާޑުފާޑުގެ ވާހަކަތައް ދައްކަން ފެށީ… ޝައިމް ކޮއްކޮ އަށް ނުގޮވާ ހަޑި އެއްޗެއް ނެތް. އެންމެފަހުން ލަދުން ގެއިން ބޭރަށް ނުނިކުމެ އުޅުނީ ހުރިހާ މީހުން. މަންމަ އާއި ބައްޕަ ކިޔާވަރުން ރަށް ދޫކޮށްލާފައި މާލެއަށް އަންނަން ޖެހުނީ… ހަގީގަތުގައި ވެސް ޝައިމް އެހުންނަނީ ލަދުން. ޝައިމް ބޭނުން ލައި ގެ މާފް…..” ޝެނާ ހުރިހާ ވާހަކައެއް ކިޔާދިނެވެ.

އަލްޔާ ބަލަލީ ލޫކަށެވެ. ލޫކް ހީލުމުން އަލްޔާ އޭނާ ދައްކަން ބޭނުން ވާހަކަތައް ދައްކަން ފެށިއެވެ.

“ޝައިމް! އަހަރެންގެ އެއްވެސް ޝަކުވާ އެއް ނެތް. ވީ ކަމެއް ވީ… އޭރުގައި ވީ ކަމެއް އެވީ މިހާރު އަހަރެންނަށް މިވަރުގެ އުފާވެރި ދިރިއުޅުމެއް ލިބެންއޮތީމަ…. އެކަމަކު ބުނެފާނަން. އަހަރެން އަބަދުވެސް ލޯބިވީ ލޫކް ދެކެ. އެކަމަކު ޝައިމް އާއި ކައިވެނި ކުރި ފަހުން އަހަރެން ލޫކް އާއި މުޅިން ދުރުވީ…. ޝައިމް އަށް ވަފާތެރިވުމަށްޓަކައި… އެކަމަކު އާހިރުގައި ދޯކާ ލިބުނީ މަށަށް…… ބަޓް….. އަޅާނުލާ…. އެވާހަކަ ފަށައިފިއްޔާ ނިމެން ވަރަށް އިރު ވާނެ…..” އަލްޔާ އޭނާ ދައްކަން ބޭނުންވާހަކަތައް ދައްކަން ބޭނުމެއްނުވިއެވެ. އެވާހަކަތައް ހަނދާންކޮށްގެން މިހާރު ވާނެ ފައިދާއެއް ނެތީމައެވެ.

ޝެނާ ކައިރީގައި އައިސް އޭނާގެ ކޮނޑަށް އަތްއެއްލި އިސްކޮޅުން ދިގު މީހާ ފެނި އަލްޔާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އަލްޔާގެ އެ އަމަލުން ޝެނާ ކައިރިއަށް ހިނިއައެވެ. އެފިރިހެނާ ޝެނާ ކައިރީގައި ހުރި ޒޫނީ އުރާލާ ކޮލަށް ބޮސްދިނީ ވެސް އަލްޔާ ބަލަން ހުއްޓައެވެ.

“ހެހެހެ… ލައި އަށް ނޭނގުނު ދޯ؟ މީ ހުސެން. ޒޫ ގެ އަސްލު ބައްޕަ… އޭރުގައި މަށަށް ވައިބަރ އިން ވާހަކަދެއްކީ ހުސެން… އެ މައްސަލަގަނޑުގައި މާލެ އައިފަހުން އެނގުނީ… އިރާދަކުރެއްވިއްޔާ އަހަރެމެންގެ ފެމެލީ މިހާރު ފުރިހަމަވެއްޖެ…..” ޝެނާ ތުންފަތުގައިވި ނުފިލާ ހިނިތުންވުން އެދިރިއުޅުމުގައި އޭނާ އުފަލުން ހުރިކަން ދޭހަވެއެވެ.

“ޝެނާދައްތަމެން މިރަށުގައި ކީއްކުރަނީ…” އަލްޔާ އަހާލިއެވެ. އަލްޔާ އެގޮތަށް ޝެނާ އަށް މުހާތަބް ކުރުމުން ޝެނާ ކުޑަކޮށް ލަދުގަތެވެ.

“މަންމަގެ ރައްޓެއްސެއްގެ ދަރިއެއް ހިތާނުކޮށްގެން އައީ… ދެން ޒާން ވެސް މިރަށުގައި އެމީހުންނާއި ބައިވެރިކޮށްގެން ޒީމެން އެއުޅެނީ….އެކަމަކު މާދަމާ ފުރަން ކިޔައިގެން މިއުޅެނީ…” ޝެނާ އޮޅުންފިލުވާ ދިނެވެ.

“އެހެންތަ….ޒާން އާއި ޒައިނީ އަށް ލައިދައްތަގެ ސަލާން ބުނެދެއްޗެ…. ދަނީ އެނގޭ…” އަލްޔާ ލޫކް ގެ އަތުގައި ހިފާލައިގެން ކުރިއަށްދާ މަންޒަރު ބަލަން އެގުރޫޕް ތިބީ ހިތްހަމަޖެހިފައެވެ. ޝައިމް އަށް ރޮވުނީ އޭނާގެ ހިތަށް ކުރި އަސަރަކުން ކަމެއް ނުވަތަ އެދެމީހުންގެ މާފް ލިބުމުން ހިތަށް ލިބުނު އުފަލަކުން ކަމެއް ނޭނގެއެވެ.

 

ފަނަރަ ދުވަހުގެ ޗުއްޓީއަކަށް ވިޔަސް އަލްޔާ އާއި ލޫކް ދަތުރު ނިންމާފައި އެނބުރި މާލެ އައީ މަހަކާއި ދިހަ ދުވަސް ފަހުންނެވެ. ގެއަށް ވަދެވުމާއެކު ކުޑަމަނިކެ އަލްޔާ ހަށިގަނޑުގައި ފިރުމާލިއެވެ. ނިތުގައި ބޮސްދިނެވެ. ރަފީފާ ވެސް އެފަދައިން ކަންތައް ކުރިއެވެ.

“ހާދަ ކަޅޭ ލައި މިހާރު.. ހަންގަނޑު އަނދާލާފައި އެބަހުއްޓެއްނު…..” ރަފީފާ އަލްޔާ ދެއަތާއި މޫނަށް ބަލާލަމުން ބުންޏެވެ.

“ކަޅުވާނެއްނު… ލޫކް އުޅެނީ އަބަދު މޫދުގަ ލައި ގޮވައިގެން… ދޮންބެދައްތަ އަށް އެނގޭތަ! ފަތަން ވެސް ދަސްކުރިން…” އަލްޔާ ރަފީފާގެ އަތުގައި އޮތް އާލިޔާ އަރާލަމުން ބުންޏެވެ.

“ހޫނ… ދެން ދޭ މެންދުރު ނަމާދުކޮށްލަން ކޮޓަރިއަށް… މަންމަ ސައި ހަދާފައި ރަފީ ފޮނުވާނަން ގޮވަން…ދަރިފުޅާ ލޫކް… ދަރިފުޅު ނަމާދަށް ދާނީ މިސްކިތަށް އެނގޭ…” އަލްޔާ ފަހަތުން ދަބަސް ކޮނޑުއަޅުވައިގެން ނިކުތް ލޫކަށް ކުޑަމަނިކެ ބުންނެވެ.

“އޯކޭ މަންމާ… ކޮބާ ދޮންބެއާއި ބައްޕަ…” ލޫކް ގޭތެރެ ހޯދާލަމުން އަހާލިއެވެ.

“ދޮންބެ ޔޫއްކޮ ގޮވައިގެން މިސްކިތަށް ދިޔައީ… ބައްޕަ ވީ ބާޒާރުމަތީގަ…” ލޫކަށް ޖަވާބުދިނީ ރަފީފާއެވެ.

 

ކޮޓަރިއަށް ވަދެވުމާއެކު އަލްޔާ އެނދަށް ވެއްޓިގަތެވެ. ލޫކް ވެސް މޮޅު ހިޔާލެއް އައުމުން އަލްޔާ ގައި މައްޗަށް ވެއްޓިގަތެވެ. ދެމީހުން ހީ ސަމާސާ ކުރުމުގައި ވަގުތުކޮޅެއް ހޭދަ ކުރުމަށްފަހު އެންމެފަހަށް ދެމީހުން ލޮޑުވެ ނިދޭކަހަލަ ގޮތެއް ވާން ފެށުމުން އަލްޔާ އެނދުގައި އިށީނދެލިއެވެ.

“ލޫކް މަންމަ ބުންޏެއްނު ނަމާދަށް ދާން… ދޭ އަވަހަށް….” އެނދުގައި ލޯ ކުޑަކޮށްގެން އަލްޔާ އަށް ބަލަން އޮތް ލޫކަށް ބުންޏެވެ.

“ދާނަމޭ… އާދެބަލަ….މި އަންނަ ވީކް ގަ ދެމީހުން ވެސް ޖޮބަށް ނިކުންނަން ޖެހޭ… ދެން މިކަހަލަ ވަގުތުކޮޅެއް ލިބޭނީ މަދު ފަހަރެއްގައި… އާދެބަލަ… ލައި….” އަލްޔާ ގެނެސް ކައިރީގައި ބާއްވާލަމުން ލޫކް ބުންޏެވެ. އަލްޔާ ވެސް ދެބަހެއް ނެތި ލޫކް ގެ މޭދަށުގައި މޫނު ފޮރުވާލައިގެން އޮތެވެ.

“ލައި… ހިނގާބަލަ ކަމެއް ކޮށްލަން…. ” ލޫކް މަސްތީ އަޑަކުން ވާހަކަދެއްކިއެވެ…

“ދެން ނޫން… މިހާރަކު ނޫން…. ލޫކް އަޅެ ވަރުބައްޔެއް ނުވޭތަ….” އަލްޔާ ވަގުތުން އިންކާރު ކުރިއެވެ…

“ކޮބާ މަންމަ އެގުޅަނީ ލަސްވެގެން… ހިނގާ ދާން އެބަޔަށް….ތިކުރާ ކަމެއް ފަހުން ކުރާނީ…” ލޫކް ހިފަހައްޓާފައި އޮތް ނަމަވެސް އަލްޔާ ގަދަހަދަމުން ދިޔައީ އެނދުން ތެދުވާށެވެ.

“ވެއިޓް… މިވަރު ވާނެއްނު….” ލޫކް ވެސް ތެދުވެ އަލްޔާގެ މޫނާއި ލޫކް ގެ މޫނު ކައިރިކޮށްލަމުން ބުންޏެވެ. އިސާހިތަކު ދެމީހުންގެ ނޭވާ ގުޅިގެން ދިޔައެވެ. އަލްޔާ އަށް އިހުސާސް ވެސް ނުވާނޭހެން ލޫކް އަލްޔާ އެނދުގައި ބޭއްވިއެވެ. މަޑުމަޑުން ދެމީހުންގެ އަންނައުނުތައް ހަށިގަނޑާއި ވަކިވެގެން ގޮސް ހޭދަވެގެން ދިޔައީ ލޯބިވެތި ވަގުތު ކޮޅެކެވެ. އަލްޔާ އަށް ލޯ މެރިފައި އޮތް ވަގުތު ލޫކް ދެމީހުންގެ ހަށިގަނޑު ނިވާކޮށްލީ ކުއިލްޓުންނެވެ.

ދެފަރާތުގެ އާއިލާ ރޭގަނޑުގެ ކެއުމަކަށް މާލޭގެ ހިތްގައިމު ރެސްޓޯރަންޓެއްގައި ތިބި ވަގުތެކެވެ. ބޮޑު މޭޒެއްގެ ދަށުގައި މަޖާ ވާހަކަތަކުގައި ހުރިހާ އެންމެން އަނގަތަޅަމުން ދިޔައެވެ. އެތަނުގައި މަދީ ހަމައެކަނި ހަސަންފުތެވެ. ޝަރީފާގެ ޖޯކް ތަކުން ތަނުގައި ހަރުލާފައި ހުރީ އެންމެންގެ ހުނުމުގެ އަޑެވެ. އެހުރިހާ މީހުންގެ ތެރޭގައި ވެސް މަޑުމަޑުން އިނީ އަލްޔާ އެވެ.

އެތަނުގައި ހިފާލާފައި ހުރި ކާއެއްޗެހީގެ ވަހުން އަލްޔާ އިނީ މޭނުބައި ކޮށްފައެވެ. ހޮޑު އައިސް ހުރީ ކަރު ބުޑުގައެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ އަލްޔާ މަސައްކަތް ކުރަމުން ދިޔައެވެ. އަލްޔާ މަޑުން އިންނާތީ ދޭތެރަކުން ލޫކް އަލްޔާގެ އަތުގައި ކޮށްޓާލަމުން ހުރިހާ ކަމެއް ރަނގަޅުތޯ އަހާލައެވެ. އަލްޔާ ރަނގަޅު ކަމަށް ބުނެ ލޫކަށް ދެނީ ހިނިތުންވުމެކެވެ.

އިސާހިތަކު ހުރިހާ މީހުންނަށް ގެނައި ކާއެއްޗެހިތައް މޭޒުގައި އަތުރަން ފެށިއެވެ. ހިފަހައްޓާލައިގެން އިން އަލްޔާ  ކެތްކުރެވޭތޯ ބޮޑު ހަނގުރާމައެއް ކުރަމުން ދިޔައެވެ. ކުއްލިއަކަށް އެންމެން ސިހުނީ އަލްޔާ އޯކަށް ދެމިގަތް އަޑުންނެވެ. ލޫކް ވެސް ދެލޯ ބޮޑުވެ އަތްފައި ފިނިވެގެން ދިޔައީ ގަޔާއެކު އަލްޔާ ހޮޑުތަކެއް ބުރުވާލުމުންނެވެ.

ލޫކް އަލްޔާ ގައިގާ ހިފަހައްޓާލުމާއެކު އަލްޔާ ދެމުނީ ލޫކް އަތް ތެރެއަށެވެ. ތަނުގައި ބޮމެއް ގޮށްވާލިހެން ހީވީ މިޔާނާގެ ރުއިމުގެ އަޑުންނެވެ. އެފަދަ ބިރުވެރި ވަގުތުކޮޅެއް އޭނާގެ ހަޔާތުގައި އަދި ފެނިފައެއް ނުވޭއެވެ. ލޫކް އަލްޔާ އޭނާގެ ދެއަތް މައްޗަށް އުފުލާލައިގެން ރެސްޓޯރެންޓުން ނިކުމެގެން ދިޔައިރު މުޅި ސަރަހައްދުގައި ތިބި މީހުންގެ ލޯތައް ހުރީ އެމީހުންނަށް އަމާޒުވެފައެވެ.

ލޫކް ގެ ފަހަތުން އާއިލާ މެންބަރުން ދުވެފައި ބޭރަށް ނިކުތް އިރު އެންމެ ފަހަތުގައި ދުވެލަ ދުވެލާ ހުރީ ޝަރީފާއެވެ. އިސާހިތަކު އަލްޔާ އޭޑީކޭ އަށް ގެނެވުނެވެ. އަވަސް ފަރުވާ ދޭބައިގާ އަލްޔާ އަށް ފަރުވާ ދެމުން ދިޔައިރު ލޫކް ހުރީ ނިވާކޮށްލާފައިވާ އެނދުގެ ބޭރުގައެވެ. ޑޮކްޓަރ ނިކުމެ ލޫކް އާއި ވާހަކަތަކެއް ދެއްކުމަށްފަހު ދިޔުމުން ވެސްލޫކް ގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އަލްޔާ އޮތް އެނދު ކައިރިއަށް ޖެހިލުމަށްފަހު ލޫކް އަލްޔާގެ ބޮލުގައި ފިރުމާލަމުން އަލްޔާ އަށް ލޯބިން ގޮވާލިއެވެ.

ވަރުބަލި ކަމާއެކު އަލްޔާ ދެލޯ ހުޅުވާލުމުން ލޫކް އަލްޔާ ގެ ގައިގާ ބައްދާލިއެވެ. ހިނދުކޮޅަކަށް ލޫކަށް ހީވީ ދުނިޔެ ހުއްޓުނުހެންނެވެ. އަލްޔާ ގެ ވާހަކަތަކުން އަދިވެސް އޭނާ މޭނުބައި ކުރާ ކަމަށާއި ވަރުބަލި ވާ ވާހަކަ ބުނުމުން އެކަން ލޫކް ޑޮކްޓަރުންގެ ސަމާލުކަމަށް ގެނައެވެ.

ނަމަވެސް ޓެސްޓްތައް ހަދާކަމަށް ޑޮކްޓަރުން ބުނުމުން ލޫކް ހަމަޖެހުނެވެ. ބޭރަށް ނިކުމެ އާއިލާ މީހުން ކައިރީ އަލްޔާ ރަނގަޅުކަމަށް ބުންޏވެެ. އަދި އެމީހުން އަލްޔާ އާއި ބައްދަލުކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބެންދެން ބޭރުގައި މަޑުކުރާނެ ކަމަށް ބުންޏެވެ.

ދެގަޑީރު އަލްޔާ ކައިރީގައި ލޫކް އިށީނދެގެން އިނެވެ. ކުރިއާއި ބަލާފައި އައިވީ އަޅާފައި ހުރުމުގެ ސަބަބުން އަލްޔާ ވަރަށް ބޮޑުތަން ރަނގަޅު ކަމަށް ދައްކައެވެ. ލޫކް ކައިރީ އަލްޔާ ބޮޑާހާކަމުން ދަނީ ގެއަށް ދިޔުމަށެވެ. އަދި މިހާރު އޭނާ އަށް އެއްވެސް ކަމެއް ނުވާކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

ދެޑޮކްޓަރަކު އެތަނަށް ވަނުމަށްފަހު އަލްޔާގެ ވިންދު ބަލާލިއެވެ. އަދި ދެލޯ ވެސް ކުޑަކޮށް ފޭކޮށްލާފައި ބަލާލުމަށްފަހު ދޫ ވެސް ބަލާލިއެވެ. ލޫކަށް ހީލަމުން ޑޮކްޓަރ މަރުހަބާ އޭ ބުނި ވަގުތު ލޫކް ހައިރާންވިއެވެ.

“މަރުހަބާ… ޕޭޝަންޓް އިޒް ޕްރެގްނެންޓް… ހުރިހާ ޓެސްޓްތަކެއް ނޯމަލް…. އެކަމަކު ވަރަށް ބަލައިގެން އުޅެންވާނީ… ކުޑަކޮށް ލޭމަދު… އަޅުގަނޑުމެން މިދޭ ބޭސްތައް ބޭނުންކުރަމުން ދޭ… އެކަމު ގަވައިދުން ގައިނީ ޑޮކްޓަރަކަށް ދައްކަން ވާނެ. ކުޑައިރުކޮޅަކުން އަޅުގަނޑުމެން ޕޭޝަންޓް ޑިސްޗާރޖް ކުރާނަން…..” ޑޮކްޓަރ ދިޔުމުން ލޫކަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. އަލްޔާ ގައިގާ ބައްދައިގަތް އިރު އެދެލޯ ފެންކަޅި ވެއްޖެއެވެ.

އަލްޔާ އަށް ވެސް ހެވެނީއެވެ. ލޫކަށް ލިބުނު އުފަލުގައި އޭނާ އަށް އުޅެވޭ ނޫޅެވޭ ގޮތެއް ވެސް ނޭނގެއެވެ. އަލްޔާ އަތްމައްޗަށް ލައިގެން މުޅި އެމެޖެންސީ ރޫމުގައި އެނބުރެނީއެވެ. އެވަގުތު އެތަނުގައި ތިބި ހުރިހާ މީހުންގެ ދެލޯ އަމާޒުވެފައިވަނީ ލޫކާއި އަލްޔާ އަށެވެ. ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ތިބީ ހެވިފައެވެ.

އާއިލާ މީހުންނަށް އެހަބަރު ލިބުމުން ހުރިހާ މީހުން ވެސް އުފާކުރިއެވެ. ހާއްސަކޮށް ލިބެން އުޅޭ ފުރަތަމަ މާމަ އަދި ކާފަ ދަރިފުޅަށްޓަކައި މިޔާނާ އާއި ޢަބްދުއްޝަކޫރު އަނގައިގާ ވާހާ ހުރިހާ ދަތެއް ހުރީ ފެންނާށެވެ. ޢަބްދުއްޝަކޫރު ވަގުތުން ރަތީބާ އާއި އެއާއިލާގެ ބާކީ ތިބި މީހުންނަށް ވެސް އެހަބަރު ދިނެވެ.

“އަހަރެން ވަރަށް ހިތްހަމަޖެހިފައި މިހުރީ… މި ސަޖޫލް ނޫޅޭނެ މިކަހަލަ ކަމެއް ކުރާކަށް….. އެކަމަކު ލައި ދަރިފުޅު ބޮއްތިގެ މީރު ބަތް ތައްޓަށް ވިއްޔާ ހޮޑުލީ…. އެވަގުތު އެވީ ދެރަ ބޮއްތިގެ ދަރިއެއް މަރުވެގެން ވެސް ނުވާނެ…. މިހާރު ވެސް ބަތްތަށި ހިޔާލަށް ފެންނަނީ……” އެވަގުތު ވެސް ޝަރީފާ މަޖާ އެއްޗެއް ނުބުނެ ނުހުރެވުނެވެ. ހުރިހާ މީހުންނަށް ވެސް ހެވުނީ އެހެންވެއެވެ.

 

ގަޑިން އެގާރަ ޖަހާލީހާއިރެވެ. ކޮޓަރީ ބެލްކަނީގައި އަޅާފައި އޮތް މެޓެއްގެ މަތީގައި ލޫކް އިނިވެ. އޭނާގެ އުނގުގައި އަލްޔާ އިންއިރު އިރުކޮޅަކާ ލޫކް އަލްޔާގެ އަނގައަށް ޗީޒްބޯލްއެއް ލައްވާލައެވެ. މުޅި ސަރަހައްދުން ދެކޮޅަށް ދުއްވާ އެއްޗެހީގެ އަޑު ފިޔަވާ ދެން އިވެނީ ޖެހިގެން ހުރި ގޭ މަގުމައްޗާއި ވީ ދިމާލަށް ހަރުކޮށްފައި ހުރި ދަގަނޑު ކޮށްޓެއްގައި ތިބި ގުރާތަކެއްގެ އަޑެވެ. ހީވާ ގޮތުން އޭއްޗިހި ވެސް ލޫކް އަދި އަލްޔާގެ އުފަލުގައި ބައިވެރި ވަނީއެވެ.

“ލައި! އަހަރެން ލައި ދެކެ ވަރަށް ވަރަށް ލޯބިވޭ…. ދުވަހަކު ވެސް ހިއެއް ނުކުރަން އަހަރެންގެ ހަޔާތުގައި މިކަހަލަ އުފާވެރި ވަވުތު ތަކެއް އަތުވެދާނޭ… ލައި އަށް އެނގޭތަ! ވޭތުވެމިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އަހަރެންނަށް ދެން ލައި ނުލިބޭނޭ ހިތަށް އެރި ދުވަސްތަކެެއް ވެސް ދިޔަ…. އެކަމަކު ހިތުގެ ކޮންމެސް ހިސާބެއްގައި އަބަދުވެސް އުއްމީދެއް އޮވޭ ލައި ލިބޭނެ ކަމުގެ…. މިއަދު އަހަރެން މިހުރީ ވަރަށް އުފަލުން….” އަލްޔާގެ އަތް ތިލައިގާ ބޮސްދެމުން ލޫކް ބުންޏެވެ.

“ލައި ދުވަހަކު ވެސް އަހަރެންނާ ވަކި ނުވައްޗެ….” ލޫކް ގެ ފަހު ޖުމްލައިން އަލްޔާ ލޫކް ގެ ތުންފަތުގައި އިނގިލި ޖައްސާ ހުއްޓުވިއެވެ.

“ލައި ދުވަހކު ވެސް ލޫކާއި ވަކިވާކަށް ނުވިސްނާން. ލޫކް ހިތުގައި ލައި އަށް އުފެދިފައިވާ ވަރަށް ލައި ގެ ހިތުގައި ލޫކް މައްޗަށް ލޯބި ނެތަސް ބުނެލަން ބޭނުން ހަމަ ވަރަށް ލޯބިވާ ވާހަކަ. ލޫކަށް ނޭނގުނަސް ތި ލޯތްބަށްޓަކައި ލައި ވެސް ވަރަށް ހިތާމަ ކުރިން. ދެނެވޮޑިންގެންވާ ފަރާތް މިކަމަށް ހެކިވާނެ” އަލްޔާ ލޫކްގެ މޭގައި ލައްވެލިއެވެ. ހީލާފައި ލޫކް ވެސް އަލްޔާގެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ.

“އިރާދަކުރެެއްވިއްޔާ އަހަރެމެންގެ ލޯބި އުމުރަށް ދެމި އޮންނާނެ… ކީރިތިވަންތަ މާތްﷲ އަހަރެމެން ދުރެއް ނުކުރައްވާނެ.. އެކަން ހެކިދޭ ލައި އެތެރެހަށީގައި ވިންދު ޖަހަމުންއެދާ އަހަރެމެންގެ ލޯބީގެ ނިޝާން…” ލޫކް ކުރިއަށް ވުރެ ވެސް ބާރަށް އަލްޔާ އެހަށިގަނޑާލާ ފިއްތާލިއެވެ. އަލްޔާ ގެ ބޮލުގައި ބޮސްދިނެވެ. އެވަގުތު ދެމީހުންގެ ލޯ ވެސް އަމާޒުވެފައި ހުރީ ކުރިންމަތިން ފެންނަން ހުރި ގުރާ ކޮށީގައި އެކަތި އަނެކަތީގައި ހިމާޔަތުގައި ތިބި ދެގުރައަށެވެ. އެދޭތި ވެސް އެކަކު އަނެކަކުގެ ހިތުގައިވާ އިހުސާސްތައް ބައިވެރިޔާއަށް އަންގައިދެނީ ކަހަލައެވެ. އަލްޔާ އާއި ލޫކް ފަދައިންނެވެ.

ތެދެކެވެ. ކެތްތެރިކަމުގެ މޭވައަކީ ފޮނި އެއްޗެކެވެ. އެފޮނިކަން އިހުސާސް ކުރެވޭނީ ކެތްތެރިވާން ދަސްވެފައިވާ ބަޔަކަށެވެ. އަލްޔާ އާއި ލޫކް ގެ ލޯބި ވެސް ހަމަ އެފަދައެވެ. ދެމީހުން ދެމީހުނަށް ހިތް ދިނީ އާދައިގެ ޖޭމު ގަހެއްގެ ދަށުންނެވެ. އެއީ މީގެ ދެއަހަރު ކުރިޔަސް އެތައް ގޮންޖެހުންތަކަކާއެކު ވެސް މިއަދު ދެހިތަށް އުފާވެރިކަން ލިބިއްޖެއެވެ. ދެމީހުންގެ ލޯބި ދެމީހުންނަށް ގެއްލިފައި ވިޔަސް ތަގްދީރު ދެމީހުން އެއްތަން ކޮށްފިއެވެ. ލޯބިވާ ދެމީހަކު ވިއްޔާ ބިންފަޅާފައި ވެސް އެދެމީހުން ދިމާވާނޭ ބުނާ ވާހަކައަކީ ތެދެއްކަން ލޫކާއި އަލްޔާ ސާބިތު ކޮށްދީފިއެވެ. މާޒީގައި ލިބިފައިވާ ޒަޙަމްތަކަށް ދެމީހުންގެ ލޯބިން ފަރުވާ ލިބިއްޖެއެވެ.

އާއެނކެވެ. ހަޔާތުގައި ކިތަންމެ ހިތްދަތި ދުވަސްތަކެއް ތަހައްމަލްކޮށްފައި ވިޔަސް އަލްޔާ އާއި ލޫކްގެ ކެތްތެރިކަން އިމްތިހާން ކޮށްފައި ވިިޔަސް މާތްﷲ އެދެމަފިރިންނަށް މާރީތި އުފާވެރި ފަތިހެއްގެ އަލިވިލުން ދެއްވައިފިއެވެ.

ނިމުނީ

132
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaali

Other Articles

Previous

ހިތް އެކީ ދެވިިއްޖޭ.. 10

Next

އައިޝާ 14

Next
December 13, 2016

އައިޝާ 14

Previews
December 13, 2016

ހިތް އެކީ ދެވިިއްޖޭ.. 10

48 Comments

  1. Ushaali says:
    December 13, 2016 at 10:40 pm

    އައްސަލާމް އަލައިކުމް…. އަލްހަމްދުލިއްލާހި…. މިހާތަނަށް އުޝާލި އަށް ކުރެވުނު އެންމެ ބުރަ މަސައްކަތް މިވާހަކަ އެއީ…. ނިންމާލެވިއްޖެ….. މިވާހަކަ ހުރިހާ ކުދިންނަށް ވެސް ކަމުދާނެ ކަމަށް އުޝާލި ހީކުރަން….. އިރާދަކުރެއްވިއްޔާ އުޝާލި ގެ މުޅިން އާ ވާހަކައެއް ވަރަށް އަވަހަށް ފަށާނަން… އިންޝާﷲ… އެކަމަކު މިފަހަރު އުޝާލި ލިޔަނީ ބިރުވެރި ވާހަކައެއް……
    މިވާހަކަ ލިޔމުގައި އުޝާލި އަށް އެންމެ ބޮޑަށް އެހީތެރިވެދިން އުޝާލި ގެ ފިރިމީހާ އަށް ވަރަށް ހާއްސަ ޝުކުރެއް ރައްދު ކުރަން… އަދި ތިޔަ ލޯބިވާ ކިޔުންތެރިން އުޝާލި އަށް ދިން ސަޕޯރޓަށް ހަމަ ހިތުގެ އަޑިން ޝުކުރު ދަންނަވަން…..
    ވާހަކައިގެ އެންމެ ފަހުބައި ވަރަށް ދިގުވާނެ.. ފަހަރެއްގައި މިސްޓޭކްސް ހުރެދާނެ…..އެކަމަކު އުޝާލީގެ 100% ދީފައި ވާހަކަ ނިންމާފައި މިވަނީ…
    ހުރިހާ ކުދިންނަށް ވެސް ބާއްޖަވެރި ރޭގަނޑަކަށް އެދެން….އުޝާލި އަށް ސަޕޯރޓްކުރާ ހުރިހާ ކިޔުންތެރިންދެކެ ވެސް ވަރަށް ލޯބިވޭ…..

  2. Inu says:
    December 13, 2016 at 10:55 pm

    V furihama. V reethi

  3. Muaa says:
    December 13, 2016 at 10:59 pm

    Shenaa viber in talk kuriyaynun konmx firihenakaa. Ekan dhen vee kihineh thoa?

    1. Ushaali says:
      December 13, 2016 at 11:17 pm

      Thanks Muaa 🙂 … ethankolhu miss vefa inee…. mihaaru ragalhuvaane

  4. SoMeOnE says:
    December 13, 2016 at 10:59 pm

    woooooow
    me first dhww

  5. ais says:
    December 13, 2016 at 11:06 pm

    ?

  6. Reader says:
    December 13, 2016 at 11:07 pm

    Speech less……
    Vrh vrh reethi…
    Ushaa mi vaahakaige ehn baeh genes dheynah tha..
    Nunime eyy jahaafr ineemr..

  7. Xu says:
    December 13, 2016 at 11:09 pm

    so romantic. varah reethi story

  8. Pink says:
    December 13, 2016 at 11:11 pm

    Wow vvv salhi.
    Ekam vaahaka nimunyma sad.

  9. Flower says:
    December 13, 2016 at 11:17 pm

    Alheyyy story hama v v v v v v reethi…dhn vrh dhera vejje mioh reethi vaahaka nimunyma….anyways waiting for ur new story…ummeedhu kuran hama mihaa furihama vaane kamah e story vx?????

  10. Shafu says:
    December 13, 2016 at 11:19 pm

    waau ?
    speechless ?
    veh vrh reethi ?
    haadha inthixaar eh kohffimay.☺
    hehe.
    thankyou ushaali.?
    Vaahaka Nimunytha?

  11. mishy says:
    December 13, 2016 at 11:20 pm

    v ufaavehje kelaa ah aeema, ekamu alya men naa dhimaa vx nuvi v dhera

  12. ~minty~ says:
    December 13, 2016 at 11:23 pm

    Alhey..im speechless…this is just amazing …loved this story nd will miss it?…ushaali ge ehn story akh inthizaaru kuran??

  13. Hooooo. says:
    December 13, 2016 at 11:25 pm

    This story is awesome. ?
    Adives mikahala story ey kiyaalan libeyneykamah unmeedhu kuran.

  14. Muaa says:
    December 13, 2016 at 11:25 pm

    Mi story varah reethi. Ushaali ge ehen story akah inthizaaru kuraanan

  15. Xoom says:
    December 13, 2016 at 11:28 pm

    Dhen keeveh nunimeyjahaafah eyni

    1. Ushaali says:
      December 13, 2016 at 11:40 pm

      hehehe… e’ee mistake eh… abdhu nunimey jahaa jahaa ehen jehuny… mihaaru rangalhu koffin… 🙂

  16. Appy says:
    December 13, 2016 at 11:29 pm

    Wow ..hama speechless. …….v v v rythi mi vaahaka feshigen nimen dhn vx foohi vaane enme thankolheh vx naadhey …..bura masaikai furihama vaane dhw ushali …luv u ….miss you. …..n hope to see you sooooooooooonnnnnn…

  17. sonaalee says:
    December 13, 2016 at 11:32 pm

    Vvvvv reethi…masha allah..adhi mihaa reethi vaahakaeh nukiyan..

  18. Nish says:
    December 13, 2016 at 11:33 pm

    V reethi

  19. Alya says:
    December 13, 2016 at 11:37 pm

    Nunimey liyefa iny kyhveba

  20. Jule says:
    December 13, 2016 at 11:38 pm

    Beautiful Story.. Keep It Up.. ??

  21. S♓♈♈♓♑♏ says:
    December 13, 2016 at 11:43 pm

    v v v furihama☺

  22. aal says:
    December 14, 2016 at 12:01 am

    Vary varh reeethi… Varh inthizaaru kurifahun kiyaalan libunives..hama varh reethi.. Mioh reethi vaahka nimunimaves v kada…
    Waiting ushaalige hama mikahala reethi vaahka akh..
    Loabi veyh ❤❤

  23. Ram says:
    December 14, 2016 at 12:04 am

    Wow vvvv salhi vaahaka nimendhn genes dhineema thank u. Ummah love u.

  24. Emneez says:
    December 14, 2016 at 12:24 am

    Alh ushaali ninmaalee dw story hehehe varah furihama I just love it waiting eagerly foe ur nxt stry ☺☺☺
    Birueveri vaahaka eh dw seems intestine gud nygt ???

  25. Leem says:
    December 14, 2016 at 12:39 am

    Wow…. Ushaali thnk u so much…. Mihaa rythi vaahakaeh kiyaalan libuneethee…..

  26. Love says:
    December 14, 2016 at 1:15 am

    Its beautiful… one of the best story in esfiya. I appreciate your hard work…… may Allah grant you success in your future work and your life… ?❤️

  27. Meekael says:
    December 14, 2016 at 1:18 am

    Maasha Allah. ??????????????????

  28. Khajja says:
    December 14, 2016 at 2:16 am

    Thanks Ushaail aherememnattakaa dhiheydha kuri dhuvas thakah adhives aehfaharu shukuriyyaa aeybunaa nee haassakoh vaahaka nimmaa dhineethee aehen meehun liyamun dhaa reethivaa hakathah aharu vaa airuves veenuvee aeh neygi nunimmaa ainthizaaruge dhuvas thah midhanee ae eevarah dherakameh aekam Ushaali Vv hihvarugadha bathaleh??❤❤

  29. Farey says:
    December 14, 2016 at 5:05 am

    ވަރަށް ސަޅި މިވާހަކަ މީ އެސްފިޔަ ސައިޓުން ކިއުނު އެންމެ ސަޅި ވާހަކަ.
    ދެން އޮއިތް ވާހަކަ މިއަށް ވުރެ ފުރިހަމަ ވާނެކަމަށް އުއްމީދުކުރަން.
    ޝުކުރިއްޔާ އުޝާލި.

  30. ?mixoo says:
    December 14, 2016 at 7:53 am

    V reethi… one in a million story.,

  31. Shahina says:
    December 14, 2016 at 8:17 am

    Masha allah.speechless.mee mi site in kee anmay reethi vaahaka.thanks ushaali.dan oh vaahaka vas reethi vaane kamah heekuran.waiting waiting ushaali.

  32. asha says:
    December 14, 2016 at 8:29 am

    vv reethi mivaahaka and meii esfiya site in kiyunu enme enme reethi vaahaka

  33. Look ge Lai says:
    December 14, 2016 at 9:31 am

    Mihaathanah kiyunu emme reethi story thakuge thereyah mivaahaka veh ithuru v .. Ushaali ge hurihaa vaahaka eh vess v reethi.. Thank for de lovely story Ushaali. N we r waiting for your new story ?❤?☺

  34. Kiddy says:
    December 14, 2016 at 10:56 am

    V v salhi mivaahaka. Ushali ge aa vahaka akah inthixaaru kuran.

  35. Mi says:
    December 14, 2016 at 12:42 pm

    Miii mihaathanah esfiya in kiyunu emme reethi emme kiyaa hithun adhi emme inthizaaru kurevunu vaahaka…
    Hama heevany vaahakaiga hingamundhaa manzaru thah fenna hen..v v v reethi…
    Maasha allah…
    Shaim laige bandu kafaali than look ah feni evaahaka ves story ga ainama mi ah vure ves furihama vees…
    But mihaaruves hama fahkaaa ingey…i luv this story…n look…thank u ushyyy ..kuriah oiy vaahaka ves mihaa reethi vaane kamah ummeedhu kuran..
    V v gina vaahaka kiyihje but mivaahaka nunii handhaan nahthaa nulevunu vaahaka eh adhi nukiyey…v v reethi..

  36. LAi says:
    December 14, 2016 at 1:43 pm

    Ushyyy….. nimmun vv reethi. I luv this story. N ushaage hurihaa story ves vvv reethi. N waiting for next story.. las nukurahcheyy!!! Lobivaa ushaa.

  37. Marsha says:
    December 14, 2016 at 2:04 pm

    Woowwwwww…. vvv rythi… feshigen nimen dhen ves vvv interesting mi vaahaka… foohi enme baeh ves neiy… n my fav character is shareefa bohthi… vv salhi wedding ves.. i hope lai ah twins libeybe kamah… once again story hana wowww… thnx lots ushaali… inthizaaring for ur next story… vvv biruveri kollahchey…

    1. Ushaali says:
      December 15, 2016 at 12:17 pm

      thankyou so much Marsha….. koba Marsha ge vahaka akah varah inthizaar eba kurevey… 🙂

  38. aisha says:
    December 14, 2016 at 3:26 pm

    woww..v v v salhi story eh

  39. Nooo says:
    December 14, 2016 at 3:57 pm

    MAsha Allah……

  40. Malaa says:
    December 14, 2016 at 4:51 pm

    Ma sha allaah

  41. Ushaali says:
    December 15, 2016 at 12:16 pm

    thankyou so much kudhinney…. 🙂 abadhuves thigothuga ushaaly ah support kuraane kamah heekuran….. dhn in vahaka ah ves thihaa support dheche…. 🙂 ushaali ge huriha hiyvvaraky thee hama….. e vahaka fashaanan lasnukoh. insha allah…

  42. Raa says:
    December 18, 2016 at 12:32 am

    Haadha ehthi vaahaka ekey mii.. mihaathanh kiyani enme enme rythi stry

  43. Naz naz says:
    January 3, 2017 at 2:19 pm

    Ushaaa kon dhuvahakuntha new story eh kiyaalan libeynee.. vvvv inthizaaru kurevey…. my best writer.

  44. Aishath says:
    May 9, 2017 at 6:24 pm

    Love it

  45. Chawder says:
    December 22, 2017 at 10:49 am

    Wow
    One of the best story in esfiya

Comments are closed.

All Right Reserved!