އާލިޔާ ކުއްލިއަކަށް އޭނާގެ ދެލޯ ހުޅުވާލިއެވެ. އެއާއި އެކު އޭނާއަށް ފެނުނީ އަނދިރިގަނޑެކެވެ. އޭނާއަށް އޭނާ ހުރިކަންވެސް ނޭނގޭކަހަލައެވެ. ކުއްލިއަކަށް އަލިވެގެން ދިޔުމާއި އެކު އޭނައަށް ފެނުނީ ބަޔަކު އޭނާގެ އެނދު ވަށައިގެން އެނބުރޭތަނެވެ. އާލިޔާގެ ހަތަރެސްފައި  އޮތީ އައްސާލެވިފައެވެ. އެ ހަށިގަނޑު ގުޑައިވެސް ނުލެވޭނެހާ ބާރަށެވެ. ކުއްލިއަކަށް މީހަކު އާލިޔާގެ ގައިމައްޗަށް ފުންމާލިއެވެ. އާލިޔަ ހަޅޭލަވައިގަތެވެ. ދެން ތިބި އެންމެންވެސް ފުންމާލިއެވެ. އަދި އާލިޔަގެ ހަށިގަނޑުގެ އެތަން މިތާ ފިރުމަމުން ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ދޮރެއް ހުޅުވުނުތަނެވެ. ކުރިމަތީ ހުރީ އަޔާންއެވެ. އޭނާގެ ހިތުގެ ރާޖާއެވެ. އާލިޔާ އަޔާން ހުރި ދިމާލަށް ބަލަން ހުއްޓެވެ. އެއައީ އާލިޔާ ސަލާމަތްކުރަންކަން އޭނާއަށް އިނގެއެވެ. ނަމަވެސް ބަލަ ބަލަހުއްޓާ  ކުއްލިއަކަށް އޭނާ ގެއްލެމުން ދިޔައެވެ. އާލިޔާ ދެލޯ ބޮޑުކޮށްލިއެވެ. “އަޔާންންންން!!!!!!!!!!!!!!!!!!!!” އާލިޔާއަށް ހަޅޭލަވައިގަނެވުނެވެ.

އާލިޔާ ސިހިފައި ދެލޯ ހުޅުވާލެވުނެވެ. ކައިރި އިން މައިޝާ ދެލޯބޮޑުކޮށްލާފައި އާލިޔާއަށް ބަލަން އިން އިރު އެ ރޯގައި ތިބި އެންމެންވެސް ތިބީ އެފަދަ ގޮތަކަށެވެ. އާލިޔާ ދެލޯބޮޑުކޮށްލާފައި ޑެސްކުން ބޯ ނެގިއިރު ތުރު ތުރުއަޅައެވެ. ތެދުވިގޮތުން އޭނާގެ ބަނޑަށްވެސް ތަދުވިއެވެ. އެއްއަތުން ބޮލުގައި ހިފަހައްޓާލަމުން އާލިޔާ ދެލޯމަރާ ހަމަޖެހިލިއެވެ. ފެނުނު ހުވަފެނުގެ ސަބަބުން އޭނާގެ ހިތް އަދިވެސް ދިޔައީ ތެޅެމުންނެވެ. އަދި ލޯހުޅުވުމާއި އެކު ކުރިމަތީ ތިބި މީހުންގެ ނަޒަރުވެސް އޭނާއަށް ހުރިކަން އިނގި އޭނާ ބިރުގަތެވެ. މައިޝާއަށްވެސް އޭނާ ބަލައިލިއެވެ. މައިޝާ އިންގޮތުން ކަމެއް ގޯސްވެއްޖެކަން ހީވިއެވެ. އާލިޔާ ދެން ބަލައިލީ އަޔާން އަށެވެ. އަޔާންވެސް ފޮތް ހިފަހައްޓައިގެން އެ ހުރިގޮތަށް އާލިޔާއަށް ބަލަން ހުއްޓެވެ. އާލިޔާ ހިން ދިރުވާލިއެވެ. އެއަށްފަހު މައިޝާއާއި ދިމާ އަނެއްކާވެސް ބަލައިލިއެވެ. “މައި…. ކިހިނެއްވީތަ؟؟” އާލިޔާ ބުނެލީ އެންމެންނަށް ބަލައިލަމުން މައިޝާގެ އަތުގައި ހިފަހައްޓާފައެވެ. “އެލީ އެހަށް އޮވޭ ފަހުން ދެން..” މައިޝާ އާލިޔާ ބޮލުގައި ހިފަހައްޓާފައި ޑެސްކުގައި ބާއްވާލަމުން ބުނެލިއެވެ. މައިޝާގެ އެބަހާއި އެކު ކުދިންތަށް އެމީހުންގެ ނަޒަރު އާލިޔާއިން ވަކިކޮށްލިއެވެ. ނަމަވެސް އަޔާންއަށް އެ ހުރިގޮތަށް ހުރެވުނީއެވެ.

މައިޝާ އާލިޔާގެ އަތުގައި ހިފަހައްޓާލައިގެން އިނީ ހިތްވަރެއްދޭންށެވެ. މައިޝާ އެބައިންކަން އަންގާލާށެވެ. އާލިޔާ އެ އޮތްގޮތަށް އޮތީ ފޮތަށް ނަޒަރު ހިންގާލައިގެންނެވެ. އަޔާން އަނެއްކާވެސް ކިޔެވުމައިގެން ފެށުނެވެ. ނަމަވެސް އިރު އިރުކޮޅާ އޮށޯވެ އޮތް އާލިޔާއަށް ކަންބޮޑުވެފައި ބަލައިލައެވެ. ދެތިން ކުދިންވެސް ކިޔެވުމަށް ސަމާލުވެގެން ތިބެ ވެސް އާލިޔާއަށް ބަލައިލައެވެ.

މައިޝާ އާލިޔާއަށް ބަލައިލިއެވެ. “މައި ކިހިނެއްވީތަ؟” އާލިޔަ އަހާލީ މައިޝާގެ އަތަށް ފިތާލަމުންނެވެ. މައިޝާ ތުންފަތުގައި ދަތްއަޅާލިއެވެ. އަދި އާލިޔާގެ ބޮލުގައި ފިރުމާލިއެވެ. ކުއްލިއަކަށް އާލިޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ވަގުތުން އޭނާ ޑެސްކުން ބޯ ނަގައި ބަނޑުގައި ދެއަތް އަޅައިގަތެވެ. މައިޝާވެސް ދިޔައީ ސިއްސައިގެންނެވެ. އާލިޔާ ބަނޑަށް ފިތަމުން ޑެސްކުގައި ބޯ ޖައްސާލީ މޫނު ފޮރުވޭނެހެންނެވެ. އޭނާއަށް އަޅާވޭން ފޮރުވަމުންނެވެ. “އާހް.. މައި…” އާލިޔާ އަށް ކެތްނުވެގެން ބުނެލިއެވެ. މިހާރު އޭނާގެ ރިއްސަނީ ދަށްބަނޑުގައެވެ. މައިޝާ އާލިޔާގެ ބޮލުގައި ފިރުމާލިއެވެ. އަދި ގާތްވެލިއެވެ. “އެލީ އުޅެބަ ދާން… ވެއިޓް.. އައި ހޭވް ޕެނެޑޯލް ކާޑް.. ދެންތަ..؟” މައިޝާ އަހާލީ ދަބަހުން ކާޑުނަގަމުންނެވެ. މައިޝާއަކީ މައިގްރޭން ހުންނަ ކުއްޖެއްކަމުން އަވަސް އަވަހަށް ބޮލުގައި ރިއްސާ އެނބުރުން އަރައެވެ. އެހެންވެ އޭނާ ދަބަހުގައި އަބަދުވެސް ޕެނެޑޯލް ކާޑެއް އޮންނާނެއެވެ. “މައި.. ތިން ގުޅާ ޕްލީސް…” އާލިޔާ ބުނެލީ އުނދަގުލަކުންނެވެ. “ނޯ އެލީ އޯވަރ ޑޯސް ވެދާނެ.. މިވެސް ބާރުގަދަ އެއްޗެކޭ އެއްފަހަރާ ކަންޏާ..” މައިޝާ ބުނެލީ ދެލޯ ބޮޑުކޮށްލާފައެވެ. “ޕްލީސް… ބުނާ ގޮތް ހަދާބަ މައި އަވަސް..” އާލިޔާ ބުނެލިއެވެ. އޭނާގެ އަޑުންވެސް އަޅާވޭން މައިޝާއަށް އަންދާޒާކޮށްލެވުނެވެ. އަޔާން އެދެމީހުން ކުރާކަންތަކަށް ބަލައިލިއެއްކަމަކު އެއްޗެއްނުބުނެ ހުއްޓެވެ. އޭނާވެސް ހުރީ ދާދި ދެންމެ ވީ ކަމަކުން ހިތުގައި ސުވާލު އުފެދިފައެވެ.

މައިޝާ ތިން ބޭސްގުޅަ ނައްޓުވާލާ ފެންފުޅި ދިއްކޮށްލުމުން އާލިޔާ ތެދުވެލިއެވެ. އޭރުވެސް ބަނޑުގައި އޭނާ އިނީ އަތް އަޅައިގެންނެވެ. ފުރަތަމަ ބޭސްގުޅަ އަނގަޔަށް ލާފައި އާލިޔާ ފެން ފުޅިން ކޯވަރެއް ބޯލިއެވެ. އަދި ދެން ހުރި ގުޅަތަށްވެސް ކާލާ ޑެސްކުގައި ހަމަޖެހިލައިގެން އޮތެވެ. ރިހުން ނުހުއްޓުނެއްކަމަކު ކުޑަކޮށް މަޑުވިކަމުގެ އިހްސާސް އާލިޔާއަށް ކުރިއެވެ.

ބެލްޖެހީ އެފަދަ ގޮތަކަށް އޭނާ ވޭނާއި ހަނގުރާމަކުރަނިކޮށެވެ. މިއަދުވެސް އާލިޔާއަށް އަޔާންގެ ގަޑިއަކަށް ސަމާލުކަމެއް ނުދެވުނެވެ. އެކަމުގެ ޒިންމާ ނަގާނީ ކާކުހެއްޔެވެ؟ އާލިޔާ ބޮލުގައި ހިފަހައްޓާލައިގެން ތެދުވެލިއެވެ. ރިހުމާއިވެގެން އައިސްފައިވާ ކަރުނަތަށް ފޮހެލިއެވެ. އޭރު އެމޫނުމަތިވެސް ވަނީ ރަތްވެފައެވެ. އާލިޔާ ކުރިމަތިން ކަންފަތް ފޫޅާއި ހަމާއަށް ކޮށާލެވިފައިވާ އިސްތަށިތަށް މޫނުމައްޗަށް ވަރައިލީ ދެލޯ ކުޑަކޮށް ނަމަވެސް ފޮރުވޭނެހެންނެވެ. “އެލީ މިއަދު އޯކޭތަ؟” ކުއްޖަކު ތެދުވެލަމުން އަހާލިއެވެ. އާލިޔާ ހިނިތުންވުމަކުން ފުއްދާލިއެވެ. އެއަށްފަހު ކޮޅަށް ތެދުވެލިއެވެ. އޭނައަށް އުނދަގޫވިއެވެ.  މައިޝާގެ އެހީގައި ފުރަތަމަ ފިޔަވަޅު އެޅުނެވެ. އެއަށްފަހު އެކަނި ހިނގައިގަތެވެ. ގެންގުޅޭ ލޮގް ފޮތް ބަނޑުގައި ފިއްތައިގެން ހުރީ އެ ރިހުން އަދިވެސް ހުރީމައެވެ. އޭރު އަޔާން ދޮރުމަތީ ހުއްޓެވެ. “މައި ބުނެބަ ދެން ކިހިނެއްވީ އޭރު..؟” ފުންނޭވައެއްލަމުން އާލިޔަ އަހާލީ ދޮރާއި ހަމާއަށް އަރަމުންނެވެ. މައިޝާ އިސްޖަހާލިއެވެ. “އަމް އެލީ…އެލީ…. ނިދާފަ އޮވެފަ ތެދުވީ އަޔާން އޭ ކިޔާފަ ހަޅޭލަވައިގަންނަމުން..” މައިޝާ ނުބުނަން ހުރެފައިވެސް ބުނެލިއެވެ. އާލިޔާގެ މޫނުމަތި އޮއްސުނުފަދައެވެ. އޭނާ ދެލޯބޮޑުވިއެވެ. “ވަޓްޓްޓް؟؟” އާލިޔާއަށް ބުނެލެވުނެވެ. އެއާއި އެކު ދޮރުމަތީ ހުރި އަޔާން ފެނުނެވެ. އަޔާން ބަލަން ހުރިގޮތުން އަވަސް އަވަހަށް އާލިޔާ އިސްޖަހާލައިފާ ކުލާހުން ނިކުތެވެ.

“ޔެސް.. އެލީ… އަޔާން ސަރ އަށްވެސް އިވުނު.. ވަރަށް ބާރަށޭ ގޮވާލީ..” މައިޝާ ބުނެލިއެވެ. “ވަޓް.. ނޯ ނޯ… ދެން އޭރުން އިނގޭނެ އޭނައަށް ޝިޓް.. ޝިޓް.. އޭނާ ހީކުރާނީ ކީކޭ ހާދަ ގޮތެއް ފޮތެއް ނެތޭ.. ނޯ މައި… ހިތަށް އަރާނެ ދޯ ހާދަ ވިޔާނުދާއޭ..” އާލިޔާ ރޮއެގަންނަމުން ބުނެލިއެވެ. އޭނާ ފިޔަވަޅުތަށްވެސް އެޅެނީ ވަރަށް މަޑުންނެވެ. ކުޑަކޮށެވެ. “އުނހު ހިއެއްނުކުރާނެ… އޭގެ ބަދަލުގައި ހީކުރާނީ އެހާ ރީތި ކުއްޖެއްގެ ހުވަފެނުގައި ކީއްބާއޭ އަޔާން އެ ކުރީ…؟ ކިހިނެއްބާއޭ އެވީ؟؟؟” ދެމީހުން ސިހުނީ އެމީހުން އެއްފަޅިއަކަށް އަރާފައި އެހެން ބުނި އަޔާންފެނިފައެވެ. އާލިޔާ ވަގުތުން އިސްޖަހާލިއެވެ. މައިޝާ އާލިޔާގެ އަތަށް ފިތާލިއެވެ. “އަސްލު ކިހިނެއްވީތަ އާލިޔާ؟؟” އަޔާން އަހާލީ ވަރަށް އޯގާތެރިކަމާއި އެކުގައެވެ. އާލިޔާ ޖަވާބެއް ނުދިނެވެ. އޭނާ ފިޔަވުތަށް ހަލުވިކުރަން އުޅުން ބޭނުންވިއެއްކަމަކު އެ ފަކީރުގައިގާ ވާ އެ ރިހުމުގެ ސަބަބުން އެކަމެއް ނުވިއެވެ. “އޯކޭ ނުބުނަންޏާ.. ބައި ދަވޭ ޑޯންޓް ފޯރގެޓް ދަ ޕްރޮމިސް..” އަޔާން އެހެން ބުނެފައި އަވަސް ފިޔަވަޅުތަކެއްގައި އެމީހުންނައި ކުރިއަށް ހިނގައިގަތެވެ. އާލިޔާ އަޔާން ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. އެބުނީ ކޯޗެއްގެ ވާހަކަ ކަން ދެމީހުންނަށްވެސް އިނގެއެވެ. އާލިޔާ ފުންނޭވައެއްދޫކޮށްލިއެވެ.

“އެލީ.. އޭނާއަށް ކަމެއް ޝައްކުވަނީ ކަންނޭނގެ.. އެލީގެ ފަރާތުން…. އައި މީން އެހެންމީހުންނަށް ފާހަގަނުވިޔަސް އޭނާއަށް ފާހަގަކުރެވުނީ އެ… ވަރަށް ބަލާތީނު އެއީ…އެހެންވެ އޭނާ އެ އުޅެނީ.. އެވަރުން ދަންޏާ ހީވޭ އޭނާ ތިކަންތަށްވެސް ހޯދާނެހެން..” މައިޝާ ބުނެލިއެވެ. “ނޯ މައި.. އެކަން ވިޔަކަ ދުވަހަކުވެސް ނުދޭނަން… އެލީ މަރުވެދާނަން.. އެކަމް އެލީގެ ފަރާތުން އެލީ މަންމައެއް ބަދުނާމްއެއް ނުކުރާނަން..” އާލިޔާ ބުނެލިއެވެ. “މިއަދު ނޭނގެ ވާނެގޮތެއް… މިރޭވެސް ނުވެއްޖެއްޔާ ވެދާނެ..” ފެންކަޅިވެފައި ހުރި ހާލު އާލިޔާ ބުނެލިއެވެ.

ދެމީހުން ވަކިވެގެން ދިޔުމާއި އެކު އާލިޔާ އެކަނިވެރިވިއެވެ. ބޮލުގައި އައްސާލެވިފައި އިން ވޫލުގަނޑު ދަމައިގަންނަން އަތް ނެގިވަގުތު އޭނާ ބަނޑުގައި އަޅާލައިގެން ހުރި ފޮތް ވެއްޓުނެވެ. އާލިޔާ ގުދުވެލަން އުޅުނެވެ. ނަމަވެސް އުނަގަނޑަށް އެރި ތަދަކުން އެކަމެއް ނުވިއެވެ. އޭނާ އެހިސާބުގެ ކަށިގަނޑަށް ވަރަށް ތަދުވިއެވެ. އަނެއްކާވެސް ގުދުވެލަން އުޅުމުން ވީ އެވަރެވެ. އާލިޔާ ދެންވެސް ފޮތް ނަގަން ގުދުވެލި ވަގުތު އޭނާއަށް ފެނުނީ އޭނާކައިރިއަށް ހުއްޓުނު މީހާގެ އޮފް ކަޅު ބޫޓެވެ. އޭނާ އަތުން ފޮތް ނަގައިލިތަނެވެ. އާލިޔާ އިސްއުފުލާ ބަލައިލި އިރު ހުރީ އަޔާންއެވެ. އަޔާން އާލިޔާއަށް ފޮތް ދިއްކޮށްލިއެވެ. އާލިޔާ އެ ލޮލަށް ބަލަންހުރެފައި އަވަހަށް އެހެން ދިމާލަކަށް ނަޒަރު ހިންގާލިއެވެ. އަދި ފޮތުގައި ހިފައިފާ ހިނގައިގަތެވެ. “އާލިޔާ! ބައެއްފަހަރު ޖެހޭނެ މީހުންގެ އެހީވެސް ހޯދަން އިނގޭ؟ މިދުނިޔެއަކު އެކަނި އެއް ނޫޅެވޭނެ..” އަޔާން ބުނެލިއެވެ. އާލިޔާ ހުއްޓުމެއްނެތި ހިނގައިފާ ދިޔައެވެ.

އަޔާން އާލިޔާ ދިޔަ ދިމާލަށް ބަލަންހުއްޓެވެ. އެއަށްފަހު އަމިއްލަ ނަފްސަށް ހިނިތުންވެވުނެވެ. ބޮލުގައި އަތުފުނާ އަޅާލުމަށްފަހު އޭނާ ސައިކަލަށް އަރަން ދިޔައެވެ.

އާލިޔާ ގެއަށް ދިޔައިރު ގެ އޮތީ ފަޅުކޮށެވެ. އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ނެތް ހަކަތަ ލައިގެން ފެންވަރާލައިގެން ނުކުތެވެ. އެއާއިއެކު އޭނާއަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އޭނާއަށް ނިދުނީވެސް އެހެން އޮއްވައެވެ. އާލިޔާ ސިހުނީ މީހަކު ދޮރުގައި ޖަހާލުމުންނެވެ. ފުންނޭވައެއް ދޫކޮށްލާފައި އާލިޔާ ދޮރު ހުޅުވާލި އިރު ހުރީ ސައީދާއެވެ. އާލިޔާ ދުރުބަލައިލިއެވެ. “މިރެއަށް ތައްޔާރުވާތި..” ސައީދާ ބުނެލިއެވެ. އާލިޔާގެ މޫނުމަތިން ނުތަވަސްކަން ވެރިވިއެވެ. “ކޮންމެ ކޮންމެ ރެއަކު … މަންމާ މިވެސް އިންސާނެކޭ.. މިގަޔަކު ނެތޭ ތިހުރިހާ ކަމެއް ކުރާހާ ވަރެއް.. މި ދުނިޔެއަށް ގެނައީކީ މަންމައަށް މިގޮތަށް ލާރި ހޯދައި ދޭކަށެއްނޫނޭ… ވަޒީފާއަކަށް ގޮސްދާނަން.. ލާރި ދޭނަން.. އެކަމް މަންމާ ހެޔޮނުވާނެ މިހެނެއްނޫން..” އާލިޔާ ބުނެލިއެވެ. “ބުނީމަ ބުނާގޮތަށް ހަދާނީ..” އާލިޔާގެ އަނގަމަތީ ޖަހަމުން ސައީދާ އެހެން ބުނެލިއެވެ. އާލިޔާ ދޮރު ލެއްޕުމަށްފަހު ހުރިތަނަށް ތިރިވެވުނެވެ. އޭނާ މިއަދު މަރުވާނެއެވެ. މިހެންދަންޏާ އެތެރެ ހަށި އެކީ ހަލާކުވެގެން ދާނެއެވެ.

އާލިޔާ ދޮރުބުޑުގައި އެ އިންގޮތަށް އިންދާ ފޯނު ރިންގްވަމުން ދިޔައެވެ. އޭނާ އެނދުކައިރިއަށް އައިސް ފޯނު ބަލައިލި އިރު އެއީ އަޔާންއެވެ. އޭނާއަށް މިރޭގެ ވައުދު މަތިން ހަނދާންވިއެވެ. އަނެއްކާވެސް ރޮވުނެވެ. ނަމަވެސް ކޮންޓްރޯލްކުރަމުން ނަގައިލިއެވެ.

“ހަލޯ ދޮންތީ.. މިރޭ އަންނަން ދޯ އަނާ އާއި އެކު ދާން؟؟” ފުރަތަމަވެސް އުންމީދުން ފުރިގެންވާ ގޮތަކަށް އަނާ ބުނެލިއެވެ. “އަނާ… ސީ.. ދޮންތި މާދަމާ ރޭ ދާނީ އިނގޭ.. މިރޭ ދޮންތި ވަރަށްށް ބިޒީ..” ހަމަޖެހުން ދައްކަމުން އާލިޔާ ބުނެލިއެވެ. “ދޮންތި ޕްރޮމިސްކުރީމެއްނު” އަނާން ބުނެލިއެވެ. އަޑުގައިވަނީ މާޔޫސްކަމެވެ.

“ޔާ އެކަމް ދޮންތިގެ މަންމަ މިއަދު ބުނީ ބޮޑުކަމެއް ކޮށްދޭށޭ.. އެހެންވެ ދޮންތިޖެހޭނެ އެކަން ކޮށްލަން..” އާލިޔާ ބުނެލިއެވެ. ލޯބިންނެވެ. “ދެން.. ވަރަށް ފޫހިވެ..” އަނާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. އާލިޔާ ފޯނަށް ބަލަހައްޓައިގެން އިނެވެ. އޭނާ ވިސްނަންފެށިއެވެ. އަނާން ދެރަކޮށްލެވުނީއެވެ. ވައުދު އުވާލެވުނީއެވެ. ވިސްނާލުމަށްފަހު މެސެޖެއްކޮށްލިއެވެ. “ހޭ އަނާ…ދޮންތި ޕްރޮމިސް ބްރޭކްނުކޮށްލާނެ ނު ދޮންތިގެ ހުރި ހަމައެކަނި ކޮއްކޮއަކީވެސް ތީ އެއްނު.. އެހެންވީމަ ދޮންތި މިރޭ ދާނަން އިނގޭ…” އާލިޔާ މެސެޖް ސެންޑްކޮށްލުމާއި އެކު އެކޮޅުން ގުޅިއެވެ. “ތެންކިޔު ދޮންތީ.. އަނާއަށް އިނގޭ ދޮންތި ޕްރޮމިސް ބްރޭކްނުކުރާނެކަން.. ލަވް ޔޫ ދޮންތީ… އަނާ ވެއިޓްކުރާނަން އިނގޭ… ބައި…” އަނާ ބުނެލިއެވެ. “އޯކޭ ބައި..” އާލިޔާ ކުރުކޮށްލުމަށްފަހު ފޯނު ކަނޑާލިއެވެ.

އޭނާ މިރޭ މަރުވިޔަސްހެވެވެ. އަމިއްލަ ނަފްސަށްޓަކައި ހަނގުރާމަކުރަން ބޭނުމެވެ. އަނާން އަށް ޓަކައެވެ. ފަހުކަމަކަށްވާނީމަރެވެ. މިރޭ އޭނާ މަރާއި ހަނގުރާމަކުރަންޖެހުނަސް ހެވެވެ. އާލިޔާ ގަދަ އަޒުމެއް ކަނޑައެޅިފަދައެވެ. ރޭގަނޑުގެ ވަގުތެވެ. ގަޑިން އޭރު 8 ޖެހުމާއި އެކު އާލިޔާގެ ފޯނަށް ކޯލެއް އައެވެ. އާލިޔާ އަންނަންވީތަން ބުނެލާފައި ފޯނު ބޭއްވުމަށްފަހު ދޮރު ހުޅުވާލީ މި ގަޑީގައި ސައީދާމެން ގެއަކު ނޫޅޭނެކަން އިނގޭތީއެވެ. އެ ހިނގާކަމެއް ހިނގަނީ 10 ގެ ފަހުންނެވެ. އާލިޔާ ދޮރު ހުޅުވާލުމަށްފަހު މަޑުން ލެއްޕިއެވެ. އެއާއި އެކު ދެލޯ ބޮޑުކޮށްލެވުނެވެ. ސޯފާގައި އިން ސައީދާއާއި ނިމާލް ފެނިފައި ހުއްޓުން އެރިއެވެ. އެމީހުންގެ ތުނބުގައި އޭރުވެސް ފުޅިއެއް ޖަހާލެވިފައި އޮތެވެ. “ކަލޭ ކޮންތާކަށް ދާން؟ ހަމަ މިހާރު ކޮޓަރިއަށް ވަދޭ؟” ސައީދާ ބުނެލިއެވެ. އަނގައިގާ ހަކަތައެއްހާ އެތިވެސް ނެތެވެ. އާލިޔާ ޖަވާބު ދޭން ނުހަދާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ސައީދާ އާލިޔާއާއި ދިމާލަށް އައީ ވައިރޯޅިއެއް އަންނަހާ ބާރުމިނުގައެވެ. އާލިޔާއަށް ތެޅިގަނެވުނެވެ.

“މަށަކަށް ނުބުނެވޭތަ ވަންނާށެކޭ… ނޫނީ ކަލޭ ބީރުވީތަ..” އާލިޔާގެ ކަންފަތުގައި ހިފާލަމުން ސައީދާ ބުނެލިއެވެ. އާލިޔާ އަށް ރޮއެގަނެވުނެވެ. އަޅާފައިވާ އަނދުނާއި  މަސްކަރަ އާއި އެކުވެގެން ކަރުނަތަށް ފައިބައިގެން ދިޔައީ ކަޅުކުލައިގައެވެ. އާލިޔާ ރީތިގޮތަކަށް ހަދާފައި އިން އިސްތަށިގަނޑުގައި ސައީދާ ހިފައިގަތެވެ. “ވަދޭ އެތެރެއަށް..” ސައީދާ އާލިޔާ އޭނާގެ ކޮޓަރި ދޮރާއި ދިމާލަށް ކޮށްޕާލަމުން ބުނެލިއެވެ. ނަމަވެސް މިއަދު އާލިޔާ ފަސްޖެހޭކަށް ބޭނުމެއްނުވިއެވެ. “ކިހާ ދެރަކަމެއް.. ވަންނާށޭ މަގޭ މޫނު ބަލަންނުހުރެ..” ސައީދާގެ އަޑު ވީ ހައްތަހާ ގަދައެވެ. އާލިޔާ ޖީބްގައި އޮތް އޭނާގެ ފޯނު ރިންގްވަމުން ދިޔުމުން އެމީހުން އައީކަން އާލިޔާއަށް އިނގުނެވެ. އާލިޔާ އިސްޖަހާލުމަށްފަހު ހިންދިރުވާލިއެވެ. އެއަށްފަހު އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. “ކަލޭ ކަންފަތް ބީރީތަ ނޫނީ ރަނގަޅު ލަނޑެއް ދޭންވީ ދޯ.. ނިމާލް ކޮބާ އެމީހުން ގެނޭ މިހާރު… އޭގެ ކުރިން ނިމާލް މީނަ އަށް ރަނގަޅު ބޮނޑިއެއް ދީ..” ސައީދާ ބުނެލިއެވެ. ނިމާލް ސޯފާއިން ތެދުވިގޮތުން ހުރީ ރަނގަޅަށްވެސް މަސްތުވެފައި ކަން އޭނާއަށް އިނގުނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބިރުންނެވެ. ވައިބްރޭޓް ވަމުން ދިޔަ ފޯނުގެ ސަބަބުންވެސް އާލިޔާ ބިރުގަތެވެ.

ނިމާލް އައީ އާލިޔާއާއި ދިމާލަށެވެ. އައިގޮތަށް އައިސް އޭނާގެ އިސްތަށިގަނޑުގައި ހިފައިފާ ދޮރު ހުޅުވާ އެތެރެއަށް ވެއްދިއެވެ. އަދި އެނދާއި ދިމާލަށް ކޮށްޕާލިއެވެ. އޭނާ ހީވަނީ މިނިކާ އެއްޗެއްހެންނެވެ. އާލިޔާއަށް ބަލަންހުރެފައި އޭނަ އާލިޔާގެ އަންނައުނު ތަކަށް ދަމަންފެށިއެވެ. އާލިޔާއަށް އެއްވެސް ބާރެއްނުދެއްކުނެވެ. ފޯނުވެސް ދިޔައީ ވައިބްރޭޓް ވަމުންނެވެ. ނިމާލް އާލިޔާގެ ޖިންސް އެއްލާލިވަގުތު ފޯނު ތަޅުންގަނޑުގައި ޖެހުނު އަޑުއިވުނެވެ. އާލިޔާގެ ދުވަސްދިޔައީއެވެ. އޭނާއަށް ހީވީ ނިމާލްގެ ބަދަލުގައި ކުރިމަތީ އެ ހުރީ އޭނާގެ މަރުހެންނެވެ.

މިނެޓަކަށްފަހު މިނެޓެއް ހޭދަވެގެން ދިޔައީ ވޭނަކާއި އެކުގައެވެ. އާލިޔާ ގަދަ ހެދުމުން ލިބޭ ވޭން އިތުރުވެއެވެ. އޭނާ ދެލޮލުން ކަރުނައެއް ނުހިކެއެވެ. ގަޑީއިރެއް ވޭތުވެދިޔައެވެ. އާލިޔާއަށް ވިސްނެމުންދިޔައީ އަނާންމެންނާއި ދޭތެރޭއެވެ. އަމިއްލަ ހާލާއި މެދު ވިސްނައިވެސް ނުލެވުނެވެ. “ބައްޕަ.. ތީވެސް ބައްޕައެއްނޫންތަ ހެ..ހެޔޮނުވާނެ..” އާލިޔާ ކިޔަމުން ދިޔައެވެ. ނަމަވެސް ނިމާލް އެ މަލުގެ މީރު ރަހަ ހޯދަމުން ދިޔައެވެ. އާލިޔާ އެންމެ ފަހުން ނިމާލްގެ ބަނޑުގައި އަޅާ އެނދާއި ދުރަށް ކޮށްޕާލިއެވެ. އޭނާއަށް އެ ބާރު ލިބުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ގައިގާ އަޅާ ވޭނެއްގެ ސަބަބުން ގުޑއިވެސް ނުލެވޭ ވަރުވެފައި ހުއްޓާ އެކަން ކުރެވުމުން އާލިޔާވެސް ހައިރާންވިއެވެ. އާލިޔާ އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ނިމާލް އައިގޮތަށް އައިސް އާލިޔާގެ ގައިގާ ހިފަ އެނދުމައްޗަށް ވައްޓާލީ އައި ރުޅިއާއި އެކުގައެވެ. އިރުކޮޅެއް ނުވެ ސައީދާ އެތެރެއަށް ވަތް ތަން ފެނުމުން ނިމާލް ދުރަށްޖެހިލިއެވެ. އޭނާ ހުރީ މައިނޭވާ ލައިލައެވެ. އޭރުވެސް ތުންފަތުގައި ވަނީ ނުބައި ހިނިތުންވުމެކެވެ. އާލިޔާ އެނދުގެ ކަނަކަށް ގޮސް އިށީނދެ އިނދެ ގުޅަޖެހިފައި އޮތް ބެޑްސީޓުން އޭނާގެ ގައި ފޮރުވާލިއެވެ. ސައީދާ ނިމާލްކައިރި އެއްޗެއް ބުނުމުން ނިމާލް ގަމިހާއި ސޯޓް ލަމުން ކޮޓަރިން ނިކުމެލިއެވެ. އާލިޔާ ގިސްލަ ގިސްލާފައި ރޮއެގަނެވުނީ ދެނެވެ. އޭނާ ހިތަށް އެރި އެއްޗެއްގެ ސަބަބުން ފުރަތަމަވެސް ދޮރާއި ދިމާލަށް ބަލައިލިއެވެ. އެއަށްފަހު ފިރުކެމުން ކަހަލަ ގޮތަކަށް އެނދުން ފޭބިއެވެ. ކޮއްޅަށްވެސް އެފަކީރަށް ނުހުރެވުނެވެ. އެތެރެހަށި ހީވަނީ ވިރެނީހެންނެވެ. ރޮމުން ރޮމުން އާލިޔާ އޭނާގެ ހެނދުންތަކާއި ދިމާލަށް ބަލައިލާފައި އެދިމާލަށް ފިރުކެލިއެވެ. އެއަށްފަހު ހާލަކުން ހެދުން ލައިފައި ޖިންސް ތެރޭ އޮތް ފޯނުނަގާލިއެވެ. 30 މިސްކޯލް އެބައިނެވެ. ދެން އޮތީ މެސެޖެކެވެ.

ތުރު ތުރުއަޅާ ހާލު އާލިޔާ މެސެޖް ހުޅުވާލިއެވެ. “އާލިޔާ!! ނާދެވެންޏާ ބުނިނަމަ… އަނާ ހައްދާލީމުހޭ.. އެކަމް ހިއެއްނުކުރަން ތިހެން ހަދާނެކަމަކަށް.. އަނާ ދެރަކޮށްލާނެކަމަށް.. ވި ސްޓޭއިޑް ދެއަރ ފޯރ 30 މިންސް… ބުނެލިނަމަ.. ނެވަރ މައިންޑް…”  އެއީ އަޔާންގެ މެސެޖެކެވެ. އާލިޔާއަށް އަނގަމަތީ އަތްއަޅާފައި ރޮއެގަނެވުނެވެ. އެއަށްފަހު އެނދުގައި ހިފަހައްޓާލައިފާ އިށީނދެލާ ޖިންސްލިއެވެ. ކަރުނަތަށް ފޮހެ ފޮހެ ވެސް އެ ލޮލުން ނުހުއްޓުނެވެ. އާލިޔާގެ ހިތުގައި ޖެހުނީ އަޔާން އޭނާ އާއި މެދު ވިސްނާނީ ހާދަ ނުބައި ކުއްޖެކޭ ހިތަށް އަރާފައެވެ. އާލިޔާ އެހެން އިންތަނާ އަނެއްކާވެސް ސައީދާ އެތެރެއަށް ވަދެގަތެވެ. އަތުގައި އޮތީ ފުޅިއެކެވެ. އާލިޔާ ދެލޯ ބޮޑުކޮށްލެވުނެވެ. “މަންމަ އަހަރެން މަރުނުވެގެންތަ ތިއުޅެނީ..” އާލިޔާ ބުނެލިއެވެ. ސައީދާ އެއްޗެއް ނުބުނެ އައިސް އާލިޔާގެ އަނގަޔަށް އެ ފުޅިޖެހިއެވެ. އާލިޔާ ސައިދާގެ ގައިގާ ހިފަހައްޓާފައި ކޮށްޕާލިއެވެ. ފުޅިއާއި އެކު ސައީދާ ވެއްޓުނެވެ. އާލިޔާ އޭނަ އަތުގައި އޮތް ފޯނަށް ބަލައިލާފައި ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އޭނަގެ ބަނޑަށް އެރިތަދާއި އެކު ހުރިތަނަށް އޭނާ ވެއްޓުނެވެ. އުނަގަނޑުން ތިރީގައި އެއްވެސް ކަމެއްނެތްފަދައެވެ. ހީވަނީ ވާވެފާހެންނެވެ.

އާލިޔާ ތެދުވަން އުޅެނިކޮށް ސައީދާ އަނެއްކާވެސް އައިސް އާލިޔާގެ އިސްތަށިގަނޑުގައި ހިފައިފާ އެ ފުޅި އަނގަޔަށް ޖެހިއެވެ. އާލިޔާއަށް ހަމައިން ނެއްޓޭހާ ވަރުވުމާއި އެކު އެ ފުޅީ ދަމައިގަތީ ވިހަ ހިނިތުންވުމަކާއި އެކުގައެވެ. އެއަށްފަހު ނުކުމެގެން ދިޔައެވެ. އާލިޔާ ދެލޯ ގަދަކަމުން ހުޅުވައިގެން ހުރެ ސައީދާ ދިޔަ ދިމާލަށް ބަލަންހުއްޓެވެ. އެއަށްފަހު ތެދުވެލިއެވެ. ގައިގާ ހަކަތައެއްވެސް ނެތްހެން އޭނާއަށް ހީވިއެވެ. އާލިޔާ ކޮޓަރިން ނިކުމެލީވެސް މަސްތުވެފައި ހުރެއެވެ. ނިމާލްއާއި ސައީދާ ސިޓިންގް ރޫމްގައި ތިބީ މަސްތުވެފައެވެ. އާލިޔާ އެމީހުންނާއި ދިމާ ބަލައިލުމަށްފަހު ދޮރާއި ދިމާލަށް ދަނިކޮށް ނިމާލް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އާލިޔާ ފަސްއެނބުރި ނިމާލްއަށް ބަލައިލުމަށްފަހު ނިމާލްގެ ކޯތާފަތަށް ބާރު އެތިފަހަރެއް އަޅުވާލިއެވެ. ނިމާލް ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އާލިޔާ ހަމަހޭގައި ހުރެ ނުކުރެވޭ ކަންތަށްކުރަން ހިތްވަރުލިބުނީ ހަމަހޭގައި ނެތްއިރުއެވެ. އޭނާ ހަޤީޤަތުގައި އެ ހިތްވަރު ލިބުނީ އަޔާންގެ ސަބަބުންނެވެ. އަޔާން ގެ އެ މެސެޖްގެ ސަބަބުން އަޔާންއަށް ތެދުހާމަކުރަން ބޭނުންވިވަރު ބޮޑުވުމުންނެވެ. އޭނާއަކީ ވައުދު އުވާލާ ކުއްޖެއްނޫންކަން އަންގާށެވެ. ސައީދާ އާލިޔާގެ އަތުގައި ހިފަހައްޓާލަމުން އާލިޔާ އަތް ފޮޅާލިއެވެ.

ކަލޭ ބޮވުނީމަ ހާދަ ވަރެއް ތިވީ… މަގޭ ރަނގަޅުކަން އޭގެތެރެއަށް ބޭސްނޭޅިކަން އެހެންނޫންމަ ކަލޭ އޮންނާނީ ނިދާފަ… ބޭސް އެޅުނުނަމަ އެކަމެއްނުވީހޭ.. ” ސައިދާ ބުނެލިއެވެ. އޭނާގެ އަނގައިގާ ހަކަތައެއްނެތެވެ. އާލިޔާ ސައީދާ ދުރަށް ކޮށްޕާލިއެވެ. ސައީދާ ގޮސް ޖެހުނީ ސިޓިންގް ރޫމްގައި ހުރި ކަބަޑަށެވެ. އާލިޔާ އެމީހުންނާއި ދިމާލަށް ބަލައިލުމަށްފަހު ހޭންފެށިއެވެ. އޭނާ ހުރީ ރަނގަޅަށްވެސް މަސްތުވެފައެވެ. އާލިޔާ ބޭރު ދޮރު ހުޅުވާލާފައި ނިކުތެވެ. ފަހަތުން ނިމާލް އައިކަން އިނގުމުން މަގުމަތިން ގޯޅިއަކަށް ވަދެ އޭނާ ފިލިއެވެ. އޭނާ ގޭ އިންނަ މަގުމަތި އޭރު އޮތީ ފަޅުކޮށެވެ. އާލިޔާ ހޯދަ ހޯދާފައި ނިމާލް އެތެރެއަށް ވަތްތަން ފެނުމުން އާލިޔާ އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. އަދި ހިނިތުންވެލުމާއި އެކު އަޔާންއަށް ގުޅާލިއެވެ. ނަމަވެސް އަޔާން ފޯނު ކަނޑާލީއެވެ. އާލިޔާ އަނެއްކާވެސް ގުޅާލިއެވެ. އޭނާ ސިކުނޑިހަމައެއްނޫނެވެ. ހަމަނަމަ އޭނާއަށް އަޔާންއަށް ގުޅާލަން ނުވެސް ކެރުނީހެވެ.

އާލިޔާ ގެ ފޯނު އަނެއްކާވެސް އަޔާން ކަނޑާލިއެވެ. އާލިޔާ ދެރަވިއެވެ. ކުއްލިއަކަށް އޭނާ ސިހުނީ އަޔާން ގުޅަން ހެދީމައެވެ. ދަތްޕިލަ ފެންނަވަރަށް ހިނިތުންވެލާފައި އާލިޔާ ފޯނު ނަގާލިއެވެ. “އަޔާންންން!!!” އަނގައިގާ ވާގިއެއްވެސް އާލިޔާގެ ނެތެވެ. ދެލޯ މަރާލަމުން ގޮވާލިއެވެ. ފޯނުގައި ހުރި އަޔާންއަށް ދެބުމަ ގޮށްޖަހާލެވުނެވެ. އެ ގޮވާލިގޮތުން ވެސް ކަމެއް ގޯސްކަމުގެ އިހްސާސްވިއެވެ. “ހަލޯ އާލިޔާ.. ކީއްވެނައީ؟؟” އެ ހާސްކަން ކަނޑާލަމުން އަޔާން ބުނެލިއެވެ. “އަޔާންންން…” އާލިޔާ ދެންވެސް ގޮވާލީއެވެ. އޭނާ އިރު އިރުކޮޅާ ހިނިތުންވެލައެވެ. “އާލިޔާ އާރ ޔޫ ޑްރަންކް؟؟؟؟” އަޔާންއަށް ޝައްކުވެގެން އަހާލިއެވެ. “ނޯން.. އެލީ ޑްރަންކް ނޫން.. އެލީ ނުވެސް ކުރާނެ.. އެލީ މީ ގޯސް ކުއްޖެއްނޫން.” އާލިޔާއަށް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. ނަމަވެސް އަޔާންއަށް އެ ޖުމްލައިންވެސް ފާހަގަވިއެވެ. އަޔާންއާއި އާލިޔާ އެގޮތަކަށް ވާހަކަވެސް ދައްކާފައެއްނީންނާނެއެވެ. އަދި ހާއްސަކޮށް އަޔާން ކިޔައިގެންނެވެ. އަނގައިގައި ވަރެއްވެސް ނެތެވެ. “އަޔާންން… ކީއްވެ އެހެން ހެދީ؟” އާލިޔާ އަހާލީ ކަރުނަތަށް ފޮހެލަމުންނެވެ. އޭނާ ހަމަހޭގައި ނެތެއްކަމަކު ރޮވެން ފެށުނެވެ. އަޔާންއަށް ވާނުވާ ނޭނގުނެވެ. “އާލިޔާ!!! ކިހިނެއްހެދީ؟؟ އެން ޓެލްމީ ވެއަރ އާރ ޔޫ؟؟ ވައި އާރ ޔޫ ޓޯކިން ލައިކް ދިސް.. ޔޫސް ކުރީތަ؟؟” އަޔާންގެ އަޑުގައިވަނީ ހާސްކަމެވެ.

“އަޔާން… ދެރަކޮށްށްށްލީ…. އަޔާނ……” އާލިޔާ ބުނެލިއެވެ. “އާލިޔާ ޓެލްމީ؟؟ ކޮންތާކުތިހުރީ؟؟” އަޔާން ބުނެލިއެވެ. “އަޔާންންންން” އަލިޔަގެ އަޑު ކެނޑުނެވެ. އޭނާ ރޯ އަޑު އަޔާންއަށް އިވެންފެށިއެވެ. “އާލިޔަ ޓެލްމީ… ކިހިނެއްވީތަ؟ ކިހިނެއްވެ ތި ރޮނީ؟؟؟ ކާކު ދިން އެއްޗެއް ތީ.. އާލިޔާ ހުއްޓާލާފަ ބުނެބަ..” އަޔާން ކިޔަމުން ދިޔައެވެ. އާލިޔާއަށް މީހަކު އެއްޗެއް ދިނީކަމަށް އޭނާއަށް ލަފާކުރެވުނީއެވެ. “އަޔާންން… އެލީ… ދެރަކޮށްލީ އަޔާން.. އެންމެންވެސް ދެރަކޮށްލީ… ބާކީވެސް ކުރީ…” އާލިޔާ ބުނެލީ ރޮމުންނެވެ. ކުއްލިއަކަށް މަގަށް ހުއްޓި ސައިކަލުގެ އަޑު އިވުމުން އާލިޔާ ބޮޑަށް ފިލާ އިނީ ބިރުގަނެފައެވެ. އަޔާންއަށް އެ އަޑުއިވުމާއި އެކު އާލިޔާ އެ އިނީ ބޭރުގައި ކަމަށް އަންދާޒާކޮށްލިއެވެ. “އާލިޔާ.. ބޭރުގަތަ؟ ބުނެބަ ކޮންތާކު ތީނީ؟؟ ސަރ ދަންތަ ބަލައި؟ އާލިޔާ ނުރޮއެ ބުނެބަ ސަރ ގޮސްދާނަމޭ….. ޝާހީ ޕްލީސް އިހަށް ދޭބަލަ.. މުހިންމު ކަމެއް ކުރަނީއެ މި…” އަޔާން އާލިޔާ އާއި ވާހަކަދައްކަމުން ގޮސް މެދުކަނޑާލީ ހުއްޓުމެއްނެތި އަޔާންއަށް ގޮވަމުން ދިޔަ ޝާހީނާއަށް ރައްދުދެމުންނެވެ. އާލިޔާއަށް އެއަޑުއިވުނެވެ.

“ޝާހީ ޕްލަސް އަޔާން… އާލިޔާ އެކަނި…. އަޔާންވެސް ނެތް… އަޔާން ދިޔައީ…” އާލިޔާ ކިޔަންފެށިއެވެ. މިވަގުތު އޭނާއެކޭ މޮޔައެކޭ ތަފާތެއް ނެތެވެ. އަޔާން ކުރާ ސުވާލަކަށް ޖަވާބެއްވެސް އޭނާ ނުދިނެވެ. “އާލިޔާ.. ޕްލީސް ބުނެބަ ކޮންތާކު ތީނީ.. ޕްލީސް…” އަޔާން ބުނީ އާދޭސްކުރަމުންނެވެ. ފޯނުން އާލިޔާ އެއްޗެއް ބުނަން އަނގަ ހުޅުވާލި ގަޑީގައި ސިއްސައިގެން ދިޔައީ އޭނާގެ ކުރިމައްޗަށް ހުއްޓުނު ސައީދާފެނިފައެވެ. ބިރުން ތުރު ތުރުއަޅައިގަނެފައި އާލިޔާ ފޯނު ޖީބަށް ލީ ފޯނު ކަނޑާލާފައެވެ.  “ކަލޭ ހީކުރީތަ ފިލޭނެކަމަށް.. ހަމަ މިހާރު ހިނގާ ގެއަށް..” އާލިޔާގެ އަތުގައި ހިފައިފާ ސައީދާ ދަމައިގަތެވެ. އާލިޔާއަށް ތަދުވެގެން “އާހް” އޭ ބުނެވުނެވެ. އަޔާން ފޯނުން އާލިޔާއަށް ގުޅަމުންދިޔައެވެ. ނަމަވެސް ފޯނުނަގާނީ ކިހިނެއްހެއްޔެވެ؟

“މަންމަ އަޅުގަނޑު ނުދާން.. މަންމަ ބުނާ ގޮތް ނުވެސް ހަދާނަން.. މަންމަ ބޭނުން އެއްޗެއް ނުވެސް ހެދޭނެ.. އަޅުގަނޑު ބޭނުމީ އަޔާން ކައިރިއަށް ދާން.. އަޔާން ކައިރި ބުނަން މަންމަގެ ވާހަކަ.. މަންމަ ކުރާ ކަންތަކުގެ… ވާހަކަ…” އާލިޔާ ބުނެލީ އަތް ދަމައިގަންނަމުންނެވެ. “ކަލޭ މޮޔަ ވީތަ ހަމަ މިހާރު ހިނގާ ގެއަށް.. އޭރުވެސް ބޭހާއި އެކު ދެވުނުނަމަ މިވަރެއް ނުވިސް…” ސައީދާ އާލިޔާގެ އަތުގައި ހިފައިފާ ހިނގައިގަތެވެ. އާލިޔާ އަތް ދަމައިގަތެވެ. “ނުދާނަމޭ.. އަޅުގަނޑު…. ބޭނުމީ..އަޔާން ކައިރި ބުނަން… އަޔާން ހީކުރީ އަޅުގަނޑު މީ ޕްރޮމިސް ބްރޭކް ކުރާ ކުއްޖެއްކަމަށް.. އެކަމް އަޅުގަނޑު ތެދުބުނާނަން.. މަންމައަށް ނުކެރޭނެ ކަމެއް ކުރާކަށް… މިއަދު އަޅުގަނޑު ނުހަދާނަން މަންމަ ބުނާ ގޮތެއް.. ތީ މަންމައެއް ނޫން.. މަންމަ ނަމަ……….. އާހް…” އާލިޔާ ކިޔަމުން ދިޔަ ވާހަކަ ހުއްޓުނީ ސައީދާ ގެ ހޫނު ހަމަލާއިންނެވެ. އާލިޔާ ކޮލުގައި ހިފަހައްޓާލައިފައި ހުރެ ސައީދާ ކޮށްޕާލިއެވެ. އެ ކަމުން އޭނާގެ ނިދިފައި ހުރި ބްރެއިން ސެލްސްތަށް ހޭއެރިކަހަލައެވެ. މަސްތުކަން ކުޑަކޮށްނަމަވެސް ފިލިކަހަލައެވެ. ސައީދާ ގޮސް ވެއްޓުނީ ބިންމައްޗަށެވެ. އާލިޔާ ދުއްވައިގަތީ މަގުމައްޗާއި ދިމާލަށެވެ. އޭނާއަށް ހަމަޔަށް ހަށިގަނޑުވެސް ނުހިފެހެއްޓޭ ހާލުވެސް މަސައްކަތްކުރީ ސަލާމަތްވާށެވެ.

އާލިޔާ ރޮމުން ރޮމުން ގޮސް ބިންމައްޗަށް ވެއްޓެވުނެވެ. އޭނާ ގަޔަކު ވަރެއްނެތެވެ. ދަށްބަނޑަށްވެސް ތަދުވަނީއެވެ. ބަނޑުގައި އަތް އަޅާލައިގެން އިނދެ އާލިޔާ ރޮމުން ދިޔައެވެ. އެއަށްފަހު އަނެއްކާވެސް ތެދުވެލިއެވެ. ޖީބުގައި އޮތް ފޯނު އާލިޔާގެ ޖީބުން ވެއްޓުނެވެ. އާލިޔާއަށް އެކަމެއް ނޭނގުނެވެ. ފަހަތަށް ބަލަމުން ބަލަމުން ގޮސް އެޅުނު ބޮޑުމަގަށް އާލިޔާ ނަޒަރުހިންގާލިއެވެ. އަނެއްކާވެސް ދުއްވައިގަތް ވަގުތު އޭނާއަށް އެރުނީ ކާރެއްގެ ކުރިމައްޗަށެވެ. އެ ކާރުގައި އޭނާ ނުޖެހުނީ ކިރިޔާއެވެ. ކާރުން ފޭބި މީހާ އައިސް އާލިޔާ ކައިރި ހުއްޓެލިއެވެ. “އެކޮއެ އަނެއްކާ ޖެހުނުތަ؟؟؟” ފަތުހީ ބުނެލީ އާލިޔާގެ އަތުގައި ހިފަހައްޓާލަމުންނެވެ. އާލިޔާ އަށް ރޮއެގަނެވުނީ ދެނެވެ. ފަތުހީ އާލިޔާއަށް ބަލައިލިއެވެ. “އެކޮއެ ކިހިނެއްވީ؟؟؟” އޯގާތެރިކަމާއި އެކު އަހާލިއެވެ. އާލިޔާ ރޮމުން ދާތަން ފެނުމުން ފަތުހީ އޭނާ ކާރަށް އެރުވިއެވެ. އަދި ކާރުގައި އޭނާގެ ގެއަށް ދުއްވާލިއެވެ. ކާރުގައި އިނދެގެންވެސް އެތަކެއް ސުވާލެއްކުރިއެވެ. ކޮންގޭ ކުއްޖެއްތޯ އެއްސެވެ. އޭނާއަށްވެސް ރާވަސް ދުވުމުން އެ ކަމާއި ވެސް ސުވާލުކުރިއެވެ. އާލިޔާ ޖަވާބެއް ނުދީ ދިޔައީ ރޮމުންނެވެ.

ފަތުހީ އޭނާގެ ގެއަށް އާލިޔާ ގެންދިޔައީ އަތުލަފިކޮށެވެ. އެފަކީރަށް ހިނގޭގޮތެއްވެސް ނުވިއެވެ. ފަތުހީއޭނާ ގެއަށް ވަދެ ކޮޓަރިއެއްގައި ހުރި އެނދުގައި އާލިޔާ ބޭންދިއެވެ. “އެކޮއެ ޕޮލިހަށް ގުޅަންތަ؟ އެކޮއެ ކިހިނެއްވެފާތަ ތިހުރީ؟ މީހަކު ކަމެއް ކުރީތަ؟؟” އާލިޔާގެ ބޮލުގައި ފިރުމަމުން ފަތުހި އެއްސެވެ. “ނޯ.. ނޯ… ޕޮލިސް އަށް ނޫން… ބޭބޭ………………..” އާލިޔާ ބުނެލަމުން ބާރަކަށް ރޮއެގަތެވެ. އޭރުވެސް އޭނާ އެހާ ހަމައެއްނޫނެވެ. ރޮމުން ރޮމުން އޭނާ ފަތުހީއަށް ވާހަކަތަށް ހިއްސާކުރެވުނީ ކީއްވެކަމެއްނޭނގެއެވެ. އެހީއަކަށް އެދުނުވަގުތު ފަތުހީއާއި ދިމާވުމުން ކަންނޭނގެއެވެ. އޯގާތެރިކަން އޭނާ ފަރާތުން ލިބުމުން ކަންނޭނގެއެވެ. އާލިޔާގެ ވާހަކަ އަޑުއަހާފައި ފަތުހީއަށް ސުބުހާނައް ﷲ އޭ ކިޔާލެވުނެވެ. މަންމައަކު ދަރިއަކަށް އެފަދަ ގޮތަކަށް އަނިޔާވެރިވެދާނެބާއެވެ. “ހިނގާ ޕޮލިހަށް ގުޅަން..” ފަތުހީ ފޯނުނަގަމުން ބުނެލިއެވެ. “ނޫން ބޭބޭ ހެޔޮނުވާނެ.. އެއީ އަޅުގަނޑު މަންމަ.. އެ މަންމަ ކޮންމެ ގޮތަކަށް އުޅުނަސް އެ މަންމަ އަޅުގަނޑު ބަލާ ބޮޑުކުރީ.. އެ މަންމަ އެފަދަ ކުށެއްގައި ބެދޭކަށް އަޅުގަނޑު ބޭނުމެއްނޫން….. ބޭބޭ އަޅުގަނޑު އެހެން ގޮތަކުން މިކަމުން ސަލާމަތްކޮށްދީ ހެޔޮނުވާނެ ބޭބޭ…” އާލިޔާ ރޮމުން ފަތުހީގެ ފައިބުޑަށް ވެއްޓުނެވެ. އޭނާ ބިރުގަތީ ސައީދާ ޖަލަށް ލާފާނެތީއެވެ. އެހެނީ އެފަދަ ގޮތަކަށ ްމަންމަ ސިފަކޮށްލެވޭ ކޮންމެ ފަހަރަކު ހިތަށް އަރަނީ ބައްޕަ ކުރި ވަސިއްޔަތެވެ. ފަތުހީ ވިސްނާލިއެވެ.

“ބޭބެއާއި އެކު ދާން ހިނގާ….” ފަތުހީ ބުނެލީ އާލިޔާ ނަގަމުންނެވެ. “ކޮ..ކޮންތާކަށް..؟؟” އާލިޔާ ބުނެލިއެވެ. “މެލޭޝިޔާއަށް.. މިއަދަށްފަހު ތީ ބޭބެގެ ދަރިއެއްކަން ހަނދާން ބަހައްޓާތި..” ފަތުހީ އާލިޔާގެ ބޮލުގައި ފިރުމާލަމުން އެހެން ބުނެލިއެވެ. އާލިޔާއަށް އަނެއްކާވެސް ރޮވުނެވެ. އޭނާ އަޔާންއާއި ދުރުވާކަށް ނޭދެއެވެ. އެކަމް އަޔާން ލިބޭކަށްވެސް ނެތެވެ. މިތާ އުޅެފިނަމަ އޭނާ ހޯދޭނެއެވެ.  މިތާ އުޅެފިނަމަ ވާނީ މަރެވެ. އާލިޔާ ބޯ ޖަހާލީ އެއްބަސްވަމުންނެވެ.

ނުނިމޭ..

50

31 Comments

 1. Ryn

  December 13, 2016 at 8:26 am

  Hey guys… Morning. Its too long dhw. but actually split khlaane hisaabeh vx neyngun and khfi nama eh part ah vrh kudavaane and next part ga mulhin new hisaabeh gehnan mi part dhigu vy… Anyway storyga iny around 62 parts. And hurihaaa kudhin thi dhey support ah vrh bodah thankx.. tc and c u guys tonight 😉 enjoy 😉

 2. hyla

  December 13, 2016 at 8:45 am

  nun dhigeh nuney ryn.. v v v ice mi story
  i love your stories

 3. yax

  December 13, 2016 at 8:46 am

  i love it ryn

 4. nanyyyy

  December 13, 2016 at 8:49 am

  Ryn heyonuvaane rovijje hama rangalhah ves. mihaaru dhen vaavaru vejje ennu dhen ekujja ah ehen nahadhaa. ekamun eyna salaamai koffai eyna fonuvaalaa heyo nuvaane.

 5. Dream girl

  December 13, 2016 at 8:59 am

  Story habeyxxx..loved it..dhigukoh genesdhinyma rangalhy

 6. Kiya

  December 13, 2016 at 9:39 am

  Wow very nice… keep it up… need next part v soon…

 7. Rizoo

  December 13, 2016 at 9:51 am

  Wow. V reethi.

 8. Chapo

  December 13, 2016 at 9:57 am

  Hama obi noave. Ryn haadha molhey

 9. naju

  December 13, 2016 at 10:09 am

  story varah nice

 10. na

  December 13, 2016 at 10:13 am

  rovijje

 11. Flower

  December 13, 2016 at 10:20 am

  Wowwww story v v v v v v reethi…nxt part mirey dhwww….thnkx konme dhuvahaku two part up kohdheythy….love ur stories

 12. thoo

  December 13, 2016 at 10:24 am

  Wow..ryn v reethi mi part vx…aneh party avahah up kohdhehchey plz

 13. Ais

  December 13, 2016 at 10:44 am

  Warahmolhu waahaka vvvv reethi

 14. Lathu

  December 13, 2016 at 11:12 am

  Waiting hardly for the next part.. well its my 1st comment for the story.. nd this story is awsome.. lurv it..

 15. Jeen

  December 13, 2016 at 12:22 pm

  Never read this kind of story..its totally different …. Egarly waiting..and plx don’t make readers to wait long…its really awesome …well done ryn .u r talented and different writer..

 16. Hooooo.

  December 13, 2016 at 12:23 pm

  Ryn. You are the best. Can’t wait for the next part.

 17. yalaain

  December 13, 2016 at 12:29 pm

  Woww. V salhi.. ekm ayaan nufenna hisaabah aaliya nugendhachey ryn… edhemeehun gulhuvaathi.. v habeys igey vahaka…??

 18. Azuna

  December 13, 2016 at 1:23 pm

  V reethi. Pls avah up koh dhybala

 19. Faathee

  December 13, 2016 at 1:57 pm

  Masha Allah.. reethi kan. Goosebumps ves nagaafi mulhi gaan. But ayaan ah aliyaa gehluvaa nulachey.

 20. Fin

  December 13, 2016 at 2:11 pm

  Evy Kihineh?? Ayan aa Aly dhuru nukurache.. Mirey vxx avahah upkohdheche.. Vv salhi mi part vxx

 21. Mop

  December 13, 2016 at 2:14 pm

  Varah salhi.. Fathuhee ge name mi story ga kurin neh nadhe dhw..

 22. Appy

  December 13, 2016 at 2:49 pm

  V rythi mi story alhe aly dhaanytha hama dhn dhimaa vaany vx v dhuvas fahun dhw????????

 23. Sam

  December 13, 2016 at 3:13 pm

  V reethi mi story

 24. Mona

  December 13, 2016 at 3:30 pm

  Aly aai ayaan dhen dhimaa vaairu ayaan minivanege gothuga bahatchey ryn….eyrun story reethi vaany

 25. xum

  December 13, 2016 at 5:42 pm

  V salhi avahah up kohdheeba

 26. Mal

  December 13, 2016 at 7:35 pm

  Actually, I don’t read dhivehi stories much, but after reading the first part of this story I was kinda addicted to this story.. My mom always complain that I don’t have any interest to dhivehi stories, reports.. umm let’s say dhivehi stuffs.. Each and every part of this story is breathtaking.. Thanks to the writer for introducing me to dhivehi stuffs.. And yeah, eagerly waiting for the upcoming parts.. ?

  • Nafu

   December 14, 2016 at 2:37 am

   Yeah i am typically a person who is never interested in dhivehi stories and yeah i admit that i am quite weak in dhivehi but this is a story that gave me chills and here i always be waiting for another part!!

 27. Ifaa

  December 13, 2016 at 8:31 pm

  nice..ekamu aaliya nd ayaan dhuru nukurahchey ryn…

 28. Almaa

  December 13, 2016 at 9:37 pm

  Haadha salhiey mi part vx thanks Ryn

 29. Faxoo

  December 14, 2016 at 2:01 pm

  vrh reeth mibaives 🙂

 30. Parharny

  December 29, 2016 at 2:45 am

  Ekamaku haadha hama nujehey ey dhen. Ehen’ya mihaa over nuviyas ok vaane kanneynge. Mamma jalah laafaanethiyyo.. pffffff mashah dhen Ely ge mamma dheke eli evaahaka loehbeh nuvisney.

Comments are closed.